Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 64-2

Saraa Level 910 Stories100 Comments100 Login500 Comments500 Login
August 3, 2019 10 Mins Read
71 Comments

ފުލް ސްޕީޑްގައި އެންޓްރެންސްއަށް ކާރު ވަދެގެން އައިރު ފެނުނު މަންޒަރުތަކުން ހައިޒަލްގެ ސިކުނޑީގެ ނާރުތައްވެސް ބުރިބުރިގެންދިޔަފަދައެވެ. ރަނގަޅަށް ކާރު ނުހުއްޓެނީސް ހައިޒަލް ކާރުން ފުންމާލިގޮތަށް ހަޅޭލަވައިގަތެވެ. އޭރު އައްމާރު މަޔާންގެ ބޮލާއި ދިމާލަށް މަޅާލައިފައިވާ ލަޑިގަނޑު މަޔާންގެ ނާށިގަނޑުގައި ޖެެހެން އިންޗިއެއްވެސް ނެތެވެ. ހައިޒަލްގެ ހަޅޭކާއިއެކު ވަގުތުން ހުރިހާ ޒުވާނުންތައް ކާރަށް އަރާ ދުރަށް ދުއްވާލިއެވެ. އައްމާރުގެ ފަސްއެނބުރުމެއްނެތި ވިދުވަރެއްހާ ހަލުވިކޮށްގޮސް ކާރަށް އަރައިފިއެވެ. ނަމަވެސް ފަހަތުންވެސް އެއީ އައްމާރުކަން ހައިޒަލް ދެނެގަތެވެ.

ސިކުނޑިއަށް އެރި ފިނިގަނޑާއިއެކު އިރުކޮޅެއްވަންދެން ކުރިއަށް ފިޔަވަޅެއް ނޭޅިހުރެފައިވެސް ހައިޒަލް ދުވެފައި ކަހަލަގޮތަކަށްގޮސް ބިންމަތީގައި އޮތް މަޔާން ބޯދަށަށް އަތްލައްވާލަމުން އުފުލާލިއެވެ. އެވަގުތު މަޔާންގެ އަނގަތެރެއިން ބޭރުވެގެންދިޔަ ކެއްސުމާއިއެކު ހައިޒަލްގެ މޫނަށް ލޭތައް ބުރައިގެންދިޔައެވެ. މަޔާން ވާހަކަދައްކަން މަސައްކަތްކުރި ތަންވަޅަކަށްފަހު ވަރުދެރަވެގެން މަޔާންގެ ބޯ ފަހަތަށް އެލުނެވެ.

*** *** *** *** *** ***

އިންޖެކްޝަންގެ އަސަރުކެޑުމާއިއެކު މަަޔާން ލޯހުޅުވާލިއިރު ރޭގަނޑުގެ އެއްދަން ފާއިތުވެގެން ހިނގައްޖެއެވެ. ހަށިގަނޑަށް އެއްވެސް ހަރަކާތެއް ގެނައުމެއް ނެތި އޮވެފައި މަޔާން ދެތިން ފަހަރަކު އެސްފިޔަތައް ތަޅުވާލިއެވެ. އެއާއިއެކު ވަށައިގެން ކަޅި ހިންގާލީ އޭނައަށް އޮވެވުނު ތަން ދެނެގަންނަން ބޭނުންވެފައި އޮވެއެވެ. އޭނަގެ އެންމެފަހަށް ހަނދާންހުރީ ހައިޒަލް އޭނަގެ ގައިގައި ހިފަހައްޓާލިކަމެވެ. ދެންވީ ގޮތެއް ނޭނގުނެވެ.

އެނދުގައި އުޅަބުށި ވިއްދާލަމުން ބުރަކަށި ސީދާކޮށްލުމަށްފަހު މަޔާން އެނދުގެ ހެޑްބޯރޑަށް ލެގިލިއެވެ. އެވަގުތު ބޮލުގައި އަތްޖައްސާލެވުނީ ބޮލުގައި ނުފިލާ ރިހުމެއް ހުރީތީވެއެވެ. ހަށިގަނޑަށް އެތެރެވަމުން ދިޔަ އައިވީގެ ސަބަބުން ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް ވަރުޖެހިފައިވިޔަސް ބޯއަނބުރާ ކަހަލަަގޮތެއްވިއެވެ. ބަނޑާއި ދިމާލުން ވާންކަމެއް އިހުސާސްކުރެވުނެވެ. މަޔާން ގަމީސް ހިއްލާލަމުން ބަލާލިއެވެ. ލަނޑިބުރީގެ ހަމަލާއެރި ހިސާބުވަނީ ހުދުކުލައިގެ ބެންޑޭޖްއިން ފޮރުވާލައިފައެވެ.

ކޮޓަރީގެ ބިއްލޫރި ދޮރު ކެހިގެންދިޔަ އަޑާއިއެކު މަޔާން ގަމީސް ތިރިކޮށްލަމުން ބަލާލިއިރު ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވިއެވެ. ދެފަހަރަކު އެސްފިޔަޖަހާލެވުނީ އޭނަގެ ދެލޯވެސް އޭނައަށް ކެހިދެނީކަމަށް ހިތް ބުނެލުމުންނެވެ. މިއީ އޭނައަށް ފެންނަ ހުވަފެނެއް ހެއްޔެވެ؟

ދޮރުމަތީ ހުއްޓިލައިގެން ހުރީ ޝަލީންއެވެ. އެބޮޑު ދެލޯކަރުނުން ފުރާލައިގެން ހުރިއިރު ދެންމެ ދެންމެ ޝަލީން ރޮއެގެންފާނެކަހަލައެވެ.

“ޔާން…” މަޔާންއަށް ހަރަކާތެއް ނުގެނެވެނީސް ޝަލީން ދުވެލައިފައި އައިސް މަޔާންގެ ގައިގައި ބައްދައިގަތެވެ. އެ ހަށިގަނޑުގެ ބަރުދަން ހިފަހައްޓަން ނުކުޅަދާނަވެގެން ދެޒުވާނުން އެކީ އެނދުމައްޗަށް ވެއްޓުނެވެ. އެވަގުތު މަޔާން އޭނަގެ ދެއަތް ޝަލީންގެ އުނަގަނޑުގައި ވަށާލިއެވެ. ދެޒުވާނުންގެ ނަޒަރު ގުޅިގެންދިޔައިރު ދެހިތަށްވެސް ގޮތެއްވިއެވެ. އަދިވެސް އެއީ ޝަލީންގެ ހިތް މޮޔަކޮށްލުވާ ހިއްސުތައް ހިލުވާލައި ތޫނު ނަޒަރެވެ.

“ބޭބީ.. ބަލައިގެން…” މަޔާން އެވަގުތުވެސް ވިސްނީ ޝަލީންއާއި ޝަލީންގެ ބަނޑުގައިވާ އޭނަގެ ދަރިފުޅާއިމެދުގައެވެ. ޝަލީންގެ އުނަގަނޑުގައި ހިފައި ތެދުކޮށްލަމުން މަޔާން އެނދުގެ ފަޑިއަށް ލެގިލިއެވެ.

“ޔާން ކިހިނެތްވީތަ… ވަރަށް ތަދުވޭތަ؟” މަޔާންގެ ތުންފަތްމަތީ ފެޅިފައިވާ ތަންކޮޅުގައި އިނގިލި ޖައްސާލަމުން ޝަލީން ބުނެލިއިރު އެ ކޯތާފަތްމަތީ ކަރުނަތައް ބޮސްދޭންފަށައިފިއެވެ. މިއީ ދުނިޔެއިންވެސް އޭނަ އެންމެ ލޯބިވާ އިންސާނާއެވެ. ކުޑަވެސް އަނިޔާއެއް ނުދީ ރައްކާކުރަން ބޭނުންވާ ހަށިގަނޑެވެ. ކުޑަވެސް ކޫރުމެއް އެޅޭކަށް އޭނަގެ ހިތަކަށް ނުރުހެވޭނެއެވެ. ހުރިހާ ނަފްރަތެއް ފަހަތަށް ދޫކޮށްލައިފައި އާދެވުނީ މަޔާންދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

“ޝަލީ ފެނުނީމަ ހުރިހާ ރިހުންތަކެއް ފިލައިގެން ގޮސްފި…” މަޔާން ޝަލީންގެ އަތުގައި ހިފާލަމުން އެ މަޑު މަޑު އަތަށް ބޮސްދިނެވެ. އޭނަ ގާތުގައި ޝަލީން މިގޮތަށް ހުންނާނޭނަމަ މުޅިއުމުރު ބަލި އެނދުގައި އޮންނަންވެސް އޭނަގެ ފަރުވާލެއްނެތެވެ. އޭނަގެ ބޭގަރާރުހިތަށް ޝަލީން ނޫން ފަރުވާއެއްނެތެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭންވެސް އިހުސާސްނުވާފަދައިން މަޔާން ހިނިތުންވެލައިގެން އިންއިރު އެ ދެލޯވެސް ވިދަމުންދާފަދައެވެ. އެލޮލުގެ ތެރެއަށް ގެނބިގެންދިޔަ ވަގުތުކޮޅަކަށްފަހު ޝަލީން އެނދުން ތެދުވިގޮތަށް ދުރަށް ހިނގައިގަތްފިއެވެ.

މަޔާންގެ އެނދުންތެދުވިގޮތަށް ހިނގާލައިފައި އައިސް ޝަލީން އެއަތުގެ ތެރެއަށްލިއެވެ. ޝަލީންގެ ބަނޑުގައި މަޔާންގެ ދެއަތްވަށާލިއިރު ޝަލީންގެ ކޮނޑުގައި ދަތްދޮޅިއަޅުވާލިއެވެ. އެކުޑަ ގާތްވެލުމުންވެސް ޝަލީންގެ ހަށިގަނޑުގެ ކޮންމެ ސެލްއަކަށް އެންގުންވެލައިގެންދިޔައެވެ. މަޔާންގެ އަތުތެރެއިން ދުރަށްދާކަށް ނޭދެވުނެވެ.

“އަހަންނަށް އެނގޭ އަހަރެންނަށް ޝަލީގެ ހިތުގައި ވަރަށްޖެއްސުނުކަން… ޝަލީއަށް ޓްރަސްޓް ނުކުރެވުނުކަން އަހަރެން އަމިއްލައަށްވެސް ގަބޫލުކުރަން… އަހަރެން ކުށްގަބޫލުކުރަން… އެކަމަށް ހާސްފަހަރު މައާފަށް އެދުނަސް އެވަރަކުން ނުވެސް ފުދޭނެ… އައިމް ސޮރީ ބޭބީ…. ޓްރަސްޓް މީ… އެދުވަސްތައް ޝަލީގެ ހިތުން ފުހެވޭހާ ބޮޑަށް އަހަރެން ޝަލީއަށް ލޯބިދޭނަން… ދުވަހަކު ދެން ޝަލީ ދެރަވާކަމެއްނުކުރާނަން… އަހަންނަށް ޝަލީއާއި އަހަރެމެންގެ ބޭބީ މުހިންމުވަރު ބުނެދޭކަށް ނޭނގެ… ޕްލީޒް އިތުރަށް އަހަރެންގެ ކެތްތެރިކަން އިމްތިހާނުނުކުރޭ…” މަޔާންގެ ކޮންމެ ޖުމްލައެއް ޝަލީންގެ ހިތުގެ އެންމެ ފުނަށް އަސަރުފޯރުވިއިރު ލޮލުގެ ތެރޭ ވިދަމުންދިޔަ ކަރުނަތިކިތައް ކޯތާފަތުން ތިރިއަށް ދެމުނެވެ.

”ނޫން… ބޭބީ ނުރޮއެބަލަ… މިލޮލުން ކަރުނަ ދެކުމަކީ އަހަރެން ދެކެން ބޭނުންވާ މަންޒަރެއް ނޫނޭ…”  މަޔާން ޝަލީންގެ އުނަގަނޑުގައި ހިފައި އޭނައާއި ދިމާލަށް އަނބުރާލިއިރު އެލޮލުގައި ވިދަމުންދިޔަ ކަރުނަތަކުން ހިތުގައި އުފެދުނު ރިހުން އޭނަގެ ޒަހަމްތަކުން އުފެދުނު ރިހުންތަކަށްވުރެ ވަރުގަދައެވެ. މަޔާން ޝަލީންގެ ދެލޮލުގައި ބޮސްދިނެވެ.

“އަދިވެސް ޝަލީ ބޭނުމިއްޔާ ޓައިމްދޭން އަހަރެން މިހުރީ… ބޭބީ ބޭނުންދުވަހަކުން އަންނަންވީ…  އަބަދަށްވެސް އިންތިޒާރުކުރާނަން…” މަޔާން ވާހަކަދައްކަމުންދަނިކޮށް ޝަލީން މަޔާންގެ އަނގަމަތީގައި އަތްއަޅާލިގޮތަށް އެ ޖުމްލަތައް މެދުކަނޑާލިއެވެ. އެވަގުތު ޝަލީން މަޔާންގެ އުނަގަނޑުގައި އަތްއަޅުވާލިގޮތަށް ގާތްވެލާ މަޔާންގެ މޭގައި މޫނު ފޮރުވާލިއެވެ.

“ދެން ބޭނުމެއްނޫން ޔާން އިންތިޒާރުކުރުވާކަށް…. މިހެން ދުރުގައި އުޅުމަކީ ހާދަ އުނދަގޫކަމެކޭ… އަހަރެން ހިތުގެ ވިންދާއި ވަކިން އުޅެވޭފަދަ… ޔާން… އައި ލަވް ޔޫ… ދުވަހަކު މިލޯތްބަކަށް ބަދަލެއް ނާންނާނެ… މިހެން ބުނަން އެހާ ވަގުތު ނެގީތީ އަހަންނަށް މައާފުކޮށްދޭނަންދޯ…. ދެން ޔާންއާއި ނުލާ އުޅެން ކެތެއްނުވާނެ… ޔާން ދޫކޮށްލައިފަައި އަހަރެންދާވަރުގެ ކަމެއް ޔާން ދުވަހަކު ނުކުރައްޗޭ…” ޝަލީން އިސްއުފުލާ މަޔާންގެ މޫނަށް ބަލާލިއެވެ. އަމިއްލަ ހިތާއި ހަނގުރާމަކުރަމުން އޭނަ ލައްކަ ކެތްކޮށްފިއެވެ. މިހުރިހާ ދުވަހުވެސް އޭނަގެ ހިތް ތަކުރާރުކޮށް މަޔާންްއަށް އެދިގޮވިއެވެ. މަޔާންއާއި ދުރުގައި އުޅުމަކީ އޭނަގެ ހަށީގައި ވިންދުހުރެގެންނުވާނޭކަމެއްކަން މިއަދު ކަށަވަރުވެއްޖެއެވެ. އޭނަ ދަމާ މަޔާންގެ ގާތަށް ގެނައީ އެދެމެދުގައިވީ ލޯބީގެ ބާރެވެ.

“ބޭބީ އައި ލަވް ޔޫ…” ހިތަށް ލިބުނު އުފާ ލަފްޒުތަކެއްގެ ގޮތުގައި ފާޅުކުރަން މަޔާން ނުކުޅެދުނެވެ. އެތަށް އިހުސާސްތަކަކުން ހިތް ފުރުނުވަގުތުކޮޅެކެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އޭނަައަށް މިލްކުވީފަދައެވެ.

މަޔާން ޝަލީން ލުއި ފަތެއްހެން އުފުލާލުމަށްފަހު އެނދުމަތީ ބައިންދާލަމުން ޝަލީން އެއަތުގެ ތެރެއަށް ގެނެސް ހައްޔަރުކޮށްލިއެވެ. އެ މަޑުމަޑު ކޯތާފަތުގައި ތުންފަތް ޖައްސާލަމުން މަޔާން އޭނަގެ އަތްތިލަ ޝަލީންގެ ބަނޑުގައި ޖައްސާލިއެވެ.

“ފައިވް މައިންތްސް ދޯ މިހާރު… ބޭބީ މޫވްކޮށްފިތަ… ޑެޑީގެ އަޑު ފާހަގަކުރަން އިނގޭނެދޯ…” މަޔާން ވާހަކަދެއްކިއިރު ޝަލީން ލުއިލުއިކޮށް ހީލިއެވެ. ދަރިފުޅަކީ އޭނަގެކަން އިނގުނުފަހުން މަޔާން ކެތްތެރިކަމެއްނެތި ކަލަންޑަރުން ދުވަސްތައް ކެނޑިއެވެ. ދަރިފުޅު ދެކޭ ހިތުން އޭނަގެ ހިތްވަނީ ކެތްތެރިކަން ކުޑަވެފައެވެ. ދުނިޔެއަށް އުފަންނުވަނީސް އެ ކުޑަކުޑަ ފުރާނަ ހިތުން ބައެއް މިލްކުކޮށްލައިފިއެވެ.

“މައި ޓޫ ބޭބީސް އައި ލަވްޔޫ….” މަޔާން ޝަލީން އެއަތުގެ ތެރެއަށްލާ ފިއްތާލަމުން ބުނެލިއިރު އެއަޑުގައިވި އަސަރަކުން ޝަލީންގެ ގައިން ހީބިހިހަލުވައިލިގޮތަށް ހިތާއި ކުޅެލިއެވެ. ހިތް ލޯބިން ފުރުނުއިރު އުފާވެރިކަން ޝަލީންގެ ދެލޮލުން ކަރުނައިގެ މުތީތަކެއްގެ ގޮތުގައި ނިރާލައިފިއެވެ. އެއާއިއެކު ޝަލީންއަށް ދެލޯ މަރައިލެވުނީ މަޔާންގެ ފަރާތުން ލިބުނު ހަދިޔާތަކުން ލިބުނު އަރާމެއްގެ ބޮޑުކަމުންނެވެ.

*** *** *** *** *** ***

ޝަލީން މަޔާންއާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ދިޔަތާ އިރުކޮޅެއްފަހުން ހައިޒަލް ކޮޓަރިއަށް ވަދެލިއެވެ. އެ މޫނުމަތީވީ ލާނެތް ހިނިތުންވުމާއިއެކު މަޔާންއަށް އެއްލޯ މަރާލިގޮތުން މަޔާންއަށްވެސް ހެވޭގޮތްވިއެވެ. ޝަލީން ހޮސްޕިޓަލުން ފެނުމަކީ ހައިޒަލްގެ ކަމެއްކަން ޝައްކެތް މިންވަރަށް ޔަގީންވިއެވެ.

“ނޯ ނީޑް ޓު ތޭންކް މީ…” މަޔާން ބަލަހައްޓައިގެން އިން ގޮތްފެނިފައި ހައިޒަލް ބުނެލިއެވެ.

“ނޫނޭ ތޭންކްސް ބްރޯ ވަރަށް ބޮޑަށް… އެކަމް ކީކޭ ކިޔާފައި ހައި ޝަލީ ގެނައީ…” މަޔާން އޮޅުންފިލުވަންވެގެން ސުވާލުކުރިއެވެ.

“ބަޔަކު ތަޅައިގަތީ އޭ ބުނީ… ޝަލީ ރުއިވަރުން އެހެން ބުނެވުނީތީވެސް މަށަށް މޮޔަހީވި… އެކަމަކު ކޮންމެގޮތެއް ހަދައިގެންވެސް ތިދެމީހުން އަލުން އޯކޭކުރަން އެބަޖެހެއެއްނު… ޕްލޭން ސަކްސްސެސްޕުލް… ޝަލީ ނާހާތަ ޔާން ގާތަކު… ގެސް ނޮޓް… ރޮމްވީވަރުން ހަނދާނެއްވެސް ނެތްދޯ… މަވެސް ވަދެލަން އައިސްފައި މާ ރޮމް ސީންއެއްގައި ތިބީމަ އުނދަޫގުނުކުރަން ދިޔައީ…” ފަހު ޖުމްލަތައް ބުނެލިއިރު ހައިޒަލްގެ މޫނުމަތީވީ ލާނެތްކަމާއި ނުސިޔާނުކަމެވެ.

“ދިމާކުރާނެކަމެއްނެތޭ… އަސްލު ކިހިނެތްތަވީ؟” މަޔާން ރަކިވިއިރު މޫނަށް ވެރިވިކުލަވަރު ފޮރުވާލަމުން ސުވާލުކުރިއެވެ. އެއާއިއެކު ހައިޒަލް ވަގުތުން މޫނު ހަދާލަމުން ބުމަ ގުޅުވައިލައިފިއެވެ.

“ކިހިނެތްހޭ ވީ.. އިޑިއެޓް.. ޔޫ ކުޑް ހޭވް ޑައިޑް… އިނގޭތަ މަށަށް ދެވުނުއިރު އައްމާރު އެ ދަގަނޑުބުރި މަޅާލީ.. އެއިން ޔާން ބޮލުގައި ޖެހިނަމަ ދުނިޔޭގައި ހުރީސްތަ؟ ހޭކަނޑާލައިފައި އައިރު ގުޅީވެސް އައްމާރުގެ މީހެއް… މިކް އިނީ މަށާއިއެކީ…” ހައިޒަލް ވަގުތުން ހިފައިގަތުމާއި އެކު މަޔާން އަނގަހަދާލިއެވެ. އެދެމެދުގައި ދެން ވާހަކަދެކެވެންފެށީ އެހެން މައުޞޫއުއަކަށެވެ.

“ޔޫ ޝުޑް ބީ ކެއަރފުލް… އައްމާރު އެހުންނަނީ މީހަކު މަރާހާ ޓެންޝަންގައި… ޔާންއަށްކަމެއްވިނަމަ މަ ޝަލީއަށް ދައްކާނީ ކޮން މޫނެއް؟” ހައިޒަލް ވިސްނާލައިފައި ކުޑަކޮށް މައިތިރިވެލިއެވެ.

“ޝަލީއަކަށް އެތިފަހަރެއް ނާންނާނެތަ؟” މަޔާން ހާސްވެފައި އަހާލިއެވެ.

“އިހަށް އަމިއްލަ މީހާއިމެދު ވިސްނަބަލަ.. ޝަލީ.. ތިދެމީހުންގެ ގުޅުން އިނގޭނޭ މީހަކު ނުހުންނާނެއެއްނު… އެހެންނޫނަސް ޝަލީއަކީ އިޝާރުގެ ދަރިފުޅު.. އެހެންވީމަ ޝަލީއަކަށް ކަމެއްނުކުރާނެ… ނުރައްކާ އޮތީ ޔާންއާއި ނައިނާއަށް… އަހަރެން މިކަމުގައި އުޅޭކަން އިނގިއްޖެނަމަ ނައިނާއަށް ޑޭންޖަރވާނެ… އެމީހުންނަށް މަށާއި ނައިނާގެ ރިލޭޝަންއެއް އޮތްކަން އިނގޭނެ…” ހައިޒަލް ނިއްކުރިމަތީ އަތްހިންގާލަމުން ވާހަކަދެއްކިއެވެ.

“މިވީގޮތުން މާރަނގަޅޭ.. އައްމާރުގެ މުއްދަތު އިތުރުވީ.. ސިސީޓީވީ ފުޓޭޖްތައް ފެނިއްޖެއްޔާ އަހަންނާއި މާރަމާރި ހިންގިކަމުގެ ކުށް އޭނަގެ މައްޗަށް ސާބިތުނުވާނޭގޮތަކީ ނެތްގޮތެއް…” މަޔާން ބުމައަރުވާލަމުން ބުނެލިއެވެ. މަޔާންގެ ވިސްނުން ހުރިގޮތް އިނގިފައި ހައިޒަލް ހިނިއައެވެ.

“މީހާ ފުޑޭވަރުވިޔަސް ތިކަހަލަ މޮޅު ވިސްނުންދޯ އަންނަނީ…” ހައިޒަލް ރުޅިއަންނަކަމަށް ހެދެމުން މަޔާންގެ ބޮލުގެ ފުއްކިބައިގައި ޖަހާލިއެވެ.

އެދެމެދުގައި އިތުރަށްވެސް ބައެއް ވާހަކަތައް ދެކެވުނެވެ. ބޮޑަށް މިހާރު ބަލަމުންދާ ކޭސްގެ މައްސަލަތަކެވެ. ލޯބީގެ ވާހަކަތައްވެސް އެކަކު އަނެކަކާއި އެހާ ފަސޭހައިން ހިއްސާކުރެވުނީ ލޯބީގައި އެއްހާލަތެއް ތަޖުރިބާކޮށްފައިވާ ދެލޯބިވެރިންނަށް ވާތީއެވެ. ނޫނީ ނޭނގިނަމަވެސް އެދެމެދުގައި ބިންގާއެޅިފައިވާ ގުޅުމުގެ ވަރުގަދަކަމުންނެވެ.

*** *** *** *** *** ***

މިދުވަސްކޮޅަކީ އަލްހާންއަށް މުޅިންހެންވެސް ބޯހާސްކުރާކަހަލަކަންތައްތަކާއި ކުރިމަތިވަމުންދާ ދުވަސްކޮޅެކެވެ. ފުރަތަމަ އެމް.އެލް.ކޭ ހޮޓެލްގައި ހިނގި އަލިފާނުގެ ހާދިސާއެވެ. އެތައް ލާރިއެއް ހަރަދުކޮށްގެން އިމާރާތްކުރި އިމާރާތް އަނދާއަޅިއަށްވެދިޔަ ދުވަހަކު ފޫނުބެއްދޭވަރުގެ ގެއްލުމެއް މުޅި ކުންފުންޏަށް ދީފައެވެ. ނުވިތާކަށް އޭ.އެޗްގެ މައްސަލަގަނޑު ފެންމަތިވެގެން ދިޔައީ އަލްހާން ނުވެސް ވިސްނާ ހުއްޓައެެވެ.

ދުވަސްތައް ފާއިތުވަމުންދިޔަވަރަކަށް އަލްހާންގެ އުޅުމާއި މިޒާޖަށް ބަދަލުތަކެއް އައެވެ. ހަމަހިމޭންކަމާއިއެކު ހިޔާލަކަށް ގެއްލިފައި ހުންނަވަގުތުތައް ގިނަވިއެވެ. ކުއްލިއަކަށް ބަހާއި އަމަލު މަދުވެ މީހާ ވަރަށްބޮޑަށް މަޑުމައިތިރިވެގެންދިޔައެވެ. ކުންފުނިން އައުމާއިއެކު އަލްހާންގެ ގިނަ ވަގުތު ހޭދަކުރައްވަމުންދިޔައީ ގުދުރަތީ ރީތިކަން ފެންނަ ހިސާބުގައެވެ. ނޫނީ ތަޅުލާފައި ހުންނަ ކޮޓަރީގައެވެ. އެކޮޓަރިގެ ތެރޭގައި އަލްހާން ކުރައްވާކަމެއް ނޭނގެއެވެ. އަޒްހާންގެ ވަކިވުމާއިމެދު ހިތާމަކުރައްވަނީހެން ހީވެއެވެ.

މަޑުމަޑުން ވިންޓަރބްރީޒްގެ މާހައުލު ބަދަލުވަމުންދިޔައެވެ. ކޮމްޕެނީއާއި ވަޒީފާއިން އަންނަގޮތަށް އެމީހަކު ކޮޓަރީގައި ބަންދުވެގަތުން އާދައަކަށްވިއެވެ. ރޭގަނޑުގެ ސުފުރާދަށުން އެންމެން އެއްތަންވިޔަސް ދެކެވޭ ވާހަކަތައް ވަކިން މަދުވިއެވެ. ވަކީން ހާއްސަކޮށް އަލްހާންއެވެ. ރިހާނާގެ މޫނުމަތިންވެސް ނުުފިލާ ހުންނަ ނުތަނަވަސްކަމަކާއި ހާސްކަމެއް ފެންނާން ފެށިއެވެ. ހައިޒަލް ގިނަރޭރޭ ރޭގަނޑުގެ ކެއުމުގައި ބައިވެރިނުވެ އުޅެނީ ކޮންތާކުކަމެއް ޝަލީންއަކަށްވެސް ނޭނގެއެވެ. ގިނަ ރޭރޭ ޝަލީން ނިދާއިރުވެސް ހައިޒަލް ގެއަށް ނާންނައިރު ހޭލާއިރު ސޯފާގައި ނިދާފައި އޮވެދާނެއެވެ. ކޮމްޕެނީއިން ނިމިގެން ގެއަށް ވަދެލާފައި ނިކުމެގެންދާ މީހާ ދެން ފެނިލާނީ އަނެއް ދުވަހު ހެނދުނަށެވެ. ޝަލީންގެ ހިތުގައި ސުވާލުތައް ފުނިޖެހުނެވެ. އަލްހާން އަދި ރިހާނާގެ ބަދަލުވެފައިވާ މިޒާޖު އޭނަގެ ބިރުވެރިކަން ނުއުފައްދާ ވަރެއް ނޫނެވެ. އެންމެންނަށް ނުބައި ހަބަރެއް ލިބިގެން އުޅޭފަދައެވެ.

*** *** *** *** *** ***

ރޭގަނޑުގެ ކެއުމަށް އިންސާފްކުރަން އިޝާރުއާއި އިޔާނާ ތިބިއިރު ލިވިންރޫމްގައި ހުޅުވާލެވިފައިވާ ޓީވީގެ އަޑު ޑައިނިންރޫމްއަށް ރީތިކޮށް އިވެމުންދިޔައެވެ. ރޭގަނޑުގެ ހަބަރު ކިޔަމުންދިޔައިރު ގެނެސްދެމުންދިޔައީ އޭ.އެޗް.ފިނޭންޝިއަލްގެ ރިޕޯޓެކެވެ. މިދުވަސްކޮޅު އޭ.އެޗްއާއި ބެހޭ ރިޕޯޓްތަކާއި ހަބަރުތައް ތަންކޮޅެއް ގިނަވެފައިވަނީ 21 އަހަރު ފަހުން އެ ކޭސް އަލުން ބަލަމުންދާތީއެވެ. އިޝާރުގެ މޫނުމަތިން ފެނިލި ތަރުޖަމާކުރަންދަތި ކުލަވަރާއިއެކު އިޔާނާގެ ސަމާލުކަން އެ ރިޕޯޓްއަށް ދެވުނެވެ.

“ހައިޒަލްގެ މަންމައާއި ބައްޕަ ނިޔާވި ހާދިސާދޯ އެއީ.. ހައިޒަލްއަށް އިނގޭތަ ރިހާނާއި އަލްހާންއަކީ އަސްލު މަންމައާއި ބައްޕަ ނޫންކަން؟” އިޔާނާ ސުވާލުކޮށްލިއިރު ޖަވާބެއްގެ ގޮތުގައި އިޝާރު ބޯހޫރާލިއެެވެ.

“މިހާދުވަސްފަހުން އިނގިގެން ހިތަށް ތަދުވުން ނޫންކަމެއްނުވާނެ.. އަސްލު މައިންބަފައިންނޫނަސް ހައިޒަލްއަށް ލިބިފައި އެތިބީ ކިހާ ލޯބިވާ މަންމައާކާއި ބައްޕައެެއް..” އެއީ އިޔާނާ ގަބޫލުކުރާގޮތެވެ. ދެއާއިލާގެ ގޮތުގައި އެދެމެދުގައިވާ ގުޅުން ބަދަހިވެފައިވިޔަސް އިޔާނާއަށް މިވީހާތަނަށްވެސް ފެނިފައިވަނީ ރިހާނާ ދެއްކި ކުލައެކެވެ. އަމިއްލަ ފިރިމީހާއާއި އަލްހާންއާއިވެގެން ހައިޒަލްއަށް މަޖުބޫރުކުރުވިގޮތްވެސް އޭނައަށްވަނީ ސިއްރުވެފައެވެ.

“މިހާ ދުވަސްފަހުން ހައިޒަލްއަށް އެކަން އިނގިދާނެއަތީ އަލްހާން ހުރީ ކަންބޮޑުވެފައި.. ވަގުތުނެތިގެން މި މީހުން ކުރާ ކަންތައް.. އެހާ ދުވަސްފަހުން ކަންކަން ކޮނެގެން ނަގަން އުޅުނީމަ އިތުރަށް އެ ހަނދާންތައް އާވެ ހިތަށް އުނދަގޫވާނީ…” އިޝާރު ތަބީއަތަށް އަސަރުކުރިވަރުން އިތުރަށް އަރުތެރެއިން އެއްޗެއް އެތެރެކުރަން އުނދަގޫވިއެވެ. ތަށި ދުރަށް ޖައްސާލުމަށްފަހު މޭޒުދަށުން ތެދުވަމުން ޓީވީ ނިއްވާލުމަށް ޒޭބްއަށް އެންގިއެވެ. އޭ.އެޗް ފިނޭންޝިއަލް އެނަމުން އެކަނިވެސް އޭނަ ހަނދާން ނައްތާލަން ބޭނުންވާ ދުވަސްތަކެއް ހަނދާންކޮށްދީފިއެވެ. އޭނަގެ ހިތުގެ ތެރޭގައި އެދުވަސްތައް ފޮރުވާލައިގެން ހުރެފައި އަލުން ހަނދާންކުރަން މަޖުބޫރުވިއެވެ. ވަގުތާއިއެކު ހަނދާނަކީ ފުހެވިގެންދާ އެއްޗަކަށްވިޔަސް އިޝާރުއާއިމެދު އެގޮތަކަށް ކަންތަކެއްނުވިއެވެ. އޭނަގެ ސިކުނޑީގައި އެދުވަހުގެ ކޮންމެ ހަނދާނެއް ކަނޑާނެގިފައިވަނީ ދުވަހަކު ކެޑިނުދާނޭފަދަގޮތަކަށެވެ.

ރޭގަނޑުގެ ކެއުމަށްފަހު މޭޒުމަތީ ހުރި ތަށިތައް ނަގަން ނޯކަރު ކުއްޖާއަށް އެންގުމަށްފަހު ރިހާނާ ސިޑިބަރިން އަރަންފެށީ ތަނބަކުގައި ހޫނު ކިރުތައްޓެއް ބަހައްޓައިގެން ހުރެއެވެ. ޑިޒައިނަރ ސިޑި ބަރިންލާފައި ގޮސް އިޔާނާ އެއްއަތުން ދޮރުހުޅުވާލަމުން އިޝާރުގެ ސްޓަޑީއަށް ވަދެލިއެވެ. ނިދުމުގެ ކުރިން ފޮތް ބަލަން އިނުމަކީ އިޝާރުގެ އާދައެކެވެ.

ސޯފާގެ ކުރިމަތީ އިން ކުޑަމޭޒުމަތީ ކިރުތަށި ބެހެއްޓުމަށްފަހު އިޝާރުގެ މޭޒާއި ދިމާލަށް ހިނގައިގަތް އިޔާނާ ހިތާހިތުން ކުދިކިޔާލީ ތަރުތީބު ގެއްލިގެން މޭޒުމައްޗަށް ވިހުރިފައިވާ ކަރުދާސްތައް ލޮލުގައި އަޅައިގަނެފައެވެ. އިޝާރު ނުރުހުނަސް ދޭތެެރެއަކުން ސްޓަޑީއަށްވަދެ އެތަން ރަމަތަކޮށްލުމަކީ އިޔާނާ ކުރާކަމެކެވެ. ނަމަވެސް އެކަމުގެ މާބޮޑު ބޭނުމެއްނޯންނަނީ އިޝާރު ތަނުގެ ތަރުތީބު ގެއްލުވާލެއް އަވަސްކަމުންނެވެ.

މޭޒުމަތީވާ ކަރުދާސްތައް އެއްކޮށްލަމުން އިޔާނާ ގަނޑުތައް އެއްވަރުކޮށްލިއެވެ. އެވަގުތު އެންމެ މައްޗަށް އޮތް ގަނޑަށް ބަލާލެވުނީ އެއްޗެއް ދެނެގަންނަން ބޭނުންވެގެނެއްނޫނެވެ. ނަމަވެސް އެ ގަނޑުގައި އިން ނަމެއް ފެނިފައި އިޔާނާ އެ ގަނޑު ކިޔާލާހިތްވިއެވެ. ބާކީހުރި ކަރުދާސްތައް މޭޒުމަތީ ބަހައްޓާލުމަށްފަހު އިޔާނާ އެ ގަނޑު ހިފާލައިގެން ހުރެ މޭޒަށް ކުޑަކޮށް ލެގިލިއެވެ.

ސޭފްރޫމްއިން ނިކުމެގެން އައި އިޝާރުއަށް ފެނުނު މަންޒަރަކުން މެޔަށް ފެންއެއްޗެއް އަޅާލިހެން ހީވެއެވެ.

“އިޔާނާ…” އިޝާރުގެ ބާރު އަޑާއިއެކު އިޔާނާ ސިހިގެންދިޔަވަރުން އަތުން ޖެހި މޭޒުމަތީގައިވާހާ ފައިލްއެއް ބިންމައްޗަށް ފައިބައިގަތެވެ. އިޝާރު ވިދުވަރެއްހާ ބާރުމިނުގައި އައިސް އިޔާނާގެ އަތުގައި އޮތް ގަނޑު ޖަހައިގަތެވެ. ވީގޮތެއް ނޭނގިހުރެފައިވެސް ސުވާލުކުރުމެއްނެތި ބިންމަތީ ހޫރިފައިވާ ފައިލްތައް ނަގަން އިޔާނާ އުޅުމާއިއެކު އިޝާރު އޭނާގެ އަތުގައި ހިފާ ދުރަށްލައިފިއެވެ.

”އިޔާނާ ކައިރީ ކިތައްފަހަރު ބުނަންވީ އަހަރެން ބަހައްޓާފައި ހުންނަ ލިޔުންތައް ބަލާ ފާސްނުކުރާށޭ…” ހިތްވެސް ހުއްޓުނުހެން ހީވިވަގުތުކޮޅަކަށްފަހު އިޝާރު ރުޅިވެރިކަން ދައްކާލިއެވެ. އިޔާނާގެ ކުރިމަތީގައި އޭނާގެ ކަޅު ސިއްރު ފާޅުވެގެންނުދިޔައީ އޭނަގެ ނަސީބުގަދަކަމުންނެވެ. އެންމެ ސިކުންތުވެސް ލަސްވިނަމަވެސް ކަންތައް ވެގެންދާނޭ ގޮތެއް އަންދާޒާކޮށްލާކަށްވެސް އޭނަ ބޭނުމެއްނޫނެވެ. އެގަނޑުގައިވާ ކޮންމެ ލަފްޒަކީ އިޔާނާއަށްޓަކައި ޒަހަރަކަށްވުރެ ވިހަ އެއްޗެކެވެ. އެއީ ފޮރުވިފައިވާ އޭނަގެ އަނދިރި ފަރާތެވެ. މިހުރިހާ ދުވަހު ސޭފްގައި އެ ލިޔުންތައް ރައްކާކޮށްގެން އުޅުމަށްފަހު ނަގަން ޖެހުނީ މިދުވަސްކޮޅުގެ ގޮތުން އަމިއްލަ ރައްކާތެރިކަމެއް ހޯދަން އޭނައަށް ޖެހިފައިވުުމުންނެވެ.

“އިޝާރު…” އެހެން ފަހަރުތަކަކާއި އެއްގޮތަށް އިޝާރުގެ އެންމެ ރުޅިވެރިބަލާލުމާއިއެކު އިޔާނާ ހިމޭންވިއެވެ.

“ނިކުމޭ…” ކެތްތެރިކަން ކޮޅުންލަމުންދިޔަ އިޝާރު ރުޅިވެރިކަމާއިއެކު އަމުރުކުރުމާއިއެކު އިޔާނާ ދުވެފައި ސްޓަޑީއިން ނިކުތެވެ. އޭރު އިޔާނާގެ ލޮލުގައި ކަރުނަ ވިއެވެ.

ފިރިމީހާއަށްވާތީ އަދި ވާލޯތްބަކުން އިޝާރު ހެއްދިހާގޮތެއް އިޔާނާ ހެދިހުންނައިރު މިއަދާއި ހަަމަޔަށް އެހިތުގައި އެތައް ޝަކުވާތަކެއް ފުނިޖެހިފައިވެއެވެ. އޭނަގެ ހިތަކީވެސް ވިންދުޖަހަމުންދާ މަސްކޮޅެކެވެ. އެ ހިތުގައިވެސް ވޭންއަޅާނެއެވެ. އޯގާވެ ބަސްބުނެލާ އަޑުއަހާލަން ހިތްވެސް އެދޭނެެއެވެ. ހަލާލު އަނބިމީހާގެ ހިތުގެ އިހުސާސްތައް އިޝާރުއަށް އިނގޭނީ ކޮންދުވަހަކުންބާވައޭ އިޔާނާގެ ހިތަށް އަރައެވެ. އޭނަގެ ކުރިމަތިން މިހާރު މިފެންނަނީ އޭނަ ލޯބިވެގެން ކައިވެނިކުރި އިޝާރު ބާވައޭ އިޔާނާގެ ހިތަށް އަރާފަހަރު މަދެއްނޫނެވެ. މީހުން ބުނަނީ ތެދެކެވެ. މުއްސަނދިކަމެއް ލިބުމަކީ ތިމާއަށް މަގުއޮޅި އަމިއްލަ މީހާވެސް އޮޅޭ ކަމެކެވެ.

އިޝާރުއަކީ މެދުފަންތީގެ ދިރިއުޅުމެއް އުޅެމުންދިޔަ ދެމަފިރިއަކަށް ލިބިފައިވާ ހުރި ހުރިހަމަ އެކަނި ދަރިފުޅެވެއެވެ. އިޝާރުއާއި އިޔާނާގެ ކައިވެންޏަކީ ދެމީހުންވެސް ބޭނުންވެގެން ގޮށްޖަހާލި ގުޅުމެކެވެ. ރައްޓެހިވެގެން ހޭދަވި ފޮނި ދުވަސްތަކާއިއެކު ދެމަފިރިން ފެށި ހަޔާތް އަމާންއޮމާންކަންމަތީ ކުރިއަށްދިޔައީ ޝަލީން ލިބުމާއި ހަމަޔަށެވެ. ޝަލީން އުފަންވީއްސުރެ ސިއްހީ މައްސަލަތަކެއް ދިމާވަމުން ދިޔުމާއިއެކު އެ ކުއްޖާގެ ބަލިކަމާއިހެދި ލިބޭހާ ލާރިއެއް ހޭދަވަމުންދިޔައީ އެކުއްޖާގެ ފަރުވާއަށެވެ. ދޮށީ ދަރިފުޅު ޝަޔަމްއަކީ ނުހަނު ޝަކުވާ ގިނަ ކުއްޖެކެވެ. އަތުގައި ލާރިއެއްނެތިގެން އުޅޭއިރު ޝަޔަމް ކަންކަމަށް ބޭނުންވެގެން ކުރާ ޝަކުވާތަށްވީ އިޝާރު ރުޅިގަދަކުރުވާ ސަބަބަށެެވެ. އެއިންކޮންމެފަހަރަކު އިޝާރުގެ ރުޅިވެރިކަން ބާލަން ހުންނަނީ ކެތްތެރިކަމުގެ ދެވަނައެއްނެތް އިޔާނާއެވެ. ރުޅިގަނޑު މައިތިރިވާ ކޮންމެފަހަރަކު އިޝާރު އިޔާނާގާތުން މައާފަށް އެދި ލޯބިވާވަރު ބުނެދެއެވެ.

އިޝާރުގެ ނަސީބު އަތުގައި ހިފީ ކުއްލިއަކަށެވެ. އޭރު އިޝާރު އުޅެމުންދިޔައީ އަމިއްލަ ކުންފުންޏެއްގެ ޖެނެރަލް މެނޭޖަރެއްގެ ގޮތުގައެވެ. އެކައުންޓްއަށް ޖަމާވި ބޮޑު އަދަދުން މައިންބަފައިންގެ ފަރާތުން ލިބުުނު ބޮޑު ބިމުގައި ގަނޑުވަރެއް އަޅާ އަމިއްލައަށް ހުޅުވި ލޯރފާރމްއާއިއެކު މުއްސަނދިންގެ ސަފުގައި އިޝާރު ހިމެނުނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައެވެ. ޝަލީންގެ ބަލި ހާލަތު ރަނގަޅުވެ ޝަޔަމްގެ ބޭނުންތައް ފުދި އަތްމަތި ތިޔާގިވެގެންދިޔުމާއިއެކު އެދެމަފިރިންގެ ދިރިއުޅުމުގައި ޖެހިފައިވާ ކުނިތައް ފިލައިގެންދާނޭކަަމަށް އިޔާނާ ހީކުރިއެވެ. ނަމަވެސް އެ މުއްސަނދިކަންވީ އޭނައާއި އިޝާރުއާއި ދެމެދުގައި ރޭނިގެންދިޔަ ފާރަކަށެވެ. ދިރިއުޅުން ތަރައްގީވިއިރު އެގުޅުން ހީނަރުވެގެންދިޔައީއެވެ. ދިރިއުޅުމުގެ ހާލަތާއިއެކު އިޝާރުވެސް މަޑުމަޑުން ބަދަލުވީއެވެ. އިޔާނާއާއި ދުރުވެ ބީރައްޓެހިވީއެވެ.

އިޔާނާ ކިތަންމެ ބޭނުންނުވިޔަސް އިޝާރުއަށް ކުއްލިއަކަށް ލިބުނު މުއްސަނދިކަމުގެ ސަބަބުން ހިތުގައި އުފެދިގެންދިޔަ ޝައްކުތައް މިވީހާތަނަށްވެސް ހިތުން ފިލުވާލެވިފައެއްނުވެއެވެ. އޭނަގެ ހަވަނަ ހިއްސަށް އިޝާރު ކަމެއް ސިއްރުކުރަމުންދާކަމުގެ އިހުސާސެއްވެއެވެ. ބައެއްފަހަރު އެކަން ކަށަވަރުވަނީ އިޝާރުގެ އަމަލްތައް ހުންނަ ގޮތުންނެވެ. އޭނައަށް ކަންކަން ފޮރުވަން އުޅޭވަރުންނެވެ. އޭނައަށް ސިއްރުކުރާވަރުގެ ކަމަކަށް އިޝާރުކުރީކޮންކަމެއް ބާވައެވެ؟ އެއީ މިވީހާތަނަށްވެސް އޭނައަށް ޖަވާބުނުލިބިފައިވާ ސުވާލެވެ. އަދި ހިނދުކޮޅަކަށްވެސް އޭނަގެ ހިތުން ނުފިލާ ސުވާލެކެވެ.

*** *** *** *** *** ***

ރިޔާޒްގެ ކެބިންގެ ދޮރުހުޅުވާލިގޮތަށް އިޒުނައަކާއިނުލާ މަޔާންއާއިއެކު މަސައްކަތްކުރާ އިންވެސްޓިގޭޝަން ޓީމް އެތެރެއަށް ވަދެގަތެވެ. އެ މީހުންގެ ފަަހަތުން މަޔާން ވަދެގެން އައުމާއިއެކު ފޯނެއްގައި އިން ރިޔާޒްއަށް ފޯނުގެ އަތްގަނޑު ބޭއްވިގޮތަށް ވަގުތުން ގޮނޑިން ތެދުވެވުނެވެ.

“މައްސަލައާއި ގުޅުންހުރި އެއްވެސް ލިޔެކިޔުމެއްވިއްޔާ ބެލުމުގެ ދަށަށް ގެނޭ… ކޮމްޕިއުޓަރުގައި ހުރި މައުލޫމާތުތައްވެސް ނަގާތި…” ރިޔާޒު އެެތާހުރިކަމަށްވެސް ހަދާނުލާ މަޔާން އޭނައާއިއެކު އައި ޓީމްގެ ޒުވާނުންނަށް އެންގިއެެވެ. ރިޔާޒު ބަލަހައްޓައިގެން ހުއްޓާ އެޒުވާނުން ހުއްދައަކާއިނުލާ މޭޒުމަތީވާ ފައިލްތަކެއް ނަގާ ފޮށިގަނޑަކަށް އަޅަންފެށިއެވެ.

“މިސްޓަރ މަޔާން… ކޮންކަމެއްކުރަން ހިތަށް އަރައިގެން ތިއުޅެނީ؟” އިށީދެގެން އިން މޭޒު ވަށާލައިފައި އައިސް ރިޔާޒު މަޔާންގެ ކުރިމައްޗަށްވާގޮތަށް ހުއްޓިލިއެވެ.

“މައްސަލައެއްގެ ތަހުގީގަށް އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ލިޔުންތައް މިގެންދަނީ.. އަޅުގަނޑުމެންނަށް އެއްބާރުލުންދެއްވާ…” މަޔާން އަދަބުވެރިކަމާއި ވާހަކަދެއްކިނަމަވެސްވީ މޫނުމަތީވީ ކުލަވަރު ތަފާތެވެ.

“އަހަރެންގެ ފިޔަގަނޑު ކޮށާލަން ހިތުލައިގެންތަ ތިއުޅެނީ… ކޮން ހެއްކެއް ލިބިގެން ތިއުޅެނީ… ނޭނގި އަމިއްލަ އަތުން ތި ސަންދޯއްޖަހަނީ…” ރިޔާޒު ހީލީ މަލާމާތުގެ ގޮތަކަށެވެ.

“އަޅުގަނޑަކީ މީހުންގެ ފިޔަގަނޑުގައި ހިފަހައްޓައިގެން ކަންކަން ހާސިލްކުރަން އުޅޭނޭ ފަރާތެއްނޫން…” މަޔާން ނުރަސްމީކޮށް ރިޔާޒުއަށް ބަހެއް އެއްލިއެވެ. އެއަށްފަހު މަސައްކަތުގައި އުޅެމުންދިޔަ ޒުވާނުންނަށް އަތްމަތި އަވަސްކޮށްލަން އެންގިއެވެ.

ރިޔާޒު ހުރީ އެހާ ފަސޭހައިން ބަލިގަބޫލުކުރާގޮތަކަށް ނޫނެވެ. އޭނާ ވެގެންވާގޮތަކުން ޓީމްގެ މަސައްކަތަށް ހުރަސްއެޅިއެވެ. އެންމެންފަހުން ގަޔަށް އަތްލާ ހިސާބަށް ދިޔުމުން މަޔާންއަށް ޖެހުނީ ރިޔާޒު ކެބިންއިން ނެރޭށެވެ. މަޔާން ނަސޭހަތްދިނެވެ. މަޔާންގެ އެންގުމަކަށް ދެޒުވާނަކު ވެގެން ރިޔާޒު ނެރުނީ ރިޔާޒުގެ ސަބަބުން މަސައްކަތްކުރަން އުނދަގޫވާ ދަރަޖައަށް ކަންތައް ދިޔުމުންނެވެ.

“ސަރ ބައްލަވާ…” ޒުވާނަކު ގޮވާލިއަޑަށް މަޔާން ފައިލްއެއް ހުޅުވާލައިގެން ހުރެފައި އެދިމާލަށް ބަލާލިއެވެ. އޭރު އެޒުވާނާ ހުރީ ޕޭޕަރ ޝްރެޑަރ ކައިރީގައެވެ. މަޔާން ބަލާލުމާއިއެކު ޝްރެޑަރތެރޭގައި ކަރުދާސްތައް ދައްކާލުމާއިއެކު މަޔާންއަށް ފައިލް ހޫރާލައިފައި އެދިމާލަށް ދެވުނެވެ. އެ ޒުވާނުގައި އަތުގައި ހުރި ކަރުދާސްތައް ފެނުމާއިއެކު މަޔާންގެ ބުމަގޮށްޖެހިގެންދިޔައެވެ. އެއީ މަޔާން ބަލަމުންދާ ކޭސްގެ ރިކޯރޑްސްތަކެވެ. ރިޔާޒު ރިކޯރޑުތައް ފޮރުވައިގެން ހުރެ ހެކި ނައްތާލުމަށް މަސައްކަތް ކުރީއެވެ. ރިކޯރޑްސްތަކުގެ ދެބައިކުޅަ އެއްބައި ޝްރެޑަރގައި އޮތްއިރު އަނެއްބައި ފެނުނީ ރިޔާޒު ތަޅުލައިގެން އުޅޭ ލޮކަރުންނެވެ. ލޮކަރުގެ ތަޅު ހަލާކޮށްގެން އެ ރިކޯރޑް ނެގުމަށްފަހު މަޔާންގެ އަމުރަށް ސްރެޑަރ ހުރި ކަރުދާސްތައް ނަގާ ބަންދުކުރެވުނެވެ. ހުރިހާކަމެއް ފޮރުވިފައިވީނަމަވެސް އަތްފުނާ އަޅައިގެންނަމަވެސް ހަޤީގަތް ތިލަކުރުމަކީ މަޔާންގެ އަމާޒެވެ.

*** *** *** *** *** ***

ރިޔާޒުގެ ހަގީގަތް ތިލަވެ ނުފޫޒު ގެއްލި ހަފަރާތުން ބެނދިގެންދިޔުމާއިއެކު އޭނާއަށް ފެނުނު އެންމެ ރަނގަޅު ހައްލަކަށްވީ ވަޒީފާއިން ވަކިވުމެވެ. އެގޮތުން އޭނައާއި ދެކޮޅަށް އައިސްފައިވާ މައްސަލަތަކުން ބޯދަމައިގަނެވޭނޭކަމަށް ރިޔާޒު ހީކުރިއެވެ. ބަލިވެ ނިކަމެތިވަގުތު މިފަހަރުވެސް އޭނަގެ މަދަދުވެރިކަމަށް އެދުނީ އައްމާރުގެ ފުށުންނެވެ. އައްމާރު ހިތްހަމަނުޖެހިފައި ހުރެވެސް ރިޔާޒުގެ އެދުން ބޮލާލައި ނުޖަހާ ގަބޫލުކުރީ އަމިއްލަ އެދުމެއް އޮވެގެންނެވެ. މަޔާންއަށް ފާރަވެރިވާނޭ ލޮލެެއް އޭނަ ބޭނުން ވެފައިވާތީއެވެ. ރިޔާޒު އެންމެ ތާޒާކަމާއިއެކު ގެނެސްދިން ހަބަރުން އައްމާރު ވަގުތުން ދޮންވިއެވެ. މަޔާންއާއި ހައިޒަލްއާއި ބައްދަލުކުރާ ވާހަކަަ އައްމާރުގެ ކަންފަތާއި ހަމަޔަށް ރިޔާޒުގެ ގެނެސްދިނީ ކިތަންމެ ދުވަހަކު އެ މަންޒަރު ލޮލުންދެކި އަތުން ހިފައިފައެވެ. އަަލުން މައްސަލަ ބަލަން ފެށީ ހައިޒަލްގެ އަތެއް އޮވެގެންކަން އިނގިގެންދިޔުންވީ ކެކިހުރި އަލިފާނަށް އިތުރަށް ދަރުއަޅާލުން ފަދަކަމަކަށެވެ. ރުޅިއައިގެން އަމިއްލަ ނަފްސު މައިތިރިނުކުރެވިފައިވާ ހުރި އައްމާރު ހޫނު ފެންއެއްޗެއްހެން ވަގުތުން ކެކިގަތެވެ.

*** *** *** *** *** ***

އައްމާރުއާއި އަލްހާން ތިބީ އާންމުކޮށް އެމީހުން ބައްދަލުކޮށްހަދާ ރެސްޓޯރެންޓްގައެވެ. އެއީ ތިންއެކުވެރިންގެ މެދުގައި ބޭއްވޭ ބައްދަލުވުންތަކުގެ މައި މަރުކަޒެވެ. އައްމާރުގެ ބާރު ހިނގާތަނަކަށްވާތީ އެތާގައި އުޅޭ މުވައްޒަފުން އިވޭކަންފަތައް ނީވެ ކަމަށް ހަދައިގެންނަމަވެސް އެމީހުންގެ ސިއްރުތައް ރައްކާތެރިކުރާނޭކަމުގެ ފުރިހަމަ ޔަގީންކަން އައްމާރަށް އޮވެއެވެ.

“އަލްހާން.. ބުނަން ކަލޭގެ އެހެރަ ފިރިހެންދަރި މައިތިރިކުރަން އުޅޭ…” އައްމާރުގެ ކިބައިން ފާޅުވަމުންދިޔަ ރުޅިވެރިކަމުން އަލްހާންގެ ނަފްސަށް ލިބިފައިވާ ހައިރާންކަން ދެގުނަވެގެންދިޔައީ އައްމާރުގެ ޖުމްލަތަކުންނެވެ.

“ހައިޒަލް…” ހައިރާންކަން އެކުލެވިފައިވާ އަޑަކުން އަލްހާން ކިޔާލިއިރު ބޮޑަށް ހީވީ ސުވާލެއްކޮށްލީހެންނެވެ.

“އާނ.. އަޒްހާންގެ ދަރި.. މަޔާންލައްވާ ހުރިހާ މި ސަކަރާތެއް ޖަހުވާ މީހަކީ އެއީ.. އެއީ ނަމުގައި ކަލޭގެ ދަރިއެއްނު.. އޭނަގެ މައްޗަށް ބާރުފޯރުވެންވާނެ.. ކުރެވުނުގޮތަކަށް އޭނަ މައިތިރިކުރޭ.. އަހަރެން މިކަމުގެ ތެރެއަށް ވަންނަން ޖެހިއްޖެއްޔާ ނަތީޖާ މާ ރަނގަޅެއްނުވާނެ… އޭނަ ކައިރީ ބުނޭ އެ އަޒްހާންއާއި ހައިލާ އޮތްތަނަށް ފޮނުވާނުލަނީސް މައިތިރިވާށޭ…” އައްމާރުގެ ދުވަހަކުވެސް އަލްހާންއަށް އޭނަގެ އެ ސިފަދައްކާފައެއްނުވެއެވެ. ނަމަވެސް އަލްހާން އަތްދަށުލައިގެންވެސް އޭނަގެ ކަރަށް މެހެމުންދާ މަޅިން ސަލާމަތްވާން އޭނަ ބޭނުމެވެ. ތިންފަރާތެއްގެ މެދުގައި އޮތް ސިއްރެއް އެހެންފަރާތަކަށް ހާމަވެގެން ހިނގައްޖެއެވެ. އަޒްހާންގެ މަރުގައި އޭނަގެ އަތެއް އޮތްކަން މަޔާންއަށް އިނގިގެންދިޔުމަކީ އޭނަގެ ހަލާކުގެ ފެށުންކަމަށް ހިތްވެސް އޭނައަށް އަންގައިދެނީއެވެ. އޭނަ އެހާ ސިއްރުކޮށްފައި އޮއްވާ މަޔާން އެކަން ހޯދައިގަތީ ކިހިނެތްބާވައެވެ؟

“ހައިޒަލް އެވަރުގެކަމެއްކުރާނީ ކަމެއް އިނގިގެންނެއްނު… އޭނަ މިހާރު އަހަރެންގެ ބަހެއް އަޑެއްނާހާނެ…” 21 އަހަރުގެ ސިއްރާއިއެކު އޭނަގެ ހައްޔަރުން ހައިޒަލް މިންޖުވީއެވެ. ދެން އޭނަ ހެއްދިހާގޮތެއް ހެދިގެން ހައިޒަލް ނުހުންނާނޭކަން ޔަގީންކުރާކަށް އޭނައަކަށް ހެތްކަކަށް ބޭނުމެއް ނުވާނެއެވެ. ހައިޒަލްގެ ހިތް ފުރަތަމަވެސް ގޯސްކުރެވުނީ އޭނާއަށެވެ. ފުރަތަމަ ނައިނާއާއި ވަކިކުރުވައިގެން އެދެމެދުގައި އުފެދުނު ރުޅިވެރިކަން ދެގުނަކުރެވުނީ ހައިލާއާއި ބެހޭގޮތުން ދޮގުވާހަކަތަކެއް ދައްކައިގެންނެވެ.

“އަލްހާން.. ހަލާކަށް ވެއްޓެންދެން އަތްއުރާލައިގެން މަށެއް ނުހުންނާނަން… އަހަރެން ހަލާކަށް ވެއްޓެންޏާ ދާނީ ކަލެއާއި އިޝާރުވެސް ގޮވައިގެން.. އަލްހާން… މިއީ ކަލޭވެސް ބޭނުންވެގެން ހޭވި ހަޑިއެއް… ކަލޭ ބޭނުންވީ އަޒްހާންގެ ދުވަސްދުއްވާލައިގެން އޭނަގެ މުއްސަނދިކަމުން މިލްކުކުރާކަށްނު… މަސައްކަތަކާއިނުލާ މުއްސަނދިވާކަށްނު.. ކަލެއަށް އެ ހުރިހާކަމެއް ހާސިލްކުރެވިފައި ތިހުރީ އަހަރެންގެ ސަބަބުންނޭ…. މިހާރުވެސް ކަލޭ އިނދަޖައްސާލުމަކީ އަހަންނަށް ފެންފޮދެއް ބޯލުންހާ ފަސޭހަކަމެއް… އެހެންވީމަ ދެންވެސް ރުޅިނާރުވާ އަހަރެން ބުނާގޮތަކަށް ކަންތައްކުރޭ…” ރުޅިވެރިކަމާއިއެކު އައްމާރު ފެށި ވާހަކައިގެ ރާގު ވަކި ހިސާބަކުން ބަދަލުވެގެންދިޔައިރު ސިއްރެއް ބުނަންއުޅޭ ފަދައަކުން އަލްހާންގެ ކަންފަތް ކައިރިއަށް ލެފިލިއެވެ.

“ހައިޒަލް މަރާލާ…”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ހާސިލް ވުމަށް އެދި 10

Next

ވިވާން 3

Next
August 5, 2019

ވިވާން 3

Previews
August 3, 2019

ހާސިލް ވުމަށް އެދި 10

71 Comments!

  1. No one says:
    August 3, 2019 at 8:47 pm

    Yey me first dhw

    1. dhiraa wish says:
      August 5, 2019 at 4:58 pm

      yes dear mifaharu first

  2. mulla says:
    August 3, 2019 at 8:47 pm

    me first dhw…. bala balaa huhtaa thi up kohlee.. kiyaafa comment kohlaanan.. ❤

    1. dhiraa wish says:
      August 5, 2019 at 4:58 pm

      mifaharu dear second.. thankss dear

  3. dhiraa wish says:
    August 3, 2019 at 8:48 pm

    here is the continuation of last ep.. i have made this part extra long.. hope everyone will like this part too.. specially shalee and yaan’s fans.. feel free to comment.. keep waiting for monday night.. enjoy reading.. have a wonderful night..

    1. My says:
      August 4, 2019 at 3:03 pm

      V. Reethi mi part ves. Ekam Mihaaru haizal mom as dhimaavaan vehje kamah belevey. Ekan haizal n mom sirrukoh Ekamaa eku mahsala kuriah dhaan.
      Alhugandge hiyaal

    2. dhiraa wish says:
      August 5, 2019 at 5:01 pm

      thankss dear.. haizal ge manma dhuniyeyga hurikamah my mihaaru yageen kohffin dhw.. hinghaa dho adhi kudakoh thikamah wait kohlan

  4. ? says:
    August 3, 2019 at 9:03 pm

    Mi part kuruhen heevey, ekamaku reethi,

    1. dhiraa wish says:
      August 5, 2019 at 5:03 pm

      thanks dear.. alhe kurutha hama aanmukoh up kuraavarah mikohlee.. next part dhigukohlaanan ingey

  5. Jama yah says:
    August 3, 2019 at 9:03 pm

    ???????OMG…..?????. It’s awesome ????????
    When is the next part?? ???
    Curiously waiting..

    1. dhiraa wish says:
      August 5, 2019 at 5:04 pm

      awwn.. thanks dear… irukolhakun up kohlaanan ingey

  6. Nax says:
    August 3, 2019 at 9:04 pm

    Wow ❤ v v reethi

    1. dhiraa wish says:
      August 5, 2019 at 5:04 pm

      thankss dear

  7. Me says:
    August 3, 2019 at 9:09 pm

    Mayaan aa shaleen friends vee, alhaan aa ammaar haige dhuvas dhuvvaalan reyvee. In short only that happened. Maa bodu kameh nuhingaa. Vaahaka reethi. Dhen maa kuree. Dhigukoh genesdheynama Gina scene thakeh ves hunnaane. Dho? Dhen kudakoves genesdhineema thnks.

  8. Mee says:
    August 3, 2019 at 9:10 pm

    Mayaan aa shaleen friends vee, alhaan aa ammaar haige dhuvas dhuvvaalan reyvee. In short only that happened. Maa bodu kameh nuhingaa. Vaahaka reethi. Dhen maa kuree. Dhigukoh genesdheynama Gina scene thakeh ves hunnaane. Dho? Dhen kudakoves genesdhineema thnks.

    1. Shidha says:
      August 4, 2019 at 1:08 pm

      Haadha haa vaa appreciate kurumuge bai kuda ey dho. Bala mi episode ga hingee e 2 kanthah ekanitha. Riyas n mayan ge fini hagurama ves eboiay dho meega. Ehn nunas 1 episode ga kithah kantha expect thi kurany. Mihuriha echeh kiyuntherinah sifa kohdhen kiha echeh liyan jeheyne. Writer did v well. Thing is it was nice and interesting so it FEELS like its short. Actually its not ? try to appreciate their hard work

    2. Mee says:
      August 4, 2019 at 9:34 pm

      Hama antharees vejje thihen bunerma. Appreciate kuraa thee dho thanks bunefa eothee. Appreciate kuraa thee dho hurihaa part eh kiyanee. Eki myhun appreciate kuraaneeves eki gothah. Acknowledge kuran hus Sanaa kiyaakah nujehey. Mi vaahaka aharen kiyanee V kiyaahithun. Vara vedhun thi kolli reply ah.

    3. Abdulla says:
      August 5, 2019 at 9:55 am

      Vaahaka ekkoh kiya hithun idhe bunelevey ehchehi dhw… hithaky fureyne ehcheh noon…

    4. dhiraa wish says:
      August 5, 2019 at 5:06 pm

      thankss dears.. dhiraa next part dhigukohleveythoa balaanan ingey.. scenes madhas varh important scene thakeh mi baiga midhiyaee.. aslu scene dhiguveema hen heevanee kuruhen heevanee… thankss for the luv and support

  9. DHONTHY says:
    August 3, 2019 at 9:15 pm

    Alhe dhiraa thank you long part eiy genesdhineema… Mihaaru mayaan salaamaiyvejje… Dhen haizal maraanulachchey.. Eyrun hama dhonthi au roveyne.. Mi vaahakaiga ulhey dhonthi ge enme favourite character eiy… Anyways curiously waiting for the next part

    1. dhiraa wish says:
      August 5, 2019 at 5:08 pm

      your welcome DHONTHY.. thankss dear.. hai ah vaagotheh balamaa dhw

  10. mulla says:
    August 3, 2019 at 9:18 pm

    wooow v v v salhi mi part vx ❤?????? knirakun next part genesh dhenii??

    1. dhiraa wish says:
      August 5, 2019 at 5:09 pm

      thankss dear.. irukolhakun upkohlaanan ingey

  11. Roo says:
    August 3, 2019 at 9:19 pm

    Kithah part adhi?

    1. dhiraa wish says:
      August 5, 2019 at 5:10 pm

      liyamundhaa vaahaka akah vaathy ehen bunan undhagoo.. ekm mihaaru nimen mi dhanee

  12. 1234 says:
    August 3, 2019 at 9:24 pm

    Vara reethi mi part ves
    Hope you will get the next part soon

    1. dhiraa wish says:
      August 5, 2019 at 5:10 pm

      thankss dear.. varah avahah up kohlaanan ingey

  13. hana says:
    August 3, 2019 at 9:33 pm

    noooooo!!!! haizal maraa nulahchey ingey dhiraa ….anyways v v v reethi mi story.. waiting for the next part.

    1. dhiraa wish says:
      August 5, 2019 at 5:11 pm

      thankss dear.. haizal ah vaa gotheh balamaa dhw

  14. Haizal's says:
    August 3, 2019 at 9:49 pm

    No no no no no sis haizal numaraane.. please please…
    ????????????????????????????????????
    Shaleen and mayaan ge bay keegadee i cried hama it was so touchy and cute for a moment i felt like im shaleen ? ehaavx furihama sifakurun tha?
    And hai.. oh my goshh please keep him alive ?
    Naina ge hilameh nuvi mirey ekm..
    Anyways really lived this part lile always
    Waiting for the next episode ❤❤❤❤❤❤❤❤❤❤❤❤

    1. dhiraa wish says:
      August 5, 2019 at 5:13 pm

      alhe dear.. thivarah nuroeyy.. hai ah vaagotheh balan hingaa dhw.. sis noolhemehnu hai maraaakah.. eee ahmaaaru men ge kameh nu… thankss dear.. varah ufaavehjje.. aslu try mikuraneeves ehaa bodah feel vaavarh konme scene eh ves geneveythw.. ekan haasil veema varah ufaavehjje.. naina kudakoh rest eh negy mi part.. next part ga naina aai meet kohlamaa dhw

  15. jiji says:
    August 3, 2019 at 9:54 pm

    Hey nein ge bai nethyma sad v ingey??..next part ga gehnahchey..Btw mi part vec vv rythi❤❤❤???..Nd yeshh dhiraa hai vec yarn vec maraanulahchey..Eyrun v dheravrne ingey..plx ehn nuhadhahcheyy..
    Waiting fr the nextt??????❤❤❤??????????????????

    1. dhiraa wish says:
      August 5, 2019 at 5:15 pm

      nein ge lovers haadha gina eyy dhw.. hingaa dhw next part ga nein aai meet kohlan.. thankss dear.. hai aai yaan protect kuran jiji thihuree ehnu.. lets see dhw

  16. Yash says:
    August 3, 2019 at 10:19 pm

    Hendhunu heyleesyren inthizaarugai.anehkaaves unthizaaru kuran mi jehuneee.any ways vvvvvv reethi

    1. dhiraa wish says:
      August 5, 2019 at 5:16 pm

      thanks dear.. sorry for making you wait for too long.. dhen vaahaka nimendhen inthizaaru kurun dhw ohnaaanee

  17. Naina says:
    August 3, 2019 at 10:49 pm

    V v riythi! But thankolheh kuru mi part ves. Dhiraa i must say that ur the best story writer. KEEP IT UP??

    1. dhiraa wish says:
      August 5, 2019 at 5:18 pm

      thankss dear.. next part dhigukohlaanan ingey.. im really impressed to hear that.. thank you so much dear

  18. Anonymous says:
    August 3, 2019 at 10:55 pm

    OMG ?? fainaly yaan n shaly will be togther dho ???? dhiraa sis plx hai
    ah kameh nukurahchy ??? mi part ves vvvvv reethi ????waiting for monday night ?????? love you sissy ????????????❤❤❤

    1. dhiraa wish says:
      August 5, 2019 at 5:19 pm

      dhw.. dhiraa varah visna dheegen shalee goih dhookohfi.. thikan othy hai ge loabivaa bahpaa fulhu aih mathee.. thankss dear.. love u too

  19. Sifam says:
    August 3, 2019 at 10:55 pm

    Masha Allah varah reethi mibaives. I am proud of you dhiraaa. Will be waiting for the next part. ?☺️??

    1. dhiraa wish says:
      August 5, 2019 at 5:22 pm

      im really impressed to hear that.. you made me more motivated.. thankss dear

  20. Nonni says:
    August 3, 2019 at 11:27 pm

    Dhiraa sis plx hai maraa nulahchey??. Naina ge part eh vx genesdhyba next part ga plx. shaly n mayaan ge part vvv cute ?????. E ahmaaru vy jail ah laan I HATE HIM?????. Just kyp going u’re great fantastic work sis??. Curiously waiting for next part. Avahah up kohdhehche plxxx?????.lLOVEYOU DHIRAA SIS????❤️?❣️.

    1. dhiraa wish says:
      August 5, 2019 at 5:24 pm

      hia dhw.. hingaa dhw hai ah vaagotheh balan.. naina ge varah cute scene eh eba aadhey kuda kuda inthizaareh kohlaa… thanksss dear… shalee maa cute vy dhw.. dhira ves varah hate vey ahmaaru dheke.. thankss dear.. lots of love from me too

  21. Sidhu says:
    August 3, 2019 at 11:37 pm

    Nooon e soru maraa nulaathi???

    1. dhiraa wish says:
      August 5, 2019 at 5:25 pm

      hai save kuran petition eh hadhaigen tha kudhin miulheny.. hehehe.. thankss dear.. lets see dhw

  22. Hai says:
    August 3, 2019 at 11:46 pm

    Ebunaahen nein ge part eh neh aslu bunanya nein aa haizal ge part eh nethi furihama eh nuvey and mi ammaaru ulhey gothun heevanee Hindi film thakuga ulhey varah mussadhi villain hen??ekm I don’t think alhan ehbas vaane hen I think nein ah huriha kameh falhaa aran kahneyge mi part ga nein ge bai nugenaee anyways hama varah furihama varah curious kollaa aslu eh ee kahneyge aslu vaahaka eh reethi vaa sababakee Ma sha allah dhiraa hama molhee?????????

    1. dhiraa wish says:
      August 5, 2019 at 5:29 pm

      nein lover hai.. nein aai hai ge touching part eh eba aadhey.. keep waiting.. sis mihaaru azhaan haila ahmaaaru and alhaan ge part thakah focus kuraathee couples ge baithah madhu kohlaafa miothy.. kuriah huri ep thakuga young leads ge baithah ginavaane.. aan dhw.. ahmaaru akee villan eh tho balamaa.. hai ge theory dhw.. lets see how much it matches to mine.. thankss dear.. your comments are so sweet and it motivates me alot

  23. Fan of u says:
    August 3, 2019 at 11:57 pm

    Masha Allah varah reethi mi episode ves when is next episode avahah next episode upkohlachey ingey

    1. dhiraa wish says:
      August 5, 2019 at 5:30 pm

      thankss dear.. mirey ge kurin up kureveytho mi balanee

  24. Meekkomee says:
    August 4, 2019 at 12:01 am

    Dhiraa……haizal marai nulaathi ingyy☹️☹️☹️☹️…..mi part ves varah reethi ????????? waiting for the next part ??? ??? this story is also one of my ❤️❤️❤️favourite ❤️❤️❤️

    1. dhiraa wish says:
      August 5, 2019 at 5:31 pm

      dear hingaa balamaa dhww… thanks dear.. it means a lot to me

  25. Eekko 11 says:
    August 4, 2019 at 10:21 am

    Nooooooo……. Is really haizal going to die….??? Dhiraa alhe when nahadhache…. Varah reethi mi part ves and thanks for making it extra long ???????I love this story a lot…… Curiously waiting for your next amazing part……… Varah varah varah varah curious to know what will happen in the next part….. Naina ge thankolheh nethyma varah dheravey….. Hope next part ga Naina ge long thankolheh genes dheyne kamah….????? This part is really awesome…….??? First I thought 1-64 jahaafa inyma first season baaey???? hahaha…… Mihaaru ingijje eii eh Bai kan…. ????? Anyways mi part varah reethi and next part dhigu kodheche….

    1. dhiraa wish says:
      August 5, 2019 at 5:33 pm

      hingaa dhw balamaa…Eekko 11 dhira eh nooney hai maraalan ulheneekee.. thankss a lot dear.. naina ge varah loabi part eh liyamun midhanee.. hingaaa dhw ebayah madu kohlan.. hehehehe.. eh ep dhebai kohlaaafa einee.. yes sure ingey

  26. Eekko 11 says:
    August 4, 2019 at 10:21 am

    Nooooooo……. Is really haizal going to die….??? Dhiraa alhe when nahadhache…. Varah reethi mi part ves and thanks for making it extra long ???????I love this story a lot…… Curiously waiting for your next amazing part……… Varah varah varah varah curious to know what will happen in the next part….. Naina ge thankolheh nethyma varah dheravey….. Hope next part ga Naina ge long thankolheh genes dheyne kamah….????? This part is really awesome…….??? First I thought 1-64 jahaafa inyma first season baaey???? hahaha…… Mihaaru ingijje eii eh Bai kan…. ????? Anyways mi part varah reethi and next part dhigu kodheche….

    1. dhiraa wish says:
      August 5, 2019 at 5:33 pm

      repeat vefa dhw miothy.. thankss dear

  27. Belle says:
    August 4, 2019 at 1:25 pm

    haizal eynage mom aa dhimaa nuve dhen marunuvaane ehnnu, dhiraa ehen nuhadhaane kan hurihaa kudhinvess gaboolukobbala. adhi haizalge dad vess fennaane, bunehnnu sifa vaki nuvaa varah andghaafaey vy, hyvaagothun azhaan vess raajeyn beyruga koamaa ehga namavess onnaane kamah mi unmeedhu kuranyu. dhiraa this story is beautiful. azhaan salaamah kuran eynage mom vess eherynu. amaaru jahvah dhaan jeheyny hehe

    1. dhiraa wish says:
      August 5, 2019 at 5:35 pm

      theory of Belle dhw.. higaaa dhw dhira ge plan aai dhimaaveytho balan.. thankss dear.. belle ge story ah comment kohlin.. dhen koniraku story up vaanee.. waiting ingey

  28. Dream says:
    August 5, 2019 at 10:14 am

    V reethi mi part vex. Ekam haizal maraa nulahchey. Otherwise Naina fakeeru halaaku vaane.when is the next part. Curiously waiting. Good luck for next part.???❤️?????❤️??

    1. dhiraa wish says:
      August 5, 2019 at 5:37 pm

      thankss dear.. lets see dhw.. naina fakeeru mihaaruves halaaku vanee nu.. miulheny ingey up kohlan

  29. Anonymous says:
    August 5, 2019 at 2:58 pm

    ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. dhiraa wish says:
      August 5, 2019 at 5:37 pm

      awwn.. thankss dear

  30. Anonymous says:
    August 5, 2019 at 3:03 pm

    dhiraa miry avahah up kohladhehchy dying to read next part ????

    1. dhiraa wish says:
      August 5, 2019 at 5:38 pm

      thikamaa mihaaru miulheny.. adhi kudakoh keihtherivelaa

  31. Laalu says:
    August 5, 2019 at 3:15 pm

    dhoonyaa mirey avahah up kohdhehchey…curiously waiting….??? vhk hama ? …..sifakurunthakugaa meh bunaane ehchehvx….buneveyniy thiluraa hiyvarah hama saabahey…..aslu v v v hppy readers in nah takaa thihaa burekoh ulhemun stry up kohdheythiy… laalu appriciate ur wrk….all the bst…luv u luv u luv u lots sisy…❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ laalu ge faraathun mihurihaa hrts eh sis ah….

    1. dhiraa wish says:
      August 5, 2019 at 5:40 pm

      dhoonyaa thikamaa eyy miulheny.. thanks dear.. im really happy to hear.. awwn.. laalu khala kudhin ulheythee varah ufaavey.. thee hama biggest motivation inegey.. luv you too dear.. sis ge faraathunves baivaru heartss.. lap veema emoji manaa vefa mee nee.. hehehe

  32. Anonymous says:
    August 5, 2019 at 4:26 pm

    .

    1. dhiraa wish says:
      August 5, 2019 at 5:41 pm

      thanks dear..

  33. Dust says:
    August 5, 2019 at 5:39 pm

    I love reading this story so much? curiously waiting for the next part.. please please please please up kohbah avahah. And keep up the amazing work??

    1. dhiraa wish says:
      August 5, 2019 at 5:43 pm

      thankss dear.. dont know how to express how happy im to hear that.. adhi kudakoh keih kohlaa.. proof read kohlaafa up kohlan miulheny

  34. Amaanii says:
    August 5, 2019 at 10:40 pm

    Heii Dhiraa I’m a big fan of you and your story ?❤️
    I neva comment on stories coz i don’t like to comment. But mi part kiyaalaafa hama comment eh kollaa hiyyvee. Story hama vvvvvvv furihama best story in esfiya site ☺️☺️
    Knmme dhuvahaku site check kollevey story ge new part eh up vefa inthw balan. Dhiraa bayeh faharu readers ah surprise ves dhemehnu so in the hope of getting a surprise i do check each and everyday ??
    And as for now curiously waiting for the next part ?
    Ly ❤️?❤️

    1. dhiraa wish says:
      August 5, 2019 at 11:55 pm

      Thankss dear.. nice to meet such a big fan.. im really happy.. thankss for the sweet words it means a lot to me.. varah ufaavehjje hurihaa part ehves kiyaaleema.. next part mihaaru up vefa ihnaanee.. enjoy reading

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 65←


All Right Reserved!