ބުނާށެ ލޯބި ނުވަނީހޭ…..28
މާޔޫސީ ހިތަކާއެކު ޒިވާން އެތަނުން ދިއުމަށްޓަކައި ހިނގައިގަތެވެ. ނަމަވެސް ފަހަތުން އައި އަންހެން ކުއްޖާ ގައިގައި ޖެހިފައި ޒިވާން ފައި އަރިއަޅާލިއެވެ. “ސޮރީ” ޒިވާން ވެއްޓޭހެން ހީވުމާއެކު އެކުއްޖާ ޒިވާންގެ ދެއަތުގައި ހިފެހެއްޓިއެވެ. އެކުއްޖާގެ މޫނު މަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. “އިޓްސް އޯކޭ” އަސަރެއް ނެތް ގޮތަށް ޒިވާން ބުންޏެވެ. އެކުއްޖާ އަދިވެސް ހުރީ ޒިވާން އަތުގައި ހިފަހައްޓައިގެންނެވެ. ޒިވާން ނުރުހުމުގެ ނަޒަރަކުން ބަލާލުމާއެކު އޯހް އޭ ކިޔާ އަތްދުރުކޮށްލިއެވެ. އިތުރަށް އެންމެ ފަހަރަކުވެސް އެކުއްޖާއާ ދިމާއަށް ބަލާނުލާ ޒިވާން ހަރުކޮށް ހިނގާފައި ދިޔައެވެ. އެއީ ފޮނި މީހެކޭ އެކުއްޖާ ހިތަށް އެރިއެވެ. އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. “ލީމް” ހަމްޒާގެ ފިރިހެން ވަންތަ އަޑުއިވުމާއެކު ލީމްއަށް ލޯ މަރާބާރުކޮށްލެވުނެވެ. ހަމްޒާ އޭނާ އެދުމުން ބައްދަލް ކުރަން އައިސް ދާނެކަމަކަށް ލީމް އުއްމީދެއް ނުކުރެއެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު ލީމް ހަމްޒާއާ ކުރިމަތިލިއެވެ. ހަމްޒާ ހުރީ މަޑު ނޫ ކުލައިގެ ޓީޝާޓަކާ ކަޅު ޖިންސެއް ލައިގެންނެވެ. އިސްތަށިގަނޑު ހުރީ ރީތި ގޮތަކަށް އެއްފަޅިއަކަށް މައްޗަށް ނަގާފައެވެ. ނަންބަރު އައިނު އަޅާފައި ހުރުމުން “ހެރީ ޕޯޓާ”އާ ވައްތަރު ގޮތެއް ހުއްޓެވެ. ލީމްއަށް ހިނިތުންވެވުނީ ކުޑައިރުގެ ހަނދާންތައް ސިކުނޑިއަށް ވެރިވުމުންނެވެ. “ލީމް. މަށަކަށް ވަގުތެއް ނެތް. ތި ދައްކަން އުޅޭ ވާހަކަ އަވަހަށް ދަައްކަން އުޅެ” އަތުގައި އޮތް ގަޑިއަށް ނަޒަރެއް ދެމުން ހަމްޒާ ބުންޏެވެ. ލީމް ރަސްރަންނަށް ވަންނަން ހިނގައިގަތުމުން ހަމްޒާވެސް އޭނާގެ ފަހަތުން ވަނެވެ. ލީމް ގޮސް އިށީނީ ގަނޑުވަރު ކުރިމަތީގަައި ހުރި ބެންޗެއްގައެވެ. ހަމްޒާ ނީށީންދެ ކޯޅަށް މަޑުކޮށްލިއެވެ.
“އަހަރެން މިއައީ ހަމްޒާގެ ލޮތްބަށް އެދޭކަށް ނޫން. އައި ޖަސްޓް ވާންނާ ޔުއަރ ފޮގިވްނެސް. އޭރު އަހަންނަށް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް. ހަމްޒާ މާލެއާ ފަހުން އަހަންނަށް ވިސްނުނީ. ހޫދް އަހަރެން ދޫކޮށްލުމުން އަހަންނަށް ހަމްޒާގެ ލޯބި ވަޒަން ކުރެވުނީ. ލޮތްބަކީ ކޯޗެއްކަން ވިސްނުނީ. އަހަރެން ކަރުނަ އަޅާ ނުރޯ ދުވަހެއް މަދުވާނެ. ހަމްޒާގެ މާފު ނުލިބެނީސް އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެ. އަހަންނަށް މާފުކޮށްދީ” ލީމް މިފަހަރު އެދުނީ ހަމްޒާގެ މާފަށެވެ. އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ އޭނާގެ ވާހަކަތައް ތެދުކޮށްދެއެވެ. ހަމްޒާގެ ހިތަށް އަސަރު ކުރިއެވެ. “ލީމް އަހަރެން ލީމްއަށް މާފުކޮށްފިން. އެކަމް އަހަރެންގެ ހަޔާތުން ލީމްއަށް އެއްވެސް ޖާގައެއް ނެތް. އެކުވެރިއެއްގެ ގޮތުގަވެސް ދެކެން އަހަންނަށް ވަރަށް އުނދަގޫ. މީގެ ފަހުން އަހަންނަށް މެސެޖްކޮށް ގުޅާ ނަހަދާނެކަމަށް އުއްމީދު ކުރަން” ލީމް ބޯ ޖަހާލިއެވެ. ހަމްޒާއަށް އުނދަގޫ ވާނެ ފަދަގޮތަކަށް ދެން ދުވަހަކުވެސް ކަމެއް ނުކުރާނެކަމަށް ބުނެ ވައުދުވިއެވެ.
ހަމްޒާ އެތަނުން ނުކުންނަން ދާން އެނބުރުނު ވަގުތު ރައިހާނާ އެތަނުން ފެނުނެވެ. ފޯނުން ކޮންމެސް މީހަކާ ވާހަކަ ދައްކަން ހުރިއިރު އޭމޫނަށް މަޖާ ވައްތަރު ޖައްސަމުން ދިޔައެވެ. ހަމްޒާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. “ގޯ އެންޑް ޓެލް ހާ. އަހަރެން ދުޢާ ކުރާނަން ހަމްޒާއަށް ހަމްޒާ ލޯބިވާ ކުއްޖާއާ އެއްކޮށް ރަނގަޅު ހަޔާތެއް ލިބޭތޯ. އަވަސް މުސްތަގްބަލެއްގައި އަހަންނަށް ސަޔަށް ކިޔާނެ ކަމަށް އުއްމީދު ކުރަން” އެހެން ބުނުމަށްފަހު ލީމް ދިޔައެވެ. ހަމްޒާގެ ނަޒަރު އޭރުވެސް ހުރީ ރައިހާނާއަށް ހުއްޓިފައެވެ.
ސަރްވާގެ ފޯނު ކޯލް ނިންމާލުމަށްފަހު އެނބުރުނު ރައިހާނާއަށް ހުއްޓުން އެރީ ކަޅިވެސް ޖަހާ ނުލާ އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ހަމްޒާ ފެނުމުންނެވެ. އަތުގައި އޮތް ފޯނަށް ބާރުކޮށްލަމުން ރައިހާނާއަަށް އިސްޖަހާލެވުނެވެ. އޭނާ ބޭނުންވީ އެތަނުން ދުއްވައި ގަންނާށެވެ. ހަމްޒާއަށް ނުފެންނާނެހާ ދުރަށެވެ. ނަމަވެސް އިންތަނުން އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅާކަށް ރައިހާނާއަށް ނުކެރުނެވެ. ދެލޯ މަރާލަމުން ތުންފަތުގައި ދަތް އަޅާލެވުނެވެ. “ޔޫ ލުކް ބިއުޓިފުލް” ރައިހާނާއަށް ލޯ ހުޅުވާލެވުނީ ދާދި ގާތުން ހަމްޒާގެ އަޑު އިވުމުންނެވެ. އޭރު ހަމްޒާ ހުރީ އޭނާގައި ކިރިޔާ ނުޖެހޭ ހިސާބުގައެވެ. ރައިހާނާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ރައިހާނާއަށް ހީވީ އެންޓާޓިކާގައި އިނދެވުނުހެންނެވެ. ފިނިވެގެން ގޮސް މީހާ ތުރުތުރު އަޅަމުން ދިޔައެވެ. ހަމްޒާ ފޯނު ރިންގްވާން ފެށުމުން ދުރަށް ޖެހިލާފައި ފޯނަށް ޖަވާބުދިނެވެ. ވަގުތުގެ ބޭނުން ހިފައި ރައިހާނާ ހަމްޒާއާ ވީހާވެސް ދުރަށް ދިޔައެވެ. އިތުރަށް ރަސްރަނީގައިވެސް މަޑުނުކޮށް ރައިހާނާ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
ރައިހާނާ މީ ވަރުގަދަ ކުއްޖެއްތާއޭ ހަމްޒާ ހިތަށް އެރިއެވެ. އޭނާ ފޯނަށް ޖަވާބު ދޭން ދުރަށް ޖެހިލި ވަގުތު ބަލާފައި ފިލައިގެން އެދިޔައީއެވެ. ހަމްޒާގެ ތުން ފަތް މަތީ ދުވެލީ އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ހިނިތުންވުމެކެވެ. އެހެން ލާފައި ދިޔަ ފުރާވަރުގެ ދެތިން ކުދިން އާގަމަވެފައި އޭނާއާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ.
ރައިހާނާ ބަނޑުން އެނދު މައްޗަށް ވެއްޓިގަތެވެ. ހަމްޒާ އުޅޭ ގޮތުން އޭނާ ހުރީ ބޮލަށް އުނދަގޫވެފައެވެ. އޭނާ ހަމްޒާދެކެ ލޯބިވިއަސް އެއީ އަންޖަލްގެ ލޯބިވެރިޔާކަން މަތިން ހަނދާން ނައްތައެއް ނުލައެވެ. އަންޖަލްއާއެކީ އުޅެމުން ހަމްޒާ އޭނައަށް ފްލާރޓް ކުރަން ޖެހޭ ހެއްޔެވެ. ހިތާހިތުން ރައިހާނާ ހަމްޒާއާ ދިމާއަަށް އެއްޗިހި ކިޔާލިއެވެ.
ހުކުރު ދުވަހެވެ. އަންޖަލް ބަދިގެއަށް ވަންއިރު ރާނިޔާ އުޅެނީ ވަރަށް ބުރަކޮށްލައިގެންނެވެ. ހީވަނީ ކޮންމެސް ބަޔަކަށް ކައްކަން އުޅޭހެންނެވެ. “އާނ. މީ ބައްޕަ ބުނުއްވި ވަރަށް ޚާއްސަ ދެމެހެމާނަކު އަންނާނެޔޯ. ދަރިފުޅުވެސް މެންދުރު ވާއިރަށް ރީތިވެގެން ހުންނަށްޗޯ!” އަންޖަލް ބަޔަކު އަންނަނީހޭ ސުވާލު ކުރުމުން ރާނިޔާ ޖަވާބުދިނެވެ. އަންނަނީ ސީދާ ކޮންބައެއް ކަމެއް ރާނިޔާއަކަށްވެސް ނޭންގެއެވެ.
ހަމްޒާ ގުޅާ ވަރުން ރީހާން ޝިމާން އަދި ވިޝާހް ފަތިސް ނަމާދުން ފާބައިގެން ފަސްގަޑި ބައިކަންހާއިރު ޓްރެކަށް މޫދަށް އެރެން ދިޔައެވެ. ހަތަރު ޒުވާނުންވެސް ހަމަ އެކަނި ސޯޓު ބުރިއެއް ލައިގެން ތިބިމުން އެމީހުންގެ ހަށިގަނޑު ހުރީ ހާމައަށް ފެންނަންށެވެ. މަދު މަދުން ނަމަވެސް އެ ސަރަހައްދުގައި ހިނގާލަން ނުކުމެ އުޅުނު އަންހެން ކުދިންގެ ލޮލުގައި އެހަތަރު ޒުވާނުން އަޅާގަތެވެ. ތޮށި ގަނޑުމަތީ ހުރެފައި ހަމްޒާ ޕްލެޓް ފޯމް ތެރެއަށް ބުރެއް އަޅާލިއެވެ. “ވާއު” ތަންކޮޅެއް ދުރުގައި ތިބި އަންހެން ކުދިންތަކެއް ތުލީ އަޑަކުން ބުނި އަޑުއިވުނެވެ. އެކުދިން އެތާ ތިބިކަން އެނގޭތިވެ ފޮނި ވާންވެގެން ވިޝާހްވެސް މޮޅު ގޮތަކަށް ޑައިވެއް އަޅާލިއެވެ. މިފަހަރު ކުރިއަށްވުރެ އެކުދިންގެ އަޑު ގަދަވިއެވެ. ޝިމާންއާ ރީހާން ޑައިވް އެޅުމުގެ ބަދަލުގައި އިސްކޮޅުޖެހޭ ހިސާބަށް އެރިގެން ގޮސް ޕްލެޓްފޯމަށް ދިއައެވެ. ފަރިތަކަމާއެކު ޕްލެޓްފޯމް މައްޗަށް އަރާ ދެ ޒުވާނުންވެސް އެތެރެއަށް ފުންމާލިއެވެ. “އައި ފީލް ސޯ ރިލެކްސްޑް” ދެލޯ މަރާއިގެން ގައިން ވަރު ދޫކޮށްގެން އޮވެ ޝިމާން ބުނެލިއެވެ. އެގޮތަށް ހަމަ ޖެހިލައިގެން މޫދަށް ނޭރޭތާވެސް ލައްކަ ދުވަސް ވެއްޖެއެވެ. އާ ހަޔާތެއް ފަށައިގެން އުޅެން ޖެހޭލެެއް ބުރަކަމުން މި ކަހަލަ ކަންތައްތަކަށް ވަގުތު އޮންނަނީނުވެފައެވެ. ތެދަށް ބުނަނީމަ ހުކުރު ހޮނިހިރު ދުވަހުގެ ހެނދުނަކީ އެންމެ އަރާމުކޮށް ނިދާލެވޭ ދުވަހެވެ. އޮފީސް ދުވަސްތަކުގައި ބުރަކޮށް އުޅެފައި އަރާމުކޮށްލަންށާ އާއިލާއާ އެކީ ވަގުތު ހޭދަކޮށްލަން ލިބެނީ ހުކުރު ހޮނިހިރު ދެދުވަހެވެ. “މަ ހީކުރީ ކަލޭ ރިލެކްސް ވާނީ ސަރްވާއާ އެއްކޮށް ޓައިމް ސްޕެންްްޑް ކުރީމަ ކަމަށް” ލާނެއް ކަމާއެކު ޝިމާންއާ ދިމާއަށް އެއްލޯ މަރާލަމުން ހަމްޒާ ބުނެލިއެވެ. ވަގުތުން ޝިމާން ރަކިވިއެވެ. ރީހާންއާ ވިޝާހް ތިއްބާ އެފަދަ ގޮތަކަށް އޭނާއާ ދިމާކުރުމުން ލަދުގަތެވެ. ރީހާންއާ ވިޝާހްއަށް މަޖާވެފައި ހޭން ތިއްބެވެ. “ކަލޭވެސް މީހަކާ އިންނަ ދުވަހުން މަ ބަލާނަމޭ ވާގޮތް” ޝިމާންވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. ހައެއް ޖަހަން ކައިރިވުމާއެކު ސްވިމިން އެކަޑެމީ ތަކުގައި އުޅޭކުދިން އަންނަން ފެށިއެވެ. އެކުދިން ފަތާލާފައި އުޅޭއިރު ހީވަނީ ކުދި ކުދި މަސްތަކެއް ހެންނެވެ. އަށެއް ޖެހުމުން ހަތަރު ޒުވާނުންވެސް އެއްގަމަށް އެރިއެވެ. ޕެޓްރޯލް ޝެޑްކައިރީ ހުންނަ ފެން އަޅާތަނުން ފެން އަޅައިގެން އަތްވަށް ނުކުމެ ގައިހިއްކާލިއެވެ. ޝިމާންގެ އެދުމުގެ މަތިން އަނެއް ތިން ކުދިން ދިޔައީ ޝިމާންއާ އެކީ އެގެއަށް ސައިބޯށެވެ.
ސަރްވާއާ ކައިވެނި ކުރިފަހުން ޝިމާން އުޅެނީ އޭނާއަށް ޚާއްސަ ކުރެވިފައި އިން އެޕާޓްމެންޓްގައި ވަކިންނެވެ. ދެމީހުންނަށް އުޅެވޭ ވަރުގެ ރީތި ހިތްގައިމު އެޕާޓްމެންޓެކެވެ. ސިޓިންރޫމް މާ ބޮޑު ނޫނަސް ފުދޭވަރެއްވެއެވެ. ޝިމާން އެކުދިން ގޮވައިގެން ދިޔައިރު ސަރްވާ ހުރީ ތެޔޮރޮށްޓާ ހުނި ރޮށި ފިހެ މަސްހުނި ހަދާފައެވެ. ސަރްވާއަކީ ގެވެހި ކަމުގެ ލާމަސީލު މިސާލެކެވެ. ގޭތެެރޭގެ ސާފުކަމާ ތަރުތީބުކަމަށް ބަލާލިއަސް އެކަން އެނގެއެވެ.
އެކުދިން ވަނުމާއެކު ހިނިތުންވުމަކާއެކީ ސަރްވާ އެކުދިންނަށް މަރްހަބާކިއެވެ. އެންމެން މޭޒުދޮށުގައި އިށީނުމާއެކު ސަރްވާ ސައިއެޅިއެވެ. “ދޮންތާ އައި ވޯންޓު ޓު ހޭވް ކޮފީ. އެންޑް ދިސް މަސްހުނި އިޒް އޯސަމް” ރީހާން ސަރްވާއަށް ތައުރީފްކުރިއެވެ. ސަރްވާ ހަދާ އެއްޗިހި ނުކާތާ އެތައް ދުވަހެއް ވެއްޖެއެވެ. “ރީއްކޮ ނާންނަމެންނު މިގެއަށް އެއްޗެއް ކާކަށްވެސް” ކޮފީ ތަށި ގިރަމުން ރީހާންއާ ދިމާއަށް ސަރްވާ ބުންޏެވެ. “ދޮންތަ އިންވައިޓްވެސް ނުކުރަމެއްނު. އިންވައިޓް ނުކުރަންނާ އަންނާކަށް ނުކެރޭނެެއްނު” “އާނ. ދައުވަތު ނުދިނިއްޔާ ނާންނަން ރީހާން ތީ ދުރުހިލޭ ކުއްޖެއްް ވިއްޔާ” ސަރްވާ ރީހާންއާ ދިމާއަށް ކަޅި އަޅާލިއެވެ. ރީހާންއަށް މަޖާވެގެން ހޭންފެށިއެވެ. ޝިމާން ބުނީ އެކުދިން ބޭނުން އިރަކުން ހަމަ އަންނަން ވީ ކަމަށެވެ. ވިޝާހްއާ ޝިމާންގެ ގުޅުންވެސް ބަދަހިވިއެވެ.
ގެއަށް ގޮއްސައި ރީހާން އެންމެ ފުރަތަމަވެސް ކުރިކަމަކީ އޭނާ ސަރްވާމެން ގެއަށް ދިޔަ ޚަބަރު ރައިހާނާއަށް ދިނުމެވެ. ނިކަން ފޮނިވެފައި ހުރެ ސަރްވާގެ ކޮފީއާ މަސްހުނި ކޭ ވާހަކަ ބުންޏެވެ. “ހޫން ދެން ހެވޭ. ދޮންތި ޓޫގަ މިދަނީ ކައިގެން އަންކޮމެން ގެއަށް ދާން” ރިހާން ވަގުތުން އަނގަ ސަކަރާތްވިއެވެ. ރައިހާނާ މޫނަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ. ރީހާންއާ ދިމާއަށް ދޫ ނެރިލުމަށްފަހު ކޮޓަރިއަށް ދުއްވައިގަތެވެ.
ފެންވަރައިގެން ނިކުމެ ހަމްޒާ ސޯފާގައި ޖައްސާލިއެވެ. އެހާ ފަތިހު މޫދަށް ދިއުމުން ކޮންމެސް ވަރަކަށް ނިދިއަންނަ ގޮތްވިއެވެ. އޭރު މެންދުރު ކައްކަން ތައްޔާރުކޮށް ސުނައިނާ އުޅުނެވެ. “ދޮންތާ. މިއަދު މަކާން ދަނީ ގާލްފްރެންޑްމެން ގެއަށް އިނގޭ. ބަފާއިބެ އިންވައިޓް ކޮށްފަ ބުނި މިއަދު މެންދުރު ކާންދައްޗޯ” ހަމްޒާ ނިކަން މަޖާވެފައި ބުންޏެވެ. ސުނައިނާ ކުޑަކޮށް ހައިރާންވިއެވެ. ހަމްޒާ އުޅެނީ އޭނާ ކިޔވާދޭކުއްޖަކާ ރަށްޓެހިވެގެން ކަން ސުނައިނާއަށް އެނގެއެވެ. މިޒަމާނުގައި އުޅޭ ބެލެނިވެރިން ހާދަ ކޫލްއޭ ހިތަށް އެރިއެވެ. އަންހެން ދަރިފުޅުގެ ލޯބިވެރިޔާއަށް ކެއުމަށް ދައުވަތު ދޭނީ އެހެންވެ ނޫންހެއްޔެވެ. އަދި އެވެސް ޓީޗަރެއްކަން އެނގިހުރެއެވެ. “ލޮލް. ދޮންތާ އެކުއްޖާ ބައްޕައަކަަށާ ނުވެސް އެނގޭނެ. އެނގޭނީ މީ ޓީޗާއެއްކަން. ނުވެސް ބުނަން އެގެއަށް ދާންޖެހޭ ވާހަކައެއްވެސް މަޖާވާނޭ” ސުނައިނާ މޫނަށް އެރި ކުލާވާރުތަކުން އެހިތުގައި ވީ އެއްޗެއް އެނގުމުން ހަމްޒާ ތަފްސީލްކޮށްދިނެވެ. އަންޖަލް ގެއިން އޭނާ ފެނުމުން އަންޖަލްއަށް ކުޑަވަރެއްގެ ޝޮކެއް ޖެހޭނެކަން ޔަގީނެވެ. އަންޖަލްއަށް ވާނެ ގޮތް ބަލަން އޭނާ ހުރީ މިހާރުވެސް ކެއްމަދުވެފައެވެ. އަންޖަކްގެ ބައްޕަ އޭނާއަށް ދައުވަތުދިން ވާހަކަ ހަމަ ނުބުނީ ގަސްތުގައެވެ.
މަންމައަށް ކައްކަން އެހީވެދީފައި އަންޖަލް ކޮޓަރިއަށް ވަނީ ބާރަގަޑިބައިވެސް ވީ ފަހުންނެވެ. މެހެމާނުން އަންނަންވާއިރަށް ފެންވަރައިގެން ރީތިވިއެވެ. ކަކުލާ ހަމައަށް އަންނަ ކަޅުކުލައިގެ ހެދުމެއް ލާފައި ހަމަ އެކުލައިގެ ޖިންސެއްލިއެވެ. ވަށް ބުރުގާއެއް އެޅުމަށްފަހު ދެފަރާތު ކޮނޑުގައި ދެޕިން ޖަހައި ބުރުގާ ރީތިކޮށްލިއެވެ. ގަޔަށް ސެންޓު ކޮޅެއް ބުރުވާލުމަށްފަހު ނަމާދަށް އެރިއެވެ. ނަމާދުކޮށް ނިންމައިގެން ކުޑަގޮތަކަށް ކޮޓަރިތެރެ ރީތިކޮށްލިއެވެ. ބޭރުން ދޮރު ހުޅުވި އަޑުއިވުމުން ދުވެލާފައި އަންޖަލް ގޮސް ކޮޓަރިން ނުކުތެވެ. އޭރު އެއްގަޑި ފަނަރަ ވެއްޖެއެވެ.
އަޒްހަދް ކާން ގެނައި ދެމެހެމާނުންނަކީ ހަމްޒާއާ ޒައިދްއެވެ. އަޒްހަދް ހަމްޒާއަށް ޒައިދް ތައަރަފުކޮށްދިނެވެ. ހަމްޒާ ރީތި ހިނިތުންވުނަކާއެކު ޒައިދްއާ ސަލާންކޮށްލިއެވެ. އަންޖަލްގެ ހިސްޓްރީ ޓީޗަރު އެގެއަށް ކާން ގެނައުމުން ރާނިޔާއަށް ހައިރާންކަން ލިބުނެވެ. އެހެނަސް އަޒްހަދްގެ މެހެމާނަކަށް ވުމުން މޫނު މަތިން އެކަން ނުދައްކާ މެހެމާނުންނަށް މެހެމާންދާރީ އަދާކުރިއެވެ.
ދުވެލާފައި ކާގެއަށް ވަން އަންޖަލްއަށް ހަމްޒާ ފެނުމާއެކު އަނގަޔަށް ގޮތެއް ހަދާލެވުނެވެ. ހަމްޒާ ހުރީ އަޅި ކުލައިގެ އަތްދިގު ގަމީހަކާ ކަޅު ޖިންސެއް ލައިގެންނެވެ. އެހެންދުވަސް ދުވަހާ ޚިލާފަށް ގަމީހުގެ ކަރުގޮށް އަޅުވާފައި އަތްވެސް ހުރީ ނޯޅައެވެ. އިސްތަށިގަނޑު ކުޑަކޮށް ދިގުވެފައި އޮތްއިރު އޮތީ އެެއްވެސް ތަރުތީބެއް ނެތް ގޮތަކަށެވެ. ނަންބަރު އައިނު އަޅާފައި ހުރުމުން އަންޖަލްއަށް ހަމްޒާ ވައްތަރުވީ “ގޮބްލެޓް އޮފް ފަޔަރ” ގައި “ހެރީ” ހުންނަ ގޮތާއެވެ. މީގެ ކުރިން “ހެރީ” އާ ހަމްޒާ ވައްތަރުކަމެއް އަންޖަލްއަކަށް ފާހަގެއެއް ނުވެއެވެ.
“އަންކޮ. ކިހިނެއްތަ؟ ދުވަސްގަނޑެއް ވެއްޖެ ދޯ ނުފެންނަތާ. މިހާރު ހާދަ ބޮޑު ވެއްޖޭ!” އެތައް ދުވަހެއް ކޮށްފައި ޒައިދްއަށް އަންޖަލް ފެނުނުއިރު އެކުއްޖާ އެވަނީ ޒުވާން ރީތި ކުއްޖަކަށް ވެފައެވެ. ފިރިހެނުން އެންމެ ހިތްކިޔާ ފަދަ ސިފަތަކެއް އަންޖަލްއަށް އެވަނީ ލިބިފައެވެ. ބޭބެގެ ދަރިފުޅު ފިރިހެނުންގެ ކިބައިން ސަލާމްތަކޮށްދިނުމަށް ޒައިދްއަށް ދުއާ ކުރެވުނެވެ. އަންޖަލް ހީލާފައި އޭނާ ރަނގަޅުކަމަށް ބުންޏެވެ. ބޮޑުބޭބެއާ އެހާ ދިމާނުވަތީ އަންޖަލް ހުރީ ކޮންމެސް ވަރަކަށް ލަދުންނެވެ. އަޒްހަދް އެދުނީ ރާނިޔާއާ އަންޖަލްވެސް އެމީހުންނާ އެއްކޮށް ކެއުމުގައި ބައިވެރިވާށެވެ. އަޒްހަދް ގަސްތުގައި އަންޖަލްއާ ހަމްޒާ ޖެހިޖެހިގެން ބޭތިއްބިއެވެ.
އެންމެ ދެމެހެމާނުންނަށްޓަކައި ރާނިޔާ ވަރަށް ސާމާނު ތައްޔާރުކޮށްފައި ހުއްޓެވެ. ބިރިޔާނިއާ ރީތި ބަތުގެ އިތުރަށް ފްރައިޑް ރައިސް ހުއްޓެވެ. މުގުރިހައާ ކުކުޅު ރިހާ ޑެވިލްްްޑް ޗިކަންއެވެ. ދެވައްތަރެއްގެ ސެލެޑަކާ ޕާޕަރު ހުއްޓެވެ. ވައްތަރަކުން އެއްޗެއް ހަމްޒާ އެޅިއެވެ. ކޭގަޑީ ހަމްޒާގެ އާއިލާއާ ބެހޭ ގޮތުން އަޒްހަދް ސުވާލުކުރިއެވެ. ބައްޕަ އަނެއްކާ އެއުޅެނީ ކިހިނއްްވެގެންބާއޭ އަންޖަލްގެ ހިތަށް އެރިއެވެ. އޭނާއާ ހަމްޒާއާ ދެމެދު ގުޅުމެއް އޮތްކަން ބައްޕައަށް އެނގުނީހެއްޔެވެ. ހަމްޒާވެސް ކުޑަކޮށް ޖެހިލުންވިއެވެ. އަޒްހަދަށް ކަމެއް އެނގުނިބާއޭ ހިތަށް އެރިއެވެ. އެހެނަސް އެކަން ނުދައްކާ ހަމްޒާ ޖަވާބު ދިނެވެ. ހަމްޒާ އޭނާގެ މަންމަ ދުނިޔޭގައި ނެތް ވާހަކަ ބުނުމާއެކު އަޒްހަދްއަށް ހީވީ ކައިކައި އިން އެތިކޮޅު އަރުތެރޭގައި ތާށިވިހެންނެވެ. ހިތުގައި ރިހުމެއް އުފެދި ލޮލުން ކަރުނަ ހިލުނެވެ. އެހެނަސް އެކަކަށްވެސް ފާހަގަނުވަނީސް އަޒްހަދް ކަރުނަތައް ފުހެލިއެވެ. ފެންތަށިން ފެންފޮދެއް ބޯލީ ކަރުތެރެ ރަނގަޅުވޭތޯއެވެ. ފެންފޮދު ދިރުވާލެވުނީ ނުހަނު އުނދަގުލުންނެވެ. ހީވީ ގާގަނޑެއް ދިރުވާލަން އުޅުނު ހެންނެވެ.
ކައިނިމިގެން ޚަބަރު ބަލާލަން އެންމެން ސޯފާގައި އިށީނެވެ. އަޒްހަދް އަންޖަލް ގާތު ހަމްޒާއަށް ދުފާ ތަބަށް ގެނެސް ދިނުމަށް އެދުނެވެ. ހަމްޒާ އަކީ ދުފާ މީހެއް ނޫންކަން އަންޖަލްއަށް އެނގެއެވެ. ހަމްޒާއާ ދިމާއަށް ބަލާލެވުނީ އެހެންވެއެވެ. ހަމްޒާ ލޮލުގެ އިޝާރާތުން އެދުނީ ގެނައުމަށެވެ.
އޭނާ ފެނުމުން އަންޖަލްއަށް މާބޮޑު ގޮތްތަކެއް ނުވުމުން ހައިރާންވުމަށްވުރެ ބޮޑަށް ހަމްޒާ ހިތްހަމަ ޖެހުނެވެ. އަންޖަލް އަމިއްލައަށް އޭނާއާ ވަކިވެއްޖެޔާ ކިހާ ރަނގަޅު ހެއްޔެވެ. އޭރުން އޭނާ އަންޖަލްގެ ހިތް ހަލާކުކޮށްލި ކަމަކަށް ނުވާނެއްނޫން ހެއްޔެވެ. އިރުކޮޅަކުން ދާން ވެއްޖެ ކަމަށް ބުނެ ހަމްޒާ ތެދުވިއެވެ. އަޒްހަދްއާ ރާނިޔާއަށް ޝުކުރު އާދާކުރަމުން ކާއެއްޗިހި ވަރަށް މީރު ކަމަށް ހަމްޒާ ބުންޏެވެ.
ހަމްޒާ ގޮސް ގެއިން ނުކުންނަށް ދޮރު ހުޅުވާލިގަޑިއާ ބޭރުން ދޮރު ހުޅުވާލި ގަޑިއާ ވީ އެއްގަޑިއަކަށެވެ. އޭނާ ދޮރުގައި ހިފިލެއް ބާރުކަމުން ބޭރުގަ ހުރި މީހާ އައިސް އޭނާގެ ކުރި މައްޗަށް ވެއްޓެން ދިޔައެވެ. ބަލާކަށް ނުހުރެ އަވަސް ހަރަކާތާއެކު ހަމްޒާއަށް އެކުއްްޖާގެ އުނގަނޑުގައި ދެއަތް ވަށާލެވުނެވެ. ވެއްޓުނުގަތީ އެކުއްޖާ ލައްވާލި ތޫލި އަޑުން އެއީ ކާކުކަން ހަމްޒާއަށް އެނގުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
39 Comments!
Comments are closed.






Salam. Here is 28th part of bunaashey lobi nuvanyhey. Hurihaa kudhinnah ves kamudhaane kamah ummedhu kuran. Baeh kudhinnah mi part kuruvedhaane. Ekam 1500 ah vure ginain liyevunyma hithah ery up kohlaanyey thikudhin inthizaaruga nubai thibba. Kuryge part ah reply nukuriyas kiyaalin. Overall koh comment kuri kudhinnah varah bodah thanks. Time nuvaathy reply nukurevigen miulheny. Mi baige comments thakah reply kureveytho try kuraanan. In Sha Allah. Next part Friday ga ISA
Friday v ma 2parts up kohdhehchey
Vrh reethi mi part ves.. ??Waiting for next☺☺
Thanks nervi?
Alhey kiyaaaa. ……
Heeves nukoh hutta thi up kollee……
I am surprised………
Kiyaalaafa comment eiy kollanan ingey dear…❤❤❤❤❤
First dhw
Story Hama v v salhi
Dhen avahah hamzaa n rai gulhuvaba
Angle hamzaa aee beybe kan ingeyni Kon iraku
Waiting
Mifaharu first eh noon dhw. Thanks dear. Adhi kuda dhvaskolhakah inthizaaru kohlla
come on kiyaa pls tell anjal ge dad kairy ga bunaashey that they are related???
Adhi kuda dhuvaskolhakah wait kohlla
story varah vae furihama
Thanks dear
This part is great ❤️❤️❤️ Next part avahah up kohllachey… Keep it up kiyaara ????
Thanks dear. Mi balany vyhaaves avahah up kurrveytho
Varah reethi mivaahaka ❤
Thanks dear♥️
Alheyyy kiyaaraa❤❤❤❤❤❤❤❤❤❤❤❤❤
Mi part ves varah loabi???????????
Hamza gaiga laigaiy kujjakee raihaanaa dhoa……
Anyways dhonthi storyge kuda kuda mistake eiy faahaga kolladheynan. ??????
Aslu gnaviyani liyanjehey thanthaa hunnanee noonu liyefa.
Gnaviyani liyumattakai shift ‘N’ beynun kureema gnaviyani liyeveyne. ???????
Pls mi comment negative koh balai nugannachchey??????
Just for your information kiyaaraa???????
Konme gotheiy viyas mi story hama varah reethi ingey.
I really really really love your stories..
Take care kiyaaraa..
Love you so much❤❤❤❤❤❤❤❤❤❤❤❤❤
Thanks dear. Dhennoii part un ingeynedhw eii kaakukan. Oh yeah aslu yageen nuvaathy nooni jahaafa ehery thank u ingey bunedhinyma kuriah huri parts thakuga ekan rangalhu kohlaanan In Sha Allah. U tooo tc. Love you too♥️
Me first dhw
Mi faharu first en noon dhw. Dhen faharakah try kohlla
Mi prt vvvvvvv reethi.. alhe anjal ge dad truth buneythw mi inthizaaru kurany… Majaa vaane varah e prt..
Thanks. Adhi kuda dhuvaskolhakah inthizaaru kohlla
Hahaha Rai e vehtigathiii hamza eyna hifahahtaa thi vahtala nulaa?????
???
Alhey…… azhadh kiyeh ve tha hurihaa vaahaka eh kiyaa nudhiny i think its the perfect time to tell every thing raihaanaves huhtaa bunyma kudakon shoking vaany…..
Mi part ves varah reethi ingey masha allah now am curiously waitting for next part….
Kiyaa varah molhu vaahka liyan masha alllah….
Thanks dear. Adhi kuda inthizaareh lohllaningey. Dhen neii ma gina dhuvaheh
Masha allah vvvvv reethi mi part ves… Can’t wait to see rai and hamza together and also hamza kaari azhadh ebunan ulhey ehcheh engeyne dhuvahakah… Waiting for the next part curiously ????????
Thanks dear. Just wait for few more days
Varah reethi . Next part varah dhigu kohlahchey. I ah thankolheh kuru Mi part ves. And please let anjals dad tell him that he is her step bro. Or related. Please kiya. Dhen Mi vaahaka mee hiyaalee noonee Aslu vaahaka ehtha??❤❤
Thanks dear. Try mikurany vihaaves dhigukoh avaskih genesdheveytho. Adhi kuda dhuvaskolheh inthizaaru kohlla. Miee hama khiyaly vaahaka eh.
Haha… Bodu kameh… Ryhana thi vrh Antarctica ah dhanya mashah penguin eh genesdgeyn v nu… Ehnya… Hamza fenna irah Antarctica ah… Anehka Hamza akee penguin eh tha
?????
OMG????….kihinehbaa mivy…kiyaa this part is soooo nyc…vvv interesting….kiyaa bunebala anjal ge dad kairiii e vhk bunan…hehe❣❣❤❤??????????….Lysm dear??????
Ly2 dear.yea kiyara bunaanan ingey azhadh gaathu avahah bunaashey
Jiji, hw old re u? ?
???Miny bunyma bunaany..hehe
yes jiji I also want know how old r u
13 lol ???
OMG.. kiyaa darlin mi part vx vrh reethi?… cnt wait to read next part..
??????Kiyaaraa kon dhuvahakutha dhen oiy part up kuraanee?????
I am waiting impatiently…..i hope dhen oiy part ves varah hiygaimu vaanekamau…. lasnukoh upkodhdhechchey
❤❤❤❤❤❤❤❤