Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވީރާނާވެފައިވީ ޙަޔާތް މަގޭ 6

Mai Naa Level 3100 Login10 Stories100 Comments
August 3, 2019 5 Mins Read
15 Comments

މިގޮތުގައި ދުވަސްތައް ވޭތުވަމުންދިޔައެވެ. ރަޔާން އަހަރެންދެކެ އަންނަ ރުޅިއަކަށް ބަދަލެއް ނާދެއެވެ. އޭގެ ސަބަބުތައް އަހަންނަށް ދެނެގަނެވުނީ ފަހުންނެވެ. އަހަރެމެން ދިއުމުގެ ކުރިން އޭނާއަށް ލިބެމުން ދިޔަ ސަމާލުކަން ކުޑަވެގެން ދިޔުމަކީ އޭނާ ހިތްހަމަ ނުޖެހުނު އެއް ސަބަބެވެ. ކުރިން ބޮޑުބޭބެމެން ގެނެސްދިން ކޮންމެ އެއްޗަކީ ހަމައެކަނި އޭނާގެ މިލްކަކަށްވީ ނަމަވެސް، ފަހުންފަހުން އައިސް ގެނެސްދޭ އެއްޗެހިން، އަހަންނަށް އެއްބައި ދޭތަން ފެނުމުން އޭނާގެ މޫނުމަތިން ފާޅުވެގެންދާ ރުޅިވެރިކަން ސިއްރެއް ނުވެއެވެ.

“މަންމަ މިހާރު އަޅުގަނޑުދެކެ ލޯތްބެއް ނުވޭ” ރަޔާން މިހެން ބުނި އަޑުވެސް އެއްދުވަހު އަހަންނަށް އިވުނެވެ. އެއީ އަހަންނާއި ރަޔާންއާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައި ދައްތަ ނުރުހިފައި ރަޔާންއާއި ދިމާއަށް ކޮންމެވެސް އެއްޗެކޭ ބުނުމުން ރަޔާން ބުނެލި ވާހަކައެކެވެ. އަދި އަހަރެން އެގެއަށް ބަދަލުވިފަހުން އަހަރެންދެކެ ގޭގެ އެންމެންވެސް މާ ލޯބިން އުޅޭ ވާހަކަވެސް ރަޔާން ބުންޏެވެ. ރަޔާންގެ އެތައް ޝަކުވާއެއް އަހަންނަށް އެދުވަހު އަޑުއިވުނެވެ. އަދި އެއީ ރަޔާން ޝަކުވާކުރާ ފުރަތަމަ ފަހަރު ނޫންކަންވެސް އަހަންނަށް އެދުވަހު އެނގުނެވެ. އަހަރެން ވަރަށް ދެރަވިއެވެ. ރަޔާންގެ އުފާތަކަށް އެޅިފައިވާ ހުރަހަކަށް ނޭންގި ނަމަވެސް އަހަންނަށް ވެވިފައިވާކަން އެނގުމުންނެވެ.

އޭގެ ފަހުން އަހަރެންވެސް ބެލީ ރަޔާންއާއި ވީހާވެސް ދުރުން އުޅެވޭތޯއެވެ. ރަޔާންއާއި ވާހަކަ ނުދައްކާވޭތޯ އަހަރެން ވަރަށް ބަލަމެވެ. އޭނާ ފެންނަ ހިސާބަށް ނުގޮސްވޭތޯ މަސައްކަތް ކުރަމެވެ. އެހެންކަމުން ދޭތެރެ ދޭތެރެއިން ދެމީހުންގެ ދެމެދުގައި ހިނގަމުންދިޔަ ހަމަނުޖެހުންތައްވެސް އެންމެ ފަހުން ހުއްޓުނީއެވެ. އެއް ގެއެއްގައި ދިރިއުޅުނުކަމުގައިވިޔަސް ދެބީރައްޓެހިންނަށް އަހަރެމެން ވީއެވެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުން ދަނިކޮށް މަންމަ ވަރަށް ބަލިވިއެވެ. ވުމާއެކު ގިނަވަގުތު އަހަރެން މަންމައާއިއެކު ހޭދަކުރަން ފެށީމެވެ. ސްކޫލުން ގެއަށް އައުމަށްފަހު ހުރިހާ ވަގުތެއް މަންމައަށް ހުސްކުރީމެވެ. ޑޮކްޓަރަށް ދައްކައިގެން ބޭސްކުރުމަކުންވެސް ވަކި ބަދަލެއް ނާދެއެވެ. ދުވަހެއް ދުވަހަކަށް މަންމަގެ ބަލި ދިޔައީ ބޮޑުވަމުންނެވެ. ބޮޑުބޭބެމެންނާއިއެކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުން އެނގުނީ މަންމައަށް ކެންސަރު ޖެހިފައިވާކަމެވެ. އަދި ހުރީ އެންމެ ފަހު ސްޓޭޖްގައިކަމާއި ރަނގަޅުވާނެކަމުގެ މާ ބޮޑު އުންމީދެއް ނެތްކަމުގައެވެ.

މަންމަގެ އެންމެ ފަހު ދުވަސްތަކުގައި ވީހާވެސް ގިނަ ވަގުތުތަކެއް އަހަރެން މަންމަ ކައިރީގައި ހޭދަކުރެވޭތޯ ބެލީމެވެ. މަންމަ އުފުލަމުންދާ ވޭނާއި އެމޫނުމަތިން ފެންނަމުން ދިޔަ ވަރުބަލިކަމުން އަހަންނަށް ވަރަށް އަސަރު ކުރިއެވެ. އަހަރެންގެ ކުރިމަތީގައި ކިތަންމެ ހިތްވަރެއް ދައްކަން މަސައްކަތްކުރިކަމުގައި ވިޔަސް އެއްދުވަހުން އަނެއްދުވަހަށް މަންމަގެ ހާލަތު ދިޔައީ ދަށްވަމުންނެވެ. އެހާލުގައިވެސް އަހަންނަށް ހެޔޮ ނަސޭޙަތްދެވޭތޯ މަންމަ ބެލިއެވެ.

އެ ނިކަމެތި ހާލުގައި މާގިނަ ދުވަހެއް ނުވެ މަންމަ މި ދުނިޔެއާއި ވަކިވެގެން ދިޔުމުން އަހަރެން މުޅިން އެކަނިވެރިވިއެވެ. ބޮޑުބޭބެއާއި ދައްތަގެ އެހީތެރިކަން ނުލިބުނުނަމަ، އަހަންނަށް ވާނެ ގޮތެއްވެސް ނޭންގެއެވެ. އެމީހުން އަހަންނަށް ހިތްވަރުދީ ނަސޭހަތްދިނެވެ. އެމީހުންގެ އެތައް މަސައްކަތަކުން އަހަރެންގެ ކަރުނަތައް ހުއްޓުނެވެ. އެހެނަސް އެކަނިވާ ކޮންމެ ވަގުތެއްގައި އަހަންނަށް ރޮވެއެވެ. މަންމަ ވަކިވެދިއުމުން އަހަރެންގެ ހިތަށް ކުރި ފުން އަސަރު އެހެން އެއްވެސް މީހަކަށް އިހްސާސްވެސް ނުކުރެވޭނެއެވެ.

**********************

“މަންމާ… މަންމާ” އަހަރެންގެ ވާހަކަތައް މެދުކަނޑާލަން ޖެހުނީ ރުއިމުގެ ތެރެއިން ޝާފީ އަހަންނަށް ގޮވަމުން ދިޔަ އަޑު އިވުމުންނެވެ. ޔަމާންއާއި ދުރުވެލުމަށްފަހު ސޯފާއިން ތެދުވެގެން އެނދާއި ދިމާއަށް މިސްރާބު ޖެހީމެވެ. ޔަމާންވެސް ތެދުވިއެވެ. އެރޭ ޝާފީ ނިންދަވާފައި އަހަރެމެން ދެމީހުން ނިދާ އެނދުގައި ބޭއްވީ މިރޭ ނިދާނީ މަންމަމެން ކައިރީގައޭ ބުނީމައެވެ.

އަހަރެން މަގަތުގައި އިށީންދެ ދަރިފުޅު ގަޔާއި ކައިރިކޮށްލީމެވެ. އެ ކުޑަކުޑަ ދެއަތުން އަހަރެންގެ ކަނދުރާ ވަށާލަމުން އަހަރެންގެ ގައިގައި ބައްދާލިއިރު ދެލޮލުން އޭރުވެސް ކަރުނަ އާދެއެވެ. އަހަރެންގެ ދެއަތް އެ ތުއްތު ހަށިގަނޑު ވަށާލައި ބޮލުގައި މަޑުމަޑުން ފިރުމާލީމެވެ. ބިރުވެރި ހުވަފެނެއް ފެނުނު ވާހަކަ ޝާފީ ބުންޏެވެ. ޝާފީ ހަމައަކަށް އެޅުމުން އެނދުގައި ބޭއްވީމެވެ. ޔަމާންވެސް ޝާފީގެ ނިތުގައި ބޮސްދިނުމަށްފަހު ލޯތްބާއެކު ބޮލުގައި ފިރުމަމުން ދިޔައެވެ.

**********************

“ޔަމާން… ޔަމާން… ގަޑި ޖެހެނީއޭ… މިއަދު އޮފީހަށް ނުދަނީތަ؟” ދެތިން ފަހަރަކު ގޮވީމަވެސް ނުތެދުވެ އޮތުމުން އަނެއްކާވެސް އަހަރެން ގޮވަންފެށީ އޮފީހަށްދާ ވަގުތު ކުޑަތަންވެފައިވާތީއެވެ. އެނދުގެ މަގަތުގައި އިށީންދެ ކޮނޑުގައި ހިފާ މަޑުމަޑުން ތަޅުވާލަމުން އަނެއްކާވެސް ގޮވަން ފެށީމެވެ. ކުޑަކޮށް ދެލޯ ހުޅުވާލާ އަހަރެންގެ މޫނަށް ބަލާލުމަށްފަހު އަނެއްކާވެސް ލޯ މަރާލިއެވެ.

“ދެން ޔަމާން… ތިވަރުން މިއަދު ނޭންގެ ސައި ބޮވޭނެ ކަމެއްވެސް… އަވަހަށް ތެދުވެބަލަ…” އަހަރެން ބުނީމެވެ. ޔަމާން ގެނައި ކުއްލި ހަރަކާތަކާއެކު އަހަރެން އޭނާގެ އަތުތެރޭގައި ހައްޔަރުކޮށްލިއެވެ.

“ޔަމާން… ދެން މިގަޑީގައި ސަކަރާތް ނުޖަހާ ތެދުވެބަލަ… ޔަމާން” އަހަރެން ތެދުވަން މަސައްކަތްކުރަމުން ބުނީމެވެ. ޔަމާން އަހަރެން ދޫކޮށްލުމުން އަވަސްއަވަހަށް ތެދުވީމެވެ. “މިހާ އަރާމު ނިންޖެއްގައި އޮއްވާ ހޭލައްވާލީމަ އަދަބު އޮންނާނެ އިނގޭ” އަހަރެންގެ އަތުގައި ހިފަމުން ލާނެއް ގޮތަކަށް ޔަމާން ބުނެލިއެވެ. އޭރުވެސް ރަނގަޅަށް ދެލޯ ނުހުޅުވެއެވެ. ރޭގައި އޮފީސް މަސައްކަތެއް ކުރަން މާ ލަސްވަންދެން އިނީމަ ނިދި ހަމަ ނުވަނީކަމަށް ވެދާނެއެވެ. އަހަރެންގެ އަތުން ދޫކޮށްލުމަށްފަހު، އެނދުން ތެދުވެ ކަންނެތް ހިނގުމެއްގައި ގޮސް ފާހާނާއަށް ވަނެވެ.

ދެފަރާތަށް ބޯ ހޫރާލަމުން އަހަރެން އަވަސްވެގަތީ ޔަމާން އޮފީހަށް ދާން ލާނެ ހެދުމެއް ނަގާށެވެ. އެކަން ނިންމުމުން،  ދެން އަހަރެން އަވަސްވެގަތީ ނާސްތާ ތައްޔާރުކުރުމަށެވެ. އަލުން ކޮޓަރިއަށް ވަންއިރު ޔަމާން ހުރީ ޑްރެސިންގ ޓޭބަލް ކައިރީގައި ތައްޔާރުވާށެވެ.

“މިއަދު ސައިބޯނެހާ ވަގުތެއް ނެތް… މާ ލަސްވެއްޖެ…” ކައިރިއަށް ގޮސް ހުއްޓި ސައިބޯން ދާން ބުނުމުން ޔަމާން ބުންޏެވެ.

“އެކަމު އަހަރެން މިއައީ ސައި ތައްޔާރުކޮށްފައި…” ޓައި ރަނގަޅުކޮށްލަމުން އަހަރެން ބުނީމެވެ. ޔަމާން އަހަރެން ގަޔާއި ކައިރިކޮށްލަމުން ނިއްކުރީގައި ތުންފަތް ޖައްސާލިއެވެ.

“ހޫމް…. ދެން މިޖެހުނީ އަހަރެންގެ ވައިފް ހިތްހަމަ ޖައްސާއިދޭން ސައިބޯން ދޯ…” އަހަރެންގެ ކޮނޑުގައި ދެއަތުން ހިފާލަމުން ޔަމާން ބުނެލިއެވެ. ކޮޓަރިން ނުކުންނަން ހިނގައިގަތީވެސް އަހަރެންގެ އަތުގައި ހިފާލައިގެންނެވެ. ވަގުތު ނެތުމާއެކު ޔަމާން އޮފީހަށް ދިޔައީ ހަމައެކަނި ކޮފީތަށި ބޯލައިގެންނެވެ.

**********************

ޔަމާން ދިއުމުން އަހަރެން ޝާފީ ގޮވައިގެން ބޮޑުބޭބެމެން ގެއަށް ދިޔައީމެވެ. ސްކޫލް ޗުއްޓީ ދުވަހެއްކަމުން އެގޭގައި މިއަދު މަޑުކުރާނެ ވާހަކަ އަހަރެން ޔަމާން ގާތުވެސް ބުނީމެވެ. އައިނީ ކައިރިއަށް ދެވޭތީ ޝާފީވެސް ހުރީ ވަރަށް އުފަލުންނެވެ. އެހެން ނޫނަސް މިއަދު ރަޔާން ކައިރި ރަށަކަށް ދިޔަކަން އެނގުމުން އަހަރެން ބޭނުންވީ ތަންކޮޅެއް ގިނައިރު އެ ގޭގައި މަޑުކޮށްލާށެވެ. ރަޔާންގެ ކުރިމައްޗަށް އަރަން ނުޖެހޭނެ ކަމުގެ ޔަގީންކަން ލިބުމުންނެވެ.

އަހަރެން އެގެއަށް ދިޔައިރު، ދައްތަ އައިނީއަށް ކާން ނުދެވިގެން އުޅެއެވެ. އަހަރެން ފެންނައިރަށް ގޮނޑިން ފައިބައިގެން އައިސް އަހަރެންގެ އަތުގައި ހިފިއެވެ. ހިނިތުންވެލަމުން އައިނީ އުރާލީމެވެ. އައިނީ ގޮވައިގެން ގޮސް ގޮނޑީގައި އަލުން ބައިންދާލަމުން އެކި ވާހަކަ ދައްކައިގެން ކާންދެވޭތޯ މަސައްކަތް ފެށީމެވެ. ނަސީބަކުން އަހަންނާއެކު ވަރަށް ފަސޭހައިން ކެއެވެ.  އައިނީ ކައި ނިމުމުން ދެކުދިން އެކުގައި ކުޅެން ދިޔައެވެ. އަހަންނާއި ދައްތަ، ދެކުދިން ފެންނަ ހިސާބުގައި މަޑުކޮށްލައިގެން ވާހަކަ ދައްކަން ތިބީމެވެ.

ދައްތަ މެންދުރަށް ރަނގަޅު ކެއުމެއް ތައްޔާރުކުރަންވެގެން ބަދިގެއަށް ވަނުމުން އަހަރެންވެސް އެހީވެދޭން ވަނީމެވެ. އެކަމުގައި އުޅޭއިރުވެސް ދޭތެރެއަކުން ދެކުދިން އުޅޭނޫޅޭގޮތް ބަލަމުން ގެންދިޔައީމެވެ.

“ހޫމްމްމް…. ޒާހިރާ…. މެންދުރަށް ރަނގަޅު އެއްޗެއް ތައްޔާރުކޮށްލާހެން ހާދަ ހީވޭ… ޒާހިރާ…” ބޮޑުބޭބެގެ އަޑު އިވުނުއިރު އަދި ބަދިގޭ ދޮރާ ހިސާބަށްވެސް ނާދެވެއެވެ. އަހަންނާއި ދައްތައާއި ދެމީހުން އެކަކު އަނެކަކަށް ބަލާލުމަށްފަހު ހޭން ފެށީމެވެ. ބަދިގެ ދޮރުމައްޗަށް އަރާ ކޮންމެވެސް ވާހަކައެއް ބުނަންވެގެން ދައްތައަށް ގޮވާލި ވަގުތު އަހަރެން ބަދިގެތެރޭގައި ހުރިތަން ބޮޑުބޭބެއަށް ފެނުނެވެ.

“އަނހާ.. ދަރިފުޅާ ޝަބާ… ދަރިފުޅުވެސް އެބަ އުޅެންތަ؟ ކޮބާ ޝާފީ؟” ބޮޑުބޭބެ ހިނިތުންވުމާއެކު ސުވާލުކުރިއެވެ.

“ޝާފީއާއި އައިނީއާއި ދެކުދިން އެބައުޅޭ ބޮޑުބޭބެމެން ކޮޓަރީގައި… ކޮންމެވެސް ގޭމެއް ކުޅެން ތިބީ ދޯ ދައްތާ..” ހިނިތުންވެލަމުން އަހަރެން ޖަވާބު ދިނީމެވެ. ދައްތަވެސް ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ.

“އެހެންތަ؟ އެހެންވިއްޔާ ބޮޑުބޭބެ މިދަނީ އެކުދިން ކައިރިއަށް…” މިހެން ބުނެފައި ބޮޑުބޭބެ ބަދިގެއިން ނުކުތެވެ.

ކެއްކުމުގެ ކަންތައްތައް ނިމުނުއިރު އެގާރަގަޑި ބައިވަނީއެވެ. ކޮޓަރިއަށް ދިޔައިރު ބޮޑުބޭބެވެސް އެކުދިންނާއެކު ކުޅުމުގައި ބައިވެރިވެ އުޅެއެވެ. މި މަންޒަރު ފެނި އަހަންނާއި ދައްތައަށް އެކަކު އަނެކަކަށް ބަލާލުމަށްފަހު ހިނިތުންވެލެވުނެވެ. އިރުކޮޅަކުން ބޮޑުބޭބެ ފެންވަރަން ވަނީ މިސްކިތަށް ދާން ތައްޔާރުވުމަށެވެ. ޝާފީވެސް ބޮޑުބޭބެއާއިއެކު ނަމާދަށް ދާން ބޭނުން ވާހަކަ ބުނުމުން އަހަރެން ކޮޓަރިއަށް ދިޔައީ ޝާފީ ތައްޔާރުކޮށްލާށެވެ.

“މަންމާ… ކޮބާ ޝާފީގެ ބްލޫ ޓީޝާޓް؟ ޝާފީ ބޭނުމީ ބްލޫ ޓީޝާޓް ލާން..” އަހަރެން ފެހި ކުލައިގެ ޓީޝާޓް ލައްވަން އުޅުމުން ތުން ފިއްތާލާފައި ޝާފީ ބުނެލިއެވެ.

“ދަރިފުޅާ… މަންމައަށް މިއަދު ގެނެވިފައި މި އޮތީ ގްރީން ޓީޝާޓް… ދެން ބަސްއަހައިގެން މީތި ލާ އިނގޭ… އެހެން ދުވަހަކުން ބްލޫ ޓީޝާޓް ލާނީ… ތިއީ މަންމަގެ ބަސްއަހާ ކުއްޖެއްނު ދޯ…” އަހަރެން ޝާފީ ރުއްސޭތޯ ބެލީމެވެ.

“ކޮބާ ދަރިފުޅާ… ތައްޔާރުވެ ނުނިމޭތަ؟” އެވަގުތު ބޮޑުބޭބެ އެތަނަށް އައިކަން އެއީ ނަސީބެކެވެ.

“ޝާފީ މިހާރު ނިމެނީއޭ… ދޯ ދަރިފުޅާ…” އަހަރެން މިހެން ބުނުމުން ޝާފީ އަވަސް އަވަހަށް ބޯ ޖަހާލިއެވެ.  ތައްޔާރުވެ ނިމުމުން ޝާފީ ބޮޑުބޭބެއާއިއެކު މިސްކިތަށް ދާން ނުކުތެވެ. އަހަރެމެންވެސް ނަމާދުކޮށްލައިގެން އެމީހުން އަންނަންވާއިރަށް މޭޒުމަތި ތައްޔާރުކޮށްލީމެވެ. މާ ގިނައިރެއްނުވެ އެމީހުން ގެއަށް އައުމުން ކެއުމަށް އިންސާފުކުރެވެން ފެށުނެވެ. މިފަހަރުވެސް އައިނީ ކެއީ އަހަރެންގެ އަތުންނެވެ.

ހަވީރު ބޮޑުބޭބެ ދެކުދިން ގޮވައިގެން ޕާކަށް ދާ ވާހަކަ ބުނުމުން ޝާފީއާއި އައިނީ ތިބީ ވަރަށް އުފަލުންނެވެ. ދެކުދިން  ފެންވަރުވާ ތައްޔާރުކުރުމުން ސޯފާގައި ބަސްއަހައިގެން ތިއްބެވެ. ބޮޑުބޭބެއާއިއެކު ދެކުދިން ދިއުމުން އަހަރެންވެސް ފެންވަރާ ތާޒާވެލީމެވެ. ލޯގަނޑުކުރިމަތީގައި ފުނާ އަޅަން ހުއްޓާ ޔަމާން ގުޅިއެވެ.

**********************

ތައްޔާރުވެ ނިމިގެން ދައްތަ ކޮބައިތޯ ބަލާލަން އެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހީމެވެ. އިއްތިފާގުން ކޮޓަރީގެ ދޮރުވެސް ހުރީ ކުޑަކޮށް ހުޅުވިފައެވެ. ދައްތަ އެނދުމަތީގައި އިށީންދެގެން އިންއިރު ފުން ވިސްނުމެއްގައި އިންހެން އަހަންނަށް ހީވިއެވެ. އަހަރެން ޓަކި ޖަހާލުމުން ދައްތައަށް ސިހުމެއް ލިބުނެވެ.

“ދަރިފުޅާ އާދޭ އެތެރެއަށް” ދައްތަގެ އަޑު ކުރެހިފައިވީއިރު ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ސުވާލު އުފެދިފައި އަހަންނަށް ބަލަން ހުރެވުނެވެ. ދެން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދައްތަގެ ކައިރީގައި މަޑުކޮށްލަމުން ކިހިނެއްވީތޯ ސުވާލުކުރީމެވެ. ދައްތަގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. ދައްތަގެ ކައިރީގައި އިށީންދެލަމުން އަހަރެން އެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލީމެވެ. ގަދަކަމުން ހިނިތުންވެލަން މަސައްކަތްކުރިކަން އަހަންނަށް ފާހަގަވިއެވެ.

“ދައްތަމެން ފުރާ ދުވަސް ކައިރިވާތީ ދެރަވަނީތަ؟ އަހަރެންވެސް ވަރަށް ދެރަވޭ… ދައްތާ…” އަހަރެންގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ދައްތަ އަހަރެންގެ އަތުގައި ހިފާ އަހަންނަށް ގޮވާލުމުންނެވެ. އަހަރެންގެ މޫނަށް ބަލާލިއިރު އެ ދެ ލޯ ފެންކަޅިވެފައިވާތަން ފެނި އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އަހަރެންވެސް ދައްތަގެ އަތުގައި ހިފާ ބާރުކޮށްލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ދައްތަމެން ދިއުމުން އަހަރެންވެސް ދެރަވާނެއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ މައިންބަފައިން ނެތް ދުވަހު އަހަންނަށް އަޅާލުމާއި ލޯބި ދިން ދެމީހުންނެވެ. އެ މީހުންނަށް އެއްވެސް ދެރައެއް ލިބުމަކަށް އަހަރެން ދުވަހަކުވެސް ނޭދެމެވެ. ދައްތަގެ ކޮނޑުގައި ބޯ އަޅާލެވުނީ ހިތަށް ކުރި އަސަރެއްގެ ސަބަބުންނެވެ. ދައްތަގެ އަތްތިލަ ނަގާ އަހަރެންގެ ކޯތާފަތުގައި ޖައްސާލިއެވެ.

އެ މޫނުމަތިން މޮޅިވެރިކަން ފެންނަމުންދިޔައީ ހަފްތާއެއް ފަހުން އަލުން އެނބުރި ދާން ޖެހޭތީކަމުގައި އަހަރެން ހީކުރީމެވެ. ނަމަވެސް އެއީ ކުށްހީއެއްކަން އެނގުނީ ދައްތަ ދެން ބުނެލި ވާހަކައިންނެވެ.

“ޝަބާ…. ޝަބާ… ދައްތަމެން މިފަހަރު މާލެ އައީ އެކޮޅަށް އެނބުރި ދާގޮތަކަށް ނޫން…” ވާހަކަ ދައްކަން އުނދަގޫވެގެން ދެ ފަހަރަކު މެދުކަނޑާލުމަށްފަހު ދައްތަ ދެން ބުނެލި ޖުމްލައިން އަހަރެންގެ ދެލޯ ބޮޑުވިއެވެ. ލިބުނު ހައިރާންކަމުގައި ދައްތަގެ ކޮނޑުމަތިން ބޯ ހިއްލާލެވުނެވެ. ސުވާލުގެ ނަޒަރަކުން ބަލާލެވުނީ ކަންފަތަށް އިވުނު ވާހަކަ، އަޑު އިވުނީ ރަނގަޅަށްކަން ޔަޤީން ނުކުރެވިގެންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mai Naa

Level 3100 Login10 Stories100 Comments

Other Articles

Previous

ތިޔަ ލޯތްބާ ދުރަށް 8 ފަހުބައި

Next

ވިވާން 2

Next
August 3, 2019

ވިވާން 2

Previews
August 3, 2019

ތިޔަ ލޯތްބާ ދުރަށް 8 ފަހުބައި

15 Comments!

  1. Mai Naa says:
    August 3, 2019 at 8:15 pm

    Assalam Alaikum dear Readers… Here is the sixth part of “Veeraanaa vefaivee hayaai magey”…
    Hope you will like this part
    Please share your views about the story

  2. Mai Naa says:
    August 3, 2019 at 8:19 pm

    And I’m really sorry… Buni dhuvahah vure maa lahun story up kurevunyma…
    ?

  3. Shahu says:
    August 3, 2019 at 8:52 pm

    It’s ok sis?the story is nice. varah salhi ? ? ? ? ? ❤️

    1. Mai Naa says:
      August 7, 2019 at 7:53 am

      Thank you so much Shahu ??
      ???

  4. Mary says:
    August 3, 2019 at 9:02 pm

    Wawawaaa!! Vvvvvv salhieyyy masha allah??❤️❤️next bai thankolheh avahan up kollachchey ingey ????

    1. Mai Naa says:
      August 7, 2019 at 7:55 am

      Thank you so much ? ?
      Mary ???
      Next part tomorrow In Sha Allah

  5. Rai says:
    August 3, 2019 at 9:06 pm

    Varah reethi.when next

    1. Mai Naa says:
      August 7, 2019 at 7:57 am

      Thank you so much Rai ? ?
      ?

      Next part tomorrow In Sha Allah

  6. Sparkle girl says:
    August 3, 2019 at 10:01 pm

    Reethi

    1. Mai Naa says:
      August 7, 2019 at 7:59 am

      Thank you Sparkle girl??
      ?

  7. Lovlyn says:
    August 4, 2019 at 8:58 am

    Mee varah inthizaaru kurevey vaahakaeh. V v reethi.

    1. Mai Naa says:
      August 7, 2019 at 8:03 am

      Thank you so much Lovlyn ????

      Inthizaaru kuraa vaahaka akah veethee varah ufaavejje…
      Thanks again dear
      ??

  8. ®¥N says:
    August 4, 2019 at 10:10 am

    Mai Naa… ❤️❤️❤️❤️????❤️❤️❤️❤️????V Reethi Mi part ves.. My dear. Maasha Allah ❤️❤️??

    1. Mai Naa says:
      August 7, 2019 at 8:05 am

      ®¥N dear ??
      Thank you so much ? ?

    2. Mai Naa says:
      August 7, 2019 at 8:08 am

      ®¥N
      ??

      Thank you so much dear
      ????

Comments are closed.

Next Episodeވީރާނާވެފައިވީ ޙަޔާތް މަގޭ 7←


All Right Reserved!