Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އައިރާ…( 10 ވަނަބައި)

layaaly Level 1100 Comments10 Stories
May 31, 2019 4 Mins Read
25 Comments

މިއަދަކީ އައިރާމެން މާލެއަށް ދާން ފުރާދުވަހެއެވެ. އެހެންކަމުން އެގޭ އެންމެންވެސް އުޅެނީ ވަރަށް ބިޒީކޮށެއެވެ.އިޔާޝާ އާއި އައިރާ ދެމީހުން އުޅުނީ މެންދުރު ފުރުމުގެ ކުރިން ފޮށިމަތި ރެޑީކުރުމުގައެވެ.

ފުރަންދާން ތައްޔާރުވާންވެގެން ކޮންމެމީހަކުވެސް އެމީހަކު ފެންވަރަން އޮތް ގަޑީގައި ފެންވަރާ ނިއްމާލިއެވެ. ފުރަންދާގަޑި ކާރިވަމުންދާ ވަރަކަށް އައިރާގެ ހިތް ނުތަނަވަސްމުން ދިޔައެވެ. އީން އައިރާއަށް ދިން ހެދުން އައިރާ ލިއެވެ.  އަދި ގޮސް ލޯގަނޑުކުރިމަތީ ހުއްޓިލާފަ އަމިއްލަ ސޫރަބަލާލިއެވެ. އައިރާ ފެންނަނީ ވަރަށް ތަފާތުކޮށެއެވެ. ކުރިން ޕާކިސްތާނުގެ އާދައިގެ ހެދުންލާ ކުއްޖަކު ޒަމާނައި އެއްގޮތަށް ރީތިހެދުމެއް ލާފަވުމުން ކުރިއަށް ވުރެން އައިރާ ރީއްޗެއެވެ. އައިރާ ކަކުލަހަމައަށް އަރާ ކަޅުކުލައިގެ ފަން ދިގު އިސްތަށިގަނޑުގައި ފުނައަޅާލިއެވެ.އަދި ހުޅިއެއް ބޮލުގައި ޖަހާފައި މެރޫން ކުލައިގެ ޝޯލް އައިރާއާއި ގުޅޭނެހެން ރީތިކޮށް ބޮލުގަ އަޅާލިއެވެ.

“ދަރިފުޅާ އައިރާ. އަދިވެސް ނުނިމޭތަ؟މިހާރު ފުރަންދާ ގަޑިޖެހެނީނުން.”އިޔާޝާ އައިރާ ކޮޓަރިގަ ޓަކިޖަހަމުން ބުނެލިއެވެ.” މިނިމުނީ” އައިރާ ޖަވާބުގައި ބުނެލިއެވެ.”އެހެންވިއްޔާ އާދެ ދަން.”އިޔަޝާ ބުނެލިއެވެ. އައިރާ ހަމަޖެލިފައި ގޮސް ކޮޓަރި ހުލުވާފަ ބެރަށް ނިކުތެއެވެ. އެރު އޭނަގެ މަންމަ އޭނަގެ ކުރިމަތިގައި އެނާއާއި ދިމާލަށް ބަލަހަށްޓައިގެން ހުރީ ހައިރާންކަމައެކުގައެވެ.”އައިރާ ކޮންއިރަކު ބުރުގާ އެޅީ؟ ކާކު ދިން ހެދުމެއްލާގެން ތިހުރީ؟”އިޔާޝާ ސުވާލުކުރިއެވެ. އައިރާ އޭނަގެ މަންމަ ދިމާލަށް ބަލާލާފަ ހީލިއެވެ. އައިރާއަށް މާކުރިންވެސް އެއީ އޭނަގެ މަންމަ ކުރާނެ ސުވާލެއްކަން އިނގެއެވެ. އެހެންކަމުން އައިރާހުރީ އެސުވާލުގެ ޖަވާބުދެނެ ގޮތާއިމެދު ހުރީ ތައްޔަރުވެފައެވެ.މޫނުމަތިން އެއްވެސް އަސަރެއް ދެއްކުމެއްނެތި އިިޔާޝަގެ ސުވާލަށް ޖަވާބު ދޭން އައިރާ ފެށިއެވެ.”އަޅުގަނޑު މާލެދާވަހަކަ އީން ގާތު ބުނީމަ ހަދިޔައަކަށް އީން އަޅުގަނޑަށް ދިނީ މިހެދުން.މަންމާ އަޅުގަނޑު ހިތަށްއެރީ މީހަކާއި އިންނަން އުޅެތީ ބުރުޤާ އަޅަނީއޭ.އެހެންވެ އެހެންނޫނަސް މަންމައަށް އިނގޭނުން އަޅުގަނޑު ބުރުގާއަޅަން ބޭނުންވެފަކަން ހުރީވެސް”އިޔާޝާއަށް ވެސް އައިރާގެ ވާހަކަޤަބޫލުކުރެވުނެއެވެ.”ދަރިފުޅު ބުރުޤާއެޅީމަ މާރިތި.”އިޔާޝާ ބުނެލިއެވެ.އޭގެ ބަދަލުގަ އައިރާ ހިނިތުންވުމަކުން ފުއްދާލިއެވެ.

“މި އަންހެންވެރިން މީ ހާދަހާ ތަތް ބައެކޭދޯ. މިހާރު ފުރާ ވަޤުތު ޖެހެނީވިއްޔަ. އަދިވެސް ކޮޓަރިން ނިކުމެވޭވަރު ނުވޭ.” ފަޒީލް ކުދިކިޔަން ފެށިއެވެ. ފަޒީލް އެހެން ބުނިތާ އިރުކޮޅެއް ނުވަނީސް އިޔާޝާ އާއި އައިރާ ދެމީހުން އެކީހެން ފަޒީލްމެން ހުރި ދިމާލަށް އަންނަން ފެށިއެވެ.”ދޮންތާ….. ކޮންއިރަކު ބުރުގާ އެޅީ”އައިރާ ފެނުމުން ހައިރާންކަމާއެކު ފައިޒީން ބުނެލިއެވެ.ފައިޒިން އެހެންބުނި އަޑަށް ފަޒީލް އާއި ޒިހާދު އެކީހެން އައިރާ ދިމާލަށް ބަލާލިއެވެ. އައިރާ ލަދުގަތުނެއެވެ. އިޔާޝައަށް އައިރާ ލަދުގަތްކަން އިނގުމުން ބުނެލިއެވެ.”އަހަރެން ބުނެގެންނޭ އައިރާ ބުރުގާއެޅީ””އެހެންތަ މިހާރު ދަރިފުޅު ވަކިން ރީތި” ފަޒީލް ބުނެލިއެވެ.ޒިހާދުވެސް ހިނިތުންވެލީ އެއީ ޒިހާދުވެސް ބޭނުންވާ ގޮތްވީމައެވެ. ނަމަވެސް ފައިޒީންއަކަށް އެވާހަކައެއް ޤަބޫލެއް ނުކުރެވުނެއެވެ. މިހާރަކަށް އައިސް އައިރާގެ މިޒާޖަށް ވަނީ ބަލަދުތަކެއް އައިސްފައިވާކަން ފައިޒީންއަށް ފާހަގަ ކުރެވެއެވެ. ކުރިން އަބަދުހެން ފައިޒީން އާއި ސަމާސާކޮށް ލޯބިން އޮޅުލާ އުޅޭ މީހާ މިހާރު ހުންނަނީ މަޑުންނެއެވެ. އައިރާ އެކަނި ފެންނަ ކޮންމެފަހަރަކު ކޮންމެވެސް ޙިޔާލަކަަށް ގެއްލިފަ ހުންނަތަން ފައިޒީންއަށް ފެނެއެވެ. އައިރާ ކައިވެނި ވާހަކަ ފައިޒީން މަޖަލަކަށް ދެއްކިޔަށް އައިރާގެ މޫޑް ބަދަލުވެ ހުންނަނީ ރުޅިއައިސްފައެވެ. އަދި އެވާހަކަ ނުދެއްކުމަށް ބައެއްފަހަރު ބުނެއެވެ.ފައިޒީން އަށް އެންމެ ބޮޑަށް ފާހަގަވި އެއްކަމަކީ އޭނަގެ ދޮންތަ ކައިވެނި ހައްޖެއްސީއްސުރެން އޭނަގެ ދޮންތައަށް އައިސްފައި ހުރި ބަދަލެކެއެވެ.މަންމަ އާއި ބައްޕައަށް އެކަން ފާހަގަނުވާތީ އެކަމާ ފައިޒީން ވަރަށް ހައިރާންވެއެވެ. ވެދާނެއެވެ އެމީހުން މާބޮޑަށް އުފާވެފައި ހުންނާތީ އެކަން އިހުސާސް ނުވަނީ ކަންނޭންގެއެވެ.ފައިޒީން މާފާޑަކަށް ބަލަންހުރުމުން އައިރާއަށް އުނދަގޫވިއެވެ.”ދޮންތްސް އޭ ހުރިހާ ކަމެއް ރަނގަޅުތަ؟”އައިރާއަށް އަޑުއިވޭނެހެން މަޑުމަޑުން ފައިޒީން ބުނެލިއެވެ.”ހޫމް”އައިރާގެ ޖަވާބު ވަރަށް ކުޑައެވެ.”އޯހް..އެކަމް ފައިއަށް ހާދަ ހީނުވެއޭ.ވަރަށް ބަދަލުވެފަ ހުރިހެން ހީވޭ”ފައިޒިން ބުނެލިއެވެ.”ތިބުނީ ކީކޭ؟” އައިރާއަށް ފައިޒީން މާނަ ކުރީ ކޮންގޮތަކަމެއް ނޭންގުނެއެވެ.”މި ބުނީ ބުރުގާ އެޅީމަ. ފުރާދުވަހު ބުރުގާ އަޅާނި ދެން ކޮންމެވެސް ކަމެއްވީމައެއްނުން. އަނެއްކާ މީހަކަށް ފިލަންތަ ތިއުޅެނީ” ފައިޒީން ސަމާސައަކަށް އެހެން ބުންޏަސް އޭގައި ވިސްނަފި މީހަކަށް އެބުނި އެއްޗެއްގައި ދެވަނަ މާނައެއް ވާނެކަން އިނގޭނެއެވެ.އައިރާ ފައިޒީން މޫނަށް ވަރަށް ރަނގަޅަށް ބަލާލިއެވެ.ފައިޒީން މޫނުމަތިން ފެންނަ ސަމާސާ ހިނިތުންވުމުގެ ސަބަބުން ފައިޒީން އެބުނި އެއްޗެއް ދޭހަކުރަންވީ ކޮންގޮތަކަށް ކަމެއް އައިރާއަކަށް ނޭންގުނެއެވެ.އެހެންކަމުން އައިރާ ހަމަޖެހިލާފައި ފައިޒީން ދިމާލަށް ލޯއަޅާލަމުން ބުނެލިއެވެ.”ފައި… ބޭކާރު ވާހަކަ ނުދައްކާ މަޑުން ހުރެބަލަދޯ.ފައިޒީން ހާދަ ފާޑަކަށޭ ތިއުޅެނީ.ވަރަށް ބަދަލުވެއްޖެ. ދޮންތަ ރުޅިނާރުވާ ފައިޒީންއަކަށް މަޑުންނެއް އެންމެ ދުވަހަކު ނުހުރެވޭ މިހާރަކަށް އައިސް. ހުރިހާކަމަކާ ވިސްނާވިސްނާ ބޯފަޅާގެން ދާހަވަރުވޭ.””ހެހެހެހެ. އެހެންމީހުންވެސް ބަދަލުވާވަރަކަށް އައިމެންކަހަލަ ކުދިންވެސް ބަދަލުވަނޭ ނުން. ދެން ދޮންތްސް ދައްކާ ވާހަކަ.ބައެއްމީހުނަށް ހިވެފަ އޮންނަނީ ކަންނޭންގެ  އަހަރެންނަކީ ތަން ދޮރު ނުވިސްނޭވަރު ކުޑަކުއްޖެއްކަމަށް..އެހެންނުންދޯ” ފައިޒީން އައިރާ ދިމާލަށް އެެއްލޯމަރާލާފައި ހޭންފެށިއެވެ.އައިރާ ގާތަށް ރުޅިއައެވެ. ފައިޒީން އެގޮތަށް އޭނައި ވާހަކަ ދަންކަންޖެހޭ އެއްވެސް ސަބަބެއް އައިރާއަކަށް ނޭންގުނެއެވެ. މިހާރަކަށް އައިސް ފައިޒީން އެގޮތަށް އޭނައާއި ވާހަކަ ދައްކާތީ އައިރާ ގާތަށް  ރުޅިއަންނަގޮތް ވެއެވެ.”ފައިޒީންއަށް ކީއްދޯ. ބަސްއަހާގެން ހުރެބަލަ. ފައިޒީންގެ ދޮންތައޭމީ އިޙުތިރާމް ކޮށްބަލަ” އެންމެފަހުން ރުޅިއައިސްހުރެ އައިރާ ފައިޒީން ދިމާލަށް ކުދިކިޔާގަތެއެވެ.ފައިޒީން އޭގެ ބަދަލުގައި ހީލާފައި ފަޒީލް ހުރި ދިމާލަށް ދިޔައެވެ.

“އަވަހަށް އާދެ އެންމެން ކާރަށް އަރަން.”ފަޒީލް ގޮވާލިއެވެ. އެއައެކު އައިރާ އާއި އިޔާޝާ ކާރުގެ ފަހަތު ސީޓަށް އެރިއެވެ.”ފައިޒީން އަރާ ކާރުގެ ކުރީ ސީޓަށް. ބައްޕައާއި ޒިހާދުބެ ހިނގާލާ މިދަނީ ލާނޗްއޮތް ސަރަޙައްދަށް.އެހާދުރެއްވެސް ނޫނޭނުންދޯ” ފަޒީލް ބުނެލިއެވެ. އަދި ޑްރައިވަރު ގާތު ލާންޗް އޮތް ސަރަޙައްދު ބުނެދިނެއެވެ.

އައިރާމެންނަށް ހިނދުކޮޅެއްގެ ތެރޭގައި ލާނޗްއޮއް ސަރަޙައްދާއި ދިމާލަށް ދެވުނެއެވެ.އެއާއެކު ޑްރައިވަރުމީހާ އެމީހުން ގެނައި ފޮށިތަށް ޖެޓީމައްޗަށް ބާލަންފެށިއެވެ.އައިރާމެން އަތަނަށް އައިތާ ލަސްތަކެއްނުވެ ފަޒީލް އާއި ޒިހާދުވެސް އެތަނަށް އަތުވެއްޖެއެވެ.

އެންމެން ލާންޗަށް އަރާހަމަވުމުން ލާނޗު ނައްޓާލިއެވެ. އައިރާހުރީ އައިރާގެ އުފަންރަށް ލޮލުގެ ކޮޅަށް ގެއްލެންދެން ބަލަހަށްޓައިގެންނެއެވެ. އުފަންރަށް ދޫކޮށް ދާތީ ދެރަވިއެއް ކަމަކު އައިރާ މައިންބަފައިން އައރާގާތު ހުރުމުން އުފާވިއެވެ.އަލަށް ލާންޗްގައި ދަތުރުކޮށްލަން ލިބުމުން ފައިޒީން ހުރީ އެކަމާއި އުފާވެފައެވެ. ޖެހިލާ ފިނވައިރޯތިތަށް ފައިޒީންގެ އިސްތަށިގަނޑާއި ގޯނާކުރަމުން ދިޔައެވެ.ރީތިކޮށް ފުނާއަޅަގެން ހުރިނަމަވެސް ފައިޒީންގެ އިސްތަށިގަނޑު ހުރީ ހޭވިފައެވެ.ދޭތެރެ ދޭތެރެއިން ނިތްކުރިމަށްޗަށް ވެއްޓިލާ އިސްތަށިކޮޅު ފައިޒީން އަތުން ރަނގަޅުކޮށްލައެވެ. އަނެއްބައިފަހަރު ވައްތަރެއް ޖައްސާލާފައި ނިތްކުރިމައްޗަށް ވެއްޓިފަ އޮންނަ އިސްތަށިކޮޅަށް ތުބުން ފުމެލާފަ އިސްތަށިކޮޅު މައްޗަށް އަރުވައެވެ.އައިރާ ފައިޒީން ދިމާލަށް ބަލާލާފައި ހީލިއެވެ. ފުރަތަމަ ފަހަރަށް ފައިޒީން އަކީ ބޮޑު ފިރެހެން ކުއްޖެއްކަން އައިރާއަށް އިޙުސާސްވިއެވެ.މިހާރުވެސް ފައިޒީންއަކީ ރަށުގަ ގުރޭޑް 10 ކުދިންތެރޭގައި ރީތިކަމަށް މަޝްހޫރު ކުއްޖެއްކަން އައިރާއަށް ވަނީ އިނގެފައެވެ. އެތަށް އަންހެން ކުދިންނެއްވަނީ އިސްވެ ފައިޒީންއަށް ލޯބި ހުށައިޅާފައެވެ.އެހެންނަސް ފައިޒީން އެކަމާ އެއްވެސްވަރަކަށް އަޅާއެއް ނުލައެވެ.ފައިޒީންގެ ރީތިކަމާއި އެއްވަރަށް ލާނެތް ސިފަވެސް ގައިގަ ހަރުލާފަ ހުންނަ  ކުއްޖެކެއެވެ.ބަލާބެލުމަށް ފައިޒީންއަކީ 16 އަހަރުގެ ކުއްޖެކޭވެސް ނުބުނާނެއެވެ.ބަލާބެލުމަށް ހީވަނީ 20 އަހަރުގެ  ޒުވާނެއްހެންނެއެވެ.  އަޑުބަރުވެފައި ރީއްޗެއެވެ.އިސްކޮޅުންވެސް އެހާމެ ދިގެއެވެ. ބާމަތިފުޅާ ވެފަ ހުންނަނީ ވަރުގަދަކޮށެއެވެ.ފައިޒީން ބޮޑުވަމުންދާވަރަކަށް ރީތިކަންވެސް އިތުރުުވަމުން ދިޔައެވެ. އައިރާއަށް ފައިޒީންގެ ފިރެހެންވަންތަ ސިފަ އިތުކޮށްދޭ ސިފައަކަށް އެންމެ ފާހަވި އެއްކަމަކީ ފައިޒީން އަތުގެ ނާރުތަށް އަރާފަ ހުންނަތަނެއެވެ.އައިރާއެކޭ އެއްފަދައިން ފައިޒީންގެ ހީލާއިރާއި އަގަޔަށް ގޮތްގޮތް ހަދާއިރު އަޑިކޮޅު އެޅިގެން ދެއެވެ.ފައިޒީންގެ އެރީތިކަަމަށް ކިތަށް އަންހެންކުދިން ޖާދޫގައި ޖެހިގެންދާނޭބާއޭ އައިރާގެ ހިތަށް އެރިއެވެ.އައިރާ ނުތަނަވަސްވީ ހިތަށް އެރި އެއްޗަކުންނެއެވެ.ނަަވެސް ފައިޒީންއަށް އައިރާ އިތުބާރުކުރެއެވެ. ފައިޒީންއަކީ ލިބިފައިވާ ރީތިކަމުގެ ސަބަބުން އެހެން ޒުވާނުން ފަދައިން އެކަމާއި ބޮޑަވެ ނޫޅޭނެ އަދި އެކަމުގެ ނާޖައިޒް ފައިދާއެއް ނުނަގާ މީހެއްގޮތުގައި ލެއްވުމަށް  އެދި އައިރާ ދުޢާކޮއްލިއެވެ.

3 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު މާލެއަށް އާދެވުނެއެވެ.އައިރާއި ފައިޒީންގެ ލޮލަށް ފެންނަމުންދާ މަންޒަތުތަށް ވީ ޤަބޫލުކުރަން ދަތިކަމަކަށެއެވެ.މީހުން ބުނާތީ އެމީހުން އަޑުއަހައެވެ.މާލެއަކީ ދުއްވާއެއްޗިތި އެހާގިނަ ތަނެކެއެވެ. މީހުންނާވެގެން އޮންނަނީ ތޮއްޖެހިފައެވެ. އާއިކެއެވެ. މީހުން އެބުނަނީ ވަރަށްވެސް ބޮޑު ތެދެކެއެވެ.އައިރާމެން މީހުން އެހެން ބުނިކަމުގައި ވިޔަސް އެވާހަކަތަށް ޤަބޫލުލެއް ނުކުރެވެއެވެ. އެހެންނަސް ހަޤީޤަތް މިއޮތީ ދިމާލަށް ފެންނާށެއެވެ.ދުއްވާއެއްޗިތިން ފުރިފައެވެ. މީހުންގެ ހެދުން އެޅުންވެސް އެހުންނަނީ އެކިފާޑަށެއެވެ.ކޮންމެ މީހަކުވެސް އުޅެނީ އެމީހެއްގެ އަމިއްލަ ކަންކަމާގެންނެއެވެ. ރަށުގައި މަގުތަކުގައި މިނިވަންކަމާއެކު ހިގާލެވޭނެހެން ހިނގާލަނެ ތަނެއް ވެސް ނެތެއެވެ.ފެންނަނީ ހުސްވެސް އުސް އިމާރައްތަކެއެވެ. ގަސްވެސް އެހާ މަދެއެވެ.މެދުކެނޑުމެއްނެތި ދުއްވާއެއްޗިތީގެ އަޑުއިވެން ފެށުމުން އައިރާގެ ބޮލަށް އުނދަގޫވާން ފެށިއެވެ.އަދި މާލެ ދެކެ ފޫހިވިއެވެ. މާލެއެކޭ ބަންދުވެފަ ހުންނަ ކޮށްޓެކޭ ތަފާތެއް ނެތޭ އައިރާގެ ހިތަށް އެރިއެވެ. އެތާހުންނަތާ އިރުކޮޅެއްފަހުން ޒިހާދު ދެޓެކްސީ ހުއްޓުވިއެވެ.އައިރާ، އިޔާޝަ އަދި ފައިޒީން އެއް ޓެކްސީ އަކަށް އެރިއެވެ.ޒިހާދު ދާންވީ އެޑްރެސް  ޑްރަވަރ  ގާތުގައި  ބުނެލިއެވެ.  ޒިހާދު  އާއި  ފަޒީލް  ދެމީހުން ގޮސް އެރީ ދެންއޮތް  ޓެކްސީއަށެއެވެ.އަދި އައިރާމެން ކާރުގެ ފަހަތުން އެބުނި ތާކަށް ގެންދަން ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaaly

Level 1100 Comments10 Stories

I love to write story.([email protected]) this is my gmail ID.

Other Articles

Previous

ކަޝްފު

Next

ވެހޭ ވާރޭ ތެރެއިން….3

Next
May 31, 2019

ވެހޭ ވާރޭ ތެރެއިން….3

Previews
May 31, 2019

ކަޝްފު

25 Comments!

  1. Ib@ says:
    May 31, 2019 at 2:28 pm

    Me first dhw Wow vv reethi mi part .your so talented but kudhi kudhi typing mistake s ebahuri.its owk gud luck and layaaly sis haalu kihineh

    1. layaaly says:
      June 1, 2019 at 7:57 pm

      yes first dhw.THANK U SO MUCH Ibaa. sis ge haalu varah rangalhu. love u girl.

  2. jiji says:
    May 31, 2019 at 2:46 pm

    Ma Sha Allah…vvv Salhi aslah vec mi part..
    Yuh hav improved alot dhw..hehe..Plc next part liyevunuhaa Avahah upkohladhehchey..kiyaa hithun indha mi part vec nimuny..hehe??❤❤?????

    1. layaaly says:
      June 1, 2019 at 7:59 pm

      THAN U SO MUCH jiji.love u girl.

  3. Shau says:
    May 31, 2019 at 3:44 pm

    wow layaa mi part vs vrh rythi masha allah??❤️❤️ Can’t wait to read the next part! Hope we will meet soon in schl insha Allah!❤️ ? Keep it up layaa! LYSM??

    1. layaaly says:
      June 1, 2019 at 8:01 pm

      THANK U SO MUCH Shau. LOVE U SOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOO much

  4. Mal? says:
    May 31, 2019 at 3:49 pm

    Me 3 dhoo hehe?? v reethi mi part vas waiting for next part ❤️❤️❤️ can I ask question what is ur age?? ??

    1. layaaly says:
      June 1, 2019 at 8:04 pm

      age dhw hehehe. 2+1+2+3+1+1+5 this is my age.

  5. saii says:
    May 31, 2019 at 4:28 pm

    Vrh salhi when next part fast kon up kohlabala cant wait ??

    1. layaaly says:
      June 1, 2019 at 8:05 pm

      hmmmmm saiii. kobaa kihineitha?

  6. Ibsha says:
    May 31, 2019 at 4:29 pm

    Wow varah reethi varah reethi

    1. layaaly says:
      June 1, 2019 at 8:05 pm

      THANK U SO MUCH Ibsha

  7. Bts lover says:
    May 31, 2019 at 8:04 pm

    Wow Varah reethi mi part vs ???
    Great job??????????

    1. layaaly says:
      June 1, 2019 at 8:07 pm

      THANK U SO much.

  8. Hassaan says:
    May 31, 2019 at 8:09 pm

    Mi part Vs varah reethi

    1. layaaly says:
      June 1, 2019 at 8:08 pm

      THANK U SO MUCH

  9. ??unknown?? says:
    May 31, 2019 at 9:50 pm

    Maa shaa allah vrh reethi..
    Whn nxt prt?,?
    Hope nxt prt thankolheh dhigu kohdheyne kamah

    1. layaaly says:
      June 1, 2019 at 8:09 pm

      THANK U SO MUCH.

  10. haako says:
    June 1, 2019 at 12:02 am

    Vara reethi waiting for the next part

    1. layaaly says:
      June 1, 2019 at 8:10 pm

      THANK U SO much

  11. Dhonthee says:
    June 1, 2019 at 7:47 am

    Vvvvvv beautiful

    1. layaaly says:
      June 1, 2019 at 8:11 pm

      THANK U SO MUCH

  12. Kitty says:
    June 1, 2019 at 7:12 pm

    Maa Shaa Allah ???.. Varah reethi mi bai ves… Next part ah inthixaar kureveny.. Avahah up kohla dhehchey ingey dear… Just can’t wait ❤️❤️?????.. Ly girl.. Gud luck Nd keep up with the good work dear ❤️❤️❤️

    1. layaaly says:
      June 1, 2019 at 8:11 pm

      THANK U SO MUCH. love u girl.

  13. layaaly says:
    June 1, 2019 at 8:12 pm

    THANK U ALL MY READERS. SORRY $ THE LATE REPLAYS. LOVE U ALL.

Comments are closed.

Next Episodeެަްއައިރާ…( 11 ވަނަބައި)←


All Right Reserved!