Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ….18

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
May 2, 2019 5 Mins Read
27 Comments

ގެއަށް ގޮސް ފެންވަރާ ތާޒާވެލައިގެން ރައިހާނާ އަވަހަށް ނިދަން އޮށޯތެވެ. މާދަމާއަކީވެސް ސްކޫލް ދުވަހެއްކަމުން އޭނާ ބޭނުންވީ އަވަހަށް ނިދާށެވެ. ފޯނު އެލާމަށްލުމަށްފަހު ހަމަޖެހިލައިގެން އޮށޯވެ ނިދޭތޯ ލޯ މަރާލިއެވެ.

އެނދުގެ ދެކޮޅަށް ފޮރޮޅި ފޮރޮޅިވެސް ހަމްޒާއަށް ނިދޭގޮތެއް ނުވިއެވެ. ލޯމަރާލާއިރަށް ރައިހާނާ ސިފަވެގެން ދެއެވެ. ރައިހާނާއާ މެދު ނުވިސްނަން އުޅުނަސް ހަމްޒާއަށް ވިސްނެނީއެވެ. ރައިހާނާއަކީ އޭމާގެ ދަރިވަރެއްކަން ކިތަންމެ ވަރަކަށް ސިކުނޑި ވިސްނައިދިނަސް ހިތް އެކަންތައް ގަބޫލެއް ނުކުރެއެވެ. އޭނާގެ ބަސްނާހާ ހިތް ރައިހާނާއަށް ހަމަ ލެނބެނީއެވެ.
****
ފަތިހު ހޭލިއިރު އަންޖަލް އޮތީ ހުމާ ފިހިފައެވެ. ގައިގައި ރިއްސާވަރުން އެނދުންވެސް ނުތެދުވެވުނެވެ. ވަރަށް ހާލުން އެނދުމަތީ އަތްފުނާ އަޅައިގެން ފޯނު ހޯދާ ރާނިޔާއަށް ގުޅާލިއެވެ. އަންޖަލް ގުޅާފައި ހުންއައިސް އޮތް ވާހަކަ ބުނުމުން ރާނިޔާއާ އަޒްހަދް ދުވެފައި ކަހަލަ ގޮތަކަށް އައެވެ. އަންޖަލްގެ އަޑުން އޭނާގެ ހާލު ވަރަށް ސީރިއަސްކަން އަޒްހަދާއި ރާނިޔާއަށް އެނގުނެވެ.
އަޒްހަދް އަންޖަލް ގާތު ބައިންދާފައި ރާނިޔާ ދިޔައީ އަންޖަލްއަށް ޖޫސްތަށްޓަކާއި މޭވާކޮޅެއް ބަލައެވެ.
އެނދުގެ އެއްފަރާތުގައި އިށީންދެގެން އިނދެ އަޒްހަދް އަންޖަލް ބޮލުގައި ފިރުމާލިއެވެ. އެހެން އިންއިރު އޭނާގެ ހަނދާން އެތައް އަހަރެން ކުރިއަށް ދިޔައެވެ.
********
ފުދޭވަރަކަށް ތަނަވަސް ކޮޓަރިއެކެވެ. މުޅު ކޮޓަރީގައި ވަނީ ހުދުކުލަ ލާފައެވެ. ތިން މީހުންނަށް ނިދޭވަރުގެ ބޮޑު އެނދަކާ އެއެނދުގެ އަނެއް ފަޅީގައި ފާރައި ވިއްދާފައި ކުޑައެނދެއް ހުއްޓެވެ. އެނދުގެ ކުރިމައްޗަށް ވާގޮތަށް ބޮޑު އަލާމާރިއަކާ ކުޑަކުދިން ކުޅޭ އެއްޗިހި އަޅާ ވަށިގަނޑެއް ހުއްޓެވެ.
އެނދުމަތީގައި އިށީންދެލައިގެން ފިރިހެނަކު އިނެވެ. އެނދުގައި ބަލި ގޮތަކަށް އޮށޯވެގެން ދެއަހަރުގެ ކުޑަ ފިރިހެން ކުއްޖެއްވެސް އޮތެވެ. އެމީހާ ދިޔައީ ކުޑަ ފިރިހެން ކުއްޖާ ގައިގައި ފެންފޮތި ހާކަމުންނެވެ. އެކުއްޖާއަށް އަނިޔާއެެއް ވެދާނެތީ ވަރަށްވެސް ބަލައިގެންނެވެ. އިރު އިރު ކޮޅާ އެކުއްޖާ ކުކުރާލައެވެ. އެއިން ކޮންމެ ފަހަރަކު އެޒުވާނާ އެކުއްޖާގެ މޭމަތީގައި މަޑު މަޑުން ފިރުމާލައެވެ.
ކޮޓަރީ ދޮރު ހުޅުވާފައި ވަން އަންހެން މީހާ އަތުގައި ކުޑަ ކުދިން ފެންބޯ ތަށްޓެއްގެ ޖޫސް ހުއްޓެވެ. އެމީހާ ފަހަތުން ފަސް އަހަރުގެ އަންހެން ކުއްޖެއްވެސް އެތެރެއަށް ވަނެވެ.
އެއަންހެން މީހާ އައިސް ޖޫސްތަށި ދިނީ ފިރިހިންމީހާ އަތަށެވެ. ފިރިހެން މީހާ ވަރަށް ބަލައިގެން ކުޑަ ކުއްޖާއަށް އެ ޖޫސްތަށި ދިނެވެ. ޖޫސްފޮދެއް އަރުތެރެއިން ދިއުމާ އެކުއްޖާ ހޮޑު ލުމާއެކީ ދިޔައީ އެކުއެކީހެންނެވެ.

********
އަޒްހަދްއަށް ޚިޔާލުތަކުން ނުކުމެވުނީ އަންޖަލް ކެއްސައި ގަތުމުންނެވެ. އަޒްހަދް ތެދުވެ އަންޖަލްގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. ނަމަވެސް އަންޖަލްގެ ކެއްސުމަކަށް އެއްވެސް ބަދަލެއް ނައެވެ. އަޒްހަދް ނިކަން ބާރަަށް ރާނިޔާއަށް ގޮވާފައި އަވަހަށް ފެން ތަށްޓެއް ގެެނެސް ދިނުމަށް އެދުނެވެ.
ދުވެލާފައި ރާނިޔާ އައީ ފެންފުޅިއެއް ހިފައިގެންނެވެ. އަޒްހަދް އަންޖަލްގެ ބޮލުގެ ފުއްކިބައިގައި ހިފައި ވަރަށް މަޑު މަޑުން ނެގިއެވެ. އެއަށްފަހު އަންޖަލް އަނގަޔަށް ފެން ފޮދެއް އަޅާދިނެވެ. ކެއްސުން މައިތިރި ވުމާއެކު އަނެއްކާވެސް އަންޖަލް އެނދުގައި އޮށޯވެލިއެވެ. ފަސްވަރަކަށް މިނެޓު ފަހުން ރާނިޔާއައީ އޮރެންޖް ޖޫސް ތަށްޓަކާ އާފާލާ އޮރެންޖް ތަށްޓަކަށް ކޮށައިގެންނެވެ. އަޒްހަދްގެ އެދުމުގެ މަތިން ރާނިޔާ ޖޫސްތަށިދިނީ އަޒްހަދް އަތަށެވެ. މިފަހަރު އަމިއްލަ ބާރަށް އަންޖަލްއަށް އެނދުން ތެދުވެވުނެވެ. އަޒްހަދް އަންޖަލްގެ ތުނބުގައި ޖޫސްތަށި ޖައްސާލިއެވެ. އެއްފަހަރުން ދަމާ އަންޖަލް ޖޫސްތަށި ބޯލިއެވެ. އެއަށްފަހު ރާނިޔާ އަތުން މޭވާކޮޅެއް ކައިގެން ބޭސްކެއެވެ.

******

އަންޖަލް ސްކޫލަށް ނައުމުގެ ސަބަބުން ރައިހާނާ ހުރީ ފޫހިވެގެން ހަލާކުވާން ކައިރިވެފައެވެ. އަންްޖަލް ނާންނަ ދުވަހެއް ވެއްޖެޔާ ރައިހާނާގެ ހާލަކީ އާބަދުވެސް އެއެވެ. ހަމައެފަދައިން ރައިހާނާ ނާންނަ ދުވަހެއް ވެއްޖެޔާ އަންޖަލްގެ ހާލަކީވެސް އެއެވެ.
އަނގައިން އެންމެ ބަހެއްވެސް ބޭރުކުރުމަކާ ނުލާ ރައިހާނާ ހުރިހާ ފިލާވަޅެއް ނިންމިއެވެ. ކުއްޖަކު ވާހަކަ ދައްކާފިއްޔާ ޖަވާބުދެއެވެ. ކެންޓީނަށް ދިޔަ ގަޑީވެސް އެކަނިވެރިކަން ރައިހާނާއަށް އިހްސާސްކުރެވުނެވެ. ޕިއްޒާ ފޮއްޗަކާ ބަޖިޔާއެއް ގަނެގެން ރައިހާނާ ކުލާހަށް ގޮސް ކާން ފެށިއެވެ. އިރުކޮޅެއް ނުވެ ވިޝާހްވެސް އައިސް ރައިހާނާ ގާތި އިށީނެވެ. “އަންޖަލްއަށް ކިހިނެއްވީ؟” އަޑުއިވޭ ކަމަށްވެސް ހަދާނުލައި ރައިހާނާ ކެއުން ކުރިއަށް ގެންދިޔައެވެ. ރައިހާނާ ޖަވާބު ނުދިނުމުން ވިޝާހްއަށް ދެވަނަ ފަހަރަށް އަހާކަށެއް ނުކެރުނެވެ. އޭނާ ގަނެގެން ގެނައި ހެދިކާ ކޮތަޅު ހިފައިގެން އިންނަތަނަށް ދާން ތެދުވި ތަނުން ރައިހާނާ ގޮވާލިއެވެ. ވިޝާހް ވަގުތުން ހުއްޓިފައި ރައިހާނާއަށް ބަލާލިއެވެ. “އަންކޮ އުޅެނީ ގަދަޔަށް ހުން އައިސްގެން. މިއަދު ހަވީރު މިއުޅެނީ އަންކޮއަށް ވިޒިޓެއް ކޮށްލަން ކަމަށް. ދާނަންތަ؟” ދެވަނަ ވިސްނުމަކަށް ނުގޮސް ވިޝާހް އެއްބަސްވިއެވެ.

********
ގެއަށް ދިޔަ ގޮތަށް ރައިހާނާ އެންމެ ފުރަތަމަ ކުރިމަކީ އަންޖަލްގެ ހާލުބެލުމެވެ. އަންޖަލް އަދިވެސް ހުން ގަދަވުމުގެ ސަބަބުން ވާހަކަ ދެއްކޭ ގޮތް ނުވުމުން އަންޖަލްގެ ހާލު އޮޅުން ފިލުވާދިނީ ރާނިޔާއެވެ. ހަވީރު ގަޑީ ކްލާސް ކުއްޖަކާއެެއްކޮށް އަންޖަލްއަށް ގޮވާލަން ދާނެކަމަށް ބުނެ ރައިހާނާ ފޯނު ބޭއްވިއެވެ.

“މަންމާ މިއަދު ހަވީރު އަންކޮ ގާތަށް ދާން މިއުޅެނީ އޯކޭދޯ؟” ކާން އަރާފައި ރައިހާނާ އެންމެ ފުރަތަމަވެސް ޝައުފާ ގާތުން ހުއްދަ ހޯދިއެވެ. “ދަރިފުޅު އެކަނިތަ ދަނީ؟” “ނޫން. ރީއްކޮވެސް ދާނަމޯ ބުނީ.” ވިޝާހް ދާނެ ވާހަކަ ރައިހާނާ ނުބުނީ ޝައުފާ ހިތްހަމަ ނުޖެހިދާނެތީއެވެ.

ކުޑަކޮށް ވަރުބަލި ފިލުވާލަން ކައިގެން ދިޔަ ގޮތަށް ރައިހާނާ އެނދުގައި ޖައްސާލިއެވެ. ނިދި ނިދި އޮއްވާއި ފޯނު ރިންގްވާން ފެށުމާއެކު ފުންމައިގެން ރައިހާނާއަށް ތެދުވެވުނެވެ. ގުޅަނީ ކާކުތޯވެސް ނުބަލާ ރައިހާނާ އަވަހަށް ނެގިއެވެ. “ހަލޯ” އެކޮޅުން އިވުނު ފިރިހެންވަންތަ ބަރު އަޑުން އެއީ ކާކުކަން ރައިހާނާއަށް އެނގުނެވެ. އެގަޑީ އޭނާއަށް އެގުޅީ ކީއްކުރަންތޯ ހިތަށް އެރިއެވެ. ހިންދިރުވާލުމަށްފަހު މަޑު މަޑުން ހަލޯއޭ ރައިހާނާ ބުނެލިއެވެ. “ވިޝާހް ބުނި މިއަދު ރައިހާނާ އަންޖަލް ގާތަށް ދާން އުޅޭ ވާހަކަ. މަ ދިޔަސް އޯކޭތަ؟” ހައިރާންވެގެން ރައިހާނާއަށް ކުޑަކޮށް އަނގަ ހުޅުވާލެވުނެވެ. ހަމްޒާ އަންޖަލް ގާތަަށް ދާންބޭނުންވުމުން ރައިހާނާ ހިތުގައި ޖެހުނެވެ. ރައިހާނާ އަނގައިން ނުބުނެ އިންނަން ފެށުމުން ހަމްޒާ ދެތިން ފަހަރު ހަލޯއޭ ބުންޏެވެ. “އޯ ސޮރީ އާނ އޯކޭ. ފަހެއް ޖަހާއިރަށް ދޭ އަންކޮމެން ގެއަށް ވިޝާހްއަށް އެނގޭނެ އެގެ!” ހަމްޒާ އިތުރު އެއްޗެކޭ ނުބުނަނީސް ރައިހާނާ ފޯނު ކަނޑާލިއެވެ. އެއަށްފަހު ބާލީސް މައްޗަށް އުއްޑުން ވެއްޓިގަތެވެ. ލޮލުން ކަރުނަ އަންނަކަން އެނގުނީ ކަރުނައިން ބާލީސް ތެމުމުންނެވެ. “ޕިސް. ވައި އޭމް ކްރައިން؟” ލޮލުން ކަރުނަ ފުހެލަމުން އަމިއްލަ ނަފްސާ މުޚާޠާބުކޮށް ރައިހާނާ ބުންޏެވެ. ހަމްޒާ އަންޖަލްގެ ހާލު ބަލަން ދާން އުޅޭތީ އޢނާގެ ހިތަށް ނޭންގޭ އަސަރުތަކެއް ކޮށްފިއެވެ.

ފަހެއްޖެހިއިރު ވިޝާހްއާ ހަމްޒާ ތިބީ އަންޖަލްމެންގޭ ކުރިމަތީގައެވެ. ރައިހާނާއާ ރީހާންއަށް އެހިސާބަށް އާދެވޭވަރުވީ ފަހެއް ޖަހާ ހަތްމިނެޓު ހިނގި ފަހުންނެވެ. ކަކުލާ ހަމައަށް އަންނަ ވަރުގެ މަޑު ނޫކުލައިގެ ހެދުމާ ކަޅު ޓައިޓްގައި ރައިހާނާ ފެންނަލެއް ވަރަށް ފުރިހަމައެވެ. ކަޅުކުލައިގެ ޝޯލް އަޅާފައި ހުރި ގޮތުން އަރަބި މޮޑެލްއަކާ ވައްތަރެވެ. އެއްވެސް މޭކަޕަކާ ނުލާވެސް އެދޮން މޫނު ސާދާވެފައި އޮމާނެވެ. ކޮނޑު ހުރަހަށް އަޅުވާފައިއޮތް ކަޅުކުލައިގެ ދަބަހުން ކޮންމެސް އެއްޗެއް ހޯދަމުން ރީހާންއާ ދިމާއަަށް ކުދި ކިޔަމުން އައިއިރު މީހަކު ބަލާ ފޫހި ނުވާނެއެވެ.
ކަޅިވެސް ޖަހާ ނުލާ ހަމްޒާއަށް ރައިހާނާއަަށް ބަލަހައްޓައިގެން ހުރެވުނެވެ.
ދަބަސްތެރޭގައި ގޭ ތަޅުދަނޑި އޮތްކަން ޔަގީންކޮށްފައި ރައިހާނާ އިސްއުފުލާލި ވަގުތު ކަޅިވެސް ޖަހާ ނުލާ އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ހަމްޒާ ފެނުނެވެ. ރައިހާނާއަށް ހީވީ ދުނިޔެ ހިނގުން ލަސްވިހެންނެވެ. ސައިކަލެއްގައި ލެގިލައިގެން ދެފައި ހުރަސްކޮށް ހަށަަން ބަދެލައިގެން ހުރިއިރު ފިރިހެންވަންތަ ކަމުގެ އިންތިހާއެވެ. މަޑު ނޫކުލައިގެ އަތްދިގު ގަމީހުގެ އަތުކުރި އަބަދުވެސް އޮންހެން އަތުގެ މުލަށް ދަނޑިއަށްވުރެ ތަންކޮޅެއް މައްޗަށް އޮޅާފާއި އޮތުމުން އޭނާގެ ނާރުތައް ހުރީ ފެންނާށެވެ. އިސްތަށިގަނޑުވެސް ވަނީ ރީތިގޮތަކަށް ސްޓައިލްކޮށްފައެވެ.
“ވާއު ދޮންތިއާ ހަމްޒާބެއާ އެއްކުލަކޮށްގެން ދޯ މިތިބީ!” ރައިހާނާއަށް ހަމަބިމަށް އާދެވުނީ ރީހާންއާ ވިޝާހް ބާރަކަށް ހޭންފެށުމުންނެވެ. ހަމްޒާ އަދިވެސް ހުރީ ބަލަހައްޓައިގެން ކަމުން ނުވާ ކަމަކަށް ހެދިފައި އަވަހަށް އިސްޖަހާލިއެވެ. ހަމްޒާ ލައިގެން ހުރި ގަމީސް ކުލައިގެ ހެދުމެއް ލައިގެން އާދެވުމުން ރައިހާނާ ރަކިވެސްވިއެވެ.

ދޮރުގައި ބެލް ޖެހުމުން ސިޓިން ރޫމްގައި ޓީވީ ބަލަން އިން ރާނިޔާ ގޮސް އަވަހަށް ދޮރު ހުޅުވިއެވެ. ރައިހާނާ ގުޅާފައި މި އަންނަނީ ކަމަށް ބުނީންސުރެ އޭނާ އެހުންނަނީ އެކުދިންނަށް ސައި ހަދައި ތައްޔާރުވެގެންނެވެ. ރާނިޔާ ހިނިތުންވުމަކުން ހުރިހާ ކުދިންނަށް މަރުހަބާކިއެވެ. “މީތަ އަންކޮމެންގެ ހިސްޓްރީ ސަރއަކީ؟” ހަމްޒާ ބޯ ޖަހާލިއެވެ.

ކުޑަކޮށް ހުން ރަނގަޅުހެން ހީވުމާ އެއްކޮށް އަންޖަލް އިނީ ތެދުގެންނެވެ. ރައިހާނާމެން އަންނަ ވާހަކައެއް ރާނިޔާ އަންޖަލް ގާތުގަ ނުބުނެއެވެ. ގޭގައި ލާއުޅޭއިރު ލާކަހަލަ އަަތްކުރު ޓީޝާޓް ކޮޅަކާ އާދައިގެން ހަރުވާޅެއް ލައިގެން އިސްތަށިގަނޑު ވޫލް ކޮޅަކުން އައްސާފައި އޮތްއިރު އަންޖަލް ފެންނަލެއް ވަރަށްވެސް ތަފާތެވެ.
މަޑު މަޑުން ކޮޓަރީ ޓަކި ޖަހާލުމުން ހުޅުވާލާށޭ ބުންޏެވެ. ނިކަން ކުޑަކޮށް ދޮރުހުޅުވާފައި އެތެރެއަށް ދެމިގަތީ ރައިހާނާއެވެ. “އޯއެމްޖީ ރައި!” އަންޖަލް ފުންމައިގެން ތެދުވެ ރައިހާނާ ގައިގައި ބައްދާލިއެވެ. “ތިއުޅެނީ މަށަށް ހުންޖައްސަން ދޯ” އަންޖަލް ގަޔާ ދުރުކޮށްލާފައި ރައިހާނާ ބުންޏެވެ. “އޭ ތިއަތްދިގު އެއްޗެއް ލަައިގެން ބުރުގާ އަޅާބަދޯ. ރީއްކޮ އެބައިން ބޭރުގަ” “އޯ” ހަރުގަނޑުގައި އަޅުވާފައި އިން ކަޅު ކުލައިގެން ޖެކްޓް އަންޖަލް ލިއެވެ. މަތިން ވަށް ބުރުގާއެއް އަޅައި އެނދުގައި އިށީންދެލިއެވެ. “މިހާރު ދެން ވަދޭ” އަންޖަލްއަށް ބަލާލަމުން ލާނެއް ގޮތަކަށް ރައިހާނާ ހީލިއެވެ.
ދޮރު ހުޅުވާފައި އެތެރެއަށް ވަން ހަމްޒާފެނި އަންޖަލްގެ ނޭވާވެސް ތާށިވީހެން ހީވިއެވެ. ހަމްޒާގެ ފަހަތުން ވަން ވިޝާހްއާ ރީހާންެއެއް އަންޖަލް އަކަށް ނުފެނުނެވެ. ދެލޯ ބޮޑުކޮށްގެން އިނދެ ރައިހާނާއާ ދިމާއަށް ބަލާލެވުނީ މީ ކިހިނެއްވާ ކަމެއްހޭ އަހާ ކަހަލަ ގޮތަކަށެވެ. “ހެލޯ އޭންޖަލް. ކިހިނެއްތަ މިހާރު؟” ހަމްޒާ ގޮސް އަންޖަލް ކުރިމަތީ ހުއްޓިލަމުން ބުންޏެވެ. އަންޖަލްއަށް ހީވީ ކަރުތެރޭގައި އެއްޗެއް ތާށިވެފައި އިންހެންނެވެ. އަރުތެރެ ބެދި ކަރު ހިކުނެވެ. އަނގައިން އެންމެ ލަފްޒެއް ބޭރުކުރުންވެސް ވީ އުނދަގޫ ކަމަކަށެވެ. ހަމްޒާ އޭނާގެ ގެއަށް އައިސްދާނެ ކަމަކަށް ފަހަރެއްގައިވެސް އަންޖަލް ހިއެއް ނުކުރެއެވެ. ކަރުތެރެ މާބޮޑަށް ހިކުމުގެ ސަބަބުން އަންޖަލް ކުށި އެރިއެވެ.
އަންޖަލްއަށް ކުއްލި ބަދަލުގެ އަސްލު ވިޝާހްއަށާ ރައިހާނާއަަށް އެނގުމުން ދެމީހުންވެސް ސިއްރުން ހުނެވެ.
ސައިޑް ޓޭބަލް މަތީގައި އިން ފެންތަށި ނަގާ ހަމްޒާ އަންޖަލްއަށް ދިއްކޮށްލިއެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން އަންޖަލް ފެންތަށީގައި ހިފިއެވެ. އެއް ފަހަރުން ދަމާ ފެންތަށި ހުސްކޮށްލިއެވެ.
“އޭންޖަލް މިއަދު އަނގައިންވެސް ނުބުނާ ދުވަހެއްތަ؟” އަންޖަލް އެކައްޗެކޭވެސް ނުބުނުމުން ރީހާން އެހިއެވެ. “ބުނެވެސް ނުލާ އަންނަންނާ ވާނީ އެހެންނެއްނު” އެނދުގައި އޮތް ކުޑަ ބާލީހެއް ނަގައި ރީހާންއާ ދިމާއަށް އަންޖަލް ހޫރާލިއެވެ. “އޭންޖަލް ހާދަ ރޫޑްއޭ. ހަމްޒާބެއާ ވިޝާހް ކައިރީ އިށީންނާކަށްވެސް ނުބުނޭ” އަންޖަލް އަވަހަށް ހަމްޒާއާ ވިޝާހް ގާތު އިށީންނަން ބުންޏެވެ. ރީހާންއާ ރައިހާނާއާ ދިމާއަށް ލޯ އަޅާލަމުން އަންޖަލް ރާނިޔާއަށް ގޮވިއެވެ.
ތަބަކަކަށް ހޫނު ހެދިކާތަށްޓަކާ ފަސްކޮފީ ތަށި ލައިގެން ރާނިޔާ އައިސްވަނެވެ. “މަންމައަށް އެނގޭތަ ރައިމެން އަންނަކަން؟” “އާނ. ރައި ގުޅިއޭ މަންމައަށް!” ކުޑަ މޭޒެއްމަތީ ތަބަށަް ބަހައްޓަމުން ރާނިޔާ ބުންޏެވެ. “އަޅެ މަންމަ ކީއްވެތަ އަންކޮ ގާތު ނުބުނީ؟” ކުޑަ ކުއްޖެއް ފަދައިން އަންޖަލް ތުންކޮޅު އޫކޮށްލިއެވެ.
“އޭންޖަލްވެސް މީ ހަމަ ދެވަނަ ދޮންތިދޯ!” ރާނިޔާ ކޮޓަރިން ނިކުތުމާއެކުހެން ރީހާން ބުންޏެވެ. “ރީހާން މިއަދު ހާދަ އަނގަ ގަދަވެގެން މިއުޅެނީ!” ވިޝާހް ކޮފީ ތަށިން ކޯވަރެއް ބޯލަމުން ބުނެލިއެވެ. އަންޖަލްގެ ހާލު ބަލާލެވުނުން ވިޝާހް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ސިއްރު ސިއްރުން ލޯބިވެވިއްޖޭ….

Next

ވިންދޭ ލޯބި ތީ އެދޭ 50

Next
May 2, 2019

ވިންދޭ ލޯބި ތީ އެދޭ 50

Previews
May 2, 2019

ސިއްރު ސިއްރުން ލޯބިވެވިއްޖޭ….

27 Comments!

  1. Kiyara says:
    May 2, 2019 at 4:36 pm

    Salam readers. Miothy bunaashe lobi nuvanyhey ge 18vana bai. Kurin liyevunyma Saturday ge kurin mi up kohdhiny. Hows the new cover pic?
    And kury part thakuge comments thakah reply nukurevunyma varah Bodah sorry. I was very sick and busy. Ekam hama hurihaa comments thah ves kyn. Hurihaa kudhinnah ves varah bodah thank u ey bunelan beynumy alhugandah dhey support ah. Baeh kudhin faahaga kohffa huri parts thah kuru vaahaka. Maa dhigu kurymaves baeh kudhin kiyan foohivaane. Maa kuruviyas foohivaane. So i try keep the world limit balanced. Konme dhuvahakuves vaki limitakah target kohgen e varah liyanay. Mi vaahakaige konme episode ehgaves 1000 ah vure gina words huhnnane. Gina episode thakuga 1100 plus ulheyny. Hurihaa readers ah ves understand vaane kamah ummedhu kuran. Mi baige comments thakah reply kureveytho masakkai kuraanan. Next part next Thursday ga ISA

    1. Ulaa says:
      May 2, 2019 at 5:02 pm

      Wow ? story is really nice.
      Next part next week Thursday ga? ??

    2. Kiyara says:
      May 2, 2019 at 5:08 pm

      Thanks ulaa. Yesh dear. Ekam eah vureh kurin liyevihjeya eyge kurin ves up kohdheynan ISA

  2. WRITER 123 says:
    May 2, 2019 at 4:37 pm

    Wow me first dhw..

    1. Kiyara says:
      May 2, 2019 at 5:03 pm

      Yesssh congratulations

  3. Raihaana says:
    May 2, 2019 at 4:52 pm

    Oohh cover pic hama habeys.. n stry vec.. I think hamxa n anjal aky relatives kanneyge dhw.. curiously waiting for thr nxt prt..

    1. Shambbx says:
      May 2, 2019 at 5:00 pm

      Yageenehnnu dhen rai ready ha hurey hamxa uh set vaan bestie sis.in.law uh vee a kihaasalhi…….a gal vx sad vaane Ekam vishah eba huttehnnu so pretty…..cover vvvvvvvvvloabi ehenmeehun kiyaa negative comments thakuh kiyaaraa Alhaa nulaa I love the story the way it is ingey

    2. Kiyara says:
      May 2, 2019 at 5:04 pm

      Awnnnn thanks raii. Lets see dhw anjal aa hamza aa ohnnany kon kahala gulhumeh tho.

    3. Kiyara says:
      May 2, 2019 at 5:06 pm

      Awwm thanks shambbx. Relationshipa are complicated dhww. Kaaku libeyny kaakah kameh adhi ehgothakah ves neynge kiyara akah ves.

    4. WRITER 123 says:
      May 2, 2019 at 5:38 pm

      Kiyara kiyas i will call you kiya ok ehnun

  4. jiji says:
    May 2, 2019 at 5:21 pm

    Awww haadha haavaa salhi ey mi part vec??..bas huhtifa myny??❤❤?????????????next Thursday ga dhw next part..Um sis…eyge kuran liyevehjiyya upload kurahche..luv yaa???????

    1. Kiyara says:
      May 2, 2019 at 7:57 pm

      Thanks jiji

  5. Cute Lips says:
    May 2, 2019 at 5:36 pm

    don’t pretend kiyaa…. hamza aai rai…. vishaah aai.. angle… that is final… nd another thing… hamza nd angle ai relatives… i think they are ehbafaaa….let’s see… this is my opinion… hehehe.. can’t wait/….. v reethiii … keep it up kiyaa

    1. Kiyara says:
      May 2, 2019 at 7:58 pm

      Thanks cute lips. Lets see dhw

  6. Anonymous says:
    May 2, 2019 at 6:01 pm

    Right side ha einy kon boy eh? Reehchakah nueh ingey liyefa iny keekey kameh.. Ending letter Akah n innahen heevanee.. Anyway story Vrh salhi maasha Allah..

    1. WRITER 123 says:
      May 2, 2019 at 6:55 pm

      Eiy vishaah

    2. Kiyara says:
      May 2, 2019 at 7:58 pm

      Eii rehaan

    3. Anonymous says:
      May 2, 2019 at 8:45 pm

      Eiru ves heeviey ehn.. Vishaah noonkan Vrh reehchah ingey n innaathee.. Emme fahun couple Akah vaanee Anjal aa reehaan kanneynge.. Dhn raihana and hamza.. ?☺️☺️☺️☺️☺️

    4. Anonymous says:
      May 2, 2019 at 8:49 pm

      Kurin ves reehan react kuraa gothun heevey ehchekey..eyna angel ah Vrh care kuraa hen heevey.. Let’s see dhw Dhn vaa gotheh.. Uh Vrh curious vehje Dhn vaagotheh balan..

  7. jiji says:
    May 2, 2019 at 7:48 pm

    Kiyaa ..cover pic ga e iny hamza noon ehn boy eh..aee reehaan thr??hama yageen kohlan ingey mi ahaaly

    1. Kiyara says:
      May 2, 2019 at 7:59 pm

      Yesh dear its rehan

  8. maai says:
    May 2, 2019 at 8:16 pm

    Dhen koba vishaah…i thought main chracter akee hamza anjal raihaana and vishaa kamah…stry vv reethi

    1. Kiyara says:
      May 3, 2019 at 12:22 pm

      Thanks maai. Vishaah ves ulheyne

  9. Hamsha says:
    May 2, 2019 at 9:43 pm

    Kiyaaa!! Haadha molhey dhw.. n its isco????? Hamza n rai is falling for each other.. yess! bt anjal haadha dhera vaaney dhw? anyway love this story

    1. Kiyara says:
      May 3, 2019 at 12:23 pm

      Thanks hamsha anjal dhww

  10. azker says:
    May 2, 2019 at 9:57 pm

    i luv ur story like always but i like the previous coverpic…… don’t mind…. I’m just telling my opinion about it???❤️❤️

    1. Kiyara says:
      May 3, 2019 at 12:24 pm

      Hehe thanks azka. Its ok

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ….19←


All Right Reserved!