Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޒީ (ދެވަނަބައި)

InaaSh Level 210 Stories100 Comments
April 10, 2019 4 Mins Read
21 Comments

އެއަންހެން ކުއްޖާ ދިޔަ އިރުގައިވެސް ނައިލްގުރީ އާނގަމަ ވެފައި ބަލާށެވެ. ފުރަތަމަނަޒަރުންވެސް ނައިލްގެ ހިތަށްގޮތް ތަކެއްވެގެންދިޔައެވެ. ނާއިރާއަށް ނައިލްއަށް ވީގޮތް ފެނުމުން ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނާއިރާ ހީހީ ވަރުބަލި ވީ އިރުގައިވެސް ނައިލް އެހުރި ގޮތަށް އެއަންހެން ކުއްޖާދިޔަ ދިމާއަށް ބަލަންހުއްޓެވެ. ނާއިރާ ނައިލްގެ ގައި ނިކަން ބާރަށް ވިކާގަތެވެ. ނާއިރާގެ މި އަމަލުން ނައިލް ދިޔައީ ސިއްސައިގެންނެވެ. ނައިލް ނާއިރާ އާއި ދިމާއަށް ކަޅިއަޅާލަމުން ނާއިރާ ވިކާގަތް ތަނުގައި ފިރުމާލިއެވެ.
”ހެއްހެހެހެ….ސާބަސް އިނގޭ ދޮންބެއަށް……ތަނަކުން ކުއްޖެއް ފެންނަ އިރަށް ތިވަރު ވާން ވެއްޖެއްޔާ ނެތެއްނު ސަލާމަތެއް…..ހެހެހެހެ…..ފަހަރި…..ދިޔަތާ މިހާރު ކޮން އިރެއް….”
ނާއިރާ އަނެއްކާވެސް ހޭން ފެށީ ނައިލް ހުރިގޮތް ހަދާން ވުމުންނެވެ. ނައިލްވެސް ބަލާކަށްނުހުރެ ނާއިރާގައިގައި ވިކާގަތެވެ.
”އައުޗް….ދޮންބޭ ތަދުވެއްޖެ އޭ އިނގޭ….”
ނާއިރާ ނައިލްއަށް ކަޅިއަޅާލަމުން އަތުގައި ފިރުމާލިއެވެ.
”ކޮބާ ހީވޭ ކަމެއް ހެން…..ހަމަ ދޮންބެއަށް ވެސް ތަދު ވި އޭ ވިކީމަ….ދެން ވެސް ދިމާ ނުކޮއް ހިނގާބާ ބީޗަށް ދެވޭތޯ ބަލަން….”
ނައިލް އަދިވެސް އެއްފަހަރު އެއަންހެން ކުއްޖާ ދިޔަ ދިމާއަށް ބަލާލިއެވެ. މި ކުއްޖާ ހާދަ ތަފާތެވެ. ދެވަނަ ފަހަރަށް ފަސްއެބުރި ބަލާވެސް ނުލާއެދިޔައީއެވެ. މި ގޮތްނޭންގޭ އަންހެންކުއްޖާއާއި މެދު ނައިލް ޝައުގުވެރިވީ ކީއްވެކަމެއް ހުދު ނައިލްއަށް ވެސް ނޭންގުނެވެ. ނައިލް ހިނގައިގަތުމުން ނައިލްގެ ފަހަތުން ކަހަލަގެ ގޮތަކަށް ނާއިރާވެސް އިތުރު އެއްޗެކޭ ނުބުނެ ހިނގާގަތެވެ.
”ވާވް…. އިޓްސް ސޯ ބިއުޓިފުލް…..”
އަތިރިމަށްޗަށް ނިކުމެވުމާއި އެކީގައިހެން ނާއިރާ ދުވެފައި ގޮސް ހުރީ ރާޅުޖަހާ ހިސާބުގައެވެ. ނާއިރާ އުޅޭގޮތް ބަލަން ހުރެ ބޯ ހޫރާލަމުން ނައިލް ގޮސް މަޑުކޮއްލީ ގޮނޑުދޮށުގައި ހުރި ހިރުދު ގަހެއްގެ ދޮށުގައެވެ. ގަހުގައި ލެގިލަމުން ނައިލް އަވިއައިނު ނަގާ އަޅާލީ އަވިން ލޮލަށް އުނދަގޫވާވަރުންނެވެ. ނައިލް ޖީބަށް އަތްޖަހާލައިގެން ނާއިރާ އާއި ދިމާއަށް ބަލަން ހުރި އިރުގައި ހީވަނީ ފޮޓޮއަކަށް ތައްޔާރުވެގެން ހުރި މޮޑެލްއެއްހެންނެވެ.
”ވާވް….އަޅެ ހާދަ ސަޅިއޭ؟….އަޅެމަށަށް ލިބޭނެ ނަމަ….އެއީ ބޭރު ކުއްޖެއް ކަންނޭންގެ….ހީ އިޒް ސޯ ހޭންޑްސަމް…”
ނައިލްގެ ކަންފަތުގައި ޖެހުނީ އެތަނުން ހިނގާފައި ދިޔަ އަންހެންކުދިން ތަކެއްގެ ތެރެއިން ކުއްޖެއްގެ އަޑެވެ. އެކުދިންތަށް ދިޔައީ ނައިލްގެ ކުރިމަތިން ލައިފައި ކަމުން ދައްކަމުން ދިޔަ ވާހަކަ ނައިލްއަށް ރީއްޗަށް އަޑުއިވުނެވެ. ނަމަވެސް ނައިލް މިކަމަކަށް މާކަ ބޮޑު ސަމާލު ކަމެއްނުދީ ނާއިރާ ކޮބާތޯ ބަލާލިއިރުގައި ނާއިރާ ލައިގެން ހުރި ސްކްނީގެ ފައިކުރި އޮޅާލުމަށްފަހު އަރައިގެން ހުރި ބޫޓު ބާލަނީއެވެ.
”އެއީ މީނަގެ ގާލްފުރެންޑް ކަންނޭންގެ ދޯ…”
ނައިލް ނާއިރާއަށް ނަޒަރު ހުއްޓާލައިގެން ހުރި ތަން ފެނިފައި އެތަނުން އެއް އަންހެން ކުއްޖެއް އަނެއްކާވެސް ބުނެލިއަޑުއިވުނެވެ.
”ދެން ޒީނާއަށް ކީއްތަ…..ހިތަށް ތަދުވީތަ މިހާ އަވަހަށް…. ސާބަސް ދެން އިހަށް ހިނގާބާ ދާން……އައިސް ކޯން ގަންނަން އައި މީހުން ވީއްޔަ މީ…”
ޒީނާ ކައިރީގައި ހުރި ރީޝާ ޒީނާގެ އަތުގައި ހިފައި ދަމައިގަންނަމުން ބުންޔެވެ. ނައިލްއަށް ގެއްލިފައި ހުރި ޒީނާ ހުރީ މިކަމަށް ނުވިސްނާ ކަމުން ޒީނާ އަނގަވަތަށް ވެއްޓުނީ ދޮންވެލިގަނޑު މަށްޗަށެވެ. ޒީނާގެ މުޅި މޫނު ގަޔާއި މުޅިގައި ގައި ވެސް އޮތީ ހުސް ވެއްޔެވެ. ނައިލްއަށް މިމަންޒަރު ބަލަން ހުންނާކަށެއް ނުކެރުނެވެ.
”ހޭ….އާޔޫ އޯކޭ…؟”
އެވަގުތު ކޮޅުންވެސް ނައިލްގެ ރީތިކަމަށް ހިތާހިތުން ތައުރީފު ކޮއްލެވުނު އަދަދެއްވެސް ޒީނާއަކަށް ނޭންގުނެވެ.
”އައިމް ފައިން….ތެންކްސް….”
ޒީނާ ނައިލް ދިއްކޮއްލި އަތުގައި ހިފާ ތެދުވަމުން ބުނެލީ ހިނިތުން ވެލަމުންނެވެ. ޒީނާއަށް ހުރެވުނު ގޮތް މަތިންވެސް އެވަގުތު ހަދާނެއް ނުވިއެވެ.
”ދެން ވެސް ހިނގާ އަވަހަށް ގެއަށް ދާން….މިއަދު ދެން އައިސް ކޯން ބޮވޭކަށް ނެތެއްނު…”
ޒީނާ އަތުގައި ހިފައި ދަމާފައިކަހަލަގެ ގޮތަކަށް ރީޝާ ޒީނާ ގެންދިޔަ އިރުގައިވެސް ޒީނާ ހުރީ ނައިލްއަށް ގޮސް ހުސްވެފައެވެ.
”ތޭންކްސް ވަންސް އެގެއިން….”
ދަމުން ވެސް ޒީނާ ބެލީ ނައިލް އާއި ވާހަކަ ދެއްކޭތޯއެވެ. ނައިލް ”ޔޮއާރ ވެލްކަމް” އޭ ބުނެލަމުން ނާއިރާ ކޮބާތޯ ބަލާލިއިރުގައި ނާއިރާ އައިސް ނައިލް އާއި އަރާ ހަމަ ވަނީއެވެ.
”އެ ކޮންބައެއް؟….”
ޒީނާ ދިޔަ ދިމާއަށް ބަލާލަމުން ނާއިރާ އަހައިލިއެވެ.
”ހެހެހެ…އައި ހޭވް ނޯ އައިޑިއާރ..”
ނައިލް ކޮނޑު އަރުވާލަމުން ބުންޔެވެ.
”ދެން ހިނގާބާ މިތާ ބީޗްގަ ހިނގާލަން……އަދި ހަވީރުން ވާނެ މޫދަށް އެރިލަން އަންނަންވެސް ދޯ…”
”ހާދަ ރީއްޗޭ ދޯ މިރަށް……ޑޭޑް އެއްކޮއް މިކޮޅަށް ބަދަލުވީމަ ވަރަށް ހެޕީ.. ދެން އަބަދުވެސް މި ރީތިކަން ފެންނަން އޮންނާނެ އެއްނު…”
ނާއިރާ ހުރީ ވަރަށް އުފާވެފައެވެ.
”ހެހެ….ދެން އެކަމް ހިނގާ ގެއަށް ދާން މިހާރު މޮމް ނޭންގެ ސާޗްޕާރޓީއެއްވެސް ނުފޮނުވާކަމެއް ވީ ތަނެއް ނޭންގިގެން….އެހެން ނޫނަސް ނީއަށް ބީޗްއަށް އާދެވޭނެ އެއްނު ބޭނުން އިރަކު….ގޭ ކުރިމަތީގަ ވީއްޔަ ބީޗް މިއޮތީ…”
ނައިލް އައި ކޮޅަށް އަބުރާލަމުން ނާއިރާއާ ވާހަކަ ދެއްކިއެވެ.
”ނީ އައިސް އޮންނާނީ މިތާ މިހިރި ޖޯލިތަކުގައި….ވަރަށް ހިތްގައިމު…..”
ނާއިރާ އެތާހުރި ދިއްގާގަސް ތަކުގައި އެލުވާފައި ހުރި ޖޯލިތަކުން ޖޯއްޔެއްގައި އިށީނަމުން ވާހަކަ ދެއްކިއެވެ. ނައިލްވެސް އައިސް އެތަނުން ޖޯއްޔެއްގައި އިށީންދެލިއެވެ.
”މިތަނުން ގޭގެ ބެލްކަނި ވަރަށް ރީތި ކޮއްފެނޭ އެބަ….މިދިމާއިން ކޮންމެ ދުވަހަކު ސަންރައިސް ބަލަން ހާދަ ރީތި ވާނެ އޭ ދޯ…”
ނައިލް އޮތީ ގެއާވީ ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ،
”ހެހެހެ…..ކޮބާ……މަމް ގުޅާއެބަ….”
ނާއިރާ ފޯނުނަގާ ނައިލްއަށް ދައްކައިލަމުން ބުނެލީ ނިކަން ހެވިފައި އިދެއެވެ.
”މަމް ބުނި ގެއަށް އަންނާށޯ….ހިނގާ ދަމާ ދޯ….އަދި އިރާދަކުރެއްވިއްޔާ މިތަނަށް އާދެވޭނެ އެއްނު …”
ވަށައިގެން ނަޒަރު ހިންގާލަމުން ނާއިރާ ޖޯލިން ތެދުވީ ގެއަށް ދިއުމަށްޓަކައެވެ. ނާއިރާގެ ފަހަތުން ކަހަލަގެ ގޮތަކަށް ނައިލްވެސް ހިނގައިގަތެވެ. ގެއަށް ވަތް އިރުގައި އެންމެން އުޅުނީ އެއްޗެހިތަށް ތަރިތީބުކުރުމުގައި އަވަދިނެތިއެވެ. އެހެން ކަމުން ނައިލް އާއި ނާއިރާވެސް އެންމެންނަށް އެހީތެރިވުމުގައި އުޅެން ފެށިއެވެ. ހުރިހާކަމެއް ކޮއްނިމުނު އިރުގައި ހުރީ ހަތަރުގަނޑިބައި ވާންކައިރިވެފައެވެ.
”ދޮންބެ އިންނާނަން އިނގޭ މިދިމާ ބީޗްގަ……މޫދަށް ދާން ވީމާ އާދެ އިނގޭ…”
ނައިލް އައިސް އަލަމާރިން ރެޑްބުލްދަޅެއް ނަގަމުން ވާހަކަ ދެއްކީ ކާމޭޒުކައިރީގައި އިން ނާއިރާއާއެވެ. ނާއިރާ އާއެކޭބުނުމުން ނައިލް ދިޔައީ އަތިރިމަށްޗަށެވެ. ނައިލް ގޮސް އެތަނުން ޖޯއްޔެއްގައި އިށީންދެލީވެފައިވާ ވަރުބަލި ފިލުވާލުމަށްޓަކައެވެ. އެދިމާއިން މީހުން ފެންނަލެއް ވަރަށްވެސްމަދެވެ. އެއީ އެދިމާހުރި ގެތަށް ތަންކޮޅެއްމަދުވީމާކަމަށް ވެސްވެދާނެއެވެ. ނައިލް ފޯނުނަގާ ފޮޓޯނަގަން ފެށީ އިންސްޓާގްރާމް އަށް ލުމަށްޓަކައެވެ. ނެގިފޮޓޯތަކަށް ބަލަން އިން ނައިލް ދިޔައީ އަތުގައި އޮތް ދަޅުން ރެޑްބުލްވެސް ބޮމުންނެވެ. އަތުގައި އޮތްދަޅު މެދާއި ހަމައަށް ދިޔައިރުގައި ނައިލް އިތުރަށް އެބޯހިތެއްނުވިއެވެ. އެހެންކަމުން ނައިލްއަތުގައި އޮތްދަޅު ނަގާ ހޫރާލީ އެތާހުރި ގަސްތަކާއިވީ ދިމާއަށެވެ. ފޮޓޯތަކަށް ގެއްލިފައިއިން ނައިލް ސިއްސައިގެން ދިޔައީ އަންހެންކުއްޖެއް ”އައްދިއްޔޯ” އޭ ބުނިއަޑަށެވެ. ނައިލްއަވަހަށް އަތުގައި އޮތްފޯނު ޖީބަށްލަމުން ދިޔައީ އަޑުއައި ދިމާއަށް ވީގޮތެއްބަލާލުމަށްޓަކައެވެ. ނައިލް ގަސްތަކުގެ އެފަރާތަށްދިޔައިރުގައި އެތާހުރިޖޯލިފަތި ކައިރީ ބިންމަތީގައި އަންހެންކުއްޖެއް ބޮލުގައި އަތްއަޅާލައިގެން އިންއިރުގައި އެއަންހެންކުއްޖާގެ ކައިރީގައި ރެޑްބުލްދަޅެއް އޮތެވެ. ނައިލްއަށް ވީގޮތްދެނެގަންނާކަށް މާ އުނދަގޫ ކަމަކަށްނުވިއެވެ. އެހެންކަމުން ނައިލް އަވަސްވެގަތީ އެއަންހެންކުއްޖާއަށް އެހީތެރިވުމަށްޓަކައެވެ.
”އަމް ސޯ ސޮރީ….އަހަރެން ގަސްތުގަ ކުރިކަމެއް ނޫން…..ހީއެއްނުކުރަން މިތާ މީހަކު ހުންނާނެކަމަކަށް…ގަސްތަށް ހުރީމަ މިދިމާ ނުވެސްފެނޭ….ސޯ ސޮރީ….ވަރަށް ތަދުވޭތަ އެބަ..”
ނައިލް އެއަންހެންކުއްޖާ ނަގާ ޖޯލީގައި ބައިންދަމުން ވާހަކަ ދެއްކީ ނިކަން ހާސްވެފައި ހުރެއެވެ.
”ހެހެހެ…އެއީ އެވަރުގެ ކަމެއްނޫން……އެހެން ނޫނަސް ގަސްތުގަ ކުރިކަމެއް ނޫނެއްނު ދޯ..”
އެއަންހެން ކުއްޖާ އަޅައިގެން އިން އަވިއައިނު ރަގަޅުކޮއްލަމުން ނައިލްއާ ދިމާއަށް އެބުރިލަމުން ބުނެލީ ހިނިތުންވެލަމުންނެވެ. ނައިލް އިނީ އެއަންހެންކުއްޖާގެ މޫނުފެނި ބުނާނެއެއްޗެއްވެސް ނޭންގިފައެވެ. މީ ހަމަ އެއަންހެން ކުއްޖާއެވެ. މިއަދު އަތިރިމަށްޗަށްދިޔަ އިރުގައި ނައިލްގައިގައި އައިސް ޖެހުނީ މިކުއްޖާނޫން ދެވަނަ އެހެންކުއްޖެއް ނޫންކަންގައިމެވެ. ލައިގެންއިން ހެދުމުން ވެލިފޮޅަމުން ގެންދިޔަ އެއަންހެންކުއްޖާގެ ކޮންމެ ހަރަކާތެއްވެސް ނައިލްއަށް ވަރަށްކަމުދިޔައެވެ. އެއަންހެންކުއްޖާއަށް ގެއްލިފައިއިން ނައިލް ސިއްސައިގެން ދިޔައީ ޖީބުގައި އޮތް ފޯނުރިންގުވާއަޑަށެވެ. ގުޅަނީ ނާއިރާކަމުން ނައިލްއެއަންހެން ކުއްޖާއިން ނަޒަރުވަކި ކޮއްލަމުން ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ.
”އާން….އޯކް މިދަނީ އިނގޭ….”
ނައިލް ފޯނުބޭއްވުމަށްފަހު އަނެއްކާވެސް އެއަންހެން ކުއްޖާއަށް ނަޒަރު ހުއްޓާލިއެވެ.
”ވަންސް އެގެއިން އަމް ރެއަލީ ސޮރީ އިނގޭ…..”
ނައިލް ދިއުމަށްޓަކާ ތެދުވަމުން ބުނެލިއެވެ.
”ހެހެހެ….އިޓްސް އޯކް އޭ….”
އެއަންހެން ކުއްޖާ ހީލަމުން ބުންޔެވެ. ނައިލް އަށް ބޭއިހްތިޔާރުގައި ހިނިތުންވެވުނީ އެއަންހެން ކުއްޖާގެ ހުރި ހިތްހެޔޮކަން ފެނިފައެވެ.
”ތަނަކަށް ދާން ޖެހިއްޖެ…ސޯ ބާއި……އެން ވަންސް އެގެއިން އަމް ސޮރީ އިނގޭ…އަދި ދިމާވާނެއެއްނު…”
”…ޑޯންޓް ވޮރިއެބައުޓްއިޓް……އެން ޔާ އިންޝާ ﷲ އަދި ދިމާވާން އޮތިއްޔާ ދިމާވެސް ވާނެ…..”
ނައިލް ގެއަށް ދިއުމަށްޓަކައި ހިނގައިގަތީ ވަރަށް ހިތްހަމަ ޖެހިފައި ހުރެއެވެ. ނައިލް ހިސާބަކަށް ދިއުމަށްފަހު ފަހަތްބަލާލިއިރުގައި އެއަންހެންކުއްޖާ ފިރިހެންކުއްޖެއްގެ ސައިކަލު ފަހަތުގައި އިށީންނަނީއެވެ. މިމަންޒަރުފެނުމުން ނައިލްގެ ހިތުގައި ރިއްސާލީ ކީއްވެކަމެއް ހުދު ނައިލް އަކަށްވެސް ނޭންގުނެވެ. ނައިލްގެއާއި އަރާހަމަ ވިއިރުގައި ނާއިރަހުރީ ނައިލްގެ އިންތިޒާރުގައި ދޮރުމަތީގައެވެ. ނައިލް އާއި ނާއިރާ އަތިރިމަށްޗަށް ދިޔަގޮތަށް ގޮސްއެރުނީ މޫދަށެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން އަތިރިމަތިން ފުދޭވަރަކަށް މީހުން ފެންނަމުންދިޔައެވެ. މޫދަށްއެރިލާ ހަދާލުމުން ނައިލް ވެސް ހުރީހިތްހަމަ ޖެހިލައިފައެވެ. ދެމީހުން މޫދުން އެރިއިރުގައި ހުރީ ފަހެއްޖަހަން ކައިރިވެފައެވެ. މޫދުން އެރި ނާއިރާ ވެލިގަނޑުން ވެލިމުށެއްނަގާ އުކާލީ ކައިރީގައި ހުރި ނައިލް ގަޔަށެވެ.
”ވަޓް ދަ….”
ނައިލް ވެސް ވެލިގަނޑުމަތިން ވެލި ނަގަމުން ދުއްވައިގަތީ ނައިލްގެ އަތުނުޖެހެން ވެގެން ދުވަމުންދިޔަ ނާއިރާގެ ފަހަތުންނެވެ. ފަހަތްބަލަމުން ދުވަމުންދިޔަ ނާއިރާ ގޮސްޖެހުނީ ކުރިމަތީގައި ހުރި ޒުވާނާގެ ގައިގައެވެ. އެޒުވާނާހުރީ މިކަހަލަގެ ކަމަކަށް ނުވިސްނާކަމުން ދެމީހުން އެކީކަހަލަގެ ގޮތަކަށް ގޮސްވެއްޓުނީ ދޮންވެލިގަނޑު މަށްޗަށެވެ.
”އޯހް….އަމް ސޯ ސޮރީ….”
ނާއިރާ އަވަސްއަވަހަށް އެޒުވާނާގެ ގައިމަތިން ތެދުވަމުން ބުނެލީ ނިކަންހާސް ވެފައިހުރެއެވެ. އެޒުވާނާވެސް ތެދުވެ ގައިގައިހުރި ވެލިތަށް ފޮޅާލަމުން ބަލާލިއިރުގައި ދެބުމަ ވަނީ ގޮއްޖެހިފައެވެ.
(ނުނިމޭ)
******************

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

[ދުރުވާނެބާ 1]

Next

ވިންދޭ ލޯބި ތީ އެދޭ 44

Next
April 11, 2019

ވިންދޭ ލޯބި ތީ އެދޭ 44

Previews
April 10, 2019

[ދުރުވާނެބާ 1]

21 Comments!

  1. jiji says:
    April 10, 2019 at 9:10 pm

    Me first dhw..kiyaafa comment eh kohlaanan ingey❤?????????????

    1. InaaSh says:
      April 10, 2019 at 9:26 pm

      Hehe ya your first…. ??

  2. InaaSh says:
    April 10, 2019 at 9:25 pm

    So here is the second part… hope you guys will like it… ?

  3. SCARLET❤ says:
    April 10, 2019 at 9:27 pm

    Vvvvvvv nice.. alhe las nukoh nxt prt avahah up koh dhehchey…. Ingey dear… Vvvvvv salhi.. btw I’m second jiji

    1. InaaSh says:
      April 10, 2019 at 9:28 pm

      Jazakillah khairan scarlet… ? insha allah next part vee ha wes awahakah upload kohladheynan…

  4. SCARLET❤ says:
    April 10, 2019 at 9:31 pm

    Heyy.. if u dn’t mind.. ask kollan beynun.. r u boy or girl… Girl eh dhw.. ahaly.. dn’t mind ingey dear..

    1. jiji says:
      April 10, 2019 at 9:44 pm

      Kaaku thr..InaaSh thr..she is a grl ehnu..boy eh kamah heekuraakah vec nuvaanu…hehe…Lol?????

    2. InaaSh says:
      April 10, 2019 at 9:50 pm

      Heheh yes jiji is right… i am a girl… ??

  5. A fan says:
    April 10, 2019 at 9:55 pm

    Hey InaaSh..❤❤❤masha allah vv rythi mi stry ves..???specially nile ge parts thah..keep going..???

    1. InaaSh says:
      April 11, 2019 at 6:44 am

      Hey a fan… jazakillah khairan ? naillge parts thah huss kiya ehen veema

  6. Purple ?Bangtan says:
    April 11, 2019 at 5:28 am

    Nice mi part vs ???????????hope mi story nimendhen genesdheyne kamah???…. Keep it up dear??????????

    1. InaaSh says:
      April 11, 2019 at 6:46 am

      Insha allah nimen dhen genasdheynan… ?? jazakillah khairan ???

  7. Reader? says:
    April 11, 2019 at 6:43 am

    Adhi vahaka reethi…. ekam adhiwes maa kury. ?

    1. InaaSh says:
      April 11, 2019 at 6:45 am

      Jazakillah khairan ?

  8. ފާތުމަތު says:
    April 11, 2019 at 9:29 am

    When next part??? Story hama salhi adhi… dhan kuri ah huri baithakuge gotheh nange ekm… salhi waane kamah mi balany… hehe waiting for next part… ??

    1. InaaSh says:
      April 11, 2019 at 10:12 pm

      Jazakillah khairan… ? next part is uploaded ..

  9. jiji says:
    April 11, 2019 at 12:40 pm

    Heii. .free v ma story up kohdhehchey darla?????❤❤????????..next week kiyaaa hithun dhefai ehthaaku nujehe..alhe avaaaaas??

    1. jiji says:
      April 11, 2019 at 12:41 pm

      *Next part

    2. InaaSh says:
      April 11, 2019 at 10:07 pm

      Third part is uploaded… ??

  10. Yoo shi-jin oppa says:
    April 11, 2019 at 11:07 pm

    ? Awesome
    ?? naill

    1. InaaSh says:
      April 12, 2019 at 4:12 pm

      Jazakillah khairan… ?

Comments are closed.

Next Episodeމާޒީ (ތިންވަނަބައި)←


All Right Reserved!