Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 23

Belle Level 310 Stories100 Comments100 Login500 Login
July 25, 2019 5 Mins Read
10 Comments

 

 

އެހިޔާލު ތަކުން ނުކުމެވުނީ ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ޒައިކް ވަނުމުންނެވެ. އޭނާގެ ހިތުގައި އަދި ސިކުނޑީގައި އެނބުރެމުން އޮޅެމުން ދިޔަ ހިޔާލުތަކުން ދުރުވުމަށް މަސައްކަތް ފެށިއެވެ. ޒައިކުގެ ހާލަތައް ވިސްނާލަން ބޭނުން ވިއެވެ. އެއްވެސް ކަމެއް އަދިވެސް ބަދަލެއް ނުވެއެވެ. ޒައިކު އަދިވެސް އެއީ އޭނާ އެންމެ ލޯބިވާ ފަރާތެވެ.

 

 

 

 

އެމޫނުމައްޗައް ބަލާލުމުންވެސް ހިތާމަކުރާވަރު ފާޅުވާން ހުއްޓެވެ. ޒައިކް އަށް ހިތްވަރުދޭން އޭނާ ބޭނުންވިއެވެ. އެހެނަސް މީހަކަށް ހިތްވަރު ދިނުމުގެ ހިތްވަރެއް ހުދު އޭނާގެ ނަފްސަކުވެސް ނެތެވެ. އަމިއްލަ ހިތް މިވަނީ ފިސްފިސްވެފައެވެ.

 

 

 

 

ކައިރިއަށް އައުމާއެކު ޝިފާގެ ގައިގަ ބައްދާލުމަށްފަހު ކަނދުރާ ދޮށުގައި ޒައިކުގެ މޫނު ފޮރުވާލިއެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު އިވުނުހިނދު ޝިފާގެ މުޅި ޖިސްމު ރޫރޫ އަޅައިގެން ދިޔަފަދައެވެ. ކުޑަކޮށްވެސް ޒައިކް ހިތާމަ ކުރާކަށް އޭނާގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ.

 

 

 

 

” ޒައިކް ހިތް ވަރު ކުރޭ. ތިގޮތަށް ރޮއެގެން މައްޔިތާއަށް އުނދަގޫ ނުކުރޭ. މިއަދު ބޭނުންވަނީ އަހަރެމެން އެންމެންގެ ހެޔޮ ދުޢާ. ޒައިކް ތިގޮތައް ރޯނަމަ މަންމަ މެނަށް ހިތްވަރު ދޭން ހުންނާނީ ކާކު؟ ” މަޑުމަޑުން ބުރަކަށީގައި ފިރުމަމުން އޭނާ ޒައިކް ހަމައަކަށް އެޅުވޭތޯ ބެލިއެވެ.

 

 

 

 

” ބޭބް. އެވެސް އެއްއިރެއްގަ އަހަރެންގެ މަންމަގެ މަގާމް ފުރައިދިން މީހެއް. ކިހިނެއް ހިތްވަރުކުރާނީ. އަހަންނަށް އެހާ ރަނގަޅު އިރުވެސް ކިހިނެއް އަހަރެން ކަންތައް ކުރީ. އޯހް. އާންޓުގެ ދަރިފުޅާމެދު ކަންތައް ވީ ކިހިނެއް. ހަމަ އަހަރެންގެ ސަބަބުން ނޫންތަ؟ އަހަންނަށް އެކަމަށް މާފަށް އެދެވޭނެ ވަގުތެއްވެސް ނުލިބުނު. އެހާ އަވަހަށް އެދިޔައީ. އަދިވެސް ހަނދާން ވަނީ އާންޓް ވަޅަށް ތިރި ކުރި ވަގުތު މަތިން. ވަރަށްވެސް ހިތްދަތި ވަގުތުކޮޅެއް. މަންމަ މެންވެސް ގެއަށް ދިޔައީ އެހުރިހާ ކަމެއް ނިމުމުން. އެކަމު އުފާކުރަން މުސްލިމެއްގެ ގޮތުގައި ހުރެ މަރުވުމުން ” ޒައިކް އަށް އެގޮތައް އޮވެ ނިދުނީއެވެ. މަޑުމަޑުން އެނދުގެ އެއްފަރާތަކަށް ވާގޮތައް ޒައިކް އޮންނާނެހެން އެއްކައިރިއަށް ޖެހިލިއެވެ.

 

 

 

 

ރުމޭނިއާ ގެ މަރަށް ދެހަފްތާ ފާއިތުވެގެން ދިޔައީއެވެ. އަދިވެސް ގޭތެރެއަކުން ދިރުމެއްގެ އަސަރެއް ނުފެނެއެވެ. ޒައިކްގެ މައިންބަފައިންގެ ގެއަށް ޝިފާ ކޮންމެ ދުވަހަކު ގޮސް ގިނަވަގުތު ތަކެއް ހޭދަކުރެއެވެ. ޒައިކް އޮފީހައް ދާން ފެށިއަސް އެމޫނުމައްޗަކުން ހިތާމައިގެ އަސަރެއް ނުފިލައެވެ. ޝިފާއަކަށް ޒައިކް ކުއްވެރިއެއް ނުކުރެވެއެވެ. ކަންތައް ކުރެވުނު ގޮތުން އަމިއްލަ ނަފްސައް ކުރާ އިތުބާރު ގެއްލިފައި ވާކަހަލައެވެ. ޝިފާ ބިރުގަންނަނީ ލިވީގެ ވާހަކަ ބުނާތަނުން ޒައިކް އެއްކޮށް ބަދަލު ވެދާނެތީއެވެ. މިކަހަލަ ދަނޑިވަޅެއްގައި އެވާހަކަ ބުނާކަށް ހިތަކުވެސް ނެތެވެ. އެދުވަހުގެ ފަހުން އުޅެނީ އަދި ޔަމާން އާއި އެވާހަކަ ދައްކާ ނުލެވިގެންނެވެ.

 

 

 

 

” ދުވަހަކުވެސް އުންމީދެއްވެސް ނުކުރަން ޒައިކްގެ ދަރިއަކު މިދުނިޔޭގައި ހުރެދާނެކަމަކަށް” އެކަނި ހުރެ އެތައް ޙިޔާލެއް ޝިފާއަށް ކުރެވެއެވެ. އެޙިޔާލު ހިތައް ވެރިވާ ކޮންމެ ވަގުތަކު ހިތުގެ ވިންދު ބަދަލްވެ ނަފްސައް ހަމަހިމޭންކަން ވެރިވެއެވެ. އެތެރެއިން ހިތް ރޯލައެވެ. ކައިވެނި ކޮށްގެން އަހަރެއް ވާން ކައިރި ވާއިރުވެސް އަދިވެސް އެކަހަލަ ނަސީބެއް ނުލިބެއެވެ. ޒައިކް ގަސްތުގައި ކުއްޖަކު ލިބިދާނެތީބިރުގަންނަކަހަލައެވެ. އެ ހިތުން ކުޑަނަމަވެސް ޖާގައެއް ލިބުނު ނަމަކަ އެހެނެއް ކަންތަކެއް ނުކުރާނެކަން އެނގެއެވެ.

 

 

 

އޭނާގެ ޒަމީރު ބުނަމުން ދިޔައީ އެ މައުލޫމާތުތައް ހޯދުމަށްފަހު ޒައިކް އަށް ކިޔައި ދިނުމަށެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެހެން ކަންތައް ނުކުރުމަށް ނަފްސް އަޑުލައެވެ. އަމިއްލަ ލޯބި ކަފުންކޮށްފައި ފައިން އަރައި ދުރައް ވިއްސާލާކަށް ބޭނުންވާނީ ކާކުހެއްޔެވެ. ނަފްސުވަނީ ހުސްކަމެއްގެ ތެރޭގައެވެ. ކޮންމެ ގޮތަކުންވެސް ލިވީ ހޯދަން ޖެހޭނެއެވެ. މީހަކަށް ވެވުނު ވައުދެކެވެ. އެހަގީގަތް ޒައިކް އަށް ކިޔައިދޭން ޖެހޭނެއެވެ. ޒައިކުގެ އުފާވެރިކަންވެސް ވާނީ ލިވީއާ އެކުކަން ގައިމެވެ. އަދި އަމުދުން ޒައިކުގެ ދަރިއަކު ހުރިކަން އެނގުމުން ވަގުތުން ލިވީއަށް މާފުކޮށް މިހާރު އޭނާ މިހުރި މަގާމަށް ލިވީ ގެނައުމަށް ފަހެއް ނުޖެހޭނެއެވެ. މިހާރުއްސުރެ އޭނާގެ ނަފްސް އެކަމަށް ހާނުވަން މަޖުބޫރެވެ.

 

 

 

 

އޭނާ މިވާހަކަ އަދި ޒައިކު ކައިރީ ބުނާކަށް ގަސްތެއް ނުކުރެއެވެ. ފުރަތަމަ ޒައިކް އަށް އުންމީދެއްނުވާ ހިޔާލެއް ނުދެވޭނެއެވެ. ރުމޭނިއާގެ ލޯޔަރާ ވާހަކަ ދައްކައިގެން އެބުނާ މީހެއްގެ މައުލޫމާތު ހޯދާނީއެވެ. އެކަމަކު އޭރުން ލިވީ އާ ހަމައަށް ދެވޭނެ މަގު ކޮށުނީއެވެ. ދަރިފުޅު ބަޔަކަށް ނުދީ ލިވީ ކައިރީގަ ހުރުމަކީވެސް ވެދާނެކަމެކެވެ. ހިޔާލަށް އަންނަމުން ދިޔައީ ކުޑަފިރެހެން ކުއްޖަކު އުރާލައިގެން ލިވީ އާއެކު ޒައިކް ހުރި މަންޒަރެވެ. މަޑުމަޑުން އޭނާއާއި ދުރަށް ދަމުންގޮސް ގެއްލޭ މަންޒަރެވެ.  ބާރުބާރަށް ދެފަރަތައް ބޯ ހޫރާ ލެވުނީ ކުރަން ނުވާ ޙިޔާލުތަކުން ބޯ ހާސްވަމުން ދިއުމުންނެވެ. އަމިއްލަ އެދުން ބޮޑުނުވެ މިހުރިހާކަމެއް ޒައިކް އަށް އަންގަން ޖެހޭނެއެވެ.

 

 

 

 

މިހުރިހާ ކަމަކާ ވާހަކަ ދައްކާ ހިޔާލެއް ހޯދަން ހުރީ ހަމައެކަނި ޔަމާން އެވެ. ޔަމާން އަށް ގުޅާ ދާންވީ ތަން ބުނުމަށްފަހު ކާރު ދުއްވާލީ އެ ހަމަހިމޭން މާހަލަށް ދިއުމަށެވެ. ދުރުދުރަށް ދާންދެން އޮއެ ދެމެމުންދިޔަ ކޯރުގެ ފެންގަނޑަށް ނަޒަރު ހުއްޓާލައިގެން ޝިފާ ހުރީ ޔަމާންގެ އިންތިޒާރުގައެވެ. ވަކި މިސްރާބެއް ނެތި އެގޮތްމިގޮތައް ދެމެމުން ދިޔަ ފެންގަނޑެކޭ އެއްފަދައިން މިހާރު އޭނާގެ ދިރިއުޅުމުގެ މިސްރާބުވެސް މިވަނީ ބަދަލުވެފައެވެ.

 

 

 

” ވަޓް ދަ ހެލް. ޒައިކުގެ ދަރިއަކު ހުރެޔޭ ލިވީއަށް. އައި ކާންޓް އީވެން އިމޭޖް އިޓް. އަހަރެން ހީކޮށްގެން މިހުރީ ޒައިކް އަށް ލިވީ ލަނޑު ދީފައި ފިލީކަމަށް. ބަޓް އަ ކިޑް؟؟ ” ޝިފާ ކިޔައިދިން ވާހަކަތައް ޔަމާންއަށް ގަބޫލު ނުކުރެވިގެން އުޅެނީއެވެ.

 

 

 

 

” ދެން ކިހިނެއް ލިވީ އުޅޭތަނެއް ހޯދާނީ ” އޭނާގެ މޫނައް ޔަމާން ބަލާލީ ސުވާލު އުފެދިފައެވެ.

 

 

 

 

” އާންޓްގެ ލޯޔަރ ކައިރީ އަހާށޭ ބުނީ، އޭނަޔަށް އިނގޭނެޔޯ ” ދުރުދުރުން ފެންނަމުން ދިޔަ ހުސްކަމުގެ ތެރެއަށް ބަލަމުން ޝިފާ ވާހަކަ ދައްކަމުން ދިޔައެވެ.

 

 

 

 

 

” އާރ ޔޫ އޯކޭ ޝިފް މިހުރިހާ ކަމަކަށް. އަމިއްލަ އަށް ޒައިކް ދިރިއުޅުމުން ފޮނުވާލަން ތިއުޅެނީ؟؟ އެމީހެއްގެ ދިރިއުޅުން އުފާކުރަން އަމިއްލަ އަށް ކުރި މަސައްކަތަކުން ވާނީ. ހަމަ ގައިމުވެސް ލިވީގެ ކުށެއް ނެއްކަން އެނގުމުން ޝިފާ ތިހުރި މަގާމަށް ލިވީ ގެންނާކަށް ޒައިކް ފަހެއްނުޖެހޭނެ. އަހަރެންގެ މިދެލޮލުން ދުށިން ލިވީ ދިއުމުން ޒައިކް އުޅުނު ހާލު. އެއަށްފަހު ޝިފާ އޭނަގެ ހަޔާތައް އައުމުން ދިރިއުޅުން މަތިން ލޯބިވި ”

 

 

 

 

 

” ޕްލީޒް ޔަމާން ތިގޮތައް ވާހަކަ ނުދައްކަފާނަންތަ؟ އަހަރެން ވަރަށް ހިތްވަރުން ކުރިއަށްމިދަނީ، ތިގޮތައް ނަސޭހަތް ދޭނަމަ އަހަރެންގެ ހިތްވަރު ބަލިވެދާނެ. ޒައިކް އަހަރެން ދޫކޮށްލިއަސް އެއްވެސް ޝަކުވާއެއް ނުކުރާނަން.  މިހާ ދުވަހު އެކުގައި އުޅެވުނު އިރުވެސް އަހަރެން ދެކެ ނުވެވުނު ލޮއެބެއް ދެންވެސް ޒައިކް އަކަށް ނުވެވޭނެ. ” ވަރަށް ހިތްވަރުން ވާހަކަ ދެއްކޭތޯ ބެލިއެވެ.

 

 

 

 

 

” އަހަރެން މިހުރީ ޝިފާ އާއިއެކު ހުރިހާ ކަމެއްގައި އެހީތެރިވާން. ތިހުރިހާކަމެއް އަހަރެންގެ އަތްމައްޗައް ދޫކޮށްލާ. މާދަން ހެނދުނު ދިހައެއް ޖަހާއިރު ތައްޔާރުވާތި! ބަލާ ދާނަން. އާންޓްގެ ލޯޔަރާ ވާހަކަ ދައްކަން ” އެހިސާބުން އޭނާވެސް ޔަމާން އާއި ވަކިވުމަށްފަހު ކާރުގައި ގެއައް މިސްރާބު ޖެހިއެވެ.

 

 

 

 

*************

 

 

 

 

އެދެމީހުން ދިހަގަޑި ސާޅީސް ހިނގި އިރު ހުރީ އެބުނާ ލޯޔަރެއްގެ ގޭގައެވެ. ކުރިން ޔަމާން ވާހަކަ ދައްކާފައި ވުމުން ވަރަށް ފަސޭހައިން ވާހަކަ ދެކެވޭ ގޮތް ވިއެވެ. އޭނަގެ ވާހަކަ ތަކުން އިނގުނީ ލިވީ ގެ އެކުވެރިޔާގެ މައުލޫމާތެވެ.

 

 

 

 

” އެހެންވީމަ ރަޝިޔާއަށް ދާކަށްނު މިޖެހުނީ . ޒައިކް އަށް ނޭނގި ކިހިނެއް އެހިސާބަށް ދާނީ ” މަގަށް ނުކުމެފައި ޔަމާން ވާހަކަ ދެއްކިއެވެ.

 

 

 

 

” ތިކަން ހަމަޖައްސާނަން. ސައިފް އުޅޭނީ ރަޝިޔާގައި ޑޜ ކަން ކިޔަވަން. އޭނަކައިރިއަށް ވިޒިޓެއް ކޮށްލުމުގެ ބަހަނާގައި ދާނީ ” ވަރަށް ފަސޭހައިން ގޮތެއް ނިންމުމުން ދެމީހުން ހިނގައިގަތީ ކާރާ ދިމާއަށެވެ.

 

 

 

 

އެދެމީހުން އެގެއިން ނުކުމެގެން ކާރާ ދިމާއަށް ދިޔަތަން ޒައިކް ލޮލުގައި އަޅައި ގަތެވެ. ހަފްތާއެއް ވަރު ކުރިން އާންޓްގެ ލޯޔަރ ގުޅާފައި ބައްދަލު ކޮށްލަން ބުނެފައި ވުމުން މިއަދު އާދެވުނީވެސް ނުގުޅައެވެ. އެކަމަކު ޝިފާ އާއިއެކު ޒައިކް އެގެއިން ނުކުމެގެން ދިޔަތަން ފެނުމުން ޒައިކް ހުރީ ވިސްނާނެ ގޮތެއް ނޭނގިފައެވެ. އޭނައަށް އިނގިފައިވާގޮތުން އާންޓްގެ ހުރިހާ މުދަލެއްގެ ދެބައި ކޮށްފައި އެއްބައި ވަނީ ޝިފާއަށް ދީފައެވެ. މިހާއަވަހަށް އޭނައަށް ނޭނގި ޝިފާ އެކަމާ އުޅުނީ ހެއްޔެވެ. ހިތުގައި ޝަކުވާ އުފެދުނީ އެހާ ދުރުކޮށްލީމައެވެ. އެކަކު ކައިރީވެސް ނާހައި އޭނަ އަމިއްލައަށް ޝިފާ ޔަމާން އާއި އެކު ކުރާ ކަމެއް ބަލާނެއެވެ.

 

 

 

 

 

ދެދުވަސް ފާއިތުވެއްޖެ އެވެ. ޝިފާގެ އުޅުމުގައި ދުރުކަމެއް ހުރިކަން ފާހަގަ ވިއެވެ. ބަސްމަދުވެފައި ހަމަހިމޭންކަން ވިއެވެ. ހެނދުނު އޮފީހައްދާން ތައްޔާރު ވަމުން ދިޔައިރު އަމިއްލައަށްއައިސް އެހެން ދުވަސްތަކެކޭ އެއްފަދައިން ޓައީ އަޅުވައިދޭން އުޅުނެވެ. އިރުކޮޅުކޮޅުން އޭނާގެ މޫނަށް ބަލާލާ ގޮތުން ވާހަކައެއް ބުނަން ބޭނުން ވެގެން އުޅޭކަހަލައެވެ.

 

 

 

 

” މި…ވީކަކަށް ސައިފް ކައިރިއަށް ވިޒިޓެއް ކޮށްލިއަސް އޯކޭތަ؟ އޭނަ ކޯސް ނިންމާފަ ސެޓްފިކެޓް ދޭ ސާރމަނީ އަށް. ދާނެ އިތުރު ފެމެލީ މީހަކުވެސް ނުހުންނާނެ. ބައްޕަ އަށް އީޝްމެން ދޫކޮށްލާފަ ދެވެން ނެތީމަ ” ކަންތައް އޮތްގޮތައް ކިޔައިދިނީ ، ސައިފް އަށް ގުޅުމުން އޭނަގެ ކޯހުގެ ސެޓްފިކެޓް ދިނުމުގެ ޖަލްސާއަށް އަންނާނެ މީހަކު ނެތިގެން އެވާހަކަ ދެއްކުމުން އަމިއްލައަށް ދާނެކަމަށް އެއްބަސްވީ މިހާ ފަސޭހައިން ޒައިކް ކައިރީ ދައްކާނެ ބަހަނާއެއް ލިބުމުންނެވެ.

 

 

 

 

 

ޒައިކުވެސް އެއްބަސްވީ ދެކޮޅުހަދަން ބޭނުން ނުވާތީއެވެ. އެހެންނޫނަސް ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އޭނާވެސް އެކަނިވެރިކަން ބޭނުންވެއެވެ. އަނެއްކާ ޔަމާން އެކުގައި ދާވާހަކަ ބުނުމުން މާޔޫސްވި ނަމަވެސް ޝިފާއަށް އިތުބާރު ކުރަން ބޭނުން ވިއެވެ. ދެހަފްތާ ފާއިތުވެގެން ދާއިރުވެސް އަދިވެސް އޭނާއަށް އުޅެވެނީ ޝިފާ ދުރުކޮށްލެވިގެނެވެ. އެދުވަހު ހޮސްޕިޓަލްގައި ހުރެ ދެއްކުނު ވާހަކައަކުން އެމޫނަށް އިސްއުފުލާ ބަލާލަން ނުކެރެނީއެވެ. އެއަންހެން ކުއްޖާ ހިތާއި ފުރާނައިން އޭނާދެކެ ލޯބިވާއިރު އޭނާގެ ދުލުން ލޯބި ނުވެވުނު ކަމަށް ބުނިވަގުތުން ފެށިގެން ދުރުވެއްޖެކަން އިހުސާސް ކުރެވުނެވެ.

 

 

 

 

އޮފީހުގައި ހުރި އިރުވެސް ހިޔާލުކުރެވުނީ ޝިފާއާއި މެދުއެވެ. އެދުރުކަންދެކެ އަނެއްކާވެސް އޭނާ ބިރުގަންނަން ފެށިއެވެ. އަލުން ދިރިއުޅުމުގައި އެކަނިވެރިކަން އިހުސާސް އެއް ނުކުރެވޭނެއެވެ. އެދުވަހު ދެއްކުނު ވާހަކައާމެދު ދެރަވިއެވެ. އެއްވެސް ކަމަކުން ނުލިބޭނެހާ އުފަލާ ހިތްހަމަޖެހުން ޝިފާގެ ފަރާތުން އޭނާއަށް ލިބުނުކަން ހުދު އޭނާވެސް ދެކޮޅެއް ނަހަދައެވެ. އެހެންނަމަވެސް ޖަޒުބާތުގައި ޖެހިގެން އެދުވަހު އެވާހަކަ ތައް ދެއްކުނީއެވެ. ހިތުގެ ކަނެއްގައި އުފެދިފައިވާ ލޯބި ފާޅުނުވަނީ އެވެ. ލިވީ އަށް ދެވިފައިވާ މަގާމު އަލުން އެހެން ކުއްޖަކަށް ދޭންވުމުން ފަސްޖެހެވެނީއެވެ. އެހެނަސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޝިފާއާމެދު އުފެދިފައިވާ އާ އިހުސާސްތައް ވަރުގަދަވަމުން އަންނަކަމެވެ.

 

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

ވާނަން އެކީ…3

Next

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 4

Next
July 25, 2019

އެދުވަސްތައް އަނބުރާ ލިބި ދާނެބާ 4

Previews
July 24, 2019

ވާނަން އެކީ…3

10 Comments!

  1. Butterfly aish says:
    July 25, 2019 at 8:49 am

    Yeah me first…vvvvvvv reethi mi part vx dear???❤❤ …nxt part knirakun…

  2. Rai says:
    July 25, 2019 at 8:53 am

    Salhi v…n next part v emme avahakah upkohla dhehchey plx…

  3. Mary says:
    July 25, 2019 at 10:10 am

    Vvv salhi mi part ves??????

  4. Meekkomee says:
    July 25, 2019 at 11:05 am

    Varah reethi ? ??? next part kon irakun??❤️❤️❤️

  5. Ash says:
    July 25, 2019 at 11:12 am

    Ya meekkomee bunaahen vvv reethi mi part ??????

  6. Yaanee says:
    July 25, 2019 at 12:01 pm

    Nice…Maa sha Allah…Please please shifa nd Zaik dhen dhuru nukuruvah chey…

  7. 1234 says:
    July 25, 2019 at 12:15 pm

    Vara reethi mi part ves

  8. Dhonthy says:
    July 25, 2019 at 12:30 pm

    This is the most amazing part in this story Belle❤️❤️❤️❤️ I love this story and you to Belle dear??

  9. Niyaama says:
    July 25, 2019 at 3:59 pm

    Waahaka kuru kuran tha mihaa bodethi hus than than mihuree

  10. Pari says:
    July 25, 2019 at 9:22 pm

    Haadha kurey his than ginaee

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 24←


All Right Reserved!