Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޒީ (ހަތަރުވަނަބައި)

InaaSh Level 210 Stories100 Comments
April 12, 2019 4 Mins Read
20 Comments

ޝާޔަންގެ ލޮލުން ކަރުނަ އަންނަންފެށީ އެއްވެސް އިހްތިޔާރަކާނުލައެވެ. ދާދި ދެންމެ ޝާޔަންގެ މަންމަ އާއި ބައްޕަ ދެއްކި ހުރިހާ ވާހަކަ އެއްވެސް ޝާޔަންއަށް އަޑުއިވުނެވެ. ޝާޔަން އެންމެބޮޑަށް ދެރަވަނީ މަންމަ އާއި ބައްޕަ ޝާޔަން އާއިމެދު ވިސްނާ ހާސްވާވަރު އިނގޭތީއެވެ. ޝާޔަން ކިތައްމެދެރަވިއަސް ވެސް މަންމަމެން ކުރިމަތީގައި ބޭރުފުށުން އެކަން ނުދައްކާވޭތޯ ބަލަނީ އިތުރަށް މަންމަމެން ދެރަކުރަން ބޭނުންނުވާތީއެވެ. ނަމަވެސް ޝާޔަންއެކަނި ވާގަޑިތަކުގައި އަމިއްލަ ހާލަތާއި މަންމަމެންނާއި ދޭތެރޭގައި ވިސްނާލާ ކޮންމެފަހަރަކު ލޮލުންކަރުނަ ހިލެއެވެ. ޝާޔަންއަށް ނިދުނީ އެހެން އެކި ހިޔާލުތަކުގައި ވިސްނަން އޮއްވައެވެ.
ނިދޭތޯމަސައްކަތް ކުރަމުން ދިޔަ ނައިލްގެ ހިތުގައި ރަސްކަން ކުރަމުންދިޔައި މިއަދު ނައިލްއާއި ދިމާވި އަންހެންކުއްޖާއެވެ.
”އަނެއްކާ އަހަންނަށް ލޯބިވެވުނީބާ؟….އެކަމް އެންމެ ދެފަހަރަކު ދިމާވެގެން ލޯބިވެވިދާނެތަ؟…ނޫން އިޓްސް ނޮޓް ލަވް….މޭބީ އައި ލައިކް ހާރ.. ނޭންގެ މިވާގޮތެއް ބުނެދޭކަށްވެސް….އެއަންހެން ކުއްޖާ ދެކިލާހިތުން ކެއްމަދުވެފަ މިހުރެވެނީ ކީއްވެބާ؟..”
ނައިލްގެ ހިތަށް އެތަށްސުވާލެއްއަރާ ފައިބަމުން ދިޔައެވެ. ނަމަވެސް އޭގެ ޖަވާބެއް ހުދު ނައިލްއަށްވެސް ނޭންގެއެވެ. ނައިލްއަށް ނިދުނީ އެހެންއެތަށް އިރެއްވަންދެން ވިސްނަން އޮތުމަށްފަހުގައެވެ. ނާއިރާ ގެ ހާލަތުވެސް ހުރީ ނައިލްގެ ހާލަތު ހުރިގޮތާއި ހަމަ ދާދި އެއްގޮތަށެވެ. ނާއިރާއަށްވެސް ވިސްނެމުންދިޔައީ މިއަދު ދިމާވި ޒުވާނާއާއިމެދުގައެވެ. ޝާއިންގެވެސް ހާލަކީވެސް ހަމަމިއެވެ.
އާދުވަހަކަށްއިރު އެރިއިރުގައި ނައިލް ހުރީ އަތިރިމަތީގައި އިރުއަރާ މަންޒަރު ބަލާށެވެ. އެތަށް ދުވަހެއްފަހުން އިރުއަރާ މަންޒަރު ހަމަލޮލަށް ބަލާލަން ލިބުމުން ނައިލް ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އިރުއެރި އިރުގައި އުޑުމަށްޗަށް އަރާ ފައިބަމުން ދިޔަކުލަތަށް ވަރަށްވެސް ރީއްޗެވެ. އިރުއަރާމަންޒަރު ބަލަން ރާޅުޖަހާފަށުގައި ހުރި ނައިލް ގެއަށްދިއުމަށްޓަކައި އެބުރިލިއިރުގައި ފެނުނު މަންޒަރަކުން ނައިލް ހުރީ ބުނާނެއެއްޗެއްވެސް ނޭންގިފައެވެ. ނައިލްއަށް ހިނިތުންވެލެވުނީ ބޭއިހްތިޔާރުގައެވެ. އަތިރިމަތީގައި ހުރި ޖޯލިފަތީގައި އެއިނީ އީއްޔަ ވެސް ނައިލްއަށް ފެނުނު އަންހެންކުއްޖާއެވެ. އެއަންހެންކުއްޖާގެ ނަން ހޯދަންބޭނުން ވެފައި ހުރި ނައިލް އަށްވީ މީ ރަނުގެ ފުރުސަތަކަށެވެ. ނައިލް މަޑުމަޑުންގޮސް މަޑުކޮއްލީ އެއަންހެންކުއްޖާ އިން ޖޯލިފަތި ކައިރީގައެވެ.
”އޯކޭތަ އަހަރެން މިތާ އިށީނަސް…”
ނައިލް ފުރަތަމަ ހުއްދައަކަށް އެދުނީ އެއަންހެންކުއްޖާ ހިތްހަމަނުޖެހުދާނެތީއެވެ.
”ހޫމް އޯކޭ…”
އެއަންހެންކުއްޖާ ހީލަމުން ޖަވާބުދިނީ ކުރިންވެސްބަލަން އިން ދިމާއަށްނަޒަރު ހުއްޓާލައިގެން އިދެއެވެ.
”ހޭ ވަންސް އެގެއިން އަމް ސޮރީ ފޯ ޔަސްޓަރޑޭ އިނގޭ…..މިހާރު ބޯ އޯކޭތަ؟…އީއްޔަގަ އަހަރެން އަތުން ޖެހުނުފަހުން އަހަރެން ހުރީ ހާލު ބަލާލަންވެސް ބޭނުންވެފަ…..އެކަމް ނަމެއްވެސް ނޭންގޭ ވީއްޔަ ކިހިނެއް ހާލު ބަލަން ހަދާނީވެސް ދޯ……އެހެންނޫނަސް އަދި އަހަރެން މިރަށަށް މިއައީ ވެސް އީއްޔަގަ…..ބައިދަ ވޭ އަމް ނައިލް އިނގޭ…”
ނައިލް ބޭނުންވީ އެކުއްޖާގެ ނަން ހޯދާލައި އެކުއްޖާއާއި ވާހަކަ ދައްކާލާށެވެ.
” ނައު އޯކޭ… އެހެން ނޫނަސް އެއީ އެވަރުގެ ކަމެއްނޫނޭ…. އަހަންނަން ކިޔަނީ ޝާޔަން….އެހެންތަ ތީ އަދި މިރަށަށް އާކުއްޖެއް ދޯ…..ޗުއްޓީއަކަށްތަ ތި އައީ؟…”
”ޝާޔަން…” ނައިލް ޝާޔަންގެ ނަން ހިތުންކިޔާލިއެވެ.
”ހެހެހެ ނޫން ޗުއްޓީއަކަށް ނޫން މިކޮޅަށް އެއްކޮއް ބަދަލުވީ މި…..އާފްޓާ އެބައިޓް ޓުވެލްވް ޔާރސް…ބައްޕަ އާއި މަންމަ ވެސް އެއީ މިރަށުދެމީހުން…..ޑޭޑް ބޭނުންވީ މިކޮޅަށް އެއްކޮށް ބަދަލުވާން އެހެންވެ އެއްކޮއްބަދަލުވީ މި….”
ނައިލް އިނީ ޝާޔަންއާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބުމުން ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ.
”އަސްލުވެސްތަ؟…ދެން މިރަށް ކިހިނެއްވަނީ…ކަމުދޭތަ؟…ތިހާގިނަ ދުވަސް ކޮއްފަ އައި އިރުގައި މިރަށް ވަރަށް ޗޭންޖް ވެފަ ދޯ މި އޮތީ؟….”
”ހޫމް….ވަރަށް ހެޕީ ޑޭޑް މިކޮޅަށް އެއްކޮއް ޗޭންޖްވީމަ…އައި ލަވް ދީސް ބިއުޓިފުލް ވައިޓް ބީޗް އެން ބްލޫ ސީ…އެކޮޅުގަ އުޅުނު އިރުގައި މިރީތިކަން އަބަދު ލޮލަށް ފެންނާކަށް ނޯވޭ…”
ނައިލްއަށް އެހެންއިންއިރު ވަގުތު ދިޔަ ގޮތެއްވެސް ނޭންގުނެވެ. ނައިލް ގެއަށް އައީ ވަރަށްވެސް ހިތްހަމަ ޖެހިފައިހުރެއެވެ. ޝާޔަންއާއި އެކީގައި ހޭދަކޮއްލެވުނު ވަގުތު ކޮޅު ނައިލްއަށް ވަރަށް ހާއްސަ ވިއެވެ.
”ދަރިފުޅާ މިއޮއް ހެދުނާ ހާދަ ހެވިފަ ކޮންތާކުން ތި އަންނަނީ؟…”
ގެއަށް ވަދެގެން އައި ނައިލްފެނިފައި އަނިލް އަހައިލިއެވެ.
”މިއައީ މިދިމާ އަތިރިމަތިން…..ކޮބާ އަދި މިގޭ ކުޑަ ބޭބީ ނުހޭލަނީ ތަ؟…”
ނައިލް އާދައިގެ މަތިން ނާއިރާއާއި ދިމާ ކޮއްލިއެވެ.
”ހޫމް އަދި ނުހޭލާ…. ދަރިފުޅު އާދޭ ސައިބޯން….”
ނައިލްގެ އަޑު އިވިގެން ނިކުތް ނިޝާ ބުންޔެވެ. އެހެންކަމުން ނައިލް ފުރަތަމަވެސް ގޮސް ވަނީ ކާގެއަށެވެ. ކާންހުރީ ނައިލްއަށް އެންމެމީރު ވައްތަރުގެ މަސްހުނި މޮޑެފައެވެ. ލަންޑަނުގައި އުޅުނުއިރުގައި ނައިލްއަށް ވަރަށް ވެސް މަދުން ނޫނީ މިކަހަލަގެ އެއްޗެއްކާކަށް ނުލިބެއެވެ. އެހެންކަމުން ނައިލް އިނީ ވަރަށްއުފާވެފައެވެ.
”ދަރިފުޅާ މާދަން ރިޔާމެން އަންނާނެ އިނގޭ މިގެއަށް ހަވީރުގެ ސަޔަކަށް…..ބައްޕަ އޮއްނާނެ މިހާރު ރިޔާއަށް ދައުވަތުދީފަ….ދަރިފުޅު ވާނެ ރިޔާގެ ކުދިންނާ ފުރެންޑް ވާން…ރިޔާ ބުނި ހުރިހާ ކުދިން ގޮވާގެނޯ އަންނާނީ….ނާއިރާ ގާތުގައިވެސް ބުނާތި މާދަން އެގަނޑީގަ ގޭގަ މަޑުކުރަން…”
”ލައްބަ ބައްޕާ….”
ނައިލް ސައިބޮއި ނިންމާލުމަށްފަހު ގޮސް ނާއިރާ ނިދަން އޮއްވާ ހޭލައްވައި ރުޅިއަރުވައި ލުމަށްފަހު ގެއިންނިކުތީ ކުޑަކޮށް ރަށުތެރޭގައި ހިނގާލުމަށްޓަކައެވެ. އަދި ނައިލް ރަށަށް އައިތާ މީ ދެވަނަ ދުވަސް ކަމުން ޝާޔަން ފިޔަވައި ނައިލްގެ އެއްވެސް ރަހްމަތްތެރިއަކު އަދިނެތެވެ. އަދި ނައިލްއަށް އެރަށުގައި ހިނގާކަށްވެސް ނޭންގެއެވެ. ނަމަވެސް މަންމަމެނަށް ވެސް އިނގިނުލާ ނައިލް ނިކުތީ މަންމަ ހުއްދަނުދީފާނެތީއެވެ. ނައިލް ފޯނުން ފޮޓޯނަގަމުން ރަށުތެރޭގައި ހިނގަމުން ދިޔަ އިރުގައި އެތަށްބައެއްގެ ނަޒަރު ހުއްޓިފައި ހުރީ ނައިލްއަށެވެ. ނަމަވެސް ނައިލް މިކަމަކަށް މާ ބޮޑު ސަމާލުކަމެއްނުދީ ހިނގަމުން ދިޔައިރުގައި މިހުރެވުނީ ގެއާއި މާކަދުރުކަމެއް ނައިލް އަކަށްނޭންގެއެވެ. ނައިލް ގެއަށްދިއުމަށްޓަކާ މިސްރާބު ބަދަލުކޮއްލި ނަމަވެސް ނައިލްއަކަށް ގެއަށްދާކަށެއް ނޭންގުނެވެ. ނައިލް ވަރަށްބެލި ނަމަވެސް ގެ އިންނަމަގެއް ނައިލްއަކަށް ނޭންގުނެވެ. ނައިލް ބައްޕައަށް ގުޅިއިރުގައި ފޯނުއޮތީ ނިއްވާލައިފާކަމުން ނައިލް މަންމައަށް ގުޅާލިއިރުގައި މަންމަ ވެސް ފޯނެއް ނުނަގައެވެ. އެހެންކަމުން ނައިލް ގުޅާނެ އެހެން މީހެއް ނުވިސްނުނެވެ. ރިޔާޒު ނަންބަރެއްވެސް ނައިލް އަތަކު ނެތެވެ. އެހެންކަމުން ނައިލް ނިންމީ މީހެއްގާތުގައި އަހާލައިގެން ގެއަށް ދިއުމަށެވެ. އެހެންކަމުން އެތާހުރި ޖޯލިފައްޗެއްގައި ތިބި ޒުވާން ފުރައިގެ ފިރިހެންކުދިން ތަކެއްގެ ކައިރިއަށް ނައިލް މިސްރާބުޖެހިއެވެ.
”އައްސަލާމުއަލައިކުމް….”
ނައިލްގެ އަޑު އިވުމުން ޖޯލިފަތީގައި ތިބި އެންމެންކަހަލަގެ ގޮތަކަށް ނައިލްއާއި ދިމާއަށް ބަލާލިއިރުގައި އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހައިރާންކަމެވެ.
”ބުނެލަދީފާނަންތަ ”ފެހިވިނަ” ގެއަށް ދެވޭނެ ގޮތެއް…”
ނައިލް އެންމެނަށް ބަލާލަމުން ސުވާލުކޮއްލުމުން އެމީހުންގެ މޫނުމަތީގައި ވީ ހައިރާންކަން ވީ އިތުރެވެ. ނައިލް މިކަމާ މާ ބޮޑަށް އަޅާނުލާ އަނެއްކާވެސް ނައިލް ކުރި ސުވާލު ތަކުރާރުކޮއްލިއެވެ.
”އެގެއާ ތަންކޮޅެއް ދުރު ހިސާބެއްގައި މިހާރު ތިހުރެވެނީ…ކިޔާދިނީމަ ދާން އިނގޭނެތަ؟..”
ނައިލް ކުރިސުވާލަށް ޖަވާބުދެމުން އެތަނުން އެއްޒުވާނަކު ޖޯލިންތެދުވިއެވެ. ” ޔޫގޮޓްބި ކިޑިންމީ…” އެޒުވާނާ ފެނުމުން ނައިލްއަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ. އެޒުވާނާވެސް ނައިލް އާއި ދިމާލަށް ރަނގަޅަށް ބަލާލިއެވެ. މީ އީއްޔަގަ ދިމާވި ރީތިއަންހެން ކުއްޖާއާއި އެކުގައި ހުރި ފިރިހެން ކުއްޖާކަން ޝާއިންއަށް ވަގުތުން އިނގިއްޖެއެވެ. ނައިލްއަށް ވެސް ޝާއިން ފާހަގަ ކުރަން މާ އުނދަގޫކަމަކަށް ނުވިއެވެ.
”ކީކޭ…”
ނައިލް ބުނި އެއްޗެއް ސާފު ނުވުމުން ޝާއިން އަހައިލިއެވެ.
”ނަތިން…….އަމް ސޯ ސޮރީ ފޯ ވޭސްޓިން ޔުއާ ޓައިމް…… އެގެ އިންނަތަން ކިޔާލަދީފާނަންތަ؟…”
ނައިލް އަނެއްކާވެސް ގެ ހުންނަތަން އަހައިލިއެވެ.
”ކިޔާދިނަސް ނޭންގިދާނެ ކަންނޭންގެ ދާން…..އާދެ އަހަރެން އެގެއަށް ގެންގޮސް ދީފާނަން…”
އެތާގައި ހުރި ވޭވް ސައިކަލަކަށް އަރަމުން ޝާއިން ނައިލް ގާތުގައި ބުންޔެވެ. ނައިލް އާން އޯކޭ އޭ ބުނަމުން ގޮސް ޝާއިންގެ ސައިކަލުގެ ފަހަތަށްއަރާ އިށީނެވެ. ނައިލް އެރުމުން ޝާއިން ސައިކަލު ދުއްވާލީ ފެހިވިނަގެއަށް ދިއުމަށްޓަކައެވެ.
”ބައިދަވޭ…އަމް ޝާއިން…”
”ނައިލް..”
ނައިލްވެސް ނައިލްގެ ނަންބުނެލައިދިނެވެ. ނައިލްއާއި ޝާއިންގެ މިޖާޒުއެއްގޮތް ކަމުން ރަހްމަތްތެރިވާކަށް މާގިނަ އިރުތަކެއް ނުނެގިއެވެ. ދެމީހުންއެކި ވާހަކަ ދައްކަމުން ދިޔައީ ދުވަސްވީ ދެ އެކުވެރިން ފަދައިންނެވެ. ގެއާއި ހަމައަށް ފޯރި އިރުގައި ވެސް ދެމީހުން ތިބީ ވާަހަކައިގައި ޖެހިފައެވެ.
”ހޭ ބައިދަވޭ އަހަރެން ސަލާން ގޮވާލީމަ ކީއްވެތަ ތިމީހުން ވައްތަރަކަށް ބަލަން ތިބީ…”
ނައިލް ސައިކަލުން ފައިބަމުން އަހައިލީ ކުރިންވެސް ކުރަން ބޭނުންވެފަ ހުރި ސުވާލެކެވެ.
”ހެހެހެ…. ފާޑަކަށް ނުބެލުނިއްޔާ ދެރައެއްނު…ނައިލް ހީވަނީ ބޭރުކުއްޖެއްހެން ވީއްޔަ……ދެން އެހާ ރީތިކޮށް ސަލާމް ގޮވާލާފަ ދިވެހިން ވާހަކަ ދައްކަން ފެށީމަ ހައިރާން ވާނެއެއްނު…….އަހަރެންވެސް އިނީ ހައިރާންވެފަ…ހެހެހެ…”
”ހެހެހެ…އަސްލުވެސްތަ؟…ތީ މަޖާ ކަމެއް އިނގޭ…ހެހެހެ…މައި މަމް އެން ޑޭޑް ވެސް އެއި މިރަށުދެމީހުން…..އަމް އަ މޯލްޑިވިއަން…އެނީވޭސް އާދޭ އެތެރެއަށް ވަދެލާފަ ދާން..”
ނައިލްއަށް އެމީހުން އެހެން ހިތަށްއެރިކަން އިނގުމުން މަޖާވިއެވެ.
”މިގޭގަތަ ނައިލް އުޅެނީ؟……”
”ހެހެ އަނެއްކާ މިހާރު ކިހިނެއްވީ؟…ޔެސް މީ ޑޭޑްގެ ގެ…ސޯ މަގޭވެސްގެ…ކިހިނެއްވީ؟..”
”ހެހެހެ…ވަޓްއަ ކޮއިންސްސިޑެންސް…..ނައިލްއަށް އިނގޭތަ އުއާޑޭޑް އެންމައި ޑޭޑްއެއީ ބެސްޓްފްރެންޑްސް އިންކަން…”
ޝާއިންނިކަން ހެވިފައި އިނދެ ބުނެލީ ނައިލްއަށް އަދި އިނގިފައިނުވާ ވާހަކައެކެވެ.
”ސީރިސްކޮން ތަ؟…ދެޓްސް އޯސަމް…ދެއާރ ފްރެންޑްސް އެން ނައު ވީއާރ ފްރެންޑްސް…”
ނައިލްވެސް ހީލަމުން ބުނެލީ ނިކަންއުފާ ވެފައި ހުރެއެވެ.
”ދެން އެހެންވީމަ މިފަހަރު އާދޭ ގެއަށް ވަދެލާފަ ޑޭޑްއާ މީޓްކޮށްލާފަ ދާން…”
ނައިލްގެ އެދުމަށް ޝާއިން ނައިލްގެ ފަހަތުންކަހަލަގެ ގޮތަކަށް ފެހިވިނަ ގެއަށް ވަންނަން ހިނގާގަތެވެ. ގެއަށް ވަންނަންދިޔަ ނައިލްއަށް ނާއިރާ ނައިލްގެ އިންތިޒާރުގައި ގޭގެ ދޮރާށިގާތުގައި ފިލާ ހުރިކަމެއް ނޭންގެއެވެ. ނާއިރާހުރީ ނައިލްއަށް ލަޑެއްދޭންވެގެން ނިކަން ރަނގަޅަށް ތައްޔާރުވެގެނެވެ. ގޭގެދޮރާށި ހުޅުވާލައިފައި ވަތް ޝާއިން އާއި ނައިލް ދިޔައީ ސިއްސައިގެންނެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

މިވާވަރު އަންގާހިތްވޭ 4

Next

ނޭނގި ޔާރު ވަކިވީހޭ….ފަހުބައި…

Next
April 12, 2019

ނޭނގި ޔާރު ވަކިވީހޭ….ފަހުބައި…

Previews
April 12, 2019

މިވާވަރު އަންގާހިތްވޭ 4

20 Comments!

  1. InaaSh says:
    April 12, 2019 at 4:10 pm

    So here is the fourth part… hope you guys would love it… ?

  2. jiji says:
    April 12, 2019 at 4:46 pm

    Me first dhw. .kiyaafa comment eh kohlaanan ingey

    1. InaaSh says:
      April 12, 2019 at 5:09 pm

      Yes first…
      Kiyala kiyaala ?

  3. Reader? says:
    April 12, 2019 at 4:58 pm

    Me second….hehehe
    Mi part wes v nice… ?

    1. InaaSh says:
      April 12, 2019 at 5:09 pm

      Jazakillah khairan ?

  4. ފާތުމަތު says:
    April 12, 2019 at 4:59 pm

    Naill and shaayan ❤
    Vahaka reethi parts thah thankolheh kury ekm… ?

    1. InaaSh says:
      April 12, 2019 at 5:11 pm

      Parts thah kury dho… ehenwe knme dhuwahaku part eh up kohdheweytho balany mi… anw jazakillah khairan ?

  5. Amin says:
    April 12, 2019 at 5:08 pm

    Naillmen sihsaigen mi dhiya ee keeve baa??? ? hehe anw story hama awsome ?

    1. InaaSh says:
      April 12, 2019 at 5:11 pm

      Jazakillah khairan ?

  6. Yoo shi-jin oppa says:
    April 12, 2019 at 5:22 pm

    ? Nice
    ??? Hii naill

    1. InaaSh says:
      April 13, 2019 at 9:25 am

      Jazakillah khairan ?

  7. Cherry ^_^ says:
    April 12, 2019 at 7:57 pm

    Story vvv salhi ???prt thah dhigukohlevey tho balahche ❤️❤️❤️

  8. jiji says:
    April 13, 2019 at 6:25 am

    Alhe..mi part vec v v reethi…It’s just amazing darla..avahah up kohdhehchey ingey?

    1. InaaSh says:
      April 13, 2019 at 9:26 am

      Jazakillah khairan ?

  9. Yoosh says:
    April 13, 2019 at 4:20 pm

    Koba next part kiyahithun meenee mihaaru kehmaduvefaa

    1. InaaSh says:
      April 14, 2019 at 7:04 am

      It is uploaded ?

  10. Hey says:
    April 13, 2019 at 5:06 pm

    Miadhu up nukuranytha. Mee vaavaru pis pis

    1. InaaSh says:
      April 14, 2019 at 7:05 am

      Kohfa ihnaane… sorry for making you wait… ?

  11. strange girl says:
    April 13, 2019 at 9:51 pm

    keeve pis pis thi thalhany sometimes u have to wait to get the best things….allah vany kehtherin naa eku

    1. InaaSh says:
      April 14, 2019 at 7:05 am

      E ee thedhekey… jazakillah khairan strange girl… ??

Comments are closed.

Next Episodeމާޒީ (ފަސްވަނަބައި)←


All Right Reserved!