Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝަކުވާ ހިތަށް ކުރެވޭ ރޮމުން… 2

Emm Level 3100 Comments10 Stories100 Login
August 9, 2019 One Min Read
26 Comments

ދެން ތިބި އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަކުން މިއީ އެމީހުންނަށް އާ ކަމެއް ނޫންކަން އިނގެއެވެ. ހިލޭ ފިރިހެނެއްގެ ގައިގައި އިނގިލި ކުރިވެސް ޖައްސާލާފައި ނުވާ މަލްޝާއަށް މީ ހުސް ނުދަންނަ ބީރައްޓެހި ކަންކަމެވެ.

ފިޔަވަޅުތައް ކައިރިވަމުން އައި ވަރަކަށް މަލްޝާގެ ހިތުގައި ވަކި ހިއްޕާލާފައިވާ ބިރުވެރިކަން އިތުރުވަމުން ދިޔައެވެ. ލޮލުގެ ތެރޭގައި ގައިދުކޮށްފައިވާ ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގެން ދިޔައީ ނުކިޔަމަންތެރިކަން ދައްކަމުންނެވެ. ވަށައިގެން ތިބި އެންމެންނަށް މަލްޝާގެ ހިތުގެ ތެޅުމުގެ އަޑު އިވޭނެކަން ގައިމެވެ.

މަލްޝާއާ ދިމާލަށް އަޅަމުން ދިޔަ ފިޔަވަޅުތައް ކައިރިވަމުން ދިޔަ ވަރަކަށް އަނެއްކާވެސް ރައުލްގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ނަމަވެސް އޭނާގެ ހިތުގައި އުފެދިފައިވީ އަޒުމު އެއަށް ވުރެ މާ ބާރުގަދައެވެ. މަލްޝާގެ މޫނުމައްޗަށް ވެރިވެފައިވީ ބިރުވެރިކަމާއި ސިހުންވީ އޭނާގެ ހިތުގައި އޮތް އަޒުމު އިތުރަށް ވަރުގަދަ ކުރުވި ސަބަބަކަށެވެ. މަލާމާތުގެ ހިނތުންވުމެއް ވެރި ކުރުވައިގެން ހުރެ ގޮސް މަލްޝާގެ އަތުގައި ހިފާ ނެގުމަށްފަހު އަތު ތެރޭގައި ހައްޔަރުކޮށްލިއެވެ.

ރައުލްގެ އަޅި ލޮލާ ހަތަރުކަޅި ހަމަ ނުކުރަން މަލްޝާ ކުރި މަސައްކަތް ދިޔައީ ފެނުފުލުންނެވެ. އެ ފުން ލޮލުގެ ތެރެއަށް ގެނބިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ރައުލްއަށްވެސް ހުރެވުނީ މަލްޝާގެ ހޭޒަލް ކުލައިގެ ލޮލަށް ގެއްލިފައެވެ. މި ބީރައްޓެހި އަންހެން ކުއްޖާގެ ރީތިކަމަށް ހިތް ތައުރީފު ކުރި ނަމަވެސް ސިކުނޑި މުޅިން ދެކޮޅެވެ.

މަލްޝާގެ ކޮނޑުގައި އަޅުވާލެވިފައިވާ އޭނާގެ އަތް ނައްޓުވާލަމުން ރައުލް މަލްޝާގެ ވަށް މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. މަލްޝާގެ ދެލޮލާއި ރައުލްގެ ދެލޯ ގުޅިފަވާއިރު ދެން ތިބި އެންމެން ހީގަނެގެން ބަލަހައްޓައިގެން ތިބި ގޮތުން ހީވީ ކަސޯޓީގެ އެޕިސޯޑެއް ލައިވްކޮށް ބަލާލަން ލިބުމުން އުފަލުން ތިބި ހެންނެވެ. ރައުލް މަޑުމަޑުން މަލްޝާގެ މޫނު އޭނާގެ މޫނާ ކައިރި ކުރަމުން ދިޔައެވެ. މަލްޝާގެ ހޫނު ނޭވާ ރައުލްގެ ކޯތާފަތަށް އެޅިގެން ދިޔައިރު އެ ރީތިކަމުގެ ސިހުރުގައި ޖެހި އެ ހިތުގައި މަލްޝާއަށް އޮތް ނަފްރަތާއި ބަދަލު ހިފުމުގެ ރޫހު އެކީ ހިނދިގެން ދިޔަ ފަދައެވެ. ރައުލް ކުޑަކޮށް ގުދުވެލަމުން މަލްޝާގެ މޫނާ އެއް ހަމަ އަކަށް ތިރިވެލިއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ މަޑު ފިޔާތޮށިކުލައިގެ ލިޕްސްޓިކަކުން ފަވާލެވިފައިވާ މަލްޝާގެ ބައްޓަން ރީތި ތުންފަތަށެވެ. އެ ދެމެދުގައިވީ އިންޗީގެ ދުރުކަން ކުޑަ ކުރަމުން ރައުލް މަލްޝާގެ ތުންފަތުގައި ލުއިކޮށް ބޮސްދިނެވެ. ޝަބްނަމް ތިކިތަކަކުން ދެ ތުންފަތް ތެމިގެން ދިޔައިރު ވަށައިގެން ހިނގާ އެއްވެސް ކަމެއް ސިކުނޑިއަށް ނަގައިގަނެވޭހާ ހޭވެރިކަންވެސް އެ ދެމީހުންގެ ނެތެވެ.

މަލްޝާއަށް ހީވީ ޚިޔާލީ ކަނޑުގައި އޮޔާ ބެހެމުން ދަނިކޮށް އޭނާ ހަނަފަސް ބިމަކަށް ލެއްގީހެންނެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި ހުރި މަލްޝާއަށް ހޭވެރިކަން ވުމުން ރައުލްގެ މޭގައި އަތް އަޅާ ދުރަށް ކޮއްޕާލިއެވެ. މަސްތީ އޮއެވަރުގައި ބެހެމުން ދިޔަ ރައުލްއަށް ނުވިސްނާ ހުއްޓާ އެފަދަ ހަމަލާއެއް އައުމުން ނުވެއްޓުނީ ކިރިޔާއެވެ. ހަށިގަނޑު ބެލެންސްކޮށްލަމުން ރައުލްގެ ނަޒަރު ސީދާކޮށްލީ ރޮވިފައި ހުރި މަލްޝާއަށެވެ. މަލްޝާގެ ތުންފަތަށް ލޭކުލަ އަރާފައި އިރު މޫނެކޭ ރަތް ޓޮމާޓޯ ގަނޑެކޭ ތަފާތެއް ނެތެވެ. ތެމިފައިވާ އެ ތުންފަތުގެ އޮފްކަން ދެގުނަ ވެފައިވާއިރު ރައުލްގެ ދަހިވެތި ނަޒަރު އަދިވެސް ހުއްޓިފައިވަނީ މަލްޝާގެ ތުންފަތަށެވެ.

މަލްޝާ އަނގަމަތީގައި އަތްއަޅާލުމަށްފަހު އަނެއް ފަރާތަށް އެނބުރި ދުއްވައިގަތް އިރު އަދިވެސް ހުރީ ދެންމެ ވީ ކަންތައް ގަބޫލުކުރަން ދަތިވެފައެވެ. ރައުލް އޭނަގެ އެތައް ހުވަފެނެއް ފުނޑުފުނޑުކޮށްލާ އަމިއްލަ ނަފްސަށް އޮތް އިތުބާރު ގެއްލުވާލައިފިއެވެ. އަމިއްލަ ނަފްސުގެ ތާހިރުކަމާ މެދު ޝައްކު ކުރުވާ އަމިއްލަ ހަށިގަނޑު ދެކެ ނަފްރަތު ކުރުވާފައެވެ. މަލްޝާ ދުވުން ހުއްޓާލީ ވަރުބަލިވެ ދެން ނުދުވެވޭނެހެން ހީވާ ގޮތް ވުމުންނެވެ. ފަސް އެނބުރި ބަލާލިއިރު ރައުލްމެން ލޮލުކޮޅަށް ފެންނަންވެސް ނެތެވެ. ގައިގެ ވަރު ދޫވާ ހެން ހީވުމުން މަލްޝާ ކަކޫ މައްޗަށް ތިރިވިއެވެ. އަޑުން އަޑު ނަގާފައި ރޮއެގަނެވުނީ އޭނާގެ ވޭނީ އުދާސްތައް އަޑު އަހާ އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތެއް ނެތްކަން ޔަގީންވާ ހާލުގައެވެ. ރުއް ފަލެއްގެ މެދުގައި ދަންވަރު އަތަށް އަޅަމުން ދާއިރު ހުންނާނީވެސް ކާކު ހެއްޔެވެ؟ ނަމަވެސް މަލްޝާއަށް އެ ނާމާން މާހައުލުގައި އެކަނި އިން އިރު އެއްޗެކޭ ހިތަށް އެރިހެންވެސް ހީނުވެއެވެ. ނޫނީ މަލްޝާގެ ހިތުގައި ވަކި އަޅަމުންދާ ހަނދާންތަކުން މަލްޝާއަށް އެ ބިރުވެރިކަން އިހްސާސް ނުކުރެވެނީއެވެ.

* * * * * * * * * * *

އަނގަމަތީގައި އަތްއަޅައިގެން ހުރެ ދުވެފައި މަލްޝާ ދިޔަ ތަން ފެނުމުން ހޭން އިން އީވާ އިންތަނުން ތެދުވިއިރު ރައުލް ހުރީ އޭނާގެ ކަނދުރާއާ ހަމައަށް އަންނަ މަޑުމުށިކުލައަކަށް އޮތް ފަން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން މަލްޝާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހިނިތުންވެފައެވެ. އީވާ ރައުލްއާ އަރާހަމަވެފައި ދިމާކުރާ ރާގަކަށް އޯ ލައްވާލިއެވެ. އެންމެން އެއްކޮށް ފެށީ ހޭށެވެ. ރައުލް މޫނުމަތީގައި އަސަރެއް ނެތް ކުލަވަރެއް ކުރަހާލަމުން ގޮސް ލާޝިންގެ ކޮނޑަށް އަތް ވައްޓާލަމުން ކިބުރުވެރި ހިނިތުންވުމެއް ދައްކާލިއެވެ. ” ކޮބާ! ފެނިއްޖެ؟ މަށަށް ކުރަން ނުކެރޭ ކަމެއް ނުހުންނާނެ ދުނިޔެއަކުވެސް… ޔަގީން ވެއްޖެ އެއްނު ދޯ… ” ރައުލް އެހެން ބުނެލުމާއެކު އީވާ ހީގަނެފައި ގެރޭ އޭ ބުނެލިއެވެ. ” ކޮން ކަހަލަ ފީލިންއެއް ކުރެވުނީ މަލްޝާގެ އުހުމް އުހުމް… ” ރަޔަން ލާނެތް ވައްތަރަކަށް ހީލަމުން ބުނެލިއެވެ. ” އަދި ފީލިންއެއް ކުރެވެން ޖެހޭތަ؟ ޔޫ ނޯ އެއްނު އިޓްސް ނޮޓް ނިއު ޓު މީ ކަން… ” ރައުލް ދެކޮނޑު އަރުވާލަމުން ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ. ކުރެވުނު ކަންތަކާ އޭނާ ލަދުވެސް ނުގަންނަ ފަދައެވެ. ” ދެން ކޮންމެސް ފީލިން އެއް ކުރެވޭނެ ދޯ؟! ” ޒޭބާ ބުނެލީ ރައުލްގެ ކޮނޑުގައި ކޮނޑުން ޖެހިގަންނަމުންނެވެ. ” ޝީ ޓޭސްޓްސް ރިއެލީ ގުޑް… ” ރައުލް އެއްލޯ މަރާލަމުން ބުނެލިއެވެ. ” އާނ އެކަން އެބަ އިނގެޔޭ… މުޅި އަނގަ މަތީ ތިއޮތީ މަލްޝާގެ ތުންފަތުގައިހުރި ލިޕްސްޓިކް ވިއްޔަ… ފެންނަ މީހަކަށްވެސް އިނގޭނެ ތާޒާ ކަންމަތީ މަލެއްގެ ފޮނިކޮޅު ބޮއެލައިގެންކަން ތިހިރީ… ” ރާއިން ބުނެލުމާއެކު ރައުލް އަނގަމަތީގައި އަތް ކާއްތާލުމަށްފަހު އަތަށް ބަލާލީ އެއީ ތެދެއްތޯ ޔަގީންކުރުމަށެވެ. މުޅި މާޙައުލުގައި ގުގުމާލީ އެންމެންގެ ހުނުމުގެ އަޑެވެ. މި ހުރިހާ ސަކަރާތެއްގައި ބައިވަރުވަމުން ދިޔަ އީވާއަށް މަލްޝާ މަތިން ހަނދާން ނެތުނެވެ.

  • * * * * * * * * * * * * *

ރުއް ފަލުތެރޭ އެކަނި އިނދެ ރޮމުން ދިޔަ މަލްޝާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވެމުން އެކަން ހުއްޓުވަން އަމިއްލަ ނަފްސުގެ ދިފާއުގައި އެއްވެސް ކަމެއް ނުކޮށް ހުރެވުމުންނެވެ. ކިތަންމެ ވަރަކަށް ކަރުނަ އޮހޮރުވިޔަސް އެއީ ނުވާ ކަމަކަށް ނުހެދޭނެކަން ވިސްނުމުން މަލްޝާ އިން ތަނުން ތެދުވެ ގައިން ކިލާ ފޮޅާލިއެވެ. ވަށައިގެންވާ މާހައުލަށް ބަލާލުމުން މަލްޝާގެ ހިތަށް ބިރުވެރިކަން ވަނެވެ. ސިފަވީ ޓްވިލައިޓްގަ އުޅޭ ތަނުން ވެމްޕަޔަރއެއް އެތަނުގަ އުޅޭ ތަނެވެ. ސިހިފައި ފަހަތަށް ބަލާލެވުނީ ފަހަތުގައި ހުރި ކަމަށެވެ. ދެ ފަންގަނޑު ވަޔާ ކޭއްތިލި އަޑުު މާހައުލުގެ ހަމަހިމޭންކަން ނަގާލުމުން މަލްޝާގެ ހިތުގައި އޮތް ބިރުވެރިކަން ބޮޑުވެގެން ދިޔައެވެ. ދެފައި ހުރި ބާރެއްލާފައި ދުއްވައިގަތް އިރު ދެވޭ މިސްރާބެއްވެސް މަލްޝާއަކަށް ނޭނގެއެވެ.

  • * * * * * * * * * * * *

” އޭ… މަލްޝާ… ” ބޮޑު ވާހަކައިގައި ޖެހިފައި އެންމެން ތިއްބާ އައިލީޝް މަލްޝާ މަތިން ހަނދާންކޮށްދިނެވެ. ” ޝިޓް… ” ނިތްކުރީގައި އަތުން ޖަހާލަމުން އީވާ ބުނެލީ ކަންބޮޑުވެފައި ހުރެއެވެ. މަލްޝާ ނުލާ އޭނާއަކަށް ގެއަކަށް ނުދެވޭނެއެވެ. ދާ އިރަށް އެންމެން މަލްޝާ ކޮބައިތޯ އަހާނެއެވެ. މަލްޝާގެ މަންމަ އީވާއާއެކު މަލްޝާ ފޮނުވީ ވަރަށް އިތުބާރުކޮށްފައެވެ. ނަމަވެސް އީވާ ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ އެ އިތުބާރު ވެއްޔާލާ މޮޑެލީއެވެ. މިރޭ މަލްޝާއާ ރައުލްއާ ދެމެދު ހިނގައިދިޔަ ކަންތަކުގެ ވާހަކަ މަންމަ ނޫނީ ބައްޕައަށް އިވިއްޖެ ނަމަ އޭނާ ދިރިހުއްޓާ ވަޅުލަންވެސް ފަސް ނުޖެހޭނެއެވެ. މި ފަދަ ޚިޔާލުތަކެއްގެ ތެރޭގައި ބަނދެވިފައިހުރެ އީވާ ކުރިއަށް ހިނގައިގަތީ މަލްޝާއަށް ގޮވަމުންނެވެ.

  • * * * * * * * * * * * * * *

މަލްޝާ ދުވެ ދުވެ ވަރުބަލިވީ ފަހުން ނިކުމެވުނީ އުޑު ހާމައަށް ފެންނަން އޮތް ދިމާލަކަށެވެ. ރާޅުތައް ގޮނޑުދޮށަށް ބީއްސާލާ އަޑުން މާޙައުލުގެ ހަމަހިމޭންކަން ނަގާލާފައިވެއެވެ. ހަނދުވަރުގެ ރިހި އަލިން މޫދުގެ ލޮނުގަނޑު ހުޅުދާންކޮށްލާފައިވާ އިރު ބަލައިލަން ވަރަށް ހިތްގައިމެވެ. މަލްޝާގެ ހިތަށް ހަމަޖެހުމެއް ލިބޭތޯ އަތަށް ފައިވާން ނަގައިގެން އެ މަޑު ކަފަކޮޅެއް ފަދަ ބޯ ކިރުކުލައިގެ ވެލިގަނޑުގެ ތެރެއަށް ފައި ވައްދަމުން ހިނގާލިއެވެ. ގުދުރަތުގެ ފުރިހަމަކަމުން ހިތަށް ހަމަޖެހުން ހޯދަމުން ހިނގާލާފައި ދިޔަ މަލްޝާގެ ހަށިގަނޑު އަރިއަޅާލީ ކޮންމެސް އެއްޗެއްގަ ޖެހިފައެވެ. މަލްޝާގެ އަނގައިން ތޫލި ހަޅޭކެއް ބޭރުވެގެން ދިޔައީ ލިބުނު ސިހުމުގައެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Emm

Level 3100 Comments10 Stories100 Login

I am a 13 year old girl who loves to write stories as a hobby... ? Mii aim is to make readers happy and pleasant... ❤️❤️❤️ Feel free to comment ya views... ??? Pls help me to improve myself... ? Luv ya all ?? Proud author of " Nuurish " " E sirru " " manzil hiy edhey " " shakuva hithah kurevey romun "

Other Articles

Previous

ވިވާން 5

Next

ހާސިލް ވުމަށް އެދި 11

Next
August 9, 2019

ހާސިލް ވުމަށް އެދި 11

Previews
August 9, 2019

ވިވާން 5

26 Comments!

  1. Rai says:
    August 9, 2019 at 9:04 am

    salhi.When next

    1. Emm says:
      August 9, 2019 at 10:38 am

      Thanks darling??? next part in sha Allah tomorrow ??? keep waiting ❤️❤️❤️ luv yuh! ??♥️

  2. jiji says:
    August 9, 2019 at 10:01 am

    Alheyy haadha salhiey mi part???..dhn kihineh baa dhw vaanyy..Im really really curious dearr?????????.. Waiting for da next..Luv ya

    1. Emm says:
      August 9, 2019 at 10:42 am

      Awwwwwnnn… ??? Thanks dhoonya ??? dhn vaagotheh in sha Allah maadhama ingeyne… ??? Keep waiting… ❤️???? Luv u more ♥️♥️♥️♥️?

    2. jiji says:
      August 9, 2019 at 10:45 am

      Alhey assu thr maadhen upkuraanan..alhe shukuru ingey bodukohh❤????

    3. Emm says:
      August 9, 2019 at 10:53 am

      Hehe… Yh in sha Allah maadhama up kohdheynan… No need to thank me ???♥️♥️♥️

  3. Cute Lips says:
    August 9, 2019 at 10:36 am

    alhe kiss kury ey dw evarun vs.. hurebala thi taste ge gud kan hithi kohlaanan… habarudhaaru.. bastard.. heenukurahchey girl eh rohvaalevunyma eyaky v fahkaa kamekey…anyways story hama nala .. v reethi gudluk on the nxt part.. avhaha up kohdhehchey?????????????????

  4. Cute Lips says:
    August 9, 2019 at 10:46 am

    Alhe evarun vs kiss kury ey dw… Hurebala thi gud taste hitiraha lahvaalaanan.. Habarudhaaru..bastard…v salhi kameh dw girl rohvaalumaky.. E ngeny firihenunge findi kan… Btw stry v obi…. Love it… Waitng 4 nxt prt… LYSM… gudluk ngey emm

    1. Emm says:
      August 9, 2019 at 10:57 am

      Aan…. Not my fault ??? Raul kuraa kameh ehn myhakah nuhuttuveynethaa dhw… Firihenunge vahtgarehnu… ? Hithun vrh molhu baekey dhw… Anyways thanks rysh love… ??? Glad to know that u loved it ??? keep waiting ❤️???? love u more ♥️ ♥️♥️ thanks again ??❣️

  5. Cute Lips says:
    August 9, 2019 at 11:00 am

    Foni boki hangout in on veba dw

    1. Emm says:
      August 9, 2019 at 11:13 am

      yh mi on vany

  6. malsamalkkomal says:
    August 9, 2019 at 11:55 am

    Varah reeethi..?

  7. sweet dream says:
    August 9, 2019 at 12:02 pm

    mi part varah reethi iyye school ga vee kanthaksh sorry please fogive me

    1. Emm says:
      August 9, 2019 at 12:46 pm

      Thanks ??? yh dhn e kanthah e nimuny… Vrh happy vehje sorry ey bunyma… Let’s forget it… Btw Eid dhuvahu annahchey fen kulhi kulhen ??? I’m also really sorry ♥️♥️♥️

  8. Shahu says:
    August 9, 2019 at 1:35 pm

    Woooooww varah salhi story ?????❤️❤️❤️❤️❤️❤️love you emm

    1. Emm says:
      August 9, 2019 at 1:58 pm

      awwwwwwwnn… ??? thanks darling for the sweet sweet comment… ??? love u more… ❤❤❤??

  9. Meekkomee says:
    August 9, 2019 at 5:34 pm

    Woww varah reethi ???????? whn is next part ??????❤️

    1. Emm says:
      August 9, 2019 at 8:22 pm

      thanks darling… ???? next part in sha allah tomorrow…

  10. Shakuvaa hithah kurevey romun.. says:
    August 9, 2019 at 5:48 pm

    habeys..Im addicted to this storyy..Whn next..waitin❤❤

  11. Butterfly says:
    August 9, 2019 at 8:50 pm

    WOW.. eem sis aa ves dhimaa vejje dhw… vv reethi story.

  12. sweet dream says:
    August 11, 2019 at 8:39 pm

    imy bunymehnu miadhu hedhune dhimaavegen innaneyey dhen in part up kohfa ekam nufene

    1. jiji says:
      August 11, 2019 at 8:49 pm

      Eyna liyan in vhk buni thankolheh kurin?

  13. Kitty says:
    August 11, 2019 at 11:24 pm

    Em, please…im sorry…

    1. jiji says:
      August 12, 2019 at 12:53 pm

      Kitty darlinn..hws u my darlx..long time no c dhw..i hope u r doing well ingey?

  14. ®¥N says:
    August 18, 2019 at 8:38 am

    Eid aeema vaahaka eh nuves kuyey…… Anyways Stry V. Reethi

  15. Evzzz says:
    September 1, 2019 at 5:27 pm

    Mi part ves habeys

Comments are closed.

Next Episodeޝަކުވާ ހިތަށް ކުރެވޭ ރޮމުން… 3←


All Right Reserved!