“ބްލޫސް ކޮމްޕެނީގެެ ޗެއަރމަން އަލްހާން ސުލްތާން…. 1998 ވަނަ އަހަރު އޭ.އެޗް.އިންޑަސްޓްރީޒްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ނިޔާވި ކުންފުނީގެ ޗެއަރމަން އަޒްހާން ސުލްތާންއާއި އަންހެނުން މަރިޔަމް ހައިލާގެ މަރު ފަހަތުގައި ތިބޭފުޅާގެ އަތެއްވާކަމަށް އަޅުގަނޑުމެންގެ ތަހުޤީގުން ސާބިތުވެފައިވާތީ އަޅުގަނޑުމެން މިއައީ ކޯޓް އަމުރުގެ ދަށުން ދައުވާ ލިބޭ ފަރާތް ހައްޔަރުކުރުމަށްޓަކައި…” ފުލުހުންތަކުގެ ތެރެއިން އާދައިގެ ހެދުމުގައި ހުރި މަޔާން ކުރިއަށްޖެހިލަމުން ދިއްކޮށްލީ ކޯޓް އަމުރެވެ. ގަނޑުގެ މަތީގައި ބޮޑުއަކުރުން ފަވާފައި އަކުރުތައް ލޮލުގައި އަޅައިގަތުމާއިއެކު އަލްހާންގެ ދެލޯބޮޑުވެ އަނބުރައިގަނެދާނެހެން ހީވިއެވެ.
“އަޅުގަނޑުމެންގެ މަސައްކަތަށް އެއްބާރުލުން ދެއްވާ އަޅުގަނޑުމެންނާއިއެކު ދުރުވޭ….” މަޔާންގެ އިޝާރާތާއިއެކު ދެ ފުލުހުންގެ ގާތްވެ އަލްހާންގެ އަތުގައި ބިޑިއެޅުވިއެވެ. ދިފާއުގައި ގަދަކަން ދައްކާކަށް އަލްހާން މަސައްކަތެއްނުކުރިއެވެ. ދުނިޔޭގެ އެދުން ހާސިލްކުރުމުގެ ބޭނުމުގައި ހީލަތުގެ ދަންމަޅީގައި އެހެން މީހެއްގެ ހައްޤަކަށް އަތްގަދަކޮށްގެން އުޅެވުނުކަން އަމިއްލައަށް އިހުސާސްކުރެވުނީއެވެ. ނޫނީ އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް އެ މޮޅު ބުއްދީގެ ތެރޭގައި ކަމެއް ރާވާލީއެވެ.
އަލްހާންގެ ނަޒަރު ދޮރާއި ދިމާލަށް ދަތުރުކުރިއެވެ. އޭނަގެ ސަލާމަތަށް ހައިޒަލް އަންނާނޭކަމަށް އުއްމީދުކުރެވުނީއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ކަރުއެލުވާލެވުނީ އެއީ ވުމަށްވުރެ ނުވުން ގާތްކަމަކަށްވާކަން އިނގޭތީއެވެ. އޭނަގެ ދުލުން ބޭރުކުރެވުނު އެންމެ ބަހަކާއިއެކު 21 އަހަރުވީ ގުޅުން ހީނަރުވެގެން ދިޔައީއެވެ. ނަމަވެސް ހައިޒަލް ކުށްވެރިކޮށް ނަފްރަތުކުރާކަށް ހިތެއްނޭދެއެވެ. އޭނައަށް ނުލިބުނު ފިރިހެން ދަރިފުޅެއްގެ ލޯބި ލިބުނީ ހައިޒަލްގެ ފުށުންނެވެ. ހައިޒަލްދެކެ އޭނަގެ ހިތުގައިވީ ލޯތްބާއިއެކު އޭނަގެ މާޒީގެ ކަޅު ސޮފްހާތައް ވަންހަނާކުރަން ގަދަކަމުން އެ ދިރިއުޅުމަށް ވެރިވެގަންނަން އޭނައަށް މަޖުބޫރުވީއެވެ. ހައިޒަލްގެ އޭނަގެ އަތުތެރެއަށްލީ ދުނިޔޭގެ އެދުމުން ހިތްކަޅުކޮށްގެން ހުރެގެން ނަމަވެސް ފަހުން އޭނަގެ ހިތުން ހައިޒަލް ދަރިއެއްގެ މަޤާމު ހޯދިއެވެ. ނަމަވެސް އެ ލޯބި ޤަބޫލުކުރާނޭ މީހަކު މިހާރުނުވާނެއެވެ. ހުދު ހައިޒަލްވެސް ޤަބޫލެއްނުކުރާނެއެވެ. އެހެންނޫނަސް ލޯބިން އޭނަގެ މާޒީ ބަދަލުކުރެވިދާނެ ހެއްޔެވެ؟
*** *** *** *** *** ***
ފަންކޮށްފައިވާ ދިގު އިސްތަށިގަނޑުތެރެއަށް ފަޑު ފިޔާތޮށިކުލައިގެ ދިގު ނިޔަފަތިތައް ވައްދާލަމުން ރިހާނާ ދެފަރާތަށް ހިނގަން ފެށިއެވެ. އޭރު އެލޯމަރާލެވިފައިވާއިރު ތުންފަތުގައި ދަތްއަޅާ ބާރުކޮށްލެވިފައިވެއެވެ. ދެންމެ އޭނައަށް ލިބުނު ހަބަރަކުން އޭނަގެ ތަބީއަތު ހަރާބުވެފައިވެއެވެ. ހުރިހާކަމެއް ވެގެންމިދަނީ އޭނަ އުއްމީދުކުރިގޮތާއި ހިލާފަށެވެ. އަލްހާން އެންމެ ފަހުވަގުތު ދުސްމިނުންގެ ކުރިމަތީ ހަތިޔާރު ބެހެއްޓިއެވެ. ހުރިހާވެސް ގޯހަކީ އަލްހާން ހައިޒަލްދެކެވާ ސަބަބެއްނެތް ލޯތްބެވެ.
“އާހް… އަމިއްލަ އަތުން އެ ދަރިގަނޑު މަރާލެވުނު ނަމައޭ ހިތަށްއަރާ… އަލްހާން މާލޯތްބެއް ވާންވެެއްޖެ… ކިތަންމެ ތެޅުނަސް އަހަރެމެންނަށް ނުލިބުނު ފިރިހެން ދަރިއަށްވާނެތަ…. އެންމެފަހުން އަހަރެންގެ ހުވަފެނާއިވެސް އަލްވަދާއުކިޔަން ޖެހޭނީ… ދެންވެސް މިތަނުން ރައްކާވެވޭތޯއެއްނު ބަލަންވީ…” ރިހާނާ ދެކޮޅަށް ހިނގަ ހިނގާ ހުރެފައި މޮޅު ހިޔާލެއް އައިސްގެން މޭޒާއި ކައިރިވިގޮތަށް މޭޒުމަތީގައިވާހާ ސާމާނެއް ދަބަހުގެ ތެރެއަށް އަޅާލިއެވެ. އެއާއިއެކު އޭނަ އަރައިގެން ހުރި ހީލްއިން ފައިބައިގެން ވަގު ފިޔަވަޅުތަކެއްގައި ކެބިންއިން ނިކުތެވެ. ފައިގެ އިނގިލިކުރިތައް ޖައްސާލައިގެން ހިނގާފައި އޭނަ މިސްރާބު ބެހެއްްޓީ އެބައިގައި ހުންނަ ސްޓޯރ ހައުސްއާއި ދިމާލަށެވެ. އޭނާއަށް ވީގޮތަކުން މިތަނުން ފިލަން ބޭނުމެވެ. އޭނަ ފުރާނަހުރެގެން ޖަލުގެ ތޭރިތަކުގެ ތެރެއަކަށް ނުދާނެއެވެ.
ކުރިމައްޗަށް އައިސް ހުއްޓުނު މީހާ ފެނިފައި ރިހާނާއަށް ޖެހިލުންވެ ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. މޭގައި އަތްއަޅާލަމުން ދެލޯބޮޑުކޮށްލެވުނެވެ. އޭނައަށް ނުރެކެވޭނޭފަަދައިން ދެފަރާތުން ބަރި ޖަހާލި ފުލުހުންތައް ފެނިފައި ރިހާނާއަށް ހިންދިރުވާލަންވެސް އުނދަގޫވިއެވެ.
“އަޅުގަނޑުމެން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލުކުރުމަށްޓަކައި ތި ފަރާތުން ހާޒިރުވާން އެބަޖެހޭ… ދުރުވޭ އަޅުގަނޑުމެންނާއިއެކު…” މަޔާން ބުނުމާއިއެކު ދެ އަންހެން ފުލުހުން އައިސް ރިހާނާގެ އަތުގައި ހިފަހެއްޓިއެވެ. އެއާއިއެކު ރިހާނާ ރުޅިވެރިގޮތަކަށް އަތްފޮޅުވާލައިފިއެވެ.
“އަތްނުލާތި މަގޭ ގައިގަ… ކަލޭމެންނަށް އަދި އަހަރެންގެ ވަރު ނޭގިގެން ތިއުޅެވެނީ…” ރިހާނާ ހަޅޭލަވައިގަންނަމުން މަޔާންއާއި ދިމާލަށް އަތްދިއްކޮށްލަމުން އިންޒާރެއްދިނެވެ.
“ބައްލަވާ… އަމުރަށް ނުކިޔަމަންތެރިވާނަމަ ބާރުގެ ބޭނުންކުރަން އަޅުގަނޑުމެންނަށް މަޖުބޫރުވާނެ… އެރެސްޓް ހާރ…” މަޔާން މަޑުމައިތިރިކޮށް ވާހަކަދައްކަމުން އައިސްފައި ރިހާނާ ގާތު ތިބި ދެފުލުހުންނަށް އެންގިއެވެ. އެއާއިއެކު އެތަނުން އެކަކު އަތުގައި އޮތް ބިނޑިން ރިހާނާގެ ދެއަތްތިލަ ހައްޔަރުކޮށްލިއެވެ. ރިހާނާގެ އަތުގައި ހިފާ ދެފުލުހުން ގެންދަން ފެށިއިރުވެސް އޭނަ ގަދަކަން ދެއްކިއެވެ. ނުދާންވެގެން ދެފައި ބިމުގައި ވިއްދިއެވެ. އަތްފޮޅުވާލަން ގަދަކަން ދެއްކިއެވެ. ނަމަވެސް އޭނަ ބާރު ދައްކަ ދައްކަ އޮތްވާ ފުލުހުން އޭނަ ދަމާފައި ކަހަލަގޮތަކަށް ޖިޕާއި ހަމަޔަށް ގެންދިޔައެވެ.
އަލްހާންއާއި ރިހާނާ ފުލުހުންގެ ޖިޕަށް އަރުވަން ގެންދިޔައިރު އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވެފައިވެއެވެ. ބްލޫސްގެ މުއައްޒަފުންތައްވެސް ތިބީ ވާނުވާ ބަލަންވެގެން ނިކުމެ އެންޓްރެންސް ކުރިމައްޗަށް ބޮޑިވެގެންނެވެ. ބައެއްމީހުން ފޯނު މަންޒަރުތައް ނަގަމުން އެމީހަކަށް އިނގުނުގޮތަކަށް ވާހަކަތައް ބޮޑުކޮށްގެން ފަތުރަމުންދިޔައެވެ. މީޑީއާގެ މީހުން މީހުންތަކުގެ ތެރެއިން ފުރޭނިގެން އެންމެ ކުރީ ސަފަށް އަރަމުން ފުލުހުންނާއި އަލްހާންގެ ދެމަފިރިންނަށް ސުވާލުތައް އޮއްސަމުންދިޔައެވެ. އޭރު ކެމެރާތަކުގެ ލެންސްތައް އަމާޒުވެފައިވީ މުޖުރިމުންގެ ގޮތުގައި ހައްޔަރުކުރެވެމުންދިޔަ ފަރާތްތަކުގެ މޫނަށެވެ. ޓީވީތަކުން އެ މަންޒަރު ދުރަށް ދައްކަމުންދިޔައެވެ.
ގަތްލަދުން އަލްހާން އިސްއޮބާލިއެވެ. އޭނައަކީ މިވީހާތަނަށްވެސް ކެމެރާތަކާއި ރައްޓެހި މޫނަކަށްވިޔަސް މިއަދު ތަފާތެވެ. އެދުވަހު އޭނަ ފަހުރުވެރިވިޔަސް މިއަދު އޭނަ ވަށާލައިފައިވަނީ ލަދުވެތިކަމުގެ އިހްސާސްއެވެ. ތައުރީފުގެ ބަސްތައް އެދުވަހު އޮހުނު ދޫތަކުން މިއަދު އިވެމުންދިޔައީ ބަދު ބަސްތަކެވެ. ރުޅިވެރި ލޯތަކާއި ނުރުހުމުގެ ނަޒަރުތަކެވެ. އެއްވެފައިވާ މީހުންގެ ދޫތަކުން އިވެމުންދިޔަ ބަދުބަސްތައް އަހަން ކެތްނުވީ ރިހާނާއަށެވެ. އޭނަ ދެފުލުހުންގެ އަތުތެރެއިން ފޮޅުވިގަނެގެން ދިޔަގޮތަށް އެއްވެފައިވާ މީހުންނާއި ދިމާލަށް ހަޅޭލެވިއެވެ. އަވަގުރާނައަށް ދާންދެން ގޮވިއެވެ. އެތަށް ފޯނުތަކެއްގައި އެ ބަސްތައް ރައްކާކުރެވުނެވެ. އެންމެ ފަހުން ރިހާނާ ގަދަހަދައިލައިގެން ހުއްޓާ މަޔާންގެ އަމުރާއި އެއްގޮތަށް ހަތަރު ފުލުހަކުވެގެން އޭނަ ގަދަކަމުން ގެންގޮސް ޖިޕަށް އެރުވިއެވެ.
ދެފުލުހަކާއިއެކު މަޔާންގެ ފަހަތުގައި ހުރެގެން އައިސް ޖިޕާއި އަރާހަމަވި އަލްހާން އިސްތިރިކޮށްލައިގެން ހުރެފައި ބްލޫސްގެ އިމާރާތާއިދިމާލަށް ބަލާލިއެވެ. އޭރުން އޭނާގެ ކެބިންއިން ނިކުމެވޭގޮތަށް އިންނަ ބެލްކަނީގައި ތިރީގައި ހިނގާ މަންޒަރުތައް ދެކެން ހައިޒަލް ހުއްޓެވެ. އެ މޫނުމަތީގައިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ. އަލްހާންއާއި ހަތަރުކަޅި ލާމެހިގެން ދިޔަވަގުތު އެ ތުންފަތްމަތީވީ ހިނިތުންވުން ފޭދި ލޮލުން ބުރާލި އަލިފާން ކަނިތައް އެ ހިސާބަށްވެސް ފޯރިއެވެ. ސިކުންތުކޮޅަކަށްވެސް އެވަގުތުކޮޅު ދެމިގެންނުދަނީސް ހައިޒަލް އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. އޭނަގެ ހިތުގައި އަލްހާންގެ މައްޗަށް ރޯވެފައިވާ އަލިފާނުގެ ހޫނުކަން އަންގައިދިނީއެވެ.
އަލްހާންއާއި ރިހާނާއާއިއެކު ފުލުސް ޖިޕް ދުރަށް ދުއްވާލުމާއިއެކު އެއްވެފައިވާ ނޫސްވެރިން ހައިޒަލްގެ ބަހެއް ހޯދަން އިމާރާތުގެ ތެރެއަށް ވަންނަން މަސައްކަތްކުރިއެވެ. އެއާއިއެކު މަޔާންގެ އެދުމަށް އެތަނުގައި މަޑުކުރި ފުލުހުންތައް ރިޕޯޓަރުންތައް ފަހަތަށް ޖެއްސިއެވެ. މިކްޔާލްއާއި ޒިޔާން ސެކިއުރިޓީ މުވައްޒަފުންނާއިއެކު ނިކުމެ އެންޓްރެންސް ކުރިމަތީ ސަފުތައް ރުކުރުވާލިއެވެ. ނޫސްވެރިންގެ ކެމެރާތައް އަމާޒުވާންފެށުމުން ހައިޒަލްވެސް ބޭރަށް ނުފެންނާނެހެން ބެލްކަނީގައި ނިވާވެގެން ހުރި ނައިނާގެ އަތުގައި ހިފައިގެން އެތެރެއަށްވަދެ ނިވާވިއެވެ. މިވަގުތު މީޑިއާތަކާއި ކުރިމަތިލާކަށް އޭނަ ބޭނުމެއްނުވެއެވެ. އެހެނޫނަސް އޭނަ ހުއްދަނުދެނީސް މީޑީއާތަކަށް އެއްވެސް މައުލޫމާތެއް ނުދިނުމަށް މަޔާން އެދިފައިވެއެވެ.
*** *** *** *** *** ***
“މީގެ އެކާވީސް އަހަރުކުރީން 1998ވަނަ އަަހަރު ހިނގާދިޔަ އޭ.އެޗް.އިންޑަސްޓްރީޒް އަލިފާނުގެ ހާދިސާގެ މައްސަލައިގައި ގަސްތުގައި ރާވައިގެން އެ ކުންފުނީގެ ޗެއަރމަން އަޒްހާން ސުލްތާންއާއި އަންހެނުން މަރިޔަމް ހައިލާ އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި މިހާރުގެ ބްލޫސްގެ ޗެއަރމަން އަލްހާން ސުލްތާން ދާދި ދެންމެއަކު ބްލޫސްގެ އިމާރާތުން ހައްޔަރުކޮށްފި… ހެކިފޮރުވުމުގެ ތުހުމަތުކުރެވޭތީ އޭނަގެ އަންހެން އައިމިނަތު ރިހާނާވެސް ހައްޔަރުކުރެވިފައިކަމަށް މައުލޫމާތުލިބޭ… މިމައްސަލައަކީ ގުދުރަތީގޮތުން ހިނގި ހާދިސާއެއްކަމަށް ނިމިފައިވީ މައްސަލައަކަށްވީނަމަވެސް ދާދިފަހުން މި މައްސަލަ އަލުން ބަލަން ފަށައިފަައިވަނީ މައްސަލައިގައި ޝައްކުކުރެވޭ ބައެއް ކަންތައްތައް ހުރުމުންކަމަށް މައްސަލައާއި ހަވާލުވެގެން ހުންނެވި ޕްރޮސިކިއުޓަރ އަޙްމަދު މަޔާން މިޙުރާން ވިދާޅުވެފައިވޭ… 15 މީހުން ދުނިޔެ ދޫކުރި މި ހާދިސާއަކީ ރާއްޖޭގެ ތާރީހުގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަލިފާނުގެ އެއް ހާދިސާ…” ސިޓިންރޫމްގައި ހުޅުވާލެވިފައިވާ ފޮށިގަނޑު ޓީވީން އެޗް.އެން ޗެނަލުން އަޅުވާލެވިފައިވާއިރު މެންދުރަށް ދައްކަމުންދިޔަ ލަވަ ޕްރޮގްރާމް މެދުކަނޑާލުމަށްފަހު ބްރޭކިން ނިއުސް ގެނެސްދެމުންދިޔައެވެ.
ޓީވީން ބްރޭކިން ނިއުސް ގެނެސްދޭން ފެށުމާއިއެކު ހައިރާ އުނދުންކައިރީ އެއްޗެއް ހަލަން ހުރެފައި އުނދުން ނިއްވާލިގޮތަށް ތުވާލިކޮޅަކުން އަތް ފުހެމުން ސިޓިން ރޫމްއަށް ނިކުތެވެ. އޭރު ޓީވީން ދައްކަމުންދިޔައީ ބްލޫސް އިމާރާތުގެ ކައިރީ ފުލުހުން ހަރަކާތްތެރިވަމުންދާ މަންޒަރެވެ. އިރުކޮޅެއްވަންދެން އެ މަންޒަރުތައް ބަލަން ހުރެފައި ޓީވީގެ ތިރިއަށް ރަތްކުލައިގެ ބޮޑެތި އަކުރުތަކަކުން އަރަމުންދިޔަ ލިޔުން ހައިރާ ކިޔާލިއެވެ. އެއާއިއެކު ހައިރާގެ ދެލޯބޮޑުވެގެންދިޔައިރު އަތުގައި އޮތް ތުވާލިކޮޅުވެސް ސޮހިގެން ތިރިއަށް ވެއްޓުނެވެ. މުޅި ދުނިޔެވެސް އެނބުރިގަނެ ދެފައިކޮޅުން ވަރުދޫވެދާނެހެން ހީވުމުން ހައިރާއަށް ސޯފާގައި އަތްގަނޑުގައި ހިފާ ބާރުކޮށްލެވުނެވެ.
“ނޫން… އަޒްހާން… ނޫން….” ލޮލަށް ކަރުނަތައް ބޮޑިވެގެން އައިރު ހައިރާ ދެފަރާތަށް ބޯހޫރައިގަތެވެ. އޭނަގެ ސިކުނޑި އައްސިވެގެންދިޔަ ވަގުތުކޮޅު ހައިރާގެ ހިތާއި ސިކުނޑިވެސް ހަޤީގަތާއި ދެކޮޅުހެދިއެވެ. ދެލޯމަރާ ތަގުޅިކޮށްލެވުނީ އެއީ ހަޤީގަތްނަމަ އެކަމާއި ކުރިމަތިލާން ބޭނުންނުވާތީއެވެ. މަޑުމަޑުން ހުޅުވާލެވުނު ލޮލުގެ ހަނި ދާއިރާއިން ފެނިލީ ހައިރާ ދޮގުކުރާ ހަޤީގަތަށް ބާރުދޭ މަންޒަރެކެވެ. އަލްހާންއާއި ރިހާނާގެ އަތުގައި ބިޑިއަޅުވައިގެން އިމާރާތުން ނެރުނު މަންޒަރު ހައިރާއަށް ފެނުނީ ފުސްކޮށެވެ. އިރުކޮޅެއްވާންދެން ހުއްޓުން އަރާފައި ހުރެފައި ހައިރާ އަޑުވީއްލާ ރޮއެގަތެވެ.
ހަންޖަރަކުން ލޯބިވާ ފިރިމީހާގެ ހަށިގަނޑާއި ފުރާނަ ދެތަންކޮށްލި މަންޒަރު ފެނުނީ އޭނަގެ ހަމަލޮލަށެވެ. މިވީހާތަނަށްވެސް އެ ބިރުވެރި މަންޒަރު އޭނަގެ ރޭގަނޑުގެ ނިންޖަށް ހުރަސްއަޅައެވެ. ހަށިގަނޑު ލެއިންކަޅިވަމުންދިޔަ ހާލު އަޒްހާންގެ އެންމެ ފަހުގެ ނޭވާތައް ގުނީ އޭނަގެ އުނގުތެރޭގައެވެ. އަޒްހާންގެ މަރަކީ ބަޔަކު ރާވައިގެން ހިންގި ޖަރީމާއެއްކަން އިނގިހުރެ އެކަން ފާޅުނުކޮށް އޭނަ ހިމޭން އެތައް ކަރުނައެއް އޮހޮރުވިއެވެ. އަޒްހާންއަށް އިންސާފެއްނުލިބި މައްސަލަ ނިމިގެންދިޔައިރު އޭނައަށް ކުރެވުނުކަމެއްނެތެވެ. މަރުގެ އިންޒާރު އޭނަގެ ނަފްސު ބިރާއި ސިހުމުން ގައިދުކޮށްފައިވީއެވެ. އަމިއްލަ ނަން ދޫކޮށް އެހެން ނަމެއްގައި އޭނަ ދިރިއުޅެންފެށީ ދުނިޔޭގެ ކެހިވެރި ލޯތަކަށް ފޮރުވެންވެގެންނެވެ. ފަސޭހަނުވާ ޒަހަމްތަކާއިއެކު މިއަދާއި ޖެހެންދެން އޭނަ ދިރިހުންނަށް މަސައްކަތްކުރީ ކޮންމެވެސް ދުވަހަކުން އޭނަގެ ދަރިފުޅާއި ބައްދަލުވާނޭކަމުގެ އުންމީދުގައެވެ. ފިރިމީހާއަށް އިންސާފު ލިބޭނޭކަމުގެ އުއްމީދުގައެވެ. ނަމަަވެސް ހާމަވެގެންދިޔަ ހިތި ހަޤީގަތް ޒަހަރެއްފަދައިން އޭނަގެ ހަށިގަނޑަށް ވިހަލައި އޭނަ ގަތުލްކޮށްފިއެވެ. މައާފަކީ އޭނައަށް ހައްޤުވެގެންވާ ބަހެއް ހެއްޔެވެ؟
“ޔާﷲ… ޔާﷲ…. މިއަޅާއަކީ ކޮންފަދަ ރަހުމުކުޑަ މައެއް… އޯގާތެރިވެދޭނޭކަމަށް ހީކޮށް ދެލޮލުގެ ނޫރު ދޫކޮށްލެވުނީ އިންސާނުންގެ ގިންތިން ބޭރުވެފައި ތިބި ބައެއްގެ އަތްމައްޗަށް… އަމިއްލަ ނަފްސަށް މައާފުދެވޭނީ ކިހިނެތް… ދަރިފުޅާ މަންމައަށް މައާފުކުރޭ… މަންމަައަށް މައާފުކުރޭ….” ދެއަތުން މޭގައި ތަޅައިގަނެފައި ހައިރާ ޓައިލްސްމައްޗަށް ތިރިވިއެވެ. އެލޮލުން އޮހިގަތް އެތަށްހާސް ކަރުނަތަކާއިއެކު ދެތުންފަތް ފޫއަޅުވާލައިފައި ވޭނީ އާޙްތަކެއް ބޭރުވިއެވެ. ދެމުށްކަވައިފައި ޓައިލްސްމަތީ އަތްތަޅަމުން ހައިރާ އަޑުވީއްލާ ރޮޮމުންދިޔައިރު އެ ހިތުގައި ކޫރުންތައް އެޅެމުންގޮސް ހިތްވީ ފިސްވެފައެވެ. މާޒީގެ ކޮންމެ ހަނދާނަކާއި ގަބޫލުކުރަން ދަތި އެ ހަޤީގަތް އޭނަގެ ހިތުގައި ރޯކޮށްވާ ފާރުގަނޑުތައް އިތުރަށް ބޮޑުކޮށްލައިފިއެވެ.
*** *** *** *** *** ***
ހުދުކުލައިގެ ހަތަރުފާރުވާ އެކުޑަކޮޓަރިތެރެ ފެންނަނީ ހުސްކަމެވެ. ކިރިޔާވެސް އެ ހުސްކަން ކުޑަކޮށްދެނީ ކޮޓަރީގެ މެދުގައި ބަހައްޓާލެވިފައިވާ ހުދު މޭޒުގެ ސަބަބުންނެވެ. އެ ކުޑަ މޭޒު ކައިރީގައި އިން ގޮނޑީގައި އަލްހާން އިންއިރު އޭނައިނީ ބިޑިއަޅުވާފައިވާ ދެއަތްތިލަ ގެނެސް މޭޒުގައި ޖައްސާލައިގެންނެވެ. ވަށައިގެންވާ ހުސްކަމަށް ނަޒަރު ހިންގަހިންގާ އިނދެފައި އިރުއިރުކޮޅުން އެކޮޓަރިއަށް ވަދެ ނިކުމެ ހަދާ ބިއްލޫރި ދޮރާއި ދިމާލަށް ބަލާލާގޮތުން މީހަކަށް އިންތިޒާރުކުރަނީހެން ހީވެއެވެ.
ފުސްކޮށްފައިވާ ބިއްލޫރިގަނޑަށް މީހެއްގެ ހިޔަނި އެޅުނެވެ. ދޮރުހުޅުވާލައިފައި އެތެރެއަށްވަނީ ޔުނީފޯރމުގައި ހުރި ފުލުހެކެވެ. ތަންކޮޅެއް ދުވަސްވެފައިވާއިރު ލައިގެން ހުރި ޔުނީފޯރމުގެ ކުލަ ގަދަވެފައި އަރާފައިވާ ފަށްތައް ގިނަކަމުން މަތީ މަޤާމެއްގައި ހުންނަ މީހެއްހެން ހީވެއެވެ. އަލްހާން ވަށާލައިފައި އައިސް މޭޒުގައި އަތްވިއްދާލަމުން އެމީހާ މޭޒާއި ދިމާލަށް ގުދުވެލިއެވެ. އެއާއިއެކު ކަނދުރާ ސީދާކޮށްލާ އަލްހާންގެ މޫނަށް ބަލާލިއެވެ.
“އައްމާރު އެދިލެއްވީ އެއްވެސް ވާހަކައެއް ނުކިޔައިދީ ހަނުހުރުމަށް އަލްހާންއަށް އެންގެވުމަށް… ތަހުޤީގު މަރުހަލާގައި ކިތަންމެ ވަރަކަށް ސުވާލުކުރިޔަސް ކަމާއި ގުޅޭ ޖަވާބެއްނުދޭތި… ވަކީލްގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްލައި… ހާސްނުވާތި.. މިތަނަށް ވެއްދިވަރަށްވުރެ ފަސޭހައިން މިތަނުން ނެރެދޭނަން…” ރީހާންގެ ތޫނު ނަޒަރު އަލްހާންގެ މޫނަށް ހުއްޓުނުއިރު އެމޫނުގައިވީ ޔަގީންކަމެވެ. ކޯޓުއަމުރުދެކެ އޭނަ ބިރުގަންނަކަމާއިއެކު އަމިއްލަ ނަފްސާއިމެދު އޭނަ ފަހުރުވެރިވާވަރު އެ ކިބުރުވެރި މޫނުމަތިން ހާމަވިއެވެ. ޖެހިލުންވެ ބިރުގަންނަން އެއީ އޭނައަށް އާކަމެއްނޫނެވެ. މިވާހާތަނަށްވެސް އައްމާރަށްޓަކައި ގާނޫނޫގެ ހުދޫދުގެ ބޭރުން އޭނަ އެތައްކަމެއްކޮށްދީފިއެވެ. ފަޅާއެރިތަނެއް ނައެވެ. އޭނައަކީ ކަނާތުން ކުރާކަންތައް ވައަތަށްވެސް ނޭނގޭހާ ސިއްރުން ކަންކޮށް ނިންމާ މީހެކެވެ. އިރުކޮޅެއްވާންދެން އެ ކޮޓަރީގައި ހުރުމަށްފަހު މީހަކަށް ޝައްކުނުވާނޭ ފަދައިން ރީހާން އެކޮޓަރިން ނިކުތެވެ.
*** *** *** *** *** ***
އުދަރެހުގައި ކަޅުކުލައިގެ ފިއްސެއް ހިންގަމުންދިޔައިރު ވައިރޯޅިތަކުގެ ނާނާ ބާރުވިއެވެ. އިރުގެ ވަކިވެލުމާއިއެކު ރޭގަނޑު މަލަކާ ހަނދު އުޑުމަތީން ނުފެނުނީތީ ފުރުސަތުގެ ބޭނުންހިފައިގެން އަނދިރިކަން ދުނިޔެމަތީ ރަސްކަންކުރަންފެށިއެވެ. އުޑުމަތީ ލުއިލުއިކޮށް އުދެހެމުންދިޔަ ވިލާތައް ތަރިތަކުގެ ވިދުންވެސް ފޮރުވާލީ އަނދިރިކަމާއި އެއްބައިވަމުންނެވެ.
އިރާދަމުގެ ވަގުތުތައް ނިމިގެންދިޔައިރު އަނދިރިކަން ކޮންމެވެސް ވަރަކަށް ކެނޑުނެވެ. އޭރުވެސް ހަނދުނާރާތީ އެހެން ރޭރޭއަށްވުރެ އުޑުމަތި އަނދިރިކަމަށްދައްކައެވެ. ދުރުދުރުން ދިއްލިފައިވާ އިމާރާތްތައް އަނދިރީގެ ތެރެއިން ފެންނަނީ އުޑުގައި ވިދާ ތަރިތަކެއް ފަދައިންނެވެ. ބެލްކަނީގެ ރެއިލިންގައި އަތްވިއްދާލައިގެން ހުރެފައި މޫނުމައްޗަށް ނިވާއަޅަމުންދާ އިސްތަށިގަނޑުގައި އިނގިލިތަކުން ފުނާ އަޅާލަމުން ހައިޒަލް މަގާއި ދިމާލަށް ލެބިލިއެވެ. ފަހަތުން ފިޔަވަޅުތަކެއްގެ އަޑުވެސް އިވުނީ އެވަގުތެވެ.
“ހައި… އަދިވެސް ވިސްނަނީތަ؟” ފިނިފިނި އަތެއްގެ ފިނިކަން ކޮނޑާއި ދިމާލުން އިހުސާސްވީއިރު ކަންފަތުގައި ޖެހުނީ ހައިޒަލް އެންމެ އަހާލަން އެދޭ އަޑެވެ.
“ނޫން… ވިސްނަންވީ ކީއްކުރަން… އެމީހުންނަށް ހައްޤު އަދަބު އެ ލިބުނީ…” ހައިޒަލް ނައިނާގެ ސުވާލަށް ޖަވާބުދެމުން ފަސްއެނބުރިބަލާލިއެވެ. އިރުކޮޅެއްވާންދެން ނައިނާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ އަނދިރީގެ ތެރޭގައި ބަބުޅަމުންދާ ލޮލުގެ ރީތިކަމުންނެވެ. އަނދިރީގައި އެލޮލުގެ ކަޅި ބޮޑުވެފައިވާއިރު އެ މައުސޫމްކަން އިތުރުވެފައިވެއެވެ.
“ބަނޑުހައެއްވެސް ނުވޭތަ… ހިނގާ އެއްޗެއް ކާލަން….” ހައިޒަލްގެ ނަޒަރު އެމޫނަށް ހުއްޓިފައިހުރިކަން ފާހަގަކުރެވިގެން ރަކިވި ނައިނާ ވާހަކަދެއްކީ ހައިޒަލްގެ މޭގައި ކުޑަކޮށް ޖަހާލަމުންނެވެ. ހައިޒަލްގެ ތޫނު ނަޒަރުން މޫނު ރަތްވެދާނެތީ ނައިނާ ވަގުތުން އަނެއްފަރާތަށް އެނބުުރުނުގޮތަށް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއިއެކު ހައިޒަލް ނައިނާގެ އަތުގައި ހިފައިދަމާލުމާއިއެކު ނައިނާ އައިސް ލައްވީ ހައިޒަލްގެ މޭގައެވެ. ހިނދުކޮޅަކަށް ހައިޒަލްގެ ބައިމަތީ ނައިނާއަށް ހިފާލެވުނެވެ. އެ މޫނަށް ނަޒަރު ހުއްޓާލެވުނެެވެ.
“މިމޫނަށް ބަލަހައްޓައިގެން ހުއްޓަސް ބަނޑު ފުރިދާނެ… އަހަރެންގެ ނެއިން ލޯބިކަމުން އަހަރެން އަދި މޮޔަވާނެ…” ވަޔާއިއެކު ނަށަމުންދިޔަ ނައިނާގެ ފަންއިސްތަށިގަނޑާއި ކުޅެލަމުން ހައިޒަލް ވާހަކަދެއްކިއެވެ. ނައިނާ ޑްރަގްއެއްފަދައެވެ. ފެންނަ ކޮންމެ ވަގުތަކު ސިކުނޑި ރަންވެއެވެ. ނައިނާ ފެނުމާއިއެކު މީގެ އިރުކޮޅެއްކުރިއާއި ޖެހެންދެން އޭނަގެ ސިކުނޑި ކަމުންދިޔަ ހިޔާލުތައް ވަތްތަނެއްވެސް ނޭނގުނެވެ.
ރަކިގޮތަކަށް ހީނގަތްފައި ހައިޒަލްގެ މޭގައި އަތްއަޅާ ކޮއްޕާލަމުން ނައިނާ އެތެރެއަށް ވަނެވެ. އެއާއިއެކު ހައިޒަލްގެ ތުންފަތްމައްޗަށް ވެރިވެގެން އައި ހިނިތުންވުމާއިއެކު ބޮލުގެ އިސްތަށިގަނޑުގެ ތެރެއަަށް އަތްތިލަ މަހާލިއެވެ.
އިރުކޮޅެއްފަހުން ހައިޒަލް ކޮޓަރިން ނިކުމެގެން އައިރު މުޅި ލިވިންރޫމް އެއްފަސްވަމުންދިޔައީ ކޮފީގެ މީރު ވަހުންނެވެ. ނައިނާ ސޭންޑްވިޗްތަށި ކުޑަ މޭޒުމަތީ ބައިންދާލުމަށްފަހު ހައިޒަލްއަށް ދައުވަތުދިނެވެ. ދެޒުވާނުން ޖެހިފިތިގެން ސޯފާގައި އިށީންގޮތަށް ކޮފީއިން ހިތްހަމަޖެހުން ލިބިގަތެވެ.
“އިނގޭތަ… ނެއިންގެ ސޭންޑްވިޗްގެ ރަހަ އަހަންނަށް ވަރަށް ފެމިލިއާ… ކޮންމެވެސް ތާކުން ކެވިފައި ހުރި އެއްޗަކާއި ވައްތަރުވަނީ…” ހައިޒަލް ވާހަކަދެއްކިއިރު ކަމެއް ހަނދާންކުރަން މަސައްކަތްކުރިއެވެ.
“ތީދައްތަ ހަދާ ސޭންޑްވިޗް… ހައި ކުރިންވެސް ކެއީމެއްނު ކެންޓީންއިން…” ނައިނާ ހަނދާންކޮށްލަދިނެވެ.
”އާނ… ކޮންއިރަކު މަށާއި ތިބުނާ ދައްތައާއި މީޓްކުރުވާނީ… ދައްތަވެސް އުޅެނީ މިގޭގަ ދޯ… ހިނގާ މިރޭ މީޓްކުރަން…” ހައިޒަލް ބުނެލުމާއިއެކު ނައިނާ ކޮފީތަށި ބޮއެ ބޮއެ އިނދެފައި ދުރުކޮށްލީ ކެއްސަމުންނެވެ.
“އޭނ… ނޯ މިހާރަކު ނޫން…” ނައިނާ ވަގުތުން ދެކޮޅުހެދިއެވެ. ހައިޒަލް ގޮވައިގެން ހައިރާ ކުރިމައްޗަށް ދާން އޭނަ އަދި ތައްޔާރެއްނޫނެވެ. އެހެންނޫނަސް ހައިޒަލްއަކީ އަދިވެސް ޝަލީންގެ ފިރިމީހާއެވެ.
“ނައިނާ…” ހައިޒަލް އަނގަޔަށް ގޮތެއްހަދާލަމުން ނައިނާއަށް ގޮވާލީ ރާގެއްލާފައެވެ.
“ޕްލީޒް… މިކަންތައްގަނޑު ނިމި ހައިގެ ޑިވޯސް ކަންތައްވެސް ނިމުނީމަ…” ނައިނާ ވަގުުތުން ސަލާމަތްވާންވެގެން ރަނގަޅު ބަހަނާއެއް ހޯދިއެވެ. ހައިޒަލް އެވަގުތު އެވާހަކަތައް ޤަބޫލުނުކުރާފަދަ ނަޒަރަކުން ބަލާލުމުން ޕްރޮމިސްއޭ ބުނެލިއެވެ. އެވަރުން ހައިޒަލް ހަތިޔާރު ބެހެއްޓިއެވެ. އެހެންނޫނަސް ޝަލީންއާއި އޭނަގެ ގުޅުން ނުނިމެނީސް އެފަދަ ގުޅުމަކަށް ދިޔުން ރަނގަޅުނުވާނެކަމަށް އަމިއްލަ ނަފްސުވެސް ވިސްނައިދިނެވެ.
އިތުރަށް އެދެމެދުގައި އެ މައުޞޫއުއަކަށް ވާހަކައެއްނުދެއްކެވުނެވެ. ދެލޯބިވެރިން އެދެމީހުންގެ ލޯބީގެ ދުނިޔޭގައި އަމިއްލަ ވާހަކަތަކުގައި ތިބިއިރު ހައިޒަލް ދޭތެރެއަކުން ނައިނާއަށް ގޯނާކޮށްލައެވެ. އިސްތަށިގަނޑާއި ކުޅެލައި ކޯތާފަތުގައި އަތްލިޔަސް ނައިނާ ރަކިވާތީ ހައިޒަލްއަށް މަޖާކަމަކަށްވެފައިވަނީއެވެ.
ހަނދުއަަރައިގެން އައި މަންޒަރު ކުޑަދޮރު ދެކެން ތިބެފައި ދެޒުވާނުންގެ ނަޒަރު ހަމަވީއިރު މޫނުމަތީގައިވީ އެންމެ ނަޔާ ހިނިތުންވުމެވެ. ހައިޒަލްގެ އަތުގެ ތެރޭ ނައިނާ ހުރި ހައިޒަލްގެ އެއްއަތްވަނީ ނައިނާގެ އުނަގަނޑުގައި އަޅުވާލެވިފައެވެ. އަނެއް އަތްވަކިނުވާނޭފަދައިން ގުޅިފައެވެ. ލޮލުގެ ޒަރީއާއިން އެތަށް ވާހަކަތަކެއް ބަދަލުކުރެވި ބަސްމޮށުމަކާއިނުލާ ލޯބި އަންގައިދެމުންދިޔަ ވަގުތުކޮޅެކެވެ. އޭރު ހަނދުވެސް ހިނިތުންވެފައި އެ ލޯބީގެ ބައިވެރިއަަކަށްވެގެން މެދުއުޑުގައި ބަބުޅަ ބަބުޅާ އިނެވެ.
*** *** *** *** *** ***
މައްސަލައާއި ބެހޭގޮތުން ސުވާލުކުރުމަށްޓަކައި ރިހާނާ ހާޒިރުކޮށްފައި އިނީ ފުލުހުންގެ އިމާރާތުގައި ހުންނަ އިންޓްރޮގޭޝަން ރޫމްއަށެވެ. ބިއްލޫރި ޖަހާ ވަކިކޮށްލައިފައި އިން ބައިގައި ބަހައްޓާފައިވާ މޭޒުކައިރީ އިން ގޮނޑީގައި ރިހާނާ އިށީދެގެން އިންއިރު މަޔާން އިނީ އޭނައާއި ކުރިމަތިވާގޮތަށް އިށީދެގެންނެވެ. މައިކުތަކާއި ކޮމްޕިއުޓަރުތައް ބަހައްޓާފައިވާ ބައިގައި ދެތިން އަންހެން ފުލުހަކު މަޑުކޮށްލައިގެން ތިއްބެވެ.
މަޔާން ރިހާނާއާއި ސުވާލުކުރަމުންދިޔައިރު އޭނަގެ ނަޒަރު ހުއްޓާލެވިފައިވަނީ މޭޒުމަތީ ބައިންދާލެވިފައިވާ ލެޕްޓޮޕަށެވެ. ލެޕްޓޮޕްގެ ކީބޯޑުން ފަރިތަކަމާއިއެކު ކޮންމެވެސް އެއްޗެއް ޓައިޕްކުރަމުން ދޭތެރެއަކުން އޭނަ ރިހާނާއަށް ނަޒަރެއް އެއްލައެވެ. އެ ވަރުގަދަ ބުމަ ގާތްކޮށްލެވިފައިވާއިރު އަޑުގައި އެކުލެވިގެންވަނީ ހަރުކަށިކަމެވެ.
އެއްއަތުގެ އިނގިލިތަކުން އަނެއްއަތުގެ އިނގިލިތަކުގެ ނިޔަފަތިތަކުގައި ކޮއްޓާލަ ކޮއްޓާލަ އިން ރިހާނާއަށް މަޔާން ކުރާ ސުވާލުތައް އަޑުނީވޭފަދައެވެ. އަމިއްލަ ދުނިޔެއެއްގައި އޭނަ އިންއިރު މަޔާންގެ ސުވާލުތަކަށް ޖަވާބު ދިނުމަކީ މުހިންމުކަމަކަށްނުވާފަދައެވެ. އިސްޖަހާލިގޮތަށް އިސްއުފުލާނުލާ އިންއިރު މަޔާން އެތާ އިންކަން އިނގޭކަމަށްވެސް އޭނަ ހަދައެއްނުލިއެވެ.
“ކުށް ފޮރުވުުމުގެ މަޤްސަދަކީ ކޮބާ؟ ކުށްވެރިންނަށް އެއްބާރުލުން ދިނުންތަ؟” ރިހާނާގެ ސަމާލުކަން ހޯދަވެގެން ނިޔަފަތިތަކުގެ ކޮޅުން މޭޒުގައި ޖަހާލަމުން މަޔާން ސުވާލުތަކުރާރުކޮށްލިއެވެ. އެއާއިއެކު ރިހާނާ އިސްއުފުލާ ބަލާލީ ރުޅިވެރި ސިންގާއެއްފަދައިންނެވެ.
“ކިހާ ދެރަކަމެއްތަ؟ އެއްޗެކޭ ބުނަން ބޭނުންނުވާތީ ދޯ މަޑުން އިންނާނީ.. އެވަރު ނޭނގިގެންތަ ތި ބޮލުގައި ކޮށަނީ… ކަލޭމެންގެ ވަގުތު ބޭކާރުނުކޮށް ކޮށްލާނެ ރަނގަޅުކަމެއްވެސް މިގައުމުގައި ނެތީބާވައޭ ހިތަށް އަރާ… ތިހެން ތެޅިބޭލިޔަސް ހައިލާ އެނބުރި އާދޭތަ… ކަލެއަށް އެއުޅޭ ހައިޒަލް ލާރިގަނޑެއް ދިނީތަ މާވަރަކުން ތިއުޅެނީ…” ރިހާނާގެ މޫނަށް ވެރިވި ނުބައި ކުލަވަރާއިއެކު ރުޅިއައިސްފައި ހަޅޭލައިގަތެވެ. ރިހާނާގެ ސުވާލަށް ރައްދުދިނުމަކީ މުހިންމުކަމަކަށް މަޔާން ނުހެދިއެވެ. އޭނަ ހަތަރުވަނަ ފަހަރަށްވެސް ސުވާލުތަކުރާރުކުރިއެވެ.
“ސަރ ދުރުވެބަލަ…” ކޮމްޕިއުޓަރުގެ މޮނީޓަރަށް ނަޒަރު ހުއްޓާލައިގެން އިން ފުލުސް އޮފިސަރު މައިކުން މަޔާންއަށް އެންގުމާއިއެކު މޭޒުމަތީގައި އޮތް ފައިލްތައް ލައްޕާލަމުން ގޮނޑިން ތެދުވެގެން މަޔާން އެބައިން ނިކުތެވެ.
އެއާއިއެކު ގޮނޑިއަށް ބުރަކަށި ލައްކޮށްލައިގެން އިން ރިހާނާ ހިންދެމިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. މިހުރިހާއިރު ނޭވާ ހިފަހައްޓާލައިގެން އިން މީހެއްފަދައިންނެވެ. އެއްއަތްތިލައިގެ އިނގިލިތައް އަނެއް އަތްތިލައިގެ އިނގިލިތަކުގެ ތެރެއަށް ވައްދާލަމުން އަތުގެ މަތީ ރިހާނާ ދަތްދޮޅިއަޅުވާލިއެވެ. އޭނަގެ ލޮލުގެ ނަޒަރު ހުސްވީ މޭޒުމަތީ ބާއްވާލެވިފައިވާ ފައިލްއަށެވެ. ” 1998 އޭ.އެޗް އިންޑަސްޓްރީޒް ފަޔަރ ކޭސް” އެ ސުރުހީ ކިޔާލުމާއިއެކު ރިހާނާގެ ހިޔާލުގެ ވާފަށްތައް ގޮސް ގުޅުނީ އޭގެ 21 އަހަރުކުރިއަށެވެ.
*** *** *** *** *** ***
ކައިވެނިކުރެވުނީއްސުރެވެސް އަލްހާންއާއި ރިހާނާ އުޅެމުންދިޔައީ ހަމަޖެހޭ ދިރިއުޅުމެއްނޫނެވެ. ރިހާނާގެ ކޫސަނި ޝަކުވާތަކާއިއެކު އެދެމަފިރިންގެ ހަޔާތަށް އެންމެ ހިމޭންދުވަހެއްވެސް ނާދެއެވެ. ރިހާނާގެ އަބަދުގެ ޝަކުވާއަކީ އަލްހާންއަކީ އަމިއްލަ މަސައްކަތުން އުޅެން ގަސްތުކުރާ މީހަކަށްނުވާތީއެވެ. އަޒްހާން ފަދައިން އަމިއްލަ ފައިމައްޗަށް ތެދުވެ އަޒްހާންއަށްވުރެ ކުރިއަރާދާން އަލްހާން މަސައްކަތް ނުކުރާތީއެވެ. އަޒްހާންގެ ފަހަތުގައި އަލްހާން ހުންނާތީއެވެ. އެއީ ރިހާނާއަށް ބަލައިގަނެވޭ ކަމަކަށް ނުވެެއެވެ. ރިހާނާގެ ހިތުގެ އެދުމާއިއެކު މުއްސަނދިކަމަށް އެދެމުންދިޔައީ އިންތިހާއަަށެވެ. އޭނަ ތާއަބަދުހެން ކަޅިއަޅަމުންދިޔައީ އަޒްހާންގެ މުދާވެރިކަމަށެވެ. އަލްހާންގެ ބޮލަށް އެރިގެން އޭނަ މަސައްކަތްކުރަން ބޭނުންވީ ހައިލާގެ މަޤާމު އަތުލާށެވެ. ނުސީދާކޮށް އަލްހާންއާއި އެވާހަކަދެކެވޭ ކޮންމެފަހަރަކު އަލްހާންގެ ފަރުވާކުޑަކަން ރިހާނާގެ ލޭހޫނުކުރުވައެވެ. އޭނަގެ އަތުން ފައިން ގޯސް ހަދުވައެވެ.
އޭ.އެޗް. ފިނޭންޝިއަލް އޭގެ އެންމެ ބޮޑު މަޝްރޫއުއާއިއެކު އެއްފިޔަވަޅުކުރިއަށް އަޅަން ތައްޔާރުވަމުންދިޔައިރު އަލްހާންގެ އުޅުމަށް އާދަޔާހިލާފު ބަދަލުތަކެއް އައެވެ. އޭރު އަލްހާން ހުރީ އަޒްހާންގެ ދަށުން އޭ.އެޗް.ފިނޭންޝިއަލްގެ ވައިސް ޗެއަރމެންގެ މަޤާމުގައެވެ. އަލްހާންގެ ދުވަހުގެ ތާވަލް ބުރަވެ ގެއަށް ވަދެލާ ވަގުތު ގިނަވީއިރު ފުރަތަމަ ރިހާނާ އެކަންގުޅުވާލެވުނީ ކޮމްޕެނީގެ މަސައްކަތާއިއެވެ. ނަމަވެސް ފަހުން ފަހުން އައިސް އަލްހާންއަށް އަންނަން ފެށި ސިއްރު ފޯނު ކޯލްތަކުން ރިހާނާގެ ހިތުގައި ނުބައި ޝައްކުތަކެއް އުފެދެންފެށިއެވެ. އެ ފޯނު އައުމާއިއެކު އަލްހާންގެ މޫނަށް ވެރިވާ ކުލަވަރާއިއެކު ރިހާނާއާއި ފިލަން މަސައްކަތްކުރާ ކުރުމުންނާއި ވާހަކައޮޅުވަން އަލްހާން ކުރާ މަސައްކަތުން އެ ޝައްކުތައް ކުރިލާ ހެދެންފެށިއެވެ. އޭގެ ފަހުން އަލްހާންގެ ކޮންމެ އަމަލަކަށް ފާރަވެރިވެ ބެލެނީ ޝައްކުގެ ނަޒަރަކުންނެވެ. އޮފީސްގަނޑި ނިންމާފައި ކޮންމެދުވަހަކު އެއްގަނޑިއަކު އަލްހާން ބޭރަށްދާ ދިޔުމާއި ރޭގަނޑު ދަންވަންދެން ބޭރުގައި އުޅޭ އުޅުމުން ރިހާނާގެ ބޮލުގައި ނުބައިގޮތަކަށް ރިއްސާލިއެވެ. ސިކުނޑި ނުބައި އިންޒާރެއްދިނެވެ.
ވިންޓަރ ބްރީޒްގެ ބިޔަ ގޭޓްއިން ނިކުމެގެންދިޔަ ކާރަށް ބަލަހައްޓައިގެން އިނދެފައި އެ ކާރުގެ ފަހަތުން ކާރު ދުއްވާލަން އަމުރުކުރިއިރު ރިހާނާގެ އަތާއި ހަށިގަނޑު ފިނިވެފައިވިއެވެ. ހަމަޖެހިލުމަށް ފުންނޭވާއެއް ދޫކޮށްލަމުން ދެއަތް ދެއަތާއި މޮޑެލަމުން ރިހާނާ ދަތްތަކަށް ކާރުވާލިއެވެ. ކާރުގެ ވިންޑްސްކްރީންގައި މޫނު ޖައްސާލަމުން ފެނިގެއްލެމުންދިޔަ މަންޒަރުތަކަށް ހުރިހާ ސަމާލުކަމެއް ހުސްކޮށްލަން ރިހާނާ މަސައްކަތްކުރިއެވެ. އޭރު އެ ހަށިގަނޑުގެ ތެރޭ ހޫނުކަމެއް ދައުރުވަމުންދިޔައެވެ. މިއަދު ލޮލަށް ފެންނަ މަންޒަރަކުން އޭނަގެ މުޅި ހަޔާތަށް ނަގޫރޯޅިއެއްވެސް އަރާފާނެއެވެ. އަލްހާންގެ ބޭވަފާތެރިކަން ހަމަލޮލަށް ފެނިއްޖެއްޔާ އަލްހާންގެ ހަށިގަނޑުން ފުރާނަ ނިކުމެގެންދާވަރު އޭނަ ކުރާނެެއެވެ. އޭނައަކީ ހެއްދިހާ ގޮތެއް ހެދިގެން ހުންނާނޭ އަންހެނެއްނޫނެވެ. ކައިވެނިވެގެން މިހޭދަވެގެންދިޔަ ދުވަސްތަކުގައި އޭނަ ވާނީ ކިތަންމެ ރަނގަޅަކަށްވެސް އަލްހާންއަށް އެކަން އަންގައިދީފައެވެ.
މަޑު ދުވެއްޔެއްގައި ދުއްވަމުން ދިޔަ ނޫކާރަށް ފާރަލަމުން އޭގެ މަގުން ރިހާނާ އިން ކަޅު ކާރު ދުއްވަމުން ހަމަ ކުރަމުން އައީ ކުރީގައި އޮތް ކާރުގައި އިން އަލްހާންއަށް ޝައްކުނުވާނޭ ބީދައިންނެވެ. ދޭތެރެއަކުން އެ ކާރާއި އެއްވަރުކުރަމުން އެހެން މަގުތަކަށްވެސް އަޅަމުންދިޔައީ ފަރުވާތެރިކަމާއިއެކު ބަލާމީހަކަށްވެސް ކާރުގެ އިން މީހާގެ މަޤްސަދު ނުވިސްނޭނޭ ފަދައިންނެވެ. ފަނަރަވަރަކަށް މިނެޓްގެ ދަތުރަކަށްފަހު ކާރު ހުއްޓާލީ ވަށައިގެން އުސްކޮށް ފާރުރާނައި ކަޅުކުލައިގެ ދަަގަނޑު ގޭޓެއް ލާފައިވާ ގެއެއްގެ ކުރިމައްޗަށެވެ. ގޭޓް ކުރިމައްޗަށް ކާރު އެރުމާއިއެކު ގޭޓް ދެފަރާތަކަށް ހުޅުވިގެންދިޔުމާއިއެކު ކާރަށް ހާއްސަކޮށްފައިވާ މަގުން ކާރުން ވަދެގެން ގޮސް ނިވާވިއެވެ.
ފަހަތުން އައި ކަޅު ކުލައިގެ ކާރު މަޑުކޮށްލީ އެގެއާއި ތަންކޮޅެއް ދުރުގައެވެ. އަލްހާންގެ ކާރު އެގޭގެ ގޭޓުން ވަދެގެންދިޔަ މަންޒަރު ބަލަން އިނދެފައި ދިހަމިނެޓް ހަމަކޮށްފައި ރިހާނާ ކާރުން ފޭބިއެވެ. ޑްރައިވަރު ގާތުގައި އެތާ މަޑުކުރަން ބުނެފައި ރިހާނާ ކުރިއަށް ހިނގައިގަތެވެ. ލޯކުރިމަތީން ފެންނަން ހުރި ގެއަށް ބަލާލުމާއިއެކު ރިހާނާގެ މޫނުން ފެނުނީ ހައިރާންކަމުގެ ކުލަވަރުތަކެކެވެ. އެއީ އަލްހާންގެ މަންމަ މަލަކާއާއި ބައްޕަ ސުލްތާންގެ ހަޔާތުގެ ދުވަސްތައް ހޭދަކުރެއްވި މަންޒިލްކަމުގައި ބްރީޒްއެވެ. އަޒްހާންގެ ވިންޓަރ ބްރީޒް ހެދުމާއިއެކު މަލަކާއި ދެފިރިހެންދަރިން އެމީހުންގެ އަނބިން ގޮވައިގެން ވިންޓަރ ބްރީޒްއަށް ބަދަލުވުމަށްފަހު އެގެ ހުންނަނީ ފަޅަށެވެ. ރިހާނާގެ ހިތުގައި އިތުރަށް ސުވާލު އުފެދުނީ އެގެއަށް އަލްހާން އަންނަންޖެހޭ ސަބަބެއް ނޭނގިފައެވެ.
ލަކުނޑި ފައްތަރުތައް މަތީން އަރައިގެން އައިސް ލަކުނޑި ދޮރުފަތުގައި އިން ވަރުގަދަ ތަޅުގައި ރިހާނާ ހިފާލިއެވެ. ދެފަހަރަކު ތަޅުގައި ހިފާ ތަޅުވައިގަތުމާއިއެކު މުރަނަ އަޑަކާއިއެކު ދޮރުފަތް ހުޅުވިގެން ދިޔުމުން ރިހާނާ އެތެރެއަށް ފިޔަވަޅެއް އަޅާލިއެވެ.
ލިވިންރޫމްގެ މެދުގައިވާ ބޮޑު ޗާންދަލިޔާގެ ހުދުއަލިން ލިވިންރޫމްގެ އަނދިރިކަމަށް ނިމުމެއް ގެނެސްފައިވެއެވެ. ބަލާލައި ކޮންމެ ދިމާލަކުން ފެންނަނީ ފަޅުކަމެވެ. ލިވިންރޫމްފާރުގައި އަޅުވާފައި ހުންނަ ފޮޓޯ ފްރޭމްތަކާއިނުލާ ތަނުގެ ފުރިހަމަކަން އުނިވެފައިވެއެވެ. ސޯފާތަކާއި މޭޒުތައްވެސްވަނީ ހުދުފޮތިން ފޮރުވިފައެވެ.
ލިވިންރޫމްއަށް ނިކުމެވޭގޮތަށް ހުންނަ އެންމެ ބޮޑު ކޮޓަރީގެ ދޮރު ހުޅުވާލެވިފައިވާތަން ފެނި ރިހާނާގެ ފިޔަވަޅުތައް ބެހެއްޓީ އެކޮޓަރިއާއި ދިމާލަށެވެ. ކައިރިވަމުންދިޔަ ވަރަކަށް ފިރިހެނުންތަކެއްގެ އަޑުބާރުވަމުންދިޔައެވެ. ރިހާނާ ފާރުގައި ތަތްވެލަމުން ހަނިވެފައިވާ ދޮރުގެ ދޭތެރެއިން އެތެރެއަށް ލޯ ހިންގާލިއެވެ. ދޮރާއި ކުރިމަތިވާނެހެން ހުރި ސޯފާގައި އަލްހާން އިށީދެގެންއިންއިރު ދޮރަށް ފުރަގަސްވާގޮތަށް އަލްހާންއާއި ކުރިމަތިލައިގެން ދެޒުވާނަކު ތިއްބެވެ. އެތިން ޒުވާނުން ކަމަކާއި ސައްލާކުރަމުންދަނީކަން ޔަގީންވެފައި ރިހާނާ ކުރިއަށްވުރެ ބޮޑަށް ކަންފަތްހުޅުވާލިއެވެ.
“އިޝާރު ބުނަން ފިޑިވެ ފަސްޖެހިގެން މިކަހަލަކަންތައްތަކެއްނުވާނެ… ކަމެއް ހާސިލްކުރަން ބޭނުމިއްުޔާ ކޮންމެވެސް ވަރެއްގެ ޤުރުބާނީއެއްވެސްވާންޖެހޭނެ… ނަސީބަކީ ބަލަހައްޓައިގެން ހުއްޓާ އައިސް ތިމާއާއި އަރާހަމަކުރާ އެއްޗެއް ނޫން… އެންމެ ފަހުވަގުތު ހެދޭގޯސްތައް އަަހަރެން ޤަބޫލެއްނުކުރާނަން… އަބަދާއި އަބަދު ފުރުސަތެއް ނުލިބޭނެ….” އައްމާރު ވާހަކަދެއްކިއިރު އެ އަޑުގައި އެކުލެވިގެންވީ ހިތްހަމަނުޖެހުމެވެ.
“އައްމާރު… އިޝާރުއަށް އިތުބާރުކުރޭ… އޭނަގެ މަސައްކަތް އޭނަ ކާމިޔާބުކުރާނެ… އެކަންކުރެވޭނޭ މީހަކީ އެއީ…. އަޒްހާންއަކީ އޭނައާއި ގާތުގައި އުޅޭ ފަރާތްތަކަށް ދާދި ފަސޭހައިން އިތުބާރުކުރާ މީހެއް…” ޒަމާންވީ އެކުވެރިޔާގެ ދިފާއުގައި އަލްހާން ވާހަކަދެއްކިއެވެ. ޒަމާންވީ އެކުވެރިކަމުގައި އިޝާރުއަށް ހެޔޮއެދުމުގެ ނަމުުގައި އޭނަ މިކަމުގެ ތެރެއަށް ވެއްދި މީހަކީ އެއީއެެވެ.
“އެންމެ ރަނގަޅު… މިކަމުން އަހަރެމެން ތިން މީހުންނަށްވެސް ފައިދާތަކެއްވާނެ… އަހަންނަށް ޝްރޭޒްގެ ޕްރޮޖެކްޓް… އަލްހާންއަަށް އަޒްހާންގެ ކޮމްޕެނީ… އިޝާރުއަކީ ނެތްވަރުގެ މުއްސަންޖަކަށް އަހަރެމެން ހަދައިދޭނަން… ނޫންތަ އަލްހާން… މީގެ އެންމެ ބޮޑު ބައި ކުޅެންޖެހެނީ އަލްހާން…. ކުރިންވެސް ބުނިންހެން ކަމެއް މަގުން ކަސިޔާރުވެގެން ދިޔުމަކީ އަހަންނަށް ޤަބޫލުކުރެވޭނޭ ކަމެއްނޫން… އަހަރެމެންގެ ލަނޑުދަޑިއަށް ވާސިލްނުވެވިއްޖެނަމަ އަހަރެން މިކަމަށް ހޭދަކުރާ އަގުގެ ދެގުނަ ކަލޭމެން ދެމީހުން އަތުން އަތުލާނަން…” އައްމާރުގެ އަޑުބާރުވެ އެއަޑުގައިވީ ނުރައްކާތެރިކަން އިތުރުވަމުންދިޔައިރު އެ ވާހަކަތައް އަޑުއަހަން ހުރި ރިހާނާގެ ހިތުގައި ސުވާލުތައް ފުނިޖެހެމުންދިޔައެވެ. އެމީހުން ހާސިލްވާން ބޭނުންވާ ލަޑުދަނޑިއަކީ ކޮބާއިހެއްޔެވެ؟ ދުނިޔެއަށްވެސް ހިލަންނުވާހާ ސިއްރުން އެތިންމީހުން އެރާވަނީ ކޮން ރޭވުމެއްބާވައެވެ؟
“އެހެންވީމަ ވާންވީގޮތް އިނގޭދޯ ދެމީހުންނަށްވެސް…” އަލްހާންއާއި އިޝާރުގެ މޫނަށް ނަޒަރު ހިންގާލަމުން އަލްހާން ވާހަކަދެއްކިއެވެ. ދެވަނަ ފަހަރަށްވެސް ކަންތައްކުރަންވީގޮތާއި އެމީހުންގެ ރޭވުން ނުހަނު ތަފްސީލުކޮށް ފެށިގެންގޮސް ނިމެންދެން އައްމާރު ކިޔައިދިނެވެ. އެވާހަކަތަކަށް އަލްހާން ބައެއް ބައިތައް އިތުރުކުރިއެވެ.
ހުޅުވާލެވިފައިވާ ދޮރުގެ ދޭތެރެއިން އެ ވާހަކަަތައް ރިހާނާގެ ކަންފަތާއި ހަމަޔަށް ނުހަނު ސާފުކޮށް ފޯރިއެވެ. އިވުނުވާހަކަތަކުން ރިހާނާއަށް ހުރެވުނީ ޝޮކެއްގައެވެ. ކަމެއް އިނގެންވެއްޖެއްޔާ ކޮންމެފަދަ ކަމެއްވެސް މެދުވެރިވެދާނެއެވެ. ފަރުދާގެ ފަހަތުގައި އަލްހާން މަތުރަމުންދާ އެތިފަހަރުގެ ހަބަރު އޭނައަށް ފޯރީ އަދިކިރިޔާއެވެ. އޭނަ ހަމަ ރަނގަޅަށްވެސް ހައިރާންވެއްޖެއެވެ. މިހާތަނަށްވެސް އޭނަ އަލްހާން ސިފަކުރަމުން އައީ ކަމެއްކުރަން ނުކެރޭ ފިނޑިއެއްގެ ގޮތުގައެވެ. ނުމޮށޭ ގުރާ ބާރަށް ދައިގަންނާނެއެވެ. ސިއްރުން އަލްހާން، އަޒްހާންގެ ކަރަށް މޮހަން ތައްޔާރުކުރާ މަޅި އޭނަ ހީކުރިވަރަށްވުރެވެސް ނުރައްކާތެރިއެވެ.
ކޮޓަރިތެރެއިން އަލްހާން ނިކުމެދާނެހެން ހީވުމުން ރިހާނާ ނުހަނު ހަލުވި ފިޔަވަޅުތަކެއްގައި ދުރަށް ހިނގައިގަތެވެ. އޭނައަށް އެވާހަކަތައް އިވުނުކަން އަލްހާންއަށް އަންގަން ބޭނުންނުވިޔަސް ނަސީބުވެސް އޭނައަށް އެހީއެއްނުވިއެވެ. ކުރިއަށް ހިނގައިގަތްތަނާ ދޮރުކައިރީގައި ބައިންދާފައި އިން ދިގު މުށި ވާސްގައި އަޅައިގަތްފައި ރިހާނާ ބަނޑުވަތަށް ވެއްޓުނު އަޑުން އެ ހިމޭންމާހައުލަށް ރާޅެއް މުގުރާލެވުނުފަދައެވެ. ކޮޓަރީގައި ސައްލާކުރުމުގައި ތިބި ޒުވާނުންނަށްވެސް ލިބުނު ސިހުމާއިއެކު ގޮނޑިން ތެދުވެވުނެވެ. އެންމެންނަށްވުރެ ކުރީން ގޮނޑިން ފުންމާލިގޮތަށް އަލްހާން ދުވެފައި ގޮސް ކޮޓަރިން ނިކުތެވެ. އޭރު ފާރުގައި އަތްވިއްދާލައިގެން ރިހާނާ ތެދުވަނީއެވެ . މުށިތައްމަތީ އޮތީ ހުދު ކުލައިގެ މުށިކޮޅުތަކެވެ. ވާސްގައި ހުރި ޕްލާސްޓިކްމާތައް ބިންމައްޗަށް ހޫރިފައިވެއެވެ.
“ރިނީ…” ރިހާނާ ފެނުމާއިއެކު އަލްހާންގެ މޫނުން ތަފާތުކުލަވަރެއް ފެނިލިއެވެ. ރިހާނާއާއި ކުރިމަތިލާންވީގޮތެއް ނޭނގިފައި ހުރެެވެސް އަލްހާން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ރިހާނާގެ ތަބީއަތު މިވަގުތު ހުންނާނޭ ގޮތެއް އަންދާޒާކޮށްލަންވެސް އޭނައަށް ދައްޗެވެ. ބޭރުގައި ހިނގަމުންދިޔަ ކަންކަން ދެނެގަންނަން ބޭނުންވެފައި ތިބި ދެޒުވާނުން ދޮރު އަދިވެސް ބޮޑަށް ހުޅުވާލަމުން ބޭރަށް ބޯދިއްކޮށްލިއެވެ. އެދެމެދުގައި ދެކެވޭ ވާހަކަ އިތުރު ކަންފަތަކާއި ހަމަޔަށް ދާން ބޭނުންނުވާތީ ރިހާނާ ދުރަށް ހިނގައިގަތެވެ. އަލްހާން ހާސްވިއެވެ. އެއަމަލުން އޭނައަށް ޔަގީންކުރެވުނީ ރިހާނާ ވަރަށް ގަދަޔަށް ރުޅި އައިސްފައި ހުރީކަމަށެވެ. ވަގުތުން ރިހާނާ ހަމަޖައްސަންވެގެން އޭނާގެ ފަހަތުން އަލްހާން ހިނގައިގަތެވެ. އޭގެ ކުރިން ފަސްއެނބުރިބަލާލަމުން ދޮރުމަތީ ތިބި އިޝާރުއާއި އައްމާރުއަށް ލޮލުން އިޝާރާތެއް ކޮށްލިއެވެ. އެކަން އޭނަގެ އަތް މައްޗަށް ދޫކޮށްލާށޭ ބުނިފަދައެވެ.
“ރިނީ… ރިނީ މަޑުކޮށްބަލަ… ރިނީ ތިހީކުރާކަހަލަކަމެއްނޫނޭ މިއީކީ…” ހުއްޓުމެއްނެތި ހަލުވި ހިނގުމެއްގައި ދިޔަ ރިހާނާގެ ފަހަތުން އަރާހަމަކުރަމުން އަލްހާން ވާހަކަދެއްކިއެވެ.
“ދެން ކޮންކަހަލަކަމެއްތަ އަލްހާން؟” އަލްހާންއާއި ދިމާލަށް އެނބުރެމުން ރިހާނާ ސުވާލުކުރިއެވެ. އޭރު ދެޒުވާނުންނަށް ތިބެވުނީ ގޭގެ ކުރިމައްޗަށްވާހެން ހަދާފައިވާ ފެންޑާކޮޅުގައެވެ.
އެސުވާލެއް ދޭނޭ ޖަވާބެއް އަލްހާންއަކަށް ނޭނގުނެވެ. ރިހާނާއަށް ތެދަށް ހުރިހާކަމެއް ކިޔައިދޭންވީ ހެއްޔެވެ؟ ނޫނީ ސިއްރުކުރަންވީހެއްޔެވެ؟ ގޮތެއް ނިންމުމަކީ ފަސޭހަކަމަކަށްނުވިއެވެ.
“އަލްހާން… ނަސީބަކީ އެމީހަކު ހޯދައިގެން އެމީހަކު ގާތަށް އަންނާނެ އެއްޗެއްނޫން… އެއީ ބުރަމަަސައްކަތުން ހޯދަންޖެހޭ އެއްޗެއް… މިދުނިޔެއިން ތިމާގެ އުފާތައް ހޯދަން މަސައްކަތްކުރުމަކީ ކުށެއްނޫން… ތަަނަވަސްކަމާއި އުފާވެރިކަން އެއީ ހޯދީމަ ލިބޭނެ އެއްޗެއް…” ރިހާނާ ވާހަކަދައްކަމުންދިޔައިރު އެ މޫނަށް ތަފާތު ކުލައެއް ވެރިވިއެވެ. އެ މޫނުމަތީން ސިއްރުވެރި ހިނިތުންވުމެއްގެ އަސަރުފާޅުވިއެވެ.
“ރިނީ…” އަލްހާންއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެ ބަސްތަކުން ދޭހަކޮށްދެނީ ރިހާނާ އެކަމާއި ޤަބޫލުވުންނޫން ކޮންކަމެއްހެއްޔެވެ؟
“ތިއީ އަލްހާން ކުރިއަށްދާން ބޭނުންވާ މަގުކަމުގައިވަނީމަ އަހަރެން އަލްހާންއާއިއެކު ސާބިތުވެ ހުންނާނަން… އަލްހާންގެ އެއްއަތްކަމުގައިވެދޭނަން…” ރިހާނާ އަލްހާންގެ އަތުގެ ތެރެއަށް އަތްތިލަ ލައްވާލަމުން އެލޮލާއި ނަޒަރު ގުޅާލިއެވެ. އިރުކޮޅެއްވާންދެން އެހެން ހުރެފައި ރިހާނާ ދުރަށް ހިނގައިގަތްއިރު އެ ތުންފަތްމަތީވީ ހިނިތުންވުން ފުންވަމުންގޮސް މުޅި މޫނަށް ފެތުރިފައިވިއެވެ.
“ހައިލާ ލައްކަ ދުވަހު ރަންޏަކަށްވެގެން އުޅެވިއްޖެއެއްނު… ތިމުއްސަނދިކަމާއި ހުރިހާ އުފަލަކާއި އަލްވަދާއުކިޔަން ތައްުޔާރުވޭ… އަޒްހާންއާއިވެސް…. އަހަންނަށް ނުލިބުނު ލޯތްބެއް ކަލެއަކަށްވެސް ނުލިބޭނެ… ލިބުނަކަ ނުވެސްދޭނަން….” ރިހާނާ އަމިއްލަ ނަފްސާއި ވާހަކަދައްކަމުންދިޔައިރު އެލޮލުން ފެނުނު ވިހަކަމާއިއެކު ތުންފަތްމައްޗަށް ވެރިވީ ހީލަތްތެރި ހިނިތުންވުމެކެވެ. ކާމިޔާބު އޮތީ އޭނައާއި ދާދިގާތުގައިކަން ވިސްނުމުން ހިތުގައި ފޮނި ރާގެއް ކުޅެލެވުނެވެ.
ކުރެވެން އުޅޭކަމަކުން ލިބިދާނެ ނަތީޖާއާއި އެކަމުގެ ނުބައިކަމާއިމެދަކު ރިހާނާ އެންމެ ފަހަރަކުވެސް ވިސްނައެއްނުލިއެވެ. އެފަދަކަމަކާއި ވިސްނާލެވޭވަރަށްވުރެ އޭނަގެ އީމާންތެރިކަމާއި އަޤީދާ ބަލިކައްޓެވެ. ދުނިޔޭގެ އެދުމުގައި ނަފްސު އޮޔާގޮސް އޭނަގެ ހިތްވަނީ ޣާފިލްވެފައެވެ. އެދެލޯ ޖަރީވެފައިވަނީ ދުނިޔެ ދައްކާ ކުލަރީތި ގިރިޓީ މަންޒަރުތަކަށެވެ. އަމިއްލަ ހަލާކަށް ހުށަހެޅިގެންވެސް ދުނިޔޭގެ އެދުން ހާސިލްކުރުމަށް އެ ހިތްވަނީ ދަހިވެތިވެފައެވެ. މަގުފުރެދިފައި ހުރި އަލްހާންގެ ބޮލަށް ވަސްވާސް ލައިދެމުން އަމިއްލަ ދެއަތުން ފިރިމީހާއަށް ހަލާކުގެ މަގު ދެއްކިއިރު ﷲގެ ހަޞްރަތުގައި ތިބެން ޖެހޭ ދުވަހާއިމެދުވެސް ރިހާނާ ވިސްނައެއްނުލިއެވެ.
*** *** *** *** ***
އެއްފަރާތަކަށް ކަހާލެވޭ ބިއްލޫރި ދޮރުކަހާލުމަށްފަހު ކުޑަކޮޓަރިތެރެއަށް ދެފުލުހަކު ވަނުމާއިއެކު ރިހާނާގެ ހިޔާލުތައް ވިއްސިވިހާލިވިއެވެ. އަނބުރާ އޭނަގެ ދުނިޔެއަށް ވުޖޫދުވިއެވެ. ކުރިއަށްވަދެގެން އައި އަންހެންކުއްޖާއާއި ދިމާލަށް ރިހާނާ ބަލާލީ ފަރުވާކުޑަ ނަޒަރަކުންނެވެ. އޭނަ ވަގުތުން މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.
*** *** *** *** *** ***
އަހަރުގެ އެންމެ ހޫނުގަދަ ދުވަސްކޮޅަށް އެޅިއިރު ބަހާރުގެ ރީތި ކުލަ ފަޑުވެ ހަރީފުގެ ކުލަ ގަސްތަކުން ފެންނަން ފެށިއެވެ. ރީނދޫކުލައާއި އޮރެންޖް ކުލައިން ގަސްތައް ފޭރާންލާންފެށިއެވެ. ގަސްތަކުގެ ފަތްތަކުން ބިމުގައި ރަތް ރީނދޫ އަދި އޮރެންޖް ކުލައިގެ ދޫލަތައް އެޅިފައިވެއެވެ. އިރުގެ ރަންއަވި ފަތްތަކުން ފުރޭނިގެން ބިމަށްވެރިކުރުވާ ކުލަ އަޖައިބުވާހާ ޗާލެވެ. އެކުލައިގެ ދުނިޔެ އެންމެބޮޑަށް ރަމްޒުކޮށްދެނީ ބޭރު ގައުމުތަކަށް އަންނަ އޯޓަމް ސީޒަންއެވެ. ރާއްޖޭގެ ހަރީފުމޫސުމާއި އޯޓަމް އަޅާކިޔާނުލެވުނަސް އެއްގޮތްކަމެއް ފާހަގަކުރެވެއެވެ.
ހައިޒަލް ގަބުރުސްތާނަށް ވަދެގެންދަމުން އަތްތިލައަށް ބާރުކޮށްލަމުން އަނެއް އަތް ޖީބަށް ޖަހާލިއެވެ. ހަވީރުއަތަށް އަޅަމުންދިޔައިރު ހޫނުކަން މަޑުވެ ފަޒާގައި ފިނިކަމެއް ހިފަން ފަށައިފައިވެއެވެ. އަންނަ ލުއި ވައިރޯޅިތަކާއިއެކު އުދެހެމުންދާ ފަތްތައްވެސް ބިމަށް ތިރިވެ މުރުމުރު ލައްވަމުން ބިންމަތީ ދެމެމުންދެއެވެ. ބިޔަގަސްތައް އޭގެ ހައިބަތު އަންގަމުން އެތަނަށް ހިޔާދެމުންދިޔަައެވެ.
ހައިޒަލް ފަތްތަކުގެ މަތީން ހިނގާލައިފައި ގޮސް އަޒްހާންގެ މަހާނަ ކައިރިއަށް ހުއްޓުނެވެ. އެ މަހާނައާއި ޖެހިގެން އިނީ ހައިލާގެ މަހާނައެވެ. ދުނިޔޭގައި ލޯބިން އުޅުނު ދެމަފިރީން ވެލީގެ ދާނުގައިވެސް ނިދާލީ އެކުއެކީގައެވެ. ގާތުގައެވެ.
ހުދުފަސްތައް ކެހި މަހާނަމަތީ ދުވެފައިވާ ވެޔޮތަކުގައި މާއަޅާ ފަރިވެފައިވެއެވެ. ހޫނަށް ކެތްނުވެގެން މާތަށް މިލާފައިވާއިރު ވެޔޮތައްވެސްވަނީ ހީނަރުވެފައެވެ. ހުދުކުލައިގެ މަހާނަގަލުގެ ކުލަ ކަޅުކުލައަށް ބަދަލުވެފައިވާއިރު ދޭތެރެތަކުން ރެނދުތައް ފެނެއެވެ. ހައިޒަލް ތިރިވެލަމުން މަހާނައިގައި ކަނޑާ ނަގާފައިވާ ނަމުގައި އިނގިލި ހިންގާލިއެވެ.
“މަންމާ…. ބައްޕާ… މީ މަންމަމެންގެ ލޯބިވާ ދަރިފުޅޭ…” ޖަޒުބާތީވެގެންގޮސް ހައިޒަލްގެ ދުލުން ބަހެއް ބޭރުކުރަން ނުކުޅެދުނުއިރު ހައިޒަލްގެ ހިތުގެ އަޑު އިވުނެވެ. މަޑުމަޑުން މަހާނަ މަތީގައި އަތްހިންގާލަމުން ހައިޒަލްގެ ތުންފަތްމައްޗަށް ހިނިތުންވުމެއްގެނައެވެ.
“މިހުރިހާ ދުވަހު މަންމަމެން މަތީން ހަނދާންނުކުރެވުނީތީ މައާފުކޮށްދެއްޗޭ… މަންމަގެ މިދަރިފުޅު މަންމައަށް އިންސާފުހޯދައިދޭނަން…” އަޒްހާންއާއި ހައިލާގެ މަހާނައަށް ބަލަހައްޓައިގެން ހުރިއިރު ހައިޒަލްގެ ލޮލުގެ ތެރެއަށް ކަރުނަތައް ގިނަވިއެވެ. އެއީ އޭނަގެ ދިރިއުޅުމުގެ އެންމެ ބޮޑު ހަޤީގަތެވެ. އެތަށް އަހަރެއްފަހުން ހަޤީގަތް އިނގުނުއިރުވެސް ހައިޒަލްގެ ހިތުގައި އަޒްހާންގެ މައްޗަށް އުފެދިގަތް ލޯބި އެންމެ ފުރަތަމަ ދުވަހަކާއި ތަފާތެއްނުވިއެވެ. އެދުންވެރިކަމުގެ ދުނިޔެއާއި އަޒްހާން ވަކިވެގެންދިޔައީ މުޅި ދުނިޔެއަށްވެސް މިސާލެއް ދައްކާފައެވެ. އެދުވަހު އަޒްހާން އަމިއްލަ ހިތުގައި އަތްއަޅައިގެން ގުރުބާން ނުވިނަމަ މިފަސްގަނޑު މައްޗަކު އޭނައެއް ނުހުންނާނެެއެވެ. އޭނައާއިއެކު ވަނީ އަޒްހާންއާއި ހައިލާގެ ހަނދާންތައް ނަމަވެސް އެއިން ކޮންމެ ހަނދާނެއް ހައިޒަލްގައި ހިތުގައި ކަނޑާނެގިފައިވަނީ ދުވަހަކު ފިލާނުދާނޭފަދައިންނެވެ.
އިރުއޮއްސި އަނދިރިވާންފެށުމުން ހައިޒަލް ޤަބުރުސްތާނުން ނިކުމެގެންދަމުން ފަސްއެނބުރި އެ މަހާނައާއި ދިމާލަށް ބަލާލިއެވެ. ނިކަމެތި ޖިސްމުތައް ދާދި އަަވަހަށް މިވަގުތީ މަންޒިލްގައި ފަނާވެގެންދިޔަސް ތާއަބަދު ދެމިހުންނާނޭ ހަނދާންތައް ފޮހެވިގެންދިޔުމެއްނެތެވެ. އިންސާނުން މަރުވެގެންދިޔަސް ހަނދާންތައް މަރުވެދާނެހެއްޔެވެ؟ އެއީ އަބަދަށްޓަކައި ދެމިހުންނާނޭ ހަޒާނާއެކެވެ. އޭނައަށް އޮތީ ކެތްތެރިވެ ކުރިއަށްދިޔުމެވެ. ކުރިމަތިލާން އުޅޭ އިމްތިހާނުން ކާމިޔާބުވުމަށްޓަކައި ފައިތިލަ ސާބިތުކުރުމެވެ. ލޯބިވާ ފަރާތްތަކަށް އިންސާފު ހޯދައިދީ އޭނައަށް އަދާކޮށްދެވެން އޮތް އެންމެ ފަހުގެ ހައްޤު އަދާކޮށްދިނުމެވެ. ހަނދާންތަކުން ހިތްވަރު ހޯދައިގެން ކުރިއަށް ފިޔަވަޅު އެޅުމެވެ. ހަނދާންތަކުގައި ހިފަހައްޓައިގެން ތިބުމަށް އިންސާނާގެ އުމުރުވެސް ތަނެއް ނުދެއެވެ.
އެއް ހަފްތާ ފަސް….
ކޯޓުގައި ކުރިއަށްގެންދާ މައްސަލައިގެ ފުރަަތަމަ އަޑުއެހުމަށް ދައުވާކުރާ މާލަމަށް ދައުވާ ލިބޭ ފަރާތުގެ އާއިލާއާއި ދައުވާކުރާ ފަރާތުގެ އާއިލާގެ އިތުރުން ބައެއް އާންމުން އެއްވެފައިވެއެވެ. ދެފަރާތުގެ މަސްލަހަތު ހިމެނޭކަމަކަށްވެފައި ތިންވަނަ ފަރާތަކާއި ހަމަޔަށް ދިޔުމަށް ނޭދޭ ބައެއް ސިއްރުތައް ހުރުމުން މީޑީއާގެ ފަރާތަށް ވަނުން މަނާކުރެވިފައިވުމުން ހަބަރެއްގެ އިންތިޒާރެއްގައި ތިބި ނޫސްވެރިން މަޑުކޮށްލައިގެން ތިބީ އިމާރާތުގެ ބޭރުގައެވެ.
ޖަލު ޔުނީފޯރމްގައި ހުރި އަލްހާން މާލަމަށް ހާޒިރުކުރެވުމާއިއެކު ހައިޒަލްގެ އިނގިލިތައް މުށްކެވުނެވެ. ހަށިގަނޑަށް އެރިބާރުގައި ދަތްތަކަށް ބާރުކޮށްލެވުނެވެ. ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވާ ފަރާތަށް އެ މީހަށް ކަނޑައެޅިފައި ތަނުގައި އިށީދެ ހަމަޖެހުމާއިއެކު ބިސްމީގެ ބަރަކާތުން ޤާޒީ ޝަރީއަތް ފެށިއެވެ. ޤާޒީގެ ފަރާތުން ދެއްކެވި ކުރު އެހެނަަސް މުހިންމު ވާހަކަކޮޅަށްފަހު މައްސަލަ ހުޅުވުމުގެ ގޮތުން މައްސަލާއިގެން ވަކާލާތުކުރާ ވަކީލުގެ ހައިސިއްޔަތުން މަޔާން ވާހަކަދެއްކިއެވެ. މައްސަލައިގެ ކުރު ހުލާސާއާއިއެކު މައްސަލައިގެ ބާވަތް އޮޅުންފިލުވައިދީ މަޔާން ތަފްސީލުކޮށް ވާހަކަދެއްކިއެވެ. އެވާހަކަތަކުން ބައެއް ފަރާތްތަކުގެ ހިތުގައިވާ ޝައްކުތައް ފޮހެވުނެވެ.
މަޔާންގެ ވާހަކައިގެ މެދުތެރެއިން މާލަމުގެ ދޮރުހުޅުވިގެންދިޔުމާއިއެކު އެންމެންގެ ނަޒަރު އެދިމާލަށް ދަތުރުކުރިއެވެ. ޖެހިލުންވެ ކުރިއަށް ފިޔަވަޅުއަޅަމުން އައި އަންހެންކުއްޖާގެ މޫނު އެންމެންގެ ނަޒަރުގެ އަމާޒު ފަތްގަނޑަކަށްވިއެވެ. ހައިޒަލްއަށްވެސް ފަސްއެނބުރިބަލާލެވުނުއިރު އޭނައާއި އަރާހަމަވި އަންހެންކުއްޖާ ފެނި މޫނުމަތީގައިވީ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ހަށިގަނޑުގައި ފިނިކަމެއް ދުވެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
66 Comments!
Comments are closed.






heres the 72nd part of Bunedheyshe Ruhemey.. i apologize for the delay.. enjoy reading and leave a comment… good night
Am I the first. Will leave a comment after reading too
Congrats on being first dear
Yey me first dhw
Dear mifaharu second.. dhen faharaku first ah try kurahjjey
Mee first dhw Varah reethi mi bai ????Waiting 4 nxt prt
Dear mi faharu third.. thankss dear
Me first tha??
Alhe varah nalla ey?
Mihaaru dhira ah ves olhihje first akee kaakukan.. hehehe.. thankss dear
v kuruhen heevey….ekam v reethi… thnkx for uploading…. when is next part?
Thanks dear
❤️❤️❤️
thankss dear
Varah reethi mi bai ves as always kobaa shaleen dhiraa?kaakubaa eh aee dho? Waiting for the next part keep going love???
THanks dear.. shalee ah mi part ga rest eh dhinee
Varah salhi
Thanks dear
Varah varah reethi
thanks dear
Awlheyy haadha curious kohlaafa ey thi ninmaalyy… ???kaakubaa e aiyy??… anyways story is fascinating … & i want point out that mi website ga ves dhiraa ah vuren ryythikon sifa kurunthah gena writer eh nei????… just love u & ur hard work?❤❤?…. this story has been the top of my fav stories??…. waiting for next part..?????
next part kiyaalabala dear kaakutho balaalan… thank you so much dear.. alhe thihaa thaureef hama haqqutha? dhira mi masaikaih kuranee e level ah dheveytho.. im so happy to hear that dear
Dhiraaaa…… hama faint nuvee kiriyaa… hama ehaa salhi mi story… kon irakun next part… waiting ingey… best of luck???????????????????????????❤❤❤❤❤❤❤❤❤❤love u and ur story?????????????????❤?❤???????????????????????????????????????????????????????????????????????????????????
alhe dear faint nuvahjjey.. dhira ah doc eh nufonuveyne ehnu.. thank you so so much dear.. haadha loabi colourful comment ekey.. love you too dear
v reethi mi prt vx, avahah next prt up kohdheeba
thankss dear
❤️❤️❤️❤️❤️love it dhiraa???
oww…. that means a lot dear
V rythi.. A E Shaadhin dhw? Rihana n Alhan dharifulhu..
thankss dear.. dear haadha molhey.. guess kohlaafa dhw miothy
Storyy vrhh habbu…whn nxt??
thankss dear
V reethi… Nimen ulhey hen heevany
thankss dear.. mihaaru vaahaka nimen miulheny
Finally…. Adhikiriyaa vhk kiyaalevey varu miviy.. He hey… Stry hama fabulous❤️❤️❤️❤️❤️❤️❤️❤️❤️❤️❤️luv ya
thankss dear… varah ufaavehjje kiyaalaafa comment eh kohleema.. luv y too
Woooooww varah salhi mi part ves ? ? ? ? eh aeee kaakubaa ?. Curiously waiting for next part ? ? ? love you dhiraa sis ❤️ ❤️ ❤️ ❤️
thankss dear.. next part kiyaalabala kaakuthoa balaalan… ly too dear
Woah..v v salhi..I can imagine each and every scene very perfectly..Dhiraa sis v molhu masha allah…Ibaaraiy kohlaafa hurileh v v fashuvi❤❤❤????????????????????..sis thy hama javaahireh..hehe..Nd mi part vx v v rythi masha allah..Dhn hithah mi arany kaaku baa ey e aee..So curious to read next..ly?????????
i guess the girl who was raped or else hailaa
yh let’s see dhw..Im so curious now..nd so happy to c u winkyy
alhe dear.. right now im speechless… alhe haadha varakah thaureefu kohfa miothy.. varah ufaavehjje.. thank you so much dear… next part kiyaalabala kaakutho balaalan… thankss winkie girl.. next part kiyaalahchey
Eyaiy naina i guess dhw..haila govaigen kanne eyaiy ekm furat ham hailaaeh nufenaane..haizal happu vaany ani naina fenumeaehnun dhw v cicheck McDonald’s for drink4
nooney dear.. mifaharu ee naina eh noon… next part kiyaalabala… huriha kudhin inthizaaru kuranee hai and hailaa meetvaane dhuvahakah dhw… varah avahah e part ahnaane ingey.. thankss you
Dhiraa kairi konirakun tho dhen up vany ahaalaafa answer libun evves kujjeh ebaulhey thr.. please let me know her answer i cant wait to read.i want to know when is next part
im sorry dear.. busy vegen comment thakah reply nudhevi huree.. and upkuraane dhuvaheh decide nukuraathee up kohfa bunenulaa e inee
Dhiraa koba tha next part…….avahah up kohla dhyyba dhw
thankss dear
Alhey dhiraa keevve Lasvany?? ???
Plx V haavs avahah up kohdhiiii
sorry dear.. mihaaru type kohfa up kuraathee lasvanee
Mireyga vaahaka up vaane tha?? dhiraa sis kon thaaku thi ulhenee ehvx comment akah rply nudhee
I’m waiting dhiraa sis
Mifaharu thee hama aslu jiji tha
im here… sorry dear
Dhiraa vaahaka up kohlaane vaki dhuvaheh buneladheeba ehn noonyy
sorry dear
Dhiraa………?????????? its my first time commenting ur stry
I have never readen this much beautiful
Realistic and curious stry in my life…… ????????????????????????????????????
Believe me I am a crazy fan of ur stry……… ?????????????????
Dhiraa mihaaru 26 vana faharu Vaahaka up vehje tho mibalaaly……???????? Don’t make ur crazy fan more crazy ????
LUV U as well as the stry……….
Waiting ?????????????
thank you so much dear.. im really happy to meet you.. im so happy to hear that dear… ly too
vaahaka up kohdhinumuga dhiraa v faruvaakudavejjekamah v hithamaverikamaaeku dhannavan! Mikan rangalhu kohlladhinumakee alhuganduge v bodu edhumeh! Story v reethi adhi dhiraa ah mi dhaairaaga faagathi musthagbalakah edhen?
Dhiraa ge reason eh onnaane other wise Dhiraa is not that care less ???…. I am sure
sorry dear… dhira gabool kuran kurin genesdhey gothah mihaaru nugenesdheveykan.. eyru dhiraa behehtee vaahaka ge part that type kohlaafa… mihaaru e baithah nimigen type kuran jeheythee lasvanee.. im so sorry dear,, ekan ragalhu kohlaanan.. thank you so much dear
thankss for understanding dear
?????Dhiraa up vaane ireh ves crazy kaari bunahchey…….. LUV U ?????
thankss dear
Thus story is amazing and varah kiyaa hithun keh madhuvefa kiyaaleveni but bunelaanan kudakoh rangalhu kuranjehey thankolheh..ebbai episodes ga mulhin eh scene eh eba aadhey ma details bonduvegen hindi drama hunna gothah..Inthizaru kureveni dhn vaane gothakah ekam hama same scene anekka kuda anehen bunanya sometimes beykaru details aa ekkoh annani..like mi episode ves ehen..ummydhu kuran adhi kuriyah ohthaa rangalhu vaane kamah..?
thank you so much dear.. im really happy to hear that.. yeah dhw.. emotions ahna part thah dhw.. vaahaka ehveema liyegehnehnu ahnaanee… thankss for pointing out.. ebai ragalhu kohlaanan ingey
Dhiraaaa why careless in uploading
sorry dear… type kuran time nagaathee lasvanee