Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އަސްލާން 7

Jinni Level 410 Stories100 Login100 Comments500 Login
June 19, 2019 3 Mins Read
11 Comments

“އަސްލާން…އަސްލާން… އަސްލާން!” އެ ވީ ގޮތެއް އޮޅުންފިލުވައިދޭތޯ އަސްލާންއަށް ގޮވީމެވެ. އެހެނަސް އޭނާގެ ހިލަމެއް ނުވިއެވެ. ބިންމައްޗަށް ތިރިވެވުނު އަހަރެންގެ ހިތަށް ވެރިވީ ބަޔާންކޮށްދޭން ނެގޭފަދަ ބިރެކެވެ.

*******************************

އަސްލާންއަށް ކަމެއް ވީ ކަމުގެ ބިރު ފިލުވައެއް ނުލެވުނެވެ. ނަމަވެސް، ދެ ތުންފަތް ފިއްތާލައިފައި، ތުރުތުރުލަމުންދިޔަ ދެއަތް މުއްކަވައިލީމެވެ.

“އަދި އަންނާނެ. ކުއްލިއަކަށް ތަނަކަށް ދާންޖެހުނީ ކަމަށް ވާނީ. އަދި އަންނާނެ.” އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ. ތެދުވެގެން ގޮސް އެނދުގައި ދެފައި ކުރުކޮށްލައިގެން އޮވެ ލޯ މަރައިލީ މާދަމާގެ އިންތިޒާރުގައެވެ. އަސްލާންއާއި ދެން ބައްދަލުވާނެ ވަގުތުގެ އިންތިޒާރުގައެވެ.

“ބޭހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުން އެބަ ދޭ. އޭގެ ފަހުން އެޕިސޯޑެއްވެސް އަދި ނާދެއެންނު.” ޓެސްޓު ނަތީޖާތައް ބަލައިލާފައި ރޫބީ ބުންޏެވެ. އަހަރެން ވަކި އެއްޗެކޭ ނުބުނަމެވެ. ހިޔާލު އޮތީ އެހެން ދިމާއެއްގައެވެ. ހަވީރު ފަސްގަޑި ބައިވެފައި އިން ގަޑިއަށް ބަލަހައްޓައިގެން އިނދެވުނެވެ. އިރުކޮޅަކު އަހަރެންގެ މޫނުގެ ކުލަވަރު ބަލަން އިނުމަށްފަހު ދެން ކޮޓަރިއަށް ދާށޭ ރޫބީ ބުންޏެވެ. އެއީ އޭނާ ވަރަށް ގިނައިން ކުރާ ކަމެކެވެ. ހީވަނީ އަހަރެންގެ މޫނުގައި ލިޔެވިފައި އޮންނަ އެއްޗެއް ފަރުވާތެރިކަމާއިއެކު ކިޔަނީހެންނެވެ.

ކޮޓަރިއަށް ވަދެފައި ރޭގަނޑު ވަންދެން މަޑުނުކޮށް އަސްލާންއަށް ގޮވަން ހިތަށްއެރިއެވެ. ނަމަވެސް ހައެއްޖަހާއިރު ބޭސް ދޭން އައުމުން ފޮނުވައިލަން ޖެހޭނެތީ ކެތްކުރަން ނިންމީމެވެ.

“ހިލްމީ.” ވަގުތު ދުއްވައިލުމަށް ހިލްމީއާއި ވާހަކަދައްކައިލެވޭތޯ ގޮވައިލީމެެވެ. ހިލްމީ ވަގުތުން އޯތްއެކޭ ބުނެ ޖަވާބުދީފިއެވެ. އެއީވެސް އެ ކޮޓަރިގަނޑު ތެރޭ އިންނަ މީހެއްވިއްޔާއެވެ. ކުރާނެ އެހެން ކަމެއް ނޯންނާނެތާއެެވެ.

“ކޮންމެވެސް ވާހަކައެއް ދައްކަބަލަ. ފޫހިވަނީއޭ.” ހިލްމީ ހުރީ ހަމަ ބުއްދީގައިކަމަށް އުންމީދުކޮށްފައި އަހަރެން ބުނީމެވެ. ހަމަނުޖެހޭ ވާހަކައެއް ދެއްކިއަސްވެސް ވާހަކަ ގުޅުވާލަން ނިންމީމެވެ.

“ހޫނ… ވާހަކައެއް ދޯ…” ހިލްމީ ކިޔައިލިއެވެ. “ލުއާ ކޮންއިރަކުތަ އައީ މި ތަނަށް؟” އިރުކޮޅަކު ވިސްނައިލާފައި ހިލްމީ ކޮށްލީ ސުވާލެކެވެ.

“ވަރަށް ކުޑައިރު.” އަހަރެން ޖަވާބުދިނީމެވެ. މާ ބޮޑު ތަފްސީލަކަށް ނުދިއުމުން ހިލްމީ އެކަމާއި ބެހޭގޮތުން އިތުރު ސުވާލެއް ނުކުރީ، އެ ވާހަކަ އިތުރަށް ދައްކަން އަހަރެން ބޭނުންނުވާތީ ކަމަށް ކަންނޭންގެއެވެ. ނަމަވެސް ހަގީގަތަކީ އެ ވާހަކައިގެ އިތުރު ތަފްސީލެއް އަހަންނަށް ނޭންގުމެވެ. މި ކަންތައް ފެށުނީ ކުއްލިއަކަށް، ސަބަބެއް ނެތި ކަމަށް އޭރު އަހަންނަށް ހީކުރެވުނެވެ.

“ހިލްމީއަަށް ކިހިނެއް ތި ކަންތައް ފެށުނީ.” ‘ކޮން ކަންތަކެއްހޭ، އަހަންނަކީ މޮޔައެއް ނޫން އިނގޭއޭ’ ބުނެފާނެތީ ޖެހިލުންވެފައި އިނދެވެސް އެހީމެވެ.

“ބިރު ނުގަންނަ މަތިން ބުނާނީ.” ހައްތަހާ ޝައުވެރިކުރުވަމުން ހިލްމީ ބުންޏެވެ.

“އަމިއްލަ ނަފްސުދެކެ ގަންނަ ވަރަށްވުރެ ބޮޑު ބިރެއް ނުގަނެވޭނެ ކަލޭދެކެއެއް، ކިތަންމެ ބިރުވެރި ކަމެއް ކޮށްފަހުއްޓަސް.” އަހަރެން ބުނީމެވެ.

“އަހަރެން މި ތަނަށް ގެނައީ މީހަކު މަރައިގެން. ހަނދާނަކު އެއްގޮތަކަށްވެސް ނެތް… ކޮން އިރަކު، ކޮން ތާކު، ކިހިނެތް ވެގެން، ކިހިނެތް ކުރި ކަމެއްކަމެއް… މެރުނީ ކާކުކަމެއްވެސް.. އަދިވެސް ނޭންގެ…” ހިލްމީ މަޑުމޮޅި ރާގަކަށް ކިޔައިދިނެވެ. ދުލަށް ގެންނަން ފަސޭހަވަރުގެ ކަމެއް ނޫނެވެ. އަހަންނަށް ހަމްދަރުދީ ވެވުނެވެ.

“ކަލޭ ކިޔާ ތިމަންނައަކީ ލަވަކިޔާ މީހެކޭ. އެއީ ކީއްވެގެން ކިޔާ އެއްޗެއްތަ؟” އަހަރެން އެހީމެވެ.

“ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތް.” ހިލްމީ ހިނިގަނޑެއްޖަހައިލިއެވެ.

“ތިވެސް ތެދެއް. މަ ކުޑައިރު މިނިކާ ހިތަކުން ނޫޅެން ދުވަހަކުވެސް، އަމިއްލަ އަތް ކާލެވޭކަށް.” އަހަރެންވެސް ހެމުން ހެމުން ބުނީމެވެ.

“ސުބުހާނައްލޯހި. މަ ބަލާނަން ކަލެއާ ވީހާވެސް ދުރަކުން އުޅެވޭތޯ ދެން ނުކުންނަ ދުވަހަކުން.” އަހަރެންވެސް، އަދި އޭނާވެސް، ހެމުން ވާހަކަދެއްކީ މޮޅިވެރިކަމާއި ހަމްދަރުދީ ފޮރުވުމަށެވެ. ސަމާސާއަކަށް ހަދައިލީ، އަމިއްލަ ނަފްސަށްވެސް އޮޅުވައިލުމަށެވެ.

އެރެއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށް ލޯ މަރައިލާފައި އަސްލާންއަށް ގޮވައިލީމެވެ. ލޯ ހުޅުވައިލިއިރު އަސްލާން ކުރިމަތީ ހުރިތަން ފެނިފައި ހިތްހަމަ ޖެހުނެވެ. ހީވީ ބޮލުގައި އޮތް ގާގަނޑެއް ނެގުނުހެންނެވެ.

“ރޭގަ ކިހިނެތް ވީ؟” ހިތުގައި ތަކުރާރުވަމުންދިޔަ އެ ސުވާލު ދުލާއި ހަމައަށް ނުނިކުތީ ކީއްވެކަމެއް ނޭންގެއެވެ. އެ ސުވާލު ކުރުމަކާއި ނުލައި ކޫސަނި ވާހަކަ ދެއްކުނުއިރު އަސްލާންވެސް އެ ރެއާއިބެހޭ ގޮތުން އެއްޗެކޭ ނުބުނެއެވެ. ފަސޭހައިން ހިންދައިލި ނަމަވެސް، އަހަންނެކޭ އެއްފަދައިން އޭނާގެ ހިތުގައިވެސް އެކަން އޮތްކަން އެނގެއެވެ.

ހަމަހޭވެރިކަމެއްވީ ކުއްލިއަކަށެވެ. ބޮލުގައި ތޫނު ރިހުމެއް ހުއްޓެވެ. އަތުގައި, ކަފަތައް ނުކުމެފައި އޮތް ބާލީސް ދުރަށް އެއްލައިލެވުނީ ބޭއިހްތިޔާރުގައެވެ. ހޭވިފައި އޮތް އިސްތަށިގަނޑުގެ އެއްބައި އޮތީ މޫނުމައްޗަށް އެޅިފައެވެ. އެންމެ ފަހު ހަނދާނަކަށް ހުރީ އާދައިގެމަތިން އަސްލާންއާއި ބައްދަލުކުރުމަށްފަހު ނިދަން އޮށޯތް ހަނދާނެވެ.

ދޮރު ހުޅުވާފައި ވަނީ ނަރުހެކެވެ. އޭނާ އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ހުރީ އިންޖެކްޝަން ޖަހަންވީތޯ ނޫންތޯ ބަލަންށެވެ.

“ލުއާ؟” ނަރުހުގެ ފަހަތުން ވަތް ރޫބީވެސް ބަލަހައްޓައިގެން ހުރެފައި ގޮވައިލީ ސުވާލެއްކުރި ފަދަ ރާގަކަށެވެ.

“އެޕިސޯޑެއް އައިކަން އިނގޭދޯ. އެކަމަކު މިފަހަރު އިންޖެކްޝަން ނުޖަހަނީސް އަމިއްލައަށް ތި ރަނގަޅުވީ.” އޭނާގެ އޮފީހަށް ގެންގޮސް ރޫބީ ވާހަކަދެއްކިއެވެ. ހިނިތުންވުމެއް ނުވަތަ އަޑުގެ ރާގު ބަދަލުވުމެއް ނެތް ނަމަވެސް އުފާވެފައި އިންހެން ހީވިއެވެ. “ރަނގަޅު ވަމުންދާކަމުގެ ހެއްކެއް މިވެސް.” ރޫބީގެ ޖުމުލައިން އަހަރެންވެސް އުފާކުރުވިއެވެ.

“އަހަރެންގެ ބަލި ހަމަ އަސްލުވެސް އެއްކޮށް ރަނގަޅުވަނީ ކަންނޭންގެ.” ވަރަށް އުފާވެފައި އަސްލާން ކައިރީ ވީގޮތް ކިޔައިދިނީމެވެ. އަސްލާންވެސް އަހަރެންގެ އުފަލުގައި ބައިވެރިވިއެވެ.

“މިތަނުން ނުކުމެވިއްޖިއްޔާ ފުރަތަމަ ކީއްބާ ކުރަންވީ؟” އަހަރެން ވިސްނައިލަމުން ބުނީމެވެ. “ފުރަތަމަ ދާންޖެހޭނީ މަރިޔަމް ކައިރިއަށް. އެ ނޫން ތަނެއް ނުހުންނާނެވިއްޔާ ހުންނާކަށް.” އަހަރެން ކިޔައިލީމެވެ.

“ލުއާ ބަލާބޮޑުކުރި ދައްތަ ދޯ.” އަސްލާން އެއްސެވެ. އަހަރެންގެ ވާހަކަތައް އަސްލާންއާއި މާ ވަރަކަށް ހިއްސާ ނުކުރިކަމުގައިވިޔަސް މަރިޔަމްމެންގެ ވާހަކަ ވަނީ ވަރަށް ކުރިން ކިޔައިދީފައެވެ.

“އާނ.” މަރިޔަމްމެންނާއި އަލުން ބައްދަލުވާނެކަން ހިތަށް ގެނެވުމުންވެސް އަހަންނަށް ހިނިތުންވެވުނެވެ.

“ލުއާ ހަނދާން އެބަހުރިތަ އެންމެ ފުރަތަމަ އަހަންނާ ބައްދަލުވި ދުވަސް؟” އަސްލާން ކުއްލިއަކަށް އަހައިލިއެވެ.

“އާނ.” އަހަރެން އަސްލާންއަށް ބަލައިލާފައި ބުނީމެވެ. “ކީއްވެ ހަނދާން ނެތެންވީ؟”

“ހަނދާން ނައްތައިނުލައްޗޭ ދުވަހަކުވެސް.” އަސަރުގަދަ ލޮލަކުން އަހަންނާއި ކަޅިހަމަކޮށްފައި ބުނެލި އަސްލާންގެ އަޑުގައިވީ ރިހުމެކެވެ. ކުއްލިއަކަށް ދިމާވާންފެށި އާދަޔާއި ހިލާފު ކަންކަމާއި ގުޅުމެއް ހުރިކަން އަހަންނަށް އެނގުނެވެ. ނަމަވެސް ސުވާލެއް ކުރާނެ ހިތްވަރެއް އަދިވެސް ނުލިބުނެވެ. ހިތުގައިވީ ބިރުވެރި ވަހުމުތައް ދުލުކުރިއަކަށް ނުނެރެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ނާއިންސާފް 16

Next

މާޒީ (ބާވީސްވަނަބައި)

Next
June 19, 2019

މާޒީ (ބާވީސްވަނަބައި)

Previews
June 19, 2019

ނާއިންސާފް 16

11 Comments!

  1. Jinni says:
    June 19, 2019 at 10:28 am

    hope yall like this prt too n sry for not being able to post daily i do submit on every day but sometimes it gets uploaded the other day. hurihaa kudhin comment kollachey i love reading comments they give me so much motivation to continue the story nicely? have a gud day

  2. jiji says:
    June 19, 2019 at 12:19 pm

    Yey mae first dhw..kiyaafa comment eh kohlaanan ingey jinnii❤❤❤???

    1. Jinni says:
      June 19, 2019 at 1:19 pm

      yup ur first jiji

  3. jiji says:
    June 19, 2019 at 12:43 pm

    Ma Sha Allah…mi part vec v v v v v v v rythi ingey jinni ganduuu..Haadha curious kohlaafa ey thi nimmaaly gurl…jiji ah mihaaru hyvany aslaan aa hedhy hn luaa ah nafsaany bali jehuny..lol….hihi..waiting fr the next part ingey..Lysmm❤❤❤❤????

    1. Jinni says:
      June 19, 2019 at 1:23 pm

      thnx jiji. yea i love cliffhangers. ooo thats an intersting thought? luv u more

  4. Dhonthee says:
    June 19, 2019 at 12:47 pm

    Jinni❤️❤️❤️❤️ Haadha salhi ey mi part…. Dhn ‘subhanallah’ liyaairu ‘subhana’ mihen liyefa Allah ge ismufulhu liyanvaanee ingey….. Eyrun rangalhuvaanee❤️❤️❤️???????? Dhen oiy part au waiting…. Love you jinni?????❤️❤️❤️❤️❤️????????????????????????

    1. Jinni says:
      June 19, 2019 at 1:26 pm

      thank u so much for pointing that out i wish i can change that now? dhen faharakun handhaan hunnane iradhakureviyyaa. luv u more

  5. Drax says:
    June 19, 2019 at 2:03 pm

    Interesting
    Mi part ves reethi ???
    Curiously waiting for next

    1. Jinni says:
      June 19, 2019 at 10:47 pm

      thnx drax

  6. Ibsha says:
    June 19, 2019 at 7:24 pm

    Haadha thafaathu , haadha reethi vaahaka ekey mi ???❤❤❤???

    1. Jinni says:
      June 19, 2019 at 10:48 pm

      thaaanx

Comments are closed.

Next Episodeއަސްލާން 8←


All Right Reserved!