Skip to content
އެސްފިޔަ

ބުނާށެ ލޯބި ނުވަނީހޭ….15

“ރީއްކޯ!” އަންޖަލް ބޭނުންވީ ރީހާންގެ ރުޅި ގަނޑު މައިތިރި ކުރާށެވެ. ރީހާން އަޅާވެސް ނުލާ ދިޔައެވެ.
*****
ހިތުތެރޭގައި ހިނގަމުން ދިޔަ ހައިޖާން ގަނޑު ސިއްރުކުރުމަށްޓަކައި ދަތުރުގެ ބާކީބައި އެންމެނާ ގުޅިގެން މަޖާ ކުރުމުގައި ހަމްޒާ ހޭދަކުރިއެވެ. ރައިހާނާވެސް އޭނާގެ ނުތަނަވަސްކަން ފިލުވާލާ އާއިލާގެ އެންމެންނާ އެކީ މަޖާކޮށް ހެދިއެވެ. ދޭތެރެއަކުން ހަމްޒާއާ ރައިހާނާގެ ނަޒަރު ބައްދަލުވެގެން ދެއެވެ. ކޮންމެ ފަހަރަކުވެސް ދެ ޒުވާނުން ނުވާކަމަކަށް ހާދަފައި އެހެން ދިމާއަކަށް ނަޒަރު ހުއްޓާލަނީއެވެ.
ރީހާންގެ ރުޅި ގަނޑު މަޑުވީ ދެތިން ގަހަކަށް ދެތިން ހަމަލާ ދެވުނު ފަހުންނެވެ. “ރީހާން! ވަޓްސް ރޯންގް ވިތް ޔޫ!” ރީހާން ފަހަތުން ގަސްގަނޑު ތެރެއަށް ވަން އަންޖަލް ރުޅި އައިސްފައި އަހާލިއެވެ. ރީހާން އެހާ ރުޅި ގަދަވެފައި ހުއްޓާ އަންޖަލް ދުވަހަކުވެސް ނުދެކެއެވެ. “ނަތިން” ރީހާން ދެލޯ މަރާފައި ފުން ނޭވައެއް ދޫކޮށްލިއެވެ. ގަސްތަކުގައި ތަޅާލެވުމުން އޭނާގެ ރުޅިގަނޑު ވަނީ ކޮންމެސް ވަރަކަށް މައިތިރިވެފައެވެ. “ދޮންތި ކައިރީ ނުބުނައްޗޭ މަ ޒިވާންއާ ހާޑް ކޮށްލި ވާހަކަ. ފަހަރެއްގަ ރުޅި އައިސްދާނެ. އައި އޭމް ކޫލް ނައު” އަންޖަލް އެއްބަސްވިއެވެ. ހަމަޖެހެމުން ދެކުދިންވެސް ގަސްގަނޑު ތެރެއިން ނުކުތެވެ.
ފަހަކުން ރައިހާނާއަށް ޒިވާންއެއް ނުފެނުނެވެ. ދަތުރުގެ ބާކީބައި އެއްވެސް ހާސްކަމަކާ ނުތަނަވަސްކަމެއް ނެތި ރައިހާނާ ހޭދަކުރިއެވެ.
ރަށަށް އައި ގޮތަށް ކޮންމެ މީހެއްވެސް ބެލީ ފެންވަރައިގެން ޖައްސާ ލެވޭތޯއެވެ. ފަތިހު ފަތިހާ ހޭލުމުން އެންމެންވެސް ތިބީ ވަރުބަލިވެފައެވެ. ރައިހާނާއަށް އިޝާނަމާދު ކުރެވުނީވެސް ކިރިޔާއެވެ. ސަލާން ދިން ގޮތަށް ދޮޅިއާ އިސްޓާކީނި ވެސް ނުބާލާ އެނދަށް ވެއްޓިގަތެވެ. އަންޖަލްގެ ވެސް ހާލަކީއެއީއެވެ.

******
ފަތިސް ނަމާދަށްފަހު ރައިހާނާއާ އަންޖަލް ފޮތްތައް ނަގައިގެން ބަލާ ހަދަން ފެށިއެވެ. ދެކުދިން އެކީ ކިޔާވާއިގެން ހައެއް ޖެހުމުން ތިރިއަށް ފޭބީ ބަނޑުހައިވެގެންނެވެ. އޭރު އެކަކުވެސް ކޮޓަރިން ނުނިކުމެއެވެ.
ދެތަށީ ކޮފީ ހިފައިގެން ރައިހާނާ ގޯތިތެރެއަށް ނުކުތެވެ. ރައިހާނާގެ ފަހަތުން ކުޅި ކާޖާ ތަށްޓެއް ހިފައިގެން އަންޖަލް ނުކުތެވެ. ޖޯލީގައި ޖައްސާލައިގެން އަރާމުކޮށް ދެކުދިން ކޮފީ ބޮއެވެ.
“ހެއި ގާލްސް” ސޯޓު ބުރިއަކާ ހުދު ކުލައިގެ ޓީޝާޓެއް ލައިގެން ނުކުރް ރީހާން ޖޯލީގައި އިށީންނަމުން ރައިހާނާ އަތުގައި އިން ކޮފީތަށި އަތުލައި ކޯވަރެއް ބޯލިއެވެ. “ދެން. ރީހާން އައްޗީޑި!!” ރުޅި އައިސް ރަތްވެފައި ހުރެ ރައިހާނާ ހަޅޭއްލަވާގަތެވެ. “މި ރައިހާނާގެ އަޑު ހާދަ ގަދާއޭދޯ. ނަސީބެއްނު ރަށުގެ ރައްޔިތުން ނުހޭލާކަންވެސް” ގޯތި ތެރެއަށް ނުކުތް ހަމްޒާ މަޖާވެފައި ބުންޏެވެ. ރައިހާނާ މޫނަށް ވައްތަރެއް ޖަައްސާލަމުން ރީހާން އަތުން ކޮފީ ތަށި އަތުލިއެވެ. ނުލާހިކު މީރުކޮށް ގިރައިގެން ގެނައި ކޮފީ ތަށި ރީހާން އަތުލުމުން އޭނާ ހުރީ ރަތަށް އަރާފައެވެ. “ސޮރީ. ދޮންތްސް ދޭބަ ކޮފީއެއް ގެނަސްދޭން” ކަންފަތު ފޫޅުގައި ހިފާލަމުން ރީހާން ބުންޏެވެ. “ނޫޅެން. ދޭ އަމިއްލައަށް ގޮސް ކޮފީ ހަދައިގެން ބޯން” ރައިހާނާ ތުން އަނބުރާލިއެވެ. ރީހާން ދެން ކޮފީ ގެނެސް ދޭން ބުނީ އަންޖަލް ގާތުއެވެ. “އޭންޖަލް ދޭބަ ކޮފީއެއް ގެނެސްދޭން!” ރީހާން ނުލާހިކު ލޯބިން ބުނުމުން ދެކޮޅުހަދާކަށް އަންޖަލްއަކަށް ނުކެރުނެވެ. ރައިހާނާ އަތަށް ކޮފީތަށި ދީފައި ދާން ހިނގައިގަތެވެ. “އޭންޖަލް މަށަށްވެސް” އަންޖަލް ގައިގެ ލޯލިތަށް ކޮޅަށް ޖެހިގެން ދިޔައީ ހަމްޒާ “އޭންޖަލް”އޭ ބުނުމުންނެވެ. މިއުޒިކެއް ފަދައިން އެއަޑު ޖެހުމުން އަންޖަލްއަށް ދެލޯ މަރާލެވުނެވެ. އެއަށްފަހު ފަހަތަށް އެނބުރި ހަމްޒާއަށް ބަލާލަމުން ބޯޖަހާލިއެވެ.
ފަސްވަރަކަށް މިނެޓު ފަހުން ދެކޮފީ ތަށި ހިފައިގެން އަންޖަލްއައެވެ. ކޮފީގެ މީރުވަސް ހަމްޒާގެ ނޭފަތުގައި ޖެހުމުން ދެލޯ މަރާފާ ނޭފަތް އެތެރެއަށް ދަމާލިއެވެ. “ޔަމް. ސަރޫއަކަށް ދޫ ނުކުރޭ އިނގޭ!” ހަމްޒާ ބޮޑުވައި އިނގިލހި ހިއްލާލިއެވެ. އެކޮފީ އޭނާއަށް ވަރަށް މީރުވުއެވެ. “އޯގޯޑް. އަފްޓާ އަ ލޯންގް ޓައިމް އޭންޖަލްގެ ކޮފީ” ރައިހާނާމެން ގެއަށް ދާބައެއް ދުވަސް ދުވަހު ތިން ކުދިން ކޮފީ ހަދައިގެން ބޮއެވެ. އަބަދުވެސް އަންޖަލް ހަދާ ކޮފީ މީރުވެގެން ރީހާން އެވާހަކަ ދައްކާނެއެވެ.

ރަށުގައި ހޭދަވި ކޮންމެ ދުވަހެއްވެސް ވެގެން ދިޔައީ އަންޖަލް ހިތުން ފިލުވާލަން އުނދަގޫ ދުވަސްތަކަށެވެ. އަމިއްލަ މައިން ބަފައިންނާ ދުރުގައިވީ ކަމުގެ އިހްސާސް ކުރެވުނަކަ ރައިހާނާގެ އާއިލާއިންނެއް ނުދެއެވެ. ހުރިހާ އެންމެންވެސް އޭނާއާ މެދު ކަންތައް ކުރަމުން ދިޔައީ އަމިއްލަ ކުއްޖެއް ފަދައިންނެވެ. ރައިހާނާގެ އާއިލާއިން އަދާކުރި މެހެމާންދާރި ދުވަހަކުވެސް އެހިތުން ނުފިލާނެއެވެ. އެހިތުގައި އެމުޅި އާއިލާއަށްވެސް ލޯތްބާ ކުލުނު އުފެދުނެވެ.
ހަމްޒާވެސް ހަމަ އެފަދައެވެ. ޝިމާންގެ އާއިލާގެ އިތުރަށް ރައިހާނާގެ އާއިލާވެސް އެމީހުންގެ ދަރިއެއް ފަދައިން ހަމްޒާ ދެކެން ފެށިއެވެ. ރީހާންމެންވެސް ހަމްޒާ ދެކުނީ އެއްބަނޑު އެއްބަފާ ބޭބެއެއްގެ ގޮތުގައެވެ.

ހުކުރު ދުވަހު މެންދުރު ކައިގެން އެންެމެން އަވަސްވެގަތީ ފުރަން ދާށެވެ. މާލެއިން އައިސް ތިވި މެހެމާނުންނަށް ފޮށި ގަނޑު ގަނޑުގައި ހަދިޔާ ބަންދުކޮށްފައި ހުއްޓެވެ. ބޮޑު ޕިކަޕެއްގައި އެންމެން ބަނދަރަށް ދިޔައެވެ. އޭރު ފުރަންގޮސް ތިބި މީހުންނިން ބަނދަރު އޮތީ ތޮއްޖެހިފައެވެ. ޕިކަޕުގައި ހުރި ހުރިހާ އެއްޗެއް ދޯންޏަށް އެރެވުނީ ކިރިޔާއެވެ. ބަރާބަރު ދެގަޑި ބައިވި އިރު ދޯނި ނައްޓާލިއެވެ. ޒާންއާ ހިސާން ތަންކޮޅެއް ދުރުގައި ތިބެގެން އަތް ހޫރަމުން ދިޔައެވެ. ރީހާންއާ ހަމްޒާއާ ވަކިވާން ޖެހޭތީ އެމީހުން ތިބީ ނިކަން ދެރަވެފައެވެ. ރައުލާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ސަރްވާ އެމީހުންނާ ވަކިވެގެން ދާތީއެވެ. ސަރްވާއަކީ އެދެލޮލުގެ ނޫރެވެ.

ދޯނި ފަޅުން ބޭރުވުމާއެކު އެންމެން އެތެރެއަށްވަނެވެ. ކޮންމެ މީހެއްގެ މޫނު މަތިވެސް ވަނީ މިލާފައެވެ. ރައިހާނާ ހީވަނީ ދެންމެ ދެންމެ ފަޅައިގެން ގޮސްދާނެހެންނެވެ. ސަރްވާވެސް ހުރީ ރޮވިފައެވެ.
“އައި އޭމް ގޮންނާ މިސް ޔުއަރ ފެމެލީ” އަންޖަލް ބުންޏެވެ.

ރީހާންއާ ހަމްޒާގެ ފަހަތުން އަންޖަލްއާ ރައިހާނާ ދޯނީގެ މަތީ ބަޔަށް ދިއައެވެ. ޗިޕްސްދަޅަކާ ހަތަރު ދަޅު ކޮފީ ހިފައިގެން ގޮސް ހުސްކޮށް އޮތް ޖާގައިގައި ހަތަރު ޒުވާނުން ހަމަޖެހިލައިގެން އިށީނެވެ. ރައިހާނާ އެންމެ ފުރަތަމަވެސް ކޮފީދަޅުތައް އިންސްޓަގްރާމް ކޮށްލީއެވެ.

“ހަމްޒާބެ މާލެ ގޮއްސަވެސް ވާނެ ދިމާވާން އިނގޭ” މާލެ ގޮސްފައިވެސް ދިމާވާނެ ކަމުގެ ޔަގީންކަން ހަމްޒާ ރީހާންއަށް ދިނެވެ. ހުކުރު ދުވަސްދުވަހު މޫދަށް ދިއުން ފަދަ ކަންކަން ކުރަން ރޭވިއެވެ.

ރޭގަނޑު އަށެއް ޖެހިއިރަށް ދޯނި ލަފާފިއެވެ. އަޒްހަދްއާ ރާނިޔާ ބަނދަރު ކައިރީ މަޑުކޮށްގެން ތިބީ އަންޖަލް ފައިބަންދެނެވެ.
އަންޖަލް ފޭބި ގޮތަށް ގޮސް ރާނިޔާ ގައިގައި ބައްދާލިއެވެ. “އަންކޮ މުޅިން ކަޅުވެއްޖެ ދޯ!” އަންޖަލްގެ އަނދާފައި ހުރި މޫނު ފެނި ރާނިޔާ ބުންޏެވެ.
ފޮށިތައް ބޭލުމާއެކު އެންމެންވެސް އަވަހަށް ގެއަށް ދިއައެވެ. އާދިއްތަ ދުވަހުން ސްކޫލުން ބައްދަލުވާން އެއްބަސްވެފައި ރައިހާނާއާ އަންޖަލްއާ ވަކިވިއެވެ.
ހަމްޒާ ގެނައި އެއްޗިހި ދޯނިން ބޭލުމާއެކު ފޯނު ނަގައި މިރާޝްއަށް ގުޅާލިއެވެ. ފަސްވަރަކަށް މިނެޓު ތެރޭ މިރާޝް ސައިކަލުގަ އައިސް މަޑުކޮށްލިއެވެ.

މާލޭގެ ކާރުބާރު ބަޮޑު މަގުތައް ފެނި ރައިހާނާގެ ބޮލަށް އެނބުރުން އެރިއެވެ. ހަފްތާއެއް ވަންދެކަށް ރަށުގެ ހަމަ ހިމޭން މާހައުލުގައި އުޅެފައި ތޮއްޖެހިފައި އޮތް މާލެއައުމުން ހީވީ އެހެން ގައުމަކަށް އާދެވުނު ހެންނެވެ. ކޮންމެ މަގެއްގައި ވިއްސަކަށް މިނެޓު ކުރިއަށް ނުދެވި ތާށިވެފައި ޕިކަޕު އޮންނަން ޖެހެއެވެ. ބަރުގޮނުގެ އަޑު އިވި ބޯފަޅާގެން ދާވަރުވެއެވެ. ލޮލަށް ނިދި ސަވާރުވާން ފެށުމުން ރައިހާނާ ރުޅިގަދަ ވާން ފެށިއެވެ.

******
ހަމްޒާ ގެއަށް ދިއުމާއެކޫ ސުނައިނާގެ ސުވާލުތައް ކުރިމަތިވިއެވެ. އެންމެ ފުރަތަމަވެސް އަމާޒުވި ސުވާލަކީ ރީތި އަންހެން ކުއްޖެެއް އެރަށުން ފެނުނުތޯއެވެ. ހަމްޒާއަށް އެންމެ ފުރަތަމަވެސް ސިފަވީ ރައިހާނާއެވެ. ބޭއިޚްތިޔާރުގައި ހިނިތުންވެވުނީ އެހެންވެއެވެ. އޭނާގެ މޫނަށް ވީ ގޮތް ފެނުމާއެކު ސުނައިނާއާ މިރާޝްގެ ދިމާ ކުރުންތަކާ ކުރިމަތިވިއެވެ. އެއީ ކޮން ކުއްޖެއްތޯ ކުރުނުކޮށް ދެމީހުން އަހަމުން ގެންދިޔައެވެ. ހަމްޒާ ނޭންގޭކަމަށް ހަދާފައި ތި ދައްކަނީ ކޮން ވާހަކައެއް ހެއްޔޭ އެހިއެވެ. އެދެމީހުންގެ ސުވާލުތަކުން ރެކެން އެންމެ ފަސޭހަ ގޮތަކަށް ހަމްޒާއަށް ފެނުނީ ރަށުން ގެނައި ތެލުލި ބަނބުކެޔޮ ދަޅު ދިނުމެވެ. އެދަޅު އަތަށް ލިބުމާއެކު ހަމްޒާ ބޭނުންވި ފަދައިން ސުނައިނާއާ މިރާޝްގެ ސަމާލުކަށް އެދަޅަށް ލިބުނެވެ. ދެމީހުންވެގެން ކުޅި ރިހާކުރު ޖަހައިގެން އެކާން ފެށިއެވެ. ވަގުތުގެ ބޭނުންހިފައިގެން ހަމްޒާ ގޮސް ކޮޓަރިއަށް ވަނެވެ.

********
ހަފްތާއެއްހާ ދުވަސް ފަހުން ގެއަށް އާދެވުމުން އަންޖަލް ހުރީ އެހެން ގޮތެންހެން ހީވެފައިއެވެ. އޭނަ އަންނަން ވާއިރަށް ނުހަނު ރީތިކޮށް ރާނިޔާ ހުރީ ކޮޓަރި ސާފުކޮށްފައެވެ. އަންޖަލް އަލާމާރިން ނިދާހެދުން ނަގައިގެން ފާޚާނައަށް ވަނީ ފެންވަރައިގެން އަވަހަށް ނިދާލަންށެވެ.

ކާއެއްޗިހި ހޫނުކޮށްފައި ރާނިޔާ ކޮޓަރިއަށް ވަންއިރު އަޒްހަދު ފުން ވިސްނުމަކަށް ގެއްލިފައި އޮތެވެ. ރާނިޔާ ދެތިން ފަހަރަކު ގޮވާލުމުންވެސް އަޒްހަދަކަށް ރޭކައެއް ނުލިއެވެ. އެންމެ ފަހުން ރާނިޔާ ގޮސް އަޒްހަދުގެ ކޮނޑުގައި ހިފައި ތަޅުވާލިއެވެ. ސިހިފައި އަޒްހަދު ރާނިޔާއަށް ބަލާލިއެވެ. “ހާދަ ބޮޑު ފިކުރެއްގަ ތިއޮތީ؟” ރާނިޔާ އެނދުގެ އަނެއް ފަރާތުގައި އޮށޯންނަމުން އަހާލިއެވެ. އަޒްހަދަށް ވިސްނެމުން ދިޔައީ ދޯނި ކައިރީގައި ރުހާމްއާ ވާހަކަ ދައްކަން އިން ޒުވާނާއާ މެދުގައެވެ. އެ ޒުވާނާ އޭނާ ދަންނަ މީހަކާ ވަރަށް ވައްތަރެވެ. އެއީ ރުހާމްމެންނާއެއްކޮށް އައި ޒުވާނެއްކަން އެމީހުންގެ އަމަލުތަކުން އޭނާއަށް އެނގުނެވެ. އެ ޒުވާނާއަކީ ކާކުކަން އަންޖަލްއަށް އެނގޭނެއޭ އަޒްހަދްގެ ހިތްބުންޏެވެ. މާދަމައިން އަންޖަލް ގާތުން އެޒުވާނާއާ ބެހޭ ގޮތުން އޮޅުންފިލުވަން ނިންމައިގެން އަވަހަށް ނިދޭތޯ ބެލިއެވެ.

ފޯނު އެލާމްވާން ފެށުމާއެކު ކަންނެއް ގޮތަކަށް ރައިހާނާ ދެލޯ ހުޅުވާލިއެވެ. ކަންނެއްކަންމަތީ ފަނަރަވަރަކަށް މިނެޓު ވަންދެން އެނދުގައި އޮވެފައި ދެފައި ކާއްތަމުން ފާޚާނައަށް ދިޔައީ ފަތިސް ނަމާދުކުރަން ތައްޔާރުވާށެވެ. ލޯ ކިރިޔާ ހުޅުވައިގެން އިނދެ ގޮސް ވުޟޫކޮށްގެން އައިސް ނަމާދުކުރިއެވެ. ނަމާދަށް އިން އިރުވެސް ރައިހާނާގެ ދެލޯ ނުހުޅުވެއެވެ. ގެއަށް އައިސް ކޮޓަރިއާ ތަންތަން ސާފުކޮށް ހަދާފައި ނިދުނުއިރު ދޭއް ޖަހައިފިއެވެ.
ސަލާންދިން ތަނާހެން ޝައުފާ އައިސް ދޮރުގައި ތަޅަންފެށިއެވެ. ނަމާދުކޮށްފީމެ ބުނެ ރައިހާނާ އަނެއްކާވެސް ގޮސް އެނދަށް އަރައި އޮަށޯތެވެ. އޮށޯތުމާ ނިދުމާ ދިޔައީ ހަމަ އެކު އެކީއެވެ.

ރައިހާނާއަށް ގޮވާފައި ޝައުފާ ގޮސް ރީހާންއަށް ގޮވިއެވެ. ތިން ހަތަރު ފަހަރު ގޮވުމުންވެސް ރީހާންގެ ޚަބަރެއް ނުވިއެވެ. ޑަބަލް ތަޅުދަނޑި ހިފައިގެން ޝައުފާ ގޮސް ދޮރު ހުޅުވިއިރު ރީހާން އޮތީ ގަދަ ނިދީގައެވެ. ކިތަންމެ ވަރަކަށް ގޮވިއަސް ރީހާން ނުހޭލާނެކަން އެނގޭތިވެ ޝައުފާ ކާގެއިން އައިސް ފެން ޖަގެއް ހިފައިގެން އައިސް ރީހާން ބޮލަށް އަޅާލިއެވެ.
“މަންމާ!” ރީހާން ފުންމައިގެން ތެދުވިއެވެ. “އެއޮށްގެން އިރު އަރަނީ އަވަހަށްދޭ ނަމާދަށް އަރަން” ރީހާން ބުރަކަށީގައި އަތް އަޅާ ފާޚާނައާ ދިމާއަށް ކޮށްޕަމުން ޝައުފާ ބުންޏެވެ.
*****
ނަމާދުކޮށްގެން ނިދުމުގެ ބަދަލުގައި އަންޖަލް އޭނާ ކުރަހާ ކޮޓަރިއަށް ގޮސް ކުރެހުމުގެ މަސައްކަތެއް ކުރިއެވެ. މާނަފުން އެކުލެވޭ ކުރެހުން ކުރަހާ ނިންމާލެވުނުއިރު ހެނދުނު އަށެއް ޖަހާ ބޮޑުވެއްޖެއެވެ. އަންޖަލް ނުހޭލަނީ ކަމަށް ހީކޮަށް ރާނިޔާ އައިސް އަންޖަލްއަށް ގޮވިއެވެ. އަދި އަވަހަށް ސައި ބޯން ދާން އެދުނެވެ.

އަންޖަލް ސައި ބޯން ދިޔައިރު އަޒްހަދްވެސް ސައި ބޯންއިނެވެ. ކޮފީ ތަށްޓަކާ ދެބިސްކޯދު ޕެކެޓު ހިފައިގެން އަންޖަލް ގޮސް މޭޒު ކައިރީ އިށީނެވެ. އަންޖަލްގެ ދަތުރާ ބެހޭ ގޮތުން އަޒްހަދް ސުވާލުކުރިއެވެ. ރައިހާނާމެންގެ އާއިލާ ހިތްހެޔޮކަމުގެ ވާހަކަ ހެވިފައި ހުރެ އަންޖަލް ކިޔާދިނެވެ. އަޒްހަދް އޭނާ ހޯދަން ބޭނުންވި ޒުވާނާއާ ބެހޭ ގޮތުން އަންޖަލް ގާތުން އެހިއެވެ. އަޒްހަދް ސިފަކޮށްދިނީ ހަމްޒާއެވެ. “އެއީ ސަރޫދައްތަ ހަސްބެންޑްގެ ބެސްޓް ފްރެންޑް. އަޅުގަނޑުމެންގެ ހިސްޓްރީ ސަރ” އެހެންހޭ ބުނެ އަޒްހަދް އިތުރަކަށް ހަމްޒާއާ ބެހޭ ގޮތުން ސުވާލެއް ނުކުރެއެވެ. އަޒްހަދް ހަމްޒާ އެއީ ކާކުތޯ ހޯދީ ކީއްކުރަން ބާއޭ އަންޖަލްގެ ހިތަށް އެރިއެވެ. އަނެއްކާ އޭނަ މާގިނައިން ހަމްޒާއަށް ބެލިކަން ބައްޕައަށް އެނގުނީއޭ ހިތަށް އަރާ ހިތް ނުތަނަވަސްވިއެވެ.

ހެނދުނު އަށެއް ޖެހިއިރު ހަމްޒާ އިނީ ސްކޫލްގައެވެ. ސްކޫލް ހުޅުވުމެ ކުރިން ކުޑަ މަސައްކަތެއް ކުރާށެވެ. ހަމްޒާގޮސް ސްޓާފްރޫމަށް ވަނުމާއެކު އެތާ ތިބި ދެ ޓީޗަރުން އޭނާ އަނދާފައި ހުރުމުން އެވާހަކަ ދެއްކިއެވެ. ހަމްޒާ މަަަސައްކަތުގައި މަޝްޣޫލްވެގެން ހުއްޓައި އެތަނަށް ޒިވާން އައިސްވަނުމުން ހަމްޒާ ކުރަން އިން މަސައްކަތް ހުއްޓާލިއެވެ. ޒިވާން ފެނުމުން އޭނާގެ މޫޑު ސަކަރާތްވިއެވެ.
އެތާ އިން ކޮމްޕިއުޓަރެއް ރަނގަޅު ކުރުމަށްފަހު ޒިވާން ނުކުމެގެން ދިޔައެވެ. އެވަގުތު އެތާ އިން ޓީޗަރު ޒިވާންއަށް ތަޢުރީފްކޮށްފައި ވާހަކަ ދެއްކިއެވެ. ހަމްޒާއަށް ދެން މަސައްކަތް ކުރިއަށް ނުގެންދެވޭނެހެން ހީވުމާއެކު މަސައްކަތް ހުއްޓާލުމަށްފަހު ކެންޓީނަށް ދިޔައީ ބަނޑުހައިވެފައި ހުރުމުން އެއްޗެއް ކާލާށެވެ. ކެންޓީނަން ވަންއިރު އޮފީހުގައި އުޅޭ އަންހެން ކުއްޖަކާއެއްކޮށް ޒިވާން އެތާގައި ހުއްޓެވެ. ހަމްޒާ މޫނަށް ވައްތަރެއް ޖައްސާލުމަށްފަހު ކެންޓީނުންވެސް ނުކުތެވެ. ހިތާހިތުން ޒިވާންއާ ދިމާއަށް އޭނަ ކުދިކިޔާލިއެވެ.

ސްކޫލްގައި އިތުރަށް މަޑުކުރަން ޚިޔާލުކޮށް ހަމްޒާ ދިޔައީ ގެއަށެވެ. ސުނައިނާގެ ޚަބަރެެއް ނުވާތީ ބަދިގެއަށް ވަދެ ކޮފީއެެއް ގިރައިގެން ބޯން އިށީނެވެ. އެވަގުތު އަންޖަލް ހަދާދިން ކޮފީގެ މަތިން ހަނދާންވުމާއެކު ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (15)

  1. Kiyara

    Salam all. Vvvv bodu break akah fahu anehkkaves alhugandu vaahaka up kuran mi feshy. Bodu break eh nagan jehunyma hurihaa kiyuntheringe kibain ves maafah edhen. Kiyara ah ves ingey gina dhuvas vaa varakah vaahaka mathin kiyuntherin foohi vaane kan ves. Ehennamaves kanthah tha hunna gothun break nagan jeheny. Kithanme gina breaks negi kamugai viyas mi vaahaka nimen dhen alhugandu genesdheynan ISA. Mi bai hurihaa kudhinmah ves kamudhaane kamah ummedhu kuran next part thursday ga ISA

  2. Shaaak

    Yayyy.. Me first… Vrh rythi story

  3. ???

    ވަރަށް ދުވަސް ފަހުން ވާހަކަ ޚިޔާލަށް ލިބިއްޖެ ވަރަށް ރީތި❤️❤️

  4. ???

    ކިޔާލަން

  5. Ehkala kaleyge

    Ma hykury mi vaahaka vx kiyaa lan nulibi expire v kamah esfiyaige ehn vaahaka that faddhain..bt I’m really happy for you KIYAARA..bcox esfiyaige ehn liyunteein fadhain nuve break akah fahu vx story genedhinyma..??Masha Allah..mi part vx awesome.. hope next part vx mihaa awesome vaane kamah ..

  6. Daisy girl

    After long time
    V.nice

  7. jiji

    V v ufaa vehje ehaa dhuvas fahun vec up kohdhinyma..v v rythi mi part vec????????..sis ge aneh story abadhahtakaa up kohdheny kon irakun thr..hehe ..Anyways Tc.LY

  8. juma

    thanks kiyara, and mi story ves varah nice

  9. Laalu

    V nice dear luv u a lot

  10. Shua

    This part us perfect as usual

  11. Shua

    *is

  12. Sanaan

    Kittyyy kobaa haatha comment ey nufeneye

  13. Sanaa

    Kittyyy kobaa haatha comment ey nufeneye

  14. azker

    no words to describe…. perfect as usual luv ur story…. keep up the good work❤️❤️???

  15. ???

    އަޅޭ ކޮން އިރުން ވާހަކަ ނެރެނީ ހަމަ ކިޔާ ހިތުން މި އޮށް ހޭބަލިވަނީ

Comments are closed.