Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

ނާއންސާފް 11

Monsta Level 310 Stories100 Comments100 Login
June 11, 2019 4 Mins Read
29 Comments

“އެއީ ކައެ ގަސްދުގަ ކުރި ކަމެއްނު..” ކޮފީތަށީގައި ތުންޖަހާލިތަނާ އަފްޒަލް ބުނެލި އެއްޗަކުން، އަހަރެންނަށް ހީވީ މީހަކު ކަރަންޓު ޝޮކެއް ދިންހެނެވެ. ހޫނު ކޮފީތަށި ގަޔަށް ވެރުމުން، ވީ އުނދަގޫ، ބޮޑު ކަމަކަށް ނުވީވެސް އެހެންވެއެވެ.

“ޒަރީރު ނެތްނަމަ ފައްކާކޮށް އޭނަ ބެދުނީސް.. ރުކާން އަފީފް ދަރިޔަކަސް މާ ބާރެއް ނުހުންނާނެ… އިނގެއެއްނު، އޭނަ ކުޑަކޮށް ގަމާރުވެސް ވާނެ…. ޒަރީރް، އޮތް ތަނަކުން ހެކި ހޯދައިގެން މާޒިން ސަލާމަތް ކޮށްފިވިއްޔަ..” ޖިހާން ވާހަކަ ދައްކަމުން ދިޔަ އިރު އަހަރެންނަކީ، މީގެ ދުވަސްތަކެއް ކުރިން އެންމެ ގާތް އެކުވެރިޔާއޭ ވެސް ހީނުވެއެވެ. ޖިހާން ކޮންމެ ގޮތަކަށް ދެކުނު ނަމަވެސް، ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެން ޖިހާން ދެކުނީ އެންމެ ގާތް އެއް އެކުވެރިޔެއްގެ ގޮތުގައެވެ.

ޖިހާން އެވަރަށް އަހަރެންނަށް ނަފުރަތު ކުރަން، އަހަރެންނަށް ޢުމުރު ދުވަހު ކުރެވިފައި އޮތީ ކީއްހެއްޔެވެ. ކުރިން ބައިގައި ބުނެލ ނަމަ އަހަރެންނަށް އެކަމެއް ރަނގަޅު ކުރަން މަސައްކަތް ކުރެވުނީސް ނޫންހެވެ.

އަހަރެން ޖިހާން އާއި ރުކާންދެކެ ލޯބިވީ އެކުވެރިޔަކަށް އަނެއް އެކުވެރިޔާދެކެ ވެވޭނެ އެންމެ ބޮޑަށެވެ. އިތުބާރުކުރީ، ދުވަހަކު ބޭވަފާތެރި ނުވާނެ ކަމަށް ޔަގީންކޮށްގެންނެވެ. ނަމަވެސް، މީހުން ބަދަލުވާން ނަގަނީ ދާދި މަދު ވަގުތު ކޮޅެކެވެ. މީގަ މޮޅު ކަމަކީ، ބޭވަފާތެރިވާ މީހާ، ސަބަބެއްވެސް އަންގާ ނުލާނެއެވެ.

“ކައެ އެކަނި މިއޮތް ބޮޑު މޭޒު ހިފާލައިގެން ތި އިންނަނީ.. ދެން ނެތޭ އެހެން މޭޒެއްވެސް.”

ފަހަތުން އައި ބޮޑު ގްރޫޕެއް އަހަރެން ކައިރީ މަޑުކޮށްލިއެވެ. ވާހަކަ ދެއްކި މީހާ އަނެއްކާވެސް، އެތާ އިށީންދެވިދާނެތޯ އެހިއެވެ. އަހަރެން ކޮނޑުއަރުވާލީ ކަލޭމެން ބޭނުން ގޮތެއް ހަދާށޭ ބުނަންވެގެންނެވެ.

އެމީހުން އިށީންތަނާއި މާ ގިނައިރު ނުވަނީސް، ސިނގިރޭޓު ވަސްގަނޑު ދުވަންފެށިއެވެ. އަހަރެން އިނީ ބޮލަށް އެނބުރުން އަރާފައި ނަމަވެސް، ދާހިތް ނެތުމުން ކެތްކޮށްލީއެވެ. މިއުޅޭ ބޭވަފާތެރި އެކުވެރިންނަށް ވުރެ މިކަހަލަ ޗިލް މީހުން ހާސްބައި ރަނގަޅެވެ.

“ކައެ ތީ ކާކުތަ؟” އަމިއްލަ ވާހަކައިގައި އިރުކޮޅެއް ހޭދަ ކުރުމަށް ފަހު، އެތަނުން އެކަކު އަހާލިއެވެ. އެބުނީ އަހަރެންގެ އިންޓްރޯއެއް ދޭށޭ ކަން އަހަރެން ނަގައިގަތީމެވެ.

“އިންސީންގެ ކެޓަގަރީއަށް ނުފެތޭ މީހެއް. މިބުނީ، އިންސާނުންގޮތަށް ބޭކާރު ޓާގެޓެއް އޮވެގެން އުޅޭ މީހެއް ނޫނޭ. އެހެން ދިރޭ އެއްޗިހި ގޮތަށް، ވިހީތީ އުޅެނީ.” އަހަރެންނަށް ދެވުނީ އިންޓްރޯ އަކޯއެވެ. ކުޑަމިނުން ނަންވެސް ބުނެނުލަމެވެ. ސްކޫލްގައި ސަކަރާތްޖެހުމުގައި އުޅެގެން އެވަރުވެސް ދަސްވެފައި ނެތީއެވެ. ނޫނެކެވެ. ދަސްކުރި އެއްޗެއްގެ ބޭނުން ކުރަން ނޭންގެނީއެވެ. ބޭނުން ކުރާވަރަށްވުރެ ކަންނެތީއޭ ވެސް ބުނެވިދާނެއެވެ.

ނަމަވެސް، އެ ތަޢާރަފު، އަހަރެން އެވަގުތު ހުރި ޙާލަތު ރަނގަޅަށް ކިޔައިދެއެވެ. ހިތަށް އަރާ ފައިބަމުން ދިޔައީ ބަޔާންކުރަން ދަތި އިހުސާސް ތަކެކެވެ. އަހަރެންގެ އެކުވެރން ދުނިޔޭގައި ބައިވަރެވެ. ނަމަވެސް މިފަދަ ކަމަކާ ދުވަހަކު ކުރިމަތި ނުވެއެވެ.

ކުރިން ވާހަކަ ދެއްކި މީހާ އެހެންހޭ ބުނެލިއެވެ. އެތާތިބި މީހުންނާއި ޚިލާފަށް އޭނަ ހުރީ އޮފީސް ސްޓައިލަށް ނޫނަސް، ތުނިކޮށް ބޯކޮށާލާފައެވެ.

“މައެ މީ އަޔާޒް.” އޭނަ ބުނެލިއެވެ. އަހަރެންނަށް އިންޓްރޮޑަކްޝަން ދޭ ގޮތް ދަސްކޮށްދޭން ކަންނޭންގެއެވެ. ފެންނަ ފެނުމަށް އަޔާޒް އަދި ވިއްސަކަށް ނާޅާނެއެވެ.
“މާޒިން” އަހަރެން ސަލާމަށް އަތް ދިއްކޮށްލަމުން ބުނެލީމެވެ. އަޔާޒް މަޑުމަޑުން އަހަރެންގެ އަތުގައި ހިފާ ސަލާން ކޮށްލިއެވެ. ވާހަކަ ދައްކާލެވުމުން، އެ މީހުންނާއި، ބެހޭގޮތުން އަހަރެންނަށް ކޮންމެވެސް ވަރަކަށް އެގުނެވެ. އެއީ ކޮންމެވެސް ގޭންގްއެއްގެ ކުޑަ ގްރޫޕެކެވެ. ނަންވެސް ބުންޏެވެ. ނަމަވެސް އެ ހަނދާންކުރަން އަހަރެން މަސައްކަތެއް ނުކުރަމެވެ. ބޭކާރު ކަންކަންކުރަން އަހަރެންގެ ސިކުނޑީގައި އިތުރު ޖާގައެއް ނެތެވެ.

ތަންކޮޅެއް ދަންވީފަހުން، އެމީހުންގެ ގިނަ މީހުން ދިޔައެވެ. އެއިރު ކެފޭގައި ތިބި ގިނަ މީހުންވެސް ގޮއްސިއެވެ. ޖިހާން މެންވެސްމެއެވެ.

“ތީ އެއްކަލަ ކުއްޖާއެއް ނޫންތަ؟” ނުގޮސް ތިބި ތިން މީހުންގެ ތެރެއިން، އެކަކު އަހަރެންނާއި މުޚާތަބު ކޮށް ބުންޏެވެ. އެއްކަލަ އަކީ ކޮންކަލައެއްކަން އަހަރެންނަށް އެނގޭނީ ކިހިނެއްހެއްޔެވެ. ތަފްސީލްކޮށްދޭތޯ އަހަރެން އެމީހާއާ ދިމާއަށް ބަލައިލީމެވެ.

“ޝިމްޕެ މެންނާއެއްކޮށް ޖަލަށް ލީ ކުއްޖާ؟” ވާހަކަ ސާފުކޮށްދިނީ އަޔާޒްއެވެ. މިހާރު އެވާހަކަ ނުދަންނަ މީހަކުވެސް ނެތީހެއްޔެވެ. އަހަރެންގެ ކުށެއް އެކަމުގައި އޮންނާނީކީވެސް ނޫނެވެ. ނަމަވެސް، ސޯޝަލް މީޑިއާ ކަށިކެޔޮ ވަލެއްގައި ހުޅުޖަހާލީމައި، ތެދު ހަދައިގެންވިޔަސް، ދޮގުހަދައިގެން ވިޔަސް، ހުޅުގަނޑެއް ނުނިއްވޭނެއެވެ. އެންމެ ފަހުން ނަމުގައި އަހަރެން ޕްރިސަނަރ އަކަށްވެސް ވީތާއެވެ.

“އެއީ އޮޅިގެން ވީކަމެއް…” މަ ބުނީ އެވަރަށެވެ. ޙަޤީގަތުގައި ކޮންމެވެސް ވަރަކަށް ފަޚުރުވެރިވެސް ވެވޭ ނަމަވެސް އެކަހަލަ ކަމެއްގައި ބެދެން ބޭނުންނުވާތީއެވެ. އެމީހުން އިތުރަށް އެވާހަކަ ކުރިއަށް ގެންދިޔަ ނަމަވެސް އަހަރެން އިތުރަކަށް މައުލޫމާތެއް ނުދެމެވެ. އެހެންކަމުން، ދާދި ފަސޭހައިން މައުލޫ ބަދަލު ކޮށްލެވުނެވެ.

އެރޭ ގެއަށް އާދެވުނީ، ވަރަށް ލަސްވީ ފަހުންނެވެ. އެކިއެކި ވާހަކައިގައި ތިބެވުނީއެވެ. ގެއަށް ދިޔުމުގެ ބަދަލުގައި ފުރަތަމަ ދާންޖެހުނީ ހޮޓެލްއަށެވެ. ކޮފީތަށި ބަންޑުންވި ޓީޝާޓު ބަދަލު ކުރާށެވެ. މަންމައަށް ފެނިއްޖިއްޔާ، ސުވާލިފަތި އިސްކޮޅަށް ވުރެ މައްޗަށް އަމުނާލާނެތީއެވެ.

އެރޭ ދިމާވި އެހެންމީހުންނާ އަހަރެންނާއި މާ ބޮޑު ގުޅުމެއް ނޯވެއެވެ. ނަމަވެސް، އަޔާޒް އަހަރެންނާއި މެދު ވަރަށް ހާއްސަ ގޮތެއް ބަހައްޓައެވެ. ސަބަބެއް ނޭންގެއެވެ. ހަފްތާއަކު ދެތިން ފަހަރު ކޮފީއަކަށް އަންނަން ބުނެއެވެ. އެކަމުގެ ސަބަބުން، ޖިހާންމެން ނެތް ތަންކޮޅު މުޅިންހެން ފޫބެއްދުނެވެ.

……….

ބަންދު ދުވަހެއް ކަމުން، ހަވީރު އަހަރެން ދިޔައީ ކައިރި ކެފޭއަކަށެވެ. ޑިއުޓީ ނިންމާފައި އަންނާނަމޭ އަޔާޒް ބުނުމުންނެވެ.

“މާޒިން” ސިއްސައިގެން ދިޔައީ ފަހަތުން އަންހެން ކުއްޖަކު ގޮވާލި އަޑަށެވެ. އެލީނާ ފެނުމުން، މަށަށް ހިނިތުންވެލެވުނީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. ހަމަ އެ ބާރު މިނުގައި ހިނިތުންވުން ފޮހެވިގެން ދިޔައީ، ކައިރީގައި ހުރި އެލީޒާ ފެނިފައެވެ. އަހަރެންނަށް ގޮވީ އެލީނާ ނޫންކަން ވަގުތުން އަހަރެންނަށް އެނގުނެވެ.

އަހަރެން އިން މޭޒުކައިރިއަށް އައިސްއައިސް ހުރެފައި، ދުރުން އިތުރު ކުދިންތަކެއް ހަނާއަޅާތަން ފެނުމުން، އެލީޒާ އެކުދިން ކައިރިއަށް ދިޔައެވެ. އިރުކޮޅަކު، ހުއްޓި ހުރެފައި އެލީނާވެސް ދިޔައީއެވެ. އަހަރެންގެ ހިތް އެދެމުން ދިޔައީ، އެމީހުންނަށް ކޮންމެވެސް ޖެއްސުމެއް ކޮށްލުމަށެވެ. ސްކޫލްގަ އަބަދު ކިޔަވަން އުޅެން ޖެހޭތީ ކުއްޖަކަށް ޖެއްސުމެއްކޮށް ނުލެވޭތާ މާ ގިނަދުވަސް ވީއެވެ.

ކޮފީމެޓައެއް އެއްލާފައި ތިއޮތީ ކުރަތްޕެކޭ ބުންޏަސް، މިއުޅޭ އަންހެން ކުދިން ބިރުން ހަލާކުވާނެއެވެ. ހަޔާތުގައި އެވަރު އަހަރެންނަށް ވެސް އޮތީ ދަސްވެފައެވެ.

ކުރަން އުޅުން ކަންތައް ދޫކޮށްލަން ޖެހުނީ، އަޔާޒް އައިސް، އަހަރެންގެ ކުރިމަތީ ހުރި ގޮނޑީގައި ޖައްސާލުމުންނެވެ. ދައްކާނެ ވާހަކައެއް ބޮލަށް އައުމުން އަހަރެން ފެށީމެވެ.

“އިނގޭތަ، މީހުން ވަރަށް ޖޯކު ޖަހާ، މަ ސިންގްލް ވީމަ.” އަހަރެން ކުރަން އުޅުނީ ސުވާލެކެވެ. ނަމަވެސް ފެށީ މާ ދުރުންނެވެ. އާދައިގެ މަތިންނެވެ.

“އެއީ ކީއްވެ؟ ލެޖެންޑްސް ސްޓޭ ސިންގްލް އެއްނު؟” އަޔާޒް ހުރީ، އަަހަރެން ބޭނުންވި ގޮތާއި ޚިލާފަށް އަހަރެންނާއި އެއްކޮޅަށެވެ. އެހެންކަމުން އަހަރެންނަށް ޖެހުނީ އަނެއްކާވެސް، ދުރު ވާހަކައެއް ދައްކާށެވެ.

“އެކަމަކު ލޯބިވާ ކުއްޖެއް ހުރިއްޔާ  އިޓްސް ނޮޓް ސޯ ކޫލް އެއްނު؟” އަހަރެން ހީކުރީ އަދި އުންމީދުވެސް ކުރީ އަޔާޒްގެ ފަރާތުން ލިބޭނީ އިރުޝާދެއް ކަމަށެވެ. ނަމަވެސް ކުޑަމިނުން، ޖަވާބެއްވެސް ލިބުނީކީ ނޫނެވެ.

“ލޯބިވުން މީންސް؟” އަޔާޒް ކޮށްލިސުވާލުން އަހަރެންގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. މިވާހަކަ ދެއްކެނީ ހަމަ އަހަރެންނާއި އެއް ފެންވަރުގެ މީހަކާ ތާއެވެ. ހަނދާން ވަނީ، ކުޑައިރު، ސެކަންޑްރީ ސްކޫލްގައި އުޅުން އިރު، އަހަރެންގެ ގްރޫޕް މަތިންނެވެ. ކްލާސް ނަމުންނަމަ ބެކް ބެންޗަރސްއެވެ. އެންމެންނަށްވެސް އިނގެނީ އެއްވަރަކަށެވެ. އެކަމަކުވެސް ކޮންމެ ކަމެއްގައިވެސް އެކަކު އަނެކަކާއި ސުވާލު ކުރާނެއެވެ.

“ނޭންގެ. އޭނަ ފެނުނީމަ ހަމަ އަނގައިން ސޮނި ފައިބަނީ…. އުޅެވެނީވެސް ޑްރީމް ވޯލްޑްއެއްގަ..” އަހަރެން ވަރަށް ވެފަ ބުނެލިއިރު، އަޔާޒް އަށް ސިފަވީ، ޓޮމް އެން ޖެރީގަ، ޖެރީ ޗީޒްއަށް ބަލަހައްޓައިގެން ހުންނަ ގޮތް ކަންނޭންގެއެވެ. ކޮންމެ އެއްޗެކޭ ހިތަށްއެރިޔަސް، އަހަރެން ހަމަ ގައިމުވެސް އެގޮތަކަށް ނުބަލަމެވެ. ނުކެރެނީއެވެ. އަހަރެން އާންމު ގޮތެއްގަ ނުގަންނަ ލަދެއް ގަންނާތީއެވެ. މި ދިމާވި މަންޖެ އަހަރެންގެ ދިރިއުޅުމުގެ ވައްޓަފާޅީ އެއްކޮށް ބަދަލު ކޮށްލައިފިއެވެ.

“ދެން ޕްރޮޕޯސް ކޮށްބަ؟” ދިމާ ކުރާ ފާޑަކަށް އަޔާޒް ބުނެލި އެއްޗަކުން، މުޅި ހަށިގަނޑު ފިނި ވެގެން ދިޔައެވެ. ޕްރޮޕޯސް ކުރާށޯލައެވެ. އަހަރެންނަށް ސިފަވީ ނަވާރަ ސަތޭކައިގެ ބްލެކް އެން ވައިޓް ޑްރާމާތަކެވެ. ހަމަ އެއާއިއެކު ހޭން ފެށުނީވެސް ބޭއިޚްތިޔާރުގައެވެ. އަހަރެން މި އުޅެނީ ޑްރާމާއެއް ކުޅޭކަށް ނޫނެވެ.

މިއަށް ކިޔަނީ ލޯބި ހެއްޔެވެ. މީހުން ބުނާގޮތުން ނަމަ، ލޯބިވާ މީހެއް ހުވަފެނުން ފެންނާނެއެވެ. އަހަރެންނަށް ހުވަފެނެއް  ފެނުންހެއްޔެވެ؟ އެއެއްވެސް އިނގެނީކީ ނޫނެވެ. ހިތުވިންދު އަވަސް ވާނެޔޭވެސް މީހުން ކިޔައެވެ. ފެނިފަ ގެއްލޭ ހަންޑިއެއް ދެކެ ވެވުނު އެއްޗެއް ވެވުމުން ހިތުގައި ޖަހާ ވިންދު ގުނޭހެއްޔެވެ. އަހަރެންނަށް އިހުސާސް ވަނީ އެންމެ ތަފާތެކެވެ. އަހަރެންގެ ބަސްނާހާ ދުލެވެ. އެއްފަހަރު ހަރަކާތް ނުކޮށްފާނެއެވެ. އަނެއްފަހަރު ބުނަން ނުޖެހޭ އެއްޗިހިވެސް ބުނެލާނެއެވެ. އޭގެ ސަބަބުން ލިބޭ ލަނޑުވެސް ކުޑައެއް ނޫނެވެ.

އީން އެހެން މީހެއް ދެކެ ލޯބިވަންޏާ ވާނީ ކިހިނެއްހެއްޔެވެ؟ މީހުން ބުނާހެން ބްރޯކެން ވާނީ ހެއްޔެވެ؟ ހުރިހާ ކަމެއް ހިއްސާކުރާ ލުވެއިޒްއާ ވެސް، ލޮއިތްބާއި ބެހޭ ގޮތުން ވާހަކައެއް ދެއްކޭކަށް ނެތެވެ. ކުރިންވެސް ވީ އެހެނެވެ. މި ފަހަރުވެސް މި ވަނީ އެހެނެވެ. ނުބައި މީހުންދެކެ ލޯބި ވެވެންޏާ ވާނީވެސް އެހެންނެވެ.

ވިސްނާ ވަރަކަށް ބޮލަށް އަންނަނީ އެކިކަހަލަ މޮޔަ ޚިޔާލެވެ. އަހަރެންގެ ހިތުގައި އޮތް އެއްޗެއްގެ ހިލަމެއްވެސް އީންއަށް ނުވާނެކަން އަހަރެންނަށް އިނގެއެވެ. އެކަމުގެ ސަބަބުން، މާ ގިނަ ދުވަހެއް ނުވެ އީން އަހަރެންނަށް ގެއްލިއްޖިއްޔާ އަހަރެން ކަޑަވާނީ ވަކިވަރެއް ބަލާފައެއްވެސް ނޫނެވެ. އަނެއްކޮޅުން، އަހަރެން، މީހަކު ރިޖެކްޓް ކޮށްލުން އެއީ އަހަރެން ހިތުން ވަރަށް ބޮޑު ޖޯކެކެވެ.

އެހެންރޭރެއާއި ޚިލާފަށް ގެއަށް ދިޔުމުގެ ބަދަުލުގައި އަހަރެންް ދިޔައީ، ބައްޕަގެ ރެސްޓޯރެންޓަކަށެވެ. މިހާރު އަހަރެންގެ ތަނެކެވެ. އެއިރު ގަޑިން ދިހަ ގަޑި ބައިވަނީއެވެ. ހިތް ތެޅެމުން ދިޔައީ ވަކި ވަރެއް ބަލާފައެއް ނޫނެވެ. ކައިޓު ނާރުވާތާ ގިނަދުވަސް ވީމަ ހިތް ކުޑަކޮށް އުދުހިލާ ހިތްވީ ކަންނޭންގެއެވެ.

ވަރަށް ވިސްނާފައި ފޯނުނަގައި މެސެޖު ލިޔެލި އިރުވެސް އަތް ދިޔައީ ތުރުތުރު ލަމުންނެވެ. އެކްސާމް ތައް ލިޔާއިރުވެސް ދުވަހަކު ވީ ގޮތެއް ނޫނެވެ. އަނެއްކޮޅުން މި ކުރެވެނީ ކީތްކަމެއްވެސް، އަހަރެންނަކަށް ނޭންގެއެވެ. އިނގުނަސްވެސް ބުނުން ރަނގަޅުވާނީ ނޭންގެޔޭއެވެ.

ބަނަކޮށްލާފައި އޮތް އުޑަށް ބަލައިލުމަށްފަހު އަހަރެން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލީމެވެ. އަދި އެއަށްފަހު ލިޔުނު މެސެޖު، ފޮނުވާލީމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Monsta

Level 310 Stories100 Comments100 Login

Other Articles

Previous

ފެވިފާ ތިނަން ވެޔޭމިހިތުގާ 7

Next

އަސްލާން 2

Next
June 11, 2019

އަސްލާން 2

Previews
June 11, 2019

ފެވިފާ ތިނަން ވެޔޭމިހިތުގާ 7

29 Comments!

  1. Sidu says:
    June 11, 2019 at 4:33 am

    Varah reethi kiyaa hithun inda nimunee

    1. Monsta says:
      June 11, 2019 at 4:49 am

      Hehe thankss wait for the next episode. Madhamaa rey up kohdheveytho balaanan Insha Allah

  2. jiji says:
    June 11, 2019 at 6:01 am

    Ma Sha Allah..mi part vec lahka hiyygaimu ingey??❤❤??…whn next up kurany..I am also really curious to read next part…keep going monsta..luw yuh.<3 <3 <3?????????

    1. Monsta says:
      June 11, 2019 at 6:44 am

      Shukrann. Mireyy up kohdheynan Insha Allah. And btw story ahh varah bodu change ehh genessa innaany twelveth episode ga. Hope you’ll like it. Thanks again

  3. drax says:
    June 11, 2019 at 9:40 am

    Nice mi part ves
    Keep it up sister

    1. Monsta says:
      June 11, 2019 at 9:43 am

      Shukrann

  4. Rai says:
    June 11, 2019 at 10:11 am

    een ah propose Kuran invitation eh dhineedho. Varah reethi .and when next part?

    1. Monsta says:
      June 12, 2019 at 1:31 am

      Thankss…. mirey ehen noony maadhamaa next part Insha Allah

  5. Neko says:
    June 11, 2019 at 2:12 pm

    Ma sha allah. Varah salhi…..v v v kiaa hithun indha edhisode nimuniii….v intresting….haadha nervous vefa ey dhw maax…hama rangalhah vs een ah hiyy kiaafa eheriiii….?? waiting for the next ephisode…..may allah bless u my dear…?+ umeedh kuran alhugandu iyye buni thankolhu rangalhu kollaane kamah??? any ways neko ge faraathun best of luck to the boy in love????????

    1. Monsta says:
      June 12, 2019 at 1:43 am

      Thankss Neko… Maax nervous vaanehnu… He dont know whats love lol… Boy in love eyyy.. Lol.Thankss again

  6. Anonymous says:
    June 11, 2019 at 2:13 pm

    Ma sha allah. Very nice keep up the good work

    1. Monsta says:
      June 12, 2019 at 1:44 am

      Thank you…. 🙂

  7. Nameh nubunaanan. Sorry ?? says:
    June 11, 2019 at 2:15 pm

    So maax is falling for een dhww??? ma sha allah the stry is very nice keep up the good work

    1. Monsta says:
      June 12, 2019 at 1:46 am

      Yepp Maax is so madly in love with Een… hehe Thankss nan nubunaa kujjaa

  8. aaliya says:
    June 11, 2019 at 4:32 pm

    vrh salhi ingey… knmme dhuvahaku emme last ah cmnt kuraa award liben vehjje mihaar… ehnya emme dhuvaheh nudhey viyya emme lahun cmnt kureveytha… LOL! how was schl?

    1. Monsta says:
      June 12, 2019 at 1:49 am

      hehe emme last ehh nooneyy.. School… dhen okay, aslu kinda busy schl ahh dhaan jeheythyy.. ehen vymava mihaa lahun mi reply kurevunyy… Thankss ingey varah bodah. Wbu? how was school and the breakfast??

  9. Luc!f3r says:
    June 11, 2019 at 5:57 pm

    Furathama meehaage nazarun liyefa hunna stories varah nukiyey.. I rarely come across stories that catch my interest.. But I’m glad I read this.. This story is one of the best I have read.. the way u describe how he feels is awesome.. Waiting for the next episode.. Hope u keep posting this til the end n start a new one too..

    1. Monsta says:
      June 12, 2019 at 1:55 am

      ohh Thankss…. Maaxin ge character ge gothun aslu varah faseha describe kohdheynn… Maax naughty minded myhehh vyma.. Insha Allah varah avahah up kohdheynan.. umm yesss story nimeendhen hama regular koh up kohdheveytho balaanan Insha Allah… And eba visnan eh story ehh liyanves. Insha Allah mi aharu at least eh baii kiyaalan libeyne…. Thankss againn

  10. Luc!f3r says:
    June 11, 2019 at 6:00 pm

    Nervous vi varun thi fonuvi message fonuvuny fonuvan beynunvi faraathah baa?

    1. Monsta says:
      June 12, 2019 at 1:57 am

      hehe.. thiikahala gothehves vedhaane… kury comment ga nazar ge vaahaka liyefa inyma… next episode innaany Een ge nazarun liyefa.. hope you will like it… N thankss a lot

    2. Luc!f3r says:
      June 12, 2019 at 2:45 am

      I see so that’s the change.. Btw Monsta and Monsta X related tha? U seem to watch korean series so I’m just wondering

    3. Monsta says:
      June 12, 2019 at 4:24 am

      No… Korean series balan but not interested in kpop..
      ‘Monsta’, eii social media ga use kuraa name

  11. Meera says:
    June 12, 2019 at 11:26 am

    Wow . Vrh cute story keep it up❤️❤️❤️

    1. Monsta says:
      June 12, 2019 at 5:25 pm

      Thankss

  12. Neko? says:
    June 12, 2019 at 3:26 pm

    Esfiya team un vaaahaka thankolheh avahah publish kohdhinu edhennnnn……? mi comment publish nukuriass next ephisode up kohdhevva balaashey ESFIYA TEAM….

    1. Monsta says:
      June 12, 2019 at 5:26 pm

      Hehe lol neko

    2. Neko ?? says:
      June 12, 2019 at 9:44 pm

      Seriously publish kuran v ethi kobba beykaaru ecchis nukoh

  13. yellow storm says:
    June 18, 2019 at 1:35 pm

    ohhh, zin koacheh baa dho liyuny text ga , I am so sure komes galhi etcheh which will make een pissed maybe/// I love your work… its so interesting /// lots of love your best friend\

    1. Monsta says:
      July 10, 2019 at 6:39 pm

      THANKSSS. lets wait nd find dhww

Comments are closed.

Next Episodeނާއިންސާފް 12←


All Right Reserved!