Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 9

Mimmi7 Level 210 Stories100 Comments100 Login
August 16, 2019 5 Mins Read
27 Comments

ޒިޔާން ޒާޔާ ގޮވައިގެން ގޮސް އޭނާގެ ގެ ކައިރީ ކާރު މަޑު ކޮށްލިއެވެ. އަދި ކާރުން ފޭބުމަށް ފަހު ޒާޔާ ނިކުންނަން ދޮރު ހުޅުވާލަދީފައި އަތް ދިއްކޮށްލިއެވެ. ޒާޔާ ވެސް ހެވިދިލިގެން ހުރެ ޒިޔާންގެ އަތުގައި ހިފައިގެން ކާރުން ފޭބިއެވެ. “ސޯ ފައިނަލީ ވީއާރ ހިއާ… ބަޓް އެތެރެއަށް ވަނުމުގެ ކުރިން ބޭބީ ޖެހޭނެ ލޯމަތީގައި އަތްއަޅަން” ގޭގެ ބޮޑު ގޭޓާ އަރާ ހަމަ ވުމަށްފަހު ޒިޔާން ބުނެލިއެވެ. “އޯކޭ ބަޓް ވައި” ޒާޔާ ސުވާލުކޮށްލިއެވެ. ” ދެން އެވަރަށް ސުވާލުން ކޮށްބަލަ…. ސަޕްރައިޒްއެއް ދޭން ވެގެންނޭ” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ޒިޔާން ބުނެލިއެވެ. އިތުރަށް ސުވާލު ނުކޮށް ޒާޔާ އަމިއްލަ  ދެއަތުން ލޯމަތީގައި އަތް އެޅިއެވެ.

ޒިޔާން ޒާޔާގެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ގޭޓުން ވަދެގެން ގޮސް ޖީބުން ތަޅުދަނޑިފަތި ނެގުމަށްފަހު ބޮޑު ދޮރު ހުޅުވާލިއެވެ. ގޭގެ އެތެރެގައި ހުރީ ހުރިހާ ލައިޓްތަކެއް ނިވާފައި ކަމުން އެއްވެސް ތަނެއް ފެންނަވަރުނުވެއެވެ. ޒިޔާން ޒާޔާ ގާތު ހުރި ތާނގައި މަޑުކުރާށޭ ބުނުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ލައިޓްތައް ދިއްލާ ލިއެވެ. “ދެން އެންމެ ރަނގަޅު ލޯމަތިން އަތް ނެގިއަސް” ޒިޔާން އައިސް ޒާޔާ ގާތު މަޑު ކޮށްލަމުން ބުނެލިއެވެ.

ޒާޔާ ހުރީ ކުރިމަތިން ފެންނަމުންދާ މަންޒަރުން ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ތަނަވަސްކަން ބޮޑު އެގޭތެރޭގައި ވަނީ ހުދުކުލައާއި ކަޅުކުލައިން ޒީނަތްތެރި ކޮށްފައެވެ. ފާރުތަކުގައި ވަނީ ހުދުކުލައިގެ ދަވާދުލާފައެވެ. ގޭތެރޭގެ މެދަށް ވާގޮތަށް ކަޅުކުލައިގެ ބޮޑު ދެ ސޯފާ ހުރި އިރު އޭގެ މެދުގައި ކަޅުކުލައިގެ ކުޑަ މޭޒެއްގެ ހުއްޓެވެ. ސޯފާގެ ބިއްދޮށުގައި މައްޗަށް އެރޭ ގޮތަށް ހަދާފައި ހުރި ސިޑިއެއް ހުއްޓެވެ. ސިޑީގައި ކަނާއަތުން ފަޅީގައި ހުރީ އާދައިގެ ކޮޓަރިއެއް ވަރުގެ ބަދިގެއެކެވެ. ބަދިގެ ތެރޭގައި ތަކެތި ބެހެއްޓިފައި ވަނީ ވަރަށް ތަރުތީބުންނެވެ. ބަދިގެ އެތެރެ ބަލާ ނިމުމަށް ފަހު ޒިޔާން ޒާޔާ ގޮވައިގެން ދިޔައީ ކޮޓަރިތައް ދައްކާލުމަށެވެ. ދެމީހުން އެއްކޮށް ސިޑިން މައްޗަށް އެރިއެވެ. މަތީ ބުރީގައި ހުރީ ދެ ކޮޓަރިއާއި ޖިމް ރޫމްއެކެވެ. ޒާޔާ ގޮސް އެންމެ ކައިރީގައި ހުރި ކޮޓަރީގެ ދޮރު ހުޅުވާ ލުމަށްފަހު ފަހު އެތެރެއަށް ވަނެވެ.

ކޮޓަރި ތެރޭ ވެސް ހަމަ އެހާ ހިތްގައިމެވެ. ފާރުތަކުގައި ހުދުކުލަ ލެވިފައިވާ އިރު ތަޅުންގަނޑު ވެސް ހުރީ ހަމަ އެ ކުލައިންނެވެ. އެއްއަރި މައްޗެއްގައި ބޮޑު ކިންގްސައިޒްގެ އެނދެއް ހުއްޓެވެ. ހުދުކުލައިގެ ބެޑްޝީޓެއް އަޅާފައި ވީއިރު ބާލީސް ތަކާއި ބްލޭންކެޓް އޮތީ ކަޅުކުލައިންނެވެ. އެނދުގެ ކައިރީގައި ބޮޑު ކަޅުކުލައިގެ އަލަމާރިއެއް ހުއްޓެވެ. މީގެ އިތުރުން ހުދުކުލައިގެ ޑްރެސިން ޓޭބަލްއަކާއި ޓީވީއަކާއި، އިސްތިރި ކުރާ މޭޒު ފަދަ ތަކެތި ވެސް ހުއްޓެވެ. އޭސީ ޖައްސާފައި ވުމުން އޭގެ ފިނިކަން ވަނީ މުޅި ކޮޓަރި ތެރޭގައި ހިފާފައެވެ. ދެވަނަ ކޮޓަރިއަށް ވަން އިރު ހުރީ ހަމަ އެގޮތަށެވެ. ތަފާތުވި ތަންކޮޅަކީ ކުރިން ވަން ކޮޓަރިއާއި ޙިލާފަށް މި ކޮޓަރީގެ ފަރުނީޗަރުތައް ހުރީ ގަދަ މުށިކުލައިންކަމެވެ.

“އޯހް ވާއު ޒިޔާން، މިގެ ވަރަށް ރީތި…. އައިއޭމް ވެރީ ހެޕީ” ދުވެފައި ގޮސް ޒިޔާން ގައިގާ ބައްދާލަމުން ޒާޔާ ބުނެލިއެވެ. އޭރު ކަރުނަތައް ހޯސްލާފައި ޒާޔާގެ ދޮން ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. “ރީީތި ދޯ…. މިއީ އަހަރުމެން ދެމީހުން މެރީ ކޮށްގެން އައިސް އުޅޭނެގެ” ޒާޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތިކިތައް ފޮހެލަމުން ޒިޔާން ބުނެލިއެވެ. މިކަހަލަ ލޯބިވާ ބައިވެރިއެއް ލިބުމުން ޒާޔާ ވަރަށް އުފާވިއެވެ. “ދެން ހުއްޓާލާ… އަހަރެން ބޭނުމެއް ނޫން ޒާޔާ ރޯތަން ބަލަން… އަންނާނަން ދެމީހުންނަށް ޑްރިންކެއް ހިފައިގެން” މިހެން ކިޔާ ޒިޔާން ކޮޓަރިން ނިކުމެ ބަދިގެއަށް މިސްރާބުޖެހިއެވެ.

ޒިޔާން ދިއުމުން ޒާޔާ އިތުރަށް އެ ކޮޓަރި އެތެރެ ބަލާލިއެވެ. އަލަމާރިއާއި ހަމައަށް ގޮއްސަ ދޮރުފަތް ހުޅުވާލިއިރު އޭގެ އެތެރޭގައި އޮތީ އަންހެނުން ލާކަހަލަ ނައިޓީއެކެވެ. ވަގުތުން ޒާޔާ ގާތަށް ރުޅިއައެވެ. ކުއްލިއަކަށް މީހަކު އައިސް ޒާޔާގެ ކޮނޑުގައި ކޮށްޓާލިއެވެ. ފަހަތަށް އެނބުރުނު އިރު ޒިޔާން ޑްރިންކްސް ހިފައިގެން ހުއްޓެވެ. “އައްދެ ހާދަ ރުޅި އައިއްސަ…. ކިހިނެތް ވީތަ” ރުޅިއައިސްގެން ރަތްވެފައި ހުރި ޒާޔާގެ މޫނު ފެނިފައި ޒިޔާންގެ ދެލޯ ބޮޑުވިއެވެ. “ކިހިނެތްހޭވީ… މިއީ ކާކުގެ ނައިޓީއެއް ތަ…. މަށަށް ނޭނގި ޒިޔާން އެހެން ކުއްޖެއް މި ކޮޓަރިއަށް ވެއްދިން ދޯ… ކީއްވެތަ މަށަށް އޮޅުވާލީ…” ޒާޔާ އެއްފަހަރާ ހުރިހާ ރުޅިއެއް ޒިޔާންއަށް ބޭލިއެވެ.

ކާމް ޑައުން ބޭބީ… ތިއީ އަހަރެންގެ ކޮ…ކޮ..ކޮއްކޮގެއޭ…. ރޭގެ ކުރިން ރޭ އޭ..އޭ..އޭނާ ނިދީ މި ކޮޓަރީގަ” ޒިޔާން ޒާޔާ ހަމައަކަށް އެޅުވޭތޯ ބެލިއެވެ. ޒިޔާންގެ މޫނު ދާހިއްލަންފެށިއެވެ. މީހާ ތުރުތުރުއަޅާއި ދޫއޮޅެން ފެށިއެވެ. ނަމަވެސް ދެރައީ މިހުރިހާ ކަމެއް ވެސް ޒާޔާއަށް ފާހަގަ ނުވީތީއެވެ. “ސޮރީ ބޭބީ…ކަމުގެ ދެކޮޅު ބަލާ ނުލާ މާ އަވަހަށް ރުޅިއާދެވުނީދޯ” ޒާޔާ ހުރި އޭނާއަށް އުޅެވުނު ވައްތަރުން ލަދުގަނެފައެވެ. “ބައެއް ފަހަރު އެހެންވެސް ވާނެ… ދެން އަވަހަށް މި ޑްރިންކް ބޯއެލާ، ފިނިކަން ކެނޑިދާނެ” ޒިޔާން ކަނައަތުގައި ހުރި ޖޫސްތަށި ޒާޔާއަށް ދިއްކޮށްލިއެވެ. ޒާޔާ ޒިޔާން އަތުގައި ހުރި ޖޫސްތަށީގައި ހިފުމަށްފަހު އަވަސް އަވަހާއި އެއްނޭވައިން ދަމާލިއެވެ. އޭރު ޒިޔާންގެ ތުންފަތް މަތީގައި ވަނީ ވިޔާނުދާ ހިނިތުންވުމެކެވެ. ޖޫސްތަށިން އެހެންކަހަލަ ރަހައެއްލާހިން ޒާޔާއަށް ހީވިއެއްކަމަކު އެކަމާ މާ ބޮޑަށް އަޅާއެއްނުލިއެވެ.

އެތަކެއް އިރެއް ވަންދެން މިދެ ލޯބިވެރިން ވާހަކަ ދައްކަން ޒިޔާންގެ ކޮޓަރީގައި ހުންނަ ބެލްކަނީގައި ތިއްބެވެ. ޒިޔާންއާއި ޒާޔާއާއި އެކަކު އަނެކަކާ އެތަކެއް ވަޢުދާ ހުވާތައް ކުރިއެވެ. ނުވީތާކަށް ޒިޔާން އުޑުގައި ހުރި ހުރިހާ ތަރިތަކެއް ވެސް ބާލަދީ ޒާޔާގެ ފައިބުޑުގައި ބަހައްޓާދިނެވެ. ނަމަވެސް ޒިޔާންގެ މި ފޭކު ލޯތްބާއި ފޭކު ހުވާތަކުގެ ފަހަތުގައި ވާ މަޤުޞަދު ޒާޔާއަށް އެނގޭ ނަމަ ޒިޔާންއާއި ކައިރި ވެސް ނުވާނެއެވެ. މިވަގުތު ކިތަންމެ ލޯބިން ޒާޔާއާއި ވާހަކަދެއްކިއެއް ކަމަކު ކުރިއަށް އޮތް ތާނގައި ވާނެގޮތް އެނގޭނީ ކާކަށް ހެއްޔެވެ.

ގަޑިން އެއްގަޑިބައިވެ ބޮޑުވީފަހުން ޒާޔާ އޭނާގެ ގެއަށް ދާން ތައްޔާރުވިއެވެ. އޭރު އޭނާ ހުރީ ކޮންމެވެސް ވަރަކަށް ބޮލަށް ތަދުވާގޮތްވެފައެވެ. ކޮޓަރިން ނިކުންނަން ދޮރުގައި ހިފާލި ވަގުތު މޫނު މައްޗަށް އަނދިރިވެ ބޮލުގައި ނޭނގޭ ބާރުމިނެއްގައި ރިއްސަންފެށިއެވެ. ޒާޔާ އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އެހުރި ގޮތަށް ކޮޅަށް ހުއްޓާ ގައިން ވާގިދޫވެގެން ވެއްޓެން ދިޔައެވެ.

………………………………………

ޒާޔާއަށް ހޭވަރިކަން ވީއިރު އޭނާއޮތީ ޒިޔާންގެ ކޮޓަރީ، ޒިޔާންގެ އެނދު މަތީގައެވެ.. ކުއްލިއަކަށް ރޭގެ ހަނދާންތައް އާވާން ފެށިއެވެ.. އެންމެ ފަހު ކަމަކަށް ޒާޔާ ހަނދާން ހުރީ އޭނާގެ ބޮލަށް ތަދެއް އަރާ، މޫނު މައްޗަށް އަނދިރިވެ ހޭނެތުނުކަމެވެ. މަޑުމަޑުން ޒާޔާ އެނދުން ތެދުވާން މަސައްކަތް ކުރިއެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ބޮލުގައި ރިއްސަމުން ދިޔައެވެ. އެނދުން ތެދުވެ އިށީނދެލަމުން ޒާޔާ އެންމެ ފުރަތަމަ ވެސް ބަލާލީ ޒިޔާން ފެންނަން ހުރިތޯއެވެ. ނަމަވެސް ޒިޔާން ފެންނާކަށް ނެތެވެ. އެނދު ކައިރީ ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ނަގާ ބަލާލިއިރު ފަވާޒްއާއި ހައްވާގެ އެތަށް މިސްކޯލްސްތަކެއް ހުއްޓެވެ. ގަޑި ބަލާލިއިރު ގަޑިން ހެނދުނު އެގާރަގަޑި ބައި ވަނީއެވެ.  ނަސީބަކުން މިއަދު ކޮލެޖަށް ވެސް ދާން ނުޖެހޭއެވެ. އަވަސް އަވަހަށް ގެއަށް ދާން އެނދު މަތިން ތެދުވި ޒާޔާއަށް ކަމެއް އިހުސާސް ވެގެން އަމިއްލަ ގަޔަށް ބަލާލިއިރު އޭނާ ހުރީ ހުދުކުލައިގެ ގަމީހެއް އެކަނި ލައިގެންނެވެ. އެންމެ ފުރަތަމަ ވެސް ޒާޔާގެ ސިކުނޑިއަށް އައީ އެންމެ ކަމެކެވެ. “އޯހް ޝިޓް… ނޯ..ނޯ، އެހެން ވެގެން ނުވާނެ” ހާސްވެގެން ހުރެ ޒާޔާ ގައި ހުރި ބާރެއްލާފައި ސައިޑް ޓޭބަލްގައި ފައިން ޖެހިއެވެ.

“ހާދަ އަޑުގަދަ ކޮށްލައިގެން މިއުޅެނީ” ދޮރު ހުޅުވާފައި އެތެރެއަށް ވަދެގެން އައި ޒިޔާން ބާރު ބާރަށް ބުނެލިއެވެ. “ޒިޔާން…. ޒިޔާން ޕްލީޒް ބުނެބަ…ރޭގަ ކިހިނެތްތަވީ…. އަހަރުމެން ދެމެދު ރޭގައި ކަމެއްވިތަ” ދުވެފައި ގޮސް ޒިޔާން ލައިގެން ހުރި ޓީޝާޓުގައި ހިފަމުން ޒާޔާ އެހިއެވެ. ހާސްވެފައި ހުރި ވަރުން ޒާޔާ ހުރީ ރޮވިފައެވެ. “ހޫމް… ރޭގަ ދޯ… ރޭގަ ޒާޔާ އަހަރެން ވަރަށް އުފާ ކޮށްދިން…. އަހަރެން އުޅުނިން ޒާޔާ ހުއްޓުވަން އެކަމަކު ޒާޔާ ދެކޮޅުހެދީމަ އަހަންނަށް ވެސް ކޮންޓްރޯލް ނުވީ… އެހެންނޫނަސް އެއީ ވަރަށް ނޯމަލް ކަމެކޭ… ޑޯންޓް ވޮރީ އަހަރެން އެއްވެސް މީހެއް ގާތު ނުބުނާނަމޭ” ލާނެއް ވައްތަރަކަށް ހީގަނެގެން ހުރެ ޒިޔާން ބުނެލިއެވެ. “ވަޓް އަސްލުތަ…. ނޯ…. އަޅެ ޒިޔާން އަހަރެން ގަދަ ކަމުން ވެސް ހުއްޓުވި ނަމަ” ގިސްލަމުން ޒާޔާ އޭނާގެ ފައި މައްޗަށް ތިރީވިއެވެ.

“ހާހަ..ހަހަހަހަހާ…ހަހާ” އިތުރަށް ކެތްނުވާވަރުވެގެން ޒިޔާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ޒާޔާ ޗިލް…. އަހަރެން ހަމަ ސަމާސާ ކޮށްލީއޭ…. އަހަރުމެން ދެމީހުން ދެމެދު ރޭގަ އެއްވެސް ކަމެއް ނުހިނގާ….. ޒާޔާ ހޭނެތުނީމަ އަހަރެން ހެދި ގޮތަކީ މިގޭގަ މަސައްކަތް ކުރަން އުޅޭ ޒުބޭދާއްތަ ލައްވާ ޒާޔާގެ ހެދުން ބަދަލު ކުރުވީ…. މިގޭގައި އަންހެން ހެދުމެއް ނެތީމާ ޒުބޭދައްތަ ޒާޔާ އަހަރެންގެ ގަމީހެއް ލެއްވީ… އަހަންނަށް ހީވަނީ ރޭގައި މާ ގިނައިރު ހޭލާ ހުރީމާ ވަރުބަލިވެގެން ހެން ހޭނެތުނީ” ޒާޔާ ކަންބޮޑުވެފައި ހުރިކަން އެނގުމުން ޒިޔާން ބުނެލިއެވެ. “އަސްލުތަ… ކީއްވެތަ ކުރިން ނުބުނީ… އަހަރެން ބިރުން ހަލާކު ނުވީ ކިރިޔާ” ޝަކުވާގެ ރާގަކުން ޒާޔާ ޒިޔާންއާއި ދިމާއަށް ބުނެލިއެވެ. “ސޮރީ ލޯބީ، މާ ބޮޑަށް ބިރުގަތީ ދޯ” ޒާޔާގެ ގައިގާ ބައްދާލަމުން ޒިޔާން ބުނެލިއެވެ. “ދެން އަވަހަށް ހެދުން ބަދަލު ކޮށްލައިގެން ގެއަށް ދާން ހިނގާ މިހާރު ހުންނާނީ ޒާޔާގެ މަންމައާއި ބައްޕަ ވަރަށް ކަންބޮޑުވެފައި…. އެމީހުން އެއްޗެކޭ އަހައިފިއްޔާ ބުނޭ ޕާޓީ ނިމުނު އިރު މާ ލަސްވެފައި ހުރީމާ ގެއަށް ނައިސް ރައްޓެއްސެއްގެ ގޭގައި މަޑުކުރީއޭ….. ދެން ފޯނު ނުނެގީ ކީއްވެ ހޭ އަހައިފިއްޔާ ބުނޭ ފޯނުގެ ބެޓްރި ހުސްވެގެން ނިވުނީއޭ” ހައްވައާއި ފަވާޒް ކައިރީ ބުނަން ވީ އެއްޗެހި ހާއިން ޔާއަށް ޒިޔާން ޒާޔާއަށް ކިޔައިދިނެވެ.

ޒާޔާ ވެސް ކަރުނަތައް ފޮހެލައިގެން ޒިޔާންއަށް ހިނިތުންވެލުމަށް ފަހު ފާހަނައަށް ވަދެ ރޭގައި އޭނާ ލައިގެން ހުރި ހެދުމަށް ބަދަލު ކުރިއެވެ. ފާހަނައިން ނިކުތް އިރު ޒިޔާން ހުރީ ކޮފީ ތައްޓާއި ބިސްކޯދު ހިފައިގެންނެވެ. ޒާޔާ ކޮފީއާއި ބިސްކޯދާއި ޖައްސައިގެން ބޮއުމަށްފަހު ޒިޔާންއާއި އެކޮށް ގެއަށް ދާން ނިކުތެވެ. ޒާޔާގެ ގެޔާ އަރާ ހަމަ ވުމަށްފަހު ވަރަށް ލޯބިން ޒިޔާންގެ ކޯލަށް ދޮނެއްދީފައި ގުޑްބައި އޭ ބުނެ ގެއަށް ވަނެވެ.

ގޭތެރެއަށް ވަދެގެން އައި ޒާޔާ ފެނިފައި ހައްވާއާއި ފަވާޒް ގެ ސުވާލުތަށް އޭނާއާއި އަމާޒުވިއެވެ. ޒާޔާ ވެސް އޭނާ ގާތު ޒިޔާން އަންގާފައިވާ ގޮތަށް ކަންތައްކުރިއެވެ.  ނަސީބު ދިމާކުރިގޮތުން ފަވާޒް ވަރަށް އަވަހަށް ޒާޔާގެ ބަހަށް ޙެއްލުނެވެ. ނަމަވެސް ހައްވާ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ. ޒާޔާ ގެއަށް ނާއްނާތީ ރޭ ހަތަރު ދަމު އޭނާ އުޅުނީ ނުނިދައެވެ. ޒާޔާ ކިތަންމެ ގޯސްކޮށް އުޅުނެއްކަމަކު ހައްވާ އޭނާ ދެކެ ވަރަށް ލޯބިވެއެވެ. ހުރި ހަމަ އެކަނި ދަރިއަށް ދެރަގޮތެއް ވެދާނެތީ ހައްވާ އިންތިހާއަށް ކަންބޮޑުއެވެ.

ޕާކިން އޭރިޔާގައި ކާރު ޕާކު ކޮށްލުމަށްފަހު ގެއަށް ވަދެގެން އައި ޒިޔާންގެ ތުންފަތް މަތީގައި ވަނީ ކާމިޔާބީ ގެ ހިނިތުންވުމެކެވެ. މިއޮތް ވީހާ ދުވަހު އޭނާ ނުކުރެވިގެން އުޅުނު ކަންތައް ކާމިޔާބު ވީމާ އުފާ ނުވެ ހުންނާނެ ހެއްޔެވެ. އަނެކާގެ ދިރިއުޅުން ބަރުބާދުކޮށް އަނދަވަޅަކަށް ވައްޓާލާފައި ވެސް ޒިޔާން ބޭލީ އަމިއްލަ ބޭނުންތައް ފުއްދޭތޯއެވެ.

… ނުނިމޭ….

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mimmi7

Level 210 Stories100 Comments100 Login

I am a girl who loves to read and write stories since I was a small girl. Now I am 15. I have a special interest on writing love stories hope you'll like all my stories??

Other Articles

Previous

ނޭނގިހުރެ ވެވުނު ލޯބި (1 ވަނަބައި)

Next

ވާނަން އުމުރަށް – 18 –

Next
August 17, 2019

ވާނަން އުމުރަށް – 18 –

Previews
August 16, 2019

ނޭނގިހުރެ ވެވުނު ލޯބި (1 ވަނަބައި)

27 Comments!

  1. Shadha says:
    August 21, 2019 at 7:35 am

    Varah reethi mi ves darling!! waiting for the extra part

    1. Mimmi7 says:
      August 21, 2019 at 7:39 am

      Thankssss gurlll?? nxt prt is on the way…..

  2. Sher_07 says:
    August 21, 2019 at 7:36 am

    Wowwwwww❤️❤️❤️❤️❤️❤️❤️

    1. Mimmi7 says:
      August 21, 2019 at 7:40 am

      Thanks??

  3. Shadha says:
    August 21, 2019 at 7:37 am

    shadha, first dhw
    Yesss

    1. Mimmi7 says:
      August 21, 2019 at 7:40 am

      Yayyy ur first dhw ???congratulations…….

  4. Cute heart ❤️❤️❤️❤️❤️ says:
    August 21, 2019 at 7:43 am

    Obiii Eyyy mi part good job darla❤️????

    1. Mimmi7 says:
      August 21, 2019 at 7:54 am

      Ahaa thankxx❤️

  5. Sher_07 says:
    August 21, 2019 at 7:48 am

    Craving 4 nxt part darling❤️❤️❤️???good job

  6. Fazlyn says:
    August 21, 2019 at 7:55 am

    Nice when next part??

    1. Mimmi7 says:
      August 21, 2019 at 9:11 am

      Thanks a lot❤️❤️nxt part vry soon inshallah….

  7. Fazlyn says:
    August 21, 2019 at 7:58 am

    Me 4th

    1. Yerkko says:
      August 21, 2019 at 8:59 am

      Thain mihaaru vana hodhanoo the…. ??

    2. Fazlyn says:
      August 21, 2019 at 9:03 am

      Kiyeh kuraa vana hodhaan Masahkai ves kurann jeheyne….. Kihinei engeynoo trophy eh ves libi dhaane dhw

    3. Yerkko says:
      August 21, 2019 at 9:07 am

      Ehen vejjaavaa ma mio 5th

    4. Mimmi7 says:
      August 21, 2019 at 9:11 am

      Hehe OK ey knme meehakah knme vanaeh Libunas the important thing is readers ah vaahaka Reethi vun… First or second doesn’t really matter??

  8. Yerkko says:
    August 21, 2019 at 8:53 am

    Magey Mimmi molhu vaahaka liyan…. ???

    1. Mimmi7 says:
      August 21, 2019 at 9:09 am

      Awwwwn Thankuuuu darlin??❤️ LYSM….

  9. Ashra says:
    August 21, 2019 at 10:19 am

    Vaahaka v obi… Mimmi7 varah molhu stryy liyann… ??????… Next part kn iraku up kohdheynee????

    1. Mimmi7 says:
      August 21, 2019 at 11:15 am

      Shukuru..?❤️ nxt part vrh avahah up kohlaanan inshallah ☺️

  10. Kaily says:
    August 21, 2019 at 5:56 pm

    Waiting for nxt part
    ..

    1. Mimmi7 says:
      August 21, 2019 at 8:01 pm

      Nxt part vry soon inshallah ??

  11. jiji says:
    August 22, 2019 at 9:35 pm

    V salhi..dhn kihineh baa vaany??..so curious ..waiting????

    1. Mimmi7 says:
      August 23, 2019 at 4:32 pm

      Haadhahaa lahakunney jijige comment eh mi libunee…. Anyways thanks??let’s see what happens

    2. jiji says:
      August 23, 2019 at 5:18 pm

      Alhey sorry ingey mimmi kolhu…assu furathama page ga fehnan nethyma neyguny..Scroll kuramun dhanikoh fenunyma avahah kiyaaly..Ingey dissapoint vaane kan..Sorry dear..In Sha Allah dhn eheneh nuvaane ingey???

    3. Mimmi7 says:
      August 23, 2019 at 8:36 pm

      Awwwwn it’s OK… Mimmi hithah vx Eri ehn vedhaane… Mi prt aai eku Baivaru ehn stry Thakeh vx up vi ehnve 2nd page ah dhiyaee ehnve vrh gina readers thakakah mi prt up vi kameh neyegey? but vrh ufaa vejje jiji ah hama stry fenna irah kiyaalaafa comment kohleema?? that’s more than enough for me…

  12. yerkko says:
    August 26, 2019 at 4:31 pm

    kon iraku next part??…..

Comments are closed.

Next Episodeއެދުވަސްތައް އަނބުރާ ލިބި ދާނެބާ 10←


All Right Reserved!