Skip to content
އެސްފިޔަ

މަންޒިލް ހިތް އެދޭ… 2

” އިޓްސް އޯކޭ… ” ރުހާން ބުނެލީ އާލިއާގެ މޫނަށް ބަލަން ނުބަލަމުން ކަހަލަ ގޮތަކަށެވެ. ރިންގުވަމުން ދިޔަ ފޯނަށް އަރާފައި އިން މަންމަގެ ނަން ފެނި އާލިއާ ދެބުމަ ކައިރިކޮށްލަމުން ނުތަނަވަސްކަމާއެކު ފެހި ފިތަށް ފިތާލިއެވެ. ” ހަލޯ… ދަރިފުޅާ… ” އެކޮޅުން އިވުނު ޝާޒްލީގެ އަޑާއެކު އާލިއާއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. އަނެއްކާވެސް ދޮގު ހަދާނީ ބާއޭ ނޫނީ ވެގެން އުޅޭ ގޮތް ކިޔައިދޭންވީ ބާއޭ ހިތަށް އަރާފައި އިން އާލިއާއަށް އެ ޚިޔާލުތަކުން ނިކުމެވުނީ އަނެއްކާވެސް އެކޮޅުން ” ހަލޯ… ” އޭ ބުނެލި އަޑަށެވެ.

” މަންމާ! އަނެއް… އަޅުގަނޑަށް އޮޅިގެން މާލެ ބަސްކަމަށް ހީކޮށް އެރުނީ ހުޅުމާލެ ބަހަށް… ދެންމެ މި އެނގުނީ… ” ނުތަނަވަސްވެހުރެ ނަމަވެސް އާލިއާ ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. ދެލޯ މަރާލީ މަންމަގެ ލެކްޗަރު އަޑު އަހަން ޖެހޭނެކަން ޔަގީންވާތީއެވެ. ” ދަރިފުޅާ… މަންމަ އޭރުވެސް ބުނީމެއްނު… މިކަހަލަ ކަމެއް ވެދާނެތީ އޭ މަންމަ ދާނަމޭ ބުނީ… އެކަމަކު ދަރިފުޅުގެ ގޮތްދޫނުކުރުމާ ހެދި މިހުރިހާ ކަމެއް މި ވީ… މަންމައަކަށް މިވަގުތަކު ނެތް ދެވޭކަށްވެސް… ދެން… ” ޝާޒްލީގެ ވާހަކަ މެދުކަނޑާލީ އާލިއާ އެވެ. ” މަންމަ ނަޔަކަސް އޯކޭ އޭ… އަޅުގަނޑު ގޮތެއް ހޯދާނަމޭ… އެކޮޅުން މީހެއް ކައިރީ އަހައިގެން… ” އާލިއާ އިނީ ތެދު ބުނެވުނު މޮޔަ ހިތަށް އަރާފައެވެ. ” އުހޫން… މިހާރު އެއޮށް ދިހަ ގަޑި ބައި ވަނީ… މިގަޑީ އަންނަން ހަދާނެ ކަމެއް ނެތް… މިގަޑި މީ… ” އާލިއާގެ ފޯނު ނިވުނީ ޗާޖު ހުސްވެގެންނެވެ. ” އޯ ޝިޓް… ” ބިންމަތީގައި ދެފައި ތަޅައިގަންނަމުން އާލިއާ ބުނެލިއެވެ.

މިއޮށް ހުރިހާ އިރު އާލިއާ ދެއްކި ވާހަކަތައް އަޑުއަހަން އިން ރުހާން ބަލާލަމުން ބުމަ އަރުވާލީ ކިހިނެއް ވީހޭ އަހާލާ ފަދައަކުންނެވެ. އާލިއާ ރުހާންއަށް ޗާޖު ގޮސްގެން ނިވިފަ އޮތް ފޯނު ދައްކާލިއެވެ. ” އޯހް… ” ރުހާން އެހެން ބުނެލުމަށްފަހު އޭނަގެ އަތުގައި އޮތް ފޯނު ދިއްކޮށްލިއެވެ. އާލިއާ ރުހާންއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ” ހޭވް އިޓް… ” ރުހާން އެއް މިޔަކަނިން ހީލަމުން ބުނެލިއެވެ. ” ފޯ ވަޓް… ” އާލިއާ އަދިވެސް އިނީ ވާނުވާ ނޭނގިފައެވެ. ” މަންމައަށް ގުޅަން… ” ކޮނޑު އަރުވާލަމުން ރުހާން ބުނެލިއެވެ. ” އޯވްވް… އެހެން ދޯ… ” ރުހާން އަތުން ފޯނު ދަމައިގަންނަމުން އާލިއާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. ” ތެންކްސް އެކޭ ވެސް ނުބުނާނަން ތަ… ” ރުހާން އާލިއާގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ. ” ފޯ ވަޓް… ” ” އޮހް… ކަމް އޯން… ފޯނު ދިނީމަ އެއްނު… ” ރުހާން ބުނެލީ އެއް ބުމަ އަރުވާލަމުންނެވެ. ” ތޭންކްސް… ” އާލިއާ ކަޅި އަނބުރާލަމުން މޫނަށް ވައްތަރެއް ޖައްސާލިއެވެ. ” ޔޯރ ވެލްކަމް… ” ރުހާން ފޮނިވެލަމުން ދެ ބުމަ އަރުވާލިއެވެ.

އާލިއާ ރުހާންގެ ފޯނުން އޭނާގެ މަންމައަށް ގުޅާލިއެވެ. ” ހަލޯ… ކޮން ބޭފުޅެއް ތޯ… ” އެކޮޅުން އެހެން ބުނެލި އަޑު އިވުމާއެކު އާލިއާ ވާހަކަ ދައްކަން ފެށިއެވެ. ” މަންމާ… ” އާލިއާއަށް މިހިސާބަށް ބުނެވުނު ތަނާހެން ރުހާން އާލިއާ އަތުން ފޯނު ދަމައިގަނެފައި ކަންފަތުގައި ޖައްސާލިއެވެ. އޭރު އެކޮޅުން ” ދަރިފުޅާ އާލިއާ… ” އޭ ބުނެލި އަޑު އިވުނެވެ. ” އޯވް… އާލިއާ… ” ރުހާން ހީގަނެފައި ބުނެލިއެވެ. އޭރު އާލިއާ އިނީ ރުޅިއައިސް ރަތްވެފައެވެ. އޭނާ އަތަށް ރުހާން ގުޅާށޭ ކިޔާފައި ފޯނު ދީފައި ފޯނު އަތުލުމުންނެވެ. އާލިއާ ދަތްކުނޑި ވިކައިގެން އިނދެ ރުހާންއަށް ކުދިކިޔެވެ.

” ތިހާ ވަރުން ނަން ނުބުނަން އުޅެނިކޮށް ނަންވެސް އިނގުނީނު… ” ރުހާން އިނީ އާލިއާ އެހާ ވަރުން ނުބުނަން އުޅުނު ނަން އިނގުމުން ފޮނިވެފައެވެ. ” އޯހް… ޔޫ ތިންކް ޔޫ އަރ ވެރީ ސްމާޓް… ހާނ… ” އާލިއާ ހަށަން ބަނދެލަމުން ދެލޯ ހަނިކޮށްލިއެވެ. ” އޮފްކޯޒް އައި އޭމް… ” ލައިގެން ހުރި ޖެކެޓުގެ ގިރުވާނުގައި ހިފާ ކޮޅަށް ޖަހާލަމުން ރުހާން ބުމަ އަރުވާލިއެވެ. ” ހާއި އާންޓީ… ” އަދިވެސް ފޯނު ކަނޑާ ނުލާކަން އިނގުމުން ރުހާން ފޯނު ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ. ” ތީ ކޮން ކުއްޖެއް ތަ… ” ” މީ އާލިއާގެ ފްރެންޑެއް… ” ރުހާން އެހެން ބުނެލި އަޑު އިވުމާއެކު އާލިއާ ރުހާންއަށް އަޑު އިވޭ ވަރަށް މަޑުން ” ފްރެންޑް މައި ފުޓް… ” އޭ ބުނެލިއެވެ. ރުހާން ރައްދުގައި ހުރިހާ ދަތެއް ފެންނަ ވަރަށް ހީލިއެވެ. ” އޯހް… އެހެންތަ… ހުޅުމާލޭގަ ދޯ އުޅެނީ… ” ޝާޒްލީ އަހާލި އަޑު އިވުމުން ރުހާން ހޫމް އެއް ލައްވާލިއެވެ. ” މިރޭ އާލިއާ ތިގޭގަ ބެހެއްޓި ދާނެތަ… ” ޝާޒްލީގެ ސުވާލާއެކު ރުހާންއަށް ބަލާލެވުނީ އާލިއާގެ މޫނަށެވެ. އާލިއާ ރުހާންއަށް ބުމަ އަރުވާލީ ކެތްތެރިކަން ކުޑަވެފައި އިނދެއެވެ. ” އަމް އޯކޭ… ” ރުހާން ހީލަމުން ބުނެލިއެވެ. ” ކޮން ނަމެއްތަ ކިޔަނީ… ” ” ރުހާން… ” ” އާލިއާގެ ވެޑިންއަށް އަންނަން ވާނެ އިނގޭ… އިނގޭ ދޯ… ” ރުހާންގެ މޫނުމަތީގައި ހީވީ މީހަކު އެތި ފަހަރެއް އަޅާލި ހެންނެވެ. ” ވެޑިން އޭ… ” ރުހާންއަށް ހައިރާންވެފައި އާލިއާގެ މޫނަށް ބަލާލެވުނެވެ. ” ހާން… އާލިއާ ނުބުނޭތަ… ” ޝާޒްލީ އަހާލިއެވެ. ” ހޫމް… ” ރުހާން އަދިވެސް އިނީ ގަބޫލުނުކުރެވިފައި އިން ކަހަލަ ގޮތަކަށް އާލިއާއާ ދިމާލަށް ބަލަހައްޓައިގެންނެވެ.

ރުހާންގެ ތޫނު ނަޒަރުން އުނދަގޫވެގެން އާލިއާ އަނެއް ފަރާތަށް އެނބުރުނެވެ. ” ދެން ބާއްވަނީ އިނގޭ… މާދަން އާލިއާ ގެނެސްދޭތި އިނގޭ ގެއަށް… ޕާޓީއަށްވެސް އަންނަން ވާނެ އިނގޭ… މިހާރު މި އިނގުނީނު ދޯ… ” ޝާޒްލީގެ އަޑަށް ރުހާން އޭނަގެ ނަޒަރު ތިރިކޮށްލިއެވެ. އޭނާ އިނީ އާލިއާ ހިތަށް އަރާނީ ކީކޭ ބާއޭ ހިތަށް އަރާފައެވެ. ” އާނނ… ” ރުހާން އެހެން ބުނެ ފޯނު ކަނޑާލިއެވެ.

އެވަގުތު ވީ ރުހާން ފައިބަން ޖެހޭ ބަސް ސްޓޮޕްއަށް ބަސް ހުއްޓި ވަގުތަށެވެ. ރުހާން ފައި ކައިރީގައި އޮތް ދަބަސް ނަގަމުން ގޮނޑިން ތެދުވެ އާލިއާއާ ދިމާލަށް ބަލައިވެސް ނުލާ އަތުގެ އިޝާރާތުން އައުމަށް ބުންޏެވެ. އާލިއާ އިނީ ހަދަންވީ ގޮތެއް ނޭނގިފައެވެ. ނަމަވެސް މިއޮށް އޮތް ހާ ނުދަންނަ މީހުންގެ ތެރޭގައި އެކަނި އިނުމަށްވުރެ ރުހާންއާ އެކު ދިޔުންވެސް މާ ބުއްދިވެރިވާނެކަން ވިސްނި އުނގުމަތީގައި އޮތް އަތް ދަބަސް ފައި ކައިރީއިން ބެކްޕެކްގެ ތެރެއަށް ލަމުން އެ ހިފައިގެން މަޑުމަޑުން ނިކުތެވެ. އޭރު ރުހާން ހުރީ މަގުގެ އެއްފަރާތެއްގައި މަޑުކޮށްގެންނެވެ.

ޖެހެމުން ދިޔަ ފިނިވައި ރޯޅިން ހިތަށް ހިތްހަމަޖެހުމެއް ލިބިގެން ދިޔަ އިރު ދެއަތް ދެއަތާ ހާކާލެވުނީ ގައިން ހީބިހި ނަގައިގެން ދިޔުމުންނެވެ. އާލިއާ ލައިގެން ހުރި އަތް ކުރު ކަޅުކުލައިގެ ޓޮޕްކޮޅާއި ނޫކުލައިގެ ޖިންސުގެ ސަބަބުން އާލިއާއަށް ފިނިކަން އިހްސާސްކުރެވެމުން ދިޔައީ އޭގެ އިންތިހާއަށެވެ. ދެއަތް ދެއަތާ ހާކަމުން އަތުގައި އޮތް ދަބަސް ކޮނޑުގައި އަޅުވާލިއެވެ. އަދި ރުހާންއާ ދިމާލަށް ހިނގައިގަތެވެ. ” އާލިއާގެ މަންމަ ބުނީ މިރޭ އަހަރެންނާއެކު މަޑުކުރާށޯ… ” ރުހާން އޭނާ ލައިގެން ހުރި ކަޅުކުލައިގެ ޖެކެޓު ބާލަމުން އާލިއާއަށް ދިއްކޮށްލިއެވެ. ” އަމް… ނޯ ތޭންކްސް… އަހަރެން އެކަނި އެހެން ތާކަށް ހިނގައިދާނަން… ” އާލިއާ އަނެއް ފަރާތަށް އެނބުރި ހިނގައިގަތީ ގޮތްދޫކުރަން ބޭނުންނުވާތީއެވެ. އޭނާ ހުރީ ބަހުން ފޭބުނު މޮޔަ ހިތަށް އަރާފައެވެ. ރުހާން ދުވެލާފައި އައިސް އާލިއާއާ އަރާ ހަމަ ކުރިއެވެ. ލައިގެން ހުރި ހުދުކުލައިގެ އަތްކުރު ޓީޝާޓުގެ ސަބަބުން އެ ވަރުގަދަ މުލައްދަނޑި އޮތީ ހާމައަށެވެ. އަތުގައި ކަޅުކުލައިގެ ޖެކެޓު އޮތެވެ. ” ތި ބޭބީ ކުދިން އުޅޭ ގޮތެއް ނޫޅެ އަންނަން ވީ ދާން… ” އާލިއާގެ ކޮނޑުގައި ޖެކެޓު އަޅުވާލަމުން ރުހާން ބުނެލީ ހިތްހަމަނުޖެހިފައި ހުރެއެވެ. ” ތޭންކްސް ބަޓް އައި ޑޯންޓް ނީޑް ހެލްޕް… ޔޫ އަރ ނޮޓް މައި ޕްރޮޓެކްޓަރ… ” އާލިއާ ހަށަން ބަނދެލަމުން ބުނެލިއެވެ. ” އޯހް… ހެލޯ… އިފް ޔޫ ތިންކް އައިމް އިންޓެރެސްޓެޑް އިން ޔޫ… ދެން ޔޫ އަރ ހައިލީ މިސްޓޭކެން… އައި ހޭވް އަ ގާރލްފްރެންޑް… އެހެންނޫނަސް އަހަރެން ތިކުއްޖާއަށް ހެލްޕް ވާން މިއުޅެނީ ތިކުއްޖާގެ މަންމަ ބުނީމަ… ” ރުހާން އެންމެ ތަންކޮޅެއްވެސް ދުލެއް ނުދިނެވެ. އާލިއާ ކަޅި އަނބުރާލިއެވެ. ” އަންނަންޏާ އަންނަންވީ… ނޫނީ އެކަނި ހުރޭ ތިތާ… މަމި ދަނީ… ” ރުހާން ދާން ހިނގައިގަތުމުން އާލިއާ ދުވެލާފައި ގޮސް ރުހާން އެރީ ރުހާންގެ ކުރިމައްޗަށެވެ. ” ސޮރީ… ” ކަންފަތު ފޫޅުގައި ހިފާލަމުން އާލިއާ ބުނުމާއެކު ރުހާންއަށް ހެވުނެވެ. ” ދެން އަންނަންވީ ދާން… ” އާލިއާގެ ކޮނޑުގައި ޖަހާލަމުން ރުހާން ބުނެލިއެވެ. ނަމަވެސް އާލިއާ ހުރި ތަނުން ގުޑައިވެސް ނުލިއެވެ. ” އީޓްސް އޯކޭ ބުނީމަ ދާނީ… ” ތުންކޮޅު ދަމާލަމުން އާލިއާ ބުންޏެވެ. ” ހޫމް… އިޓްސް އޯކޭ… ދެން ކިޔާނީ ހަމަ އާލިއާ ބޭބީ… ” ހިނިގަނޑެއް ޖަހާލަމުން ރުހާން ބުނެލިއެވެ. އަދި ދެމީހުން އެއްކޮށް ކުރިއަށް ހިނގައިގަތެވެ. ” ބަނޑުހައިތަ؟؟؟ ” ރުހާން އަހާލުމުން އާލިއާ ބޯ ޖަހާލިއެވެ. ” އޯކް… ސޯ ފުރަތަމަ ދާނީ ކާން ދޯ… ” އާލިއާ ” އޯކޭ… ” އޭ ބުނެލިއެވެ. ” އުހުނ… އެހެން ނޫނީ ގެއަށްވެސް ގެނެވިދާނެ… ” ރުހާން އާލިއާއާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. ” އާނނ… ގެއަށް ދޯ ގެންނާނީ… ވަރަށް ޓަޔަޑް… ” އާލިއާ ޖަވާބު ދިނީ ވަރުބަލިކަން މޫނުމަތިން ދައްކާލަމުންނެވެ. ރުހާން ހޫމް އަޅުވާލިއެވެ. ” ކޯއްޗެއް ގެންނަން ވީ… އުޅޭ ޑައިނަމޯ ސަބްމެރިން ގެންނަން… ” ” އޯކޭ… ” އާލިއާ ދެ ކޮނޑު އަރުވާލަމުން ޖަވާބުދިނެވެ.

ރުހާން ޑައިނަމޯ އަށް ގުޅައިގެން ދެ ސަބްމެރިންއަށް އޯޑަރު ކުރިއެވެ. ” އޯކޭ ސޯ… އާލިއާ ބޭބީގެ ލަވް ސްޓޯރީ ކިޔައިދީބަލަ… މަންމަ މަށަށް އިންވައިޓް ކޮށްފި އާލިއާގެ ވެޑިންއަށް ވެސް… ” ރުހާން ބުމަ އަރުވާލަމުން ބުނެލިއެވެ. ” ދޭނނނ… ބޭބީ ކިޔަންޏާ ހަމަ ބޭބީއެއް އުޅޭ ހެން އުޅޭނީވެސް… ” އާލިއާ ތުންކޮޅު ދަމާލިއެވެ. ” އަހަރުންގެ ލަވް ސްޓޯރީއެއް ނޯވޭ… ޔޫނޯ… އެރޭންޖް މެރިއެޖް އެއް ވީމަ… ” އާލިއާ ރުހާންއަށް ކިޔައިދިނެވެ. ” އޯހް ވަޓް… އެރޭންޖް މެރިއެޖް އޭ… ދެން ތިހިރީ ކާކުކަން ނުވެސް އިނގޭ މީހަކާވެސް އިންނަން ތައްޔާރަށް… ” ރުހާން ބުނެލީ ގަބޫލުނުކުރެވިފައި ހުރެއެވެ. ” އެނީވޭސް ކޮންގްރާ އިނގޭ… ” ރުހާން ހީލިއެވެ. ” އަމް ނޯ… އައި ނޯ ހިމް… އޭނައަށް ކިޔާނީ އީވާން… ވީ އަރ ފްރެންޑްސް… ދެން އޭނާގެ ފެމިލީ ބިޒްނަސްއެއް އޮވޭ… އޭނަގެ މަންމައާ އެލީގެ މަންމައާ ވަރަށް ފްރެންޑް ވާނެ… އެންޑް އޭނައަކީ އެ ބިޒްނަސްގެ މެނޭޖިންގ ޑިރެކްޓަރ… ސޯ ނޭނގިފަކާ ނެތެއްނު… ” އާލިއާ ހީލަމުން ބުނެލިއެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (45)

  1. Dhonthee

    This is the first time that i comment to your story????? But kureege part ves keemu and i was really very happy mikahala loabi loabi vaahaka eiy kiyaaleveythee????? And u r 13 years right…..hehehe…i am 14?????Konme gotheiyviyas dhonthi dhekenee Eiimerr akee dhonthige friend eiy gothau???? We can be friends dhw?????? And i really love this story❤❤❤❤❤❤ I am curiously waiting for the next part
    Take great care Eiimerr
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤And love you so much

    1. Eiimerr
      Dhonthee

      Oh! Thanks dhonthee… ??? Glad to know that u love the story… ??? ofc we can be friends… ☺️☺️☺️ Oh next part in sha Allah tomorrow… Keep waiting Darla… Tgc… n luv yuh too! ????♥️♥️♥️♥️♥️♥️♥️♥️

  2. Ib@

    Wow wow vvv nice.Maashaa Allah your a great writer.vvv lovely story eh darling.luv yah eem and your stories.??❤️???❤️

    1. Eiimerr
      Ib@

      Oh thank u xo much loabii… ♥️♥️♥️??????Luv yuh too Darla… ???

  3. jiji

    Oh my??…..Oh my.???…Alheyy haadha reehchey mi part vec Emy…Next part dhigukohlahche ingey…Nd this story seems interesting?????????????..Luw Yuh darlinnnnnn?????❤❤❤?????

    1. Eiimerr
      jiji

      Ahaha… thanks dhoonya… ♥️♥️♥️yh… In sha Allah I’ll make it longer next time… ☺️☺️☺️ But this is 1000 + words… Glad to know that darling… ??? Luv yuh too pudding ganda… ???

  4. Bodey

    Ma sha Allah
    Hama habeys

    1. Eiimerr
      Bodey

      Thanks bodey… ???♥️♥️♥️

  5. Kitty

    Wooowwww varah reethi mi bai ves Masha allah keep up the good work my dear ??????….. Gud luck darla.. Can’t wait for the next part… Avahah up kohla dhehchey ingey.. AND HAPPY BELATED BIRTHDAY BAE????????… Anyways waiting ingey????

    1. Anonymous
      Kitty

      Kitty real name Amy taath dhw.nd 17 years kitty ah from addu I know you please don’t lie this is the truth and you wattpad I’d is taath123 right and Gmail akee I can’t share but I know kaaku Gmail nubunee Cox it’s your school mail been.i know every info about you and naahil kiyaa kuhjehge eiy Livy stryga chat kurnay…,…………just kidding anyways story v reethi

    2. Eiimerr
      Kitty

      Thank u xo much sis… ♥️♥️♥️ Yh… In sha Allah… Keep waiting ingey… ??? I’ll not make u wait for so long… ??? Ahaha… Sis ah vure ginain b day wish kuri meeheh neiy… ☺️☺️☺️ Thank u lotzz Inge… ??? Luv yuh! ???♥️♥️♥️

    3. Kitty
      Kitty

      Ahahaha dhn dear ah sis ah vuren ginain wish kuraa myheh nethihjeya rangalhy… Eyrah sis ah vuren loabivaa myheh nuhunnaneh nun dhw.. Lol hh.. Jk… But love uh bodukoh ingey dhoonyaa… And ANONYMOUS?? may i know you?… And yeah im pretty sure thi hurihaa info eh thi engigen thiulheny esfiya in kan …. Cox thi hurihaa ehcheh i liyunin Esfiya ga … Comment baehga… To tell my frnds about it… So yeah… No big deal.. And i akaa naahil aka noave mihaaraku ehaa gaaih gulhumeh…

  6. Eiimerr

    Thank u anonymous… ♥️♥️♥️???

  7. sweet dream

    kobey kaley

  8. inaak

    Nice stry….ekamu Aaliya vec nuvaane dhw vaki kaaku Kan neygey meehakaa eky ehn dhakaha.. bt stry is awesome ingey.. luv it..

    1. Eiimerr
      inaak

      oh haha… dhw… inaak bunaahen aaliya vx nuvaanetha dhw… inaak aaliya ah naseyhaiy dheyn v nu… thanks darling… luv yuh!

    2. inaak
      inaak

      Aaliya aa meet vaa dhivahakun advice kolheh dheynan ingey..hehe

    3. Eiimerr
      inaak

      Haha… ??? oak… ??

  9. Mal?

    I love this part 2 ❤️❤️❤️?? waiting next part ???

    1. Eiimerr
      Mal?

      oh thanks sweetheart… keep waiting darla… luv yuh!

  10. Luhaa

    Eiimerr… eiimerr ge vaahaka thah alhugadhuvarah kiyaa hithun kiyan ekamakuthi vaahakaeh reecheh noon..alhugadhah igey mee bad comment eh kan vx so sorry

  11. Ib@

    ♥️♥️♥️eem Gmail ahaaba dhiraa kairee eyrun dhiraa deyne ibaage gmail

    1. Eiimerr
      Ib@

      oak…

  12. Ib@

    Hmm I m waiting Gmail dhineema hi alhaaingey

  13. Aroo

    Vrah salhi bro mivaahaka varh reethi….****v.good 🙂

    1. Eiimerr
      Aroo

      thanks aroo…

  14. Limshaaa

    Ooh very nice you are a good story writer eiimerr…..

    1. Eiimerr
      Limshaaa

      thankx Limshaa… glad that u like it… 🙂

  15. Lol

    Salhieyy salhieyy

    1. Eiimerr
      Lol

      thank u xo much… 🙂

  16. Ib@

    Eem libihjetha gmail

    1. Eiimerr
      Ib@

      no… not yet… but i asked her but no reply yet… 🙂

  17. Cute Lips

    story hama fab…. but i hate arrange marriage.. most of the time… it broke…in a few momnt… so i am really aware of it… i hate it..

    1. Eiimerr
      Cute Lips

      haha… thanks darla… haha… dhw… let’s c dhw… dhn vaa gotheh… luv yuh! 🙂

  18. Avdhaa

    Eiimerr:):) thi vaahakage next part up kohdhey nee kihaairakun ehen mibunee mi vaahaka ree thi kamun

    1. Eiimerr
      Avdhaa

      awwwwnn… thanks avdherr loabi gandaa… glad to know that u love it… um in sha allah tomorrow… keep waiting dhoonya

  19. Shau

    Wow this part is great. ❤️❤️❤️ next part avaha up kohllachey… ?? keep it up dear! lots of love?❤️?

    1. Eiimerr
      Shau

      awwwwn… thank u xo much darla… yh… in sha allah ASAP… thanks for the support all… i really apreciate it… bundles of love from meh!

  20. jiji

    My sweetheart???..plc soon upkohba story?❤❤?….Can’t wait fr next part…
    Plc ey Sis????

    1. Eiimerr
      jiji

      oak darla… i’ll try my best ingey… in sha allah mirey heylaigen indhe viyas vaahaka up kohdhevey thw balaanan… jiji bunyma…

    2. jiji
      jiji

      ??Hmm thiyeh balaanamey…hehe

  21. Eiimerr

    hey…. i’ve submitted the story… 🙂

  22. Naahy

    Is this a copy of a hindi short film?? I hv seen it.. hama same dialogues n same things r happenning.. plxx dnt do it.. plagiarizing is v bad..

    1. Naahy
      Naahy

      Its called bus me pyaar???

  23. Eiiverr

    Owhh..soo talented. .maasha allah..just love it..keep it up and good luck..proud of you love❤

Comments are closed.