Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވީރާނާވެފައިވީ ޙަޔާތް މަގޭ 8

Mai Naa Level 3100 Login10 Stories100 Comments
August 13, 2019 5 Mins Read
13 Comments

“ރަޔާން….” އަކުރުތަކަށް ދަމާލަމުން، އަހަންނަށް ކަރުބުޑުން ހަޅޭއްލަވައިގަނެވުނެވެ.

**********************

ޝާފީ ސިޑި ކައިރީގައި ވެއްޓިފައި އޮތްތަން ފެނުމުން އަހަންނަށް ހުރެވުނުތަންވެސް ނޭންގުނެވެ. ސިޑީގެ ވަކި ހިސާބެއްގައި ހުރި ރަޔާން އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަހަރެންގެ ދަރިފުޅު ވެއްޓިފައި އޮތް ގޮތުންނާއި ރަޔާން ކައިރީގައި ހުރުން އިއްތިފާގަކަށް ވެދާނެކަމަށް އަހަންނަށް ޤަބޫލުނުކުރެވުނީއެވެ. އެހާ ބާރަށް ހަޅޭއްލަވައިގަނެވުނީ އެހެންވެއެވެ. އަހަރެންގެ އަޑަށް ރަޔާން ސިހުނުކަން އެއީ އަހަންނަށް ހީވި ހީވުމެއް ނޫނެވެ.

ދުވެފައި ގޮސް ޝާފީގެ ކައިރީގައި އިށީންދެ އަހަރެންގެ އަތް އެ ކުއްޖާގެ ބޯދަށަށް ލައްވާލީމެވެ. ބޯ ފަޅައިގެން ގޮސް ހޯސްލާފައި އަންނަމުން ދިޔަ ލޭތައް މޫނުމައްޗަށް ފައިބަމުން ދިޔަ މަންޒަރު ފެނި، އަހަރެންގެ ބޮލަށް އެނބުރުން އެރިއެވެ. މޫނުގައި އަތް ޖައްސާލާ ޝާފީއަށް ގޮވާލިއިރު އެކުއްޖާގެ ހޭވެރިކަމެއް ނެތެވެ. އަޑުން އަޑުން ނަގާ އަހަންނަށް ރޮއިގަނެވުނެވެ. އެ އަޑު އިވިގެން، ދައްތަވެސް އެތަނަށް އައެވެ.

**********************

ހޮސްޕިޓަލަށް ގެންގޮސް ޝާފީއަށް ވަގުތުން ފަރުވާދެވެން ފެށުނެވެ. ގޮނޑިބަރީގައި އިށީންދެގެން އިންއިރު އަހަރެން ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ދިޔައީ ޝާފީގެ ޚަބަރެއްވާނެ އިރަކަށެވެ. އެހެން އިންއިރު، ބައެއްފަހަރު ދެ އަތް ޖޯޑުކޮށްލާ، އަނގަމަތީގައި ޖައްސާ ބާރުކޮށްލެވެއެވެ. ނޫނީ އުނގުމަތީގައި ބާއްވާލާ، އެއްއަތް އަނެއްއަތުގެ ތެރެއަށްލާ މޮޑެލެވެއެވެ.

އަހަންނާއި ޖެހިގެން ހުރި ގޮނޑީގައި އިށީންދެގެން އިނީ ދައްތައެވެ. ޔަމާންއަށާއި، ނަޒީލްގެ މަންމަމެންނަށްވެސް ގުޅި ވާހަކަ ދައްތަ ބުންޏެވެ. ހާސްވެފައި ހުރިވަރުން އެއްވެސް މީހަކަށް އަންގާކަށް އަހަރެންގެ ހަނދާނަކަށް ނައެވެ. ޝާފީއާއިމެދު އަހަރެން އިނީ ވަރަށް ކަންބޮޑުވެފައެވެ. ވަށައިގެންވާ ކަންކަމަށް ސަމާލުކަންދޭ ވަރަށްވުރެ އަހަރެންގެ ހާލު މާ ބޮޑެވެ. އިރުކޮޅަކުން ނަޒީލްގެ މަންމަ އައިސް އަހަރެންގެ ކައިރީގައި އިށީންދެލިއެވެ. އަދި އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު ދައްތަ ތެދުވެގެން ދިޔަ ކަމެއްވެސް އަހަންނަކަށް ނޭންގެއެވެ.

ޔަމާން އައިސް އަހަރެންގެ އަނެއްފަރާތުގައި ހުރި ގޮނޑީގައި އިށީންދެ އަހަރެންގެ އަތުގައި ހިފާލިއެވެ. ޔަމާންގެ މޫނަށް ބަލާލެވުމާއެކު، މި ހުރިހާ އިރު ކުރި ހިތްވަރު ނެތިގެން ދިޔައެވެ. ފެންކަޅިވެފައިވާ ދެލޮލުގައި ބަރާވެފައިވާ، ކަރުނަތައް  އެސްފިޔަތައް ފޫދުއްވާލާފައި ކޯތާފަތް މައްޗަށް ފައިބަން ފެށިއެވެ. ޔަމާން ލޯތްބާއެކު ކަރުނަތައް ފޮހެލައިދިނެވެ. އަހަރެން ޔަމާންގެ ކޮނޑުގައި ބޯ އަޅާލީމެވެ. އެވަގުތު އެއްވެސް ވާހަކައެއް ދައްކާނެ ހިތްވަރެއް އަހަރެންގެ ނެތެވެ.

**********************

ޑޮކްޓަރު ނުކުމެފައި ޝާފީގެ ހާލަތު ކިޔައިދިނެވެ. ޝާފީއާއި ބައްދަލުކުރެވޭނެކަމަށް ބުނުމުން އަހަރެން އަވަސްވެގަތީ ދަރިފުޅުގެ ކައިރިއަށް ދިއުމަށެވެ. ޝާފީ އޮތް އެނދު ކައިރިއަށް ގޮސް ހުއްޓުނުއިރު، އެކުއްޖާގެ ދެލޯ ވަނީ މެރިފައެވެ.  ބޮލުގެ ވަށައިގެން ބެންޑޭޖް އަޅާފައިވާއިރު، އަތްވެސް ބެންޑޭޖްކޮށްފައިވާތަން ފެނި އަހަރެންގެ ލޯ ފެންކަޅިވިއެވެ. ޝާފީގެ އަނެއް އަތުގާ ހިފާލާ، އެ އަތުގައި ތުންފަތް ޖައްސާލެވުނުއިރު، ލޮލުން ކަރުނަ ފައިބަން ފަށައިފިއެވެ.

**********************

ޝާފީއަށް ހޭލެވުމުން އެންމެ ފުރަތަމަވެސް ގޮވާލީ އަހަންނަށެވެ. އަހަރެން ޝާފީއާއި ކައިރިއަށް ޖެހިލީމެވެ.

“މަންމަ… ކޮއްކޮ…” އުނދަގުލުން ޝާފީ ވާހަކަ ދައްކަން މަސައްކަތްކުރިއެވެ.

“މަންމަ… ރަޔާންބެ…” ޝާފީއަށް އިތުރަށް ކުރިއަކަށް ނުގެންދެވުނެވެ. އެ އަނިޔާގެ ސަބަބުން އަދިވެސް ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައި ވަނީ ކަންނޭންގެއެވެ. ރަޔާންގެ ސަބަބުން އަހަރެންގެ ދަރިފުޅަށް މިވަރުގެ އަނިޔާއެއް ލިބުނީތީ އަހަރެންގެ ހިތުގައި އޭނާއާއި މެދު ނަފްރަތު އުފެދުނެވެ. ޝާފީ ގާތުގައި އިހަށް ވާހަކަ ނުދައްކާ ނިދާލުމަށް ބުނީމެވެ. އެ ކުޑަކުޑަ ކުއްޖާގެ ސިކުނޑިއަށް އިތުރު ބުރައެއް ޖައްސާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

**********************

ޝާފީއަށް ލިބުނު އަނިޔާގެ ވާހަކަ އިވުމުން، ޔަމާންގެ މަންމައާއި ބައްޕަ، އެމީހުންގެ ދަތުރު ކުރުކޮށްލާފައި އެނބުރި މާލެ އައެވެ. އެމީހުން އޭރު ތިބީ ރާއްޖެއިން ބޭރުގައެވެ. ދޮންބެމެންގެ ޓިކެޓް ހަމަޖެހުނީ ދެދުވަސް ފަހުންނެވެ. އެކަމަކު އެމީހުންވެސް ފޯނުން ގުޅައިގެން ޝާފީގެ ހާލު ބަލަމުން ގެންދިޔައެވެ.

**********************

ޝާފީ ގެއަށް ދޫކޮށްލުމުންވެސް ގިނަ ވަގުތު އަހަރެން ހޭދަކުރީ އެ ދަރިފުޅު ކައިރީގައެވެ. ޝާފީއަށް ލިބުނު އަނިޔާގެ ސަބަބުން އަހަރެންގެ އަމިއްލަ ނަފްސް ކުށްވެރި ކުރެވުނެވެ. އެއީ އަހަރެންގެ ފަރުވާކުޑަކަމުން ދިމާވި ކަމެކެވެ. ޝާފީ އެކަނި ބައިންދާފައި ނުދިޔަނަމަ އެ ކުއްޖާއަށް އެ އަނިޔާއެއް ނުލިބޭނެ ނޫން ހެއްޔެވެ؟

**********************

އެދުވަހުގެ އެ ހާދިސާއާއި މެދު އަބަދުމެ އަހަންނަށް ޚިޔާލުކުރެވެއެވެ. ޝާފީ މުޅިން ރަނގަޅު ނުވާތީ، އެކަމާ ގުޅޭގޮތުން އެ ކުއްޖާއާއި އަދި އިތުރު ސުވާލެއް ނުކުރަމެވެ. އެހެން މީހަކާއި އެވާހަކަ ހިއްސާ ނުކޮށް ހުންނަންޖެހޭތީ އަހަންނަށް ވަރަށް އުނދަގޫވެއެވެ. އަހަރެން ހަޤީޤަތް ކިޔައިދޭން ބޭނުމެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ ރަޔާންގެ ސަބަބުން ޝާފީއަށް ލިބުނު އަނިޔާއެކޭ ބުނަންވީ ހެއްޔެވެ؟ ހެއްކަކާއިނުލާ އެވަރުގެ ވާހަކައެއް ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ އަހަރެންގެ އަތުގައި އެކަން ސާބިތުކުރުމަށް ދައްކާނެ ހެއްކެއްވެސް ނެތެވެ. އެކަމުގެ ހެކި އަހަރެން ހޯދަން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ވިސްނަމުން ދިޔައީމެވެ.

ހަމަ ގައިމުވެސް ހެއްކެއް ނެތި، ދައްތައާއި ބޮޑުބޭބެ އެފަދަ ވާހަކައެއް ގަބޫލެއް ނުކުރާނެއެވެ. ކޮންމެ ގޮތެއްވިޔަސް ރަޔާންއަކީ އެމީހުންގެ އަމިއްލަ ދަރިއަކަށްވާތީ އެމީހުން ގަބޫލުކުރާނީ ރަޔާންގެ ބަހެވެ. އަހަންނާއި އާއިލީ ގުޅުން އޮތް ކަމުގައި ވިޔަސް، ކަން އޮންނާނީ އެގޮތަކަށް ނޫން ހެއްޔެވެ؟

ދެން އޮތް ގޮތަކީ ރަޔާން އަމިއްލައަށް އޭނާގެ ކުށަށް އިޢްތިރާފުވުމެވެ. އެކަމަކު ސިއްރުން ކުރި ކުށަކަށް އަމިއްލައަށް އެއްބަސްވާނީ ކާކު ހެއްޔެވެ؟ އެހެންނޫނަސް މާޒީގެ ދުވަސްތަކަށް ބަލާއިރު، އަހަންނަށް ޤަބޫލުކުރެވެނީ، އެއީ ވުމަށްވުރެ ނުވުން ގާތްކަމެއްކަމުގައެވެ.

އެވަގުތު، މާޒީވި ދުވަހެއްގެ ހަނދާންތައް އަހަރެންގެ ސިކުނޑީގައި ކޮއްޓާލިއެވެ. އެދުވަހު އެ ދިމާވި ކަންތައް އަހަރެން މިއަދުވެސް ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ރަޔާންގެ ސަބަބުން، އެދުވަހު އަހަންނަށް ލިބުނު އަނިޔާގެ ލަކުނު ދުވަހަކުވެސް ނުފިލާނެއެވެ.

**********************

އެއީ މަންމަ ނިޔާވިތާ ހަތަރު އަހަރު ފަހެވެ. މަންމައާއި ބައްޕަ ނެތް ކަމުގައިވިޔަސް އެމީހުންގެ އުންމީދުތަކާއި ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަކީ އަހަރެންގެ އަޒުމެވެ. އެ ގޮތުން އަހަރުގެ ފަހު އިމްތިހާނު ކައިރިވަމުން އަންނާތީ، ރަނގަޅު ނަތީޖާއެއް ހޯދުމަށް ހިތްވަރާއެކު އަހަރެން މަސައްކަތް ކުރަމުން ދިޔައީމެވެ. ކްލާހުގައި ދެވޭ މަސައްކަތްތައް ބަރާބަރަށް ނިންމަމެވެ. ކޮންމެ ދުވަހަކުވެސް ނަގައިދެވޭ ފިލާވަޅުތައް މުޠާލިޢާކުރުމަކީ އަހަރެން ޤަވާއިދުން ކުރާ ކަމެކެވެ. ރައްޓެހި ކުދިންނާއިއެކު ގްރޫޕް ސްޓަޑީ ހެދުމުގައި ވަގުތު ހޭދަކުރަމެވެ.

އެގޮތުން އެއްދުވަހަކު ގްރޫޕް ސްޓަޑީ ނިންމާލާފައި ގެއަށް އައިސް ވަންއިރު، ރަޔާން އޭނާގެ ރައްޓެހި ކުދިންތަކަކާއިއެކު ސިޓިންގރޫމްގައި ތިއްބެވެ. އަހަރެން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ގޮސް ކޮޓަރިއަށް ވަނީމެވެ. ކޮޓަރީގެ އެއްފަރާތުގައި ހުރި މޭޒުމަތީގައި، ހޭންޑްބޭގާއި ފޮތްތައް ބެހެއްޓުމަށްފަހު ސޯފާގައި އިށީނީމެވެ. އަހަރެން ހުރީ ނުލާހިކު ވަރުބަލިވެފައެވެ. މެންދުރުވެސް ނުކައިހުރުމާއެކު ކިތަންމެ ހައިވެފައި ހުރި ނަމަވެސް ރަޔާންމެން ތިއްބާ ކޮޓަރިން ނުކުންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެހެންކަމުން އެމީހުން ދާނެ އިރެއްގެ އިންތިޒާރުގައި ކެތްތެރިކަމާއެކު މަޑުކުރީމެވެ.

އެމީހުންގެ އަޑުމަޑުވެ ސިޓިންގރޫމްތެރެ ހިމޭންވުމުން އަހަރެން މަޑުމަޑުން ދޮރު ހުޅުވާލާ ބޭރު ބަލާލީމެވެ. ސިޓިންގރޫމްތެރެ ހުސްކޮށް އޮތްތަން ފެނުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު ކޮޓަރިން ނުކުތީމެވެ. ކާބަޔަށް ވަދެ ތައްޓަކަށް ކާ އެއްޗެހި އަޅައިގެން ކާން ފެށީމެވެ. ކައިނިމިގެން ތަށިތައް ދޮންނަން ފެށިތަނާ ގޭގެ ދޮރު ހުޅުވާލި އަޑު އިވުނެވެ.

އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ ފަހަތުން އައިސް އުނަގަނޑުގައި މީހަކު ހިފެހެއްޓުމުންނެވެ. އަތުގައި އޮތް ތަށި ދޫވެގެން ސިންކު ތެރެއަށް ވެއްޓުނެވެ. އަވަސް ހަރަކާތަކާއެކު އުނަގަނޑުން އެ އަތް ދުރުކުރެވޭތޯ މަސައްކަތްކުރީމެވެ. އެތައް މަސައްކަތަކުން އެ އަތް ފޮޅުވާލުމަށްފަހު ފަހަތަށް އެނބުރި ބަލާލިއިރު ފެނުނު ސޫރައަކުން އަހަރެންގެ ނޭވާ ހުއްޓުނުހެން ހީވިއެވެ.

“މިހެން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މި ނުކުތީވެސް މި މީހުން ދިޔަކަން ޔަޤީންކޮށްފައެވެ.” އެތައް އެއްޗެއް ހިތަށް އަރާ ފައިބަމުން ދިޔައެވެ. އިތުރު ހަރަކާތެއް ގެންނަންވެސް ނޭންގިފައި އަހަރެންނަށް ހުރެވުނީ ކުރިމަތީގައި ހުރި މީހާގެ ސަބަބުންނެވެ. އެއީ އިމާދުއެވެ. ރަޔާންގެ ރަޙްމަތްތެރިކަމުގައި ގެއަށް އައިސް އުޅޭ މީހެކެވެ. ނޫނެކެވެ. މިވަރުން އޭނާގެ ތަޢާރަފް އަދި ފުރިހަމައެއް ނުވެއެވެ. އެއީ ރަޔާންގެ ރައްޓެހިންގެ ތެރެއިން އެމީހެއްގެ އުނދަގޫ އަހަންނަށް އެންމެ ބޮޑަށް ފޯރާ މީހާއެވެ.

ރަޔާންއާއިއެކު ގެއަށް އައިސް އުޅޭއިރު ފާޑަކަށް ބަލަން ހުރެއެވެ. ހީވަނީ ދުވަހަކު އަންހެންކުއްޖެއް ލޮލުން ނުދެކޭ މީހެއްހެންނެވެ. މީހަކު ފެންނަން ނެތިއްޔާ އަހަންނާއި ދިމާއަށް ކޮންމެވެސް އެއްޗެކޭ ކިޔާ އުނދަގޫކުރަން އުޅޭނެއެވެ. ކިރިޔާވެސް މީހެއްގެ ހިލަމެއް ވާއިރަށް ނުވާކަމަކަށް ހަދާފައި ދުރަށް ދާނެއެވެ. ފަހުންފަހުން އައިސް މަގުމަތިން ފެނުނީމަވެސް ފަހަތުން ހިނގާ ފާޑުފާޑުގެ އެއްޗެހި ކިޔާ އުޅެއެވެ. އަހަރެން އަޅައެއް ނުލަމެވެ. ރައްދުގައި އެއްވެސް އެއްޗެއްވެސް ނުބުނަމެވެ.

ގޭތެރެއިން ފެށުނު ޖެއްސުންކުރުން މަގުމަތިން ފޮށުމާ ހަމައިން ނިމޭކަށް ނޫޅުނެވެ. އެންމެ ފަހުން އަހަރެން ގަޔަށް އަތްލާންވެސް ފެށީއެވެ. މީގެކުރިން ކޮންމެ އެއްޗެއް ކީ ކަމުގައިވިޔަސް ގަޔަކަށް އަތެއް ނުލައެވެ. ބިރުވެރިކަން އުފެދުނީ އެހެންވެގެންނެވެ. އަނެއްކާ އަހަރެންގެ ހަނުހުރުން އޭނާއަށް ދެވުނު ހިތްވަރަކަށް ވީ ހެއްޔެވެ؟

“ހޭ މަންޖޭ… ހާދަ ބިރުގަތީ؟؟” ބާރުބާރަށް ހެމުން އޭނާ ބުނެލިއެވެ. އެ އަޑު އިވުމުން ގައިން ހީބިހި ނެގިއެވެ.  އަހަރެންގެ މުޅި ހަށިގަނޑު ރޫރޫ އަޅައިގެން ދިޔައެވެ.

“ހެހެ… މި ވަގުތު މި ތިބީ އަހަރެމެން ދެމީހުން އެކަނި…. ގޭގަ އެއްވެސް މީހަކު ނެތް… ތިހާ ހާސްވާކަށް ނުޖެހެއެއްނު….”

ތެދެކެވެ. ބޮޑުބޭބެމެން މިއަދު ހަވީރު، ރައްޓެއްސަކާއި ބައްދަލުކޮށްލަން ދާނެ ވާހަކަ ބުންޏެވެ. ދައްތައާއި ބޮޑުބޭބެ ގޭގައިވެސް ނޫޅޭނެކަން ހަނދާންވުމުން އަހަރެން ހާސްވިއެވެ.

އޭނާ އަހަރެންގެ ކޯތާފަތުގައި އަތް ޖައްސާލަން އުޅުނެވެ. އަހަންނަށް ހީވީ ހޫނު އަލިފާން އަހަރެންގެ ހަމުގައި ޖައްސަން އުޅުނުހެންނެވެ. މޫނު އަނެއް ފަރާތަށް އަނބުރާލަމުން ފަހަތަށް ޖެހިލީމެވެ. ނަމަވެސް އަހަރެންގެ ނަސީބުދެރަކަމުން ފިޔަވަޅެއް ފަހަތަށް އަޅާލިއިރު، ހަށިގަނޑު ޖެހުނީ ސިންކުގައެވެ.

ސަލާމަތްވާނެ މަގެއް ހޯދަން އެއްފަރާތަކަށް ބަލާލި ވަގުތު، އިމާދު ކުއްލިއަކަށް އަހަރެންގެ ދެއަތުގައި ހިފަހައްޓާލިއެވެ. އަވަސް ހަރަކާތަކާއެކު އަނެއްފަރާތަށް އެނބުރި އަހަރެން ފާރާއި ދިމާއަށް ކޮއްޕާލިއެވެ. ނުވިސްނާ ހުރުމުން އަހަރެންގެ ހަށިގަނޑު ގޮސް ފާރުގައި ޖެހި ވަރަށް ތަދުވިއެވެ. ނުވެއްޓި ސަލާމަތްވީ ފާރުގައި އަތުން ހިފަހައްޓާލެވުނުކަމުންނެވެ.

ކޮނޑުގައި މަޑުމަޑުން ފިރުމާލަމުން އެނބުރުލިއިރު އިމާދު ހުރީ ކުރިމަތީގައެވެ. ކުރިއަށް އެންމެ ފިޔަވަޅެއް އެޅިޔަސް އޭނާގެ ގައިގައި ޖެހޭހާ ކައިރީގައެވެ. ދެން ހަދާނެ ގޮތެއް ވިސްނަން ހުރެފައި އެއްފަރާތަކުން ކުރިއަށް ދާން ފިޔަވަޅެއް އަޅާލުމާއެކު، އިމާދު ކުރިއަށް ޖެހިލާ އަހަރެންގެ ކޮނޑުގައި ހިފަހައްޓާ، އަހަންނަށް ގުޑިވެސް ނުލެވޭނެހެން ފާރުގައި ހަށިގަނޑު ތަތްކޮށްލިއެވެ.

“ނޮޓް ސޯ ފާސްޓް… ހެހެހެހެ” އެ އަޑު އިވުމުންވެސް އަހަރެން ބިރުގަތެވެ. އަހަރެންގެ ހިތް ހީވީ މޭ ފަޅާފައި ބޭރަށް ނުކުމެދާނެހެންނެވެ. އިމާދުއަށް މިކަން އެނގުނީ ކަންނޭންގެއެވެ.

“ވަރަށް ބިރުންތަ ތި ހުރީ؟” އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އަހަރެންގެ ކޮނޑުން އަތް ދޫކޮށްލުމަށްފަހު، އަހަރެންގެ މޫނާއި ދިމާއަށް އޭނާގެ އަތް ހަރަކާތްކުރިތަން ފެނުމުން، ދެލޯ މަރާ ބާރުކޮށްލެވުނީ ދެން ސަލާމަތް ނުވާނެއޭ ހީވުމުންނެވެ.

އިރުކޮޅެއްވީއިރުވެސް، އެއްވެސް އިޝާރާތެއް ނުވުމުން ލޯ ހުޅުވާލީމެވެ. ދެފަރާތުން އޭނާގެ އަތް ފާރުގައި ވިއްދާލައިގެން ވިހަ ހިނިތުންވުމެއް ދީގެން ހުއްޓެވެ. ބާރު އޮތީ އޭނާގެ އަތުގައޭ ބުނާ ކަހަލައެވެ. އޭރު އަހަރެން ހުރީ ހަދާނެގޮތް ހުސްވެފައެވެ. ލޯ ފެންކަޅިވަމުން ދިޔައިރުވެސް ނުރޮއި ހިތްވަރުކުރެވޭތޯ އަހަރެން ބެލީމެވެ. އޭނާގެ ދެ އަތުގައި ހިފާ، އެއް އަތް ނަމަވެސް ފޮޅުވާލެވޭތޯ އަހަރެން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އަހަރެންގެ މާޔޫސްކަންވެރިވެފައިވާ މޫނު ފެނި އޭނާއަށް މަޖާވަނީ ކަންނޭންގެއެވެ. އެއްމިޔަކަނުން ހީލައިގެން، ހަމަ އެ މަކަރުވެރި ހިނިތުންވުމުގައި ހުއްޓެވެ.

އިމާދުގެ މުށުތެރޭގައި އަހަރެންގެ އެއް އަތް ހައްޔަރުކޮށްލިއިރު، އޭނާގެ އަނެއް އަތް ކުރިއެކޭ އެއްގޮތަށް ފާރުގައި ވިއްދާލެވިފައިވެއެވެ. ދެން އަހަރެން ހެދީ ސަލާމަތްވުމަށް އެވަގުތު ހިތަށް އެރި އެންމެ ފަހު ގޮތެވެ. އޭނާގެ އަތުގައި ވަރަށް ބާރަށް ދަތް އެޅީއެވެ. އަހަރެން އެކަހަލަ ކަމެއް ކޮށްފާނެކަމަށް އޭނާގެ ޝައިޠާނީ ސިކުނޑިއަށް ވިސްނިފައި ނެތީ ކަންނޭންގެއެވެ. އަނގައިން ނިކުތް ވޭނީ އާހްގެ އަޑާއެކު އޭނާގެ މުށުތެރެއިން އަހަރެންގެ އަތް މިނިވަންވިއެވެ. އޭރު އަހަރެން ދަތްއެޅިތަނުން ކަނޑައިގެން ގޮސް ލޭ ހިލިފައި ހުއްޓެވެ. ލިބުނު ހަނި ފުރުޞަތުގައި އަހަރެން ގައިގައި ހުރި ބާރެއްލާފައި ދުއްވައިގަތީމެވެ.

ފައި ކަހާލައިގެން އަހަރެން ވެއްޓުނީ ސިޓިންރޫމް ސޯފާތަކާއި ހަމައިންނެވެ. ވީ ތަދުން ނުތެދުވެވިފައި އަހަންނަށް އޮވެވުނެވެ. އިމާދު ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއިއެކު، ދެމީހުން ދޭތެރޭގައި އޮތް ދުރުމިން ކުޑަވަމުންދާތަން ފެނި އަހަރެންގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. އިސާހިތަކު ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށިއެވެ. އަހަންނަށް އެހީވެދޭން އަންނާނެ މީހަކުވެސް ނެތެވެ. މިފަހަރު މި ނުލަފާ މީހާގެ އަތްދަށުން ސަލާމަތް ނުވާނެކަން އެނގުމުން ދެލޯ މަރާ ބާރުކޮށްލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mai Naa

Level 3100 Login10 Stories100 Comments

Other Articles

Previous

ހުވަފެނަކީ ބިލާހެއް -4

Next

ހުޅުކޮޅު

Next
August 13, 2019

ހުޅުކޮޅު

Previews
August 13, 2019

ހުވަފެނަކީ ބިލާހެއް -4

13 Comments!

  1. Mary says:
    August 13, 2019 at 7:22 pm

    Wow!! Nice mi part ves ❤️ ❤️ ❤️..

    1. Mai Naa says:
      August 13, 2019 at 8:18 pm

      Thank you so much Mary ??
      ❤️❤️

  2. Ibsha says:
    August 13, 2019 at 7:26 pm

    Varah reethi

    1. Mai Naa says:
      August 13, 2019 at 8:19 pm

      ??
      Thank you so much Ibsha ❤️

  3. Mai Naa says:
    August 13, 2019 at 8:16 pm

    Assalam Alaikum dear readers
    Here is the part 8 of ‘Veeraanaa vefaivee hayaai magey’
    Hope you will like this episode… ?
    Please share your view about this part

  4. Shahu says:
    August 14, 2019 at 8:53 am

    Woooooww varah salhi ? ? ? ? love you mai❤️❤️❤️

    1. Mai Naa says:
      August 15, 2019 at 10:04 am

      Thank you so much Shahu ??
      ???
      Love you more dear
      ❤️❤️❤️❤️

  5. Meekkomee says:
    August 16, 2019 at 2:16 am

    Woww…..???? Adhi kiriyaa minimuny. …….ehkoh mihaathanah nikumefa huri baithah kiyaa???❤️❤️❤️❤️ varah reethi ??????? dhn kon irakun next part nikunnaany??? Luv ur story so much ????

    1. Mai Naa says:
      August 23, 2019 at 7:09 pm

      Thank you so much Meekkomee ❤️❤️❤️❤️

      varah ufaavejje Meekkomee ah Story reethiveema ???

      Part 9 upload kollaifin….
      Mirey kiyaalan libeynehen heevany….

      Thanks again dear ❤️❤️

  6. ®¥N says:
    August 18, 2019 at 11:00 am

    Haadhaha reechey Mi part ves… ???Lve u

    1. Mai Naa says:
      August 23, 2019 at 7:21 pm

      ???? Thank you so much dear
      Love u more ?❤️❤️

  7. Rifa says:
    August 19, 2019 at 2:58 pm

    konirakun aney part nukunnaanee???varah kiyaa hithun mihiree

    1. Mai Naa says:
      August 23, 2019 at 7:13 pm

      Dear, I have uploaded part 9….
      Story kiyaalaa hithun huryma varah ufaa vejje….
      Thank you for the comment Rifa
      ??

Comments are closed.

Next Episodeވީރާނާވެފައިވީ ޙަޔާތް މަގޭ 9←


All Right Reserved!