Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހުވަފެނަކީ ބިލާހެއް -4

Rainoppa Level 210 Stories100 Comments
August 13, 2019 5 Mins Read
18 Comments

ވިލްދާން އެހެން އަހާލީ  ގައިޝާންގެ ޒާތީ އެއްވެސް ކަމެއް ނޭނގޭތީއެވެ. ގައިޝާންއަކީ ވެގެންވަންޏާ ދުވަހަކު ގެޔަށް ބޯވެސް ދިއްކޮށްލަން ބޭނުންނުވާ މީހެކެވެ. މަންމަ ހުންނާތީ ކުރިން އައި ކަމަކު ރާއްޖެއަށް އައި ފަހުން އަދި އެންމެ ފަހަރަކުވެސް ގެޔަށް ނުވަދެއެވެ.

“ނުލިބުނު ލޯބި.. ދެން ދުވަހަކުވެސް ނުލިބޭނެ ކަންނޭނގެ..”

ތަމަންނާ ސައިކަލާއި ދިމާލަށް ދަމުން އެހެން ބުނެލިއިރު އޭނާގެ އަޑުގައި މަޑު ތުރުތުރުއެޅުމެއް ހުއްޓެވެ. ވިލްދާންއަކީ  ލޯބީގެ ކުޅިވަރަށް އައު މީހެއް ކަމުގައި ވިޔަސް ތަމަންނާގެ ހިތުގެ ރިހުން އޭނާ އަށް ދެނެގަނެވުނެއެވެ. ތަމަންނާއަކީ އެކަނިވެރިއެއްހެން ބަލާ ބެލުމަށް ހީވިއެވެ. ކިތަންމެ ފިރިހެނެއް ގާތުގައި ހުއްޓަސް އެކަނިވެރިކަން އިހުސާސްވެދާނެއެވެ. އެއީ ވިލްދާންއަށް އޮޅިފައި އޮތް ކަމެއް ނޫނެވެ. އޭނާގެ ފަހަތުން ވެސް ކިތަންމެ އަންހެނުންނެއް އުޅެއެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް ވިލްދާންގެ އެއްވެސް ވާހަކައެއް ނޭނގޭނެއެވެ. ކުޑަމިނުން އޭނާޔަށް އެންމެ ރީތި ކުލައާއި ކާހިތްވަނީ ކޯއްޗެއް ކަމެއް ވެސް ނޭނގެނެއެވެ.

“ހިނގާ ގެޔަށް..”

ތަމަންނާ އަމިއްލައަށް ސައިކަލަށް އަރަމުން ބޮލުގައި ހެލްމެޓު ހެޔޮވަރު ކޮށްލިއެވެ.

“ގައިޝާންއަކަށް ނޭނގޭތަ ތަމަންނާ ލޯބިވާ ކަމެއް؟”

ވިލްދާން އެހެން ބުނެލި ވަގުތު ސިނަމާލެ ފާލަމާއި އަރާ ހަމަވީއެވެ. ތަމަންނާ ޖަވާބެއް ނުދެއެވެ. އޭނާއަށް ސުވާލު އަޑުއިވުނު ކަމެއް ވެސް ނޭނގެއެވެ. ވިލްދާންގެ ބަނޑުގައި އަތް އޮޅަލާމުން ތަމަންނާގެ މޫނު އޭނާގެ ބުރަކަށީގައި ޖައްސާލިއެވެ. ބުރަކަށި ތެމެމުން ދިޔައިރު ތަމަންނާ ރޮނީކަން އިނގުނީ އޭނާގެ ހަށިގަނޑު ރޫރޫ އަޅަން ފެށީމައެވެ. އެހިސާބުން ވިލްދާންގެ އަނގަ ބަންދުވެ އޭނާޔަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެއެވެ. ތަމަންނާ މިގޮތަށް ރޯނެކަން އިނގުނުނަމަ އޭނާ ގޮވައިގެން ވިލްދާން އަންނަން ވެސް އެއްބަސްނުވީހެވެ.  ތަމަންނާ ރޮނީ ގައިޝާންއާއި ހެދި ހެއްޔެވެ؟ ގައިޝާން އެހެން އަންހެނެއް ގޮވައިގެން ހުރި މަންޒަރު ފެނުމުން ތަމަންނާގެ ހިތް ކުދި ކުދި ވީ ހެއްޔެވެ؟ މިއިން އެއްވެސް ސުވާލެއް ތަމަންނާ ކައިރި އަހާކަށް ވިލްދާންއަކަށް ނުކެރުނެއެވެ.

ގެޔަށް ދިޔައިރު ވިލްދާން ހުރީ ހީކަރުވައިގަނެފައެވެ. ތަމަންނާގެ މޫނަށް ނުބަލައި ސައިކަލު ބަހައްޓާފައި އެއްކޮށް ގޭތެރެޔަށް ވަންނަން ވިލްދާން ދިޔައީ ތަމަންނާގެ ކިބައިން ސަލާމަތްވެވޭނެ ކަމަށް ހީކޮށެވެ.

“ދާން..”

ކުރެހިފައި ހުރި އަޑަކުން ތަމަންނާ ގޮވާލި ހިނދު ވާރޭގެ ކަނިޖަހަން ފެށިއެވެ. އޮޅިގަނޑު މަތީ ހުރި ވިލްދާން ފަހަތަށް އެނބުރިލީ ތަމަންނާ ރޯތަން ބަލާހިތަކުން ނޫނެވެ. އެ އަޑުގައި ހުރި އަސަރެއްގެ ވަރުގަދަ ކަމުން ނުބަލަ ފަރު ނުޖެހޭނެތީއެވެ.

“ޝުކުރިއްޔާ.. ދާން. ހުރިހާ ކަމަކަށް ވެސް.”

ތަމަންނާ ލުއި އަޑަކުން އެހެން ބުނެލިތަނާހެން ވާރޭ ތިއްކެއް އޭނާގެ ތުންފަތުގައި ބީހިލިއެވެ. އެ ފެންތިކި އޭނާގެ ފިޔާތޮށި ކުލައިގެ ތުންފަތުގައި ޖެހުނު ހިނދު ވިލްދާންގެ ސިކުނޑި ހުރީ މުޅިން އެހެން ދިމާލެއްގައެވެ.

“ތި ތެމެނީ.. އެތެރެޔަށް ވަދޭ ބޯކޮށް ނުލަނީސް..”

ކޯތާފަތްމަތި ހޫނުވަމުން ދާ ކަމުގެ އިހުސާސް ވިލްދާން އަށް ކުރެވެން ފެށިއެވެ. އެންމެ ރަނގަޅު ގޮތަކީ ތަމަންނާ ލޮލު ކުރިން ވެސް ނުފެންނާނެ ހިސާބަށް ދިޔުން ކަން އޭނާ ނިންމިއެވެ. ފަހަތަށް ބަލާވެސް ނުލާ ފެންޑާއަށް ވަދެގެން ދިޔަ ވިލްދާންއަށް އޭނާގެ ބައްޕަ ގާދިރު ފެނުމުން ދެލޯ އަޅާލެވުނެއެވެ.

“އެހެންތަ؟ މޫސަބެ ރަނގަޅުކަން އިނގުނީމާ ވަރަށް އުފާވެއްޖެ..”

ގާދިރު މެދު އުމުރެއްގެ ފިރިހެނަކާއި ސަލާންކުރަމުން ބުނެލިއެވެ. އެ މީހާގެ ފަހަތުގައި އާދައިގެ ހެދުމެއްގައި މެދު އުމުރުގެ އަންހެނަކާއި ކުޑަ ދެ ފިރިހެންކުދިން ވެސް ތިއްބެވެ. ފެން ފައިވާނަށް އަރައިގެން ތިބިއިރު ހެދުން އަޅާފައި ހުރި ފޮށި ވެސް ހީވަނީ އެތަކެއް ޒަމާނެއް ވެފައި ހުރި އެއްޗެއް ހެނެވެ. އެ ދެކުދިން ލައިގެން ތިބި ހެދުމުންނާއި ކަށިގަނޑެއް ފަދަ އަނަރޫފަ ހަށިގަނޑު ފެނުނު ކޮންމެ މީހަކަށް ވެސް އެއީ ފަޤީރު ބައެއްކަން އިނގޭނެއެވެ.

އާދައިގެ މީހުންގެ ހިތުގައި ހަމްދަރުދީ އުފެދުނުކަމުގައި ވިޔަސް ވިލްދާންގެ ހިތް އަދަމުން ދިޔައީ ނަފުރަތުގެ އަލިފާނުންނެވެ. ގައިމު އެރޭވެސް އައީ ފަގީރު ބައެކޭ ކިޔާފައި ދަޅަ ދެއްކި ބައެއް ވިއްޔާއެވެ. ކާންދޭ އަތުގައި ދަތް އެޅުން ނޫންކަމެއް މި މީހުންނަކަށް ނުވާނެއެވެ.

“މީ މަގޭ ދޮށީ ކުއްޖާ… ވިލްދާން.”

ވިލްދާން ފެނުމުން ގާދިރު އެހެން ބުނެލީ ހިތްހެޔޮ ރާގެއްގައެވެ. ބައްޕައަކީ ތަމްސީލު ކުޅެން މޮޅު މީހެއްކަން ވިލްދާންއަށް އަބަދުވެސް އިނގެއެވެ. އެރޭގައި ހިނގާދިޔަ ކަންތައްގަނޑަށް ފަހު ބައްޕަގެ އަމަލުތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ބައްޕަގެ ހިތުތެރޭގައި ހިނގަނީ ކޮންކަހަލަ އިހުސާސްތަކެއް ކަމެއް ވިލްދާންއަކަށް ނަގައެއް ނުގަނެވުނެއެވެ. އެއީ އޭނާޔަށް ދުވަހަކު ވާނެކަމެއް ކަމަކަށް ވެސް އުއްމީދެއް ނުކުރެވެއެވެ.

“ދާންގެ ބައްޕަ ބަލީތަ؟”

ކައިރީގައި ހުރި ތަމަންނާ ފެނިފައި ހިތުގައި އަތް އެޅުނީ ބޭއިހްތިޔާރުގައެވެ. ތަމަންނާ ގާދިރަށް ބަލަމުން ދެލޯ ހަނިކޮށްލިއެވެ.

“ތި ބުނީ؟”

ހަށަން ބަނެލަމުން ވިލްދާން އަހާލީ އޭނަޔަށް ބައްޕަ ފަރާތުން އެކަހަލަ ކަމެއް ފާހަގަ ނުވާތީއެވެ.

“ދެލޯ ބަލާބަ.. އެހެރީ ވަޅު ވަދެފައި.. ދެލޯ ކައިރީ އެހެރީ އަދުން އަޅާފައި ހުރިހެން.. ހިފައިގެން ހުރި ތައްޓަށް ބަލާބަލަ.. އަތް ތުރުތުއަޅައެއް ނު އެބަ؟”

ތަމަންނާ ބުނެލި ކޮންމެ ޖުމުލައަކުން ވިލްދާންގެ ދެލޯ ދިޔައީ ހުޅުވެމުންނެވެ. އޭނާ ބުނީ ތެދެކެވެ. ވިލްދާންއަށް ކުރިން މިކަން ނޭނގުނީ ކީއްވެ ހެއްޔެވެ؟

އަމިއްލަ އެދުން ބޮޑުކަމުން…

ސިކުނޑި އެވަގުތު ކޮށްލި މަލާމާތަށް ވިލްދާންއަށް އެއްބަސްވެވުނެއެވެ. މަންމައަށް ކަންތައްތައް ދިމާވި ގޮތާއި މެދު ހިތާމަ ކުރަނީ ވިލްދާން އެކަނި ހެއްޔެވެ؟ ބައްޕައެއަށް ވުރެ ބޮޑަށް އެކަމާ ވިސްނާ އަމިއްލަ ނަފްސު ކުށްވެރިކުރާނެ ނޫން ހެއްޔެވެ؟

“ދަނީ..”

ހަށަން ރޫޅާލަމުން ވިލްދާން މިސްރާބު ޖެހީ ފަސްވަނަ ބުރިއަށް އެރުމަށެވެ. ފަހަތުން ތަމަންނާ ވެސް އައީ އިތުރަށް އެއްޗެކޭ ނުބުނެއެވެ.

ފަސްވަނަ ބުރިއަށް އަރާ ހަމަވިތަނާހެން ތަމަންނާގެ ކޮޓަރި ކުރިމަތީގައި ހުރި ޝިފްރާ ފެނިފައި ތަމަންނާގެ ހިނގުން އަވަސްވިއެވެ. ޝިފްރާގެ މޫނުން ނުރުހުމުގެ ކުލަވަރު ފާޅުވިއެވެ. ވިލްދާން އަވަސްއަވަހަށް ކޮޓަރިއަށް ވަނުމަށް ފަހު ދޮރުގައި ކަންފަތް ޖަހާލިއެވެ. ޝިފްރާގެ އަޑު ސާފު ނޫނަސް ކިޔާ އެއްޗެހި އިނގޭވަރުވިއެވެ.

“ކިތައް ފަހަރު ބުނެފިން ތި ކޫޑި ވައްތަރަށް ނޫޅޭށޭ.. އަހަރެންމީ ކަލޭގެ އަމައެއް ނޫން ބޭނުންހާ ގޮތެއް ކަލޭ ހަދަން ދެން ދަތްޕިލަ އަތަށް ލައިގެން ހުންނާކަށް.. މުއްސަދި މީހުން ވާ ވައްދަން އުޅުނަސް ތީ ބޮޑުވަރު.. ކަލޭ މަންމަގެ ލާރި ގަނޑު ނެތް ނަމަ ކަލޭ ތީ ދުނިޔޭގަ ނެތް މީހެއްކަން ހަނދާން ކުރާތި!”

ތަމަންނާގެ ގިސްލުމުގެ އަޑު ފާރު ފޫއަޅުވާލާފައި ވިލްދާންގެ ހިތުގެ އެންމެ ފުނަށް ވަނެވެ. ކަންފަތް ދޮރުން ދަމައިގަންނަމުން އޭނާގެ ތެޅި ތެޅި އޮތް ހިތަށް ލުޔެއް ލިބޭތޯ ފުން ނޭވާއެއް ދޫކޮށްލިއެވެ. މިއީ އާ ކަމެއް ނޫންކަން ހަނދާންކޮށްދޭން ސިކުނޑި ކިތަންމެ މަސައްކަތެއް ކުރިޔަސް ދެނެއް ތަމަންނާއަކާއި ދުރެއް ނުވެވޭނެއެވެ. ތަމަންނާގެ މަންމައަކީ ޝިފްރާ ނޫންކަން ބައްޕައަކަށް ނޭނގެއެވެ. ބައްޕައަކީ އަބަދުވެސް މީހުންނަށް ލޯ މަރައިގެން އިތުބާރު ކުރާ މީހެއްކަން ވިލްދާންއަށް އިނގެއެވެ. އެހެންވީމަ މިކަން ވެސް ބައްޕައަށް ނޭނގޭނެ ކަން ޔަޤީނެވެ.

ހެދުން ބަދަލުކޮށްލުމަށް ފަހު ވިލްދާން ހަނދާންވީ ތަމަންނާ ބުނެލި ވާހަކައެއްގެ މަތިންނެވެ. އޭނާ ބުނި ގޮތުގައި މާލެއަށް އައީ މަންމަ ޑޮކްޓަރަށް ދެއްކުމަށެވެ. އަސްލު މަންމަ ކޮބައި ހެއްޔެވެ؟ ތަމަންނާ އާއި ޝިފްރާ ސިއްރުކުރަނީ ކޮން ކަމެއް ހެއްޔެވެ؟

އަނގަޔަށް ސިގިރެޓެއް ޖަހަމުން ބާލުހާނާޔަށް ނިކުން އިރު ގައިޝާން މަގު ހުރަސްކޮށް ބޮޑު ދޮރާއި ހިސާބަށް އަރާ ހަމަ ވަނީއެވެ. އޭނާ އަތުލަފި ކޮށްގެން ހުރި ބުޅި އިސްތަށިގަނޑެއްގެ ވެރި އަންހެން ކުއްޖާ އިރުއިރުކޮޅާ ގައިޝާންގެ ކޮލަށް ބޮސްދެއެވެ. ހީވަނީ ލައިނުގަނެގެން އުޅޭ ހެނެވެ. ސިގިރެޓު އިނގިލި ދޭތެރޭ އޮޅާލަމުން ވިލްދާން ޗޮކެއް ކަނޑާލިއެވެ. އަންހެން ކުއްޖެއް ގެޔަށް ގައިޝާން ގެނައި މީ ފުރަތަމަ ފަހަރެވެ. އަނެއްކާ އިންނަން ނޫންބާވައެވެ. އަންހެން ކުއްޖާގެ ސިފައަށް ބަލާ ނަމަ މޭކަޕް ކޮށްފައި ހުރިވަރުން ހީވަނީ އުނި އެއްވެސް ސިފައެއް އެ މޫނުގައި ނުވާ ހެނެވެ. ޖައްސާފައި ހުރި ގަދަ ރަތް ލިޕްސިޓްކް ލާފައި ހުރި ގަޔަށް ބާރު ރަތް ހެދުމާއި ގުޅެއެވެ. ބައްޕަ ކިޔާ އެއްޗެއް ބަލާލުމުގެ ނިޔަތުގައި ބާލުހާނާއިން ނިކުންނަން އެޅި ފިޔަވަޅު ގަނޑުވީ ޖެހިގެން ހުރި ބާލުހާނާއަށް ނިކުމެ ހުރި ތަމަންނާ ލޮލުގައި އަޅައިގަތީމައެވެ.

ވާރޭގެ ކަނިތައް އޭނާގެ މޫނުގައި ބީހެމުން ދިޔައިރު ލައިގެން ހުރި ތުނި މާޖެހި ގަމީހުން އޭނާގެ ހަށިގަނޑުގެ ނާޒުކުކަން ފާޅުވިއެވެ.

ގައިޝާންގެ ތިންވަނަ ރަނގަބީލަށް ދޮރު ހުޅުވި މީހެއް ނޭނގެއެވެ. އެކަމަކު އަމިއްލަ ގޭގެ ތަޅުދަނޑިވެސް އޭނާގެ އަތުގައި ނެތްކަން އިނގުނެއެވެ. ވިލްދާން ހުއްޓިފައި ތަމަންނާއާއި ދިމާލަށް ބަލަން ހުރި އިރެއް ނޭނގުނެއެވެ. އޭނާ ކުރަން އުޅުނު ކަންތައް ހަނދާނުން ފޮހެވުނު ކަހަލައެވެ. ހިތާހިތުން ތަމަންނާއާއި އެ އަންހެން ކުއްޖާ އަޅުވާ ކިޔުނެއެވެ. ތަމަންނާގެ ގުދުރަތީ ފިޔާތޮށި ތުންފަތާއި ދަވާދުލާފައި ހުރި ތުންފަތެވެ. ތަމަންނާގެ ކަޅު ފަން އިސްތަށިގަނޑާއި ގުއި ކުލަ ޖައްސާފާއި ހުރި ބުޅި އިސްތަށިގަނޑެވެ. ކޮންމެ ދިމާލަކުން ބެލިޔަސް ތަމަންނާ ހާ ރީތި އަދި ފުރިހަމަ އަންހެނެއް ގައިޝާންއަށް ނަސީބުނުވިކަން އެއީ އޭނާގެ ތަގުދީރު ކޮށްލި މޮޅު ސަމާސާއެކެވެ.

“ޝިފްރާ ކިއި ހުރިހާ އެއްޗެއް އިވުނު ދޯ؟ ”

ތަމަންނާ ކޮށްލި ސުވާލުން ވިލްދާންގެ ހިޔާލުގެ މިސްރާބު ބަދަލުވިއެވެ.

“އާނ..”

އިތުރު އެއްޗެކޭ ބުނަން ވިލްދާންއަކަށް ނުކެރުނެއެވެ. ތަމަންނާގެ ރިހި ލޮލުގައި ޖަމާވަމުން ދިޔަ ކަރުނަތައް ކޯތާފަތަށް ބީއްސާލި ހިނދު ވިލްދާން ބޭނުންވީ ތަމަންނާ މެޔާ ލާ ބޮނޑި ކޮށްލާށެވެ. ތަމަންނާ ލަދުން އިސްޖަހާލިއެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެމުން ހީލިއެވެ. އެވަގުތު އިރުގެ ދޯއްޖެއް އޭނާގެ މޫނަށް އެޅުނު ކަހަލައެވެ.

“ކިޔާދޭނަން.. ހުރިހާ އެއްޗެއް ވެސް.. އެކަމް.. މިހާރަކު ނޫން.. ދާން ތީ އަހަރެންގެ ފުރެންޑެއް ނު؟”

ތަމަންނާ އެހެން ބުނެލަމުން ކޮޓަރިއަށް ހިނގައިގަތީ ވިލްދާންގެ ޖަވާބަށް ބީރު ކަންފަތެއް ދީފައެވެ.

“ފުރެންޑް؟”

ތުންފަތުން ބޭރުވި މި ލަފްޒަށް ފުރަތަމަ ފަހަރަށް ނަފުރަތު ކުރެވުނެއެވެ. ނަމަވެސް ސިކުނޑި ބުނަމުން ދިޔައީ އެހެން ވާހަކައެކެވެ. އެވީ ހަމަ ރަނގަޅަށެވެ. ތަމަންނާއަށް ހިތް ދީގެން ވާނީ ކޮން ފައިދާ އެއް ހެއްޔެވެ؟ މިތަނަށް އައިސްގެން ވެސް އެއުޅެނީ ދޮގު ހަދައިގެންނެވެ. އަނެއްކާ ގައިޝާންއާއި އެއްކޮށް ގަތީ ކޮން ގަނޑެއް ކަމެއް ނޭނގެއެވެ. ޝިފްރާއަކީ ކާކު ކަމެއް ނޭނގެއެވެ. ގިނައީ ހުސް ނޭނގޭ ކަންކަމެވެ.

އިސްތަށިގަނޑުގައި އަތް ކާއްތަމުން ވިލްދާން ފެންޑާ ތެރެއަށް ވަންއިރު ފަހަތުން މީހަކު އަންނަކަމުގެ އިހުސާސު ކުރެވުނެއެވެ. ފަހަތަށް ނުބެލިކަމުގައި ވިޔަސް ކުރިމަތިން ހުރަސް ކޮށްލާފައި ދިޔަ ތަމަންނާ ފެނި ވިލްދާންގެ ބޮލަށް ރުޅި ސަވާރުވިއެވެ.

އެ އައީ ނުލިބުނު ލޯބި އުޅޭ ގޮތް ބަލަން…

ވިލްދާން އެއްމިޔަނުން ހީލީ އަމިއްލައަށް ހިތަށްއެރި އެއްޗެހި މަޖާ ކަމުންނެވެ. ގައިޝާން ޖައްސާ ވައްތަރުތައް ބެލުމަށްވުރެ ކޮޓަރީގައި އޮވެވުން ނަމައޭ ވެސް ހިތަށް އެރިއެވެ.

“ޑޭޑް.. މީ ޖައިލާ… މައި ފިއާންސޭ.. މެރީ ކުރުމުގެ ކުރިން މިތާ ޖައިލާ އުޅޭނީ.. މި އަންނަ ހަފްތާ މެރީ ކުރަން މި ވިސްނަނީ..”

ގައިޝާން މޭ ފުއްޕަމުން އެހެން ބުނެލި ވަގުތު ސޯފާގައި އިން ތަމަންނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ހީވީ ދެންމެ ދެންމެ ކަޅުކޮށްފައި އޮތް ވިލާގަނޑަކުން ތޫފާނެއް ވެހި ދާނެހެންނެވެ.

“ޖައިލާ އުޅޭނެ ގެޔެއް ނެތީތަ؟”

މަޑުން ނުހުރެވިގެން ވިލްދާން އަހާލި ސުވާލުން ގައިޝާންގެ ރުޅިވެރި ނަޒަރު އޭނާޔަށް ރައްދުވިއެވެ.

“ކަލެއާ ބެހޭ ކަމެއްތަ؟”

ގައިޝާންގެ ރުންކުރު ބަސްތައް އިވިފައި ތަމަންނާގެ މޫނު ވިލްދާނާއި ދިމާލަށް އަނބުރާލިއެވެ. އޭނާގެ ލޮލުގައި ވަނީ ހައިރާންކަމެވެ.

ނުލިބުނު ލޯބީގެ ހަޤީޤީ ފެންވަރު..

“ވިލްދާން..”

ބައްޕަގެ މަޑުމޮޅި އަޑު އިވުމާއި އެކީ ދެބެން ވެސް ހިމޭންވިއެވެ. އޭރުވެސް ތަމަންނާގެ ލޯ ވިލްދާންގެ މޫނުން ނުނައްޓައެވެ. ވިލްދާންގެ ހާލަކީ ވެސް އެއީއެވެ.

“ދަރިފުޅު ބޭނުން ގޮތެއް.. ކޮންތާކު ޕާޓީ ބާއްވަނީ ؟”

ބައްޕަ އަހާލި ސުވާލުން ވިލްދާންގެ ހިތް ނުތަނަސްވިއެވެ. މަންމަގެ ހާލަތު ހަނދާންވުމުންނެވެ. މަންމަ ކޮމާއެއްގައި އޮއްވާ ގައިޝާންގެ ކައިވެނި ހަފްލާ ބޭއްވުމުގެ ހިޔާލު އޭނާގެ އަރުތެރޭން ދިރުވާކަށް ފަސޭހައެއް ނުވިއެވެ. ގައިޝާންގެ އަތް މުއްކަވާލި ގޮތުން އޭނާވެސް ހިތްހަމަ ނުޖެހިފައި ހުރިކަން އިނގުނެއެވެ.

“ޑޭޑް… ޕާޓީ ބޭނުމެއް ނޫން.. ”

ގައިޝާން އިސްޖަހާލާފައި ބުނެލި ޖުމުލައިން އޭނާގެ އަތުގައި އޮޅާލައިގެން އޮތް ޖައިލާ ދުރަށް ފިޔަވަޅެއް އަޅާލިއެވެ. އޭނާގެ މޫނުން ބާރަޖަހާފައި ހުރިއިރު ހީވަނީ ޕާޓީއަކާއި ނުލާ އޭނާގެ ދިރިއުޅުމުގެ މަގްސަދު ނެތުނީހެނެވެ.

“ނޫން ދަރިފުޅާ.. މަމް ވެސް ހެޕީ ވާނީ ދަރިފުޅު ކުލަގަދަކޮށް ސެލެބްރޭޓް ކޮށްފިއްޔާ.. މަންމައާއި ހެދި ޕާޓީ ނުބާއްވާ ފިއްޔާ ޝަކުވާ ކުރާލެއް މާގިނަ ވާނެ..”

ޖައިލާގެ މޫނަށް އަނެއްކާވެސް އުފާވެރިކަމުގެ ކުލަވަރު ފާޅުވިއެވެ. ގައިޝާން އެއްޗެކޭ ނުބުނެ އެއްބަސްވުމުގެ ގޮތުން އާއެކޭ ބުނެލިއެވެ.

“ޖައި ހުރިހާ އެރޭންޖްމެންޓެއް ކުރާނަން.. ބީޗް ވެޑިންއެއް ކިހިނެތް ވާނީ ؟”

ގައިޝާންގެ އަތަށް އަތް މަހާލަމުން ޖައިލާ އޭނާގެ ތުންފަތް އޫ ކޮށްލިއެވެ. ތަމަންނާ ނޫންކަމަށް ހަދައިގެން ފޯނަށް ކުޅެމުން ދިޔައިރު ގައިޝާން ކަތިނަޒަރުން ތަމަންނާއާއި ދިމާލަށް ބަލާލައެވެ.

“ޔެސް.. ޕޭފެކްޓް.. “

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rainoppa

Level 210 Stories100 Comments

I'm a girl who likes writing all sorts of stories. Especially horror. 22 years old and writing relieves stress mostly. Feel free to comment and vote. :)

Other Articles

Previous

ވާނަން އަބަދަށް އެކީ 2 ވަނަ ބައި

Next

ވީރާނާވެފައިވީ ޙަޔާތް މަގޭ 8

Next
August 13, 2019

ވީރާނާވެފައިވީ ޙަޔާތް މަގޭ 8

Previews
August 13, 2019

ވާނަން އަބަދަށް އެކީ 2 ވަނަ ބައި

18 Comments!

  1. Mau says:
    August 13, 2019 at 7:17 pm

    Haadha intizaareh kohfeemey mi vaahaka ah..
    Varah reethi mi Bai.. Tamanaah ge sirru avahah falhaaaraifiyaa rangalhu..
    Dhn faharakun avahah up kohdhehchey

  2. Shahu says:
    August 13, 2019 at 7:52 pm

    Wwwwwooooooowwwwww varah salhi mi part ves.. ? when next, love you rainoppa❤️❤️❤️

    1. Rainoppa says:
      August 14, 2019 at 1:26 am

      Thanks, shahu for your support
      next part ves varah avahah

  3. jiji says:
    August 14, 2019 at 8:28 am

    V v habeys hama story dhaa goiy??????..V interesting…dhn ehaa gina dhuvac nukurahchey plx..waiting fr da next ???curiouslyy

    1. Rainoppa says:
      August 14, 2019 at 11:53 pm

      next part very soon.. Thanks for the comment, jiji

  4. Nau says:
    August 14, 2019 at 9:59 am

    Varah gina dhuvahu belijje mi story up veytho..
    Varah reethi mi part.. I’m very curious about Tamannah..
    Dhn gina dhuvas nukoh up kohdhehchey..

    1. Rainoppa says:
      August 14, 2019 at 11:53 pm

      oh, really? Sorry.. i was quite busy with a project..
      But i’ll upload more often
      Thanks for your comment, Nau

  5. ކޮކީ says:
    August 14, 2019 at 10:47 am

    hey, varah gina dhuvas fahun dhw mi up vee..
    Varah nice, rainoppa..
    Waiting for the next part.. 🙂

    1. Rainoppa says:
      August 14, 2019 at 11:54 pm

      Thanks, kokky 🙂
      Appreciate it

  6. ޔަޝަލް says:
    August 14, 2019 at 1:22 pm

    varah reethi mi vaahaka.. kiyaa hithun indha e nimunee.. avahah next please

    1. Rainoppa says:
      August 14, 2019 at 11:54 pm

      Yes, Yashal..
      Next part very soon 🙂

  7. June says:
    August 14, 2019 at 5:35 pm

    This story is mind blowing.. I like vildhaan..alhey eyna haadha handsome vaaney hithah aranee ❤️❤️❤️

    1. Rainoppa says:
      August 15, 2019 at 12:05 am

      ލައްބަ. ވިލްދާން އަކީ ރީތި މީހެއް ގޮތުގަ ބަލައިގެން ލިޔުނީ..
      ޝުކުރިއްޔާ ކޮށްދެއްވި ކޮމެންޓަށް

  8. Sleepy puffin says:
    August 18, 2019 at 7:29 pm

    Wow rain oppa.. this part is amazing. Kiyaahithun indha e nimunee vex.?????? kon irakun next part. Waiting ingey. Wish you a very good luck 4 the next part. ??????????????????????????????????????love your story. Good night.

  9. Miuthou❤️❣️❤️ says:
    August 21, 2019 at 7:03 pm

    Very nice story ❤️

  10. IsHa says:
    August 22, 2019 at 12:38 pm

    waoh… speachesss

  11. Nau says:
    August 28, 2019 at 11:08 am

    kobaa aneh bai???????

  12. IsHa IsHa says:
    August 30, 2019 at 11:05 am

    thedheh vaanon

Comments are closed.

Next Episodeހުވަފެނަކީ ބިލާހެއް – 5←


All Right Reserved!