Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ……25

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
May 9, 2019 4 Mins Read
63 Comments

އަންޖަލްއަށް އާއެކޭ ބުުނެގެން ކުރެވުނީ މޮޔަކަމެކޭ އެތައް ފަހަރަކު ހިތަށް އަރަމުން ދިޔައެވެ. މިހާރުދެން އެ ނިކަމެތި އަންހެން ކުއްޖާގެ ހިތް ހަލާކުކޮށްފައި ވަކިވާކަށް ހަމްޒާއަކަށް ނުކެރޭނެއެވެ. ލޯބިވާ މީހެއްގެ ފަރާތުން ކެހި ލިބުމުން ހިތުގައި އަޅާ ވޭން ހަމްޒާވަނީ ތަޖްރިބާކޮށްފައެވެެ.
*******
ލީމްއާ މެދު ހަމްޒާގެ ހިތުގައި އުފެދެމުން އަންނަ ޖަޒުބާތަށް ދޭނެ ނަމެއް ޚުދު ހަމްޒާއަކަށްވެސް ނޭންގޫނެވެ. ދެލޯ އާބަދުހެން އެދެނީ ލީމް ދުށުމަށެވެ. އެއަޑު އަހާނުލާ ލޮލަށް ނިދިވެސް ނާދެއެވެ.
ހަމްޒާއަށް އުފާވެރިކަން ލިބުނީ އެއްދުވަހަކު ލީމް އޭނާ ދެކެ ލޯބިވާ ވާހަކަ އަމިއްލައަށް ބުނުމުންނެވެ. އުފަލުން ގޮސް އެދުވަހު އުޅެވޭ ނޫޅެވޭއެެއްވެސް ހަމްޒާއަކަށް ނޭންގެއެވެެ. މުޅި ދުނިޔެއަށް ސިއްރުން ލީމްއާ ހަމްޒާ އެމީހުންގެ އެކުވެރިކަން އިތުރު ހަރުފަތަކަށް ގެންދިޔައެވެ. ހަމްޒާ ކިޔެވުމާ ދުރުވެ އަބަދުހެން ލީމްއާއެކީ އަތިރިމަތީގައި ވަގުތުތައް ހޭދަކުރަން ފެށިއެވެ.
ހަމްޒާއަށް އާއެކުވެރިޔަކު ލިބިގެން ދިޔައެވެ. އެއީ އެރަށު ހޮސްޕިޓަލަށް ގެނައި ޑޮކްޓަރު ޝާމިންގެ ދަރިފުޅު ޝިމާންއެވެ. ހަމްޒާމެން ގެއާ ޖެހިގެން ހުންނަގޭ އުޅޭތީވެ ޝިމާންއާ ހަމްޒާގެ އެކުވެރިން ބަދަހިވިއެވެ. އެކަމުގެ ސަބަބުން ހަމްޒާއަށް އިތުރު އުފާވެރިކަމެއް ލިބެގެން ދިޔައެވެ. ލީމްގެ އިތުރަށް އޭނާއަށް ހަނގާ ނުކުރާ އެކުވެރިއެއް ލިބުނީމައެވެ. ދެތިންމަސް ތެރޭ ޝިމާންއާ ހަމްޒާގެ އެކުވެރިން ވަރުގަދަވެ ބަދަހިވިއެވެ. ހަމްޒާއާ ލީމްގެ ގުޅުން ފުރަތަމަ ފަހަރަށް ހަމްޒާ ޝިމާންއާ ހިއްސާކުރިއެވެ. ޝިމާންއަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. އެރަށު އެންމެ ނަން ހިނގާ ގޭ ކުއްޖަކާ ރަށްޓެހިވެގެން ލީމް އުޅޭ ކަމުގެ ޚަބަރު ޝިމާންއަށް ވަނީ ލިބިފައެވެ. އެކުވެރިޔާއަށް ދެރައެއް ވާން ނޭދޭތީވެ ޝިމާންއަށް އެވާހަކަ ހަމްޒާ ގާތު ބުނެވުނެވެ. ހަމްޒާ އެވާހަކަ ގަބޫލެއް ނުކުރިއެވެ. ލީމްއޭ ކިޔައިގެން އެފަދަ ވާހަކައެއް ދެއްކުމުން ޝިމާންދެކެ ރުޅި އާދެވުނެވެ.
ލީމް އެކުއްޖާޔާ ރަށްޓެހިވެގެން އުޅޭކަން ޝިމާއަށް ޔަގީންވުމާއެކު އޭނާ ބެލީ ހަމްޒާއަށް އެވާހަކަ ކިޔާދޭނެ ގޮތަކާ މެދުގައެވެ. އެކުއްޖާޔާ ރަށްޓެހިވެގެން އުޅެ ލީމް ހަމްޒާއާ ގުޅުނީ ކީއްވެބާއޭ ޝިމާން ހިތަށް އެރިއެވެ. ޝިމާން އެއްރެއަކު ލީމްއާ އޭނާެގެ ލޯބިވެރިޔާއަށް ފާރަލިއެވެ. ތިން ރޭ ވަންދެކަށް އެތަނަށް އެދެމީހުން ދިޔައެވެ. ހަތަރު ވަނަ ރޭ ޝިމާން އެ މީހުން ބައްދަލުކުރާ ތަނަށް ދިޔައީ ހަމްޒާ ގޮަވައިގެންނެވެ. ހަމްޒާ ސުވާލުކޮށްކޮށްވެސް ކީއްކުރަން ކަމެއް ޝިމާން ނުބުންޏެވެ.
ޝިމާންއަށް ނުތަނަވަކަން ލިބުނީ އެހެން ރޭރެއާ ޚިލާފަށް ލީމްއާ އޭނާ ރަށްޓެހިވެގެން އުޅޭ ކުއްޖާގެ އިތުރަށް އެހެން ބައިވަރު ކުދިންވެސް އެތަނުގައި ތިބުމުންނެވެ. ބަލާބެލުމަށް ހީވަނީ ބާބަަކިއުއަކަށް ތައްޔާރުކޮށްފައި އޮްތްހެނެވެ. ތަންކޮޅެއް ދުރުގައި އަތް ޖޯޑުކޮށްގެން ތިބި ލީމްއާ އޭނާގެ ލޯބިވެރިޔާ ޝިމާންއަށް ފެނުނެވެ. ޝިމާން އަނގައިން ބަހެއް ބުނުމަކާ ނުލާ އަތުގެ އިޝާރާތުން ހަމްޒާއަށް އެމީހުން ދައްކާލިއެވެ. ހަމްޒާގެ ހިތުގެ ހިނގުން ސިކުންތުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ޝިމާން މަޑުކުރުމަށް ބުނުމުންވެސް ހަމްޒާ އެމީހުންނާ ދިމާއަށް ހިނގައިގަތެވެ.
ލީމް ސިިހުނީ ހަމްޒާ ގޮވާލުމުންނެވެ. ސިހިފައި ލޯބިވެރިޔާގެ އަތުން އަތް ދޫކޮށްލެވުނެވެ. އޭރު އެތާ ތިބި ހުރިހާ ކުދިންގެ ނަޒަރު އެމީހުންނަށްވަނީ ހުއްޓިފައެވެ. ބައެއް ކުދިން ސިއްރު ސިއްރުން ކޮންމެސް އެއްޗެކޭ ކިޔާ މަލާމާތް ކުރާ ޒާތަށް ހީގަނެއެވެ.
ހަމްޒާގެ މޫނު ފެނުމުން ލީމް ހީލިއެވެ. ކުރިއަށްވުރެ ބޮޑަށް ލޯބިވެރިޔާއާ ގާތްވެލިއެވެ. “ވެލް ވެލް ހަމްޒާ. ދިސް އިޒް މައި ބޯއި ފްރެންޑް ހޫދް” ހަމްޒާއަށް ހީވީ އޭނާގެ ހިތަށް މީހަކު ފައިން އަރާ ޗިސްކޮށްލިހެންނެވެ. ހިތަށް ވީ ތަދާއެކު ލޮލަށް ކަރުނަ ޖަމާވިއެވެ. “ހެހެހެ. ބޮޑެތި ފިރިހިނެނުންވެސް ރޮއެތަ؟ އޫޕްސް މަހަނދާން ނެތުނީއޭ. މިއީ އަސްލު ފިރިހެން ސިފަ ލިބިފަހުރި އަންހެއް ކުއްޖެއްކަން!” ހޫދް އެހެން ބުނުނާއެކު އެންމެން ހޭންފެށިއެވެ. މިފަހަރު އެހުނުމުގައި ލީމްވެސް ބައިވެރިވިއެވެ. “ލީމް! ލީ…މް…ބުނީމެއްނު.. އަހަރެންދެކެ ލޯބިވެއޭ … ދެން ކީއްވެ؟” ރޮވިފައި ހުރުމުން ވާހަކަ ދައްކަން ހަމްޒާއަށް އުނދަގޫވިއެވެ. ލީމް ހިނިގަނޑެއް ޖަހާލިއެވެ. “ޕުފް. މަ ކަލޭދެކެ ލޮތްބެއް ނުވޭ. ތީދެން މީހަކު ލޯބިވާނެ ސިފައެއްވެސް ލިބިފަ ހުރި މީހެއްތަ؟ މީހާ ހިކިކަމުން އިލޮއްޓެން ހެން ހީވަނީ. ލޮލް. ދެން އެހާ އަވަހަށް ރޮވޭ. ބޮޑު ރަނޑާއްޔެއް. އެހާ ހިތްބަލި. ކަލޭދެކެ ލޯބިވުމަށްވުރެ އެހެރެ ގަސްދެކެ ލޯބިވިއަސް މާރަނގަޅުވާނެ. މަ އަދި ރަނގަޅަކަށް އެހީ ވެދިނީތީ މާ ހިތްމޮޅުވެގެން މަ ލޯބިވަނީކަމަށް ހީކޮށްގެން އުޅެފިއެއްނު. ދުވަހަކު ކޮޅުން އިންނާނެ މީހަކުވާނެ ކަމެއްވެސް ނޭންގެ. ބުނަން މަ ކަލޭދެކެ ލޮތްބެއްނުވޭ. އޭރު އެހެންބުނީ ބެޓަކަށް. ދެން ކަލޭ މާ އާސްމާނަށް އަރައިގެން އުޅުނީ” ލީމްގެ ރަހުމް ކުޑަ ބަސްތައް ހަންޖަރެއް ފަދައިން ހަމްޒާގެ ހިތަށް ހެރުނެވެ. ހަޔާތުގައި ދުވަހަކުވެސް އެހާ ދެރައެއްނުވެއެވެ. އެތާތިބި ހުރިހާ ކުދިން އޭނާއަށް މަލާމަތް ކުރަމުން ދިޔައެވެ.
ޝިމާން ހުރި ރުޅިއައިސްގެން ފަޅައިގެން ދާން ކައިރިވެފައެވެ. “ކަލޭމެން އެންމެނަށް ހަލާކުހުރި. ހަމްޒާއަށް މަލާމަތްކުރާއިރު ކަލޭމެން ތީ މާ މާތްބައެއްތަ؟” ޝިމާން ރުޅި އައިސްގެން ހަޅޭއްލަވައިގަތެވެ. ހިނދުކޮޅަކަށް އެންމެން މައިތިރިވިއެވެ. “ހެހެހެ. ގާއިޒް މީ ހަމްޒާގެ ބޯއިފްރެންޑް ޝިމާން” ޝިމާންގެ ރުޅި ގަނޑު ފަޅައިގެން ދިޔައީ އޭނާއާ ހަމްޒާގެ އަޚްވަންތަކަމުގެ ގުޅުމަށް ހޫދް ނުބައި ތުހުމަތެއް އެޅުވުމުންނެވެ. އައި ރުޅީގައި ގޮސް ހޫދްގެ މޫނު މައްޗަށް އެތި ފަހަރެއް ވީއްލާލިއެެވެ. އެއަށްފަހު ހަމްޒާ ގޮވައިގެން އޭނާ ގެއަށް ދާން މިސްރާބް ޖެހިއެވެ. އޭރުވެސް ހަމްޒާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އެންމެން ތެރޭ ލީމް އޭނާ ލަދުގަންނަވާލީއެވެ. ލޯބިވާ ކަމަށްބުނެ އޮޅުވާލީއެވެ. އެހިތް ކުދި ކުދިކޮށްފިއެވެ. އޭމާ ފަގީރުވުން އެއީ އޭނާގެ ކުށެއް ހެއްޔެވެ؟ އޭނާ ލަދުރަކިވުން އެއީ އޭނާގެ ކުށެއް ހެއްޔެވެ؟ ހަމްޒާގެ ސިކުނޑި ސުމަކަށް ދާވަރުވިއެވެ. އަމިއްލަ ނަފްސުދެކެ ފޫހިވިއެވެ. އަމިއްލަ ނަފްސު ގެއްލި ހަލާކުކޮށްލަން ބޭނުންވިއެވެ.
ހަމްޒާ އެތައް ދުވަހެއް ވަންދެކަށް ހިތާމަ ކުރިއެވެ. ނިދުމާ ކެއުމާ ބުއިމާ ދުރުވިއެވެ. އޭގެ ސަބަބުން އިތުރަށް ހަށިގަނޑު ނިކަމެތިވިއެވެ. ހަމްޒާ އެހެން އުޅެން ފެށުމުން ޝިމާން ވެގެން އުޅޭ ގޮތް ސުނައިނާއަށް ކިޔާދިނެވެ. އޭނާގެ ކޮއްކޮއަށް ދިން ދެރައަށް ބަދަލުހިފަން ބޭނުންވިއެވެ. އެހެނަސް އޭގެ ބަދަލުގައި ސުނައިނާ ބެލީ ހަމްޒާއަށް ވިސްނާދެވޭ ތޯއެވެ.
ޝިމާންއާ ސުނައިނާގެ އެހީއާއެކު ހިތާމައިން އަރައިގަންނަން ހަމްޒާ މަސައްކަތް ކުރިއެވެ. ގޯސް މަގަކުން ދިއުމުގެ ބަދަލުގައި އިތުރު ހިތްވަރެއްލައި ގަދަޔަށް ކިޔަވަންފެށިއެވެ. ހިތްމަތާއެކު ހަމްޒާކުރި މަސައްކަތުގެ ނަތީޖާ ވަރަށްވެސް ފޮންނެވެ. ސާނަވި އިމްތިހާނުގައި މުޅި ރާއްޖެއިން އެއްވަނަ ހޯދިއެވެ. އެެކުއްޖަކަށްޓަކައި މުޅި ރަށުގޫ އެންމެންނާއި ޓީޗަރުން ފަޚުރުވެރިވާފަދަ ކުއްޖަކަށްވިއެވެ. ޝިމާންގެ މައިންބަފައިންނާއި ސްކޯލާޝިޕްގެ އެހީއާއެކު މަތީސާނަވީ ތައުލީމް ހާސިލްކުރަން ހަމްޒާ ލަންޑަނަށް ދިޔައެވެ. ފަސް އަހަރު ލަންޑަންގައި އުޅެފައި އޭނާ ރާއްޖެ އެނބުރިއައިރު މުޅި މީހާ ހުރީ ބަދަލުވެފައެވެ.
******
ހީނަރުވެފައި އޮތް އަންޖަލްއާ އޭނާގެ ގުޅުން ރަނގަޅުކުރަން ރައިހާނާ މަސައްކަތް ކުރިއެވެ. ކުރިއެކޭވެސް އެއްފަދައިން ގިނައިން އަންޖަލްއަށް ގުޅަންފެށިއެވެ. ދެކުދިން އެއްކޮށް ލައިބްރަރީއަށް ގޮސް ހަދައެވެ. ބައެއް ފަހަރު ހަމްޒާވެސް އަންޖަލްއާއެކީ ދެއެވެ. ރައިހާނާއަށް ކިތަންމެ އުނދަގޫ ވިއަސް އެކަން ނުދައްކާވޭތޯ މަސައްކަތްކުރެއެވެ. ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އޭނާގެ ހިތުން ހަމްޒާގެ ނަން ފުހެއެއް ނުލެވުނެވެ. ހަމްޒާގެ ހާލަކީވެސް އެއީއެވެ.

ދުނިޔެމަތި ރީތިކޮށް އޮވެފައި ކުއްލިއަކަށް ބަނަކޮށްލިއެވެ. އިޝާ ނަމާދުން މީހުން ފޭބި ގަޑީ ވައިބާރުވެ ވާރޭ އޮއްސާލުމުގެ މަލަމަތި ފެންނަމުން ދިޔައެވެ. ވާރޭ އޮއްސާލުމުގެ ކުރިން ގެއަށްދެވޭތޯ ކޮންމެ މީހަކުވެސް ހަަރަކާތްތައް އަވަސް ކުރަން ފެށިއެވެ. ހަމްޒާވެސް ވާރެ އޮއްސާލުމުގެ ކުރިން އަވަހަށް ގެއަށް ދެވޭތޯ ހިނގައިގަތެވެ. އޭނާ މިސްކިތަށް ދިޔައީ ސްކޫލްގައި މަސައްކަތެއް ކުރަން އިނުމަށްފަހު ކަމަށްވުމުން ލެޕްޓޮޕް ދަބަސް ކޮނޑުގައި އިނެވެ. ހަމްޒާއަށް ދެވުނީ ވަކި ހިސާބަކަށެވެ. ބޯކޮށް ވާރޭ އޮއްސައިގަތެވެ. ވާރެއިން ސަލާމަތްވުމަށްޓަކައި ހަމްޒާ ދުވެފައި ގޮސް ފިހާރައެއްގެ އަސްކަނި ދަށަށްވަނެވެ. އޭރު އޭނާ ހުރީ ކޮންމެސް ވަރަކަށް ތެމިފައެވެ. ބޮލުގެ އިސްތަށިގަނޑުން ފެންތިކި ފައިބަމަމުން ދިޔައެވެ. ތުނިކޮށް ފަޅާފައިހުރި ތުނބުޅީގައިވެސް ފެނުގެ އަސަރި ކޮންމެސް ވަރަކަށް ހުއްޓެވެ. ލައިގެން އިން ނޫކުލައިގެ ޖިންސުގެ ޖީބުން ފޯނުނަގައި ގަޑި ބަލާލިއެވެ. އެއަށްފަހު ސުނައިނާއަށް ގުޅާފައި ވާރޭވެހެތީ ގެއަށް ދެވޭނީ ލަހުން ކަމަށް ބުންޏެވެ.
ފޯނު ނިންމާފައި އަނެއް ފަރާތަށް އެނބުރުނު ހަމްޒާ ސިއްސައިގެން ދިޔައީ ދުވެފައި އަސްކަނި ދަށަށް ވަން އަންހެންް ކުއްޖާ އޭނާގައިގައި ޖެހުމުންނެވެ. “ސޮރީ އައި” ރައިހާނާއަށް ހީވީ އޭނާ ކަރުތެރޭގައި އެއްޗެއް ތާށިވިހެންނެވެ. އެހާ ކައިރިން ހަމްޒާގެ މޫނު ފެނުމާއެކު ނޭވާލާންވެސް ހަނދާންނެތުނެވެ. މުޅި މީހާ ގައިން ހީބިހި ނަގައި ހަށިގަނޑުއެކީ ގަނޑުވިހެން ހީވިއެވެ.
ހަމްޒާގެ ހާލަކީތޯއެވެ. ވާރެއާ ތެމުމުގެ ސަބަބުން ރައިހާނާގެ މޫނު މަތީގައި ވާރެތިކިތައް ހުއްޓެވެ. ފިޔާތޮށިކުލައިގެ ތުންފަތުގައި ޝަބްނަމްތަކެއްހެން ވާރެތިކި ހަރުލާފައި ހުއްޓެވެ. ރައިހާނާ ލައިގެން އިން ހެދުން ހުރީ ގައިގައި ތަތްލާފައެވެ. ދެޒުވާނުންގެ ހަތަރު ކަޅި ވަނީ ބައްދަލުވެފައެވެ. ނަޒަރު ވަކިކުރަން ދެމީހުންކުރެ އެކަކު ހިތަށްވެސް ނާރައެވެ. ލޮލުން އެކަކު އަނެކަކަށް އެތައް ވާހަކައެއް ކިޔާދެމުން ދިޔައެވެ. ދެމީހުންގެ ލޮލުގައިވި ހިތާމައިގެ އަސަރު ދެމީހުންނަށްވެސް ފާހަގަވިއެވެ.
ހަމްޒާގެ ހިއްސުތައް ހޭލައްވާލިއެވެ. ހިތް އެދި ގޮވަމުން ދިޔައީ ރައިހާނާގެ ތުންފަތުގައި ބޮސްދޭށެވެ. ތިބެވުނީ މަގުމަތީގައި ކަންވެސް އެކަކުގެ ހަނދާނަކުވެސް ނެތެވެ. އެހެން ހުރިހާ ކަމެއް މަތިން ހަނދާންނެތި ދެޒުވާނުންވެސް ތިބީ އަމިއްލަ ދުނިޔެއަށް ގެއްލިފައެވެ.
“މިހާރުގެ ކުދިންނަށް ނޯންނާނެ ތަނެއް ތަނެއް. ކޮންމެތާކުވެސް ކަސައޮޓީ ކުޅެންވީ!” ދެމީހުންނަށްވެސް ތިބެވުނީ ފިހާރައަށް ވަންނަ ދޮރު މަތީކަން ރޭކައިލީ މުސްކުޅި ފުރައިގެ ދެން އަންހެނަކު އައިސް ކުދި ކިޔާލުމުންނެވެ. ސިހިފައި ދެމީހުން ދުރަށްޖެހި އެ ދައްތަމެންނަށް ވަންނަން ތަން ދެއްކިއެވެ. އޭރު ލަދުން ގޮސް ދެމީހުންވެސް ތިބީ ހަލާކުވާން ކައިރިވެފައެވެ. ރަކިވީ ވަރުން ހަމްޒާ ބޮލުގެ ފުށްކިބައިގެ އިސްތަށިގަނޑު ތެެެރެއަށް އަތްމަހީލިއެވެ. ރައިހާނާ ގައިގެ ހުރިއްޔާ ހުރި ލެޔެއް މޫނަށް ޖަމާވެފައި ހުރިިއިރު އިސްފުލާލާއި ބަލާލަންވެސް ނުކެރުނެވެ.
ވާރޭ ހުއްޓާލުމާއެކު ދެމީހުންވެސް އަސްކަނި ދަށުން ނުކުތެވެ. ހަމްޒާއަށް ބަލާލުމެއްވެސް ނެތި އިސްޖަހައިގެން އިނދެ ރައިހާނާ ހިނގައިގަތެވެ.

ލެޕް ޓޮޕް ދަބަސް ސްޓަޑީ ޓޭބަލް މަތީ ބޭންދުމަށްފަހު ހަމްޒާ އެނދުމައްޗަށް ވެއްޓިގަތެވެ. ލޯމަރާލުމާއެކު ރައިހާނާއާ އެކީ ހޭދަވި މަދު ސިކުންތުކޮޅި ސިފަވިއެވެ. އޭއާއެކު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ކިތަންމެ މަދު ސިކުންތުކޮޅެއް ނަމަވެސް އެއީ އޭނާގެ ހަޔާތުގައި ވަރަށް ޚާއްސަ ވަގުތުކޮޅެކެވެ. އަންޖަލްއާއެކީ ހޭދަކުރި ދެމަސް ދުވަހަށްވުރެ ޚާއްސަ އަދި އުފާވެރި ވަގުތުކޮޅެކެެވެ. ރައިހާނާގެ ލޮލުން އޭނާއަށްޓަކައިވި އިހްސާސްތައް ހަމްޒާއަށް ފެނުނެވެ. އޭނާއަށްޓަކައި ރައިހާނާގެ ހިތުގައި ޚާއްސަ މަގާމެއް ވާކަން ހަމްޒާއަށް މިރޭ އެނގިއްޖެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ……24

Next

ވިންދޭ ލޯބި ތީ އެދޭ 52

Next
May 9, 2019

ވިންދޭ ލޯބި ތީ އެދޭ 52

Previews
May 9, 2019

ބުނާށެ ލޯބި ނުވަނީހޭ……24

63 Comments!

  1. Shambbx says:
    May 9, 2019 at 10:19 pm

    Yey me first

    1. Shambbx says:
      May 9, 2019 at 10:26 pm

      V. Salhi dhen rai n angel ge Friendship save vee ekamvx Angel n hamza dhemeehunge e gulhundhw.kobaatha hamza n Angel ge dad nuvey tha adhivx e vaahaka kiyaadheyn finally hamza is happy rai aai eku kuda time eh heydhakohlevuneethee rai vx ….rai u r going to be his gf soon be patience…..kiyaa sis I loved it this is the way it has to go ekam ingaa dhw balamaa vaane gotheh neygeyne buney viyya love you so much sis keep the updates coming kurin bunihen Ingey ☺️???????☺️????????❤️?❣??????????????❣?❤️???????kazauty zindhageegee ????????????????❤️????❣?????????❤️?❣????

    2. Kiyara says:
      May 10, 2019 at 7:32 pm

      Yes ure first sham..hehehe yea hinaa vaa goii balamn..luv u more ans thanks

  2. Ibsha says:
    May 9, 2019 at 10:24 pm

    Varah reethi

    1. Kiyara says:
      May 10, 2019 at 7:33 pm

      Thanks dear

  3. Eekkoo says:
    May 9, 2019 at 10:26 pm

    Wow! Mipaat ves varah reethi and thankolheh kuru ??btw whn nxt part??❤

    1. Kiyara says:
      May 10, 2019 at 7:34 pm

      Thanks u dear ..ye ehen part thakah vure kuruvaane. Mihaaru ihnnane next part up kohffa.

  4. ??? says:
    May 9, 2019 at 10:50 pm

    ??????Rai aai hamza oohhh salhi vaguthu kolheh dhenn dhekudinn gulhuvaba nooni rai ge ❤️2?? vedhaane??

    1. Kiyara says:
      May 10, 2019 at 7:35 pm

      Thanks u dear.. hehe dhen neii maagina dhuvaheh ingey. ISA varah avaha thikam vaane

  5. Anonymous says:
    May 9, 2019 at 11:00 pm

    Masha Allah!! Hama kiyaafa vx engey mee kiyara ge story eh kan.. I mean its jxt superb!! Kiyaa ge raasthaa vrhak hen mi vrhak vx hama varaaaaah lwbi??? dhn e vrhak aa dhw compare kureveyney cx eiy mihaa thanah kiyun enme reethi eh vrhak.. anyways hama keep going engey.. May God bless you gal??? n if photo ga in hen Hamza hunna nama I would have been head over heels mihaaru. Hehe☺☺

    1. Kiyara says:
      May 10, 2019 at 7:38 pm

      Ameen. Thank u sooo much dear. Varah ufaavehjje anonymous ah kamudhiyaeema. Hehe hamza dhw….??

  6. Mishya says:
    May 9, 2019 at 11:11 pm

    Kyaa story V V reethi… ????

    1. Mishya says:
      May 10, 2019 at 4:22 am

      Sorry ‘Kiya’….

    2. Kiyara says:
      May 10, 2019 at 7:38 pm

      Thanks ♥️

  7. azker says:
    May 10, 2019 at 1:45 am

    oooooo I’m loving this… ❤️❤️❤️

    1. Kiyara says:
      May 10, 2019 at 7:39 pm

      Thanks ♥️

  8. bestie says:
    May 10, 2019 at 4:24 am

    Wowwwwww…this story is awesome.❤️❤️❤️??????…waiting for the next part…

    1. Kiyara says:
      May 10, 2019 at 7:40 pm

      Thanks ♥️ mihaaru ihnane upkohffa

  9. Cherry says:
    May 10, 2019 at 4:36 am

    Kiyaa story is best ❤️❤️❤️❤️
    But thankolheh kuru ????

    1. Kiyara says:
      May 10, 2019 at 7:40 pm

      Thanks ♥️ yea dhen in part dhigu vaane.

  10. Kitty says:
    May 10, 2019 at 10:50 am

    Omg… This part was cute????maashaa allah… Varah reethi.. Alhey avahah dhn oih part vex neredhyba plx kiyaa darla… Can’t wait for that part…. I just love ur story… ??????.. Much love????

    1. jiji says:
      May 10, 2019 at 6:47 pm

      Kitty handhaan kuraathi miadhun feshigen thy mage frend eh noooooooon ???????????????????????????

    2. Kiyara says:
      May 10, 2019 at 7:41 pm

      Awwwn thanks kitty. Mihaaru ihnnane dhen in part up kohllafa. Luv ya tooo ??

    3. jiji says:
      May 10, 2019 at 7:55 pm

      Kitty dear..its not me..understand plc?….wat the hell the one who is commenting by using my name is doing….jiji huvaa kohfa bunan it’s not me nd dhuvahehge kolhun vec thikudhinnaa vakivaakah neydhen…u guys r really important fr me???

    4. jiji says:
      May 10, 2019 at 7:56 pm

      Kitty darla..aee jiji eh nooney inge…that’s someone else ….Jiji beynumeh noon thi kudhinnaaa rulhi vaakah…plc understand ??

    5. Kitty says:
      May 10, 2019 at 9:28 pm

      I dont want trust u jiji i can’t be your friend enymore sorry… byee

    6. jiji says:
      May 11, 2019 at 9:33 am

      Eyh kitty ge namuga thi gothah tlk nukurey inge…I knw that’s someone else doing like that…I will not forgive u that thigothah meehun ge namuga tlk kurangna..remember that?…
      Nd kitty understand? ….Someone is tlking by using our names…Just want to hama e meehehge moonu mahchah ethi fahareh aruvailan ..ehaa vec rulhi aissi emeehaku dheke??

    7. Kitty says:
      May 11, 2019 at 10:13 am

      Jiji gabool nukurias kurias ehen buny hama kitty

  11. Raihaana says:
    May 10, 2019 at 11:35 am

    Omg.. haadha ehn kahala time kolhekey fihaara kairy heydha kurevuny.. dhn Hamza n raii ge ekahala accident thah gina kolla kiyaa.. ingey.. stry vvvvvvvvvvvvvvvvv salhi.. luvv itt..

    1. Kiyara says:
      May 10, 2019 at 7:49 pm

      Thank u… Yeah adhi miee feshumeh adhi ekahala baivaru accidents ebahuri kuriah ISA

  12. Dhonthee says:
    May 10, 2019 at 12:16 pm

    Kiyaaraa …….
    Neynge bunaane echchevves.
    Heevanee hama filmeiy kulheveyhen?????
    Vaahaka kiyan innairu neynge indhevey thanves. Dhaththamen enmen thibbaves awwwn ey buneleveyne. Hehehe?????
    Kiyaaraahge stories vvvvv furihama . Good luck nd keep it up dear kiyaaraa❤?????❤???????????????????

    1. Kiyara says:
      May 10, 2019 at 7:43 pm

      Thank you.. hhehe. Alheyy varah ufaavehjje story kamudhiyaema

  13. Potato pie says:
    May 10, 2019 at 12:24 pm

    Alhey anjal ge dad then haqeegeh kiuaadhybala…eyrun hamxa and anjal rulhi vaany….rai and hamxa gulhuvaba….vishaah and anjal…
    I love this stry..awesome..maasha allah you are one of the best writer
    …vvvvvv happy way ehaa avsa avaha ep thah genes dheythy……i hope next part ves hama ehaa avahah genesdheyne kamah

    1. Kiyara says:
      May 10, 2019 at 7:45 pm

      Thanks uuuu. Kiyara ves varah happyve readers abdhuves thi gothah support dheythyve. Konme dhuvahaku vaahaka up kyrevenyves thi kudhin dhe support ge sababun

  14. Raihaana says:
    May 10, 2019 at 12:26 pm

    Ahren vvv loabivey hamaza dheke….haadha inthixaareh kuramey…dhen aharenakah noolheveyne….come back to my life….aharen nah ingey hamza ves loabi vany ahren dheke kan…..plx plx plx buneba thi dhulun lobivey

    1. Kiyara says:
      May 10, 2019 at 7:48 pm

      Awwnnnn. Yeah hamza rai dhera nukkoh avaha buneba loabi vaa vaahaka

  15. someone says:
    May 10, 2019 at 12:29 pm

    Vvvvv lobi mi part

    1. Kiyara says:
      May 10, 2019 at 7:49 pm

      Thank u…

  16. Dram queen says:
    May 10, 2019 at 12:31 pm

    Hamxa i luv u….. aharen vvv j vey u anjal aa eku ulhey knme faharaku….dhen buneba lobiveyey

    1. Shambbx says:
      May 10, 2019 at 5:00 pm

      Ooh drama queen lalalalaaa j vehje saabas ehen viyya ???? Jiji finally a drama queen is here

    2. jiji says:
      May 10, 2019 at 7:00 pm

      ??YeSh yesh cry baby ??

    3. Shambbx says:
      May 10, 2019 at 7:13 pm

      Jiji aargh u r the cry baby here hehehehe

    4. Kiyara says:
      May 10, 2019 at 7:50 pm

      Hehehe haadha ginaey hamza dheke loabi vaa kudhin dhww

  17. Shua says:
    May 10, 2019 at 2:21 pm

    Omg i luv the way hamza n rai spent a few seconds in this part… vrh shuaa hope kuran miavure gina vaguthu edhemyhun miavure maa ufaaveri koh adhi maa gina vaguthu heyydhakuraane kama❤… m craving 4 next part…

    1. Kiyara says:
      May 10, 2019 at 7:51 pm

      Hehehe hahyea adhi edhekudhinge bai othy kuriah mihaaru ihnnany next part up kohllafa

  18. Shua says:
    May 10, 2019 at 2:25 pm

    Mifaharu neyynge vaane gothe vx jiji darlin a part kiyaafa… shuaa ge hih bunanii ufalun goss enme fahun heyynetheyynii hen? jux kiddin darlin

    1. Kiyara says:
      May 10, 2019 at 7:51 pm

      Hehehe dhw kiyaravesihury jiji ah vaa ne gotheh neyngifa

  19. Shua says:
    May 10, 2019 at 2:31 pm

    *mi part kiyafa

    1. jiji says:
      May 10, 2019 at 6:46 pm

      Vvvvv fooohi vey you dheke miadhun feshigen thy magey frend eh noooon ???????

    2. jiji says:
      May 10, 2019 at 6:58 pm

      Eyh Kyhve jiji ge namuga comment kurany???not fare ingey…nan hus v thr alhe jiji ge name in tlk kuran?…Shua dear it’s not me…that’s someone else…Plc shua understand vahche…jiji beynumeh noon thi kudhinnaaa rulhi vaakah..jiji ge namuga thi faadah comment kuri meehaku kuryma vv rulhi aihsi… Shua aee jiji eh nooney …jiji eyru ol vec nuvan ??

    3. Shua says:
      May 10, 2019 at 9:26 pm

      CANT UNDERSTAND jiji akah dhuvahaku ves maafeh nudheynah… adhi bunan shua aa dhimaala thihen bunefa adhi buneybaehnu jiji eh noooney so sorrry… ummurah salaaaaam ??????????????????????????????????????????????????????

    4. Shua says:
      May 10, 2019 at 9:26 pm

      CANT UNDERSTAND jiji akah dhuvahaku ves maafeh nudheynah… adhi bunan shua aa dhimaala thihen bunefa adhi buneybaehnu jiji eh noooney so sorrry… ummurah salaaaaam ??????????????????????????????????????????????????????

  20. jiji says:
    May 10, 2019 at 5:27 pm

    Yesh shua?❤?…mi part kiyaafa jiji hama hey nunethi myny hama kiriyaa..Alhey rai nd Hamzaa ge e oh lwbi kameh dhw… kiyaafa !!u r talented….I luv the way hw u r bringing the story?❤?…Plc rai nd Hamza ge mikahala moments gina kurahche…Lysm
    ?❤?

    1. Kiyara says:
      May 10, 2019 at 7:53 pm

      Awwwwnn thank u i waited for ur comment jiji. Yea balaanan vyhaabes cute adhi Gina scenes genesdheveytho luv u tooo

  21. Shua says:
    May 11, 2019 at 12:59 am

    Omg god shuaa ge namu ga kaaku tha e vahak e dhahkaaiii… jiji darlin its not me… m not that rude to talk like that sh**t… adhi kiriyaa mi fenuniii vx…. plx believe me jiji darlin… shuaa eh noon… i knw there is someone who is talking like a shi**t by using our names? got to farah boli hilaan emyhaku?

    1. jiji says:
      May 11, 2019 at 9:26 am

      Yesh I knw It’s not u kan…bt furathama e comment ky gadyga hiyy falhain nugos hury hama kiriya…By Seeing this I knew it’s not u kan…nd yeah,,,jiji ge namuga vec ehaa rude koh kohfa aee jiji eh noon..plc understand ….?

  22. Kitty says:
    May 11, 2019 at 10:14 am

    Jiji gabool nukurias kurias ehen buny hama kitty

    1. jiji says:
      May 11, 2019 at 10:22 am

      Thy kitty eh noon..thihen bungnas gaboolu eh nukuraanan In Sha Allah..thy thibunaa shaamin ehnu…huh?…adhi bunan..aharun ge friend ship bimaa hama kuran masahkaiy nukuraathi ingey..nd thigothah tlk kuryma faidhaa kurany kamah heevangna aee kuh heeyeh..Understand!!!!??

  23. Kitty says:
    May 11, 2019 at 10:35 am

    Sorrry jiji thats ham me… not thikiyaaa shaamin asluves jiji pls try to understand….

  24. Shaamin says:
    May 11, 2019 at 10:37 am

    Kitty ebuny thedheh ahren nooolhen kitty ge namuga comment kohgen…. !!!!!! anways u ge fonikan mi site ah nudhahkaa mom menah dhahkaa….. hehe mithaaga heyolafaa viyas lifestyle gengulheny vvvv foni kon jiji

  25. Thoo says:
    May 11, 2019 at 4:44 pm

    Kitty ah hedhigen thi comment kuraa myhaku hama ladheh nuganeytha!??!!… Bala my roadha mahey… Roadha nuves hifaa kanneyge…. Hama Allah deke biru ganna kamuge emme kanfulhehves nei fennaakah…. Roadhamahu dhuvaalu myhun ge dheythere jahsan thi kuraa masahkathah libeyny varah hithi nathyjaa eh… Maaih allah ge koafa libeyne kan kashavaru…. Islaam dhynuga onna gkthun nama myhunge theythere jahsaa hadhaa myhunnah Maaih allah ge koafaa noon ehcheh nulibeyne kan…. Eyaky bkdu vgn vaa faafaehkan hama neyngenytha…. Saabas thi myhakah… Ladhey kiyaa ehcheh thi myhaku gaiaga asha ganefa nei kan eba feney… And shaamin dhw… Wow… Varah reehchah game kulhemun thi dhany… Ingijje… Kittyge namuga comment koh ninmaalaafa irukolheh nuve shaamin ves msg kohfi…. And thihaa avahah thi comments thakeh kureveyny emme myhakah eves eki meehunge namuga… Common sense hurii myhakah engeyne ekan… Moya eh dhw thiya e… Hasadha lagen thiulheny alhe konkamakaa tha…. Thi kameh hahlu kohgn ulheba… Comment kuraathanuga enmity nu ufahdhaa…

  26. Shua says:
    May 11, 2019 at 6:33 pm

    Ofcourse jiji darlin shua ingeyyy jijj thi gothakah vahaka shuaa nudhahkaane kan.. plus hama ekani shuaa ekanye noon enmen aa vx ehaa frndly koh vahaka dhahkaa kujje thyyy. God has blessed me with a good frnd… m so proud to b ur frnd dear… dsnt matter v couldnt meet face to face… but who knws in future…

  27. Naii says:
    May 20, 2019 at 7:40 pm

    Mithaa ulhey meehun keehve tha jiji aa alhaagane gen thi ulhenee.. jiji e meehun kiyaa ehchehi ignore kurey.. ans nukurey.. jiji ge friends nukuraane ekahala comments eh.. they will understand jiji nubuniyas if they are jiji ge friends ah vejjeyya.. so go ahead jiji.. im with you.. mi comments kiyaafa hithah eri ehchehi mi bunananee.. Naii nethin meehunna rilhi ais gen ehchehi kiyaakah.. u know people use my names too.. but i don’t reply them, i just ignore them.. mihaaruaadha vejje egothah.. so jiji i hope you will think about it and people using others ge names ve ekan dhookolla.. Allah vodigenvaane kuraa hurihaa kameh ves

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ….26←


All Right Reserved!