Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބިވަން ޔާރާއޭ 04

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
October 8, 2019 7 Mins Read
47 Comments

އޮފީހަށް ދިޔަ މަގުމަތީގައި ގޮސް ކާލާނެ ލުއި އެއްޗެއް ގަނެލުމަށް ދިމްނާ ކައިރީގައި ހުރި ފިހާރައަކަށް ވަނެވެ. ތަފާތު އެކި ލުއި ކާނާތައް ބެހެއްޓިފައިވި ހަރުތައް ބަލަމުންދިޔަ ދިމްނާ ސިހުނީ ކުއްލިއަކަށް މީހަކު އޭނަގެ އަތުގައި ހިފާ އެމީހަކާ ދިމާލަށް އަނބުރާލުމުންނެވެ. އެވަގުތު ނުހަނު ގާތުން ފެނުނު ސޫރައިން ދިމްނާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ދަތުރުކޮށްލިއެވެ.

” ފަވާޒް… ” ލިބުނު ސިހުމުގައި ދެލޯ ބޮޑުކޮށްލައިގެން ހުރި ދިމްނާގެ ދުލުން މަޑުމަޑުން އެޒުވާނާގެ ނަން އިވިލިއެވެ. އެއާއެކު ކުރިމަތީގައި ހުރި ޒުވާނާގެ ތުންފަތަށް ވިހަ ހިނިތުންވުމެއްވެރިވިއެވެ. ރަސްމީ ހެދުމުގައި ހުރި އެޒުވާނާގެ ފަން އިސްތަށިގަނޑު ކަނދުރާ އާއި ހަމައަށް އާދެއެވެ. ތުނިކޮށް ތުނބުޅި މަތިމަސް ބަހައްޓާފައިވީއިރު ހަމުގެ ކުލަ މާ އަލި ނޫންނަމަވެސް ރީތި ގޮތެއް ހުއްޓެވެ. ދިމްނާއަށް އަދިވެސް ހުރެވުނީ އެއްވެސް ހަރަކާތެއްނެތިއެވެ. ހިތުގައިވި ނުތަނަވަސްކަމުގެ ސަބަބުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނަގެ ނިއްކުރިން ދާތިކިތައް ފާޅުވާން ފެށިއެވެ. ” ހާދަ ބިރެެއްތިގަތީ… އަހަރެން ނޫޅެމޭ ދިމް ކާލާކަށް… ” ކުރިއަށްވުރެ ދިމްނާ އާއި ކައިރިއަށްޖެހިލަމުން ފަވާޒް މަޑުމަޑުން ބުނެލިއެވެ. ހަރުތަކަކާ ނިވާވެގެން ހުރުމުން ސޭޓަކަށް އިން މީހާއަށްވެސް އެދެމީހުން ފެންނަ ގޮތެއްނުވިއެވެ. ފަވާޒްގެ ގާތްކަމުން ހިތް އިތުރަށް ނުތަނަވަސްވީ ނަމަވެސް ބިރާއި ސިހުން އެއްފަރާތްކޮށްގެން ނޫނީ ސަލާމަތްނުވާނެކަން ދިމްނާގެ ހިތް ބުނެލިއެވެ.

” ލީވް މައި ހޭންޑް… ” ބިރާއި ސިހުން އެއްފަރާތްކޮށް ދަތްތައް ޖައްސާ ބާރުކޮށްލައިގެން ހުރެ ރުޅިވެރިކަން ދައްކާލަމުން މިހެން ބުނެ ދިމްނާ އޭނަގެ އަތް ފަވާޒްގެ އަތުގެ ތެރެއިން ދަމައިގަތެވެ. ” އޯހް… އެޓިޓިއުޑް… އައި ލައިކް ދެޓް… ” ކުޑަކޮށް ހައިރާންވެފައި ހުރިހެން ފަވާޒް އެހެން ބުނެ މަލާމާތުގެ ހިނިތުންވުމެއް އޭނަގެ ތުންފަތަށް ވެރިކޮށްލިއެވެ. ” ޑޯންޓް ޔޫ ޑެއަރ… ދެވަނަ ފަހަރަށް އަހަރެންގެ އަތުގަ ހިފަން އުޅެފިނަމަ ސޭޓަށް އަޑުއިވޭ ވަރަށް ގޮވާނަން… ” ފަވާޒް ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު ދިމްނާ ފަހަތަށް ޖެހިލާ ޝަހާދަތް އިނގިލި ދިއްކޮށްލައިގެން ހުރެ ފަވާޒަށް އިންޒާރުދިނެވެ. އަދި އެންމެ ސިކުންތަކުވެސް މަޑުކުރުމެއްނެތި ކައުންޓަރު ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ. ދިމްނާގެ އެހަރަކާތުންވެސް ފަވާޒްގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ކައުންޓަރު ކައިރި ދިމްނާ ހުރިއިރުވެސް ހަރުތަކާ ނިވާވެގެން ހުރި ފަވާޒްގެ ނަޒަރު ހުއްޓިފައިވީ ދިމްނާއަށެވެ. އޭނަގެ ދަހިވެތި ނަޒަރުތައް ދިމްނާގެ ހަށިގަނޑުން އެންމެ ހިނދުކޮޅަކަށްވެސް ވަކިވެގެންނުދެއެވެ. ދިމްނާ ނުކުތުމާއެކުހެން ފަވާޒްވެސް އިތުރަށް މަޑުކުރުމެއްނެތި ފިހާރައިން ނުކުންނަން ހިނގައިގަތެވެ.

ފިހާރައިން ނުކުން ދިމްނާ އަވަސް ހިނގުމެއްގައި ހިނގަމުންދިޔައިރު ދޭތެރެއަކުން ފަހަތް ބަލައިލައެވެ. ފަވާޒް އޭނަގެ ފަހަތުން އަންނަތަން ފެނި އިތުރަށް ރުޅިގަދަވެ ހިތް ނުތަނަވަސްވިއެވެ. މަގުމަތީގައިވެސް ކޮންމެފަދަ ކަމެއް ކުރަންވެސް ފަވާޒް ފަސްނުޖެހޭނެކަން ދިމްނާއަށް އެނގެއެވެ. އެވަގުތު އެހެން ލައިފައި ދިޔަ ޓެކްސީއަކަށް ދިމްނާ އަތް އެނގިއެވެ. ނަސީބު ކަންދިމާކުރި ގޮތުން ޓެކްސީ އައިސް އޭނަގެ ކައިރީ މަޑުކޮށްލިއެވެ. އެންމެ މިނެޓެއްވެސް ލަސްކުރުމެއްނެތި ދިމްނާ ޓެކްސީއަށް އަރާ ދާންވީތަން އަވަހަށް ބުނެލިއެވެ. ދިމްނާ ޓެކްސީއަށް އެރިތަން ފެނި ފަވާޒް ދުވެފައި އެދިމާލަށް މިސްރާބުޖެހިއެވެ. އެހެނަސް އެހިސާބަށް އޭނައަށް ދެވުމުގެ ކުރިން ޓެކްސީ އޭގެ މަންޒިލަށް ދަތުރު ފަށައިފިއެވެ. ފަވާޒް އުނަގަނޑުގައި ދެއަތް އަޅުވައިލައިގެން ހުރެ ހިތްހަމަނުޖެހިފައި ހުރި ފަދައިން ފައިން ޕޭމެންޓް މަތީގައި ބާރަށް ޖެހިއެވެ. ފަވާޒްގެ ހަރަކާތްތަކަށް ކާރުގެ ލޯގަނޑުން ބަލަން އިން ދިމްނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި އެތުނި ތުންފަތަށް ހިނިތުންވުމެެއްވެރިވިއެވެ.

” ދިމް… ” އޮފީހަށް އައިސް ވަން ދިމްނާ ފެނި ރިސެޕްޝަން ކައިރި މަޑުކޮށްލައިގެން ހުރި ޔަނާލް ގޮވާލިއެވެ. ” އަހަރެން މިދަނީ ބްރޭކަށް… ދޭއްޖަހާއިރު ސްޓާފުންނަށް މީޓިންއަށް ކިޔާލަދެއްޗޭ… މާދަމާއަށް ލިބުނު ޑީލްއެއް އެކްސެޕްޓްކޮށްފިން… އެކަމާ ބެހޭގޮތުން ޑިސްކަސްކޮށްލަންވެގެން… ދި ގްރޭންޑް ކޮމްޕެނީއާއެކު ޑީލް ހެދީ… އެކޮޅުން ފުރިހަމަކުރަންޖެހޭ ޕޭޕަރވޯކްސްތައް ނިންމާފަ ފޮނުވާނެ ވާހަކަ ބުނި… ދިމް މެއިލް ޗެކްކޮށްލައްޗޭ… އައިސްފަ އިނިއްޔާ ޕްރިންޓް ނަގާފަ އަހަރެންގެ ކެބިންގެ މޭޒުމަތީގަ ބާއްވާ… އަންނާނަން ބްރޭކަށް ގޮސްފަ… ” ޔަނާލްގެ ވާހަކަތައް އަޑުއަހަން ހުރި ދިމްނާ މަޑުމަޑުން ބޯ ޖަހާލިއެވެ. ހިނިތުންވުމެއް ރައްދުކުރުމަށްފަހު ޔަނާލް އޮފީހުން ނުކުތުމަށް ހިނގައިގަތެވެ.

އިކާން އޭނައަށް ޚާއްސަކުރެވިފައިވި ކެބިންގައި ފައިލްތަކެއް ބަލަން އިނެވެ. އެތައްއިރަކު އެމަސައްކަތުގައި އިނުމަށްފަހު ފައިލްތައް ލައްޕާލާާ މޭޒުގެ އެއްފަރާތުގައި ބެހެއްޓުމަށްފަހު ކުޑަކޮށް މޭޒާ ދުރުވެލަމުން އޭނާ އިށީންދެ އިން ކަޅުކުލައިގެ އެކްޒެކެޓިވް ގޮނޑީގައި ލެނގިލިއެވެ. ފުން ނޭވައެއް ދޫކޮށްލަމުން އިކާން އޭނަގެ ދެލޯ މަރާލިއެވެ. އެރީތި މޫނުމަތިން ވަރުބަލިކަން ފެންނަން ހުރިއިރުވެސް އެރީތިކަން ފަނޑުކޮށެއްނުލައެވެ. ހިތްތަށް ފަތަހަކޮށްލާފަދަ ޖާދޫވީކަމެެއް އިކާނަށް ލިބިފާވެއެވެ. މަޑުމަޑުން ދެލޯ ހުޅުވާލި އިކާން މޭޒު މަތީގައި އޮތް އޭނަގެ ފޯނު ނެގިއެވެ. ފޯނު ލޮކް ހުޅުވާލި ވަގުތު ފެނިގެންދިޔަ ފޮޓޮއަށް ބަލަން އިކާން އިނެވެ. ކަޅިޖަހާނުލައި އެފޮޓޮއަށް ބަލަން އިންއިރު އިކާންގެ މޫނު މަތީގައިވީ ބުނެދޭން ނޭނގޭފަދަ އަސަރުތަކެކެވެ. ފޮޓޯއިން ފެންނަމުންދިޔަ އަންހެން ކުއްޖާގެ ތުންފަތުގައި އިކާން އޭނަގެ ބޮޑުވައި އިނގިލިން ފިރުމާލިއެވެ. އިކާންގެ ކޮންމެ ހަރަކާތަކުން އެއީ އޭނައަށް ވަރަށް ޚާއްސަ ފަރާތެއްހެން ހީވެއެވެ. ހަމުގެ ކުލަ އަލި އެއަންހެން ކުއްޖާގެ މޫނު މަތީގައިވީ އުފާވެރިކަމެވެ. މައްޗަށް ލެނބިފައިވި ދިގު އެސްފިޔަތަކުން އެ ބޮޑު ދެލޮލުގެ ރީތިކަން އިތުރުކޮށްދެއެވެ. އުޅަބޮއްޓާ ހަމައަށް އަންނަ އެއިސްތަށިގަނޑުގެ ތިރީބައި ވަނީ ހިސާބަކަށް ބުޅިކޮށްފައެވެ. ބަލާބެލުމަށް ހިތްގައިމު ގޮތެެއް ހުރެއެވެ. ލޫޅާފަތި ހަށިގަނޑެއް ލިބިފާވީއިރު ލައިފައިވާ އަތްކުރު ހުދު ކުލައިގެ ޓޮޕްކޮޅާއި ކަކުލާ ހަމައަށް އަންނަ ކަޅުކުލައިގެ ސްކާޓުން ފަހުގެ ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން ދޭހަވެގެންދެއެވެ. އެދޮން ފައިގެ ބޮޑު ބައެއް ހާމައަށްވީއިރު އަރާފައިވަނީ ކަޅުކުލައިގެ ހައިހީލަކަށެވެ. އެއްފައި މައްޗަށް އަނެއް ފައި ލައިގެން ބަގީޗާއެއްގެ ތެރޭގައި ހުރި ބެންޗެއްގައި އިށީންދެލައިގެން އިންއިރު ފަހަތުން ފެންނަމުންދިޔަ އެކި ކުލަކުލައިގެ މާމެލާމެލިން އެމަންޒަރު އިތުރަށް ފުރިހަމަކޮށްދެއެވެ. އިކާން ފޯނު މޭޒު މަތީގައި ބޭއްވުމަށްފަހު އަނެއްކާވެސް ފުން ނޭވައެއް ދޫކޮށްލިއެވެ. ސިކުނޑީގައި ދައުރުވަމުންދިޔަ ޚިޔާލުތަކުން އެއްފަރާތްވެލަން ބޭނުންވެފާފަދަ އަސަރެއް އިކާންގެ މޫނު މަތިން ހާމަވެއެވެ. މިހާރު އޭނަގެ ނަޒަރު ސީދާވެފައިވީ ސީލިންގަށެވެ. ފެންނަ ފެނުމަށް ކޮންމެވެސް ކަމަކާ ވިސްނަނީހެން ހީވެއެވެ. ހަޔާތުގެ އެދުވަސްތައް އަނބުރާ ލިބެން ކިތަންމެ ހިތް އެދުނަސް އެދުވަސްތައް ލިބޭނެކަމުގެ އެއްވެސް އުއްމީދެއްނެތެވެ. އެފަދަ ކަމަކަށް އުއްމީދުކުރުމުގެ ބޭނުމެއްވެސް ނެތްތާއެވެ. އޭނާ އެވަރަކުން އެހާ އަވަހަށް ވަޒީފާގެ މާހައުލަށް ނުކުތީވެސް ދިރިއުޅުމުގެ އެދުވަސްތައް ހަނދާން ނައްތާލަން ބޭނުންވުމުންނެވެ. އެޚިޔާލުތައް އޭނަގެ ސިކުނޑިންނާއި ހިތުން ފޮހެލަން ބޭނުންވީތީއެވެ. އެހެނަސް އަދި ކާމިޔާބުވުމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. ސިކުނޑީގެ އެއްފަރާތެއްގައި އަބަދުވެސް އެހަނދާންތައް އާވެއާވެ ހުރެއެވެ. އެފަރާތާ ގުޅިފައިވި ކޮންމެ އެއްްޗެއް ފެންނަ ހިނދު އެއުފާވެރި ލޯބިވެތި ދުވަސްތައް އިކާންގެ ލޯ ކުރިމަތީގައި ސިފަވެގެންދެއެވެ. ” ވައި… ” ޚިޔާލުތަކުގައި ފީނަމުންދިޔަ އިކާންގެ ދުލުން މަޑުމަޑުން އިވިގެން ދިޔައީ އެދެއަކުރުގެ ލަފްޒެވެ. އެއަޑުގައި އެތައް ހިތާމައަކާއި ޝަކުވާއެއް އެކުލެވިގެންވެއެވެ.

ސީލިންގަށް ނަޒަރު ހުއްޓާލައިގެން އިން އިކާން އޭނަގެ ހަށިގަނޑު ސީދާކޮށްލީ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވުމުންނެވެ. ފޯނުގެ ސްކްރީނަށް ބަލައިލި އިކާން ފޯނު ނަގާ ހަލޯއޭ ބުނެލިއެވެ. ”ދަރިފުޅު ކާން ނާންނާތީ… ބައްޕައާ ދެމީހުން އާދޭ ކާން… ” އިކާން ފޯނު ނެގުމާއެކު ހަފްޒާ ވާހަކަދެއްކިއެވެ. އެއާއެކު މިދަނީ ކަމުގައި ބުނެ އިކާން ފޯނު ބޭއްވިއެވެ. ގޮނޑިން ތެދުވެ ލައިގެން ހުރި ކޯޓު ރަނގަޅުށްލާ މޭޒު މަތީގައި އޮތް އޭނަގެ ފޯނު ޖީބަށް ލަމުން އިކާން އޭނަގެ ކެބިންއިން ނުކުމެ އާކިފްގެ ކެބިންއަށް މިސްރާބުޖެހިއެވެ. ކެބިންގެ ދޮރުގައި ޓަކިޖަހާލުމާއެކު އެތެރެއިން ވަންނަން ބުނުމުން އިކާން ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ. އޭރު އާކިފް އޭނަގެ މޭޒު ކައިރީ ކޮންމެވެސް ލިޔުންތަކެއް ބަލަން އިނެވެ.  ”އަނހާ ދަރިފުޅާ… އާދޭ އެތެރެއަށް… އިށީންދޭ… ” އަތުގައި ހުރި ލިޔުންތަކުން ނަޒަރު ވަކިކޮށްލާ އެތެރެއަށް ވަން އިކާން ފެނުމުން އާކިފް ބުނެލިއެވެ. ” ބައްޕަ ކާންދާންވީނު… މަންމަ ގުޅާއިފި ކާން ނުގޮސްގެން… ބައްޕަ ފޯނު ނުނަގާ ވާހަކަވެސް ބުނި… ” އާކިފްގެ މޭޒު ކައިރި އައިސް ހުއްޓެމުން އިކާން ވާހަކަ ދެއްކިއެވެ. އެހިނދު އާކިފް ޖީބުގައި އޮތް އޭނަގެ ފޯނު ނަގައި ބަލައިލިއެވެ. އެއާއެކު ހަފްޒާގެ މިސްވެފައިވި ދެކޯލު އާކިފްގެ ލޮލުގައި އަޅާއިގަތެވެ. ” ބައްޕަ މިސްކިތައް އަރަންވެގެން ފޯނު ސައިލަންޓަށް ލީގޮތަށް އަދިވެސް މިއޮތީ… އައިއްސަ މިމަސައްކަތްކުރަން އިނީމަ ހަނދާންވެސް ނުވީ… ހިނގާ ދަމާދޯ… ” އާކިފް މިހެން ބުނެ ފޯނު އަނބުރާ އޭނަގެ ޖީބަށް ލައި މޭޒުމަތީގައި ލިޔުންތައް ރީތިކޮށް ބެހެއްޓުމަށްފަހު ދާން ތެދުވިއެވެ. އިކާންވެސް އާކިފްގެ ފަހަތުން ކެބިންއިން ނުކުމެ ދެބަފައިން އެކުގައި އޮފީހުން ނުކުމެ ގެއަށް ދިޔުމަށް ކާރުގައި މިސްރާބުޖެހިއެވެ.

ލައިލެކްވިއުގެ ބޮޑު ދޮރާށި ހުޅުވާލަމުން ޔަނާލް އެތެރެއަށްވަނެވެ. ގޭތެރެއަށް ވަނުމަށް ހަދާފައިވި ވޯކްވޭއިން ހިނގާފައި ގޮސް ގޭތެރެއަށް ވަންއިރު ސިޓިންރޫމުގެ އެއްފަރާތުގައި ހުރި ފަހާފޮށިން ހެދުމެެއް ފަހަން ޔުސްރާ އިނެވެ. ” ނާލް… ތިއާދެވުނީދޯ އަދި… ނަމާދުކޮށްގެން އަވަހަށް އާދޭ ކާން… ” ގޭތެރެއަށް ވަން ޔަނާލް ފެނި ޔުސްރާ ބުނެލިއެވެ. ޔަނާލް މަޑުމަޑުން ބޯ ޖަހާލުމަށްފަހު އޭނަގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލި ޔަނާލަށް އޭނަގެ އެނދުގައި އިށީންދެ އިން ޔަލްވީ ފެނި ދެލޯ ބޮޑުކޮށްލެވުނެވެ. ” ދޮންތާ… ބިރުން ކިރިޔާއެއްނު ހަލާކުނުވީ… ” މޭގައި އަތްއަޅާ ފުންނޭވައެއް ދޫކޮށްލަމުން ޔަނާލަށް ބުނެލެވުނެވެ. ” ނާލް ތިހާ ބިރުގަންނަން ދޮންތަ ޖަހަނީ ބިރުވެރި ސިފައެއްތަ… ” އެނދުން ތެދުވެ މޫނަށް ވައްތަރެއް ޖައްސައިގެން ހުރެ ޔަލްވީ ބުނެލިއެވެ. ” ނޭނގޭނެއެއްނު އަހަރެން ކޮޓަރީގަ އިންނާނެކަމެއް… ނުވިސްނާ ހުއްޓާ އައިސް ދޮރު ހުޅުވާލި ވަގުތު އެނދުމަތީގަ މީހަކު އިނީމަ ސިހޭނެދޯ… ” ކޮޓަރިއަށް ވަދެ އަތްދަބަސް އެއްފަރާތެއްގައި ހުރި ސޯފާމަތީ ބާއްވަމުން ޔަނާލް ބުނެލިއެވެ. ” ހޫމް ދެން އޯކޭ އޭ… ދޮންތަ ވަރަށް ވަރަށް ވަރަށް ބޮޑު ވާހަކައެއް ބުނާށޭ މިއިނީ ނާލްގެ ކޮޓަރީގަ… ހާދަ ލަހަކުން މިއަދު ތިއައީ… ކޮންއިރެއްތަ ނާލްގެ އިންތިޒާރުގަ މިތާ އިންނަތާ… ” ޔަނާލްގެ ގާތަށް ގޮސް އޭނަގެ ކުރިމަތީގައި ހުއްޓިލަމުން ޔަލްވީ ބުނެލިއެވެ. ” ވަރަށް ބިޒީއޭ… އެހެންވެ ލަސްވީ… ބުނެބަލަ… އެހާ ބޮޑު ވާހަކައެއް އަނެއްކާ ކޮން ވާހަކައެއްތަ އެއީ… ” ޔަނާލް އޭނަގެ ފުރިހަމަ ސަމާލުކަން ޔަލްވީއަށް ދެމުން ބުނެލިއެވެ. އެއާއެކު ޔަލްވީގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައިރު މޫނު އަލިވެގެން ދިޔައެވެ. އެމަންޒަރު ފެނި ޔަނާލްގެ ހިތަށްވެސް އުފާވެރިކަން އިހުސާސްވިއެވެ.

” ނާލް… ޔޫ ވޮންޓް ބްލީވް މީ… ދޮންތައަށްވެސް ގަބޫލުކުރަން ދަތިވި… ޔޫ ނޯ ވަޓް ނާލް… އައި ސޯ ހިމް… އައި ފައިނަލީ ސޯ ހިމް… އެއީ ހަމަ އޭނަ… ސްޓިލް އެހާ ސްމާޓް… ޓު ބީ އޯނެސްޓް… ކުރިއަށްވުރެވެސް ރީތި… ” ޔަނާލްގެ ދެއަތުގައި ހިފަހައްޓާލައިގެން ހުރެ އުފާވެރިކަމާއެކު ޔަލްވީ ވާހަކަ ދެއްކިއެވެ. ޔަލްވީގެ ވާހަކަ ހުރިގޮތުން ޔަނާލަކަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ. ” ވަން ސެކަންޑް… ދޮންތާ… އަހަންނަކަށް ހަމަ އެއްވެސް އެއްޗެއް ނުވިސްނުނު… ކާކުތަ ދޮންތައަށް ފެނުނީ… އެވެސް ދޮންތަ ތިހާ އުފާވާންޖެހޭ… ” ސުވާލު އުފެދިފައި ހުރެ ޔަނާލް ބުނެލިއެވެ. ” ނާލް… އައި ސޯ ހިމް… މާލޭގަ އުޅުންއިރު ދިޔައިމެެއްނު އަރޓް އެގްޒިބިޝަނަކަށް… އެތަން ބަލާލަން… އެދުވަހު ފެނުނު ހޭންޑްސަމް ގާއި… ހަނދާންވޭތަ ނާލް އެދުވަހު ދޮންތަ އާ އެހެން ކުއްޖަކާ ޖެހި ކުޑަ އެކްސިޑެންޓެއް ހިނގި ހަނދާން… ” ލިބިފައިވި އުފާވެރިކަމާއެކު ޔަލްވީ މިފަހަރު ކުރިއަށްވުރެ ތަފްސީލާއެކު ބުނެލިއެވެ. ” އޯހް… އޭނަތަ… ހަނދާންވެއްޖެ… އެހާ ދުވަސް ފަހުން ފެނުމުންވެސް ދޮންތައަށް އޭނަ އިނގުންދޯ… ކޮންތާކުންތަ އޭނަ ފެނުނީ… ” ޔަނާލް އޭނަގެ ސިކުނޑިއަށް ބާރުލުމާއެކު އެދުވަސް ހަނދާންވެގެން ދިޔައެވެ. ” ދޮންތައަށް އެނގޭނެއެއްނު… އެންމެ ފުރަތަމަ ފެނިލުމުންވެސް މިހިތުގައި ކުރެހިގެންދިޔަ ސޫރަ ކިހިނެއް އެހާ ފަސޭހައިން ހަނދާންނައްތާލާނީ… ތިން އަހަރު ފަހުން ފެނުމުންވެސް ހަމަ އެދުވަހު ކުރެވުނުފަދަ ފޮނި އިހުސާސެއް ކުރެވުނީ… އެއީ އެންމެ ފެނިލުމަކުންވެސް އަހަރެންގެ ހިތް މިލްކުކޮށްލި ސޫރަ… ” ހުވަފެނީ ގޮތަކަށް ހިނިތުންވެލައިގެން ހުރެ ޔަލްވީއަށް ވާހަކަ ދެކެވުނެވެ. އޭރުވެސް އޭނަގެ ހިތާއި ސިކުނޑީގައިވީ ވިޝާލްގެ ހިތްގައިމު ސޫރައެވެ.

” ދޮންތާ… މިހާރުން ފެށިގެންވެސް ހުވަފެން ދެކެންފެށީދޯ… ” ޔަނާލް އޭނަގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ދައްތަގެ މޫނަށް އަރަމުންދިޔަ ކުލަވަރުތައް ދިރާސާކުރަން ހުރެ ބުނެލިއެވެ. ޔަލްވީގެ މޫނު މަތީގައިވި ކުލަވަރުންނާއި އިޚްތިޔާރަކާނުލާ އެދުލުން ބުނެލާ ބަސްތަކުން އޭނަގެ ހިތުގައި ވިޝާލްއަށް ދެވިފައިވި މަޤާާމު ޔަނާލަށް ސާފުވެގެން ދިޔައެވެ. ޔަލްވީގެ ހިތުގައި ވިޝާލްއަށްޓަކައި އުފެދިފައިވި ލޯބި ކާމިޔާބުކޮށްދެއްވުން އެދި އެވަގުތު ހިތާހިތުން ޔަނާލަށް ދުޢާކުރެވުނެވެ. އޭނާ ބަރުދާސްތުކުރިފަދަ ހިތްދަތި ދުވަސްތަކެއް ލޯބީގެ ހަޔާތުން ޔަލްވީއަށް ނުދައްކާވަތޯ ޔަނާލް ހިތާހިތުން އެދިއެދި ހުއްޓެވެ. ” ހޭއި… ނާލް… ކޮންކަމަކަށް ގެއްލިފަ… އަޑުއިވުނުތަ މިކީ އެއްޗެއް… ” ޔަލްވީގެ ވާހަކަތަކުން އޭނަގެ މާޒީގެ ހަނދާންތަކަށް ދަތުރުކުރަމުންދިޔަ ޔަނާލަށް ސިހުންގެނުވީ ޔަލްވީ އޭނަގެ ކޮނޑުގައި ހިފަހައްޓާ ތަޅުވާލުމުންނެވެ. ”ހޫމް… ކީކޭ… ކީކޭތަ ދޮންތަ ބުނީ… ” ސިހުން ލިބުނު ޔަނާލަށް ވާހަކަވެސް ދެއްކުނީ އަޅައަޅާއިގަނެގެންނެވެ. ޔަލްވީ އަނެއްކާވެސް އޭނައަށް ވިޝާލް ފެނުނު ގޮތް ތަފްސީލުކޮށް ކިޔައިދިނެވެ. އިންޓަވިއުގެ ކަންކަން ހިނގާދިޔަ ގޮތް ކިޔައިދިންއިރު ޔަލްވީގެ ތުންފަތުގައިވީ ލުއި ހިނިތުންވުންފެނި ޔަނާލްގެ ދެލޯވެސް ފެންކަޅިވިއެވެ. ޔަނާލްގެ ފެންކަޅިވެފައިވި ދެލޯ ފެނި ޔަލްވީގެ ވާހަކަތައް ހުއްޓުމަކަށްއައެވެ. ޔަނާލް ވަގުތުން އޭނަގެ ނަަޒަރު ބަދަލުކޮށްލާ ކަރުނަތައް ހިންދާލަން މަސައްކަތްކުރިއެވެ. ” ނާލް… ނާލް އައިމް ސޯ ސޮރީ… ސޯ ސޮރީ ނާލް… ދޮންތަގެ ވާހަކަތަކުން ނާލްއަށް ހަރޓްވާނޭކަން އޭރު ނުވިސްނުނީ މާބޮޑަށް އުފާވެފަހުރީމަ… ނާލްގެ ފީލިންގްސްތަކަށް ބެލުމެެއްނެތި ދޮންތައަށް ވާހަކަ ދެކެވުނީތީ ވަރަށް ބޮޑަށް ސޮރީ… ” ޔަނާލް ގެނެސް އޭނަގެ ގަޔާ ކައިރިކޮށްލާ ބައްދާލަމުން ޔަލްވީ ބުނެލިއެވެ. ކޮއްކޮގެ ހިތުގައި ޖެއްސުނީތީ ޔަލްވީ ހަމަރަނގަޅަށްވެސް ދެރަވިއެވެ.

” ދޮންތާ… ރިލެކްސް… އަހަރެން ދެރައެއްނުވެއޭ… އަހަރެން އުފާވީ ދޮންތަގެ ވާހަކަތަކުން… އަހަރެން ބޭނުންވަނީ ދޮންތަގެ ތިިހިނިތުންވުން އަބަދުވެސް ފެންނަން… ދޮންތަގެ ލޯބި ކާމިޔާބުވާން… ދޮންތަ އުފާވެރި ދިރިއުޅުމެއް އުޅޭތަން ދެކެން… އަހަރެން ކަޑައްތުކުރަންޖެހުނުފަދަ ހިތްދަތި ދުވަސްތަކެއް ދޮންތައަށް ތަހައްމަލުކުރަން ނުޖެހުން އަހަރެންގެ ދުޢާ އަކީ… އަދި ބުނަން.. ދޮންތައަށް ކޮންމެ ވާހަކައެއްވެސް އަހަންނާ ޝެއަރކުރެވޭނެ… ދޮންތަގެ އެއްވެސް ވާހަކައަކުން އަހަރެން ދެރައެއް ނުވާނެ… އެއީ އަހަރެންގެ މާޒީ… ވެދިޔަ ކަމެއް އަނބުރައެއް ނުގެނެވޭނެ… އަދި ބަދަލެއްވެސް ނުކުރެވޭނެ… ޕާސްޓް ޕާސްޓްގެ ގޮތުގަ ބޭއްވުމަށްފަހު އަހަރެންގެ ގާތް ފަރާތްތަކަށް ލިބޭ އުފާވެރިކަން އެމީހުނާއެކު ހިއްސާކުރަން ބޭނުންވަނީ… އިންޝާ ﷲ ދޮންތައަށް އެޖޮބްވެސް ކާމިޔާބުވާނެ… ” ލޮލުން ފޭބި ކަރުނަތައް އެއްއަތުން ފޮހެލުމަށްފަހު ޔަލްވީ އޭނަގެ ގަޔާ ދުރުކޮށްލަމުން ޔަނާލް ވާހަކަ ދެއްކިއެވެ. ” އަރ ޔޫ ޝުއަރ… ޕާސްޓް ހަނދާންކޮށް އެހެންވެއެއްނޫންތަ ރޮވުނީ… ” އިރުކޮޅަކު ޔަނާލްގެ މޫނަށް ބަލަން ހުރެ ޔަލްވީ ބުނެލިއެވެ. ” ހޫމް… އައިމް ޝުއަރ… ދެން ދޭ އަވަހަށް… ނަމާދުކުރަންވެއްޖެ… މިއަދު ކައިގެންވެސް ނުދެވޭނެ މިވީ ގޮތުން… ދޭއްޖަހާއިރު މީޓިންއެއްވެސް އޮންނާނެ… ބާކީ ހުރި ވާހަކަތައް އައިއްސަދޯ… ” ޔަލްވީއަށް ޔަގީންކަން ދިނުމުގެ ގޮތުން އަޑަށް ސަމާސާވެރިކަން ގެންނަމުން ޔަނާލް ބުނެލިއެވެ. އެއާއެކު މަޢާފަށް އެދެމުން ޔަލްވީ އަވަސް އަވަހަށް ޔަނާލްގެ ކޮޓަރިން ނުކުތެވެ. ޔަލްވީ ކޮޓަރީގެ ދޮރު ޖެހުމާއެކު ޔަނާލް ފުން ނޭވައެއް ދޫކޮށްލިއެވެ. ހިނދުކޮޅަކަށް މާޔޫސްކަން ވެރިވި އެމޫނުމަތީގެ ކުލަަވަރު ތުންފަތަށް ވެރިވި ލުއ ހިނިތުންވުމުން ބަދަލުކޮށްލިއެވެ. އިތުރަށް ވަގުތު ބޭކާރު ކުރުމެއްނެތި ޔަނާލް އަވަސްވެގަތީ ނަމާދުކުރަން ތައްޔާރުވާށެވެ.

ދޭއްޖަހަން ދިހަ މިނެޓަށް ވެފައިވަނިކޮށް ޔަނާލަށް އޮފީހަށް ދެވުނެވެ. އަވަސް އަވަހަށް މީޓިންއަށް ބޭނުންވާނެ ނޯޓު ފޮތަކާއި ބައެއް ލިޔުންތައް ހިފައިގެން މީޓިންރޫމަށް ޔަނާލް މިސްރާބުޖެހިއެވެ. ދޭއްޖެހުމާއެކު މީޓިން ފެށިގެން ދިޔައެވެ. މާގިނަ ނޫންނަމަވެސް ޔަނާލް އޭނަގެ މުވައްޒަފުންނާ ކުރިއަށް އޮތް ޑީލްގެ މަސައްކަތާ ބެހޭގޮތުން ވާހަކަ ދައްކަމުން ދިޔައެވެ. ޑީލް ހެދިފައިވަނީ ދި ގްރޭންޑް ކޮމްޕެނީއާއެކު ކަން ހާމަކޮށް މިއީ އެފަރާތާއެކު މަސައްކަތްކުރާ ފުރަތަމަ ފަހަރަށްވުމުން އެއްވެސް މައްސަލައަކާ ކުރިމަތިނުވެ ފުރިހަމަ ގޮތުގައި އިވެންޓްގެ ކަންކަން ހަމަޖައްސަން ޔަނާލް ބޭނުންވާކަން ތަކުރާރުކޮށް ހާމަކުރިއެވެ. ޑެކޮރޭޝަންސް އާއި ކޭޓަރިންގެ އިތުރުން އެހެނިހެން ކަންކަމާމެދު މުވައްޒަފުންގެ މެދުގައި މަޝްވަރާކުރެވި އެކިއެކި ކަންކަމަށް އެކި މުވައްޒަފުންނަށް އަދައިގެ މަތިން ޔަނާލް ބަހާލިއެވެ. ކުރެވުނު މަޝްވަރާތަކަށްފަހު ޕާޓީގެ ކަންކަން ވަރަށް ފުރިހަމައަށް ޕްލޭން ކުރެވިގެން ދިޔައެވެ. އޮފީސް ނިމޭ ގަޑި ކައިރިވަމުން ދިޔުމާއެކު އޮފީހުގެ އިދާރީ ކަންކަން ހަމައަކަށް އަޅުވާލުމަށްފަހު އެންމެވެސް ގެޔަށް ދިޔުމަށް ތައްޔާރުވިއެވެ. މެންދުރު ނުކައި ހުރުމުގެ ސަބަބުން އިންތިހާއަށް ބަނޑުހައިވެފައިވި ޔަނާލްގެ މޫނުމަތިން ވަރުބަލިކަން ހާމަވަމުން ދިޔައެވެ. ރޭގައި ރަނގަޅަށް ނުނިދުމާއެކު މުޅި ދުވަހު ބުރަކޮށް އުޅުމުގެ ސަަބަބުން ހަށިގަނޑަށް ވަރުބަލިކަން އިހުސާސްކުރެވެމުން ދިޔައިރު ބޮލުގައި މަޑު ރިހުމެއްވެސް އުފެދިފާވިއެވެ. އޮފީސް ގަޑި ނިމުމާއެކު ހުރިހާ މުވައްޒަފުންނާއެކު ޔަނާލްވެސް އޮފީސް ތަޅުލާ ގެއަށް ދިޔުމަށް މިސްރާބުޖެހިއެވެ. އޭނާ ހުރީ ވީއެންމެ އަވަހަކަށް އެއްޗެެއް ކައިގެން އަރާމުކޮށްލަން ބޭނުންވެފައެވެ.

ހަވީރު މިކާލްއާއެކު ބޭރުގައި އުޅެފައި އައިސް އިކާން ގެއަށް ވަނީ މަޢްރިބް ނަމާދުވެސް ކޮށްގެންނެވެ. ގެއަށް ވަންއިރު ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. މުޅި ގޭތެރެއަށް ވެރިވެފައިވި ހަމަހިމޭންކަމުން އެންމެންވެސްވީ އެމީހެއްގެ ކޮޓަރީގައި އިކާންއަށް ވިސްނުނެވެ. ސިޓިންރޫމުގައިވި ޗާންދަލިއާގެ އަލިން މުޅި ގެ އަލިކޮށްލާފާވަނީ ނުހަނު ފުރިހަމަކޮށެވެ. ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި އިކާން ސިޓިންރޫމުގެ ތަނަވަސް ސޯފާތަކުން ސޯފާއެއްގައި ޖައްސާލިއެވެ. ސޯފާގައި ހަމަޖެހިލަމުން އިކާން ޖީބުގައި އޮތް ފޯނުނަގައި ވައިފައި އޮންކޮށްލިއެވެ. އެއާއެކު ފުލުފުލުގައި ނޯޓިފިކޭޝަންތަކާއި އެކިއެކި މެސެޖުތައް ލިބެން ފެށިއެވެ. މެސެންޖާއިން ލިބުނު މެސެޖުތަކަށް ރިޕްލައިކޮށްލުމަށްފަހު އިކާން ފޭސްބުކް ބަލައިލިއެވެ. ފޯނު ސްކްރޯލް ކުރަމުންދިޔަ އިކާންގެ ހަރަކާތްތައް ފެނުނު ފޮޓޯއަކުން ކުއްލިއަކަށް ހުއްޓުނެވެ. ފުރަތަމަ ސިކުންތުގައި ދެލޯ ބޮޑުވެގެންް ދިޔައިރު އިކާންގެ މޫނު މަތީގައިވީ ގަބޫލުކުރަންދަތިވެފައިވި އަސަރުތަކެކެވެ. އެދެލޮލުގައި އެތައް ޝަކުވާއެއް ވީއިރު މަޑުމަޑުން ދެބުމަ ގޮށްޖެހެމުން ގޮސް އެދެލޮލުގައިވި އަސަރު ރުޅިއަށް ބަދަލުވަމުން ދިޔައެވެ. އޭރު އަތުގައިވި ފޯނަށް ހިނދެއް ހިނދަކަށް ދިޔައީ ބާރުވަމުންނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ރާސްތާ2 ތިންވަނަބައި

Next

ވަޢުދު (އަށާރަވަނަ ބައި)

Next
October 9, 2019

ވަޢުދު (އަށާރަވަނަ ބައި)

Previews
October 6, 2019

ރާސްތާ2 ތިންވަނަބައި

47 Comments!

  1. ifoo says:
    October 8, 2019 at 12:08 pm

    Salaam dear readers… Here is the 4th part of loabivan yaaraaey… Hope all will like this part too… Feel free to comment your views… Next part In Sha Allah on friday… Keep waiting… Thank you dear readers for the support and love… Much more loves from me to all my readers…

  2. Daisy girl says:
    October 8, 2019 at 12:15 pm

    Mi first dhw…
    Kiyaalaafa cmnt kuraanan

    1. ifoo says:
      October 8, 2019 at 12:20 pm

      Yess dear… Congradulations…. Waiting for your comment…

    2. Daisy girl says:
      October 8, 2019 at 7:19 pm

      vvvvvvvvvvvvv.reethi…. shocked

    3. Daisy girl says:
      October 9, 2019 at 11:44 am

      *Ifoo….❤️?❤️?❤️?free viyma hihthah eriy dhigu koh cmnt kohlaanamey…????
      Mi part v.salhi ingey ???? mysterious… ?????????? Ifoo ge another 2 stry aa alhaa balaairu this story is vvvv.different…we never doubt your talent ?????….
      Bt mi fav stry from you still is vindhey loabi thee edhey…❤️?❤️?❤️?❤️?❤️?❤️?
      I hope eyge season 2 ves fennnaane kamah
      Lots of love mi fave girl
      ????????????

    4. ifoo says:
      October 10, 2019 at 12:18 pm

      Thank you sooo much Daisy girl… It means a lot…

    5. ifoo says:
      October 10, 2019 at 12:30 pm

      Awwwwwn…A colourful long comment… Thank you soooooo much Daisy girl… It means a lot… v v v ufaavehje ingey… Ifoo mi balany hama veehaavx thafaathu kohleveythr ehen story thakaa… Vindhey loabi thee edhey dhw… Aee ifoo vx v v hihamajehunu masahkatheh… season 2 eh genaumaamedhu visnan eba… bt still not final… will think abut it… Thank you dear…

  3. Anii says:
    October 8, 2019 at 1:02 pm

    Varah reethi Mi vaahaka vx… Sau mihury ifoo vaahaka eh up veytha Bala balaa…. Finally ur back…. Gud luck… Love yuh ifoo… Big fan of yuh

    1. ifoo says:
      October 10, 2019 at 12:33 pm

      Anii… Yeah… I am back…Thank you soooo much dear… I’m sooo happy to see ur your comment in this story too… Much more loves from me dear…

  4. Mal? says:
    October 8, 2019 at 1:13 pm

    Vara reethi mi part ves mi second dhoo

    1. ifoo says:
      October 10, 2019 at 12:33 pm

      Thank you Mal… It means a lot…

  5. ®@@ñ! says:
    October 8, 2019 at 1:22 pm

    Varah reethi mi part vx…..♥️♥️♥️??

    1. ifoo says:
      October 10, 2019 at 12:33 pm

      Thank you dear… It means a lot…

  6. jiji says:
    October 8, 2019 at 1:25 pm

    ma sha allah mi part vx alhey haadha cutey?????????sifa kohlaafa hurileh vx nikan furihama???????????????????..kiyaa kiyaa vx fuuhi nuvey..eah vure jumla thah fashuvi vefa rythi viyyaa..hehe..alhey dhen ikaaan ah mi fenuny kon pic eh baa dhw??????????????????..alhey hama v curious vefa mihury…N btw can I ask something u ifoo darlin…Um sis masahkaiy kurany kon office ehga tha?….nubunyas k but ahaaly ingey???????????????????????…waiting for the next anyway..Hope to meet ya from the next part in vx…Lysm n btw ma 1st dhwwww

    1. jiji says:
      October 8, 2019 at 1:26 pm

      ?Oops I mean 5th ngey

    2. Daisy girl says:
      October 9, 2019 at 11:30 am

      Jiji….idk if it’s right but seems like your so sweet…… wanna be friends???????

    3. ifoo says:
      October 10, 2019 at 12:37 pm

      Awwwwwwn…. Such a lovely colourful comment from jiji… Thank you soooooo much dear jiji… v v v ufaaavehje… It really means a lot for me… Lets see dhw ikaan ah e fenunny kn pic ehthr… ummm… This is a public place dhw… so its not good to say… rashuge offyhehga ifoo work kurany… Hope to see you in upcoming parts… Much more loves dear…

  7. Lamko says:
    October 8, 2019 at 1:59 pm

    Ifoo
    Mi part varah varah reethi ingey

    1. ifoo says:
      October 10, 2019 at 12:38 pm

      Lamko… Thank you sooo much… v v v ufaavehje…

  8. Ailam says:
    October 8, 2019 at 2:12 pm

    Nyc

    1. ifoo says:
      October 10, 2019 at 12:38 pm

      Thank you sooo much…

  9. Naukko says:
    October 8, 2019 at 3:10 pm

    Wow..mi part ves varah reethi..sifa kurunthah varah reethi..dhen ikaan ah e fenunii kaakuge kon pic eh baa…curiously waiting for next part

    1. ifoo says:
      October 10, 2019 at 12:39 pm

      Naukko… Thank you dear… It means a lot for me… balamaa hingaa dhw ikaan ah efenuny kaakuge pic eh thr…

  10. maai says:
    October 8, 2019 at 4:19 pm

    masha allah…..my loabi loabi ifoo ge story is awesome…..hama bunaa ekacheh ves neyge……vvvvvvv rythi…..bunela dhybala main 2 chracter mi stry ga yalvee and dhimna akee tha main chracter baeh faharu hyvey yalvee akee ves main charcter hen ehenve mi ahaalee..but stry hama best….love u so much…ifoo ge mi stey ge 2 bayaha maai cobmnet kurymaves conmnets nueh feney e keeve… u know iam a regular reader…
    your big fan maai

    1. ifoo says:
      October 10, 2019 at 12:44 pm

      Maaai… Thank you soooo much dear… Ur soooo sweet dear… Thanks a lot for the sweet comment… Mi storyga ulheyne important v baiavru characters… Yalvee and Dhimnaa akeevx main characters ge thereyga himeney character eh… Maai commentthah fennaane… Ifoo approve kohlaafa reply vx kohfa hunnaanee dear…

  11. Fortnite says:
    October 8, 2019 at 4:49 pm

    Din di din.. Magey sosun haadha reethi part eiy thi upload kollee.. Hama konme scene evves heevanee hama loa kurimatheega sifavaahen.. Dhen e company thakau dheefa huri nanthauves v salhi ingey.. I love this story and kureege stories ves.. And you too dear.. Ifoo ge story akau comment kuraairuga v beynunvey aslu emoji kolheiy laan.. But no emojis in PC.. Hehe.. Good Luck dear.. Love you so much ifoo dear.. And wish you the very best of luck.. Adhi evvaahaka.. Fortnite ifoo au good luck kiyanvejjeyyaa neyngeyne kiyey adhadhuves.. Hehe.. Mihaaruves kithanmefaharakau kiyijje dhw good luck good luck.. Thaazaavi folhey malekey sosun.. Din din din din.. Bye ifoo. Fortnite is waiting for the next episode.. Wish you the very best of luck dear

    1. ifoo says:
      October 10, 2019 at 12:50 pm

      Awwwwwwn… My dear fortnite… Thank you dear… V v v ufaavehej comment kohleema… Fortnite ge comment ah ifoo varah wait kuran ingey mihaaru… Your comments alwayas encourages me… Thanks a lot for the support… hehehe… Its ok dear… Much more loves from me dear…

  12. ShAaKkO Mi says:
    October 8, 2019 at 5:21 pm

    Mi part ves hama habeys.❤?????.. hama hyvany kurimathin sifa ❤?????vaaahen… u t the best writer in this site. Sifa kurun ehaaaame furihama.. i love it.. and story dhany hy ves nukuraa goi goi gothah.❤?????.. ifoo sis abadhuves thigothugai hunnan vaane. Vv loabi 3 story ves. Coment nukurinamaves i read it…❤????? and it was also amazing. And vindhey loabi thee edhey.. this is the best stiry i ever read.❤????? Mi part ga ehn story thakah dhw mi comnt kollevuny..❤?????. hehe…❤????? and inthizaarugai hunamey loabin is noce but not better than vindhey loabi thee edhey..????? ekm vss vv❤????? reethi e story… ❤❤❤
    Have nice days.❤?????❤?????❤?????

    1. ifoo says:
      October 10, 2019 at 12:53 pm

      Awwwwn… Soooo sweet of you… v loabi colourful commenteh dhw… Thank you sooooo much dear…. V v v ufaavehje shaakko ge comment kiyaalaafa… It really means a lot… Much more loves from me dear…

  13. Kylie says:
    October 8, 2019 at 7:39 pm

    Wowwwwwwww…… V reethi mi part vx….Waiting fr nxt….. Nxt part vx v Reethi vaane kamah ummeedhu kuran… Ly

    1. ifoo says:
      October 10, 2019 at 12:54 pm

      Kylie… Thank you sooooo much dear… It really means a lot… Keep waiting… Much more loves from me dear…

  14. Maisha says:
    October 8, 2019 at 9:03 pm

    Varah varah loabi mi part vx??… Ikaan ah eh fenunee kon photo eh baa dhw?… Waiting for next part❤❤❤❤❤❤?

    1. ifoo says:
      October 10, 2019 at 12:54 pm

      Maisha. Thank you sooooo much dear… It really means a lot…Lets see dhw ikaan ah e fenuny kaakuge photo eh thr… Keep waiting… Much more loves from me dear…

  15. Maya says:
    October 8, 2019 at 10:34 pm

    Woahhh , nice ingey… all characters ge past warah intrestin waane hen heewey, cany wait to knw the secrets ? waitin for the next part?

    1. ifoo says:
      October 10, 2019 at 12:55 pm

      Maya… Thank you sooooo much dear… It really means a lot…lets see what happens… Keep waiting… Much more loves from me dear…

  16. Eekko 11 says:
    October 9, 2019 at 11:40 am

    Woooooooooow varah nice ingey story Hama awesome

    1. ifoo says:
      October 10, 2019 at 12:55 pm

      Eekko Thank you sooooo much dear… It really means a lot… Keep waiting… Much more loves from me dear…

  17. jiji says:
    October 9, 2019 at 12:55 pm

    Ofcourse daisy girl…Ifoo ge story in daisy girl ge v sweet comments…hingaa mail in talk kuran ?

  18. jiji says:
    October 9, 2019 at 12:56 pm

    ***Ifoo ge story in dheken

  19. Muslim says:
    October 9, 2019 at 2:55 pm

    V v reethi Ma Sha Allah

    1. ifoo says:
      October 10, 2019 at 12:56 pm

      Thank you sooooo much dear… It really means a lot… Keep waiting… Much more loves from me dear…

  20. Zoya says:
    October 10, 2019 at 10:17 am

    V reethi mi part vx…..??????. Curiously Waiting fr nxt…… ?????

    1. ifoo says:
      October 10, 2019 at 12:56 pm

      Thank you sooooo much Zoya… It really means a lot… Keep waiting… Much more loves from me dear…

  21. @Ikleel says:
    October 10, 2019 at 11:24 am

    Hey ifoo…!!! Its just fantastic dear..m❤❤????..Mi part vex hama vrh reethi…❤❤????..Vrh molhu sifa kurun thah genesdhyfa huri goiy ❤❤????…Hama manzaru fenna hen heevany ❤❤????…Your doing the same thing dear…Kuri ekey mihaarekey hama ehvex thafaatheh neiy..❤❤????…Vrh reethi characters thakah dhyfa huri nan thah and companies thakuge nan vex..❤❤????…Jumla koh bunelan othy hama mi part vex vvvvvvvv furihama kohney genesdhyfa iny…❤❤????.. Wish you all the best dear…❤❤????…Hope kuriah huri baithah vex mihaa furihama vaane kamah..❤❤????…Waiting for the next part dear…❤❤????..Much loves…❤❤????…Sorry for the late comment dear…Iyye story kiyaifin but comment kohlaane time eh nuvi fabun bixy koh ulhen jehunyma…❤❤????..Hope that you like my coment hehe..❤❤????..

    1. ifoo says:
      October 10, 2019 at 12:57 pm

      Hey ikleel… Thanks a lot for the colourful comment… It really means a lot… v v v ufaavehje… Keep waiting… Its ok lahunvx comment kohlaifihyaa… Much more loves from me…

  22. Naju says:
    October 10, 2019 at 2:06 pm

    Masha Allah ?????????? Mi partvx v v v rythi vefa furihama ingey ???????? I really love it ❤❤❤❤❤❤❤❤❤❤ n keep up the good work dear ???????????

  23. Laila says:
    October 11, 2019 at 11:49 am

    when next?

Comments are closed.

Next Episodeލޯބިވަން ޔާރާއޭ 05←


All Right Reserved!