Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަފާތެރި މަވީމޭ ލޯބިން…

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
May 20, 2019 4 Mins Read
15 Comments

ކަންފަތުގައި ފޯނުޖަހައިގެން ހުއްޓުންއަރާފައި ހުރި ނަޝާފެނުމުން ކަމްލާ މަޑުމަޑުން އައިސް ނަޝާގެ ކޮނޑުގައި ކޮށްޓާލުމާއެކު ތެޅިގަނެފައި ނަޝާއަށް ހަމަބިމަށް އާދެވުނެވެ. އޭރުވެސް އެކޮޅުން ފޯނުން އެމީހަކު ސުވާލުކުރަމުން ގެންދިޔައެވެ. “ހެލޯ.. ކަމްލާތޯ؟ ކަމްލާގެ ދެނަންބަރު އިންއިރު އަނެއް ނަންބަރަށް ނުގުޅިގެން މިގުޅާލީ..” ހަމަބިމަށް އާދެވުމާއެކު ނަޝާއަށް އެކުރެވުނު ކަމަކުން ލަދުގެން އޭނާގެ މޫނު ރަތްވާގޮތްވިއެވެ. އަދި ކަރުކެހިލާފައި ‘މަޑުކޮށްލުމަށް’ ބުނެލާފައި ކަމްލާއަށް ފޯނުދިއްކޮށްލިއެވެ. މަޑުމަޑުން ‘ކަންމިއަށް’ ށޭބުނަމުންނެވެ.

ފޯނު ނިންމާާލާފައި އެނބުރިލިއިރުވެސް ކުރެވުނު މޮޔަކަމަކުން ނަޝާއިނީ ރަކިވެފައެވެ. ” އިނގޭތަ އަޑާއި އެއްވަރަށް އެސޮރުވެސް ނިކަން ހޭންޑަސަމްވާނެ.. ނަމަކީ މިކާލް.. ” ނަޝާއަށް ވީގޮތް އެނގުމާއެކު ދިމާކޮށްލަން ކަމްލާ އެހުރިހާ މައުލޫމާތެއް ހިއްސާކޮށްލިއެވެ. “އަޅެ ހުވާތަ.. މިކާލް..” ހުވަފެނީގޮތަކަށް ނަޝާއެހެން ބުނެލިއިރު އެއަޑުގެ ޖާދޫގައި އޭނާ ޖެހިފައިވާ މިންވަރު މޫނުމަތިންވެސް ހާމަވެވޭ ހުއްޓެވެ.

“ހޫމް ހޫމް ކުއްޖަކު މީހާނުވެސްފެނިހުރެ ހުވަފެން ބަލާންފަށައިފި.. ” ކަމްލާ އެހެން ބުނުމާއެކު ނަޝާގެ މޫނުއެއްކޮށް ރަތްވެގެން ދިޔައެވެ.

“މާދާމާ އިންޓަވިއުއަށް ކިޔަންއެގުޅީ އިނގޭތަ އެސޮރު އެއީ އޮފީސް ވެރިޔާގެ ޕީއޭ.. އަހަރެންގެ ނަންބަރު ނުލާ ދެން އަހަރެން ޖެހީ ނަޝާގެ ނަންބަރު.. އެހެންވެ އެގުޅީ.. ” ކަމްލާ ނަޝާގެ ކޮނޑުގައި ޖަހާލަމުން ނަޝާގެ ފޯނަށް ގުޅީ ކީއްވެގެން ކަން ބުނެދިނެވެ.

*************

“ކީއްވެތަ އަބަދު މަށަށް މިހެން ވާންވީ.. ވަރަށް ފޫހިވޭ..” ޓެސްޓް ކިޓެއް ހިފައިގެންހުރި ލީޝް ދެކޮޅަށް ހިނގަމުންދިޔައިރު މުޅިމީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ކޮޓަރީގައި ޖައްސާފައިހުރި އޭސީ ސޯޅައަށް ލާފައި ހުރިނަމަވެސް ލީޝްގެ ހަށިގަނޑަށް އެއިން އެއްވެސް އަސަރެއް ކުރާހެން ހިޔެއްނުވެއެވެ. ހަގީގަތުގައި މިހާރު އޭނާއެހުރީ ގޮތް ހުސްވެފައެވެ. އުޅެމުންއައި ނުސިޔާނު ދިރިއުޅުމުގެ ސަބަބުން މިފަދަ ނަތީޖާއެއް ނިކުމެދާނޭ އެއްފަހަރުވެސް އޭނާގެ ހިތަކަށް ނާރައެވެ. އަނެއްކާ ކިތަންމެ ބޭނުންވިޔަސް ޝިޔާޒްވެސް ކައިވެނި ކުރަން ހަމަޖައްސާފަ އޮތް ތާރީޙަށް ބަދަލެއްވެސް ނުގެންނާނެއެވެ. އަދި ކައިވެންޏަށްވެސް ދެމަސް ބަކީ އެބައޮތެވެ. އެހާދުވަހަށް މަޑުކޮށްފިނަމަ ލަދެއްގައި ބެދިދާނެކަމަށް ލީޝްގެ ހިތް އިންޒާރުދިނެވެ. ވީއިރު ލީޝް އޮތީ އެންމެ ގޮތެކެވެ.

އައިމޮޅު ހިޔާލާއެކު ވަގުތުން ފޯނު ނަގާ ފަރިތަކަމާއެކު ނަންބަރުތަކަށް ފިތާލާފައި ކަންފަތުގައި ޖެހިއެވެ. އެކޮޅުން ލިބުނު ޖަވާބާއެކު ލިބުނު ހިތް ހަމަ ޖެހުމާއެކު ވަގުތުން ދެން ގުޅާލީ ޝިޔާޒް އަށެވެ. ނަމަވެސް އާދައިގެ މަތީން ޖަވާބެއް ނުދިނެވެ. ނަމަވެސް ވަގުތު ނެތުމާއެކު އަވަހަށް މެސެޖް ކޮށްލާފައި ލީޝް ދިޔައީ ތައްޔާރުވުމަށެވެ.

އޮފީސް ނިންމާލާފައި ނިކުތް ޝިޔާޒް ފޯނު ބަލާލީ ގެއަށްގޮސް ފެންވަރާ ނަމާދުކޮށް ހެދުމަށް ފަހުގައެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް މިއަދު ލީޝް ގުޅާފައިވަނީ އެންމެފަހަރަކުއެވެ. ދެންއިނީ މެސެޖެއްކޮށްލާފައެވެ. މިކަމުން ޝިޔާޒްގެ ހިތަށް ކުޑަކޮށް އުނދަގުވީނަމަވެސް ލީޝްގެ އުޅުން އޭނާއަށްޓަކައި ބަދަލުކުރަނީ ކަމުގައި ހިތަށްއެރުމުން އެކަމާ އުފާވިއެވެ. ކުރިއަށް މިއޮތް ދެމަސްތެރޭގައި ލީޝްވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން މިހާރު އޭނާވެސް ވާނީ ބުނެދީފައެވެ.

ހިތާހިތުން ލީޝްއަށް ތައުރީފްކުރަމުން މެސެޖް ހުޅުވާލުމާއެކު ޝިޔާޒްއަށް ހީވީ މީހަކު ބާރުއެތިފަހަރެއް އޭނާގެ ބޮލުގައި ޖެހިހެންނެވެ. *ހެއި ބޭބީ.. ކުއްލިއަކަށް ކަޒިންއެއް ބަލިވެގެން ގުޅައިގެން ލީޝް މިދަނީ ލަންކާއަށް.. މިއަދު ހަވީރު ފްލައިޓުން.. މިސްޔޫ ބޭބް.. ލަވް ޔޫ މަޗް.. * ވަގުތުން ޝިޔާޒް އަށް ބަލާލެވުނީ ގަޑިއަށެވެ. އޭރު ފަސްގަޑި ބައިވާން ވެފައި ހުރުމުން ދެންގުޅިޔަސް ދިމާނުވާނޭ ކަން ޝިޔާޒް އަށް ޔަގީންވުމުން މުއްކަވާފައި ބާރުއެތިފަހަރެއް ފާރަށް ދޫކޮށްލިއެވެ. އަދި އެހާވަރުން ޝިޔާޒްއަށް ރާއްޖެތެރެއަށް ދާން ލިބުމުން ލީޝް ގޮވައިގެން ދާން ނިންމައިގެން މިރޭ އެވާހަކަ ދައްކަން ހުއްޓައި ލީޝް އެދިޔައީއެވެ. ޝިޔާޒް އަށް ކުއްވެރިކުރެވުނީ އޭނާގެ އަމިއްލަ ނަފްސެވެ. އެހާވެސް ލީޝްދެކެ ޝިޔާޒް ލޯބިވެއެވެ.

ލިބުނު މޮޅިވެރިކަމާއެކު ކޮޓަރީގައި ދެކޮޅަށް ހިނގަ ހިނގާ ހުއްޓާ ދޮރުގައި ޓަކިދިން އަޑުއިވުނެވެ. “ދަރިފުޅާ މިއަދު ސައިވެސް ނުބޮނީތަ..؟ ” ޝިޔާޒްގެ މަންމަ ރަމީޒާ ގެ އަޑު ބޭރުން އިވުނެވެ. އަވަހަށް އައިސް ދޮރުހުޅުވާލުމާއެކު “ނޫނޭ ހިނގާ ދާން ދޯ މަންމާ.. ” ކިޔާ ޝިޔާޒް އަވަހަށް ހިނގައިގަތީ އެއްވެސް ކަމެއް މަންމައަށް އަންގަން ބޭނުން ނުވާތީއެވެ. ނަމަވެސް ޝިޔާޒްގެ މޫނު ފެނުމާއެކު އޭނާގެ މަންމަ އަށް ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން އެނގުނެވެ.

ސައިބޮއެގެން ނިކުމެގެން އައި ޝިޔާޒްގެ  ފަހަތުން ރަމީޒާއައީ އޭނާގެ ދަރިފުޅަށް ވީގޮތް އޮޅުންފިލުވާނުލާ ހިނދުކޮޅަކުވެސް  ކެތް ނުވާނެތީއެވެ. އޭރު ޝިޔާޒްގެ ބައްޕަ ހަނީފްވެސް ސިޑިން ފައިބައިގެން އެދިމާއަށް ހުރެ އާދެއެވެ. ހަނީފްއައިސް އިިށީންދެލުމާއެކު ރަމީޒާ ވާހަކަދައްކަން ފެށިއެވެ.

“ދަރިފުޅު ހާދަފާޑަކަށް މިއަދު ތިޔައިންނަނީ.. ކިހިނެއްވީ އަނެއްކާ؟ އޮފީހުގަ ކަމެއްދިމާވީތަ ނޫނީ އަނެއްކާ ލީޝް އާދެކުދިން މައްސަލައެއް ޖެހުނީތަ؟” ވަރަށް ވިސްނައިގެން ޝިޔާޒްގެ މޫނަށް ބަލަހައްޓައިގެން ހުރެ ރަމީޒާ ލޯތްބާއެކު އަހާލުމުން އެހެން ފަހަރު ތަކެކޭ އެއްފަދައިން ޝިޔާޒް އޭނާގެ މަންމައާއި ބައްޕައަށް ވެގެންއުޅޭގޮތް ހިއްސާކުރިއެވެ.

ޝިޔާޒްއަކީ ހަނީފްއާއި ރަމީޒާގެ ތިބި ދެކުދިންގެ ތެރެއިން ހަމަ އެކަނިހުރި ފިރިހެން ދަރިއެވެ. ނަމަވެސް ޝިޔާޒެކޭ އެއްފަދައިން ޝާނީވެސް އެންމެ ކުޑަދުވަހުއްސުރެ މިއަދާއިހަމައަށްވެސް މައިންބަފައިންނަކީ އެކުދީންގެ އެންމެ ގާތް ރަޙުމަތްތެރީން ކަމުގައި ދެކެމުން އައުމުން އެކުދީން ހުރިހާ އުފަލަކާއި ހިތާމައެއް އެންމެ ފުރަތަމަ ހިއްސާކުރަނީ މައިން ބަފައިންނާއެވެ. އަދިހަމަ އެހެންމެ ކަމެއްގެ ހައްލު ހޯދަން މަޝްވަރާކުރާނީވެސް ހަމަ މަންމަ އާއި ބައްޕަ އާއެވެ.

“ބައްޕަ އަށް ފެންނަ ރަނގަޅުގޮތެއް ބުނަންތަ؟” ވަރަށް ވިސްނަން އިނދެފައި ހަނީފް އަހާލުމުން ޝިޔާޒް ކިޔަމަންތެރިކަމާއެކު ބޯޖަހާލިއެވެ. “ދަރިފުޅު އެހަށް ކައިވެނިލަސްކޮށްލާފަ ތަންކޮޅެއް ރަނގަޅަށް ލީޝް ދަސްކުރަން.. ބައްޕަ ކުރިންވެސް ބުނިހެން ލޯތްބަކީ ކަނުއެއްޗެއް ބޭރުން ފެންނަ ނަލަކަމާ ޗާލޫކަމަށް އެކަނި ލޯބިކޮށްގެން ދިރިއުޅުން ބާއްޖަވެރިއެއް ނުވާނެ.. އަދިވެސް ލީޝްގެ މައިންބަފައިން ވެސް ދަރިފުޅާ އެހާގާތްކޮށް ދެކޭހެން ބައްޕަ އަށް ހީނުވޭ.. އަނެއްކާ އެއީ ފެށުނީއްސުރެ ބައްޕަގެ މިވިޔަފާރީގެ ހަތުރުން ކަމަށްވެފަ އަދިވެސް އެމީހުންގެ ޖެއްސުންކުރުމަކަށް ބަދަލެއްއައީކީ ނޫން. ދެން އަނެއްކާ ލީޝްވެސް ހެދުން އަޅައިއުޅެނީ އެހާ ނިވައިކަން ކުޑަކޮށް އޭނަ ބުރުގާ އަޅަން ބޭނުން ނޫނީޔާވެސް އެއަށްވުރެ ދިގުކޮށް ހެދުން އެޅެންވާނެދޯ. ބައްޕައަށް އަދިވެސް ކޮންމެ ކޮންމެ ފިރިހެނެއްފަހަތުން ލީޝްފެނުން ނުހުއްޓޭ.. މިވާހަކަ ކުރިންވެސް ދަރިފުޅު ކައިރީގަ ބުނިން..”

ހަނީފްގެ ވާހަތަށް އަޑުއަހަން އިން ޝިޔާޒްއަށް އިސް ޖަހާލެވުނީ އެވާހަކަ ތަކުގެ ތެދުކަމުންނެވެ. ކިތަންމެފަހަރަކު ޝިޔާޒްވެސް އެހެން ނޫޅުމަށް އެދިފައި ވާނެއެވެ. “ލައްބަ ބައްޕާ އަޅުގަނޑު ތިޔަކަމާ އެބަވިސްނަން.. ދެން އަޅުގަނޑު އެހަށް ކޮޓަރިއަށް ގޮސްލިޔަސް އެންމެ ރަނގަޅުތޯ.. ” ވިސްނާލުމަށްފަހު ޝިޔާޒް އެހަށް ބޭނުންވީ އެކަހެރިވެލާށެވެ. ހިސާބަކަށް ހަށިގަނޑުގައި ލޮޑުކަންވެސް ހުރުމާއެކު އަރާމުކޮށްލަންވެސް ބޭނުންވެފައި ހުރުމުންނެވެ.

ކޮޓަރިއަށް ދިއުމަށް ތެދުވި ޝިޔާޒްގެ ހިނގުން މަޑުޖެހުނީ އޭނާގެ މަންމަ ރަމީޒާއާއި ބައްޕަ ހަނީފް ދެއްކި ވާހަކައަކުންނެވެ. “ވަޓް.. ކޮންއިރަކު ކޮއްކޮ އަންނަނީ..” ހައިރާން ކަމާއެކު ޝިޔާޒް އަށް އަހާލެވުނީ އެއިން އެއްވެސް ކަމެއް އަދި އޭނާއަށް އެނގިފައި ނުވުމުންނެވެ. “ދަރިފުޅުގެ ވައިބަރ ބަލާލަބަލަ ކޮއްކޮބުނި ބަލާއަންނަން މެސެޖްކުރީމޭ.. ” ހިނިތުން ވުމާއެކު ހަނީފް އެހެންބުނުމާއެކު ޝިޔާޒް ވައިފައި އޮންކޮށްލަމުން ވައިބަރ ބަލާލިއެވެ. ކަމަކުދާކަށް ނެތެވެ. ހަތެއްގެ ފްލައިޓުން ކޮއްކޮ އަންނަވާހަކައާއި ރިސީވްކުރްން ދޮންބެ ކޮންމެހެންވެސް ހުންނަންވާނޭކަމަށް ޝާނީ ބުނެފައިވެއެވެ.

ވީއުފަލެއްގެ ބޮޑުކަމުން ޝިޔާޒްއަވަސްވެގަތީ އަވަހަށް ކޮޓަރިއަށް ގޮސް މަޣްރިބު ނަމާދު ކޮށްލައިގެން ކޮއްކޮ ރިސީވްކުރަން ދިއުމަށެވެ. ލިބިފައިވާ އުފަލާއި އެއްވަރުގެ ފުސްކަމެއް ހަޔާތަށް އައިސްދާނޭކަން ޝިޔާޒްއަށް ރޭކާލާފައިވެސް ނުވެއެވެ.

****************

ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓުގެ އަރައިވަލް ޓާމިނަލްގައި ހަނީފްއާއި ރަމީޒާގެ އިތުރުން ޝިޔާޒް މަޑުކޮށްލައިގެންތިބީ އެކުޑަކުޑަ އާއިލާ ފުރިހަމަ ކޮށްދޭ ބައިވެރިޔާގެ އިންތިޒާރުގައެވެ. ހަނީފް އަށް އޮފީހުން އެވަގުތު ގުޅުމާއެކު ބޭރަށް ނިކުމެލީ ހަމަޖެހިގެން ވާހަކަދެއްކުމަށެވެ. ނަމަވެސް ފޯނުގައި ވާހަކަ ދައްކަމުންދިޔަ ހަނީފްއަށް ހުއްޓިލެވުނީ އޭނާގެ އޮފީހުގެ އައިޓީ އޮފިސަރ ނިޔާޒްގެ ގައިގައި ލައްވެގެން އިން ލީޝްފެނިފައެވެ. އޭނާގެ ދަރިފުޅުގެ ލޮލުގައި އަނދުންއަޅުވާފައި އެހެން ފިރިހެނެއްގެ ހަށިގަނޑުގައި ތަތްވެގެން އުޅޭ މިކަހަލަ ކޫޑި އަންހެނަކަށް އޭނާގެ އާއިލާއިން ފުރުސަތު ނުދޭން ހަނީފްއަށް ހިތާހިތާ ކިޔާލެވުނެވެ. އަދި ފޯނު ކުރުކޮށްލާފައި ވަގުތުން ނިޔާޒްއަށް ގުޅާލީ އޭނާގެ މަސައްކަތްތަށް މިހާރު ހުންނަގޮތުން އޭނާއާއިމެދު ޝައްކު ކުރެވެމުން ދަނިކޮށް ލީޝްއާއި އެކުގައި ފެނުމުންނެވެ.

ނިޔާޒްގެ ފޯނަށް ޖަވާބުނުދިނުމުން ހަނީފް އެތެރެއަށްވަދެ ޝިޔާޒް ކައިރީ ލީޝް އަށް ގުޅާ ދެވުންތޯ ބަލަން އެދުނެވެ. އެވަގުތު ލިބިފައިވާ އުފަލާއެކު ވިސްނުމެއްނެތި ޝިޔާޒް ގުޅާލީ ރާއްޖޭގައި ލީޝް ގެންގުޅޭ ނަންބަރަށެވެ. ފޯނު ރިންގްވާން ފެށުމާއެކު ޝިޔާޒް ފޯނަށްބަލާލީ ގުޅެނީ ރަނގަޅުނަންބަރުތޯ ބަލާލުމަށެވެ. ގުޅެނީ ހަމަ ރަނގަޅު ނަންބަރަށެވެ. ވީއިރު ލީޝް އޭނާއަށް ދޮގުހެދީތާއެވެ.

**************

ކަމްލާ ހަވީރު ބޭރަށް ގޮސްލާފައި އައިރު އައީ ރޭގަނޑުގެ ކެއުންވެސް ނަޝާމެންނާއެކު ނިންމައިގެންނެވެ. ގެއަށް އައިސް ވަތް ކަމްލާގެ ހިނގުން މަޑުޖެހިލީ ގޭތެރޭގައި ކުޅަނދުރެއްހެން މޫނުހަދައިގެން އިން އޭނާގެ ބޮޑުދައިތަ ހާމިދާ ފެނުމުންނެވެ.

“ކަލެއަކަށް ނޭންގޭތަ ބޭރުގަ އުޅޭނެހާ ތާކު އުޅެއުޅެފަ އަންނައިރު ގޭގަ ބަޔަކު ނުކައިތިބިކަމެއް؟ އޭން.. ކަލޭ މިހާރު ބޮޑުވެގެން ފިޔަފެޅީދޯ.. ” އަނގައިން ދެއްކި ވާހަކާއި އެއްވަރަށް ހާމިދާގެ އަތްވެސް ހަރަކާތް ކުރިލެއް ދާދިއަވަހެވެ. ބަސްބުނުމާއެކުހެން އޭނާގެ އަތުތެރޭގައި އޮތީ ކަމްލާގެ އިސްތަށިގަނޑު އޮޅާލެވިފައެވެ. ވީތަދާއެކު ކަމްލާގެ ދެލޮލަށް ކަރުނަ ޖަމާވެގެންދިޔައެވެ. ނަމަވެސް މިވީހާތަނަށް ބޮޑުދައިތަ ކުރިމަތީ ބާރަށް ބަހެއްނުބުނާ ކަމްލާމިފަހަރުވެސް ވީ އެވަރެވެ.

“އަދިއެބަ ރޮއެއްނު.. މަގޭ ގިތަށްއަރާ.. ” އެހެން ބުނުމާއެކު ކަމްލާގެ އިސްތަށިގަނޑުގައި ހިފާ ލުތްކެއްޖެހުމާއެކު ހާމިދާއަތްމަޅާލީ ކަމްލާގެ މޫނުމަތީގައި ޖެހުމަށެވެ. ނަމަވެސް އެހިސާބަށް އަތް ނުދަނީސް ބާރުގަދަ އަތަކުން ހާމިދާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

aira
Previous

އައިރާ (6…… ވަނަ ބައި)

Next

މަންޒިލް ހިތް އެދޭ… 1

Next
May 20, 2019

މަންޒިލް ހިތް އެދޭ… 1

Previews
May 20, 2019

އައިރާ (6…… ވަނަ ބައި)

aira

15 Comments!

  1. jiji says:
    May 20, 2019 at 11:52 am

    First baa??..kiyaaha comment kuraanan ingey In Sha Allah

  2. jiji says:
    May 20, 2019 at 12:02 pm

    Salhi ingeyy????…but thankolheh kuru hn hyvany….Next episode dhigu kurahchey hawwii…?????Luw Yuh

    1. Hawwu (Layaa) says:
      May 20, 2019 at 12:16 pm

      Thank you my dear.. in Sha Allah dhigukohlaanan ?

  3. inaak says:
    May 20, 2019 at 12:18 pm

    Nice… Vvvvvvv reethi.. whn nxt prt..

    1. Hawwu (Layaa) says:
      May 21, 2019 at 10:08 am

      Thank you my dear ?

  4. Ibsha says:
    May 20, 2019 at 1:22 pm

    Wow varah reethi

    1. Pinky shifoo says:
      May 20, 2019 at 1:54 pm

      Hey layaa ❤❤❤???… mi part vx v v reethi ingey ❤❤❤????????????????????????… keep it up ???… next part mi part ah vure dhigukohlahchey???… waiting for next part ☺☺☺… lots of love ❤❤❤?????????????????????…

    2. girl says:
      May 20, 2019 at 10:41 pm

      Pinky shifoo.. im sorry HiMi ge storyga jessun kurevuneema.. sorry shifoo.. can i be your friend.. ??

    3. girl says:
      May 20, 2019 at 10:43 pm

      Pinky shifoo.. im sorry HiMi ge story ga jessun kurevuneema.. sorry shifoo..and can i be your friend..??

    4. Hawwu (Layaa) says:
      May 21, 2019 at 10:09 am

      Ibsha thank you my dearest ?

    5. Hawwu (Layaa) says:
      May 21, 2019 at 10:12 am

      Yah shifoo dhooni .. *?? in Sha Allah dhigu kohlaanan ingey

    6. Pinky shifoo says:
      May 21, 2019 at 6:42 pm

      Hey girl ???… It’s ok ???…

  5. nice says:
    May 20, 2019 at 8:44 pm

    mi part is very beautiful.
    I really appreciate your work

    1. Hawwu (Layaa) says:
      May 21, 2019 at 10:10 am

      Ohh thank you so much ?

  6. Cabin crew says:
    May 21, 2019 at 12:52 pm

    Nice when next?

Comments are closed.

Next Episodeވަފާތެރި މަވީމޭ ލޯބިން… 3←


All Right Reserved!