Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތްވެސް ދިނީމޭ 3

Sshau Level 110 Stories
July 13, 2019 One Min Read
11 Comments

ކައިލް ސިއްސައިގެން ދިޔައީ އިޔާޝް އޭނާގެ ގައިގައި ޖަހާލަމުންނެވެ. އޭރު އިޔާޝް ހުރީ ލާނެތް ފާޑަކަށް ހެވިފައެވެ. އިޔާޝް އަށް އޭނާ އެއަންހެން ކުއްޖާ އަށް ބަލަން ހުރިކަން އެނގުމުން ކައިލް އަށް ކޮންމެވެސް ވަރަކަށް ލަދުވެތިކަން އިހުސާސް ކުރެވުނެވެ. ނަމަވެސް އެކަން ނުދައްކާ ހަމަޖެހިލަމުން ކައިލް ވާހަކަ ދައްކަން ފެށިއެވެ. ” ހިނގާ މި ދިމާލުން ލާފަ ގެއަށް ދާން” ކައިލް އެހެން ބުނެލުމުން އިޔާޝް އަށް އޭނާ ހިފަހަށްޓައިގެން ހުރި ހިނިގަނޑު ފަޅާލަން މަޖުބޫރު ވިއެވެ. ” ހޫން… އަހަރެން ވާ ހިނގައި ދާނަން. އެކަމް ކައިލް އަށް ޒިވާ ފެންނަން ހުރިއްޔާ ހިނގާ ގަނެވޭނެ ހެންނެއް މަށަކަށް ހިއެއްނުވޭ ” ހިނގައި ގަންނަމުން އިޔާޝް ބުނެލިއެވެ. “ޒިވާ” ކައިލް މަޑުމަޑުން އެނަން ކިޔާލިއެވެ. ނަންވެސް މީހާ ހާ ރީއްޗެވެ. ކައިލް ބޯ ކަހާލުމަށް ފަހު އިޔާޝްގެ ފަހަތުން ހިނގައިގަތް އިރު އެތުންފަތް މަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ. ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާ އެކުހެން ކައިލްގެ ހިތުގައި ޒިވާ އާއި ދޭތެރޭ ޝައުގު ވެރިކަން އުފެދުނެވެ.

މޫދު ކައިރީގައި ގޮނޑު ދޮށަށް ބަލަހަށްޓައިގެން ހުރި ޒިވާގެ މޫނު މަތީގައި ވަނީ ލުއި ހިނިތުންވުމެކެވެ. ދެންމެ އެ ޒުވާނާ އާއި އެއްކޮށް ހިނގި އެކުޑަ ކުޑަ ހާދިސާ ޒިވާގެ ލޯ ކުރިމަތީގައި ސިފަވަމުން ދިޔައެވެ. ޒިވާ އަށް ނެނގުނީ އޭނާގެ ކޮންމެ ހަރަކާތަކަށް މައިހާ ވަރަށް ފަރުވާތެރި ކަމާއެކު ބަލަމުން ދާކަމެވެ. އިރު އޮށްސެން ކައިރިވުމުން ޒިވާ އާއި މައިހާ ހިނގައިގަތީ ގެއަށް ދިއުމަށެވެ.

“މަރީނާ މިރަށުގަ ނޫޅޭތަ މީރުކޮށް ހެދިކާ ހަދާ މީހެއް؟ މި ކައިލްއާ ކައިރާ ނިކަން ފޯރި ހުރޭ ވިއްޔަ ހެދިކާ އަށް. ހޮޓަލުން ގެންނަ އެއްޗެހިވެސް އެމީހުންނަށް ކަމަކު ނުދޭ އެއް ގޮތަކަށްވެސް. މިފަހަރު މިރަށަށް އަންނަމުން މަ ބުނިން މިރަށު ހެދިކާ ކާންދޭނަމޭ ދެމީހުންނަށް” ރޭގަނޑުގެ ކެއުން ނިންމާލުމަށް ފަހު މަރީނާ ކައިރީ ހަބަރު ބަލާލަން ސޯފައިގައި އިށީންނަމުން ކަމްލާ އަހާލިއެވެ. ” ނޫނޭ…މި ގެއާ ޖެހިގެން ހުރި ގޭގަ އުޅޭ މަންޖެ ނިކަން މީރު ވާނެ ހެދިކާ ހަދާލެއް…ކަމްލާގެ މައްސަލަ އެއް ނެތިއްޔާ އަހަރެން އެމަންޖެ ލައްވާ ހެދިކާ ކޮޅެއް މާދަމާ ހަވީރު ސަޔަށް ހަދާލަފާނަން ” މަރީނާ ކަމްލާގެ ވާހަކަ އަށް ރައްދު ދެމުން ބުނެލިއެވެ. ” އާން އަހަރެން އެއްވެސް މައްސަލަ އެއް ނެތް…އެކަމް ތިޔަބުނާ މަންޖެ ވާނެ މަށަށް ދައްކާލަން” ހެވިފައިހުރެ ކަމްލާ އެހެން ބުނެލުމުން މަރީނާ ހިނިތުން ވެލިއެވެ.

” އޭ ކޮއްކޯ އިޔާޝް އެ ދައްކަނީ ތެދު ވާހަކަ އެއްތަ؟” ކައިލްގެ ކޮޓަރިއަށް ވަދެގެން އަންނަމުން ކައިރާ ހެވިފައި ހުރެ އަހާލިއެވެ. އެއިރު ކައިލް އޮތީ ފޯނު ހިފައިގެންނެވެ. ކައިރާ ކޮޓަރިއަށް ވަދުމުން ފޯނު ނިއްވާލުމަށް ފަހު އެނދުގެ ހެޑް ބޯޑުގައި ލެނގިލިއެވެ. ” ކޮން ވާހަކައެއްތަ؟” ނޭނގޭ ކަމަށް ހެދެމުން ކައިލް އަހާލިއިރު އޭނާ ހިތުން އިޔާޝް އަށް ލައްކަ ފަހަރު ކުދި ކިޔެވެ. ” ދެން މާ ނޭނގެ ކަމަށް ހަދާނި ކަމެއް ނެތް…އިޔާޝް ބުންޔޭ ދޮންތި ކައިރީގަ ކައިލް އަށް މިއަދު ބީޗުން އަންހެން ކުއްޖަކު ފެނިގެން ދީވާނާ ވެގެން އުޅުނޭ” ކައިރާ ހެމުން ކައިލް ކައިރީ ބުނެލިއެވެ. ” ޕިސް..އެ އިޔާޝް ދައްކަފާނެ ކޮންމެ ފަދަ ވާހަކަ އެއްވެސް…ދޮންތި އަށް ހީވޭތަ އަހަރެން އަންހެން ކުއްޖަކާ ދޭތެރޭ ސީރިއަސް ވެދާނެހެން. ނޯވޭ! ” ވަރަށް ފޮނިވެލާފައި ކައިލް އެހެން ބުނެލިއެވެ. ކައިލް އެހެން ބުނުމުން ކައިރާ އެއްވެސް ވަރަކަށް ހިތެހަމަ އެއް ނުޖެހުނެވެ. ހަގީގަތުގައި ކައިލް އުޅޭ ގޮތް ކައިރާ އަކަށް އެއްވެސް ވަރަކަށް ކަމަކު ނުދެއެވެ. ކައިލް ކައިރީ އޭނާގެ އުޅުން ބަދުލު ކުރުމަށް ކައިރާ އަށް ނަސޭހަތް ދެވުނީ ކިހާ ވަރަކަށް ކަމެއްވެސް ނޭނގެއެވެ. މިވީހާ ތަނަށް އޭގެ އެދެވިގެންވާ ނަތީޖާ އެއް  ކައިލްގެ ފަރާތުންނެއް ނުފެނުނެވެ. ” ކޮއްކޯ ބައްޕަ ބުނުއްވިހެން ކޮއްކޮ ވެއްޖެ މިހާރު ތިއުޅޭ ގޮތް ދޫކޮށްލަން……ބައްޕަ އެރޭ އެހެން ބުނުއްވީ ބައްޕަ އަށް ކޮއްކޮ އަންހެން ކުއްޖެއް ގޮވައިގެން ކާރުގަ ދަނިކޮށް ފެނިގެން…މަންމަ ދޮންތަ ކައިރީގަވެސް އެހެން ބުނީ” ކައިރާ މީގެ ދުވަސްކޮޅެއް ކުރިން ބައްޕަ ދެއްކި ވާހަކަ ހަނދާން ކޮށްލަމުން ބުނެލިއެވެ.

ކައިލް އިޚްތިޔާރު ކުރީ ހިމޭން ކަމެވެ. ކައިރާ ދެއްކި ވާހަކަތަކާ މެދު ފުރަތަމަ ފަހަރަށް ކައިލް ވިސްނާލިއެވެ. ނަމަވެސް އެއްޗެއް ބުނާކަށް ކައިލް ގަސްތެއް ނުކުރިއެވެ. އޭނާ މިހާރު އެއުޅުން ދޫކޮށްލަން ބޭނުންވެއެވެ. ޒިވާ އާއި ދިމާވި ދުވަހުން ފެށިގެން ކައިލް ދިރިއުޅުމާމެދު ސީރިއަސް ވާން ބޭނުންވިއެވެ. ނަމަވެސް އެކަމަށް ހުރަސް އަޅާނީ ކައިލްގެ ސިކުނޑިއެވެ.

ފަތިހުގެ ފިނިކަން ފަޒާގެ ތެރޭގައި ހިފާފައިވެއެވެ. ގަސްތައްވެސް ޖެހިލާ ތެތް ފިނި ވައިރޯޅި އާއެކު މަޑު މަޑުން ހެލިލައެވެ. ގޯތި ތެރޭ އިލޮށި ފައްޗެއް ހިފާގެން ކުނިކަހަން އޮތް ޒިވާގެ މޫނު މަތިން ފެންނަނީ ވަރުބަލި ކަމެވެ. ބޮޑު ސިންގާ ގޯތި ތެރެ އެއްކޮށް ކުނި ކަހާ ނިންމާލިއިރު އޭނާ ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ވަރުބަލި ފިލުވާލުމަށްޓަކައި ޒިވާ ގޮސް އިށީނީ ޖޯލީގައެވެ. ހަމަޖެހިލުމަށް ފަހު ޒިވާ އޭނާގެ ދިރިއުޅުމާމެދު ވިސްނާލިއެވެ.                                   އުމުރުން 20 އަހަރު ވާއިރުވެސް ޒިވާ އަކީ އެއްވެސް ކަހަލަ ވަޒީފާއަކަށް ދާމީހެއް ނޫނެވެ. އެއީ ދާން ބޭނުން ނުވާތީ އެއް ނޫނެވެ. އޭނާގެ  މަންމަ އެކަމާ ގަބޫލު ނުވާތީއެވެ. ޒަހުރާ ބޭނުންވަނީ ޒިވާ ވީހާވެސް އަވަހަކަށް މީހަކާ ކައިވެނި ކުރުވާށެވެ. ނަމަވެސް ޒިވާ އަދި ދިރިއުޅުމެއް ފަށާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވަނީ އަދިވެސް ކިޔެވުމަށެވެ. ރަށުން ތައުލީމު ހާސިލް ކުރެވެން އޮތް އެންމެ މައްޗަކަށް ޒިވާ ތައުލީމު ހާސިލް ކުރިއެވެ. އޭ ލެވެލް ހެދުމުގެ ފުރުސަތު ރަށުން ލިބެން ނެތުމުން ޒިވާ އޭލެވެލް ކިޔަވާކަށް ގަސްތެއް ނުކުރިއެވެ. ގުރޭޑު 10 ނިމުނީއްސުރެ ޒިވާ އުޚެމުން ދިޔައީ ގޭގައި މަސައްކަތް ކުރަމުންނެވެ. އިތުރަށް ކިޔެވޭނެ ފުރުސަތެއް އޭނާގެ މަންމަ ޒަހުރާ ހޯދައެއް ނުދިނެވެ. ޒިވާ އެކަމާ ދެރަވެއެވެ. އެއުމުރުގެ އެހެން ކުދިން މައްޗަށް ކިޔަވާތީ ޒިވާވެސް ކިޔަވަން ބޭނުންވެއެވެ. ނަމަވެސް ޒަހުރާ ކައިރީ ޝަކުވާ އެއް ނުކުރެއެވެ. އޭނާގެ އުންމީދަކީ މާލެ ދެވުނު ދުވަހަކުން ޓީޗިން ކޯސް ހަދައިގެން ރަށަށް ޚިދުމަތް ކުރަން އައުމެވެ. ނަމަވެސް ސުވާލަކީ ޒިވާގެ އެ އުންމީދު ފުރިހަމަ ވާނެބާއެވެ؟

ޚިޔާލުތަކަށް ގެއްލިފައި އޮތް ޒިވާ ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ނަމުން ގޮވާލުމުންނެވެ. އޭނާއަށް ގޮވީ މަރީނާއެވެ. “ކޮން ކަމަކާ މާވިސްނަނީ ތި؟” ޒިވާއިން ޖޯއްޔާއި ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން މަރީނާ އަހާލިއެވެ. ” ކަމަކާ ނުވިސްނަން……މަރިންތަ ކަމަކުތަ؟” މަރީނާގެ މޫނަށް ބަލާލަމުން ޒިވާ އަހާލިއެވެ. ” އާން އެ އާބިދާ މެންގޭ ކައިވެންޔަށް އައިސް ތިބި މީހުންނަށް މިއަދު ހަވީރު ސައި ހަދަން ވެގެން މަރިންތަ މިއައީ ޒިވާ ކައިރީ ހެދިކާ ކޮޅެއް ހަދާދޭށޭ ބުނަން ކަމަށް” މަރީނާ އޭޏާ އެގެއަށް އައި ބޭނުން ބުނެލިއެވެ. ” ތީ އެއްވެސް ކަމެއް ނޫނޭނުން…..މަރިންތަ ބުނޭ ހަދަންވީ އެއްޗެހި…އޭރުން އަހަރެން ތިޔަ ހަދާލަ ދީފާނަން” ޒިވާ ބުނެލިއެވެ. މަރީނާ ހަދަންވީ އެއްޗެހި ޒިވާ އަށް ކިޔައިދިނުމަށް ފަހު ދިޔައީ ހަވީރު ހެދިކާ ހިފާގެން އެގެއަށް އައުމަށް ބުނެފައެވެ. ޒިވާ ދާނެ ކަމަށް ބުނުމަށް ފަހު މަރީނާ ދިއުމުން އަވަސްވެގަތީ ހެނދުނު ސައި ހެދުމަށެވެ. އަތްމަތި އަވަސް ކުރަން ފެށީ ޒަހުރާ ސަިބޯން އަންނަ ގަޑި ކައިރިވާތީއެވެ. ކުޅިމަސް ހަދާލުމަށް ފަހު ރޮށި ފިހެ ނިމުނު އިރު 9:30 ވެއްޖެއެވެ. މޭޒުމައްޗަށް ކާން އަރުވާ ނިމުނުތަނާހެން ޒަހުރާ ކާން އައެވެ. ޒިވާ އަވަސްވެގަތީ ޒަހުރާއަށް ކަޅުސައި ތައްޓެއް ގިރާދިނުމަށެވެ. ސައިފަތް ޕެކެޓެއް ލުމަށްފަހު ހަކުރު އަޅާފައި ހޫނުފެން އަޅަމުން ގިރަންފެށިއެވެ. މޭޒުމަތީ ސައިތަށި ބަހަށްޓާލަމުން ޒިވާ ވާހަކަ ދައްކަން ފެށިއެވެ. ” މަންމާ މަރިންތަ ބުނީ މިަދު ހަވީރަށް ހެދިކާ ކޮޅެއް ހަދާލަދޭށޭ އަޅުގަނޑު ކައިރީގަ.” ޒިވާ ބުނެލިއެވެ. ” ދެން ހެދީމަ ވީއޭނުން!” ރުންކުރު ރާގަކަށް ޒަހުރާ އެހެން ބުނުމުން ޒިވާ ހިތުގައި ޖެހުނެވެ. މަންމަގެ ހިތުގައި އޭނާ އާއި ދޭތެރޭ ލޯބީގެ ކަންފުޅުވެސް ނެތީބާއޭ ޒިވާ ހިތަށް އެރިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ބުނުމެއް ނެތި ޒިވާ މަޑުން ހުރީ އެއްޗެއް ބުނުން އެއީ ބޭކާރު ކަމެއްކަން އެނގޭތީއެވެ،

ހަވީރުގެ ހިތެ ފަސޭހަ ވަގުތެވެ. ޒިވާ ތަށި ތައްޓަށް ހެދިކާ އަޅާލުމަށްފަހު ހުރިހާ ތަށިތަކެއް ހިފައިގެން މިސްރާބު ޖެހީ މަރީނާ މެންގެއަށެވެ. ހުރިހާ ތަށިތަކެް ހިފައިގެނ ގެއިން ނިކުމެގެން ގޮސް މަރީނާ މެން ގެއާ އަރާ ހަމަވުމުން އެއް އަތުން ތަށީތައް ހިފާލުމަށް ފަހު ދޮރާށި ތަޅުގައި ހިފާލިއެވެ. އެވަގުތަކީ ގޭތެރޭގައި ހުރި މީހާވެސް ތަޅުގައި ހިފާލި ވަގުތު ކަމުން ދެމީހުން ކުރެ އެކަކަށްވެސް ދޮރެއް ނުހުޅުވުނެވެ. ޒިވާ އަވަހަށް ތަޅުން އަތް ދޫކޮށްލިއެވެ. މަޑުމަޑުން އެތެރޭގައި ހުރި މީހާ ދޮރާށި ހުޅުވާލުމާއެކު ޒިވާގެ މޫނު މަތިން ފެނިގެން ދިޔައީ ހައިރާން ކަމެވެ. މީނާ މިތާ ކީއްކުރަނީހޭ ޒިވާ ހިތަށް އެރިއެވެ.

ތަޅުގައި ހިފަހަށްޓާއިގެން ހުރި ކައިލް އަށް ކުރިމަތީގައި ހުރި ޒިވާ ފެނިފައި ބަލަހަށްޓައިގެން ހުރެވުނީއެވެ. އެއްވެސް ހަރަކާތެއް ގެންނަން ނޭނގިފައެވެ. އޭނާ އަށް މިަދު އަދި ކިރިޔާ މި ޒިވާ ފެނުނީ އެވެ. އިޔާޝް އާއިއެކު ޒިވާ ފެނޭތޯ އެގޭ ކައިރިން ހިނގުނު ވަރެއްވެސް ކައިލް އަކަށް ނޭނގެއެވެ. ކުއްލިއަކަށް ޒިވާ ފެނުމުން ކައިލްގެ ނަޒަރު ޒިވާ ނޫން އެހެން މީހަކަށް ވަކިކޮށްލަން ކައިލްގެ ހިތް އެއްބަހެއް ނުވިއެވެ. ބޭނުންވީ އެރީތި މޫނަށް ބަަލަހަށްޓައިގެން ހުންނާށެވެ. ކުރީ ދުވަހެކޭވެސް އެއްގޮތައް މިަދުވެސް ޒިވާ ހުރީ އިސްތަށިގަނޑު މައްޗައް ނަގާލުމަށް ފަހު ހުޅީ އެއް ޖަހާފައެވެ. ލައިގެން ހުރި ކަޅު ކުލައިގެ ހެދުން ޒިވާ އާއި ވަރަށް ގުޅެއެވެ. ހެދުމުގެ އަތް ލޭސް ފޮތިން ފަހާފައިވުމުން އެއަތުގެ ދޮންކަން ހާމަވާން ހުއްޓެވެ. ކައިލް ބޭޏުންވީ އެކުވެރިވެލާ ޒިވާ އާއި ވާހަކަ ދައްކާލުމަށެވެ.

ޒިވާގެ ހާލަކީ ކޮބާތޯއެވެ؟ މިަދު އެއްގޮތަކަށްވެސް ނުފެނި ހުރެފައި ކުއްލިއަކަށް ކައިލް ފެނުމުން ޒިވާ އަށްވެސް ބަލަހަށްޓާއިގެން ހުރެވުނީއެވެ. ކަޅުރަތް ކުލައިގެ ގަމީހަކާ ގަދަނޫކުލައިގެ ޖިންސެއްގައި ކައިލް ފެންނަލެއް ނުހަނު ހިތްގައިމެވެ. ގަމީހުގެ އަތް އުޅަބޮށްޓާއި ހަމައަށް އިޅާފައި ވުމުން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ދެޒުވާނުން އެކަކު އަނެއްކަކުގެ ލޮލަށް ގެއްލިފައި ތިއްބާ ޒިވާ ސިއްސައިގެން ދިޔައީ ކައިލް ކޮށްލި ކަމަކުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sshau

Level 110 Stories

Other Articles

Previous

މަގޭ ވާހަކަ

Next

އަހަރެން އެނބުރި އަންނާނަން! (16 ވަނަ ބައި – ފަހުބައި)

Next
July 13, 2019

އަހަރެން އެނބުރި އަންނާނަން! (16 ވަނަ ބައި – ފަހުބައި)

Previews
July 13, 2019

މަގޭ ވާހަކަ

11 Comments!

  1. Jungkook says:
    July 13, 2019 at 7:58 am

    Mee first dhw Yeyy ❤️?❤️❤️??Varah Varah reethi mi bai so when the nxt prt?

    1. Sshau says:
      July 13, 2019 at 9:01 am

      Thanks dear…. Next part liyevunu haa avahah up kohlla dheynan

  2. Sshau says:
    July 13, 2019 at 9:05 am

    Here is the third part of the story ☺️☺️❤️ Hope you will like it…. Feel free to comment ❤️ ❤️

  3. jiji says:
    July 13, 2019 at 9:10 am

    Ma Sha Allah???…V kiyaa hithun indha mi bai vec nimuny???…Mi part vec as usual v v obi enge❤❤❤…Zivaa nd kail???..So cute..I can imagine each n Every scene..Whn next ???..nd dear..layaaly kairii bunahchey habareh velahchey???..btw keep going enge..Lysm sissy

    1. Sshau says:
      July 13, 2019 at 9:18 am

      Aaaw thanks jiji… I always wait for your comment❤️❤️❤️ LYM☺️? Yh layaaly & I will be bxy from Saturday day… our unit tests will be started on Sunday…. But i will tell her Insha Allah ☺️❤️???

    2. Luc!f3r says:
      July 14, 2019 at 2:19 am

      Layaaly? Author layaaly? U two are same class? Hus kuda kudhin dhw molhethi koh vaahaka miliyany mithaa.. Expecting to see good results when u do ur GCEs.. Good luck with both studies and the story..

  4. Shaakko says:
    July 13, 2019 at 12:36 pm

    Varah reethi…Maa sha Allah…When is next part…

    1. Sshau says:
      July 13, 2019 at 12:54 pm

      Next part liyevunu haa avahah up kohlla dheynan ?❤️?

  5. laalla says:
    July 13, 2019 at 2:08 pm

    vvvvvvvvvv…. reethi masha allah. kon irakun next part

    1. Sshau says:
      July 13, 2019 at 8:24 pm

      Thanks… ❤️ ❤️ Next part insha allah liyevunu haa avahah up kohlla dheynan ? ❤️ ?

  6. Sshau says:
    July 14, 2019 at 5:49 am

    Thx Luc!f3r ?❤️?☺️☺️

Comments are closed.

Next Episodeހިތްވެސް ދިނީމޭ 4←


All Right Reserved!