ސިއްރު ސިއްރުން ލޯބިވެވިއްޖޭ…5
އަހަރެން ފެންވަރައިގެން ނިކުތް އިރު މައުރީން ކޮޓަރިއަކު ނެތެވެ. ޑުރެސިން ޓޭބަލް ކުރިމަތީ ހުރެ އިސްތަށިގަނޑު ދަމާލުމަށްފަހު މޫނުގައި ފުށް ކޮޅެއް ޖަހައިލީމެވެ. އަހަރެން ނިކުންނަށް ދިޔަ ވަގުތު ވީ މައުރީން ކޮޓަރިއަށް ވަތް ވަގުތަށެވެ. “އަނހާ… ސިސްް… ހީވަނީ މޭކަޕް ކޮށްލީމަ ވަރަށް ސަޅި ވާނެހެން… ހިނގާބަލަ މޭކަޕް ކޮށްލަން….” މައުރީން ބުނެލިއެވެ. “ނޫން…” އަހަރެން ގަދަ ހަދާލީމެވެ. ނަމަވެސް ގަދަ ކަމުން މޭކަޕް ކުރަން ބޭނޖިއެވެ. “އަސްލު މައު އަކީ މޭކަޕްއާރޓިސްޓެއް… އެހެންވެ މޭކަޕް ކޮށްދެނީ…” މައުރީންގެ އަނގަ މޭކަޕް ކުރި ގަޑީ ހުއްޓި ވެސް ނުލައެވެެ.ހީވަނީ ހަމަ ކޮއްކޮ އެށް ހެންނެވެ. ނައުޝާ މޭކަޕް ކޮށް ނިމުނު އިރު ހީވަނީ ފިލްމީ ތަރިއެށް ހެންނެވެ. ލޮލުގައި މަޑު ދަންބު ކުލައާއި ގަދަ ދަނބު ކުލަ ޖައްސާފައި ހުރި އިރު ތުންފަތް ވަނީ ގަދަ މެރޫން ކުލައަކުން ފެވިފައެވެ. ނައުޝާގެ ދޮން މޫނާ އެ މޭކަޕް ވަރަށް ގުޅެއެވެ.
“ހިނގާ ސާބޯން ދަމާ ހުންނާނެ ނޫޑްލުސް އާ ކޯކު” މައުރީން އެހެން ބުނުމުން ނައުޝާ ބޯ ޖަހާލިއެވެެ. އަދި އޭނަ އާއެކު ކާން ކާކޮޓަރިއަށް ދިޔައެވެ.”އަންނާނަން ދޮންބެއަށް ގޮވާލާފަ” މައުރީން ބުނެލިއެވެ. އަދި އިރުކޮޅެއް ނުވެ ނާއިޝް އާއި މައުރީން އައެވެ. ނާއިޝް ހުރީ ބަސްހުއްޓިފައެވެ. ނައުޝާގެެ ރީތި ކަން ފެނިއެވެ. ނައުޝާ ފޯނުން ކަމެއް ކުރަމުން ދިޔައިރު އެ ދޮން މޫނަށް އެޅިފައި ހުރި ފޯނުގެ އަލިން އެ ދޮން މޫނު އިތުރަށް ފުރިހަމަ ކުރުވައެވެ. “ދޮންބޭޭ އިށީނަން ވީނު!!!” މައުރީން މިހެން ބުނުމުން ނާއިޝް ދިޔައީ ސިއްސައިގެންނެވެ.އިތުރަށް މަޑު ކުރުމެއް ނެތި އައިސް ގޮނޑީގައި އިށީނެވެ.ހަވީރު ގަޑި ކަމުން ނައުޝާ އިނދީ ފޫހުވެފައެވެ. ކުރާނެ ކަމެއް ނެތިގެން އުޅެނިކޮން މައުރީން ޓީވީ އިން ސީރީޒްތަކެއް އެޅުވުމުން ނައުޝާވެސް އެ ބަލާ ހިތްވިއެވެ.އެހެން ކަމުން ދެ މީހުން ސީރީޒް ބެލުމުގައި ތިއްބެވެ. މައިުރީން ފާހަނއަކަށް ކަމުގައި ބުނެ ދިޔުމުން ނައުޝާ އޯކޭއޭ ބުންޔެވެ.
އެޕާރޓުމެންޓުގެ ބެލް ޖެހި އަޑު އިވުމުން ނައުޝާ ގޮސް ދޮރު ހުޅުވާލިއެވެ. “ނާއިޝް އުޅޭބަތަ؟” އެ ފިރިހެންކުއްޖަ އަހާލިއެވެ. “ލައްބަ” ނައުޝާ ޖަވާބުދިނެވެ.”އެތެރެއަށް ވަންނަން ވީނުންތޯ؟” ނައުޝާ އެހެން ބުނުމުން އެ ފިރިހެން ކުއްޖަ އެތެރެއަށް ވަދެވެ. އަދި ނައުޝާ ގޮސް ނާއިޝްގެ ކޮޓަރީ ޓަކި ޖަހާލުމެއްނެތި އެތެރެެއަށް ވަދެވެ. ނާއިޝް އޭރު ކޮޓަރީ ރީތި ވާން ހުއްޓެވެ. ” ކަމެއް ބޭނުންވީތަ؟” ނާއިޝް ސުވާލު ކުރިއެވެ. “ނޫން.. ދޮންބެ ހޯދަން މީހަކު އައިސް އެބަހުރި.” ނައުޝާދޮންބެ އޭ ބުނުމުން ނާއިޝް ހައިރާން ވިއެވެ.”ދެން ދޮންބެ ނުކިޔާތި….” ނާއިޝް އެހެން ބުނެ ކޮޓަރިން ނިކުތެވެ. “އނހާ ބުމެވެސް ނުލާ ހައިކް…މެރީ ކުރީ ދޯ… އެހެން.ވީމަ ޖެހޭނެ ސައި ދޭން…” ނާއިޝް ބުނެލިއެވެ. “ނާއިޝްވެސް މެރީ ކުރީނު…. އަހތެން ވާ ބިޓު ދައްކާލީމެއްނު… ނާއިޝް ބިޓުވެސް ދައްކާ ނުލާވިއްޔަ މެރީ ތިކުރީ. ” ހައިކަލް ހުރީ ދޫ ކުރާ ގޮތަކަށް ނޫނެވެ. “މަ ކޮންއިރަކު
މެރީ ކުރީ…. އެހެންނޫނަސް އަދި ބިޓެއްވެސް ނެތް ވިޔަ ދޯ.. ހައިރާ…” ނާއިޝްގެ ވާހަކަތައް އިވި ހައިކަލް ގާތަށް ރުޅިއައެވެ.ނަމވެސް ހުރީ ދޫ ކުުާާ ގޮތަކަށް ނޫނެވެެ.”އެހެންވީއިރު ދެންމެ އެއުޅުނީ ކާކު… ގައިމު ވައިފަށް ވީމަ ދޯ ޓަކިވެސް ޖަހާ ނުލާ ދޮރު ހުޅުވާނީ…..؟” ހައިކަލް ދެވަނަ ފަހަރަށްވެސް ދިމާ ކުރިއެވެ. އެކަހަލަ ގޮތަކަށް ވާހަކަ ދައްކަން ތިބެފައި ހައިކަލްމރން ދިޔައީ އިރު އޮއްސުނު ފަހުންނެވެ. އޭރު ނައުޝާ ކާކޮޓަރީީ ގައި މޭޒުމަތީ ބޯ އަޅާލައިގެން އޮތީ ނިދިފައެވެ. ކާކޮޓަރިއަްށް ފެން ބޯ އައި ނާއިޝްއަށް މި މަންޒަރު ފެނުނެވެ.”ނައު…. ނައު” ނައުޝާއަށް ނާއިޝް ގޮވާލިއެވެ. “ސޮރީ… އަޅުގަނޑަށް ޓަކި ނުދީ ދޮރު ހުޅުވުނީމަ… އަޅުގަނޑުގެ ސަބަބުން ދޮންބެއާ ދޮންބެގެ ފުރެންޑު ދިމާ ކުރީމަ… ” ނައުޝާ ވާހަކަދެއްކިއެވެެ. “އިޓުސް އޯކޭ އޭ ނައު … ނައު ކާރީ އަހރެން ބުނީމެއްނު ދޮންބެ ނުކިޔާށޭ… ޔޫ ކޭން ކޯލް މީ ނާއި…” ނާއިޝް ބުނެލިއެވެ.
“ޔެސް ނާއީ….” ނައުޝާ ބުނެލިއެވެ. އެއަށްފަހު އެތަނުން ތެދުވެގެން ކޮޓަރިއަށް ދިޔުމަށް ހިނގާ ގަނެވެ.މިހާރު ނައުޝާ އެ ގޭގައި އުޅޭތާ ދެމަސް ވެއްޖެވެ. އެެހެން ކަމުން ނައުޝާ މިހާރު އެތަނަށް ވަނީ ވަރަށް ބޮޑަށް ހޭނިފައެވެ. ރޭގަނޑު ވަގުތެވެ. ނައުޝާއާއިި މައުރީން ތިބީ ސީރީޒް ބަލާށެވެ.ކުއްލި އަކަށް މައުރީންއަށް ކޯލް އެށް އައެވެ. މައުރީން ގޮސް ބެލްކަންޏަށް ވަތް ވަގުތަކީީ ނާއިޝް ވެސް ކޮޓަރިން ނިކުތްވަގުތެވެެ.”އަނހާ ނައު އެކަނީ ކީއްކުރަނީ… ކެން އައި ޖޮއިން ހިއަރ…” ނާއިޝް ބުނެލިއެވެ.”ދެންމެ މައު އެދިޔާ ފޯނެއް އައިސްގެން ބެލްކަންޔަށް… އެންޑު ޔޫ ކޭން ޖޮއިން ތީ ސުވާލެއްވެސް އޮތްކަމެއް ނޫނެއްނު… ހެެެެހެ….” ނައުޝާ ޖަވާބު ދިނެވެ.”އަންނާނަން ފެން ފޮދެއް ބޯލައގެން..” ނައުޝާ މިހެން ބުނެ ކާކޮޓަރިއަށް ގޮސް ވަނެވެ. އަދި ފެންފޮދެށް ބޯލައިގެން އައެވެ.ސޯފާ ކާރިއަށް ދިޔަ ތަނާ އތަނަށް ފެން އެޅިފާވުމުން ކައްސާލާގެން ވެއްޓެން ދިޔަ ނައުޝާ ނާއިޝް ހިފެހެއްޓިއެވެ.
“އޯހ.. ނޯ… މއާދަވުނީ މާ ނުބާ ގަޑިއެއށްގަ ދޯ..” މައުރީން އައިސް ބުނެލިއެވެ. އެހެނަ ބުނުމުން ނައުޝާއާއި ނާއިޝް ސިއްސައިގެން ގޮސް ދުރުވިއެވެ.”ނޫން…” ނާއިޝް އިސްތަށިގަނޑު ކަހާލަމުން ބުނެލިއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



Suprise.. ?? here is fifth part feeel free to comment insha allah next part mondayge kurin…
HEHE LEAVE A COMMENT..
Me first dhw..mi part vec v rythi Inge..ekm kudhi kudhi mistakes eba huri ingey…bt u have improved it a lot…nd I think nausha will fall fr naaish nd edhemeehun gulheyny hn??..dhn neyge dhw…hehe..Ly soo much ishy dhooniii????❣?
Hehe…. lets see dhw wat happend. Faharehga zidhaange undhagoo ves boduvedhaane… and thank u jiji
Oooh my first comment dhw.. comment nukuriyas stry kiyan.. V nice mi prt.. ekamu mistakes ebahuri.. bt dhn faharakun rangalhu kollyma ok vaane.. v salhi stry..
Thanxx
Wow so nice ham baraabaru ehn hurihaa part akah vureves mi part nice can’t wait for next part Hama next part kiyaahyvany isn’t old next part but nooniyya avahah up kohldehcey dear
Thanxx.. hehe faharehga maadhama mi partge baeh up kohlaafaanan….
intresting. varah salhi
Thank u