ނާއިންސާފް 13
މާޒިންގެ ނަޒަރުން
…………
އަހަރެންނަށް ހޭލެވުނީ، ވަރަށް ލަސްވެފައި ހުއްޓައެވެ. ހޮނިހިރު ދުވަހެއްކަން ވެސް ނަސީބެވެ. އަބަދެކޭވެސް އެއްގޮތަށް ތެދުވެ އަހަރެން ފޯނު ބަލައިލީމެވެ. ސިހުނީ ލުވެއިޒް ބައިވަރު މެސެޖުކޮށްފައި ހުރުމުންނެވެ. ދެތިން ފަހަރަކު ގުޅާފަ ވެސް އިނެވެ.
ރޭގެ ހާދިސާ ލުވެއިޒްއަށް އެނގުނީހެއްޔެވެ. އަލީނާ ގެއަށް ގޮސް ލުވެއިޒް ކައިރީ ކިޔާލީހެވެ؟ އަނެއްކާ އަނެއް ހަކަންތަކެވެ. މި އަންހެން ކުދިންނަށް މީހުން ކައިރީ ކިޔަން ޖެހޭ ވާހަކައާއި ކިޔަން ނުޖެހޭ ވާހަކަވެސް ވަކިކުރާކަށް ނޭންގޭނެއެވެ.
މެސެޖުތައް ކިޔަން ނުފެށެނީސް އަނެއްކާ އަނެއް ފަހަރު ލުވެއިޒް ގުޅިއެވެ. ފޯނު ނަގައި ކަންފަތުގައި ޖެހިއިރު، އަހަރެންގެ ހިތް ތެޅެމުން ދިޔައީ ވަކިވަރެއް ބަލާފަކާ ނޫނެވެ. މި އަލީނާއަކާއި ދިމާވި ފަހުން ހިތްވެސް ބަސްނާހަން ދަސްކޮށްފިއެވެ.
“މާޒިން. ފޯނު ނަގަން ދަސްކޮށްބަލަ” ލުވެއިޒްގެ ރާގު ހުރި ގޮތުން ކަމެއްވެއްޖެކަން ނުވަތަ ނުވާކަންވެސް އެނގޭ ގޮތެއް ނުވިއެވެ.
“ފޯނު ނަގަން އެނގޭތީ ނޫންތަ މި ނެގުނީ”
“ހަދާނެ ގޮތެއް ނޭންގިގެން ޒިންއަށް މި ގުޅީ… މައެ މަރުނުވަނީސް، ހެޔޮނުވާނެ އައިސްދީބަ..” އަހަރެން ހީކުރި ގޮތާއި ޚިލާފަށް ލުވެއިޒް ގުޅީ ހަތަރު އުދަރެސް ފެނުޖެހިގެންނެވެ. ލުވެއިޒްއަކީ އަހަރެން ދަންނަ މީހުންގެ ތެރެއިން އެންމެ އޮމާން ދިރިއުޅުމެއް އުޅޭ މީހާއެވެ. މި ބުނީ ލުވެއިޒްއަކީ ގަޅިކަންކަން ކޮށްގެލައިގެން ގޮތްގޮތް ވާމީހެއް ނޫނޭއެވެ.ވީ ގޮތެއް ހިތަށް އަރުވާލަންވެސް ނޭންގުނީ އެހެންވެއެވެ.
ފެންވަރާލައިގެން އެންމެ ފުރަތަމަ އަތުޖެހުނު ކަޅުޓީޝާޓު ގަޔަށް މަހަމުން އަހަރެން ނިކުމެ ހިނގައިގަތީމެވެ. ފަސްވަރަކަށް މިނިޓު ތެރޭ އެހިސާބަށް ދެވޭނެއެވެ.
މި ދެވެނީ ކޮންތާކަށް ކަން ހަނދާންވީ ގޭ ދޮރުމައްޗަށް އެރުނު ފަހުންނެވެ. އީން ކުރިމައްޗަށް އަރާނެހާ ހިތްވަރު އަހަރެންގެ ގައިގައި ހުންނާނެހެއްޔެވެ. އެއެއްވެސް އަހަރެންނަކަށް ނޭންގެއެވެ. ޔަގީންވަނީ މި ވަގުތު އީން ފެންނަން އަހަރެން ބޭނުންނުވާކަމެވެ. އަސްލު ތެދަށް ބުނަންޏާ އަހަރެންވެސް ލަދު ގަނެއެވެ. ކުރެވޭ ކަންކަމުން ގަންނަ ވަރު ވެއެވެ.
“މަ ހީކުރީ ގޭގަ ހުޅު ހިފައިގެން ކަމަށް އުޅެނީ” ހިންދިރުވާލައިފައި އެތެރެއަށް ވަން އިރު ލުވެއިޒް އެކަނިމައިއެކަނި ސޯފާއަށް ވެޑުވިފައި އިނުމުން އަހަރެންވެސް ގޮސް ލުވެއިޒް ކައިރީ ޖައްސާލީމެވެ. ރަނގަޅަށް ނުހޭލެވިގެން އުޅެނިކޮށް އާދޭސްކޮށްގެން އެ ގެނައީ ކީތްކުރަންހެވެ.
“ގޭގަ ރަނގަޅަށްވެސް ހުޅު ހިފާފަ ހުންނާނީ މައެ ނޫޅޭނަމަ.”
“ހާސަރު ދިގު ނުކޮށް ވީ އެއްޗެއް ކީމަ ނޫންތަ އިނގޭނީ”
“ވީ ކީތްހޯ؟ މަގޭ ލޯބިވާ ދެ ކޮއްކޮ… މިދެމީހުން ކަމަކީ އަބަދު ތަޅާފޮޅުން.. ނޭންގެ ރޭގަވެސް ތަޅައިގަނެފަ އެލީން ކޮޓަރީން ނުނިކުމޭ.. އެ ނުކާކަން އެނގިއްޖިއްޔާ ބައްޕަ މައެ ކަތިލާނެ…. ބުނާނެ ކޮއްކޮ ބެލުމަކީ ލުވެއިޒް ޒިންމާއަކޯ މިވަގުތު، އޭއްޗަކޯ މީއްޗަކޯ…. ވަރަށް އާދޭސްކޮށްގެން ހެނދުނު ސައިބޯންވެސް ނެރުނީ…. ނިކުންނައިރަށް އަނެއްކާ ތަޅައިގަތީ…. މި މީހުން ބޮޑުވާ ވަރަކަށް އުޅޭގޮތް ކުޑަވަނީ” އީން އާއި އެލީޒާ އާއި ތަޅާވެސްފޮޅާހެއްޔެވެ؟ އެކަމަކު އަލީނާ ޖަހަނީ ވަރަށް މައުސޫމް ވައްތަރެވެ. ނުމޮށޭ ގުރާ ބާރަށް ދަތް އަޅަޔޭ މީހުން ކިޔާ އުޅެއެއް ނޫންހެއްޔެވެ.
“އެޔޯ” އެހި އިރުވެސް އަހަރެންގެ ސިކުނޑީގައި ޝައްކާއި ވަހުމާ ތޮއްޖެހިފައެވެ.
“ނޭންގެ މަށަކަށް….. އެމީހުން ކިޔާއެއްޗެއް ކިޔަނީ މީހަކަށް ސާފުވާ ބަހުރުވަޔަކުން ވެސް ނޫން… އެއްފަހަރަކު އެއީ މަގޭ މީހަކޯ ކައެ އޭނަޔާ ބެހޭކަށް ނުޖެހެޔޭ ކިޔާފާނެ… އަނެއްފަހަރަކު އަހަރެން އަތުން ކައެ މަރުނުވަނީސް އިއުތިރާފް ވާށޭވެސް ކިޔާ.. ބިޓު މައްސަލަ ކަމަށް މި ބަލަނީ…. ކޮންމެ ކަމަކަސް މިމީހުން ކުރާ ކަންކަމުގެ ހުރިހާ ބްލޭމްއެއް މަގޭ ބޮލަށޭ… ކުރީދުހުވެސް މިދެމީހުން ކާރުގަ ދުއްވަނިކޮށް ޕޮލިސް ހިފޭއްޓީ…ބައެއް ދުވަސް ދުވަހު، ނުލަފާ ކަމެއްގަ ވެއްޖިއްޔާމު އެއީ ދެން ބެސްޓީސް… ބައްޕަ ކުށްވެރި ކުރީ މަށޭ.. ކޮއްކޮމެންނަށް ކާރު ދިނީ ކީއްވެހޯ…. މަށަށް ޖެހުނީ ބަދަލުގަ އަހަރެންގެ ލެމްބޯ ވިއްކާލަން…”
ހޭން ފަށާފައިވެސް އަހަރެންނަށް ހުއްޓާލަން ޖެހުނީ ހިތައް އައި އެއްޗެއްގެ ސަބަބުންނެވެ. ބިޓު މައްސަލަ ހެއްޔެވެ؟ އަލީނާ މޮޅުވާންވެގެން އަހަރެންގެ ވާހަކަ އެލީޒާ ކައިރީ ކިޔާލީހެއްޔެވެ. އަނެއްކާވެސް އަނެއް ބޮޑު ކަންތަކެވެ. އެއްގޭ ދެމީހުން ހޯދީމަ ވާނީވެސް އެހެނެއްނޫހެވެ.
“ދެން މަ ކީތްތަ ކުރަންވީ؟”
“ކައެގެ މާޒިން ޗާމް ބޭނުންކޮށްގެން އެކަކު ނަމަވެސް ކޮޓަރީން ނެރެންވީ” ލުވެއިޒް ރަނގަޅަށް ޖުމުލަ ނުނިންމާ އުޅެނިކޮށް އަހަރެންނަށް ޕަކަޕަކަ އަޅާ ހޭންފެށުނެވެ.
“މަގޭ މާޒިން ޗާމް ދުނިޔެ އެންމެންނަށް ވޯކް ކުރިޔަސް ކައެގެ ދެ ކޮއްކޮ އެއަކަށް ނުހެއްލޭނެ.” ހިނިގަނޑު މައިތިރި ކުރަމުން އަހަރެން ބުނީމެވެ.
ލުވެއިޒް ކުޑަކުއްޖެއް ހެން ސޯފާއަށް ވެއްޓި ގަތެވެ. އެހެން އެއްވެސް ހަރަކާތެއް ނުކޮށް އެއްޗެކޭ ނުވެސް ބުނެ ލުވެއިޒް އޮތުމުން، އަހަރެން އެންމެ ފަހުން ކޮއްޅަށް ތެދުވެ ސިޑިއާއި ދިމާއަށް ހިނގައިގަތީމެވެ.
ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަހަރެން ހިންދިރުވާލީމެވެ. އެލީނާގެ ކޮޓަރީގައި އަހަރެން ޓަކިޖެހީ ދެނެވެ.
“ލުވޭޒް…. ތިތަނުން ދާން ވީ” ދެތިން ފަހަރަކު ޓަކިޖަހާލުމުން ބާރަށް އަލީނާ ގޮވާލިއެވެ. ރޭގަނޑު ރޯ މަންޖެ މިހާރު ދުވާލުވެސް ރޮނީހެއްޔެވެ. އަދި ލުވެއިޒް އާއި ދިމާއަށް ބަވާލިގޮތެކެވެ. އަހަރެން ހިތުން އީން ވާހަކަ ދައްކާނީ އެންމެ މާތް ބަހުރުވައިންނެވެ.
“މަށަށް ހަތް ދުވަސްވެގެން ސެެލެބްރޭޓް ކޮށްކޮށްފަ މަށަށް މަގޭ ބައްޕަ މަށަށް ކީ ލުވެއިޒްއެއް ނޫނޭ… މުހައްމަދު މާޒިން ޒިހާން” ހަމަ އެ ބާރު މިނުގައި އަހަރެން ގޮވާލީމެވެ. މާ ގިނަ އިރެއް ނުވެ ކުޑަކުޑަކޮށް އެލީނާ ދޮރު ހުޅުވާލިއެވެ. ރުއިމުގެ ސަބަބުން ދެލޯ ރަތްވެފައި ހުރިއިރު އެހެން ދުވަސްދުވަހަށް ވުރެ މޫނުމަތި ހާސް ގުނަ ބަނައެވެ.
“މާޒިން… މިތާ ކީތް ކުރަނީ؟” ވާހަކަ ދެއްކި ރާގު ބަދަލުކޮށްލަމުން އީން އަހާލިއެވެ. އަހަރެން ޖަވާބެއް ނުދީ އުޅުނީ އެތެރެއަށް ވަންނާށެވެ. އަހަރެންނަށްވެސް ދެން އެތާ ކޮށްޅަށް ހުރެވޭ ހެއްޔެވެ.
އަހަރެން އެނދުގައި އިށީނުމުން އެލީނާވެސް އައިސް ތަންކޮޅެއް ދުރުގައި އިށީނެވެ.
އީންގެ އަތުގައި ބެންޑޭޖް ކޮށްފައި އޮތްތަން ފެނުމުން އަހަރެންނަށް އީންގެ އަތް ދަމައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. ހަމަ ގައިމުވެސް ރޭގަ އީންގެ އަތް ހަލާކުވެފައެއް ނެތެވެ.
“އައުޗް….. ތަދުވެޔޭ..” ރުޅިއައުމުގެ ބަދަލުގައި އެލީނާ ބުނެލީ އެވަރަށެވެ.
“މީ ކީތް ކޮށްފަ؟”
“ނޭންގެ އެލީޒާ ކައިރީ އަހާބަލަ؟” މޫނު ކުނިކޮށްލަމުން އެލީނާ ބުނެލިއެވެ. އަޅެ މި ދެމީހުންގެ މައްސަލައަކީ ކޮބާހެއްޔެވެ؟ އަހަރެން ހަމަ ގައިމުވެސް ދުވަހަކުވެސް މިޝްކާޔާ، ބަހުން ނަމަވެސް ތަޅާ ނުފޮޅަމެވެ.
“ޝީ ޑީޑް ދިސް؟ އެލީޒާ އަށް ހީވަނީ އެލީޒާއަކީ ކާކު ކަމަށްތަ؟ މާޒިންގެ އީންއާ ބެހެންޏާ ގޮތެއް ހަދާލަން ޖެހިދާނެކަން ދަންނަން ޖެހޭނެއެއްނު.” ހަމަ އަސްލުވެސް އެލީޒާއެއް ކަމަކު އަހަރެންގެ އީން އާ ތޮޅޭކަށް ނުޖެހެއެވެ. މައްސަލަ ނުބެލިޔަސް ދެން އަހަރެންނަށް އީން ގޯހެއް ނުވާނެއެވެ. ރުހުމުގެ ލޮލަށް އައިބު ނުފެންނަ ތަނުގައި ނުރުހުމުގެ ލޮލަށް ފެންނާނީ ހުސްވެސް އައިބެވެ. އަހަރެން އެންމެ ރުހޭ އީންއާއި އެންމެ ނުރުހޭ އެލީޒާއެވެ.
ޓަކި ޖަހާލާފައި ލުވެއިޒް ދޮރުހުޅުވާލިއެވެ. ވަގުތުން އެލީނާ އަތް ދަމައިގަތެވެ. އަހަރެން ލުވެއިޒްއާއި ދިމާއަށް ބަލަން ހުރެފައި އެލީނާއާ ދިމާއަށް ބަލަން ޖެހުނީ ލުވެއިޒް އީންއާއި ދިމާއަށް ބަލަން ހުރި ގޮތުންނެވެ.
އެލީނާ އިނީ ލުވެއިޒް އާއި ދިމާއަށް ލޯ އަޅާލައިގެންނެވެ. ދެބުމަ ގޮށްޖަހާލާފާ ހުރި އިރު އެންގްރީ ބާޑަކަށް ވުރެ ކަންތައް ފަލައެވެ. ތުން ގަނޑު ދަމާލާފައި ކޯ ފުއްޕާލާރފައި ހުރި ގޮތުން އަހަރެން، ބަނޑަށް ހޭންފަށަން ސިކުންތު ކޮޅެއްވެސް ބޭނުމެއް ނުވިއެވެ. އެ ހިނިގަނޑު ހިންދާލެވޭތީ އަހަރެންހާދަ މަސައްކަތެއް ކުރީމެވެ. ނަމަވެސް މުޅިން އެ ކޮންޓްރޯލް ކުރެވޭ ގޮތެއް ވެސް ނުވިއެވެ.
“އަޅެ ކޮއްކޯ…. ދޮންބެ ކީއްތަ ކުރީ؟ ދެން…” ޝަކުވާ ކުރާ ރާގަކަށް ލުވެއިޒް އަކުރުތަކަށް ދަމާލަފައި ލުވެއިޒް ކިޔާލިއެވެ. އީން ހަމަ އެއިން ގޮތަށް ކޮއްޔެއްހެން ފުއްޕާލާފައި އިނެވެ.
“ފައިން… ޔުއަރ މެޖިސްޓީ…” ލުވެއިޒް ބަންލާފައި ދޮރު ޖެހުމަށްފަހު ދިޔައެވެ. ހަމަ އެއާއި އެކު އަހަރެންނަށް ކޮންޓްރޯލް ނުވެގެން ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހޭން ފެށި ގޮތަށް ހުއްޓުނީވެސް މުޅިން ލޮޑުވީފަހުންނެވެ. އެއިރު އީންވެސް ރުޅި މޫނު ރީތިކޮށްފިއެވެ.
“ކީއްވެތަ ލުވެއިޒްއާ ރުޅިހަދާފަ ތިއިންނަނީ؟”
“އުނދަގޫ ކުރާވަރުން… މަ ކޮންމެ ގޮތަކަށް އުޅުނަސް ދޮންބެއަށް ކީއްތަ؟” އެލީނާގެ މޫޑް ކުޑަކޮށް ރަނގަޅުވެއްޖެ ކަމަށް އަހަރެން ބެލީމެވެ.
“ދެން ކީތް ކުރަން ގޭގަ ތި އިންނަނީ؟ ނިކަން ބޭރަށް ޖައްސާލަ ބަލަ.. މިއޮތް ތޮއްޖެހިފަ އޮތް މާލޭގަ، އީން އަށް އުނދަގޫކުރަން، އީން އެއް ނުހޭދޭނެ ލުވެއިޒް އަކަސް، ފިލީމަ..”
“ތީ ކުރަންވި ކަމަކީ.. އެކަމު ސައުވީސް ގަޑިއިރު ދޮންބެ ސޯފާގަ ޖައްސާފަ އިންނަންޏާ”
“ޒިންއާ އެއްކޮށް އީން ފިލާނަންތަ؟” އަހަރެން އެހެން ބުނެލުމާއި އެކު ސީރިޔަސް ނަޒަރަކުން އީން މަށަށް ބަލައިލިއެވެ.
“އޮފް ކޯސް… ފިލަން ވެއްޖިއްޔާ އޯކޭ..” އެލީނާ އެހެން ބުނެލުމުން އަހަރެން ލާނެއް ހިނިތުންވުމެއް ދިނީމެވެ.
“ކުރިން އީން ނޫޅޭ އިރު، މިގޭގަ ވަރަށްގިނައިން ސްލީޕްއޯވަރ ހަދަން… މި ކޮޓަރީގަވެސް ހަދަން… ސްލީޕްއޯވަރ ގަ އަހަރުމެންގެ ކަމަކީ މުޅިންވެސް ކެއުން.. ފަޔާޒްބެ ހުއްދަ ދޭނީ ބައެއް އެއްޗެހި ގެންނަން.. އީންމެން ކުރިމަތީ ސޯލިހަކަސް ލުވެއިޒްއަކީވެސް ހަމަ ބޮޑު ޝައިތޯނެއް….. އަހަރެމެން ސިއްރުން ކޮންޓެއިނަރ ކޮންޓެއިނަރ ކާ އެއްޗެހި ވައްދާލަން….. އެތަނުން.” ބެލްކަންޏަށް އިޝާރާތް ކުރަމުން އަހަރެން ހަމަ އެ ލާނެއް ހިނިތުން ވުމާއި އެކު ބުނެލީމެވެ.
“ބެލްކަނީއިން؟ އެކަމަކު….” އެލީނާ ހުރީ ޤަބޫލުކުރާކަހަލަ ގޮތަކަށް ނޫނެވެ.
“ޓްރަސްޓް މީ… އާދެބަ” އަހަރެން ގޮސް ބެލްކަނީ ދޮރު ހުޅުވާލީމެވެ. ކުޑައިރެކޭވެސް އެއްގޮތަށް އަނބުގަހުގެ ގޮފިތައް މުޅިތަނަށް ފެތުރިފައި ހުއްޓެވެ. ގޮފިގަނޑެއްގައި ހިފާއްޓައިގެން އަހަރެން ރެއިލިން މައްޗަށް ކޮށްޅަށް ތެދުވިއިރުވެސް އީން ގަނޑުވެފައި އަހަރެންނާ ދިމާއަށް ބަލަން ހުއްޓެވެ. ކުރިއަށް ފިޔަވަޅެއް އެޅީ އަހަރެން އަތް ދިއްކޮށް ލުމުންނެވެ.
ފަރިތަކަމާއިއެކު އަހަރެން އެ ބޮޑުގަހުގެ ތިރިއަށް ފޭބީމެވެ. ހީކުރެވުނު ގޮތާއި ޚިލާފަށް އަހަރެންނަށް އީން ބޭބީ ސިޓްކޮށްދޭކަށް ނުޖެހުނެވެ. އީންއަށްވެސް ގަހަށްއަރަން އިނގެއެވެ. ރާއްޖެތެރޭގައި ފަނަރަ އަހަރު އުޅުން މީހަކަށް އެނގެން ޖެހޭނެވެސް ތާއެވެ.
މުޅި މާލޭގައި ހޭވުމަށްފަހު އަހަރެމެން އެންމެ ފަހުން، ވަދުނީ ހެންވޭރުގައި ހުރި ރެސްޓޯރެންޓަކަށެވެ. އެއިރު އަސުރުން ތިރިވެ ހަތަރެއް ޖަހަނީއެވެ.
“ސުވާލެއް ކުރިއްޔާ ތެދަށް ޖަވާބު ދޭނަންތަ؟” އެލީނާ އެހެން އެހުމުން އަހަރެން ބޯޖަހާލަމުން އޮފް ކޯސްއޭ ބުނެލީމެވެ. ކުރަން އެ އުޅެނީ ކިހާ ވަރެއްގެ ސުވާލެއްކަން ނޭންގޭ ޙާލުގައެވެ.
“ދޮންބެ އާ ޒިންއަކީ ކުޑައިރުން ފެށިގެންވެސް ބެސްޓްފްރެންޑްސް… އޯކޭ.. އެކަމު ޒިން އާ ދޮންތަޔާ އޮންނަނީ ކޮން ގުޅުމެއް..” އެލީނާ ކޮށްލި ސުވާލުން އަހަރެން ހުއްޓުން އެރިއެވެ. ކޮފީތަށި ބޯން އިންނަމަ ކޮށިއެރީސް ކަން ޔަގީނެވެ.
“އައި މީން…. އެލީޒާ ޒިންއާ ދިމާއަށް ބަލަނީ…. އާހް ނެވަރ މައިންޑް..” ސުވާލުކޮށްކޮށް ހުރެފައިވެސް، އީން ހުއްޓާލިއެވެ. އަހަރެންގެ މޫނަށް އެރިކުލައިން ކަންނޭންގެއެވެ. އަހަރެން އެލީޒާގެ ވާހަކަދައްކާނީ ކިހިނެއްހެއްޔެވެ.
“އީން އެލީޒާ ކައިރީގަ ނުބުނާތި މަ މިވާހަކަ ކިޔައިދިނޭ. އެން އެހެން އެއްވެސް މީހެއް ކައިރީވެސް ނުކިޔާތި. ލުވެއިޒްއަކަށްވެސް ނޭންގޭނެ.” އަހަރެން އެހެން ބުނުމުން އީން ޝައުގުވެރިކަމާއި އެކު އަހަރެންނަށް ބަލައިލއެވެ. އީންއެވެ. އަހަރެން މި ކިޔައިދެނީ އަހަރެންގެ ޙަޔާތުގައި އޮތް އެންމެ ބޮޑު ސިއްރެވެ. ދެންވެސް އާނއެކޭ ބުނެބަލާށެވެ.
“އެލީޒާ….. އަބަދު ލުވެއިޒްއާ އެއްކޮށް އުޅެވޭތީ އަސްލު ލީޒްއާ އެކުވެރި ވެވުނީ.. ދެން، އެއް އޭޖެއް ވީމަ ބޮޑަށް އެކުވެރކަން ފުޅާވީ. އެލީޒާއާ މާގިނައިން ވާހަކަ ދެއްކޭތީ ކަންނޭންގެ، ލުވެއިޒްމެން ޝާންމެން ވަރަށް ގިނައިން އަޅުވާކިޔަން. މަ އޭރު ވަރަށް ޗިލްކޮށް އުޅުނީ. ދެން އެއްދުވަހަކު، އެލީޒާ ފުރަތަމަ އެ ޓޮޕިކްއަށް ވާހަކަ ދެއްކީ. ބުނި ލޯބިވެޔޯ. މޮޅު ތަންކޮޅަކީ އެއިރު އަހަރެމެން އުޅުނީ ގްރޭޑް ހަތެއްގަ. ލޮލް…….. ފަހުން އަސްލު އެކަމާ ވަރަށް ވިސްނިން. ދެން ވިސްނޭނެ ދޯ…. ޓީނޭޖަރ އަކަށް ވީތަނާހެން ގަރލް ބެސްޓްފރެންޑް އެހެން ބުނީމަ.. މަ އަބަދުވެސް އެލީޒާ ދެކުނީ އެކުވެރިއެއް ގޮތަށް.. ދެން ޓްވެންޓީ ފޯރޓީންގަ ވޯލްޑްކަޕް ދުވަސްވަރު ލުވެއިޒް ދިޔައެއްނު ރަށަށް. މަ ކުއަރޓަރ ފައިނަލް އޮތް ރެޔަކު ތިގެއަށް ދިޔައީ. ލުވެއިޒް އަށް ބަޓުވިޔަސް މެޗު ބަލަންށޭ ބުނެވޭނެއްނު.. އުޅޭނީ އެލީޒާ އެކަނިކަން އެނގޭ.. ވަރަށް ގިނައިރު ބޭރުގަ ހުރެފަ އެތެރެއަށް ވަދުނީވެސް.. އެކަމަކު އޭގެ މާނައެއް ނޫން އިނގޭ އީން ފެނުނީމަ ހިތަށް ވާގޮތް ވިޔެކޭ.. އައި ޖަސްޓް ވޯސް ނާރވަސް. އެތެރެއަށް ވަން އރު… ދެން އިނގެއެއްނު. އެލީޒާ ވޯސް ވިތް ދިސް ގާއި… ސޯފާގަ.. ކާލިން.. މަ ގާތަށް ރުޅިއެއްވެސް ނާދެ. ދެރަވާކަށްވެސް ނޭންގުން. ކަޑަވީ. ދެން އެކަހަލަ ސީންއެއް ފެނުނީމަ”
“ކާލިންއޭ.. ކާލް… ދޮންތަޔާ އެއްކޮށްވެސް އުޅުން؟ދޮގު…. ދެން އައްޗީޑި.. އެކަމަކު އޭނަ ބުނީ….” އަހަރެންގެ ބޯ މާޒީއަށް ވުރެ އީންއަށް މުހިންމު ވީ ކާލިންއެވެ. ރަށިޔާ މަންމައެއްގެ ރީތި ދަރިއެއް ވީމަ ވާނީވެސް އެހެންނެވެ. އެކަމަކު އޭނަ ދުނިޔޭގަ ހުރީކީވެސް ނޫނެވެ.
“ކާލިން ކިހިނެއްވީތަ؟” އަހަރެން އެހީމެވެ.
“އެލީނާ.. ކައެ ބޭނުންހާ މީހަކު ކައިރީ ކިޔޭ ފެންވަރުގެ ވާހަކަޔާ އެ ނޫން ވާހަކަތައް ދަންނާތި” އަހަރެން ސިހުނީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްކައިރީ ތިބި ބަޔަކު ވަރަށް ބާރަށް ވާހަކަދެއްކުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
41 Comments!
Comments are closed.




?
Thnksss
Waiting for next part varah salhi igey monster ?
Shukrann
Masha allah reethi mi part vs…keep up the good qork and elyzaa aa dhw maaz kurin rattehi v not elynaa …. alhey i mioh hurihaa dhuhu hiikurii een eii kamah maaz ge ex lol
..
Work* ????
Rattessehh nuehh veyeyy. Saabas neko ahh. N thankss
☺☺☺????????
Thankss
lol…so funny… hama hinigandu athah aadhey… sihrru kohgen needhevey… falhaagen dhany,…. “dhn ahchydi”… lololol…
Hehe lol. Thankss a lott. Kn irakun dhen cute lips ge story ehh kiyaalann libeyny??
V rythi ingey mi part vec..curious to knw wats gonna be happen next..<3 <3 <3?????????????????????????❤❤❤????????
Thankss… Insha Allah mireyaneh episode… N Thankss a lot jiji
I was waiting fr yur lwbi reply ah?..hehe..Will be waiting inge
Hehe. Thankss again
ahan… wow! u r so so so talented… girl u r doing great… mi ha unique story eh nukiyey adhi eh… i’m lack of words… keep it up… may god bless u
Thank you so much Aaliya… hama migothahh storyy genesdheveytho balaanan… Thankss again 🙂 <3
Adhives vany jahanvy than thanah vadhuny eba huri liyevifa
Alhe. Monsta varah belin huritho. Reyga maa nidhi aisfa huryma notice nuvii. Inehnu hama nujeheyy jumulaehh vess. ???. Thankss ingeyy
Oh sis mi part ves awesome ????
But u was totally sleep while writing this part no doubt ??? mistake is there so don’t sleep while writing again ???
But sisssss my luvaiz ?????
Those sister I hate them
awesome O,, ekam story ga hehdheviyyaa hehdhevihaa character akaaa dhimaalah ehchihi kiyaafa… oh please my buffalo… you are the only human from the seven billion who would know that I stood awake to write it… i tried my best ingeyyy… Okayy you can hate both of the sisters, because, Alyza is totally YOU…. hate you but lysm too…..
Kameh v ma ey ekkon nuliye nifashan mi othii neko vs….eyru vs bunin dhww busy v ma undagoo vaaney daily up kuran ekkon nuliye fashaifiyya … anyways .. appreciate the hard work neko ge loabi bakemono gandaa ….. ey u hav a buffalo tha?????
Monsta abadhuves kurin at least two episodes liyefa eyy innaany. Mistakes rangalhu kuri iru i was kinda aisles
And maax ves made my luvaiz a idiot ???
He should know that the big idiot who teach my inosent luvaiz all bad habits was actually this maaz. Hehe this part have funny seens thanks for that.???????????
Waiting for next part.
ahah… Manjeakahh nufennaane Luveiz ge goas emme sifaehhves… Read the next episode, you will see who taught who whatt… Maaxin called Luveiz a Shaithoa for a reason ingeyy… To be honest, there is no one in this story as innocent as my Maaxinn…. btw Draxlerrrrr…. Maaxin aa dhimaalah ehchihi kiyangnaa gothehh hadhaalan jehidhaane… hithahh thaduvejje ingeyy…
Thii dhw ruhumuge lolakah aibeh nufennaane eii buni miiha monsta???
Stilll. Dhen maax is innocent ingey ekam.
Monstarruuu..haadha majaley yuh..hehe????????
hehe….. mi Draxler aa hedhi rulhi aisfaeyy mihiryy… extremely annoying…no difference from Alyza
Hehehe monsta ge hithahh thaduvaan jehey because monsta also make my heart feel so hurt by calling luvaiz not inosent
thihenn ulhengnaa vaahaka nukiyeyy gothahh hadhaalann jehidhaane… mind your manners and show some respect….. dhn luveiz dheke thihaa labi vangnaa Draxler O? hehe.. thy goas kujjehh.. Santhi mariyanbu gengosfaane thihenn ulhenikohh
Elyzaa aa elyna aa nuunakas mioh ulhey dhe sister vs vaki rangalheh nuun
….adhi thaneh thaneh balaaf aeh vss nooney dhw hifaigannanii kii …?? acctually….they are better….e miihun va gothiiga thaa fight kuraniii ? #lol
Hehe. Lol. Dhn Drax ves Xin aa dhimaalah ehchihi kyma egenehgnu vaany
Monsta u called me annoying ????
Hate u???????
Lysm
Draxxuu..monsta ge maaz aa nubehehchey..
Monsta akah v ma drax kaa vec laafaane ingey..Remember that…?????
Lol#
Hehe. Thankss jiji. ??
??Kalo welcome
Hehe. ???
Heii yuh story pending ga dhw?kiyaa hithun dhefai ehthaaku harulany eh nooney sahaadheh?????????
Yep pending ga