Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނެދޭށޭ ރުހެމޭ 40

Saraa Level 910 Stories100 Comments100 Login500 Comments500 Login
June 16, 2019 6 Mins Read
36 Comments

އެވަގުތު ބާރަށް ކެބިންގެ ދޮރު ޖެހިގެންދިޔުމާއިއެކު ހައިޒަލްގެ ނަޒަރުވެސް ދޮރާއި ދިމާލަށް ދަތުރުކުރިއެވެ. ހިނދުކޮޅަކަށް ހައިޒަލްގެ ނޭވާހުއްޓުނުހެން ހީވިއިރު ހިތުގެ ތެޅުންވެސް މަޑުޖެހިލިހެން ހީވިއެވެ. ކެބިންގެ މަޑު ކާރޕެޓްގެ ސަބަބުންނާއި އަދި ނުތަނަވަސްކަމުގެ އޭނާގެ ސިކުނޑި ރަނގަޅަށް މަސައްކަތްނުކުރާތީ ހައިޒަލްއަށް ނައިނާގެ ފިޔަވަޅުތަކުގެ އަޑު ނީވުނީއެވެ. ދޮރުމަތީ ނައިނާ ބުދެއްހެން ހުއްޓުން އަރާފައިހުރިއިރު އެ ޖުމްލަތަކުން އެ ނާޒުކްހިތަށް ލިބުނު ސިހުން ހުރީ އެ ލޮލުން ފެންނާށެވެ. އެރީތި ލޮލުގެ ނަޒަރު ހައިޒަލްއަށް އަމާޒުވެފައިވާއިރު ކަރުނަަތައް ބޮޑިވަމުންދިޔަ ވޭނީ ލޮލުން ޝަކުވާ ނޫނީ ނުފެނުނެވެ. އިރުކޮޅަކަށްވެސް ހައިޒަލްގެ ލޮލާއި ނަޒަރު ވަކިކުރަން ބޭނުންނުވެހުރެ ނައިނާ އެދެލޮލުން ހޯދީ ކޮންއެއްޗެއްކަމެއްވެސް ނޭނގެއެވެ. އެ ޖުމްލަތައް ދޮގުކުރާނޭ ލޯބީގެ ޒަައްރެއްނަމަވެސް އެލޮލުން ދެކެން ނައިނާ ބޭނުންވީކަންނޭނގެއެވެ. ބޮޑު ލޮލަށް ނުކުޅަދާނަވާވަރަށް ކަރުނަތައް ބޮޑިވާން ފެށުމާއިއެކު ނައިނާ އަވަސްއަވަހަށް އެސްފިޔަތައް ހަރަކާތްކޮށްލަމުން އިސްޖަހައިލައިފިއެވެ.

“ސަރ… ޗެކްކޮށްލަން ޖެހޭ ފައިލްއެއް އިނީމަ…” ނައިނާގެ ތުރުތުރުއަޅަމުންދިޔަ އަތުން ހައިޒަލްއަށް ފައިލް ދިއްކޮށްލިއިރު ހައިޒަލްގެ މޫނަށް ނުބަލަން މަސައްކަތްކުރިއެވެ. ނައިނާގެ ސިއްރުކުރަން އުޅޭ ހިތާމައާއިއެކު އެލޮލުން އެއްވެސް ފޮރުވުމެެެއްނެތި ހާމަވަމުންދިޔަ ރިހުންތައް ފެނި އިރުކޮޅަކަށް ކުށްވެރިކަމުގެ ނަަޒަރަކުން ނައިނާގެ މޫނަށް ބަލަހައްޓައިގެން ހައިޒަލްއަށް އިނދެވުނެވެ. އެއާއިއެކު ފުންނޭވާއެއް ދޫކޮށްލަމުން ދުރުބަލާލީ ހިތްހަލާކުވަމުންދިޔަނަމަވެސް ކެތްތެރިކަން އިސްކުރާ ހާލުގައެވެ.

“ލީވް…” ހައިޒަލް ކިތަންމެ މަޑުމައިތިރިކޮށް ބުނެލިނަމަވެސް އަޑުގައި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއްވިއެވެ.

“ސަރ… މިއަދު ހަވާލުކުރަން ޖެހޭ ފައިލްއެއް ވީމަ…” ނައިނާ ދެވަނަ ފަހަރު ފައިލް ދިއްކޮށްލުމާއިއެކު ހައިޒަލް ރުޅިވެރިގޮތަކަށް އަތުން ޖަހާ ފައިލް ދުރަށް ހޫރާލައިފިއެވެ. އެވަގުތު ނައިނާގެ ނަޒަރު ހައިޒަލްގެ ވައަތަށް ހުއްޓުނުއިރު ހިތްދަތިވެގެންކަހަލަގޮތަކަށް ތުންފަތުގައި ދަތްއަޅާލެވުނެވެ.

“އައި ސެޑް ޓު ލީވް ރައިޓް ނައު…” ހައިޒަލް ދަތްކުނޑިވިކައިގެންހުރެ ހަޅޭލަވައިގަތްގޮތުން ނައިނާވެސް ސިހިގެންދިޔައެވެ. ނައިނާގެ ދެލޯ ބޮޑުވެގެންދިޔައިރު އެ މޫނުމައްޗަށް ވެރިވިކުލަވަރުތައް ފެނި ހައިޒަލްގެ ހިތްވެސް މަޑު ފުށްކޮޅެއްހާ މަޑުވެގެންދިޔައެވެ. އޭނަ އެއްވެސް ހާލެއްގައި ނައިނާއަށް އޭނާގެ ރުޅިވެރިކަން ދައްކާކަށް ބޭނުމެއްނޫނެވެ. ނަމަވެސް އޭނަގެ އަމިއްލަ ނަފްސު ހަމައިން ނައްޓާއިރު ރުޅިވެރިކަމުން ފިއްސާލެވޭ ހިތަކަށް ނައިނާގެ މައުސޫމް ހިތްވެގެން ހިނގައްޖެއެވެ.

ނައިނާ މައާފަށް އެދެމުން އަވަސް ފިޔަވަޅުތަކެއްގައި ކެބިންއަށް ނިކުންނަން ދިޔަތަނާ ހައިޒަލް ގޮވާލުމާއި ނަގަމުންދިޔަ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އެއާއިއެކު ވޭނީ ގޮތަކަށް ލޯ މަރާލެވުނެވެ. ބޮޑީގާރޑް ނައިނާއަކީ ކޮންފަދަ ދުރުނަމެއްހެއްޔެވެ؟ ހައިޒަލް މިހާތަނަށް ސެލް ފޯން، ޓޮމްބޯއީ އަދި ނައިނާ ނޫން ނަމަކުން އޭނައަށް ގޮވާލައިފައެއް ނުވެއެވެ.

“ނޮކް ދަ ޑޯރ ނެކްޓް ޓައިމް…” ހައިޒަލްގެ ހަރުކަށި ޖުމްލައާއިއެކު ނައިނާގެ އަރުތެރެބެދެމުން ދިޔަކަހަލަ އިހުސާސްއެއްވީއިރު ނައިނާ ބޯޖަހާލިއެވެ. އެ ޖުމްލަތަކުން ހައިޒަލް އޭނަ ދުރުކޮށްލިވަރު ހާމަވެފައި ނައިނާގެ ހިތަށް ނޭނގޭފަދަ ކެކުޅުމެއް ލިބުނެވެ.

“ހައި… ހައު ކުޑް ޔޫ ޓޫ ދެޓް… ތީ ހަމަ އަހަރެން ދަންނަ ހައިތަ؟ ނައިނާ… ޝީ ލަވްސް ޔޫ އެ ލޮޓް… އޭނަގެ ލޮލަކުން ހައިއަކަށް ނުފެނޭތަ؟ ހީކުރީތަ ނައިނާއަކީވެސް އެހެންކުދިންފަދަ ކުއްޖެކޭ… ފެންނަހާ ފިރިހެނެއް ފަހަތުން އުޅެނީއޭ ހައި ހީކުރީތަ؟ އަހަންނަކަށް ނޭނގެ ހައިއާއިމެދު ވިސްނަންވީ ގޮތެއް….” ކުރިމަތިން ނިއުޅިގެންދިޔަ މަންޒަރަތަކުން ލިބުނު ޝޮކްގެ ބޮޑުކަމުން ހިތްހަމަނުޖެހިފައި ހުރެ މިކްޔާލް ވާހަކަދެއްކިއެވެ. ހައިޒަލްގެ މިހާ ރަހުމްކުޑަވެދާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ. ނައިނާގެ ލޮލުން އޮހުނުކަރުނަތަކުން އޭނަގެ ހިތަށްވެސް ތަދުކޮށްލިއިރު ހައިޒަލްގެ ހިތަށް އެއްވެސް އަސަރެއްނުކުރީހެއްޔެވެ؟ އެލޮލުން ފައިބައިގެންދިޔަ ކޮންމެ ކަރުނަތިއްކެއް ހައިޒަލްއަށް އެހިތުން ދެވިފައިވާ މަގާމް ހާމަކޮށްދިނެވެ. ހައިޒަލްއަށް އެކަން ނަގައިނުގަނެވުނީ ހެއްޔެވެ؟ ހައިޒަލްއަކީ އެކުވެރިއެއްނަމަވެސް ހައިޒަލްގެ ސަބަބުން މައުސޫމްކުއްޖެއްގެ ހިތް ހަލާކުވެގެންދިޔައިތީ މިކްޔާލްގެ ހިތުގައި ހައިޒަލްއާއިމެދު ހިތްހަމަނުޖެހުމެއް އުފެދުނެވެ. ވަގުތީ އުފަލަކަށްޓަކައި ނައިނާގެ ފުރާނަފަދައިން ހައިޒަލް އުޅުނީ ކީއްކުރަންހެއްޔެވެ؟ ލޯބިން އެތައް ވައުދެއްކޮށް އެންމެ ފަހު ނައިނާގެ އަތުންދޫކޮށްލީ ކީއްވެހެއްޔެވެ؟ މިކްޔާލްއަށް ނޭނގުނީ ހައިޒަލްގެ މަޖުބޫރީ ހާލަތެވެ. ހައިޒަލް ސިއްރުކުރަމުންދާ އަނދިރި ސިއްރު މިކްޔާލްއަށް ރޭކާވެސް ނުލައެވެ.

*** *** *** *** *** ***

ހަވީރުގެ ފިނި ވައިރޯޅިތަކުން ފަޒާގައި ހިފާލައިފައިވާ ހޫނުކަން ކުޑަކޮށްދޭންފެށިއެވެ. އިރުގެ އޭގެ މަގާމުން ދަރަޖައެއް ތިރިވެލިއިރު ހެނދުނުއްސުރެ ދުނިޔެ ފިއްސަމުންދިޔަ ގަދަ އަވި ނިވިގެންދިޔައީ ވިލާތަކުން އިރު ފަރުދާކޮށްލިގޮތުންނެވެ. ޖެހެމުންދިޔަ ލުއި ވައިރޯޅިތަކާއިއެކު ގަސްތައް ނަށަމުންދިޔައީ ހަވީރުގެ އުފާވެރިކަން ހިތަށް ލިބިގަންނަމުންނެވެ.

ވިންޓަރ ބްރީޒްގެ ފެހި ބަގީޗާގެ ތެރޭ ބަހައްޓާފައިވާ ހަޓު ކައިރީ އިށީންދެވަޑައިގެން އަލްހާން ކޮފީއަށް އިންސާފުކުރައްވަން އިންނެވީ ވަށައިގެންވާ ގުދުރަތީ މާހައުލުން އުފާވެރިކަން ލިބިގަންނަވަމުންނެވެ. އަތުގައި އޮތް މަޖައްލާއަކަށް ނަޒަރު ހުއްޓަވާލައްވައިގެން އިންނަވާފައި ދާދި ކައިރިން ކާރެއްގެ ފުރޮޅު ކެހިގެންދިޔަ އަޑު އިވިލައްވާފައި އަލްހާން މަޖައްލާއިން ނަޒަރުވަކިކޮށްލެވުމަށްފަހު ގޭޓްއާއި ދިމާލަށް ބައްލަވާލެއްވިއެވެ. އޭރު ގޭޓްއިން ފެށިގެން ގަރާޖްއާއި ހަމަޔަށް ދެމިގެންވާ ޑްރައިވްވޭގެ މެދަށް ހުއްޓާލި ފެރާރީ ކާރުގެ ދޮރުފަތް ހުޅުވާލަމުން ޝާދީން ކާރުން ފޭބީއެވެ. ހިނދުކޮޅަކަށް އަލްހާންގެ މޫނުމަތިން ހައިރާންކަން ފެނިލެއްވިއެވެ.

ކާރުގެ ދޮރުފަތް ޖަހާލި ކުޑަ ވަގުތުކޮޅުގެތެރޭ ޝާދީން ހުރީ އަލްހާންގެ ކުރިމަތީގައެވެ. ދެބުމަގުޅުވައިގެން ހުރިއިރު ދޮންމޫން ރަތްވެގެން ގޮސް އަނގުރުކޮޅެއްހެން ހީވެއެވެ.

“ދަރިފުޅު ތިއައީ ހައިޒަލްގެ ކައިވެންޏާއިމެދު ނުރުހުން ފާޅުކުރަންނަމަ ބައްޕަ ތިވާހަކަތައް އަޑުއަހާކަށް ނެތިން…” އަލްހާން ވާހަކަދެއްވިގޮތުން އޭނާއަށް ޝާދީން އައި ބޭނުން ފަހުމްވެއްޖެކަން ހާމަވިއެވެ.

“ކީއްވެތޯ ބައްޕާ… ހައިއަކީ ފުރާފުރިހަމަވެފައި ހުރި ޒުވާނެއް… ވީއިރު ހައިގެ ދިރިއުޅުމުގެ ނިންމުންތައް ބައްޕަ ނިންމަވަންޖެހޭ ސަބަބަކީ ކޮބާ؟ މިހުރީކަމެއްވެގެންދިޔައިރުވެސް އަޅުގަނޑަށް ނޭނގުނީތީ އެންމެ ހިތްހަމަނުޖެހެނީ… ކޮއްކޮގެ މައްޗަށް އަޅުގަނޑަށް އެވަރުގެ ހައްގެއްވެސް ނެތީތަ؟” ޝާދީން ހުރީ ވަރަށްބޮޑަށް ހިތްހަމަނުޖެހި ދެރަވާގޮތްވެފައެވެ. މިހުރިހާކަމެއް އޭނައަށް އެންގެވުމަކާއިވެސް ނުލާ ބައްޕަ ކުރިއަށް ގެންދެވީތީ ބައްޕައާއިމެދު ހިތުގައި ޝަކުވާ އުފެދުނެވެ. ހައިޒަލްގެ ދިރިއުޅުމަށް ބައްޕަ ނުފޫޒު ފޯރުވަންޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟

“ބައްޕަ މިހުރިހާކަމެއްވެސް މިކުރަނީ ހައިޒަލްއަށް ރަނގަޅަކަށް… ޝަވާ ދަރިފުޅުމެން ޅަވީމަ ނޭނގިދާނެ… ޒުވާންކަމުގެ ޖޯޝްގައި މިއަދު ބައްޕަމެންގެ ނިންމާ ނިންމުންތަކާއި ދެކޮޅުހެދިޔަސް ކޮންމެވެސް ދުވަހަކުން ބައްޕަމެން މިހުރިހާކަމެއް ކުރަނީ ދަރިފުޅުމެންނަށްޓަކައިކަން ވިސްނޭނެ…” އަލްހާން ނުހަނު ލޯބިން މަލެއްފަދަ ދަރިފުޅަށް އޭނަގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަން ވިސްނައިދިނުމަށް ބަސްތައް ގަތާލިއެވެ.

“ބައްޕަ ހައިދެކެ ލޯބިވާކަން އަދި ހެޔޮގޮތްވުމަށްވެސް އެދޭނޭކަން އިނގޭ… އެކަމް އޭގެ މާނައަކީ ހައިގެ ދިރިއުޅުމަށް ބައްޕަ ނުފޫޒް ފޯރުއްވާށެކޭ ނޫނެއްނު… މިއީ ހައިގެ ދިރިއުޅުން… ވީއިރު ހައި އެދޭގޮތަށް ކަންތައްވާންޖެހޭނެ…” ޝާދީން ހުރީ ވަރަށްބޮޑަށް ހިތްހަމަނުޖެހޭގޮތްވެފައެވެ.

“ހައިޒަލް މިކަމަކާއި ގަބޫލުއިރު ބައްޕަ ބޭނުމެއްނުވޭ މި މައުޞޫއުއަށް ދަރިފުޅާ ދެބަސްވާކަށް…” އަލްހާން ޝާދީންއާއިއެކު ދެބަސްވުމަކަށް ދާން ބޭނުންނުވާތީ އެތަނުން ދުރަށް ދުރުވިއެވެ. އެއާއިއެކު މިހުރިހާއިރު ގަސްބޮޑިތަކުގެ ނިވަލުގައި ޝާދީންއާއި އަލްހާންގެ ހަރަކާތްތައް ދެކެން ހުރި ރިހާނާ އައިތަނެއްވެސް ނޭނގި ފެނުނީ ޝާދީން ކުރިމަތީ ހުއްޓައެވެ.”

އަހަރެން ހިތަށް އޭރުވެސް އެރިއޭ މިކަމާ ދެކޮޅުހަދާން ޝާދީން އަންނާނެއޭ.. ޝާދީންއަށް ހީވަނީތަ މިއީ އަހަރެމެންނަށް ފައިދާތަކެއް ވާނޭކަމަށް ކުރާކަމެކޭ… މިއީ ހައިޒަލްއަށް ރަނގަޅަށް އަހަރެމެން ކޮށްދޭކަމެއް…” ރިހާނާ ހުރީ އެ ތޫނުލޮލުން ޝާދީންއާއި ދިމާލަށް ކަޅިއަޅާލައިގެންނެވެ. ރިހާނާގެ ޖުމްލައާއިއެކު ޝާދީން ހިތިގޮތަކަށް ހީލިއިރު އެލޮލުން ޝާދީން ސިއްރުކުރާ ވޭނެއްގެ އަސަރު ފެނިލިއެވެ.

“އަޅުގަނޑަށް ރަނގަޅުގޮތް ހައިއަށް ރަނގަޅުގޮތް ނިންމަވާކަށް މަންމައަކަށް އިނގިއެއްނުލައްވާނެ…” ޝާދީންގެ އަޑުގައި އެކުލެވިގެންދިޔަ ރިހުމުގެ އަސަރާއިއެކު ރިހާނާގެ މޫނަށް ބަލާލިއެވެ.

“މަންމަ ކޮންއިރަކުތޯ ހައިއާއިމެދު ދަރިއެެއްގެ ނަޒަރުން ދެކިލެއްވީ… މާޒީގެ ރުޅިވެރިކަން ހައިއަށް އަމާޒުކުރައްވަމުންދާއިރު މަންމާ ހައިގެވެސް އޮންނަނީ ހިތެކޭ… ބޭރުފުށުން ހިތާމަތަށް ދައްކައިނުލައިހުއްޓަސް ހައިވެސް ދެރަވާނެ… މަންމަގެ ލޯތްބާއި އޯގާތެރިކަމާއި ލޯތްބެއް ހައި ބޭނުމެއްނުވާނެތަ؟ ކޮއްކޮއަށް ލޯބީގެ މިންވަރެއްވެސް މަންމަ ނުދެއްވިއިރު ހައިގެ އުފާތަކަށް ހުރަސްއެޅުމުގެ ކޮން ހައްގެއް މަންމައަށް އޮތީ… މަންމަގެ ދިރިއުޅުމުގައި ދަރިންނަށް ދެވިފައިވާ މަގާމު މިވޭތުވެދިޔަ ދުވަސްތަކަކުގައި މަންމަ ވަރަށް ރަނގަޅަށް ހާމަކޮށްދެއްވައިފި…. އަޅުގަނޑާއި ހައިއާއި މެދު މަންމަ ނުވިސްނަވާކަން އިނގޭ…. އަޅުގަނޑުމެންގެ އުފަލާއި ހިތާމައަކީ މަންމައަށް މުހިންމުވެ ލައްވާ ކަންކަމެއް ނޫން… ވީއިރު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ނިންމުންތަކަށް ގޮތްނުކިޔުއްވާ މަންމަ ހުންނަވާފާނަންތަ؟” އަލްހާންގެ ނިންމެވުމާއިއެކު ހިތްހަމަނުޖެހިފައި ހުރިއިރު ރިހާނާ ވާހަކަދެއްކުމުން ހިތުގައި އުފެދިގަތް ރުޅިވެރިކަން ޝާދީންއަށް ބޭރުކޮށްލީ އެތައް ޝަކުވާތަކަކާއި އެކުގައެވެ. އޭރު އެ ދެލޮލުގެ ތެރޭ ކަރުނަތިކިތައް ވިދަމުންދިޔައެވެ. އެކަރުނަތައް ރިހާނާއަށް ދައްކަން ބޭނުންނުވާތީ ޝާދީން ކަރުނަތައް ފުހެމުން ކާރާއި ދިމާލަށް ހިނގައިގަތެވެ. މިހުރިހާ ދުވަހަކު އޭނަ އެޝަކުވާތައް ހިތުގެ ތެރޭގައި ހިފަހައްޓައިލައިގެން ހުރެ ލައްކަ ހިތްވަރުކޮށްފިއެވެ. ބޮޑުވަމުން އައިރު މަންމަގެ ފަރާތުން ފެނުނު ދުުރުކަމާއި އަޅާލުންކުޑަކަމުން އެ ތުއްތު ހިތަށް ލިބުނު ރިހުން ޒުވާންވެގެން އައިރުވެސް ތާޒާކަމާއިއެކު އެ ހިތުގައި އަދިވެސް ދެމިއެބަހުއްޓެވެ. ޝާދީންގެ އުމުރުން އޭރު އަށްއަހަރުކަމަށްވީއިރު ހައިޒަލްގެ ކުޑައިރުގެ ހަނދާންތައް ކިތަންމެ ރަނގަޅަށްވެސް ހަނދާންހުރެއެވެ. ރިހާނާ ހައިޒަލްއާއި މެދު ކަންތައްކުރަމުންދިޔަ ގޮތްތައް އެންމެ ގާތުން ދެކުނީ އޭނައެވެ. ކޮއްކޮ ރޮއެރޮއެ ވަރުބަލިވެގެން ހިނދިގެންދާއިރުވެސް މަންމަ އަޅާނުލާއިންނައިރު ޝާދީންގެ ހިތުގައި މަންމައާއިމެދު އެތަކެއް ޝަކުވާތަކެއް އުފެދިގެންދިޔައެވެ. އެ ހަނދާންތައް ހިތުގެ ރިހުމަކަށްވެގެންގޮސްފައިވިޔަސް ޝާދީން ހުންނަނީ އެ ކަންތައް ހިތުގެ އެންމެ ފުނުގައި ރައްކާކޮށްލައިގެންނެވެ.

*** *** *** *** *** ***

އިރުއޮއްސުމަށް ވަގުތު ކުޑަތައްވަމުންދިޔައިރު ނައިނާ ޑޮކިއުމެންޓޭޝަން ރޫމްއިން ނިކުމެގެން އައި އަތްމަތީ ބަރިއަކަށްވާގޮތަށް ފައިލްތައް ބަހައްޓައިގެން ހުރެއެވެ. ބޮޑު ފައިލް ބަރިއާއިއެކު ހަށިގަނޑު ބެލެންސްނުކުރެވިފައިހުރިއިރު ހީލްއަކަށް އަރަައިފައިހުރުމުން ނައިނާ ކޮންމެ ފިޔަވަޅެއްވެސް ނަގަމުންދިޔައީ ފަރުވާތެރިކަމާއިއެކުގައެވެ. ދޭތެރެއަކުން ފައި އަރިއަޅާލާގޮތުން ފައިލްތަކަކާއިއެކު ނައިނާ އަރިއަޅާލަފާނެހެން ހީވެއެވެ.

ނައިނާ ފިޔަވަޅުތަކަށް ފަރުވާތެރިވެހުރެ ކެބިންގެ ދޮރާއި އަރާހަމަވީވަގުތަކީ އެތެރެއިން ދޮރުހުޅުވާލައިފައި ކޮންމެވެސް ޒުވާނަކު ނިކުތްވަގުތެވެ. އެ ޒުވާނާ ފޯނަށް ގެއްލިފައި ނިކުތްއިރު ފުރަތަމަވެސް އަޅައިގަތީ ކެބިންއަށް ވަންނަން އައި ނައިނާގެ ގައިގައެވެ. ބޯ ފައިލްތަކާއިއެކު ހަށިގަނޑު ބަރުދަން ހިފަހައްޓާލަން ނުކުޅެދިގެން ނައިނާ އަރިއަޅާލިއިރު އެ ޒުވާނާ ނައިނާއާއި ދިމާލަށް އަތްދިއްކޮށްލިއެވެ. އޭގެ ކުރިން ފަހަތުން އައި ކޮންމެވެސް ޒުވާނަކު ނައިނާގެ ހަށިގަނޑުގައި ފަހަތުން ހިފަހައްޓާލިއެވެ. އެއާއިއެކު އެ ޒުވާނާ މައާފަށް އެދެމުން ދުރަށް ހިނގައިގަތެވެ. އެވަގުތު ނައިނާ ފަސްއެނބުރިބަލާލުމާއިއެކު ފަހަތުގައި ހައިޒަލްއާއި ހަތަރުކަޅި ހަމަވީއިރު ވަގުތުން ނައިނާ ދުރަށް ޖެހިލައިފިއެވެ. ހައިޒަލްގެ ދެއަތުން އޭނަގެ ހިތްހަލާކުކޮށްލުމަށްފަހު އެދެއަތުގެ ހިމާޔަތަށް ދާން ފުރަތަމަ ފަހަރަށް ހިތްވެސް ދެކޮޅުހެދީއެވެ. ނައިނާގެ ހަށިގަނޑުގައި ވަށާލެވިފައިވާ ދެއަތް ނެެއްޓިގެންދިޔައިރު ހައިޒަލް ދެއަތް މުއްކަވާލަމުން ފަޓްލޫން ޖީބަށް ޖަހާލިއެވެ

“ލެޓްމީ ހެލްޕް ޔޫ…” ހައިޒަލް ނައިނާއާއި ގާތްވެލަމުން ނައިނާގެ އަތުގައި ހުރި ފައިލްތައް ނަގަން އުޅުމާއިއެކު ނައިނާ ވަގުތުން ހައިޒަލްއާއި ދުރުވެލައިފިއެވެ.

“ނޯރ… ތޭންކްސް… އައި ކޭން މެނޭޖް…” ހައިޒަލް ދިއްކޮށްލި އަތާއި ފައިލްތައް ދުރުކޮށްލަމުން ނައިނާ ހައިޒަލްގެ މޫނަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. ހައިޒަލްގެ ދުލުން އޭނައަށް އިވުނު ބަސްތައް ހައިޒަލްގެ ހިތުން އެހާ އަވަހަށް ފޮހެވުނީތީ ޝަކުވާ އުފެދިފައިހުރެއެވެ. އެ ބަސްތައް ރުވާފައި ދޫކޮށްލި ތީރެއްފަދަ ނައިނާގެ ހިތަށް ހެރުނުގޮތަށް ހިތަށް ލޭއޮހުރުވާލިއިރު ހިތަށް ކުރި އަސަރު ހައިޒަލްފަދަ އަނިޔާވެރި ލޯބިވެރިއަކަށް ނޭނގޭނެއެވެ. އަދިވެސް ހައިޒަލްގެ އަޑުން ޒަހަރަށްވުރެ އެ ހިތި ލަފްޒުތައް ކަންފަތްދޮށުގައި ގުގުމަމުންދާގޮތުން ހަށިގަނޑުގެ ވަރުދޫވެދާނެހެން ހީވެއެވެ.

އިރުކޮޅަކަށް ދެޒުވާނުންގެ ދެމެދުގައި ބަދަލުކުރެވިގެންދިޔަ ފިނިނަޒަރާއިއެކު ނައިނާގެ ލޮލާއި ނަޒަރު ވަކިކޮށްލަމުން ހައިޒަލް ދުރަށް ހިނގައިގަތެވެ.

“އަދިވެސް މިހިތް ގަބޫލެއްނުކުރޭ… ހައިޒަލްގެ ދުުލުން އެލަފްޒުތައް އަޑުއިވުނަސް އެއިން އެންމެ ލަފްޒެއްވެސް މި ނުކިޔަމަންތެރި ހިތް ގަބޫލެއްނުކުރާނެ… އެކަމަކު ހިތުގައި ޝަކުވާއުފެދުނުވަރު ހައިއަށް އިނގޭނެނަމަ…. ޕްލީޒް… ހައިޒަލް…. ބުނެދީބަލަ އަހަންނާއި ރުހެމޭ… އެބަސްތަކަކީ ދޮގަކަށްވިޔަސް… މިހިތަށް ކުޑަވެސް ތަސައްލީއެއް ދީބަލަ…” ނައިނާގެ ލޮލުން ނީރާލި ކަރުނަތަކާއިއެކު އަރުތެރެބެދިގެން ދިޔައިރު އެއަޑުގައިވީ ހާސްހިތާމައިގެ އަސަރެވެ. އެ ވޭނީ އަޑުން އަސަރުކުރިވަރުން ހައިޒަލް އިރުކޮޅެއްވާންދެން ހުއްޓުންއަރާފައި ހުރުމަށްފަހު ދުރަށް ހިނގައިގަތެވެ. އޭރު ނައިނާގެ ތުންފަތް ފޫދުއްވާލައިފައި އިވެމުންދިޔަ ހިމޭން ގިސްލުމާއިއެކު ހައިޒަލްގެ ހިތްވެސް ހަލާކުވިއެވެ. އޭނައަކީ ނައިނާގެ ކުށްވެރިއެކެވެ. އެ ނާޒުކް ހިތް ހަލާކުވީ އޭނާގެ ސަބަބުންނެވެ.

ހަލާކުވީ ހަމައެކަނި ނައިނާގެ ހިތެއްނޫނެވެ. އޭނަގެ މަޖުބޫރީ ހާލަތާއިއެކު ކުރާ ހިތާމައާއި އޮހޮރުވާ ކަރުނަ އެހެން ފަރާތަކަށް ނޭނގެއެވެ. ލޯކުރިމަތީ ލޯބި ފެންނަން ހުރެ އޭނަ ލޯތްބަށް ތެޅިފޮޅޭވަރު އެހެން ފަރާތަކަށް އިހުސާސްވެސްކޮށްނުލެވޭނެއެވެ. އަމިއްލަ ހިތުގެ ހާލަތު ސިއްރުކޮށްލައިގެން ލޯތްބާއި ދުރުގައި އުޅެން އޭނަައަށް ކެތްވަނީކީނޫނެވެ. ބައްޕަގެ ބިރުދެއްކުމުގެ ހަތިޔާރަކީ ނައިނާގެ ފުރާނަ ނޫން އެއްޗެއްނަމަ އޭނަ ހުރިހާ އެއްޗެއް ދޫކޮށްލުމަށްފަހު ބައްޕަގެ އަމުރާއި ނުކިޔަމަންތެރިވެ ނައިނާ ގާތަށް އަންނާނެތާ ކިތަންމެ ދުވަހެކެވެ.

ނައިނާގެ ދުލުން އިވުނު ލަފްޒުތަަކަކީ އޭނަ ނައިނާ ގާތު ބުނެލަން އިންތިހާއަށް ބޭނުންވި ލަފްޒުތަކެވެ. ނަމަވެސް މިހާރު މާ ލަސްވެއްޖެއެވެ. އެހެން މީހެއްގެ ހައްގަކަށް އޭނާ ވާވަގުތު ކުޑަތަންވަމުން އަންނައިރު އޭނަ ލޯބިވާވަރު އަންގަދީގެން ހާސިލްނުވާނޭ އުއްމީދެއް ނައިނާއަށް ދޭކަށް އޭނަ ބޭނުމެއްނުވެއެވެ. އޭނަ ނައިނާ ދޫކޮށްލަން ޖެހުނު ސަބަބާއި އެ ލޯތްބަށް ފަސްދޭން މަޖުބޫރުވި ހިތިގޮތް ނޭނގި ނައިނާ އަނދިރީގައި ހުރިޔަދޭށެވެ. އަނިޔާވެރި ލޯބިވެރިއެއްގެ ގޮތުގައި ދެކި ނައިނާ އޭނައަށް ނަފްރަތުކުރިޔަދޭށެވެ. ހަގީގަތް އިނގުމުން ނައިނާގެ ހިތްހަލާކުވުންނޫންކަމެއް ނުވާނެއެވެ. ދެހިތުން އެކަކު އަނެކަކު ދެކެ ލޯބިވާވަރު އިނގި ދުރުން އުޅެންޖެހުމުން ނައިނާ ތަހައްމަލްކުރަންޖެހޭނެ ކެކުޅުންތައް މާ ވޭންދެނިވި ވާނެއެވެ.

*** *** *** *** *** ***

ރަންގުކުލަތަކުން ފަޒާ ފެވެމުންދިޔައިރު މަޑުމަޑުން އިރުގެ އަލިކަން ފުހެވި ދުނިޔެ އަނދިރިކަމުގެ ތެރެއިން ގެނބެމުންދިޔައެވެ. ރޭގަނޑުގެ އަނިދިރިކަމާއިއެކު އަނދިރިކަން ވެރިވަމުން އައި މަގުތަކުން ދުއްވާފައި އައި ފެރާރީ ކާރު ބްލޫސް ކޮމްޕެނީގެ ކުރިމައްޗަށްވާގޮތަށް ހުއްޓާލިއެވެ. އެއާއިއެކު ކާރުގެ ދޮރުފަތް ހުޅުވާލަމުން ޝާދީން ކާރުން ފޭބިއިރު ކާރުގެ ރިމޯޓްއަށް ފިއްތާލަމުން އެންޓްރެންސް ހުރަަސްކޮށް ކޮމްޕެނީ ތެެރެއަށް ވަންނަން ހިނގައިގަތެވެ.

ބްލޫސްގެ ގިނަ މުވައްޒަފުންގެ ޑިއުޓީ ނިމިފައިވުމާއިއެކު މިވަގުތު ކޮމްޕެނީތެރެ ފެންނަނީ އެހެން ވަގުތަކާއި ހިލާފަށް ފުދޭވަރަކަށް ފަޅުކޮށެވެ. ގްރައުންޑް ފްލޯރގައިވެސް ރިސެޕްޝަން ކުދިންކޮޅު ނޫން ބަޔަކު ފެންނާކަށް ނެތެވެ. ޝާދީން ކެބިންއާއި އަރާހަމަވުމާއިއެކު އެކުދިން މޭމްގެ ނަމުން މުހާތަބުކުރަމުން ރޭގަނޑުގެ ތަހުނިޔާކިޔެއެވެ. އެކުދިންނަށްވެސް އޭނައަކީ އަލްހާންގެ ދޮށީ ދަރިފުޅުކަން އިނގުނީއެވެ. ބްލޫސްގެ ހުރިހާ މުވައްޒަފުންނަށް ޝާދީން އިނގިފައިވާނީ ބްލޫސްގެ މެނޭޖިން ޑިރެކްޓަރގެ މަގާމާއި ހަވާލުވާން ހަމަޖެހިފައިވާ ފަރާތުގެ ގޮތުގައެވެ. އަލްހާން އެމަގާމު ޝާދީންއަށް އަމިއްލަކޮށްލަދެއްވައިގެން ހުންނެވިނަމަވެސް އާއިލީ ވިޔަފާރިއާއި ގުޅުމުގެ އެއްވެސް ވިސްނުމެއް ޝާދީންގެއެއްނެތެވެ.

ޝާދީން ލޮބީ ކުރިމަތިން އަޅާލައިފައި ގޮސް މަތީ ފަންގިފިލާތަކަށް އަރަން ހާއްސަކޮށްފައިވާ ލިފްޓު ކުރިމަތީ ހުއްޓެމުން ބަޓަނަށް ފިތާލިއެވެ. އިރުކޮޅެއްފަހުން ލިފްޓު ހުޅުވިގެންދިޔައިރު ޝާދީން ފޯނާއި ކުޅެން ހުރެފައި އިސްއުުފުލާ ބަލާލިއިރު ފެނުނު ސޫރައަކުން ހިނދުކޮޅަކަށް މީހާ ހުއްޓުން އަރާގޮތްވިއެވެ. މީހާ ގަނޑުވިފަދަ އިހުސާސްއެއްވީއިރު އިރުކޮޅެއްވަންދެން ޝާދީންއަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. މާޒީގެ ހިތިކަން މީހާ ވަށާލިއިރު ޝާދީންގެ ލޮލުން ވޭނެއްގެ އަސަރު ފާޅުވާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. ހަތަރުއަހަރުވަންދެން އޭނަ ސިއްރު ކުރި ރިހުންތައް ލޮލުން ފާޅުވެގެންދިޔައިރު ޝާދީން އިސްޖަހާލީ އެތައްދުވަހަކަށްފަހު އެ އިހުސާސްތައް ފާޅުކުރަން ބޭނުންނުވާތީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ވަފާތެރި މަވީމޭ ލޯބިން.. 6

Next

އަސްލާން 5

Next
June 16, 2019

އަސްލާން 5

Previews
June 16, 2019

ވަފާތެރި މަވީމޭ ލޯބިން.. 6

36 Comments!

  1. dhiraa wish says:
    June 16, 2019 at 7:25 pm

    kiyuntherin inthizaaruga nubahahthaa liyevunuhaa avahakah mi up kohleee… ummeedh kuran mi baives kamudhaane kamah… and shaaadheen ah fenununee kaaakuhen readers heevanee… any guessses… waiting for your comments… next part will be uploaded on tuesday night insha allah.. keep waiting

  2. Zar@ says:
    June 16, 2019 at 7:31 pm

    Yayyy me first dhw…

    1. dhiraa wish says:
      June 16, 2019 at 9:03 pm

      yeah

  3. Zar@ says:
    June 16, 2019 at 7:32 pm

    Vvvvv reethi mi part ves ingey.. ????waiting for the next part… Keep it up… Good luck..

    1. dhiraa wish says:
      June 16, 2019 at 9:13 pm

      thnkx

    2. Zar@ says:
      June 16, 2019 at 9:31 pm

      ??Welcome

  4. Sama says:
    June 16, 2019 at 7:44 pm

    V reethi. Dhiraa kahala v madhu liyun therin mi esfiya ga hury kiyuntherinna Medhu visnaa. ❤️?❤️❤️

    1. dhiraa wish says:
      June 16, 2019 at 9:33 pm

      thnks

  5. Dhonthee says:
    June 16, 2019 at 8:06 pm

    Yooohoooo….. Vvvvv reethi ingey mi part?????it was awesome hama ????????I love this story ingey dhiraa???????????????????

    1. dhiraa wish says:
      June 16, 2019 at 9:34 pm

      thnkx

  6. Lee says:
    June 16, 2019 at 8:26 pm

    Aslu v v reethi????????

    1. dhiraa wish says:
      June 16, 2019 at 9:34 pm

      thnkx

  7. Nahaa says:
    June 16, 2019 at 8:34 pm

    Haadha kureyy

    1. dhiraa wish says:
      June 16, 2019 at 9:35 pm

      sry dear

  8. Mal? says:
    June 16, 2019 at 9:05 pm

    Vv reethi ?? ex boyfriend I think ??

    1. dhiraa wish says:
      June 16, 2019 at 9:36 pm

      thnkx.. lets c dw

  9. Faathi says:
    June 16, 2019 at 10:41 pm

    Mibaives v reethi ekam hai n naina dhurunukurahchey plx

    1. dhiraa wish says:
      June 18, 2019 at 12:36 am

      thankss faathi… naina and hai ah vaagotheh balamaa dho

  10. Usha says:
    June 16, 2019 at 11:15 pm

    Vaahaka nimeyiru hurihaa hageegatheh ingi Naina and haizal gulhen varah beynun..
    Koniraku next part???

    1. dhiraa wish says:
      June 18, 2019 at 12:38 am

      dhira varah masaikah kuraanan kiyuntherin beynun vaa gothah vaahaka ninman… next part on tuesday night

  11. Azuna says:
    June 17, 2019 at 12:02 am

    WOW❤❤❤ Varah Reethi mi bai ves…hai n Naina dhuru nukuraathi

    1. dhiraa wish says:
      June 18, 2019 at 12:39 am

      thankss dear… thee haige aih mathee oih kamehnu… hinghaa dho hai kanthah kuraa gotheh balamaa

  12. Kk says:
    June 17, 2019 at 9:50 am

    Wow varah rythi..

    1. dhiraa wish says:
      June 18, 2019 at 12:39 am

      thankss dear

  13. Laalu says:
    June 17, 2019 at 1:32 pm

    Vv loans mi baivx?????waiting ….

    1. dhiraa wish says:
      June 20, 2019 at 10:58 pm

      thnks

  14. Laalu says:
    June 17, 2019 at 1:33 pm

    Sry typing error…. V loabi…. ?

    1. dhiraa wish says:
      June 18, 2019 at 12:40 am

      thankss dear

  15. Hamshana hamko ham says:
    June 17, 2019 at 1:34 pm

    Loabi mi part ves. Ekam bae mistakes ebahuri. Keep up the gud work. Love ur story

    1. dhiraa wish says:
      June 18, 2019 at 12:41 am

      thankss dear… that means a lot to me… i will try to correct those mistakes..

  16. micky says:
    June 17, 2019 at 4:10 pm

    nice story waiting next part…..

    1. dhiraa wish says:
      June 18, 2019 at 12:42 am

      thankss dear… keep waiting… insha allah tuesday night ga up kohlaanan

  17. jiji says:
    June 17, 2019 at 9:02 pm

    Alhe kaakubaa aee….Mikyal kahneyge dhw..
    I’m so curious..Waiting fr tomorrow..luww yuhhh ingey sis???❤❤❤???????????????

    1. dhiraa wish says:
      June 18, 2019 at 12:43 am

      shaadheen ah ingeynee hama.. hinghaa dho mikyal thoa balamaa… keep waiting ly too dear…

  18. Usha says:
    June 17, 2019 at 10:24 pm

    41 vana bai kobaabaa dear..
    Kiyaalaa hithun hama..

    1. dhiraa wish says:
      June 19, 2019 at 1:01 am

      Upkohlaafa ihnaanee

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 41←


All Right Reserved!