Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ނާއިންސާފް 6

Monsta Level 310 Stories100 Comments100 Login
June 6, 2019 5 Mins Read
22 Comments

އަހަރެންނަށް ހޭލެވުނީ އިރުގެ ދޯދިތައް މޫނަށް އެޅުމުންނެވެ. ރޭގެ ކަންތަކާއި، އޮވެވުން ތަން ހަނދާން ވުމުން، މީހަކު ބުރަކަށީގައި ސައްޕެއް ޖެހިހެން ތެދުވީމެވެ.

“އާހް… ދެން ޗުއްޓީ ދުވަސްދުވަހުވެސް މިހާ އަވަހަށް މީހުން ހޭލަން ޖެހޭތަ؟” އަހަރެންނަށް ގޯސްވީ، ތިރީގައި ކުޅެން ތިބި ދެތިން މީހުންނެވެ. އިށީނުމުން، އެމީހުންނަށް ރީތިކޮށް އަހަރެން ފެންނާނެއެވެ. މާ ގިނައިރެއް ނުވެ، އެކަކަށް ފެނި ބާކީ މީހުންނަށް އޭނަ، އަހަރެން ދައްކާލިއެވެ.

ދެތުންފަތް ފޭ ކުރެވޭނެ އެންމެ ބޮޑަކަށް ފޭކުރުމަށް ފަހު އަހަރެން، ފުޅާ، ‘ޖޯކަރ’ ހިނިތުން ވުމެއް ރައްދުކޮށް ލީމެވެ. އަދި އަތުން ހަނާ އަޅާލީމެވެ. އަހަރެންނަކީ ކާކު ކަމެއްވެސް އެމިހުން ނުދަންނާނެއެވެ.

އެމީހުން ވިސްނާނެ އެއްޗަކަށް ބެލުމެއްނެތި ފޭބީމެވެ. އެއިރު އެމީހުން ދެލޯ ބޮޑުކޮށްގެން އަހަރެންނާއި ދިމާއަށް ބަލަން ތިއްބެވެ. މިހާރު ފިރިހެނުން ވެސް މަށަށް ހިތްކިޔަނީ ހެއްޔެވެ؟ މަ ހީކުރީ ސްކޫލް ހުރިހާ އަންހެން ކުދިންގެ ހިތްތައް ކަތިލެވުމުން ފުދޭނެކަމަށެވެ. އެކަމަކު، އެހެނެއް ނޫންތާއެވެ.

ގެއަށް ވަދެ މަށަށް ފުރަތަމަވެސް ބަލައިލެވުނީ އީން އުޅޭ ކޮޓަރިޔާއި ދިމާއަށެވެ. މުޅި ގޭގައި ވަނީ ހަމަހިމޭންކަމެވެ. އެހެންކަމުން، އަހަރެން ވެސް ގޮސް ކޮޓަރިޔަށް ވަދެ އެނދުގައި އިށީނީމެވެ. އަދި ގިޓާ ނަގައިގެން ރާގެއް ކުޅެން ފެށީމެވެ.

…….

“ތިޔަ ރީތި އަޑުން، ބުނެލަ ބަހުން،

ހިތުގެ ހިނގުން، ބާރު ވަނީ.

ތިޔަ ކަރުނަތަކުން، ލިބެ ވޭންތަކަކުން،

އަހަރެން، ނިމި މިދަނީ.

ސިއްރު ކުރާ ތިޔަ، މާޒީ

ސިއްރު ކުރާ ތިޔަ، މާޒީ

ނިމިގެން ގޮސްފައި ނޫންހެ ވަނީ؟

ކަރުނައިން ތިޔަދޭ، އަނިޔާ

އިން މަ ފަނާވެގެން މި ދަނީ

……….

މީހުން އުޅޭ އަޑު އިވެން ފެށުމުން، ނިކުންނަ އިރަށް ލިބުނީ ކޮންމެސް ތާކަށް ދާން އުޅޭ ޚަބަރެވެ. ޚަބަރެއް ނޫނެވެ. ނުނިކުމެވިގެން އުޅެނިކޮށް ޝާނާ، ހަމަ ވަގުތުން ތައްޔާރުވާން، ބުންޏެވެ. ބުނީކިވެސް ނޫނެވެ. ކޮށްލީ ޢަމުރެވެ.

ރަނގަޅަށް އިރު ނާރަނީސް، މި ދެވެނީ ކޮންތާކަށް ކަންވެސް ނޭންގި، ސޯޓަކާއި، އަތްކުރު ހުދު ޓީޝާޓެއް ލައިގެން ނިކުތީމެވެ. އެއިރު އެއްބައި މީހުން އެ ދާތާކަށް ގޮސްފިއެވެ. ދަނީ ކޮންމެ ތާކަށް ވިޔަސް ހެޔޮކަމަށް، އަހަރެން ދިޔައީ ގިޓާ ހިފައިގެންނެވެ. އެހެންމީހުން، އެމީހުންގެ ލޯބިވެރިންނާ އެއްކޮށް ސަކަރާތް ޖަހާއިރު، މަށަށް ގިޓަޔާއެކު ސަކަރާތް ޖެހޭނެ ނޫންހެއްޔެވެ.

ރަށް ފެނުނީ ލުވެއިޒް އާއި އެއްކޮށް ސައިކަލުގައި ދިޔައިރުއެވެ. ލުވެއިޒް އަހަރެން ގެންދިޔައީ، ދިގު އެ ރަށުގެ އަނެއް ކޮޅަށެވެ. ބޮއްކުރާ ގަނޑެއްގައި ކޯރުވެސް ހުރަސް ކުރަން ޖެހުނެވެ. އަހަރެމެން ދިޔައީ ފުށްޓަރު ފަރާތަށެވެ. ހުރިހާ އެންމެންގެ ގޭގައިވެސް ޕޫލް ހުންނައިރު، މޫދަށް އެރެން އެއްވެސް މީހަކު ބޭނުން ނުވީއެވެ. މިތަނަށް އައީ، ނަގާ ބިޔަ ރާޅުތަކު ތެރޭ ރާޅާ އަޅާށޯއެވެ.

ފުރަތަމަ ވެސް، އަހަރެން ކޮފީދަޅެއް ނަގައިގެން، އެ ބޯލީމެވެ. މާލޭގައި ގެސްޓް ހައުސް އިން ބޭނުންވަރަކަށް ކާން، ބޭނުން އެއްޗެއް ކާން ލިބުނަސް، ރަށުގައި އެހެނެއް ނޫނެވެ.

ޝާން އާއި އޭނާގެ އެކުވެރިން، ރާޅު ތަކު ތެރޭ އުޅޭތަން ފެނުމުން، ހައިކަމާއި ހައިކަމެއް ކިޔާފައި، އަހަރެންވެސް ލުވެއިޒް ފަހަތުން ދިޔައީ އެވެ. ރޭގެ ހާދިސާއަށް ފަހު، ފޯނު ބަލައި ނުލެވޭކަން، ހަނދާނަކު ނެތެވެ. އެތަށް އިރަކު، ގަދަ ސަކަރާތުގައި އުޅުމަށް ފަހު، އަހަރެން، އެއްގަމަށް އެރީ، މީހާ މުޅިން ވަރުބަލިވީ ފަހުންނެވެ.

ގައިން ފެން ފޮޅަމުން، އަހަރެން ދިޔައީ، ގިޓާ ކައިރީ ބާއްވާފައި އޮތް ޓީޝާޓު ބަލައެވެ. އެއިރުވެސް އީތަން އާއި އަޔާން، ކަނދު ހިފައިގެން އުޅެއެވެ. ވަރަށް ދުރުން، ރައުހާ އާއި ޝަޔާން ފެންނަން ހުރި އިރު އަނެއް ދެ މީހުން ވީ، އިރުމަތީ ފަރާތަށް، ހިނގާލަން ގޮހެވެ.

ލޮލުގައި އީން އަޅައިގަތީ އެވަގުތެވެ. ޝާނާގެ ހަގު ކޮއްކޮ، ތިން އަހަރުގެ ޝައިނީ އާއި އެކު، ހިޔާ ގަނޑެއްގައި ވެލި ކުޅެން އިން އިރު، ރޭގެ ހާދިސާގެ، ކަންފުޅެއްވެސް، ފެންނާކަށް ނެތެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން، ހިނިތުންވެލައިގެން އިން އިރު، ހަޔާތުގައި، ހިތާމައަކާއި ދިމާވި ކުއްޖެކޭވެސް މީހަކު ނުބުނާނެއެވެ.

ޓީޝާޓާ ގިޓަޔާ ފޯނު ހިފައިގެން މަ ގޮސް އިށީނީ އީން ކައިރީގައެވެ. ޝައިނީ ގެ ހަރަކާތް ތަކަށް ބަލަން އިން އީން، މަ އައިކަން އެނގުނު ނަމަވެސް ބަލައިވެސް ނުލިޔެވެ. ފޮނީ ފޮނި ވަރަކަށްވެސް ނޫނެވެ.

“އީން” މަ ގޮވާލީމެވެ. ނަމަވެސް އެދެވޭ ހަރަކާތެއް ނުފެނުނެވެ. އެއްވެސް އިހުސާސެއް ނެތް މޫނަކައިގެން އިނދެފައި، އީން މަށަށް ބަލައިލީ، އޭގެ އެތަށް އިރެއްގެ ފަހުންނެވެ. އަލީނާގެ ބްރެއިން ރިސެޕްޓަރ މަަސައްކަތް ކުރާލެއް ލަހީ ކަމަށްވެސް ވެދާނެއެވެ. ބަލައިލާފައި ރީތި ހިނިތުންވުމެއް ވެދުންކޮށްލިއެވެ.

ދައްކާނެ ވާހަކައެއް ނޭންގިގެން އެންމެ ފަހުން، މަ މަޑުމައިތި ރާގެއް ކުޅެން ފެށީމެވެ. އެކަން ވީ، ޝައިނީއަށް ވަރަށް މަޖާވި ކަމަކަށެވެ. މި ޝާން، ބޮޑު ބޭންޑެއްްގެ ލީޑަރެއްކަމަކު ކޮއްކޮޔަށް ގިޓާ ކުޅެލަވެސް ނުދެނީތާއެވެ.

ޝައިނީ، އަހަރެން ކައިރިއަށް އައުމުން، އެ ކުޑަކުޑަ އަތް، ނަރުވާތަކުގައި ބާއްވަ ދީފައި، މަށާއި އެކު، ދެތިން ނަރުވަޔާއި ކުޅެލަ ދިނީމެވެ. އަހަރެން އަތް ނެގުމުން، ޝައިނީ، ބާރަށް، ހުރިހާ ނަރުވަޔަކާ ކުޅެލިއެވެ. އެ ހަރަކާތުން އީން، މަޑުމަޑުން ހީލިއެވެ. މަށަށް އިނދެވުނީ ބަލާށެވެ. އީން ހެވުމުން ކިހާ ލޯބި ހެއްޔެވެ؟ އަބަދުވެސް އީން، ހެވިފައި ހުންނަ ނަމަ….

ހީކުރެވުނު ގޮތަށް އެރޭގެ ޝޯ، އަމާން ކަމާއިއެކު ދިޔައެވެ. އެލީނާ، މާލެއަށް ދާން ފުރާތީ، ޝޯއަކަށް ނާދެއެވެ. އެތާގައި، ސަކަރާތް ޖަހަން އުޅެފައި ގެއަށް އާދެވުނު އިރު އެއްގަޑި ބައިވެ ބޮޑުވެއްޖެއެވެ. މުޅި ދުވަހު، ބިޒީކޮށް އުޅުމުން، ފޯނު ބަލައިލެވުނީ އެވަގުތެވެ.

“އައިމިނަތު ރީޝާ ވާލިދު، ރިޕޯރޓެޑް މިސިންގް!” ނުދަންނަ ނަމްބަރަކުން އައިސްފައިވާ، ފޮޓޮޔަކާއި އެކު އޮތް މެސެޖު، ރަނގަޅަށް ނުކިޔެނީސް، މަށަށް ކޮށްޅަށް ތެދުވެވުނެވެ. ޔޫހާ ފެނުނުތާ ދެދުވަސް ނުވެ އުޅެނިކޮށް، ސޯޅަ އަހަރުގެ އަންހެން ކުއްޖެއް، ގެއްލުނީއެވެ. ބަޔަކު މީހުން  ކޮރެއާ ީރީް ސްޓްރޯންގް ވިމެން ކުޅެލަނީ ހެއްޔެވެ؟

ރުކާން އާއި ޖިހާންގެ މެސެޖުތައް ކިޔަމުން، މަ ޕެކް ކޮށްލީމެވެ. ރިސޯޓު ރިސޯޓުގެ އޯނަރުން، އެކުވެރިންގެ ގޮތުގައި ގެންގުޅޭއިރު ދަތުރާމެދު ހާސްވާން ނުޖެހޭނެއެވެ. ގަދަ ނިދީގައި އޮތް ލުވެއިޒް، ވަގުތުން މަ ނެގީމެވެ. އަދި ސިކުންތެއްވެސް މަޑުކުރެވެން ނެތަ ވާހަކަ ބުނުމުން، ފާޑަކަށް  އަނގަހަދައިގެން ލުވެއިޒް ހުރީއެވެ. މަ ގަޔަށް ހިނި އަރައިގެން އުޅެން ފެށުމުން، ލުވެއިޒް، އެންމެ ފަހުން އެއްބަސް ވިއެވެ. ލުވެއިޒް ކަހަލަ، މަދުން ނިދާ މީހެއް ނޫންނަމަ، ސޯޅައަހަރުގެ އެކުވެރިކަމަށްޓަކާވިއަސް، ތިން ގަޑި އިރު ނުދިނީހެވެ. މި ލުވެއިޒް ބައެއް ކަންކަމުގައި ވަރަށް ވަޔަސް، ކޫލް ގަޑިއެއްގައި އޯވަރ ކޫލްވެސް ވާނެއެވެ.

ރޭންޖު ހުސްވަންދެން، މަ ޓެކްސްޓު ކުރަމުން ދިޔަ އިރު، ލުވެއިޒް ހުއްޓާނުލާ، ސުވާލު ކުރަމުން ދިޔައެވެ. މަ އެންމެ ސުވާލަކަސް ޖަވާބު ދޭން ބޭނުމެއް ނުވިއެވެ. ބޭނުން ނުވަނީއެއް ނޫނެވެ. ދެވޭނެ ޖަވާބެއް ނެތީއެވެ.

ރީޝާ އާއި ބެހޭ މައުލޫމާތުތަށް މަށަށް ލިބުމުން، މި ދަނީ އެކުވެރިއެއްގެ ކޮއްކޮއެއް ގެއްލިގެނޭ ބުނީމެވެ. އެއީ މުޅިން ދޮގެއް ނޫނެވެ. ރީޝާ އަކީ، ޑޮކްޓަރ ރާހިލްގެ ކޮއްކޮއެވެ.

މާލެއަށް ލެފުނު އިރު، ރަޔާން، މަގޭ އެދުމަށް ބަލައި އައިސް އިނެވެ. އެއީ ސްކޫލްގައި، ބަޔަކަށް ޖެއްސުމެއް ކުރާނަމަ، އަހަރެންގެ ޕަރޓްނަރެވެ. އަންހެން ކުދިންން، ވަކިން ޚާއްސަކޮށް އަންހެން ޓީޗަރުންނަށް އުނދަގޫކުރުމުގައި އެވަރެއް ނުހުންނާނެއެވެ.

ރުކާން އާއި ޖިހާންއަށް ނުގުޅީ ދެކޮޅަށްވެސް ވިސްނާފައެވެ. އެއްކޮޅުން، އެމީހުންނަށް މަޝްވަރާގެ ބައެއް އުނިވާނެ އިރު، އަނެއްކޮޅުން ދެމީހުންވެސް، އެއްވަރަކަށް ޤަވާއިދީ ވާނެއެވެ. މި ބުނީ، ސާޅީހުން މަތީގައި ސައިކަލު ދުއްވަން ނުކެރޭ ވާހަކައެވެ. ކޮންމެ ކަމެއްގައި ވިޔަސް މަޖާ ނެގިއްޖިއްޔާ، ރަޔާން އަށް ހެޔޮވާނެއެވެ. އަހަރެން ޖޫރި މަނާ  ފައިސާ ދައްކައިދެންޏާ، ކިތަންމެ ސްޕީޑެއްގައި ދުއްވުންވެސް މައްސަލައަކަށް ނުވާނެއެވެ.

ޒަރީރު ސަރގެ ގެއާއި ހަމައަށް މަ ފޯރިއިރު، ފަހެއް ޖަހަނީއެވެ.

ދަބަސްގަނޑާއި ގިޓާ ހިފައިގެން ދުވަމުން ކަހަލަ ގޮތަކަށް، ތިންވަނަ ފްލޯއަށް މަ އެރީމެވެ. އަދި، މީޓިން ރޫމްގައި ޓަކި ޖެހީމެވެ.

“ކުރިންކޭހެކޭ އެއްގޮތަށް މިކޭސް ވެސް ވަރަށް ސީރިއަސް. އެކޭސްވެސް ލަސްވީމަ، އެކުއްޖާގެ މުޅި ދިރިއުޅުން ހަލާކުވީ… އެކަމަކު މިފަހަރުވެސް، މާޒިންއަށް އަވަހަށް އާދެވުނު ކަމަކަށް ނުވި.” ޒަރީރު ސަރ އަށް އަބަދުވެސް ފެންނާނީ މަގޭ ކުށެވެ. ނޫނުގައި ހުރެފައި ވަގުތުން ކާފަށް އައުމުންވެސް ޝުކުރު ކުރާކަށް ނޭންގުނެވެ. ނާދެވުން ނަމަވެސް މިޔަށްވުރެ ތާހިރު ވީހެވެ.

“ކުރިން އަހަރެމެން މަސައްކަތް ކުރި ހުރިހާ ކޭސްތަކެއްވެސް ނުލާހިކު ކާމިޔާބުކޮށް ޒިހާ..” “މަމީ މަގޭ ބައްޕައެއް ނޫނޭ.” އަބަދެކޭވެސް އެއްގޮތަށް އަފްޒަލް އެ މައުލޫއަށް ދިޔުމުން އަހަރެން ގާތަށް ރުޅިއައެވެ. އަފްޒަލް އެވާހަކަ ދައްކަނީވެސް އަހަރެން ރުޅިއަރުވަން ކަންނޭންގެއެވެ. ބައްޕަ ދުނިޔޭގައި ހުރި ނަމަ، ޔަގީނުންވެސް މަ މި މަސައްކަތް ކުރާކަށް ނޭދުނީހެވެ.

ޕޮލިސް އެއްކޮށްފައިވާ މައުލޫމާތު ޓީވީގެ ސްކްރީނުގައި އަޅުވާފައި ހުއްޓެވެ. އޭގައި މައިގަނޑު ގޮތެއްގައި ވަނީ ރީޝާއާއި ބެހޭ، ޒާތީ މައުލޫމާތެވެ. ޢުމުރާއި، ސްކޫލާއި، ޢާއިލާފަދަ މައުލޫމާތެވެ. އޭގެ އިތުރުން، އެނގެނީ، އެ ކަންތައް ރިޕޯރޓްކުރީ ރީޝާގެ ދެ އެކުވެރިން، ޝައިލާ އާއި ލުހާ ކަމެވެ.

ފަތިސް ނަމާދަށް ގޮވުމާއި އެކު، އަހަރެމެން، އެ މީޓިން، މެދު ކަނޑާލާފައި، ދިޔައީއެވެ. އެ މީހުން އެކުރި މަޝްވަރާގެ މާ ބޮޑު ބައެއް މަށަށް ނުވެސް އިނގެއެވެ. ނުކިޔައިދެންޏަކާ ނޭންގޭނެ ނޫންހެއްޔެވެ. އެކަމަކުވެސް މިމީހުންގެ ނަޒަރުގައި ކޭސް އަހަރެންނަށް ސޯލްވް ކުރެވެންޖެއހެއެވެ.

ގެއަށް ދިޔުމުގެ ބަދަލުގައި މަ ދިޔައީ، އޭޑީކޭ ކައިރިއަށެވެ. ޑިއުޓީ ނިންމާލާފައި ރާހިލް ނިކުންނަން ދެން، މަ އެތާ ކައިރީ ފާޑަކަށް ގަނޑުވެފައި ހުރީއެވެ. ރީޝާމެން ކުޑައިރު، ވާލިދާ ޒީމާގެ ކައިވެނި ރޫޅުމުން، ރާހިލް އާއި ރީޝާ ދިރިއުޅެނީ ވަކިންނެވެ. އެދެމީހުންގެ މާ ބޮޑު ގުޅުމެއް ނުއޮންނާނެކަން އެނގުނުނަމަވެސް މަށަށް ވާހަކަ ދައްކާލެވޭނީ އޭނަޔާ ކަމަށް ވުމުން، މަ އެފުރުސަތުގެ ބޭނުން ކޮށްލާ ހިތްވީއެވެ.

“ބްރޯ ހިނގާބަ ކޮފީއަކަށް.” ކާރަށް އަރައަރާ ހުއްޓާ، ރާހިލް ހުއްޓުވަމުން ބުނީމެވެ. އިތުރު ކަމެއް ނެތުމުން، ރާހިލް އަހަރެންނާއި އެކު އައެވެ.

“އިނގެއެއްނު، ޑެޑީ، އެއްއިރެއްގަ ޕޮލިސްއަކަށް ވީމަ، މަވެސް ވަރަށް ޕޮލިސް ކަހަލަ ކަންކަން ކޮށްލާ ހިތްވޭ. ކޮއްކޮގެ އިންފޯކޮޅެއް ލިބި ދާނެތަ؟” ކުރިންވެސް ވިސްނާފައިވާ ގޮތަށް ދުރުން ވާހަކަ ފަށާ، އެއްފަހަރުން މައުލޫއަށް ދިޔައީމެވެ.

އަހަރެން ވީމަ، ރާހިލްވެސް ދެކޮޅު ހެދުމެއް ނެތި، ވާހަކަ ފެށިއެވެ. “މަމް އަޅައެއްނުލާނެ ކޮއްކޮ ކޮންމެ ގޮތަކަށް އުޅުނަސް. އަސްލު މަމް އުޅޭ ގޮތުން، ބައްޕަ، މަންމަ ވަރިކުރީވެސް. މަ ބޭނުންވީ ޑޭޑް ކައިރީ އުޅެން. ޑޭޑް ވަރަށް އުޅުން ކޮއްކޮވެސް ގެނެވޭތޯ. އެކަމު ކޯޓުން ނިމުނީ މަމް އަށް ކޮއްކޮ ލިބޭ ގޮތަށް.

ކޮއްކޮ އުޅޭނީ ވަކިން އެޕަރޓްމެންޓެއްގަ. ޚަރަދުކުރާނީ ޑޭޑް. ބިހޭވިއަރ ރަނގަޅުވާނެ. ވަރަށް މޮޅުވެސް ވާނެ. މަށަށްވެސް ދެން އެނގެނީ ލުހާ މެން ޕޮލިސްއަށް ކިޔައިދިން ވަރަށް. ކޮއްކޮ އެކްސްޓްރާ ނިންމާފަ، ދިޔައީ ޝޮޕިންއަށޯ.”

ރާހިލް ކުށްވެރި ކުރީ މަންމައެވެ. ޙަޤީގަތުގައިވެސް، ޒީމާގެ ކުށް އޭގައި އެބަ އޮތެވެ. އެންމެ ފަހުން، ރީޝާ ފެނިފައި ވަނީ، ތިނެއް ޖޫންގައެވެ. ނަމަވެސް މައްސަލަ ރިޕޯރޓް ކުރީ، ދެދުވަސް ފަހުންނެވެ އެވެސް ދެ އެކުވެރިންނެވެ.

ވަކިން އުޅުނަސް ދަރިފުޅުގެ ޙާލު ބަލައިލެވެން ވާނެއެވެ. އަނެއްކޮޅުން ސޯޅަ އަހަރުގެ އަންހެން ކުއްޖެކެވެ. މަ ފިރިހެން ކުއްޖެއްކަމަކުވެސް، މަންމަ، މަ ކޮބާތޯ ނުބަލާ، ނުނިދާނެއެވެ. މިވާހަކަ ބުނެވުމުން ދެން ބުނެވޭނީ، އަހަރެން މީ އެހާ ތެދުވެރި މީހެއް ނޫނޭއެވެ. މަންމައަކަށް، ދަންވަރު މަ ބޭރުގައި އުޅޭކަމެއް ނޭންގޭނެއެވެ. އުޅޭކަން އެނގިއްޖިއްޔާ، ވަގުތުން ޖެހޭނީ ގެއަށް ބަދަލުވާށެވެ.

ރާހިލް ގެ ފަރާތުން މާ ބޮޑު އެއްޗެއް، ސާފެއް ނުވިއެވެ. ޖިހާންމެން އެންމެން އުޅޭނީ ޑިއުޓީގައި ކަމުން، އަހަރެން ކޮޓަރީގައި އޮތީއެވެ.

ރާއްޖޭން ބޭރުނުވާހާ ހިނދަކު، ކައިލީންއަކަސް މައުލޫމާތެއް ނުލިބޭނެއެވެ. ކައި ބުނާ ގޮތުން، އެމީހުންގެ އެޖެންސީ ހުންނަނީ ގްރޫޕް ތަކަކަށް ބަހާލާފައެވެ. އަދި ކޮންމެ ގްރޫޕަކަށް ވެސް ލިބޭނީ، ވަކި ޤައުމު  ތަކެއްގެ މައުލޫމާތެވެ. ކައިލީންމެންނަށް ލަންކާ ލިބިފައި އޮތުން އެއީ ނަސީބެވެ. އޮސްޓްރޭލިއާއިން މައުލޫމާތު ހޯދީ، އެހެން ގުރޫޕެއް ކައިރީ އެދިގެންނެވެ. ކަމެއް ވެއްޖެ ކަމުގެ ހެކި އޮތުމުން އެމީހުން އެކަން ކޮށް ދިނީއެވެ.

ރާއްޖެއާއި މެދު ވިސްނާއިރު، ބުނެވޭނީ، ސެކިއުރިޓީ ދަށީއޭއެވެ. ބޭނުންހާ ތަނެއްގެ ސީސީޓީވީ ފުޓޭޖް ލިބޭނެ ގޮތް ނުވާއިރު، ސީކްރޭޓް އެޖެންސީއެއް އޮތުންވެސް މުހިންމެވެ. ހަމައެކަނި، ޕޮލިސްގެ މަސައްކަތަކުން މިޒަމާނަކު ނުފުދޭނެއެވެ. ފުދޭނަމަ، މާރާމާރީތައް މި ހިންގާ ގޭންގުތައް ނެތީހެވެ.

އެހެން އޮއްވާ، ސްޓާފެއް އައިސް، މީހަކު އަހަރެން ހޯދަން އައިސް ހުރި ވާހަކަ ބުންޏެވެ. އަހަރެން ހޯދަން ގެއަށް އައިސް، ކޮޓަރިއަށް ނުވަންނާނީ ކާކުތޯ ވިސްނަމުން ނިކުތް އިރު، ސޯފާގައި އިށީންދެލައިގެން، ދެ އަންހެން ކުދިން ތިއްބެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Monsta

Level 310 Stories100 Comments100 Login

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ……36

Next

ވެހޭ ވާރޭ ތެރެއިިން…8

Next
June 6, 2019

ވެހޭ ވާރޭ ތެރެއިިން…8

Previews
June 5, 2019

ބުނާށެ ލޯބި ނުވަނީހޭ……36

22 Comments!

  1. Monsta says:
    June 6, 2019 at 1:58 am

    Salaam readers. Here is the sixth part. Hope you enjoyed reading it. Mistakes huriyyaa faahaga kohla dhehcheyy.
    Btw if you wannna ask a question to any character, mention below ❤️❤️❤️

  2. Kud@@ says:
    June 6, 2019 at 6:08 am

    Wow.. mi part ves vrh salhi.. waiting for the Next one…

    1. Monsta says:
      June 6, 2019 at 7:11 am

      Thankss. Vyhaaves avahakah up kohdheyn mi try kurany

  3. Zaa says:
    June 6, 2019 at 9:55 am

    Hei monsta….again a beautiful and interesting part….vv rythi….mistake eh nuves feney story ah gellifa inna varun…and now i kinda like maaz…hehe…he is so funny….whn next part…….

    1. Monsta says:
      June 6, 2019 at 7:48 pm

      ahaha Thankss… umm adhi neynge exactly kihaairaku kamehh bunaakahh,… but varah avahah up kohdheynan Insha Allah <3 <3

  4. aaliya says:
    June 6, 2019 at 9:58 am

    wow! i was waiting for the story thank u monsta… story is awesome… i really love this… curiously waiting for the next…

    1. Monsta says:
      June 6, 2019 at 7:50 pm

      awww Thankss <3 ….

  5. jiji says:
    June 6, 2019 at 1:13 pm

    Monsta!!!??????❤❤❤?????????…Mi part vec v v salhi inge …. majayah vec majaa hama???❤❤❤ ???????????????❤❤❤??????..hehe..keep it up ingey sis…sis eh kan ingunyma sis kiyaany dhn…hehe….waiting fr the next ingey. …
    Lysm?????????❤❤❤??????????????????❤❤❤

    1. Monsta says:
      June 6, 2019 at 7:52 pm

      Hehe Thank you Jiji..<3

  6. jiji says:
    June 6, 2019 at 10:15 pm

    Monsta ge haalu kihineh thr..N monsta use kuran thr gmail..If so lemme knw..I wanna tlk yuh sis..that’s why????????????❤❤❤?????????

    1. Monsta says:
      June 6, 2019 at 11:17 pm

      Monsta ge haalu rangalhu. Hbu. ??. Umm monsta gmail use ehh nukurann ??…. but jiji beynumiyyaa social media kommes ehn app akun talk kurevidhaane ????

    2. jiji says:
      June 7, 2019 at 12:39 am

      Alhe haadha dhera ey dhw…dhn jiji ah 10 nimigen amihla foaneh libendhn wait kuranthaa jeheyny…
      Hehe..dhn mi site in tlk kuraany dhw adhi ehn gotheh fehnan dhn…nd yuh ulheny 8 ga thr..cuz yuh ah 14 v ma hama hyvy..hehe???????

    3. Monsta says:
      June 7, 2019 at 5:35 pm

      No nine ga ulhenyy. ❤️? I’m turning fifteen soon ???

    4. Monsta says:
      June 7, 2019 at 6:17 pm

      jiji kn grade ehh

  7. Drax says:
    June 7, 2019 at 8:56 am

    Sis this part is awesome too.love it.keep it up sister. ???❤???

    1. Monsta says:
      June 7, 2019 at 7:47 pm

      Sure bro.. N thankss dhen 😛

  8. jiji says:
    June 7, 2019 at 9:27 pm

    ……… ???I’m in grade 7 dear

    1. Monsta says:
      June 8, 2019 at 7:37 pm

      awww

  9. Wings says:
    June 8, 2019 at 12:39 pm

    Strong woman yuh mean do bong soon?? varah salhi mi story monsta story gai liyefa e huriii KK ga aslu hunna thanthan tha …cause i hav beem to that place many times but i akah aslu nueh ingun kon thanakah kameh e miihun ralhaa alhan dhiaii ki…

    1. Monsta says:
      June 9, 2019 at 2:25 am

      Yhh Do bong soon. Yeah KK ga huri thanthan hunnaany liyefa. Raalhaa alhan diyaii kulhudhoo avah nimey hisaabu fuhtarahh. That will be rashuge kolhu. ??❤️ And thanksss

  10. sasookey says:
    June 9, 2019 at 3:19 pm

    take maaz back to kk// i like him there

    1. Monsta says:
      June 10, 2019 at 10:50 pm

      Hehe lol. ??. Xin kihinehh mioh fadha madhiri haalyga dhiriulheyny. Foni kamunn amilla geyga ves noolhevigen hotel ga ulhey myyhaa. Plus the food. Maaxin ahh kk rangalhu vaany emme gothakunn accident nuvaane dhn Male’ ga vaa gothakahh ???
      Thanksss ❤️❤️

Comments are closed.

Next Episodeނާއިންސާފް 7←


All Right Reserved!