ލޯތްބެއްގެ ފެށުން 26
” ކޮބާ ލިވީ ؟ ކޮންތާކު ވީ ލިވީ؟ ” ކަރުނަތައް ވިދަމުންދިޔަ ދެލޮލުން ބަލާލަމުން ޒައިކް ވާހަކަ ދެއްކިއެވެ.
” މީ އުމްމްމް..” ޝިފާ އަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ.
“ފޯރް ގޯޑްސް ސޭކް ޝިފާ. ލިވީ ވީ ކޮންތާކު ކަން ބުނަންވީ ؟ ” ޝިފާ އަށް ބަލާލަމުން ހަޅެއްލަވައި ގަތެވެ.
” ޒައިކް!”
” ޕްލީޒް ބުނެބަލަ ލިވީ ވީ ކޮންތާކުކަން. ޒައިކްގެ އަޑު ނުކުތީ ވަރަށް އުނދަގުލުންނެވެ.
” އޭނަ ނެތް ދުނިޔެއަކު. ދަރިފުޅު ވަކިވެދިޔަ ކަމުގެ ހިތާމައިގަ ހިތާމަކޮއްކޮއް ހާޓް އެޓޭކެއް ޖެހުނުވާހަކަ އޭނަގެ އެކުވެރިޔާ ބުނީ. ޔަމާންވެސް އެކަމަށް ހެކިވާނެ ” ޝިފާ އެދެއްކި ވާހަކައަކުން ދުނިޔެ ހިނގުން ހުއްޓުނުހެން ހީވެއެވެ. ލޮލުން އޮހޮރޭ ކަރުނަތައް ގިނަކަމުން ދެއަތުން އެ ކަރުނަތައް އެއްކައިރި ކުރަން މަޖުބޫރު ވެއްޖެއެވެ. އޭނާގެ ހަށިގަނޑުގައި ޝިފާ ބައްދާލައިގެން ހުރިކަން އިހުސާސްވިއެވެ. އިތުރައް ޝިފާ ދެއްކި އެއްވެސް ވާހަކައެއް ނީވެއެވެ.
ސިފަވެގެން ދިޔައީ މީގެ އެތައް އަހަރެއްކުރިން ލިވީ ދައްކާފައި ހުރި ވާހަކަތަކެކެވެ.
******************
” އަހަރެން މަރުވެއްޖެނަމަ ، ހަނދާން ނައްތާލާނަން ދޯ؟” އޭނާގެ ބޮލައް މަސާޖެއް ދެމުން ދިޔަ ލިވީ ވާހަކަދެއްކިއެވެ. އަނގައިން ބުނުމެއްނެތި ބޯހޫރާލުމުން އެމަޑު އަތުގެ ކުޑަ ހަމަލާއެއް އޭނާގެ ކޮނޑައް އެރިއެވެ.
” ސީރިއަސް ވެބަލަ. އަސްލުވެސް އޭރަށް ހަމަ ހަނދާން ނެތޭނެ ދޯ؟”
” ފުރަތަމަ ، ލިވީ އެހާ ފަސޭހައިން މަރެއް ނުވާނެ. ދެމީހުން އެކުގައި ބައި ގަރުނު ވަންދެން އުޅެންވާނެ. ނޫނީ ލިވީ މަރުވެއްޖިއްޔާ އަހަރެންވެސް ހަމަ އެމަގު ހިޔާރު ކުރާނަން. އޯކޭ ހެޕީ” ލިވީ އުނގުން ތެދުވެ އެ ހަށިގަނޑު ގެނެސް ކައިރިކޮއްލިއެވެ.
” ހައްހައް. އަހަންނަށް އިނގޭ ދުވަސްކޮޅަކުން އަހަރެން މަތިން ހަނދާންނައްތާލާފަ ރީތިކަމުން ފުރިފައިހުރި އަންހެން ކުއްޖަކާ މެރީ ކުރާނެކަން ” ޒައިކް ކޮއްޕާލަމުން އެހެންބުނެ ލިވީ ނިތް އަރުވާލިއެވެ.
” އޯހް ، ތިއީ އަދި މާ ރަނގަޅުގޮތެއް، ހަމަ ރީތި އަންހެން ކުއްޖަކާ މެރީ ކޮއްފަ ހަނީމޫން ” ޒައިކް އަށް “އައުޗް” އޭ ބުނެވުނީ ލިވީ އަތުން ބަނޑުގައި ޖަހާލިލެއް ބާރުކަމުންނެވެ. ލިވީ އަޑު ނަގާފައި ހެނީއެވެ.
*************
” ކީއްވެ ޝިފާ، ކީއްވެ ލިވީ އެގޮތައް ކަންތައް ކުރީ. އޭނަ އަކީ އެއްވެސް މީހަކާ ދޭތެރޭ ގޯސްކޮއް ކަންތައް ކުރި މީހެއް ނޫން. އާންޓް އެގޮތައް ކަންތައް ކުރަންވީ ކީއްވެ. އަހަރެން ކިހާ ލޯބިވީން ލިވީ ދެކެ ” ޒައިކް އަށް ޝިފާ އާ ދިމާއަށް ބަލާލެވުނެވެ.
” އަދި އަހަންނަކަށް ލިވީ އަކަށް ހެލްޕެއް ނުވެވުނު. އޭނަ އަމިއްލައަށް އެހުރިހާ ކަމަކާ ކުރިމަތިލީ، ދުނިޔެއިން ވަކިވެގެން އެދިޔައީ އަހަރެންގެ އަމިއްލަ ލޭ، ލޮލުން ނުފެނި. އާހް ޝިފް ބޭބީ. މިއީ ތަހައްމަލު ނުކުރެވޭވަރުގެ ހިތާމައެއް. ކާކާ ޝަކުވާ ކުރާނީ. އަހަރެންގެ ނަސީބުގައި ހުރިގޮތް. ހިތް ކުދިކުދި ވެއްޖެ. ފިސް ވެއްޖެ. ކުރާނީ ކީއްކަމެއް ނޭނގުނު ” މަދު ވަގުތު ކޮޅަކަށް ޝިފާ ހަނުހިމޭނުން ހުއްޓެވެ. ކަމަކަށް ގެއްލިފައި ވާފަދައަކުންނެވެ. މިވަގުތު ޒައިކް އަށް ދެއްކޭ ވާހަކަވެސް ފަހުމް ނުވާފަދައެވެ. ކައިރީގައި ތިމާދެކެ އިންތިހާއަށް ލޯބިވާ ފަރާތެއްގެ ހިތް ކުދިކުދި ކުރެވެމުން ދިޔައިރުވެސް ރޭކާ ނުލިއެވެ.
ޒައިކް ތައްޔާރުވެލައިގެން ބޭރައް ނުކުތެވެ. އިތުރައް ޝިފާ އަކާ ވާހަކަ އެއް ނުދެއްކިއެވެ. ހިތުގައި ޖެހިފައި ވީ މާބޮޑަށެވެ. ޒައިކް ނުކުމެގެން ދިޔަ ދިމާއަށް ބަލަހައްޓައިގެން ޝިފާ އެތައް އިރަކު ހުއްޓެވެ. ދުނިޔެ ހިނގުން ހުއްޓިފައި ވީފަދައެވެ. އެއްދިމާއަކަށް ހުއްޓިގެން ހުރިއިރު ސިކުނޑީގައި ވަކި ހިއްޕާލެވިފައި ވަނީ ޒައިކް ދެއްކި ވާހަކަ ތަކެވެ. ލިވީ ދެކެ ޒައިކް ހަގީގަތުގައިވެސް ލޯބިވެއެވެ. އޭނާގެ ކުރިމަތީގައި އެއްވެސް ޖެހިލުމެއް ނެތި އެހުރިހާ އެއްޗެއް ހާމަ ކުރީއެވެ.
ދުވަހަކުވެސް އޭނަދެކެ ޒައިކް އެވަރަކަށް ލޯބި ނުވާނެކަން ގައިމެވެ. ހިތުގައި މަޑު ރިހުމެއް އުފެދުނެވެ. ލޮލުން ކަރުނަ އަންނަން ފެށީ އެނގުމަކާވެސް ނުލައެވެ. މިހުރިހާ ކަމަކުން އެއްފަރާތްވެލަން ބޭނުން ވެފައިވާކަން ޝިފާގެ މޫނުން ހާމަވެއެވެ.
ދެން އައި ދެތިން ހަފްތާގައި ދުވަސްތައް ވަރަށްވެސް ދިގެވެ. ޝިފާއަށް ޒައިކް އާ ދިމާ ނުވާ ދުވަސްތައް ގިނަ ވާން ފެށިއެވެ. އޮފީހުގައި ހުރި އެޕާޓްމެންޓުގައި ޒައިކް ގިނަ ވަގުތު ހޭދަ ކުރެއެވެ. ގެއަށް އަޔަސް ގިނަ ވަގުތު ހޭދަނުކޮށް ނުކުމެގެން ދެއެވެ. ޝިފާ ފެނިއްޖެ ނަމަ ހިނިތުންވުމެއް ދިނުމަށްފަހު އަވަހަށް ޝިފާގެ ކުރިމަތިން ގެއްލެއެވެ. މިހުރިހާ ކަމަކާ ޝިފާ ވިސްނާ ވިސްނާ ފިކުރު ހުސްވާން ފަށައިފިއެވެ.
ތަފާތެއް ނެތި އެއްމަސްދުވަސް ހޭދަވެގެން ދިޔައެވެ. އަމިއްލަ ދަރިފުޅުގެ ހަނދާނުގައި އަދި ލޯބިވެރިޔާގެ ހަނދާނުގައި އެކަނިވެރިކަން ބޭނުން ވަނީ ކަމުގައި ވެދާނެއެވެ. މިދުވަސް ތަކުގައި ޝިފާގެ އެކަނިވެރިކަން ފިލަނީ ގޭގެ ރީތި މާބަގީޗާގައި ގިނަވަގުތު ހޭދަކުރުމުންނެވެ. އަދި މަދުންނަމަވެސް ހުރި އެކު ވެރިން ތަކާއެކު ވެކޭޝަންތަކަށް ދިއުމުވެ.
ޒައިކް ފަރާތުން އަޅާލުމާއި ލޯބި ލިބުން އެއީ ނެއްކަމެއްކަމަށް ނިންމުމަށް ފަހު ދުވަސްކޮޅަކަށް ބައްޕަ ކައިރިއަށް ދިއުމަށް އެދުމުން ވަރަށް ފަސޭހައިން ޒައިކު އެކަމަށް އާ ބަސް ބުނުމަށްފަހު ނުކުމެގެން ދިޔައީއެވެ. އެކަމާ ވާންވީ އުފާ ކަމެއް ނޫނީ ދެރަކަމެއް ޝިފާއަކަށް ނޭނގުނެވެ. އެދުވަހުގެ ފަހުން ޝިފާގެ ދިރިއުޅުން ބައްޕަ ކައިރިއަށް ބަދަލު ކުރިއެވެ. އެކަނިވެރިކަމުގައި ދުވަސްތައް ހޭދަކުރާހިތް ވިއެވެ.
އާއިލާއާއިއެކު ދުވަސްކޮޅެއް ހޭދަކޮއްލުމުގެ ބަހަނާގައި ޝިފާ އައުމުން އެކަކުވެސް ސުވާލެއް ނުކުރެއެވެ. މައްސަލައެއް ޖެހިގެން އައި ނަމަ އަމިއްލައަށް ދެކުދިން ހައްލު ކުރާނެ ކަމަށް އިލްހާމް ނިންމިއެވެ. އެކަނިވުމުގެ ބަދަލުގައި އީޝް އާއިއެކު ވަގުތު ހޭދަކުރަން ފެށިއެވެ. މާހައުލުގެ ރީތިކަމުން ހިތް އުފާ ކުރުން އާންމު ކަމަކަށް ހެދިއެވެ. މަދު ފަހަރަކު ޒައިކް ގުޅާލިއަސް ގިނަ ވާހަކަ ތަކެއް ދެއްކުމެއް ނެތި ފޯނު ބާއްވައެވެ. ޝިފާ މިކަމަށް ހޭނެން ފެށިއަސް ހިތުގައިވަނީ ހުސްކަމެވެ.
ބައްޕައާއިއެކު ވަގުތު ހޭދަކުރަން ފެށުމުން އެހެން ކަންކަމުން ދުރުވާން ފެށުނެވެ. ނަތާ އާއިއޭނާގެ ދެތިން އެކުވެރިން ނާއިއެކު ވަގުތު ހޭދަކުރާލެއް އިތުރު ކުރަންފެށިއެވެ. ނަތާގެ ސަބަބުން ފޫހިވާނެ ވަގުތެއް ނުލިބެއެވެ. ގިނަފަހަރު ބައްޕަ ނަތާއަށް ގަންދީފައިވާގޭގަ ޝިފާ ހޭދަކުރަނީ ނަތާއާއިއެކުއެވެ. ނަތާގެ މަޖާ ވާހަކަ ތަކުން ހިތާމަތައް އެއްފަރާތް ވާތަން ފެނުނެވެ.
ދެމީހުންނަށް ސަޕްރައިޒްއެއް ލިބުނީ ސައިފް އެނބުރި އައުމުންނެވެ. ސައިފް މަޑުކުރީ އޭނަ އަށް އިލްހާމް ގަނެދީފައިވާ ގޭގައެވެ. އެހެނަސް ގިނަވަގުތު ހޭދަކުރަންފެށީ ނަތާގެ ގޭގައި ޝިފާމެނާއެކުއެވެ. ދެމީހުންވެސް މަޝްވަރާ ކުރުމަށްފަހު ނިންމީ ޝިފާ އާއިއެކު ގިނަ ވަގުތު ހޭދަ ކުރުމަށެވެ. އޭނަ އެކަނިވިޔަ ނުދިނުމަށެވެ. ވީގޮތް ނުބުނި ކަމުގައި ވީނަމަވެސް ކަމެއް ވެގެން އެމެރިކާ ދޫކޮށްފަ އައިކަން އެނގެއެވެ. ކުރިން އެހުންނަ މަޖާ ކަމެއް ނުހުރެއެވެ. މީހަކު އަނގައިން ނުބުނަންޏާ އެކަނި އެއްތަނަކަށް ބަލަހައްޓައިގެން ކަމަކަށް ގެއްލިގެން ހުރެދާނެއެވެ.
ދުވަސްތައް ހޭދަވެގެން ދިޔައީ މިކަހަލަ ގޮތަކަށެވެ. އެކަނިވެރިކަން ބޭނުން ވިނަމަވެސް ޝިފާ ދިޔައީ އެކުވެރިންގެ ވާހަކަ އަޑުއަހަންވެސް ވަގުތު ހޯދަމުންނެވެ. ނަތާ ދެކެ ލޯބިވެގެން ކުއްޖަކު ޕްރޮޕޯޒް ކުރި ވާހަކަ އާއި، ސައިފް ލޯބިވާ ކުއްޖާގެ ވާހަކައެވެ.
ސައިފު އެދުނީ އޭނަ ބައިވެރިވާ ބާސްކެޓް މުބާރާތް ބަލާލުމަށް ނިއުޔޯކަށް ދިއުމަށެވެ. ފުރަތަމަ ދެކޮޅު ހަދާފައިވެސް ނަތާގެ އެދުމުގެ މަތިން ދާން އެއްބަސްވީ ހިތުގައި އެހެން އެދުމެއްވެސް އޮތުމުންނެވެ. އެކުވެރިން ކައިރީ އެ ސިއްރު ހާމަ ކުރާކަށް ޝިފާ ބޭނުމެއް ނޫނެވެ. ދެދުވަސް ކުރިން ޒައިކު ގުޅާފައި ބިޒިނެސްގެ ކަމެއްގައި ދެހަފްތާވަރަށް ނިއުޔޯކަށް ދާވާހަކަ އޮތީ ބުނެފައެވެ. އަލުން އެސޫރަ ދެކިލާހިތުން ޝިފާއަށް ނުނިދެއެވެ. ރޭގަނޑުގެ އަރާމު ނިދި ނަގާލެވެނީ ޒައިކުގެ ހަނދާނުގައެވެ.
************
” ހޭ ޝިފް، ހިނގާ އަވަހަށް އެއާޕޯޓަށްދާން. މިހާރުވެސް މާލަސްވެސްޖެ. ނަތާ ،ނަތާ އަވަސް. މިހާރު ވޭނަށްވެސް ގުޅައިފިން” ސައިފް ލަސްވެގެން އުޅުނީ އަވަހަށް ނުދެވިގެންނެވެ. މިދަތުރަކީ ޝިފާގެ މުޅި ދިރިއުޅުން އެފުއްމިފުށައް ޖަހާލާނެ ދަތުރެއްކަން ޝިފާއަށް އިނގޭނެ ނަމަ ހަމަ ގައިމުވެސް ނުދާނެ ކަން ގައިމެވެ. ހަނގުރާމައިގެ މައިދާނުގައި ފަތަޙަ ލިބެމުން ދަނިކޮށް އެތައްހާސް ލޮންސިއަކާއި ކަނޑީގެ ހަމަލާތަކުން ހަށިގަނޑު ކޮށި ދާފަދައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.





Varah reethi ?????? whn is next part ??????
Thanks Meekkomee, 27 up koffin now
Oh v reethi mi part ves??❤️❤️ Belle.. Belle Gmail use kurangnaa dhonthi au mail kollachchey ingey.. Will reply fenunuhaa avahakau.. Hathaavees vana bayah waiting?? Love u so much Belle and good night
Thanks DHONTHY,
Varah reethi
Thanks Ibsha
I think saif ge gf aky Livy hen. I knw it sound wired but still I feel it. Waiting for the next part.
Thanks Choppi, lets see dho.
Finally caught up.. Haijaanu fasheh hingaalaafi dhw.. Adhi annan huri haijaanuthah body.. Waiting
Thanks Luc!f3r,
Beautiful ???
Thanks
Finally 26 kiyaalan libijje, v v v reethi, kihinehbaa vaan miulheny
Thanks , lets see
What anekaa kihinevaan eulenii??????please shifa dheranukurachey ???? story is wonderful??waiting for 27
E livy mareh nuvaane henn heevanii…
Thanks Wee Wee, balamaa dhen vaagoh dho,
Saifge girl aki livy hen heevany,livy adhi mareh nuvey
Aaan dhw?
Thanks Faiymini, lets see dho
Thanks Leen.
Waiting for the next part. Varah reethi.
Thanks Reem
Nice ???? mi part ves awesome ??? waiting for next part curiously
Thanks drax, i miss drax coments.
Alhey Belle vaaha dhigukohbba plx ?
Thanks Pari
Vvv salhi mi part ves ❤️ ❤️ ❤️ dhen vaanee kihineh…… ? Next part avas kohllathi ? ?
Thanks Mary. 27 up kohlaifin. lets see vaagoh dho, hehe. dhen mi story up kuraany sunday, tuesday,thursday morning ga
Bleh Bleh Bleh bleh
hehe
eihaa foari araa kameh nuhingaa. varah lonu madu mi part
thanks niyaaaasha, next rangalhu kohlaanna
Mi vaahakaige cover photo ga threesome photo eh laafa ineema story aa nugulhey. It’s disgusting you use pics like that. It’s like ur writing a porn story.
TOTAL HOW MANY EPISODES ARE THERE IN THIS STORY?
Mi vaahakaige cover photo ga 3some pic eh laafa ineema story aa nugulhey. It’s disgusting you use pics like that. It’s like ur writing a _orn story.
27 kiyaalaahithun mihury,