Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނާއިންސާފް 18

Monsta Level 310 Stories100 Comments100 Login
June 22, 2019 6 Mins Read
18 Comments

އަހަރެންނަށް ބެލެމުން ދިޔައީ ފޯނަށެވެ. އީންގެ ލޮކޭޝަން ލިބުމުން، ދެން ނުބަލާ ހުރެވޭނީވެސް ކިހިނަކުން ހެއްޔެވެ. އީންގެ ލޮކޭޝަންއެއް ނޫނެވެ. އީންގެ ޖެކެޓުގެ ލޮކޭޝަންއެވެ. ދާ ގޮތަށް ގޮސް ދޮންނަ މެޝިނަށް ނުލައިފިއްޔާ ރަނގަޅެވެ.

ފޯނަށް ގެއްލިފައި ހުރެވުނު ވަރުން، ހޮޓެލްގައި ތިބި މީހުންކިޔަމުން ދިޔަ އެއްޗިހި އަޑެއްވެސް ނީވުނެވެ. އަސްލު އަޑު އިވުނެވެ. ގެޓު ނުވީއެވެ.

“ސަރ، ލިފްޓުން ކަރަންޓު….” ބުނިމީހަކަށް ބުނެވުނީ އެހިސާބަށެވެ. ލެއްޕެން ދިޔަ ލިފްޓުދޮރުގައި އަތް ޖައްސާލެވުމާއި އެކު ކޮންމެވެސް ގޮތެއްވިއެވެ. ވަިން ލިބުނު  ޒަޚަމް ރަނގަޅުވިތަނާހެން އަނެއްކާ އަނެއް ތަދެވެ.

“ސަރ..” ދެތިން މީހުން އެއްފަހަރާ ގޮވާލިއިރު، އެހެން މީހުން ބޮޑު ސްކްރީނުން ފިލްމެއް ބަލާހެން ދެލޯ ބޮޑުކޮށްގެން ބަލަން ތިއްބެވެ. ނަސީބު ރަނގަޅުކަމުން ކަންނޭންގެއެވެ. އަހަރެންނަށް ތަދުވުމުގެ އިތުރުން ގޮތެއް ނުވެއެވެ.

“މިއަށް ކިހިނެއް ވެފަ މިހުރީ” އެހާ ހަމަޖެހިލައިގެން ހުއްޓާ އެފަދަ ކަމެއް ވުމުން އަހަރެންގެ ގާތަށް ވަރަށް ރުޅިއައެވެ.

“ސަރ، ތީގެން ކަރަންޓު އަންނަނީ…” އެތަނުގައި ތިބި މީހުންގެ ތެރެއިން އެކަކު ބުންޏެވެ.

“ދެންމި ރަނގަޅު ކުރެވެން ޖެހޭނެއްނު. ކޮންމެސް ކަމަކުއެއްނު އިލެކްޓްރިކަލް އިންޖީނިއަރްސް ތަކެއް ހަޔަރ ކޮށްފަ ތިތިބީ.” އަހަރެން އައި ރުޅީގައި ބުނެލީމެވެ. މި މީހުނަށް އެކަމެއް ހައްލުކުރެވެން ޖެހޭނެ ނޫންހެވެ. ބޭކާރު ޑިގްރީއެއް ހޯދައިގެން ތިބި ބޭކާރު ބައެކެވެ. މިމީހުންނާ ހެދި ދިރިއުޅެވޭ ވަރެއްވެސް ނޫނެވެ.

އިތުރު އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ، އީން ގެއިން ބޭރަށް ނިކުތްތަން ފެނުނެވެ. މަޑުމަޑުން ހިނގާފައި ދިޔަ މަގުތަކުން އެ ދަނީ އަހަރެމެންގެ ‘މީޓް ސްޕޮޓް’ އަށް ކަން ޔަގީންވިއެވެ. ބީޗުން އެލީނާ ނުފެންނަތާ ހާދަ ގިނަ ދުވަހެއް ވެއްޖެއެވެ. މިވީގޮތުން މިރޭ އީން ނުފެނި ނުވެސް ނިދޭނެއެވެ. އަހަރެންނާއި އަހަރެންގެ އީންއެވެ.

“އެ އޯކޭ ވާނެ…… އަވަހަށް ތިކަން ޙައްލު ކޮށްލައްޗޭ… ކީޕް އިޓް އަޕް ބޯއިސް..” އަހަރެން ނިކަން ރީތި ހިނިތުންވުމެއް ދީފައި ބޭރަށް ނިކުންނަން ހިނގައިގަތީމެވެ. އީން ފެންނަން އުޅޭކަން އެނގުމުން މޫޑްވެސް ރަނގަޅުވީއެވެ. ކަމެއް ވެއްޖެކަންވެސް ރަނގަޅަށް ހަދާނެއް ނެތެވެ. އަހަރެން ހަމަ ޙަޤީގަތުގައިވެސް މޮޔަވަނީހެއްޔެވެ. ޖިންނިން ފެނުމުން ޖިންނި މޮޔަވަންޏާ މިއަށް ކިޔޭނީ އީން މޮޔަވުމެވެ.

ހިނގިލެއް ބާރު ކަމުން އެލީނާއާ އެކުއެކީހެން، އަހަރެން ބީޗާއި ހަމައަށް ފޯރިއެވެ. ދުވެވުންވެސް ކަންނޭންގެއެވެ. އާދައިގެ މަތިން އީންގޮސް އެރީ ފާލަމެއް މައްޗަށެވެ. ތަނބުގައި އަތް އަޅުވާލައިގެން ހުރި އިރު، އަބަދެކޭވެސް އެއްގޮތަށް އެ ރީތިކަމެވެ. ދެން އަހަރެންގެ ހިތުގެ ރަނިކަމަނާ ހަޑި ވާނެހެއްޔެވެ؟ އަހަރެން މަޑުމަޑުން ގޮސް އެލީނާ ކައިރީ މަޑުކޮށްލީމެވެ.

“ޔޯ އީން….. ވަޓްސްއަޕް..” އިތުރަށް ހިތާވަވެރި މައުލޫއަކަށް ދާން އަހަރެން ބޭނުންނުވީއެވެ. އަހަރެން މަސައްަތް ކުރީ، އަހަރެންގެ ހިތާމަތައް ފޮރުވާ، ޢާންމުކޮށް ގެންގުޅޭ މަޖާ ގޮތް ގެންގުޅެވޭތޯއެވެ.

“އުޑެއްނު.” މީ އަދި ހަމައެކަނި އަހަރެންގެ ހިތުގައި ރަނިކަން ކުރާ މީހެއް ނޫނެވެ. އަހަރެން ބުނިހާ ބަހަކަށް ދޭނެ ރައްދާއެކު ހުރި ފުރޭތައެކެވެ.

“އީން ކިތަންމެ ބުއްދިވެރިއަކަސް ތިހިރީ، ފައްކާ ޅައެއްޗެއް އަޅާލާފަ.. އިނގޭތަ؟” އަހަރެން ދުރު ބަލަހައްޓައިގެން ހުރެބުނެލީމެވެ.

“ތިބުނީ؟” އިތުރަށްރުޅިވެރި ގޮތް ޚިޔާރު ކުރާކަށް އަލީނާވެސް ނޫޅުނެވެ.

“ބުނީމެއްނު ފޯނު ބަލާފަ އޭގެ ފަހުން އަހާށޭ.. އޭރުން ކީކޭ ބުނާނަމޭ ބުނީ؟”އަހަރެން އީން އާއި ދިމާއަށް އެނބުރިލީމެވެ. އެލީނާ، އިރުކޮޅަކަށް ބަސް ހުއްޓިފައި ހުރީއެވެ. ފުރަތަމަ ފަހަރަށް، އަހަރެންނަށް އީންގެ އަނގައިން ބަސް ހުސްކޮށްލެވިއްޖެއެވެ. ނަމަވެސް ޕާރޓީ ބޭއްވެން އޮތީ، އީން ބަސް ބުނެގެންނެވެ.

“މާޒިން….. އެއީ… މަ އެހެން ބުނި އެއްޗެއް ނޫނޭ..” އަޅައިގަންނަމުން އެލީނާ ބުނެލިއެވެ. އަޅެ އެލީނާ ބުނެދީބަލާށެވެ. އަހަރެންގެ މަދީ ކޮން ސިފައެއްހެއްޔެވެ. އާނއެކޭ ބުނުމުން ނިމުނީ ނޫންހެއްޔެވެ. އީން ބޭނުންވާ ކަމެއް ކޮށްދޭން އަހަރެންގެ މަދު ޤާބިލިއްޔަތެއް ދައްކަބަލާށެވެ.

“އޯކޭ.. އަދިވެސް ޒިން ދޭނަން އީންއަށް ވިސްނަން ވުގުތު. އީން އޯލެވެލް ނިމެންދެން އިންތިޒާރު ކުރާނަން.” އަހަރެން މަޑުމަޑުން ބުނެލީމެވެ. އީން އަހަރެން ދެކެ ނުވާ ލޮއިތްބެއް އަހަރެން ހޯދާނީ ކިހިނެއްހެއްޔެވެ. ދިރިއުޅުން އޮތީ ކުރިއަށެވެ. އީންއެއްގެ ފަސްފަހަތުން ހިނގަން އަހަރެންނަށް، ޢުމުރު ދުވަހަކު ނޫޅެވޭނެއެވެ. ނަމަވެސް އެހެން މީހަކު ބޭނުން ނުވާތީ، އިންތިޒާރު ކުރެވެނީއެވެ.

“މާޒިން..! ޒިން ކިހިނެއްތަ މަށާ އެއްކޮށް އުޅޭނީ… ޒިން ތީ ނުލާހިކު ރީތި ދިރިއުޅުމެއް އުޅޭ މީހެއް… އެކަމަކު، މަ މީ، އެއްވެސް ގޮތެއް ފޮތެއް ނެތް ވިޔާ ނުދާ މީހެއް.. ކިތައް ފަހަރު މާޒިން ކައިރީ މިހެން ބުނެވިއްޖެތަ؟ އައިމް ނޮޓް ގުޑް އިނަފް ފޯރ ޔޫ” އަލީނާ ނޫން ތިމާ މީހާގެ ކުށުގެ ވާހަކަ ސޭލުއަޅުވައިގެން ދައްކާ މީހަކު އަހަރެން ނުދެކެމެވެ. އަހަރެން ޤަބޫލުކުރަން ނެތް އިރުވެސް ހަމަ ރީތިކޮށް އެ ބުނެލަނީ ތިމާއަކީ އެންމެ ގޯސް މިހާއޭއެވެ.

“އަލީނާ ދުވަހެއްގެ ކޮޅުންވެސް ކޮށްފަ އޮތް ކަމެއް، މިހާރު ކިޔައިދެން ވެއްޖެއެއްނު..” ކެތް ކުރެވޭނެ ވަރަށް ކެތް ކުރެވިއްޖެއެވެ. އެލީނާ މިހެން މި ކިޔާ ސަބަބެއް ހޯދަން މިހާރުވެސް މާ ލަސްވެއްޖެއެވެ.

“ކާލް… ކާލިން..” ކުރެހިފައިވާ އަޑަކުން އެލީނާ ބުނެލީ އެހިސާބަށެވެ.

“ކާލިން މަރުވިތާ މިހާރު ދެން ކިހާ ދުވަހެއްތަ.. ކާލިން ކިހިނެއް ވީތަ..” އަހަރެންނަށް ކޮންމެވެސް ވަރަކަށް ރުޅިވެސް އާދެވުނެވެ. އަހަރެންގެ އީންދެކެއޭ ހީ ނުކުރައްޗެވެ. އެ ނުލަފާ ކާލިންއެއްދެކެއެވެ. އަހަރެންނާއި އެލީޒާގެ އެކުވެރިކަމުގެ ނިމުމަކީވެސް ހަމަ މި ކާލިންއެވެ. އަހަރެންގެ އީންގެ ހިތަށް ކާލިން ހެދީ ކޮން ސިހުރެއް ހެއްޔެވެ. ކާލިން ދުނިޔޭގަ ހުރި ނަމަވެސް، އަހަރެން މިހާރު އޭނަ މަރާލައިފީމުހެވެ. އަހަރެންގެ އީންއާ ގުޅުމެއް ބާއްވަން އެއީ ކާކުހެއްޔެވެ؟

“އައި… ކިލްޑް ހިމް.. މާޒް… މަ އޭނަ މަރާލީ” ތުރުތުރެއް ހުރި އަޑަކުން އީން ބުނެލި އެއްޗަކުން، އަހަރެންގެ ގައިން ހީބހި ނަގައިގެން ދިޔައެވެ. އީން މީހަކު މަރާލާނީ ކިހިނެއްހެއްޔެވެ. މިއީ ވުން އެކަށީގެން ވާ ކަމެއް ނޫނެވެ. އީންއަށް ދޮގު ހަދަން ވެސް އިނގޭހެއްޔެވެ. ނޫނީ އީން މޮޔަ ވާހަކަދައްކަނީއެވެ.

“އެކަމަކު އީން… ކާލިން މަރުވީ އަމިއްލައަށޭ… އޭނަ ދަންޖެހުނީ އަމިއްލައަށް.. މެޑިކަލް ރިޕޯރޓް ތަކުންވެސް އެކަން އިނގެއެއްނު… ދެން މިކަމުގަ އީން އާ އޮތީ ކޮން ގުޅުމެއްތަ؟ އީންއަށް ކީއްތަ ކާލިން އަމިއްލައަށް ދަން ޖެހިގެން މަރުވިއްޔާ؟ މަށަށްވެސް އީން ކޮންމެ ދުވަހަކު ރަޝިޔާއަށް ގެންދެވިދާނޭ. ސިޓިޒެންޝިޕްވެސް ހޯދައިދެވިދާނެ… އީން ޕްލީސް.. އީން ތިކަމާ ދެރަ ވާން ޖެހެނީ ކީއްވެތަ؟”

“އަހަރެން ނޫޅޭނަމަ ކާލިން އެގޮތަށް މަރެއް ނުވީހޭ…. ކާލިން މަރުވީ މަށާހެދި… މަ ތަންކޮޅެއް ރަނގަޅަށް ކަންތައް ކުރި ނަމަ އެހެން ނުވީސް..” އީންގެ ކޮންމެ ޖުމުލައެއް އަހަރެންގެ ހިތުގައި ކޫރުއަޅަމުން ދިޔައެވެ. އީން ކާލިންއަށްޓަަކައި އެވަރަށް ރޯންޖެހޭ ހެއްޔެވެ.

އަޅެ ފަހެ އީން ކުރީ ކީތްހެއްޔެވެ. އީން އަހަރެން ކައިރީ ބުނަން ހިތުލީ ކަމެއްވެސް ނޭންގެއެވެ. ދެން އަހަރެން އެކަންކަން ހޯދާނީވެސް ކިހިނަކުން ހެއްޔެވެ.

“ގުޑް ނައިޓް…” އެލީނާ އެނބުރި ހިނގައި ގަންނަމުން ބުނެލިއެވެ. އަހަރެންވެސް އިތުރަށް އީން ފަހަތުން ދާން ނަހަދައި މަޑުކުރީއެވެ. އަހަރެންނަށް ކުރެވޭހާވެސް ކަމަކީ އީންއަށް އަނިޔާ ދިނުމެވެ. ދިމާވާ ކޮންމެ ރެއަކު އީން އެދަނީ ރޮއެރޮއެ ވަރުބަލިވުމުންނެވެ. އީންގެ ހިތާމަތައް ކުޑަކޮށްދޭން ކިތަންމެ ބޭނުމަސް، އަހަރެންނަށް ކުރެވެން އޮތީ ކީތްހެވެ.

…………

ޓެސްޓުހަފްތާ ވޭތުވެ ދިޔައީ ވަރަށްވެސް އަވަހަށެވެ. ނަމަވެސް އަބަދެކޭވެސް އެއްގޮތަށް ފޫހިކަން މަތީގައެވެ. އަހަރެންގެ އެދުމާއި ޚިލާފަށް އެމްއެސްއޭވެސް އެ ދުވަސްކޮޅު އެތަނަށް ދިޔުމުގެ ފުރުސަތު ނުދިނެވެ. ކިޔެވުމަށް ބުރޫ އަރާނެޔޯއެވެ. އަހަރެން މީ އެއްވެސް އިރެއްގައި ކިޔެވި މީހެއްވެސް ނޫނެވެ. އަނެއްކޮޅުން ލުވެއިޒް އެކްޒިބިޝަންއަކަށް ދުބާއީއަށް ގޮސްފައިވީއިރު، އީން އުޅޭނީ ކިޔަވަންކަމުން އުނދަގޫ ކުރާކަށް ނުކެރުނެވެ.

……..

މުޅި ދުވަހު ނިދާފައި، ރޭގަނޑު އަހަރެން ދިޔައީ ކެފޭއަށެވެ. އަޔާޒް ބިޒީދުވަސްކޮޅެއް ކަމުން، ކުރާނެ ކަމެއްވެސް ނެތީއެވެ. އެއިރު ފުދޭވަރަކަށް ދަން ވެއްޖެއެވެ.

“ޒިން.. ކީތް ކޮށްލަނީ ނުނިދާ؟؟” އަހަރެން ސިއްސައިގެން ދިޔައީ ފަހަތުން އަންހެން ކުއްޖަކު ގޮވާލުމުންނެވެ. އެކުއްޖަކު އައިސް ދެން ހުރި ގޮނޑީގައި އިށީނެވެ.

“ޖަސްޓް ޗިލިން” އެއްޗެކޭ ބުނަން ބޭނުންނުވާތީ އަހަރެން ބުނީމެވެ. އެލީޒާއަށް އަހަރެންނާ ވާހަކަ ދައްކަން މިހާ ފަސޭހަ ހެއްޔެވެ. އަހަރެންނަށް އެލީޒާ ފެނުނަސްވެސް އުނދަގޫވެއެވެ.

“އަޑުއެހިން ވާހަކައެއް… އެއީ ތެދެއްތަ؟” އެލީޒާ، ވާހަކަ ގެންދިޔައީ ކުރިއަށެވެ.

“ކޮން ވާހަކައެއް” ކަމަކާ ނުލައި ބަވާލަން ބޭނުން ނުވާތީ އަހަރެން ރީތިކޮށް ވާހަކަ ދެއްކީމެވެ.

“ޒިން އެލީން ފަހަތުންނޯ އުޅެނީ…..” އެލީޒާގެ ޖުމުލައާއެކު އަހަރެންނަށް ހީވީ މީހަކު އަހަރެންގެ ގައިގައި ވަރަށް ބާރަށް ޖެހިހެންނެވެ. މިއީ ކިހިނެއް ފެތުރުނު ވާހަކައެއްހެއްޔެވެ. މުޅި މާލޭގައި މިވާހަކަ ނުފެތުރޭ ކަމެއްވެސް ނޭންގެއެވެ.

“ލުވެއިޒް ބުނީ؟” ހިތަށް ވެރިވި ބިރުވެރި ކަމާއި އެކު، އެންމެ ޕޮސިޓިވް ކޮށް ވިސްނާ، އަހަރެން އެހީމެވެ. ޙަޤީގަތުގައި، އަހަރެންނާއި އަންހެން ކުއްޖެކޭ ކިޔައިގެން ވާހަކައެއް ފެތުރުނަސް އަހަރެންގެ މައްސަލައެއް ނެތެވެ. މައްސަލައަކީ، އީން ރުޅިއަންނާނެ ކަމެވެ. އަހަރެން ދިރިއުޅުނަކަ ނުދޭނެއެވެ.

“ދޮންބެއަށް ވެސް އިނގޭތަ؟ މަށަށް އެކަނި ދޯ ނޭންގެނީ؟”

“ކާކު އެލީޒާ ކައިރީ ބުނީ؟؟” ބުނި މީހަކު ސާފު ނުވަނީސް ދެން އަހަރެންނަށް ނޭވާއެއްވެސް ނުލެވޭނެއެވެ. ކުރިންފަހަރުހެން ނޫހުގައި، ބަޔަކު މީހުން ނުލިޔެފިއްޔާ ރަނގަޅެވެ.

“ފްރެންޑެއް ބުނީ… ޔަގީނެއް ނޫނޯ، އެކަމަކު މާޒިން ކޮންމެސް މީހެއް ފަހަތުން މޮޔަ ވެގެންނޯ އުޅެނީ… ކޮންމެސް އީންއެއް…” އެކަން އިނގޭނީ ލުވެއިޒް ނޫން ކާކަށް ހެއްޔެވެ؟ މީހަކު އަހަރެންނަށް ފާރަލަނީހެއްޔެވެ.

“ކާކުހޭ ކިޔައިދިނީ….. ޕްލީސް ބުނެބަ” އެނގެން ބޭނުންވި ވަރުން އަހަރެންނަށް ބުނެވުނީވެސް ފުދޭވަރަކަށް ބާރަށެވެ.

“ނޯ ވޮރީސް، މަ ނުކިޔާނަމޭ އެއްވެސް މީހެއް ކައިރިޔަކު.. ވާން އުޅޭ ބްރަދަރ އިންލޯ އެއްނު.. ދެން ކޮންގްރާ” އަހަރެން ހީކުރި ގޮތާއި ޚިލާފަށް އެލީޒާ ރުޅިއެއްނައެވެ. މީހުން ކައިރީ ނުކިޔާނަމޭ ބުނުމުން އަހަރެން ޤަބޫލް ކުރީމެވެ. އަހަރެން ކައިރީ ދޮގު ނުހަދާނެކަން ޔަގީންކޮށްފައެވެ.

“މަ ހީކުރީ ލީޒް ވަރަށް ރުޅިއަންނާނެކަމަށް؟” ޔަގީން ކޮށްލަން ވެގެން އެހީމެވެ.

“އެއީ؟ އަހަރުމެން ދެމީހުން މެދުގަ އެއްވެސް ކަމެއް އަސްލު ނުވެއެއްނު.. އެން އެއީ ކިހާ ޒަމާނެއް ކުރި… އަސްލު އެލީން ޑިސާރވް ޔޫ.. އަނެއްކޮޅުން ޖޮބް ލިބި، ދިރިއުޅުމެއް ފެށޭއިރަށް މެރީ ކުރަން މަ މި ވިސްނަނީ.” އެލީޒާގެ ވާހަކަދެއްކުމާއި ވިސްނުމަށްވެސް އައިސްފައި ހުރި ބަދަލުތައް އަހަރެންނަށް ފާހަގަވިއެވެ. މިއީ ކުރިން އަހަރެންގެ ޙަޔާތުގައި އުޅުނު މިނިކާ ވަގެއްނޫނެވެ.

“ކާކުބާ، ޅިޔަނަކަށް ވާނީ؟” ލަދަކަސް، އަހަރެން އެސުވާލު ކޮށްލީމެވެ. ހަމަ އެއާއިއެކު އެލީޒާގެ މޫނު ރަތްވެގެން ދިޔައެވެ. އީންއަށްވުރެވެސް އެލީޒާގެ ހަންގަނޑުގެ ކުލަ އައްޔެވެ. ބްލަޝް، އެހާ ބޮޑަށް ފެންނަނީ އެހެންވެއެވެ. އެކަމަކު ދެން އަހަރެންނަށް ރީތި ވާނީ އީންއެވެ.

“މާޒިންގެ ވަރަށް ކްލޯސް ފްރެންޑެއް…”

“މަ ނުގެންގުޅެން ސިންގްލް ފްރެންޑުންނެއް” ވިސްނާލުމަށް ފަހު އަހަރެން ބުނީމެވެ.

“ނޯ… ޔަޒްޒް….” ލަދުރަކިކޮށް ހީލުމަށްފަހު، އެލީޒާ، އިތުރަށް ބަލާވެސް ނުލާ ދިޔައީއެވެ. ލަދުން ކަންނޭންގެއެވެ. ހަމަ މި އަންހެން ކުދިންގެ ގޮތެވެ.

އަނެއްކާވެސް މި ލިބުނީ އަނެއް ޚަބަރެވެ. އަޅެ އަޔާޒް އަހަރެން ކައިރީ ބުނެލަން ވާނެ ނޫންހެވެ.

އެކި ތަންތާނގާ ދުއްވަދުއްވާފައި އަހަރެން ގެއަށް ދިޔައީ ފަތިސް ނަމާދަށްފަހުއެވެ. އެއިރު މިޝްކާ ފުޓު ބޯޅަ މެޗެއް އަޅުވައިގެން އިނުމުން އަހަރެންވެސް ޖައްސާލީމެވެ. ނުދަންނަ ނަންބަރަކުން މެސެޖެއް އައީ އެވަގުތެވެ.

“އެމްވީ ޒީރޯޓޫ ޖީތްރީ ޓްވެންޓީނައިން، ދެމިނިޓްތެރޭ ދާނެ، ގެޓްރެޑީ.” އަދަދު ނުގުނޭވަރަށް ނަންބަރު ހުރި، އެ ނަންބަރަކީ، އެމްއެސްއޭ ކަން އަހަރެން ދެނެގަތީމެވެ. އަދި އަވަސް ހަރަކާތާއިއެކު، ދަބަސްގަނޑު ހިފައިގެން ނިކުތް އިރު، އަޔާޒް އައިސް މަޑުކޮށްލަނީއެވެ.

އަހަރެމެން ގޮސް މަޑުކޮށްލީ، ލޯންޗެއް ކައިރިއަށެވެ. ދުއްވަން އިނީ ރިފާޝާއެވެ. އެހެން ދުވަސްދުވަހަށް ވުރެ ލޯންޗު ދުއްވާލެއް ބާރު ހެންވެސް ހީވިއެވެ. ވާނުވާގައި ހުރެ، ދެވުނު އިރު، އައިމަން ސަރ، އިންތިޒާރުގައި ހުއްޓެވެ.

އަހަރެން ގެންދިޔައީ ވަރަށް މަތީ ފްލޯރ އަކަށެވެ. ބޮޑު ސްކްރީނެއް ލައިފައި ހުރި ކޮޓަރިގަނޑަކަށް ވަން އިރު، އާދައިގެ ހެދުމުގައި ތިބި ދެތިން މީހަކުވެސް ތިއްބެވެ. މިބުނީ، މިތަނަށް އައިސް އަޔާޒްމެން ލާކަހަލަ ކަޅު ޓީޝާރޓް ނުލާ ވާހަކަޔާ ބެޖެއްހާ މިންވަރުވެސް ފެންނަން ނެތް ވާހަކައެވެ. އަނެއްކާ ކިހިނެއް ކިހިނެއް ވީބާއެވެ.

އަހަރެން ގޮސް ހުސް ގޮނޑިއެއްގައި އިށީނުމުން، ސްކްރީނުން އެއްޗެއް އެޅުވުމަށް ފަހު، އައިމަން އަހަރެމެންނާއި ދިމާއަށް އެނބުރުނެވެ.

“މިހާރު މިތާ ތިބި ކުދިންނަކީ، އެމްއެސްއޭގެ ޓްރެއިނިން ފުރިހަމަ ވެފަ ތިބި ކުދިން.. ވެލްކަމް ޓު އެމްއެސްއޭ..”

އެތާ ތިބި ޔުނީފޮރމް އަޅައިގެން ތިބި ކުދިންއައިސް އަހަރެމެން ކޮންމެ މީހަކަށް ކާޑެއް ދިނެވެ. އަހަރެން، އަހަރެންނަށް ލިބުނު ކާޑު ފަރުވާތެރި ކަމާއިއެކު ބަލައިލީމެވެ.

“އެމްވީ ޒީރޯޓޫ ޖީތްރީ ސެވެންޓީފައިވް” މިމީހުން، އަހަރެންވެސް ރޮބޮޓަކަށް ހެދީ ހެއްޔެވެ. ފިސިކްސް ފޯރމިއުލަރ އެއް ދިންނަމަވެސް މިއަށް ވުރެ ތާހިރުވީހެވެ.

“އިނގިފައި ވާނެހެން، ސަރ އަކީ އައިމަން، ޖީތްރީގެ ލީޑަރު.. ތި، އަށް ކުދިންވެސް މަސައްކަތް ކުރާނީ އަހަރެންގެ ދަށުން. ސަރ ކަނޑައަޅަފަ އޮންނަ ޤަވާއިދަކީ، ކޮންމެ ދެކުއްޖަކު، މަސައްކަތް ކުރާނީ އެއްކޮށް. އެހެންމެ އަމިއްލައަށް ގްރޫޕް ފޯރމް ކޮށްލަބަ.” އައިމަން ސަރ ބުނެލުމާއި އެކު، އަހަރެން ދެން ތިބި ކުދިންނަށް ބަލައިލީމެވެ. އަނެއްކާ އަނެއް ކަންތަކެވެ. އެތިބަ ދެ އަންހެން ކުދިން އެ ބަލަނީ އަހަރެން ނޫން ދެވަނަ މީހަކާ ދިމާލަކަށް ނޫނެވެ. މި އަންހެން ކުދިންނާ ހެދިވެސް ދިރިއުޅެވޭ ވަރެއް ނޫނެވެ.

އަހަރެން މޫނަށް ޖެއްސި ވައްތަރު ފެނިފައި ކަންނޭންގެއެވެ. އަޔާޒް ރިފާޝާ ކައިރީ ކޮންމެވެސް އެއްޗެކޭ ކިޔާފައި، ވާހަކަ ދެއްކިއެވެ. “ސަރ، ސެވެންޓީ ފައިވް އަޅުގަނޑުމެން ގްރޫޕަށް ލައިދެއްވަން ވީ ނޫންތޯ…” އެހެން ވެއްޖިއްޔާ ކިތަންމެ ހާވެސް ރަނގަޅެވެ.

“ކީކޭ ބުނަނީ؟” ސުވާލަކާވެސް ނުލައި އެއްބަސްވެ، އައިމަން އަހަރެން ކައިރީ އަހާލިއެވެ. އަހަރެން ލަސްކުރުމެއްނެތި ބޯޖަހާލީމެވެ. އިތުރު ވާހަކަތަކެއް ދެއްކުމަށް ފަހު، އެ ކޮޓަރީން ނިކުމެވުނީ، ދިހަ ގަދި ބައިވެ ބޮޑުވީ ފަހުންނެވެ.

“ސެވެންޓީ ފައިވް، މީ އަހަރެމެންގެ ރޫމް އިނގޭ. ހުރިހާ މީޓިންއެއް އަދި މަސައްކަތެއްވެސް ކުރިއަށް ދާނީ މިތަނުގަ..” ކޮޓަރިއެއް ހުޅުވަމުން، ރިފާޝާ ބުނެލިއެވެ. އަހަރެން ބޯޖަހާލަމުން އެތެރެއަށް ވަނީމެވެ.

ބޮޑު ކޮޓަރިއެކެވެ. އެއްފާރުގައި ބައިވަރު ގަނޑުތަކެއް ހުރި އިރު، ދެން ހުރި އެއް ފާރުގައި ހުރީ ބޮޑު ސްކްރީނެކެވެ. ދެފަރާތުގައި ދެ މޭޒު ހުރިއިރު ހުސް ޖާގައިގައި ދެ ސޯފާ ހުއްޓެވެ. ހުސްވެސް މޮޅެތި އެއްޗިއްސެވެ. މިމީހުން ރުފިޔާ އަޅާ ގަސްގަސް ގެންގުޅެނީ ހެއްޔެވެ.

އަޔާޒްގެ ފަހަތުން ގޮސް އަހަރެން ސޯފާގައި ޖައްސާލީމެވެ. ރިފާޝާ ހުއްޓުނީ ސްކްރީން ކައިރީއެވެ.

“މީ މިހާރު އަހަރެމެން ސްޕައި ކުރާ ދެމީހުން.”

އަހަރެންނަށް ހީވީ މީހަކު އަހަރެން ބުރަކަށީގައި ޖެހީ ހެންނެވެ. ދެލޯ އަތަށް ނައީވެސް ކިރިޔާއެވެ.

“ޖިހާން އެން އިބާނާ؟”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Monsta

Level 310 Stories100 Comments100 Login

Other Articles

Previous

މާޒީ (ފަހުބައި)

Next

ބުނެދޭށޭ ރުހެމޭ 43

Next
June 22, 2019

ބުނެދޭށޭ ރުހެމޭ 43

Previews
June 22, 2019

މާޒީ (ފަހުބައި)

18 Comments!

  1. Monsta says:
    June 22, 2019 at 9:48 pm

    Salaam readers. Hope you liked it. ❤️❤️

  2. Monsta says:
    June 22, 2019 at 9:52 pm

    Sorry, but next episode genesdheveyny kuda dhuvaskolhehh fahunn. Monsta schl ga varah busy dhuvaskolhehh mee. so stry liyan midhuvaskolhu vaguthehh nulibey. July 8th ge fahun hama regular koh up kohhdheynan Insha Allah.
    Sorry again

  3. drax says:
    June 22, 2019 at 10:08 pm

    Omg ? very interesting finally somee mistries are known
    Anyway my luvaiz went to Dubai wow . will he take me with him.
    Love this part too
    Curiously waiting for next part
    And this time I am 1 st . please say congratulations sis??????

    1. Monsta says:
      June 23, 2019 at 7:16 pm

      No and no. First of all business conferences and exhibitions ah bitu gendheytha?? Secondly, luvaiz ge shaanaa hunnaane….. N first eh vess noon.. cuz monsta first ?????. Kada veyyy. Dhen Druxler eh kamaku shukrann.

    2. Neko says:
      July 19, 2019 at 11:26 am

      Kiih tha vaanii business conference ah bitu gendhiaiiyyaa nulaahiku rom vaane? congratulations drax loabii ???

  4. Aish says:
    June 23, 2019 at 12:14 am

    Next pls…can’t wait to read …best story ever… maasha Allah

    1. Monsta says:
      June 23, 2019 at 10:22 pm

      Thankss. Abt three days ga up kohdheynan Insha Allah

  5. Luc!f3r says:
    June 23, 2019 at 12:23 am

    I shall wait try to keep my curiosity caged in till the next episode

    1. Luc!f3r says:
      June 23, 2019 at 12:24 am

      wait and try*

    2. Monsta says:
      June 23, 2019 at 7:18 pm

      Sorry. But midhuvaskolhu Hama liyevenn nethy. Liyevunu has avahakahh up kohhdheynan.. schl ge emme important competition boamathivgn. N scout camps too….bsorry. Thanks a lot

    3. Luc!f3r says:
      June 24, 2019 at 3:03 am

      Competition… What competition.. ? U made me all curious by saying emme important ??

    4. Monsta says:
      July 1, 2019 at 6:52 pm

      hehe….. Atoll Quran

  6. jiji says:
    June 23, 2019 at 2:03 pm

    Ma Sha Allah???…Mi bai vec vv rythi..
    V kiyaa hithun kiyaa nihmaalevuny…nd mibai sifakohdhyfa hurileh vec vv furihama ey buneveyny??????….Een ge past ge bai ehkoh genesdhyba avahah…nd maaz men spy kurany jihaan ibaana..oh my..I’m so curious…Alhey
    July 8 ga dhw next??????…Ok but will try to be patience ingey???❤❤❤???

    1. Monsta says:
      June 23, 2019 at 7:22 pm

      Thankssss jiji…..yep een ge past genesdheynan varah avahah. No, regular kohh up vaany July 8 ga…. Eyge kurin two three episodes libeyne insha’Allah

  7. Shifoo?Shifna?? says:
    June 23, 2019 at 7:12 pm

    Wow mi prt vx vrh salhi ngey monsta. Vrh kiyaa hithun hutta e nimunee. Dhn vaanee kihinei baa ey mihithah aranee.
    Dhn july 8 ga dhw nxt.. Alhey.. Ehen vx vedhaane dhw. Dhn ok.. Will be waiting… May Allah bless u dear writer..☺☺☺?

    1. Monsta says:
      June 23, 2019 at 7:24 pm

      Thankss. Schl ga busy veema. ?? Adhi mi week ga kiyaalan libeyne insha’Allah

  8. Roo says:
    June 26, 2019 at 1:47 am

    Hey monsta ? if you dont me asking can you tell your age? Are you a college student or school student?

    1. Monsta says:
      June 26, 2019 at 3:07 am

      Hehe of course. I’m a schl student. ??? just 14 yet ??

Comments are closed.

Next Episodeނާއިންސާފް 19←


All Right Reserved!