ލޯބިވާތީ 3
ޒައިނާއަށް އިނދެވުނީ ދޮރަށް ފުރަގަސް ދީގެން ކަމުން ތެޅިތެޅިއޮތް ހިތަކާއި އެކު މަޑުމަޑުން އެނބުރި ވަދެގެން އައި ޒުވާނާއަށް ބަލައިލީ އެއީ ހަަަަމަަ އޭނާ ހޯދަން ބޭނުންވާ ފަރާތް ބާއޭ ހިތަށް އަރަމުންނެވެ.
**********************************
ޒައިނާ އަށް އެ ޒުވާނާ ފެނުމުން ހިތް އަވަސް ވިއެވެ. ދިގު އިސްކޮޅާއި ކަސްރަތީ ހަށިގަނޑެކެވެ. ހަމުގެ ކުލަ މާދޮން ނޫނަސް ކަޅެކޭވެސް ނުބުނެވޭނެއެވެ. ގަޔަށް ފިޓްކޮށް ހުރި ކަޅުކުލައިގެ ގަމީހަަަަަކާއި ކަޅުކުލައިގެ ޖީންސް އެއްގައި ފެންނައިރު މޮޑެލް އެއް ފަދައެވެ. އިސްތަށިގަނޑު ވަނީރީތި ސްޓައިލަކަށް ކޮށާލާފައެވެ. ނަމަވެސް ސްޓައިލް ކޮށް މަށްޗަށް ނަގާފައިވާާ އިސްތަށިިގަަނޑަށް ބަލައިލުމުން ވެސް އެ އިސްތަށިގަނޑުގެ ފަންކަން އެނގޭވަރުވެއެ. ޒައިނާ އިން މޭޒު ކައިރިިން ގޮސް ޝިއުނާމެން ތިބި މޭޒުކައިރީ އިން ހުސްގޮނޑީގައި ޒުވާނާ އިށީން އިރުވެސް ޒައިނާ އިނީ އެޒުވާނާ އަށް ގެއްލިފައެވެ. އޭނަ ހޯދާ ފަރާތުގެ ސިފައާއި އެޒުވާނާގެ ސިފައާއި އެއްގޮތް ކަމެއް ހުރިތޯ ބެލެނީ އެވެެ.
”ހާއި. އައިއެމް ރައުހާ. ޔޫ ކޭން ކޯލް މީ ރައު.” ދާދި ގާތުން ކުއްޖަކު ވަހަކަ ދެއްކި އަޑު އިވުުުުުުމުން ޒައިނާ ސިހިފައި ބަލައި ލިއެވެ. ފުރަތަމަވެސް އަޅައިގަތީ ދާދި ގާތުގައި ހުއްޓިހުރި ކުއްޖާގެ މޫނުމައްޗަށް އުޖާލަކަމެއް ގެނުވާފައިވާ ހިތްހެޔޮ ހިނިތުންވުމުގައެވެ. ހަމުގެެ ކުލަ އަލި ނޫނަސް މޫނުމަތި އޮމާންވެފައި އުޖާލާ ވެފައި ވާފަދައެވެ. ލާފައި ވަނީ ގަޔަށް ދޫކޮށް ހުރި ކުރުތާ އަކާއި އައިސް ބުލޫ ޖީންސް އެކެވެ. އަދި އައިސް ބުލޫޝޯލް އެއް އަޅާފައި ވާއިރު ހެދުން އެޅުމުގައި އެ ގެންގުޅެފައި ވަަނީ އާދައިގެެ ގޮތެއް ނަމަވެެސްް ބަލައިލަން ހިތްގަމު ގޮތެއް ހުއްޓެވެ. ”އައިއެމް ޒައިނާ. ޒައީ.” ޒައިނާ ވަހަކަ ދައްކަން ފެށުމާއި އެކު ކުރިމަތީ ހުރި ގޮނޑީ ގައި ރައުހާ އިށީނެވެެ. ރައުހާގެ ހިތްހެޔޮ މިޒާޖާއި އަނގަ ގަދަކަމުން މާގިނައިރެެއްް ނުވެ ޒައިނާ ވެސް އެ ވަހަކައިގައި ޖެހެވުނެވެ. އިންޓަވަލް ގަޑި ނިމި ކުލާހައް ދިޔައިރު ޒައިނާ އަށް ވަނީ ގާތް އެކުވެރިއެއްލިބިފައެވެ. ކުލާސް ދޮރުން އެތެރެއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅާއިި އެކު އަނގަ ވަތަށް ގޮސް މުށިތަށް މައްޗަށް ޒައިނާޖެހުނެެެެވެ. ފަހަތުން އައި ޝިއުނާ އާއި އޭނަގެ ރައްޓެހިން ހެމުން ވަދެގެން ދިޔައިރު ކަމެއް ވީ ހެންވެސް ހީ ނުވާ ފަދައެވެ. ވެއްޓި ޖެހުން ގޮތަކުން ޒައިނާ ވާއަތް ގައި ދަށުވުމުން އަތަށް އެރި ތަދެއްގެ ސަބަބުން ތެދުވަން ކުރި މަސޭކަތް ވީ ބޭކާރު ކަމަކަށެވެ. ލޮލުން ކަރުނަ އަންނަން ފެށީ އަތުގައި އަޅަންފެށި ވޭނައް ކެތް ނުވުމުން ނެވެ. ނިކަމެތިި އެ އަންހެން ކުއްޖާއަށް އެހީގެ އަތެއް ދިއްކޮށްލާނެ ފަރުދަކު އެ ކުލާސް ތެރޭގައި ނުވާފަދަ އެވެ. ” އަދިވެސްް ބޮޑެތި ފޮތި ބޮނޑި އޮޅައިގެން އަންނަން ވާނެ އެއަށްް އެރިގެން ނޫޅެވުނަސް މިމީހުންނަށް ހެޔޮވާނެ.” ފަހަތުގައި ތިބި ކުދިންނާއި އެއްބައިވެގެން ޝިިއުނާ ކުރަމުން ދިޔަ މަލާމަތް އަޑު އިވުމުން ޒައިނާ އައް ލިބެމުން ދިޔަ ވޭން އިތުރުވި ފަދައެވެ. ރޮވިފައި އޮތް ޒައިނާާ އަށް ސިހުން ލިބުނީ ކޮންމެސް މީހަކު އޭނަ އަތުގައި ހިފާ ނަގަން އުޅުމުން ނެވެ. ކާކުތޯ ބަލައިނުލާ އެހީގެ އަތުގައި ހިފާ އޭނަ ތެދުވީ އެވަގުތު އަޅަމުން ދިއަ ވޭނަކުންނާއި ގަތްފައި ވާ ލަދުން އަވަހައް އެތަނުން ނުކުމެވޭތޯ ބެލުމަށެވެ. ” އާދޭ ހެލްތު ރޫމަށް ގެންގޮސްދޭނަން. ކޮންތާކަށް ތަދުވީ؟.” ކަންފަތުގައި ޖެހުން ފިރިހެން ވަންތަ އަޑުން ޒައިނާއަށް ބޭ އިޙްތިޔާރުގައި ބަލައިލެވުނީ އޭނާގެ އަތުގައި ހިފައިގެން ހުރި ޒުވާނާ އަށެވެ. އެއީ ހަމަ އެ ސޫރައެވެ. މިއަދު ކެންޓީން ތެރެއިން ފެނުން ޒުވާނާއެވެ. ހިތުުގައި ހިނގައިގަތީީ ކޮންކަހަލަ ޖަޒުބާތެއްް ކަމެއް ނޭނގުނެވެ. ހިތްއަވަސް ވަނީއެވެ. ނަމަވެސް ހުރިހާ އިހުސާސް ތަކެއް ފޮރުވާލަމުން ހިނގައިގަތީ އަތައް ލިބެމުން ދިޔަ ވޭނައް ލުޔެއް ލިބޭތޯއެވެ. ހެލްތު ރޫމް އާއި ހަމައަށް ދެވުމުން އެޒުވާނާ ޒައިނާގެ އަތުން ދޫކޮށްލަމުން އެތެރެއަށް ވަންނަަންް ބުނެފައި އެނބުރި ދިޔައީ އެވެ. އެ ޒުވާނާ ހިފައިގެން ހުރި އަތަށް އޭނަ ބަލައިލިއެވެ. އަދި އަތް ނަގާ މޭގައި ޖައްސާލިއިރު ތުންފަތުގައި ފަނޑު ހިނިތުން ވުމެއް ވިއެވެ. އިރުކޮޅަކު އެހެން ހުރެފައި އެތެރެއަށް ވަނެެެެވެެ. އޭރު އަތުުގެެ ކުޑަހުޅު ވަނީ ދުޅަވެ ނޫވެސް ވެފައެވެ. އެތާހުރި މީހާ އަށް އޭނާގެ އަތް ދެއްކުމުންބުނީ ލަސްނުކޮށް ހޮސްޕިޓަލް އަށްގޮސް އެކްސްރޭ އެއް ނެގުމަށެވެ. ޒައިނާ ފޯން ނަގާ ޔޫސުުފް އަށް ގުޅުމަށްފަހު ބަލައި އާދެވިދާނެތޯއަހާލިއެވެ. އޭނާ އަވަހަށްް ބޭރަށް ނުކުތީ ޔޫސުފް އެއަންނަނީ ކަމަށް ބުނުމުން ނެވެ.
ކޮލެޖްގެ ގޭޓު ކައިރިއަށް އައިސް މަޑުކޮއްލި ކާރުފެނުމުން ގޮސް ޒައިނާ އަވަހަށް އަރާ އިށީނދެ ހޮސްޕިޓަލް އަށްް ގެންގޮސް ދިނުމަށް އެދުމުން ޔޫސުފް ސުވާލު ކޮށްލިއެވެ.” ކީއްކުރަން ހޮސްޕިޓަލް އަށް. ކިހިނެތްވީ؟.” ޒައިނާ ޖަވާބުދިނީ ކުޑަކޮށް ވިސްނާލުމަށް ފަހުއެވެ. ”އަޅުގަނޑު ކައްސާލައިގެެންް ވެއްޓިފަަ އަތައް ތަދުވެގެން. ކުޑަކޮށް ދުޅަވެސް ވެފަ އޮތީ އެހެންވެ.” އޭނަގެ ފައިގައި ދަތި އަޅުވައި ގަސްތުގައި މީހަކު ކުރިކަމެއް ކަމުގައި ބުނަން ބޭނުން ނުވީ އެކަން ބޮޑު މައްސަލަ އަކަށް ހަދަން ބޭނުން ނުވާތީއެވެ. ”ތިއޮތީ ކުޑަކޮށެއްް ނޫނެއްނު ދުޅަވެެފަަ. ބަލާބަ އެއްކޮށް ނޫފައި ގަނެފަ ތިއޮތީވެސް. ދޮންތައަށް އެނގިއްޖެއްޔާ ވަރަށް ހާސްވާނެ.” ޔޫސުފްއަށް ޒައިނާގެ އަތްް ފެނުމުންކަންބޮޑު ވެފައި ބުނެލިއެވެ.
ހޮސްޕިޓަލް އަށް ދެވުމުން އަވަހައް ގޮސް ޓޮކްޓަރަށް ދައްކާ އެކްސްރޭ ނަަގަައިގެން ދެއްކުމުން ޓޮކްޓަރ އެއަށް ބަލައިލިއެވެ. އަދި ކަށިގަނޑުގައި ރެނދު ލާފައި ވާކަމަށާއި ޖެހޭނީ ޕުލާސްޓަރ އަޅަން ކަމަށް ބުންޏެވެ. ޕްލާސްޓަރ އެެޅުުމަށް ފަހު ތަދު ކަނޑުވަން ބޭހެއް ލިއެ ދިނުމަށް ފަހު ގެއަށް ދޫކޮށްލީ ދެހަފްތާ ފަހުން ޕްލާސްޓަރ ނަގަންް އައުމަށް ބުނެފައި އެވެ.
*********************************
”ރާކިން ދަރިފުޅާ އާދޭ ކާން.” ގެއަށް ވަދެގެން ބާރު ބާރަށް ދިޔަ ރާާކިންއަށް ބަދިގެއިން ނުކުތް އަޒްރާ ގޮވާލިިއެެެވެެ. ” މަންމާ މިއަންނަނީ އިނގޭ ފްރެޝްވެލައިގެން.” ޖަވާބުދިނުމަށް ފަހު ގޮސް އޭނަ ކޮޓަރިއަށް ވަނެވެ. ބައިގަޑިއެއްހާ އިރުފަހުން ކޮޓަރިން ނުކުމެގެން އައި އިރު ފެންނަ ލެއް ތާޒާ ކަމުުންް އޭޭޭޭނާާ ފެންނަ މީހަކަށް އޭނަ އައީ ދެންމެެ ފެންވަރައިގެން ކަން އެނގޭހާވެއެވެ. ”ކިހިނެތް މިއަދު ކޮލެޖްް؟ ރަނގަޅުތަ ހުރިހާ ކަމެއްވެސް؟.” ކާބަޔަށް ވަދެ މޭޒުކައިރީ ރާކިން އިށީނުމުން އަޒްރާ އަހާލިއެވެ. އަޒްރާ އަކީ ރާކިންގެ މަންމައެވެ. ހަ އަހަރު ކުރިން އެ އާއިލާ މާލެެ ބަދަލްވީ ވިޔަފާރި ފުޅާވެ ކުރިއެރުން ލިބުމުންނެވެ. ތަނަވަސް ބޮޑު ގެއެއް ގަނެ ދެ ސަފާރީ އިތުރަށް ބަނދެ ބަޔަކަށް ވަނީ ކުއްޔަށް ދޫކޮށްފައެވެ. ކުންފުނީގެ މަަަައިި އޮޮޮފީސް ބޮޑުކޮށް އިިތުރު ސްޓާފުން ނެގީ އޭޭޭޭގެ އަހަަަރެއްފަހުންނެެެވެެ. ނަމަވެސް އެ ތަަަނަަަަަވަަސްް ކަަަމުގެެ ސަަބަަބުުންް އެ އާާާއިލާއަށް ލިބުނީ ހިތްދަތި ކަމެކެވެ. އަޒްރާގެ ފިިިރިިމީީހާާ ނިިޔާާޒްް ބޭނުންވީ އޭނަގެ ޕާސަނަަަލް ސެެެކެެޓްރީީއާާާާއި ކަަައިވެނި ކުރުމަށެވެ. ކައިވެނިި ކުުުރީ ދެއަތްންބަށެވެ. ނަމަވެެެސް އެ ކައިވެެެނިި ކޮއްގެން ހަގުއަނބި ގެންގުޅުން އެޕާޓްްްމެންްްޓު ދޫކޮޮޮއްލަަަައި ގެއަށް ގެެެންނަަންް ބޭނުން ވީީީއެވެ. އެކަމާ ރާާާާާކިން ހިތްްްހަމަ ނުުޖެެހުުމުުންް ދެެެމައިން ޖެހުނީ އެގެ ދޫކޮށް ކުލީ އެެެެޕާޓްްމެެންްޓްް އަަަކަަށްް ބަަަދަަލްް ވާާށެެެވެެ. ކޮޮންމެެ މަހަކު ދެމައިިިންނަށް ހަރަދު ކުރާނެެ ރުފިޔާ އާއި އެޕާޓްމެންޓުުގެެ ކުލި ނިޔާާާާޒް ޖަމާކޮޮޮށް ދެެެނީ ދެމަަަަައިިންްގެެ އެކައުންޓްް އަަށެެެވެެ. ރާާާާާކިިންް ދެކޭގޮތުގައިި އޭޭޭނަގެ ހުރިހާވެސް މީީީހަކީ އޭޭޭޭޭނަގެ މަންްްމައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.

Woooooww varah salhi mi part ves ? ? ? ? love you sima sis. Curiously waiting for next part..
Thank you shahu. ? love u too sis. Insha allah liyevunu haa avahaka next part up kohlaanan. Today or tomorrow
Vvv salhi ingey.. Masha allah ? keep going… Next part avas kohllathi ? ?
Vvv reethi. Luv this story. Ur a talented writer❤❤❤?. I will give you round of applauses.?????
Salhi ey ingey darla
hey how old are you…… varah reethi mi story hynuvey alah liyaa kujjeh hen….. v. big fan of u?????
heyy vv salhi ingey story hama obiness to the max
Thank you all. ??
V reethi
Vara reethi mi part
Waitimg for the next part
Woahhhhh?????
Vvvvv reethi mi part vx
Waiting 4 next part☺☺