ލޯތްބެއްގެ ފެށުން 17
” ޒައިކް އަށް އަޑު އަހާނެ ވަގުތެއް ވި ނަމަތާ؟” ޒައިކް މޫނަށް ބަލާލަމުން ޝިފާ ގެ ދެލޯ އިތުރަށް ވިދާލީ އެދެލޮލުން ފެނުނު ކުލައަކުންނެވެ. މާގިނަ އިރަކު ބަލަހައްޓައިގެން ހުރުމުގެ ޙިޔާލެއް ޒައިކް ހުރި ހެނެއް ހިޔެއް ނުވެއެވެ. ހުރިހާ ކާރެއް ހުއްޓުނީ މަގު ހިނގާ މީހުން ނަށް ވަގުތު ޖެހުމުންނެވެ. ހުންގާނުން އަތް ދޫކޮށްލަމުން ޝިފާ އުނަގަނޑުގައި ހިފާ ގާތަށް ދަމާލީ ކެއްތެރިކަން ކުޑަވެފައި ހުރި މީހަކު ފަދައިންނެވެ.
**********
” ހުރިހާ ކަމަކަށް މާފް ކޮށްދީ. މިހުރިހާ ދުވަހަކު ޝިފް އާ ދޭތެރޭ ވިސްނާ ނުލެވުނީމަ. އައި ވޯސް ރޯންގް. ގިވް މީ އަ ވަން ޗާންސް ، ހުރިހާ ކަމެއް ރަނގަޅު ކުރަން މަސައްކަތް ކުރާނަން. އައި ޕްރޮމިސް. ” ޒައިކް ދެއަތުން ޝިފާ ގައިގަ ބައްދާލަމުން ވާހަކަ ދެއްކިއެވެ.
” އިޓްސް އޯކޭ. އައި ވިލް ބީ ފައިން. ބައްޕަ ދުރުވާނެ ވަރަށް އަވަހަށް. މީގެން އެއްވެސް ކަމެއް އިނގިއްޖެނަމަ މިތާ ނުބަހައްޓާނެ އެންމެ ހިނދުކޮޅަކުވެސް. ” ކުޑަކޮށް ދުރުވެލަމުން ޒައިކް ގެ މޫނަށް ބަލާލިއެވެ.
” ޑޯންޓް ސޭ އެނީ ތިންގް. ހުރިހާ ކަމެއްވެސް ރަނގަޅު ކުރާނަން. ” ކާރު ދުއްވާލަމުން ޒައިކް ވާހަކަ ދެއްކިއެވެ. އިރުއިރުކޮޅުން ޝިފާ އަތުގަ ހިފާ ފިރުމާލައެވެ. އެއްވެސް މީހަކަށް ޝިފާ އޭނައާ ދުރު ކުރުމުގެ ފުރުސަތެއް ނުދޭނެއެވެ. ދެވަނަ ފަހަރަށް ހިތުގާ ހާއްސަ މަގާމެއް ދެވިފައިވާ ކުއްޖަކު ގެއްލުމަކީ އޭނައަށް ބަރުދާސްތު ކުރަން އުނދަގޫ ކަމަކަށް ވާނެއެވެ. ހަ ވަރަކަށް އަހަރު ވީއިރު އަދިވެސް މިއުޅެނީ ލިވީގެ ހަނދާންތަކާ ދުރަށް ނުދެވިގެންނެވެ. ދެވަނަ ފަހަރަށް ލިވީ އޭނަ ކައިރިއަށް އަޔަސް ޝިފާ އަށް ދެވިފައިވާ މަތިވެރި މަގާމް ނުދެވޭނެއެވެ. އެކަމަކު ލިވީ އަށް ހިތުން ދެވިފައިވީ މަގާމް އެހެން ކުއްޖަކަށް ދެވިދާނެހެން ހީ ނުވަނީއެވެ.
އޮފީހާ ހަމައަށް ގޮސް ލިފްޓަށް އެރީ ޝިފާ އުނަގަނޑުގައި ހިފައި ކައިރި ކޮށްލުމަށް ފަހުއެވެ. ޒައިކް އަށް ހާއްސަ ކުރެވިފައިވާ ބަޔަށް އެރުމަށް ފަހު ކެބިންއަށް ވަނެވެ. އަދި ޝިފާ އާ ދިމާއަށް ބަލާލާ ހިނިތުން ވެލިއެވެ.
” ޝިފާ ކިޔެވީ ކޯއްޗެއްތަ؟ ” ޒައިކް އަށް އެވަރުވެސް އެނގިފައި ނުވުމުން ދެރަވެ އަމިއްލަ ނަފްސުދެކެ ރުޅިއައެވެ. އޭނައަށް ޝިފާ ދުރުކޮށްލެވިފައި މިވަނީ ހާދަ ދުރަކަށެވެ.
” އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ކިޔެވީ. އެކަމު އައި.ޓީ އިންވެސް ޑިގްރީ ހެދިން ” ޒައިކް އާ މިހާ ކައިރިން ވާހަކަ ދައްކާލަން ލިބުމުން ހިތުގައި އުފާވެރިކަން ވިއެވެ. ސޯފާ ގައި އިށީންނީ ޒައިކް އެކަމަށް އެދުމުންނެވެ.
” އޯހް. އެހެން ވިއްޔާ ހުރިހާ ޕްރެޒެންޓޭޝަން އެއް ތައްޔާރު ކުރުވާނީ ބޭބީ ލައްވާ. އެއީ އެންމެ ކުރާ ހިތް ނުވާ ކަންތައް. އޮފީސް އެހެން މީހަކާ ހަވާލުކުރަން ބޭނުން ނުވާތީ އެކަން އަމިއްލައަށް ކުރަނީ ގިނަފަހަރު ” ލެޕްޓޮޕް ހުޅުވާލައިގެން އެކި ދުވަސްދުވަހު ކޮށްފައިވާ މަސައްކަތް ދެއްކިއެވެ. އެކި ތަންތަނަށް ގެންނަން ޖެހޭ ބަދަލު ތައް ކިޔައިދެމުން ޝިފާ ދިޔައިރު ދެމީހުން ގެ މެދުގައި ވީ ހިތްހަމަ ނުޖެހުން އެކަށް ފިލައިގެން ދިޔަ ކަހަލައެވެ. ޝިފާ އެހާ ބިޒީކޮށް އުޅެގެން ނުވާނެކަމަށް ބުނެލީ ލޯ ހަނި ކޮށްލަމުންނެވެ. ޝިފާ އެކަމަށް އެއްބަސްވީ ރުހުމާ އެކުއެވެ.
” ވަރަށް ރީތި ޒައިކް އޮފީސް. މިބައި މިހާ ބޮޑުއިރު އެހުރީ ކޮން ބައިބައެއްތަ؟” ޝިފާ އަތުގައި ހިފަމުން އޭނައާއެކު ދިއުމަށް އެދުނެވެ. އަދި ގޮސް ދޮރެއް ހުޅުވާލެވުމުން ކުޑަކުޑަ ގެއެއްގެ އެތެރެއަށް ވަދެވުނުކަހަލައެވެ. ސިޓިންގް ރޫމް އިން ކޮންމެ ތަނަކަށް ވަދެވެން ހުރިއިރު ބަދިގެ ބަޔަކާ ދެ ކޮޓަރިވެސް ހުއްޓެވެ. ބަދިގެ ބައިގަވެސް ކަރަންޓް އިން ކެއްކެން ހުރިއިރު ފުރިޖް އިން ފެށިގެން ހުރިހާ އެއްޗެއް ހަމައެވެ. ޝިފާ ހައިރާންވެގެން ޒައިކް އާ ދިމާއަށް އެނބުރުނެވެ.
” ބޭބް. އިޓްސް ސަޕްރައިޒް ފޯރ ޔޫ؟ ހައިރާންކަން އެކުލެވިގެން ހުރި ޝިފާއަށް ބަލާލަމުން ނިތް އެއްލިއެވެ.
” ކަމް ވިތް މީ. ” ދެން ހުރި ދޮރާ ދިމާއަށް ހިނގައި ގަންނަމުން ޝިފާ އަތުގައި ހިފިއެވެ. ދޮރު ހުޅުވާލުމުން ޝިފާ ކުޑަކޮށް ހަޅެއް ލަވައި ގަނެވުނީ ކޮޓަރީގެ ރީތި ކަމުންނެވެ. ބެލްކަނީ ދޮރު ހުޅުވާލައިފައި ހުރިއިރު އެކި ކުލައިގެ މާ ތައް ޕޮޓްގައި އިންދާފައި ވެއެވެ. ކާނޭޝަން މަލުގެ ވަހުން މުޅިތަން އެއްވަސް ވެފައި ވެއެވެ. ޒައިކު އަކީ ގުދުރަތީ ރީތިކަމަށް ލޯބިކުރާ މީހެކެވެ. އެއްކައިރީ ރީތި ގޮތަކަށް ދެމީހަކަށް ހެއްލާލެވޭވަރުގެ ވަށް އުނދޯއްޔެއް ހުއްޓެވެ. ދުރުދުރަށް ދާންދެން ފެންނަނީ އުސްއިމާރާތްތަކެވެ. ވަރަށްވެސް ހިތްގައިމެވެ.
“ރިއަލީ..ގަބޫލެއްވެސް ނުކުރެވޭ. އޮފީހެއްގަ މިހާ ރީތި ކުޑަކުޑަ އެޕާޓްމެންޓެއް ހުރެދާނެއެކޭ. ވަރަށް ގިނަ ގާލްސް ގެންނަން ދޯ؟” ޝިފާ އުފާވެފަ ހުރެވެސް ކުރި ސުވާލަކުން ޒައިކް މޫޑް ޙަރާބް ވީކަހަލައެވެ. މިވަގުތު އޭނާ ހިތައް އަރުވަން ބޭނުންވާނެ އެންމެ ފަހުގެ ނަމަކީ މެކާ އެވެ. އެކަމަކު މެކާވެސް މި ރޫމަކަށް އޭނަ ނުވައްދައެވެ. ލިވީއަށްފަހު މި ރޫމަށް ވަން ދެވަނަ އަންހެން ކުއްޖަކީ ޝިފާއެވެ. މިހުރިހާ ވާހަކައެއް ޝިފާގެ ކަންފަތައް އަރުވާކަށް އޭނަ ބޭނުމެއް ނޫނެވެ.
“ނޮޓް އެނީ މޯރް. މީ ހަމައެކަނި އަހަރެންގެ ވައިފް އަށް ހާއްސަ ތަނެއް. ” ރީތި ފިނިފެންމާ ބޮނޑިއެއް ކަތުރަކުން ކަނޑާލުމަށްފަހު ޝިފާއަށް ދިއްކޮށްލިއެވެ. އުފަލުން ހުރެ އެ މާ ބޮނޑީގައި ހިފަމުން ވަސްބަލާލިއެވެ. ޝުކުރު އަދާ ކުރުމަށްފަހު ތައްޓަކަށް ފެންއަޅާ މާތައް އެއަށް ލިއެވެ.
ޒައިކް ފަހަތުން އައިސް ބައްދާލުމަށްފަހު އެނދާ ދިމާއަށް ގެންދަން ފެށިއެވެ. މިރީތި ހެނދުނު ފިނިފެންމަލެއްހެން ފޮޅިފައި ވާ މިރީތި އަންހެން ކުއްޖާ އެހާ ގާތުގައި ވުމުން ދުރުގައި ހުރެވިދާނެ ހެއްޔެވެ. އޭނާގެ ކެއްތެރިކަން ކުޑަވެދާނެއެވެ. ޝިފާގެ ކުޑަކުޑަ އަދާ އަކުންވެސް އޭނަ ޝިފާއަށް ބޭނުން ވެއެވެ. އެއްއިރެއް ގައިވެސް އޭނަ އަކީ އެހާ ކެއްތެރި މީހެއް ނޫނެވެ.
” ޒައިކް…މީ…މީ އޮފީސް ގަޑިއެއްނު. ޕްލީޒް ހިނގާބަ ވަރަށް ބަނޑުހައި ވެއްޖެ. އެއްޗެއް ކާން ދާން.” ޝިފާ އެތަނުން ނުކުންނަން ބޭނުން ވެފަ ހުރި ހެން ހީވިއެވެ.
” ހޫ ކެއާރސް. އައެމް ދަ ބޮސް. އެހެން ނޫނަސް އެރޭގެ ފަހުން ބޭބް ތިއުޅެނީ ކޫސަނި މައްސަލަ ޖައްސައިގެން މާ ދުރުދުރުން. ކޮންމެ ދުވަހަކު އޮފީހައް އަންނަންޏާ ތިހެން ދުރަކު ނޫޅެވޭނެ އިނގޭ. ” އަދިވެސް އިތުރަށް ޝިފާ ގަޔާލާ ފިއްތާލަން ބޭނުން ވާހެން ހީވިއެވެ. ފިނިފެން މަލެއްފަދަ ތުނި ތުންފަތައް ބަލާލީ ދަހިވެތި ކަމާއެކު އެވެ. ނޭވާ ހިނގުމެއް ނުވާ ދެތިން މިނެޓަށްފަހު ޒައިކު ދުރުވެލިއެވެ. އޭރު ޝިފާ ހުރީ ލަދުން އިސްޖެހިފައެވެ. ޝިފާގެ ގައިގަ ހިފަހައްޓާލަމުން ވައްކޮށް ހުރި މަޑުމަޑު އެނދު މައްޗައް މަޑުމަޑުން ވައްޓާލިއެވެ. އެހާ ބާރުމިނުގައި އައިގޮތައް އައިސް ޝިފާ އަށް ނުތެދުވެވޭނެހެން ހިފަހައްޓާލިއެވެ. ދެކޮޅު ހެދިނަމަވެސް ޒައިކުބޭނުން ކަމެއް ކުރާނެކަން އޭނައަށް އެނގެއެވެ. ޒައިކު މޭމަތީ އަތްއަޅުވާލުމަށްފަހު ފަހަތައް ޖައްސާލިނަމަވެސް އެންމެ ތަންފުކެއްވެސް ފަހަތައް ޖެހެން ޒައިކު ބޭނުން ނުވާކަން ބުނެލިއެވެ. އެއަތު ތެރެއަށް ވިރިގެން ދިއުމަށް ހޭދަވީ ކުޑަ ހިނދުކޮޅެކެވެ.
ޝިފާ ގެއަށްދާން ބޭނުން ވުމުން އެކަމަށް ޒައިކް އެއްބަސް ވިއެވެ. މަޑުކޮށްލުމަށް ބުނެ ފާޙާނާއަށް ވަދެލިއެވެ. ޒައިކް ދިއުމުން ތައްޔާރުވެލުމަށްފަހު ވަށައިގެން ބަލާލިއެވެ. އެއްކައިރީގައި ހުރި އަލަމާރި ތެރެ ބަލާލާ ހިތްވިއެވެ. ދޮރު ހުޅުވާލުމުން ފެނުނީ ޒައިކުގެ ބައެއް ގަމީސްތަކާ ޓައީ ތައް ހުރި ތަނެވެ. ގަމީސްތަކުގައި ވަސްގަނެލުމަށްފަހު ހިނިތުންވެލިއެވެ. އެކި ބައިތައް ބަލަމުން ގޮސް ފޮޓޯ އަލްބަމެއް ފެނުމުން އުފަލުން އެ ބަލާލަން ހުޅުވާލިއެވެ. އަތުން އަލްބަމް ދޫ ނުވީ ކިރިޔާއެވެ. ދެންމެ އެލިބުނު އަދަދެއް ނުވާ އުފާތައް ވަޔައް ބުރުއްސާލައިގެން ދިޔަކަހަލައެވެ. ލޮލުން ކަރުނަ ހިލުނެވެ. އެހެނަސް ހިތްވަރު ކޮށްލުމަށްފަހު ކަރުނަތައް ކޮންޓްރޯލް ކޮށްލިއެވެ. އަވަސްއަވަހަށް ހޭންޑްބޭގް ހުޅުވާލުމަށްފަހު އަލްބަމާ އެކު އޮތް ރީތި ކުޑަކުޑަ ބޯ ފޮތެއްވެސް ލިއެވެ. އަލަމާރި ދޮރު ލައްޕާ ލުމަށްފަހު އެނދުގައި ހަމަ އިށިންދެވުމާއެކު ޒައިކް ފާޙާނާއިން ނުކުމެގެން އައިސް ގެއަށް ދިއުމަށް އެދުނެވެ.
ކާރުގައި ހުރި އިރުވެސް ކަމެއް ވީކަން އަންގަން ޝިފާ ބޭނުމެއް ނުވިއެވެ. ހިނިތުން ވެ ހުރެ ވާހަކަ ދެއްކޭތޯ ބެލިއެވެ. އިރުއިރުކޮޅުން ޝިފާގެ އަތުގައި ޒައިކު ފިރުމާލައެވެ. މިހާރީތި ހެނދުނެއްގައި މިހާ ހިތްހަމަ ޖެހުން ގެނުވި ދުވަހަކީ ޒައިކުގެ އުމުރުން ގުނާލެވޭ ވަރުގެ މަދު ދުވަހެކެވެ. އަމިއްލަ ހިތްހަމަ ޖެހުމަށްވުރެ ޝިފާގެ އުފާތަކަށް އިސްކަން ދިނުމަށް ޒައިކު ބޭނުން ވެއެވެ. ގެއަށް ގޮސް ދެމީހުން ކާން އިށިންނީ ވެފައި ހުރި ބަނޑުހައި ކަމުންނެވެ. ދެން އޮފީހަށް މިއަދު ނުދާނެ ވާހަކަ ބުނުމުން ޒައިކް އޮފީހަށް ދިޔައީ ހަވީރު އަވަހަށް އަންނާނެ ކަމަށް ބުނަމުންނެވެ.
އަލްބަމް ހުޅުވާލީ އަލުން އެ ފޮޓޯތައް ބަލާލުމަށެވެ. ރަތް އިސްތަށި ގަނޑެއް ގެ ރީތި ދޮން އަންހެން ކުއްޖެކެވެ. ކޮންމެ ފޮޓޮއެއްގައި ޒައިކް އާ ގައިގޯޅި ވެހުރި ތަން ފެނުމުން ޝިފާގެ ހިތައް ވަރަށް އުނދަގޫވިއެވެ. ފޮޓޯގަނޑުގެ އަނެއްފުށުގައި އައި ލަވް ޔޫ ލިވީ ޖަހާފައި ވެއެވެ. އެކި ދުވަސްދުވަހު ނަގާފައިވާ ރީތި ފޮޓޯތަކެކެވެ. ޒައިކްގެ ހިނިތުންވުން އެ އަންހެން ކުއްޖާއާއިކު ވެއެވެ. ފޮޓޯތައް އުކަމުން ގޮސް ދެންފެނުނު ފޮޓޮއަކުން ނޭވާ ހިނގުން ހުއްޓުނު ކަހަލައެވެ.
ހުދުކުލައިގެ ބޮޑު ވެޑިންގ ޑްރެސް އެއްގައި ޒައިކް އާއެކު ވިއެވެ. ރީތި ހޯލެއްގައި ދެމީހުން އެކަނި އެކި ގޮއްގޮތައް ނަގާފައިވާ ފޮޓޯތަކެކެވެ. ރޯން ފެށުނީ ހިތައް ކެއް ނުވުމުންނެވެ. އޭނަ އާއި ކައިވެނި ކުރުމުގެ ކުރިން ޒައިކް މިވަނީ އެހެން ކައިވެންޏެއް ކޮށްފައެވެ. އެކަން އޭނައަށް ނޭނގީ ޒައިކްގެ ގޯސްކަމުން ކަމަށް ނިންމުނެވެ.
އަލްބަމް ލައްޕާލަމުން ރީތި ޑިޒައިނަކަށް އޮތް ރީތި ފޮތަށް ބަލާލިއެވެ. ހިތް ތެޅެމުން ދިޔައީ އެފޮތުގައި ވީއެއްޗެއް ނޭނގުމުންނެވެ. ލަސްލަހުން ފޮތް ހުޅުވާލިއެވެ. ރީތި ގަލަމަކުން ބޮޑުއަކުރުން “ލިވީ” ޖަހާފައިވެއެވެ. އެކި ގަނޑުތައް އުކަމުން ލިޔެފައިވާ އެއްޗެއް ކިޔަމުން ދިޔައިރު ހިތައް ހަނޖަރު އެތައްފަހަރަކު ހެރެމުން ދާކަހަލައެވެ. އެއަންހެން ކުއްޖާދެކެ ލޯބިވާކަން ހާމަކޮށްފައިވާ އެތައް ލަފްޒު ތަކެކެވެ. އޭގެތެރެއިންވެސް އެންމެ ފަހު ޕޭޖުގައި ލިޔެފައިވީ ލަފްޒުތައް ކިޔާލުމުން ހިތާމައިން ހިތް ފޯ ވެއްޖެއެވެ.
” ލިވީ. ލިވީ ދެކެ އަހަރެން ވަނީ ތެދުވެރި ލޯބިކަން ލިވީ އަކަށް އޮޅިފައެއް ނުވާނެ. ހަޔާތުގެ މިސްރާބު ދާނެ ދިމާލަކަށް ދާން ދޫކޮށްލެވިފައި ވީ ދުވަހު، ލިވީގެ އެހީތެރިކަން ނުލިބުނު ނަމަ އަދިވެސް އަހަރެންނަކީ އާވާރާއެއް ފަދައިން އެނބުރެމުންދާ މީހަކަށް ވާނެކަން އެނގޭހެއްޔެ؟. ދުވަހަކު އަންހެނަކަށް އިތުބާރުނުކުރަން ނިންމައިގެން ހުއްޓަ ، އެނިންމުން ބަދަލުކޮށްލި އަންހެން ކުއްޖަކީ ތިއެވެ.
ލިވީގެ ސަބަބުން އަލުން ދިރިއުޅުން އުޖާލާވިއެވެ. އުންމީދު ކުރެވެން ފެށުނެވެ. ދެމީހުން އެކުގައި ހޭދަކުރެވުނު ލޯބިވެތި ވަގުތު ތަކުން ހިތް ފުރެއެވެ. އެހަނދާންތަކުން މިންޖުވުމެއް ނުވެއެވެ. ކިތަންމެ ގިނަ ޒަމާނެއް ވިއަސް އެކަން އޮންނާނީ އެގޮތަށެވެ. ލިވީގެ އެންމެ ހީލުމަކަށް މަރުދެމެވެ.
ލިވީ އަހަރެން ދޫކޮށްލާފައި ދިޔަ ދުވަހުން ފެށިގެން މީ ދުނިޔޭގައި ހުއްޓަސް މަރުވެފައިވާ އިންސާނެކެވެ. ރޭ ދުވާ ހޭދަކުރަމުން މިދަނީ ހިތާމައިން ހިތް ފަޅައިގެން ދާހާ ބާރުމިނުގައެވެ. ބޭރުން ފެންނަން ނެތަސް ހިތް ވަނީ ފުނޑުފުނޑު ވެފައެވެ. ފިރިހެނަކަށް ވާއިރު ކަރުނަ އަކީ އެންމެ ގާތް މިތުރެވެ. މުޅިއުމުރު އަހަރެންގެ މީހަކަށް ވުމަށް ވައުދެއް ނުވަންހެއްޔެވެ؟. އެންމެ ކައިރީ ހިތްވަރުދޭން ހުރުމަށް ނުބުނަންހެއްޔެވެ؟.
ދުވަހަކު އައުމެއް ނުވާ ފަދައިން އަހަރެން ދޫކޮށްލާފައި ދިޔައީ ކީއްވެހެއްޔެ؟. އަލުން އަނބުރާ ކައިރިއަށް ނާންނާނެކަން އެނގިހުރެ މުޅި ދުނިޔެ ހޯދާ އެފުއްމިފުށައް ޖެހީމެވެ. މިއަދާ ހަމައަށްވެސް ލިވީއަށް ވީ ގޮތެއް ދެނެވޮޑިގެން ވަނީ މާތްﷲ އެވެ. އަހަރެންގެ ހަޔާތުގެ ހުސްކަން ފުރާލާނެ ކުއްޖެއް ތި ނޫނީ ނެތެވެ. އާއިލާގެ ނުގަބޫލުގައި އެންމެ ފުރިހަމައަށް އަހަރެން ލިވީ ގަބޫލުކުރީމެވެ. އެކަމަކު އެންމެ ފަހުން އަހަރެންގެ ހިތް ހަރު ހިލައަށް ހަދާލީއެވެ. އެކަމަކުވެސް ބުނަން ހެއްޔެވެ؟. ދުވަހަކު ތިނޫން އަންހެން ކުއްޖަކު ދެކެ ލޯބި ނުވާނަމެވެ. އެފަދަ ކުއްޖަކު ހަޔާތަކަށް ނުވެސް އަންނާނެއެވެ. މަރުވަންދެންވެސް އިންތިޒާރު ކުރާނަމެވެ. ”
މުޅި ފޮތް ކިޔާލިއިރުވެސް ލިވީ އަށް ވީ ކިހިނެއްކަމެއް ނޭނގުނެވެ. މި ދުނިޔޭގައި ހުރިކަމެއް ނުނީ ޒައިކް ދޫކޮށްލާފައި ދިޔައީކަމެއްވެސް ނޭނގުނެވެ. އެކަމަކު ދެމީހުން ކައިވެނި ކުރިކަން އެނގޭ އެންމެ ލަފްޒެއްވެސް ފޮތަކު ނެތެވެ. އަލްބަމްގައި ހުރި ފޮޓޯ ތަކާމެދު ވިސްނާލިއެވެ. އެކަމަކު ލިވީގެ ވާހަކަ އެހުމުން ޒައިކް އެދުވަހު އެހާ ރުޅިއައީ ކީއްވެކަމެއް ޝިފާއަކަށް ނުވިސްނުނެވެ. އެހެން އަންހެން ކުއްޖަކު ދުލުންވެސް އޭނަ ލޯބިވާ ފަރާތަށް ގެއްލުމެއް ވެދާނެތީކަންނޭގެއެވެ. އިނގިރޭސިން މުޅި ފޮތް ލިޔެފައިވީއިރު ޒައިކުގެ އަތު ލިޔުން ރީތިކަމުން ފިރުމާލެވުނެވެ. ޒައިކު ކައިރީގައި ވީނަމަ ލޯބިން ފިރުމާލާނެހެންނެވެ.
” ދުވަހަކު ޒައިކުގެ ލޯބި ލިބުމެއް ނެތް. އޭނަ ލޯބިވަނީ އެހެން އަންހެން ކުއްޖަކު ދެކެ. ދުވަހަކު އެއަންހެން ކުއްޖާ ނޫން ކުއްޖަކު ދެކެ ލޯބި ނުވާނެކަމަށް ބުނެފަ އޮތީ. ޒައިކް އޭނައާއި ކައިރިވަނީ ލޯބި ވެގެން ނެއްނޫން. ވަގުތީ ލައްޒަތާ އަރާމައްޓަކާ. އެކަމަކު ދެން އޭނަ ކައިރި ވިއަކަ ނުދޭނަން. ލިވީ އެނބުރި ޒައިކް ކައިރި އަށް އަތުވެއްޖެ ނަމަ ޔަގީން އޭނަ އަހަރެން ދޫކޮށް އެއަންހެން ކުއްޖާ ކައިރިއަށް ދާނެކަން. އެދުވަހަކުން އަމިއްލަ އަށް ބާކީ ވާނެކަން އިހުސާސްކުރެވުނެވެ. އޭނަ ފުރަތަމަ ކައިވެނި ކުރީވެސް ލިވީއާ ” ޝިފާ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައިރު ލޮލުން ކަރުނަ ނުހިކެއެވެ.
ފޯނުން ގަޑި ބަލާލެވުނީ ޒައިކް އަންނަ ގަޑި ކައިރި ވީކަން ހަނދާން ވުމުންނެވެ. މިވަގުތު ޒައިކް އާ ކުރިމަތި ލުމުގެ ހިތްވަރެއް އޭނަގަޔަކު ނެތެވެ. އަލަމާރީގެ ތަޅުލެވޭ ބަޔަށް އެއެއްޗެހި ލުމަށްފަހު ބޭގް ނެގިއެވެ. އަދި ކާރު ތަޅުދަނޑި ނެގުމަށްފަހު ހިނގައިގަތީ ބޭރަށް ނުކުތުމަށެވެ. ސެކިއުރިޓީ ކައިރީ މިތާކައިރި ފިހާރަޔަކަށް ގޮސްލުމަށް ފަހު ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނުމަށްފަހު ގޭޓުން ކާރު ނެރެ ދުއްވާލީ ވީހާވެސް ދުރަކަށް ދެވޭތޯއެވެ. އެމެރިކާގެ މަގުތަކުގަ ކާރު ދުއްވާލުމަކީ މިހާރު ޝިފާއަށް އުނދަގޫ ކަމެއް ނޫނެވެ. ޒައިކް ވަނީ އޭނައަށް އެކަން ދަސްކޮށްދީފައެވެ. ފޯނު ނިވާލީ އެކަކަށްވެސް އޭނައަށް ނުގުޅޭ ގޮތް ހެދުމަށެވެ. އެކި މަގުމަގުން ގޮސް ވަރަށް ރީތި ކޯރެއް ކައިރީ ކާރު ޕާކުކޮށްލިއެވެ. ވަށައިގެންވީ ފެހި ގަސްތަކާ، ދައުރުވަމުން ދިޔަ ފެންގަނޑުގެ ސަބަބުން ނުތަނަވަސްކަން ފިލާފާނެކަން އަމިއްލައަށް ޝިފާ ނިންމިއެވެ. އަނދިރި ވަމުން އައި އިރުވެސް އެރީތި ކަމުން ހިތްހަމަ ޖައްސާލަން ބޭނުން ވާފަދައެވެ. މީން އިރަކު ގެއަށް ދިއުމުގެ ވިސްނުން ހުރިހެނެއް ހިޔެއް ނުވެއެވެ.
*****************
ގެއަށް ވަދެ ޒައިކް ބެލީ ވީހާވެސް އަވަހަކަށް ޝިފާ ކައިރިއަށް ދެވޭތޯއެވެ. މިއަދު ލިބުނު ހިތްހަމަޖެހުމުގެ އަސަރު އަދިވެސް ނުފިލައެވެ. އޮފީހުގައި ހުރިއިރުވެސް ޝިފާގެ ރީތިކަން މަތިން ހަނދާން ކުރުން ނޫން އިތުރުކަމެއް ނުކުރެވުނެވެ. ދުވާލުގެ އަލީގައި އެ ރީތިކަން ފާލުވުމުން އެއަސަރު ފިލާ ނުދެއެވެ. އެހެނަސް ސެކިއުރިޓީ ދިން ޖަވާބުން މަޑުކޮށްލަން ނިންމީ ޝިފާ އަންނާނެ އިރަކަށެވެ. ފެންވަރާލައިގެން ނުކުމެ ހޫނު ކޮފީ ތައްޓެއް ނެގީ ފިނިވެފައި ހުރުމުންނެވެ. ފަޒާގައި ވާ ފިނިކަން ގޭއެތެރެއިންވެސް ނުކެނޑެއެވެ. ބައި ގަޑިއިރު ވީއިރުވެސް ޝިފާގެ ޙަބަރެއް ނުވުމުން ފޯނު ނަގާ ގުޅާލިއެވެ. ފޯނު ނިއްވާލާފައި އޮއްވާހަކަ ބުނުމުން ކޮޅަށް ތެދުވެވުނީ އެހާމެ އަވަހަށެވެ. ޝިފާ އަށް ކަމެއް ވެދާނެތީ ޒައިކް ހާސްވިކަހަލައެވެ.
އަލުން ސެކިއުރިޓީ ކައިރީ އެހުމުން ދިނީ ކުރިންވެސް ދިން ޖަވާބެވެ. އަދިވެސް ގުޅުނީ ފޯނަށެވެ. ފޯނު ހުޅުވުމަށް އެދި މެސެޖް ފޮނުވިއެވެ. ގަޑިއިރެއް ވުމުންވެސް ޙަބަރެއް ނުވުމުން ދެން ގުޅި ޔަމާން އަށެވެ. އެހެނަސް ޔަމާންވެސް ފޯނު ނުނެގުމުން ހިތައް ރުޅިވެރިކަން ވަނެވެ. ކާރު ނެރެގެން މިސްރާބު ބަދަލު ކޮށްލީ ބައްޕަމެން ގެއަށް ދިއުމަށެވެ. ޔަމާންގެ އަމިއްލަ ގެ ހުރިނަމަވެސް އަދިވެސް ދިރިއުޅެނީ ބައްޕަމެން ކައިރީގައި ކަމަށް ވާތީއެވެ. ދުއްވޭނެ އެންމެ ބާރުމިނެއްގައި ގޮސް ގޭޓުން އެތެރެ ވުމަށްފަހު އަވަހަށް ނުތެވެ. އޭރު އަނދިރިކަން ގަދަވާން ފަށައިފިއެވެ.
“މަންމާ. ބައްޕާ. ކޮބާ ޔަމާން ” އަޑުގައި ނެއްތަނަށް ހަޅެއްލަވަމުން ޒައިކް އަންނަ އަޑު ސިޓިންގ ރޫމްގައި ހުރި އެންމެނަށް އިވުނެވެ. ޙާލިދު އިށިންދެ ހުރި ތަނުން ތެދުވެ ޒައިކް އަންނަ ދިމާއަށް ބަލާލީ ޙައިރާންވެ ހުރެއެވެ. އެނޫނީ މިފަހުން ދުވަހަކު ޒައިކް މިހާ ރުޅިއައިއްސަ ހުއްޓަކާ ނުފެނެއެވެ. ޒައިކް އައި ގޮތައް ޔަމާންގެ ގަމީހުގެ ބައެއްގައި ހިފުމަށްފަހު އުފުލާލިއެވެ. އެހާއަވަހަށް ޙާލިދުވެސް އައިސް ޒައިކް އަތުގައި ހިފެހެއްޓީ ޒައިކް ރުޅިއައިއްސި ނަމަ ވާނެގޮތް އިނގޭތީއެވެ.
” ކޮބާ ޝިފާ. އޭނަ ހަވީރުއްސުރެ ގެޔަކު ނޫޅޭ. ބުނޭ ރަނގަޅަށް އޭނަ ދިޔަ ތަނެއް ” ދެލޮލުން ފެނުނީ ޔަމާން ފިއްސާލާވަރުގެ ބެލުމެކެވެ. ޔަމާން ގައިން ދޫކޮށްލެވުނީ އެބާރު ގަދަ ދެއަތުން ޒައިކް އަތުގައި ހިފާ ދުރަށް ވިއްސާލުމުންނެވެ.
” ކިހާ ދެރަކަމެއް. ގަޔަށް އަތްނުލައި އަނގައިން ކިޔާ އެއްޗެއް ކިޔާބަ. ހެނދުނު އޭނަ ގޮވައިގެން ދިޔަފަހުން ނުދެކެން. ދެންމެ މިއައީ އޮފީހުގައި އޮތް މީޓިންއެއް ނިންމާލާފަ. މަގޭ ސެކެޓްރީއަށް ގުޅާބަ ގަބޫލު ނުކުރެވެންޏާ. އެހެނޭ ވާނީ ބޭނުން ގޮތަކަށް އޭނަޔާ ދޭތެރޭ ކަންތައް ކުރަންޏާ. ދެންވެސް އޭނަ ފެނޭތޯ އެއްނު ދާންވީ. ތިހެން ހުރީމަ ވޭތަ؟ ” ޔަމާން އަޑުގައި ވީ ރުޅިވެރިކަން ވެސް ފިލަމުން ދިޔައެވެ. ޝިފާއަށް ދެރަ ގޮތެއް ވުމަކަށް އޭނަ ކުޑަކޮށްވެސް ނޭދެއެވެ.
” ޒައިކް. ވީ ގޮތެއް ބުނަން ވެއްޖެ އެއްނު. އަންނަ ގޮތައް އައިސް ބަލާލުމެއްނެތި އެހެން މީހުންގެ ގަޔަށް އަތް ނުލާތި މީގެ ފަހުން. ކީއްވެ ޝިފާ ދާން ޖެހުނީ. އިނގޭތަ ޝިފާ އަށް ކަމެއް ވެއްޖެ ނަމަ އޭނަ ބައްޕަ ދުވަހަކުވެސް މާފު ނުދޭނެކަން. ދެލޮލުގެ ނޫރު ފަދައިން ބޮޑު ކުރީ މައެއްގެ ލޯބި ނުލިބި. ” ޙާލިދު ދެލޮލުންވެސް ފުރަތަމަ ފެނުނު ރުޅިވެރިކަން ފިލާ ހިތާމަވެރިކަން ފެންނަމުން ދިޔައެވެ. އޭރު ރޫބީ ހުރީ އަނގަ މަތީ އަތް އަޅައިގެނެވެ. އަވަހަށް ފޯނުން ޝިފާ އަށް ގުލާލިއެވެ. އެހާ އަވަހަށް ފޯނު ތިރިކޮށްލަމުން ނިވާލަފާ އޮތް ވާހަކަ ބުނެލިއިރު ހާސްކަން ފެންނަމުން ދިޔައެވެ.
” ހަވީރު އޮފީހުން ދިޔައިރު ނޫޅޭ ގެއަކު. ޝެކިއުރިޓީ ބުނި ފިހާރަޔަކަށޭ ކިޔާފައޭ ދިޔައީ. އޭގެ ފަހުން އެތައް އިރެއް ވީއިރުވެސް ނާދޭ ގެއަކަށް. އެހެންވެ މިއައީ މިތަން ބަލާލަން. ” ސޯފާ ގައި އިށިންނަމުން ޒައިކް ވާހަކަ ދެއްކިއިރު މީން ދުވަހަކު އެދެލޮލުން ނުފެންނަވަރުގެ ހިތާމަ ފާޅުވާން ހުއްޓެވެ. ކޮންމެ މީހަކަށްވެސް ޒައިކް ޝިފާ އާއި ދޭތެރޭ ކަންބޮޑުވާ ވަރު ފާޅުވެގެން ދިޔައެވެ. އެދެލޮލުގައިވީ ރިހުން ހާމަވާން ހުއްޓެވެ.
ގިނަ އިރުތަކެއް ނުވެ ގޭގެ ބެލް ޖަހާލި އަޑަށް އެންމެން ސިހުން ވިއެވެ. ޒައިކް ދުވެލާފައި ދޮރު ހުޅުވާލަން ދިޔައީ އުންމީދާ އެކުއެވެ. ކުރިމަތިން ފެނުނު މީހެއްގެ ސަބަބުން އަމިއްލަ ނަފްސުދެކެ ރުޅިއާދެވުނެވެ. ބިރާ ސިހުމާއެކު ބަލަން ހުރެވުނީ ވަނުމަށް ތަންވެސް ނުދައްކައެވެ. އޭނަ އަށް ޝިފާ ގެއްލެން އުޅޭކަމުގެ ސިގުނަލް ކުރިމަތިން ފެންނަކަހަލައެވެ.
ނުނިމޭ……
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
81 Comments!
Comments are closed.





Vvv rythi mi part ves?? I really like it Belle?? Ummeedhukuran dhen huri part thavves reethi vaanekamau??Love you Belle❤❤
Thanks Dhonthy,
Varah reethi
Thanks Ibsha
Finally uploaded. 1 dhuwas mi vany iru iru kolhaaa mi page balaa thaa.. mirey ves nunidhigen just hama check kohlly mi. Very happy up vefaa iny maa..
Varah nice mi part. Keep it up. Avahah anneh part up kuran jassaa. Pending vefaa innaani
Thanks Rifa v bodukoh, Bella Love u Rifa
Shifa ge parents kahnege aie ! Wow. Curiosly waiting for it
Thnks Shee
Varah reethi. Avahah new part up kohdhy baa
Thnk
V reethi thankolhe avaha up kola dheebala dhoonee keepit up
Thanks Ainthu
Oh yes mi part ves reethi
And these endings makeing me so curious
Waiting for next part
Thanks drax
Ohhh ..varah reethi ????? whn is next part????
Thanks Meekkmee, soon
Vv reethi ??
Thanks Mal
Wow Belle?❤️☺️ Your story is superb ☺️ ❤️ ? Keep it up ??? LYSM?❤️???
Thanks Sshau
Beautiful ????
Thanks Nihu
Aaaaaah, mibai kiyaafa moyavejje zaik ah, eyna haadha romantic ey I like zaik ???
Thanks noo, yaah he is handsome guy
Mi dhen haadha hadi ? story ekey ?
Thanks jiji kiyaalaathy hadiyas
?mi vahaka kurinbeelive dot com ga innaane hurihaa kudhin balaabala
Nimen dhen?
Full story eh neh dhwww.. 25 capture a hama ah inee..
Anonymous mi site in kiyaalaairu changes aa eky kiyaalahchey, changes v bodah gennan eba
Varah reethi…Maa sha Allah.??When is next part
Thanks Yashoo
soon
Kurinbeelive. Com
25episides eba in dho ?
Thanks story kiyaalaathy, esfiya site ga liyaairu chang aa eky mi liyany, and full story will upload this site.
Varah thafaathu esfiyaagai Liyaairu mivaahaka ??
Thanks Naxu
Story is awesome ???when next part ☺️☺️waiting for next part
Thanks Yashaa, sunday
V salhi vaahaka ?I loved it❤️ kn dhuvahakun new part upload vaany? Can’t wait
Thaks Pinky, sunday
Belle!! Are you copying this from kurinbee site and pasting in here?
Nadhs Thanks Story Kiyaalaathy, This is my own works
Kurinbee site gaa iny konmes daisy ekey kiyaa meeheh vaahaka liyefa. Belle ge amilla story akah hadhaagen mithanah vaahaka fonuwani tha thi?? Can’t believe this
Vishko Thanks story kiyaalaathy, i have rights to compleat this story. this is my own works. dont worry, u can compleat reading this story from this site
Belle is this your own story or u r just copying others work
Aisk thanks story kiyaalaathy, i have rights to compleat this story. e site huttaa lumaa gulhigen , mi story kuriah gendhany mi mi site ga
Vvv salhi ? ? ❤️ next part avas……. ? Kiyaa hithun…
Thanks Mary soon next part will be
Koniraku story up kuraane V v v v v Reetih ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks Buttey girl
Nufenunu thibuna site eh
Ainth mi sit in kiyaalabala, v changes aa eky mihaar miliyany
e site mihaar huhtaalaifi
ebunaahen dho
Site huttaaliyas site ah vadhevey hama, kiyaalevey, daisy aa belle dhemyhun mee ekaku baa? Vhka vara rythi,
Thanks for you all readers,
I want 26th part please please please please please please ebai upp kohdhee can’t wait any more
Anonymous now part 26 vess nimaafa onaany. kehtherivey
Anonymous dheyba thi site ge linke hodha hodhaa nufenuney
Nice try, u know link nufonuveygotha hadhaafa inkan dats Y asking huh
Kurinbeeleive. Com
Sorry.. kurinbeelive. Com
Belle midhuves new part eh update nuvaanetha
Please 26th part I want???????????????????????????????????????????????
now 26 vana part vess nimaafa onnaany bt tharuthybunnehhnu up kureveyny
26th part please ????????????????
next week ga 26 geneveytho try kuraanan
aslu vvvkuru maadurudurun pereg graaf thah fahtaathee heevanee aslu dhoguhen maabodah veskuru mi vaahaka vv salhi vvinthizaaru kuran .
heekuree mirey up vAanekamah shukuroyyaa
yesterday morning ga yesterday ge part up kurin but esfiya admin team in up kurymaathaa kiyuntherinnah fennaany, Thanks story kiyaalaathy
Belle koba midgu up date vaanebaa
Kobaatha vaahaka varah baraabarah update kuramun ais mihaaru kihineh thi hedhee varah reethi vaahaka eh mi site ga mivaahaka genes dheyleh maa reethi waiting for the next part dear
Thanks part 18,19 vess vy foruvaafa, emme fahun 2 part ehkoh kanneyge up vaany.
Kobaa aneh part
Part 18,19 vess fonuvaafa vy up vyma dhebai ehkoh kiyaalaathi ??????
I don’t think he / her will reply
Ali ✋✋✋✋✋.
Belle kn irakun tha 18 vana part up kolladheyny..?
BarBie 18 and 19 vess vy fonuvaafa, so sad ? Esfiya admin in up nukuraathy?..
Mi vaahakaige furathama part naganii kihinehtha