Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 14

Belle Level 310 Stories100 Comments100 Login500 Login
July 7, 2019 7 Mins Read
32 Comments

 

 

ކާރު ޕާކު ކޮށްލުމަށްފަހު ފައިބަމުން ކޮތަޅު އަތަށް ނެގިއެވެ. އަދި ޒައިކް އޮފީސް ބިލްޑިންއަށް ބަލާލިއެވެ. މިނޫނީ އަދި ދުވަހަކުވެސް މިތަނަކަށް ނާދެއެވެ. އެ ބިލްޑިންގ އަށް ބަލާލައިފިނަމަ ބޯ އަނބުރައިގަންދާނެއެވެ. ހަމަގައިމުވެސް ތިރީހަކަށް ބުރި ހުންނާނެއެވެ. މުޅި ބިލްޑިންގަ ވަނީ އަޅި ކުލައިގެ އޮފް މުއްޓެއް ޖަހާފައެވެ. އޭގެ ސަބަބުން ދުރުދުރަށް ވެސް ދަޅަ އަޅައެވެ. އޮފީސް ދޮރުމަތީ އެކިވައްތަރުގެ މާތަކުން އޮތީ ފުރި ބާރުވެފައެވެ. މިބަގީޗާ ބަލަހައްޓަނީ ވަރަށް ކުޅަދާނަ މީހެއްކަން އެނގެއެވެ. ވަރަށްވެސް ހިތް ގައިމެވެ.

 

” ސޯ، ވީ މީޓް އެގެއިން ބިއުޓިފުލް ” ފަހަތަށް އެނބުރިލީ ހައިރާން ކަމާއެކުއެވެ. ރީތި ހިނިތުންވުމެއް ދެމުން ޔަމާން ކައިރިވެލިއެވެ.

 

” ޔަމާން، ކީއްކުރަނީ މިތާ؟ ” ހައިރާންވުމާއެކު ޝިފާ އަށް ސުވާލު ކޮށްލެވުނެވެ. އެންމެ ބޭނުންވި ވަގުތު ޔަމާން ފެނުމުން ހިތްހަމަޖެހުނެވެ.

 

” ވެލް، ރުފިޔާއެއް ނުލިބެޔޭ އަހަރެން ހުންނަ ސިފައަކުން. މަސައްކަތްވެސް ކުރަންޖެހެޔޭ އޭންޖެލް. މަށައް އިނގޭ އެންމެ ރީތި މޮޑެލްއަށް ވެގެން ރީތި އަންހެން ކުދިންގެ އަތުން މާގިނަ ރުފިޔާ ލިބިދާނެކަން، އެކަމު ބިޒިނެސް ހިންގުން މާ ގަޔާވޭ ” އެއްލޯ މަރާލަމުން ޔަމާން ހިނިތުން ވިއެވެ.

 

” ޔާ ، ރައިޓް، އައި ވޮންޑާރ ހައު ކޭން ސަމްވަން ބީ ސޯ ފުލް އޮފް ހިމްސެލްފް ” ދެލޯ ބޮޑުކޮށްލަމުން ޝިފާ ޔަމާން ކޮނޑުގައި ޖަހާލަމުން ހީލިއެވެ.

 

 

” ވެލް، ވިތް ބިއުޓީ ކަމްސް އަ ލިޓުލް ޕްރައިޑް ޓޫ ، ބައި ދަވޭ މިތާ ޑެވިލް އޮފީސް ކުރިމަތީ ކީއްކުރަނީ ” ޖަވާބް ބޭނުން ވާ ފަދައަކުން ޔަމާން ސުވާލް ކުރިއިރު އެދެލޯ އެކަމަށް ހެކިދެއެވެ.

 

 

” ޝަޓް އަޕް ފޫލް، ޒައިކް ހެނދުނު ސައި ނުބޮއެ އައީމަ އޭނައަށް އެއްޗެއް ދޭންވެގެން މިއައީ، އޭނަ ހުންނަ ހިސާބަށް ގެންގޮސްދެވިދާނެތަ ؟” ސުވާލުކޮށްލަމުން ޔަމާން އަތުގައި ހިފީ އެކަމަށް ޖަވާބެއް ބޭނުން ވެގެންނެވެ. ޔަމާން ބޯ ޖަހާލަމުން ޝިފާ ގޮވައިގެން އެތެރެއަށް ހިނގައިގަތެވެ.

 

 

” އޯކޭ، ކުރިމަތީ އެހުރީ އޭނަ އޮފީސް މިހިސާބަށް ނުވަދެވޭނެ ކޮންމެ ކޮންމެ މީހަކަށް މަށަށްވެސް ވަދެވެނީ ބައްޕަ ހުއްދަ ދީފަ އޮތީމަ. ސީ ޔޫ ސޫން ސުވީޓްހާޓް ” ޔަމާން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ހިނގައިގަތީ އޮފީސް އެތެރެއަށް ވަނުމަށެވެ.

 

 

” މޭމް ޔޫ ކެނޯޓް ގޯ އިން ” ޔުނީފޯމް އެޅި އަންހެން މުވައްޒަފަކު ހުއްޓުވަން އުޅުނެވެ. ބަލާބެލުމަށް މި ބައިގެ ސެކިއުރިޓީ އޮފިސަރާ ވައްތަރެވެ.

 

 

” ވަޓް، އައެމް ހިޒް ވައިފް. އައި ކޭން ގޯ އިން ވިތްއައުޓް ޔުއާރް ޕާރމިޝަން ”

 

 

” ބަޓް މޭމް، ސާރ އާސްކްޑް މީ ނޮޓް ޓު ލެޓް އެނީވަން އިން”

 

 

” މޫވް އަވޭ ވޮމެން. އައި ކޭމް ޓު މީޓް ހިމް، ދެން އައި ވުޑް މީޓް ހިމް” އެއަންހެން މީހާ އެއްކައިރި ކޮށްލުމަށްފަހު އޮފީސް ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ދެމިގަތެވެ. ކުއްލިއަކަށް ފެނުނު މަންޒަރުން މިތަނަށް ވަދެވުނު މޮޔަ ހިތައްއެރިއެވެ. އެއަންހެން މީހާގެ އަޑުއަހައިގެން ނުވަދެ ދެވުނު ނަމައޭ ޝިފާގެ ހިތަށް އެރިއެވެ. އޮފީސް ގޮނޑީގައި ޒައިކް ހުރިއިރު އޭނަގެ ފައި މަތީ އަންހެން ކުއްޖަކު ހުއްޓެވެ. އެދެމީހުން އެހާ ކައިރީގައި ވަނިކޮށް ފެނުމުން ހިތަށް ތަދުވިއެވެ. ހުއްޓުމެއްނެތި ލޮލުން ކަރުނަ އަންނަން ފެށީ އެނގުމަކާ ވެސް ނުލައެވެ.

 

 

” ހޫ ދަ ހެލް ލެޓް ޔޫ އެންޓާރ ހިއާރ، ބިޗް ” ދޮރު ހުޅުވިކަން އެނގި އެއަންހެން ކުއްޖާ އެނބުރި ޒައިކް ފައިމަތިން ދެތުވެ މޫނުމަތި ރީތި ކޮށްލިއެވެ.

 

 

އެއަންހެން ކުއްޖާ އަށާ ޒައިކް އާ ދިމާއަށް ބަލާލެވުނެވެ. މިއަދު ހެނދުނު ކައިވެނި ކުރުމަށްފަހު އެހެން އެއްވެސް އަންހެން ކުއްޖަކާ ގުޅުމެއް ނުބާއްވަމޭ ބުނެ ޒައިކް ހެދީ ދޮގެވެ. ބޭނުންވާ ކަންތައް ވުމުން ހިތްހަމަ ޖައްސައިދޭން ބުނި ޖުމްލައެއްކަން މިހާރު ޔަގީންވެއްޖެއެވެ. އެއަންހެން ކުއްޖާގެ ތުންފަތުން އުފާ ހޯދަމުން ދިޔައީ އަމިއްލަ އަނބިމީހާ މަތިން ހަނދާން ނައްތާލައިފާކަން އެނގުނު ހިނދު ރުޅިވެރިކަން ހިތަށް ސަވާރުވިއެވެ.

 

 

” ސުވީޓްހާޓް، ވައި ޑިޑިންޓް ޔޫ ތުރޯ ދެޓް ގާރ އައުޓް، ސޯ ވީ ކޭން ކޮންޓިނިއު” އަލުން އެއަންހެން ކުއްޖާ ޒައިކްއާ ވާހަކަ ދައްކަން ފެށިއިރު މޫނުމަތިން ހިނިތުންވުން ފުންވެގެން ދިޔަތަން ފެނުނެވެ.

 

 

” ނުފެނޭތަ އަހަރެން ބިޒީ ކަމެއް، ގެޓް އައުޓް ހިއާ” ކުރެވުނު ކަންތަކުން މައާފަށް އެދި ކައިރި އަށް އަންނާނެކަމަށް ހީކުރެވުނު ނަމަވެސް ޒައިކް ހަޅެއްލަވައި ގަތުމުން ހިތުގައި އެތިފަހަރެއް ޖެހިކަހަލައެވެ. ޝިފާ ހީކުރީ ޒައިކް އެއްކޮށް ބަދަލް ވެއްޖެ ކަމަށެވެ. ކުރިން އެފެނުނު ފޮނިކަމާ، ކިބުރުވެރިކަން އަދި ރުޅިވެރިކަން ފިލައިފިކަމުގައެވެ. އެހެނަސް އެއީ ހަމަ އެންމެ ފުރަތަމަ ޝިފާއަށް ފެނުނު ޒައިކް އެވެ. ހިލަ ހިތުގެ ވެރިއެކެވެ.

 

 

އަތުގައި އޮތް ތަށިބަރި އޮތް ކޮތަޅު ސޯފާ މައްޗައް އެއްލުމަށްފަހު އޭނާ އެ ކޮޓަރިން ނުކުތެވެ. ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔަ ލޮލުގައި ދެއަތުން ހިފާ ފޮހެލިނަމަވެސް ނުހުއްޓުނެވެ. ކުރިމަތިން ފެނުނު އަންހެން މިހާ ލޯ ބޮޑުކޮށްލައިގެން ބަލަން ހުއްޓެވެ.

 

 

” އައި ނީޑް ގެޓް އައުޓް ހިއާރ” ހިތާމައިގެ މައްޗަށް ރުޅިވެރިކަން ވެރިވެގަތީ ކުއްލިއަކަށެވެ. އެއަންހެން މީހާ އާ ދިމާއަށް ހަޅެއް ލަވައި ގަތުމުން ފަހަތުން އައުމަށް ބުނެ އެއިމާރާތުގެ އެންމެ މަތީބައިން ތިރިއަށް ފޭބުމަށް ލިފްޓަށް އެރިއެވެ.

 

 

ބޭރަށް ނުކުމެވުމުން ހަމަ ނޭވައެއް ލެވުނެވެ. ކާރަށް އަރަން ދިއުމުގެ ބަދަލުގައި އެއްފަރާތުގައި ހުރި ބަގީޗާ ތެރެއަށް ހިނގައިގަތީ އެކަނި ވެލަން ބޭނުން ވުމުންނެވެ. ރޭ ވެހުނު ވިއްސާރައިގެ ސަބަބުން ކާޕެޓް ވަނީ ތެމިފައެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓައި ލަކުޑިން ހަދާފައި ހުރި ގޮނޑިއެއްގައި އިށީންނެވެ. ފުން ނޭވައެއް ލިއެވެ. ކަރުނަ އަންނަމުން ދިޔަ ދެލޮލަށް ހުއްޓުމެއްނެތި ކަރުނަ އައުމަށް ފުރުސަތު ދީގެން ހުއްޓެވެ. ފަނަރަ ވަރަކަށް މިނެޓް ވޭތުވެ ދިއުމަށްފަހު އޭނާގެ ކޮނޑުގައި މީހަކު އައްޖައްސާލިކަމުގެ އިހުސާސް ވިއެވެ. އަދި ކުޑަކޮށް ފަހަތުން ބައްދާލިއެވެ. ދެލޯ ފޮހެލަމުން ފަހަތަށް އެނބުރި ބަލާލިއެވެ.

 

 

” ޑޯންޓް ވޮރީ ބިއުޓިފުލް. ހުރިހާކަމެއްވެސް ވަރަށް އަވަހަށް ރަނގަޅުވެދާނެ ” ހިތާމައިގެ ވަގުތުގައި މީހެއްގެ އެހީ ލިބިއްޖެ ނަމަ އިތުރަށް ކަރުނަ ހިފެހެއްޓުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ޝިފާއަށްވެސް ވީ އެވަރެވެ. ޔަމާން ގައިގަ ބައްދާލުމަށްފަހު ރޮވެން ފެށުނެވެ.  އިރުކޮޅެއް ވުމަށްފަހު ޔަމާން ދިން ޓިޝޫއިން މޫނު ފޮހެލެވޭތޯ ބެލިއެވެ.

 

 

” ވަޓް ޑިޑް ދަ އިޑިއަޓް ޑޫ ދިސް ޓައިމް ” ޝިފާގެ މޫނަށް ބަލާލަމުން ޔަމާން ސުވާލް ކުރިއެވެ.

 

 

” އޭނަ…..އޭނާ ހުރީ …….އަންހެން ކުއްޖަކާއެކު…..އަ…އަހަރެން …އައީ …ކާއެއްޗެހި …ހިފައިގެން……އޭނަ…..އޭނަ ….ހަޅެއް ލަވައިގަތީ…” ރޮމުން ވަރަށް އުނދަގުލުން ޝިފާ ވާހަކަ ދެއްކިއެވެ. އެތާ ހުރި ސެކިއުރިޓީ ކައިރީގައި ބުނެގެން ގެނަ ކުޑަ ފެން ފުޅިއެއް ޔަމާން ދިއްކޮށްލުމުން މޫނު ދޮވެލިއެވެ.

 

” އޭނަ އެކަންތައް ކުރީމަ އޭގެ ބަދަލް ދޭން ބޭނުންތަ؟” ޔަމާން މިފަހަރު ސުވާލް ކުރިއިރު އެއަޑުގައި ހަރުކަށިކަމެއް ވިއެވެ. ސުވާލު އުފެދިފައި ކިހިނެއްހޭ އެހުމުން އޭނަ އަމިއްލަ އަށް ލޯބިވާ މީހަކަށް ދެރައެއް ދެވުމުން އޭގެ ބަދަލް ދޭނީޢޭ ޔަމާން ބުންޏެވެ.

 

 

” ބަޓް އޭނަ އަހަރެން ދެކެ ލައިކެއް ނުވޭ ”

 

 

” ނޫން، އޭނަ ޝިފާ ދެކެ ލައިކް ވޭ، ފާޅުކުރަން ބޭނުން ނުވަނީ ޝިފާ ދެކެ ލޯބިވާކަން. އައި ނޯ ހިމް ވެރީ ވެލް. އެކި ދުވަސް ދުވަހުގެ މަތިން މަންމަ މެނާއެކު ތިގެއަށް ދާއިރު އޭނަގެ އަމަލުތައް ހުންނަގޮތުން އިނގުނު ލޯބިވާކަން. އެކަމް އެހާ ފަސޭހައިން އެކަން ފާޅުކުރާކަށް ބޭނުމެއް ނުވާނެ” ޔަމާން ގެ ވާހަކަ ތަކުން ހަމަޖެހުން ގެއްލިފައި ވާ ހިތައް އަލުން ހަމަޖެހުން ލިބި ދިރުން ލިބުނު ފަދައެވެ. މީން ޒަމާނަކު މިހާ އުފާވެރި ހަބަރެއް ލިބޭނެ ކަމެއް ނޭނގެއެވެ.

 

 

” ދެން ކީއްވެ އެގޮތަށް ކަންތައް ކުރަނީ، މިއަދު ހެނދުނުވެސް ވަރަށް ލޯބިން ވާހަކަ ދެއްކީ” އަނެއްކާ ރޮވިދާނެތީ ތުންފަތުގައި ބާރަށް ހިފަހައްޓާލިއެވެ.

 

 

” ޑޯންޓް. އޭނަ އަކީ މޮޔައެއް، އެހެންވެ އެގޮތައް އެކަންތައް ކުރަނީ، ވީ ވިލް ޝޯ ހިމް ވަޓް ހީ އިޒް މިސިންގ” ކާރުގައި ގެއަށް ގެންގޮސްދޭން ބުނުމުން ޝިފާ އެއްބަސްވީ އޭނަގެ ކާރުގައި ދިއުމަށެވެ. ޔަމާން ކާރު ޑުރައިވަރަށް ގުޅާލުމަށްފަހު ކާރު ގެއަށް ގެންދިއުމަށް ބުންޏެވެ.

 

 

****************

 

 

ބަގީޗާގެ ތަންކޮޅެއް އެތެރެއިން ދުރުގައި މިހަރަކާތްތަކަށް ބަލަން ޒައިކް ހުއްޓެވެ. ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަ އެއް ނޭނގުނަސް އެ ގާތްކަންދެކެ ބިރުގަތެވެ. މޫނުމަތިން ދެރަ ވުމުގެ އަސަރު ފެނުނެވެ. އެހާ ހިތްހަމަ ޖެހިފައި ހެނދުނު ހުއްޓަ ލިވީގެ ވާހަކަ އެހުމުން ޝިފާދެކެ އެވަގުތު އައި ރުޅިން އެރުޅި އެހެން ސިފައެއްގައި ބޭލުނީއެވެ. ލިވީގެ ނަން ބުނުމުން ޝިފާ ދެކެވެސް ރުޅި އާދެވުނީއެވެ. ރުޅިއާދެވުނީ ޝިފާ ވެސް އޭނާގެ ހަޔާތައް އައުމުންނެވެ. އޭނާއަކީ ހިތެއްގެ ބަދަލުގައި ހިލަ ގަނޑަކަށް ހެދުމުން ލިވީދެކެ ވެސް ރުޅިއާދެވުނީއެވެ. ކުޑައިރު އޭނަ ދޫކޮށްލާފައި މަންމަ ދިއުމުން ރުޅިގަދަ ކުއްޖަކަށް ވެވުމުން މަންމަ ދެކެވެސް ރުޅިއާދެވުނެވެ. އެންމެ ބޮޑަށް ރުޅި އަންނަނީ އަމިއްލަ ނަފްސުދެކެއެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލޭ ފަހަރު އަންނަނީކީ މަދަކުންނޫނެވެ. އޭނާ އޮފީހަށް ގޮސް އެހުރިހާ ކަމަކާ ވިސްނަން ފެށުމުން އެހުރިހާކަމަކުން އެއްކިބާވެ މިންޖުވާން ބޭނުންވީއެވެ. ގަޔަށް ފިޓްކޮށް ހެދުން އަޅައިގެން ހުރި ޖެމާ އެވަގުތު ލިޔުން ތަކެއް ހިފައިގެން އައިސް ވަނުމުން އެހުރިހާކަމަކުން އެއްކައިރިވެލާނެ ފުރުސަތެއް ލިބުނީއެވެ. ޖެމާ ކައިރި ވުމުން އެކަން ހުއްޓުވަން ބޭނުން ނުވީއެވެ. އެހުރިހާ ހަނދާންތަކެއް ފިލާނީ މިކަހަލަ ކަމަކުންކަން ޒައިކުގެ ވިސްނުން ކޮށި ސިކުނޑިއަށް އައީއެވެ.

 

 

ފައިމައްޗަށް ޖެމާ ލައިގެން ހުއްޓާ ދޮރު ހުޅުވާލަމުން އެތެރެއަށް ވަން ޝިފާ ފެނި އޭނާ ހައިރާން ވިއެވެ. އެއްގޮތަކަށްވެސް އެވަގުތު އޮފީހަށް ޝިފާ އައިސްދާނެކަމަކަށް ހީވެސް ކުރެވިފައި ނެތީއެވެ. ހެނދުނު ޝިފާ ކައިރީ ދެއްކުނު ވާހަކަ ހިތައްއެރުމުން ހިތަށް އުދަގޫތަކެއް ވިއެވެ. އެއްވެސް އަންހެން ކުއްޖަކާ ގުޅުމެއް ނުބާއްވަމޭ ބުނުމުން މިހާރު ޝިފާ އެކަން ގަބޫލު ނުކުރާނެކަން އޭނާއަށް އެނގުނެވެ. ގަނޑުވެފައި ހުރި ގަނޑުތަކެއް މުޅި ހަށިގަނޑަށް ޖެހިކަހަލައެވެ. ޝިފާއަށް މުޙާތަބުކޮށް ބިޗް އޭ ބުނުމުން ޖެމާދެކެ އާދެވުނު ރުޅިއެއްވެސް ނޭނގުނެވެ. ވަގުތުން ވަޒީފާއިން ކަނޑާލަން ހިތައް އެރިއެވެ. ކުރެވުނު ކަންތަކުން އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނު ވަރުން ޝިފާ އާ ދިމާއަށް ހަޅެއް ލަވައި ގަނެވުނީ އެތަނުން ޝިފާ ފޮނުވާލުމުގެ ބޭނުމުގައެވެ.

 

 

ޝިފާ ނުކުތުމުން ޖެމާ އާ ދިމާ އަށް ހަޅެއް ލަވައި ގަތުމަށްފަހު ނުކުތުމަށް އަމުރު ކޮށްލަމުން ވަރަށް އަވަހަށް ބޭރަށް ނުކުތީ އަލުން ޝިފާ ހުއްޓުވުމުގެ ބޭނުމުގައެވެ. އެހެނަސް އޭރު ސެކިއުރިޓީއާއެކު ލިފްޓުން ޝިފާ ފައިބަނީއެވެ. ހަމައެކަނި ޒައިކުއަށް ހާއްސަ ކުރެވިފައި ވާ ލިފްޓުން ފޭބުމަށްފަހު ބަގީޗާ ތެރެއިން އެތެރެ އަށް ވަނެވެ. އަދި ދުރުގައި ބަލަން ހުއްޓާ ޔަމާން އައިސް ޝިފާ ގައިގަ ބައްދާލުމުން ރުޅިއައިވަރުން ނަސްފު ހިފެހެއްޓުނީ ވަރަށް އުދަގުލުންނެވެ. އެތަނަށް ދާން އުޅެފައިވެސް ނުދިޔައީ ޝިފާ ރޯން ދިމާވި ސަބަބަކީ ހުދު އޭނާކަން އިހުސާސް ވުމުންނެވެ.

 

 

ޝިފާ އަކީ ވަރަށް ރީތި ކުއްޖެކެވެ. އެހާ ކެއާކުރެއެވެ. އިނޮސެންޓު ކަމުގެ އެއްވަނަ އެވެ. ހުރިހާ ކަމެއްވެސް އެހާ އަންޑަސްޓޭންޑް ވާނެއެވެ. އަންބަކު ފަރާތުން ފިރިއަކު އެދޭނެ ހުރިހާ ސިފައެއް ޝިފާ ގައިގަ އެބަހުއްޓެވެ. އެންމެ ފުރިހަމައަށެވެ. އެކަމަކު އަދިވެސް އޭނާގެ ހިތް ދޭން ބިރުގަންނަނީ އެވެ. ލިވީއަށް ހިތް އެއްކޮށް ދިނުމުން ކަންތައް ކުރި ގޮތުން ބިރުގަންނަނީ އަލުން އެކަހަލަ ކަމެއް ވެދާނެތީއެވެ. ލޯއްބަކީ ހާދަ އެހެން ކަހަލަ އެއްޗެކެވެ. ލޯބިވާން ބޭނުން ވާއިރުވެސް ބިރުގަންނަން ޖެހޭހެއްޔެވެ. ރޭގަ ޝިފާ ހާސިލް ކުރީ ހަމައެކަނި ވަގުތީ ގޮތުން ނޫންކަން މިހާރުވެސް އޭނާގެ ހިތަށް ވިސްނެއެވެ. އެފަދަ އެތައް ރެއެއް ގެނައުމަށް ހިތް އެދެއެވެ. ހަށިގަނޑުގެ ގުޅުމަކަށްވުރެ ހިތުގެ ގުޅުމަކަށް ވުމަށް ހިތް އެދެއެވެ. ނޭނގޭ ބާރު މިނެއްގައި އާ އިހުސާސް ތަކެއް ހިތުގައި އުފެދެމުން ދާކަން ނޭނގެނީއެއް ނޫނެވެ. ގަބޫލު ކުރަން ބޭނުން ނުވަނީއެވެ. ކޮންމެ ގޮތެއް ވިއަސް އަލުން ޝިފާ އޭނާ ދޫކޮށް ދިއުމުގެ ފުރުސަތެއް ނުދެވޭނެއެވެ. އެއަށްވުރެ ކައިރި ވެވިއްޖެއެވެ.

 

 

ޝިފާ އެނބުރި ޔަމާން ގައިގަ ބައްދާލުމުން ހިނގަ ހިނގާ ހުރި ނޭވާ ތާށި ވީކަހަލައެވެ. އެފުރުސަތު ޝިފާ އަށް އެބައޮތެވެ. މިވަގުތު ޝިފާ އަށް ބޭނުން ވަނީ މީހެއްގެ އަޅާލުމާއި އެހީތެރިކަމެވެ. ހަމަ ގައިމުވެސް އެމީހަކަށް އޭނާއަކަށް ނުވެވޭނެއެވެ. ކާރުގައި ދެމީހުން ނައްޓާލުމުން އަލުން އަނބުރާ އޮފީހަށް ވަދެ މަސައްކައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރީއެވެ. މީޓިންގައި ހުރި އިރުވެސް އެހެން ކަމަކަށް ސަމާލުކަން ދެވޭވަރެއް ނުވެއެވެ. ޖެމާއަށް އެބަޔަށް ނުވަނުމަށް އަމުރުކޮށްލީ ފޯނުން ގުޅައިގެނެވެ. އަހަރެންގެ ޒައިކުގެ އަމިއްލަ މިސްޓޭކަކުން އެއްވެސް މީހަކު ވަޒީފާއިން ވަކި ކުރަން ބޭނުން ނުވީއެވެ. ކިތަންމެ ހިތް ހަމަ ނުޖެހިފައި ހުރިނަމަވެސް ޝިފާ ގެނަ ކޮތަޅު ހުޅުވާ ބަލާލުމުން ހީލެވުނެވެ. އެހާ މީރުކޮށް ސޭންޑްވިޗް ހަދާލާފަ ހުރުމުން ނުކައެއް ނުހުރެވުނެވެ. ޝިފާ ކައިރިން މާފަށް އެދެން ހިތަށް އަރުވައިގެން މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

 

 

ހަވީރު އޮފީސް ނިންމާލުމަށް ފަހު ކާރަށް އެރީ އަވަހަށް ގެއަށް ދިއުމަށެވެ. މަގުތަކުގައި ކާރު ދުއްވަމުން ދިޔައިރުވެސް ދެވޭލެއް މަޑުކަމުން އަނގައިން އަޑެއް ލައްވާލައެވެ. ގޭގެ ޕާކު ކުރާ ސަރަހައްދުގައި ކާރު ޕާކު ކޮށްލުމަށްފަހު އަތުގެ ފުރަގަހަށް މާބޮނޑި ލީ ވަސްބަލާލުމަށް ފަހުއެވެ. އެކި ތަންތަން ބެލި ނަމަވެސް ޝިފާއެއް ނުފެނުނެވެ. ކޮޓަރިއަށް ވަނުމަށްފަހު އެނދުމަތީގައި މާބޮނޑި ބޭއްވުމަށްފަހު އަލުން ނުކުމެލީ ޝިފާ ފެނޭތޯއެވެ. ޖޫލީ ކައިރީ އަހާލުމުން ގޭގެ ފުރަގަހުގައި ބަގީޗާގައި ހުރި ވާހަކަ ބުންޏެވެ.

 

 

އެހިސާބަށް ދެވުނު އިރު ދެމީހަކު ވާހަކަ ދައްކަމުން ހޭ އަޑު އިވެއެވެ. ފުރެންޑަކާ އެކު ހުރީ ބާއެވެ. ނޫނީ އަދިވެސް ޔަމާން ބާއެވެ. ހިތަށް އެރި އެއްޗަކުން ލޭ ހޫނުވެގެން ދިޔައެވެ. ކޮފީ ބޮމުން ދެމީހުން ހެނީ ކީކޭ ކިޔާފަ ކަމެއްވެސް ނޭނގެއެވެ. މިނޫނީ އެހާ އުފަލުން ޝިފާ ހޭތަނެއް އަދި އޭނާއަކަށް ނުފެނެއެވެ. ޔަމާން އާއެކު ހުރުމުން ހިތަށް އުނދަގޫ ވިއެވެ. ޝިފާގެ އުފާވެރިކަން އެހެން މީހަކާ ގުޅިފައި ވުމުން ވަކިން ރުޅިގަދަވިއެވެ.

 

 

” ވަޓް އާރ ޔޫ ޑުއިން އިން މައި ހައުސް ؟” ވީހާވެސް ހަރުކަށިކޮށް ވާހަކަ ދެއްކޭތޯ ބެލިއެވެ.

 

 

” ޒައިކް އޮފީހުން ނައިސް މިއަދު ހާދަ ގިނައިރުވީ، ކަމެއް އޮތީތަ އަނެއްކާ؟” ޔަމާން ބެލީ އިތުރަށް ޒައިކު ރުޅިއަރުވާލެވޭތޯ އެވެ.

 

 

” ދެޓް ނަން އޮފް ޔުއާ ބިޒިނެސް. ސްޓޭ އަވޭ ފްރޮމް މައި ވައިފް” ދެޖީބަށް އަށް ޖަހާލީ ރުޅި އައިވަރުން ޝިފާ ކުރިމަތީ އެކަން ނުދެއްކުމަށެވެ. އެހެން ނޫން ނަމަ ޔަމާންގެ އެދެއަށް ބިންދާ ލެވުނީހެވެ.

 

 

” އޯހް، ހަނދާންވީތަ އަންބަކު ހުރިކަން، ޑޮކްޓަރަކަށް ދައްކަން ފެނޭ ހަނދާން ނެތޭ ބަލި ހުރިތޯ. އޫޕްސް. ރިލެކްސް. ގެއަށް ދާން ވެގެން މިއުޅެނީ ހަމަ. ފަހަރީ ދަނީ. މާދަމާ ޓެންގަ ރެޑީވެގެން ހުންނާތި. ބަލާ އަންނާނަން” ކޮފީ ތަށި ބިއްލޫރި މޭޒުމަތީ ބަހައްޓަމުން ޔަމާން ދާން ހިނގައިގަތެވެ.

 

 

ޔަމާން ދިއުމުން ޝިފާވެސް ބަހެއް ނުބުނެ ހިނގައްޖެއެވެ. ޒައިކް އަށް ގޮނޑީގައި އިށީންދެވުނީ ގަބޫލުވެސް ނުކުރެވިގެނެވެ. ދެމީހުން ދާން ނިންމައިގެން ހުރީ ކޮންތާކަށް ބާއެވެ. ކޮޓަރިއަށް ގޮސް ޝިފާ އާ ސުވާލު ކުރަން ހިތައްއެރިއެވެ. ދޮރު ހުޅުވާލިއިރު ހުދު ބުރުގާއެއް އަޅައިގެން ނަމާދުކުރަން ޝިފާ ހުރިތަން ފެނުމުން އެހާމެ އަވަހަށް ދޮރު ލައްޕާ ލެވުނެވެ. މިދިޔަ ދުވަސްތަކުގައި ހުރިހާ ނަމާދެއްވެސް ބަރާބަރަށް ޝިފާ ކުރާތަން އޭނާއަށް ފެނެއެވެ. އޭނަވެސް މުސްލިމަކަށް ވާއިރު ހުރިހާ ނަމާދެއް ނުކުރެއެވެ. ހިތައް އެރިފަހަރަކު ކުރަނީއެވެ. އެހެން ނަމަވެސް ޝިފާ އައުމުން އެރީތި އާދަތައްދެކެ ލޯބިވެވެން ފެށުނެވެ. ނަމާދު ކުރެވޭލެއް އިތުރު ވިއެވެ. އެކަމަކު އެކަކަށްވެސް ނޭނގިއެވެ.

 

 

*************

 

 

ހެނދުނު އޮފީހަށް ދާކަށް ބޭނުމެއް ނޫނެވެ. ޔަމާން އާއެކު ޝިފާ ދިޔަ ނުދިނުމަށް ކޮންމެވެސް ކަމެއް ކުރަން ޖެހެއެވެ. ކުރާނެ ކަމެއް ބޮލަކަށް ނުވަނެވެ. ކޮންމެ ގޮތެއް ވިއަސް ޝިފާ އޭނާދެކެ ދެކެ ލޯބި ވާކަން ހިތައް އަރުވާލަމުން ހިތްހަމަ ޖައްސާލަނީއެވެ. މިއަދު އޮންނަ މީޓިން އަކަށް ކޮންމެހެން ވެސް ނުގޮސް ނުވާނެކަން އެންގީ ޕީއޭ ގުޅުމަށް ފަހުއެވެ. ކޮންމެ ގޮތެއް ވިއަސް އޮފީހަށް ނުގޮސް ނުވީއެވެ. އެކަމަކު ދިހައެއް ޖަހަން ވާއިރަށް ގެއަށް އަންނަން އޮފީހަށް ދާނީއެވެ.

 

 

ވަރަށް ބުރަކޮށް އުޅުމަށްފަހު ދިހައެއް ޖަހަން ވާއިރަށް މީޓިން ނިންމާލެވުނީ ވަރަށް މަސައްކަތުންނެވެ. އަވަހަށް ކާރު ޕާކު ކޮށްލުމަށްފަހު ގެއަށް ވަނީ ހިތް އަވަސްވެ ހުރެއެވެ. ޖޫލީ ފަރާތުން ޝިފާ ހިނގައްޖެ ކަން އެނގުމުން ރުޅިއާދެވުނީ އަމިއްލަ ނަފްސު ދެކެއެވެ.

 

 

ވީ ދެރައިން ކުރަން ހިތައް އެރީ ދެން ދުވަހަކު ނުކުރުމަށް ހިތުލައިގެން ހުރިކަމެކެވެ. ބައެއް ފަހަރު ހިތާމައިގެ ސަބަބުން ހަމަ ވިސްނުން ގެއްލޭ ފަދަ ކަންކަން ކުރެވޭއިރުވެސް އާދެއެވެ. ވަގުތު ފާއިތު ވާފަހުން ވިސްނޭ އިރު އޮންނަނީ ދުނިޔެމަތިން ލިބޭނެ ދެރަ ލިބިފައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

ބުނެދޭށޭ ރުހެމޭ 51

Next

ނާއިންސާފް 20

Next
July 7, 2019

ނާއިންސާފް 20

Previews
July 6, 2019

ބުނެދޭށޭ ރުހެމޭ 51

32 Comments!

  1. Ruwey says:
    July 7, 2019 at 10:51 am

    Kobaa 13

    1. Belle says:
      July 7, 2019 at 11:13 am

      Ruwey 12 and 13 ehkoh up kury, ehenve e dhe part isfasvefa ehury, 12 ge fahatugai 13 vana part ehury, kiyaalahchey

  2. Noor says:
    July 7, 2019 at 11:07 am

    Zaik konmes amillayah maru nuvaathi mee imthihaanuge vaguthu kehtheri vaan vee vaguthu ?

    1. Belle says:
      July 7, 2019 at 11:13 am

      Thank you Noor for your support,

  3. Ainth says:
    July 7, 2019 at 11:20 am

    V salhi ?? ma sha allah hama bunaane ehchah ves neyngey …. ❤ thank you ❤❤

    1. Belle says:
      July 8, 2019 at 10:01 am

      Thanks Ainth

  4. Ibsha says:
    July 7, 2019 at 12:45 pm

    Varah reethi,,varah furihama

    1. Belle says:
      July 8, 2019 at 10:00 am

      Thanks Ibsha

  5. Suney says:
    July 7, 2019 at 12:54 pm

    Zaik dhn moya kameh nukurahchey.. Dhn avahah shifa ar zaik ar gulhuvaba… Waiting for the next prt… Mi mihaaru mi site in kiyey emme reethi vhk v v v reethi mi vhk… Hykuran thigothah kuriyah dhaane kamah…

  6. Raisha says:
    July 7, 2019 at 1:05 pm

    Hei v salhi stry…v avahah aneh part up kohlahchey

    1. Belle says:
      July 8, 2019 at 10:01 am

      Thanks Raisha,

  7. Mary says:
    July 7, 2019 at 1:34 pm

    12 &13 ekoliyas kurige part nimumaa mi part feshuma dhimanuve ebai eba madhuve.

    1. Belle says:
      July 8, 2019 at 10:03 am

      Mary, story up kuri iru balaa nuleveny kanneyge. Thanks Mary i will try my best

  8. Luc!f3r says:
    July 7, 2019 at 2:50 pm

    Zaik and Yamaan???

    1. Belle says:
      July 8, 2019 at 9:59 am

      hehe Luc!f3r

  9. Mal? says:
    July 7, 2019 at 3:17 pm

    Vvvvvv reethi mi part vas waiting for next ??❤️

    1. Belle says:
      July 8, 2019 at 10:00 am

      Thanks Mal belle love you Mal

  10. drax says:
    July 7, 2019 at 5:59 pm

    Reethi
    Curiously waiting for next part

    1. Belle says:
      July 8, 2019 at 9:59 am

      Thanks daily support drax

  11. Meekkomee says:
    July 7, 2019 at 8:16 pm

    V reethi..??? when is next part??

    1. Belle says:
      July 8, 2019 at 9:58 am

      Thanks v bodah. today next part

  12. Ishaa says:
    July 7, 2019 at 9:27 pm

    V v v reethi mi part ws

    1. Belle says:
      July 8, 2019 at 9:53 am

      Thanks Ishaa

  13. Gui dhabaru says:
    July 7, 2019 at 9:39 pm

    Reethi n what is nasfu?????

    1. Belle says:
      July 8, 2019 at 9:53 am

      oooh, e liyumuge kusheh, thanks buneli kamahtakaa

  14. Rifa says:
    July 7, 2019 at 10:38 pm

    Aharen ah vaahaka eh reethi vaanu madhu faharehga. Mi vaahaka hama first day in feshigen kiyaa hithun kiyaaleve. Vaahaka dhigu kuran beykaaru ehchis liyefaa nuhure.

    1. Belle says:
      July 8, 2019 at 9:52 am

      Thanks Rifa, rifa ge support aky belle ah mi story kuriah gendhiumah libey varah bodu hihvareh, thanks again

  15. Dhonthy says:
    July 8, 2019 at 5:55 am

    Belle❤️❤️❤️ Sorry for the late comment….. Aslu iyyaga dhonthi huree maaleyga… Ehenve comment konulevunee. Hama rashau aadhevumaai ekkoh mi comment kollee???vvv reethi ingey mi part ves?? Vv loabi… Curiously waiting for the next part… And dhonthi love you so much

    1. Belle says:
      July 8, 2019 at 9:50 am

      Thanks Donthy, your daily support is my strength. luv you bodukoh

  16. Shaa says:
    July 8, 2019 at 12:14 pm

    When next

  17. Flower girl says:
    July 8, 2019 at 7:27 pm

    Today koniraku story up kuraane

    1. Belle says:
      July 8, 2019 at 8:18 pm

      Morning ga up koffin, bt esfiya Team in adhi up nukuraathy nufennany, konme dhuvahaku morninga Up Kuran, thanks Flower girl ?????????

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 15←


All Right Reserved!