Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 53

Saraa Level 910 Stories100 Comments100 Login500 Comments500 Login
July 9, 2019 10 Mins Read
77 Comments

ޝަލީން ހިންދިރުވާލިއިރު މަޔާންއިން ނެއްޓިގެން އައި ނަޒަރު މާބްލްމަތީ ކިރެމުންދިޔަ ކަރުދާސްގަނޑަށް ހުއްޓުނެވެ. އޭނަ މަޔާންއަށް އަންގައިދޭން މަސައްކަތްކުރާ ހަގީގަތް އެއޮތީ މަޔާންގެ ލޯކުރިމަތީގައި ފެންނާށެވެ. މަޔާންއަށްވެސް އެވަގުތުކޮޅު އެ ރިޕޯޓްއާއި ދިމާލަށް ބަލާލެވުނުއިރު އޭނަގެ ހިތުގެ ހިނގުންވެސް ހުއްޓި ސިކުނޑީގެ ލޭ ދައުރުވުންވެސް މަޑުޖެހިލިހެން ހީވިއެވެ. މަޔާންގެ ހިތަށް އެތައް ހާސްތީރުތަކެއް އެއްފަހަރާ ހެރުނުހެން ހީވިއެވެ. ދުވަހަކު މިހާ ނުބައި ހަަބަރެއް ލިބޭނޭކަމެއް ނޭނގެއެވެ. ޝަލީން އޭނަ ދޫކޮށްލާފައި ގޮސް އެހެން މީހެއްގެ އަތުތެރޭ އުފާކުރީއެވެ.

ޝަލީން ބަލިވެއިންކަން އެނގުމުން ހިތަށް ލިބުނު ޝޮކަކުން މަޔާންގެ ސިކުނޑިވެސް ގަނޑުވިފަދައެވެ.  ނުކިޔަމަންތެރި ކަރުނަތައް ދެންމެ ދެންމެ ފައިބާނެހެން ހީވިނަމަވެސް މަޔާން ކަރުނަތައް ހިންދާލަމުން ޝަލީންއާއި ދިމާލަށް ބަލާލީ ދުވަހަކު ބަލާނުލާހާ ރުޅިވެރި ނަޒަރަކުންނެވެ. ޝަލީންގެ ހުންނަ ނުބައިކަމެވެ. ދުނިޔޭގައިވެސް އެހާ ނުބައި ލޯބިވެރިއަކުނުވާނެއެވެ. ޝަލީންގެ ކެހިވެރިކަމަށް އެއްވަނަ ދަރަޖަ ދޭވަރުވެއެވެ. ޝަލީންދެކެ ލޯބިވެވުނީތީ އަމިއްލަ ނަފްސުދެކެވެސް އެހާ ރުއި އައި ދުވަހެއް ނާދެެއެވެ. މަޔާން ހިތްއެދުނީ ޝަލީންގެ ސިއްރު މުޅި ދުނިޔެއަށް ބޭޒާރުކޮށް ފަޞީހަތްކުރާށެވެ. އޭނަ ޝަލީންގެ ކިބައިން ހިފަންވީ އިޝާރު މިޙުރާންގެ ފަރާތުން ހިފިފަދަ ނުބައި ބަދަލެކެވެ. ދުނިޔޭގެ ލޯތަކަށް ތިމާގެ އަމިއްލަ ސޫރަ ކަޝްފުވެގެންދިޔުމުން ދެން ކަންވާނެ ގޮތް ދައްކާލަންވީއެވެ. މުއްސަނދި ބައްޕަގެ މުއްފަތުން ނެއްވަރުގެ އިއްޒަތްތެރި ދަރިއަކަށްވެގެން އުޅުނަސް އެއްވެސް އަގެއްނެތެވެ.

މަޔާން ފޫހިވެފައިވާފަދަގޮތަކަށް ޝަލީންއަށް ބަލާލުމަށްފަހު ބިންމަތީ ވިހުރިފައިވާ ކަރުދާސްތަކަށް ފަރުވާކުޑަ ނަޒަރެއްދެމުން ދުރަށް ހިނގައިގަތުމާއިއެކު ޝަލީންގެ ހިތުގައި ހިފާ ބާރުކޮށްލެވުނު ފަދައެވެ. މަޔާންގެ ދުލުން އެކިދުވަސްމަތިން އޭނައަށް އެއްޗެހި ކިޔާލިއިރުވެސް އޭނަގެ ހިތަށް އެހާ އަސަރެއްނުކުރެއެވެ. އޭނަގެ ބަނޑުގައި އުފެދެމުންދާ ތުއްތު ފުރާނައާއިމެދުވެސް މަޔާންގެ ހިތުގައި ރަހުމެއް ނުވާކަން ހާމަވެގެންދިޔައިރު ޝަލީންގެ ހިތުގައި ނާރުތަކުގައި ވަޅިއަޅާލެވުނުފަދައެވެ. ހުއްޓުން އަރާފައި ހުރެވުނުއިރު ރޯކަށްވެސް ނޭނގުނެވެ. އެހާ އަނިޔާވެރިގޮތަކަށް އެކަކަށްވެސް އޭނަގެ ހިތް ހަލާކުކޮށެއްނުލެވޭނެއެވެ.

*** *** *** *** *** ***

ޑިއުޓީ ނިންމާފައި ހަވީރުވާންއުޅެނިކޮށް ޝަލީން މިޑޯވިއުއަށް އައީ ހައިޒަލްއާއިއެކީގައެވެ. ނޫކުލައިގެ ފެރާރީ ކާރު ޑްރައިވްވޭގެ ވަކި ހިސާބަކަށް ހުއްޓާފައި ދެޒުވާނުން ކާރުން ފައިބައިގެން ލޯވްން މަތިން ހިނގާލައިފައި އައިރު ޝަލީން ހުރީ އާދަޔާ ހިލާފަށް މަޑުމައިތިރިވެފައެވެ. ކުރިމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރެ ހިނގަމުންދިޔައިރު ހިޔާލަކަށް ގެއްލިފައިހުރީހެން ހީވިއެވެ. ހައިޒަލް ޝަލީންގެ މޫނަށް ނަޒަރެއްދިންއިރު ޝަލީންގެ ހިމޭންކަމުގެ ސަބަބު ދެނެގަންނަން އުޅެފައިވެސް ހިމޭންވިއެވެ.

ހައިޒަލްއާއި ޝަލީން މާވަށިތަކުން ފަޅުފިލުވާލައިފައިވާ ހިމަ ފެންޑާކޮޅު ކަޑައްތުކޮށްލުމަށްފަހު ތަނަވަސް ލިވިންރޫމްއަށް ވަނުމާއިއެކު ލިވިންރޫމްގެ ސޯފާގައި ޓީވީއަށް ނަޒަރު ހުސްކޮށްލައިގެން އިން އިޔާނާ އިސްއުފުލާ ބަލާލައިފިއެވެ.

“ދަރިފުޅުމެން އަންނާނޭކަމަށް މަންމަ ސައިތައްޔާރުކޮށްގެން ހުންނަތާ ކޮންއިރެއް… މާލަސްވީމަ ނާންނާނެކަމަށް ހީކޮށްގެން މިހުރީ… ކައިރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މަގުވެސް ނުލާހިކު ބާރުބޮޑުވެފަ އޮތީވެސް…” އިޔާނާ ތެދުވިގޮތަށް ޝަލީންގެ އަތުގައި ހިފައިގެން އައިސް ސޯފާގައި ބައިންދަމުން ހައިޒަލް ގާތު އިށީންނަން އެދުނެވެ.

“މަގު ބާރުބޮޑުވެފައި އޮތީމަ ގެވަށާ ދުއްވާފައި ކާރު ކައިރިކުރެވުނީ… މަންމާ ކޮބައިތޯ ބައްޕަ؟ ގޭގަ ނޫޅުއްވަނީތަ؟” ފަޅުވެފައިވާ ލިވިންރޫމްގައި ނަޒަރު ހިންގާލަމުން ޝަލީން ވާހަކަދެއްކިއެވެ. މިޑޯވިއު ގަނޑުވަރެއްހާ ފުރިހަމަނަމަވެސް ގޭގެ ފަޅުކަމަކީ ގޭގެ ފުރިހަމަކަން އުނިކޮށްލާ ބައެވެ. އޭނަގެ ދޮންބެއާއި ލައިޝާ މިގޭގައި އުޅޭނަމަ ކޮންމެވެސް ވަރަކަށް ގޭތެރެ އާރާސްތުކޮށް ދެއްކީހެވެ. އަލްހާންގެ ބްރީޒްވިއު އިޝާރުގެ މިޑޯވިއުއަށްވުރެ ހާސްބައި ފުރިހަމަނަމަވެސް ޝަލީންއަށް ހުސްކަމެއް އިހުސާސްކުރެވެނީ ދުވާލުދާ ހަތަރުދަމު އެގޭތެރެއަށް ވެރިވެފައި އޮންނަ ފަޅުކަމުގެ ބޮޑުކަމުންނެވެ. ފުރަތަމަ ދެބައި ނޫން ހުރިހާ ބައެއް ހުސްކޮށް ދޫކޮށްލައިފައި ފުރަތަމަ ފަންގިފިލާގައި އެންމެން އުޅޭއިރުވެސް ރިހާނާވެސް ލޮލަށް ފެނިލަނީ ނުހަނު މަދުންނެވެ. ހެނދުނުގެ ސަޔާއި ރޭގަނޑުގެ ކެއުމުގެ ވަގުތަކީ އާއިލާ މެންބަރުންނާއި ދިމާވެ ވާހަކަދައްކާލާ ހަމައެކަނި ވަގުތެވެ.

“އޮފީހުން ދުރުވިގޮތަށް ކޮޓަރިއަށް ވެންނެވިފަހުން އިރުކޮޅެއްވެއްޖެ… މަންމަ އެބައަންނަން ބަލާލައިފައި…” އިޔާނާ ސޯފާއިން ތެދުވަމުން ޝަލީންގެ އަތަށް ރިމޯޓް ލައިދިނުމަށްފަހު ސިޑިން އަަރަންފެށިއެވެ. އޭރު ޓީވީން ދައްކަމުންދިޔައީ އަލިފާން ރޯވެގެން އުޅޭ ސަރަހައްދުގެ މަންޒަރުތަކެވެ. ޝަލީން ޓީވީގެ ވޮލިއުމް މަތިކޮށްލިއެވެ.

“ގ.ޗާންދަލިއާ ގޭގައި އަލިފާން ރޯވެ އަނދަމުންއެބަދޭ…. މައުލޫމާތު ލިބޭގޮތުގައި އަލިފާން ރޯވެފައިވަނީ އިމާރާތުގެ ފަސްވަނަ ފަންގިފިލާރގައި… އަލިފާން ނިއްވާލުމުގައި ފަޔަރ ރެސްކިއުއިން ހަރަކާތްތެރިވަމުންދާއިރު ފުލުހުން ދަނީ އެ އިމާރާތުގައި ތިބި ފަރާތްތައް އިމާރާތުން ނެރެ އިމާރާތް ހުސްކުރަމުން….މިވީހާތަނަށްވެސް އިމާރާތައް ފެތުރެމުންދާ އަލިފާންގަނޑު ނިއްވާލެވިފައެއްނުވޭ…” ޓީވީން ގެނެސްދެމުންދިޔަ އަލިފާނުގެ ހާދިސާގެ ލައިވް ކަވަރޭޖްއެކެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުރެގެން ނިއުސްކާސްޓަރ ހަބަރު ގެނެސްދެމުންދިޔައިރު އެ އަޑުއިވިފައި ފޯނަށް ހުސްވެގެންއިން ހައިޒަލްއަށް ޓީވިއާއި ދިމާލަށް ބަލާލެވުނެވެ. ކަޅު ބޯދުންތަކުން ފޮރުވެމުންދިޔަ އިމާރާތް ފެނިފައި ހައިޒަލްގެ ހަށިގަނޑަށް ތަފާތު ބަދަލުތަކެއް އައެވެ. ހައިޒަލްގެ ލޯމަތީ ފިޔަޖަހާލީ ރޯވަމުންދާ އަލިފާންގަނޑުގެ ތެރެއިން ކުޑަކުއްޖަކު ދުވަމުންދިޔަ މަންޒަރެވެ. އޭނަގެ ލޯމަތީ މާޒީގެ ހަނދާނެއް ފަށްފަށްވާންފެށިއިރު ހައިޒަލް ލޯމަރާ ބާރުކޮށްލިއެވެ. އޭރު ބޮލަށް އަރަމުންދާ ތޫނު ތަދާއި އެކު ކަޅާއި ހުދުން މަންޒަރުތަކެއްގައި ކުލަޖެހެންފެށިއެވެ. އެއާއިއެކު އެކި މީސްމީހުންގެ އަޑު އެކުވެގެން ކަންފަތްދޮށުގައި ގުގުމަންފެށިއެވެ.

“އޭ.އެޗް އިންޑަސްޓްރީޒްގެ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން މިހާތަނަށް ނިޔާވެފައިވާ 13 ފަރާތެއް ހަށިގަނޑު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެ… މިއަދު ހަވީރު ހައެއް ޖެހިއިރު އެއިމާރާތުގައި ރޯވެ އަނދަމުންދިޔަ އަލިފާންގަނޑު ނިއްވާލެވިފައިވަނީ ދާދި ދެންމެއަކު… އަލިފާން ކޮންޓްރޯލްކުރަން ތިންގަނޑިއިރު ނެގިއިރު އަލިފާންގަނޑު ނިއްވާލެވުނުއިރު މުޅި އިމާރާތް ހުރީ ބޭނުންނުކުރެވޭފަދަ ހާލަތެއްގައިކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނޭ… އޭ. އެޗް އިންޑަސްޓްރީޒްއަކީ ރާއްޖޭގެ މިވަގުތު އެންމެ ނަންމަޝްހޫރު އެއްކުންފުނިކަމަށްވާ އޭ.އެޗް ފިނޭންޝިއަލްގެ ދަށުން ހިންގަމުން އަންނަ ގޮތްޕެއް… މިވަގުތުވެސް އިމާރާތުގައި ތާށިވެފައިވާ ފަރާތްތަކުގެ ހަށިތައް ފުލުހުން ނެެރެމުންދާއިރު ހާދިސާގައި ނިޔާވިމީހުންގެ އަދަދު އިތުރުވެދާނެކަމަށް ފުލުހުން ލަފާކުރައްވާ… 13 މީހުންގެ މަރާއިއެކު މިހާދިސާއަކީ މިވީހާތަނަށް ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ… މިހާދިސާގައި ދުނިޔެ ދޫކުރިފަރާތްތަކުގެ އާއިލާއަށް އަޅުގަނޑުމެންގެ ޓީމްގެ ފަރާތުން ތައުޒިޔާ ފޮނުވަން….” ހައިޒަލްގެ ހިނދުރީގައި އެއަޑު ގުގުމަންފެށިއިރު ސިކުނޑިއަށް އަންނަމުންދިޔަ ގުޑުންތަކާއި ސިކުނޑިއަށް ބާރުވަމުން އައިރު ހައިޒަލްގެ ނޭވާ ހާސްވިއެވެ. މެޔާއި ދިމާލުން ފިތޭފަދަ އިހުސާސްއެއް ކުރެވުނުއިރު ހައިޒަލް މޭމަތީ ގޮށްމުށްކަވާފައިޖެހިއެވެ. އޭރު ހައިޒަލްގެ ދެލޯބޮޑުވަމުންއައިރު ލޮލަށް ލޭކުލަ ފާއްދަމުންދިޔައެވެ. މޫނުގެ ނާރުތައް ފުފެމުންދިޔައިރު ހައިޒަލްއަށް ނޭނގުނަސް މިފަހަރުވެސް ކަންތައް ކުރެވުނީ އެހެން ފަހަރުތަކަކާއި އެއްގޮތަށެވެ.

ސޯފާއިން ތެދުވިގޮތަށް ހަރުގަންނަވާފައި ދިޔަގޮތަށް ހައިޒަލް ބެލްކަންޏަށް ނިކުމެ ދޮރުފަތް ދަމާލިއެވެ. ރެއިލިންގައި ދެއަތް ވިއްދާލިގޮތަށް ހައިޒަލް ތިރިއަށްވާގޮތަށް ލެބެމުން ފުންކޮށްނޭވާލާން ފެށީއެވެ. އޭރު ހައިޒަލްގެ ލޯމަރާލެވިފައިވާއިރު ސިކުނޑިއަށް ބާރުލަމުންދިޔައީ އެ މަންޒަރުތަކާއި އަޑުތަކާއި ދުރަށްދާން ބޭނުންވެފައި ހުރެއެވެ. އެ ހުރިހާކަމެއް ހިނގަމުންދިޔައީ ހައިޒަލްގެ ބާރެއްނެތިއެވެ. ސިކުނޑީން ނިއުޅެމުންދާ ހަނދާންތައް އެއްފަރާތްކޮށްލަން މިފަހަރުވެސް ހަށިގަނޑު ސިކުނޑިއަށް އިންޒާރުކުރީއެވެ. މިވީހާތަނަށްވެސް އެކަންކަމާއި ކުރިމަތިލާނެ ފުރުސަތެއް ހަށިގަނޑުވެސް ނުދެއެވެ. އެވަގުތު އަމިއްލަ ހަށިގަނޑުވެސް ހައިޒަލްގެ ކޮންޓްރޯލް ވީއްލިގެންދަނީ އަމިއްލައަށް ހަށިގަނޑު އިއްވާ އަމުރުތަކަށް ބޯލަނބަމުންނެވެ.

އިޝާރު ދުރުވުމާއިއެކު ހަވީރުގެ ސަޔަށް އިންސާފުކުރެވެމުންދިޔައިރު އެކި ވާހަކަތައް ދެކެވެމުން ދިޔައެވެ. ޝަލީންވެސް ދޭތެރެއަކުން ވާހަކަތަކުގައި ބައިވެރިވެލިވިނަމަވެސް ކުރީން އިޝާރުއާއި ވާހަކަދައްކާ ހަދާ ވަރަށް ވާހަކައެއްނުދައްކައެވެ. ހައިޒަލްއާއި ކައިވެނިކުރެވުނުފަހުން އެދެމެދުގައި އޮތް ގުޅުމަށް ހީނަރުކަމެއް އައިސްފައިވަނީއެވެ. ހައިޒަލްގެ ތަބީއަތަށް އައިސްފައިވާ ބަދަލާއިއެކުވެސް އެކަން ދެއްކުމެއްނެތި ހިނިތުންވެލައިގެން އިނދެ އިޝާރުގެ ވާހަކަތަކަށް ޖަވާބުދިނެވެ.

*** *** *** *** *** ****

ހައިޒަލް ވައިޓްމާބެލް ހޮޓެލްއަށް ވަދެގެން ދިޔައިރު އެތަށް ހާސް ލޯތަކެއް އޭނައަށް ހުއްޓުނެވެ. އަބަދު ސޫޓްތަކުގައި ފެންނަ ޒުވާނާ ހުދުކުލައިގެ ޓާރޓްލްނެކްއަކާއި ކަޅުކުލައިގެ ސްކްނީއެއްގައި ހުރިއިރު އެލޮލުގައި ކުލައާއި އެއްކުލަވެފައި އިތުރަށް ފުރިހަމަކަމަށް ދައްކައެވެ. ހައިޒަލްގެ ތޫނުދެލޮލާއި ކަސްރަތީ ހަށިގަނޑު ފެނިފައި މޮޔަނުވާނެ އަންހެންކުއްޖަކުނުވާނެއެވެ. އަންހެންކުދިންގެތެރޭ ކިތަންމެ ކާމިޔާބު ނަމަވެސް މިހާތަނަށްވެސް އެ ނުކިޔަމަންތެރި ޒުވާން ހިތާއި ހަމަޔަށް ވާސިލްވެވުނީ އެންމެ އަންހެންކުއްޖަކަށެވެ.

ހައިޒަލްގެ އިންތިޒާރުގައި ލައުންޖްގައި މަޑުކޮށްލައިގެން އިން ޒިވާންއާއިއެކު ހައިޒަލް އެރީ ހޮޓެލްގެ ފަނަރަވަރަ ބުރިއަށެވެ. އެއީ ވަށައިގެން ބިއްލޫރި ޖަހައިގެން ހަދާފައިވާ މާބްލްގެ ރޫފްޓޮޕް ރެސްޓޯރެންޓް ހުންނަ ބައެވެ. އެބައިގެ ތިބޭއިރު ވަށައިގެންވާ އިމާރާތްތައް ފެންނަލެއް ރީތިކަމާއިއެކު ހޮޓެލްގެ ގޯތިތެރޭގައި ދުއްވާލައިފައި އޮންނަ ނާދިރު މާތަކުން ފަރިވެފައިވާ ބަގީޗާގެ މަންޒަރުތައް ފެންނާތީ އެތަން ފެންނަ މީހުންގެ ސަމާލުކަން ދަމައިގަނެއެވެ. ހައިޒަލްއާއި ޒިވާން ކަޕުޗިނޯރއަކަށް އޯޑާރކުރުމަށްފަހު ބިއްލޫރި ބިތާއި ދިމާލަށް ބަހައްޓާފައިވާ ދިގު ގޮޮނޑިތަކުގައި އިށީދެލިއެވެ.

މިވަގުތުވެސް ރެސްޓޯރެންޓް ފުދޭވަރަކަށް ހަލަބޮލިއިރު ކޮޅުކޮޅަށް ސްޓާފުން ހަރަކާތްތެރިވަމުންދިޔައެވެ. މޭޒުތަކުގައި އެތުރިލައިގެން ތިބި މީހުންތަކުގެ ތެރެއިން ހައިޒަލްއަށް ސަމާލުކަންދެވުނީ އޭނައަށް ފުރަގަސްވާގޮތަށް އިން ހައަހަރުގެ ކުޑަ ފިރިހެންކުއްޖާއަށެވެ. އެ ކުއްޖާ ބްލޮކްތަކާއި ކުޅުމުގެ ފޯރީގައި އިންއިރު އެ ކުއްޖާގެ މަންމަ އެކުއްޖާއަށް ކާންދޭ މަސައްކަތްކުރަމުންދިޔައެެވެ.

“ޒެލް… ދަރިފުޅާ… ކާލައިގެން ކުޅެން އިނދެބަލަ…” އެ އަންހެންމީހާ އެ ކުޑަކުއްޖާއާއި ވާހަކަދެއްކިއިރު ހައިޒަލްއަށް ހީވީ އެއީ އޭނައަށް ބުނެލި އެއްޗެއްހެންނެވެ. އެއީ އޭނައަށް ކޮންމެވެސް އިރަކު އަޑުއިވިފައިވާ ޖުމްލައެކެވެ. ނަމަވެސް ހަނދާންކުރަން އުޅެ އުޅެވެސް އެ ބަސްއިވުނީ ކާކުގެ ފަރާތުން ކޮންދުވަހަކުކަން ހަނދާނެއްނުވިއެވެ. އޭނައަށް ޒެލްގެ ނަމުން މުހާތަބުކުރީ ކާކުހެއްޔެވެ؟ ހައިޒަލްގެ ލޯ ކުޑަކޮށް ހަނިވިއެވެ.

“ހައި… އޭ ހާދަ ވަރަކަށް ވިސްނަނީ… ކަމެއް އުޅެންޏާ ބުނެބަލަ….” ހައިޒަލްގެ މޫނުމައްޗަށް ވެރިވަމުންދިޔަ ކުލަވަރާއި އެ ހަށިގަނޑުގެ ހަރަކާތްތައް ދިރާސާކުރަމުން ވާހަކަދެއްކިއެވެ. އެވަގުތު ހައިޒަލް ބޯހޫރާލުމާއިއެކު ޒިވާން ގާތްގޮތަކަށް ހައިޒަލްގެ އަތްމަތީ އަތްތިލަ ބޭއްވިއެވެ. އެއަމަލުންވެސް ޒިވާންއަށް އިތުބާރުކުރާށޭ ބުނިފަދައެވެ. ނޭނގޭ ސަބަބަކާއިހުރެ އޭނަގެ ހިތް އެހެން ފަރާތެއްގެ ކުރިމަތީ ހުޅުވާލަން ހައިޒަލްގެ ހިތް އެދުނެވެ.

“ޒޭވް އަސްލު ސޭމް ނައިޓްމެއަރސްއާއި ފްލެސްބެކްޝް ފެންނަނީ ކީއްވެތަ؟ މެމޮރީ ލޮސްވެފައި ހުންނާތީތަ؟” ހައިޒަލްގެ ހިތުގައި މިހާރަކަށް އައިސް އުފެދިފައިވާ ސުވާލު ބޭރުކޮށްލިއެވެ. އެ މައުޞޫއުއަށް ހައިޒަލް އެހެން ފަރާތަކާއި މަޝްވަރާކުރި ފުރަތަމަ ފަހަރެވެ. މިވީހާތަނަށްވެސް އެއީ ޝާދީންއަށްވެސް އޭނަ ސިއްރުކޮށްފައިވާ ބައެކެވެ.

“14 އިޔަރސް އިން ފެށިގެން އަހަންނަށް ފެންނަނީ ހުވަފެންތަކެއް… ކޮންމެވެސް ވަރަކަށް ކޮންޓްރޯލްވެފައި ހުރެފައި މިހާރު އެއުނދަގޫތައް ބޮޑުވުން ފަށައިފި….. ނައިޓްމެއާ ފެންނާތީ ނިދަން އުނދަގޫވޭ… ކޮންމެރެއަކުވެސް ހަމަ އެއްގޮތް ހުވަފެނެއް ފެންނަނީ… ފެންނަނީ ކޮންމެ ރެއަކުވެސް އެއް ހުވަފެނެއް…. ފުރަތަމަކޮޅު ހުވަފެނުގައި ފެންނަ މަންޒަރު ހަނދާނަކު ނުހުރޭ…. އަބަދުވެސް ފެންނަނީ އަލިފާން ރޯވެފައިވާ އިމާރާތެއްގެ ތެރޭ ސަލާމަތްވާންވެގެން ކުޑަކުއްޖަކު ދުވާތަން… ހުބަފެނުގެ ވަކި ހިސާބަކުން ސިއްސައިގެންގޮސް ހޭލެވޭއިރު ފިނި ދަލެއް ހިއްލާލާފައި އޮންނަނީ….. ޒޭވް… އައި ޑޯންޓް ނޯ ވައި ބަޓް ފޯރ ސަމް ރީޒަން… އަހަރެންގެ ހިތްބުނޭ އެ ކުޑަކުއްޖަކީ އަހަންނޭ… އެކަމަކު އަހަރެންނަށް އެކަހަލަ ކަމެއް ކުރިމަތިވި ހަނދާނެއް ނުވޭ…” ހައިޒަލް އެ ވާހަކަތައް ކިޔައިދެމުން ދިޔައިރު ޒިވާން އިނީ ކަނުލާ އަޑުއަހާށެވެ. މަޑުމަޑުން ހައިޒަލްގެ ޕަޒްލްގެ އެތިކޮޅުތައް ބޮލުގެތެރޭ ޒިވާން ރާވަމުންދިޔައެވެ.

“ހައިގެ އެމްނީޒިއާ ހުންނަނީތަ؟” އާންމުކޮށް މާޒީގެ ހަނދާންތައް އެ މީހެއްގެ ނުހުންނާނީ އެމްނީޒިއާ ފަދަ ބައްޔެއް ކުރިމަތިވެފައިވާނަމައެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއިހުރެ ހައިޒަލްގެ ކޭސް އެމްނީޒިއާއި ތަފާތުކަމަށް ޒިވާންގެ ހިތް ބުނެލިއެވެ.

“އައި ތިންކް ސޯރ… އަހަރެންގެ ކުޑައިރުގެ ހަނދާންތަކެއް ނުހުރޭ… ފައިވް ސިކްސް އިޔަރސްގައި ފުލީ ހަނދާންނުހުއްޓަސް ކޮންމެވެސް ވަރަކަށް މެމޮރީސް ހުންނާނެދޯ…. އެންމެ ކުރީގެ ހަނދާނަކަށް ހުންނަނީ ހޮސްޕިޓަލްގަައި އޮއްވާ ދޮންތަ މީ ދޮންތީއޭ ކިޔައިދިން ހަނދާން… ނޭނގެ ހޮސްޕިޓަލްގައި އޮންނަންޖެހުނީ ކީއްވެކަމެއްވެސް….” ހައިޒަލް ކިޔައިދިނެވެ.

“އަދި މިދުވަސްކޮޅު އަބަދު ފެންނަނީ ބްލެކް އެންޑް ވައިޓް ޕިކްޗާރސްތަކެއް… އަބަދުވެސް ފެންނަނީ އަންހެނަކާއި ދެ ކުޑަކުދިން… ކޮންބައެއްކަން ނޭނގުނަސް ހާއްސަވާ ފީލިންގްއެއް އިނދޭ… ޔާން އެންޑް ޒެލް… ޒެލް އެނަން ވަރަށް ފެމިލިއާ… އެ ނަން އަޑުއިވުނީމާ ހީވަނީ ހަމަ އަހަންނަށް ގޮވާލާހެން…” ހައިޒަލް ދަތްދޮޅީގައި އަތްވިއްދާލައިގެން އިންއިރު އެލޮލުން ރިހުމެއް ފެނިލިއެވެ.

“ހައި ކިޔައިދޭ ގޮތުން ބޮޑަށް ހީވަނީ ޕީޓީއެސްޑީހެން… ނޫނީ ހައިގެ ރިޕްރެސްޑް މެމޮރީއެއްހުރީހެން…. ހަނދާންކުރަން އުޅުނަސް ހަނދާންނުވާނީ ސިކުނޑި އެ ބައި ބްލޮކްކޮށްލާފައި ހުރީމަ… އެކަމް ޓްރީޓްމެންޓްއިން އެބައި ގެނެވިދާނެ… ހައި އަހަރެން ރިކޮމެންޑްކުރާ ހިޕްޓޮނިސްޓަކަށް ދައްކާލަން ވީނު…” ޒިވާން އެދުނެވެ. ޒިވާންއަށް އެވަގުތުކޮޅުވެސް ހައިޒަލްގެ ހާލަތުގެ ސީރިޔަސްކަން ވިސްނުނެވެ. ޕީޓީއެސްޑީ ތަހައްމަލުކުރާ މީހަކީ އެހެން މީހުންނާއި ތަފާތު މީހެކެވެ.

ޕޯސްޓް-ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑަރ ނުވަތަ “ޕީޓީއެސްޑީ” އަކީ އާދަވެގެން އިންސާނުން ތަޖުރިބާ ކުރާން ޖެހޭ ހިތާމަތަކާއި ހިތްދަތިކަމަށް ވުރެ ބޮޑު، އެއަށްވުރެ މާ ސީރިޔަސް މުޞީބާތްތަކާއި ހިތާމަތަކާއި ބިރުވެރިކަމަށް އިންސާނާ ހުށަހެޅުމުން، އޭގެ ނަތީޖާއެއްގެ ގޮތުން ނަފްސާނީ ގޮތުން މީހާ ވެއްޓިގެން ދާ ނުހަނު ހިތްދަތި ޙާލަތެކެވެ. ޕީޓީއެސްޑީގެ ޙާލަތުގައި ހުންނަ މީހާ އަކީ އާދައިގެ މީހަކާ ވަރަށް ތަފާތު މީހެކެވެ. ނިދީގައި ބިރުވެރި ހުވަފެން ފެނި ނިދާން އުނދަގޫ ވުމާއި، ނިދީން މަޙްރޫމު ވުމާއި، ހޭލައި ހުންނަ ގަޑީގައި ވެސް އޭނާޔަށް ދިމާ ވި ކަންތަކާ މެދު ވިސްނައި އެ ކަމުގެ ހަނދާންތަކުގެ ތެރެއަށް ގެއްލިފައި ހުރެވުމާއި، ޖަޒުބާތީ ގޮތުން މީހާ ގަބު ވުމާއި، އެކަނިވެރިވެ މީހުންނާ ދުރުހެލި ވުމާއި، ރުޅިގަދަ ވުމާއި، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި، އަމިއްލަޔަށް މަރު ވުމުގެ އެދުމާއި ޚިޔާލު މީހާގެ ކިބައިގައި އަށަގަތުމާއި، މާޔޫސް ވުމާއި، އެހެން މީހުންނަށް އިތުބާރު ނުކުރެވުން ފަދަ ކަންކަމީ ޕީޓީއެސްޑީގެ ޙާލަތުގައި ތިބޭ މީހުންގެ ފަރާތުން ޢާއްމުކޮށް ފެންނާނޭ ކަންތަކެވެ.

*** *** *** *** *** ***

ރިހި ކުލައިގެ ބުރުހަމަ ހަނދު ހިނިތުންވެލައިގެން މެދު އުޑުގައި އިނދެ ރަނިކަންކުރަމުން ދިޔައެވެ. ޖެހެމުންދިޔަ މަޑުމަޑު ފިނިވައިރޯޅީގައި ވަށައިގެންވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރޭ ރޭގަނޑުގެ ރާނީ ފެންނަނީ ނުހަނު ހުވަފެނީކޮށެވެ. އުޑުމަތީ އުކާލެވިފައިވާ ޖަވާހިރުތަށްވެސް ހަނދުގެ ރިހިއަލީގައި ފެންވެރިގެންތިބެ ބަބުޅަމުންދިޔައި ޖަވާހިރުކޮޅުތަކެއް ފަދައިންނެވެ. ދުރުދުރަށްދާންދެން ދިއްލިފައިވާ ސަފާރީތަކާއި ކުދި ރައްތަކުގެ އޮރެންޖް އަލިން ހަމަހިމޭން ސާލެއްފަދަ ކަނޑުވެސް ހުޅުދާންކޮށްފައިވެއެވެ. އެ އަލިން ލޮނުގަނޑު ވިދަމުންދިޔައީ ރަނުގެ މުތެއް ފަދައިންނެވެ.

މާބްލްއަށް އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ހަފްލާ ނިމި ޕާޓީ ފެށިގެންދިޔުމާއިއެކު ސަފާރީތެރޭ އަޑުގަދަވިއެވެ. މާބްލް އާއިލާގެ ޒުވާން ކުދިންކޮޅާއި ހަފްލާއަށް ހާޒިރުވި ޒުވާނުން ސަފާރީގެ ޑެކްމައްޗަށް އެރިގޮތަށް ފޯރި ނަގަންފެށިއެވެ. އޭރު ނުދަންނަ ޒުވާނުން އެކަކު އަނެކަކަށް ތައާރަފުވެ ދުވަސްވީ އެކުވެރިން އެކުވެރިންގެ ކަމުގެ ވާހަކަތައް ދައްކަަމުންދިޔައެވެ.

ޒިވާން އެއްފަރާތެއްގައި ހައިޒަލްއާއި ވާހަކަދައްކަން ހުރިއިރު އޭނަގެ ގާތުގައި އަންހެނުން މިޝެލިން މަޑުކޮށްލައިގެން ހުއްޓެވެ. ކްރީމްކުލައިގެ ހެދުމުގައި މިޝެލިން ކިތަންމެ ސާދާކޮށް ހުރިނަމަވެސް ރީތިކަމުން ތަރިތަކުގެ ދަރުބާރުން ޒިވާންއަށްޓަކައި ބިމަށް ތިރިކޮށްލައިފައިވީ ހޫރެއް ފަދައެވެ. ޝަލީންގެ ރީތިކަމާއި ވާދަކުރަމުންދާފަދައެވެ. އެ ތުންފަތްމަތީގައިވާ ފުން ހިނިތުންވުން މިޝެލިންގެ ރީތިކަން ފުރިހަމަކޮށްލައެވެ. މިޝެލިން ޝަލީންއާއި ވާހަކަދައްކަމުންދިޔައިރު ހިތްހެޔޮކަން ފާޅުވިއެވެ. ނުހަނު ގާތްކޮށް ވާހަކަދައްކަމުންދިޔަގޮތުން ދެންމެ ބައްދަލުވީ ދެޒުވާނުންހެންވެސް ހީނުވެއެވެ. ދޭތެރެއަކުން ޒިވާންއާއި ހައިޒަލްގެ ވާހަކައިގައިވެސް ބައިވެރިވެލައެވެ.

މަޑުމަޑުން ޕާޓީގެ ފޯރިގަދަވަމުންދިޔައިރު ސްޓޭޖްއަށް އެރި އަރަމުންއަންނަ ލަވަކިޔުންތެރިޔާ ޔޫންގެ އަޑުން ވިރުވާއަޅާފެށި ލަވައިގެ ޖާދޫގައި އެންމެން ޖެހިގެންދިޔައެވެ. ޒުވާނުންގެ ހޯބޯލެވުންތައް މަޑުވެގެންދިޔައިރު ޔޫންގެ ފުރިހަމަ އަޑުން ފަޒާ ހިސޯރުކުރިއެވެ.

“އައި ސީ ޔޯރ ފޭސް އިން މައި މައިންޑް އޭސް އައި ޑްރައިވް އަވޭ….

ކޯޒް ނަން އޮފް އަސް ތޯޓް އިޓް ވޯޒް ގޮނަ އެންޑް ދިސް ވޭ….

ޕީޕަލްއާއި ޕީޕަލް އެންޑް ސަމްޓައިމްސް ވީ ޗޭންޖް އަވާ މައިންޑްސް…

ބަޓް އިޓްސް ކިލިންގް މީ ޓު ސީ ޔޫ ގޯރ އާފްޓަރ އޯލް ދީސް ޓައިމް….

*** *** ***

ނައު އައި ޑޯންޓް ނޯރ ވަޓް ޓު ބީ ވިތްއައުޓް ޔޫ އެރައުންޑް….

އެންޑް ވީ ނޯރ އިޓްސް ނެވަރ ސިމްޕަލް، ނެވަރ އީޒީ…

ނެވަރ ކްލީން ބްރޭކް، ނޯވަން އިޒް ހިޔަރ ޓު ސޭވް މީ…

ޔުއަރ ދަ އޮންލީ ތިންގް ނައު އައި ލައިކް ދަ ބެކް އޮފް މައި ހެޑް…

*** *** ***

އެންޑް އައި ކާންޓް ބްރީތް ވިތްއައުޓް ޔޫ…

ވިތްއައުޓް ޔޫ ބަޓް އައި ހޭވް ޓު ޑޫ…

*** *** ***

ނެވަރ ވޯންޓެޑް ދިސް، ނެވަރ ވޯންޓް ޓު ސީ ޔޫ ހާރޓް…

އެވްރީ ލިޓިލް ބަންޕް އޮން ރޯޑް އައި ޓްރައިޑް ޓު ސަވާރވް…

ހޮޕް ޔޫ ނޯރ ދިސް އެއިންޓް އީޒީ ފޯރމީ…

*** *** ***

އެންޑް އައި ކާންޓް ބްރީތް ވިތްއައުޓް ޔޫ…

ވިތްއައުޓް ޔޫ ބަޓް އައި ހޭވް ޓު ޑޫ…

އައިމް ސޮރީ، އައިމް ސޮރީ، އައިމް ސޮރީ…”

ޔޫންގެ އަޑު މުޅި ފަޒާގައި ގުގުމާލިއިރު ހައިޒަލްއަށް އެއްފަރާތެއްގައި ހުރި ނައިނާއަށް ދިމާލަށް ބަލާލެވުނެވެ. ޔޫންގެ އަސަރުގަދަ އަޑުން ކޮންމެ ލަފްޒެއް އިވެމުންދާއިރު އޭނަ މުޅިދުނިޔެއަށް ސިއްރުކުރާ ވޭނީ ފަރާތް އެއިން ކޮންމެ ލަފްޒަކުން ހާމަވެގެންދަނީހެން ހީވެއެވެ. އެއިން ކޮންމެ ލަފްޒަކުން ބުނެދެމުންދަނީ އޭނަގެ ހިތުގެ ހާލަތެވެ. އެކަން ނައިނާއަށް އިނގޭނޭނަމައޭ ހައިޒަލްގެ ހިތަށް އެރިއެވެ. ހައިޒަލް ނައިނާގެ މޫނަށް ނަަޒަރުހުއްޓާލައިގެން ހުރިއިރު ހިތަށް އެތަކެއް އެއްޗެއް އަރާ ފޭބިއެވެ.

ނައިނާ މިރޭ ފާޑަކަށް ނެގިމަޑިވެފައިހުރިއިިރު ހައިޒަލްއާއި ޝަލީންގެ ހަރަކާތްތަކަށް ކަޅިއުކުނުވަރެއްވެސް ނޭނގުނެވެ. ކިތަންމެ ބޭނުންނުވިޔަސް އޭނަގެ ކަޅި ހައިޒަލް ނޫން ފަރާތަކަށް ނުހުއްޓެއެވެ. ނައިނާ ބޭރުފުށުން ދައްކާނުލާހުއްޓަަސް ހިތް ކަރުނައަޅާ ރޮމުންދިޔައެވެ. ހައިޒަލްއާއި ޝަލީންގެ ކޮންމެ ހަރަކާތަކުން ހިތަށް ފިލައިގެންނުދާނޭފަދަ ވޭނެއް ލިބުނެވެ. ތާއަބަދު ހައިޒަލް ޝަލީންގެ އަތުގައި ހިފާލައިގެން އުޅޭ މަންޒަރު ފެނުމުން ނައިނާގެ ހިތަށް އުނދަގޫވިއެވެ. ކިތަންމެ ފަހަރަކު އެތަންދޫކޮށްދާންވެސް ނައިނާގެ ހިތަށް އެރިއެވެ. އަދި މިރޭ ޔޫންގެ އަޑުން އިވުނު އަސަރުގަދަ ލަވައިގެ ސަބަބުން ނައިނާ ހުރީ ކަރުނަތައް ހުއްޓުވަން ނުކުޅަދާނަވާވަރުވެފައެވެ. އެލަވައިގެ ބައެއް ބައިތުތައް އޭނަގެ ދިރިއުޅުމާއި ހާދަ ގުޅެއެވެ. އޭނައާއި ހައިޒަލްގެ ގުޅުން މިގޮތަށް ނިމިގެންދާނޭކަމަށް އޭނަ އުއްމީދެއްވެސް ނުކުރެއެވެ. އޭނަ ދޫކޮށްލުމަށްފަހު ހައިޒަލް އެހެން މީހެއްގެ ފިރިއަކަށްވުމަކީ ނައިނާ ހުވަފެނަކުންވެސް ދެކެން ބޭނުންވި މަންޒަރެއްނޫނެވެ. އަދި ހައިޒަލްގެ ދަރިއަކަށް ޝަލީން ބަލިވެއިންކަން ހަނދާންވާ ކޮންމެ ފަހަރަކު އޭނަގެ ހިތް މުށުތެރެއަށްލާ ޗިސްޗިސްކޮށްލެވޭފަދައެވެ.

ޝަލީންއާއި އެކު ނައިނާ ހޯލްވޭގައި ހިނގާލައިފައި ދިޔައިރު ޝަލީން ހުއްޓާނުލާ ވާހަކަދައްކަމުން ދިޔައިރު ނައިނާއަށް ހުރެވުނީ ހިމޭންވެފައެވެ. ހައިޒަލްއާއިއެކު ހޭދަވި އެކި އެކި ހަނދާންތައް އޭނަގެ ސިކުނޑީގައި ރޭސްޖަހަމުންދާއިރު އޭނަގެ ކެތްތެރިކަން އިމްތިހާނުކުރަނީއެވެ. ޝަލީންގެ ވާހަކަތަކަށް ސަމާލުކަން ދިނުމެއްނެތި މުޅީން ހުރެވުނީ އަމިއްލަ ހިޔާލެއްގައެވެ. ޝަލީންްއަށް އެކަން ފާހަަގަވެގެން ކަންނޭނގެެއެވެ. ނައިނާގެ އަތުގައި ހިފާލައިފިއެވެ.

“ނައި ހާދަ ވަރަކަށް ލޮސްޓްވެފައި… ނައި ކަމަކާއި ހިތާމަކުރަނީތަ؟ ބުނެބަލަ ސިސް ގާތުގައި…” ޝަލީން ނައިނާގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ނައިނާއާއި ވާހަކަދެއްކިއެވެ. ނައިނާގެ ކުލަފަނޑުވެ މިލަމުންދިޔަ މޫނަށް ޝަލީންއަށް ނަޒަރުހުއްޓާލެވުނީ އަދި ކިރިޔާއެވެ. އެ މޫނުމަތިން އަބަދާއި އަބަދު ފެންނަ އުފާވެރިކަން ފިލައިގޮސްފައިވާގޮތުން ޝަލީންއަށް ނުބައިގޮތެއްވިއެވެ. މިހުރިހާދުވަހު އޭނައަށް އެކަން ފާހަގަނުކުރެވުނީ ކީއްވެހެއްޔެވެ؟

“މާބުރަކޮށް އުޅޭތީ ޓަޔަރޑްވެފައި ހުންނާތީ ސިސްއަށް ހީވާ ގޮތަކަށްވާނީ… އައިމް އޯލްރައިޓްއޭ… ސިސް އެކަމާއި ހާސްނުވެބަލަ…” ނައިނާގެ ތުންފަތަށް ވެރިވި ހިނިތުންވުން އެލޮލުން ފެންނަމުންދިޔަ ހިތާމަތައް ފޮރުވާލުމުގައި މަދަދުވެރިއެއްނުވިއެވެ. ނައިނާއަށް ޝަލީންއާއި ދިމާލަށް ބަލާލެވުނީ ހިތި ނަޒަރަކުންނެވެ. އޭނަ ހިތާމަކުރަންޖެހޭ ސަބަބު ލޯކުރިމަތީ ހުރިނަމަވެސް ނައިނާގެ ދުލުގައިވަނީ ތަޅެއް އެޅިފައެވެ. ހިތާމައަކީ އޭނައަށް ހިތާފުރާނައިން ލޯބިވެވުނު ފަރާތަކީ އުފަންދައްތައެއް ފަދަ ޝަލީންގެ ހައްޤަަކަށްވީކަމެވެ. ޝަލީންގެ ހައްްޤެއްކަމަށް ވިސްނަދީގެންވެސް ހިތުން އެލޯބި ފޮހެނުލެވުނުކަމެވެ. ކުށްވެރިއަކީ ހައިޒަލްއެވެ. ނަމަވެސް ހައިޒަލް ކުށްވެރިކުރަން އޭނަގެ އަމިއްލަ ނަފްސުވެސް ދެކޮޅު ހަދާ ސަބަބެއް ނޭނގެއެވެ.

“ބޭބީ ލިބެން އުޅޭތީ ސިސް ވަރަށް އެކްސައިޑެޓް ދޯ… ކޮންކަހަލަ ބޭބީއަކަށް ސިސް އެކްސްޕެކްޓް ކުރަނީ…” ޝަލީންގެ ސަމާލުކަން އެހެންދިމާލަކަށް އަނބުރާލަންވެގެން ނައިނާ ފެށި ވާހަކައަށް ޝަލީން ގަޔާވިކަން ދޭހަވީ އެ މޫނަށް ވެރިވި ލުއި ހިނިތުންވުމުންނެވެ. ވަގުތުން އަތްތިލަ ގެންގޮސް ބަނޑުގައި ޖައްސާލިއިރު ޝަލީންގެ ލޮލުން ވިދުމެއް ފާޅުވިއެވެ. އެވަގުތު ތަންކޮޅެއް ބާރަށް ދޮރެއް ޖެހިގެންދިޔަ އަޑާއިއެކު ފަސްއެނބުރިބަލާލިއިރު މަޔާން ހޯލްވޭގެ ކަނުގައި ހުރި ކޮޓަރިއަށް ވަދެ ނިވާވިތަން ފެނުނީ ޝަލީންއަށް އެކަންޏެވެ.

“ނައި… ވަރުބަލިވާތީ ރޫމްއަށް މިދަނީ… ހައިޒަލް ހޯދައިފިއްޔާ ބުނެލާތި… އެންޖޯއި ދަ ޕާރޓީ…” ޝަލީންގެ ސިކުނޑިއަށް އައި ހިޔާލާއިއެކު ނައިނާއަށް ބަހަނާއެއް ދައްކާލަމުން އެއްޗެކޭ ބުނާނެ ފުރުސަތެއްވެސް ނުދީ ބާރު ހިނގުމެއްގައި ގޮސް މަޔާން ވަތް ކޮޓަރިއަށް ވަދެ ދޮރުލައްޕާލައިފިއެވެ.

މަޔާން ރެސްޓްރޫމް ނިކުމެގެން އައިރު ސޯފާގައި އިން ޝަލީން ފެނިފައި ފާޑަކަށް ޝޮކެއް ލިބުނެވެ. ހައިޒަލްގެ އެކުވެރިއަކަށް ފެނިދާނެއަތީ ޖެހިލުންވުމެއްނެތި ލަދުކަނޑާލައިފައި ޝަލީން އޭނަގެ ފަހަތުން އައިސްދާނެކަމަށް މަޔާން ހިޔެއްވެސްނުކުރެއެވެ. އެހެންނޫނަސް ޝަލީންގެ އެންމެ ބޮޑު ސިއްރު އިނގުނުފަހުން އޭނަ މިހިރީ ޝަލީންދެކެ މުޅިން ފޫހިވެފައެވެ. ލޯބިވާކަމަށް ދައުވާކޮށްކޮށްފައި ޝަލީންވެސް އެހެން މީހުންނަކާއި ތަފާތެއްނުވިއެވެ.

“މިތަނަށް ވަދެގަތްއިރު ލޯބިވާ ފިރިމީހާއަށް ފެނިދާނެއަތީ ބިރެއްވެސްނުގަނޭތަ؟” މަޔާން ޖެއްސުމަށް ވާހަކަދައްކަމުން ފާރަށް ލެގިލަމުން ޝަލީންއަށް ފަރުވާކުޑަ ނަޒަރެއްދިނެވެ.

“ޔާން… ވީ ނީޑް ޓު ޓޯކް….” އެ ޖުމްލަތަކުން އުނދަގޫވިޔަސް ޝަލީން ހުރީ ފަސްޖެހޭކަހަލަގޮތަކަށް ނޫނެވެ. މަޔާން އޭނައާއިމެދު ކޮންމެ ގޮތަކަށް ދެކުނުނަމަވެސް އެ ވާހަކަ މަޔާން ގާތުގައި ނުބުނެ އޭނައަށް ހަމަޖެހުމެއްނުލިބޭނެއެވެ. ހަގީގަތުގައި މަޔާންއަށް އެކަން ނޭނގޭކަމަށްބުނެ އޭނަގެ ހިތްވެސް ދެކޮޅުހަދަނީއެވެ. މަޔާންއަށް އޭނަގެ މެސެޖު ނުފެންނަނީކަމަށް ތަކުރާރުކޮށް ހިތް ވިސްނައިދެނީއެވެ. ހޮސްޕިޓަލުގައި ދިމާވި ހާދިސާއާއިމެދު އެހެންގޮތަކަށް ވިސްނަން ހިތް ބާރުއަޅަނީއެވެ. މަޔާންގެ ދެކެ ވާލޯބިން މަޔާންއަށް ޝައްކުކުރަން ހިތް އެއްބަސްނުވަނީއެވެ.

ޝަލީން ސޯފާއިން ތެދުވިގޮތަށް މަޔާންއާއި ދިމާލަށް ފިޔަވަޅެއް އަޅާލިއިރު މަޔާންގެ ނަޒަރު ހުއްޓުނީ ޝަލީންގެ ބަނޑަށެވެ. ކުރީކޮޅުކަމުން އަދި ބަނޑުން ފާހަަގަނުވިޔަސް އެދޮންމޫނު އިތުރަށް އޮމާންވެ އިސްތަށިގަނޑުގެ ދިހުންކުލަ ގަދަވެފައިވާކަން މަޔާން ފާހަގަކުރިއެވެ. އެބަނޑުގެ ތެރޭ އުފެދި ބޮޑުވަމުންދަނީ ހައިޒަލްގެ ނިޝާނެއްކަން ހަނދާންވީއިރު ނަފްރަތާއި ހަސަދަ އަދި ހިތާމައިގެ އިޙުސާސްތައް އެކުވެގެން އެ ހިތް ފިއްސާލިއެވެ. ޝަލީން ބަލިވެއިންކަން އިނގުނުވަގުތު އޭނަގެ ހިތަށް ކުރިފަދަ ފުން އަސަރެއް ދުވަހަކު ހިތަށް ނުކުރާނެއެވެ. އޭނަ ބޭރުފުށުން އެއްވެސް އިޙުސާސްއެއް ދައްކާނުލާ ދުރަށް ދިޔަސް އޭނަ ހިތާމަކުރިވަރު މާތްﷲ ދެނެވޮޑިގެންވާނެއެވެ. އޭނަގެ ހިތް ކަރުނަ އަޅާ ރުޔެވެ. ޝައިތާނާ އޭނަގެ ބޮލަށް އެރިގެން އޭނަގެ އަތުން ގޯހެއްނުހެދުނީ ކިރިޔާއެވެ. އެތައް ކަރުނައެއް ލޮލުން ބާލުވާފައި ފަހުން ކުށްވެރިކުރެވުނީ އަމިއްލަ ނަފްސެވެ. ޝަލީންއަށް އިތުބާރުކުރެވުނީ އޭނަގެ މޮޔަކަމުންނެވެ.

“ތިއައީ ބަލިވެއިންކަން އިއުލާންކުރަންކަމަށްވަންޏާ އަަހަރެން ނެތިން ތިވާހަކަ އަޑުއަހާކަށް… އަދި ޝަލީންގެ ތިއުފަލުގައި ބައިވެރިވާކަށްވެސް….” މަޔާންގެ ރުޅިވެރި ޖުމްލައާއިއެކު ޝަލީންގެ ހިތަށް އައި ލޮޅުމުގެ ބޮޑުކަމުން ދެލޯބޮޑުކޮށްލެވުނެވެ.

”އަހަރެން ނޫން މީހަކު އިނގިލި ޖައްސާލަވެސް ނުދޭނަމޭ ކިޔާފައި ބޭނުންހާކަމެއް ކުރަން ކެރިއްޖެއެއްނު… ޑޭމިޓް ތިއީ މަގޭ ހައްޤެކޭ… ހަމަރަނގަޅަށް އިނގޭނެ ހައިޒަލްއާއި މެރީޖް ރަނގަަޅުނުވާނެކަން…” މަޔާންގެ މޫނު ނުރައްކާތެރި ދަރަޖައަކަށް ކައިރިވެގެންދިޔައިރު ޝަލީންގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އެ ޖުމްލަ އަޑުއިވިފައި ޝަލީންގެ ދޫވެސް ގާވިފަދައެވެ. މަޔާންގެ އޭނައާއި މެދުދެކޭގޮތް އިނގިފައި ހިތަށް ލިބުނު ސިހުމުގެ ބޮޑުކަމުން ދެލޯބޮޑުކޮށްލައިގެން ހުރެ މަޔާންގެ މޫނަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް ނުކުރެވުނެވެ.

“ޔާން ތިގޮތަށް ނުވިސްނަބަލަ… އަހަންނަކީ އަދިވެސް ޔާންގެ މީހެއް…” ޝަލީން މަޔާންއާއި ވާހަކަދައްކަން މަސައްކަތްކުރިއެވެ. އެވަގުތު މަޔާން ޝަލީންގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއިރު ޝަލީން އިން ހާލާއިމެދަކުވެސް ވިސްނައެއްނުލިއެވެ.

“އަހަރެންގެ ހައްޤަކަށްވާތީ އެހެން މީހެއްގެ ދަރިއަކަށް ބަލިވެއިނީ… ތިފަށުވި ބަސްތަކުން ހެއްދޭނީ ހައިޒަލް… މަށެއްނޫން… ވެލް ޕްލޭޑް ޝަލީން… މަގޭ އަނތްބެއްގެ ގޮތުގައި ހުރެފައި ކައިވެނިކޮށްފައި… ބޭބީވެސް ނުވާނެ ރަނގަޅެއް… އެހެންނޫނަސް ކައިވެންޏަށް ދެމަސްނުވޭ އެކަމް ބަނޑަށް ތިންމަސްވެއްޖެ ހިޔެއްނުވޭ މާ ރަނގަަޅަކަށްހެނެއް އުޅެވިފައި ހުރީ އެއް… އަހަރެން ނެތީމަ އެކަމުގެ ފައިދާ ނެގި ގޮތަކީ ތިއީދޯ… ކިހިނެތް އިނގެނީ ހައިޒަލްގެ ކަމެއްވެސް…. ސާބިތުކޮށްދެވޭނެތަ؟ މުއްސަނދި ބައްޕަގެ ބޮލަށް އެރިގެން ނަހަލާލުދަރި ހައިޒަލްގެ ބޮލުގައި އަޅުވާލީދޯ….” މަޔާންގެ އަނިޔާވެރި ޖުމްލަތަކާއިއެކު ޝަލީން ހިތްކުދިކުދިވީހެން ހީވިއިރު ޝަލީން އަތްދަމާފައި މަޔާންގެ މޫނުމަތީ ޖެހިއެވެ. އޭނަ ލައްކަ ކެތްކޮށްފިއެވެ. މަޔާން އޭނައާއި ދިމާލަށް ދުނިޔޭގައި ލެއްވިހާ ހުތުރު އެއްޗެއް ކިޔާލިޔަސް އޭނައަށް ކެތްކުރެވިދާނެއެވެ. ނަމަވެސް އޭނަގެ ކުށެއްނެތް ދަރިފުޅާއި ދިމާލަށް މީހަކު ބަދުބަހެއް ބުނާއަޑު އަހާކަށް އޭނަގެ ލަގޮނޑިއަކަށް ކެތެއްނުވާނެއެވެ.

ކޯމައްޗަށް އެރި ހޫނު އެތިފަހަރާއިއެކު މަޔާން ކޮލުގައި އަތްއަޅައިލައިގެން ހުރެ ޝަލީންއަށް ބަލާލީ  ހައިރާންކަމުގެ ނަޒަރަކުންނެވެ. އޭރު ޝަލީންގެ ނަޒަރު މަޔާންއަށް ހުއްޓިފައިވީއިރު އެދެލޮލުން ފެނުނު ކުލަވަރުންވެސް މަޔާންގެ ހިތް ފިއްސާލިފަދައެވެ. އެދެލޮލުގައި ކަރުނަތައް ވިދަމުންދިޔައިރު ހިތާމައާއި އެކުވެގެން ރުޅިވެރިކަން ފާޅުވާންހުއްޓެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ބުނެދޭށޭ ރުހެމޭ 52

Next

ބުނާށެ ލޯބި ނުވަނީހޭ….42

Next
July 10, 2019

ބުނާށެ ލޯބި ނުވަނީހޭ….42

Previews
July 9, 2019

ބުނެދޭށޭ ރުހެމޭ 52

77 Comments!

  1. Neem says:
    July 9, 2019 at 10:41 pm

    Im firrrsssttttt….♥️♥️♥️????

    1. dhiraa wish says:
      July 10, 2019 at 10:28 am

      oww cngra

  2. Aki says:
    July 9, 2019 at 10:41 pm

    aachaa mirey 2 part up kohla dhinee tha haadha rangalhey… thanks

    1. dhiraa wish says:
      July 10, 2019 at 10:30 am

      anytime dear

  3. dhiraa wish says:
    July 9, 2019 at 10:42 pm

    heres the 53rd part of bunedheyshe ruhemey.. hope all will like this part.. thanks for waiting.. feel free to comment.. next part on thursday night

    1. ZellYaan says:
      July 9, 2019 at 11:40 pm

      This part is awesome.. ummeedhu kuran next part ga shalyn and mayaan OK vaane. Like shaly mayaan kaarii baby ge hagygathaa hurihaa kameh vedhiya goii kiyaadheyney.. BUT its up to u Dhiraa..❤❤❤

    2. dhiraa wish says:
      July 10, 2019 at 10:30 am

      lets c dww vaagoih

  4. Makku says:
    July 9, 2019 at 10:53 pm

    Wowwwww?????
    Varah reethi waiting for next part …

    ???

    1. dhiraa wish says:
      July 10, 2019 at 10:36 am

      thnks

  5. Nax says:
    July 9, 2019 at 10:54 pm

    Ehen ve yey mi bunanee Dhiraa akee gadha meeheh ❤❤❤ When is next part??

    1. dhiraa wish says:
      July 10, 2019 at 10:36 am

      thnks dears. insha allah thursday nyyt

  6. Neem says:
    July 9, 2019 at 11:01 pm

    Dhiraa next part kn irakun???oh no kiyaa hithun indha mi nimunyhhh… haadha reehchey mi baivx♥️♥️♥️????

    1. dhiraa wish says:
      July 10, 2019 at 10:37 am

      thnks dear.. next part wil be uploaded on thursday nyyt

  7. Positive thoughts says:
    July 9, 2019 at 11:37 pm

    Salhi kamun maa kuru hen heevany.. hehe.. dhn thi sad part thah ninmaafa happy kohba story ???

    1. dhiraa wish says:
      July 10, 2019 at 10:38 am

      thnksdear. lets c dww

  8. Hai says:
    July 9, 2019 at 11:38 pm

    Thanks dhiraa varah happy vejje mi prt ves varah reethi???

    1. dhiraa wish says:
      July 10, 2019 at 10:42 am

      any time dear… thnks for the support

  9. Noor says:
    July 9, 2019 at 11:39 pm

    Mihaaru Heevanee vaahaka vaki hisaabehga huttifa hutihen maabodu kurierumeh Naadhey?

    1. Hawai says:
      July 10, 2019 at 12:13 am

      Asluves

    2. dhiraa wish says:
      July 10, 2019 at 10:43 am

      sry for it.. lets c wht hppns

  10. Dhonthy says:
    July 9, 2019 at 11:45 pm

    Awwwwn. Vaahaka loabikan???? vv loabi mi part ves ingey dhiraa…. Its lovely.

    1. dhiraa wish says:
      July 10, 2019 at 10:44 am

      thnks dear

  11. Xxx says:
    July 10, 2019 at 12:34 am

    Just wow

    1. dhiraa wish says:
      July 10, 2019 at 10:46 am

      thnks

  12. Ayesha says:
    July 10, 2019 at 12:39 am

    Alheyy dhira.. Finally Mayan and Shalyn okay vanee kanneyge dho.. ?❤ as usual story is awsome.. adhi innaane dho Shaadhin and Yazdhaan ge love story ah vee goiy ves

    1. dhiraa wish says:
      July 10, 2019 at 10:46 am

      lets c dw dear

  13. Sidhu says:
    July 10, 2019 at 1:17 am

    Dhiraa maadhan vex 2 part up Koh dheyne loabi vaa fan in nah dhw . Vaahaka vrh vrh reethi ??

    1. dhiraa wish says:
      July 10, 2019 at 10:47 am

      hehehhehe ekahala gift libeyne theytere theytere in

  14. Haizal's says:
    July 10, 2019 at 5:44 am

    Alhe vrh curious vaakahala thaakun e nimunee … ?
    Ekm vaahaka as always hama vrh vrh vrh reethi.. ?????mirey up vaane tha????

    1. dhiraa wish says:
      July 10, 2019 at 10:48 am

      thns dear.. thursday nyyt

    2. Haizal's says:
      July 10, 2019 at 2:29 pm

      Alhey ….
      The wait will be worth for sure.. ??ekm thankolheh dhigu kohlahchey sis☺

    3. dhiraa wish says:
      July 10, 2019 at 4:50 pm

      i will try dear… scl ga v bxy miduvasskolhu ehnve ehaa digukoh up koh nudevenee..

    4. Haizal's says:
      July 10, 2019 at 6:50 pm

      Ohh its okey sis
      I understand?

  15. Ushali says:
    July 10, 2019 at 6:46 am

    Alhey ehves meehakah kaamiyaab vaa gotheh nuvey tha adhives …v reethi vaahaka

    1. dhiraa wish says:
      July 10, 2019 at 10:49 am

      thnks hingaa balamaa dww

  16. Jiji says:
    July 10, 2019 at 6:51 am

    Mi vaahakaige off kan kendijje! Dhen varah vai! Haasaru bodee, dhivehi lifestyle akaa nugulhey, ????

    1. dhiraa wish says:
      July 10, 2019 at 10:49 am

      thnks for the cmnt

  17. Huh says:
    July 10, 2019 at 8:16 am

    Hey why are you using others name.. use something else.. kuraane kameh neygigen tha alhe fahe thi ulheny??‍♀️

    1. dhiraa wish says:
      July 10, 2019 at 10:50 am

      dnt fight

  18. Huh says:
    July 10, 2019 at 8:19 am

    Dhiraa this story is awesome.. upload next part soon♥️

    1. dhiraa wish says:
      July 10, 2019 at 10:51 am

      thnks dear insha allah

  19. RAIN LOVER GIRL?️ says:
    July 10, 2019 at 8:45 am

    Hindi dramas in vaa gothah maa haasaru bodee, dhen maa boda dhigu dhammanee, dhanberah vure thagudi dhigukurun noon kameh neh! Abadhu beating around the Bush. Ehenve vaahaka ehaa real real eh noon. Maa boda snail speed ga hurihaa kamehves. Varah foohi Mihaaru mi vaahaka.

    1. dhiraa wish says:
      July 10, 2019 at 10:52 am

      thnks for the cmnt

    2. RAIN LOVER GIRL says:
      July 10, 2019 at 1:12 pm

      Dhiraa e kujja ah naseyhatheh dhybala alhuganduge id use nukuran. ?

    3. Hama bunelee says:
      July 10, 2019 at 2:33 pm

      Kamu nudhanyaa please dont read ?

  20. Nanna says:
    July 10, 2019 at 8:52 am

    Dhen vaahakaiga ulhey ekakuves namaadhu koh quran kiyavaeh ves nahadhaa! Mulhin ingireysi lava vefa kaafarunge faadugandu bodah genesfa. Dhen mizamaanuga meehun ulhey goi dho..?dhen part eh ga hama kashavarun gennaanekanneyge ebai thahves ma mihen buneetheeve.

    1. dhiraa wish says:
      July 10, 2019 at 10:53 am

      thnks for the cmnt

  21. yageen says:
    July 10, 2019 at 10:34 am

    Mashah yageen dhenves thi shaleen akah mayaan kairiyaku nubuneveyne, dhenves anna part gaves ehves kameh falhaa naaraane , 53 part nimunu iru vi ehkameh ves nei , hurihaa part ehga haizal hithah aranee naina kairee buneveyne nama ey , shaleen hithah aranee mayaan ah igeyne nama ey , hus riha gandu ,dhiraa vehje ehnun konmeves ehbayakah viyas hageegai angaafa thafaathu kohlan .

    1. dhiraa wish says:
      July 10, 2019 at 10:54 am

      thnks for the cmnt

  22. Huh says:
    July 10, 2019 at 12:00 pm

    Mihaaru eba reethivey.dhen angabala alhe e ee mayaange dhariehkan .hageegai konmes ekakah vejjenuu engen.pls avahah up kohlahchey

    1. dhiraa wish says:
      July 10, 2019 at 12:55 pm

      thnks higaa dww balamaa

  23. jiji says:
    July 10, 2019 at 1:05 pm

    Dhiraa???❤❤❤…Alheyy mi bai vec v v v v rythi ingey?????????…
    Sifakohdhinumaa ibaaraiy kurun vec vv kamudhey????????????…
    Yuh nd kiyaa ge story is my fav nw..hhehe..
    Btw keep going my dear???❤❤❤….
    May god bless yuh??????…Loz of luwww

    1. RAIN LOVER GIRL says:
      July 10, 2019 at 1:13 pm

      alhey jiji ge name ga vv hadi kon konmves kujjaku vaahaka dhakkaafa ebahuri

    2. dhiraa wish says:
      July 10, 2019 at 1:19 pm

      thanks dear.. for your support and love

  24. dhiraa wish says:
    July 10, 2019 at 1:18 pm

    dhiraa ge readers ge faraathun edhen ehen kudhin ge namuga comment koh nuhedhumah.. konme kuhjjakuves amihla namuga comment kuraanee.. ehen kudhin ge namuga comment kohgen mahsala jehi rulhiverikan ufedheynee.. ehenkamun adhives ehfaharu e gothah kanthah nukurumah dhira edhen

  25. jiji says:
    July 10, 2019 at 1:24 pm

    Yeah I saw that..V rulhi aissi ekamaa…Ehn comment kuryma writer akah neygeyne dhw…Dont repeat that plx??

    1. dhiraa wish says:
      July 10, 2019 at 3:48 pm

      its owk dear..

  26. Sifam says:
    July 10, 2019 at 1:25 pm

    Thanks for uploading so soon. This part is also awesome as other parts and hope to see another part soon. Thanks for your hard work ???

    1. dhiraa wish says:
      July 10, 2019 at 3:34 pm

      your welcome.. thankss for the support.. next part on thursday night.. keep waiting

  27. ހީނާ says:
    July 10, 2019 at 2:17 pm

    Mihaaru dhiraa mikan mi0kurany0 ehaa kuraa hithakun nuun dhw
    Mihaaru ehaa dhigukoh ves nun gennany0 eh
    Ekam v rythi igey mibaives
    Kuruvyma dhera vey ekam

    1. dhiraa wish says:
      July 10, 2019 at 2:46 pm

      thankss dear.. nooney dear dhira varah kuraa hithun kuraa kamehmee.. dhen neynge dear thihen thibuni gotheh.. kurinves up kuraa varah mi kuranee .. scenes dhiguveema kuruhen heevanee dhw.. dhen huri ep thah ithurah dhigukohlaanan ingey

  28. Heyoedhigen says:
    July 10, 2019 at 3:41 pm

    Dhiraa bereh nuganeytha konme vaguthakuves maruvedhaane thee, libey hus vaguthu thihen beykaaru kankamuga heydhakuraanee! Alhe Akirathahtakaa eba aharemen thayyaru thoa? Marakee eyge vaguthu engeyne echeh noon. Mikahala vaahaka liumuga vaguthu nagaanulaa. Thanks for your comment in nimmaanulaa, mikamaa visnaalaa.

    1. dhiraa wish says:
      July 10, 2019 at 3:49 pm

      i blv u.. thnks for the advice

  29. Fathun says:
    July 10, 2019 at 7:24 pm

    Same shit revolving everytime. Huss haasaru.

    1. dhiraa wish says:
      July 10, 2019 at 7:41 pm

      thankss for the compliment

  30. ??? says:
    July 10, 2019 at 8:50 pm

    Alhe kyhvetha ehmen ehaa negative cmnt thi kurany??myy kihaa reethi vaahaka ehtha!dhiraa akee readers ahh rude koh reply kuraa kuhjeh noon.dhiraa dhera nuvahchey emeehun egothah cmnt kuriyas.. Alhugandu men mithiby dhiraa sis aa eku??????????vaahaka v reethi..maasha allah

    1. dhiraa wish says:
      July 10, 2019 at 9:00 pm

      dear eki kudhinge hiyaalu thafaathu vaane ehnu.. enmen nah ekahjeh kamuves nudhaan ehnu.. may be thats why.. dhiraa dhera eh nuveyey.. dhira ah supportive vaa thikahala kudhin thibeyiru dhira dheravaanvee keehve.. aslu varah ufaa vey thihaa support dheythee.. thanks dear..

  31. Pretty girl says:
    July 10, 2019 at 9:05 pm

    Salhi maadhan aharenge kokko vihaane

    1. dhiraa wish says:
      July 11, 2019 at 8:23 pm

      dear ge kokko ah congrats

  32. Saan says:
    July 10, 2019 at 10:38 pm

    Varah reethi mi part..

    1. dhiraa wish says:
      July 11, 2019 at 8:24 pm

      thankss dear

  33. ❤️? says:
    July 11, 2019 at 2:02 pm

    Masha allah Mi story ah dheyn jeheyny Hama 100/100 ??….. Never give up the hard work…… ?❤️…. Lover u dhiraa❤️?❤️?

    1. dhiraa wish says:
      July 11, 2019 at 8:25 pm

      thankss dear… varah ufaa vehjje ehaa kamudhiyaima

  34. RAIN LOVER GIRL says:
    July 11, 2019 at 3:53 pm

    ? Thank u so so so so much dhiraa ?

    1. dhiraa wish says:
      July 11, 2019 at 8:26 pm

      anytime dear

  35. azker says:
    July 11, 2019 at 6:23 pm

    ?????❤️❤️❤️❤️love it

    1. dhiraa wish says:
      July 11, 2019 at 8:27 pm

      thankss dear.. varah ufaa vehjje kamudhiyaima

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 54←


All Right Reserved!