އެދުވަސްތައް އަނބުރާ ލިބި ދާނެބާ 6
ޒިޔާންގެ ޖަވާބަކަށް ބެލުމެއްނެތި ޒާޔާ ފޯނު ކަނޑާލިއެވެ. އަދި އެންދުން ތެދުވެ ބެލްކަންޏާއި ދިމާލަށް ދުއްވައި ގަތީ އެ ލަވަ ކީޔަމުންދާ އަޑަކީ ކޮން އަޑެއް ކަން އެނގޭތީއެވެ.
*****************************************************
ބެލްކަނީގެ ފަރުދާ ކަހާލުމަށްފަހު އަވަސްއަވަހަށް ބޭރު މަގުމައްޗަށް ޒާޔާ ބަލާލީ އެމީހެއްގެ މޫނު ބަލާލުމަށެވެ. އޭރު އޭނާގެ ގެޔާ ދިމާލުން ތިރީގައި މީހުންތަކެއް އެއްވެފައި ތިއްބެވެ. އަދި އެމީހުންގެ ތެރޭގައި ގިޓާއެއް ހިފައިގެން ލަވަކިޔަން އޭނާ ހުއްޓެވެ. އޭނާ ހުރީ ޒާޔާއަށް ފުރަގަސް ދީގެން ކަމުން ޒާޔާއަށް އޭނާގެ މޫނު ފެންނަ ގޮތެއް ނުވިއެވެ.
“* އެކުގައި އުޅެން ވީމެ ވަޢުދާ ހުވާ * ހިތަށް އޭރު ލިބުން ފޮނި ބަސްތައް ފުރާ * ގުނަމުން ދިޔައިމޭ ދުވަސްތައް އުފާވެރި * ހިތި ވޭން ހިތަށް ގެނުވިއޭ ކެތް ނުވާ * ހިތް ދެވުނު މިތުރެއް ތިނޫނީ ނުވާއިރު * ކީއްހޭ ކުރާނި މަ ފަސްދީފައި ދާއިރު * ހީވެސް ކުރިން އުމުރަށް ގާތުގައި މަ ވާނޭ * އަބަދާއި އަބަދުވެސް ފިރުމާ ހަދާ *” ރީތި އަދި ފުރިހަމަ ފިރިހެންވަންތަ އަޑަކުން އޭނާ ލަވަކިޔަމުން ގެންދިޔަ އިރު އަޑުއަހާލާން ވަރަށް ވެސް ރީއްޗެވެ. ޒާޔާ ހުރީ ލަވަ އަޑުއަހަން މުޅިން ގެއްލިފައެވެ. ހުރިތަނަށް ޖެހި ބުދެއްހެން ގުޑިލަން ވެސް ނޭނގިފައި ހުރިތާނގައި ހުރީއެވެ. ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރި ކޮށްލައިގެން ހުރި އިރު ޒާޔާގެ ހިތަށް ބުނަން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބެމުން ދިޔައެވެ. އެ ރީތި އަޑު ޒާޔާގެ ކަންފަތުގައި ޖެހޭ ކޮންމެ ފަހަރަކު އޭނާގެ ހިތުގެ އެންމެ ހިމަ ނާރާވެސް ކުޅެލައެވެ.
* ތިހަނދޭ ބަނަ ދުވަސް ދުވަސް މަގޭ އަލި ކުރާ ރޯޝަނީ މަލޭ ހިތުގެ މޯޅިކަން ފިލާ އުފާތަކޭ * ލިބުން އެދި މިކުރާ ދުޢާތަކޭ ބުނެލަމޭ ވަރަށް ފޮނި ބަސްތަކެއް * ދެން ނުދޭ މަލާ އެކު އުޅެން މަށާއި * އެކު އުޅެން ކަލާ ކުރި ހުވާ އުވާލުމުން * ކުރި އިތުބާރު ގެއްލި ގޮއްސި މާ ދުރަށް.. މާ ދުރަށް * ލޯބިން މިގޮތަށް ވާނަން އުމުރަށް އުޅުމަށް ދުވަސްތަކެއް ގުނުމަށް * ނޭދެން ގާތުން ދުރުވާން މި އަޅާ.. ވާން އެދެމޭ ގާތުގައި ތިމަލާ *” އެ ޒުވާނާ ލަވަ ކިޔާ ނިންމާލުމުން ބަލަން ތިބި އެންމެންގެ ހޫނު ތަރުހީބާއި ތަޢުރީފުގެ ބަސްތައް އޭނާއަށް ލިބުނެވެ. އެ ޒުވާނާ ކޮނޑުގައި ގިޓާ އަޅުވާލުމަށްފަހު ކައިރީގައި ހުރި ސައިކަލް އަކަށް އަރާ ބޮލުގައި ހެލްމެޓް އެޅިއެވެ. އޭރު ވެސް އޭނާ ހުރީ ޒާޔާއަށް ފުރަގަސް ދީގެން ކަމުން ޒާޔާއަށް އޭނާގެ މޫނު އަދިވެސް ނުފެނުނެވެ.
“ހެއި ވެއިޓް… މަޑުކޮށްބަލަ” އޭނާ ސައިކަލު ސްޓާޓް ކުރުމުން ޒާޔާ ވަރަށް ބާރާށް އޭނާއަށް ގޮވާލިއެވެ. އެޒުވާނައަށް ޒާޔާ ގޮވާލި އަޑު އިވުމުން އޭނާ ޒާޔާއަށް ބަލާލިއެވެ. މޫނުމަތީގައި ހެލްމެޓް އަޅާފައި ވުމުން ޒާޔާއަށް ރަނގަޅަށް އޭނާގެ މޫނު ނުފެނުނެވެ. ޒާޔާ އޭނާގެ އަތުގެ އިޝާރާތުން ތިރިއަށް މި ފައިބަނީ އޭ ބުންޏެވެ. ދުން ޖަހާފައި ޒާޔާ ކޮޓަރިން ނިކުމެ ސިޑިން ފައިބާ ބޭރަށް ނިކުމެ މަގުމަތީ ބަލާލި އިރު އެ ޒުވާނާ ފެންނާކަށް ނެތެވެ. “ޝިޓް.. ކޮބާތަ އޭނާ… އަޅެ ދިޔައީތަ” ތުންކޮޅު އޫކޮށްލައިގެން ހުރެ ފައިން ބިންމަތީގައި ޖަހާލަމުން ޒާޔާ ބުނެލިއެވެ.
މާޔޫސްކަމާއި އެކު އެނބުރި ގެއަށް ވަންނަން އުޅެނިކޮށް ފަހަތުން މީހަކު އައިސް ޒާޔާގެ އަތުގައިހިފިއެވެ. ޒާޔާ ހީކުރީ އެއީ އެ ޒުވާނާ ކަމަށެވެ. އަދި އުފަލުން އަނެއް ފަރާތަށް އެނބުރުނު ވަގުތު ޒާޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޒާޔާގެ އަތުގައި ހިފަހައްޓައިގެން ހުރީ މީހާ ބަލާބެލުމަށް ވައްތަރީ ގެންގެއްގެ މީހަކާއެވެ. އިސްތަށިގަނޑު ދިގުވެފައި ހުރީ ބޯލުގެ މައްޗަށް ހުޅިއެއް ޖަހާފައެވެ. ކަރުގައި ބައިވަރު ފައްތަކެށް އަޅާފައިހުއްޓެވެ. ދަތްޕިލާ ސެލް އަޅުވައިގެން ޒާޔާއާއި ދިމާލަށް ނުލަފާ ނަޒަރަކުން ބަލަން ހުރިއިރު އޭނާގެ ގައިން ދުވާ ނުބައި ވަހުން ނޯއް ދަމާލަށް ނުކުރެއެވެ. “މަންޖެ ހާދަ ފައްކަލޭ… ކޮންނަމެއްތަ ކިޔަނީ” އެމީހާ ޒާޔާގެ އުނަގަނޑުގައި އަތްލަމުން ބުނެލިއެވެ. “ހާދަ ހަޔާތް ކުޑަ އޭ ދޯ… ކާކުތަ ތިއީ، މަގޭ ގަޔަށް ނައްލާތި” ނުރުހުންވެފައި ހުރެ ޒާޔާ އެމީހާގެ އަތް އުނަގަނޑުން ނަގައި އެއްލާލިއެވެ. “ހޫމް ހާދަ ފޮންޔޭ ދޯ… ނިކަން އަހަނަށް ވެސް ތިއިން ފޮނިކޮޅެއް ދީބަލަ” އެ މީހާ މަސްތީ ނަޒަރަކުން ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އަދި އޭނާގެ ޝަހާދަތް އިނގިލިން ޒާޔާގެ މޫނުގައި ބީހިލިއެވެ. “އޭތް ބަލަ ކީއްވެގެންތަ ތިއުޅެނީ މިހާރު ބުނެފީމެއްނުން ގަޔަށް ނައްލާށޭ… އައްޗީޑި، ބަލާބަ ކަލޭ ހުރީ ވައްތަރު… އަދި އެބަ އާދެއެއްނު މަގޭ ގަޔަށް އަތްލާން…” ކަނައަތުން އެމީހާގެ މޫނުމަތީގައި އެތިފަހަރެއް އަޅުވާލާމުން ޒާޔާ ބުންޏެވެ. “ނަ*****، މަަގޭ ގައިގައި ކައޭ ތިި ޖެހީީ…. ހުރެބަަލަ މިފަހަރު ކުޅިވަރު ދައްކާލާނަން” ރުޅިއިސް ރަތްްވެގެން ހުރެ ހަޑިހުތުރު ބަސްތައްް ބޭނުންކޮށްގެން އެމީހާ ޒާޔާއާއި މުޙާތަބު ކުރިއެެވެ. އެމީހާ ޒާޔާގެ ގާތައް ޖެހިި ޒާޔާގެެ ދެ އަތުގައި ހިފާާ ފާރަށްް ތަތްކޮށްްލިއެވެެ. އަޞްރު ނަމާދު ބަންގި ގޮވަން ކައިރިވެފައި ވުމުންް މަގުުމަތީގައި މާ ގިނަ މީހުންނެއް ނެތެވެ. އޭރު މަގުމަތީގައިި ތިބިި މަދު މީހުންް ކޮޅުތައް ތިބީ ބިރުން ކައިރިވާންް ނުުކެރިފައެވެެ.
މިއީ ވަރަށް ދެެރަ ކަމެކެވެ. އަހަރެމެންްގެެ މިއޮތް ކުޑަ މުޖުތަމަޢުގައިި ވެސް އަންހެން ކުދިންނަށް ކުރާ ޖިންސީ ގޯނާތައް އިތުރުވާ އެންމެ ބޮޑުއެއް ސަބަބަކީ މިއީީީއެވެ. އެންމެން ވެސް ބަލަނީ ތިމާގެ އަމިއްލަ ނަފްސު ސަލާމަތް ކުރެވޭތޯއެވެ. އެކެއް ވެސް އަމިއްލަ ފަރުދީ ޒިންމާ އަދާކުރަން ނޫޅޭއެވެ. އެމީހާ ޒާޔާގެ ކަރުގައި ވަސްގަތެވެ. އޭރު ވެސް ޒާޔާ އާދޭސް މަތިން އާދޭސްުރަމުން ދިޔައެވެ. އެމީހާ ޒާޔާގެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރުމުން ޒާޔާއަށް ގުޑި ވެސް ނުލެވުނެވެ. ބޭއިޚްތިޔާރުގައި ޒާޔާއަށް ދެލޯ މަރާއި ތަގުޅި ކޮށްލެވުނީ ދެން ސަލާމަތް ނުވެވޭނެކަން އެނގުމުންނެވެ. އޭރު ވެސް މި މަންޒަރު ބަލަން މަގުމަތީގައި ފިރިހެނުންތަކެއް ތިއްބެވެ. އެއްބަޔަކު ތިބީ ފޮޓޯ ނަގާށެ، އަނެއްބަޔަކު ތިބީ ހޭންށެެވެ. އެކެއް ވެސް މިކަން ހުއްޓުވާކަށް ނޫޅުނެވެ.
ކުއްލިއަކަށް އެމީހާ ބާރަށް ހަޅެލަވައިގަތެވެ. ޒާޔާ ދެލޯ ހުޅުވާ ލުމަށްފަހު ކުރިމަތި ބަލާލިއިރު އެއްކަލަ ޒުވާނާއާއި އެ ބޯމީހާއާއި އުޅުނީ ހިފައިގަނެގެނެވެ. ދެމީހުން އެކަކު އަނެކަކަށް ވަރުގަދަ ޙަމަލާތަކެއް ދެމުން ދިޔައެވެ. އޭރު ވެސް އެ ޒުވާނާ ހުރީ ބޯލުން ހެލްމެޓް ނުނަގައެވެ. ޒާޔާއަށް ކުރާނެ ކަމެއް ނޭނގިފައި ފާރުގައި ލެގިލައިގެން ރޯން ހުރެވުނީއެވެ. ކުއްލިއަކަށް ޒާޔާއަށް މޮޅު ޙިޔާލެއް އައިސްގެން އަތުގައި އޮތް ފޯނު ނަގާ ފުލުހުންނަށް ގުޅިއެއް އަދި އެމީހުންނަށް ހުރިހާ އެއްޗެއް ކިޔައިދީ އަންނާންވީ ތަން ބުނެދިނެވެ.
ދިހަވަރަކަށް މިނެއްޓު ފަހުން ފުލުހުންގެ ޖިޕް އައިސް އެމީހުން ކައިރިއަށް މަޑުކޮށްލިއެވެ. އަދި އޭގެން ތިން ފުލުހުން ފައިބާ އެ ގެންގު މީހާ އަތު ބިޑި އަޅުވައިގެން ގެންދިޔައެވެ. އެ ޒުވާނާ ވެސް ގައިގާ ހުރި ކިލާތައް ފޮޅާލަމުން ޒާޔާއަށް ބަލާލިއެވެ. މޫނުމަތި ނުފެންނަހެން ފޮރުވިފައި ހުއްޓެއް ކަމަކު އެ ޒުވާނާ ގެ ރީީތި ގަދަ މުށިކުލައިގެ ދެލޯ ޒާޔާއަށް ފެނުނެވެ. ހީވަނީ އެ ދެ ލޮލުގައި އަސަރުގަދަ ޖާދޫއެއް ވާހެންނެވެ. ޒާޔާ މަޑުމަޑުން އޭނާއަށް ތެންކިޔު ބުނެލިއެވެ. ބަދަލުގައި އޭނާ ބޯލުން އޯކޭ އޭ ބުނެ ސައިކަލްއަށް އާރާއި ބާރު ސްޕީޑްއެއްގައި ދުއްވާލިއެވެ. ދެންމެ ރޮއެރޮއެ އަވަދިވެފައި ހުރި ޒާޔާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.
ޒާޔާ ގޭތެރެއަށް ވަނުމަށް ފަހު ކޮޓަރިއަށް ވަދެ ދޮރު ތަންޑުއަޅުވާލިއެވެ. އަދި ފާޙަނައަށް ވަދެ މޫނު ދޮވެ ލައިގެން ނިކުތެވެ. އޭރު ޢަޞުރު ނަމާދަށް ބަންގި ގޮވަން ފަށައިފިއެވެ. ޒާޔާ ޙައިރާންވީ މިއަދު އޭނާގެ މަންމަ އޭނާ ގާތު ނަމާދު ކުރަން ގޮވަން ނާއިސްގެނެވެ. ފަހަރެއްގައި އޭނާގެ މަންމަ އަދިވެސް ހުރީ އޭނާ ދެކެ ރުޅިއައިސްގެން ކަމަށް ޒާޔާ ހީކުރިއެވެ. އެހެންކަމުން ދެންމެ ހިނގައިދިޔަ ކަންތައްތައް ޒާޔާ އޭނާގެ މަންމައަށާއި ބައްޕައަށް ސިއްރު ކުރަން ނިންމިއެވެ.
ސިޑިން ފައިބައިގެން ގޮސް ޒާޔާ ވަނީ ބަދިގެއަށެވެ. އޭރު ގޭތެރޭގައި އެއްވެސް މީހެއް ނޫޅޭއެވެ. އަދި ފުރިޖުން ދެ ޗޮކްލެޓް ނަގައިގެން އެނބުރި ކޮޓަރިއަށް ވަނެވެ. ޒާޔާ އެންދުމަތީގައި އިށީނދެގެން އިނދެ ޗޮކްލެޓް އުރަގަނޑުން ނަގައިގެން ކާން ފެށި އެވެ. ޙަޔާތުގައި ދެރަވާކަމެއް، އުފާވާކަމެއް، ނުވަތަ ހާސްވާކަމެއް ދިމާވިނަމަ ޒާޔާ އަބަދުވެސް ކުރާ ކަމަކީ ޗޮކްލެޓް ކެއުމެވެ. އެހެންކަމުން އޭގޭ ފުރިޖުގައި ޗޮކްލެޓް ހުސް ނުވެ އަބަދުވެސް ހުންނާނެއެވެ. ޗޮކްލެޓްތަކުގެ ތެރެއިން ވެސް ޒާޔާއަށް އެންމެ މީރީ ކެޑްބަރީގެ ޑެއިރީމިލްކެވެ. ކުއްލިއަކަށް ޒާޔާ އެއްޗެއް ހަނދާން ވެގެން އޭނާގެ ފޯނު ނަގައި ސްޕީކަރަށް ގުޅާލިއެވެ. އަދި މިއަދު ހެނދުނު ޒިޔާން އޭނާގެ ފޯނަށް އަޅައިދިން އެ ޒުވާނާގެ ވޯއިސް ރިކޯޑިން ޖައްސާ އަޑު ބާރު ކޮށްލިއެވެ. އެއާއެކު މުޅި ކޮޓަރި ތެރޭގައި އެ ޒުވާނާގެ ހިތްގައިމު އަޑު ފެތުރިގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
40 Comments!
Comments are closed.




Salaam all readers??? here’s the nxt part…. Vrh bodah sry mi part up kurun Las veema??aslu vaagothakee submit kureema vx pending ga vrh gina iruvey ?? reynoon Kurin rey a Mimmi submit kurin but adhi Kiriyaa mi levunee❤️anyways hope u guys would lyk this part???❤️❤️❤️ enjoy…. N LYSM❣️?
O M G.Mee alhugandu adu ehi story aa ehves thafaatheh nei story eh.Subhanallah
Kon stry eh tha Mia adu ehee… I didn’t knew that mikahala stry eh inna kameh…. Coz I have written this with my own ideas ?☺️just keep readin Kuriah oii thaanga thafaathu vedhaane eh nun ??n I am sry but I am not copying any stry….
Wow wow your ideas are awesome and it’s an amazing story keep it up loabi❤️?all the very best craving for nxt part
Thanksss vrh bodah??
Mimmi7… V salhi ingey Mi part ves….. Next part ah foni inthizaareh ???
Shukuriyya ❣️❣️vrh ufaa vejje vaahaka Reethi veema…. Nxt part is on the way??
Obi eyy buniyas good job darla Mimmi7 ??❤️❤️❤️❤️❤️?love u
OMG…Hama obi ingeyy???..Mimmi7 hama v molhu❤❤❤??????..Kon irakun thr next part upkohlaanyy
Thanxxx?❣️❣️❤️jiji ah hama rangalhah vx Mimmige Esfyna jehunee kaneyge?? Miburu first nulibunu dhw…. So sad?? but inshallah nxt part ga jiji ah first libeyne??? thanks for the support n keep commenting…. Nxt part vry soon inshallah ????
Mimmigandaa…e k vaane yey???..No worries dhydhy??????.. Yesh lets hope ekm next time libeythw dhw..Mimmi ah takai vec first hoadhan jehifa miya othyyy???
I just love this story?
I’m eagerly waiting for the next part ???
Thankuuuu??? thanks 4 the comment…. Inshallah
Waaah❤
Namaadhu gadeegaves chocolate kaalan lava jahaigen
Yeah she is lyk that… Vry bad right… Let’s see what happens ??
Varah reethi mi part ves lysm?????
Thanks a lot???? n luv u more
V.reethi
Thanks sparkle girl???
ނޭގޭ ވަރުން ވާހަކަ ނުލިޔާތި
Thikujjaa ah vaahaka Libyan neyngeytheetha judge thikuranee mind work nukuranee thohcheh nuvatha vaahaka kiyan neyngeytheetha ????????????
Keep it up mimmi?…n dhera araa kudhin dhera araan bahatta…Masha Allah mimmi v molhu vahaka liyaan♥️♥️♥️
Awwwwn??what a supportive n beautiful comment…. I am vry happy❤️❤️❤️thanks a lot for the comment ???LYSM
Sher and Ray ban akaa nukiyamennu.. So beykaaru kanthakaa nubehee.. Aslu vx hadi veema mi bunee.. ?????????
Kadavi ah vaahaka hadi veema nukiyanveenu.. Aslu mi vaahaka V salhi.. Keep it up Reema.. Vaahaka liyaa meehunnah engeynee eyge burakann… ??☺️???
Hadi veema enme rangalhu hadi vaahaka bunyas… But hadi vaaneevx sababeh ovegen dhw… Mimmige faraathun stryga rangalhu kohlanvi kameh ovejjiyaa angaaladhinun edhen?? Rey ban n sher is just being supportive… So pls don’t say anything to them…. Mimmi aa dhimaalah knme ehcheh kiyaas I hate it when people tok lyk that to my readers?? emeehunnah Reethi vegen emeehun Mimmige stry kiyanee… If u don’t lyk it say that to me don’t bring the readers In between… N Hama Ehaa hadi vejjiyaa nukiyaaba stry???
Be hey kamakah vaathee dhw beheynii coz Mimmi is my friend and classmate kadavi ah vaahaka hadi veema nukiyaanee and also meeheh gaiga hunna talent akaa judge kuranee theee uhthama fandiyaaru Tha? So better mind ur tongue while commenting ✌️✌️????
Behey kamakah vgn dhw behuny mimmi eii dhatha Akah vaathii….dhn hadi viima vahaka nukiyaanii
“kadavi” ah vaahaka hadi vanyamu nukiyanvi nu?
& we all know mimmi ge vaahaka varah reethi & it is the best
Don’t worry mimmi there will be haters who are jealous of your capabilities ?
Kadavi kadavydhww…. Kadavi kada ve ve ove beya… Kithamme Vareh kuriyas mi vaahaka Obi….Furathama thimaayah vaahaka eh nuliyevign thiulheny maa Salhi Vefaa ehn meehunnaakiyaan dhn kada vey…. Maa Salhi nuvebeya… Bye i have nothing to say here after… ????????✌️✌️✌️
Kadavi maaabodah salhi vaanvegen nuvevunee Eyge badhalu kadavaan jehuneee dhen la la la??????
WHAT DID YOU THOUGHT ????
Balaafa annaaen thought kuraa ehchehi
ލަވަ ކޮޕީކުރަންތީކާކު?????????
Excuse me, bunantha vrh rangalhu vaahaka eh Mimmi ehvx lava eh copy nukuran…. Yeah I used those songs but every other authors uses songs…. That doesn’t mean eii copy kurumey…. Mimmi e lava thah liyunee enme nah vx ingey lava Thakehveema… Interesting kohlan vegen…. by the way who the hell are u to say what I should write not write… It’s my stry kadavi akaa behey kameh noon Mimmi knme ehcheh liyunas… Vrh keikohffin ehchekey nubunaan…. But keiinuvaa varu vegen mi bunee…. Thee Ehaa kerey meehakah vaanama amilla nan jahaigen comment kohba… Faadehge kadavi eh jahaigen thi comment kuranee eii nukereythee eh nun… Thi guts n attitude dhahkaanee ehn meehakah????
Mimmi haadha avahah harduvee… I was just kidding story v salhi.. Mimmi aii samaasaakohlee ey.. Mimmi buneemennu hadi vi sabbabu bunaasheyy.. Aslu e lava ineema.. V bodah swrry Mimmi.. Hope you will forgive me… Can we be frndxx?? If you don’t mind ingeyy.. Hirilandhu ah aissa jahsaalahcheyy ahurenge ge ah.. ?☺️?????
I am just lyk #srsly… is this supposed to be a joke… Ekahala ehchehi kiyaanyaa hard vaane dhw… Mimmi e song Lee because I like it… N this is free country right… I can do what ever I want… BTW sry buneema Mimmi vrh ufaa vejje…. Apologies accepted… Mimmi vx kudakoh rulhi gadha vefa hureema e comment kuree… Sry for that…. Nxt time pls remember the fact that Mimmi ah dhimaalah ehcheh bunefiyya Mimmi defend kuran vrh Baivaru frnds thibeyne n they’re really dangerous ??beware of them…. Ya we could be frnds… But abadhuvx handhaan kuraathi Mimmi aa dheytherey rangalhu meehekah Mimmi vx rangalhu vaane… Mimmi aai dheytherey goas meehakah fennaanee Mimmige bad side n I am sure u don’t wanna see that side of mine??? hirilandhoo ah dhevijjiyaa thigeyah dhaan visnaalaanan??
Ohhhhhhh….. MIMMI7 I’m toooooooo late for the fight here…….. ??????
Ya too late…. But it’s OK Kuriah oii thaanga fight eh hingaifiyya Baiveri vaan vaane???? this fight is over now…