Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ބުނެދޭށޭ ރުހެމޭ 16

Saraa Level 910 Stories100 Comments100 Login500 Comments500 Login
April 12, 2019 5 Mins Read
67 Comments

ނައިނާ އެނބުރި ބަލާލީ އެންމެ ރީތި ހިނިތުންވުމާއިއެކުގައެވެ. އޭރު ހައިޒަލްގެ ނަޒަރު ނައިނާއާއި އަމާޒުވެފައިވީގޮތުން ނައިނާ ފިނިވާގޮތްވިއެވެ. އެހެންދުވަސްތަކާއި ހިލާފަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ތަފާތު ނަޒަރަކުންނެވެ. ހައިޒަލްގެ ލޮލުން މިއަދު ފެނިލި އަސަރުން ނައިނާ އުއްކޮޅެއްފަދައިން ވިރިގެން ހިނގައިދާނެހެން ހީވެއެވެ.

“ނެވަރ މައިންޑް…” ހައިޒަލް އެއްޗެކޭ ބުނާނެހެން ހީވިވަގުތުކޮޅަކަށްފަހު ބުނެލި ބަހުން ނައިނާގެ ފަރިވެފައިވާ މޫނު މަލެއްފަދައިން މިލައިގެންދިޔައެވެ. މަޑުމަޑުން އިސްއޮބައިލައިގެން ހުރެ ކެބިންއިން ނިކުންނަން ދިޔައިރު ހައިޒަލްއަށް ބަލަހައްޓައިގެން އިނދެވުނީ ތަފާތު ނަޒަރަކުންނެވެ.

“ނައިނާ… ތޭންކްސް ފޯރ ދެޓް ނައިޓް… ތޭންކްސް ފޯރ ބިއިން ވިތް މީ…”  ހައިޒަލް ނައިނާ ގާތުގައި ބުނަން ބޭނުންވި ލަފްޒުތަށް ދުލުން ބޭރުވީ ނައިނާ ކެބިންއިން ނިކުމެގެންގޮސް ނިވައިވެސްވީފަހުންނެވެ. އެއާއިއެކު އެރޭގެ މަންޒަރުތަށް ކުލަކޮށް ލޯމަތީ ސިފަވެގެން ދިޔައެވެ. ނައިނާއަށް ނޭނގުނު ނަމަވެސް ނައިނާ އޭނާއަށް ދިން އޯގާތެރިކަމުން އޭނަގެ ހިތާއި ހަމަޔަށް ވާސިލްވުމުގައި ކާމިޔާބުހޯދިއެވެ. އެރޭގެ ހާއްސަވަގުތުކޮޅު ލޯމައްޗަށް ސިފަވާ ކޮންމެ ވަގުތަކު އެ އުފާ އަލުން ލިބިގަތުމަށް އޭނާގެ ހިތް ތެޅިފޮޅިގަނެއެވެ. އޭނާގެ ހަރުކަށި ހިތަށް ނައިނާ ސިހުރެއް ހަދާލައިފިއެވެ. އެއަންހެންކުއްޖަކަށް އެ ހިތާއި ހަމަޔަށް ވާސިލްވުމަށް ނުކުޅެދުނުއިރު ނައިނާ ކާމިޔާބުކޮށްފިއެވެ.

“ނައިނާ ކިހިނެތް ތިހަދަނީ އަހަންނަށް… އައިމް ނޮޓް ލައިކް ދިސް… ތި އޯގާތެރިކަމުން އަހަރެންގެ ހިތް ނައިނާއަށް ލަންބުވާލުމުގައި ނައިނާ ކާމިޔާބު ކުރަނީތަ… އަހަރެން ހިތް ނައިނާއަށް އިތުބާރުކުރަން މަޖުބޫރުކުރޭ… އެކަމަކު އުފަން މަންމަ އަހަރެންގެ އިތުބާރު ނަގާލިއިރު އެހެން އަންހެނަކަށް އަހަރެން އިތުބާރުކުރާނީ ކިހިނެތް…. ތިގޮތަަށް އަހަރެންނަށް އުއްމީދު ނުދީ… ތި އޯގާތެރިކަން އަހަންނަށް ޒަހަރަކަށް ވެދާނެ…” ހައިޒަލް މޭޒުމަތީ އުޅަބޮށި ވިއްދާލަމުން ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އޭނަ ސިކުނޑީގައި ނައިނާ ރަނިކަންކުރަން ފެށީއްސުރެ އޭނާއަށް އެ ހިޔާލުތަށް ސިކުނޑިން ބޭރުކޮށްލުމަށް އޭނަ ނުކުޅެދިއްޖެއެވެ. ނައިނާގެ އޯގާތެރިކަމުން އޭނާގެ ހިތުން ޖާގައެއް މިލްކުކުރީ އެއަށްވުރެ ބޮޑަށެވެ. އަންހެނުންނަށްޓަކައި ފިނިވެފައިވާ އެ ހިތާއި ނައިނާ ކުޅެލިއިރު ނައިނާ މިލްކުކުރުމުގެ އެދުންވެރިކަން ހިތުގެ ތެރޭ ހިނގަންފަށައިފިއެވެ. އެ އިހްސާސްތަށް ފަސްއަޅާ ފޮރުވާލަން އޭނަ ބޭނުމެވެ. މަންމަގެ ލޯބި ނުލިބިގެން އޭނާ މާޔޫސްވީއިރު ދެވަނަފަހަރަށް ލޯބި ނުލިބި ގިލަންވެރިކަން އޭނަ ވަށާލަފާނޭކަމުގެ ބިރުވެރިކަން ހަށިގަނޑުގެ ތެރޭ ދައުރުވާއިރު އޭނާއަށް ލޯބިވާނޭ ހިތްވަރު ދުވަހަކު ނުލިބޭނެއެވެ. އޭނަ ދުވަހަކު ލޯބިވާކަށް ބޭނުމެއްނޫނެވެ. ބިރުވެރި ހުވަފެނެއް ފަދައިން ނައިނާގެ ހުރިހާ ހަނދާނެއް ހިތުން ފުހެލަން އޭނަ ބޭނުމެވެ.

*****************************

އިރުއޮއްސުނުފަހުން ހައިޒަލް އޯޓަމް ބްލޭޒްގެ ގޭޓްއިން ވަދެގެން އައިރު ތުނިތުނިކޮށް ވާރޭވެހެމުން ދިޔައެވެ. ހައިޒަލްއަށް ދުރަށް ދެމިފައިވީ ލޯވަން މަތީ ހިނގާލައިފައި އައިސް މާބްލް ސިޑި ގިރާކުރިއިރު ފެންޑާއަށް ވެރިވެފައިވާ މަޑު ޔެލޯ ލައިޓްގައި އެފަން ކަޅު އިސްތަށިގަނޑު ވިދަމުންދިޔައެވެ. އެއަލި އެ މޫނުގެ ރީތިކަން ދެގުނަކޮށްލައިފައިވާއިރު ފެންތިކިތައް މޫނުމަތީ ވިދަމުންދިޔައީ މުތީތަކެއް ފަދައިންނެވެ.

ހައިޒަލް ލިވިން ރޫމްގެ ޑިޒައިނަރ ސިޑިން އަރައިގެންދިޔައިރު ހުއްޓެން މަޖުބޫރުވީ ސްޓަޑީއާއި ދިމާލުން ރިހާނާއާއި އަލްހާން ވާހަކަދައްކާ އަޑުއިވިފައެވެ. ދެތިން ފަހަރަކު އަލްހާން އޭނަގެ ނަން ކިޔާލިހެން ހީވެފައި ހައިޒަލް ކަންފަތް އެވާހަކަތައް އަޑުއެހުމަށް ހުޅުވާލެވުނެވެ.

“ރިހާނާ ކައިރީ ކިތަށް ފަހަރުތަ ބުނަންވީ ތި ރުޅިމަޑުކުރާށޭ… ކިތަންމެ ރުޅިއަޔަސް ހައިޒަލްއަށް އަތްއިސްކޮށްގެން ނުވާނެއެއްނު… އެއީވެސް ބޮޑުވެފައިހުރި ފިރިހެން ދަރިއެކޭ…” އަލްހާން ވާހަކަދެއްކެވީ ހިތްހަމަނުޖެހިލައްވާފައި ހުރެއެވ.                “އަތްއިސްކުރީމަ ގޯސްވީ އަހަރެންތަ؟ ހައިޒަލްގެ ސަބަބުން ޝުޒޭން ކުރިމަތީ ލަދުގަންނަން ޖެހުނީ އަހަރެންނޭ… ޝުޒޭން ހިތްހަމަނުޖެހިފައިހުރެވެސް ކޮންޓްރެކްޓްގައި ސޮއެ ނުކުރިނަމަ ލިބޭނެ ގެއްލުން ބުނެދޭކަށް ނޭނގެ…” ރިހާނާގެ އަޑު ބާރުވަމުންދިޔައިރު އެ އަޑުގައިވީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.

“ކަމެއްވާހާ ފަހަރަކު އަތްއިސްނުކޮށް ރީތިކޮށް ވިސްނައިދިނިއްޔާ ވާނީ ކިހިނެތްތަ؟ ކޮމްޕެނީތެރޭ ހައިޖާނުގަނޑެއް ހިންގާލައިގެން ތިމާވަރުގެ ނުބައިމީހެއް ނެތްކަމަށް މަޝްހޫރުނުވެގެންދޯ ރިހާނާ ތިއުޅެނީ…” އަލްހާން ހިތްހަމަނުޖެހިލައްވާފައި ހުންނެވި ނަމަވެސް މިފަހަރު ވާހަކަދެއްކެވީ ފުދޭވަރަކަށް މަޑުންނެވެ. ދެވަނަ ފަރާތަކަށް އެއަޑުއިވެން ބޭނުންނުވާފަދަ ގޮތަކަށެވެ.

“އަލްހާންއަށް އަބަދުވެސް ގޯސްވާނީ އަހަރެން… އަލްހާން ހައްދާގޮތުން މިހެންވަނީ… ޝާދީންއަށްވުރެ އެކުއްޖާދެކެ ލޯބިވެގެން ގޮސް މުޅިން ހަލާކުކޮއްލައިފައި އެހުރީ…” ރިހާނާގެ އަޑު ހިނދެއް ހިނދަކަށް ބާރުވަމުންދިޔައެވެ.

“ރިހާނާ ތިވާހަކަ ދައްކާކަށް މާ ރަނގަޅެއްނޫނޭ.. އަހަރެން ކުރިންވެސް ބުނިންދޯ ހައިޒަލްއާއިމެދު ރިހާނާ ހިތަށްއެރިހާ ގޮތަކަށް ކަންތައް ނުކުރާށޭ… ރިހާނާގެ ތި ރުޅިގަނޑާއިހެދި ކަންނޭނގެ ހުރިހާކަމެއް ގޯސްވެގެންދާނީވެސް…” އަލްހާންގެ އަޑުގައިވީ ނުރުހުމާއިއެކު އަޑަށް ބާރުލައިފައި ވާހަކަދެއްކެވިއިރު ވަރަށް ގަދަޔަށް ރުޅިއައިސްފައި ހުރިކަން ހާމަވިއެވެ.

“މިހުރިހާ އަހަރެއްވަންދެން އަހަރެން ކެތްކުރިވަރެއް އަލްހާނަކަށް ނޭނގޭނެ… އެ ކުއްޖާ ފެންނަ ކޮންމެ ފަހަރަކު އަހަރެން ލޭހުނުވެގެންދޭ… ރުޅިންގޮސް އަމިއްލަ ނަފްސު ހަމައިން ނައްޓާވަރުވޭ…” ރިހާނާ އަޑަށްބާރުލާފައި ރުޅިވެރިގޮތަކަށް ބުނެލިއިރު އަލްހާން ނުރުހިފައި ރިހާނާއަށް ގޮވާލެއްވީއެވެ. އެ ބަސްތައް އިވިފައި ހައިޒަލްގެ ހިތުގައި ރިއްސާލިއެވެ. ލޯމަރާލަމުން އަތްމުށްކަވާލެވުނީ ހިތަށް އުނދަގޫވީވަރުންނެވެ. ހައިޒަލްއަށް އިތުރަށް އެވާހަކަތައް އަޑުއެހުމެއްނެތި ސިޑިން އަރައިގެން ގޮސް ކޯރިޑޯއިން ނިކުމެވެން އިންނަ ބޮޑު ބެލްކަނިކޮޅަށް ނިކުމެލީ ނުތަނަވަސްވެފައިވާ ސިކުނޑިއަށް ހަމަޖެހުމެއް ލިބޭތޯއެވެ.

ހައިޒަލް ބެލްކަންޏަށް ނިކުމެލިގޮތަށް އެތައްއިރެއްވާންދެން ތަނބަކަށް ލެނގިލައިގެން ހަރަކާތެއްނެތި ބުދެއް ފަދައިން ހުއްޓެވެ. ކުޑައިރުގެ ހުރިހާ ހިތި ހަނދާންތަކެއް ހުރިހާ ފަރާތަކުން އައިސް ސިކުނޑި ވަށާލިއިރު އެ މޫނުމަތިން ފެނުނީ ހިތްދަތިކޮށްލާފަދަ ރިހުމުގެ އަސަރެކެވެ. ތުންފަތުގައި ދަތްއަޅާލައިގެން ހުރިއިރު ލޮލަށް ނުކުޅަދާނަވާވަރަށް ކަރުނަތައް ގިނަވާންފެށުމާއިއެކު ހައިޒަލް ލޯ މަރާލީ އިތުރަށް އެ ކަރުނަތަކާއި ހަނގުރާމަކުރާނެހާ ހިތްވަރު ނެތިގެންހެން ހީވެއެވެ. ސައިލެއްފަދައިން ކޯތާފަތްމަތިން ކަރުނަތައް ދެމިގެންދިޔައީ ހައިޒަލްގެ ހާލަށް ހަމްދަރުދީވެ، އެހިތާމަތަކުގައި ބައިވެރިވަމުންނެވެ.

*************************

މީޓިން ނިމިގެން ހޯލްއިން ނިކުތް ނައިނާގެ ފިޔަވަޅުތައް ބެެހެއްޓީ ހައިޒަލްގެ ކެބިންއާއި ދިމާލަށެވެ. މީޓިން ނިންމާލިގޮތަށް ޒިޔާން ކުއްލިއަކަށް މުހިންމުކަމެއްގައި ބޭރަށް ދާން ޖެހުމުން މީޓިންގައި މަޝްވަރާކުރެވުނު ކަންތަކުގެ މައުލޫމާތު ހައިޒަލްއާއި ހިއްސާކުރުމުގެ މަސްއޫލިއްޔަތު އެޅުނީ ނައިނާގެ ކޮނޑުގައެވެ. އެކަމުން ނައިނާގެ ހިތަށް ހަމަޖެހުމެއް ލިބުނީ އެދެމެދުގައި އުފެދުނު ދުރުކަމަށްފަހު ފުރަތަމަ ފަހަރަށް ހައިޒަލްއާއި ބައްދަލުކުރާނޭ ފުރުސަތެއް ލިބުމުންނެވެ.

ނައިނާ ހައިޒަލްގެ ކެބިންގެ ދޮރުގައި ޓަކިދިނުމަށްފަހު އެތެރެއަށް ވަތްއިރު ހައިޒަލް އިނީ ސޯފާގައި އިށީދެގެން އަތުން ފުންކޮށް ކަފައިގެންގޮސްފައިވާ ތަންކޮޅުން އަންނަމުންދިޔަ ލޭތަށް ކަފަކޮޅަކުން ފުހޭށެވެ. އަތްތިލައިން އޮހެމުންދިޔަ ލޭތަކުން ހައިޒަލް ލައިގެން އިން ފަޓްލޫން ފެވެމުންދިޔަ މަންޒަރުފެނި ނައިނާއަށް ހާސްވެފައި ހައިޒަލްގެ ނަމުން ގޮވާލެވުނުއިރު އަތުގައި ހުރި ފައިލްތައް ދޫކޮށްލައިފައި ދުވެފައިކަހަލަގޮތަކަށް ހައިޒަލް ގާތަށް ދެވުނުގޮތެއްވެސް ނޭނގުނެވެ.

ނައިނާ ހައިޒަލްގެ ފައިދަށަށް ތިރިވަމުން އަތުގައި ހިފަހައްޓާލިއިރު މޭޒުމަތީ އޮތް ބެންޑޭޖް ރޯލް ނެގިގޮތަށް ބާރަށް ހައިޒަލްގެ އަތުގައި އޮޅާލިއެވެ. ހުދުކުލައިގެ ބެންޑޭޖްގަނޑު ލެއިން ކަޅިވެގެން ދިޔައިރު ނައިނާއަށް ހައިޒަލްގެ އަތަށް ބާރުކޮއްލެވުނީ ހުއްޓުމެއްނެތި ބެންޑޭޖް ކަޅިކުރަމުންދިޔަ ލޭތައް ފެނިފައި ހާސްވީވަރުންނެވެ. އެވަގުތު ހައިޒަލް އޫއިއޭ ކިޔާލިގޮތުން ނައިނާ އަތުތެރޭގައި އޮތް ހައިޒަލްގެ އަތުތެރެއަށް ދޫކަމެއް އައިރު ނުތަނަވަސް ނަޒަރު ހައިޒަލްގެ މޫނަށް ދަތުރުކުރިއެވެ.

“ސޮރީ… ވަރަށް ބޮޑަށް ތަދުވިތަ؟” ނައިނާ މަޑުމަޑުން ހައިޒަލްގެ އަތަށް ފުމެންފެށީ އަތުން ނަގަމުންދިޔަ ދިލަކަން ކުޑަކޮށްދެވޭތޯހެން ހީވެއެވެ. އެވަގުތު ހައިޒަލްއަށް ނައިނާއަށް ބަލަަހައްޓައިގެން އިނދެވުނީ ތަފާތު ނަޒަރަކުންނެވެ. ނައިނާއަށް ނޭނގުނަސް ނައިނާގެ މި އޯގާތެރިކަން ފެންނަ ކޮންމެ ފަހަރަކު އޭނަ އިތުރަށް ނައިނާއަށް ލެބިގެންދަނީއެވެ. އޭނާގެ ނުކިޔަމަންތެރި ހިތަށް ވިސްނައިދޭނީ ކިހިނެތްހެއްޔެވެ؟

“ކީއްކުރަނިކޮށްތަ މިވަރުވީ…” ނައިނާ ވާހަކަދައްކަމުންދަނިކޮށް ބިއްލޫރި މޭޒަށް ނަޒަރު ދަތުރުކުރިއިރު އެ މޫނުމަތީގައިވީ ކަންބޮޑުވުން ރުޅިވެރިކަމުގެ ސިފަ އިހްތިޔާރުކުރާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. މޭޒުމަތީ ފުނޑުވެފައިވާ ބިއްލޫރި ތަށިން ނެއްޓިގެން އައި ނަޒަރު ހައިޒަލްގެ މޫނާއި އަމާޒުވީއިރު އެ މޫނުމަތިން ފާޅުވީ ހިތްހަމަނުޖެހުމުގެ ލިސާންތަކެވެ.

“ކުޑަކުއްޖެއްތަ ތިއީ ބިއްލޫރި ތައްޓާއި އެއްޗެހި ފުޑުފުޑުކުރަން…” ނައިނާގެ މޫނުން ފެނިލި ރުޅިވެރިކަމުން ހައިޒަލްގެ ހިތަށް ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބުނީ ނައިނާ އޭނައާއިމެދު ކަންބޮޑުވާކަން ޔަގީންކުރެވިފައެވެ. އެވަގުތު ނައިނާ ހައިޒަލްގެ މޫނަށް ބަލާލިއިރު ހައިޒަލްގެ ތޫނު ނަޒަރު އެ މޫނަށް ހުއްޓިފައިވީގޮތުން ދުރުބަލާލަން ނައިނާ ނުކުޅެދުނެވެ. ތިންދުވަސްފަހު އެ ރީތި މޫނު ފެނިލިއިރުވެސް ގަރުނެއްފަހުން ފެނިލިހެން ނައިނާއަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. ނަޒަރުވަކިކޮށްލުމެއްނެތި އެ މޫނަށް ބަލަހައްޓައިގެން އިނުމަށް ހިތްއެދުނެވެ. ކުއްލިއަކަށް އޭނަގެ ހިތަށްވާން މިފެށީ ކިހިނެތްހެއްޔެވެ؟

އެ ލަދުވެތި ނަޒަރު އެފަރިކަން ހައިޒަލްގެ ހިތަށް ސިހުރު ހެދުމުގައި ކާމިޔާބުކުރިއިރު ހިނދުކޮޅަކަށް ނައިނާއަށް ގެއްލިފައި އިނދެފައިވެސް ހައިޒަލް އަވަހަށް ދުރުބަލާލިއެވެ. އެއާއިއެކު ފުންކޮށް ނޭވާއެއްލީ ނައިނާގެ ހިޔާލުތައް ސިކުނޑިން ބޭރުކޮށްލަން ބޭނުންވެފައި ހުރިކަހަލަގޮތަކަށެވެ.

“ހެވެއްނު އަހަރެން ބިއްލޫރި ހަފައިގެން ކެޔަސް…” ހިތުގައި އުފެދެމުންދިޔަ އިހުސާސްތަކުގެ މައްޗަށް ފަސްްއަޅާ ފޯރުވާލަން ހައިޒަލް އިސްކުރީ ރުޅިވެރިކަމެވެ. ނައިނާގެ އަތުތެރޭގައިވީ އަތްދަމައިގަންނަމުން ކޮއްޅަށް ތެދުވަމުން ނައިނާއާއި ދިމާލަށް ބަލާލި ރުޅިވެރި ނަޒަރުން ނައިނާ ހުއްޓުންއަރާގޮތްވިއެވެ. އެ ލޮލުން މީގެ އިރުކޮޅެއްކުރިން ފެނިލި ގާތްކަން ދިޔަތަނެއްވެސް ނޭނގުނެވެ.

“އެހެންނޫނަސް އަހަރެން ބުނިންތަ އަތް ސާފުކޮށްދޭށޭ… ދުވެފައި އައީ އަހަރެން ބުނެގެންތަ؟” ހައިޒަލް ލޯހަނިވެގެންދިޔައިރު ހަރުކަށިގޮތަކަށް ބުނެލިގޮތުން ނައިނާ ދެރަވެސްވިއެވެ. ކުރިއަށް އަޅާލި ފިޔަވަޅާއިއެކު ނައިނާ ހައިޒަލްގެ އަތުގައި ހިފަހައްޓާލިއިރު ހައިޒަލް އަތް ފޮޅުވާލަމުން ނައިނާއަށް ބަލާލީ ލަދުގަންނަވާލާފަދަ ނަޒަރަކުންނެވެ.

“ހައިޒަލް..” ނައިނާ މަޑުމަޑުން ހައިޒަލްގެ ނަން ކިޔާލުމާއިއެކު ހައިޒަލް ބަލާލިގޮތުން ނައިނާގެ މެޔަށް ބާރުވެގެން އައިފަދަ އިހުސާސެއްކުރެނެވެ.

“ލެޓްމީ ހެލްޕް ޔޫ…” ނައިނާ ކުރިއަށް އަޅާލި ފިޔަވަޅާއިއެކު ހައިޒަލް ފަހަތަށް ޖެހުނެވެ.

“އައި ޑޯންޓް ނީޑް އެނީވަންސް ހެލްޕް… ސްޕެޝިއަލީ ޔުއަރސް…” ހައިޒަލް ލޯހަނިކޮށްލަމުން ބަލާލިގޮތުން ނައިނާގެ ދުނިޔޭގައި ހުރި އެންމެ ނުރުހެވޭ އަންހެންކުއްޖާހެން ހީވިއެވެ. އޭރު ނައިނާ ހުރީ ކުއްލިއަކަށް ހައިޒަލް ރުޅިގަނޑު ހިލުވާލިގޮތުން ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއްފަހަރު ގާތްކަންދީ އަނެއްފަހަރު ދުރުކޮށްލައިގެން ހައިޒަލް ސާބިތުކޮށްދޭން ބޭނުންވަނީ ކޮންކަމެއްހެއްޔެވެ؟

“ގެޓް އައުޓް… “ހައިޒަލް ނައިނާ ކޮނޑުގައި އަތްއަޅާ ދުރުކޮށްލިގޮތަށް ދޮރާއި ދިމާލަށް އަތުން އިޝާރާތްކޮށްލަމުން ބުނެލިއެވެ. އޭރު އެއްއަތްމުށްކެވިފައިވާއިރު ދަތްތައް ބިންދާލާހާ ބާރަށް ދަތްކުޑިވިކައިގެން ހުރިކަން އެނގެނީ އަނގަޔަށް ހަދާލައިގެން ހުރިގޮތުންނެވެ.

“ހައިޒަލް… ސްޓޮޕް ވިތް ޔުއަރ ސްޓަރބަންނެސް…” ނައިނާގެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރާއިއެކު ވާހަކަދެއްކުނީ ރުޅިވެރިގޮތަކަށެވެ.

އެއާއިއެކު ހައިޒަލް ނައިނާގެ އަތުގައި ހިފާ ބާރަށް އޭނައާއި ދިމާލަށް ދަމައިގަތްއިރު ހަނިކޮށްލެވިފައިވާ ދެލޮލުން ފެނުނު ކުލަވަރު ތަރުޖަމާކުރަން ނައިނާ ނުކުޅެދުނެވެ. ދެލިކޮޅެއްފަދަ ދެލޮލުން ފެނުނު ރުޅިވެރިކަމުން ނައިނާ ފިއްސާލިފަދައެވެ. އެ ލޮލުން އެކަނިވެސް ހުރިހާ އިހުސާސްތަކެއްވީ ހާމައަށެވެ. ނައިނާގެ ދެކޮނޑުގައި ހިފާ ދޮރަށް ލައްކޮށްލިއިރު އެ ލޮލުން ފެނިލި އަސަރަކުން ނައިނާ ހިތްވެސް ރޫރޫ އަޅައިގެންދިޔައެވެ.

“ޔޫ… ސްޓޭ އަވޭ ފްރޮމް މީ….” ހައިޒަލް ލޮލުން ހިނދުކޮޅަކަށްވެސް ތަފާތު އަސަރެއް ފެނިލިއިރު އެ ލަފްޒުތައް ބުނެލީ ދަތްކުނޑިވިކައިލައިގެން ހުރެއެވެ. އެއާއިއެކު މުށްކެވިފައިވާ އަތަށް އިތުރަށް ބާރުވެގެންދިޔައިރު އެ ލޮލުން ރުޅިވެރިކަމާއި އެއްވަރަށް ރިހުމެއް ފެނިލިއެވެ.

“ހައި….” ނޭނގިހުއްޓާ ނައިނާގެ ލޮލަށް ކަރުނަތައް ގިނަވީއިރު ހައިޒަލްގެ މޫނަށް ބަލާލެވުނީ ވޭނުން ފުރިގެންވީ ނަޒަރަކުންނެވެ. ހައިޒަލް އެވަގުތު ނައިނާއަށް ފަސްދިންއިރު ނައިނާ ހައިޒަލްގެ އަތުގައި ހިފަހައްޓާލީއެވެ. ހައިޒަލްގެ ދަތްތަކަށް ބާރުކޮށްލަމުން ލޯމަރާލިއެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ ހިމޭން ވަގުތުކޮޅަށްފަހު ހައިޒަލް ނައިނާއާއި ދިމާލަށް އެނބުރިލިވަގުތު އެތައްކަމެއް ހިނގައިދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saraa

Level 910 Stories100 Comments100 Login500 Comments500 Login

I enjoy reading story since childhood.......Interested in writing since grade 7.

Other Articles

Previous

ސިއްރު…..1

Next

އައިހަމް – ފައިނަލް ޓްރެއިލަރ

Next
April 12, 2019

އައިހަމް – ފައިނަލް ޓްރެއިލަރ

Previews
April 12, 2019

ސިއްރު…..1

67 Comments!

  1. Koo says:
    April 12, 2019 at 4:31 pm

    Yayyy Koo first. N V riithi Masha Allah

    1. dhiraa wish says:
      April 12, 2019 at 5:53 pm

      thnks

  2. twinkle says:
    April 12, 2019 at 4:36 pm

    vara salhi mi part vx….you are awesome dhiraa..luv you…

    1. dhiraa wish says:
      April 12, 2019 at 5:56 pm

      thnks

  3. jiji says:
    April 12, 2019 at 4:55 pm

    Kiyaafa comment eh kohlaanan ingey

    1. dhiraa wish says:
      April 12, 2019 at 6:04 pm

      k

  4. Malee says:
    April 12, 2019 at 5:24 pm

    V.V reethi?

  5. jiji says:
    April 12, 2019 at 5:32 pm

    Alheyy so emotional..koo ge haizal mihaaru naina ah maa ginain dhera dheny ey dhw..hehe??..waiting for the next part curiously??????❤?❤?

    1. dhiraa wish says:
      April 12, 2019 at 6:06 pm

      dwww..

    2. Koo says:
      April 12, 2019 at 9:01 pm

      Koo ge haizal ah adhi nuvisnenii. Jiji Madukohlaa haizal ah visnuniima eheneh nuhadhaa ne

    3. jiji says:
      April 13, 2019 at 6:40 am

      Alhe haizal kairi buney ehn???…koo ah takaa vec hama eyna hama nai ah rangalhu vedhaane dhw???…hehe..eyh sis..mii em ge frnd eh nge…v v beynun sis email eh use kurangna em kairi buneba jiji ge email fonuvabakaashey .. pleezu.. really wanna tlk u haizal ge bituuu????????

  6. ❤❤juliet❤❤ says:
    April 12, 2019 at 6:56 pm

    Vrh reethi maa shaa allah…waiting 4 the nxt prt
    ❤❤❤❤

    1. dhiraa wish says:
      April 12, 2019 at 7:35 pm

      thnks.

  7. Zivaa says:
    April 12, 2019 at 7:17 pm

    Nice story eh n vry unique

    1. dhiraa wish says:
      April 12, 2019 at 7:35 pm

      thnks

  8. strange girl says:
    April 12, 2019 at 10:20 pm

    keep up the good work luv ur story

    1. dhiraa wish says:
      April 12, 2019 at 11:10 pm

      thnks

  9. waddey says:
    April 12, 2019 at 10:59 pm

    mee konkuhjjehthr meehaku liyefaain vaahakaeh mee dw

    1. dhiraa wish says:
      May 14, 2019 at 10:01 pm

      i dnt knw wht u meant… this is my own stry and my own ideas.

  10. Hehe says:
    April 12, 2019 at 11:16 pm

    Zivaa thihen unique vahaka eke nubunane korean series balaanamaka. Mii seedhaa korean drama thakuge story thah mix kohgen liyefa oiy vahaka eh. Anyways anti fan ehnun mii. Mi vahaka v reethi. Gavaaidhun kiyan hama. Keep it up girl ?

    1. dhiraa wish says:
      April 13, 2019 at 6:36 am

      thnkx

    2. gong-yuji says:
      April 13, 2019 at 12:42 pm

      Yeah. Its totally a Mix. There is nothing to call unique. But this is typically common now a days. Most of the new writers adopt from others. Readers doesn’t care as long as its entertaining. Well… I don’t care.

    3. dhira wish says:
      April 13, 2019 at 12:52 pm

      Readers me dhira ge amihla hiyaalu ge mahchah binaakoh liyamundhaa vaahaka eh… its not a korean mix… mi vaahakaige plot raavaafai vaanee amihla hiyaaluge mahchah.. vaahaka kuriah dhaa varakah ingigen dhaane ekan… thanks for commenting…

  11. ib@ says:
    April 13, 2019 at 6:05 am

    Sorry 14&15 vana part ah comment nukurevunyma.mi part vvvvv salhi.maashaa you’re a great writer

    1. dhiraa wish says:
      April 13, 2019 at 6:37 am

      itsk..thnkx

  12. nameh nubunaanan ? says:
    April 13, 2019 at 8:03 am

    vvvvvvvvvv reethi mi part vx comment nukuri ax baraabarah kiyan igeyy ??whn nxt part

    1. dhiraa wish says:
      May 14, 2019 at 10:03 pm

      thnku. insha allah v avahah

  13. Daisy girl says:
    April 13, 2019 at 9:32 am

    Wowwwww… Just Wowwwww

    1. dhiraa wish says:
      April 14, 2019 at 6:21 pm

      thnks

  14. dhira wish says:
    April 13, 2019 at 9:51 am

    bunedheyshey ruhemeyge kiyuntherin nah… raeders… mi vaahaka akee korean drama akah noonee drama thakeh ge story akah liyefa oih vaahaka eh noon kamuga bunelan… mee dhira ge amihla hiyaaluge mahchah binaakoh liyamun dhaa hiyaalee vaahakaeh… mivaahaka kuriah dhaa varakah kiyuntherinah ekan igigen dhaane.. mi vaahakaige 16 ep upkurevunu iru kiyuntherigen faraathun libunu support ah dhira shukuruadhaakuran.. adhi thidhey support akee dhiraa ah libey hiyvareh kamuga faahaga kohlan… ly all

  15. Koo says:
    April 13, 2019 at 10:20 am

    Hehe jiji. Dhiraaa gaathu buney Koo ge mail dheyshey. She knows

    1. dhiraa wish says:
      April 14, 2019 at 9:43 am

      sahaadeh

  16. Malu says:
    April 13, 2019 at 11:24 am

    As always mi part ves hama v reethi keep up the gud work faharee.luv so much❤❤

    1. dhiraa wish says:
      May 14, 2019 at 10:06 pm

      thnks drling….. miss u a lot malu.

  17. kai says:
    April 13, 2019 at 11:36 am

    woow nice , aneh part kondhuvahaku

    1. dhiraa wish says:
      April 14, 2019 at 9:45 am

      thnkx… insha allah v avahah

  18. yaaa says:
    April 13, 2019 at 12:46 pm

    omgg!! vvvvv reethi mi part ves!!!?????????????❤a wqiting for next part???

    1. dhiraa wish says:
      April 14, 2019 at 9:45 am

      thnks

  19. Aimi says:
    April 13, 2019 at 1:35 pm

    When is the next part?? Can’t wait to read

    1. dhiraa wish says:
      April 14, 2019 at 9:46 am

      be patient

  20. Evi says:
    April 13, 2019 at 2:49 pm

    Varah reethi I can’t wait. Keep it up. Dhen kn irakun next part kiyaalan libeynii ?

    1. dhiraa wish says:
      April 14, 2019 at 9:49 am

      thnkx… insha allah v avahah

  21. jiji says:
    April 13, 2019 at 4:10 pm

    Heii dhiraa ah mail fonuvaifin…???

    1. dhiraa wish says:
      April 14, 2019 at 6:22 pm

      yeah i got it

  22. ❤❤juliet❤❤ says:
    April 13, 2019 at 10:44 pm

    Heiii…dhiraa!!! Kn irakun nxt prt…curiously waiting 4 the nxt

    1. dhiraa wish says:
      April 14, 2019 at 3:53 pm

      hehehe insha allah v avahah

  23. Laalu says:
    April 14, 2019 at 7:36 am

    Alhey maashaa ahllah v nice, dhiroo kyp it up whn next prt….

    1. dhiraa wish says:
      April 14, 2019 at 3:55 pm

      thnks.. insha allah v avahah

  24. Laalu says:
    April 14, 2019 at 11:28 am

    Hey koo…. Laalu mihiriynu…. Habarehnuvevuni sry…. Kihinehtha dear…. Laalu miss u too??❤️❤️❤️????

  25. 12❤ says:
    April 14, 2019 at 12:09 pm

    Hope miadhu aneh prt upload kohdheyne kamah

    1. dhiraa wish says:
      April 14, 2019 at 6:18 pm

      sry i cant….. ryyt now i am v bxy with my scl n collage assignmnts… thts the reason why it is taking so much time…. sorry to say this. bt insha allah v avahah upkohla deynan

  26. 12❤ says:
    April 14, 2019 at 10:27 pm

    Itx ok???we can understand..

    1. dhiraa wish says:
      April 16, 2019 at 3:23 pm

      thnks

  27. waiting for nxt part says:
    April 15, 2019 at 9:51 am

    alhe plx avahah up kohla dyyba can’t wait kiyaaa huthun

    1. dhiraa wish says:
      May 14, 2019 at 10:04 pm

      will try dear

  28. Maisha says:
    April 16, 2019 at 9:04 am

    Meege aneh part avahah nellun edhen. adhi mihaa thanah kiyunu emme reethi Vaahaka mee. Ehenve hope kuranee aneh part avahah nellaane kamah.

    1. dhiraa wish says:
      April 16, 2019 at 3:23 pm

      thnks insha allah v avahah up kohla deynan

  29. Thanks for ending? says:
    April 16, 2019 at 12:28 pm

    Mi vaahaka ninmaaly dww thi dn ???hehe ? ok we can understand..take your time… All the best

    1. dhiraa wish says:
      May 14, 2019 at 10:03 pm

      🙂 🙂 adi ehaa avahah end eh nuvaane insha allah

  30. lol says:
    April 16, 2019 at 1:05 pm

    mivaahakaves dhen nugennaane dho, aamukoh esfiya ga liyaakudhin hadhaa goi aee, emme reethi hisaabun liyun huhtaalaane,

    1. dhiraa wish says:
      April 16, 2019 at 3:27 pm

      not like tht… insha allah i will never do like tht.. kurin vx bunin time libey varakun up kohdeynamey.. actually miduvasskolhu time nulibenee… 3 ga scl in aissa anehka 4 ga daagothah dhn free vanee 7 ga. evaguthu filaavalhu thah hadaa dasskohfa dhn vaahaka liyan ulhevenee.. as i tld before course ge vx v baivaru assignmnt pending ga hureema ehnve e ninmaalan hadaigen stry ah time nudevenee… bt insha allah v avahah up kohla deynan

  31. RANA says:
    April 16, 2019 at 1:47 pm

    its not a problem dear..we will understand…first kiuyevumah dhoa iskan dheyn geheynii..
    eah fahu dhoa ithuru kankamah iskan dheynvaanii.
    furathama kiyevun.dhn eah fahu ithuru Kankan.
    but free vihaa avahah up kola dhechey dear..<3.

    1. dhiraa wish says:
      April 16, 2019 at 3:28 pm

      thnks for understanding the situation

  32. RANA says:
    April 16, 2019 at 1:49 pm

    this part was perfect..

    1. dhiraa wish says:
      April 16, 2019 at 3:29 pm

      thnks

  33. Asna says:
    April 16, 2019 at 4:19 pm

    Maasha allah…vvvv reethi mi vaahaka
    Ur great writter??

    1. dhiraa wish says:
      April 16, 2019 at 6:22 pm

      thnks

Comments are closed.

Next Episodeބުނެދޭށޭ ރުހެމޭ 17←


All Right Reserved!