Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާ ނުލާ 20

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
August 6, 2019 8 Mins Read
50 Comments

“އައިމް ސޯ ސޮރީ ނަދާ…” މަޑުމަޑުން އަޔާޒް ބުނެލިއެވެ.

 

ލެޕްޓޮޕުން ފިލްމެއް އަޅުވައިގެން އިން މައިހާ ފިލްމް ޕޯސް ކޮށްލާފައި ބަލާލީ ޓަކި ޖަހާލާފައި އަޝްފާން ވަނުމުންނެވެ.

“ބިޒީތަ؟” މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނދެފައި އަޝްފާން އަހާލިއެވެ.

“ނޫން، ކަމަކުތަ؟” ލެޕްޓޮޕް ލައްޕާލާފައި އެނދުމަތީ ބައިންދަމުން މައިހާ އަޝްފާންއާ ދިމާއަށް އެނބުރުނެވެ.

“އަނެއްކާވެސް ފުރަން މި އުޅެނީ” އަޝްފާން ޖަވާބު ދިނެވެ.

“ކޮން އިރަކުން؟ ދެން އަންނާނީ ކިހާ ދުވަހަކުން؟” މައިހާ އެހިއެވެ.

“ތިން ދުވަސް ފަހުން ފުރަނީ. ދެ ހަފްތާގެ ލީވްއެއް ނަގައިގެން އައީ، އާދީއްތަ ދުވަހަށް ހަމަ ވާނެ، ދެން ދާން ޖެހޭނެއެއްނު؟” މައިހާގެ މޫނަށް ބަލަން އިނދެ އަޝްފާން ބުންޏެވެ.

“އަލުން މި ކޮޅަށް ޗޭންޖް ވާން ވީނު؟” މައިހާ އެހެން ބުނީ އަޝްފާން ފުރަތަމަވެސް ރާއްޖެ ތެރެއަށް ވަޒީފާ ބަދަލު ކުރީވެސް މައިހާގެ ސަބަބުން ކަމަށް ވާތީއެވެ.

“އޭރުން އަނެއްކާ މައިއަށް އުނދަގޫ ވާނީ” އަޝްފާން ބުނީ މައިހާ ބުނަނީ ކީކޭތޯ ބަލާލުމަށެވެ.

“ދެން އަބަދު އަޝްފާން އުޅޭނީ ތިހެންތަ؟ އަހަރެން ހިތް ހަމަނުޖެހިދާނެތީ، އަހަރެން ރުޅި އަންނާނެތީ، އަހަންނަށް އުނދަގޫ ވާނެތީ މާލެއަށް ނައިސް ހަމަސް ހަތްމަސް ވަންދެން؟ އަޝްފާންގެ މަންމަ ކިހާ ދެރަ ވާނެ ތިހެން ހެދީމަ؟ އެންމެ ފަހުން މީހުން ބުނާނެ އަހަންނާ ހެދި އަޝްފާންއަށް މިގޭގަ، މި ރަށުގަވެސް ނުހުރެވުނޭ. އެހެންތަ ހަދަން ތި އުޅެނީ؟” އަޝްފާންގެ ނިންމުމާ މެދު މައިހާ ހިތްހަމަ ނުޖެހުނެވެ.

“އަހަރެންނާ މެދު ނުވިސްނާ ބަޔަކާ ދޭތެރޭ އަހަރެންވެސް ނުޖެހޭ ދޯ ވިސްނާކަށް؟” އަޝްފާން ބުނެލިއެވެ.

“ކާކުތަ އަޝްފާންއާ މެދު ނުވިސްނަނީ؟” މައިހާ އަހާލިއެވެ.

އަޝްފާން ޖަވާބެއް ނުދީ އިނެވެ.

“އަހަރެންގެ ވާހަކަތަ ތި ބުނީ؟” މައިހާ އަހާލިއެވެ.

“މައި ވިސްނަންތަ އަހަންނާ މެދު؟” އަޝްފާންވެސް ކޮށްލީ ސުވާލެކެވެ.

“ވިސްނާތީއެއްނު މި ބުނަނީ މިކޮޅަށް ޗޭންޖް ވާށޭ؟” މައިހާ ބުންޏެވެ.

“އޭރުން އަހަންނަށް ލިބޭނީ ކޯޗެއް؟” އަނެއްކާވެސް އަޝްފާން ސުވާލެއް ކޮށްލިއެވެ.

“ކުރީރޭ ބުނިން ދޯ؟ އެކަމަކު އަޝްފާންއެއްނު ބުނީ އަދި މަޑު ކުރާށޭވެސް؟” މައިހާ ބުންޏެވެ.

“އަހަންނަށް ގަބޫލު ކުރަން އުނދަގޫ އަދިވެސް” އަޝްފާން ހާމަ ކުރިއެވެ.

“ކިހިނެއް ބުނިއްޔާ ގަބޫލު ކުރެވޭނީ؟ ކިހިނެއް އަހަރެން ހަދަން ވީ؟” މައިހާ އަހާލިއެވެ.

“ލެޓްސް ގެޓް މެރިޑް…” އަޝްފާން ބުނެލިއެވެ.

“އޯކޭ، ކޮން ދުވަހަކުން؟” މައިހާ ވަގުތުން އެއްބަސް ވިއެވެ.

“އަހަންނަށް ގަބޫލު ކުރަން ދަތި ވަނީ ތިހެން ވެ… ތިހާ އަވަހަށް މައިގެ ހިޔާލު ބަދަލު ވީމަ… ޔޫ ލަވް ހިމް!” އަޝްފާން ބުންޏެވެ.

“އެއީވެސް ފިލާވަޅެއް… އަހަރެންވެސް ކުރިއަކުން ހިއެއް ނުކުރަން މީހެއްގެ ހިތް އެހާ އަވަހަށް ބަދަލު ވެދާނެއެކޭ… ކުރިން އަޔާ އަހަރެން ދެކެ ވަރަށް ލޯބި ވި، އެކަމަކު މިހާރު… މިހާރު އޭނަ ލޯބި ވަނީ ނަދާ ދެކެ… އަހަންނަށް ޔަގީން ވެދާނެއެކޭ… ކުރިން އަޔާ އަހ އެކަން… އެހެން ވީމަ އަހަރެން އުންމީދު ކުރަނީ އަހަންނަށްވެސް އެހެން މީހެއް ދެކެ އަދި ލޯބި ވެވިދާނެ ކަމަށް… އަޝްފާން ދެކެ ލޯބި ވެވިދާނެ ކަމަށް… އެ ވަރުން އަޝްފާންއަށް ފުދޭނެތަ؟ އަހަންނަށް ޔަގީންކޮށް ބުނާކަށް ނޭނގެ… އަހަރެން ދޮގެއް ނަހަދަން… އަހަރެން މިހާރު ބޭނުމީ—”

މައިހާ ދައްކަމުން ދިޔަ ވާހަކަ މެދު ކެނޑުނީ ކުއްލިއަކަށް އަޝްފާން މައިހާގެ އަތުގައި ހިފާ ގެނެސް އަޝްފާންގެ އުނގުގައި ބޭންދުމުންނެވެ. ދެ އަތުން މައިހާގެ މޫނުގެ ދެ ފަރާތުން ހިފާލަމުން އަޝްފާން މައިހާގެ ލޮލަށް ބަލަން އިނެވެ.

“އައި ލަވް ޔޫ… އެނގޭތަ ކިހާ ވަރަކަށް މި ހިތަށް ތަދުވި ކަން…؟ އެނގޭތަ ހުވަފެނުގަ މައި އަހަންނަށް އުނދަގޫ ކުރީ ކިހާ ވަރަކަށް ކަން…؟ އެނގޭތަ އަހަރެން އިންތިޒާރު ކުރީ ކިހާ ވަރަކަށް ކަން…؟ އެނގޭތަ އަހަރެން މައި ދެކެ ލޯބި ވަނީ ކިހާ ވަރަކަށް ކަން…؟ އައި ލަވް ޔޫ ސޯ މަޗް…” މައިހާގެ ނިތް ކުރީގައި އަޝްފާންގެ ނިތްކުރި ޖައްސާލައިގެން އިނދެ އަޝްފާން އެތައް ސުވާލެއް ކޮށްލިއެވެ. މައިހާ އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އަޝްފާން މައިހާގެ ތުންފަތުގައި ބޮސްދިނެވެ. ހީވީ ދުވަހަކުވެސް ދުރުވާން ބޭނުން ނުވާ ހެންނެވެ.

“އޭ، ދެން ދުރަށް ޖެހެން ވެއްޖެއެއްނު ދޯ؟ ނޫނީ ތެރަސް ލާ ތަތް ކޮށްފަތަ ތި ތިބީ؟” އަޒާން އެ ކޮޓަރިއަށް ވަދެ އަޝްފާންއާ މައިހާ ތިބި ގޮތް ފެނުމުން ދެ ފަހަރަކު ކަރު ކެހިލުމުންވެސް އެ ދެމީހުންނަށް އަޑު ނީވުމުން ބާރަށް ބުނެލިއެވެ.

އެއާއެކު ސިހިފައި މައިހާ ދުރަށް ޖެހިލަން އުޅުނެވެ. ނަމަވެސް ހިނިއައިސްފައި އިން އަޝްފާން މައިހާ ދުރަށް ދިޔަނުދީ ހިފެހެއްޓިއެވެ.

“ކީކޭ ކިޔަން ތި އައީ؟” އަޝްފާން އަޒާންއާ ސުވާލު ކޮށްލިއެވެ.

“ނަސީބެއްނު ބޭބެ ނޫނީ މަންމަ ނައި ކަން؟ މައި ކައިރިއަށް ކަމަކު މި އައީ، ދޮންބެ ހޯދާކަށް ނޫން” އަޒާން އެތެރެއަށް ވަދެ އެނދުގައި އިށީނެވެ.

މައިހާ ގަދަ ކަމުން ކަހަލަ ގޮތަކަށް އަޝްފާންއާ ދުރަށް ޖެހިލާ އެނދުގައި އިށީނެވެ.

“ކިހިނެއްވީ؟” އަޒާންއަށް މައިހާ ބުންޏެވެ.

“ތި ދެ މީހުން…؟ ސީރިއަސްލީ؟” އަޒާން ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން އަހާލިއެވެ.

“ދެން ތި އައި ކަމެއްގެ ވާހަކަ ދައްކަބަލަ” އަޝްފާން ބުނެލިއެވެ.

“އަހާލެވިދާނެއެއްނު ދޯ މައި؟” އަޒާން ހީވަނީ އަޝްފާންއާ މައިހާއާ ދިމާ ކޮށްލަން ބޭނުން ވެފައި ހުރި ހެންނެވެ.

“އޯކޭ، އައުޓް!” އަޝްފާން ބުނެލިއެވެ.

“މައި، ބުނީމެއްނު ވަރަށް ސަޅިކޮށް ކާޑް އެއްޗެހި ޑިޒައިން ކުރާ ފްރެންޑެއް ހުންނާނެއޭ؟” އަޒާން އެންމެ ފަހުން އައި ބޭނުން ހާމަ ކުރިއެވެ.

“އަޔާޒްތަ؟” އަޝްފާން އަހާލިއެވެ.

މައިހާ ބޯ ޖަހާލިއެވެ.

“ކާޑެއް ހަދަންވީތަ؟” މައިހާ އަޒާންއާ ސުވާލު ކުރިއެވެ.

“ވެޑިންގ ކާޑެއް ހަދަން ވެގެން” އަޒާން ޖަވާބު ދިނެވެ.

“ކާކުގެ؟” އަޝްފާންއާ މައިހާ އެއް ފަހަރާ އަހާލިއެވެ.

“މަގޭއެއްނު!” އަޒާން ބުނެލިއެވެ.

“އަސްލުވެސްތަ؟ ރާޔާއާ ދެ މީހުން މެރީ ކުރަނީތަ؟ ކޮން އިރަކުން؟ ދައްތަ ކައިރީ ބުނީތަ؟” މައިހާ ތެދު ވެގެން އައިސް އަޒާންގެ އަތްތިލައިގައި ޖަހާލަމުން އެއް ފަހަރާ އެތައް ސުވާލެއް ކޮށްލިއެވެ.

“މަހެއް ފަހުން. މަންމަ ކައިރީ ބުނިން މެރީ ކުރަން އުޅޭ ވާހަކަ، އެކަމަކު އަދި ވަކި ދުވަހެއް ނުބުނަން” އަޒާން ހިނި އައިސްފައި އިނދެ މައިހާގެ ސުވާލުތަކަށް ޖަވާބު ދިނެވެ.

“ކީއްވެ އެއްޗެއް ނުބުނެ ތީނީ؟” އަޝްފާން އެއްޗެއް ނުބުނެ އިނުމުން މައިހާ އަހާލިއެވެ.

“މަގޭ ކޮއްކޮ މީހަކާ އިންނަނީ މަށަށް ވުރެ ކުރިން؟ ނޮޓް ފެއަރ!” ކުޑަ ކުއްޖަކު ބޮޑާ ހާކާ ހެން އަޝްފާން ބުނެލިއެވެ.

“ދެން ކުޑަ ކުއްޖެއް ހެން ބޮޑާ ނަހާކާ އަޒާންއަށް މަރުހަބާ ކިޔާބަލަ” މައިހާ އަޝްފާންގެ ކޮނޑުގައި ޖަހާލިއެވެ.

އަޔާޒްއަށް ގުޅާނެ ކަމަށް މައިހާ ބުނުމުން އަޒާން ދިޔައެވެ. ދެންވެސް އަޝްފާން އިނީ ހިމޭން ވެފައެވެ.

“ކިހިނެއް ވެފަ ތީނީ؟” މައިހާ އަހާލިއެވެ.

“ކަމެއް ނުވޭ” އަޝްފާން ހިތުގައިވާ އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ.

“އަޝްފާންއަށް ވުރެ ކުރިން އަޒާން މެރީ ކުރުމަކީ މައްސަލައެއް ނޫނެއްނު؟ އެކަމަކުވެސް އަޝްފާން އަވަހަށް މެރީ ކުރަން ބޭނުމިއްޔާ އަހަރެން ރެޑީ” މައިހާ ބުންޏެވެ.

“ބޭނުން އަވަހަށް ކުރަން، އެކަމަކު އަދި މަޑު ކޮށްލާނީ” މައިހާގެ އަތުގައި ހިފާ ކައިރިއަށް ދަމާލަމުން އަޝްފާން ބުންޏެވެ.

ގެޔަށް އައި ފަހުން މައިހާ އަޔާޒްއަށް ގުޅީ އެރެއެވެ. ފުރަތަމަ ދެއްކީ އަޒާންގެ ވެޑިންގ ކާޑް ހަދާ ވާހަކައެވެ. އެކަމަށް އަޔާޒް އެއްބަސް ވެ، ދެ ތިން ޑިޒައިންއެއް ތައްޔާރު ކޮށްލާފައި ފޮނުވާނެ ކަމަށް ބުންޏެވެ.

“ކިހިނެއް ކަންތައް ދިޔައީ؟ މައިގެ ބައްޕަ އޯކޭތަ މިހާރު؟” އަޔާޒް އަހާލިއެވެ.

“އާނ، ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ދިޔައީ. ދައްތަވެސް ވަރަށް ކޫލް” މައިހާ ބުންޏެވެ.

“ވަރަށް އުފާ ވެއްޖެ މައިއާ މައިގެ ބައްޕަގެ މައްސަލަ ހައްލު ވީމަ” އަޔާޒް ހިތުގެ އަޑިން ބުންޏެވެ.

“ކޮބާ ނަދާ؟” މައިހާ އަހާލިއެވެ.

“ކޮޓަރީގަ އެބަ އުޅޭ” ކޮޓަރިއާ ދިމާއަށް ބަލާލަމުން އަޔާޒް ބުންޏެވެ.

އެކަކުވެސް ވާހަކަ ނުދައްކާ އިރުކޮޅެއް ދިޔައެވެ. އެ ހިމޭން ކަން ނަގާލީ އަޔާޒްއެވެ.

“މައި، ވާހަކައެއް ބުނަން އެބަ އޮތް. ބޭނުން މީޓް ކޮށްލަން، ކޮން އިރަކުން މައި ފްރީ ވާނީ؟” އަޔާޒް ކުއްލިއަކަށް ބުންޏެވެ.

“މަންޑޭ ނައިޓް އޯކޭ ވާނެތަ؟” އެ ހަފްތާގެ ޑިޔުޓީއަށް ވިސްނާލާފައި މައިހާ ބުންނެވެ.

“އާނ” ދާންވީ ތަނާ ގަޑި ބުނެފައި އަޔާޒް ފޯން ކަނޑާލިއެވެ.

ބާރަ ޖަހަން ދެން ޓީވީ ހުޅުވައިގެން އިނދެފައި އަޔާޒް ކޮޓަރިއަށް ވަނެވެ. އެރޭވެސް އަޔާޒްއަށް ނިދުނީ، ނިދިފައި އޮތް ނަދާއަށް ބަލަން އޮވެއެވެ.

ދެ ދުވަސް ފަހެވެ. ރެސްޓޯރެންޓަށް ވަދެ ހުސް މޭޒެއް ކައިރީ އަޔާޒް އިށީނެވެ. ގިނަ އިރެއް ނުވެ މައިހާ އައިސް އަޔާޒްގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ. ދެ މީހުން ކޮފީއަށް އޯޑަރ ކޮށްފައި ހަމަޖެހިލިއެވެ.

“ކޮން ވާހަކައެއް ދައްކަން އަޔާ ބޭނުން ވީ؟” މައިހާ އަހާލިއެވެ.

“އަހަރެން ބުނަން މިއުޅެނީ… މައި، އަހަރެން މިހާރު ބޭނުމެއް ނޫން ނަދާ ދޫކޮށްލާކަށް. އެނގޭ މައިއަށް މިކަން ވާނީ ޝޮކަކަށް ކަން… އައިމް ސޮރީ، އަހަންނަށް ދެން ނަދާ ދޫކޮށެއް ނުލެވޭނެ” އަޔާޒް ބުންޏެވެ.

މައިހާ އެއްޗެއް ނުބުނެ އިނެވެ.

“މައި، އެއްޗެއް ބުނެބަލަ” އަޔާޒް އެހިއެވެ.

“އަހަރެން އެއްޗެއް ބުނެގެން އަޔާގެ ނިންމުން ބަދަލު ވާނެތަ؟” މައިހާ އަހާލިއެވެ.

އަޔާޒް ދެ ފަރާތަށް ބޯ ހަލުވާލިއެވެ.

“އެހެން ވިއްޔާ އެ ނިމުނީ. އަސްލު އަހަންނަށް މާ ކުރިންވެސް އެނގިއްޖެ އަޔާއަށް ދެން ނަދާ ދޫކޮށެއް ނުލެވޭނެ ކަން. އެރޭ، އަޔާގެ ބަރތްޑޭގަ ޔަގީންވީ. އަހަރެން ވަރަށް އުފާ ވެއްޖެ އަޔާ ތި ގޮތަށް ނިންމީމަ. ޔޫ ލަވް ހަރ ދޯ؟” މައިހާ ޔަގީން ކޮށްލުމަށް އަހާލިއެވެ.

އަޔާޒްގެ ހިތް ވަގުތުން އެއްބަސް ވިއެވެ. މައިހާގެ ސުވާލުގެ ޖަވާބެއްގެ ގޮތުން އަޔާޒް ބޯ ޖަހާލިއެވެ.

“މޭކް ހަރ ހެޕީ އަޔާ… ނަދާ ދެކެ ވަރަށް ލޯބި ވާތި، މި ހުރިހާ ދުވަހު އޭނަ ވަރަށް ހިތާމަ ކުރި… އެ ހުރިހާ ކަމެއް ހިތުން ފިލާ ވަރަށް ނަދާއަށް ލޯބި ދޭތި އަޔާ. އެއީ ވަރަށް ރަނގަޅު ކުއްޖެއް…” އަޔާޒްގެ އަތް ތިލައިގައި އަތް ޖައްސާލަމުން މައިހާ ބުނެލީ ހިތުގައި އޮތް ގޮތަށެވެ.

އަޔާޒް މައިހާގެ މޫނަށް ބަލާލަމުން ބޯ ޖަހާލިއެވެ.

“އަހަރެންވެސް ލައިފް އާއިގެން ކުރިއަށް ދެވޭތޯ ބަލާނަން” މައިހާ ބުންޏެވެ.

“ކީކޭ ތި ބުނީ؟” އަޔާޒް އަހާލިއެވެ.

“އަޝްފާންއާ މެރީ ކުރަން މި އުޅެނީ” މައިހާ ބުންޏެވެ.

“އަނެއްކާ ދައްތަ ބުނީތަ؟” އަޔާޒް އަހާލިއެވެ.

“ނޫން، ހިތަށް އެރީ އަޝްފާންއަށް ޗާންސެއް ދޭން… އަޔާއާ ނަދާ މިސާލަކަށް ބަލައިގެން، ފަހަރެއްގަ އަހަންނާ އަޝްފާންއަށް އެކީގަ އުޅެވިދާނެއެއްނު؟ އަނެއްކާ، ބައްޕައާ ދައްތަވެސް އުފާ ވާނެ ދޯ އޭރުން؟” މައިހާ ބުންޏެވެ.

އަޔާޒް ބޯ ޖަހާލިއެވެ. އެއީ މައިހާގެ ނިންމުން ކަމަށް ވާނަމަ އެކަމާ އަޔާޒް އިތުރަށް އެއްޗެއް ބުނުމުގެ ބޭނުމެއް ނެތެވެ. މައިހާގެ އެ ނިންމުމާ މެދު އަޔާޒް ހިތް ހަމަ ޖެހުނެވެ. އަޔާޒްގެ ސަބަބުން މައިހާގެ ދިރިއުޅުން ހުއްޓިފައި ނޯންނާނެ ކަން އެނގުމުން ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ.

ދިހަ ވަރަކަށް މިނަޓް ފަހުން އަޝްފާން އައުމުން، އަޝްފާންގެ އަތުގައި ހިފާލަމުން މައިހާ އަޔާޒްއަށް އަޝްފާން ތަޢާރަފް ކޮށްދިނީ އަޔާޒްއަށް އަޝްފާން ނޭނގޭތީއެއް ނޫނެވެ. ނަމަވެސް އެރޭ އަޝްފާން ތަޢާރަފް ވީ މައިހާގެ ވާން އުޅޭ ފިރިމީހާގެ ގޮތުގައެވެ. ހިނިތުން ވުމަކާއެކު އަޔާޒް، އަޝްފާންއާ މައިހާއަށް މަރުޙަބާ ކިއެވެ.

އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި އަޝްފާން ކަމަކު ދާން ޖެހުމުން މައިހާ މަޑުކޮށްލީ އަޔާޒްއާ އެކު ގޮސް ނަދާއާ ބައްދަލު ކޮށްލަން ބޭނުން ވާތީއެވެ. ގަޑިއެއްހާ އިރު ފަހުން އަޔާޒް މެން ގެޔަށް މައިހާ ބަލާ ދާނެ ކަމަށް ބުނެފައި އަޝްފާން ދިޔައެވެ.

“މައި، މާދަން ނޫން އަނެއް ދުވަހަކީ ނަދާގެ އުފަން ދުވަސް، އަހަރެން ބޭނުމީ ވަރަށް ސްޕެޝަލް ގޮތަކަށް ނަދާއަށް ސަޕްރައިޒްއެއް ދޭން. މައި ހެލްޕް ވާނަން ދޯ؟ އަހަންނަކަށް ނޭނގޭނެ އެ ކަހަލަ ކަންތައް ޕްލޭން ކުރާކަށް” އަޔާޒް އެދުނެވެ.

މައިހާ ވަގުތުން އެއްބަސް ވިއެވެ. ވިއްސަކަށް މިނަޓް ވަންދެން އެކި ކަންތައް ކުރާނެ ގޮތް މަޝްވަރާ ކުރަން ތިބެފައި ދިހައެއް ޖެހުމުން ދެ މީހުން ނިކުތީ އަޔާޒް މެން ގެޔަށް ދާށެވެ.

ބެލްކަނީގައި ހުރި ނަދާއަށް، އަޔާޒްއާ މައިހާ އައި ތަން ފެނުނެވެ. އެ ގެއިން މައިހާ ދިޔަ ނަމަވެސް އަދިވެސް އެ ދެމީހުންގެ މެދުގައި ގުޅުން އޮތީ ތާއެވެ. އެހެން ހިތަށް އެރުމުން ނަދާ މައިހާ ދެކެ އިތުރަށް ފޫހި ވިއެވެ. އެ ދެ މީހުން ގެޔަށްއ އަންނަ އިރު ފެންނަ ހިސާބުގައި ހުންނަން ބޭނުން ނުވާތީ ނަދާ އަވަހަށް ކޮޓަރިއަށް ވަދެ ނިދަން ލާ އެއްޗެހި ލައިގެން، ކޮޓަރި އަނދިރި ކޮށްގެން އޮށޯތެވެ.

ނަދާ އޮށޯތް ތަނާ ގޭ ދޮރު ހުޅުވާލި އަޑު އިވުނެވެ. އިރުކޮޅެއް ފަހުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

“ނިދާފަ އޮތީ…” ދޮރު ލައްޕާލުމުގެ ކުރިން އަޔާޒް ބުނި އަޑު އިވުނެވެ.

“ދެން އެހެން ފަހަރަކުން ނަދާއާ މީޓް ކޮށްލަން އަންނާނީ، އަޅާނުލާ. ކާން ހަދާފަ އެހެރީ، އަޔާ ކާން ވީނު؟” މައިހާ ބުންޏެވެ.

“ނެތް ކާ ހިތެއް…” އެހާ އަވަހަށް ނަދާ އޮށޯތުމުން ސުވާލު އުފެދިފައި ހުރި އަޔާޒް ބުންޏެވެ.

“އަޝްފާން އަންނަން ދެން އަހަރެން މަޑު ކޮށްލާނަން. އަޔާއަށް އުނދަގޫ ވާނެތަ؟” މައިހާ އަހާލިއެވެ.

“ނޫން، ކީއްވެ އުނދަގޫ ވާންވީ؟’ އަޔާޒް ބުންޏެވެ. އަދި އިށީނދެ ޓީވީ ހުޅުވާލިއެވެ.

ދިހަގަޑި ބައި ވީ ތަނާ އަޝްފާން ގުޅުމުން މައިހާއާ އެކު އަޔާޒްވެސް ތިރިއަށް ދިޔައެވެ. މައިހާ ދިޔުމުން ގެޔަށް ދާ ހިތް ނުވެފައި އަޔާޒް ހުއްޓާ ހަމްދާން ގުޅާފައި ކޮފީއަކަށް ދާން ބުނުމުން އަޔާޒް ދިޔައެވެ.

ހަމްދާން މައިހާގެ ވާހަކަ އެހުމުން، އަޔާޒް ހުރިހާ އެއްޗެއް އެރޭ ހަމްދާންއަށް ކިޔާ ދިނެވެ. އަޔާޒްއާ ނަދާގެ ގުޅުން މާ ރަނގަޅު ނޫން ކަމުގައި ޝައްކު ވެފައި އޮތް ނަމަވެސް، ހަމްދާން ކުރިން އެކަމާ އަޔާޒްއާ ސުވާލެއް ނުކުރެއެވެ. ނަމަވެސް އެރޭ އަޔާޒް ހުރިހާ ވާހަކައެއް ކިޔާ ދިނުމުން ހަމްދާން އިނީ ގަބޫލު ކުރަން ދަތި ވެފައެވެ.

“އަހަންނަށްވެސް އެނގޭނެ ނަދާ އަމިއްލަ ބޭނުމަކު އަޔާއާ އިންނަން އާނއެކޭ ނުބުނާނެ ކަން، ދެން އަޔާއަށް ކީއްވެ އެހެން ހީވާން ވީ؟ އަހަރެން ކައިރީ އަބަދު ނަދާގެ ވާހަކަ ދައްކާ އިރު ދުވަހަކުވެސް ނަދާގެ ގޯސް ސިފައެއްގެ ވާހަކައެއް އަޔާ ނުބުނޭ… ދެން ކީއްވެ އަޔާއަށް އޭނައާ މެދު ތިހާ ގޯސްކޮށް ހީ ކުރެވެންވީ؟ އަޔާ ފުރަތަމަ ބޭބެ ކައިރީ ހުރިހާ އެއްޗެއް ތެދަށް ކިޔާދިން ނަމަ އެ ވާހަކަ އިތުރަކަށް ބޭބެ ނުދައްކާނެ ދޯ؟ އަޔާ ހުރިހާ ކަމެއް ފަށާފަ، ނަދާގެ ބޮލުގަ އެޅުވީ… މައިހާ ދެކެ ލޯބި ވެގެން ގޮސް ބުއްދި ގޯސް ވެފަތަ އަޔާ ހުރީ؟ އެއްވެސް ކުށެއް ނެތި މި ހުރިހާ ދުވަހު ނަދާއަށް އަދަބު ދިން އިރު އަޔާ ހިތަށް އެއްޗެއް ނާރާތަ؟ އަހަރެން ހިތަށްވެސް ނާރާ އަޔާ ތީ ތިހާ ހިތް ހަރު މީހަކަށް ވެދާނެ ކަމަކަށް… ނަދާއަކީ އަޔާއަށް ކުޑަ އިރުން ފެށިގެން އެނގޭ އަންހެން ކުއްޖެއް ވިއްޔަ…” ހަމްދާންއަށް އަޔާޒް ކުށްވެރި ކޮށް ވާހަކަ ދެއްކުނެވެ.

“ނޭނގެ އޭރު އަހަންނަށް ވެފަ ހުރި ގޮތެއް… މިހާރު އެނގޭ ނަދާގެ ކުށެއް ނެތް ކަން… އޭނަ އަހަރެން ކައިރީ އަހަން ވެގެން ހާދަ ވަރަކަށް ގުޅިއޭ…” ނިތް ކުރީގައި އަތް ޖައްސައިގެން އިނދެ އަޔާޒް ބުނެލިއެވެ.

“ދެން މިހާރު…؟” ހަމްދާން އަހާލިއެވެ.

“މިހާރު ބޭނުމެއް ނޫން ނަދާ ދޫކޮށްލާކަށް” އަޔާޒް ބުންޏެވެ.

“އަޔާއަށް ހީވޭތަ ނަދާ މިހާރު އަޔާއާ އެކީ އުޅެން ބޭނުން ވެދާނެ ހެން؟” ހަމްދާން އަހާލީ އެހެން ހީ ނުވާތީއެވެ.

“ނޭނގެ…” އަޔާޒް ދެ ފަރާތަށް ބޯ ހަލުވާލިއެވެ.

އެ ވަގުތު އަޔާޒްގެ ފޯން ރިންގ ވުމުން އަޔާޒް ފޯނަށް ބަލާލިއެވެ.

ސްކްރީނަށް އަރާފައި އިނީ އަޔާޒް ނުދަންނަ ނަމްބަރެކެވެ. އެހެން ނަމަވެސް އަޔާޒް ފޯން ނެގިއެވެ.

“އަޔާ، ތި ގޭގަ ފޯން ބާއްވާފަ އާދެވުނީ. ހޭލާތަ ތި އުޅެނީ؟” އެކޮޅުން ވާހަކަ ދެއްކީ މައިހާއެވެ.

“މައި؟ އަހަރެން ބޭރުގަ މި އުޅެނީ. ކިހިނެއް ހަދަން ވީ؟ ގެންގޮސް ދޭން ވީތަ؟” އަޔާޒް އަހާލިއެވެ.

“ނޫން، އަޝްފާންއާ އެކީ އަހަރެން މި ދަނީ ފޯން ބަލާ، އަޔާއަށް ގެޔަށް ގޮސް ފޯން ހިފައިގެން ފައިބަން އުނދަގޫ ވާނެތަ؟” މައިހާ ސުވާލު ކޮށްލިއެވެ.

“ނޫން، މި ދަނީ މިހާރު” އަޔާޒް ފޯން ކަނޑާލާފައި ގަޑި ބަލާލިއެވެ.

“ބާރަ ޖަހަނީ…” އަޔާޒްއަށް ބުނެވުނެވެ. ގަޑިން އެހާ އިރު ވެއްޖެ ކަމަކަށް އަޔާޒް ހިއެއް ނުކުރެއެވެ.

ހަމްދާން ގާތު ދަނީއޭ ބުނެފައި އަޔާޒް ނިކުތެވެ. އަޔާޒްއަށް ގެޔަށް ދެވުނު އިރު މައިހާއާ އަޝްފާން ތިބީ އަޔާޒްމެންގޭ ދޮރުމަތީގައެވެ.

“މި އަންނަނީ” އެހެން ބުނެފައި އަޔާޒް ވަނެވެ. މައްޗަށް އަރާފައި ސިޓިންގރޫމް ކޮފީ ޓޭބަލް މަތީ އޮތް މައިހާގެ ފޯން ނަގައިގެން  ކޮޓަރިއަށް ވަނީ ފާހާނާއަށް ވަދެލަން ވެގެންނެވެ. އެނދުމަތީ ފޯން ބާއްވާފައި އަޔާޒް ފާހާނާއަށް ވަނެވެ. އަޔާޒް ނިކުތް އިރު ނަދާ ތެދުވެ، އެނދުމަތީ އޮތް މައިހާގެ ފޯނާ ދިމާއަށް ބަލަން އިނެވެ.

“މައިއަށް ދެވުނީ ފޯން ބާއްވާފަ. މި އަންނަނީ މި ދީފަ” އަޔާޒް ބުންޏެވެ.

އަވަހަށް ގޮސްފައި އަންނަން ވެގެން އެ ވަގުތު އަޔާޒް ތިރިއަށް ފޭބީ ގޭ ދޮރު ތަޅު ނުލައެވެ. ތިރިއަށް ގޮސް މައިހާ އަތަށް ފޯން ދީފައި ވަންނަން އުޅެނިކޮށް އަޝްފާން ގޮވާލިއެވެ.

“މައި ބުނި އަޔާޒް ވަރަށް ރީތިކޮށް ކާޑް ހަދާ ވާހަކަ. އަހަންނާ މައިގެ ވެޑިންގ ކާޑް ހަދައި ދޭންވީނު؟” އަޝްފާން ބުންޏެވެ.

“އޯކޭ… ކުލައާ އެއްޗެހި ބުނަނިކޮށް ދެ ތިން ޑިޒައިން ރެޑީ ކޮށްލާފަ އަންގާލާނަން. ކޮން އިރަކުން މެރީ ކުރަނީ؟” ދޮރު އެއްކޮށް ލެއްޕުނަ ނުދީ ހިފައްޓާލަމުން އަޔާޒް އަހާލިއެވެ.

“އަދި ދުވަހެއް ބުނާކަށް ނޭނގެ، މައިއަށް އެނގޭނީ” މައިހާއަށް ބަލާލަމުން އަޝްފާން ބުންޏެވެ.

“ދުވަހެއް ފައިނަލް ނުވިޔަސް ކާޑް ޑިޒައިން ކޮށްލެވި ދާނެއެއްނު، ދޯ އަޔާ؟” މައިހާ އަޔާޒްއަށް ބުންޏެވެ.

އެ ވަގުތު ގެޔަށް ވަންނަން އައި ތިން ފިރިހެނުން ވަންނަން ތަން ދެއްކުމަށް އަޔާޒް ދޮރާ ދުރަށް ޖެހިލިއެވެ. ނުރުހުމާ އެކު އަޔާޒްއަށާ މައިހާ އާ އަޝްފާންއަށްވެސް އެ މީހުންނާ ދިމާއަށް ބަލާލެވުނީ އެ މީހުން ތިބި ގޮތުންނެވެ.

އެކި ވާހަކައިގައި ތިބި އިރު ގިނައިން ވާހަކަ ދެކެވުނީ އަޔާޒްއާ އަޝްފާންގެ މެދުގައެވެ. މައިހާ އިނީ އެ ދެމީހުންނަށް ބަލާށެވެ. އެ ވަގުތުކޮޅު ތެރޭގައިވެސް އަޔާޒްއާ އަޝްފާންގެ މެދުގައި އެކުވެރިކަމެއް އުފެދިގެން އައެވެ.

ޖީބުގައި އޮތް ފޯން ރިންގް ވުމުން އަޔާޒް ފޯން ނަގާ ބަލާލިއެވެ. ގުޅަނީ ނަދާއެވެ. ނަމަވެސް އަޔާޒްއަށް އެ ފޯނަށް ޖަވާބު ދެވުމުގެ ކުރިން ފޯން ކެނޑުނެވެ. ކުއްލިއަކަށް އަޔާޒްގެ ހިތުގެ ތެޅުން ބާރު ވެގެން ދިޔައެވެ. ގޮތް ނޭނގޭ ބިރެއް އަޔާޒްގެ ހިތުގައި އުފެދިގެން އައެވެ. އެއްވެސް ގޮތަކަށް އަޔާޒްއަށް ނަދާ ފޯނެއް ނުކުރެއެވެ. ވީ އިރު އެރޭ، އެ ވަގުތު ނަދާ އަޔާޒްއަށް ގުޅާނީ ކޮންމެވެސް ބޮޑު ކަމެއް ދިމާ ވެގެން ކަން ޔަގީނެވެ. ގޭގެ ދޮރު ތަޅު ނުލާ އާދެވުނު ކަން އެ ވަގުތު އަޔާޒް ހަނދާން ވުމާ އެކީ، އިރުކޮޅެއް ކުރިން ގެޔަށް ވަން މީހުންގެ ޚިޔާލު އަޔާޒްގެ ހިތަށް އުނދަގޫ ކޮށްލިއެވެ.

“ނަދާއަށް ކޮންމެސް ކަމެއް ވެއްޖެ!” ކުއްލިއަކަށް އެހެން ބުނުމާ އެކު ނަދާގެ ނަމްބަރަށް ގުޅަމުން އަޔާޒް އެތެރެއަށް ވަނެވެ. ނަދާގެ ފޯން އޮތީ ނިއްވާލާފައި ކަމުގައި ބުނުމުން އަޔާޒް ލިފްޓާ ހަމައަށް ދިޔައީ ދުވެފައެވެ. އޭރުވެސް ނޭނގޭ ހާސްކަމެއް ކަމެއް އަޔާޒްގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

މަންޝާ 2 – 2

Next

ބުނާށެ ލޯބި ނުވަނީހޭ….49

Next
August 6, 2019

ބުނާށެ ލޯބި ނުވަނީހޭ….49

Previews
August 5, 2019

މަންޝާ 2 – 2

50 Comments!

  1. Mar Sha Marsha says:
    August 6, 2019 at 10:37 am

    ސަލާމް ކުދިން، މި ބައިވެސް ކަމުދަންޏާ ނޫނީ ކަމުނުދަންޏާ ވެސް އަންގާލައްޗޭ ކޮމެންޓަކުން. އަނެއް ބައި ގެނެސްދޭނަން ހޮނިހިރު ދުވަހުން.

    1. BarBie says:
      August 8, 2019 at 8:31 pm

      wow.. mi bai ves varah rythi.. marsha can u upload the story 3 times a week.. Hama kiyaa hithun ingey..

    2. Mar Sha Marsha says:
      August 9, 2019 at 1:26 am

      Alhe, Marsha ves beynun gina in genesdheyn, ekamu vaguthu vaa varakun mi ulheny, so sorry dear,

  2. ®¥N says:
    August 6, 2019 at 10:49 am

    Yeyy.. Me first dhoo. Kiyaalaafa comment eh kohlaanan.. Marsha

    1. Mar Sha Marsha says:
      August 7, 2019 at 12:42 pm

      Yes ¥N,

  3. ®¥N says:
    August 6, 2019 at 10:50 am

    V Salhi ???keep it up

    1. Mar Sha Marsha says:
      August 7, 2019 at 12:42 pm

      Thnx dear

  4. Mary says:
    August 6, 2019 at 11:13 am

    V kiyaa hiyy vaa stry eh mee?? v reethi MI stry??? Maa Las up vaaleh,, alhe miah vuren avahah dhn in prt up kohla dhey thi plss plss plsss???????????????

    1. Mar Sha Marsha says:
      August 7, 2019 at 12:43 pm

      Thnx Mary

  5. Shara says:
    August 6, 2019 at 11:18 am

    Saturday haadha Lahey,, week aku 2 days ga,, ??? thiyah vuren avaheh nuvaane tha??? hama kiyaa hithun nuhurevigen,, Saturday vx Lass vaathy ey ?????????????????❤️?????????????????☀️☀️☀️☀️☀️☀️?????????????????????????????????

    1. Mar Sha Marsha says:
      August 7, 2019 at 12:44 pm

      Thnx Shara,

  6. NSHY says:
    August 6, 2019 at 11:30 am

    Reethi mi part vess..When next part.. Eyna dhivehin in thankolheh nufeney..

    1. jgjggj says:
      August 6, 2019 at 3:37 pm

      Thedheh… mashakah vs nufene… so its better to write in english

    2. Mar Sha Marsha says:
      August 7, 2019 at 12:48 pm

      Nufeneytha? Didn’t know that, 21 Saturday ga genesdheynamey Marsha buny, thnx NSHY n jgjggj

  7. Mary says:
    August 6, 2019 at 11:30 am

    Wawawaaa vvvv salhi mi part ves??????… Saturday?? Haadha laheyyyy??plxxx eavvure avas kohllaathi… Kiyaahithun kevvaneekee noon ??????. V salhi ingey

    1. Mar Sha Marsha says:
      August 7, 2019 at 12:49 pm

      Thnx Mary

  8. Shahu says:
    August 6, 2019 at 11:38 am

    Woooooww varah salhi ? ? ? ? ? ? ? ? varah reethi. Love you marsha sis❤️❤️❤️❤️

    1. Mar Sha Marsha says:
      August 7, 2019 at 12:49 pm

      Thnx Shahu

  9. Noora says:
    August 6, 2019 at 11:39 am

    Alheyyy..
    Ehaa dhuvahun kiyaalan libunu iru haadha kureyy…
    Saturday v v las…plx eah vure kurin uup kohba

    1. Mar Sha Marsha says:
      August 7, 2019 at 12:52 pm

      Last 2 parts ves normal koh genna varah vure dhigu kohfa myny, but kiyaa hithun hunnanyaa hyvaane kuru hen, Marsha ah ves vey ehen, Thursday ah type koh nimijjeyya Thursday ga 21 upload kollaanan, or else Saturday ga, I can’t on Friday as I will b vv busy on Fridays, sorry dear, n thnx for reading ?

  10. SNOW says:
    August 6, 2019 at 12:11 pm

    Alhey varah reethi mi story ge hurihaa part eh ves . Nd varah inthizaaru kurevey mi story ah.
    Dhen genesdhey iru thankolheh dhigukoh genesdhehchey pls ?❤?

    1. Mar Sha Marsha says:
      August 7, 2019 at 12:53 pm

      Will try ingey, thnx SNOW

  11. Meekkomee says:
    August 6, 2019 at 12:15 pm

    V v v v v reethi ?????????? waiting for the next part ???????

    1. Mar Sha Marsha says:
      August 7, 2019 at 12:54 pm

      Thnx Meekko

  12. Ammi says:
    August 6, 2019 at 12:48 pm

    Comment nukuriyas mi vaahaka abadhu vx kiyan. V salhi story eh… pls before Saturday next part up kodhechey ☺

    1. Mar Sha Marsha says:
      August 7, 2019 at 12:54 pm

      Ehentha, comment ves kolahchey, will try my best, thnx Ammi

  13. Taehyung ?? says:
    August 6, 2019 at 1:02 pm

    Varahh salhi ❤❤❤ waiting 4 next part ????

    1. Mar Sha Marsha says:
      August 7, 2019 at 12:55 pm

      Thnx Taehyung

  14. Za says:
    August 6, 2019 at 1:22 pm

    Thurday ga up nukureveyne tha? V reethi mi baaves

    1. Mar Sha Marsha says:
      August 7, 2019 at 12:56 pm

      Thnx Za, miadhu adhi mi vaahakaige enme word ehves type nukurevey, so hieh nuvey maadhan new part eh upload kureveyne heneh, v sorry dear

  15. shiha says:
    August 6, 2019 at 1:58 pm

    very perfect i always read your stories but this is the first time i commented love you

    1. Mar Sha Marsha says:
      August 7, 2019 at 12:57 pm

      Thnx shiha, plz comment again, ?

  16. Nunnu says:
    August 6, 2019 at 2:41 pm

    V v salhi higey keep it up ????

    1. Mar Sha Marsha says:
      August 7, 2019 at 12:57 pm

      Thnx Nunnu

  17. ކަލާ 123 says:
    August 6, 2019 at 3:15 pm

    މާޝާގެ ލިޔުމުގެ އުސްލޫބު ނުވަތަ އިސްޓައިލު ކަލާއަށް ވަރަށް ކަމުދޭ. ސީދާސާދާ އުސްލޫބެއް!ކުށްނެތް ރީތި ދިވެހި ބަހުން މިސައިޓުގައި ލިޔާތީ ދުށް މަދު ޒުވާން ލިޔުންތެރިންގެ ތެރެއިން އެކެއް މާޝާ ތިޔައީ. “އިނގޭ” އާއި “އެނގޭ” މީވެސް ވަރަށް ގިނަ ލިޔުންތެރިންނަށް އޮޅިފައި އޮންނަ ދެބަހެއް. އެފަދަ އޮޅުމެއް !މާޝާއަށް އޮތް ކަމަކަށް ނުފެނޭ.ޝުކުރާއި ތަހުނިޔާ

    1. Mar Sha Marsha says:
      August 7, 2019 at 12:59 pm

      Oh, Marsha ge liyun kalaa ah kamudhaa hen kalaa ge comment Marsha ah v kamudhey, v ufaa vey thi gothah dhekeythy, shukuriyya

  18. jiji says:
    August 6, 2019 at 5:54 pm

    Marshaa?..Mi bai vec alhe v v rythi masha allah..Dhn kihineh baa dhw vaany..Plx nadhaa ah dhera gotheh nahadhahchey?..
    Waitinn for da next <3 <3 <3

    1. Mar Sha Marsha says:
      August 7, 2019 at 1:00 pm

      Thnx jiji, nadha ah vaa gotheh engeyne 21 ga, let’s c dho

  19. ❤️shyn❤️ says:
    August 6, 2019 at 6:52 pm

    V. Salhi.. Keep it upppp ❤️❤️

    1. Mar Sha Marsha says:
      August 7, 2019 at 1:00 pm

      Thnx shyn

  20. someone says:
    August 6, 2019 at 9:59 pm

    Please up kohladheeba please varah keyan beynun

    1. Mar Sha Marsha says:
      August 7, 2019 at 1:01 pm

      Thnx someone

  21. Zar@ says:
    August 6, 2019 at 11:06 pm

    Wow.. Vvvvvvvvvv salhi ingey mi stry.. Mashaa Allah. ❤️??

    1. Mar Sha Marsha says:
      August 7, 2019 at 1:02 pm

      Thnx Zar@ ?

  22. Noora says:
    August 8, 2019 at 10:34 am

    Plx muadhu up koh dhyba..
    Plx plx…

    1. Mar Sha Marsha says:
      August 8, 2019 at 3:00 pm

      Mirey veytho varah try kuran eba.

  23. Ibsha says:
    August 8, 2019 at 7:49 pm

    Varah reethi… up vi gadyga kiyaalaafin busy v ma comment nukurevey…Mihaa reethi vaahaka eh Adhi nukiye alhe ehaa avahah niman noolheythi

    1. Mar Sha Marsha says:
      August 9, 2019 at 1:27 am

      Oh, vvv ufaa vejje Ibsha, thnq so much, 21 in engeyne nadha ah gothey viyya, so let’s c dho!

  24. Ibsha says:
    August 8, 2019 at 7:50 pm

    Nadhaa ah emeehun ge faraathu dhera gotheh viya nudheythi

  25. Butterfly says:
    August 9, 2019 at 8:39 pm

    SALHI

Comments are closed.

Next Episodeކުށަކާ ނުލާ 21←


All Right Reserved!