ހިތްވެސް ދިނީމޭ 2
ކުރިމައްޗަށް ނުބަލާ ބާރު ބާރަށް ހިނގަމުން ގޮސް ގެހިގެން އިން ގޯޅިއަށް އަޅަލިތަނާ ފައި އަޅާލެވުނު ގޮތުން އަރި އަޅާލައިގެންގޮސް ޒިވާ ވެއްޓެން ދިޔައެވެ. ވެއްޓެން ދަނިކޮށް ލޯމަރާ ލުމަށްފަހު ތޫލި އަޑަކުން ޒިވާއަށް ހަޅޭއްލަވައި ގަނެވުނެވެ. ނަމަވެސް ވެއްޓުމުގެ ކުރިން ބާރުގަދަ އަތަކުން އޭނާ ވެއްޓުނަ ނުދީ ކޮންމެސް މީހަކު ހިފެހެއްޓިއެވެ. އެމީހާގެ އަތުތެރޭގައި އޮވެ ޒިވާ މަޑު މަޑުން އޭނާގެ ލޯ ހުޅުވާލީ އެއީ ކާކުތޯ ބަލާލުމަށެވެ. ކުރިމަތީގައި ހުރި މީހާ ފެނިފައި ޒިވާ ލާން އުޅުނު ނޭވާ ވެސް ތާށިވި ކަހަލައެވެ.
*****************************************************
މުށިކުލައިގެ ރީތި ދެލޮލެވެ. ކަޅުކަން ގަދަ ބުމައެކެވެ. ހަށިގަނޑު ރީތިކޮށް ބަލެހެއްޓުމަށް ލޯބިކުރާކަން ރީތި ކަސްރަތީ ހަށިގަނޑުން އެނގިގެން ދެއެވެ. ފަން އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ހަދާފައެވެ. ބާރުގަދަ މުލައްދަނޑި އެކެވެ. އެޒުވާނާ ޖަހައިފައި ހުރި ސެންޓްގެ ވަސް މީރު ކަމުން ޒިވާ އަށް ނޭވާ އެތެރެއަށް ދަމާލެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. އެޒުވާނާ އާއި ހަތަރު ކަޅި ހަމަވި ހިނދު ޒިވާގެ ގައިގާވާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. އަންހެން ކުދިން ހިތް ކަތިލާފަދަ ތޫނު ނަޒަރެކެވެ. ޒިވާ އަށް ހަމަ ބިމަށް އާދެވުނީ އެގޮތް ނޭނގޭ ޒުވާނާ އޭނާ ގައިން ދޫކޮށް ލުމުންނެވެ. ދިޔަ ބާރު މިނުގައި ޒިވާ ގޮސް ޖެހުނީ ވެލިގަނޑު މަތީގައެވެ. ފަޔަށްަ ތަދުވުމުން ފައިގައި އަތް ހާކަމުން އިނދެ އެޒުވާނާ އަށް ޒިވާ ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ.”މިއީ ހާދަހާވާ ފޮނި ފިރެހެނެކޭ….ޔަގީނޭ މިއީ މާލެ މީހެއްކަން…އަދި ހެވިފަ ބަލަން އެބަހުއްޓޭނުން…ހިތައް އަރާ އަނގަމަތީގަ ޖަހާފާނަމޭ ވެސް…” އަމިއްލަ ނަފްސަށް އިވޭވަރަށް މަޑުމަޑުން ޒިވާ އޭނާ އާއި ދިމާއަށް ކުދި ކިޔެވެ.
” އިޔާޝް މިރަށު އަންހެން ކުދިންނަށް ނޭނގެނީތަ ބަލައިގެން މަގުމަތީގަ ހިނގަންވެސް… ތަނަކުން ރީތި މީހަކު ނުފެނިފަ ތިބޭ ބައެއްދޯ މިއީ” ޒިވާގެ މޫނަށް ބަލަން ހުރެ އޭނާ އާއި ޖެހިގެން ހުރި އިޔާޝް ކައިރީގައި އެޒުވާނާ އެހެން ބުނެލީ އަމިއްލަ ރީތި ކަމާމެދު ފަޚުރު ވެރި ވަމުންނެވެ.” އޯ ޕްލީޒް… އިޓްވޯސް އޭން އެކްސިޑެންޓް….އަހަރެން ކޮންމެހެން ތިމީހައާ އެއްކޮށް މި މަގުމަތީގަ މާ ރޮމޭންޓިކް ސީން އެއް ކުޅެން ބޭނުން ވެގެން ކުރި ކަމެއް ނޫން އެއީ..އެހެން ނޫނަސް ބުނަންތަ ރަނގަޅު ވާހަކައެއް… ހީނުކުރައްޗޭ ތިމާގެ ސިފަ ރީތި ވީމަ ދެން ތިމާވަރުގެ ރީތި މީހަކު ނުހުންނާނެއޭ..ތިއީ މާލެ ފެން ބޮއެގެން އުޅޭ މީހުންގެ ވައްތަރު….ތިޔަ ތިބެނީ ތިމާއަށް ތިމާ ފެނިފަ…އަދި ބުނަން ތިމީހާވެސް މަގުމަތީގަ ހިނގާފަ ދެން އަންނާނީ ބަލާގެން…. ފޮޓޯ ނަގަން ބޭނުމިއްޔާ ދާނީ އަތިރިއަށް…ބޮޑު މަގުމައްޗަކަށް ނޫން” އެ ޒުވާނާގެ ކަރުގަ އަޅުވާފައި އޮތް ކެމެރާ ފެނުމުން އޭނާ ނިކުމެ އެއުޅެނީ ފޮޓޯ ނަގަންކަން ޒިވާ އަށް އެނގުނެވެ.
ޒިވާ ހިތްހަމަ ޖެހޭ ވަރަށް އެއްޗެހި ކިޔާލުމަށް ފަހު ފިހާރައަށް ދާން މިސްރާބު ޖެހީ ހައްތަހާވެސް ލަސްވާތީއެވެ. ޒިވާ ދިޔަ ތަން ބަލަން ހުރި އިޔާޝްގެ ހިނިގަނޑު ފަޅާގެން ދިޔައީ އެހިސާބުންނެވެ. “ސާބަސް ކައިލް އަށް….ހަމަ މީހަކު ރުޅި އަރުވާ ނުލެވެންޏާ ހިތް ހަމަ ނުޖެހެނީ ދޯ؟” ކައިލްގެ ގައިގައި ޖަހާލުމަށް ފަހު އިޔާޝް އެހްން ބުނެލި އިރު ކައިލް ވެސް ހުރީ ހެވިފައެވެ. މި ވީހާތަނަށް އައިއިރު އޭނާ އާއި އެގޮތައް އަންހެން ކުއްޖަކު ވާހަކަ ދެއްކި މީ ފުރަތަމަ ފަހަރެވެ. އަންހެން ކުދިން ތިބެނީ އޭނާގެ ބެލުމަކަށް އޭނާގެ ހިނިތުން ވުމަކަށް އެދި އެދިއެވެ. ނަމަވެސް މި ގޮތް ނޭނގޭ އަންހެން ކުއްޖާގެ ފަރާތުން ކައިލް އަށް ފެނުނީ މުޅިން އާދަޔާ ޚިލާފު ސިފައެކެވެ. ކައިލްގެ ހިތުގައި އެ އަންހެން ކުއްޖާ އާއި ދޭތެރޭ ޝައުޤުވެރިކަން އުފެދުނެވެ. އެކުއްޖާ އިތުރަށް ރުޅި އަރުވާލަން ބޭނުންވިއެވެ. އެއްރަށެއްގަ އުޅެންޏާ ފެންނާނެތާއޭ ކައިލް ހިތަށް އެރިއެވެ. ނަމަވެސް ކައިލް އަށް ނޭނގުނީ ކުރަން މިއުޅޭ ކަމެއްގެ ސަބަބުން ކައިލްގެ މުޅި ދިރިއުޅުން ބަދަލު ވެގެން ދާނެ ކަމެވެ
ފިހާރައިން އައިސް ގެއަށް ވަތް ޒިވާގެ މޫނު މަތީގައި ވަނީ ރުޅިވެރި ކަމެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން ހިނގާ ދިޔަ ކަންތައް އޭނާގެލޯކުރިމަތީގައި ތަކުރާރުކޮށް ސިފަވަމުން ދާ ކަހަލައެވެ. ބަދިގެ އަށް ވަތް އިރު ގޭތެރެއިން ޒަހުރާގެ ޚަބަރެއް ނުވާތީ ޒިވާ ހިތްހަމަ ޖެހުނެވެ. ކޮޓަރީގައި އޮތީކަން ޒިވާ އަށް އެނގުނެވެ. ވަރަށް އަތްމަތި އަވަސް ކޮށްލުމަށް ފަހު ޒިވާ ހެނދުނުގެ ނާސްތާ ތައްޔާރުކުރިއެވެ. ޒަހުރާ އަށް ގޮވާލުމަށްް ފަހު ސައިބޯން އައުމަށް ބުންޏެވެ. ޒަހުރާ ނިކުމެގެން އައިސް ސައިބޯން ފެށިއެވެ. ނަމަވެސް ލަހުން ސައި ލިބުމުގެ ސަބަބުން ޒިވާ އާއި ދިމާއަށް އެއްޗެހި ކިޔެވެ. ޒިވާ ލަހުން ހޭލެވުނީތީ ޒަހުރާގެ ކިބައިން މަޢާފަށްވެސް އެދުނެވެ. ނަމަވެސް ޒަހުރާއެއް އެ އަޑޭއް ނާހައެވެ. މަންމަގެ މި އަމަލުން ޒިވާގެ ހިތުގައި ވަރަށް ބޮޑަށް ޖެހުނެވެ. އެއީ އެއްވެސް ކަމެއްނޫނޭ ބުނެ ޒިވާގެ ބޮލުގައި ލޯބިން ފިރުމާލާނެ ނަމައޭހިތަށް އެރިއެވެ. ރޮވޭނެކަން ޔަގީންވުމުން ޒިވާ ގޮސް ހުއްޓިލީ އުނދުން ކާރީގައި ޒަހުރާ އަށް ނުފެންނާނެ ގޮތަށެވެ. ކަރުނަތައްހިންދާލުމަށް ފަހު ޒިވާ ކާމޭޒު ކައިރިއަށް ދިޔައީ ޒަހުރާ ކެއި ތަށިތައް ނެގުމަށެވެ. ޒިވާ އެކޭ އެގޭގައި ގެންގުޅޭ ނޯކަރެއް ކަހަލއެވެ ކައްކާފައި ކާން ގޮވުމުން ޒަހުރާ ނިކުމެގެން އައިސް ކައިގެން އަނެއްކާވެސް ކޮޓަރިއަށް ވަންނަނީއެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އެނޫން އެހެން ދުވަހެއް ދައްކަވާތޯ ޒިވާ އަށް ދުޢާ ކުރެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. ޒަހުރާ އޭނާ އަށް އަނިޔާ ނުކުރާތީ ޒިވާ އެކަމާ އުފާ ކުރެއެވެ. ނަމަވެސް އެޅަހިތް ވަނީ މަންމަ އެއް ލޯތްބާއި އަޅާލުމަށް ފެން ބޮވައި ގަނެފައެވެ. ބަދިގެ ތެރެ ހަމަ އަކަށް އަޅުވާލުމަށް ފަހު ގޯތި ތެރެ ކުނިކަހާލިއެވެ. ވަރުބަލިވެފައި ހުރުމުގެ ސަބަބުން ޖޯލީގައި އޮށޯވެލިއެވެ. އެއާއެކު އަނެއްކާވެސް ހަނދާނަށް އައީ ފިހާރައަށް ދިޔަ މަގުމަތީ ދިމާވި ކަންތައްތަކެވެ. މޫނަށް ވައްތަރެއް ޖައްސާލުމަށް ފަހު ޒިވާ ގެއިން ނިކުމެގެން ގޮސް މިސްރާބު ޖެހީ އެގެއާއި ޖެހިގެން ހުރި ގެއަށެވެ..
“ޢައްސަލާމު ޢަލައިކުމް” ދޮރާށި ހުޅުވާލުމަށް ފަހު އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ޒިވާ ސަލާމް ގޮވާލިއެވެ. ” ވަޢަލައިކުމް ސަލާމް” ގޯތި ތެރެ ކުނިކަހަން އޮތް މެދު އުމުރުގެ އަންހެނަކު ޒިވާ ފެނުމުން ހިނިތުންވެ ހުރެ ސަލާމް ބަލައިގަތެވެ. ” މަރިންތާ ކޮބާތަ މައި؟” ޒިވާ އެއަންހެން މީހާ ކައިރީ އަހާލިއެވެ. އެއީ ޒިވާގެ އެންމެ ގާތް އެކުވެރިޔާ މައިހާގެ މަންމަ މަރީނާ އެވެ. “މައި ވެއްޖެ ސައިބޮއިގެން ކޮޓަރިއަށް ގޮސް…ކަނބުލޮ ގޭތެރޭގެ މަސައްކަތް މިހާރު ނިންމާލީތަ؟” ޒިވާގެ ސުވާލަށް ޖަވާބު ދެމުން މަރީނާ އަހާލިއެވެ. ” ލައްބަ….ނިންމާފަ މިއައީ…މަރިންތަ މިއަދު ހާދަ ލަހަކުން ތިޔަ ކުނި ކަހަނީ؟” ޒިވާގެ ހިތުގައި އުފެދިފައިވާ ސުވާލު އޭނާ ކޮށްލިއެވެ. “އާން އެއީ އާބިދާ މެންގޭ ސޮރު ކައިވެންޏަށް އައިސްގެން އުޅޭ މީހުން މިގޭގަ ތިބެނީ…އެމީހުންނަށް ހެނދުނު ސައި ދީހަދާފަ އަދިކިރިޔާ މި އަވަދިވީ” މަރީނާ ވީގޮތް ކިޔާ ދިނުމުން ޒިވާ އެހެންހޭ ބުނެލުމަށްފަހު ގޭތެރެއަށް ވަދެގެން ގޮސް މައިހާގެ ކޮޓަރި ދޮރުގައި ޓަކި ޖެހިއެވެ. “ހޫން ކަމަނާއަށް އަންނަން އެނގިއްޖެ ދޯ…ގޯހެއް ނޫން ދެދުވަސް މިދިޔައީ ނުވެސް ފެނިލާ” ކޮޓަރި ދޮރު ހުޅުވާލި މައިހާ އަށް ކުރިމަތީގައި ހުރި ޒިވާ ފެނުމުން ފުރަތަމަ ވެސް ކޮށްލީ ޝަކުވާއެވެ. ” ހާން މަ އެކަނިތަ ފެންނަންވީ…މައި ވެސް ވަކި ހަބަރެއް ނުވޭ” މައިހާ ގައިގައި ޖަހާލަމުން ޒިވާ ބުނެލިއެވެ. ދެކުދިން ވާހަކަ ދައްކަން ތިބުމަށްފަހު ޒިވާ ގެއަށް ދާން ނިކުތީ މެންދުރު ނަމާދު ބަންގި ގޮވާ އަޑު އިވުމުންނެވެ. ޒިވާ އާއި މައިހާ ވަކިވީ ހަވީރު ހިނގާލަން ދާން ރޭވުމަށް ފަހުގައެވެ.
ހަވީރުގެ ހިތް ފަސޭހަ ވަގުތެވެ. އަތިރިމަތީ ހިނގާލައިފައި ދިޔަ ކައިލް އާއި އިޔާޝް އަށް އެތައް އަންހެން ކުދިންގެ ތޫނު ނަޒަރުތައް ސީދާ ވެއެވެ. ހާއްސަ ކޮށް ކައިލް އަށެވެ. އޭނާ ލައިގެން ހުރި ހުދު ކުލައިގެ ގަމީހާ އެއްކޮށް ލައިފައިވާ އައިސް ބްލޫ ޖީންސްގެ ޖީބަށް އަތް ޖަހާލައިގެން ދިޔައިރު ކިތަންމެ ހާވެސް ސްމާޓެވެ. ގަމީހުގެ އަތުކުރި އުޅަބޮށްޓާ ހަމައަށް އޮޅާލާ ފައެވެ. އަތުކުރީގައި އަޅާފައި ވަނީ އެންމެ ފަހުގެ ގަޑި އެކެވެ. ހިނގަމުން ދިޔަ ކައިލް ގެ ނަޒަރު ކުރިމަތިން ހިނގައިފައި އައި ދެ އަންހެން ކުދިންނަށް ހުއްޓުނެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ މިަދު ހެނދުނު ކައިލް އާއި ދިމާވި ކުއްޖާކަށް އެނގުނެވެ. ފުރަތަމަ ފަހަރަށް އެއަންހެން ކުއްޖާ އާއި ދިމާއަށް ރަނގަޅަށް ބަލާލިއެވެ.
ކަޅުކަން ގަދަ އިސްތަށި ގަނޑެކެވެ. ލައިފައިވާ މަޑު ނޫކުލައިގެ ގަމީސް ކޮޅު އެދޮން ހަށިގަނޑާ ނުހަނު ގުޅެއެވެ. ބޮލުގެ އިސްތަށި ގަނޑު މައްޗަށް ނަގާލުމަށް ފަހު ހުޅި އެއް ޖަހާފައި ވާއިރު އެ ދޮން ކަނދުރާ އޮތީ ހާމަ އަށެވެ. ވައި ޖެހުމުގެ ސަބަބުން ބައެއް ކުރު އިސްތަށިއައް މޫނަށް އެޅުމުން އެއް ފަރާތް ކޮށްލާ ގޮތް ކައިލް އަށް ވަރަށް ކަމުދިޔައެވެ. އެއްވެސް ވަރަކަށް މޭކަޕް ބޭނުން ކޮށްފައި ނެތަސް ނުލާޙިކު ރީއްޗެވެ. އިސްދަށަށް ޖަހައިގެން ހިނގަމުން އައިރު ކައިރީގައި ހުރި ކުއްޖާ ދޭތެރެ ދޭތެރެއިން ބުނެލާ އެއްޗެއްސަށް ހީލާއިރު ދެކޮލަށް އެޅޭ އަޑި ކޮޅުގެ ސަބަުން ރީތިކަން ދެގުނަ އަށް އިތުރު ކޮށްދެއެވެ. ރީތިކަން ހުސް ކޮށްގެން ހުރި ޕަރީއެއް ފަދަ އޭ ކައިލްގެ ހިތަށް އެރިއެވެ. އެހާވެސް އެއަންހެން ކުއްޖާ ކައިލް އަށް ރީތި ވިއެވެ.
މައިހާގެ މަޖާ ވާހަކަތައް އަޑު އަހަމުން ހެމުން ދިޔަ ޒިވާ އަށް މީހަކު އޭނާއަށް ބަލާ ކަހަލަ އިހުސާސެއް ކުރެވުމުން ކުރިމައްޗަށް ބަލާލިއެވެ. އެވަގުތު ކައިލް އާއި ޒިވާގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ކުރީ ފަހަރެކޭ އެއްގޮތައް މިފަހަރުވެސް ޒިވާ އަށް ކައިލް އާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ އެއްވެސް އިޚްތިޔާރަކާ ނުލައެވެ. ކައިލްް ވެސް މިފަހަރު ޒިވާގެ ލޮލާ ނަޒަރު ވަކިކޮށްލަން ބޭނުން ނުވި ކަހަލައެވެ. ދެޒުވާނުން އެކަކު އަނެއްކަކަށް ބަލަން ތިބި އިރު ވަށައިގެންވީ މާހައުލުގައި ހިނގާ އެއްވެސް ކަމެއް ނޭނގޭ ކަހަލަ އެވެ.
އެރީތި ވަގުތު ކޮޅު ނިމިގެން ދިޔައީ މައިހާ ޒިވާގެ ގައިގައި ޖަހާުމުންނެވެ. ޒިވާ ސިއްސައިގެން ގޮސް ކައިލްގެ ލޮލުން ނަޒަރު ވަކި ކޮށްލުމަށް ފަހު މައިހާގެ މޫނަށް ބަލާލި އިރު މައިހާ ހުރީ ލާނެތް ފާޑަކަށް ހެވިފައެވެ. ޒިވާ މާ ނޫން ކަމަށް ހަދާލުމަށް ފަހު އަނެއްކާވެސް ކައިލްގެ މޫނަށް ބަލާލިއެވެ. އަދިވެސް ކައިލް އޭނާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރިކަން އެނގުމުން ޒިވާ ލަދުގަތެވެ. ނަމަވެސް އެކަން ނުދެއްކުމަށްޓަކައި ކައިލްގެ މޫނަށް ބަލާލުމަށްފަހު ވައްތަރެއް ޖައްސާލިއެވެ. ޒިވާ ޖައްސާލި ވައްތަރު ފެނުމުން ކައިލް ހެން ފެށިއެވެ. ޒިވާ އަށްވެސް ހެވުނީ އެއްވެސް އިޚްތިޔާރަކާނުލައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.


A busy time.. Kiyaalaafa comment koaanan
its ook..waiting for your comment
Wow.. Like this.. Curious abt why her mom is like that.. Some mums seriously r like that
Here is the 2nd part of the story…hope you all will like this part….Mistakes huriyya bunelahchey….feel free to comment
Varaah salhi
When next part
Thx Next part Insha Allah wednesday ga up kureveythw balaanan…actually schl ga bxy v ma vhk liyaakah time eh nulibey…sry for that
Sshau❤❤So sorry kuree dhuvahuge part au comment nukurevuneema ingey?????But mi vaahakaige mi 2 parts ves hama vvvv reethi???????waiti g for the next part and love you so much❤❤❤❤❤
its ok Dhonthee thx for the comment & Luv u more ☺️☺️☺️?
Vaahaka varah reethi…sufakurun varah nala…ekam typeing mistakes ebahuri.ekan kan rangalhu kohlauchey deer….if u need help in proof reading I can help u….just let me know ????
Thx next time i will correct those mistakes ??☺️?
Wow aslu vex varah salhi. Lahun comment mikurevunii ma sorry ingey. Busy dhovaskolhuga ves vaahaka genesdheythi varah ufaavehje. Your story is the best. I love this story. I will tell u something later. ❤❤❤❤❤❤❤❤❤❤❤❤❤❤
Thx layaa ☺️☺️☺️ Im curious to know what u are going to tell☺️☺️???
Layaaly ge vaahka dhn up nukran thr????
Ma Sha Allah?❤…Mi part vec vv rythi??????…Yuh have improved alot…. Good job dearr??????…Nd Imma so curious to knw wats gonna b happen next..
Lysm Sshau??????
Thx jiji ❤️☺️ Lets see what happens next dhw???? Ly more ☺️☺️??
Dear readers! Im sry mi week ga faharehgga vhk up nukohdhevi dhaane… Schl ge event ehgga vrh vrh bxy kn miulheny.. Studies ah focus kuran jehey free time ga… Hope u all will understand my situation! Im really sry for this??
INSHA ALLAH next week ga up kohdheynan! ?❤️☺️
When next part dhn up nukuraa gothah tha??
Haadha gina dhuvahekeyyy
Sry vrh bodah…. bxy v ma up nukureveni….Insha Allah maadhama vhk up vaane… Pending ga iny… Sry Dear?? Keep waiting