ބުނާށެ ލޯބި ނުވަނީހޭ….32
“އައި ހޭވް އޭބީ ނެގެޓިވް” ކުއްލިއަކަށް ފުންމައިގެން ރައިހާނާ ތެދުވިއެވެ. ހަމްޒާއަށް ލޭހަދިޔާ ކުރެވޭނެތީ ރައިހާނާގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ.
******
ހަމްޒާގެ ގައިގެ އެތައް މިތާގައި އެކިކަހަލަ ހޮޅި ގުޅާފައި އޮތެވެ. ބެންޑޭޖް ގަނޑަކުން މުޅި ބޯ ވަނީ ފޮރުވާލެވިފައެވެ. ހަމްޒާ އޮތްގޮތް ފެނުމާއެކު ރައިހާނާއަށް ދެލޯ މަރާލެވުނެވެ. ހިތުގައި އެތަށް ހާސްފަހަރަ މީހަކު ޖެހިއަސް އެހާ ތަދުނުވާނެކަން ޔަގީނެވެ. ނަރުސް ކުއްޖާ ބުނުމުން ހަމްޒާގެ އެނދާ ޖެހިގެން އޮތް އެނދުގައި ރައިހާނާ އޮށޯތެވެ. ރައިހާނާގެ ގައިން ހަމްޒާ ގަޔަށް ލޭ އަޅަމުން ދިޔައެވެ. އޮށޯވެގެން އޮތްއިރު ހުއްޓުމެއް ނެތި ރައިހާނާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އޮށޯވެގެން އޮތް ބާލީސްވެސް އޮތީ ފޯވެފައެވެ. “ހަމްޒާ. ޕްލީޒް ތެދުވެބަ. ޕްލީޒް.” ހަމްޒާއަށް އަޑު ނީވޭކަން އެނގޭއިރުވެސް ރައިހާނާއަށް ބުނެވުނެވެ. އެއަޑުގައިވީ ހިތްދަތިކަމެވެ. ރައިހާނާ ހަމްޒާއަށް އެދޭވަރު މީހަކަށް ނޭންގޭނެއެވެ.
އެހާ ލަސްވަންދެން ހޭލާ އިނުމުން އަންޖަލް ނިދިތާއަށް ޖެހެން ފެށިއެވެ. ސުނައިނާ ގެއަށް ދާން ބުނުމުންވެސް އަންޖަލް އެއްބަހެއް ނުވިއެވެ. ސުނައިނާވެސް ކޮންމެހެން ގަދަކަމުން އަންޖަލް ފޮނުވާކަށް ނޫޅުނެވެ.
ރީހާން ގޮސް އަންޖަލްއާ ޖެހިގެން އިން ގޮނޑީ އިށީންދެލިއެވެ. ރީހާން އިށީނުމާއެކު އަންޖަލްއަށް ރީހާންއާ ދިމާއަށް ބަލާލެވުނެވެ. އޭރު އޭނާގެ ރީތި ބޮޑު ދެލޮލުގައި މުތީތަކެއް ފަދައިން ކަރުނަ ބަބުޅަމުން ދިޔައެވެ. އަންޖަލް އެވަގުތު ބޭނުންވީ ރީހާން އަތުގެ ހިމާޔަތެވެ. ރީހާން ކުރިމަތީގައި އިނުމުން އޭނާއަށް ކެތެއް ނުކުރެވުނެވެ. ރީހާން ނުވެސް ވިސްނާ އިންދައި ރީހާންގެ މޭތެރޭގައި އަންޖަލް އޭނާގެ މޫނު ފޮރުވާލިއެވެ. ލިބުނު ސިހުމާއެކު ރީހާން ހުރީ ހަދަންވީ ގޮތެއް ނޭންގިފައެވެ. މަޑު މަޑުން އޭނާގެ ދެއަތް އުފުލު އަންޖަލްގެ ކޮނޑުގައި ވަށާލެވުނެވެ. އަދި އަންޖަލްގެ ނިއްކުރީގައި ބޮސްދިނެވެ. ރީހާންގެ އޯގާތެރިކަމުގެ އެއަމަލުން އަންޖަލްއަށް އިތުރަށް ރޮވުނެވެ. އޭނާ އެތަށް ވާހަކައެއް ރީހާންއާ ހިއްސާ ކުރަން ބޭނުންވިއެވެ.
ެުރުހާމްއާ ޝައުފާއަށް އަޒްހަދްގެ ވާހަކައިން ހައިރާންކަން ލިބުނެވެ. އަޒްހަދް ރޮމުން ގިސްލަމުން އޭނާގެ މާޒީ އެދެމީހުންނަށް ކިޔާދިނެވެ. އަދި ހަމްޒާއަށް އެހީވުމަށް ރުހާމް ގާތުން އަޒްހަދް އާދޭސްކުރިއެވެ. “ރޫހާމް. ހެޔޮނުވާނެ އަހަރެންގެ ދަރިފުޅަށް އެހީވެދީ. ރުހާމް އަންކޮއަކީ އަމިއްލަ ދަރިއެއްހެން ދެކޭ ފަދައިން ހަމްޒާއާ މެދުވެސް އެހެންދެކި އެކުއްޖާއަށް އެހީވެދީ. ރުހާމް އަންޖަލްއެކޭ އެއްފަދައިން ސުނައިނާއާ ހަމްޒާވެސް އަހަރެން ގެންގުޅުނީ އަހަރެންގެ ލޮލުގެ ނޫރުފަދައިން. އެކަމަކު ތަގްދީރު އަހަންނާ އެކުދިންނާ ވަކިކުރުވީ. މިރޭ ހަމްޒާއަށް ގޮތެއް ވެއްޖެ ނަމަ އަހަރެން މަރުވެސް ވެދާނެ” ރޮމުން ގިސްލަމުން އަޒްހަދް ހަމްޒާއަށް އެހީވެދިނުމަށް ރުހާމްގެ ކިބައިން އާދޭސްކުރިއެވެ.
*****
އަޒްހަދްއަށް ހުމައިދާ ފެނުނީ ޗުއްޓީ ހޭދަކޮށްލަން ހުމައިދާމެންގެ ރަަށަށް ގޮސްގެން އުޅެނިކޮށެވެ. ފުރަތަމަ ނަޒަރުންވެސް އަޒްހަދްއަށް ހުމައިދާދެކެ ލޯބިވެވުނެވެ. އެރަށުގައި އުޅޭ އޭނާގެ އެކުވެރިޔެއް މެދުވެރިކޮށް ހުމައިދާއާ ބެހޭ ހުރިހާ މައުލޫމާތެއް އަޒްހަދް ހޯދިއެވެ. އެތަށް ދުވަހެއް ވަންދެން ހުމައިދާ ފަހަތުން އަޒްހަދް މުގޯލި އެޅިއެވެ. އެހެން އުޅޭތާ ހަފްތާއެއް ވީ ފަހުން ހުމައިދާއާ ވާހަކަ ދައްކާލުމުގެ ފުރުސަތު އަޒްހަދްއަށް ލިބުނެވެ. އަޒްހަދްއަކީ މާލޭގެ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ޒުވާނެއްކަން އެނގޭތީވެ ހުމައިދާ އަޒްހަދްއާ ވާހަކަ ދައްކަން ދެކޮޮޅު ހެދިއެވެ. އެހެނަސް އަޒްހަދް އެތަށް އާދޭހެެއްކޮށްގެންނާއި އޭނާގެ ހިތުގައި އަޒްހަދަށްޓަކައި އުފެދިފައި ހުރި އިހްސާސްތަކުގެ ސަބަބުން ހުމައިދާވެސް އަޒްހަދްއާ ވާހަކަ ދައްކަންފެށިއެވެ. މާގިނަ ދުވަހެއްނުވެ ދެމީހުންވެސް ކައިވެނި ކުރިއެވެ. އަޒްހަދް ހުމައިދާއާ ކައިވެނި ކުރީ އޭނާގެ އާއިލާއަށް ސިއްރުންނެވެ. އެކައިވެންޏަށް އޭނާގެ އާއިލާގެ ރުހުން ދުވަހަކުވެސް ނުލިބޭނެކަން އެނގޭނެތީއެވެ. އާއިލާ މީހުންގެ ތެރެއިން އޭނާގެ ކައިވެނި ކުރެވުނުކަން އެނގޭ މީހަކީ ހަމައެކަނި ކޮއްކޮ ޒައިދްއެވެ. މުޅި އާއިލާއަށް އޮޅުވާލައިގެން އަޒްހަދްއަށް އުޅެވުނީ ހައަހަރު ވަންދެކަށެވެ. އޭރު ކައިވެންޏަށް ވަނީ ދެކުދިން ލިބިފައެވެ. އެއީ ފަސްއަހަރުގެ ސުނައިނާއާއި ދެއަހަރުގެ ހަމްޒާއެވެ. އަޒްހަދް އެދެކުދިންދެކެވެސް އިންތިހާއަށް ލޯބިވެއެވެ. ލޮލުގެ ކޮއެ ފަދައިން އެދެކުދިން ބަލަމުން ދިޔައެވެ. އަދި ހުމައިދާދެކެ ވީ ލޯތްބަކަށްވެސް ބަދަލެއްނާދެއެވެ. އަޒްހަދްގެ އާއިލާއަށް ސިއްރު ކައިވެނި ފަޅާ އެރުމުން ވަގުތުން އަޒްހަދްއަށް މާލެ އަންނަން އެންގިއެވެ. އެހެނަސް އަޒަހަދް ފާޅުގައި އެކަމަށް ދެކޮޮޅު ހެދިއެވެ. ހުމައިދާއާ ދެކުދިން ދޫކޮށްފައި ނުދާނެކަމަށް ބުންޏެވެ. ނަތީޖާއަކަށް ވީ އަޒްހަދްގެ ބައްޕަ އޭނާއަށް ބިރުދެއްކުމެވެ. އެކުޑަ ކުޑަ މައުސޫމް ދެކުދިންނާއި ހުމައިދާ ދޫކޮަށްފައި މާލެ ނުގޮސްފިނަމަ އެކުދިންނަށް ކޮންމެ ފަދަ ގެއްލުމެއް ދޭނެ ކަމުގެ ބިރު ދެއްކިއެވެ. އެއާއެކު އަޒްހަދްގެ ގޮތް ހުސްވިއެވެ. ހިތްމަތީ ގާގަޑެއް ބާއްވާފައި ހަގީގީ ސަބަބު ސިއްރުކޮށްފައި އޭނާ ހުމައިދާ ވަރިކުރީ ހުމައިދާދެކެ ފޫހިވެއްޖެކަމަށް ބުނެފައެވެ. އަދި އޭނާ އުޅެނީ އެހެން މީހަކާއި އިންނަން ކަމަށާއި ދުވަހަކުވެސް ހޯދަން ނާންނަށް އަމަރުކުރިއެވެ. އޭނާ ގެއިން ނުކުމެގެން ދިޔައިރު އަމިއްލަ ފުރާނަ ފަދައިން ލޯބިވާ އަންހެން ދަރިފުޅު ބައްޕާ ނުދާށޭ ކިޔާ ރޮމުންގެންދިޔައެވެ. ހަމްޒާއަށް ވާނުވާ ނޭންގުނަސް އެކުއްޖާވެސް އަޑުން އަޑުނަގާ ރޮމުން ދިޔައެވެ. ތުއްތު އަޑުން ކިޔަން އެނގޭ ގޮތަކަށް ބައްޕައަށް ގޮވަމުން ދިޔައެވެ. އަޒްހަދްގެ ހިތުން ލޭކަރުނަ އަންނަމުން ދިޔަ ހާލު އޭނާގެ ލޯބިވާ އާއިލާ ދޫކޮށްފައި ދިޔައީ ހަމަ އޭނާގެ ލޯބިވާ ދަރިންނާއި ހުމައިދާއަށްޓަކައެވެ. އޭނާ މާލެދިޔަތާ ދެތިން މަސްތެރޭ މަޖުބޫރުން ރާނިޔާއާ އޭނާގެ ކައިވެނި ކުރުވިއެވެ. ރާނިޔާއަކީ މާލޭގެ ނުފޫޒު ގަދަ އާއިލާއެއްގެ ކުއްޖެކެވެ. ރާނިޔާ އޭނާއާ އުފަލުން ކައިވެނި ކުރީ އޭނާގެ މާޒީނޭންގޭ ހާލުގައެވެ. ރާނިޔާއަށް އޭނާ ހަގީގަތް ކިޔާދީފިނަމަ ވާނޭގޮތް ހިތަށްވެސް ނާރުވާށޭވުނެ އޭނާގެ ބައްޕަ އިންޒާރު ދިނެވެ. އަޒްހަދް ހުރިހާ ވޭނަކާ ހިތާމައަށް ކެއްކޮށްލައިގެން ހުރީ ލޯބިވާ ކުދިންނަށް ދެރަގޮތެް އޭނާގެ އާއިލާއިމް ހަދާފާނެތީއެވެ. އެންމެ ކުޑަމިނުން ރާނިޔާއަށްވެސް އޭނާގެ މަޖުބޫރީ ހާލަތާ ހިތާމަ އަޒްހަދް ނުދައްކައެވެ. އޭނާގެ ހަޔާތަށް ކުޑަވެސް އުފާވެރިކަމެއް ލިބުނީ އަންޖަލް ލިބުނު ދުވަހުއެވެ. އަންޖަލް ފެނުމުން އޭނާ ހަމްޒާ މަތިން ހަނދާންވިއެވެ. އަންޖަލްއަށް ލިބައިފައި ހުރީ ހަމްޒާގެ ލޮލެވެ. އަނގަމަތިން ސުނައިނާއާ ވައްތަރު ގޮތެއްވެސް ހުއްޓެވެ. އަޒްހަދް އަންޖަލްއަށް އެނަން ކީވެސް އެއީ ސުނައިނާއަށް ކަމުދާނަމަކަށް ވީމައެވެ. އަންހެން ކޮއްކޮއެއް ލިބޭދުވަހަކުން އެކުއްޖާއަށް އަންޖަލް ކިޔަން ސުނައިނާ އަބަދުވެސް ހުމެއިދާއާ އަޒްހަދް ގާތު ބުނެއެވެ. އަންޖަލް ބޮޑުވަމުން ދިޔަވަރަކަށް އޭނާގެ ބޭބެއެއް ނުހުންނާތި ވަރަށް ޝަކުވާ ކުރެއެވެ. އެއިން ކޮންމެ ފަހަރަކު އަޒްހަދް ހަމްޒާ މަތިން ހަނދާންވެއެވެ. އަންޖަލްއަށް ނޭންގުނަސް އަންޖަލްގެ ބޭބެއަކާ ދައްތައެއް ހުންނަކަން އެކުއްޖާ ގާތު ބުނަން އަޒްހަދް ބޭނުންވިއެވެ. ކިތަންމެ ބޭނުންވިއަސް ރާނިޔާއަށްވެސް ހަގީގަތް ކިޔާދޭން އަޒްހަދް ޖެހުލިންވީ އެކުދިންނަށް ގެއްލުމެއް ވެދާނެތީއެވެ. ފަހުން ބިރުގަތީ ހުމައިދާއެކޭ އެއްފަދައިން ރާނިޔާވެސް ގެއްލިދާނެތީއެވެ. އެކީގައި އުޅުމުގެ ސަބަބުން އަޒްހަދްއަށް ރާނިޔާދެކެވެސް ލޯބިވެވުނެވެ.
****
ރުހާމް އެތެރެއަށް ވަދެފައި އަންޖަލްގާތު އަޒްހަދް ބޭރުގައި އިން ވާހަކަ ބުންޏެވެ. އަދި ސުނައިނާއަށް ނޭންގި ބައްޕައާ ބައްދަލްކޮށްލަން ދާން އެދުނެވެ. ރުހާމް ބުނުމުން ދެކޮޅު ހަދާކަށް އަންޖަލްއަކަށް ނުކެރުނެވެ. ބޯ ޖަހާލުމަށްފަހު ރީހާންއާ ދިމާއަށް ބަލާލީ އޭނާއާ އެކީ އަންނާށޭ ބުނާފަދަ ގޮތަކަށެވެ.
އަންޖަލް ގޯތިތެރެއަށް ނުކުމެފައި ހަމްޒާއަކީ އޭނާގެ އެއްބަފާ ބޭބެކަމަށް ރީހާން ގާތު ބުންޏެވެ. ހައިރާންވި ވަރުން ރީހާންއަށް ހިނގުންވެސް ހުއްޓާލެވުނެވެ. “އޭގެ މާނައަކީ” “ހޫމް އޭގެ މާނައަކީ އަހަރެން ރަށްޓެހިވީ އަމިއްލަ އެއްބަފާ ބޭބެއާއޭ” ދުރުބަލާލަމުން ހިތިގޮތަކަށް ހިނިތުންވަމުން އަންޖަލް ބުނެލިއެވެ. އެއަޑުގައިވި ހިތްދަތިކަން ރީހާންއަށް ނަގައިގަނެވުނެވެ. “އޯ އޭންޖަލް އައި އޭމް ސޯ ސޮރީ” ރީހަންއަށް މާފަށް އެދެވުނެވެ.
އަންޖަލްއަށް އަޒްހަދް ހުރި ގޮތްފެނުމުން ދެލޯމަރާލެވުނެވެ. ލޮލުން އައިސްފައި ހުރި ކަރުނަތަށް ފުހެލުމަށްފަހު މީހާ ހަމައަކަށް އެޅުނެވެ. އަދި ރީހާން ގާތު އެތާ މަޑުކުރަން އެދިފައި އަޒްހަދް ގާތަށް ދިޔައެވެ.
“ބައްްޕާ” އަންޖަލްގެ އަޑުއިވުމާއެކު މޫނުމަތީގައި އަޅާއިގެން އިން އަތް އަޒްހަދް ނެގިއެވެ. ވައި އަޑުން އަންކޮއޭ ބުނެވުނެވެ. އެއަށްފަހު އޭނާއަށް އެހުނީ ހަމްޒާގެ ހާލެވެ. ބައްޕައަށް ދޭނެ ޖަވާބެއް އަންޖަލްއަކަށް ނޭންގުނެވެ. އަޒްހަދް ގާތު އަންޖަލް އިށީނެވެ. އެއަށްފަހު އަޒްހަދްގެ އަތުގައި ހިފާލީ ކޮންމެ ގޮތެއް ވިއަސް ބައްޕައަތުން ދޫނުކުރާނަމޭ ބުނާ ފަދައިންނެވެ. އަންޖަލްގެ އެއަމަލުން އަޒްހަދްއަށް ރޮވުނެވެ. ރޮމުން އޭނާގެ މާޒީ އެއްވެސް ފޮރުވުމެއްނެތި އަންޖަލްއަށް ކިޔާދިނެވެ. އަޒްހަދް އޭނާގެ މާޒީ ކިޔާދެމުން ދިޔައިރު އަންޖަލްގެ އިތުރަށް ދުރުގައި އަޑުއަހަން ހުރި ރީހާންއަށްވެސް ރޮވުނެވެ. ބައްޕަގެ ކުށެއް ނެތްކަން އެނގުމާއެކު ވަކިން ބޮޑަށް އަންޖަލްއަށް އަސަރުކުރިއެވެ. ސުނައިނާއާ ހަމްޒާގެ ރުޅި ބައްޕައަށް ހައްގުނޫން ކަމަށް އަންޖަލްއަށް ގަބޫލުކުރެވުނެވެ. އަންޖަލް ވިސްނޭ ބޮޑު މީހެއް ފަދައިން އޭނާގެ ބައްޕައަށް ވިސަނައިދިނެވެ. މި މަންޒަރު ބަލަން ހުރި ރީހާންގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
ލޭދިނުމުގެ ސަބަބުން ރައިހާނާ އޮތީ ގައިން ވަރުދޫވެފައެވެ. އެއީވެސް ނަސީބެކޭ ރައިހާނާގެ ހިތަށް އެރިއެވެ. ހަމްޒާއާ ގާތު އޮތުމުގެ ފުރުސަތު ލިބުމުންނެވެ. އެސްފިޔަވެސް ޖަހާ ނުލާ ރައިހާނާ ހަމްޒާގެ މޫނަށް ބަަލަން އޮތެވެ. އެހެން އޮއްވާ ހަމްޒާ އޭނާގެ އަތް ހަރަކާތްކޮށްލިހެން ރައިހާނާއަށް ހީވުމާއެކު ބާރަކަށް ޑޮކްޓަރަށް ގޮވަން ފެށިއެވެ. ދުވަމުން ކަހަލަ ގޮތަކަށް ނަރުސަ ކުއްޖަކު އައިސް ކިހިނެއްވީތޯ އެހިއެވެ. ރައިހާނާ ހަމްޒާއާ ދިމާއަށް އަތްދިއްކޮށްލުމުން ނަރުސް ކުއްޖާ ޑޮކްޓަރަށް ގޮވިއެވެ. ޑޮކްޓަރު އައިސް ހަމްޒާ ބަލާފައި އެއްވެސް ކުރިއެރުމެއް ނާންނަކަމަށް ބުނުމުން ރައިހާނާއަށް ރޮވުނެވެ. އެތާ އޮވެގެން ހަމްޒާއަށްޓަކައި ދުޢާ ކުރެވުނި އަދަދެއްވެސް ރައިހާނާއަށް ނޭންގުނެވެ. ރައިހަނާ ގައިގައި ވަރު ޖެހުމާއެކު އެތަނުން ރައިހާނާ ނެރުނެވެ. ރުހާމްއާ ޝައުފާ އެކައްޗެކޭ ކިޔާގެންވެސް ރައިހާނާ ގެއަށް ދާން އެއްބަސްނުވިއެވެ. ކޮންމެ ފަހަރަކުވެސް ބުނަނީ ގެއަށް ދާނީ ހަމްޒާ ހޭއެރުމުން ކަމަށެވެ. ރައިހާނާއެކޭ އެއްފަދައިން އެތާ ދެންތިބި އެކަކުވެސް ގެއަށް ދާކަށެއް ބޭނުމެއްނުވިއެވެ.
ރައިހާމާއަށް ހޭލެވުނީ އޭނާގެ ކަރަށް ނާރަށް އަރައިގެންނެވެ. ކަނދުރާގައި އަތް އަޅައިގެން ހުރެ ދެލޯ އުނގުޅަމުން އަތުގައި އޮތްގަޑިން ގަޑިންވީވަރެއް ބަލާލިއެވެ. ހެނދުނު ނުވައެއް ޖަހާފިކަން އެނގުމުން ފުންމައިގެން ތެދުވެވުނެވެ. ހަމްޒާ ހޭނާރާ ކަމެއްވެސް ނޭންގެއެވެ. ގޮނޑީގައި ހުއްޓާ ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭންގެއެވެ. “ދޮންތި ބްރެކްފާސްޓް” ރީހަން ރައިހާނާއަށް ދަޅެއް ދިއްކޮށްލިއެވެ. ބަނޑުހައިވެފައި ހުރިވަރުން ރީހާން އަތުން އެދަޅު އަތުލައިގެން ރައިހާނާ ބޯލިއެވެ.
އެތެރެއަށް ވަންނަން ހުއްދަ ލިބުމާއެކު އަންޖަލް ހުރީ ހަމްޒާ ގާތު އެތެރޭގައެވެ. ހަމްޒާގެ އަތް ނަގައިގެން އޭނާގެ މޫނުގައި ޖައްސާލައިގެން ހުރިއިރު ލޮލުން ފައިބަމުން ދިޔަ ހުރިހާ ކަރުނައެއް އެޅެމުން ދިޔައީ ހަމްޒާގެ އަތަށެވެ. ކިތަންމެ ވާހަކައެއް ދައްކަން ބޭނުންވި ނަމަވެސް އަންޖަލްއަކަށް އެހިތްވަރެއް ނުލިބުނެވެ.
އަންޖަލްއަށް ލިބުނު ފަސްމިނެޓް ހަމަވުމާއެކު ވަނީ ސުނައިނާއެވެ. ސުނައިނާ ވަނުމުން އަންޖަލް ގޮސް ރައިހާނާ ގާތު އިށީނެވެ. “ރައި” އަންޖަލް ފެނުމާއެކު ކުއްވެރިކަން ރައިހާނާއަށް އިހްސާސްކުރެވުނެ. ރޭގައި އޭނާ އުޅުނު ގޮތުން އަންޖަލްއަށް ކޮންމެސް އެއްޗެއް ވިސްނޭނެކަން ރައިހާނާއަށް ޔަގީނެވެ. އަންޖަލްއާ ހަތަރު ހަމަކުރަން ނުކެރިގެން ރައިހާނާއަށް އިސްޖަހާލެވުނެވެ. އަންޖަލް އެހެން އިނދެފައި ބުނެލި ވާހަކައިން ރައިހާނާއަށް ހާޓްއެޓޭކެއް ނުޖެހުނީ ކިރިޔާއެވެ. ދެލޯ ބޮޑުކޮށްގެން އަންޖަލްއާ ދިމާއަށް ބަލާލެވުނެވެ. “ވަޓް ދަ ހެލް އަންކޯ؟” ގަބޫލު ނުކުރެވުގެން ރައިހާނާއަށް ބުނެވުނެވެ. “ކޮންމެ ހެލްއެއް ވިއަސް. ހަމްޒާ އިޒް މައި ހާފް ބްރަދާ” ދެވަނަ ފަހަރަށްވެސް އަންޖަލް ތަކުރާރުކޮށްލިއެވެ. ފަހަތުގައި އިން ވިޝާހްއަށްވެސް ރީއްޗަށް އަޑުއިވުނެވެ. އޭނާއަށްވެސް ވީ ރައިހާނާއަށް ވީކަހަލަ ގޮތެކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.






Nice❤
Thanks dear
Salam. Surpriseeeee everyone. Here is 32nd part of bunaashey lobi nuvanyhey. Miadhuga busy kamun last part ge comments thakah reply nukurevuny. Hurihaa comments thakeh ves kiyaalin and comment kuri hurihaa kudhinnah ves varaaa bodukoh thanks alhugandah dhevva support ah takai. I have one more suprise for u guys tonight. Hurihaa kudhinnah ves mi part kamu dhiya kamah ummedhu kuran. And dhen oii suprise ves kamudhaane kamah ummedhu kuran. Next part Tuesday ga ISA
Oh my…I m so so surprised hama…Thanks fr the luwly gift..kiyaafa comment eh kohlaanan ingey…Me second dhw dear????????????????????????
Dear…Alheyy mi part vec vv salhi ingey..avahah hamzaa heyaruvaafa rai men dhemeehun gulhuvaba..❤❤❤❤nd guddnyyyt
Thanks dear. Yesss ure second. Varah ufaavehjje jiji ah kamu dhiyaeema
Wow keep it up ???? please hamzaa ah hurt nukuraahchey ???? Love the story ❤❤❤❤
Thanks dear. Hingaa dhw balama hamza ah vaagotheh dhen ehaa bodu accident eh vyma normal vumaky varah naadhiru kamehnnu
Wowwww.. Heevx nukoh huhta up kohly thi.. Alhe dhn inna surprise akah raihanaa aa hamza aa gulhuvahchay.. All the best.. Vhk vrh reethi Masha Allah ❤❤❤❤❤❤
Thanks dear. Hihihi thi goiives hama rangalhuvaane
Mi part ves varah loabi?????And i like this surprise????Up vefa indha fenumun anga thanminau hulhuvunee hama??????Hama avahah mi part kiyai nimmaalee mi?????Dhen oiy part ves varah reethi vaanekamau ummeedhu kuran??????and take care kiyaaraa??????And love you so much❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Awwwwn thank you sooo much dear. Hama ehaa suprise vitha?? Varah varah ufaavehjje dhonthee happy vyma. U too take care. Luv ya more
Wow wow mi part ves v rythi hamxaa heyaruvaafa dhen rai ar hamxaa aa gulhuvaba avavah next part vahaha up kohladhehchey
Thanks dear. Avahah liyevihjeyaa avahah up kohdheynan ISA. Thikan varah avahah vaane kamah mi balany
U gonna write ehn story eh.. Mm is that the surprise… OMG I can’t wait for the surprise ❤️❤️
Thanks dear. Hihihi yeah mo story ninmmafa ISA. Raastha season 2 genesdheyn mi try kurany
Omg omg…vvv salhi..hama obbiness to the max..kiyaa sis u r so talented..masha allah..aslugaves sis vaahaka readers aa hama ah genesdheyleh vvvv furihama….kiyaa ge stories thakuga emme salhi eh thankolhaky ehaa haahsaru dhigu nuvun..ehnve vvv rythi…..dhn buneveyny a bright future is waiting for you…u are a grt writer…lots and lots of love…
Thank u soooo much dear. Varah varah ufaavehjje. Neynge ithurah bunaane ehcheh. Varah ufaave thi kudhin alhugandah abadhuves support dheythive. Love u too
Yes I agree with you someone, and the best part is she keeps uploading the story regularly.. ❤️lots of love kiya?
Thank u soooo much dear. Love u too
Alhey haadha ragalhy
Hihihi alhey rai ah eveegoth ma hithah vess eriyey ekahala shokeh libey niiyey rai ah ??vaahaka vvv rythi❤️❤️❤️
Thank u soooo much dear. Hihihi dhen ehennu vaany ves
Wow varah reethi
Thank u soooo much dear.
No one missed me dhw okay yyey Jiji Kihineh kiyaa sis Kihineh love this part too comment nukuriys gavaaidhun kiyan eba missed you guys ❤️❤️❤️☺️☺️☺️?????????
Thanks dear. Nooney kiyara varah miss vi dear mathin. Dear ge comments nufehnnathy hykury nukiyany kamah story mihaaru. Dhen mihaaru gavaidhun kiyaakan engunyma Vara ufaavehjje
Hw can I forget yuh my friend.. Sham ge comment eh nufehnaathy hykury dhn habareh nuvaaneyey…ehnve Assu…dhnvec habareh vaathii..eyrun javaabu dheyn vec ingeyny????????????
Awwn I will ey but bf r twk kuran hadhaigen time nuvey ehaa varuh mihaaru I missed you guys so much
this story keeps getting better and better… u r a wonderful writer…. god bless you kiyaa ❤️❤️❤️???
M so suprised… kiyaa darling dhn pls hamzaa heyaruvaafa rai aa gulhuvaaba
Alhey avahah hamzaa heyaraaba dhw Mihaaru Raihaanaa vess roe roe varubali vefaehury?? Hehe ekam mi bai Varah reethi sad vess sad hehe waiting for nxt part
Masha allah vvvvv reethi mi part ves.. And plx hamza ah improvement eh genes hamza he aruvaafa hamza aa rai aa gulhuvaalabala.. Plxxx. Can’t wait for the next part ??????
Kobaaaheeeeyyyyy thi kuhjaa dheyn buni surprise
Waiting⏳⏳⏳
Raasthaa season 2 eyaky dheyn buni surprise ?
Vvvvvvvvvvvvv reethi mi episode… Thankolheh avahah 33 vana episode up kohdhehchey..
Kiyaa dear… So sry laalu ah comment nukureveythy… Ekm vx hurihaa part eh vx kiyan… Hama febulas ey buneveyny… Ur so talented… Laalu nukiyan adhi kiyaa ge RAASTHAA e story eh… Ekm vx v try kuraanan vaguthu viyvarakun kiyaaleveythw… Aslu skl ah gohssa extra onnaathiyve v v busy… Plus mi dhiya dhuvasthakugaa test othiyma teb ga naahlevey busy kamun… Finally test vx nimihje… He hey btw… Kiyaa avahah hamzaa eyaruvabala.. Ehn noony rai roe roe halaak vedhaane… So curious 4 the nxt prt… Luv u lotssssss….. ?????????????????