ވިންދޭ ލޯބި ތީ އެދޭ 51
އަޝްރާ ދިޔުމުން ނާއިލް އޭނަގެ ގޮނޑީގައި ބުރަކަށި ޖައްސާލާ ދެލޯ މަރާލިއެވެ. ޚުދު އޭނައަށްވެސް މިކުރެވޭ އިހުސާސްތަކެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނައަށް ބޮޑު ބަދަލެއް ގެނުވައިފިކަމެވެ. ތާއަބަދުމެ އޭނަގެ ދެލޯ އެދި ހޯދަނީ އަޝްރާގެ ރީތި ސޫރައެވެ. ހިނިތުންވެފައިވި އެރީތި މޫނު ފެނުމުން އޭނަގެ ހިތަށް ފިިނިކަމެއް ލިބެއެވެ. އަޝްރާއާއެކު ވަގުތު ހޭދަކުރުމަށް އޭނަގެ ހިތް އެދެއެވެ. އޭނައާއެކު ސަމާސާކޮށް ހަދާލުމުން ހިތަށް އުފާވެރިކަން ލިބެއެވެ. އަބަދުމެ ކަހަލަ ގޮތަކަށް އޭނަގެ ހިތާއި ސިކުނޑީގައި ވަނީ އަޝްރާގެ ޚިޔާލުތަކެވެ. ބުނެދޭން ނޭނގޭ އިހުސާސްތަކެއް އޭނަގެ ހިތުގައި އުފެދިފައިވާއިރު އެއިހުސާސްތައް ދަނީ ދުވަހެއް ދުވަހަކަށް ފުންވަމުންނެވެ.
އަޝްރާ އޭނަގެ ކެބިންގައި ހުރި ސޯފާގައި ގޮސް އިށީނެވެ. ސިކުނޑީގައި އުފެދިފައިވި ހައިޖާނުގަނޑުގެ ސަބަބުން އޭނާ އިނީ އުނދަގޫވެފައެވެ. ނާއިލްގެ ފަރާތުން ފެނުނު ސީރިއަސްކަމުން ނާއިލްގެ ހިތުގައި އޭނައަށްޓަކައި އެފަދަ އިހުސާސްތަކެއް ނުވާކަމަށް އަޝްރާއަށް ވިސްނުނެވެ. ހިނދުކޮޅަކަށް އޭނައަށް ނާއިލްގެ ދެލޮލުން ތަފާތު ކަމެއް ފެނުނެވެ. އެދެލޮލުން އޭނައަށްޓަކައި ޚާއްސަކަމެެއް ފާހަގަކުރެވުނެވެ. އެހެނަސް ހިނދުކޮޅެއްގެ ތެރޭގައި އެކަން ބަދަލުވެ ދިޔައީއެވެ. ނާއިލް ބެހެއްޓި ދުރުކަމުން އަޝްރާގެ ހިތަށް އުނދަގޫވިއެވެ. ނާއިލްގެ ފަރާތުން ކުރިން ލިބުނު ގާތްކަމަށް އޭނަގެ ހިތް އެދެން ފެށިއެވެ. އެހެނަސް ނާއިލްގެ ދުރުކަމުން އޭނަގެ ވިސްނުން ބަދަލުކުރުވައިފިއެވެ. އަޝްރާ ދެކުނު ގޮތުގައި ނާއިލްގެ ފަރާތުން އެލިބުނު ގާތް ކަމަކީ ނާއިލްގެ ހިތުގައި އޭނައަށްޓަކައި އެއްވެސް އިހުސާސެއް އުފެދިފައިވުމުން ލިބުނު ގާތްކަމެއް ނޫނެވެ. ނާއިލް އެވަގުތު އޭނަގެ ބޭނުން ހިފާލީއެވެ. އޭނަ ކަހަލަ މީހަކާމެދު ނާއިލްގެ ހިތުގައި އެފަދަ އިހުސާސެއް އުފެދޭނީވެސް ކިހިނެއް ހެއްޔެވެ؟ ނާއިލް އޭނަދެކެ ނުލާހިކު ފޫހިވެއެވެ. އޭނަގެ މިޒާޖުތަކަކީ ނާއިލްއަށް ކަމުދާ މިޒާޖުތަކެއް ނޫނެވެ. އޭނަދެކެ ނާއިލް ދުވަހަކުވެސް ލޯތްބެެއް ނުވާނެއެވެ. އެހެން ހިތަށް އެރުމުން އަޝްރާގެ ހިތަށް ތޫނު ތަދެެއް އިހުސާސްކުރެވުނެވެ. އިޚްތިޔާރުން ބޭރުގައި ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. ވިސްނުމަށް ގެއްލިފައި އިން އަޝްރާއަށް ރޭކާލީވެސް ކޯތާފަތުން ތިރިއަށް ދެމިގެންދިޔަ ހޫނު ކަރުނައިގެ އިހުސާސްވުމުންނެވެ. ލިބުނު ސިހުމުގައި މަޑުމަޑުން އަތުން ކޯތާފަތުގައި ފިރުމާލެވުނެވެ. އަތުގައި ކަރުނައިގެ ތެތްކަން ހުރުމާއެކު އަޝްރާއަށް ހައިރާންކަން ލިބުނެވެ. ލޮލުން ކަރުނަ އަންނަހާ އޭނަގެ ހިތަށް އެކަމުން އަސަރުކުރުވީ ހެއްޔެވެ؟ ނާއިލްގެ ގާތްކަމާއި ސަމާލުކަން އޭނައަށް އެހާ މުހިއްމުވީ ހެއްޔެވެ؟ އޭނަގެ ހިތަށް ކުރުވި ފުން އަސަރުން އަޝްރާއަށް އެހިތުގައި ނާއިލްއަށްޓަކައި އުފެދިފައިވަނީ އާދައިގެ އިހުސާސެއް ނޫންކަން ދެނެގަންނާކަށް ގިނަ ވަގުތެެއް ނުނެގިއެވެ. އޭނައަށް ހަމަ ރަނގަޅަށްވެސް ނާއިލްދެކެ ލޯބިވެވިއްޖެއެވެ. އޭނަގެ ހިތުގައި އުފެދިފައިވަނީ ލޯބީގެ ފުން އިހުސާސެވެ. ހިނދުކޮޅަކަށް އޭނައަށް އަތަށް ބަލަހައްޓާއިގެން އިނދެވުނެވެ. އޭރުވެސް އޭނަގެ ސިކުނޑީގައި ތަފާތު އެކި ޚިޔާލުތައް އެނބުރެމުން ދިޔައެވެ. ކިތަންމެ ލޯބިވިނަމަވެސް އެލޯބި އޭނަގެ ހިތުގައި ފޮރުވާލަން އަޝްރާ ނިންމިއެވެ. ނާއިލްގެ ހިތުގައި އޭނައަށްޓަކައި އެއްވެސް އިހުސާސެއް އުފެދިފައިނުވާއިރު ބުނުމުގެ ބޭނުމެއް ކޮބާ ހެއްޔެވެ؟ ނާއިލްއަށް މިކަން އިނގިއްޖެނަމަ އޭނައަށް މަލާމާތްވެސް ކޮށްފާނެއެވެ. މިފަދަ ޚިޔާލުތަކުން އޭނަގެ ސިކުނޑި ވަނީ ފުރި ބާރުވެފައެވެ. ކަރުނަތައް ފޮހެލުމަށްފަހު ހަމަޖެހެން މަސައްކަތްކުރަމުން އަޝްރާ އޭނަގެ މޭޒު ގާތަށް ގޮސް މަސައްކަތެއް ކުރެވޭތޯ ބެލިއެވެ. އޭނާ ބޭނުންވަނީ އެޚިޔާލުތަކާ ދުރަށްދާށެވެ. ވީވަރަކުން އެޚިޔާލުތަކުން އެއްފަރާތްވެ މަސައްކަތަށް ސަމާލުކަން ދެމުން އަޝްރާ ކުރިއަށް ދިޔައެވެ.
އެނދުގެ ހެޑް ބޯޑުގައި ލެނގިލައިގެން ބާލީހެއްގައި ބައްދާލައިގެން އިން ޝަމްހާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އެދޮން މޫނުގައި އެއްވެސް އުޖާާލާކަމެއް ނުވެއެވެ. އެއްވެސް ދިރުމެއްނެތެވެ. މޫނު މަތީގައިވަނީ މާޔޫސްކަމާއި ހިތާމައިގެ ކުލަވަރުތަކެވެ. އޭނާގެ ހަޔާތަށް ގެނުވި ބަދަލެއްގެ ސަބަބުން އޭނާ މުޅިން ބަލިކަށިވެއްޖެއެވެ. ކުރެވުނު އެތައް މަސައްކަތަކަށްފަހުވެސް އަލޫފްގެ ލޯބި ކާމިޔާބުނުވުމުން ހިތަށް ލިބިފައިވީ މާޔޫސްކަމާއި ހިތްދަތިކަމެވެ. އޭނައަށް ކަންތައް ކުރެވުނު ގޮތް ހިތަށް އެރުމުން އޭނަގެ ހިތުގައި ރިއްސާލިއެވެ. ހިތަށް ނުތަނަވަސްކަން ވެރިވެ ހިތުގެ ހަމަޖެހުން ވަނީ ގެެއްލިފައެވެ. ބައެއް ފަހަރު އޭނައަށް މިހެންވުން ހައްގޭވެސް ހިތަށް އަރައެވެ. އޭނައަށް މިންހާ އާއި މެދު ކަންތައް ކުރެވިފައިވަނީ އެހާވެސް ނުބައިކޮށެވެ. ކައިރީގައި އޮތް ފޯނު ނަގައި ސްކްރީންނަށް ބަލަހައްޓާއިގެން އިންއިރު ޝަމްހާގެ ލޮލުން ފެންނަނީ އާދޭހުގެ އަސަރުތަކެވެ. ސްކްރީނުން ފެންނަމުންދިޔަ އަލޫފްގެ ފޮޓޯއަށް ނަޒަރު ހުއްޓާލައިގެން އިން ޝަމްހާއަށް ދޮރާއި ދިމާލަށް ބަލައިލީ ދޮރު ހުޅުވާލި އަޑު އިވުމުންނެވެ. ދޮރުން އެތެރެއަށް ވަން ޝާއިރާ ފެނި ޝަމްހާ އަވަސް އަވަހަށް ކަރުނަތައް ފޮހެލިއެވެ. ”މަންމާ… ތިޔޯ ކޯންޗެއް… ދެންމެއެއްނު ކެއީ… ” ޝާއިރާ އަތުގައި ހުރި ކުދިކޮށް ކޮށާފައިހުރި މޭވާ ތައްޓާއި އޮރެންޖު ޖޫސްތަށި ފެނި ޝަމްހާއަށް ބުނެލެވުނެވެ. ” ދަރިފުޅު ކެވުންތަ މެންދުރު… މޮޑުނު ބަތްކޮޅުވެސް އެއްކޮށް ނުކެވުން… މިހާރު އެއްވެސް އިރަކު ރަނގަޅަކަށް ނުކައި… އަވަހަށް މިމޭވާކޮޅާއި ޖޫސްތަށި ބޯލާ… ” ސައިޑް ކަބަޑު މަތީ ގެނައި މޭވާ ތައްޓާއި އޮރެންޖު ޖޫސްތަށި ބަހައްޓަމުން ޝާއިރާ ވާހަކަ ދެއްކިއެވެ.
” މިވަގުތު ކާހިތެއްނެތް މަންމާ… ” ޝަމްހާގެ ޖަވާބަކަށްވީ މިހާރަކަށް އައިސް އެއްޗެއް ކާން ބުނެފިނަމަ އަބަދުވެސް ދޭ ޖަވާބެވެ. ” ތީ މިހާރު އަބަދުވެސް ދަރިފުޅު ބުނާ އެއްޗަކީ ކާން ބުނެފިނަމަ… ކިހިނެއްތަވެގެން ތިއުޅެނީ ދަރިފުޅާ… ކަމެއް ގޯސްވީތަ… މަންމަ ގާތުވެސް ބުނީމައެއްނު އެހީއެއްވާންވެސް އިނގޭނީ… އޮފީހުުންވެސް ދިހަ ދުވަހުގެ ޗުއްޓީއެއް ނަގައިގެން އަބަދު ގޭގަ ކޮޓަރީގަ ތިއޮންނަނީ… ރަނގަޅަށް ކަނީކީ ނޫން… ބޭރަށް ނުކުމެލަނީކީވެސް ނޫން… މޫނު މަތިން އަބަދުވެސް ފެންނަނީ ހިތާމައިގެ އަސަރުތައް… ދަރިފުޅު ކޮން ކަމަކާތަ ތި ހިތާމަކުރަނީ… އަލޫފް އާ ދެކުދިން މައްސަލައެއްޖެހުނީތަ… އަލޫފްވެސް އީލާފްވެސް ދަރިފުޅާ ބައްދަލުކުރާކަށް ނާދޭ މިގެއަކަށް މިހާރު… ދަރިފުޅުވެސް އެގެއަކަށް ނުދޭ… ފޯނު ކޯލެއްވެސް ކޮށްލާ ތަނެއް ނުފެނޭ… ކިހިނެއްތަވެގެން ތިއުޅެނީ… ” ޝާއިރާ ނުހަނު ކަންބޮޑުވެފައި ވާހަކަ ދެއްކިއެވެ. މަންމަގެ ވާހަކަތަކުން ޝަމްހާގެ ދެލޮލަށް ވަގުތުން ކަރުނަތައް ޖަމާވިއެވެ. އިތުރަށް ކެތްނުކުރެވުމުން މަންމަގެ އުނގުގައި ބޯ އަޅާލިއެވެ. އެއާއެކު ހޯސްލާފައި ދެލޮލުން ހޫނު ކަރުނަތައް ފައިބައިގަތެވެ. ” ދަރިފުޅާ ޝަމްހާ… ކިހިނެެއްތަ ވަނީ… ބުނެބަލަ މަންމަ ކައިރި ވީގޮތެއް… ” ޝަމްހާގެ މަޑު ގިސްލުމުގެ އަޑު އިވުމުން ކުރިއަށްވުރެވެސް ބޮޑަށް ކަންބޮޑުވެފައި ޝާއިރާއަށް ބުނެލެވުނެވެ. ” މަންމާ… އަލޫފް… އަލޫފް އަހަރެން ދޫކޮށްލައިފި… އޭނަ ދެން ނާންނާނެ… އަލޫފް… އަލޫފް އަހަރެންދެކެ އެެއްވެސް ވަރަކަށް ލޯތްބެއްނުވޭ… އަލޫފް ލޯބިވަނީ… އަދިވެސް… މިންހާދެކެ… ” ރޮމުން ގިސްލަމުން ވާހަކަ ދެއްކި ޝަމްހާގެ އަޑު ޝާއިރާއަށް އިވުނީ ކެނޑިކެނޑިގެންނެވެ. ޝަމްހާ ކުރު ގޮތަކަށް ކަންތައް ހިނގާދިޔަ ގޮތް ކިޔައިދިނެވެ. އޭނާގެ ވާހަކައިން މިހާރު ދެރަވާކަން ވަރަށް ރަނގަޅަށް ހާމަވެއެވެ. ޝާއިރާ ޝަމްހާގެ ވާހަކަތައް އަޑުއަހަން އޭނަގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިނެވެ. އެތައް އިރަކު ޝަމްހާ ރުއެވެ. ޝަމްހާގެ ރުއިން ހުއްޓުނީ ޝާއިރާގެ އެތައް އާދޭހަކަށް ފަހުއެވެ.
” ދަރިފުޅާ… ކުށްކުރެވޭނީ އިންސާނުންނަށް… ދަރިފުޅުގެ އިހުސާސްތައް މަންމައަށް ވިސްނޭ… އެކަމަކު ދަރިފުޅު އަލޫފްގެ ލޯބި ހޯދުމަށް އިޚްތިޔާރު ކުރީ ގޯސް މަގެެއް… ދަރިފުޅު ކަންތައް ކުރީކީ ރަނގަޅަކަށް ނޫން… އެކަމަކު މިހާރު އެކަން ގަބޫލުކުރަމެއްނު… ދެން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރަން އަމިއްލަ ނަފްސަށް ވައުދުވެ މިންހާގެ ކިބައިން މަޢާފަށް އެދެންވީ ދަރިފުޅު… އޭރުން ހިތަށް ހަމަޖެހުން އިހުސާސްކުރެވޭނީ… ލޯތްބަކީ އެއްވެސް ހާލެެއްގައި ގަދަ ބާރުން ހޯދޭނެ އެއްޗެއްނޫން… އެކަން ހަނދާން ބަހައްޓަންވާނެ އިނގޭ… މަންމައަށް ޔަގީން ދަރިފުޅު މަޢާފަށް އެދުނީމަ މިންހާ މަޢާފު ކުރާނެކަން އިންޝާ ﷲ… އެއީ ވަރަށް އަޚްލާޤް ރަނގަޅު ކުއްޖެއް… ” ޝަމްހާގެ ދެއަތުގައި ހިފަހައްޓާއިގެން އިނދެ ޝާއިރާ ނަސޭހަތްތެރިވަމުން ދިޔައެވެ. މަންމަގެ ވާހަކަތައް އަޑުއަހަން ޝަމްހާވެސް މަޑުމައިތިރިކަމާއެކު އިނެވެ. އެވާހަކަތަކުން އޭނަގެ ހިތަށް ކުޑަ ހަމަޖެހުމެެއް ލިބިގެން ދިޔައެވެ. އޭނާވެސް ބޭނުން ވަނީ ވެދިޔަ ކަންތަކަށް މަޢާފަށް އެދޭށެވެ. ޝަމްހާ ބޭނުންވީ އެވަގުތުން އެވަގުތަށްވެސް މިންހާއަށް ގުޅާ ވާހަކަ ދައްކާށެވެ. އެހެނަސް އެކަން މަނާ ކުރީ ޝާއިރާއެވެ. ” ފުރަތަމަ މޭވާކޮޅާ ޖޫސްތަށި ހުސްކުރޭ… ރަނގަޅަށް ނުކައި ހުރެގެން ބަލި ބޮޑުވެދާނެ… މިހާރުވެސް ތިއުޅެނީ ވަރުބަލިވާތީ… ކައިގެން ހަމަޖެހިގެން ތިކަމާ އުޅެންވާނީ… ” ޝާއިރާ އެހެން ބުނުމުން ޝަމްހާ ފޯނު ބޭއްވުމަށްފަހު ކާން ފެށިއެވެ. މޭވާކޮޅާއި ޖޫސްތަށި ހުސްކޮށްލުމަށްފަހު ތަށިތައް ޝާއިރާއަށް ދިއްކޮށްލިއެވެ. ޝާއިރާ ތަށިތައް ހިފައިގެން ކޮޓަރިން ނުކުތުމާއެކު ޝަމްހާ މިންހާއަށް ގުޅޭނޭ ގޮތެއް ހޯދަން ފެށިއެވެ. އެގޮތުން ކުލާސް ކުއްޖަކަށް ގުޅާ މިންހާގެ ނަންބަރު ލިބޭތޯ އޭނާ މަސައްކަތް ފެށިއެވެ.
ޑިއުޓީ ނިންމާލުމަށްފަހު މިންހާ މިއަދުވެސް ގެއަށް ދާން ނުކުތީ އިއާން އާއި އެކުގައެވެ. މިންހާ ކާރަށް އެރުމާއެކު އިއާން ކާރު ދުއްވާލިއެވެ. ”ޒިޔަލްމެން ބަލާބަލަ… ބުނެވެސް ނުލާ… މަށަށް އެކަހަލަ އެއްޗެެއް ހީވާތާ ދުވަސްކޮޅެއްވެއްޖެ… ” ކާރު ދުއްވަމުން އިއާން ވާހަކަ ދެއްކިއެވެ. ”ޔެެއަރ… އޫޝީވެސް ބުނެވެސް ނުލާ… ވަރަށް ގުޅޭ ދޯ އެދެމީހުން… ދެމީހުން އެކުގަ ވަރަށް ގިނައިން މިހާރު ޓައިމް ސްޕެންޑް ކުރޭ… ވަރަށް ސްޕެޝަލް ގުޅުމެއްހެން ހީވަނީ މިހާރު ހީވަނީ މިހާރު ދެމީހުން ދެމެދުގަ އޮންނަނީ… މޯރް ދޭން ފްރެންޑްޝިޕް… ” ހިނިތުންވެފައި އިނދެ މިންހާ ވާހަކަ ދައްކަމުން ދިޔައެވެ. ” ދެން އަހަރެމެން ދެމީހުން… އަހަރެމެން ދެމީހުންވެސް ވަރަށް ގިނައިން ޓައިމް ސްޕެންޑްކުރެވޭ… އަހަރެމެން ދެމީހުންގެ ދެމެދު ސްޕެޝަލް ގުޅުމެެއްތަ އޮންނަނީ… މޯރް ދޭން ފްރެންޑްޝިޕް… ” އިއާން ސުވާލުކުރާ ފަދައިން އަހާލިއެވެ. އިއާންގެ އެސުވާލުތަކުން މިންހާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔުމާއެކު އޭނައަށް އިއާންގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. އޭރު އިއާންގެ ދެލޮލުން ޖަވާބަކަށް އެދި އިންތިޒާރު ކުރާވަރު ހާމަވެގެން ދެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
62 Comments!
Comments are closed.








Me first dho…?Yayyy❤️
Yesss ???… Ur first ???… Congratulations on being first ❤️❤️❤️???…
me first
Laii ???… Try next time ingey ???…
Salaam dear readers… First of all sorry for being late n sorry for the short episodes ???… Time nulibeythy hama mihen vany ???… I know readers will be upset ???… I Can understand ???… But keehkuraany dhw ???… In Sha Allah last part ge comment thakah mifaharu reply kohlaanan ???… Next part In Sha Allah Thursday night ga ???… V bodah masaikah kuraanan In Sha Allah bunaa dhuvahah up kureveythr ???… Thankyou soooooo much dear readers for being with me ❤️❤️❤️?????????… You guys are my strength ???… Love you all ❤️❤️❤️?????????…
N wish you all a very blessed Ramazan ???❤️❤️❤️… Ramazan mubaarak to all my readers ❤️❤️❤️?????????…
Ramadan Mubarak ifoo?
Ramazan mubaarak fasa ❤️❤️❤️???…
Mi part ves v ryythi…..its ok ifooo…..waiting for the next part….??????
AMAAN ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???…
Keehve tha mihaakurukoh update kuranee ehaa gina dhuvas kohffa kuraa iru. Anehkkaa next part Thursday ga ? Haadha lahey. ?
I’m so busy… Time veeevarakun story liyamun dhany… Try to understand writer’s point of view too ???…
Wow mi part ves v reethi. Can’t wait for next part. Next part thankolheh dhigu kohlahchey ifoo. ❤️
Noora ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Will try my best to make it longer than this part ???…
Wow .. mi part ves vrh reethi❤❤❤❤??
Anonymous ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???…
????? wow… Varah varah reethi… Can’t wait to see the next part.
Zuam ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???…
Ifoo gan’duu love yew??it’s ok dear knme kahala job eh viyas job ehga ulhenyaa aslu vvvv bxy vaane knme myheh vx..adhi haassa kon midhuvas kolhu Ramadan v ma vakin bxy vaane..ifoo i understand that ?? ulheyne haters vx ekm emyhun ge comments ah nubalaa kuriyah dhey .. inshaAllah ifoo ah Kuri ah dheveyne..ehn parts thakekey enfadhain mi part vx v nice igey..love you more and curiously waiting for the next part.my favvvvyyy ??????????????????️??⏳⏳⏳⏳⏳⏳
Girl ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… V v v ufaavehje ???… Thikahala supportive readers thihenyaa ifoo hama kuriah dhaanan In Sha Allah ???… Your one of the best reader ey buneveynee ???❤️❤️❤️??????… Much more loves from me ❤️❤️❤️?????????…
Wow. Wow. Wow.
Mee furathama faharu mi vaahaka au comment kuraa. Comment nukuriyas mi vaahaka kiumaigen kuriau dhan.
Ifoo u r my big big fan.
I really love your stories.
Good luck ifoooo nd Ramazan Mubaarak
Dhontheeee ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Ramazan mubaarak Dhontheeee ???… Hope to see ur comment more often ???… Much loves ❤️❤️❤️?????????…
mi partves reethi nut nothing special ehen veema kuruhenves heevanee waiting for the next part & ramloan mubaarik ifoo
Noor ❤️❤️❤️… Thankyou soooooo much ???❤️❤️❤️??????.. Keep waiting ???… Ramazan mubaarak to you too ❤️❤️❤️???…
Wow. Ifoo wow.
Mee dhonthee comment kuraa furathama faharu.
But comment nukuriyas hurihaa part thakevves kiyamun mi gendhanee.
Ifoo u r my big big fan.
Good luck nd Ramazan mubaarak ifoo.
Wow???????☺️???????????????❣????❤️Furihama mi bai vx ramazan Mubarak
Shambbx ❤️❤️❤️… Thankyou soooooo much ???❤️❤️❤️??????… Ramazan mubaarak to you too ❤️❤️❤️???…
❤❤❤❤❤mashah allah ?????? v reethi ??????? ekamu thankolheh kuree dhww.. next part miyah dhigukohlahche ingeyy ifoo bxy kamun kann dhigukoh nuliyevunee.. next part avahah up.kohdhehche???????????? RAMDHAN MUBARAK???????????❤❤
Yaaanaa ❤️❤️❤️…. Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… Will try my best to make it longer than this part ???… Ramazan mubaarak to you too dear ❤️❤️❤️???… Much more loves ❤️❤️❤️?????????…
wowww varah reethi….. ramadan mubarak ingey ifoo ah
Thankyou sooooooooo much ❤️❤️❤️?????????… Ramazan mubaarak ❤️❤️❤️???… Much more loves ❤️❤️❤️?????????…
Wow varah loabi???❤?
RYM ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Much more loves ❤️❤️❤️?????????…
wow varah reethi ….mee furathama faharu mi vaahaka ah comment kuraa. next part thankolheh dhigu kohlahchey … can’t wait for next part..
Kudaa ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Will try my best to make it longer than this part ???… Much more loves ❤️❤️❤️?????????…
Ifoo sis???..studies ga bxy koh ulhemun vec sis story up kohfa inyma mi kiyaaly??❤❤?????????..masha allah…mi part vec v v v salhi inge….sifakohlaafa hurileh v kamudhey…I can imagine hama.. Alheyy Ashoo roathan sifakohlevey iru hyvany hama flim eh hn…woah??????????????❤❤??✨✨✨✨?????????????….u r an amazing writer…I love the way how u r bringing the story….Ifoo sis thihaa bxy koh ulhemun vec story up kohla dhinyma vvv ufaavehje..Nd dear!I can understand ur situation????????☺☺?????????….I appreciate ur hard work..nd hope u will upload next part thankolheh dhigu koh?????????????✋…..nd mi part nihmaafa inleh v salhi….so curious….we r with u…..I am a biiiggggggggg fan of yuh…..Thanks mihaa lwbi story eh genesdheythy???????????????????????????❄❄❄❄??⛄⛄??????????????⚽⚽?????⏳⏳⭐⭐⭐??LY soooooooooooo much dear???
Ramadan kareem
Ham ehaavaruh loabi tharrrr hehehehehe Jiji loabi kamuge kolheh nethehnnu
I feel like her as my sis…So it’s not a problem dear??Jiji nubunan jiji aky ehme lwbi kuhjaa ekey inge dear??
I meant the story Jiji saabas name tag badhal kohlaafa ehen ahalee ma vee varu dhen dhw hehehe text baraabaru gudluck next one uh vx my bxt wishes with u ?????????????????????????????????????????????????❣❣❣????????????????????❤️❤️❤️???????????????
School txt vaahaka
I akah neyge shambx thy kaaku kameh vec..name badhalu kohfa ehn bunyma get eh nuvaane dhw ..hehe..BTW jiji rulhi ais eh noon ingey reply kury dear??
Awwwwnn ❤️❤️❤️???… Thankyou sooooooooo much jiji ???❤️❤️❤️??????… Ur so sweet dear ???❤️❤️❤️… V v v ufaavehje ???… V v v bodah thanks jiji studies ge kankamuga ehaa bxy koh ulhemunvx story kiyaalaafa comment eh kohlyma ???❤️❤️❤️… It means a lot for me ??????.. Much more loves from me dear ❤️❤️❤️?????????…
Varah reethi mi part ❤❤
Can’t wait for next part ? ?
Wish u ramadan mubaarik ???
Hana ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… It means a lot for me ???… Hope to see ur comment more often n ramazan mubaarak ❤️❤️❤️???… Much more loves from me ❤️❤️❤️?????????…
Ramazaan mubarik ifoo..??.. varah dhuvass vehje dhw comment eh kohnulevyy thaa…. i am also very bxy ehen ve comment nukurevenyy bt conme part eh vess kiyan its so nice specially last part …❤❤❤
Mahoo ❤️❤️❤️… After a long time dhw ???… I’m so happy to see ur comment ???… Thankyou soooooo much ❤️❤️❤️?????????… It means a lot for me ???… Hope to see ur comment more often n ramazan mubaarak ❤️❤️❤️???… Bxy koh ulhemunvx story kiyaalaafa comment eh kohlythy adhivx ehfaharu v v v bodah thanks ingey ❤️❤️❤️?????????… Much more loves from me ❤️❤️❤️?????????…
Yes…Its finally here…❤❤????…Wow…❤❤????…This story is just amazing dear…❤❤????…This part also very nice dear…❤❤????…Vrh reethi sifa kurun ingey…❤❤????…I just love this…❤❤????…Alhe avahah minnu and aan gulhuvaba..I am waiting for it..❤❤????…Keep it up dear..❤❤????…Your doing a great job…❤❤????..Waiting for next part…❤❤????…Hope next part will be more intresting❤❤????…Much loves dear..❤❤????…Ramadan mubarak ifoo…❤❤????
THE BEST STORY
THE BEST WRITTER
❤❤❤❤????
@Ikleel ❤️❤️❤️… Thankyou soooooo much for the support ❤️❤️❤️?????????… Regular koh @Ikleel ge faraathun libemundhaa support v faahagakohlevey ???… It means a lot… Thankyou soooooo much n much loves ❤️❤️❤️?????????… Ramazan mubaarak ???…
Ifoo dear !!! Haadha dhuvas vejje ey dhw dhimaa nuvaathaa livy men mihen comment ehga ?? story kiyaalaafa komme faharaku ves comment kollan hurefa ves nukurevi innany.. But dear story varah varah varah varah varah varah reeeeethi ingey ?????? hama bunaane ehcheh vess neii.. Speeechless ??❤❤♥♥ Hama emme perfect story ekey anekka ves thi genesdhiny.. Hithun nufilaa kahala kiyaa kiyaa foohi nuvaa kahala ?????? yes its thankolheh las update vaaleh but busy viyya keehkuraany dhw.. We all have our own person and professional lives.. ?????? Heartfelt wishes and blessings to you.. Ramazan Mubarak dear ???????? and yesssss naail and ashoo ge varah loabi moments thakeh genesdhyfa eba huri.. Please aan and minnu ge ves varah varah loabi moments kolheh genesdhehchey.. ?????♥♥ Aan e kuri suvaalah aan ufaa vaane kahala edhevey javaabeh minnu please bunaathi ?? ehen noony dhen livy ah bunevidhaane ????❤❤❤❤❤Waiting curiously ingey dear.. Lots of love ✨✨✨????????????❣❣??????
Hey my dear sweet Livy ❤️❤️❤️??????… Again after a long time dhw ???… You have no idea how much I missed your comments ???❤️❤️❤️… I’m soooooo happy to see ur comment ❤️❤️❤️??????… Thankyou sooooooooo much for the support n love ❤️❤️❤️????????????… Bxy koh ulhemunvx story ah time dheveyvarakun time dheythy v v v ufaavehje ???… As usual your comment always encouraged me to move ahead ❤️❤️❤️???… Thankyou soooooo much for understanding n appreciating my work ❤️❤️❤️?????????… Let’s see what happens… Keep waiting… Ramazan mubaarak livy ❤️❤️❤️???… Minnu gaathu bunan v dhw avahah answer eh dheyshey .. Sending more n more loves from me ???❤️❤️❤️??????…
Aslu hageegathah bunanyaa buneveyny mi story ga mihaaru hama mi vany eh hothekey..same thing is repeating and repeating…ehves kahala ge new twist eh or interesting kaneh vany eh noon…mi part thah kuruvefa dhn maa haahsaru bodee…ifoo ves visnaalaigen fahun up kuri part thah kiyaalaifiyyaa ingeyne hama eh kanthakehkan vany..like ashoo and naail abadhuves cabin thereyga..knnes fight ehga..aan and minnu hospital ga.abadhu ladhu ganefa..it’s same thing..mihaaru mee 51 vana part so there should be something new..ifoo he kuryge stry vv rythi cox e kahala new kanthah and twist thah knme part aku genesdhyfa hunnaathy…but this story is totally different..hadi ekey noon..it’s nice..just look at kiyara and dhira wish ge story thah..vvv nice cox e vaahaka thakuga knme part akuves new kameh himanaathy..ehaa haahsaru dhigunoon veema..mi story mee ethanun kujje liyaa vaahaka ehnama i think 30th vana part aa hama in aan and minnu gulhuvaane kan..anyways story is nice..hope u will improve these things..and ramadan mubarak..
Asluves kon dhuvaheh eh kameh thakuraaru veve…. mivaahaka ah kohfa hunna Gina comment thakun egeyne ekan. Positive koh buni namaves adhi negative koh buni namaves mi kiyany ekahchekey. Ifoo dhen aan n minnu naail n ashu gulhuvabala… ehennu.. mivaahaka ah kohfa huri Gina Comment thakuga bunefa hunnaane ehen vaahaka reethi kamah buni namaves…
Someone and anonymous ???… This is how I planned this story ???… So planning badhalu kuraa hiyaaleh mivaguthaku neh ???… I’m bringing the story as I planned before ???… Hospital and offyhuga scenes thah hunnanee cause that’s their work place ???… So scenes create kuran vx easy vaane ???… Hope both of you will understand ???… Thankyou for sharing both of your opinion ???…
Ramadan kareem ifoo. V reethi story❤️❤️❤️❤️ifoo dhen minnu n aan gulhuvaba..
Airah ❤️❤️❤️… Thankyou soooooo much ???❤️❤️❤️??????… Kehtherikamaaeku inthizaaru kohlaa ???… Ramazan mubaarak to you too ❤️❤️❤️???…
Waiting for ifoo’s “cant upload tonight” comment ?♀️?♀️
No need to wait for that comment tonight ???… I have uploaded the next part ???…
Ifoo dear story up kuran fonuvaifin thr??❤…hama kiriya kiriyaa wait kohleveny mi ….avahah up kurahche✨❤????
Jiji ❤️❤️❤️… I have uploaded the next part ???… Now you can read it ???… Thankyou soooooo much story ah inthizaaru kuryma ???❤️❤️❤️??????…
Mirey ves upload nukuraneetha????
No dear ???… I have uploaded the next part ???… Now you can read it ???… Thankyou soooooo much story ah inthizaaru kuryma ???❤️❤️❤️??????…
Wow ???