Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

އައިނާ 6 (ހަވަނަބައި)

Annna Level 510 Stories100 Comments100 Login
September 12, 2019 2 Mins Read
5 Comments

އަޝްހާ ގޮސް ގެއެއް ވަތްއިރު މަންމަ އާއި ބައްޕަ، މާމަ ކައިރީގައި ވަރަށް ހެވިފައި ހުރެ ވާހަކަ ދަށްކާތަން ފެނުނެވެ. “މަންމާ، ބައްޕާ، މާމާ، ކިހިނެތްވީ؟” އިވުނު ޚަބަރަކުން އަޝްހާއަށް ޝޮކެއްގެ އިތުރުން އުފާވެސް ވިއެވެ. “ދަރިފުޅާ!! ދަރިފުޅަށް އިނގޭތަ؟ ދަރިފުޅުގެ ހުރެއޭ އަންކަލް އެއް! އެކަމަކު އަންކަލްގެ އެއްވެސް ކުއްޖެއް ނުހުންނާނެ.. މާދަން ރަށަށް އެބައާދޭ.. އަންކަލް ދެއްމެ ގުޅާފަ ބުނީ… ދަރިފުޅު ގާތު ގައި މިވީ ތޭރަ އަހަރުތެރޭގައި އެވާހަކަ ނުބުނީ އަންކަލް ނުބުނާށޭ ބުނީމައި… ޑޭޑް އަކަށް ނޭނގެ ކީއްވެ ކަމެއް.. އެކަމަކު މިއަދު މިބުނީ އަންކަލް އަންނާތީ…….”

“އެހެންނޫންނަމަ އަހަރެންނަށް އެއީ އުމުރަށް ސިއްރެއްދޯ؟؟” މިހެން ކިޔާފައި އަޝްހާ ކޮޓަރިއައް ދިޔައީ ކުޑަކޮށް ހިތްހަމަ ނުޖެހި ހުރެއެވެ. މިއީ އޭނާއައް އިނގެންޖެހޭ ޙަޤީޤަތަކަށް ވިނަމަވެސް މަންމަ އާއި ބައްޕަ ނުބުނީތީވެ އަޝްހާ ވަރަށް ދެރަވިއެވެ.

އިރުގެ ރަންދޯދިތަށް ދުނިޔެ އަލިކުރަމުން ދިޔައިރު، ސްކޫލަށް ދާކުދިންތަށް ދިޔައީ އެކި ވާހަކައިގައި ތިބެއެވެ. އައިނާ އާއި އަޝްހާއައް ކުލާހަށް ވަދެވުނީ އެކުއެކީގައިއެވެ. ކުލަހުގައި އިން ރީމާއަށް ލޯއަޅައިލައިފައި އަޝްހާ ގޮސް އައިނާ އާއި އެކު ގޮނޑީގައި އިށީނދުނެވެ. “އަނާ އައް އެނގޭތަ؟ އަހަރެންގެ ހުރޭ އަންކަލް އެއް.. އަދި ކިރިޔާ އަހަންނަށް މިއެނގުނީ.. މަންމަ އާއި ބައްޕަ އެހެން ނުބުނީމައި އަޝޫ ވަރަށް ދެރަވި..” “އޯވްނނނ…. މަގޭ ބޭބީ ގާލްގެ ތުންކޮޅު މިހާރު އެހުރީ މެލޭޝިޔާގައި…. ދެންވެސް ތަންކޮޅެއް ކުޑަކޮށްލަބަލަ” މިހެން ބުނުމުން އަޝްހާ ހީގަނެފައި އައިނާ ގައިގައި ބޮނޑިއެއް އަޅާލިއެވެ. “ދެންންން… އަނާ… ވަރަށް ގޯސް..”.

މިހެން ބުނެލި ތަނާ އެއްލި ކަޅި އަކުން ފެނުނީ ހަސަދައިން ފޯވެފައިވާ ރީމާ އެވެ. އަދިވެސް ބޮޑަށް ‘ޖޭ’ ކޮށްލަންވެގެން އައިނާ ގައިގައި ބައްދައިގަތެވެ. “އައި ހޭޓް ޔޫ އައިނާ.. އައި ހޭޓް ޔޫ.” ރީމާ އައިނާ އަށް ކަޅި އަޅާލިއެވެ. އެބެލުމުން އެކަނިވެސް ހީވަނީ އައިނާ އަންދާ އަޅިއަށް ހަދާލަފާނެހެންނެވެ.

ހީވަނީ ބެލް ނުޖަހައިގެން ތިބިހެންނެވެ. ބެލް ޖަހާއިރަށް ކުދިންގަނޑު ހިނިތަކެއްހެން ގޭޓުން ނިކުމެގެން ދިޔައެވެ. ރީމާ ވެސް ގޮސް އަޝްހާމެންނާ އެއްވަރު ކޮށްލިއެވެ. އަދި ދަމުން އައިނާ އާއި ދިމާ ކޮށްލިއެވެ. “ހެއި ބޯބުޅި..” މިހެން ކިޔާފައި އަޝްހާ އަށް ހައެއެއް ޖަހާލިއެވެ. އަދި ގޮސްސައި ގޭޓު ކައިރީ މަޑުކޮށްލިއެވެ. އަޝްހާ ރީމާ އަށް ލޯއަޅާލިއެވެ.

އަޝްހާމެން އެއްވަރުކުރިމައި ރީމާ އެމީހުންނަ ދިމާއަށް އެނބުރުނެވެ. “އުމްމް.. އަހަރެންގެ މަންމަ ބަލައެއްނާދޭ. ތިމީހުންނާ ޖޮއިން ކޮށްލިއަސް އެއްމެ ރަނގަޅުތަ؟!” “އޯކޭ!!” އައިނާ އަޝްހާ އަށް ވުރެ ކުރިން ޖަވާބު ދިނެވެ. މިކަމާ އަޝްހާ ހައިރާން ވިއެވެ. އެއަށް ވުރެ ރީމާ އަށް ހައިރާން ކަން ގެނުވިއެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ދެންމެވެސް އޭނާ އެއައީ އެންމެން ކުރިމަތީ އައިނާ އާށް މަލާމާތް ކޮށްފައިއެވެ. ފުރަތަމަ ފަހަރަށް އައިނާގެ ރަނގަޅު ކަމާއި މެދު ތަޢުރީފު ކޮށްލެވުނެވެ.

އަޝްހާ އާއި އައިނާ ކާރަށް އެރިއެވެ. އަޝްހާގެ ގޭގައި އޮންނަ ކާރަކީ ރެނޯލްޓް ޓްރައިބާރ ބްރޭންޑްގެ އަރާމު ކާރެެކެވެ. އެއީ ކޮއްމެ ދުވަހެއްގެ ވެސްއާދައެވެ. އަބަދުވެސް އަޝްހާގެ ޑްރައިވާރ އައިނާ ގެއައް ގެންގޮސް ދެއެވެ. އެއީ އަޝްހާ ބުނެފައި ވާތީއެވެ. އަދި މަންމަ މެންވެސް އަޝްހާގެ އެދުމަކަށް ނޫނެކޭ ނުބުނަން ވެގެންނެވެ. އަޝްހާގެ ކޮއްމެ އެކުވެރިއަކުވެސް އެރުވިދާނެއޭ ބުންޏެވެ. އަދި އައިނާ ވިއަސް އޯކޭއޭ ބުންޏެވެ.

އަޝްހާ އަރާށޭ ނުބުނުމުން ރީމާ ދެރަވިއެވެ. ނަމަވެސް ރީމާ އެއީ އޭނާގެ ކުށެށްކަން އެނގެއެވެ. އައިނާއޭ ކިޔައިގެން އެހެން ނުކިޔުނު ‘ނަމަ’ އެވެ. އައިނާ އާއި ދިމާ ނުކުރެވުނު ‘ނަމަ’ އެވެ. ނަމަވެސް، ‘ނަމަ’ އަކުން ކެއްކޭނެ ރިހައެއް ނޯންނާނެކަން ރީމާ ދަނެއެވެ.

_ނުނިމޭ

ނޯޓް: މިވާހަކަ އަޕްކުރެވޭނީ ކޮންމެ ކޮނިހިރު ދުވަހަކު. އެކަމް… ލިޔެވުނު ވަރަކުން އެއައް ވުރެއްވެސް އަވަހަށް އަޕްކޮށް ދޭނަން.. އިންޝާ ﷲ.. -ވާހަކައިގެ ލިޔުންތެރިޔާ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ވީމޭ ތިޔަ އިންތިޒާރުގައި..3

Next

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 12

Next
September 12, 2019

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 12

Previews
September 12, 2019

ވީމޭ ތިޔަ އިންތިޒާރުގައި..3

5 Comments!

  1. I.S.H.A.A says:
    September 12, 2019 at 9:53 pm

    Alhey giaain sifa kohdhybaal.a vaanuvaa neyngey ehnnve hama jehy gothah liyeba

    1. A aaR says:
      April 23, 2020 at 7:49 pm

      jazaakallah khairan

  2. Ibsha says:
    September 12, 2019 at 11:32 pm

    Varah reethi

    1. A aaR says:
      September 13, 2019 at 9:50 pm

      thnx n sry fr the late reply

  3. A aaR says:
    September 13, 2019 at 9:50 pm

    here is the 6th part hpe you all will love this part

Comments are closed.

Next Episodeއައިނާ 7 (ހަތްވަނަބައި)←


All Right Reserved!