Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ކަލާޔާ ނުލާ 12

Ashly Level 210 Stories100 Comments100 Login
April 20, 2019 6 Mins Read
18 Comments

އިރުކޮޅަކުން އަންހެން ޑޮކްޓަރެއް އެކޮޓަރީގެ ދޮރު ހުޅުވާފައިި ނިކުތެވެ. ” ޒޯ .. އަށް ކިނެއްވީ … ޒޯ ރަނގަޅުތަ …. ” ރީނާ އަވަސް އަވަހަށް ޑޮކްޓަރ ކައިރިއަށް ގޮސް އަހާލިއެވެ. އެވަގުތު  ޑޮކްޓަރު ދިން ހަބަރަކުން މުޅި ދުނިޔެ އެނބުރި ގަންހެން ފާޒިޔާއަށް ހީވިއެވެ. ރީނާ ހުރީ ޑޮކުޓަރ ދެންމެ ބުނި ބަސް ގަބޫލު ކުރަން ދަތިވެފައެވެ. ” ޒޯ … ބަނޑު ބޮޑޭ … އެހެން ކީއްވެ ވާންވީ …. ” ރީނާ ގަބޫލު ނުކުރެވިފައި ބުނެލިއެވެ. އެވަގުތު ރީނާއަށް ހޭވެރިކަން ވީ ފާޒިޔާ ގެ ހަށިގަނޑުގައި ޑޮކްޓަރ ހިފެހެއްޓުމަށް ފަހު ރީނާ އަށް ގޮވައިލުމުންނެވެ. ” މަންމާ…” ރީނާ ހަޅޭއްލަވައި ގަތެވެ. ފާޒިޔާ އަށް ޑޮކުޓަރުން ފަރުވާދޭން ފެށިއެވެ. މާބޮޑަށް  ވިސްނައި ގަތުމުގެ ސަބަބުން ފާޒިޔާގެ ގައިން ވަރު ދޫވިއްޔެވެ.

ފާޒިޔާ އިރުކޮޅަކަށް އައިވީ ގުޅާފައި އޮތުމުން  ރީނާ ހިތްވަރު  ކޮށްފައި  ޒޯޔާ ބާއްވާފައި އޮތް ވޯޑަށް ގޮސް ވަނެވެ. ރީނާ ގޮސް ވަނުމާއެކު ޒޯޔާ ރީނާއާއި ދިމާލަށް ބަލައިލިއެވެ. ރީނާގެ މޫނުމަތިން ހިތްހަމަ ނުޖެހިފައި ހުރި ވަރު ކިތަންމެ ރަނގަޅަކަށް ވެސް ފެންނަށް ހުއްޓެވެ. ޒޯޔާއަށް ރޮއިގަނެވުނެވެ. ” ރީ … އަހަރެންނަށް މާފްކުރޭ … އަހަރެން …” ޒޯޔާއަށް އިތުރަށް ވާހަކަ ދެއްކެވޭ ވަރެއް ނުވިއެވެ. ހިތަށް ކުރި އަސަރުންނެވެ. އަޔާން ގެ ވާހަކަ ކިތަންމެ ބުނަން ބޭނުންވި ނަމަވެސް އަޔާން  އެންމެ ފަހުން ފޮނުވި މެސެޖް ގައި ވީ ބަސްކޮޅު އޭނަގެ ސިކުޑީގެ ހިސާބަކުން ހަނދާން އާކޮށް ދިނެވެ. ” ޒޯ..  ތީ ކާކު ކުއްޖެއް … ބުނެބަލަ އަހަރެން ގާތު … ތިވަރު ކަމެއް ހިނގައި ދިޔައިރު ކީވެ އަހަރެން ގާތު ނުބުނީ .. އެކަމަކު ޒޯ ބުނާނެ އަހަރެން މީ ހަމައެކަނި ޒޯގެ ރަހުމައްތެރި އެއްނޫނޭ… ދައްތައޭ… އެހެން ވީރު ތިވަރު ކަމެއް ކުރި އިރު އަހަރެން ގާތު ނުބުނީ ކީއްވެ… ބުނޭ  އެއީ ކާކު … އެއީ… އެއީ… އެނެއްކާ އަޔާން ތަ … ” ރީނާއަށް އަޔާންގެ ނަން ގަނެވުނީ އެދެމީހުންގެ ރަހުމަތް ތެރިކަން އެންމެ ގާތުން ފެނިފައި ހުރި މީހަކީ ރީނާ ކަމުގައި ވާތީއެވެ. ޒޯޔާ ދެލޯ ބޮޑުކޮށްލާފައި ރީނާއާއި ދިމާލަށް ބަލައިލިއެވެ. އަދި ނޫނެކޭ ބުނެލިއެވެ.

ރީނާ އެތަށް ފަހަރަކު އެދުމުންވެސް ޒޯޔާގެ އަގައިން ބަހެއްވެސް ނުނިކުތެވެ. އެރޭގެ އަށެއްޖަހާލާކަށް ހާއިރު ޒޯޔާވެސް ފާޒިޔާވެސް ގެއަށް ފޮނުވައިލިއެވެ. އެވަގުތު އެ ހަބަރު ރަށުގެ މީހުންނަށް ނޭގި އޮތްނަމަވެސް އެއީ އެހާގިނަ ވަގުތު ފޮރުވިފައި އޮތްނާނެ ކަމެއް ނޫންކަން ފާޒިޔާއަށް އެނގެއެވެ. އެކަމުގައި  އިނގިލިި ދިއްކުރާނީ ހަމައެކަނި ޒޯޔާއަކަށް ނޫންކަންވެސް ވެސް ފާޒިޔާއަށް އެނގެއެވެ.

ޒޯޔާ އޭނާގެ ކޮޓަރިއަށް ވަދެ އެނދުމައްޗައް ވެއްޓިގަތެވެ. ބާލީހުގެ ތެރޭގައި މޫނު ފޮރުވައިލައިގެން އޮވެ ރޮއިގަތެވެ. މަންމައާއި ބައްޕަ މަތިން ހަނދާން ވުމުން އިތުރަށް ރޮވުނީއެވެ. އެހިތަށް އެރި އެއްޗަކުން ފަންކާއާއި ދިމާލަށް ބަލައި ލެވުނެވެ. އަމިއްލައަށް މަރުވަން ބޭނުއްވިއެވެ. އޭނާއާއި ހެދި އެތަށް ބައެއްގެ ދިރިއުޅުމަށް ގޮންޖެހުންތަކެއް އަންނާނެއެވެ. ނަމަވެސް ޒޯޔާ އެހިޔާލު މުޅިން ހިތުން ފުހެލިއެވެ. ޒޯޔާ އޭނާގެ އަތް ބަނޑުގައި މަޑުމަޑުން ޖައްސައިލިއެވެ. މި ކުޑަކުޑަ ކުއްޖާގެ އޮތީ ކޮން ކުށެއްހެއްޔެވެ. މި ކުއްޖާއަށް މި ދުނިޔެއަށް ނޭވާލުމުގެ ހައްޤު އަބަ އޮތެވެ.

މި ދުނިޔޭގައި ދަރިން ނުލިބޭ ކިތައް މީހުން އުޅޭހެއްޔެވެ. އެމީހުންނަށް  ދަރިއަކު ދެއްވުމަށް ﷲގެ ހަޒުރަތުގައި ދުވާލަކު ކިތަށް ފަހަރު ދުޢާ ދަންނަވާ ހެއްޔެވެ. ދަރިންނަކީ ﷲ ދެއްވާ އަމާނާތެކެވެ. ޒޯޔާ އަށް އެފަދަ ކަމަކާއި ވިސްނައި ލެވުމުން އިންތިހާއަށް ދެރަވިއެވެ. އޭނާ ބޭނުންވީ އޭނާއަށް ކުރެވުނު ކުށައް ތައުބާ ވާންށެވެ.

އަރާގެންއައި އިރާއެކު ކޮވެލިގޮވާހެން މުޅި ރަށުތެރޭގައި ފެތުރިފައިވަނީ ޒޯޔާގެ ވާހަކައެވެ. އެކި މީހުން ވާހަކަ ދައްކަމުން ދިޔައީ އެކި ގޮތްގޮތަށްށެވެ. ބައެއްމީހުން ފާޒިޔާއާއި ރީނާ ގެ ރޭވުމެކޭ ކިޔަމުން ދިޔައެވެ. ވާހަކަ ހަދަހަދައިގެން ދެއްކުމަކީ މީހުންގެ އާދެއެވެ.

ފަތިހު ފަތިސް ނަމާދު ކޮށްލައިގެން ޒޯޔާ ބޭރަށް ނިކުތެވެ. ރީނާ އާއި ފާޒިޔާ  ބަދިގޭގައި އުޅެއެވެ. ޒޯޔާ ގޮސް ބަދިގެއަށް ވަނުމުން ރީނާ ޒޯޔާއާއި ދިމާލަށް ބަލާލުމަށް ފަހު ބަދިގެއިން ނިކުތެވެ. ފާޒިޔާގެ ދެލޮލުގައި ކަރުނަ ގިނަވުމުން ބަދިގެއިން ނިކުތީ ޒޯޔާއަށް އެމަންޒަރ ފެނިދާނެ ތީއެވެ. ޒޯޔާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ނަމަވެސް ހިތްވަރު ކޮށްފައި ސައިތައްޓެއް ބޮއިގެން ބަދިގެން ނިކުތެވެ. އޭރު ރީނާ ސިޓިން ރޫމް ސޯފާގައި އިނެވެ. ޒޯޔާ އެވަގުތު ރީނާގެ ކުރިމައްޗައް ދާކައް ނުކެރުނެވެ. ޒޯޔާ ހީކުރީ ޒޯޔާ ކޮއްފައިވާ ކުށުގެ ސަބަބުން ރީނާ ޒޯޔާ ދެކެ ރުޅި އައްނަނީ ކަމައްށެވެ.

އަށެއް ޖެހިތަނާ ޒޯޔާނިކުތީ ކޯޓައްދާން ރެޑީ ވެެގެންނެވެ. އޭރު އެހިތް ނެގިނެގިފައި ޖެހެއެވެ. ޒޯޔާ ގެއިން ނިކުމެގެން ދިޔައިރު ރީނާއާއި ފާޒިޔާ ދޮރުމަތީ ޒޯޔާއާއި ދިމާލައްބަލަހައްޓައިގެން ތިއްބެވެ. ޒޯޔާ ފަސްއެބުރި އެދެމީހުންނަށް ބަލައިލިއެވެ. އެމީހުންގެ މޫނުމަތިން ހިތާމަވެރިކަން ފެންނަން ހުއްޓެވެ. މަގުމަތިން ފެންނަ ކޮންމެ މީހަކު ޒޯޔާ އާއި ދިމާލަށް އެމީހަކަށް  ކިޔުނު އެއްޗެއް ކިޔަމުން ދިޔައެވެ. ” ކިހާ ރީތި … އަހަރުމެން އަންހެން ދަރިނަށްވެސް ބޮޑު ލަދެއް … މިކަލަ އަންހެނުންނާ ހެދި … ރަށުގެ ނަމައްވެސް ހުތުރެއް …” ޒޯޔާ ހިގުން ބާރު ކޮށްލިއެވެ.

ކޯޓުން ޒޯޔާއަށް ޒިނޭގެ ހުކުމް އިއްވިއެވެ. ޒީނޭގެ ހުކެމެއް ގޮތުގައި ހަ މަހަށް ގެބަންދު ކުރުމާކު ސަތޭކެ އެތިފަހަރުން ހައްދު ޖެހުމަށް ކޯޓުން އެންގިއެވެ. ޒޯޔަގެ ދެލޮލުން އިހުތިޔާރަކާ ނުލާ ކަރުނަ ފައިބައިގަތެވެ. ” އައިލަވް ޔޫ ޒޯޔާ …. އަހަރެން ޒޯޔާ ދެކެ ވަރަށް.. ވަރަށް ބޮޑަށް ލޯބިވޭ ….. އަހަރެން ދުވަހަކުވެސް ޒޯ ދޫ ކޮއްފަ ނުދާނަން……  ނޫޅެވޭނޭ މަށައް ދެން ކަލާޔާ ނުލާ ……. ” އަޔާން ގެ ދުލުން ބުނެފައިވާ އެބަސްތައް ޒޯޔާގެ ކަންފަތުގައި ގުގުމާލިއެވެ.

************ ހަމަސް ފަސް *********

ދުވަސްތައް ކަޑަތުވަމުންދާ ވަރަކަށް މީހުންނަށް ބަދަލު އަންނަމުން ދެއެވެ. ކަންކަމަށް ބަދަލު އަންނަމުން ދެއެވެ. ހަމަސް ދުވަސް ވޭތުވެގެން ދިޔައިރު ޒޯޔާ އާއި ރީނާ އަދި ފާޒިޔާއާއި ދިމާލަަށް ރަށު މީހުން ކިޔަމުން ދިޔަ އެއްޗެހި ހުއްޓުމަކަށް އައެވެ. ނަމަވެސް މަދުމަދުން މީހުން އަދިވެސް އެއްޗެއް ބުނެލައެވެ. ފާޒިޔާ އާއި ރީނާ ޒޯޔާއަށް މާފް ކުރިއެވެ. ކުށް ކުރެވޭނީ އިންސާނުންނަށް ށެވެ. އެކުށަކަށް އެކުށްކުރި މީހާ ތައުބާވެއްޖެ ނަމަ އެމީހަކަށް މާފް ކޮށްދެން ވާނެވެ. ޒޯޔާއަށް ރީނާއާއި ފާޒިޔާގެ އޯގާތެރިކަން ލިބުމުން އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.

” ޒޯޔާ…… އާދެ ކާން … ” ރީނާ އައިސް ޒޯޔާމެން ކޮޓަރި ދޮރު ހުޅުވައިލި އިރު ޒޯޔާ އިނީ މެންދުރު ނަމާދު ކުރާން ށެވެ. ރީނާ މަޑު މަޑުން ދޮރު ލައްޕާލާފައި ނިކުތެވެ. ޒޯޔާ ނަމާދު ކޮށް ނިމުމުން ﷲއަށް ދުޢާ ކުރިއެވެ.

ތައުބާ ވަމޭ ތައުބާ ވަމޭ

މިއަޅާ ކުށަށް ތައުބާ ވަމޭ

ދެރަވަމޭ ލަދުވެތި ވަމޭ

މިއަޅާ ކުށައް ތައުބާ ވަމޭ

ޔާ ރައްބު ޔާ ﷲ  ޔާ ރައްބު ޔާ ﷲ

ތިޔައީ ދީލަތި ވަންތަ އިލާހޭ

ފާފަތައް ފުއްސަވާ އޯގާވެރި ވަންތަ އިލާހޭ

މާޔޫސް ކަމުގާ މިއަޅާ ރޮމޭ …. މަދަދު އެދެމޭ

ތައުބާ ވަމޭ މިއަޅާ ކުށަށް ތައުބާ ވަމޭ

” އަހަ ދަރިފުޅު އާދެ ކާން …. މަންމަމެން މިތިބި ދަރިފުޅު  އަންނަން ދެން ނުކަން ….” ޒޯޔާ އައިސް ބަދިގެއަށް ވަނުމުން ފާޒިޔާ ބުނެލިވެ. ޒޯޔާ މަޑުމަޑުން ހިގާލާފައި އައިސް އުދަގޫ ގޮތަކަށް ގޮނޑީގައި އިށީނެވެ. އަދި ކާން ފެށިއެވެ.

ދުވަސްތައް އޭގެ ހަލުވިމިނުގައި ވޭތުވަމުން ދިޔައެވެ. ރީނާ ޒޯޔާ ގާތު ދަރިފުޅުގެ ބައްޕަވާހަކަ އަހާ ކޮންމެ ފަހަރަކު ޒޯޔާ ހަމަހިމޭންކަން   އިހުތިޔާރު ކުރެއެވެ. ނަމަވެސް އެމޫނުމަތިން ނުތަނަވަސްކަން ފާޅުވެގެން ދެއެވެ. ރީނާ ފަހުން ޒޯޔާއާއި އެ ސުވާލު ކުރަން ބޭނުން ނުވީއެވެ. ރީނާ ފަޔާޒް ގެ ހަބަރެއް ވޭތޯ އެކި ސޯޝަލް މީޑިޔާތަކުން ޗެކު ކުރިއެވެ. ނަމަވެސް ރީނާއަކަށް އެކަމެއް ކާމިޔާބެއް ނުވިއެވެ. ފަޔާޒް މަތިން ހަނދާން ނައްޓައިލަން ހިތަށް ވިސްނައި ދެމުން ދިޔަނަމަވެސް އެކަން އޭނާއަށް ކުރަން އުދަގޫ ވިއެވެ.

ދުވަސް ފުރިފައިހުރި ބޮޑު ބަނޑާއެކު ޒޯޔާގެ ހަށިގަނޑަށް އައިސް ހުރި ބަދަލުން ޒޯޔާ އިތުރަށް ރީތި ކަމަށް ދައްކައެވެ. ރޫފަ ރަނގަޅުވެފައި ހަންގަނޑުގެ ކުލަ ވަނީ އިތުރަށް އަލިވެފައެވެ. ޒޯޔާ އިނީ ބޭރުގައި ހުރި އުނދޯލީގައެވެ. ފާޒިޔާ ބޭރަށް ނިކުތީ ބާމު ފުޅިއެއް ހިފައިގެންނެވެ. ފާޒިޔާ އުދޯލީގައި އިށީދެ ޒޯޔާގެ ދެފައި ތިލާގައި ބާމް އުނގުޅަން ފެށިއެވެ. ” ވަރަށް ބޮޑަށް ދޯ ދުޅަވެފަ މި ހުރީ ….” ޒޯޔާގެ ފައިގައި ބާމް އުނގުޅަމުން ފާޒިޔާ ބުނެލިއެވެ. ޒޯޔާ ހިނިތުން ވެލިއެވެ. ” އައްސަލާ މަލައިކުމް ….. ” އަންހެނަކު ސަލާން ގޮވަލިއަޑަށް ފާޒިޔާ ސަލާން ބަލައިގަތެވެ. އެމީހަކު އެތެރެއަށް ވަނެވެ. ” އަހަ … ހައްވާ ….” ފާޒިޔާ ހައްވަ ފެނުމުން ބުނެލިއެވެ. ” މިއައީ މި ދަޢުވަތު ކާޑު ދޭން …. އަހަރެންގެ ދޮށީ ދަރިފުޅު މީހަކާ އިންނާތީ ބާއްވާ ސައެއް …. ވާނެ ފާޒިޔާމެން ދާން …. އަހަ ގޮއްޔެ ކިހިނެތް….” ހައްވަ ބުނެލިއެވެ. ” ރަނގަޅު…” ޒޯޔާ ބުނެލިއެވެ.

ރީނާއާއި ފާޒިޔާ ޒޯޔާގެ އެދުމައް ޕާޓީއަށް ދާން ރެޑީވެގެން ނިކުތެވެ. ” ކަމެއް ވިއްޔާ …. އަވަހައް ގުޅާތި އިނގޭ …. ” ރީނާ ބުނެލިއެވެ. ރީނާއާއި ފާޒިޔާ ދިޔުމުން ޒޯޔާ އިރުކޮޅަކު ދޮރުމަތީ ހުރުމަށްފަހު އެތެރެއަށް ވަނެވެ. އަދި ދޮރުލައްޕައިލަން ދޮރުގެ ތަޅުގައި ހިފިއެވެ. ” ހައި ޒޯޔާ….”  އަޖުމަލް ބުނެލިއެވެ. ދޮރުމަތީ ތިބި ތިން ފިރިހެނުން ފެނި ޒޯޔާ ބިރުގަތެވެ. އެމީހުން ތިބީ ހަމައިގައި ނޫންކަން ޒޯޔާ އަށް އެމީހުންނަށް ބަލައިލުމުން ވެސް އެނގުނެވެ. އަޖުމަލް ދޮރުން އެތެރެއަށް ވަނުމުން ޒޯޔާ އުޅުނީ ކޮޓަރިއަށް ދުއްވައިގަންނަންށެވެ. ނަމަވެސް އަޖުމަލް މާ ހުށިޔާރެވެ. ޒޯޔާގެ އަތުގައި ހިފެހެއްޓިއެވެ. ” އޭރު ވެސް އަހަރެންނާ … ރައްޓެހި ވިނަމަ ތިހެން ނުވިސް …. މިހާރު ހުންނާނީ ރަނގަޅު ބޮޑިއެއް ލިބިފަ … ”  ނުލަފާ ގޮތަކަށް ހެމުން އަޖުމަލް ބުނެލިއެވެ. ޒޯޔާ އަޖުމަލްގެ އަތުގައި ދަންއެޅިއެވެ. އަދި ދުވެފައި ދިޔަ ގޮތަށް ގޮސް ސޯފާ ކައިރީ ހުރި މޭޒުމަތީ ހުރި ވާާސް އަތަށް ހެޔޮވަރު ކޮށްލިއެވެ. އަޖުމަލް ހެމުން ހެމުން އައިސް ޒޯޔާ ސޯފާއަށް ކޮށްޕައިލިއެވެ. ވީތަދުން ޒޯޔާއަށް ރޮއިގަނެ ވުނެވެ.  އަޖުމަލް ކައިރިއަށް އައިވަގުތު އަތުގައި އޮތް ވާސް އިިން އަޖުމަލް ބޮލުގައި ޖެހިއެވެ. އެތާ ހުރި އެހެން މީހަކު އައިސް ޒޯޔާ އަތުން އެވާސް އަތުލައި އެއްލާލިއެވެ. އަޖުމަލް ކައިރިއަށް އައި ރުޅިން ޒޯޔާއަށް އަނިޔާ ކުރަން ފެށިއެވެ. ޒޯޔާގެ އަތުގައި ހިފެހެއްޓުމަށް އެތާ ތިބި ދެމީހުންނަށް އެންގިއެވެ. ނަމަވެސް ޒޯޔާ ދިޔައީ ގަދަ ހަދަމުންނެވެ.

ޒޯޔާ ހަޅޭއްލަވައިގެން އަޑަށް ގެއާއި ހަމައަށް އަރާހަމަވި ފާޒިޔާއަށްށާއި ރީނާއަށް ގޭޓުންއެތެރެއަށް ދުއްވައި ގަނެވުނެވެ. ރީނާ ފާޒިޔާ ޕާޓީއަށް ގޮސް އަބުރާ ގެއަަށް އައީ އެކަކަށް ވެސް ފޯން ނުގެންދެވޭތީ ފޯން ބަލައެވެ. އެދެމީހުން ގޭތެރެއަށް ވަންއިރު ފެނުނު މަންޒަރުން ރުޅިގަދަވިއެވެ.  ރީނާ ދިޔަ ގޮތަށް ގޮސް އަޖުމަލް އިސްތަށިގަނޑުގައި ހިފާ ނެގިއެވެ.” ކަލޭ … ގެ ހުރި ނުލަފާކަން ބަލައިލަބަލަ …. ” ރީނާ މިހެން ބުނުމަށްފަހު އަޖުމަލްގެ ކޯތާފަތްމަތީ ވަރަށް ބާރަށް ޖެހިއެވެ.

ރީނާގެ އެދުމަށް ފާޒިޔާ ޕޮލިހުންނަށް ގުޅިއެވެ. ޕޮލިހުން އައުމުން ޒޯޔާ ބަޔާން ދިނެވެ. އަޖުމަލް އާއި ދެންތިބި ދެމީހުން ޕޮލިހުން ހައްޔަރު ކުރިއެވެ. ޕޮލިހުން ދިޔުމުން ޒޯޔާ ސޯފާގައި އިނެވެ. މަޑު ރިހުމެއް  ޒޯޔާގެ ހަށުގަނޑުގައި ވިއެވެ. ރީނާ ހުރީ ތަޅައިގެން ގޮސް އޮތް ވާސްގެ ބިއްލޫރި ކޮޅުތަށް ހޮވާންށެވެ. ފާޒިޔާ ހުރީ ބަދިގޭގައި ޒޯޔާއަށް ކާއެއްޗެއް ހަދާންށެވެ. ” މަންމާ … ” ޒޯޔާ ބާރަށް ހަޅޭއް ލަވައިގަތެވެ. ރީނާއާއި ފާޒިޔާއަށް ޒޯޔާ ކައިރިއަށް ދުވެފައި އައެވެ. ” ބަނޑުގަ ރިއްސަނީ … އާ….” ޒޯޔާ ވަރަށް ހިތްވަރު ކޮށްފައި ބުނެލިއެވެ.

ވިހާކޮޓަރިއަށް ޒޯޔާ ވެއްދިފަހުން ބައިގަޑިއިރު ވެގެން ދިޔައިރުވެސް ޒޯޔާގެ ހަބަރެއް ނުވުމުން ރީނާއާއި ފާޒިޔާ ކަންބޮޑުވެފައި ތިއްބެވެ. އިރުކޮޅަކުން ޑޮކްޓަރަކާއި ނަރުސް ކުއްޖަކު އެ ކޮޓަރިން ނިކުތެވެ. ” ދެމީހުންގެ ހާލުވެސް ވަރަށް ދަށް … ޖެހޭނީ ސިޒޭރިއަން ހަދަން… ގެރެންޓީއެއްނެތް ދެމީހުން ސަލާމަތް ކުރެވިދާނެ ކަމުގެ … އެކަމަކު ވީ ވިލްޑޫ އަވަރ ބެސްޓް … ޕުލީސް ސައިން އިޓް …. ” ރީނާ ތުރުތުރު ލަމުން ދިޔަ އަޑަކުން އޭގައި ސޮއި ކުރިއެވެ.

އޮޕަރޭޝަން ޓިއޭޓަރ އަށް ވެއްދިފަހުން ބައިގަޑީރަށް ވުރެ އިތުރުވެއްޖެއެވެ. އިރުކޮޅަކުން ކުޑަކުއްޖެއްގެ އަޑު އިވުނެވެ. ރީނާއާއި ފާޒިޔާގެ މޫނުމަތިން ހިނިތުން ވުން ފެނިގެން ދިޔައެވެ. ” އިރާދަ ކުރެއްވީތީ ދެމީހުންގެ ހާލުވެސް ރަނގަޅު….” ނަރުސް ކުއްޖަކު ނިކުމެ ބުނެލިއެވެ.

ފާޒިޔާއާއި ރީނާ ޒޯޔާ ކޮޓަރިއަކަށް ބަދަލުކުރުމުން ޒޯޔާ ގާތަށް ދިޔައެވެ. ޒޯޔާ އޮތީ ދެލޯ މަރާލައިގެންނެވެ. ރީނާ ގޮސް ޒޯޔާގެ ދަރިފުޅު ބާއްވާފައި އޮތް އެދުކައިރީ މަޑު ކޮށްލިއެވެ. ލޯބި ފިރިހެން ކުއްޖެކެވެ. ހީވަނީ ދުނިޔޭގައިވާ ހުރިހާ ރީތި ސިފައެއް މިލުކު ކޮށްގެން ހުރި ކުއްޖެއް ހެންނެވެ. އެކުއްޖާ ރޯންފެށުމުން ރީނާ އެކުއްޖާ އެނދުން ނަގައި ލޯބި ކޮށްލިއެވެ. އެކުއްޖާ ލޯ ހުޅުވާލީ އެވަގުތު އެވެ. ” އަޔާން ….” ރީނާ  ހައިރާންވެ ހުރެ ބުނެލެވުނެވެ. އެ ދެލޮލަކީ ހަމަ އަޔާން ގެ ދެލޮލެވެ. ޒޯޔާ އަށް ބުނާނެ އެއްޗެއް ނޭގުނެވެ. އެކަން ދޮގެއް ވެސް ނުކުރެވޭނެއެވެ.

******** ތިން އަހަރު ފަސް **********

 

-ނުނިމޭ-

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ashly

Level 210 Stories100 Comments100 Login

am 18 years old girl.. love to read and write stories.. Leave comments.. I will keep improving my writing ?????? my Facebook page .. ashlystories❤️

Other Articles

Previous

އިއުތިރާފް (7 ވަނަ ބައި)

Next

އިއުތިރާފް (8 ވަނަ ބައި)

Next
April 21, 2019

އިއުތިރާފް (8 ވަނަ ބައި)

Previews
April 18, 2019

އިއުތިރާފް (7 ވަނަ ބައި)

18 Comments!

  1. jiji says:
    April 23, 2019 at 1:34 pm

    Eyyy ma first dhw aSh dhahthy. .kiyaaha comment eh kohlaanan In Sha Allah ????

    1. Ashly says:
      April 23, 2019 at 7:07 pm

      Yes ur first darling ?

  2. jiji says:
    April 23, 2019 at 1:46 pm

    It’s sooooooo Amazing..avahah next part up kohdheeba..can’t wait..hehe?????????❤❤..I like the way that u r bringing the Story..Masha Allah

    1. Ashly says:
      April 23, 2019 at 7:09 pm

      Thank you jiji dhooni… Yeah next part v avahah up kodhe vey tho balaanah ???

  3. lover says:
    April 23, 2019 at 3:49 pm

    wow… adhi mi kee …. so nice

    1. Ashly says:
      April 23, 2019 at 7:10 pm

      Thank you lover ?

  4. Sasha says:
    April 23, 2019 at 4:44 pm

    Alhey when is the next part ???So so reeethi❤❤❤

    1. Ashly says:
      April 23, 2019 at 7:11 pm

      Oh Sasha next part v avahah up koh dhey nah igey ?

  5. ❤❤❤❤Z❤❤❤❤ says:
    April 25, 2019 at 3:37 pm

    Ashhh…kyhvetha upload nukuranyyy…..im very curious….atleast up kohdheyne date eh bunebala…so i can wait curiouslyyy❤❤

    1. Ashly says:
      April 25, 2019 at 7:40 pm

      Sorry z I am little busy but Isha allah tonight I will try to write and upload ❤❤❤

  6. ❤❤juliet❤❤ says:
    April 25, 2019 at 8:26 pm

    Hope that u will upload it tonight

    1. Ashly says:
      April 26, 2019 at 5:17 pm

      Sorry Juliet…. Reyga than kolheh busy v…. Mihaaru publish kuran fonu vaifin igey

  7. Ainaa says:
    April 25, 2019 at 9:36 pm

    Sorry for the late comment ????????????????????????????Ashley dear story is wonderful ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️I really really really love this story ???????????Masha Allah u are best writer and this is the my favourite story ???????????????Waiting for the next part ??????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. Ashly says:
      April 26, 2019 at 5:19 pm

      It’s ok ainaa…. Nd Thank you ❤❤❤❤❤❤❤❤❤for ur support ???? eneh part v avahah kiyaalan libey ne????????

  8. Kiuntheriyaa says:
    April 26, 2019 at 5:25 pm

    Mi vaahaka liyaa kujjaa Khabaheh velaabala vaahaka upnuve mihaaru ginadhuvas mivanee keehvekan varah beynun mivaahaka kiyaalan I hope you will continue this story keep it up dear

    1. Ashly says:
      April 26, 2019 at 11:08 pm

      Kiuntheriyaa…. Ash fonuvaa fin eneh part liyefa ekam admin adhi publish nukurany… ☺

  9. Kiuntheriyaa says:
    April 26, 2019 at 5:31 pm

    Sorry ehen kudhinge comment thakaa reply kiyaaleema javaabu libijje

    1. Ashly says:
      April 26, 2019 at 11:09 pm

      It’s ok dear ash ge vaahaka ah support kuraathi ash varah ufaave

Comments are closed.

Next Episodeކަލާޔާ ނުލާ 13←


All Right Reserved!