Skip to content
އެސްފިޔަ

ލޯތްބެއްގެ ފެށުން 29

 

ޒައިކު ބޭނުންވީ އެނބުރި އޭނާގެ ގެއަށް ދިއުމަށެވެ. ދެދުވަސް ފަހުން އޭނަ އެމެރިއާއަށް ކޮންމެހެންވެސް އޮންނަ މީޓިންއަކަށް ހާޒިރުވާން ޖެހެއެވެ. އެހާ ވާންވާއިރަށް ނިންމަން ޖެހޭ މަސައްކަތް ތަކެއް އެބަހުއްޓެވެ. އެކަމަކު ޝިފާ ބޭނުންވީ ސައިފުގެ އެކުވެރިއެއްގެ ޕާޓީއަކަށް ދާށެވެ. އެހެން ކަމުން ޝިފާ ނަތާއާއި ހަވާލުކުރުމަށްފަހު އޭނަ ދިޔައީ ގެއަށެވެ. ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު ކައިރީގަ ހުރި މާވިއްކާ ފިހާރަޔަކަށް ވަނެވެ. ޝިފާއަށް ދޭން ގަދަ ދަނބު ކުލައިގެ އޯކިޑް މާ ބޮނޑިއެއް ނެގިއެވެ. ކުއްލިއަކަށް…..ހަނދާނަށް އައީ މީގެ އެތައް އަހަރެއްގެ ހަނދާންތަކެކެވެ.

 

************************

 

” ހެއި ޒެކް، ގެސްކޮއްބަ. ޒެކް އަށް ގިފްޓެއް ހިފައިގެން މިއައީ ” ޒައިކު ފުރަގަހުން ކުއްލިއަކަށް ފެނިލުމަށްފަހު ލިވީ އުފަލުން ހުރިއިރު އަތް ފުރަގަހަށް ލައިގެން ހުއްޓެވެ.

 

” ނައު ވަޓް، އަހަރެން ބިޒީ ވަރު ނުފެނޭތަ؟ މެކްސް ޓީޗާރ މިއޮތީ ދީފަ އޮތް ހޯމް ވޯރކް ތައް ގިނަކަން. މި ނުނިންމާ ގޮއްސިއްޔާ މާދަން ބޭރަށް ނެރޭކަށްވެސް ފަހަކަށް ނުޖެހޭނެ އޭނަ ” ކޮލެޖުގެ ލައިބްރަރީ ގައި ހޯމް ވޯރކް ނިންމަން ހުރި ޒައިކު ކޮލެޖުގެ ދުވަސްތައް ދާގޮތާމެދު ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކިއެވެ. އެހިތްހަމަ ނުޖެހުމުގައި ލިވީ އާއި ވެސް ވާހަކަ ދެއްކުނީއެވެ.

 

ޒައިކު ލިޔަން ހުރި ނޯޓު ފޮތް ނެގުމަށްފަހު ލިވީ ދުރަށް ޖެހިލިއެވެ. އަދި ނޯޓުފޮތް ފުރަގަހައްލައި ފޮރުވިއެވެ.” ގިވް އިޓް ބެކް ” ޒައިކު ރުޅިއައިސްގެން އަޑުލައިގަތެވެ. ” ނާހް ” އަޑަށް ބާރުލަމުން ލިވީވެސް ބުނެލިއެވެ.

 

” ގޯޑް ، ޔޫއާރ ސޯ އެނޯއިންގް، ތި ގަނެގެން އުޅޭއެއްޗެއް ދައްކާފަ މިތަނުން ދާންއުޅޭ ދެން ” ލޯއަޅާލަމުން ޒައިކު ބަލާލިއެވެ.

 

ގަދަ ދަނބު ކުލައިގެ އޯކިޑް މާތަކެއް ހިފަހައްޓައިގެން ހުރުމައްފަހު އެހުރިހާ މާތަކެއް ޒައިކު އާއިދިމާއަށް ހޫރާލިއެވެ. އޭރު އެމޫނުކޮޅު ރުޅިގަދަވެގެން ރަތްކުލަ ފާއްދާލައިފިއެވެ.

 

” ތިމާތައް މުޙައްމަދު ޒައިކު ޙާލިދަށް. ބޭނުން ނޫނިއްޔާ އުކާލާ ” ދެލޯ ވަށްކޮއްލަމުން ލިވީ ނުކުމެގެން ދިއުމަށް ހިނގައިގަތެވެ. ޒައިކު ބާރުބާރަށް ހިނގައިގަތުމަށްފަހު ލިވީގެ އުނަގަނޑުގައި ހިފަހައްޓާ، ޒައިކު އާ ދިމާއަށް އަނބުރާލިއެވެ. އަދި ކުޑަކޮށް ބައްދާލިއެވެ.

 

” ތޭންކްސް ޕްރިންސެސް ” ލިވީގެ ކަރުދަށުގައި ދަތްދޮޅި އަޅުވާލަމުން ކަންފަތްކައިރީ މަޑުމަޑުން ބުނެލިއެވެ.

 

” އެންޑް ސޮރީ، އަސްލު މިހުންނަނީ އެގްޒާމް އަންނާތީ ވަރަށް ސްޓްރެސްވެފަ ” އަދިވެސް ލިވީ ގަޔާ ކައިރި ކޮށްލިއެވެ. އެދެމީހުން ފެންނަފަށުގައި މިވަގުތު ކުދިން ނެތުމުން ލިވި ހިތްހަމަ ޖެހުނެވެ.

 

” އޯކޭ ކީއްކުރިއްޔާ މާފުކުރާނީ ކަމަނާ. ބުނޭ ބުނާ ކަމެއް ކޮއްދޭނަން ” އެއްލޯ މަރާލަމުން ޒައިކު އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

” ވެލް ، މި ކޮލެޖުގެ ހުރިހާ ކުދިން ކުރިމަތީ ކަކޫ ޖެހުމަށްފަހު މާފައް އެދޭ ” ދެއަށް ހަށަން ބަނދެލުމަށްފަހު ލިވީ އެހެން ބުނީ ޒައިކު އަށް ނުކެރޭނެކަން އިނގޭތީއެވެ.

 

” އައެމް ސޯ ސޮރީ ލިވީ……..” ކަކޫ މައްޗައް ތިރިވަމުން ލިވީގެ އަތުގައި ޒައިކު ހިފިއެވެ. އަޑުގައި ނެއްތަނަށް ހަޅެއްލަވައިގަތެވެ. ވަށައިގެން ބަލާލުމަށްފަހު ލިވީ އޭނާގެ އަނގަމަތީ އަތް އަޅާލީ ހައިރާންވި ވަރުންނެވެ. އޭރު އެކި ދިމަދިމާއިން ކުދިންތައް އެތަނަށް އެއްވަމުން ދިޔައެވެ. ގިނަ އަންހެން ކުދިން ތިބީ ލޯއަޅައިގެނެވެ. އެހުރިހާ ކުދިންގެ ހިތުގެ ރާޖާ ޒައިކު އެހެން އަންހެން ކުއްޖެއްގެ އަތުގައި ހިފަހައްޓައިގެން ހުރުމުން އެކުދިންނަށް ކެއްވާނެ ހެއްޔެވެ.

 

” އޯހް . ގޯޑް ޒެކް، ޔޫއާރ ކުރޭޒީ ” ދެލޯ ތަޅުވާލަމުން ލިވީ އަޑުލިއެވެ. އަދި އޭނާ އަތުގައި ހިފަހައްޓައިގެން ހުރި ޒައިކު އަތުގައި ހިފާ ދުރުކޮއްލިއެވެ.

 

” ކުރޭޒީ ފޯރ ޔޫ ލަވް ” އެއްލޯ މަރާލަމުން ޒައިކު ވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.

 

******************

 

ޒައިކު ތުންފަތައް ވެރިވީ ހިތި ހިނިތުންވުމެކެވެ. ލިވީއާއިއެކު ވީ ލޯބިވެތި އެހެނަސް ހިތި ދުވަސްތައް ތަކުރާރުކޮށް އޭނައަށް މިކަހަލަ ކޮންމެ ކަމަކުން ހަނދާން އާކުރުވައެވެ. އެހަނދާންތަކާ ދުރުވާން މަސައްކަތް ކުރާ އިރު އިތުރަށް ހިތް ޒަޙަމް ވުން ނޫންކަމެއް ނުވެއެވެ. މާބޮނޑި ގަނެގެން ކައިރީގައި ހުރި ރެސްޓޯރެންޓަކަށް ވަނީ ކަރުތެރެ ތެންމާލުމަށެވެ. އެގޮތުގައި އެތައްއިރަކު ދިރިއުޅުމުގެ އެކި ކަންކަމާ ވިސްނަން ހުރެވުނެވެ. ގަޑިދިޔަގޮތްވެސް ނޭނގުނެވެ. ދިހައެއް ޖަހަން ކައިރިވެފައިވަނިކޮށް ކުރަމުންދިޔަ ޙިޔާލުތަކުން ނުކުމެވުނީ ޝިފާގެ މަތިން ހަނދާންވުމުންނެވެ. އަވަހައް ފޯނު ނަގާ ގުޅާލުމުން ނިއްވާލާފައި ވާކަމަށް އޮތެވެ. އޭނަގެ އެކުވެރި ނަތާއަށް ގުޅަން ހިތައް އެރީ ކުއްލިއަކަށެވެ. ހިތުގައި ބިރުވެރިކަމެއް ހިނގައިލީ ނަތާ ދިން ޖަވާބުންނެވެ. ނަތާއާއި ސައިފް އުޅެނީ އެއްކޮއް ކަމެވެ. އެކަމަކު ޝިފާ ގެއަށްދާން ނުކުމެ މިހާރު ބައިގަޑި އިރުވެއްޖެ ކަމަށް ނަތާ ބުނުމުން އަވަހަށް ކާރަށް އެރުމަށް ޒައިކު ހިނގައިގަތެވެ.

 

ގެއަށް ވަދެވުމާއިއެކު ސެކިއުރިޓީގެ އެހީގައި ޝިފާ އައިކަން އެނގުމުން ކުޑަހިތްހަމަ ޖެހުމެއް ލިބުނެވެ. އަވަސް ފިޔަވަޅުތަކަކާއެކު ގޮސް ކޮޓަރިއަށް ވަންއިރު މުޅިތަނަށް ވެރިވެފައިވަނީ އަނދިރިކަމެވެ. އަނދިރިކަމުގެ ތެރެއަށް ލޯހާނާލައިގެން ސުވިޗްތަކުން އަލިކޮއްލި އިރު ޝިފާގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ޑުރެސިން ޓޭބަލް މަތީ އޯކިޑްމާ ބޮނޑި ބޭއްވުމަށްފަހު އަނެއްކާވެސް ބޭރަށް ނުކުތީ ޝިފާގެ ޙަބަރެއް ބެލުމަށެވެ. ” އޯހް ގޯޑް ޝިފް ބޭބީ ވެއާރ އާރ ޔޫ؟ ” ޒައިކު އޭނާއަށް އަޑުއިވޭވަރަށް ކިޔާލަމުން ގޭގެ އެކި ތަންތަނަށް ލޯ ހިންގިއެވެ.

 

ގޭގެ ބިއްދަށު ފަރާތައް ޕޫލް އޮއްދިމާއަށް ޒައިކުއަށް ހިނގައިގަނެވުނުއިރު ހައިރާންވިއެވެ. މުޅިސަރަހައްދު ވަނީ އުއްބައްތި ތަކުން ޖަރީ ކުރެވިފައެވެ. އުއްބައްތި ތަކުގައިވާ ހުޅުގަނޑުން ތަނަށް އަލިއެޅިފައި ވާއިރު ސުވިމިން ޕޫލުގެ ފެންގަނޑަށް ވަނީ ރަތްކުލައިގެ ފިނިފެންމާ ފިޔަ އަޅާ ފުރިހަމަ ކޮއްލާފައެވެ. ޕޫލާ ހަމަޔަށް ދާން އޮންނަ މަގުގެ ދެފަރާތުގައި އުއްބައްތިތައް ދިއްލާލާފައި ވާއިރު ވޯކްވޭގެ ހުރިހާ ސަރަހައްދެއް ވަނީ ރަތް ފިނިފެންމަލުގެ ދޫލައެއްގެ މިސާލުގައި އެންމެ ރީތި އަންހެން ކުއްޖަކު ކައިވެނީގެ ފުރަތަމަރެއަށް ނަލަހައްދާލާހެން ރީތިކޮށްލާފައެވެ.

 

ވޯކްވޭގެ މެދުގައި ހިތެއްގެ ބައްޓަމަށް އުއްބައްތިތައް އަތުރާލާފައި ވާއިރު މެދުގައި ރީތި ރަތްކުލައިގެހިތްތަކެއްޖަހާފައިވާ ފޮތިގަނޑަކުން ނިވާކޮއްފައިވާ މޭޒެއްވެއެވެ. އެންމެ ފުރިހަމަ އެތުރުމަކުން ކާތަކެތި އަތުރާލާފައެވެ. މޭޒުގެ މެދުގައި އުސްތައްޓެއްގެ އެތެރޭ ބޮޑު އުއްބައްތިއަކުން މޭޒައް ހުޅުދާންވެފައިވެއެވެ. ދެތަށި ކޯކާއެކު ކާއެއްޗެހިން މޭޒުމަތި ފަޅުފިލާފައިވާއިރު އެ ރީތި ތަނަށް އިތުރު ފުރިހަމަ ކަމެއް ގެނުވަނީ ޕޫލަށް ދެފައި ބާލައިގެން ފުރަގަސްދީގެން ހުރި ރީތި ތަސްވީރަށެވެ. ޝިފާގެ ރީތި ކަން ވޮށްތަކެއް ފަދައިން އަލިވެ އަލިވެ ހުރެއެވެ.

 

ޒައިކުގެ ފިޔަވަޅުގެ އަޑު އިވިގެން ނޫންކަމެއް ނޭނގެއެވެ. ފަހަތައް އެނބުރި ބަލާލުމާއިއެކު ޝިފާގެ މޫނުމަތިން ސިހުމުގެ އަސަރު ފެނުނެވެ. ޒައިކުގެ މެއަށް ބާރުކޮށްލިއެވެ. ޝިފާ ލައިގެން ހުރީ ހުދުކުލައިގެ ތުނިތުނި ހެދުމެކެވެ. ކަކުލާ ހަމައަށް އަރާ އެހެދުން ޝިފާގެ އެންމެ ފުރިހަމަ ރީތިކަން އިތުރުކޮށްދެއެވެ. ފޮތީގެ ތުނިކަމުން ހަށިގަނޑުގެ ވަނާތައް ފާޅުވާން ހުރިއިރު، މީހަކު ދީވާނާ ކޮއްލާނެ ފުރިހަމަކަމެކެވެ. އުޑުން ފައިބާފައިވާ ރީތި ހޫރުލްއީނަކާ ތަފާތެއް ނެތެވެ. އެއީ އޭނާގެ ހިތުގެ ކާނާއެވެ. ހަށިގަނޑުގެ ދިރުމެވެ. ހިތުގެ ތެޅުމެވެ. ޕަރީއެއްފަދަ މިލޯބި އަންހެން ކުއްޖާދެކެ ލޯބިވާން އޭނަގެ ހިތް ރޯވަރު އެނގެނީ ހަމަ އޭނާއަށެވެ.

 

އެ ދިގު އިސްތަށި ގަނޑު ވަނީ ކޮނޑުން އެއްފަރާތަކަށް ވައްޓާލާފައެވެ. އިސްތަށިގަނޑު ހިފަހައްޓާލާފައިވާ ހިސާބުން ރަތްކުލައިގެ މާބޮނޑިއަކުން އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ދޮން މޫނަށް އިތުރު ރީތިކަމެއް ގެނުވަނީ ގަދަރަތް ކުލައިގެ މޭކަޕުންނެވެ. ޒައިކުގެ މިބެލުންތަކުން ޝިފާގެ މޫނަށް އެންމެ ގަދަ ބީޓުރޫޓު ކުލަ އަރައިގެން ދިޔައެވެ.

 

ދަގައްފާނައް ދަމާ ހެން ޝިފާ އާއިދިމާއަށް ދަމާފައި ޒައިކު ގެންދަންފެށިއެވެ. ކައިރިއަށް ޖެހިލުމަށްފަހު ކަންފަތް ކައިރިއަށް ވެއްޓިފައިވާ އިސްތަށިކޮޅު ކަންފަތައް އަޅުވާލަދިނެވެ. ދީވަނާއެއްފަދައިން ޝިފާގެ މޫނަށް ބެލެން ފެށުނީ ހިތް މޮޔަކުރާ ހާލުއެވެ. ޖަވާހިރުތަކެއް ފަދައިން ކުދިކުދި މުތީތައް މޫނުގައި ވިދައެވެ. އުއްބައްތީގެ އަލިއެޅިފައި ވުމުން އިތުރަށް އިޝްގުގައި ޖެހެވެން ފެށުނެވެ. ޝިފާގެ ފައިމަތީ ޒައިކުގެ ފައިތިލައިން ކުޑަކޮށް ބީހިލުމަށްފަހު ހާމަޔަށް އޮތް ދެކޮނޑުގައި ފިރުމާލަމުން ތިރިކޮށްލިއެވެ. އެހުދު މުތީތަކެއްފަދަ ދަތްތައް ދައްކާލަމުން އެންމެ ފުރިހަމަ ހިނިތުންވުމެއް ދިނުމަށްފަހު ޒައިކު އިތުރަށް މޮޔަކޮއްލުން ނޫންކަމެއް ޝިފާ ނުކުރިއެވެ.

 

އޭނާގެ ދެއަތުން ޒައިކުގެ ކޮނޑުގައި އަޅުވާލަމުން ކައިރިވެލިއިރު ދެހިތް ތެޅޭއަޑު އެކަކު އަނެކަކަށް އިވެއެވެ. ޝިފާގެ އުނަގަނޑުގައި ހިފާ ކައިރި ކޮށްލަމުން މޫނާއި ގާތް ކޮށްލިއެވެ. ކެއްތެރިކަން ކުޑަވުމާއިއެކު ޝިފާގެ މަލެއްފަދަ ތުންފަތާއި ދިމާއަށް ޒައިކުއަށް ދެވުނީ ބަސްބުނާހާ ހިނދުކޮޅެއްގައެވެ.

 

އެގޮތުގައި ހިނދުކޮޅެއް ވުމާއިއެކު ޝިފާ އުފުލާލުމަށް ތިރިވުމާއިއެކު ގަދަ ހަދާލަން ޝިފާ ބޭނުންވިއެވެ. ކުރީފަހަރު ކަންތައް ވީގޮތް ހަނދާންވުމުން މިފަހަރުވެސް ޒައިކު ވަކި ހިސާބަކުން އޭނައާއި ދުރުވުމަށް އުޅެފާނެތީ ބިރުގަތެވެ. ހަދާލިގޮތަކުން ދެމީހުން އެކުގައި ޕޫލަށް ވެއްޓުނުއިރު ފަޒާގައި ވަނީ ދެމީހުންގެ އަޑު ހުނުމާއިއެކު ގުގުމާލައިފައެވެ.

 

ދެއަތުން ފެންތައް ބުރުއްސާލަމުން ދެމީހުންވެސް ހޭންފެށިއެވެ. ފެން ގަނޑުގެ ސަބަބުން ޝިފާ ލައިގެން ހުރި ހެދުމުން އެރީތިކަން ޒައިކު ހިއްސުތަކާ ކުޅެލިއެވެ. ކައިރިވެލުމަށްފު އުނަގަނޑުގައި ހިފާ އުފުލާލައި ފެންގަނޑު ތެރޭ އަނބުރާލިއެވެ.

 

” އުމްމްމް…އައި މޭޑް ޑިނާރ…ހިނގާލަބަ ރަހަބަލާލަން މީރުތޯ ” ޝިފާގެ ވާހަކައިން މޭޒާދިމާއަށް ޒައިކު ބަލާލިއެވެ.

 

ފެންގަނޑުން އެރުމަށްފަހު ޝިފާ އުރާލިއެވެ. ކުޑަވެސް ކޫރުމެއް އެޅިދާނެތީ ބިރުން އުޅޭ މީހަކުފަދައިން މަޑުމަޑުން ގޮނޑީގައި ބެހެއްޓުމަށްފަހު ނުތެދުވަން ބުނެފަ ޒައިކު ހިނގައިގަތީ ގެއާދިމާއަށެވެ. ހިނދުކޮޅެއްވެސް ނުވެ ދެން އައީ ދެއަށް ފުރަގަހައް ލައިގެނެވެ.

 

ޝިފާ ބަލަން ހުރި ގޮތުން ޒައިކު ގާތައް ހިނިއަޔަސް އެކަން ނުދައްކަން ކަރުކެހިލުމަށްފަހު މޭޒާ ކައިރިވެލިއެވެ. އަދި އެއްއަތުގައި ހުރި މަހުމާ ފޮއްޓެއް ބެހެއްޓުމަށްފަހު އަނެއް އަތުގައިވާ އޯކިޑް މާބޮނޑިއެއް ދިއްކޮށްލިއެވެ. ޝިފާ އުފަލުން ފުއްމައިގަންނަމުން ޒައިކު ގައިގާ ބައްދާލަމުން ތޭންކިއު ކިޔާލިއިރު އެދެލޮލުން އުފާވެރިކަމުގެ އެންމެ ފުރިހަމަ ކަރުނަ ނީރާލިއެވެ. ޒައިކު ދެން ބަލާލީ މޭޒުމަތީގައިވާ މަޙުމާ ހިމަ ދިގު ފޮއްޓަށެވެ. މާތަކަށް ގެއްލިފައިވާ ޝިފާގެ އުފާވެރިކަން ފެނުމުން ޒައިކުގެ އަމިއްލަ ހިތައް ދިރުން ލިބުނުކަހަލައެވެ. ދެވަނަ ފަހަރަށް އަނެއްކާވެސް އެ ފޮއްޓައް ބަލާލިއެވެ. އެފޮށި އެތެރޭގައިވާ ހަގީގަތަކީ އޭނައަށް ހިތިއެއްޗަކަށް ވީނަމަވެސް ، އެ ހަގީގަތާއި ކުރިމަތިލުމަށް ނަފްސު ތައްޔާލުވެލިއެވެ. ޝިފާގެ ހިތުގައި އޭނާއާއި މެދު ނިންމާނެ ގޮތް ނޭނގޭތީ ހިތް ތެޅެންފެށިއެވެ. ފިނިވެފައިވާ ހަށިގަނޑަށް ތުރުތުރު ލުމެއް އިތުރުވިއެވެ. އަތް އެ ފޮއްޓާއި ދިމާއަށް ގެންދަން ފެށިއިރު ޝިފާ ސީދާ އޭނައާއި ދިމާއަށް ބަލާލިއެވެ. ވަގުތުން އަތް ގަނޑުފެން ތަކެއްހެން ގަނޑުކޮށްލިކަހަލަ އިހުސާސްއެއް ކުރެވުނެވެ. ހިންދިރުވާލެވުނީ ކުރަން އުޅޭ ކަންތަކުގެ ބޮޑުކަމުންނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (71)

  1. Shahu

    Yeah me first… ?varah salhi ❣️

    1. Belle
      Shahu

      Thanks Shahu

  2. Uh

    Hate the cover pic. Are u trying to create a fetish on the readers mind.

    1. Shahu
      Uh

      Even if the cover pic is not that good the story is awesome for me. And those who hate it then why don’t they try and write even a single sentence. Shame on them. ?and plus nubaikoh eh photo aa dheytherey nubaikoh visnanyaamu reader’s mind nubaivaanee.

    2. Cccv
      Uh

      Hahahaha, single sentence ey kiyaa challenge kuraa vaahaka dhakka. Story hadi vaahaka eh noon Bunee, cover kamunudhaa vaahaka. Konme eche pic ah laafa balaa myhun dho goas vanee, e pic leemyhaa e hama Saint eh. Disgusting

    3. Lol
      Uh

      ?Aaan ehenyyaa eheree e firihenmyhaa e dhe anhenun ge fookolhuga touch kohgen. Dhen balaabala e thin meehun balaigen thibi vatharu. Anhenun laafa huri Hedhunves…
      Adhives visnaagoi nubai vaanee.

    4. Belle
      Uh

      Thanks Uh, Cover pic eh hadhaalamun midhany

    5. Belle
      Uh

      hehe Lol

    6. Belle
      Uh

      Ok Cccv i will change

  3. Bolu rodhi

    Meega bunefa othee single sentence liyaa vaahakaeh noon. Single sentence eh liyebalaashey kiyaa challenge kuranee tha. Vaahaka hadiey meehaku nuves buneyey meena maa vareh vegen mi thelhi baalanee. Bala e cover photo kamunudhaa vaahaka Bunee. Blue filmeh ge manzareh cover ah laafa ves e leemeehaa goas nuvaane, e balaafa nubai koh maana nagaa myhaa dho mi goas vanee. Gaboolkuriyas nukuriyas Meega in cover photo akee rangalhu photo eh noon. Vaahaka aa evves gulhumeh dheyha nuvaa viyaanudhaa gothakah firihenaku dhe anhenehge unaganduga hiffahattaalaigen e huree. Myhaku rangalhu echekey bunyas thikahala myhun ulheyne kankan mathi jahaa zee nai theri kuran.

    1. Shahu
      Bolu rodhi

      Ok ok. We are not gonna fight?. I am sorry if i said Anything bad ok?. But now the cover has changed. So i am happy

  4. Anonymous

    Kithanme rulhi ayas e cover photo is bad. Agree or disagree it’s disgusting and very unethical.

    1. Belle
      Anonymous

      Ok Anonymous cover change kurumuga miulheny, e gothah mean koffa laafa huri pic eh noon, hama eyru reethi foto eh nufenigen laafa huri pic eh e

    2. Yyyy
      Anonymous

      Anonymous…
      Have u heard “kandi Reethi thuunuyya ey” so, never judge a book by it’s cover ???
      And so, on Belle ge haters ah bunelan if thi enmen Belle aa dhekolhu viyas I’m with her ey
      ?????

  5. Mary

    Salhi varan mi part ves❤️❤️next part thankolheh avas kohllaathi ingey ????????

    1. Belle
      Mary

      Thanks Mary

  6. Maako

    OMG, sifakurunthah varah salhi. ??. Zaik haadha rom ey dhoo ??. Next kiyaalaahithun moyavejje

    1. Belle
      Maako

      Thanks Maako

  7. Yuyu

    Gayah Thai lavaafa eheree dress. Rendhu ebafeney, dhen ma mihen bunyma ma goas v

    1. Someone
      Yuyu

      Ehenya photo zoom kohge balaafa rendhu feneyoa. Alhe belun thirikurumahves vanee angavaafaey

    2. Moya
      Yuyu

      Koachetha zoom kuree, ekachehves zoom nukurey, belun thirikohgentha mi vaahaka kiyanee. Hahaha ha,

    3. Belle
      Yuyu

      hehe Yuyu, cover change kohlaanan, Rendhu bunyma get nuvi, eyga ehury liyumehge. not reydhaa or rendhu

  8. Kim Tae Tae ??

    Wow ❤❤❤ varahh salhi this part !!! Yh I don’t like the cover pic 2 !!! but i love the story the way it is !!! when next part ??? ????

  9. Anonymous

    Dirty pillowcase ehge thereyga kethanme rythi clean pillow eh othas image reecheh nuvaane. Varah vaahaka mee.

    1. Someone
      Anonymous

      Dont judge a book by its cover. Thats yur problem. You should read it once. Alhugandah hiyeh nuvey reethi baaliheh gengulhey beyfulhakah reethi uraeh nulibi onnaaneheneh. Hama ehen belle ge niyaives goaheh noon.

    2. Someone2
      Anonymous

      Cover vara muhinmu role eh kulhey. Oriyaamunves hinganvee magumathee niyah rangalhuveema okay vaane dho? This story is nice. Only the pic is the problem. Whatever intention the writer has, it isn’t appropriate. Baeh faharu reethi uraeh liben othas nullavvaa annahaa roalhieh araa gothah cover nukoh baalis gengulhey myhunves varah gina.

    3. Belle
      Anonymous

      ok Anonymous

    4. Belle
      Anonymous

      hehe Someone, i will change cover don’t worry

  10. Yersh

    Varah varah reethi…
    Maa sha Allah…
    When is next part…?????????

    1. Belle
      Yersh

      Thanks Yersh, next miadhu up kohlaanan

  11. Fasy

    Vahaka reethi. Ekam Cover photo beyadhabee vara boda ves. Liyuntheriyaa ekan rangalhu kollun edhen.

    1. Belle
      Fasy

      Thanks Fasy,

  12. Wee

    ?% nubai photo eh

    1. Belle
      Wee

      heheh, story kiyaalythy thanks

  13. Ramz

    Part 1 kiyaali iru hitha eree cover pic kamakunudhaa vaahaka mention kuraanamey….
    Part 2 i thought someone dhen mention koffaaneyey noonhey evaahaka.
    Part 3…..still waited……
    Part 4….
    Part 5
    Part 6
    Part 7
    Part 8 and up to part 15,16,17,i had enough. Dhen comment kollan ulhenikoh konmes kudhin kolheh evaahaka comment kolli.
    Dhen ekamakuves veekameh haraan. Eche key bunghas rangalhu kohnulaatee massala akee.

    1. Someone
      Ramz

      Dhenves inguny ehen bayaku comment kureema kuraakannu. Hama bahanaaeh dhahkaafa ehen kiyanvegen

    2. Noone
      Ramz

      Someone ah evaruves nuviehnun. ?

    3. Belle
      Ramz

      ooh Ramz so sorry, i will chanege cove so soon

    4. Belle
      Ramz

      OOOhhh someone, thanks story kiyaalaathy, i will change cover

  14. wellwisher

    Fothehge bandeyri gadun eyge ethereyga oih ehcheh neyngeyne. Dont judge a book by its cover. So yeah.. Alhugandumen mi page ah vannanee cover photo balaakah noon. Vaahaka kiyan. Egothun Bellege zinmaa eyge emme furihama gothugai vanee adhaa kohfa. Eii alhugandumenna hamayah kiyaa hivvaakahala reethi vaahakaeh foarukohdhinun. Ehennoonas amalthah binaavanee emeehehge niyathuge mahchah. Alhugandakah nufeney eynage niyathakee efadha photo thah alhugandumenge thereygai fethurun kameh. So think before you say anything to the writer. Visneyne kamah ummeedhu kuran.

    1. Belle
      wellwisher

      Thanks wellwiaher, aslu egothah mean kofa ly foto eh noon e, reethi foto eh search kohlaafa lyhama, ??

  15. Storykiyaamyhaa

    Vaahaka???????
    Cover photo ?????
    ?????????????????????

    1. Belle
      Storykiyaamyhaa

      hehe Thanks

  16. Qwerty

    There are no rules, for your cover picture, so there are no “mistakes” in the strict sense of the word. If your cover picture is already conveying an intentional message, it’s okay, but if your picture is transmitting an unintended negative message, we can call that a mistake. So writers must be aware of this. The cover photo used in this story is not suitable, surely there will be hassale

    1. Belle
      Qwerty

      Thanks Qwerty

  17. GendErrrrr

    Alhey??? nice ingey
    But Kobaa Hamahamakan? Gender inequality dho? One boy, two gals, nonononooo. Howbout onegal twomen. ?!!!!!

    1. Hihihi
      GendErrrrr

      Hahahaha hahaha haha haha haha

    2. Belle
      GendErrrrr

      heheh, thanks

  18. Roo

    Seriously guys??
    Story fashain 29 vana part ah dhiyaema tha ingeny cover pic ge vaahaka mention kuran??
    I feel like yuh guys are just making this an issue.. ekaku coverge vaahaka dhehkyma dhen thibi myhun cover pic kamunudheye kiyaafa comment thi kurany. And kiyaa myhun reethi koh ves buneveyne cover change kuran dont be rude..
    And yeah mi site ga mi story ga ein cover pic ah vure balan huthuru pics laafa hurey .

    1. Noreply
      Roo

      Mi site ga dhen thibi stories ga filinujahaa hureema dhen mamenves liyanvee filinujahaatha?

    2. Belle
      Roo

      Thanks Roo

    3. Belle
      Roo

      Noreply i will change cover, anyways Thanks

  19. Boo

    Age 30 veema ingunee mi sanitary napkin mijahanee nubai konkan, ehenvegenney evarah leak vanee, Dhen rangalhugothah jehun dho onnaanee, kurin bayaku nubunaathee amilla ah ehen hedhuneema fahun rangalhu kuraanee dho??????

    1. Agreed
      Boo

      ??????

    2. Eyre
      Boo

      Eyyy huvaa mibunee, mashaves vi thihen, thai kuraa part kamah meves hykuree top ga hunnaanee, maafahun mi ingunee, ???

    3. Duty
      Boo

      U guys r indirectly mocking dho, reechah buneemaves nuvidho?

    4. Belle
      Boo

      hehe Boo,

  20. Meekkomee

    Varah reethi ??????? whn is next part ????? luv this story so much ????

    1. Belle
      Meekkomee

      Thanks Meekkomee

  21. DHONTHY

    Candles dhillaafa petals alhaafa normally men do that for women. Ekamaku meega anhen kujjaa firimyhaa ahtakaa egothah decorations hadhaafa mi othee. Anyway, it’s okay though. Very nice story eh mee. Dhivehi touch nethas reethi. And I also hope belle will change the cover pic.

    1. DHONTHY
      DHONTHY

      Belle… Eiy dhonthi ge comment eiy noon.. ???? E vaanee ehen dhonthi akau kanneynge ??????Anyways story is really nice❤️❤️❤️???? Love you Belle??❤️❤️????

    2. Belle
      DHONTHY

      IT’S Ok DHONTHY ???. luve you

  22. Shau

    Plz change the cover pic, Belle, story is nice. ?

    1. Belle
      Shau

      Thanks Shau

  23. Yaas

    Belle dary cover pic change kollaathi varah reethi mi stori waitin 4next part digukogenesdhechey???

    1. Belle
      Yaas

      Thanks Yaas

  24. ?

    Yes, cover pic needs to be changed ASAP.

    1. Belle
      ?

      Thanks i will

  25. Belle

    Thanks every one, who read this story. never mind i will change a beautiful cover pic in next part.

  26. iimrn

    I can’t wait for the next part….
    truly one of the best romantic stories I’ve red so far….

    1. Belle
      iimrn

      Thanks iimrn

Comments are closed.