Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ….49

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
August 6, 2019 6 Mins Read
40 Comments

“ގަޑިން ކިހާއިރެއް؟” ރަނގަޅަށް ލޯ ނުހުޅުވާ އިނދެ ރައިހާނާ ނިދި އަޑަކުން އެހިއެވެ. ރީހާން ނޭންގެއޭ ބުނުމުން ކޮޓަރިން ނިކުންނަން ދިޔައެވެ. ނުކައި ހުރުމުން އޭނާ ހުރީ ބަނޑުހައިވެފައެވެ. ރީހާންވެސް ރައިހާނާ ފަހަތުން ނުކުތެވެ.
ވަކި ހިސާބަކަށް ގޮއްސައި ރީހާންގެ ފިޔަވަޅުތައް ހުއްޓުނެވެ. ރައިހާނާއާ ދިމާއަށް ކިޔުނު އެއްޗިހި ހިތަށް އެރުމާއެކު ލަދުވެތިކަން އިހްސާސްކުރެވި އިސްޖެހުނެވެ. ބޮލުގެ އިސްތަށިގަނޑު ތެެރެއަށް އަތް މަހާލަމުން އިސްތަށިގަނޑު ހާވާލިއެވެ. ރައިހާނާއަށް ގޮވަން އަނގަ ހުޅުވިއެއް ކަމަކު ދޫ ހަރަކާތެއް ނުކުރިއެވެ.

ބަދިގޭގެ ބޮކި ޖައްސާލުމާއެކު ވީ ގަދައައްޔެއްގެ ސަބަބުން ރައިހާނާ ދެލޯ މަރާލިއެވެ. ގިނައިރު އަނދިރިއަށް ލޯހޭނިފައި ހުރުމުން އުނދަގޫވިއެވެ. އުނދުން މަތީގައި ހުރި ތެލިތަކުން ފަހަރަކު ތެއްޔެއްގެ މަތި ނެގިއެވެ. ކެވޭ ކަހަލަ އެއްޗެއް ނެތުމުން ތުން ދަމާލިއެވެ. “ރީއްކޮ ބަނޑުހައިތަ؟” ރީހާން ފަހަތުގައި އިންހެން ހީވެގެން ރައިހާނާއެހިއެވެ. ރީހާން ހަމައެކަނި ހޫމް ލައްވާލީއެވެ. “ލެޓްސް ކުކް ޕާސްތާ!” ރައިހާނާ ކަބަޑުން ޕާސްތާ ޕެކެޓަކާ މަސްދަޅެއް ނެގިއެވެ. ރީހާން އައިސަލަމާރިން ތަރުކާރިއާ ޕޭސްޓްގެ އިތުރަށް އެއަށް އަޅަން ބޭނުން ކުރާ ތަފާތު ވައްތަރުގެ ސޯސް ނެގިއެވެ. ރައިހާނާ ފިޔާ ކޮށުމުން ރީހާން އެ ހަނާކުރިއެވެ. “ދޮންތީ އައި އޭމް ސޯ ސޮރީ!” އިސްޖަހައިގެން ހުރެ ރީހާން މާފަށް އެދުނެވެ. މާފަށް ނޭދި ހުންނަން ވުމުން ރީހާންގެ ހިތަށް އުނދަގޫ ވާން ފެށިއެވެ. ވޭތުވެ ދިޔަ ވަގުތު ތެރޭގައި ރައިހާނާ އޭނާއާ އަނގައިން ބުނަނީ މަދުފަހަރަކުއެވެ. އެކަމުން ރީހާންއަށް ވަރަށް އުނދަގޫވިއެވެ. “އިޓްސް އޯކޭ ރީއްކޮ. ޔޫ ޑޯންޓް ހޭވް ޓު ބީ ސޮރީ” ހިނިތުންވެލަމުން ރައިހާނާ ކޮއްކޮއަށް ހެޔޮހިތުން މާފުކޮށްދިނެވެ. ރީހާން މާފަށް އެދުމުން ރައިހާނާއަށްވެސް ހަމަޖެހުމެއް ލިބުނެވެ. އޭނާ ހީކުރީ ރީހާން އަދިވެސް ހުރީ އޭނާދެކެ ހިތްހަމަ ނުޖެހިފަކަމަށެވެ. މާގިނައިން ރީހާންއާ ވާހަކަ ދައްކަން ނުކެރުނީ އެހެންވެއެވެ. ދެކުދިން އެކީ ޕާސްތާ ތައްޔާރުކުރުމަށްފަހު ރީހާން ގޮސް ޝައުފާއަށް ގޮވިއެވެ. ޝައުފާ ކާގެއަށް ވަތްއިރު ކާގެ ތެރެއިން ޕާސްތާގެ މީރުވަސް ދުވަމުން ދިޔައެވެ. ރުހާމްއަށްވެސް ކާންހަދާށޭ ކިޔާފައި ޝައުފާ ދިޔައީ ކޮޓަރިއަށެވެ.
އެންމެނަށް ކާންހަދާފައި ރައިހާނާ އިށީނެވެ. ރީހާން އުޅުނީ ސުފުރާ މަތި ފޮޓޯ ނަގާށެވެ. “ދޮންތި އިނގޭތަ ގަޑިން އެކެެއް ޖަހައިފިކަން. އަހަރުން ދަންވަރުގަޑީ ވިއްޔާ ކާންމިތެދުުވަނީ” ގަޑިން ވީވަރު ބަލާފައި ރީހާން ހެމުން ރައިހާނާ ގާތު ބުންޏެވެ. “ބަނޑުހައިވީމަ ކޮންމެ ގަޑިއަކަސް ކައްކައިގެން ކައްކަންވާނެ” ރައިހާނާވެސް ފޯނު ހިފައިގެން އައިސް ސުފުރާ މަތި ފޮޓޯ ނެގިއެވެ. ރީހާން ރައިހާނާ ޓެގްކޮށްފައި އިންސްޓަގްރާމް ސްޓޯރީއަށް މޮޅު އެއްޗެއް ލިޔެލާފައި ލިއެވެ.
“ހާދަ ވަސްރަނގަޅޭ ބަދިގެ ތެރެއިން” ރުހާމް ބަދިގެއަށް ވަންނަމުން ނޭފަތް ދަމާލިއެވެ. ޝައުފާ އައިސް އިށީނުމުން އާއިލާ އެކީ ކާންފެށިއެވެ. ރީހާންއާ ރައިހާނާ ސަކަރާތް ޖަހަމުން ދިޔައިރު މައްސަލައެެއް ޖެހުނު ދެކުދިންވެސް ހީނުވެއެވެ. ރައިހާނާވެސް ހަވީރު ރުއިހެންވެސް ހީނުވެއެވެ. “ދެން މިގޮތަށް އެއް ސުފުރާ މަތިން ކެވޭނެ ކަމެއްވެސް ނޭންގެ ދޯ! ދެކުދިންވެސް މީހުންނާ އިނދެގެން އަމިއްލަ ދިރިއުޅުން ފެށީމަ” ރުހާމްގެ ޖުމްލައާއެކު ރައިހާނާއަށް އިސްޖަހާލެވުނެވެ. ނުވެސް ދަންނަ ޒުވާނަކާއެކީ ދިރުއުޅުމުގެ ކުރިއަށް އޮތްބައި ހޭދަކުރަން ޖެހިދާނެތީ ކަންބޮޑުވިއެވެ. ހަމްޒާނޫން ފަރާތަކާއެކީ އެކުގައި އުޅެން ޖެހޭނެކަން ތަސައްވަރު ކުރެވުމާއެކު ހިތުގައި ރިހުން އުފެދުނެވެ. އަނގައިން މަޑު އާހެއްގެ އަޑު ބޭރުވީ އެހެންވެއެވެ.
ރީހާން ރަކިވެފައި އިސްޖަހާލެވުނެެވެ. އަންޖަލްއާއެކީ އުފާވެރި ހަޔާތެއް އުޅޭތަން މިހާރުވެސް އޭނާގެ ސިކުނޑީގައި ކުރެހިގެން ހިނގައްޖެއެވެ. އެއް މިޔައަކުން ހިނިތުންވެލައިގެން ރީހާން ދެލޯ މަރާލިއެވެ.
ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޭބިޔަނުދީ ހިފެހެއްޓުމަށްޓަކައި ރައިހާނާ ދެލޯ މަރާލުށްފަހު އިސްޖަހާލިއެވެ. ތުންފަތް ހަލާކުވާހާ ބާރަށް ދުންފަތުގައި ދަތްއެޅިއެވެ. ރުހާމްއަށް ހީވީ ކައިވެނީގެ ވާހަކަ ދެއްކުމުން ރައިހާނާ ލަދުގަތިކަމަށެވެ. ޝައުފާގެ އަތުގައި ކޮށްޓާލާއިފައި އެދެމީހުންގެ ދެދަރިން ތިބި ގޮތް ދައްކާލިއެވެ. ޝައުފާ ކިތަންމެ ހިތްހަމަ ނުޖެހިފައި ހުއްޓަސް ހިނިތުންވެލިއެވެ.

އާދިއްތަ ދުވަހު ސްކޫލަށް ގޮއްސައި ރައިހާނާ ބެލީ ހަމްޒާ ކުރިމައްޗަށް ނާރާވޭތޯއެވެ. ފިލަފިލައިގެން އުޅެނިކޮށްވެސް އެންމެ ފަހުން ހަމްޒާ ކުރިމައްޗަށް އެރުނީއެވެ. ހަމްޒާ ފެނުމާއެކު ރައިހާނާ ގަނޑުވިއެވެ. އަތްފައޮ ހަރަކާތްކޮށްލަންވެސް ނޭންގުނެވެ. ހަމްޒާގެ މޫނު މަތިން ފެންނަމުން ދިޔައީ އުދާސްެވެރިކަމެވެ. މުޅިން ތަފާތު އާސަރެއް ފެންނަމުން ދިޔައެވެ. ހަމްޒާގެ ބޯ ދިގުވެފައި އާންމުކޮށް ހުންނަވަރަށްވުރެ ތުނބުޅިވެސް ހުރީ ދިގުވެފައެވެ. ހަމްޒާ ފެންނަ ކޮންމެ މީހަކަށްވެސް އޭންއަށް ކަމެއްވެފައި ހުރިކަން އެނގޭނެއެވެ. ހަމްޒާ ފެނުމާއެކު ރައިހާނާ އިސްޖަހާލިއެވެ. ނުފެންނަ ކަމަށް ހަދާފައި ދާން އުޅެނިކޮށް ފަހަތުން ހަމްޒާ ގޮވާލި އަޑުއިވުމާއެކު ފިޔަވަޅުތައް ހުއްޓުމަކަށް އައެވެ. ދެލޯ މަރާ ބާރުކޮށްފައި މޭމަތީގައި ދެއަތް އަޅާލެވުނެވެ. “މަގޭ ހަޔާތުން ދުވަސްތަކެއް ބޭކާރުކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިކުއްޖާދެކެ އަހަރެން ވީ ލޯބި އަނބުރާ ދިންގޮތަށްވެސް. ލޮތްބަކީ ކިހާ ހިތި އެއްޗެއްކަން ދެވަނަ ފަހަރަށްވެސް މަށަށް ވިސްނަދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެންގެ ހިތް ހިލަގަނޑަކަށް ހަދާދިނީތީވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ!” ހަމްޒާގެ ކޮންމެ ޖުމްލައެއް ރައިހާނާގެ ހިތަށް ހެރެމުން ދިޔަ ޒަހަރުލާފައިވާ ވިހަ ތީރެއް ފަދައިންނެވެ. ހިތް ފަޅައިގެން ދާވަރުވިއެވެ. ހިފަހައްޓަން މަސައްކަތް ކުރި ކަރުނަތައް އޮހޮރިގަތެވެ. ހަމްޒާ ކުރިމަތީގައި ނުރޯން ކުރި ހިތްވަރު ފަނަފުލުން ދިޔައެވެ. ހިތަށް ކޮށްފައިވާ އަސަރުން އަނގައިންވެސް ރުއިމުގެ އަޑު ބޭރުވިއެވެ.
ހިތްހިލަގަނޑަކަށް ހަދަން މަސައްކަތް ކުރިއެއް ކަމަކު ރައިހާނާ ރުއިމުގެ އަޑުއިވުމާއެކު ހަމްޒާގެ ހިތް މަޑުކަފަކޮޅަކަށް ވިއެވެ. ދުވަހަކު އެކުއްޖާއަށް ހިތްހެޔޮ ނުކުރަން ހުއްޓާ އެދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފެނުމުން ހިތްއެކީ ސާފުވިއެވެ. މުޅި ކުއްޖާއެކީ ތުރުތުރު އަޅަމުން ދިޔައެވެ. ރައިހާނާ އަރި އަޅައިގަނެ ވެއްެޓެން އުޅޭހެން ހީވުމާއެކު ހަަމްޒާ ރައިހާނާ އުނގަނޑުގައި ހިފަހައްޓައި އޭނާ ގަޔާ ކައިރިކުރިއެވެ. “ރައިހާނާ” ރައިހާނާގެ ދެލޯ މެރެން ދިޔަ ވަގުތު ހަމްޒާއަށް ވައިއަޑުން ގޮވާލެވުނެވެ. ރައިހާނާ ގައިން ވަރުދޫވެ ހަމްޒާ އަތުތެރެއަށް ދެމުނެވެ.
ރައިހާނާ އަތްދަނޑި މައްޗަށް ލައިގެން ހަމްޒާ ގޮސް ހެލްތްރޫމަށްވެނެވެ. ހަމްޒާ ގޮސް ރައިހާނާ އެނދުގައި ބޭއްވަމުން އެމްބިއުލާންސަށް ގުޅަން އެންގިއެވެ.

ޝައުފާއާއި ރުހާމް އެމަޖެންސީ ރޫމްއާ ހަމައަށް ދިޔައިރު ޒިވާންއާ ހަމްޒާގެ އިތުރަށް ސްކޫލްގައި އުޅޭ ދެއަންހެން ޓީޗަރުން ތިއްބެވެ. ޒިވާން ގާތު މަޑުކޮށްގެން ލީމްވެސް ހުއްޓެވެ. ރޮވިފައި ހުރެ ޝައުފާ ގޮސް ހަމްޒާ ގާތު ވީގޮތް އޮޅުންފިލުވިއެވެ. “އަނބުރައިގަނެގެން ވެއްޓުނީ” ހަމްޒާ މާބޮޑު ތަފްސީލެއް ނުދެއެވެ. ރީހާން ދުވަމުން ކަހަލަ ގޮތަކަށް އެމަޖެންސީ ރޫމް ކައިރިއަށް އައެވެ. އެތަނުގައި ހަމްޒާ ހުރުމުން ހައިރާންވިއެވެ.
ޑަކުޓަރު އެމެޖެންސީ ރީމުން ނިކުތުމާއެކު ރުހާމްއާއި ޝައުފާ ދުވެފައި ޑަކުޓަރު ގާތަށް ގޮސް ރައިހާނާއަށް ވީ ގޮތް އޮޅުންފިލުވިއެވެ. ރައިހާނާއަށް މާބޮޑު ގެއްލުމެއް ނުވާކަން އެނގުމާއެކު ޝައުފާއަށާ ރުހާމްއަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. “ޑޮކްޓަރ ބުނީ ލޭމަދުވެގެންނޯ ފެއިންޓްވީ ގުޅާފަ އިން އައިވީ ނައްޓާލީމަ ދޫކޮށްލާނަމޯ” ރީހާން އައިސް ހަމަވުމާއެކު ޝައުފާ ބުންޏެވެ.
ަޒިވާންމެންނަށްވެސް ޝައުފާ އެޚަބަރު ދިނެވެ. ރައިހާނާއަށް މާބޮޑު ގެއްލިމެއްނުވާކަން އެނގުމުން ޒިވާންމެން ދާން ނުކުތެވެ. އެހެނަސް ތަނބެއްގައި ލެގިލައިގެން ހަމްޒާ އިނެވެ. އިސްތަށިގަނޑުގެ ތަރުތީބު ގެއްލިފައިވީއިރު ކަރުގައި އޮތް ޓައިވެސް އޮތީ ދޫވެފައެވެ. ހަމްޒާގެ ލޮލުގައި ވޭނީ ރިހުމެއްވިއެވެ. “ހަމްޒާ ދެން އެންމެ ރަނގަޅޭ ދިޔަޔަސް. އިރާދަކުރެއްވީތީ ރައިއަށް މާބޮޑު ގެއްލުމެއް ނޫވޭ. ވަރަަށް ބޮޑަށް ޝުކުރިއްޔާ ރައި ހޮސްޕިޓަލަށް ގެނެސްދިނީމަ” ހަމްޒާގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ރުހާމް ބުންޏެވެ. ރުހާމް ބުނި ގޮތުން ހަމްޒާއަށް ހީވީ އޭނާ ފޮނުވާލުމުގެ ބޭނުމުގައި އެހެން ބުނިހެންނެވެ. ހަމްޒާ ބޯޖަހާލުމަށްފަހު އެތަނުގައި އިތުރަށް މަޑުނުކޮށް ދާން ހިނގައިގަތެވެ. ދަމުން އެއް ފަހަރު ފަހަތަށް އެނބުރި އެމަޖެންސީ ރޫމާ ދިމާއަށް ބަލާލަމުން ދެލޯ މަރާލިއެވެ.

ރައިހާނާއަށް މަޑުމަޑުން އެސްފިޔަތަޅުވާލުމަށްފަހު ލޯ ހުޅުވާލިއެވެ. އޮވެވުނުތަން ނަގައިގަންނަށް މިނެޓެއްހާއިރު ނެގިއެވެ. ރައިހާނާ އޮތް އެނދުގެ އެއް ފަރާތެއްގައި އިށީންދެލައިގެން އިން ހަމްޒާ ފެނުމާއެކު މަޑުމަޑުން ހަމްޒާއަށް ގޮވާލިއެވެ. “ދޮންތީ. މިއީ ރީއްކޮއޭ!” ހަމްޒާ ނޫންކަން އެނގުމާއެކު ރައިހާނާއަށް ދެލޯ މަރާލެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް މިބުނު އުފާވެރިކަން ފިލާދިޔައެވެ. އޭނާގެ ހަޔާތަށް ދެން ދުވަހަކުވެސް ހަމްޒާއެއް ނާންނާނެކަން ވިސްނުމާއެކު ކަރުނައިން ދެލޯ ފުރުނެވެ. “ދޮންތީ!” ރައިހާނާގެ ލޮލުން އޮހޮރިިގަތް ކަރުނަތައް ފެނުމާއެކު ރީހާން ގޮވާލިއެވެ. ރައިހާނާ ގައިގައި ބައްދާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާ ފަދައަކުންނެވެ.

ރޭގަނޑު ދިހައެއް ޖަހަނިކޮށް ރައިހާނާ ހޮސްޕިޓަލުން ދޫކޮށްލިއެވެ. ޝައުފާ ސޫޕް ތަށްޓަކާ ޖޫސް ހިފައިގެން އައިސް ރައިހާނާއަށް ކާންދިނެވެ. އެއަށްފަހު އަރާމު ކުރަން ބުނެފައި ދިޔައެވެ. އެނދުގައި އޮށޯތުމާއެކު ހޭނެތުމުގެ ކުރިން ހަމްޒާ އޭނާއާ އަމާޒުކޮށްކީ ހުރިހާ ބަސްތަކެއް ކަންފަތް ދޮށުގައި ގުގުމަމުން ދިޔައެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު ހިތާމައާ ކެކުޅުމުން ފުރިފައިވި ހަމްޒާގެ މޫނު ފެންނަމުން ދިޔައެވެ.

ބެލްކަނީގެ ރެއިލިންގައި އަތް އަޅުވައިގެން އުޑުގައިވި ތަރިތަކަށް ގެއްލިފައި ހަމްޒާ އިނެވެ. ޖެހިލާ ހިތްގައިމު ވައިރޯޅިން އޭނާގެ ހިތަށް ފިނިކަމެއް ނުލިބެއެވެ. އަމިއްލަ ނަފްސު ކުއްވެރި ކުރެވެމުން ދިޔައީ ރައިހާނާ އެހާލަތަށް ދިޔައީ އޭނާގެ ސަބަބުންކަމަށް ގަބޫލު ކުރެވޭތީއެވެ. ސިކުނޑީގައި އުފެދެމުން ދިޔަ ހައިޖާނުގަނޑު ބޮޑުވާން ފެށުމުން ބޮލަށް ރުޅި ސަވާރުވިއެވެ. ރެއިލިން ގަނޑުގައި ގޮށްމުށް ކަވާފައި ދެތިން އެތިފަހަރު އަޅާލުމުންވެސް ރުޅިގަނޑު ހިލޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ބޮލުގައި ބާރަށް ހިފަހައްޓައިގެން އިނދެ ލެވުނުހާ އެންމެ ބާރަކަށް ހަޅޭއްލަވައިގަތެވެ. ރުޅިގަނޑު މައިތިރިވުމާއެކު ތަޅުންގަނޑު މައްޗަށް ހަމްޒާ ތިރިވިއެވެ.

ކުރަހާ ކޮޓަރީގައި އެއްޗެއް ކުރަހަން އިން އަންޖަލްއަށް އެއަށް ސަމާލުކަންދެވޭ ގޮތެއް ނުވެއެވެ. ލޯބިވާ ބޭބެއާއި ކުޑަދުވަހު އެންމެ ގާތްކޮށް އުޅުނު އެކުވެރިޔާ އެދަނީ ލޯބީގެ ކަނޑުގައި އޮޔާ ދަމުންނެވެ. އަމާންކަމާ އޮމާންކަމާއެކި ފެށި ދަތުރުގެ މަންޒިލަށް ހަމައަށް ނުފޯރަނީސް ވަރުގަދަ ކޮޅިގަނޑެއްގައިޖެހި އެދަނީ ބެހިގެންނެވެ. އެކޮޅިގަނޑުން އެދެލޯބިވެރިން ސަލާމަތް ކުރަން އަންޖަލް ކިތަންމެހާވެސް ބޭނުމެވެ. ވިސްނިވަރަކަށް އަންޖަލްގެ ސިކުނޑިއަށް ބާރުކުރަމުން ދިޔައެވެ. ރީހާންއާ އޭނަ އުފަލުގައި އުޅޭއިރު ރައިހާނާއާ ހަމްޒާ އެޖެހިނީ ހިތާމަ ކުރާށެވެ. ދުނިޔެއަކީ ކިހާ އަނިޔާވެރިތަނެއް ހެއްޔެވެ. އަތުގައި އޮތް ފިއްސާ ކުލަ ފުޅި މޭޒު މަތީގައި ބޭންދުމަށްފަހު އަންޖަލް ނިކަން ބާރަށް ކޮޓަރިން ނުކުތެވެ.

ރައިހާނާ ސްކޫލަށް ދާން ތައްޔާރުވެގެން ނުކުތެއް ކަމަކު ޝައުފާއާ ރުހާމް ރައިހާނާ ދިޔަކަ ނުދިނެވެ. ސަލާން ބުނެފައި އަރާމުކުރަން ދެމީހުންވެސް އެދުނެވެ. “ރައިހާނާ. މަންމައާ ބައްޕަގެ ނިންމުންތަކަށް ދެކޮޅު ހަދާހާ ބޮޑެއް އަދިނުވޭ. ރީތިކޮށް ކޮޓަރިއަށް ގޮސް އަރާމުކުރޭ” ރައިހާނާ ގަދަހަދާފައި ދާން އުޅުމާއެކު ހަރުކަށިކަމާއެކު ރުހާމް އަމުރުކުރިއެވެ. ރުހާމް ރުޅިއައުމުން އިތުރަށް ދެކޮޅު ހަދާކަށް ރައިހާނާއަކަށް ނުކެރުނެވެ. ގޮތްދޫކުރުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ.
ރައިހާނާ ކޮޓަރިއަށް ވަދެ ދޮރު ލައްޕަން ދެކަށް ރުހާމް ބަލަހައްޓައިގެން ހުއްޓެވެ.

ނިކްހާތްއާ ވިޝާހްއަށް ހަމްޒާއާ ރައިހާނާއާ ދެމެދު ހިނގައިގެން އުޅޭ ހައިޖާނުގަނޑެއް ނޭންގެއެވެ. އެދެޒުވާނުންގެ އުފާވެރިކަން ޚަރާބުކުރަން އެކަކުވެސް ބޭނުމެއްނޫނެވެ. ވިޝާހްއާ ނިކްހާތް އެމީހުންގެ ދަރިފުޅަށް މަރުހަބާ ކިއުމަށް ތައްޔާރު ވަމުން ދިޔައެވެ. މިހާރުންސުރެ ކުޑަކުދިންގެ ސާމާނު ވިއްކާ ފިހާރަތަކަށް ގޮސް ކުޑަކުދިންނަށް ބޭނުންވާ ރަނގަޅު ސާމާނު ބަލަމުން ދިޔައެވެ. ވިޝާހް އެދެމީހުންނަށް ލިބެން އުޅޭ ދަރިފުޅަށް ކުޑަކޮޓަރިއެއްވެސް ތައްޔާރުކުރިއެވެ.

ސަރްވާއަށް ބޮޑުބޭބެ ރައިހާނާގެ ކައިވެނި ހަމަޖެއްސިކަން އެނގުމާއެކު ގަބޫލުކުރަން ދަތިވިއެވެ. ނަދާގެ ކައިވެނި އެގޮތަށް ކުރުވަން އުޅުމުން އެންމެ ހިތްހަމަ ނުޖެހުނީ ރުހާމްއަށް ވީތީއެވެ. ނަދާގެ މިހާރުގެ ފިރިމީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް އެހެން ނުހެދުމަށް ބުނީ ރުހާމްއެވެ. އެދުވަހު ނަދާއާ އެއްކޮޅަށް ރުހާމް ވަކާލާތު ނުކުރިނަމަ ނަދާގެ ހަޔާތް ބަނަވެގެން ދިޔައީހެވެ.

ހަމްޒާގެ ހިތަށް ކިރިޔާވެސް ހަމަޖެހުމެެއް ލިބެނީ ޝިވަން ނޫނީ ލިއާއާއެކު ވަގުތު ހޭދަކޮށްގެންނެވެ. އެދެކުދިންނާއެކު ހޭދަ ކުރާ ވަގުތު ހިތާމަތައް މަތިން ހަނދާންނެތިގެން ދެއެވެ. އޭނާގެ އުފާވެރިކަންވަނީ އެދެކުދިންނާ ގުޅިފައެވެ. ސްކޫލުން ގެއަށް އައިސް ކުޑަކޮށް ޖައްސާލައިފައި ހަވީރު ހާމްޒާ ލިއާ ގޮވައިގެން ޝިމާންމެންގެއަށް ދިޔައެވެ. ހަމްޒާ ބެލްޖެހި ތަނާހެން ދޮރު ހުޅުވީ ޝިމާންއެވެ. ހަމްޒާ ފެނުމާއެކު ޝިމާންގެ މޫނު މަތީގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. އަނގައިން ބަހެއް ބުނުމެއް ނެތި ޝިމާން ހަމްޒާ ވަންނަން ތަން ދެއްކިއެވެ. ލިއާ ތިރީގައި ބޭންދުމާއެކު ދުއްވައިގަތެވެ. ހަމްޒާ ބޫޓު ބަލާފައި އެތެރެއަށް ވަންނަން އެޅި ފިޔަވަޅުތައް ހުއްޓުނީ ރައިހާނާއާ އަކްޝަމް ފެނިފައެވެ. އެދެމީހުންގެ އިތުރުން ރުހާމްއާއި ޝައުފާ އަދި ރީހާންވެސް ތިއްބެވެ. ހަމްޒާ ޝިމާންއަށް ބަލާލާފައި ނިއްއަރުވާލިއެވެ. ހަމްޒާ ބުނި އެހީ ކީކޭކަން ފަހުމުވުމާއެކު ޝިމާން ދެކޮނޑު އަރުވާލީ އޭނާއަށް ނޭންގޭކަން އެންގުމަށެވެ.

ލިއާގެ ތުއްތު އަޑުން ރައިހާނާއަށް ގޮވަމުން ދުވެފައި ގޮސް ރައިހާނާ އުނގުތެރެއަށް ވަނެވެ. ރައިހާނާ ދޮރާ ދިމާއަށް ބަލާލީ ހަމްޒާ ހުންނާނެތީއެވެ. ދެޒުވާނުންގެ ހަތަރުކަޅި ބައްދަލުވީ ހިނދު ޖަޒުބާތުތައް އުތުރި އަރައިގަތެވެ. ދެމީހުންގެ ލޮލުގައިވެސްވީ ޝަކުވާއެވެ. ހިތާމައެވެ. ހަމްޒާ އަވަސް އަވަހަށް ރައިހާނާއާ ނަޒަރު ވަކިކޮށްލަމުން އެހެން އެންމެންނަށް ހިނިތުންވެލިއެވެ. ހިތުގައި ޖެހުނެއް ކަމަކު ރައިހާނާވެސް އެކަން ނުދައްކާ ލިއާއާ ލޯބިކޮށްލިއެވެ.
ރީހާން ސަރްވާ އަދި ޝިމާން ތިން މީހުން ތިން މީހުންނަށް ނަޒަރު ދިނެވެ. ރައިހާނާއާއި ހަމްޒާއެކޭ އެއްފަދައިން އެތިން މީހުންވެސް ދިޔައީ އެދެލޯބިވެރިންގެ ހިތާމާގައި ބައިވެރިވަމުންނެވެ.
“އޭ ބްރޯ! މާލެ އައި ފަހުން ދިމާވެސް ނުވޭ ކޮންތާކު ތިއުޅެނީ؟” ހަމްޒާ ގޮސް އެކުވެރިކަމާއެކު އަކްޝަމްއާ ވާހަކަ ދެއްކިއެވެ. އަކްޝަމްވެސް ނުހަނު އެކުވެރިކޮށް ހަމްޒާއާއި ވާހަކަ ދެއްކިއެވެ. ރުހާމްވެސް ހަމްޒާގެ ހާލު އޮޅުންފިލުވިއެވެ.
ރައިހާނާ ތުންފަތް ހަފާލަ ހަފާލަ އިނެވެ. އަނގައިން ބުނަނީ ލިއާއާ އެކަންޏެވެ. އެތާގައި އެހެން ބަޔަކު ތިބިހެން އޭނާއަށް ހީވެސްނުވެއެވެ. ލިއާ ރައިހާނާ އަތަށް ދަމަމުން ސޯފާއިން ނަގައިގެން ލިއާއާ ޝިވަން ކުޅޭތަނަށް ގެންގޮސް ބޭންދިއެވެ. ޝިވަންވެސް މަޖާވެފައި ރައިހާނާ ލައްވާ އޭނާގެ ކުޅޭ އެއްޗިހިން ތަފާތު އެއްޗިހި ހަދުވަމުން ދިޔައެވެ. ހަމްޒާއާ މެދު ނުވިސްނަން ރައިހާނާއަށް ފެނުނު އެންމެ ރަނގަޅި ގޮތަށްވީ ލިއާއާ ޝިވަންގެ ސަކަރާތުގައި ބައިވެރިވުމެވެ.

އަޒްހަދް ކޮޓަރީ ދޮރުމަތީ އިނދެގެން އަންޖަލް ފުން ނޭވައެއްލިއެވެ. މީހާ ހަމައަކަށް އަޅުވަމުން ދޮރުގައި ޓަކި ޖަހާލާފައި ހުޅުވިއެވެ. އަޒްހަދް އެނދުމަތީގައި އިނދެ ލެޕް ޓޮޕުން ކޮންމެސް މަސައްކަތެއް ކުރަމުން ދިޔައެވެ. ރާނިޔާ އިނީ އަޒްހަދްގެ ގަމީސްތައް އިސްތިރިކުރާށެވެ. އަންޖަލް ވަނުމާއެކު އަޒްހަދް ލެޕްޙޮޕުން ނަޒަރުވަކިކޮށްލިއެވެ. އަންޖަލް އިން ގޮތުން އަންޖަލްއެއައީ ކޮންމެސް ބޮޑު ވާހަކައެއް ދައްކަން އަޒްހަދްއަށް އެނގުނެވެ.

ލޯގަނޑު ކުރިމަތީގައި ހުއްޓިގެން ހުރިއިރު ރައިހާނާގެ މޫނުގައި އެއްވެސް އުޖާލާކާމެއް ނެތެވެ. މޫނުމަތިއެކީ މިލާފައިވާއިރު ދެލޯވަނީ ވަޅުވަދެފައެވެ. ކުޑަވަރެއްގެ މޭކަޕެއްކޮށްގެން ރައިހާނާ އޭނާގެ މޫނު ރީތިކުރިއެވެ. ކަޅުކުލައިގެ އަބާޔާއާއެކީ ދަނބުކުލައިގެ ޝޯލެއް އަޅައިގެން ރައިހާނާ ތައްޔާރުވިއެވެ. މިރެއަކީ އޭނާގެ ހަޔާތް އެކީ ބަދަލުވެގެން ދާނެރެއެވެ. ހަޔާތުގެ ބައިވެރިޔާއާ ބައްދަލުކުރަންދާ ރެއެވެ. ހިތްހަމަޖެހޭ ވަރަށް ތައްޔާރުވެވުމުން ރައިހާނާ ކޮޓަރިން ނުކުތެވެ. އޭރު ރީހާންއާއި ޝައުފާ އަދި ރުހާމް ރައިހާނާގެ އިންތިޒާރުގައި ތިއްބެވެ.

ހިތްނޭދުނަސް ބައްޕަގެ އެދުމާ އަމިއްލަ ދިރިއުޅުމަކާ މެދު ދެކުނު ހުވަފެންތައް ތެދުކުރުމަށްޓަކައި ބައްޕަގެ ހޮވުމާއި ބައްދަލުކުރަންދާން ހަމްޒާ ތައްޔާރުވިއެވެ. ވެވުނު އެންމެ ފުރިހަމައަށް ތައްޔާރުވެގެން ބައްޕަ ބުނި މަންޒިލަށް ދިއުމަށްޓަކައި ސައިކަލުގައި މިސްރާބްޖެހިއެވެ. އެރެއަަށްފަހު ރައިހާނާގެ ހުރިހާ ހަނދާންތަކެއް ހިތުން ނެރުމަށް ހަމްޒާ އަޒުމް ކަނޑައެޅިއެވެ. އެއަންހެންކުއްޖާއަކީ ކޮންމެ ކަހަލަ ކުއްޖަކަށްވިއަސް އެކުއްޖާއާ އޭނާ އިންނަން އެހުރީ ތައްޔާރަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ކުށަކާ ނުލާ 20

Next

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 7

Next
August 7, 2019

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 7

Previews
August 6, 2019

ކުށަކާ ނުލާ 20

40 Comments!

  1. ???? says:
    August 6, 2019 at 9:56 pm

    Hey thanks.. Bala Bala indha thi up kohlee.. Alhe Maadhamaa Next part up kohdheebaaa….. Varah curious vefa mihunnany kiyaa laahithun… Btw vvv reethi… Speech less… Very Speech less. ???????????????????????????????????????❤️❤️❤️???❤️❤️?????????❤️❤️????

  2. Ma says:
    August 6, 2019 at 10:01 pm

    Alhey rovijje???

    1. ???? says:
      August 6, 2019 at 10:04 pm

      Avahah huutaalaa.. Thivarah Theena ronyaa i ah vec rovi dhaane.. ??????

  3. Anonymous says:
    August 6, 2019 at 10:05 pm

    Dhn kn iraku up kuranii kiyaa… V avahah up kohdhehchey plx..

  4. Mish says:
    August 6, 2019 at 10:05 pm

    Wow..????????haadha dhegu inthexaareh ge nimumyy

  5. Zaa says:
    August 6, 2019 at 10:07 pm

    Ooooh rai and hamzaaa.. cant wait for the next

  6. Zar@ says:
    August 6, 2019 at 10:08 pm

    ??????????????????????????????????????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Wow.. Vvvvvvvvvv reethi ingey mi part ves… Keep it up girl… Curiously waiting 4 the next part..

  7. Someone says:
    August 6, 2019 at 10:09 pm

    Ehaa dhuvaskohfa this is what we get to read. Hus haasaru dhamaafa. Vrh hadi mi part mulhin foohi vejje story mathin ves ?

    1. Omg says:
      August 7, 2019 at 6:54 am

      Haaaa meena vaane meehunnah ehchehi kiyan gaimu thimaa vaahaka up kurannaa egeynee liyuntheriehge haalu

  8. Shixkaan says:
    August 6, 2019 at 10:57 pm

    Next episode upload vaany kon dhuvahakun tha?? Varah reethi vahaka ❤️❤️

  9. DHONTHY says:
    August 6, 2019 at 11:01 pm

    Aww anekka rai and hamza kanneynge badhdhalukuran e ulhenee???? Anyways vv salhi mi part ves????? Ummeedhukuran v avahah fiftieth vana part genesdheynekamau ❤️❤️???? Love you so much kiyara

  10. Cherrie says:
    August 6, 2019 at 11:04 pm

    Stry hama best… Mashaa Allah.. Keep it up girl… Love you Kiyaa❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Waiting

  11. Faimu says:
    August 6, 2019 at 11:14 pm

    Alhe ekm kiyaa kyve tha ehaa dhuvas kohfa up kuraa iru vx kudakoh kurany.. Ekm vx nice dhn

  12. Ziyaa says:
    August 6, 2019 at 11:25 pm

    Haadha kurukoh

  13. Meekkomee says:
    August 7, 2019 at 12:01 am

    Varah reethi ??????????????? ahvahah up kohladhyy thi ingyyy???? can’t wait to read next episode ???? waiting ???? luv this story so much ?????n all of ur story?????one of my favourite writer ????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????? ahvahah up kohladhythi plx☺️☺️☺️❤️❤️♥️♥️???????

  14. Kaley says:
    August 7, 2019 at 12:06 am

    Don’t use dhekah.. correct way is dhen

  15. ❤️shyn❤️ says:
    August 7, 2019 at 6:26 am

    Alheyyy… V. Reethi mi part ves ❤️

  16. Mimmi7 says:
    August 7, 2019 at 7:01 am

    Yeahhhhh finally?? thanks kiyaa this part was awesome… But nxt part thankolheh dhigu kohlahchey ???

  17. ސިފް says:
    August 7, 2019 at 8:19 am

    އެހާދުވަސްކޮށްފަ ވާހަކަ އަޕް ކުރިއިރުވެސް އާކަމެއް ނުވެ ހުސް ހާސަރު

  18. Yerkko says:
    August 7, 2019 at 8:30 am

    Sif only some words are same ehen hurihaa kameh different

  19. Yerkko says:
    August 7, 2019 at 8:31 am

    Wow… Vrh reethi ???????

  20. Someone says:
    August 7, 2019 at 12:18 pm

    Magey aa Omg ah haadha asareh koffiey dhw ?
    Nd btw i was a fan of this story before ekm mi part reethi noon v ma i just told my opinion. Knmma myhakah ves emyhakah fenna goiy buneveyne. Just like you people are free to say that you liked this ep in the same way i can also say if i don’t like or not. So hajam plz ??

    1. Psycho says:
      August 7, 2019 at 1:18 pm

      Agreed…?? Lol

  21. jiji says:
    August 7, 2019 at 3:30 pm

    Hamza aa rai kahneyge dhw meet kuran e ulheny???…Im so curious to read next..
    Vv rythi mi bai vec??????❤❤❤..
    Hope it would be uploaded soon..Plx ehaa gina dhuvas nukurahcheyy ingey..Waitinnn

  22. Anonymous says:
    August 7, 2019 at 6:27 pm

    Rai and hazaa will marry i think this is my opinion

  23. Mariyanbu? says:
    August 7, 2019 at 9:25 pm

    ???wowwww
    ?✨curious to read next part
    ??❣️yuh r the best laav

  24. Fan of your dramas ? says:
    August 8, 2019 at 4:27 am

    Vaahaka up kohfa inyma hama ekani balaaly writerge comment eh inthw.. Vaahaka kiyaa hitheh mihaaru nuvey writerge drama molhukamun.. Curiously waiting to hear writer’s excuses ??

  25. Himi says:
    August 8, 2019 at 1:14 pm

    Aah ohno mi part ves varah reethi mashallah ingey kiyaa thy vidhaa tharieh molhu when next part kiyaa

  26. Vaahaka kamu nudhaanama nukiyabala dhw ??? says:
    August 8, 2019 at 10:55 pm

    ??Kiyaa eii 10 ga ulhey kuhjjeh?

  27. Who??? Me???? says:
    August 9, 2019 at 7:15 pm

    Kiyaa plx plx plx plx plx avahah up kohdhyba stry??????????. Can’t wait to read nxt prt ??????. Avas plllllllleeeeeesssssseeeee???????????????????????????????????????

  28. Crazy fool says:
    August 9, 2019 at 7:27 pm

    Hey ppls thy dhn kn kameh tha thy abadhu ??????? thanehga comment kureven hurriyya vrne kohmes ehchekey kiyaigen tholhen. Emyhaku beynun ehcheh emyhakah comment kurevidhrne dhn aneh myha eyakr alhaa lan vy kykuran. Kihaa boduvehjje kameh mee dhn.????? Readers n authors vec vrne gabool kuran, tht negative comments vec libeynekan. Btw mi stry vec vrh rythi????❤️❤️❤️?? maashaa allah. I’m a big fan of you kiyaa n lysm???????????❤️❤️

  29. ❤️❤️❤️ says:
    August 9, 2019 at 8:29 pm

    I mean you’re a writer. Kiyaa ah takaa vaahaka dhekkun gaohekey nubunan. Ekamaku kiyaaraa defend kohfa writers aa vaahaka dhahkaa iru reethikoh visnaidhey fadhayakun vaahaka dhehkun buhdhiveri. Writers kurierumah ehyvedhey emme muhimmu eh bay akee readers. Myself being a writer, I believe that feedbacks of readers helps me a lot to improve my stories. And I appreciate that a lot. Yourself being a writer, you should respect readers and it’s better to talk them more politely. Readers ah furihama ilhthiyaaru dhevifa othy readers ge opinion faahaga kuran. Kaamiyaabu liyuntherieh e liyuntheriyaa ah libey negative comments ge sababun liyuntherikamah maa bodu asareh kuruviyaka nudheyne. Alhugandu nubunan ehves haalehga ein asaru nukuraaneyekey. Khudhu alhugandah ves e ihusaas thah kurevey. Bunan miulheny ehaa faseyhain give up nukuraaney. Winners don’t quit. You should respect others to gain respect. And remember, you will be loved if you respect them only. In order to be successful, you should take negative comments positively. No one is perfect. Mistakes hunnaathee ey readers point out kuranee. Ehves meeheh anekaa aa ehgotheh nuvaane. Different people have different opinions. We should respect their opinion as well. Hamaekani aharemen qabool kuraa goiyy aee rangalhu goiyy kamah balaigen nuvaane. Hope you won’t repeat it again cox if you want to be a professional writer, you should act as a professional writer. “Respect others too”?

  30. Butterfly says:
    August 9, 2019 at 8:40 pm

    WOW

  31. ❤️❤️❤️ says:
    August 9, 2019 at 8:42 pm

    Maa sha allah. Vrh furihama mi bai ves. Vaahakaige part thah up kurumuga kudakoh las v namaves baraabarah up kuramun dhaathee ufaavey. I’m a reader of this story since the very beginning. I loved it and I was curious to read it when I read it more and more. Love the way you bring the new twists and the way you describe everything. I’ve read each and every single part of this story as well as the other stories of you. I’m a fan of you stories cox you have a different style of writing compared to other writers. I don’t hesitate to say this story is worth waiting. ? ma sha allah. Unmeedhu kuran kuriyah huri baithah ves kaamiyaabu kamaa eku genesdheyne kamah. Kiyaa bxy nama ekan understand van. Best of luck dear. ?

  32. Butterfly says:
    August 9, 2019 at 10:34 pm

    READErs alhugandu bunelan beynun vany alhugandu ves mi writer ekey… thi gothah writer ah faadu faadu ehchihi keema dhera vaane. ANONYmous. PLS dont try to repeat. HURIHAA writers aky ves insaanun eki meehunge hayaai eki goi gothah dhaany. misalaakah balamaa hingaa alhuganduge gey kujjeh dhemi otjumuge aalamah dhathuru kffiyya e hithaamaa ga kithah duvas vaane. KAMEH kuraa hiy ves nuvaane. DONT take this com as negetive com

  33. Someone? says:
    August 10, 2019 at 8:50 pm

    ??So don’t judge a book by its cover

  34. ❤️❤️ says:
    August 11, 2019 at 9:08 am

    Next part avahah up kohlladheeba

  35. Psycho says:
    August 11, 2019 at 9:44 am

    Kiyaaaaaaaaaaaaa….. When next part????…..????????????

  36. Jasmine says:
    August 11, 2019 at 11:16 am

    Mi part ves varah lobi next part avahah up kohlachey.and
    Mi thaa ves mihaaru asareh ebahuri dhoo I don’t know what is going through on kiyaa

  37. Mariyanbu? says:
    August 11, 2019 at 3:25 pm

    ??Whn next part??

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ…50 ފަހުބައި←


All Right Reserved!