Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 31

Belle Level 310 Stories100 Comments100 Login500 Login
August 9, 2019 6 Mins Read
39 Comments

 

” ލިވީ ” ޝިފާގެ އަނގައިން އެބަސް ބޭރުވުމާއިއެކު އެއަންހެން ކުއްޖާވެސް ދެލޯ ބޮޑު ކޮށްލަމުން، ސަލާމަތް ދިއްކޮއްގެން ހުރި އަތްތިލަ ދަމައިގަތެވެ.

 

” ލިވީ ” ކުރިމަތީ ހުރި އަންހެން ކުއްޖާ އޭނާއަށް އެނަމުން ގޮވާލުމާއިއެކު ވިންދުޖަހަމުންދިޔަ ހިތަށް ހުއްޓުމެއް އައިކަހަލައެވެ. ހަށިގަނޑުގައި ދައުރުވަމުންދިޔަ ލޭނާރުތައް އައްސިވީކަހަލައެވެ. ކަރަންޓު ޝޮކެއް މީހަކަށް ދިނަސް އޭނާއެހުރި ހާލަތައް ނާންނާނެކަން ގައިމެވެ.

 

ފަސްއަހަރު ދުވަސް. މަދު ދުވަސްތަކެއް ނޫނެވެ. ފަސްއަހަރުދުވަސް އެހަނދާންތަކާ ދުރުވާން އޭނަ ކުރިހާ މަސަތްކަތެއް އެންމެ ފަޅި ސިކުންތަކުން ބޭކާރުވީއެވެ. ފަސްއަހަރު ދުވަސް ހިތާމަކުރުމުގައި، ލޮލުން ކަރުނަ ނުހިއްކާ، ފަސްއަހަރުދުވަސް ރޭގަނޑު ނުނިދި ނައިޓުމެއާރސްތަކުގަ، ފަސްއަހަރު ދުވަހު އަމިއްލަނަފްސައް އިތުބާރުކުރުމެއްނެތި، އެކަނިވެރިކަމުގައި ދުވަސްތައް ހޭދަކޮއްފިއެވެ. ކުޑަވެސް ހިތްހަމަ ޖެހުމެއް ލިބުނީ އޭނަގެ މޫނުމައްޗައް އަލުން ހިނިތުންވުމެއް ގެންނަން ސައިފު ކުރާ މަސައްކަތުންނެވެ. އެކަމަކު މިހާރު އަލުން އޭނަގެ މާޒީ ކުރިމަތިން އިޔާދަވީއެވެ. ކުރަންބޭނުންނުވާ ހަނދާންތަކެއް އަލުން ކުރަންޖެހުނީއެވެ.

 

” އައެމް އީމާ. އައި ޑޯންޓް ނޯ އެނީ ލިވީ އޯރ ސަމްވަން ” މޫނުމަތީ ވީ ހާސްކަން ކަނޑުވާލަމުން ހިނިތުންވެލަމުން ލިވީ ބުނެލިއެވެ. އެކަމަކު ކުރިމަތިން އެފެނުނު އަންހެން ކުއްޖާ އޭނާ ބުނިވާހަކަ ގަބޫލު ކުރިހެނެއް ހިޔެއްނުވެއެވެ. ސައިފުއާ ފަހުން ބައްދަލުކުރާނެކަމަށް ބުނަމުން ލިވީ ހިނގައިގަތީ އޭނަގެ ކާރާ ދިމާއަށެވެ. ފިޔަވަޅުތައް އަވަސް ކުރެވެމުންދިޔައީ ހިތް ބާރަށް ތެޅޭތީއެވެ.

 

” ލިވީ ވެއިޓު ” ފަހަތުން އެއަންހެން ކުއްޖާ ގޮވާލުމުންވެސް މަޑުނުކޮށް ލިވީ ދިޔައީ ކުރިއަށެވެ. ފަހަތުން ސައިފުވެސް އަންނަކަން އޭނާއަށް އިނގެއެވެ. ނޭގެނީ އެއަންހެން ކުއްޖާއަށް އޭނަގެ މައުލޫމާތު ހޯދުނު ގޮތަކާއިމެދުއެވެ. އިޒަބެލް އާއި އޭނާގެ މައިންބަފައިންނަށް ނޫނީ އޭނާގެ މައުލޫމާތު ހޯދަން ފަސޭހަ ވާނެ ބަޔަކުނޫޅޭނެކަން އޭނާއަށްވެސް އިނގެއެވެ. އަނެއްކާ ޒައިކު….ޒައިކު ދަންނަކުއްޖަކަށްވެސް ވެދާނެ އެ…އަމިއްލަ ނަފްސާ އެތައް ވާހަކަ ތަކެއް ދައްކަމުން ލިވީ ކުރިއަށްދިޔައެވެ.

 

ތަންކޮޅަކަށް ދެވުނުތަނުން އޭނަ އަރައިގެން އައި ކަޅުކުލައިގެ ކާރު ފެނުމުން ހިނގުން ބާރުކޮށްލިއެވެ. ކާރަށް އެރުމަށްފަހު އިންޖީނު ސުޓާޓުކޮށްލީ މިތަނުން އަވަހަށް ފިލުމުގެ ބޭނުމުގައެވެ.

 

” ލިވީ ޕްލީޒް ލިސެން ޓު މީ ” އެއައި ބާރުމިނުގައި އެއަންހެން ކުއްޖާ ކާރުގެ ބިއްލޫރިގަނޑުގައި ޖެހުމަށްފަހު ކިޔަންފެށިއެވެ. ލިވީ ކުޑަ ހިތްވަރެއް ކޮއްލުމަށްފަހު ކުރިމައްޗައް ބަލާލުމަށްފަހު ބިއްލޫރިގަނޑު ތިރިކޮށްލިއެވެ.

 

” ލިސެން، އައި ހޭވް ނޯ އައިޑިއާ ވައި ޔޫ އާރ ކޯލިންގ މީ ލިވީ. މައި ނޭމް އިޒް އީމާ. އެންޑް އައެމް މުސްލިމް ގާލް. ސައިފް އިޒް މައި ފްރެންޑް ” ލިވީގެ އަޑުވަނީ ކުރެހިފައެވެ. ޕެނިކެއް ޖެހިދާނެތީ އަތްމުއްކަވާލައިގެން ހުއްޓެވެ.

 

” އައި ޑޯންޓް އީވެން ނޯ ޔޫ ” އެބުނީވެސް ތެދެކެވެ. އެއަންހެން ކުއްޖާއަކީ ލިވީ ދުވަހަކު ދުއްކުއްޖެއް ނޫނެވެ. އޭނައަކަށް ކުޑަވެސް އިޝާރާތެއް ނުފެނުނެވެ. ކުޑަކޮށްވެސް އެނގިފައެއްވެސް ނެތެވެ. ދަންނަ ވައްތަރެއް ނުޖެހިތާ އެއަޑަކީވެސް އަލައް އަޑުއެހި ނަމެކެވެ. ސައިފު އަބަދުވެސް ބުނާނީ އޭނަގެ ވަރަށް ގާތް ދެރަޙުމަތްތެރިއަކު ހުންނަވާހަކައެވެ. ނަން ނުބުނީ އޭނަވެސް އެހާވަރަކުން ހޯދަން ނޫޅުނީމާކަމަށް ވެދާނެއެވެ.

 

އެއަޑު އެހުމެއްނެތި، ކާރުދުއްވާލަން ތައްޔާރުވެލިތަނާ ގަނޑުވީ ދެން އެ އަންހެން ކުއްޖާ ބުނެލި ޖުމްލައަކުންނެވެ. ހުންގާނުގައި ހިފަހައްޓާލުމަށްފަހު ބާރަށް އޮބާލެވުނެވެ. ކުރިމަތިންފެނުނު މަގުވެސް ސިފަވީ ކަށިކުނބުރު ޖަންގައްޔެއްފަދައިންނެވެ. ކުރިއަށްދާނެގޮތެއް ނޭނގި، ނުކުމެވޭނެ ގޮތެއް ނެތި ތާށި ވެވުނީހެނެވެ. އުމުރުގައިވެސް އަދި މިކަހަލަ ނުބައި ޙަބަރެއް ނުލިބެއެވެ. އެހާ މަޝްހޫރު މީހަކަށްވާއިރު އެކައިވެނީގެ ވާހަކަ ނޫސްތަކުގައި ވާނެކަން އޭނައަށް އިނގެއެވެ. އެކަމަކު ޝޯޝަލްމީޑިއާގެ ހުރިހާ ވަސީލަތަކުން ދުރުވީވެސް އަމިއްލައަށެވެ. ޒައިކުގެ ކުޑަވެސް ޙަބަރެއް ލިބޭކަށް އޭނަ ނޭދެއެވެ. އެހަނދާންކުރުމަކީ ހިތި ޙަބަރު ކެއުން ކަހަލަ ކަމެކެވެ. އެތައް ވޭނަކާއި އުނދަގުލެއް ތަހައްމަލު ކުރުމަށްފަހު އޭނަ މިވަނީ މިހާރު ދުނިޔެއާއި ކުރިމަތި ލާފައެވެ. ފަހަތައް ނުބަލަން އަޒުމް ވަރުގަދަ ކޮށްފައެވެ. އެކަމަކު މިވީ ކިހިނެއް ހެއްޔެވެ؟

 

” އައެމް ޒައިކު ވައިފް ”

 

ކުދިކުދި މިނާފުއްތަކެއް ފަދައިން އޭނާގެ ލޮލުން ކަރުނައިގެ މުތީތައް ލޯ ފުސްކޮށްލައިފިއެވެ. އަތުގެ އިނގިލިތައް ތުރުތުރު ލާންފެށިއެވެ. އޭނައަށް އަބަދުވެސް ޔަގީންކުރެވެއެވެ. ޒައިކު އޭނަގެ ދިރިއުޅުމުން މޫވް އޮން ކޮށް އެހެން ދިރިއުޅުމެއް ފަށާނެކަމެވެ. އަދި އަމުދުން އޭނަ ޒައިކުއާ ދޭތެރޭ ކަންތައް ކުރި ގޮތުން ޒައިކު އިތުރަށް އޭނަގެ ހަނދާނުގައި މަޑުކުރުމަކީ ނެއްކަމެކެވެ. އެކަމަކު އެ ހަގީގަތް ކުރިމަތިން ފާޅުވުމުން، ތޫނު ވަޅިއަކުން އޭނާގެ ހިތުގައި ތަކުރާރުކޮށް އެޅެމުންދާ ކަމުގެ އިޙުސާސް ވަނީއެވެ. އޭނަގެ ހިތައް ހާދަ ތަދު ވެއްޖެއެވެ.

 

އެއިޙުސާސް ތަކާއެކު ކާރު ދުއްވާލީ އެޙަގީގަތާ ކުރިމަތި ލުމުގެ ބާރު ހިތުގައި ނެތުމުންނެވެ. ހިތުގައި ހުސްކަމެއް ވީކަމުގެ އިޙުސާސް ކުރެވިއްޖެއެވެ. އެހަގީގަތް އަޑު އިވުމުގެ ކުރިން އަދިވެސް ޒައިކު އަކީ އޭނަގެ ހަމައެކަނި މިލްކެއްކަމަށް ނިންމައިގެން ދުވަސްތައް ބޭކާރު ކޮށްލެވުނީއެވެ. މިތަނުން ދުރަށްދާން ވީހާވެސް އަވަހަކަށް އޭނަ ބޭނުން ވަނީއެވެ.

 

*************

 

ހަށިގަނޑު ފޫއަޅުވާލާވަރުގެ ރިހުމާއި ތަދު އިހުސާސް ވެއެވެ. އޭނާގެ މޫނުމަތީ މީހަކު އެއްވެސް ކަހަލަ ހަތިޔާރެއްނެތި، ޒަހަމް ކޮށްލަމުން ދަނީހެން ހީވަނީއެވެ. ރޮއެރޮއެ ދެލޯ ރަތްވެއްޖެއެވެ. މޭގައި އަތްއަޅާލަމުން އެނދުމައްޗައް ތިރި ވެވުނީ ރިހުންގަނޑެއް އަރައިގެނެވެ. ގެލެރީއިން ލަވް ޖަހާފައިވާ ފޯލްޑާއެއް ހުޅުވާލަމުން ފޮޓޮއަކަށް ލިއެވެ. އެއީ އޭނައާއި ޒައިކުގެ ފޮޓޯތަކެވެ. އަބަދަށް ރައްކާކުރަމުން އައި ފޮޓޯތަކެވެ. އޭނަ ހަނދާންނައްތާލަން މަސައްކަތް ކޮށްކޮށް ނުވެފައި ހުރި ކަމެކެވެ.

 

********************

 

ލިވީ އަށް ހަޅެއްލަވައި ގަނެވުނީ ނަރުހުންނަށް ގޮވަމުންނެވެ. އޭނާގެ ދަރިފުޅު ސާރޖަރީ އަށްފަހު އޭނާވެސް އަނބުރައިގަނެގެން ވެއްޓުނީއެވެ. ހިތުގެ އެތިކޮޅުކަމުގައިވާ އޭނާގެ ދަރިފުޅެވެ. ޒައިކުއާ ގުޅުވާފައި އޭނާގެ ދަރިފުޅަށް ދިންނަމަކީ ޒާކިން ޒައިކު ޙާލިދު އެވެ. އަތައްގުޅާފައިވާ ކަށިތައް ނައްޓާލަމުން ވަރުނެއް ހަށިގަނޑު ގަދަކަމުން ތެދުކުރަން މަސައްކަތް ކުރިއެވެ. އޭރު އިޒަބެލް އާއި އޭނާގެ މައިންބަފައިން އަދި ޒާކިން ބަލަމުންދިޔަ ޕޭރެންޓުން އައިސް ހަމަވަނީއެވެ.

 

” އައި ވޯންޓު ޓު ސީ މައި ބޭބީ. ވެއާރ އިޒް ހީ ”

 

” ޔޫ ޝުޑް ރެސްޓު އަ ލިޓުލް ” ނަރުސް ކައިރިވެލުމަށްފަހު އަތުގައި ހިފަން އުޅުމުން ލިވީ އެއަތް ދުރަށް ފޮޅާލިއެވެ.

 

” ނޯ އައި ޑޯންޓު ނީޑް އަ ރެސްޓު. އައި ނީޑް ޓު ސީ މައި ބޭބީ ” ބާރަށް ހަޅެއްލަވައިގަންނަމުން އަނެއްކާވެސް ލިވީ ބުންޏެވެ.

 

” މިސް ލިވީ. ދެއާރ އިޒް ސަމްތިންގ ޔޫ ޝުޑް ނޯ ” ޑޮކްޓާރ ބުނި ގޮތުން ލިވީގެ ނޭވާ ހިނގުން ހުއްޓުނުހެން ހީވިއެވެ. އޭނާ އަޑުއަހަން ބޭނުން ނުވާ އަޑެއް އިވޭކަށް ބޭނުމެއް ނޫނެވެ. މިއެންމެން އޭނަގެ ދަރިފުޅާ ބައްދަލު ވިޔަ ނުދީ މި ހިފަހައްޓަނީ ކީއްވެހެއްޔެވެ؟ ސާރޖަރީ އަށްފަހު ނޯމަލް ވާނެކަމަށް ކުރިން ޑރ ވަނީ ބުނެފައެވެ. އެދަރިފުޅަކީ އަނދިރީގެ ތެރެއިން އަލިކަން ލިބުނު ހަމައެކަނި އޭނަގެ ފުރާނައެވެ. އޭރު ދަރިފުޅުބަލަން ބަޔަކާ ހަވާލުކުރެވުނަސް ސާރޖަރީ ނިމުމުން އޭނަ އައީ ދަރިފުޅު ގެންދަން ވެގެނެވެ. އެދަރިފުޅާ ވަކިން ދުވަސްތައް ހޭދަކުރުމަކީ އޭނައަށް ވާނެކަމެއް ނޫނެވެ. ހަމައެކަނި ޒައިކުގެ ހަނދާނެވެ. ހަމަ އެދެލޮލެވެ. ޒައިކުގެ މޫނުމަތިން ހުރިހާ ސިފައެއް އެދަރިފުޅު އެހާ ކުޑައިރުވެސް މިލްކު ކޮށްލާފައި ވެއެވެ.

 

” ވީ ކުޑް ނޮޓް ސޭވް ދަ ބޭބީ، ސޮރީ ” އެއަޑާއެކު އަނެއްކާވެސް ލިވީއަށް ނޫނެކޭ ބުނުމަށްފަހު ރޯންފެށުނެވެ. އޭރު އިޒަބެލް އައިސް އޭނަގައިގަ ބައްދާލުމަށްފަހު ހިތްވަރު ދެއެވެ.

 

*********************

 

” ޒާކިން ” ކުއްލިއަކަށް ދަރިފުޅަށް ގޮވާލަމުން ލިވީ އަށް ތެދުވެވުނެވެ. އެ ވޭންދެނިމި ހަގީގަތް އޭނާއަށް ހުވަފެނުގައިވެސް ހަނދާނަކުން ކައްސައެއް ނުލައެވެ. އެހިތްދަތި ދުވަސް އޭނާއަށް އަބަދާއިއަބަދު ހަނދާންވެއެވެ. ލިވީއަށް ނިދުނީ ކިހާ އިރެއްވަންދެން ކަމެއްވެސް ނޭނގެއެވެ.  ހޭލެވުނުއިރު މުޅިކޮޓަރިތެރެ ވަނީ އަނދިރިކަމުގެ ސާލެއް އޮޅާލައިގެނެވެ. އޭނާފަދައިންނެވެ. އެއަނދިރިކަމަށް ލޯހާނާލަމުން ތެދުވެ އަލިކޮށްލިއެވެ.

 

ކޮޓަރިއާ ގުޅޭކުލައަކުން ހުރި އަގުބޮޑު ކާޓަން ދެފަރާތައް ކެހިފައިވީއިރު ހުޅުވިފައި ހުރި ކުޑަދޮރުން ވަންނަމުން ދިޔަ ފިނިން މުޅިކުއްޖާވަނީ ފިނި ހިފާފައެވެ. ފަޔަށްމަހާލެވުނު މަޑުމަޑު ފައިވާނަށް އަރާލަމުން ކުޑަދޮރުކައިރިއަށް ހުއްޓިލިއެވެ. އޭނާއެހުރި އުސްއިމާރާތުން ދުރަށް ބަލާލުމުން ފެންނަނީ މުޅި ނިއުޔޯކު ދިއްލާ އަޅާފައިވާ ރީތި ، ފުރިހަމަ މަންޒަރެވެ. މޮޅު ލިޔުންތެރިއެއް، ޝާއިރެއް، ޅެންވެރިއަކަށްވެސް އެފުރިހަމަ މަންޒަރު ސިފަކުރުމަކަށް ކުޅަދާނައެއް ނުވާނެއެވެ. ލޯބިވެރިން އެމީހުންގެ ހަނީމޫން ހޭދަކުރަން ދުނިޔެމަތީ މިއަށްވުރެ ރީތި ތަނަކީ ކޮބައިބާއެވެ. އޮރެންޖު ކުލައިގެ ދަޅަ އޭނާގެ މޫނަށްވެސް އެޅިފައިވާއިރު ހީވަނީ ރަނުގެ އަސްލުހެންނެވެ. އެރީތި ދިގު ރަންކުލައިގެ އިސްތަށިގަނޑަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. އެހާވެސް ފުރިހަމައެވެ. އެހެންނަމަވެސް އެ ހިތަށް ކުޑަވެސް އުފަލެއް ނެތެވެ. މޫނުމަތިން ފެންނަމުން ދަނީ ހިތާމައެވެ. ބޯ ބިއްލޫރިގަނޑުގައި ދެއަތްތިލަ ޖައްސާލަމުން އަނގައިން އާހް ގެ އަޑެއް ނުކުތެވެ. އެހާވެސް ހިތާމަވެރި އަޑެކެވެ.

 

ހަވީރުލައިގެން ހުރި ރަތްކުލައިގެ ދިގު ހެދުން، ކުރު ސޯޓުބުރިއަކާއި ޕެޓީއަކަށް ބަދަލުކޮށްލަމުން ފޯނުހިފައިގެން ސޯފާގައި ޖައްސާލިއެވެ. ސޯފާގެ ކައިރީހުރި ކުޑަ މޭޒުމަތީ ލޭމްޕް ކައިރީ ފެންތައްޓަކަށް ރީތި ރީނދޫކުލައިގެ ލިލީ ތަކެއް ޖަހާފައިހުއްޓެވެ. އެތަނުން މަލެއް ނަގާ ނޭފަތުގައި ޖައްސާލަމުން ވަސްބަލާލީ އެހިތައް ކުޑަވެސް ހިތްހަމަ ޖެހުމެއް ލިބޭތޯއެވެ.

 

އެހެން އިރުކޮޅަކު އޮއްވާ ފޯނު ރިންގުވާ އަޑަށް ބަލާލިއިރު ގުޅަނީ އިޒަބެލް އެވެ.  އަވަހަށް ފޯނުނަގާ ކަންފަތުގައި ޖަހަމުން ހިނިތުންވެލީ މިވަގުތު އޭނަގެ އެންމެ ގާތް މީހަކަށްވެސް ހުރީ އިޒަބެލް ކަމަށްވީތީއެވެ. ރަޝިޔާގައި އިޒަބެލް ހުރިއިރު އޭނަގެ ދިރިއުޅުންވެސް އޮތީ މިހާރު ރަޝިޔާގައެވެ. އެތަނުގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް ގެ ނަރުހެއްގެ ގޮތުގައެވެ. އެ ދާއިރާއިން ކުޑަކުދިންނަށް އެހީވުމަކީ އެންމެ ހިތްހަމަ ޖެހޭކަމެވެ. އޭނަގެ ދަރިފުޅުގެ ހައްގުގައެވެ.

 

” ހޭ އީމް. ވެއާރ އާރ ޔޫ؟ ” އާންމުގޮތެއްގައިވެސް އިޒަބެލްއަކީ ނިކަން ބާރަށް ވާހަކަ ދައްކާ ކުއްޖެކެވެ. އަދި އޭނަ ގެ އަޑުނީވި އެންމެ ދުވަހެއް ވިއަސް ވާނެވަރު އޮޅިފަކައެއްނެތެވެ.

 

” ހޭ ” އަޑުން އުފާވެރި ކަން ދައްކަން މަސައްކަތް ކުރަމުން ލިވީ ވާހަކަ ދެއްކިއެވެ.

 

” އައި ވޯސް ކޯލިންގ ޔޫ. ބަޓް ޔޫ ޑޯންޓު އާންސާރ މީ، ސައިފު ގެ މެޗް ބަލަން ދިޔައިންތަ؟، އޭނަ ހުންނާނީ ނުލާހިކު އުފާވެފަ އީމާ ދިޔައީމަ. ” އެއްމެ ނޭވައެއްވެސް ނުލާ އިޒަބެލް ވާހަކަ ދައްކާ ނިންމާލިއެވެ.

 

” ދިޔައިން އެތަނަށް. އެކަމަކު އަންހެން ކުއްޖަކާ ދިމާވީ އެތަނުން ” ތިރީގައިވާ މާބުލް އަށް ބަލަމުން ލިވީ ވާހަކަ ދެއްކިއެވެ.

 

” ސޯ ؟ ނުބުނައްޗޭ އަނެއްކާ އީމްއަށް ގާލްއެއް ދެކެ ލޯބިވެވުނިއްޔޭ! ހެއްހޭ ” އިޒަބެލް އޭނަގެ ހާލަތު ނުވިސްނި ހުރެ މަޖާކުރަމުން ދިޔައެވެ.

 

” ޝީ ކޯލްޑް މީ ލިވީ ” ނޭވާ ހިފަހައްޓާލީ އިޒަބެލްގެ ޖަވާބު އަންނާނެގޮތް ހިތައް އަރާފައެވެ.

 

” ވަޓް؟ ހައު؟ ޑޫޔޫ ނޯ ހަރ؟ ނޭނގެންޏާ ކިހިނެއް އެއަންހެން ކުއްޖާއަށް އީމް ތީ ލިވީކަން އެނގުނީ؟ އަނެއްކާ އީމްގެ ކުރީގެ ފްރެންޑެއްތަ އެއީ؟ އޯހް ނޯ ހީވަނީ ކޮލެޖް ނޫނީ ސުކޫލުދައުރުގެ އެކުވެރިއެއްހެން ” އަމިއްލައަށް ހީވާގޮތަކަށް ނޭވާއަކަށްވެސް ހުއްޓިނުލާ އިޒަބެލް ވާހަކަ ދެއްކިއެވެ.

 

” އެއަންހެން ކުއްޖާ އަމިއްލަ އަށް ތަޢާރަފްވީ ޒައިކުގެ ވައިފް ގޮތުގަ ” އެހެން ބުނެވުމާއިއެކުވެސް ލިވީގެ މެއަށް ތޫނު ތަދެއް އިހުސާސް ވެއްޖެއެވެ.

 

” ދެޓް ސަން އޮފް ބިސްކަޓް . ހައު ޑެއާރ ހީ މެރީ އެގެއިން؟ އޭނަ އަންހެނުން ރަޝިޔާއަށް އައޭ ޔަމާން އެއް ގޮވައިގެން ލިވީ ހޯދަން ” އިޒަބެލް ނުބުނެ ސިއްރު ކުރި ކަންތައް އޮޓޯއިން އަނގައިން ނުކުތެވެ. އެއަށްފަހު އަނގަމަތީ އަތްއަޅާލީ ލިވީ ދެރަވާނެވަރާ ރުޅިއަންނާނެ ވަރު އިނގިފައެވެ.

 

” ވަޓް . އިޒޫ ކީކޭ ތި ބުނީ . ކުރިން ބައްދަލުވިތަ ޝިފާ އާ ، ކިހިނެއް ޔަމާން އަށް އެނގުނީ އިޒޫ އާ މީޓު ކުރަން ” ހަމަ އެ ނޭވާގައި ލިވީވެސް ވާހަކަ ދެއްކީ އުނގުމަތީ އޮތް ކުޝަން ނަގާ އެއްލާލަމުންނެވެ. ކަންތައް ވީގޮތް އިޒަބެލް ކިޔައި ދިނުމުން ލިވީ އަށް ފުން ނޭވާއެއް ލެވުނެވެ.

 

އެތައްސަތޭކަ ހިޔާލުތަކެއް ލިވީގެ ސިނކުޑީގައި އެނބުރެމުން ދިޔައެވެ. އަދި ވެސް ހުރިހާކަމަކުން ސަލާމަތްވުމަށް ނިދާލަން ބޭނުމެވެ. ފުރިޖް ހުޅުވާލުމަށްފަހު ދަޅެއް ނަގަމުން އެބޯލަންފެށީ ސިކުނޑިއަށް ލުޔެއް ލިބޭތޯއެވެ. އެގޮތުގައި އެތައްއިރެއް ވުމަށްފަހު ލޮލަށް ނިދި ސަވާރުވީ ކިހިނެއް ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ.

 

ކޮޓަރީގެ ދޮރުގައި ރަނގަބީލު ވާއަޑު އިވިގެން ދެލޯ ހުޅުވާލުންވީ ލިވީއަށް އުނދަގޫ ކަމަކަށެވެ. އޭރު ކުޑަދޮރުން ހަމަ ރީތިކޮށް އިރުގެ އަލިއެޅިފައިވަނީ އޭނަގެ މޫނަށެވެ. ފޯނު ބަލާލަމުން ދެލޯ ބޮޑުކޮށްލެވުނީ ގަޑިން ހެނދުނު އެގާރަ ޖަހާފައި އޮއްވާ ފެނިގެނެވެ. ރޭގަ އެހާ ލަހުން ނިދުމުން ހޭލެވުނީ އެހާވެސް ލަހުންނެވެ. އަތުން ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލަމުން ދޮރާދިމާއަށް ހިނގައިގަތީ ރޫމްބޯއީސް ސާފުކުރަން އައީ ކަމަށް ހިތައެވެ. އާފުރެމުން ދޮރު ހުޅުވާލިއިރު އަނގަމަތީ އަތް އަޅާލެވުނީ ކުރިމަތިން ފެނުނު ސޫރައަކުންނެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ދެން އޭނަ ލައިގެން ހުރިއެއްޗިއްސައް ނަޒަރު ހިންގާލެވުނެވެ. އެކަމަކު ހައިރާންކަން އިތުރުވިއެވެ.

 

” ހައު….ހައު ކޭން ޔޫ…” ލިވީއަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

ރިހި އަނގޮއްޓި 3 ފަހުބައި

Next

ވިވާން 5

Next
August 9, 2019

ވިވާން 5

Previews
August 9, 2019

ރިހި އަނގޮއްޓި 3 ފަހުބައި

39 Comments!

  1. Mms says:
    August 9, 2019 at 9:09 am

    Yey me first

    1. Belle says:
      August 10, 2019 at 4:52 am

      Thanks Mms ?????????????????????????????????????????????

  2. Meekkomee says:
    August 9, 2019 at 9:11 am

    Omg…varah reethi ?????????? whn is next part….. can’t wait to read ???

    1. Belle says:
      August 10, 2019 at 4:53 am

      Thanks Meekkomee ??????????????????????????????????????????????????

  3. sun flower says:
    August 9, 2019 at 9:59 am

    damn
    anekka zaik tha?♥️

  4. Anonymous says:
    August 9, 2019 at 10:48 am

    Alhey Zaik alun livy aa nugulhuvavhey. Thi livy ah zaik kaaree kurinves buneveyne dho vee goi. Filaigen ulhunee hageegee loabi nuvaa thee hama. Evarakun ulhey echenooney, haadha foosehveyey livy dheke. Story vara reethi❤️??????????????????????
    ?????????
    ?????
    ???

    1. Belle says:
      August 10, 2019 at 4:55 am

      Thanks Anonymous ?????????????????????????????????????????????????????????????

  5. ?‍♀️ says:
    August 9, 2019 at 10:59 am

    Dhen thi livy aa zaik gulhuvaafa livy dhaanvee. Thi zaik akah Adhives livy ge handhaanthakun dhurah nudhevigenviyyaa ulhenee. Konme sababakaahureves olhuvaalaafa fili myhaa dheke Adhives loabi vanee. Shif eh ai thelhiyas adeh nugovaane dho. Ekkolhun ekaku loabi vegen kihineh ulheynee.shif dhiyaama zaik ah engeyne shif kihaa muhimmu kan. Reethi story ingey. Waiting for next part.

    1. Belle says:
      August 10, 2019 at 4:57 am

      Thanks ????????????????????????????????????.
      Next Sunday ga upkohleveytho v try kuraanaan. Eid vyma nikan bsy vane , anekka miothy fen eid eh hehe ???????☔☔☔

  6. Shahu says:
    August 9, 2019 at 1:22 pm

    Woooow love this part. Varah salhi ❣️ ? ? ? ? ? ? ? love you belle????

    1. Belle says:
      August 10, 2019 at 4:58 am

      Thanks shahu ???????????????????????????????????????????????

  7. iimrn says:
    August 9, 2019 at 5:01 pm

    story v reethi

    1. Belle says:
      August 10, 2019 at 4:58 am

      Thanks iimran ???????

  8. Niru says:
    August 9, 2019 at 5:05 pm

    Alhey bootiful ingey ????. Dhen livy zaik life ahnugenebala, mihaar zaik vess shifaa dheke loabive ehnnu ?????.

    1. Belle says:
      August 10, 2019 at 4:59 am

      Thanks Niru ?????????????????????????????????????????????????????????????????????

  9. Naax says:
    August 9, 2019 at 6:57 pm

    Story v salhi

  10. Butterfly says:
    August 9, 2019 at 8:49 pm

    RRRREEEEETHI

  11. Lool says:
    August 9, 2019 at 9:37 pm

    Alhe mi part ga vaanuvaa kiaala dheefaanantha masha konmes kujje. Mi story hama v reethi maasha allah. Ekamaku mi part ga vaanuvaa eh ehgothakahves neyngunu. Livee kihine e aee . Maru veenun

    1. ? says:
      August 9, 2019 at 10:24 pm

      Darling her friend lied to shifa

    2. Belle says:
      August 10, 2019 at 5:01 am

      Thanks Lool ???????????????????????????????????????????????.
      Let’s C upcoming part’s ???????????????????

  12. Maisha says:
    August 10, 2019 at 3:16 pm

    Varah reethi❤❤❤

  13. ?Queen? says:
    August 10, 2019 at 5:28 pm

    Nice mi part ves and Eid mubarik to all ??

  14. Mary says:
    August 13, 2019 at 3:03 pm

    Nice mi part ves ❤️ ❤️ ❤️.. Eid mubarik to all ???❤️??????

  15. Someone says:
    August 13, 2019 at 10:20 pm

    When is next part???

  16. ??? says:
    August 14, 2019 at 4:36 pm

    Hi Belle????❤️❤️?????????❣️?????????????????????????????️?️?????????????️?️??????????????????????????????????⚡?️???????️??☀️?️⛅?️???????❄️❄️?????????????????????️⛅☀️????️????kihineh?????????…. luv u n eid mubaarik??????????????????

  17. BarBie says:
    August 14, 2019 at 8:55 pm

    Hey Belle!.. 32nd part kon dhuvahakun tha up kolladheyny?.. <3

  18. Maisha says:
    August 15, 2019 at 1:46 pm

    ??❤

  19. ? says:
    August 16, 2019 at 1:04 pm

    when next

  20. Sbshsh says:
    August 16, 2019 at 4:21 pm

    Alht up kuran veyhje nun mi ey mahssala ake

  21. Anonymous says:
    August 18, 2019 at 9:20 am

    Haadha dhuvas vehjjeyey upload nukuraathaa
    whats happening belle. we all have been waiting since along time

  22. Shaako says:
    August 18, 2019 at 6:59 pm

    Alhey Dhn Mee kihaa bodu kameh tha vehjehnu dhw up kureveyne dhuvahehviyas Bunan ??

  23. Fan of u says:
    August 19, 2019 at 12:13 pm

    Alhey haadha lahey dhw mihaaru please avahah upkohladhybala varah kiyaa hithun mi innanee

  24. Unknown says:
    August 19, 2019 at 3:09 pm

    Belle anehkaa Kameh V Tha? ??

  25. Aathu says:
    August 19, 2019 at 8:41 pm

    Update the next part please

  26. Naax says:
    August 20, 2019 at 1:13 pm

    Kobaatha aneh part

  27. Mary says:
    August 20, 2019 at 8:09 pm

    Kobaa mihaaru mivaahaka liyaa kuhjaa gehlunee tha ?

  28. Ainth says:
    August 21, 2019 at 11:56 am

    Mi week ves migen nimaney vaahaka up veeyahnun ….. belle baleytha????? ❤?❤?❤?❤?????????? konirakun up vaaney … comment thakah reply ves kohleyma dho engeyney

  29. Aathu says:
    August 24, 2019 at 2:49 pm

    Don’t make us wait more it’s really annoying when you have to check the updates no news even for two three times a day

  30. Naax says:
    August 24, 2019 at 3:35 pm

    Kobaatha aneh part haadha Lahey…

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 32←


All Right Reserved!