އައިރީން 3
”ތެންކު ޔޫ ސޯ މަޗް.. ފޯ ދިސް އެކުސްޕެންސިވް ގިފްޓް…” އަނިލް އަށް އައިރީން އުފަލާއެކު ޝުކުރު އަދާ ކުރިއެވެ.”ދާކަްށް ނުވޭ..” އަޒާން ފޫހި ވާން ފެށުމުން އަހާލިއެވެ.”އުހުން.. ހިނގާ މި އައިރީން އާ ޖެހިއްޖާ ނިމުނީ ކަންތައްް ” އަނިލް ވެސް އެއްލޯ މަރާލަމުން ބުނެލިއެވެ. ”އަނިލް އަންނަޗޭ މިރޭ ކާން…” އައިރީން ބުނެ ލިއެވެ.”އިރާދު ކުރެވިއްޔާ އަންނާނަން…” އަނިލް ހީލަމުން ބުނެލިއެވެ. ”ދަނީޔޭ” އަޒާން ބުނެލިއެވެ. ”ހޫމް” އައިރީން ހޫމް އޭ ބުނެލިއެވެ. އަޒާން އާއި އަނިލް ދިޔުމުން އައިރީން ގޮސް ފާޙަނާއަށް ވަނެވެ .
****
ރޭގަނޑު ވަގުތެވެ. ގަަޑިން އައްގަޑި ބައިވާން ކައިރި ވަނީއެވެ. އައިރީން ބަދިގެ ތެރޭގައި މަސައްކަތް ކުރަމުން ދިޔައީ އަނިލް އާއި އަޒާން އަންނަން ވާއިރަށް ކާއެެްޗެއް ހެދޭތޯއެވެ. އައިރީން ކައްކަމުން ދިޔައީ ފުރައިޑް ނޫޑްލުސް އެވެ. އަބަދު ވެސް އައިރީން ކައްކާ ފުރައިޑް ނޫޑްލިސް ވަރަށް މީރު ވާނެވެ. ހުރިހާ ކަމެއް ނިންމާލުމަށްފަހު ކާކޮޓަ ރިއަށް ދިޔައީ ތަށިތައް އެތުރުމުގެ ބޭނުމުގަ އެވެެ.ތަށި އަޅާ ހަރުގަނޑުން ހަ ތަށި ހިފައިގެން އައިސް ކާމޭޒް ދޮށުގައި އަތުރާލިއެވެ.އެއަށްފަހު ހަ އުލާއި ސަމުސާ ތަށި ކައިރީގައި ބޭއްވިއެވެ. ދެން ބޮޑު ތަބަކަކަށް ކެއްކި ނޫޑްލިސް ކޮޅު އަޅައިގެން އައިސް ހުރިހާ ތައްޓަކައް މަދު ނުވާނެ ފަދައިން އެޅިއެވެ.
އަދި ނޫޑްލިސްތަށް މަތީ ބިސްގަނޑެށް ބޭއްވިއެވެ. އަދި ސޮސެޖެއް ތަށީގެ އެއްގފަރާތެއްގައި ބޭއްވި އެވެ.
އައްގަޑި ސާޅީސް ފަހެއް ވާން ވެފައި ހުއްޓައި އަނިލް އާއި އަޒާން އައެވެ. އެމީހުން އައުމުން ބައްޕަ،މަންމަ އަދި އައިލީން ގޮވައިގެން ކާކޮޓަރިއަށް އައެވެ. އެއަށްފަހު އެންމެން ކެއުމައް އިންސާފް ކުރަން ފެށިއެވެ. ”އޭ ރީން މަ ނުކަން މިހާ މީރު ނޫޑްލިސް އެއް… އަދި އެއްރަޔަކު ވާނެ މިކަހަލަ ނޫޑްލިސް ގަނޑެއްހަދާދޭން…” އަނިލް ބުނެލިއެވެ. ”ހޫމް.. އެކަމް ދެން މިކަހަލަ ނޫޑްލިސް ގަނޑެށް ލިބޭނީ ޓެސްޓަށްފަހު…” އައިރީން ބުނެލިއެވެ.”އަސްލުވެސް ހަމަ ވަރަށް މީރު” އަޒާންް ވެސް އިނީ ބުނާނެ އެއްޗެއް ނޭނގި ފައެވެ. އެހާ ވެސް މީރެވެ.
އަމާން އޮމާން ކަން މަތީ ރޭގަނޑުގެ ކެއުން ނިންމާލިއެވެ. އަޒާން އާއި އަނިލް ވެސް ކުޑަ ވަގުތު ކޮޅަކު އައިރީން އާ ވާހަކަ ދައްކަން ތިބުމަށްފަހު ގެއަށް ދިޔައީ މާ ލަސް ވާން ފެށީމައެވެ. އައިރީންވެސް އަވަހަށް ހޭލަން ޖެހޭތީ އެދެ މީހުން ދިޔުމުން ނިދަން ދިޔައެވެ.
****
އައު ދުވަހަކަށް އިރު އެރީ އެކި މީހުންނަށް ތަފާތު ގޮތް ތަކަށެވެ. އެއްބައި މީހުންނަށް އުފާ ލިބެމުން ދާއިރު އަނެއްބައި މީހުންނަށް ހިތާމަ ލިބެމުންނެވެ.
ސްކޫލަށް ދިޔުމައް ތައްޔާރު ވަމުން ދިޔަ އަންހެން ކުއްޖާގެ މޫނުގައި ވީ ނުލަފާ ހިނިތުންވުމެކެވެ. ލޯ ގަނޑު ކުރިމަތީ ހުރެ އޭނާގެ ރީތި ދޮން މޫނަށް ބަލާލިއެވެ. ސިފަ ހުތުރެއް ނޫނެވެ. އޭނާގެ ރަތް ކުރެވިފައި ވާ އިސްތަށިގަނޑު ފޮރުވުމައްޓަކައި ކަޅު ކުލައިގެ އިސްތަށިގަނޑެއް ޖަހާފައި ވެއެވެ.
އަތުގެ އެތަން މިތަނުގައި ޓެޓޫ އާ އޭތި މީތި ކުރު ހާފައި ހުރި ކަމަކު ޔުނީފޯމުގެ އަތް ދިގު ކަމުން ވަނީ އެ ހުރިހާ ތަނެއް ފޮރުވިފައެވެ.
ކައިރީގައި ހުރި ދަބަސް ތެރެއަށް ފޯނު ލިއެވެ. އަދި ކޮޓަރިން ބޭރަށް ނިކުތެވެ.އެއަށްފަހު ބޫޓަށް އަރައިގެން ގެއިން ނިކުމެގެން ސްކޫލަށް ދިޔުމަށް ހިނގައި ގަތެވެ.
”ރާޔާ”
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.




Here is third part of aireen. Feel free to comment and point out the mistakes. And next part in sha allah vv avahah up kohdheynan ?
Haadha kurey…mi sitega vaahaka liyaameehun vaahaka up kuraakah nukkereyey dho…mihaaru kurin genai vaahakathahkahveeegithehvex neynge
Alhuganddu fahun liyan feshi story mii.. alhugandu mi stiry ninmaale veytho vv masakkai kuraanan
Mi part varah loabi
Thank u
Salhi
❤Thank u ❤
Mi bai vec aneh hn goaheh noon?…But mistake ebahuri ingey…Sukun kurumaa baskoshaaru beynun kurumugaivec…
Misaalakah noodles kolheh,noodles gandeh nukiyaane..yuh can write noodles hama ekani ekahala thankolhuga..ekahala kanthah ebahuri..But if yuh try yuh can correct those silly ones..Good luck ishaa ishu dear?….
YEAH try kuraanan rangalhu kuran
reeethi