Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބެއްގެ ފެށުން 6

Belle Level 310 Stories100 Comments100 Login500 Login
June 25, 2019 4 Mins Read
20 Comments

ކުރެވެމުން ދިޔަ ޙިޔާލްތަކުން ދުރުވެވޭތޯ ޒައިކް މަސައްކަތް ކުރިއެވެ. ލިވީގެ ހަނދާންތައް އެއްކޮށް ފޮހެލެވޭތޯއެވެ. ލިވީ ދެކެ ލޯބިވެވުނީ އެ މަކަރުވެރިކަން ނޭނގޭ ހާލުއެވެ. ދެވަނަފަހަރަށް އެހެން އަންހެން ކުއްޖެއްގެ މަޅީގައި ނުޖެހުމަށް ސިކުނޑީގައި ހަނާއަޅަމުން ދިޔައެވެ. ޒައިކް އަށް ނިދެމުން ދިޔައިރު ކުރެވުނީ އެހިޔާލެވެ. ދެވަނަ ފަހަރަކަށް އަންހެން ކުއްޖަކު ދެކެ ލޮބި ނުވުމަށެވެ.

ކޮޓަރީގެ ކުޑަދޮރުގައި، ދަމާފައިހުރި ފަރުދާ ފޫ އަޅުވާލުމަށްފަހު އިރުގެ އަލި ޝިފާގެ މޫނަށް އެޅުމާއެކު ދެލޯހުޅުވާލިއެވެ. ނިދަން އޮއެވުނު ގޮތަކުން ކަނދުރާގައި ރިއްސާތީ، ކަނދުރާމަތީ އަތް ހިންގާލިއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް ފާޙާނާއަށް ވަނެވެ. ފާޙާނާގެ ބޮޑުމިން ބުނެދޭންވެސް ނޭނގެއެވެ. ހަމަހިމޭންކަން ނޫން އިތުރު ކަމެއް ނެތެވެ. ބިއްލޫރި ދޮރަކުން ފެންވަރާބައި ވަކިވާން ހުރިއިރު، މުޅި ފާޙާނާ ޑިޒައިން ކޮއްފަ ހުރީ ހުދުކުލައިންނެވެ. ތާޒާ އޯކިޑްމަލުގެ ވަހުން ފާހާނާ އެއްވަސް ވެފައި ވެއެވެ. ފާޙާނާގެ އެއްކައިރީގައި ފިޓްކޮށްފައި ހުރި ޖަކޫސީގެ ފެންގަނޑު ދޫކޮށްލުމަށްފަހު އޮތްތާލިއެވެ. ހޫނުފެނުން މުޅިހަށިގަނޑު ރިލެކްސް ވިލެއް އަރާމުކަމުން ޝިފާއަށް ލޯމަރާލެވުނެވެ.

ހިތާމަވެރިކަން ވަށާލީ ޒައިކް މަތިން ހަނދާން ވުމުންނެވެ. ޒައިކްގެ އަމަލުތަކުން ނުރުހުންވެ ދެރަވިނަމަވެސް، ކެއްތެރި ވުމަށް ގަދައެޅިއެވެ. މީގެ ކުރިން ދުވަހަކުވެސް ޒައިކް އާ ދިމާނުވާއިރު، އެހާ ބޮޑަށް ނަފްރަތު ކުރާ ސަބަބެއްވެސް އޮންނާނެތާއެވެ. ޝިފާއެކޭ އެއްފަދައިން ޒައިކް ވެސް މިކައިވެންޏާ އެއްބަސްވީ އާއިލާގެ އެދުމަށްކަމަށް ވެދާނެއެވެ. ބައިގަޑިއިރު ވަންދެން ހޫނުފެނުން ހަށިގަނޑަށް ތާޒާކަން ލިބުނެވެ. ކަކުލާ ހަމައަށް އަރާ މަޑު ދަނބުކުލައިގެ ހެދުމެއްލުމަށްފަހު ކަޅުކުލައިގެ ކުރު ސުކިނީއެއް ލިއެވެ. ބޯހިއްކާ އެތިން ބޯހިއްކުމަށްފަހު ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ.

ކޮޓަރިތެރެއަށް ވަނުމާއެކު ލޮލުގައި އަޅައިގަތީ ނިދާލާފައި އޮތް ޒައިކްއެވެ. އެއްކައިރިއަކަށް އޮތްއިރު، ވަރަށް ލޯއްބެވެ. އެއްވެސްކަހަލަ ހަރުކަށި ކަމެއް، ރުޅިވެރިކަމެއް ނުވެއެވެ. ޒައިކްއާ ދިމާއަށް ބަލަން ހުއްޓަ ނޭވާއަވަސްވެ ހިންދިރުވާލެވުނީ، ޒައިކް ލޯ ހުޅުވާލުމަށްފަހު ބަލާލުމުންނެވެ.

” ވަޓް ” ޝިފާ ކަމެއް ނުވެއޭ ބުނުމަށްފަހު ބޯ  ހޫރާލިއެވެ.

” ޖޫލީ އުޅޭނެ ބަދިގޭގަ. ޝިފާ ކާން ބޭނުން އެއްޗެއް އޭނަ ކައިރީ ބުނީމަ ލިބޭނެ ” ޒައިކްގެ ވާހަކައިން ޝިފާ ބޯޖަހާލިއެވެ. ކުޑަކޮށް މޭކަޕް ކޮށްލުމަށްފަހު އަވަހަށް ކޮޓަރިން ނުކުތީ އިތުރު ވާހަކައެއް ޒައިކްގެ ފަރާތުން އަޑުއިވިދާނެތީކަމަށް ވެދާނެއެވެ.

ބަދިގެ ބަޔަށް ދިޔައިރު ޖޫލީ އުޅެނީ ވަރަށް އަވަދިނެތި ކާއެއްޗެހި ތައްޔާރުކުރުމުގައެވެ. ޝިފާ ފެނުމާއިއެކު ހިނިތުންވެލުމަށްފަހު ހެނދުނުގެ ސަލާން ކޮށްލިއެވެ. ތައްޔާރު ކޮށްދޭންވީ އެއްޗެއް ބުނުމަށް ބުންޏެވެ. ޖޫލީގެ ވާހަކަ ދެއްކުމުގައި ރާގު ވަރަށް އަވަހެވެ. އިނގިރޭސިން ވާހަކަ ދެއްކުމުން އެމެރިކަން އެއްކަން އެނގުނެވެ. އަމިއްލައަށް ތައްޔާރު ކޮށްލާނެ ކަމަށް ބުނެ ޝިފާ ކައިރިވެލިއެވެ.

އަދި އަމިއްލަޔަށް ތައްޔާރުކުރި އެއްޗެހި މޭޒުމަތީ އަތުރާލިއެވެ. ޒައިކް އައުމުގެ ކުރިން ކާންނުފަށާ މަޑުކޮށްލަންވީ ބާއޭ އަމިއްލަ ހިތާ ސުވާލު ކޮށްލިއެވެ. ކުޑައިރުކޮޅެއް ވުމުންވެސް ޒައިކް ނައުމުން ޝިފާ ސައިބުއިމަށްޓަކާ އިށިންނިއެވެ. ދުރަށް ނަޒަރު ހިންގާލިއިރު ޒައިކް އަންނަތަން ފެނުމުން މަޑުޖެހިލެވުނެވެ.

” އަމިއްލަ އަށްތަ ތައްޔާރު ކުރީ. ޖޫލީއަކަށް ނޭނގޭނެ ދިވެހި ކެއުން ތައްޔާރުކުރާކަށް ” ޝިފާ ބޯޖަހާލިއެވެ. އަދި ވަރަށް ބިރުން ހުރެ ޒައިކް އަށް އަމިއްލައަށް ތައްޔާރު ކުރި އެއްޗެހި ކައިރި ކޮއްލަދިނެވެ.

” މޭމް . ބޮސް އަކަށް ކަމަކު ނުދާނެ އެމެރިކަން ފުޑްސް ނޫނީ ” ޖޫލީ އިނގިރޭސިން ވާހަކަ ދައްކަމުން ޝިފާ ކައިރިކުރި އެއްޗެހި ދުރުކުރަން އުޅުނެވެ. އެހެނަސް ޒައިކް އެކަން މަނާ ކުރިއެވެ. އަދި ޝިފާ ހައިރާން ކޮށްލުމަށްފަހު ކާންފެށިއެވެ.

” މްމްމްމްމް…ޓޭސްޓީ..” ޒައިކް މިއަދުވެސް ހީކޮށްގެން ހުރީ ކާންޖެހޭނީ ކޮންމެ ދުވަހަކު ޖޫލީ ތައްޔާރު ކުރާ ފޫހި ކެއުން ކަމަށެވެ. ކާއެއްޗެއް ނުލިބި ގިނަދުވަސް ވެފައިވާ މީހަކުހެން ، ކަމުން ދިޔައެވެ. ކައިރީގައި ހުރި ޝިފާ އަށާ ޖޫލީ އަށް އިރުކޮޅުކޮޅުން ބަލާލެވެނީ ޒައިކް އަށެވެ. ޒައިކް އަށް ސައި ވަރަށް ކަމުދިޔައެވެ. ޒައިކް ޓޭސްޓީއޭ ބުނެލިގޮތުން ވަރަށް ހިތްހަމަ ޖެހުނުކަން ޝިފާގެ މޫނުމަތިން އެނގުނެވެ.

” މިދަނީ އޮފީހަށްދާން. ޖޫލީ ކައިރީ ބުނެގެން ގޭގެ ތަންތަން ބަލާލާ ” ޒައިކް ވާހަކަ ދެއްކިލެއް ރީތިކަމުން ޝިފާއަށް ބަލާލެވުނެވެ. ރޭގަ ރުޅިއައިއްސަ ހުއްޓަސް މިއަދު ރީތިކޮށް ވާހަކަ ދެއްކުމުންނެވެ.

************

އޮފީހަށް ވަދެވުމާއެކު ހުރިހާ މުވައްޒަފުން މަރުޙަބާ ކިޔަން ފެށިއެވެ. ގިނަ އަންހެން މުވައްޒަފުން މަރުޙަބާ ކީނަމަވެސް ހިތުގައި ވާނީ ރުޅިވެރިކަންކަން ޒައިކް އަށް އެނގުނެވެ. އޭގެ ތެރެއިން ގިނަކުދިން ނަކީ ޒައިކްގެ ލޯއްބަށް ކަޅިއަޅައަޅާ ހުރިކުދިންކަން އެކުދިންގެ އަމަލުތަކުން ޒައިކް އަށް އަބަދުވެސް އެނގެއެވެ. ހާއްސަކޮށް ޖެމާ އަކީ ވަކިން ޒައިކް އާއި ގައިގޯޅިކަން ބޭނުންވާ ފަރާތެކެވެ. ދަމުން ޖެމާއަށް އެއްލޯމަރާލުމުން ޖެމާ ތުއި ވެލިއެވެ.

ޒައިކްއަށް ހާއްސަ ކުރެވިފައިވާ ބަޔަށްވަދެ ގޮނޑީގައި ޖައްސާލިއެވެ. އެންމެ ފަހުގެ ޕްރޮޖެކްޓްގެ މަސައްކައް މުވައްޒަފުން ކުރިއަށް ގެންދިޔަ ވަރު ބަލަން ފެށިއެވެ. މަސައްކަތަށް ދެމުން ދިޔަ ސަމާލުކަން ގެއްލުނީ ޝިފާގެ ޙިޔާލުތައް އުނދަގޫ ކުރާތީއެވެ. ހެނދުނު ޝިފާ ރީތިވެލައިގެން ހުރިއިރު، މޫނުމަތިން ތަފާތު ކުލައެއް ފާޅުވާން ހުއްޓެވެ. ހަށިގަނޑުގައި އުފެދެމުންދިޔަ އިޙުސާސްތައް ކޮންޓްރޯލް ކުރީ ހަށިގަނޑު އެހެން ކަމަކަށް އެދެން ފެށުމުންނެވެ. ޝިފާގެ މަޑުމައިތިރިކަމާ ހިތްހެޔޮކަން ފެނުމުން އަމިއްލަ ހަށިގަނޑުގެ އިހުސާސްތައް ހޭލާގޮތެއް  ހުދު ޒައިކް އަށްވެސް ނޭނގެއެވެ. މިދިރި އުޅުމަކީ ވަގުތީ ކަމެއްކަން އެނގޭއިރުވެސް ޝިފާގެ އަމަލުތަކަށް ރުހެވެއެވެ.

” ސާރ ޔުއާރ ފާދަރް ސެންޑް ދިސް ޓިކެޓްސް ” ކުރަމުން ދިޔަ ޙިޔާލުތަކުން ނުކުމެވުނީ ޒައިކްގެ ޕީއޭ ގެ އަޑުންނެވެ. އަމޭލިއާ ކައިރިވެލުމަށްފަހު ޓިކެޓްތައް ދިނުމުން ބަލާލިއެވެ. ޕެރިސްގެ ދެކޮޅު ޓިކެޓެވެ. ހަށިގަނޑުގައިވާހާ ލެއެއް ކެކެން ފެށިކަހަލައެވެ. ފުރަތަމަ މަޖުބޫރުކުރުވީ މިކައިވެނި ކުރުމަށެވެ. މިކަމުން ސަލާމަތް ނުވެވިގެން އުޅެނިކޮށް، އަނެއްކާ މިއޮތީ ހަނިމޫންއަށް ޕެރިސްއަށް ދިއުމަށް ޓިކެޓް ފޮނުވާފައެވެ. އިތުރަށް ބައްޕަގެ އުންމީދުތައް ފުރިހަމަކުރާކަށް ޒައިކް ހިތަކުނެތެވެ. ފޯނުނަގާ ރާއްޖޭގައި ހުރި ބައްޕައަށް ގުޅާލިއެވެ.

” އައިއޭމް ނޮޓް ގޮއިންގ ޓު ޕެރިސް ވިތް ހާރ. ސްޓޮޕް ޕްލޭނިންގ މައި ލައިފް ” ރުޅިވެރި ކަމާއެކު ޒައިކްއަށް ބުނެވުނެވެ. ޒައިކްގެ މޫނުމަތީ ވީ ހަރުކަށިކަމަކުން ވާހަކަ ދެއްކުނީވެސް ފުދޭވަރަކަށް ބާރަށެވެ.

” އައި ހޭވް ބެޓާރ ވޯކް ޓު ޑޫ ދެން ޕްލޭނިންގ ޔުއާރ ލައިފް ސަން. އެކަމަކު މީހުން އަހަރެމެންގެ ކޮމްޕެނީއާ ބެހޭ ގޮތުން ހަދަހަދައިގެން ވާހަކަ ދައްކަން ފަށާފި. މީޑިއާގައި ވެސް އެވާހަކަ. މީޑިއާގައި އޮތީ ޒައިކް ގެ ކައިވެނި ރާއްޖޭގެ ކުއްޖަކާ ކުރުވީ ކޮމްޕެނީ ގެ ކުރިއެރުވުމަށް ކަމަށް. ހަނީމޫން އަށް ގޮސް މީޑިއާ އެދައްކާ ވާހަކަ ދޮގުކުރުވާ. ނައު އިޓްސް އަޕް ޓު ޔޫ ” ބައްޕަ ބުނަން ބޭނުންވާ އެއްޗެއް ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. ބައްޕަ އެދެއްކި ވާހަކައަށް ނަފްރަތް ކުރެވުނުވަރުން މޭޒުމަތީ ބާއްވާފައި އޮތް ބަރު އަތުންޖަހާ ދުރަށް ވިއްސާލިއެވެ. މިކަން އިތުރު މީހަކަށް އެނގިގެން ނުވާނެއެވެ. ހުރިހާ ކަމަކަށްވުރެ މި ބިޒިނަސް ޒައިކްއަށް މުހިންމެވެ. މިއީ އެރެންޖް މެރިޖްއެއްކަން މީޑިއާއަށް އިނގިއްޖެ ނަމަ މިކަން ނަގައިގެން މުޅި މީޑިއާގައި ފަތުރާލާނެއެވެ.

ލިވީގެ އެތައް ހަނދާންތަކެއް ޕެރިސްގައި ވެއެވެ. ކޮންމެ ދުވަހެއް ހޭދަކުރީ ލިވީއާއެކު ވަރަށް ލޯބިންނެވެ. އެކަކު އަނެކަކުގެ އުފާތައް ހާސިލް ކުރުމުގަޔާއި، އުފާދިނުމުގައެވެ. އަލުން އެތަނަށް ގޮއްސިނަމަ ލިވީގެ ހަނދާންތައް އާވެ، އެކެހިވެރިކަމާ މަކަރުވެރިކަން ހަނދާންވާނެއެވެ.

ކުރީގެ ހަނދާންތަކުންނާ ކުރިއަށް އޮތް މުސްތަގުބަލް އުޖާލާނުވެ މިހާހަމައިން ޒައިކްގެ ދިރިއުޅުން ހުއްޓިފާވީހެން ހީވެ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ.

އޮފީސް ނިއްމާލުމަށްފަހު ރޭގަނޑު ގެއަށްގޮސް. ފާޙާނާއަށްވަދެ ވަރަށް ފިނިފެނުން ފެންވަރަން ފެށިއެވެ. ގަޑި އިރެއް ވަންދެން ފިނިފެނުން ފެންއަންނަމުން ދިއަ މާގަނޑު ދަށުގައި ހުއްޓެވެ. އެފިނިފެނުގެ ސަބަބުން ހިތުގައިވީ ރުޅިވެރިކަމާ، ނަފްރަތާ، ހިތާމަ ފިލާ ދިޔަގޮތްވެސް ނޭނގުނެވެ. ރީތވެލައިގެން ބޭރަށް ނުކުމެ ބެލްކަންޏާ ދިމާއަށް ހިނގައިގަތެވެ. ޒައިކް އަޅަމުންދިޔަ ފިޔަވަޅު ހުއްޓުމަކަށް އައީ ފެނުނު މަންޒަރަކުންނެވެ.

ނުނިމޭ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Belle

Level 310 Stories100 Comments100 Login500 Login

Other Articles

Previous

ފެވިފާ ތިނަން ވެޔޭމިހިތުގާ 8

Next

ވަފާތެރި މަވީމޭ ލޯބިން.. 7

Next
June 25, 2019

ވަފާތެރި މަވީމޭ ލޯބިން.. 7

Previews
June 25, 2019

ފެވިފާ ތިނަން ވެޔޭމިހިތުގާ 8

20 Comments!

  1. Ibsha says:
    June 25, 2019 at 4:19 am

    Varah reethi

    1. Belle says:
      June 25, 2019 at 9:08 am

      Thanks Ibsha

  2. noo says:
    June 25, 2019 at 6:57 am

    Woow just wow. Zaik dheke hama loabi vevijje ehunna runkuru kamakaaekuvess Care kurun hunnaathy, ????. Yageen emme fahun shifa ah hih kiyaanykan

    1. Belle says:
      June 25, 2019 at 9:10 am

      Thanks noo so much for your feedback.

  3. anaya says:
    June 25, 2019 at 9:52 am

    varah reethi story kuriah dhaagoih.mi story up vey thoa knme dhuvahakuves balaalevey.when is the next part dear? waiting for the next part. love the story much

    1. Belle says:
      June 25, 2019 at 7:25 pm

      Thanks ?????????????????????

  4. Shiya says:
    June 25, 2019 at 10:37 am

    Varah reethi vaahakma

    1. Belle says:
      June 25, 2019 at 7:22 pm

      Thanks for your support shiya ?????????

  5. ??? says:
    June 25, 2019 at 3:12 pm

    Belle. Stry up kuraane time or dhuvas bunela dhinun edhn.. Eyrunennu bxy schedule ga ulhey kudhin ah stry kiyaalan vaguthu hus kohlan ingeyny dhw????

    1. Belle says:
      June 25, 2019 at 7:18 pm

      Sunday to Thursday konme dhuvahaku Up kuraane Story. Morning 8:00-8:30 ga upload Kuran esfiya site ah, bt approve koh Story kiyaaleveny thankolheh lahun dho. Any way thanks

  6. Dhonthee says:
    June 25, 2019 at 3:38 pm

    Belle❤❤ Mi part ves vvv loabi ingey…Ummeedhukuran dhen oiy part varah avahah genesdheyne kamau????????????

    1. Belle says:
      June 25, 2019 at 7:21 pm

      Thanks dhonthee, ????????. Morning ga komme dhuvahaku upload kuran bt pending ga hunnaany, ?. Thanks for your support ?

  7. Luc!f3r says:
    June 25, 2019 at 4:34 pm

    Vaahaka dhaagoih reethi.. The word “oththaalun” sounds weird

    1. Belle says:
      June 25, 2019 at 7:23 pm

      Thanks Luc!f3r

  8. jiji says:
    June 26, 2019 at 12:31 pm

    Ma Sha Allah❤❤❤??????????????????…Vv rythi mi part vec..waiting fr the next belle..keep going dearr <3 <3 <3 ???

    1. Belle says:
      June 27, 2019 at 7:02 am

      Thanks jiji ????????????

  9. Fau says:
    June 26, 2019 at 5:36 pm

    Kobaa nxt part avas kohba plxx….vvvv kiyaala hithn mihiri

    1. Belle says:
      June 27, 2019 at 7:03 am

      Thanks Fau

  10. Jungkook says:
    June 26, 2019 at 5:44 pm

    Woww Varah reethi mi bai so when is the next part waiting….???

    1. Belle says:
      June 27, 2019 at 7:07 am

      Thanks Jungkook, ???????????????????????.

Comments are closed.

Next Episodeލޯތްބެއްގެ ފެށުން 7←


All Right Reserved!