“ސުސް… ވާހަކަނުދައްކައްޗޭ…” އެވަގުތު ދުރުން ފިޔަވަޅުތަކެއްގެ އަޑު އިވިލިއިރު ހައިޒަލް ވާހަކަދައްކަން އުޅުމާއިއެކު ނައިނާ ހައިޒަލްގެ އަނގަމަތީ އަތްއަޅާ ބާރުކޮއްލިއެވެ. މަޑުމަޑުން ކައިރިވަމުންއައި ފިޔަވަޅުތަކުގެ އަޑު ކައިރިވަމުންގޮސް ހައިރާގެ ބަޔާއި ދިމާލުން އޮބިގެންދިޔުމާއިއެކު ނައިނާ ހައިޒަލްގެ އަނގަމަތިން އަތްނަގަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.
“ކިރިޔާއެއްނު… ހައި… ދެންވެސް ދައްތަ އައުމުގެ ކުރިންދޭވޭތޯ ބަލާބަލަ…” ނައިނާ ހައިޒަލްގެ މޭގައި އަތްއަޅާ ދޮރާއި ދިމާލަށް ކޮއްޕަން ފެށިއިރު ހަައިޒަލް ނައިނާގެ އަތުގައި ހިފައި އޭނައާއި ގާތަށް ދަމައިގަތެވެ. ނައިނާ އައިސް ހައިޒަލްގެ މޭގައި ޖެހިފައި މައިތިރިވީއިރު ހިނދުކޮޅަކަށް ދެޒުވާނުންގެ ނަަޒަރު ސީދާވިއެވެ. އެއާއިއެކު ނައިނާ ވަގުތުން ދުރުބަލާލީ އެލޮލުގައިވާ ބާރަކުން އެކަނިވެސް އެ ހިތަށް ބާރުފޯރުވާ ހައިޒަލްކުރަން ބޭނުން ކަންތައް ކާމިޔާބުކުރާނެކަން އިނގޭތީއެވެ.
“އެވަރުން އައިމަވެސް ނައިނާ ހަމަ ފޮނުވާލަނީތަ؟” ހައިޒަލްގެ ލޮލުން ފެނިލި ނުސިޔާނު އަސަރުތަކާއިއެކު ނައިނާގެ އަތުން ދޫކޮށްލަމުން ދޮރާއި ކައިރިއަށް ހުރި ސޯފާމައްޗަށް ވެއްޓިގަތެވެ.
އެވަގުތު ނައިނާއަށް ދެފަރާތަކަށް ބޯހޫރާލިއިރު އެއްޗެކޭ ބުނުމެއްނެތި ކޮޓަރިއަށްދާން ހިނގައިގަތީ އޭނައަށް ޖެއްސުމަށްވެސް ހައިޒަލް ނުދާނެކަން ޔަގީންވެފައެވެ.
“ދަނީތަ؟” ކުރިއަށް އަޅާލި ފިޔަވަޅާއިއެކު ހައިޒަލް ހިފަހައްޓާލީ ނައިނާގެ އަތްތިލައިގައެވެ.
“ޗޭންޖްކޮށްލައިގެން އެބަ އަންނަން…” ނައިނާ ފަސްއެނބުރި ހައިޒަލްގެ މޫނަށް ބަލާލަމުން ބުނެލިއެވެ.
ތިރީސްވަރަކަށް މިނެޓްފަހުން ނައިނާ ކޮޓަރިން ނިކުމެެގެން އައިރު ވަޔާއި ވިހުރެން ދޫކޮށްލައިފައިވާ ދިގު އިސްތަށިގަނޑާއި ދޮންމޫނުގައި މުތީތަކެއް ފަދައިން ފެންތިކިތައް ވިދަމުންދިޔައެވެ. ކްރީމްކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ދޫ ހަޅުވާރުގައި ސާދާކޮށްހުރިއިރުވެސް ރީތިކަމުގެ އިންތިހާއެވެ. ޓީޝާޓްގެ ކުލަ ހަމާއި ގުޅޭތި ވަކިން ނަލަކަމަށް ދައްކައެވެ. މުޅި ލިވިންރޫމްތެރެ އެއްފަސްވެގެންދިޔައީ ނައިނާގެ ހަށިގަނޑުން ދުވަމުން ދިޔަ ލެވެންޑަރގެ ލުއިލުއި ވަހުންނެވެ.
އިރުގެ އެންމެ ފަހު ދޯދިތަކާއިއެކު އުޑުމަތީގައިވާ އަލިފާންކުލައިގެ ވާދަވެރިކަން އެކުވެގެން އުފެދިފައިވާ ނާދިރުކުލަ ފަރުދާތަށް ކަހާލެވިފައިވާ ބިއްލޫރި ދޮރުތަކުން ފުރޭނިގެން ލިވިންރޫމްއަށް ވެރިކޮށްލައިފައިވާ ކުލަ އަޖައިބުވާހާ ހިތްގައިމެވެ. އެ ރީތި އަލީގައި ސޯފާގައި ދިގުދެމިގެން ނިދާލައިފައިި އޮތް ހައިޒަލް ފެންނަނީ ކުރުހާލެވިފައިވާ ތަސްވީރެއްހާ ފުރިހަމަކޮށެވެ. ހައިޒަލްގެ ރީތިކަމާއި ފުރިހަމަކަމާއިއެކު ބޭނުންނުވާނޭ އަންހެންކުއްޖަކު ނުވާނެއެވެ. ދެލިކޮޅެއްފަދަ ކަޅުދެލޯ ފްރޭމްކުރެވިފައިވާ ކަޅުކުލަގަދަ ބުމައާއި ދިގުއެސްފިޔަތަކުން އެލޮލުގެ ރީތިކަން ދެގުނަކުރުވައެވެ. ރީތި ނޭފަތަކާއި ފުލް ލިޕްސް ދުނިޔެމަތީކަމެއްހެން ހިޔެއްނުވެއެވެ. ފިލްމަކުންވެސް ނުފެންނަފަދަ ތަފާތު ރީތިކަމެކެވެ. އިސްކޮޅު ދިގުވެފައި ބައިމަތި ފުޅާ ރީތި ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ފިރިހެންވަންތަކަމުގެ އެފަދަ ދެވަނައެއް ނުވެއެވެ.
އިރުގެ ދޯދިތަކުން އެ މޫނަށް އެޅިފައިވާ އަލިކަން ރީތި މޫނުގެ ރީތިކަން ދެގުނަކޮއްލައިފައިވީއިރު ނައިނާގެ ހިތުގެ ތެޅުންވެސް ކުރިއަށްވުރެވެސް ހަލުވިވެގެންދިޔައެވެ. ހައިޒަލް ފެންނަކޮންމެ ފަހަރަކު ހިތުގެ ތެޅުން ބާރުވެގެންދާއިރު އެ ހިތަށް ވާގޮތެއް ނައިނާއަކަށްވެސް ނޭނގެއެވެ.
އިރުކޮޅެއްވަންދެން ހައިޒަލްގެ މޫނަށް ގެއްލިފައިހުރުމަށްފަހު ކުރިއަށް އަޅާލި ފިޔަވަޅާއިއެކު ނައިނާ ހައިޒަލްގެ މޫނާއި މެރިފައިވާ އެސްފިޔަތަކުގައި އިނގިލިތައް ހިންގާލިއެވެ. ނިތްމައްޗަށް ފައިބައިފައިވާ އިސްތަށިކޮޅު ނައިނާގެ އިނގިލިތަކުން އެއްފަރާތްކޮށްލަދިނެވެ.
“އައި ލަވް ޔޫ…. ހައި…” އެބަސްތައް ނައިނާގެ ދުލުން ބޭރުވީ އަމިއްލަ އިޙުތިޔާރަކާއިނުލައެވެ. މިވީހާތަނަށް ހައިޒަލްގެ ދުލުން އެބަސްތައް ބުނެފައިނުވާއިރު ހައިޒަލް އެހެން ބުނާނެ ދުވަހަކަށް ނައިނާއަށް އިންތިޒާރުކުރެވެއެވެ. ހައިޒަލްގެ އަމަލްތައް ނައިނާދެކެ ލޯބިވާކަމުގެ ހެއްކަކަށް ފުދޭއިރުވެސް ހައިޒަލްގެ ދުލުން އެކަމަށް އިޤްރާރުވާން ނައިނާއަށް އެދެވެނީއެވެ.
ނައިނާ މަޑުމަޑުން ހައިޒަލްގެ ކޯތާފަތްމަތީ އަތްތިލަ ބާއްވާލިއެވެ. އެވަގުތު ހައިޒަލް ނިދީގައި އޮވެ ދެފަރާތަށް ބޯހޫރާލިއިރު ނޫނެކޭ ކިޔާ ހަޅޭލަވައިގަންނަމުން ކުއްލިއަކަށް ފުންމައިގެން ތެދުވިގޮތުން ނައިނާވެސް ސިހިގެންދިޔައެވެ. ހައިޒަލްގެ މޫނުމަތިން ފެނިލި ބިރުވެރިކަމުގެ ލިސާންތަކާއިއެކު ނައިނާގެ ގައިގައި ހިފައިގަތެވެ. އެވަގުތު ނައިނާ ހައިޒަލްއާއި އެއްހަމަޔަކަށް ތިރިވިއިރު ހައިޒަލް ނައިނާގެ ހަށިގަނޑުގައި ދެއަތްވަށާލަމުން ނައިނާގެ ކޮނޑުގައި މޫނު ފޮރުވާލިއެވެ. ނައިނާގެ ހަށިގަނޑާއި ޖެހި ބާރުވެފައިވާ ހައިޒަލްގެ ހަށިގަނޑަށް އަންނަންފެށި ލޮޅުންތަކާއި މަޑު ގިސްލުމެއްގެ އަޑު ތުންފަތް ފޫއްދުއްވާލައިފައި ނިކުތެވެ.
“އިޓްސް އޯކޭއޭ ހައި…. އައިމް ހިޔަރ… ޔުއަރ ނޮޓް އެލޯން… އަަބަދުވެސް އަހަރެން ހައި ގާތު ހުރެދޭނަން…” ހައިޒަލް ތަހައްމަލްކުރަމުންދާ ވޭންފެނި ނައިނާގެ ލޮލުންވެސް ކަރުނަ ފާއްދާލިއިރު ނައިނާގެ ދެއަތް ހައިޒަލްގެ ހަށިގަނޑުގައި ވަށާލިއެވެ. އެއާއިއެކު ހައިޒަލްގެ އިސްތަށިގަނޑުގެ ތެރޭ ނައިނާގެ މޫނު ފޮރުވާލިއެވެ. އޭރު ހައިޒަލްގެ ހޫނު ކަރުނަތަކުން ނައިނާގެ ކޮނޑުމަތި ތެމެމުންދިޔައިރު ހައިޒަލް ނޭވާލަމުންދިޔައީ އުނދަގޫގޮތަކަށެވެ.
އިރުގެ އެންމެފަހު ދޯދިތައް ދުނިޔެއާއި އަލްވަދާއު ކީއިރު ހައިޒަލްްއާއި ނައިނާ ތިބީ ލިވިންރޫމް ސޯފާގައެވެ. ހައިޒަލް ނައިނާގެ ކޮނޑުގައި ބޯއަޅައިލައިގެން އިންއިރު ނައިނާގެ ހިމަ އިނގިލިތައް ހައިޒަލްގެ ފަންއިސްތަށިގަނޑުގެ ތެރޭ ހަަަރަކާތްތެރިވަމުންދިޔައެވެ. އަނެއް އަތް ހައިޒަލް އަތްތިލައާއި ލާމެހިފައިވާއިރު ހައިޒަލްގެ ނަޒަރު ހުއްޓިފައިވަނީ ލާމެހިފައިވާ ދެއަތްތިލައަށެވެ. އެ ރީތި ލޮލުން މިވަގުތު ކަރުނަ ހިކިފައިވީނަމަވެސް އެ ލޮލުގައިވަނީ ހިތަށް އަސަރުކުރުވާފަދަ ވޭނީ ރިހުންތަކެެކެވެ.
“ހައި ޓެލްމީ…” ނައިނާ ހައިޒަލްގެ އިނގިލިތަކާއި ގުޅިފައިވާ އިނގިލިތަކަށް ނަޒަރެއްދެމުން ހައިޒަލްގެ މޫނަށް ނަޒަރެއްދިނެވެ. އިރުކޮޅަކަށް ހައިޒަލްގެ ނަޒަރު ނައިނާގެ މޫނަށް ހުއްޓުނުއިރު އެ މޫނުމަތިން ފެނިލިކުލަވަރު ތަރުޖަމާކުރެވުމާއިއެކު ދެލޯމަރާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަމަލުން އެކަނިވެސް އެ ވާހަކަދެއްކުމަކީ ހައިޒަލްއަށް ކިހާ އުނދަގޫކަމެއްކަން ހާމަވިއެވެ.
“ވެން އައިވޯޒް ތާރޓީން އިޓް ސްޓާރޓެޑް… އޭރުއްސުރެ އެހުވަފެން ފެނޭ… ކޮންމެ ރެއަކު އެއްހުވަފެނެއް… ކުރީގައި ހޭލާއިރު ހުވަފެނުގައިވީ ކަންތައް މާބޮޑަކަށް ހަނދާނެއްނުހުރެ… ވަރަށްފަހުން ހުވަފެން ހަނދާންހުންނަންފެށީ…” ހައިޒަލް ފުންނޭވާއެއްލަމުން ވާހަކަދައްކަންފެށިއިރު އެއަޑުގައިވީ ރިހުމުން ނައިނާގެ މެޔަށް ބާރުވެގެންދިޔަފަދަ އިހުސާސްއެއްކުރެވުނެވެ.
“އަހަންނަށް އަބަދުވެސް ފެންނަނީ ވަށައިގެން އަލިފާން ރޯވެފައިވާ އިމާރާތެއްގެ ތެރޭ އަލިފާންގަނޑުން ސަލާމަތްވާން ކުޑަ ފިރިހެންކުއްޖަކު ދުވާތަން… އެކުއްޖާގެ މޫނުމަތިން ފެންނަ ހާސްކަމާއިއެކު މީހެއްގެ އެހީއަށް އެދި ރޮމުން އާދޭސްކުރާތަން… ވަށައިގެންވާ ބިމާއި އިމާރާތުގައި އަލިފާން ރޯވެފައިވާއިރު އެތަނުން އެ ކުޑަކުއްޖާ ނޫން މީހަކު ނުފެނޭ… ވަކި ހިސާބަކުން ސަލާމަތްނުވޭވަރަށް ހުޅުގަނޑު ފަޅައިގެންދާއިރު އެކުއްޖާ ބާރަކަށް ރޮއެގަންނަ ހިސާބުން ހުވަފެނުން ހޭލެވޭ… ނޭނގޭ ކީއްވެކަމެއް… އަހަރެންގެ ހިތް ބުނޭ އެ ހުވަފެނުން ފެންނަ ތުއްތު ކުއްޖަކީ އަހަރެންނޭ… އެ ހުވަފެން ފެންނަ ކޮންމެ ފަހަރަކު ލޮލުން ކަރުނަ އޮހޮރާލުމުގައި ކާމިޔާބު ހޯދާއިރު ހީވަނީ އެއީ ހަމަ އަހަރެންގެ ދިރިއުޅުމުގައި ހިނގާފައިވާކަމެކޭ… ނޭނގެ އަހަންނަކަށް…” ހައިޒަލްގެ އަޑު ކުރެހިގެންދިޔައިރު ނައިނާ އަތުތެރޭގައިވާ އަތަށް ބާރުވެެގެންދިޔައިރު ލޮލުން ފައިބައިގަތް ކަރުނަތައް ބޯ އެސްފިޔަތައް ފޫދުއްވާލައިފައި ކޯތާފަތުގައި ބޮސްދޭންފެށިއެވެ. އެ ކަރުނަަތަކުން އަސަރުކުރިވަރުން ނައިނާގެ ތުންފަތުގައި ދަތްއަޅާލެވުނުއިރު ހައިޒަލްގެ ހަށިގަނޑުގައި ބައްދާލަމުން ނައިނާގެ ދެއަތް ހައިޒަލްގެ ހަށިގަނޑުވަށާލިއެވެ.
“އިޓްސް އޯކޭ ހައި… ޔޫ ހޭވް ޓު ފޭސް އިޓް… ވެދާއެއްނު ތިއީ ހައިގެ ހަޔާތުން ފޮހެވިގެންގޮސްފައިވާ ވަރަށް މުހިންމު ބަޔަކަށްވެސް…. ކޮންމެވެސް ކަމެއްވެގެންނެއްނު ހައިއަށް ތަކުރާރުކޮށް އެއްހުވަފެނެއް ފެންނާނީ…” ނައިނާ ހައިޒަލް ބުރަކަށީގައިި އަތްހަަރަކާތްކުރަމުންދިޔައިރު ޝަލީން ދެއްކި ވާހަކަތައް ހަނދާންވިއެވެ. އެއާއިއެކު ލޮލަށް ކަރުނަތައް ބޮޑިވާގޮތްވީ ހައިޒަލް ތަހައްމަލްކޮށްފައިވާ ވޭންތައް އިހުސާސްކުރެވިފައެވެ. މަންމައެއްގެ ހިމާޔަތެއްނެތި ޒުވާންވެގެންއައިރު މާޒީވެސް ވަނީ ހައިޒަލްއަށް ޒަހަރަކަށްވުރެ ހިތި އެއްޗަކަށްވެފައެވެ.
ހައިޒަލްގެ ވާހަކަތަކާއި ޝަލީންގެ ވާހަކަތައް ގުޅުވާލެވުނުއިރު ނައިނާއަށް ހުރިހާކަމެއް ފަހުމްވެގެންދިޔައެވެ. ހައިޒަލްއަށް ފެންނަ ހުވަފެންތަކަކީ ހައިޒަލްގެ މާޒީގެ ހަނދާންތަކުން ފުހެވިގެންގޮސްފައިވީ ބައެކެވެ. ކުޑައިރު ހައިޒަލްކުރި ވޭނީ ތަޖުރިބާގެ ސަބަބުން ލިބުނު ޝޮކްގައި ސިކުނޑި ނިދާލިގޮތަށް ހޭލަންއުޅެނީއެވެ. މަޑުމަޑުން މާޒީގެ ހަނދާންތައް އާވަނީއެވެ.
*** *** *** *** *** ***
ރޭގަނޑުގެ އަށެއްޖަހާ ބޮޑުވީފަހުން ހައިޒަލް ޑައިމެންޑްވޭލީއިން ނިކުމެގެންދިޔައިރު އެޕާރޓްމެންޓްގެ ކުރިމަތިންވާ ހިމަ ގޯޅިކޮޅުން ކަނޑާފައިވާ ކުޑަދޮރުކައިރީ ބޭރަށް ނަޒަރު ހުއްޓައިލައިގެން ހައިރާ ހުއްޓެވެ. އިމާރާތުން ނިކުމެގެންދިޔަ ޒުވާނާއަށް ހައިރާގެ ނަޒަރު ހުއްޓިފައިހުރިއިރު އެ ލޮލުން ތަފާތު ކުލަވަރެއް ފެނިލިއެވެ. މަޑުމަޑުން ހައިރާގެ ލޮލަށް ގިނަވި ކަރުނަތަކުން ލޯ ފުސްވާންފެށީ މާޒީގެ ހަނދާނެއް އާވެފައެވެ. ފަހަތުން އެ ހަށިގަނޑު ފެނި އެހެން ފަރާތެއްގެ މަތިން ހަނދާންއާކުރަން ހިތަށް ޖައްސައިފިއެވެ. ހައިރާގެ ދެތުންފަތް ފޫދުއްވާލައިފައި ނިކުތް ނަމާއިއެކު ލޮލަށް ގިނަވަމުން އައި ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ފައިބައިގަތެވެ.
*** *** *** *** *** ***
މެންދުރުގެ ހޫނުކަން މަޑުވެ ހަވީރުވީއިރު ކަޅުވިލާތަކުން އުޑުމަތި ބައްދާލިގޮތުން ދުނިޔެމަތި އަނދިރިވެގެންދިޔައެވެ. މެންދުރުގެ ދިލަހޫނުކަން މަޑުވެގެންދިޔައިރު ޖައްވުގަައިވަނީ ތެތްފިނިކަމެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި އައި ބީ.އެމް.ޑަބް.ލިއު ކާރުމަޑުކޮށްލީ ވިންޓަރ ބްރީޒްގެ ވަރުގަދަ ގޭޓްގެ ކުރިމައްޗަށެވެ. އެއާއިއެކީ އެ ގަނޑުވަރެއްފަދަ ވިންޓަރ ބްރީޒްގެ ބިޔަ ދަގަނޑު ގޭޓް ހުޅުވިގެން ދިޔައެވެ. ގޭޓްއިން ވަދެގެން ދިޔަކާރު ޑްރައިވްވޭ މަތިންގޮސް ވަކި ހިސާބަކަށް ހުއްޓުނުއިރު ކާރުގެ ދޮރުފަތް ހުޅުވާލައިފައި ޒުވާން އަންހެންކުއްޖަކު ފޭބިއެވެ. އެ ޒުވާނާ މުޅި ގޯތިތެރެއަށް ނަޒަރު ހިންގާލަމުން ލޯ ނިވާކޮށްލައިފައިވާ ރޭބަން އަވިއައިނު ނެގިއެވެ. މެރޫންކުލައިގެ ކަކުލާއި ހަމަޔަށް އަރާ ޕެޕްލަމް ހެދުންކޮޅުގައި އެ އަންހެންކުއްޖާ ރީތިކަމުން މޮޑެލްއެއްފަދައެވެ. ގަދަ މުށިކުލަައަކަށްދާ އިސްތަށިގަނޑު މިނިވަންކަމާއިއެކު ވިހުރެން ދޫކޮށްލާފައިވާއިރު ނުހަނު ނަލައެވެ. ހާއްސަކޮށް އެ މަޑުމުށިކުލައިގެ ލޯ ފެންނަނީ ޖާދޫއެއް ފަދައިންނެވެ.
ގޭޓްއިން ފެށިގެން ގޭގެ މައިދޮރާއި ހަމަޔަށް ދެމިގެންވާ ބޮޑު ލޯވްން ކަޑައްތުކޮށްލުމަށްފަހު އެއަންހެންކުއްޖާ ގޮސް ފެންޑާއަށް އެރެން އިން ބިއްލޫރިތައް ގިރާކުރިއެވެ. ދޮރުގެ އެއްފަރާތެއްގައިވާ ސްކްރީންގައި އަތްދަބަހުން ނެގި ކާރޑްޖައްސާލުމާއިއެކު އަޑެއް ކިޔާފައި ދޮރު ހުޅުވިގެންދިޔައެވެ.
ލިވިންރޫމްއަށް ނެގި ފިޔަވަޅާއިއެކު ތުންފަތްމައްޗަށް ވެރިވި ރީތި ހިނިތުންވުމާއިއެކު އެ އަންހެންކުއްޖާއަށް ވަށައިގެން ނަޒަރު ހިންގާލެވުނީ އެތަށް ދުވަހަކަށްފަހު އަމިއްލަ ގެއަށް އާދެވުމުގެ ހިތްހަމަޖެހުން ލިބިގަންނަފަދަ ގޮތަކަށެވެ. އެވަގުތު ލިވިންރޫމްގެ އެއްފަރާތުގައިވާ ޑިޒައިނަރ ސިޑިއާއި ދިމާލުން ފިޔަވަޅުތަކެއްގެ އަޑު އިވުނުއިރު އެނބުރިބަލާލެވުނީ އެންމެ ރީތި ހިނިތުންވުމާއިއެކުގައެވެ. އޭރު ސިޑިން ފައިބައިގެން އައި ރިހާނާގެ ފިޔަވަޅުތަކަށް ހުއްޓުން އަރާފައިވީއިރު އެ އަންހެންކުއްޖާގެ މޫނަށް ބަލަހައްޓައިގެންހުރީ ދެލޯބޮޑުކޮށްލައިގެންނެވެ. ގަބޫލުނުކުރެވިފައެވެ.
“މަންމާ….” ޖޯޝުން ފުރިގެންވީ އަޑަކުން ޝާދީން ގޮވާލިއިރު ދެވަނަ ސިކުންތުގައި ބޮޑު ސިޑިބަރިކަޑައްތުކޮށްލުމަށްފަހު ޝާދީން ހުރީ ރިހާނާގެ އަތުތެރޭގައެވެ. ރިހާނާގެ ގައިގައި ހިފައިގަނެެގެންހުރިއިރު އެތަށްދުވަހެއް ފަހުން މަންމަ ފެނުމުން އެ މޫނު ދިއްލިފައިވީގޮތުން އުފާވެފައިހުރިވަރު ހާމަވިއެވެ.
“ހޫން… ދުރުގައި ހުރެބަލަ… ހެދުން ހަޑިވަނީއޭ… ފެންނައިރަށް އައިސް ހިފައިގަންނަން ޝާދީން ތިއީ ކުޑަކުއްޖެއްތަ؟” ޝާދީންގެ އަމަލުން ނުރުހިފައިހުރި ރިހާނާ ވަގުތުން ޝާދީންގެ އަތް ހަށިގަނޑުން ވަކިކުރުމަށްފަހު ދުރަށްލިއެވެ. އެތަށްދުވަހެއްފަހުން އަންހެންދަރިފުޅު ފެނިގެން މަޔެއްގެ މޫނުން ފެންނަންޖެހޭފަދަ އުފާވެރިކަމެއް އެ މޫނުމައްޗަކުން ނުފެނެއެވެ. ޝާދީން އިރުކޮޅެއްވަންދެން މަންމަގެ މޫނުގެ ކުލަވަރު ތަރުޖަމާކުރަން ހުރެފައި އިސްޖަހައިލައިފިއެވެ.
“މަންމާ… އިޓްސް ބީން ފޯރ އިޔަރސް… ހަތަރު އަހަރަށްފަހު އަޅުގަނޑު އައުމުން މަންމަ އުފާވީހެނެއް ހިޔެއްނުވޭ… މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އަޅުގަނޑުގެ މަތިން ހަނދާންވެގެން މަންމަކުރެއްވި ކަމެއް ބުނުއްވަބަލަ… އެހާ ދުވަސްވީއިރުވެސް މަންމަ އިސްނަންގަވައިގެން ގުޅާލެއްވިނަމަ…” ޝާދީންގެ މޫނުން ފެނިލި މާޔޫސްކަމާއިއެކު ރިހާނާގެ މޫނަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ.
“އަހަރެން ނުގުޅިޔަސް ދެއިރު ކާބޭހެއްހެން ޝާދީން ގުޅީމެއްނު… ދެން މިގަނޑީގައި ޝަކުވާ ގިނަކުރަން އުޅޭނޭކަމެއްނެތް… މީޓިންއަކަށް ދާންވެގެން މިދަނީ…” ރިހާނާ ޝާދީންއަށް ފަރުވާކުޑަ ނަޒަރެއްދިނުމަށްފަހު ހަލުވި ހިނގުމެއްގައި ސިޑިން ފައިބައިގެންގޮސް ނިވާވިއެވެ. އެއާއިއެކު ގައިން ވަރުދޫވެގެން ކަހަލަގޮތަކަށް ޝާދީންއަށް ރެއިލިންއަށް ލެގިލެވުނުއެވެ. ލޮލަށް ގިނަވަމުންއައި އަދަދުނުކުރެވޭހާ ގިނަ ކަރުނަތައް ލޮލުން ތިރިއަށް ފައިބައިގަތީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. ހަތަރު އަހަރަށްފަހު ކަންކަން ބަދަލުވެގެންދާނެކަމަށް ހީކުރިނަމަވެސް ލޯމަތީ ނިއުޅިގެންދިޔަ މަންޒަރާއިއެކު ޝާދީންގެ އުއްމީދުގެ އެންމެ ފަހު ދޯދިފަށްވެސް ނިވިގެންދިޔައީއެވެ. އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން މިއަދުވެސް މަންމަގެ ހިތުގައި ދަރިންނަށް އެއްވެސް މަޤާމެއް ދެވިފައިނުވާކަން އެވީ ކުޑަވަގުތުކޮޅު މަންމަ އަންގައިދީފިއެވެ.
އެތަށްދުވަހަކަށްފަހު މަންމަ ފެނުނުއިރު އެ އުނގުތެެރެއިން ޝާދީންއަށް ކޮންމެވެސްވަރެއްގެ ލޯތްބެއް ލިބޭނެކަމަށް ހީކުރެވުނީ އަމިއްލަ މޮޔަކަމުންނެވެ. އުމުރުގެ މިވީހާތަނަށް މަންމަގެ ފަރާތުން ލިބިފައިނުވާ ލޯތްބަށް މިއަދު އެދެވުނީތީ ކުށްވެރިކުރެވުނީ އަމިއްލަ ނަފްސެވެ. އޭނަ އެކަމަށް އުއްމީދުކުރީ ކީއްވެގެންހެއްޔެވެ؟ ހަތަރުއަހަރަށްފަހު ކަންތައް ބަދަލުވެގެން ހިނގައިދާނެކަމަށް ކުލަނުޖެހޭނެ ހުވަފެނެއް ދެކެވުނީ ކީއްވެގެން ހެއްޔެވެ؟
*** *** *** *** *** ***
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސުމަށް ތައްޔާރުވަމުން އައިއިރު އަނދުންކުލައިގެ ވިލާތައް އުޑުމަތި ބައްދާލުމުގައި ކާމިޔާބު ހޯދައިފައިވެއެވެ. ޖެހެމުންދިޔަ ލުއި ރޯޅިތައް މަޑުމަޑުން ބާރުވަމުންދިޔައެވެ. އިރުއޮއްސި ވަގުތުކޮޅެއް ފާއިތުވެގެންދިޔައިރު ހައިޒަލްގެ ކެބިންގައި މިކްޔާލްއާއި ޒިޔާން ތިބީ ކޮމްޕެނީގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކާއި ބެހޭގޮތުން މަޝްވަރާކުރުމުގައެވެ. ސޯފާގައި ތިން ޒުވާނުން ތިބިއިރު މޭޒުމަތީ ތަރުތީބެއްނެތި ކަރުދާސްތައް ވިނަވާލެވިފައިވެއެވެ.
ހައިޒަލް ސޯފާގެ ލެގޭބަޔަށް ލެގިލައިގެން އިންއިރު ނަޒަރުހުއްޓާލެވިފައިވަނީ އަތުގައި އޮތް ފައިލްއަށެވެ. މިކްޔާލް ފޮތެއް ހިފައިގެން އިނދެ ކޮންމެވެސް އެއްޗެއް ނޯޓްކުރަމުންދިޔައެވެ.
“ޒިޔާ… ރިހާނާ މެޑަމް ރިކުއެސްޓްކުރައްވާފައި އެބައޮތް މޭމްއަށް ބޮޑީގާރޑްގެ ގޮތުގައި ކުއްޖަކު ހަމަޖައްސައިދިނުމަށް… އެކަމާއި އުޅެލައްޗޭ… މޭމްގާތު މަސައްކަތްކުރަމުންވެސް އޮކޭޝަންތަކުގައި މިކޮޅު ޓީމްއާއި ޖޮއިންކުރާގޮތަށް ހަދާނީ… އެނުއަލް މީޓިންވެސް ކައިރިވަނީނު… ޝެނާއާއި ނައިނާގެ ތެރެއިން ކުއްޖަކު ޗޫޒްކޮށްފައި މޭމްއަށް އަންގާލާ…” މިކްޔާލް ނޯޓްކުރަމުންދިޔަ ފޮތަށް ނަޒަރު ހުއްޓާލައިގެން އިނދެފައިކަމެއް ހަނދާންވެގެން ކަހަލަގޮތަކަށް ބުނެލިއެވެ.
“ޝެނާ ނަގާ…” ހައިޒަލް ފައިލްގެ ލިޔުންތައް ކިޔަން އިނދެފައިވެސް ޒިޔާންއަށްވުރެ ކުރިން ޖަވާބުދިނެވެ.
“މަށަށް ހައި ކައިރީތަ އެހުނީ؟” މިކްޔާލް މޫނަށް ސީރިޔަސް ކުލަވަރެއް ވެރިކޮށްލަމުން ހައިޒަލްގެ މޫނަށް ބަލާލިއެެވެ.
“ނައިނާ ސެކިއުރިޓީ ޑިޕާރޓްމެންޓްގައި ވޯރކްކުރާތީ ހައި ސެކިއުރިޓީ އަމިއްލަކޮށްލައިގެން އުޅޭއިރު ކިހާ އަންފެއަރ… ދެން ޒިޔާއާއި ދެމީހުން ފޮޒިޝަން ބަދަލުކުރަންވީނު….” މިކްޔާލް ސީރިޔަސް ވާހަކައެއްގައި އިނދެފައިވެސް ހައިޒަލްއާއި ދިމާކޮށްލައިފިއެވެ.
“އައިމް ދަ ސީއީއޯ…” ހައިޒަލް ދެލޯހަނިކޮށްލަމުން މިކްޔާލްއަށް ޖަވާބުދިނެވެ.
“ޒިޔާ ނައިނާ ނަގަންވާނީ… ބުނީމެއްނު ނައިނާގެ މަސައްކަތާއިމެދު ވަރަށް ހިތްހަމަޖެހެޔޭ…” ހައިޒަލް ރުޅިއަރުވަންވެގެން މިކްޔާލް ބުނެލީ ޒިޔާންއަށް އެއްލޯމަރާލަމުންނެވެ. އެއާއިއެކު ހައިޒަލްގެ ބުމަގޮށްޖެހިގެންދިޔައިރު ހަށިގަނޑު ސީދާވެގެންދިޔަގޮތުން ޒިޔާން ގާތަށްވެސް ހިނިއައެވެ. އެވަގުތު ކޮންމެވެސް މީހެއް ކެބިންގެ ދޮރުހުޅުވާލިއިރު ތިން ޒުވާނުންގެ ނަޒަރު އެދިމާލަށް ދަތުރުކުރިއެވެ. އޭރު މިކްޔާލްއާއި ޒިޔާން ފެނިފައި ދޮރުހުޅުވާލިގޮތަށް ނައިނާ ހުރީ ހުއްޓުން އަރާފައެވެ.
“އޯކޭ… އޯކޭ… ތިވަރުނުވިޔަސް އަހަރެމެން ހިނގައިދާނަމޭ…” މިކްޔާލްގެ ނަޒަރު ނައިނާގެ މޫނުން ނެއްޓިގެން ހައިޒަލްގެ މޫނަށް ހުއްޓުނުއިރު ހައިޒަލްގެ މޫނަށް ހަދައިގެންއިންގޮތް ފެނި ހެމުންހެމުން ބުނެލިއެވެ. އެއާއިއެކު ޒިޔާންއާއި ދެމީހުން ސޯފާއިން ތެދުވަމުން ދޮރާއި ދިމާލަށް ހިނގައިގަތެވެ.
“ހައި… ނައިނާއާއި ޑިސްކަސްކުރަން އުޅޭ ޕްރޮޖެކްޓް ނިންމާލައިފައި ހަބަރެއްވެލައްޗޭ…” މިކްޔާލް ކެބިންއިން ނިކުންނަމުން ލާނެތްގޮތަކަށް ބުނަމުން އެއްލޯމަރާލިއެވެ. އެ ޖުމްލަތަކުން ރަކިވީވަރުން ނައިނާ ވަގުތުން އިސްޖަހާލީއެވެ. އެއާއިއެކު ހައިޒަލްގެ ނުރުހިފައި ބަލާލުމާއިއެކު މިކްޔާލް ހެމުން ހެމުން ކެބިންއިން ނިކުތެވެ.
ހައިޒަލް މަޑުފިޔަވަޅުތަކެއްގައި އައިސް ހުއްޓިލީ ފަރުދާ ކަހާލެވިފައިވާ ބިއްލޫރި ބިތްކައިރީގައެވެ. އެއާއިއެކު ނައިނާގެ އަތުގައި ހިފާ ގެނައިގޮތަށް އެ މޭގައި ފޮރުވާލިއެވެ. ހައިޒަލް އިނގިލިތަކުން ނައިނާގެ އިސްތަށިކޮޅާއި ކުޅެލިއިރު ނައިނާގެ ކޯތާފަތުގައި ތުންފަތް ޖައްސާލިއެވެ.
“އައި މިސްޑް ޔޫ…” ހައިޒަލް ފިރިހެންވަންތަ އަޑުން ނައިނާގެ ކަންފަތްދޮށުގައި ކިޔާލިގޮތުން ނައިނާގެ ހަށިގަނޑުގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހިގެންދިޔައެވެ. އިސްއުފުލާ ހައިޒަލްގެ މޫނަށް ބަލާލެވުމާއިއެކު އެ ލޮލުގެ ޖާދޫގައި ނައިނާގެ ހިތް އޮޔާލާކަށް ގިނަވަގުތެއް ނުނެގިއެވެ. އެދެލޮލުން ނައިނާއަށް ބަލާލާކޮންމެ ފަހަރަކު ހިތުގެ ތެޅުން އަވަސްކުރުމުގައި ކާމިޔާބުކުރެއެވެ. ހައިޒަލްގެ ދެލޯ ކަނޑުހާ ފުންވެފައި ސިހުރެއްހާ ބާރުގަދައެވެ.
*** *** *** *** *** ***
އިރުއޮއްސިވަގުތުތަކެއް ފާއިތުވެގެންދިޔައިރު ކަޅުވިލާތައް އުޑުމައްޗަށް އެއްވަމުންދިޔަގޮތުން ކޮންމެ ވަގުތަކުވެސް ވާރޭ ވެހެން ފަށާފާނެހެން ހީވެއެވެ. ބާރުވަޔާއިއެކީ ގަސްތައްވެސް ދެފަރާތަށް ތެޅެމުންދިޔައީ މާހައުލު ހަލަބޮލިކުރުވަމުންނެވެ. މަޔާން ކާރުގެ ބޮނެޓްއަށް ލެގިލައިގެން ހުރިއިރު ވިލާތަށް އެއްވަމުންދިޔަ އުޑަށް ނަޒަރު ހިންގާލެވުނެވެ. ކަޅުވިލާތަށް ހިޔަނިތަކެއް ފަދައިން އުޑަށް ވެރިވެގަތްއިރު ރޭގަނޑުގެ ރާނީ ހަނދު ފޮރުވާލުމުގައި ކާމިޔާބުހޯދައިފައިވެއެވެ. ޖަވާހިރުތަކެއް ފަދައިން ވިދާ ތަރިތަކުގެ އަލިކަން ފަޑުވެފައިވާތީ އުޑުމަތި ފެންނަނީ ކަޅު ސާލެއް ފަދައިންނެވެ. އޭރު ގަސްތަކުގައި ވައި އަޅުވަމުންދިޔަގޮތުން މަޔާންގެ ހީކަރުވާގޮތްވިއިރު ފިނިވަމުން އައި އަތްތިލަ ޖިންސްގެ ޖީބަށް ޖަހާލިއެވެ. އެވަގުތު ކްލިނިކްގެ ދޮރުހުޅުވާލައިފައި ޝަލީން ނިކުތްއިރު އެރީތިކަމަށް ގެއްލިފައި އެހެން ދިމާލަކަށް ނަޒަރު ހިންގާލުމެއްނެތި މަޔާންއަށް ހުރެވުނެވެ.
ޝަލީންގެ ދިގު އިސްތަށިގަނޑު ވަޔާއި ވިހުރެމުންދިޔައިރު ހެދުމުގައި ވައި އަޅުވަމުންދިޔަގޮތުން އެ ލޫޅާފަތި ހަށިގަނޑުގެ ބައްޓަންވަނީ ހާމައަށެވެ. ހުދުހެދުމުގައި ޝަލީން ބިމަށް ތިރިކޮށްލައިފައިވާ ހޫރެއްފަދައެވެ. އެ ފަރިކަމާއި ރީތިކަން މަޔާންގެ ހިތުގައި ހުޅުކޮޅެއް ރޯކޮށްލުއްވިއިރު ތުންފަތްމަތީ ރީތި ހިނިތުންވުމެއް ކުޅެލީ ހާއްސަ ދުވަހެއްގެ ހަނދާން އާވެފައެވެ.
ކްލިނިކްގެ ދޮރުމައްޗަށްވާގޮތަށް ޕާރކްކޮށްފައިވާ ނޫ ކާރަށް މަޔާން ލެގިލައިގެން ހުރިއިރު މަޑުފެހިކުލައިގެ ގަޔަށް ހިފާފައިވާ ޓީސާޓާއި އައިސްބްލޫ ސްކިނީގައި މަޔާން ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ކްލިނިކްގެ އަލިކަން އެހިސާބަށްވެސް އެޅިފައިވާއިރު އެ ގަދައަލީގައި އެދެލޯ ވިދަމުންދިޔައީ ޖަވާހިރުކޮޅެއްފަދައިންނެވެ.
މަޔާންއާއި ނަޒަރުހަމަވެގެންދިޔަ ވަގުތުކޮޅު ޝަލީން މަޔާންގެ ނަމުން ގޮވާލަމުން ދުވެލައިފައި އައިސް މަޔާންގެ އަތުތެރެއަށް ވަތެވެ. މަޔާންގެ ދެއަތް ޝަލީންގެ ތުނި ހަށިގަނޑު ވަށާލެވިގެންދިޔައިރު މަޔާންގެ ޝަލީންގެ ނިތުގައި ތުންފަތް ޖައްސާލީއެވެ.
އެވަގުތު އެމަގުންލާފައި އިޝާރުގެ ކާރުދުއްވާފައި ދިޔައިރު މަގުމައްޗަށް ނަޒަރު ހުއްޓާލެވުނު ގޮތަކުން ކާރުގައި އިން އިޝާރުގެ ދެލޯބޮޑުވެގެންދިޔައެވެ. ވަގުތުން ކާރު ހުއްޓަން އަމުރުކުރެއްވިއިރު ދެތިން ފަހަރަކު އެސްފިޔަތައް ހަރަކާތްކޮށްލެއްވުނީ ލޮލުގެ ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ބަދަލުވޭތޯއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.






First dhw??❤????..site ah vadhe balaili iru up vefa inyma comment kohly mi..will comment after reading
owk
here is 26 part.. i hope every one will like this part tooo✨???????✨sry for taking long time????? next part will be uploaded in wedensday insha allah?????thnks for the support?????????✨gd nyyt????????
Dhiraa❤??????..haadha curious kohfa mi part thi nihmaaly….Btw mi part vv salhi inge?????…love yuh bodukoh…gudd nyytt????????✨✨
thnku. gd nyyt
Finally up v dhw…..thanks dhiraa ….mi part ves vvv rythi….. cant wait to read next part…..keep it up?????
wlcm
Varah varah reethi mi part ves…..habeys
thnks
wow dhiraa.v interesting hurihaa part eh ves.plx ehaa avahah vaahaka nunimaalahchey.v v v salhi hama.next part v avahah up kohdhehchey.
hehehehehe. thnks malu.. miss u a lot kuhjaagandaa…
Varah reethi… Wow?????
thnks
Haizal eii zel and mayaan is yaan.. they both were best friends when they were Younge.. then hai ge huvafenuga fennanee hama hai.. huvafenuga fenna haadhisaa ge fahun yaan men heekuranee hai maruvee kamah.. emihun then ehvess massakatheh nukurey hai hoadhan.. ehen ve dhey don’t know hai eii mayaan ge best friend zellu kan
Hehe dhiraa maabodah guess kuranee dhw mi.. soryy.. btw mi part v v v salhi ey buneveynii.. lov u dhiraa.. waiting for the next part
One more thing my name is naina too and my sis ge name akee naira
heheheh. lets c dww vaagoih
Masha Allah….this part is awesome….I love this story…❤️❤️..this is my favourite story in this site… curiously waiting for the next part..❤️❤️???
thnks dear
NO… I think Mayan ge dad n haige mom hen besties… so hai ge mom akee Az… Az akee mihaar naina ge aunt i guess… naina bala eh nu… eyna
hehehehe lets c
dhiraa… kuda kameh faahaga kohlann beynun… vaahakaiga amurukurehvi… mi gothah emme maaiy koh genaeema vrh odd
thnks.. i will try my best to avoid those things
alhey laalu ah comment nukurevuni v v busy kamun ekm vx konme prt eh vx kiyan…dhiraa dear v v nice…test onnaathiyve plus roadhamasvyma vaguthu nuvani….. v v dheravey comment nukureveythy…..v v try kuraannan kuriah oiy prt thakah comment eh cohleveythw……so sry dear?…..story v v v nice……kyp it up….??????????????????luv ya dear……waiting 4 the nxt prt………
its okey laalu.. varah ufaa vehjje busy koh ulhemunves vaahaka kiyaaleethee.. dhen ahna part akun laalu ge comment fehnaane kamah ummeedhu kuran…
Varah Varah reethi ???
thankss sha…
Mi part ves varah furihama. Mi mihaaru enmme interesting story aki.