Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ….30

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
May 21, 2019 7 Mins Read
55 Comments

“ސޯ މިހާރު ކިޔެވުން ނިމުނީނު. ވިޝާހްއާ ރައި އަލުން ގުޅެނީ ކޮންއިރަކުން؟” އެއް ކުއްޖަކު ކުރި ސުވާލުން ރައިހާނާއާ ވިޝާހް އެކީ ކުށިއަރައިގަތެވެ. އެދެމީހުންނަށް އެހެން ބުނެވުނުކަންވެސް ހަނދާނެއްނެތެވެ. ވިޝާހްއަށް މަޑުމަޑުން ޝިޓްއޭ ބުނެވުނެވެ. ރައިހާނާ އަނގައިން ލޭރަހަލާ ވަރަށް ތުންފަތުގައި ދަތް އަޅާލިއެވެ.
ވިޝާހް ރައިހާނާއަށް ނަޒަރެއް ދިނެވެ. ހީވާގޮތުން ބުނަންވީ ކީކޭތޯ އޭނާ ރައިހާނާ ގާތު އެހީއެވެ. “ދެޓް އިޒް ނޮޓް ގޮއިން ޓު ހެޕަން. އަައި އޭމް އިން އަ ރިލޭޝަންޝިޕް. ރައިވެސް އަހަރެންވެސް ބޭނުމެއްނޫން އިތުރަށް މި ގުޅުން ކުރިއަށް ގެންދާކަށް” ރައިހާނާ އަނގައިން ނުބުނި ކަމަަށް ވިޝާހް ބުންޏެވެ. ހުރިހާ ކުދިން ދެރަވެގެން އަޅޭއޭ ކިޔާލިއެވެ. އޭނާއަށް އަންގާވެސް ނުލާ ރައިހާނާ އެފަދަ ނިންމުމެއް ނިންމުމުން އަންޖަލް ދެރަވިއެވެ. މިހާރަކަށް އައިސް ރައިހާނާ އޭނާ ދުރުކޮށްލައިގެން އުޅޭހެން އަންޖަލްއަށް ހީވާން ފެށިއެވެ.
ހަމްޒާއަށް ލިބުނު ހަމަޖެހުމާއެކު ހިނިތުންވެވުނެވެ. “ޔަގީނޭ ވިޝާހްއާ ދެމީހުން ކުރިންވެސް ފޭކުކަން ޖެއްސީ. އޯ ގޯޑް ރައިހާނާ އިޒް ސޯ ޑްރެމެޓިކް. ލީމްއަށް ވުރެއްވެސް. އެންޑް ސޯ ރިއަލް. އޮސްކާވެސް ދޭވަރުވޭ. އެކަމު ކިތަންމެ އެކްޓެއް ކުރިއަސް ޔޫ ކާންޓް ހައިޑް ޔުއަރ ފީލިންގްސް ފްރޮމް މީ ރައިހާާނާ. އައި އޭމް ޓޫ ޖީނިއަސް އެންޑް ކްލެވާރ. އެންޑް އަ ބެޓާރ އެކްޓާރ ދޭން ޔޫ އައި ގެސް. ހިނގާ ބަލަމާ ކިހާދުވަހެއް ވަންދެކަތޯ ތިހެން ފީލިންގްސް ހައިޑްކޮށްގެން އެކްޓް ކޮށްލަ ކޮށްލާ ހުންނާނީ” ހިތާހިތުން ހަމްޒާއަށް ކިޔާލެވުނެވެ. ރައިހާނާގެ މޫނަށް އަރާފައިބަމުން ދިޔަ ކުލަތައް ހަމްޒާ ފަރުވާތެރިކަމާއެކު ބަލަމުން ދިޔައެވެ.

އިރުއޮއްސެން ގާތްވުމާއެކު ހުރިހާ ކުދިންވެސް ގެއަށް ދާން ފެށިއެވެ. ރައިހާނާވެސް ރީހާންއަށް ގުޅާފައި އޭނާ ބަލައި އައިސް ދިނުމަށް އެދުނެވެ. އަޒްހަދް އެވަގުތު ބިޒީ ކަމުން ދެވެން ނެތްވާހަކަ ބުންޏެވެ. ރައިހާނާއާއެއްކޮށް އަންޖަލް ދާނަމޭ ބުނުމުން އަޒްހަދް އެއްބަސްވިއެވެ.

“ރައި. ކީއްވެ ނުބުނީ ވިޝާހްއާ ދެމީހުންގެ ކަންތައް އެއްކޮށް ނިންމާލިކަން؟” ރީހާން ބަލާ އަންނަންދެން ރައިހާނާއާ އަންޖަލް ދޮންވެލިގަނޑު މަތީ އިށީންދެލައިގެން ތިއްބެވެ. އަންޖަލްގެ ސުވާލަށް ދޭނެ ޖަވާބެއް ރައިހާާނާ އަކަށް ނޭންގުނެވެ. ހިމޭންކަން ޚިޔާރު ކުރެވުނީ އެހެންނެވެ.
ހަމްޒާއާ ވިޝާހްވެސް ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިއްބެވެ. ދެއަންހެން ކުދިން އެކަނި ބައިތިއްބާފައި ދާކަށް ހަމްޒާއާ ވިޝާހްއަކަށް ނުކެރުނެވެ.
ރައިހާނާގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އެނގުމުން އަންޖަލް އިތުރަކަށް ނާހައެވެ. އެހެނަސް އޭނާހުރީ ހިތުގައި ޖެހިފައިކަން އަންޖަލްގެ މޫނަށް ބަލާލުމުންވެސް އެނގެއެވެ. އިތުރަށް ރައިހާނާ ގާތު މަޑުނުކުރަންވެގެން އަންޖަލް ވިޝާހްއާ ހަމްޒާ ތިބި ތަނަށް ދިއައެވެ. އަދި ގޮސް ހަމްޒާ ގާތު އިށީނެވެ.

ރީހާން އަންނަތަން ދުރުން ފެނުމާއެކު ރައިހާނާ އިން ތަނުން ތެދުވެ ގައިން ވެލި ފިޅާލިއެވެ. ކޮނޑުގައި އޮތް ދަބަސް ރީތިކޮށްލުމަށްފަހު ރީހާންއާ ހަމައަށް ދިޔައެވެ. “އަންކޮ ގޮވައިގެން ދާން ޖެހޭނީ” ރައިހާނާ ރީހާން ގާތު ވަރަށް މަޑުން ބުންޏެވެ. ރީހާން ތުންފިއްތާލައިފާވެސް އެންމެ ރަނގަޅުކަމަށް ބުންޏެވެ. ހަމްޒާ ގާތު އިށީންދެލައިގެން އިން އަންޖަލްއަށް ބަލާލުމަށްފަހު ރީހާން މައްޗަށް ކަޅި ހިންގާލިއެވެ. ރައިހާނާ ފަހަތުން ފޯނާ ކުޅެމުން އެމީހުން ތިބި ތަނަށް ދިއައެވެ.
“އަންކޮ ލެޓްސް ގޯ!” “ނޯ ތޭނެކްސް ރައި. ހަމްޒާއާއެކީ ގޮސްދާނަން ގެއަށް. ޔޫ ޓޫ ކޭން ގޯ. ހަމްޒާއާ ދެމީހުން އެކީގަ ވަގުތުކޮޅެއް މަޑުކޮށްލާފައި ދާނީ.” ހަމްޒާއާ ދިމާއަށް ބަލާލުމަށްފަހު އަންޖަލް ބުންޏެވެ. ރައިހާނާ ހެދި ގޮތުންނާއި ރީހާންއާ ހެދި އެދެމީހުންނާ އެއްކޮށް ދާކަށް އަންޖަލް ބޭނުމެއް ނޫނެވެ. އޭނާ ބޭނުމީ ހިތުގައި އުފެދިފައި ހުރި އުދާސްތައް ކޮންމެސް މީހަކާ ހިއްސާކުރާށެވެ.
ވިޝާހްވެސް ރައިހާނާއާ ރީހާން ފަހަތުން ހިނގައިގަތީ އަންޖަލްއާ ހަމްޒާއަށް އެކަނި ވަގުތުކޮޅެއް ދޭށެވެ.

ރީހާންމެން ލޯމަތިން ގެއްލުމާއެކު އަންޖަލް ހަމްޒާގެ ކޮނޑުގައި ބޯ އަޅާލިއެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް އިޚްތިޔާރަކާ ނުލާ ލޮލުން ފައިބައިގަތެވެ. ހަމްޒާގެ ކޮނޑުތެންމުމުން ދިޔައީ އަންޖަލްގެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނައިންނެވެ. ގިސްލެވެމުން ދިޔަ ހާލު އަންޖަލް ވާހަަކަ ދައްކަން މަސައްކަތް ކުރިއެވެ. އޭނާއަށް ނޭންގި ރީހާންއާ މެދު ހިތުގައި އުފެދިފައިވި އިހްސާސްތައް ހަމްޒާ ކުރިމަތީ ބަންޑުންކޮށްލެވުނެވެ. ރައިހާނާވެސް އޭނާ ދުރުކޮށްލައިފި ކަމުގެ ޝަކުވާ ކުރެވުނެވެ. އަންޖަލް ރީހާންއާ ގަޔާވާ ވާހަކަ ބުނުމުން ހަމްޒާގެ މޫނު މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ވީ އުފަލެއްގެ ބޮޑު ކަމުން އަންޖަލްގެ ކޮނޑުގައި އޭނާގެ ދެއަތް ވަށާލިއެވެ. “އަންކޮ. އާ ޔޫ ޝުއަރ ޔޫ ހޭވް ފީލިންގްސް ފޯ ރީހާން؟” މަޑު މައިތިރިކަމާއެކު ހަމްޒާ އެހިއެވެ. އަންޖަލް ހަމްޒާގެ ކޮނޑުން ބޯނެގުމަށްފަހު ބޯޖަހާލިއެވެ. “ރީހާން ފެނުނީމަ ނޭންގެ ވާގޮތެއްވެސް. ހިތް އަވަސްވޭ މުޅި މީހާ ދާހިއްލާ. އަބަދި އެދެވެނީ ރީހާން ގާތުގަ ވުމަށް. ދެލޯ އެދެނީ އެސޫރަ ދެކެލަން. ބޭނުމީ އެއަތުގެ ހިމާޔަށް އަބަދާއަބަދު. ދެން ނޭންގެ. އަހަރެން މޮޔަވެދާނެ. އައި ތޯޓް ހަމްޒާދެކެ ކަމަށް ލޯބިވެވުނީ. އެކަމް އެއީ ލޮތްބެއްނޫން. މިހެނެއް ނުވޭ” އަންޖަލް ދެއަތުން އޭނާގެ ބޮލުގައި ހިފަހައްޓާލިއެވެ. އޭނާ ބޯގޮވާވަރު ވެއްޖެއެވެ. އެންމެ ސިކުންތުކޮޅަކަށްވެސް ހިތުތެރޭގައި އެހުރިހާ ކަމެއް ފޮރުވަންވެއްޖެނަމަ އޭނާ މޮޔަވެދާނެއެވެ. އަންޖަލްއަށް ވަމުން ދިޔަ ގޮތްފެނި ހަމްޒާގެ ހިތުތެރޭގައި ބިރުވެރިކަން އުފެދުނެވެ. އަވަހަށް ގޮސް އަންޖަލްގެ ކޮނޑުގައި ހިފެހެއްޓުނީވެސް އެގެންވެއެވެ. އިތުރު ވާހަކައެއް ނުދައްކާ އޭނާ ބެލީ އަވަހަށް އަންޖަލް ގޮވައިގެން އެތަނުން ދެވޭތޯއެވެ.

ރީހާން ކޮޓަރިއަށް ވަން ގޮތަށް ނިކަން ބާރަށް ދޮރުލައްޕާލިއެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެއްނުކުރެވިގެން މެއާ ދިމާލު އަތް އަޅާލެވުނެވެ. “ވައި؟ ކީއްވެ މިހާ ހިތްދަތިވަނީ؟ ކީއްވެ އެތައް އަންހެން ކުދިންގެ ތެރެއިންވެސް އަންޖަލްދެކެ ލޯބިވެވުނީ؟ ޑޭމް އިޓް ރީހާން. އަންޖަލް ރީހާން ދެކެނީވެސް ކޮއްކޮއެެއްހެން. އެކަމަކު ރީހާން އަންޖަލްއާ މެދު ތިދެކެން ފެށީ ކިހިނެއް؟” ބޮލުގެ އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓައިގެން ހުރެ ރީހާން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ.

ރައިހާނާ ބޭނުންވީ ކުޑަ ދުވަސްކޮޅަކަށް އެމާހައުލާ ދުރަށް ދާށެވެ. ހިތަށް ކިރިޔާވެސް ހަމަޖެހުމެއް ލިބޭނީ އެތަނުން ވީހާވެސް ދުރަށް ގޮސްގެންނެވެ. އެެރޭ ކާން އަރާފައި ރަށަށް ދާން ބޭނުންވާ ކަމަށް ރުހާމްގާތު ރައިހާނާ ބުންޏެވެ. ޝައުފާއާ ރުހާމްވެސް އެކަމަށް އެއްބަސްވީ މުޅި އަހަރުވެސް ކިޔެވުމައިގެން ނުހަނު ބުރަކޮށް ރައިހާނާ އުޅުމުން އެކުއްޖާޔަަށް ބޯހަމަޖައްސާލަން ފުރުސަތެއް ދިނުމުގެ ގޮތުންނެވެ. ޝައުފާ އަންޖަލްވެސް ގެންދަން ވާނެއްނޫންހޭ އެހުމުން ރައިހާނާ ބުނީ ސްކޫލް އެކުވެރިންނާ ކުޑަދުވަސްކޮޅަކަށް ވަކިން އުޅެން ބޭނުންކަމަށެވެ. އެހެންކަމުން ޝައުފާވެސް މާވަރަކުން އަންޖަލް ގެންދާކަށް ބާރެއް ނާޅައެވެ. ދެދުވަސް ފަހުން ފުރަން ރުހާމް ޓިކެޓްނެގިއެވެ. މަތިން ޓިކެޓު ނެގުމުންވެސް ރައިހާނާ މައްސަލައެއް ނުޖައްސައެވެ. ކޮންމެ ގޮތަކުންވިއަސް އޭނާ ހުރީ މާލެއިން ދާންބޭނުންވެފައެވެ. ރަަށަށް ދާން އުޅޭ ވާހަކަ ވިޝާހްއާ އަންޖަލްއަށް މެސެޖަކުން ރައިހާނާ އަންގާލިއެވެ. ވިޝާހް ބުނީ ފުރުމުގެ ކުރިން ރައިހާނާއާ ބައްދަލުކޮށްލަން ބޭނުންވާ ވާހަކައެވެ. ރައިހާނާ ވަރަށް ފަސޭހައިން އެކަމަށް އެއްބަސްވިއެވެ.
ވިޝާހްއާ ބައްދަލުކުރަން ރައިހާނާ ދިޔައީ ރަސްރަނިއަށެވެ. ފަހެއް ޖަހާއިރު އަންނަން އެއްބަސްވެފައި ރައިހާނާއަށް އާދެވުނީ ތަންކޮޅެއް އަވަހަށެވެ. އުނދޯލި ހުސްކޮށް ހުރިތަން ފެނުމުން ދެކޮޅު ބަލާލާފައި އަވަހަށް ގޮސް އުނދޯލީގައި އިށީނެވެ. އުނދޯއްޔަށް އެރުމުން އޭނާ ހުރީ ނިކަން އުފާވެފައެވެ. މޫނު މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްގެން ރައިހާނާ އުނދޯލި ހެއްލަމުން ދިޔައެވެ.
ހަވީރު ފިންޏަށް ހިނގާލަން ރަސްރަންނަށް އައިސް އުޅުނު ލީމްއަަށް އުނދޯލީގައި ހުރި ރައިހާނާ ފެނުމުން ވަގުތުން އެއީ އެނގުނެވެ. ސިކުނޑިއަށް ވެރިވި ޚިޔާލަކުން ރައިހާނާއާ ދިމާއަށް ލީމް ހިނގައިގަތެވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ ޒިވާން މާކުރިން ގޮސް ރައިހާނާ ކުރިމައްޗަށް އެރުމުންނެވެ. އެފޮނި ބޮޑު ޒުވާނާ ރައިހާނާ ގާތަށް އެދިޔައީ ކީއްކުރަންބާއޭ ލީމްގެ ހިތަށް އެރިއެވެ.
ކުއްލިއަކަށް ޒިވާން އައިސް ކުރިމަތީގައި ހުއްޓިލުމުން ރައިހާނާއަށް ފުންމައިގެން އުނދޯލިން ތެދުވެވުނެވެ. މޫނު މަތީގައިވި ހިނިތުންވުން ފޭދިގެން ގޮސް ރުޅިވެރިކަން ވެރިވިއެވެ. ޒިވާންއަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ރައިހާނާ އެތަނުން ދާން ހިނގައިގަތެވެ. “ރައި. ވެއިޓް!” ޒިވާންގެ ފިރިހެންވަންތަ އަޑުން މިފަހަރުވެސް ރައިހާނާގެ ހިތަށް ވެރިވީ ފޫހިކަމެވެ. މޫނަށާއި އަނަގަޔަށް ވައްތަރެއް ޖައްސާލަމުން ހިނގުން މަޑުކޮށް ޒިވާންއާ ކުރިމަތިލިއެވެ. “ރައި. މިހާރު ކިޔަވާވެސް ތިނިމުނީ. އަހަރެމެން ދެމީހުން އިންތިޒާރު ނިމުމަކަށް މި އައީ ޕްލީޒް. އަހަންނަށް ފޮގިވް ކޮށްފަ އެންމެ ޗާންސެއް ދީބަ. ޕްލީޒް. އައި ޕްރޮމިސް ދުވަހަކުވެސް ތިހިތުގަ ދެން ނުޖައްސާނަން. އެންމެ ޗާންސެއް ޕްލީޒް” އާދޭހާއެކު ޒިވާން ބުންޏެވެ. މޫނަށް ސީރިއަސްކަން ވެރިކޮށްގެން އިރުކޮޅަކުން އިނުމަށްފަހު ރައިހާނާ ހޭންފެށިއެވެ. ރައިހާނާ ހޭންފެށުމުން ޒިވާންއަށް ލިބުނީ ހައިރާންކަމެވެ. “ސީރިއަސްލީ ޒިވާން. އަދިވެސް މަ ފަހަތުންތަ ދުވަނީ. ލޮލް. ލުކް ޒިވާން އަހަރެން ޒިވާންއަށް މާފުކޮށްފާނަން އެކަމް ނެތްދެން އަލުން ގުޅެވޭކަށެއް ވަރަށް ބޮޑަށް ސޮރީ. ޒިވާން މިހިތް ހަލާކުކޮށްލީ އަލުން ހެދޭނެވަރަށް ވުރެ ބޮޑަށް. އެންޑް މިހާރު ޒިވާންއަށްޓަކައި އެއްވެސް އިހްސާސެެއްނުވޭ ލޮތްބެއްވެސް ނަފްރަތެއްވެސް. އެހެންވީމަ ޒިވާންއަށް އެންމެ ރަނގަޅުވާނީ އަހަރެން ފަހަތުން ނޫޅުނިއްޔާ” ހެމުން ހެމުން ރައިހާނާ ފެށި ވާހަކަ ނިންމާލިއިރު ވަނީ ވޭނާ ހިތްދަތިކަމެވެ. ރައިހާނާއަށް ނޭންގުނަސް އެލޮލުގައި ކަރުނަ ވިދަވިދާ ހުއްޓެވެ. އޭނާއަށް ސިފަކޮށްލެވުނީ ހަމްޒާއެވެ. ހިތަށް އެހާ އާސަރުކުރި ސަބަބަކީވެސް އެއީއެވެ. ޒިވާން ދެންވެސް އެއްޗެއް ބުނަން އުޅުނެވެ. އެހެނަސް އެތަނަށް އައިސް ހުއްޓުނު ވިޝާހް ކަޅި އަޅާލަމުން އޭނާއަށް ގޮވާލިގޮތުން އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާއަށް އިނގިފައި އޮތްގޮތުން ރައިހާނާ ހިތުން މިހާރު ޖާގަ ހޯދައިގެން އުޅޭމީހަކީ ވިޝާހްއެވެ. ވިޝާހް ކޮންމެފަދަ ކަމެއް ކުރަންވެސް ޖެހިލުމެއް ނުވާނެކަން އެނގޭތީ ޒިވާން އަވަހަށް އެތަނުން ދިޔައެވެ. “ތޭންކްސް. ވިޝާހް. ބައި ދަ ވޭ ކީއްކުރަން މީޓް ކުރަން ބުނީ؟” ޒިވާން ދިޔަ ދިމާއަށް ބަލަން ހުރެފައި ރައިހާނާއަށް ހިނިތުންވެވުނީ ވިޝާހްދެކެ ބިރުން ޒިވާން އަވަހަށް އެތަނުން ދިއުމުންނެވެ. ރައިހާނާ ކުރި ސުވާލަށް ވިޝާހް ޖަވާބު ދިނީ ލޮލުންނެވެ. ލޮލުގެ އިޝާރާތުން ފަހަތުގައި ހުރި ނިކްހާތް ދައްކާލިއެވެ. ލިބުނު ޝޮކާއެކު ރައިހާނާއަށް ހިނިތުންވެފައި އަނގަމަތީ އަތްއަޅާލެވުނެވެ. ވިޝާހްއަށް ބީޗަށް ގޮއްސައި ރިލޭޝަންއެއްގައި އުޅެނީ ބުނުްޏަކަސް އެއީ ތެދެއްކަމެއް ރައިހަނާ ހިއެއް ނުކުރެއެވެ. އާދައިގެ އިސްކޮޅެއްގެ ވެރި ނިކްހާތް ލައިގެން ހުރީ ކަކުލާހަމައަށް އަންނަ ތުނިފޮތީގައި ރަތްކުލައިގެ ގަމީހެކެވެ. ގަޔަށް ދޫކޮށްހުރުމުން ނިކްހާތްގެ ހިމަ ހަށިގަނޑާ ނުހަނު ގުޅެއެވެ. ތިރިން ކަޅު ސްކިނީއެއް ލާފައި ހުރިއިރު އަޅައިގެން ހުރީ ކަޅު ޝޯލްއެކެވެ. ކޮންމެސް ވަރަކަށް މޭކަޕްކޮށްފައި ހުރުމުން އެމޫނު އިތުރަށް ފުރިހަމައެވެ. ވިޝާހް ގާތު ހުއްޓިލައިގެން ހުރިއިރު ނުހަނު ގުޅެއެވެ. ރައިހާނާ ކުޑަކޮށް ދުވެލާފައި ގޮސް ނިކްހާތްގައިގައި ބައްދާލިއެވެ. “ވާއު މާޝާﷲ ހާދަ ލޯބި ކުއްޖެކޭ. ވަރަށް ގުޅޭ ވިޝާހްއާ. ކޮން ނަމެއް ކިޔަނީ؟” ނިކްހާތްއާ ދުރުވެލަމުން ރައިހާނާ ނަން އަހާލިއެވެ. ނިކްހާތްއަށް ބަލާލެވުނީ ވިޝާހްގެ މޫނަށެވެ. ވިޝާހް މަޑު މަޑުން ބޯޖަހާލާފައި އެދުނީ ހަމަޖެހިލުމަށެވެ. ރައިހާނާއަށް ޖަވާބު ދިނީ ވިޝާހްއެވެ. ވިޝާހް ނިކްހާތާ ބެހޭ ގޮތުން ހުރިހާ ވާހަކައެއް ރައިހާނާއާ ހިއްސާކުރިއެވެ. ވިޝާހް ނިކްހާތްދެކެ ވާ ތެދުވެރި ސާފުލޯބި ފެނި ރައިހާނާއަށް ވިޝާހްއަށް ތައުރީފްކޮށްލެވުނެވެ. އަދި އެދެމީހުން މުޅި އުމުރު އެކީ ލަހައްޓަވާތޯ ހިތާހިތުން ދުޢާކުރެވުނެވެ. ރައިހާނާގެ ހިތްހެޔޮކަމާ އެކުވެރިކަމުގެ ސަބަބުން ނިކްހާތްއާ ދެކުދިން ގާތް ރަހްމަތްތެރިންނަށްވިއެވެ. ރައިހާނާ އެދުވަހު ގެއަށް ދިޔައީ ނިކްހާތްގެ ނަންބަރު އަތުލައިގެންނެވެ.

ލީމް އިންތިޒާރުކޮށްގެން އިނީ ރައިހާނާ އެކަނިވާނެ އިރަކަށެވެ. އެހެން ހުއްޓާ ރައިހާނާ ދިޔައިރުވެސް ލީމްއަކަށް ނޭންގުނެވެ. ހައެއް ޖަހަން ކައިރިވުމުން ސްޕީކަރުން އެނައުންސްކުރަން ފެށުމުން މާޔޫސީ ކަމާއެކު ލީމް ނިކުންނަށް ދިޔައެވެ. ފަހަތުން ނުބަލާ ބާރަށް ހިނގާފައި އައި ޒިވާން ލީމްގައި ޖެހުމުން ވިއްސައިގެން ގޮސް ލީމް ބިއްމައްޗަށް ވެއްޓުނެވެ. ވީތަދާއެކު ލީމްއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ޖެހުނުލެއް ބާރުކަމުން އަތުގެ ކަށިގަނޑުވެސް ހީވީ ބިންދައިގެން ދިޔަހެންނެވެ. ޒިވާން އަވަހަށް ގޮސް ލީމްއަށް އެހީވާން އުޅުނެވެ. އެހެނަސް ލީމްގެ މޫނު ފެނުމާއެކު ދެބުމަ ގޮށްޖެހިގެން ދިޔައެވެ. “ޔޫ؟؟” އޭނާ ގައިގައި ޖެހިގަތީ ޒިވާންކަން އެނގުމުން އަނގުރުގަނޑެއްހައި ލީމްގެ މޫނު ރަތްވިއެވެ. ރުޅި އައިސްގެން ގޮސް މީހާ ތުރުތުރު އަޅަންފެށިއެވެ.
ޒިވާން ދެންކޮށްލި ކަމަކުން ލީމްއަށް ހަޅޭއްލަވާގަނެވުނެވެ. ފަހަރެއްގައިވެސް ޒިވާން އޭނާ ނަގައި ޒިވާންގެ އަތްދަނޑި މައްޗަށް ލާނެކަމަށް ލީމް ހިއެއް ނުކުރެއެވެ. އަތަށް ވަމުން ދިޔަ ތަދާއެކީވެސް ލީމް ޒިވާންގެ މޭގައި ތަޅާގަތެވެ. ޒިވާން އެއިން ކަމަކަށް އަޅާނުލާ މަގުމަތިން ޓެކްސީއެއް ނަގައިގެން ލީމް ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ.

އަންޖަލްގެ ފަރާތުން ރައިހާނާ ރަށަށް ދާޚަބަރު ހަމްޒާއަށް ލިބުނެވެ. ވަގުތުން ރައިހާނާގެ ފޯނަށް ހަމްޒާއަށް ގުޅާލެވުނެވެ. އެހެނަސް ރައިހާނާގެ ފޯނު ނިއްވާލާފައި އޮތުމުން ގުޅޭގޮތެއްނުވިއެވެ. އައި ރުޅީގައި އަތުގެ ކޮޅަށް ހަމްޒާއަށް ފޯނުހޫރާލެވުނެވެ. ރައިހާނާ އެކުރިކަމަކުން އޭނާ ކުރަން ރާވައިގެން ހުރި ހުރިހާ ކަމެއް އެފަނިވީއެވެ. އެގާރާގެ ކުދިންނަށް އެކްސްޓްރާ ކްލާސް ނަގައިދޭން ޖެހޭތީ ރަށުން ބޭރަށް ދެވޭކަށެއް ހަމްޒާއަކަށް ނެތެވެ.

ރަށުގެ ފަސްގަނޑުގައި ފައި ޖެހުމާއެކު ނޭންގޭ އުފާވެރިކަމެއް ރައިހާނާއަށް ލިބުނެވެ. ލޯމަރާލެވުނީ ހިތަށް ލިބުނު ހިތްހަމަޖެހުމުގެ ސަބަބުންނެވެ. އެރައިވަލްސްއިން ނިކުތް އިރު އޭނާގެ އިސްތިގްބާލުގައި އާއިލާ އެންމެން އެކީހެން ތިއްބެވެ. ދުވަމުން ކަހަލަ ގޮތަކަށް ރައިހާނާ އެންމެ ފުރަތަމަވެސް ގޮސް ޒާން އަތުގައި އިން ޒޯޔާ އުރައިލިއެވެ. އެއާއެކު އެކުއްޖާ މެއާލާ ބޮނޑިކޮށްލުމަށްފަހު ދެތިން ފަހަރު ކޮލަށް ދޮންދިނެވެ. ރައިހާނާގެ ފަހަތުން އައި ރީހާން ގޮސް ޒާންއާ ހިސާން ގައިގަ ބައްދާލިއެވެ.
އޮލަވާހައިކައިގައި ތިބެ ހިނގާލާފައި ގެއާ ހަމައަށް އާދެވުނުއިރުވެސް ނޭންގުނެވެ. އިރުއޮއްސެން ކައިރިވެފައިވުމާއެކު އެގެއަށް ވަންނަން ނުހަދާ ޒޯޔާ ގޮވައިގެން ނަދާ ދިޔައީ ގެއަށެވެ. ގެއަށް ވަނުމާއެކު ރައިހާނާ އަދި ރީހާންއަށްވެސް އިހްސާސްކުރެވުނީ ފަޅުކަމެވެ. އެންމެ ފަހުން އެކުދިން ރަށަށް އައި އިރު މުޅިގެ އޮތީ ފުރިފައެވެ. ގޭތެރެ ހިމޭންވެފައި އޮންނާނީ މަދު ފަހަރަކުއެވެ.
ރައިހާނާ މައްޗަށް އަރާފައި އޭނާ ކޮޓަރި ހުޅުވާލި ވަގުތު ކުރީގެ ހަނދާނެއް އައެވެ. ހަމްޒާ އެގެއިން ފެނުމާއެކު އޭނާއަށް ވީގޮތް ހަނދާންވުމާއެކު އެކަނި ހުރެވެސް ހެވުނެވެ. އޭނާގެ މޮޔަކަށް ހިތަށް އަރާފައި އަމިއްލަ ބޮލުގައި ޖަހާލެވުނެވެ. ރައިހާނާ ބެލީ އަވަހަށް ތާޒާ ވެލައިގެން އެއްޗެއް ކާލަން ދެވޭތޯއެވެ.

ރަށަށް އައިސްގެން ބޯހަމަހެހޭނެކަމަށް ރީހާންއަށް ހީވި ހީވުމަކީ ގޯހެއްކަން އޭނާއަށް ވިސްނުނީ ގެއަށް އައިސް ވަން ފަހުންނެވެ. ފޮށި ހިފައިގެން ކޮޓަރިއަށް ވަދެފައި އެނދުމައްޗަށް ވެއްޓުނު ގޮތަށް ތެދުވާހިތްނުވެފައި އޮތީ ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކުންނެވެ. އަންޖަލްއާ އެކީ ރަށުގައި ހޭދަކުރެވުނު ދުވަސްތައް ހަނދާންވުމާއެކު ބޮލުގައި ރިއްސާލިއެވެ. ދޮންތި ފަހަތުން ރަށަށް އާދެވުނު މޮޔަ ހިތަށް އަރާވަރުވިއެވެ. ލޯމަރާލާއިރަށް ސިފަވެގެން ދަނީ އަންޖަލްއާ ދެމީހުން ޖެހި ސަކަރާތެވެ.

އަންޖަލް އެތައް ފަހަރަކު ގުޅިއިރުވެސް ރައިހާނާގެ ފޯނު އޮތީ ނިއްވާލާފައެވެ. ރައިހާނާ އޭނާ އެހާ ދުރުކޮށްލަން ޖެހުނު ސަބަބެއް އަންޖަލްއަކަށް ނުވިސްނުނެވެ. އޭނާ ރައިހާނާގެ ޚިޔާލު އެންމެ ބޭނުންވި ދުވަހު ދުރުކޮށްލުމުން އަންޖަލް ދެރަވެ ރުޅިވެސް ގަދަވިއެވެ. ރައިހާނާއާ ކިތަންމެ ވާހަކަ ދައްކަން ބޭނުންވެފައި ހުއްޓެއްކަމަކު ރީހާންއަށް ގުޅާކަށް ނުކެރުނެވެ. ރީހާންގެ އަޑުއިވުނަސް އޭނާ މޮޔަވެދާނެއެވެ. ވިޝާހްވެސް އޭނާ ކުރާ މެސެޖްތަކަށް ރިޕްލައި ކުރަނީ ނުލާހިކު ފަރުވާ ކުޑަކޮށެވެ. އެހެންވެ އޭނާއާވެސް މެސެޖް ކުރާހިތެއް އަންޖަލް ނުވިއެވެ.

އަންޖަލްގެ ޓެސްޓްތައްވެސް ނިމިފައި ވުމާއެކު އަޒްހަދް ބޭނުންވީ އޭނާގެ މާޒީ ރާނިޔާއާ އަންޖަލްއަށް ހިއްސާކުރާށެވެ. ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމުގައި ވިއަސް އޭނާއަށް ވަރިހަމައެވެ. އޭނާ އެވާހަކަ ދައްކަން ބޭނުމީ ހަމްޒާ އަދި ސުނައިނާގެ ވެސް ހާޒިރުގައެވެ. އެހެންކަމުން ވަރަށް އުނދަގުލުންވެސް ސުނައިނާގެ ނަންބަރު ހޯދަދައިގެން އަޒްހަދް ސުނައިނާއަށް ގުޅިއެވެ.

ރަށަށް އައި ފަހުން ރައިހާނާގެ ހިތަށް ކޮންމެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ކުޑަކުޑަ ޒޯޔާއާ އެކު ވަގުތު ހޭދަކުރާއިރު ދުނިޔޭގެ އެހެންވެސް ކަމެއް މަތިން ހަނދާންނުހުންނަކަހަލައެވެ. އެހެނަސް ކޮންމެސް ވަރަކަށް ހަމްޒާ މަތިން ހަނދާންވަމުން ދިޔައެެވެ. އެއިން ކޮންމެ ފަހަރަކު އޭނާގެ ނާޒުކު ހިތުން ލޭކަރުނަ އޮހޮރިލައެވެ. ރަށަށް އައި ފަހުން މާލެމަތިން އެއްވެސް ވަރަކަށް ހަންދާން ކުރަން ބޭނުންނުވާތީ އޭނާ އުޅެނީ ފޯނުވެސް ނިއްވާލައިގެންނެވެ. މަންމަމެންނާ ވާހަކަ ދައްކާ ހަދަނީ ރީހާންގެ ފޯނުންނެވެ. ރީހާންގެ ފޯނުން ދެތިންރޭ ނިކްހާތްއަށްވެސް މެސެޖް ކުރިއެވެ.

ރީހާން އެހެން ފަހަރުފަހަރާ ޚިލާފަށް ކޮންމެސް ކަމަކާ ވިސްނާހެން ޒާންއަށް ހީވިއެވެ. ދެތިން ފަހަރު ސުވާލުކޮށްގެންވެސް އެދެވޭ ޖަވާބެއް ރީހާންގެ ފަރާތުން ނުލިބުނެވެ. އެންމެ ފަހުން ޒާންގޮސް ރައިހާނާ ގާތު ރީހާންއަށް ވެގެން އުޅޭ ގޮތް އޮޅުންފިލުވިއެވެ. ރައިހާނާވެސް ރީހާންއަށް ވެގެން އުޅޭގޮތް އެނގޭކަމަށް ނުހެދިއެވެ. ޒާންގެ ފަރާތުން ރީހާންގެ މިޒާޖު އަނެއްކާވެސް ބަދަލުވެފައިވާ ކަން އެނގުމުން ރައިހާނާ ކަންބޮޑުވިއެވެ. ރަނގަޅު ވަގުތެއް ބަލާފައި އޭނާ ބޭނުންވީ ރީހާންއާ ވާހަކަ ދައްކާށެވެ. ރީހާން މޮޔަކަމެއް ކޮށްފާނެތީ ރައިހާނާ ބިރުގަނެއެވެ. ހުރި ހަމައެކަނި ކޮއްކޮއަށް ދެރަގޮތެއް ވާކަށް ރައިހާނާ ނޭދެއެވެ.

އަޒްހަދްގެ އެދުމުގެ މަތިން އަންޖަލްއާ ރާނިޔާ ތައްޔާރުވީ ބޭރަށް ކާންދާށެވެ. އަޒްހަދް ބުނީ މިރެއަކީ ވަރަށް ޚާއްސަކެއުމެއް ކަމަށެވެ. ކިތަންމެ ދާހިތްނުވިއަސް އަޒްހަދް އެހާ ވަރަށް ބުނުމުން އަންޖަލްއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ކަކުލާ ހަމައަށް އަންނަ ކަޅު ހެދުމަކާ ކަޅު ޓައިޓެއް އަންޖަލް ލިއެވެ. އެއަށްފަހު ފެހިކުލައުގެ ޝޯލެއް ރީތިގޮތަކަށް ބޮލުގައި އޮޅާލިއެވެ. ގަޔަށް ސެންޓު ކޮޅެއް ބުރުވާލުމަށްފަހު އެއް ފަހަރު ލޯގަނޑުން އޭނާ ހުރީ ރީއްޗަށް ތޯ ބަލާލާފައި ކޮޓަރިން ނިކުތެވެ.
އަޒްހަދް އެމީހުން ގޮވައިގެން ދިޔައީ ހުޅުމާލޭގައި ހުރި ރެސްޓޯރަންޓަކަށެވެ. އަޒްހަދް ވަނުނާއެކު އެތާ ހުރި މީހާ އައިސް އިށީންނަންވީ ތަން ދައްކާލިއެވެ. ހަގޮނޑި ހުރިތަނެއްގައި އިށީންނުމުން އަންޖަލް ކުޑަކޮށް ހައިރާންވިއެވެ. އެހެނަސް މިރެއަކީ ޚާއްސަ ކެއުމެކޭ އާޒްހަދް ބުނި ހަނދާންވިއެވެ. އަންޖަލްއަށް ހައިރާންކަން ލިބުނީ ސުނައިނާއާ މިރާޝް އައިސް އިށީންތަން ފެނުނީމެއެވެ. ހަމްޒާގެ ދައްތަ އެތަނަށް އަންނަން ޖެހުނު އެއްވެސް ސަބަބެއް އަންޖަލްއަކަށް ނުވިސްނުނެވެ. ހިތަށް އެރިއެއްޗަކާ އެއްކޮށް އަންޖަލްގެ މޫނަށް ނުބައި ގޮތެއްވިއެވެ.
އަޒްހަދްގެ ދައުވަތަށް ހަމްޒާ ހުޅުމާލޭގައި ހުރި ރެސްޓޯރަންޓަށް ދިޔައިރު އެތާ ތިބި އަންޖަލްމެންގެ އިތުރަށް އޭނާގެ ދޮންތަ ފެނުމުން ހައިރާންކަން ލިބުނެވެ. އޭނާއަށް ވިސްނުނީ އަންޖަލްއަށްވެސް ވިސްނުނު ގޮތަށެވެ. ލިބުނު ސިހުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އަދި އަންޖަލްއާ ދިމާއަށް ބަލާލެވުނީ ވާނީ ކިހިނެއްހޭ އަހާ ފަދަ ގޮތަކަށެވެ. އަންޖަލްއަށް ދެކޮނޑު އަރުވާލެވުނީ އޭނާއަށްވެސް ވާނުވާ ނޭންގޭކަން ހަމްޒާއަށް އެންގުމުގެ ގޮތުންނެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ނަފުރަތުވުމުން…1

Next

ކަރުނަ ނުހިކޭ ދެލޮލުން މަގޭ!!!

Next
May 21, 2019

ކަރުނަ ނުހިކޭ ދެލޮލުން މަގޭ!!!

Previews
May 20, 2019

ނަފުރަތުވުމުން…1

55 Comments!

  1. Aki says:
    May 21, 2019 at 12:50 am

    haadha inthizaare kohfeemey mi vaahaka kiyaa hithun

    1. Kiyara says:
      May 21, 2019 at 12:28 pm

      Inthizaaru nimumakah aissa dhw miothy. Varah ufaavehjje mi story ah inthizaaru kuraathyve. ISA alhugandu balaanan maaa gina dhuvahu inthizaaruga nubehetteytho

  2. Kiyara says:
    May 21, 2019 at 12:52 am

    Salam. Here’s 30th episode of bunaashey lobi nuvanyhey. Mirey mi part up nukoh nunidhigen varah avahah liyelaafa mi up kury. Buni dhuvahah vure lasvyma varah bodah sorry. Mi part ga typing mistakes varah gina vedhaane. Hurihaa kudhinnah ves mi part kamudhaane kamah ummedhu kuran.

  3. Nau says:
    May 21, 2019 at 1:07 am

    omg aley v reethi… dhenvaani kihinehbaa?

    1. Kiyara says:
      May 21, 2019 at 12:29 pm

      Thank u nau. Dhw dhen vaany kihinehbaa???

  4. Sisis says:
    May 21, 2019 at 1:12 am

    So true aki

  5. jiji says:
    May 21, 2019 at 1:15 am

    Mii 30th part eh noonthr dear???..hehe..
    Btw mi part vec vv rythi ingey???❤❤❤??????…Azhadh e vhk bunan dhw e ulheny dhn..I’m so curious to knw wat will happen Next..Luw yuh soooooo much darlinnn???❤❤❤????????????

    1. Kiyara says:
      May 21, 2019 at 12:30 pm

      Awwwwwn thank u sooo much jiji. Eii nidhaafa indhegen comment liyunyma olhigen 29 liyevuny mihaaru ihnnane rangalhu kohllafa. Luv ya tooo

  6. Kitty says:
    May 21, 2019 at 2:11 am

    Masha allah mi part vec hama varah reethi ingey dear… Can’t wait to know what azhadh is going to tell them… Varah curious dhn…. And mistakes ehaa gina eh vx noon ingey dear… Story hama habbu ??????

    1. Kiyara says:
      May 21, 2019 at 12:31 pm

      Awwwwwn thanks kitty. Lets see dhw

  7. ?#!/? says:
    May 21, 2019 at 2:29 am

    Varah varah salhi kiyara vareh hamaneyy❤❤❤

    1. Kiyara says:
      May 21, 2019 at 12:32 pm

      Awwwwwn thank you dear.. ♥️

  8. inaak says:
    May 21, 2019 at 3:18 am

    Omg… Ethah dhuvahakah ??fahu… Finally… The truth is abt knw… Oh god.. ????I cn’t wait for the nxt prt.. alhe knirakun thr.. plz kiyaa avahah up kohdhybala.☹️☹️. N truth ingunyma e vaguthuga hamxa fonuvaalaa raii kairiah.. ingey.. plz plz plz.. curiously waiting for the nxt prt..???. Luvvvvvvv u so much kiyaa…❤️❤️❤️❤️

    1. Kiyara says:
      May 21, 2019 at 12:34 pm

      Awwwwwn thank you inaak. Lets see dhwww. Azhadh eynage past kiyaadheytho. Hamza ah gotheh hadhaanan ingey. Next part Friday ga ISA. Luv u tooo

  9. Dhonthee says:
    May 21, 2019 at 3:33 am

    Oh my god
    Azhadh e vaahaka bunan dhw e ulhenee
    Dhen vaane gotheiy balaalan keiymadhuvefa mihaarubes mi huree
    Hehehheh
    Anyways mi part ves varau reethi ingey????????????????
    Dhen oiy part avahau genesdheynekamau ummeedhukuran
    Take care kiyaa
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤And love you so much

    1. Kiyara says:
      May 21, 2019 at 12:35 pm

      Awwwwwn thank you dhonthee. Friday ahnnan dhen keykohlla ingey. ISA friday ga genasdheynan. U too tc and luv ya more♥️

  10. ??? says:
    May 21, 2019 at 4:07 am

    ވާހަކަ ވަރަށް ރީތި އަޅޭ ރައީ މިހާރުއެ ފަޅާ އަރަނީ އަންޖަލް އާއި ހަމްޒާ އެއީ ކޮއްކޮ ބޭބެ ކަން ??ދެން އަވަހަށް އާދޭ ހަމްޒާ ކައިރިއަށް ???

    1. Kiyara says:
      May 21, 2019 at 12:36 pm

      Awwwwwn thank you dear. Hehehe varag rangalhu vaahakaeh rai dhen avahah ahnnanvy dhw

  11. azuker says:
    May 21, 2019 at 4:20 am

    yessssss???… ❤️❤️❤️???

    1. Kiyara says:
      May 21, 2019 at 12:37 pm

      ??♥️♥️

  12. nanaa says:
    May 21, 2019 at 4:30 am

    vaahaka vv reethi

    1. Kiyara says:
      May 21, 2019 at 12:38 pm

      Thanks nanaa

  13. Bestie says:
    May 21, 2019 at 4:39 am

    OMG….dhn vaany kihineh baa…can’t wait for the next part…❤❤❤??

    1. Kiyara says:
      May 21, 2019 at 12:38 pm

      Awwwen thanks bestie. Next part Friday ga ISA ♥️

  14. Ibsha says:
    May 21, 2019 at 5:14 am

    Varah varah reethi. Next part varah avas kohladhy

    1. Kiyara says:
      May 21, 2019 at 12:39 pm

      Awwwen thanks ibsha Next part Friday ga ISA ♥️

  15. short form says:
    May 21, 2019 at 5:36 am

    Whn s nxt prt

    1. Kiyara says:
      May 21, 2019 at 12:39 pm

      Friday ga?

  16. Advice says:
    May 21, 2019 at 5:42 am

    Dear brothers and sisters
    Dr. Zaakir Naik said that. Don’t write GOD like that. Instead of this write Allah like that. Sababakah vany kiirithi Quruaan ga ves Allah ge nanfulhun noony muhaathabu kohfai nuvaathy GOD egotha nuliyeveniirithi. Correct those mistakes.

    1. Kiyara says:
      May 21, 2019 at 12:40 pm

      Advicer thank u for the advice ingey. May Allah bless you.

  17. mãáhîë ? says:
    May 21, 2019 at 8:38 am

    Wowww..story Is V Nice..Konme Dhuvaku Comment Nukuriyas Daily Koh Story Kiyan Ingey ??
    I Love Your Story Kiya ?
    Hih Thelheny Dhn Vaany Kihineh Baa Ey Hithah Araafa.. Next Part Ves Avahah Genesdheeba ❤..Curiously Waiting ??

    1. Kiyara says:
      May 21, 2019 at 12:42 pm

      Awwwn thank u maahie. Varah ufaavehje maahie ah mi story kamu dhiyaama adhi comment kohllyma ves. ISA friday ga

  18. Eekaa??? says:
    May 21, 2019 at 10:24 am

    Alhe kiya this is not 29th part.here is 30th part eh nuntha. Mi part ves varah rythi.waitin next part❤❤❤❤

    1. Kiyara says:
      May 21, 2019 at 12:43 pm

      Awwwn thank u eekaa. Yeah eii nidhaafa indhegen comment liyunyma olhigen liyevifa. Mihaaru ihnnane rangalhu kohllafa

  19. ? says:
    May 21, 2019 at 2:07 pm

    V reethi. friday ge kurin upload kohladheeba

  20. jiji says:
    May 21, 2019 at 2:08 pm

    Eyh Comment publish v ma change kureveythr…hehe..jiji ah neygey kameh aee…kihineh thr egothaha misaalakah word eh nubai koh liyevifa inas correct kuraany??

    1. Anonymous says:
      May 22, 2019 at 8:34 am

      Edit kuraanee. Innaane ‘level 2’ aa jehigen edit. Ethanah dhiyaeema edit kureveyne. I’m also a writer ehnve ingeny edit kuran. Hope you understood.?

    2. Anonymous says:
      May 22, 2019 at 8:35 am

      Actually ekuhjehge level aa jehigen innaanee edit. Konmehen level 2 eh noon. Jiji v am level 2 ey mibuny.

    3. jiji says:
      May 22, 2019 at 2:17 pm

      Level 2 ey thibuny comment kuryma fehnan ihna ethi thr??

    4. Anonymous says:
      May 22, 2019 at 5:27 pm

      Jiji Adhi thiulheny level 2 gaey. Thankolheh points gina v ma ehn level thakah dhevey varu v ma ehn level thaakah promote vaane auto in. Ekam I dunno kihineh kan jiji level 2 ah ery since you haven’t wrote any story. Hehe. Anyway esfiya gavaaidhu kiyaalaa. You’re one of the writers of this site so gavaaidhu kiyan vrh muhimmu vaane plus vrh faseyha ves vaane eirah. ☺️

  21. Maya says:
    May 21, 2019 at 3:13 pm

    Wow ?? vvvvvvvvvvvvv reethi mi episode.. Avahah up kuraane kamah ummeedh kuran… Avahah up kohdhehchey… Vhk hama ?%dheyvaru vey … V vvvvvvvv habeys…

  22. Naaya says:
    May 21, 2019 at 3:16 pm

    Love you kiyaa…. Vhk hama habeys…. Vhk hama ? %dheyvaru vey…. 31 episode avahah up kohdhehchey ?

  23. BTS for life! says:
    May 21, 2019 at 6:01 pm

    alheyy vaahaka haadha reehcheyy!! when is the next part?

  24. Shua says:
    May 21, 2019 at 8:47 pm

    Vrh vrh reethi mi part ingeyyy kiyaa darling❤?… craving for next part

  25. Cabin crew says:
    May 22, 2019 at 11:45 am

    Kihinehtha kiyaa avahah story upload kurany?

    1. Anonymous says:
      May 22, 2019 at 5:24 pm

      Admin check kohfa publish kohdheyne

  26. jiji says:
    May 22, 2019 at 6:42 pm

    Hehe..edit iny konthaakuhey mibuny aneh level 2 ge Kairin nufehnaathy..e vhk ey dear ??

  27. Jungkook says:
    May 22, 2019 at 9:22 pm

    Woww Varah reethi mi part vess ??when is the next part….

    1. baby boii JIMIN says:
      May 23, 2019 at 3:40 pm

      Are you a BTS fan?

    2. Jungkook says:
      May 23, 2019 at 11:16 pm

      Yaa BTS army ??That’s my life specially Jungkook hehe❤️?❤️?❤️

  28. Taeyong says:
    May 23, 2019 at 12:14 am

    Varah reethi when next part

  29. Sugar says:
    May 23, 2019 at 12:15 am

    Nice.

  30. Mariyanbu? says:
    May 23, 2019 at 10:39 am

    Awlheyy???
    I think hamzaa is anjal ge brother?✨
    Whn next part

  31. My says:
    May 23, 2019 at 12:33 pm

    Mi Part hama habeys… Vrh reethi… I really love it…. When next part

  32. My says:
    May 23, 2019 at 12:34 pm

    Mi Part hama habeys… Vrh reethi… I really love it…. When next part…

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ…..31←


All Right Reserved!