Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އެނގޭ ނަމަ 20

Aami Level 210 Stories100 Comments
April 16, 2019 7 Mins Read
28 Comments

“ހަލޯ މައި…… ކިހިނެތްވީ އެއްޗެކޭ ނުބުނެ ތިއިންނަނީ؟ އަނެއްކާ ގޯސް އެއްޗެއްތަ އަހަރެންނަށް މިބުނެވުނީ؟ އެހެން ނޫނީ އެކްސައިޓްމަންޓްގަ ޝޮކެއްޖެހުނީތަ؟” މައިރާގެ ހަބަރެއް ނުވުމުން އަވްލީން އަނެއްކާވެސް ވާހަކަދެއްކިއެވެ.

“ލީން ޔަގީންތަ ހަމަ ލީން އޭނަ ދެކެކަން ލައިކް ވަނީ؟ މިބުނީ ވިސްނާފަތަ ތިގޮތަށް ނިންމީ؟” މައިރީ އިނީ އަދިވެސް ޝޮކެއްގައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އަވްލީން ރާހިލް ދެކެ ލޯބި ވެދާނެކަމަށް މައިރާ މެންގެ ތެރެއިން އެކަކުވެސް ހިޔެއްނުކުރެއެވެ.

އިތުރަށް އެތާ އިނދެގެން އަވްލީންގެ ވާހަކަތައް އަޑުއެހުމުގެ ހިތްވަރު ރާދިންގެ ގައިގާ ނެތުމުން އޭނާ ތެދުވެގެން ކޮޓަރިން ބޭރަށް ދާން ނިކުތެވެ. ރާދިން އަށް ހީވީ މުޅި ދުނިޔެ އެނބުރުނު ހެންނެވެ. އެންމެ ލޯބިވާ މީހާ އެހެން މީހެއްގެ ހައްގަކަށް ވާތަން ބަލަން ރާދިން އަށް ކެތްވާނެބާއެވެ. އަދި އެވެސް އޭނާގެ އެހާ ގާތް މީހަކާއެކު އަވްލީން އުޅޭތަން ބަލަން ރާދިން އަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ؟

ރާދިންގެ ފަހަތުން ރާހިލް ވެސް ބޭރަށް ނިކުތެވެ. ރާދިން އޭނާދެކެ ހިތްހަމަނުޖެހޭނެކަން އެނގޭތީ ރާހިލް ހުރީ މާޔޫސްވާގޮތްވެފައެވެ. ނަމަވެސް މީގަ އެނާގެ އެއްވެސް ކުށެއްނެތެވެ. އަވްލީން ރާހިލް އާއި ދޭތެރޭގައި އެފަދަ ނަޒަރަކުން ދެކޭނެ ފުރުޞަތެއް ރާހިލް ދީފައެއް ނުވާނެއެވެ. އެހެންވީއިރު މީގަ ރާހިލްގެ އެއްވެސް ކުށެއް އެބަ އޮތް ހެއްޔެވެ؟

“ރާދް އަހަރެންނަށް މާފްކުރޭ. އަހަރެން ގަސްތުގަ ކުރިކަމެއް ނޫންމީ. އަހަރެންނަކަށް ނުވެސް އެނގޭ ލީން އަހަރެންނާ ދޭތެރޭގައި އެފަދަ ނަޒަރަކުން ދެކޭ ކަމަކަށް އަހަރެން ލީން ދެކެނީ ހަމަ ފްރެންޑެއްގެ ނަޒަރަކުން.” ބޭރަށް ނިކުތް ރާދިން އާއި އަރާ ހަމަކުރަމުން ރާހިލް ރާދިން އަށް ވިސްނާދޭން މަސައްކަތްކުރިއެވެ. ރާދިން އޭނާދެކެ ރުޅި އަންނާކަށް ރާހިލް ބޭނުމެއް ނުވެއެވެ. އަދި ރާދިން އަވްލީން ދެކެ ވާ ލޯބި އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ރާހިލް ކަމާއި މެދު އެއްވެސް ޝައްކެއްނެތެވެ. އެހެންކަމުން ރާދިން އަށް މިފަދަ ހިތާމައެއް ދޭން ރާހިލް ދުވަހަކުވެސް ނުވިސްނާނެއެވެ. ގާތް ރަހުމަތްތެރިއެއްގެ އިތުރަށް ރާދިން އަކީ ރާހިލްގެ ބޭބެއެކެވެ.

“ރާހް. އަހަރެން ރާހް ދެކެ ރުޅިއެއް ނާދޭ. އަހަރެން ގަބޫލުކުރަން މިކަމުގަ ރާހްގެ އެއްވެސް ކުށެއްނެތްކަމަށް. ލީން އަށް ރާހް ދެކެ ލޯބި ވެވުމަކީ ރާހް ކުރާނެކަމެއް ނޫން. އަހަރެން މިވަގުތު ބޭނުން ވަނީ އެކަނިވެލަން. ޕްލީޒް މިވަގުތު އިހަށް އަހަރެން އެކަނިވެލިޔަދީ.” ރާދިންގެ ހިތުގައި ރާހިލް އާއި ދޭތެރޭ އެއްވެސް ރުޅިވެރިކަމެއް ނެތްކަން އެނގުމުން ރާހިލް ވަރަށް ހިތްހަމަޖެހުނެވެ. އަދި ރާދިންގެ އެދުމުގެ މަތިން ރާދިން އެކަނިވެލަން ވަގުތުކޮޅެއް ދިނުމަށްޓަކައި މައިރާ މެން ކައިރިއަށް ދިޔުމަށް ރާހިލް ހިނގާގަތެވެ.

***************************

“މައި ކީއްވެގެންތަ ތިހެން ތިބުނީ؟ އަހަރެންނަށް އޭނަ ދެކެ ލައިކް ވެވުމަކީ މައި ތިހާވަރަށް ހައިރާންވާންޖެހޭ ކަމެއްތަ؟” އަވްލީން ވެސް މައިރާ އަށް ކޮށްލީ ސުވާލެކެވެ.

“ނޫން އެހެންނެއް ނޫން. ލީން އަށް ރާހް ކަމުދަންޏާ އަހަރެމެންނަށްވެސް ހަމަ އޯކޭ.” ހިތާއި ދެކޮޅަށް ނަމަވެސް މައިރާއަށް އެހެން ބުނަން މަޖުބޫރެވެ. ރާދިންގެ ވާހަކަ އަވްލީން ގާތުގައި ދެއްކުމަކީ ރަނގަޅުކަމެއް ނޫންކަން މައިރާ އަށް ވިސްނެއެވެ. އެހެންކަމުން އަވްލީން ހިތްހަމަޖެހޭ ގޮތަށް ކަންތައްކުރަން މިއަދު މައިރާ މެންނަށް މަޖުބޫރެވެ.

“ވެއިޓް މައި. އަހަރެން ކޮން އިރަކު ބުނީ އަހަރެން ލައިކް ވަނީ ރާހިލް ދެކެއޭ. އަހަރެން އޭނަ ދެކެނީ ހަމައެކަނި ފްރެންޑެއްގެ ގޮތުގައި. އަހަރެން ލައިކް ވަނީ ރާހިލް ދެކެއެއް ނޫނޭ.” މައިރާ ބުނި އެއްޗަކުން އަވްލީން ހައިރާންވިއެވެ. އޭނާ އެދައްކަނީ ރާހިލްގެ ވާހަކައެއް ނޫނެވެ. ވީއިރު މައިރާ ރާހިލްގެ ނަން ބުނުމުން އަވްލީން ހައިރާންވިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އަވްލީން ގާތަށް ހިނިއައީ އޭނާ މައިރާ ކައިރީގައި މާހިލްގެ ބޭބެ އޭ ބުނުމުން އެމީހަކީ ރާހިލް ކަމަށް މައިރާ ހީކުރިކަން އެނގުމުންނެވެ.

“ވެއިޓް ވެއިޓް. އެނގިއްޖެ މިހާރު މިވީ ގޮތެއް. އަހަރެން މާހިލްގެ ބޭބެ އެކޭ ބުނީމަ ދޯ މައި ތިހީކުރީ އެމީހަކީ ރާހް ކަމަށް؟” ވާ ނުވާ ފަހުމް ވާން ފެށުމުން އަވްލީން ގާތަށް ވަރަށް ހިނިއައެވެ.

“މާހްގެ ބޭބެ އަކީ ރާހިލް އޭ. ދެން ލީން އެހެން ބުނީމަ ހީކުރާނީ އެމީހަކީ ރާހް ކަމަށްދޯ؟” މައިރާ އަދިވެސް އިނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ.

“އޯ މައި ގޯޑް މައި. ހަމައެކަނި އެއްބަނޑު އެއްބަފާ މީހުން އެކަނިތަ ބޭބެ އާއި ކޮއްކޮ އިންނަށް ވަނީ. އީވެން ކަޒިން އާރ ބްރަދާސް ދޯ ހަމަ.” އަވްލީން މައިރާ އަށް ވިސްނާދޭން މަސައްކަތްކުރިއެވެ.

“ޔޫ މީން………… ލީން ލައިކް ވާ މީހަކީ ޑރ. ރާދިން އެތަ؟” އަހަން ނާހަން ހުރެފައިވެސް މައިރާ އަހާލިއެވެ. މާހިލްގެ ކަޒިން އަކަށް ރާދިން ނޫން އެހެން ފިރިހެން ކުއްޖެއް ހުންނަ ކަމެއް އަވްލީން އަކަށް އެނގިފައެއް ނޯންނާނެއެވެ. އަދި މާހިލް އާއި ރާދިން އަކީ ދެބެންދެދަރި ކުދިން ކަން މައިރާ ވަނީ އަވްލީން އަށް ކިޔާދީފައެވެ.

“ޔެސް މައި. އަހަރެން މިދައްކަނީ ރާދިންގެ ވާހަކަ. އަހަރެން ލޯބިވަނީ ރާދިން ދެކެ. އެނގޭތަ މައި އަށް ލައިފްގަ ފުރަތަމަ ފަހަރަށް އަހަރެންނަށް މީހެއްދެކެ ލޯބި މިވެނުނީ. އެންޑް އަހަރެން ބޭނުން ކޮންމެ ގޮތެއް ހަދާފަ ނަމަވެސް އަހަރެންގެ ލޯބި ހާސިލްކުރަން. އެކަމް މިހެން ބުންޏަސް އޭނަ އަހަރެންދެކެ ލޯބި ނުވަންޏާ ގަދަ ކަމުން ލޯބި ހޯދަން މަސައްކަތްކުރާކަށް އަހަރެން ބޭނުމެއް ނޫން. ލޯތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫނެއްނުދޯ؟” އަވްލީން އޭނާގެ ހިތުގައިވާ އެއްޗެއް މައިރާ އަށް ކިޔާދިނެވެ. އަވްލީންގެ ވާހަކަ އަޑުއިވުމުން މައިރާ އާއި މާހިލްގެ ތުންފަތް މައްޗަށް ވެރިވީ ރީތި ހިނިތުންވުމެކެވެ. އެންމެ ފަހުން ރާދިން އަށް އަވްލީންގެ ލޯބި ހާސިލްކުރެވޭނެ ކަމުގެ ފެހި ސިގްނަލް ފެނުނީއެވެ. ކޮޓަރީގެ ދޮރު ކައިރީގައި ހުރި ރާހިލް އަށް ވަރަށް ރީއްޗަށް އަވްލީން ދެއްކި ވާހަކަތައް އަޑުއިވުނެވެ. ހަގީގަތް އެނގުމުން ރާހިލް އަށް ހީވީ އޭނާގެ ބޯ މަތިން ބޮޑު ބަރެއް ނެގި ހެންނެވެ. ވަގުތުން މާޔޫސްކަން ވެރިވެފައިވާ މޫނުމަތި އުޖާލާވިއެވެ.

“އޯހް ރާދިންގެ ވާހަކަ ދޯ ތިދެއްކީ؟ ނޭނގޭނެ އެއްނު ދެން މާހިލްގެ ބޭބެ އޭ ބުނީމައެއް. އަހަރެމެން ހީކުރާނީ ރާހިލް ކަމަށް ދޯ އެހެން ބުނީމަ.” މައިރާ ވަރަށް އުފާވެފައި ހުރި ނަމަވެސް ހަމަޖެހިލަމުން އަނެއްކާވެސް ވާހަކަދައްކަންފެށިއެވެ.

“އަހަރެމެންނޭ؟ ކޮން އަހަރެމެންނެއްތަ؟” މައިރާ ބުން އެއްޗަކުން އަވްލީން އަށް ހައިރާންވިއެވެ.

“އަސްލު ލީން… މި އަނެއް……” މައިރާ އަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ.

“ޓެލް މީ މައި. އަހަރެންނަށް އެނގޭ މިހާރު ހަމަ ޔަގީނުންވެސް އަހަރެމެން ދެމީހުން މި ދެއްކި ވާހަކަތައް އެނގޭ އެހެން މީހެއް އިންކަން. މީހެއް އޯ މީހުންތަކެއް؟ ބުނެބަލަ ދޮގު ނުހަދާ.” އަވްލީން އަނެއްކާވެސް އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.

“ލީން މައި ދެކެ ރުޅި ނާންނައްޗޭ. އަސްލު އަހަރެން މައިގެ ހާލު ބަލާލަން އައިތަނާ ލީން ގުޅީ. ދެން އަހަރެން ބުނެގެން މައި ފޯން ސްޕީކަރަށްލީ.” މައިރާ އެއްޗެކޭ ބުނުމު ކުރިއަށް މާހިލް އަވްލީންގެ ސުވާލަށް ޖަވާބު ދިނެއެވެ.

މާހިލްގެ އަޑު އިވުމުން އަވްލީން ކުޑަކޮށް ޖެހިލުންވެ ލަދު ގަންނަ ގޮތްވިއެވެ. އަވްލީން ދެއްކި ވާހަކަތައް މާހިލް ރާދިން އަށް ކިޔާދީފި ނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟

“މާހް…… މި އަނެއް އެއީ އަހަރެން މަޖަލަކަށް ދެއްކި ވާހަކައެއް އަސްލު އިނގޭ. ޕްލީޒް ޑރ. ރާދިން ކައިރީގަ ނުބުނަށްޗޭ މިކަމާ ގުޅޭ ގޮތުން އެއްޗެއް.” ބިރުންގޮސް އަވްލީން އަށް ކިޔެ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ.

އަވްލީންގެ ވާހަކައިގެ ރާގު ބަދަލުވުމުން މާހިލް ކައިރިއަށް ހިނި އަންނަ ގޮތް ވިއެވެ. އެހެންކަމުން އަވްލީން އާއި ދިމާކޮށްލުމަށް މާހިލް ބޭނުންވިއެވެ.

“އޯހް އެއީ މަޖަލަކަށް ދެއްކި ވާހަކައެއްދޯ. އަހަރެން ހީކުރީ ލީން ހަމައަސްލުވެސް ރާދް ދެކެ ލޯބިވާކަމަށް. އެކަމް މަޖާދޯ. އޭރުންދެން އަޅާނުލާ..” މާހިލް އޭނާގެ ރޭވުމާއި އެއްގޮތަށް ވާހަކަ ކުރިއަށް ގެންދިއައެވެ.

“ވެއިޓް ވަޓް ޑޫ ޔޫ މީން. މަޖަލަކަށް ނޫން ނަމަ ކީކޭ ބުނަން ތިއުޅުނީ؟” މާހިލް ބުން އެއްޗެއް އަވްލީން އަށް ފަހުމްވާގޮތެއް ނުވިއެވެ. އެހެންކަމުން މާހިލް އެދައްކާ ވާހަކައެއް އެނގެން އަވްލީން ހުރީ ބޭނުންވެފައެވެ.

“އަޅާނުލާ ދެން. ލީން ތިބުނީ އެއްނު މަޖަލަކަށް ބުން އެއްޗެކޭ އެއީ . ސީރިއަސްކޮށް ބުން އެއްޗެއް ނަމަ ދޯ އިތުރަށް ކިޔާދެވޭނީވެސް.” މާހިލް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އަވްލީން އެމީހުން ތަޅުވާލި ގޮތަށް އަވްލީން ވެސް ތަޅުވާލަން މާހިލް އިނީ ބޭނުންވެފައެވެ.

“ދެން މާހް ގަނޑާ…… އޯކޭ އެއީ އަހަރެން ހަމަ ވަރަށް ސީރިއަސްކޮށް ބުން އެއްޗެއް. އައި ރިއަލީ ލަވް ހިމް ވެރީ މަޗް. ދުވަހަކުވެސް އެހެން މީހެއްދެކެ ނުވާ ވަރަށް. ދެންވެސް ބުނެބަލަ ތިދައްކަންއުޅޭ ވާހަކައެއް.” އަވްލީން އަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެއެވެ. މާހިލް އެދައްކަން އުޅޭ ވާހަކަ އެއް އަޑުއަހަން އޭނާ ހުރީ ކެތްމަދުވެފައެވެ.

*****************************

ބާރު ހިނގުމެއްގައި ބޭރަށް ދިޔަ ރާހިލް ދިޔައީ ރާދިން ހޯދުމަށެވެ. އަވްލީން އެދައްކަނީ ރާދިންގެ ވާހަކަކަން ރާދިން އަށް އަނގަން ރާހިލް ހުރީ ކެތްމަދުވެފައެވެ. ރާދިން އަށް މި ހަގީގަތް އެނގިއްޖެނަމަ ރާދިން ހާދަ އުފާވާނެއެވެ. އެ ލޯބަށްޓަކައި ރާދިން ވީ ގުރުބާނީ އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ރާހިލް އެވެ. މައިރާ މެން ގޭ ދޮރާށިން ބޭރަށް ނިކުން ރާހިލްގެ ތުންފަތަށް ހިނިތުންވުމެއްވެރިވީ ދުރުގައި ޕާކުކޮށްފައި އޮތް ކާރުގައި ލެގިލައިގެން ހުރި ރާދިން ފެނުމުންނެވެ. އިތުރަށް ވަގުތު ބޭކާރު ކުރުމެއްނެތި ރާހިލް ދިޔައީ ރާދިން އަށް ހަގީގަތް ކިޔާދޭށެވެ.

“ރާދް އެބައޮތް ރާދް އަށް އެނގެންޖެހޭ ވަރަށް ބޮޑު ވާހަކައެއް ހިނގާ އަހަރެންނާ އެއްކޮށް އެތެރެއަށް.” ރާދިންގެ ކޮނޑުގައިި އަތް ބާއްވާލަމުން ރާހިލް އެދުނީ އޭނާއާއެކު މައިރާ މެން ގޭގެއެތެރެއަށް ދިޔުމަށެވެ. މަގުމަތީގައި އެވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް ރާހިލް އެއް ނުދެކެއެވެ. އެހެން ނޫނަސް ރާހިލް ބޭނުންވީ އެވާހަކަ ސީދާ އަވްލީންގެ ދުލުން ބުނާއަޑު ރާދިން އަށް އިއްވާށެވެ. އެގޮތަށް އެކަން ވާނީ ރާދިން އޭނަ އާއެކު އެތެރެއަށް ގޮސްގެންނެވެ.

“އަހަރެން ބުނީމެއްނު ރާހް ކައިރީގަ އަހަރެން ބޭނުންވަނީ މިގަޑީ އެކަނިވެލާށޭ. ޕްލީޒް ރާހް މިގަޑީ މިތަނުންދޭ.” ރާދިން ހުރީ އެއްގޮތަކަށް ވެސް ދާން ބޭނުންވާކަހަލަ މޫޑެއްގައެއް ނޫނެވެ.

“ޕްލީޒް ރާދް އަހަރެން ބުނީތީ އާދެބަލަ. ރާދް އަށް ކޮންމެހެންވެސް އެނގެންޖެހޭ ކަމެއްމީ އެހެންވެ އަހަރެން މިބުނަނީ.” ރާހިލް ވެސް ހުރީ ދޫކުރާގޮތަކަށް ނޫނެވެ.

“އޯކޭ ހިނގާ ދާން. ކިޔަން ފަށައިފި އެއްޗެއް ހުއްޓައެއްނުލާނެއޭ މީނަވެސް.” އެންމެ ފަހުން ރާދިން ގޮތް ދޫކުރުމަށްފަހު އެތެރެއަށް ދާން ނިންމީ ރާހިލް ގޮތްދޫނުކުރާނެކަން އެނގޭތީއެވެ.

“ސާބަސް ލީން އަށް ހަމަ އެވާހަކަ އެނގެން ބޭނުންވީމަ ތިބުނީ ސީރިއަސް އެއްޗެކޭ އެއީ.” އަދިވެސް މާހިލް ހުއްޓާކަށް ނޫޅުނެވެ.

“ދެން ހަމައަސްލުވެސް އޭ މާހް. އަހަރެންނަށް ސީރިއަސްކޮށް ރާދިން ދެކެ ލޯބި ވެވިއްޖެ. ކުރިން މަޖަލަކަށޭ ބުނީ މާހް ހީކުރާނެ އެއްޗެއް ނޭނގޭތީ. މާހް ގޮސް ރާދިން ކައިރީގަ މިވާހަކަތައް ކިޔާދީފިއްޔާ ދެން ދުވަހަކުވެސް ރާދިން އަހަރެންނަށް ނުފެންނާނެކަމަށް ހީކޮށް. ދެންވެސް ބުނެބަލަ ތިބުނަން އުޅޭ ވާހަކައެއް ނޫނީ އަދިވެސް އަހަރެން މި ދައްކާ ވާހަކަ ގަބޫލުނުކުރެވެނީތަ. ހަމަ ގަންދީ ހުވާކޮށްފަ މިބުނަނީ އަހަރެން ލޯބިވަނީ ރާދިން ދެކެ. ފުރަތަމަ އަދި މާހިލްގެ ބޭބެ އޭ ބުނީމަ މި ދެމީހުން ރަހިލް ކަމަށް ހީކޮށްފަ އުޅުނީ. އެއްވަރެއްގެ ދެމީހުންމީ. އަހަރެން ތިދެމީހުން ކޮންފިއުސްކުރީމަ އޭކަމުގެ ބަދަލުދީ މޮހާރު ތި ހިފަނީ؟” ފެށިގެން ގޮސް ކަންތައް ހިނގާދިޔަ ގޮތް އަވްލީން އަށް ކިޔާދެވުނު ވަގުތަކީ ރާދިން ގޮވާގެން ރާހިލް އައިސް އެތާ މަޑުކޮށްލި ވަގުތެވެ. އެހެންކަމުން އަވްލީން ދެއްކި ހުރިހާ ވާހަކައެއް ވަރަށް ރީއްޗަށް ރާދިން އަށް އަޑުއިވުނެވެ. އަވްލީންގެ ވާހަކަތައް އަޑުއިވުމުން ރާދިން އަށް ކުރެވުުމު އިހުސާސް ބަޔާންކުރަންވެސް ދަތިވިއެވެ. ހުރިހާ އޮޅުން ބޮޅުން ގަނޑެއް ފިލާ ދިޔައެވެ. ދުވަހަުވެސް ނުވާނެކަމަށް ހީކޮށްގެން ހުރި ކަންތައްވީއެވެ. ރާދިންގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އެންމެ ފަހުން އޭނާގެ ހިތުގެ މަލިކާ ހާސިލްކުރެވޭނެކަމުގެ ފެހި ސިގްނަލް ލިބުނީއެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މިފަހަރު އެދެމީހުންގެ ދެމެދަށް އެކަކުވެސް އަޔަ ނުދޭނެކަމަށް ރާދިން ހިތާހިތާ ވައުދުވިއެވެ.

ކޮޓަރީގައި އަވްލީން އާއި ވާހަކަ ދައްކަން ތިބި މާހިލް އާއި މައިރާ އަށް ދޮރުމަތީގައި ހުރި ރާދިން އާއި ރާހިލް އެތަނަށް އައިސް މަޑުކުރިއިރު ފެނުނެވެ. އަދި ރާދިންގެ މޫނު މަތީގެ ކުލަވަރު ބަދަލުވިގޮތް ފެނިފައި އަވްލީން ދެއްކި ހުރިހާ ވާހަކައެއް ރާދިންއަށް އަޑު އިވުނުކަން އެދެމީހުންނަށް ނަގައިގަނެވުނެވެ https://espanolviagra.net. ރާދިންގެ އުޖާލާ ވެފައި ހުރި މޫނު ފެނުމުން އެދެމީހުންވެސް ތިބީ ވަރަށް އުފާވެފައެވެ. އަވްލީންގެ ލޯބި ހާސިލްކުރަން ރާދިން ކުރި ދިގު އިންތިޒާރު އެމީހުންނަށްވެސް ވަނީ ފެނިފައެވެ.

“އޯކޭ ދެން ތިވަރަށް ބުނިއްޔާ ގަބޫލުކޮށްފާނަން. އެކަމް ދެން ފަހަރަކުންވެސް މިފަހަރު ތި ދިން ކަހަލަ ޝޮކެއް ނުދެއްށޭ. ބަޔެއް ކުދިންނަށް ކިރިޔާ ހަމަ ހާޓްއެޓޭކް އެއް ނުޖެހުނީ.” ރާދިން އާއި ދިމާއަށް ބަލައިލަމުން މާހިލް ހެމުން ބުން އެއްޗަކީ ރާދން އާއި ދިމާކުރުމުގެ ގޮތުން ބުން އެއްޗެއްކަން ރާދިން އަށް ހަމަ ރަނގަޅަށް ވެސް އެނގެއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ މަޑުކޮށްގެން ހުރީ ފޯނުގައި ހުރި އަވްލީން އަށް ރާދިން އެތާގައި ހުރި ކަން އަންގަން ބޭނުން ނުވާތީއެވެ.

“އޭން؟؟ ކާކަށް ހާޓްއެޓޭކް ޖެހުނީ؟؟ ކީކޭ ތިކިޔަނީ މިހާރު ދެންވެސް އެބުނަން އުޅުނު ވާހަކަ ބުނެބަލަ.” އަވްލީން އަށް މާހިލްގެ ވާހަކަ އެއްގޮތަކަށްވެސް ނޭނގުނެވެ.

“ކެތްތެރިވޭ ކެތްތެރިވޭ. އަދި އެނގޭނެ އެވާހަކަވެސް އެކަމް މިގަޑީއެއް ނެތް އެވާހަކަ ބުނެވޭކަށް އަދި. އެންޑް އަހަރެންނަށް ކަމަކު ތާކަށް ދާންޖެހިއްޖެ މިގަޑީ އެހެންވީމަ ފަހުން ލީން އާއި ވާހަކަ ދައްކާނަން. ސޯ ފޯ ނައު ބައި ބައި.” މާހިލް އޭނާ ދައްކަން ބޭނުން ވާހަކަ ދެއްކުމަށް ފަހު ފޯނު ކަނޑާލީ އަވްލީން ބުނާ އެއްޗަކަށް ބަަލައިލުމެއްވެސްނެތިއެވެ.

ފޯނު ބާއްވައިލުމާއެކު ހުރިހާ އެންމެންގެ ނަޒަރު ރާދިން އާއި ދިމާއަށް ސީދާވިއެވެ. އެންމެން ބަލަން ތިބި ގޮތުން ރާދިން ކުޑަކޮށް ރަކިވެސްވިއެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ދެންމެ އިވިގެންދިޔަ ވާހަކަތަކުން ހިތަށް ފިނިކަން ލިބިގެންދިޔައެވެ.

“އެހެމް އެހެމް….. ކޮން ހިޔާލަކަށް ގެއްލިފަތަ މި ރާދް މި ހުންނަނީ؟ އަނެއްކާ ދެންމެ ދެއްކި ވާހަކަތައް އަޑުއިވިފައި ޝޮކެއް ޖެހުނީ ކަންނޭނގެ…” ރާދިން ހުރި ގޮތް ފެނުމުން މާހިލް އަށް ދިމާކޮށްނުލައި ނުހުރެވުނެވެ. އެހެންކަމުން ރާދިން އާއި ދިމާކުރަން ފެށިއެވެ. މާހިލް އާއި އެއްކޮށް ދެން ތިބި މީހުންވެސް ރާދިން އާއި ދިމާކުރިއެވެ.

“އާން ދެން ހެވޭ އަހަރެންނާ ދިމާ ނުކުރިއަސް ކޮންމެހެން.” ރާދިން އަށް ހަމައެކަނި ބުނެވުނީ އެހެންނެވެ. އިތުރަށް ބުނާނެ އެއްޗެއް މިގަޑިއަކު ރާދިންގެ ސިކުނޑިއަކަށް ނައެވެ. އެއަށްވުރެ ބޮޑަށް އަވްލީންގެ ހިޔާލުތަކަށް ރާދިން ވަނީ ގެއްލިފައެވެ. މީ އަނެއްކާ ހުވަފެނެއްބާއޭވެސް ރާދިންގެ ހިތަށް އެރިއެވެ.

“އޯކޭ ދެން މަޖާކުރުން އިހަށް ބާއްވާފަ ކުރިއަށް ކަންތައް ކުރަންވީ ގޮތް ރާވަންވީ އެންނު. މިހާރު އަހަރެމެންނަށް ލީންގެ ހިތުގަ އޮތް އެއްޗެއް އެނގުނީމި. ދެން ރާދް ގެ ހިތުގަ އޮތް އެއްޗެއް ލީން އަށް އަންގާނީ ކިހިނެތް؟ އެއްވެސް ޕްލޭންއެއް އެބައޮތްތަ؟” މައިރާގެ ވާހަކައަށް އެންމެން ސަމާލުކަން ދިނެވެ. މައިރާ އެބުނީ ރަނގަޅު ވާހަކައެކެވެ. ކުރިއަށް ކަންތައް ކުރަންވީ ކިހިނެތްކަން އަދި ނިންމަން އެބަޖެހެއެވެ.

“މާހިލް ހުއްޓާ ތިހުރިހާ ކަމަކާ ވިސްނާކަށް ނުޖެހޭނެ. އަހަރެންެނަށް އެނގޭ ދެން ކަންތައް ކުރަންވީ ކިހިނެތްކަން..” މާހިލްގެ މޫނުމަތީގައިވީ މައުނަވީ ހިނިތުންވުމެކެވެ.

“ހޫމް ދެން ތިމޮޅު މީހާގެ ޕްލޭން ކިޔާދޭންވީ އެއްނު. އެހެންމީހުންނަށްވެސް އެނގުނީމަ އެންމެ ތި ޕްލޭން އާއި އެއްގޮތަށް ކަންތައް ކުރެވޭނީ.” މައިރާ އިނީ މާހިލް ކަންތައްކުރަން އެއުޅޭ ގޮތެއް އެނގެން ނުހަނު ބޭނުންވެފައެވެ.

“ކޮންމެސް ވަރެއްގެ ކެއްތެރިކަމެއްވެސް ހުންނަން އެބަޖެހޭދޯ. ބަޔެއް ކުދިންގެ ނުހުރޭ އެއްވެސް ވަރަކަށް ކެތްތެރިކަމެއް… ޕޭޝަންސް މައި ލަވް ޕޭޝަންސް. ހުރިހާ އެއްޗެސް ކިޔާދޭންށޭ މިއުޅެނީ…” މައިރާގެ ރާގު ހުރިގޮތުން މާހިލް ގާތަށް ހިނިއައެވެ. އެހެންކަމުން ވާހަކައާއިވެގެން ކުރިއަށް ދިޔުމުކުރިން މައިރާ އާއި ދިމާކޮށްލިއެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aami

Level 210 Stories100 Comments

Other Articles

Previous

ބުނެދޭށޭ ރުހެމޭ 17

Next

އިއުތިރާފް (6 ވަނަ ބައި)

Next
April 16, 2019

އިއުތިރާފް (6 ވަނަ ބައި)

Previews
April 16, 2019

ބުނެދޭށޭ ރުހެމޭ 17

28 Comments!

  1. mailyn says:
    April 16, 2019 at 8:57 pm

    alhey………….
    haadha dhuvas kohllafa…….
    v reethi stry …….
    masha allah…….
    whn is rthe next part??
    curiously waiting…………….

    1. Aami says:
      April 16, 2019 at 9:41 pm

      Thanks for patiently waiting for the story and im extremely sorry for the delays. Glad you liked the episode ❤❤❤

  2. Aami says:
    April 16, 2019 at 9:39 pm

    Hello everyone.
    I would like to apologise to everyone for the delays. I know that its been more than a month since i haven’t uploaded the story. There was some problems with my laptop due to that i was not able to upload the story. But as now its fine i have uploaded ep 20. InShaAllah next part coming week ge Sunday or Monday ga up kollaanan. Most probably Monday, as there is a very important event taking place in my office this weekend so i will be very busy on this weekend. Hope all will understand my situation.
    And i would also like to thanks all those readers who have eagerly waited for the next ep. Honestly, mihaaru dhuvas vandhen story up nukurevunyma i was about to give up. But seeing the comments for the previous ep it pushed me to upload the story. So thanks for all those readers who gave me a positive motivation to continue.
    Hope to see you all on Monday.
    Goodnight

  3. Ainth says:
    April 16, 2019 at 10:16 pm

    Mihaaru mivaahaka mathin nei handhaane vex

    1. Aami says:
      April 22, 2019 at 10:17 pm

      Awww im so sorry for the delay dear ?

  4. C naa says:
    April 16, 2019 at 10:41 pm

    Your right ainth…

  5. Sama says:
    April 17, 2019 at 6:36 am

    Mi vahaka kiyah beynun wefa hutta thi upload khly, very nice, neyt part varah awahah upload khlaa thi ngey… Bt very nice this part vx, keep it up, hama habeys…

    1. Aami says:
      April 22, 2019 at 10:18 pm

      Thanks dear ?
      Glad you liked it ?

  6. Sama says:
    April 17, 2019 at 6:37 am

    Waiting for next part

    1. Aami says:
      April 22, 2019 at 10:19 pm

      ??

  7. Mona says:
    April 17, 2019 at 8:50 am

    Ehgarunu fahun upkohfa adh8ves ebuny next part next monday ga yo..thidhen bodu varu…readers wait kuriyas evaru dhanegn ulheba

    1. Aami says:
      April 22, 2019 at 10:21 pm

      Mona dear i understand that readers are not liking it because of the delays. But i was really very busy thats why i couldn’t upload the story. In Sha Allah dhn balaalan ehn nuveythw ??

  8. jiji says:
    April 17, 2019 at 1:11 pm

    It’s k darla.I can understand ey?????❤❤❤????..mi part vec v v rythi ingey…Um sis..If u don’t mind bunefaanan tha age?????????????..Anyways waiting for Monday ah?????????

    1. Aami says:
      April 22, 2019 at 10:22 pm

      Thankiu for understanding dear. And btw im 20 yrs old ??

  9. Juna says:
    April 17, 2019 at 1:56 pm

    Alhe avahah up kohdhy ba plx… Vhk v salhi ???

    1. Aami says:
      April 22, 2019 at 10:23 pm

      ??

  10. arler says:
    April 17, 2019 at 5:54 pm

    maashaa allah v reethi mi part…??…
    mi story arl kiyan baraabarah..
    bt it’s first time i’m commenting here..??

    1. Aami says:
      April 22, 2019 at 10:23 pm

      Awww thnkiu dear ??

  11. Aisha says:
    April 18, 2019 at 9:29 pm

    Story as usual v reethi….???? mihaaru esfiya v vai reethi vaahaka eh viyya eha dhuvas fahun up vaany……noony vaki hisaabakun evaahaka nuliye huttalaany negetive commenteh myhaku kurias….anyways nimendhn up kohdheyne kamah hykuran

    1. Aami says:
      April 22, 2019 at 10:24 pm

      In Sha Allah i will try my best to complete this story ?

  12. Zilma says:
    April 19, 2019 at 9:53 am

    Maashaa allah vareh ves reethi mistory

    1. Aami says:
      April 22, 2019 at 10:25 pm

      Thanks dear ?

  13. pubg says:
    April 19, 2019 at 4:04 pm

    salhi..waitting monday….happy ranma zaan for all…….

    1. Aami says:
      April 22, 2019 at 10:26 pm

      Glad you liked it ?
      Ramazaan kareem ??

  14. reader says:
    April 19, 2019 at 5:32 pm

    Waaw varah reethi avahah up koladeeba please

    1. Aami says:
      April 22, 2019 at 10:27 pm

      Thanks dear ?

  15. Sis says:
    April 21, 2019 at 10:29 am

    Varah reethi ☺️☺️and waiting for the next part??

    1. Aami says:
      April 22, 2019 at 10:28 pm

      Sorry for keeping you waiting dear ?

Comments are closed.

Next Episodeވާލޯބި އެނގޭނަމަ 21←


All Right Reserved!