ފެވިފާތިނަން ވެޔޭމިހިތުގާ 2
ހިޔާލީ ދުނިޔެއަށް އަރަގުވަމުންދިޔަ އެލީނާ ސިއްސާއިގެންދިޔައީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އެއާއެކު ހިޔާލީ ދުނިޔެއިން ހަމަ ބިމަށް އާދެވުނު ކަހަލައެވެ. އެލީނާ އަވަސްވެފައިވާ ހިތަކާއެކު ދޮރާ ދިމައަށް ބަލާލެވުނެވެ. މުޅި އުމުރުގާއިވެސް ކަމަކައް މިހާ ކެތްމަދުވި ހަނދާނެއް އޭނާ ނުވެއެވެ. ޢެތަށް ގޮންޖެހުންތަކަކަށް ފަހުން އޭނާގެ ހިތުގެވެރިޔާ ހާސިލްވވުން ގާތްވެފައި ވުމުން އެހިތް ވަނީ ބެގަރާރުކަންވެރިވެފައެވެ. ހިތްއެދިގޮވަމުންދިޔައީ ވަގުތު އަވަހަށް ފާއިތުވުމަށެވެ. ޢެ ހިތަށް ހިމަޖެހުން ލިބިގެން ދާނީ ކާއިވެނީގެ ރަސްމިއްޔާތު ނިމުނު ހިނދަކުންނެވެ. ” ވާރޭ އޮއްސާލަންވެސް އެނގުނީ މިގަޑީގަ……. ނަސީބެއްނުން އިންޑޯ ވެޑިންއެއް ޕްލޭންކުރެވުނުކަން އެހެންނޫންނަމަ މުޅި ޕާޓީ ފަނިވީސް…… އައި ޖުސްޓް ހޭޓް ރެއިން” ކޮޓަރިއަށް ވަން އެލީނާ ގެ އެކުވެރިޔާ އީޝަލް މޫސުމާ މެދު ނުރުހުންފާޅު ކުރަމުން ކޮޓރީގެ ދޮރު ލައްޕައިލިއެވެ. އެންމެ ގާތް އެކުވެރިޔާއަށް ހިނިތުންވެލަމުން އެލީނާ އޭނާގެ ފިނިވެފައިވާ ދެއަތް ޖޮޑުކޮށްލިއެވެ. “ހާދަބިރުން ތިހިރީ ؟ ހީވަނީ ހަމަ ބިރުން ފެއިންޓް ވެދާނެހެން……” އެލީނާ ލަދުގަނުވަން އުޅޭ ފަދަ ރާގެޢްގައި އީޝަލް ބުނެލިއެވެ. އޭރު އެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. “ނޫން….. ބިރެއްނުގަނޭ” އެލީނާ ނިކަން އަވަހަށް ބުނެލިއެވެ. އޭނާހުރީ އެ ހިތުގެވެރިޔާ ކިޔާން އައިސްފިތޯ އަހާލަން ބޭނުންވެފައިއެވެ ނަަމަވެސް އީޝަލް ދިމާކުރަަނެވަރު ހިތަށްއެރުމުން އަހާލަން ފަސްޖެހެވުނީއެވެ.
ދެންމެ ޤާޒީ ދުރުވެއްޖެ. އީޝަލްއަށް ވިސްނުނީ ކަންނޭނގޭއެވެ. ލަސްލަހުން އީޝަލް ތަޅުވާލަން އުޅޭ ފަދަ އަކުން މައުލޫމާތު ކިޔައިދޭން ފެށިއެވެ.
” ކިޔާން…..؟ ” އިތުރަކަށް އެލީނާއަކަށް ކެތްނުވިއެވެ. ހިތުގެ ހާލު ދުލާހަމައަށް އައިސްފިއެވެ. އީޝަލްއަށް އަވަގުތު އެލީނާއަށް ވަމުން ދިޔަގޮތް ފެނި ބޭިޚްތިޔާރުގައި ހިނިތުންވެވުނެވެ. އަދި އެލީނާގާތު އައިސް ހުއްޓުނެވެ.
މާޝާﷲ!…..އެލީ ހާދަ ރީއްޗޭ ހީވަނީ ޙޫރުޕަރީއެއްހެން، އަދި ތިހެދުމުގައި ފެންނަ ގޮތް ވަކިން ފުރިހަމަ… ޔަޤީން މިރޭ ތިއްތިއަށް އެލީ ފެނި މޮޔަވާނެކަން… ބަލައްޗޭ، ތިއްތިގެ ނަޒަރު އެހެން އެއްވެސް ތަނަކަށް ނުހުއްޓޭނެ، އަތްވެސް މަޑުން ބޭއްވޭނެކަމެއް ނޭގޭ…” ހުނުމަކާއެކު އީޝަލް ބުނެލިއެވެ. އެއާއެކު އެލީނާގެ ކޯތާފަތަށް ލޭތައް ޖަމާވެގެން ދިޔަ އެވެ. ލަދުރަކިކަން އެމޫނުން ކިތަންމެހާ ވެސް ރީއްޗަށް ރަމްޒުކޮށްދެއެވެ.
އަޅޭ ! އައިއޭމް ސޯ ހެޕީ ފައިނަލީ އަހަރެންގެ ލޯބި ލޯބި ބެސްޓީ އަހަރެންގެ ފަހަރިއަކަށް ވަނީ…..” ހަގީގަތުގައިވެސް އީޝަލް ހުރީ އުފާވެފައިއެވެ. އެލީނާގެ އެންމެ ގާތް އެކުވެރިޔާއަށްވުމުގެ އިތުރުން އީޝަލަ އަކީ ކިޔާންގެ ކަޒިންކުއްޖެކެވެ.
‘ހާދަ ދިގު އިންތިޒާރަކަށް ފަހުގައޭ އެލީ ހުވަފެންތައް ހަގީގަތަކަށް މިވަނީ… އަހަރެން އޭރު ވެސް ބުނީމެއްނު ހިތްވަރާއެކު ކުރިމަތިލުމުން ކާމިޔާބު ލިބޭނެޔޭ…” އެލީނާގެ ހިމަތޮޅި ހަށިގަނޑުގައި އޮޅުލައިގަންނަމުން އީޝަލް ވާހަކަ ދެއްކިއެވެ. ”އައެމް ސޯ ހެޕީ ފޯރ ޔޫ…” އެކުވެރިޔާ އުފުލި ތަކުލީފާއި، ބަރުދާސްތުކުރި ހިތްދަތި ދުވަސްތަކަށް ނިމުން އައުމުން އޭނަގެ ހިތަށް ވަނީ ފިނިކަމެއް ލިބިފައެވެ. އެއުފާވެރިކަން މުޅިއުމުރަށް ލެހެއްޓެވުމަށް އެދެވުނެވެ.
އެލީނާ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ގުޅިފައިވަނީ ކިޔާންއާއިއެވެ. އެލޯބި ހާސިލު ކުރުމަށް އެލީނާ ވަނީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލައި ވޭން އޭގެ ފުރިހަމަކަން މަތީ ތަހައްމަލުކޮށްފައެވެ. މުޅި ދުނިޔެ އޭނަގެ ލޯބި އިމްތިހާނު ކުރުވިއެވެ. ކުރިމަތިވި ފިއްތުންތަކުގެ ތެރޭގައި ނަފުސު ހަފުސްވެގެން ހިނގައިދާނެ ފަދަ ހާލަތްތައް ވެސް އައެވެ. އެހެނަސް ތޫފަންތަކަކީ ދާއިމަށް ދެމިގެންދާނެ އެއްޗެއް ނޫނެވެ. ވަގުތު ނެގިކަމުގައި ވިޔަސް ކިތަންމެ ބާރުގަދަ ތޫފާނެއް ވެސް އަލިވާނެއެވެ. ކުރިމަތިކުރުވި ގެއްލުންތައް ފޫބެދި އާރޯކަން ގެނެސްދޭނެއެވެ. އެއީ ދުނިޔޭގެ ޤާނޫނެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއޭ މީހުން ބުނަނީ ސަބަބެއް ނެތިއެއް ނޫނެނެވެ. ހަމައެއުސޫލުން އުފަލާއި، ލޯބީގެ ކުލަތަކުން މިއަދު އެލީނާގެ ޚަޔާތް ވަނީ ރަންގުވެފަ އެވެ. ނަޒަރު ހިންގާލާ ކޮންމެ ދިމާއަކުން ވެސް ފެންނަނީ ބަހާރުގެ ކުލަތަކެވެ. އެހުރިހާ އުފަލެއްގެ އަސްލާ ގުޅިފައިވަނީ އޭނާގެ ލޯބިވާ ކިޔާން އާއިއެވެ.
”ތޭންކްސް ފޯރ ބިއިންގް ދެއާރ ފޯރ މީ…” އެލީނާ ޚިޔާލުތައް ވެސް މާޒީގެ ހަނދިރިކަމުގެ ތެރެއަށް ކުޑަވަތުކޮޅަކަށް ގެނބުނެވެ. އެއުދާސްތައް އަދިވެސް އޭނައަށް އިހުސާސްކުރެވެއެވެ. އެހިތްދަތިކަމުގެ ތެރެއަށް އެނބުރި ރުޖޫޢަ ވެދާނެތީ އަދިވެސް އޭނަގެ ހިތުގައި ބިރުވެރިކަން ވެއެވެ. ލިބޭތޯ ދުޢާކުރި އާޝިޤާ ދެވަނަ ފަަހަރަށް ބީވެގެން ދާކަން އޭނަގެ ރޫހު ނޭދެއެވެ. މާޒީގެ އުދާސްތަކުގެ ތެރެއަށް ނަފުސު ދޫކޮށްލާކަށް އެލީނާ ބޭނުމެއް ނުވިއެވެ. އޭނަ ވަނީ އެމާޔޫސްކަން މާޒީގެ އަނދިރިކަމުގެ ތެރޭގައި ވަޅުލާފައެވެ. އަލުން ކޮނެ އެހަނދާންތައް އާލާ ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އެހަނދާންތަކުން ހިތްދަތިކަން ނޫން އެއްޗެއް ހާސިލު ނުކުރެވޭނެއެވެ.
‘މިގަޑީގަ އިމޯޝަނަލް ވާކަށް ނުވާނެ، އެހެންނޫނީ މޭކަޕް ހަޑިވެދާނެ… ދެން އެލީ ހީވާނީ ޖޯކަރެއްހެން، އޭރުން ތިއްތި ވެސް ފޫހިވެދާނެ…” މާހައުލަށް ވެރިވަމުން އައި އުދާސްކަން ކަނޑުވާލަން ސަމާސާ ރާގަކަށް އީޝަލް ބުންޏެވެ. އޭނަގެ ހުންނަ ސަކަ މިޒާޖާއި ގެންގުޅޭ ތަފާތު އުކުޅުތަކުގެ ސަބަބުން އެލީނާ ހެއްވާލާކަށް ގިނަ އިރެއް ބޭނުމެއް ނުވިއެވެ. ދެއެކުވެރިން ވާހަކައަށް ގެއްލުނު ދަނޑިވަޅުގައި ކޮޓަރީގެ ދޮރު ހުޅުވާލެވުނު އަޑަށް ސިހިފައި ދޮރާއި ދިމާއަށް ބަލާލެވުނެވެ. އޭރު ގޭތެރޭގައި ހޭލަމޭލަވަމުން އައި ޢާއިލާ މެންބަރުންގެ އަޑު އިވެއެވެ.
އީޝަލް، އާދެބަލަ…” އީޝަލްއަށް ބަލާލަމުން ރީޝަމް ބުނެލިއެވެ. އަދި އެދެލޮލުގެ ނޫރުކަމުގައިވާ އޭނަގެ ލޯބިވާ ދަރިފުޅަށް ބަލާލަމުން ހިނިތުންވެލިއެވެ. އެބައަންނަން ކަމަށް ބުނެފައި އީޝަލް ކުރިއަށް ހިނގައިގަތީ ހައިރާންވެހުރެއެވެ. ޢެލީނާ ލިބިފައިވާ އުފަލެއްގެ ސަބަބުން އޭނައަށް ރީޝަމްގެ މޫނުމަތިން ފާޅުވޭވޭ ހުރި ނުތަނަވަސްކަން ވެސް ފާހަގައެއް ނުކުރެވުނެވެ. އެހެނަސް އީޝަލްއަށް ހުރިހާކަމެއް ފާހަގަކުރެވުނެވެ.
ފަހަތުން ލެއްޕުނު ދޮރާއެކު ކުއްލިއަކަށް އެލީނާ ކަމެއް މަތިން ހަނދާން ވިއެވެ. ދެކެވުނު ވާހަކައިގެ ތެރޭން ވެސް ކިޔާން އައިސްފިތޯ ޔަޤީން ނުކުރެވުމުންނެވެ. ކުރިމަތިކުރުވާފައިވާ ބޯތޫފާނުގެ ތެރޭން ސަލާމަތުން މަންޒިލާ ހަމައަށް ކިޔާންއަށް އާދެވުމަށް އެދި އެލީނަ ހިތުގެ އަޑިން ދުޢާކުރިއެވެ.
”ޢެލީ މަންމާ… ކަމެއް ގޯސްވީތަ؟…” ބޭރަށް ނިކުމެވުމާއެކު އީޝަލްއަށް އަހާލެވުނެވެ. އޭނައަށް ރީޝަމް މޫނުގައިވި ކުލަވަރުތައް ފެނި ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ކަމެއް ޖޯސްވެއްޖެ ކަމުގެ ރެޑް ސިގްނަލް އޭނަގެ ޒަމީރު ދޭން ފެށީ އެދަނޑިވަޅުގައެވެ.
”ވަގުތު ކުޑަތަން ވަނީ އެކަމަކު އަދިވެސް ކިޔާން އެއް ނާދޭ، އޭނަ ފޯނެއްވެސްނުނަގާ ކިޔާންގެ އާައިލާ މީހަކަށްވެސް ނަެނގޭ އޭނާވީ ތަނެއްވެސް…” ކަންބޮޑުވެފައިވާ ރާގަކަށް ރީޝަމް ވާހަކަދެއްކިއެވެ. އަދި ގޮތް ހުސްވެފައިވާ މީހަކު ފަދައިން އީޝަލް އަތުގައި ހިފާލީ އެހީ ބޭނުންވެފައި ހުރެއެވެ. ރީޝަމްގެ ޖުމްލައާއެކު އީޝަލް ޝޮކެއް ލިބި މުޅި މީހާ ގަނޑުވެއްޖެއެވެ. ލިބުނު ނުތަނަވަސްކަމުގެ ތެރޭގައި އޭނައަށް ފުރަތަމަ ވެސް ވިސްނާލެވުނީ އެލީނާއާ މެދުގައެވެ. އެއާއެކު އޭނަގެ ހިތުގެ ވިންދު އިހުނަށްވުރެ އަވަސް ވިއެވެ.
”ވެދާނެއެއްނު ވިއްސާރައިގެ ސަބަބުން ލަސްވަނީ ކަމަށް…” އެނާޒުކު ވަގުތުގައި ވެސް ނުބައި ގޮތަކަށް ވިސްނުން ހިންގަން އީޝަލް ބޭނުމެއް ނުވިއެވެ. ފަހު ވަގުތާ ޖެހެދެން ވެސް ނުބައި ގޮތަކަށް ވިސްނުން ނުބެހެއްޓުމަކީ އިޝަލް ގެންގުޅޭ ރަގަޅު އާދައެކެވެ.
”ވިއްސާރަ ވިޔަސް އާދެވޭނެހާ އިރުވެއްޖެ ދޯ، އެހެން ރަށެއްގަ ނޫން ވިއްޔާ އުޅެނީ… އެޢާއިލާ މީހަކަށް ކިޔާން ވިތަނެއް އިނގުނުނަމަ ކޮންމެވެސްވަރެއްގެ
ހަމަޖެހުމެއް ލިބޭނެ ދޯ…. އާައިލާ ކައިރި އޯފީހައް އާރގެންޓުކޮށް ދާން ޖެހިއްޖޭ ބުނެފަ 8 ޖަހާިއިރު މިގެއަށް އަންނާނަމޭ ބުނެފަ ދޔަ މީހާ:8 45 ވިއިރުވެސް ނާދޭ …” ރީޝަމް ބުނެލިއެވެ. އޭނަގެ އަޑުގައި ހާސްކަމާއި އެއްވަރަށް ރުޅިވެރިކަން އެކުލެވިގެން ވިއެވެ. ހިތަށް ކޮށްފައިވާ ފުން އަސަރުތަކާއެކު ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިފަހެއްޓުމަކާ ނުލާ ފައިބައިގެން ދިޔަ އެވެ. ”ގުޅީމަ ފޯނެއް ވެސް ނަގަނީކީ ނޫން…’ލިބުނު ހާސްކަން އިތުރުވުން ނޫންކަމެއް ނުވިއެވެ.
އީޝަލް އޭނަގެ ފޯނު ނަގައި ކިޔާން ނަންބަރަށް ގުޅަން އަވަސްވެގަތެވެ. ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރި އިރު އޭނަގެ މޫނުގެ ޝުއޫރުތައް ބަދަލުވަމުން ދިޔަ އެވެ. ފޯނު ކެނޑުމާއެކު އަނެއްކާ ވެސް އީޝަލް ގުޅިއެވެ. އެގޮތުގެ މަތީން ދެފަހަރު އޭނަ ގުޅިއެވެ. ނަމަވެސް ފޫނެއް ފަޔަށް ފެންފުރުން ނޫންކަމެއް ނުވިއެވެ. އެންމެފަހުން އީޝަލް ގާތަށް ރުޅިއަންނަން ގޮތް ވިއެވެ. ލިބިފައިވާ ނުތަނަވަސްކަން ރުޅީގެ ސިފަ ހިޔާރު ކުރީއެވެ.
”ނުނަގާ ދޯ ފޯނެއް…” ރޮވިފައިވާ އަޑަކުން ރީޝަމް ވާހަކަދެއްކިއެވެ. އީޝަލް ބޮލުގެ އިޝާރާތުން ޖަވާބު ދިނެވެ. އެވަގުތު ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުމާއެކު ދެމީހުނަށް ވެސް ފަސްއެނބުރި ބަލާލެވުނީ ނުހަނު އަވަހަށެވެ. ރީޝަމް ކަރުނަތައް ފޮހެލަމުން އެމޫނުގައިވި ހިތްދަތިކަން ކުޅަދާނަކަމާއެކު ވަންހަނާކޮށްލިއެވެ. އޭރު އޭނަގެ ކޮއްކޮ ޒާރާ އައިސް އެމީހުންނާ އަރާހަމަކުރަނީއެވެ
.’ދޮންތާ، ޤާޟީންނަށް ލަސްވެގެން އެއުޅެނީ… އިތުރު ކައިވެންޏެއް ވެސް އޮތް ވާހަކަ އެބަބުނޭ… ކީކޭތަ ބުނަންވީ؟…” ޒާރާ އެހި އެވެ. އޭނަގެ ނަޒަރު ފޯނުން މީހަކަށް ގުޅަން މަސައްކަތްކުރަމުން ދިޔަ އީޝަލްއަށް ހުއްޓުނެވެ. އޭނައަށް ހައިރާންކަމެއް ލިބުނީ ދެނެވެ. ކަމެއް ދެނެގަންނަން އުޅޭ ކަހަލަ ގޮތަކަށް އޭނަ ވަކިވަކީން ރީޝަމް އަދި އީޝަލްގެ މޫނަށް ބަލާލިއެވެ. ލިބިފައިވާ ތޫނުފިލި ވިސްނުމާއެކު ކަމެއް ގޯސްވެއްޖެކަން އޭނައަށް ވަގުތުން ނަގައިގަނެވުނެވެ. އެއާއެކު އޭނައަށް ބަލާލެވުނީ ރީޝަމްއަށެވެ. ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ބޭނުންވެފައި ކަހަލަ ގޮތަކަށެވެ
.ދޮންތާ ކަމެއް ގޯސްވީތަ؟، ކިޔާން ނާންނަނީތަ؟…” ޒާރާއަށް އަހާލެވުނެވެ.
”ހުރިހާ ކަމެއް ވެސް ރަގަޅު… އެމީހުން ގާތު މަޑުކޮށްލަން ބުނޭ…” ރީޝަްމް ދިނީ ކުރު ޖަވާބެކެވެ. ފާޑަކަށް ބަލަން ހުރެފައި ޒާރާ އޭނަ އައިކޮޅަށް ހިނގައިގަތީ ސުވާލުތަކުން ފުނިޖެހިފައިވާ ހިތަކާއެކުގައެވެ. އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ތަފާތު ގޮތްގޮތުން އެސުވާލުތަކަށް އޭނަ ޖަވާބު ހޯދިއެވެ.
‘ދައްތާ އަހަރެން މިދަނީ އެގެއަށް ދާން…” ހުރިހާ ދޮރެއް ބަންދުނުވާކަން ހަނދާންވުމާއެކު އީޝަލް ބުނެލިއެވެ.”އެކަމަކު އީޝަލް ގޮސްފިއްޔާ އެލީ ސުވާލުކުރަން ފަށާނެ…” ރީޝަމް ބުނެވުނެވެ.
”ނުގޮސް ވެސް ވާކަށް ނެތެއްނު، އަހަންނަށް ހީވަނީ ތިއްތިއަށް ކަމެއް ވީހެން، އޭނަ އެލީއަށް ދެރަގޮތެއް ނަހަދާނެ…” ކިޔާންގެ މައްޗަށް އޮތް އިތުބާރު ގެއްލިގެން ހިނގައިދާނެތީ އީޝަލްގެ ހިތް ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އޭނައަށް ނުބައި ނަޒަރަކުން ކިޔާންއާއި މެދު ދެކެވުނީ ނޫންބާވައެވެ ކިޔާން ގިރިޓީ ކޮށްފައި ދެއްކި ދަޅަތަތަކީ ހަޤީޤަތެއް ނެތް ބިލާހުތަކެއް ނޫން ބާވައެވެ. ނޫނެކެވެ. އެހެން ކަންތައް ވެގެން ނުވާނެއެވެ. ވައުދާއި އަހުދުތައް ކޮށްފައި ކިޔާން އެލީނާއަށް ދެރައެއް ނުދޭނެއެވެ. މިވީހާ ދުވަހު ކިޔާންގެ ފަރާތުން އޭނައަށް ފެނިފައިވަނީ އެލީނާ ދެކެ ވާ ލޯތްބެވެ. އެކުގައިވާން ކުރި މަސައްކަތެވެ. އެހުރިހާ ގިލަންތަކަށް ފަހު ކިޔާން އޮޅުވާލަފާނެކަމަށް އީޝަލްއަށް ޤަބޫލެއް ނުކުރެވުނެވެ. ހަމައެއާއެކު އެލީނާއަށް ހިތްދަތިކަމެއް ދީފާނެކަން ވެސް މެއެވެ.
”ދެރަގޮތެއް ނަހަދާ ނެތެއެއްނު!، ކައިވެނި ކުރަން ބޭނުން ނުވަންޏާ ކައިވެންޏަށް އެދުނީ ކީއްކުރަން!…” ރުޅިވެރިކަމާއެކު ރީޝަމްއަށް ބުނެވުނެވެ. އޭނަގެ ހިތް ފާއިތުވާ ކޮންމެ މިނެޓަކާއެކު ދިޔައީ ކިޔާންއަށް ނަފްރަތުކުރަމުންނެވެ. އޭނަގެ މަލެއް ފަދަ ދަރިފުޅަށް ދީފައިވާ ބޮޑު ކެހީގެ ސަބަބުންނެވެ. އެންމެ ފަހުވަގުތުގައި އެފަކީރު ނިކަމެތި ހާލުގައި ޖައްސާފައި އެފިރިހެނާ ވަން ތަނެއް ވެސް އެނގެނީކީ ނޫނެވެ.
”މަންމާ ކިހިނެއްތަ މިވަނީ؟…” ކެމެރާ ހިފައިގެން ފޮޓޯނެގުމާއިގެން އުޅުނު ޝާން އޭނަގެ މަންމަ ޒާރާ ގާތަށް ހުއްޓިލަމުން ސުވާލުކުރިއެވެ. އޭރު މާހައުލަށްވަނީ އުދާސްކަން ވެރިވެފައެވެ. ޢާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިންތަކުން ފުރިފައިވާ މާހައުލުގައި ތަަފާތު ވާހަކަތައް ދެކެވެން ވެސް ފަށައިފިއެވެ. ޤާޟީންނަށް ވެސް ލަސްވެގެން އުޅޭތަން ފެނެއެވެ.
”ނޭގޭ މަށަކަށް، ގައިމު ރާއްޖޭން ބޭރުގައި ހުރި މީހަކަށް ވެސް އާދެވޭނެހާ އިރުވެއްޖެ ދޯ، ދޮންތަ ވެސް އެބައުޅޭ އީޝަލް އާއި ވާހަކަދައްކަން އެކޮޅުގަ، މަށަށް ޔަޤީން ނުބައެއް އެބައުޅޭކަމާ މެދު، އެހެންނޫނީ އެ ކިޔާން އަންނަހާ އިރުވެއްޖެ ދޯ، އޭނައާ ހެދި ލަދުން ގޮސް ބޯހަލާކުވާހާ އެބަވެޔޭ، މިއެންމެން ތެރޭ އަހަރުމެން ލަދުގަންނަވާލަން އޭނަ ކުރާކަމެއްކަން ޔަޤީނޭ!، މިހެންނޭ ވާނީ ތަނަކުން ފެންނަ ފިރިހެނަކާ ހިތާވީމަ!…” ބަދިގެއާއި ވީ ފަޅިއަށް އިޝާރާތްކޮށްލަމުން ޒާރާ ވާހަކަ ދެއްކިއެވެ. ޒާރާގެ ވާހަކަދެއްކުމުގެ ރާގާ މެދު ޝާން ހިތްހަމަނުޖެހުނެވެ. އިތުރަށް އެތާނގައި މަޑުކުރުމެއް ނެތި ހަރު ފިޔަވަޅުތަކެއްގައި އޭނަ މިސްރާބު ޖެހީ ބަދިގެއާއި ދިމާއަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.



Hei… here’s the second part of the story. Hope you all will like this part too . If theres any mistakes pls point it out so tht I can improve. Nxt part Insha Allah Thursday ga genes dheynan❤❤??
Hey reem dear v nice mi prt vx btw laalu first dhw…. V avahah kiyaaliyma mistake eh inas faharugaa faahaga nuve indhedhaane…. Bt 2nd time kiyaalaafa comment kohlaanan mistake eh inihyaa…. Best wishes frm me… Kyp it up???????????? luv ya
Hehe thanks dear ??❤❤
mi vaahaka varah vahtharu muthaage edhi edhi hoadheemey aai… i mean sentences and dialogues.. just bunelee ingey… i hope copy akah nuvaane kamah… varah reethi vaahaka
It wont be a copy mi story ga inna problem different vaane muthaa ge edhi edhi hoadhime aai
Salhi?????????..hope next part will be uploaded soon
next part kn irakun
Maadhan noony Thursday ga upkohla dheynan
Vvvvvvvvvvvvv salhi ingey mi part vec dear?
Thanks dear ❤?
vrh salhi mi part… next part avahah up kohlla dhehchey.. keep it up!
Thank you, Shau ❤
v. salhi… waiting 4 nxt part
I’m very sure… you copied mutha’s story… it was the same dialogues and the starting was either the same… only the names have changed… instead of BATHOOL: ELYNA… instead of SHUJAU: SHAAN… instead of HINDHU: RYSHAM… instead of AZYAAN: KIYAAN… instead of JANAA: EESHAL…
Story ga dhimaa vaa problems thah same nuvaane and I assure you it wont be the copy of muthaas story .
Aashigaa,eii anhen
Aashigu,eii firihen
Nice?
Mi vaahakaike feshun kiyaalevumaa eku hithah genevuny mutha ge “edhi edhi hoadhymey”mi vaahaka. 2 vana part kiyalumun ves nanthah fiyavaa thafathu kameh nufeney.. Copy nooniyya midhen koacheh??