Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތި ހަނދާން 4

ishaadam Level 110 Stories100 Login
April 5, 2019 One Min Read
7 Comments

ނަތާ ދެ ލޯ ބޮޑު ކޮއްލާފައި ހަޅޭއްލަވައިގަތެވެ. “ޕެރިސް” ނަތާ އަށް ކިޔާލެވުނެވެ. “އަހަންނަށް އިނގޭ ހަނީމޫން ވަރަށް ލަސްވެއްޖެކަންވެސް އެކަމަކު އަހަރެން މި މަޑުކުރީ ގިނަދުވަހު ތިބެވޭގޮތަށްދާން. މިހާ ވަރަށް ބުނެދެވޭނީ ދެންއޮތީ ސަޕްރައިޒް” އާމިރު ވަރަށް އުފާ ވެފައިހުރެ ބުނެލިއެވެ. ނަތާގެ އަރު ބެދޭގޮތްވިއެވެ. ވާހަކަ ދައްކަން ދަތިވެ ހުރުމަށް ފަހު ވަރަށް އުންދަގުލުން ބުނެލިއެވެ. “އަހަރެން ވަރަށް އުފާވެއްޖެ، ވަރަށް ބޮޑަށް ޝުކުރިއްޔާ” ނަތާގެ ލޮލުން ކަރުނަފައިބަން ފެށުމުން  އަވަސް އަވަހަށް އާމިރު ގައިގައި ބައްދާލިއެވެ. އާމިރު ކުޑަކޮށް ނަތާ ދުރު ކޮއްލުމަށްފަހު ނަތާގެ މޫނަށް ބަލާލިއެވެ. “ނަތާ ކީއްވެ ތި ރޮނީ؟”

“އުފަލުން ރޮވުނީ” ނަތާ މިހެން ބުނުމުން އާމިރު ނަތާގެ ގެނަސް ކައިރި ކޮއްލިއެވެ. ނަތާ ނުބުންޏަސް ކައިވެންޏަށް 2 މަސްވާން ކައިރިވިއިރު ނަތާ ވަނީ ހަނީމޫނަކަށް ކުރި އިންތިޒާރު ދޫ ކޮއްލާފައެވެ. އެވާހަކަ ނުދެއްކިޔަސް ނަތާ އެންމެ ކުޑައިރުވެސް ކައިވެނި ކުރުމަށްފަހު ހަނީމޫނަށް ދިއުމުގެ ހުވަފެންދެކެއެވެ.

“ނުރޮއެ ނަތާ! މީ އުފާވެލާފަ ހުންނަންވީ ވަގުތު. އަވަހަށް އަހަންނަށް ހިނިތުންވުމެއް ދައްކާލާ” އާމިރު ގަޔާ ނަތާ ދުރުކޮއްލިއެވެ. ނަތާ ލަދުން މޫނު އަނބުރާލިއެވެ. އަވަހަށް ވާހަކަ އޮޅުވާލަމުން އިޝާ ނަމާދު ކުރަން ހިންގާށޭ ބުނެލިއެވެ. އާމިރު ވިސްނާލިއެވެ. ނަތާ އާއި ކައިވެނި ކުރެވުން އެއީ އާމިރުގެ ނަސީބެވެ. ވަރަށް ބައިވަރު ހެޔޮ ބަދަލުތަށް އާމިރު އަށް ވަނީ އައިއްސައެވެ. މިވަރު ކަމެއް ނަތާ އަށް  ކޮއްދިނުމަކީ އާމިރު އަށް ލިބޭ ވަރަށް ބޮޑު އަފަލެކެވެ. ނަމާދު ކޮއްނިމިގެންވެސް ތަކުރާރުކޮއް އާމިރު ދުޢާ ކުރިއެވެ.

ބޯޓު ރަންވޭ މަތިން ނައްޓާލި ވަގުތު އާމިރު ނަތާގެ އަތުގައި ހިފާލިއެވެ. އާމިރު ހައިރާންވީ ނަތާގެ އަތް އޮތީ މުއްކަވާ ބާރުކޮއްލާފައެވެ. ނަތާ އަށް ބަލާލިއިރު ނަތާ އިނީ ދެލޯމަރާ ފިއްތާލައިގެންނެވެ. “ނަތާ ކިހިނެއްވީ؟” އާމިރު ހާސްވެފައި އަހާލިއެވެ.

“ކަ..ކަމެއްނުވޭ” ވަރަށް އުންދަގުލުން ނަތާ ބުނެލިއެވެ. “ކޮންދޮގެއްތި ހަދަނީ؟ ނުބުނަންތި އުޅެނީ ކީއްވެ؟” އާމިރު އައީ ރުޅިއެވެ. ހައިރާން ވެފައި ނަތާ އަށް ލޯ ހުޅުވާލެވުނެވެ. “މާފްކުރޭ އާމިރު، ރުޅި ނާދޭ އަހަރެން ވަރަށް ބިރުގަނޭ އުސްތަން ތަނަށް އަރަން. އެހެންވެ ވަރަށް ބިރުގަނޭ ބޯޓު މަށްޗައް އަރާތީ” ނަތާ ދެރަވެލާފައި ބުނެލިއެވެ. އާމިރު ވަރަށް ބާރަށް ހޭންފެށިއެވެ. އަދި ނަތާގެ ގައިގައި ބާރަށް ބައްދާލިއެވެ. ނަތާ ހިތަށް އައިހައި ހެޔޮއެއްޗެއްކިޔަމުން އަނެއްކާވެސް ލޯމަރާލިއެވެ.

ނަތާގެ އަތުގައި ހިފަހަށްޓާލަމުން އާމިރު ވަރަށް ލޯބިން ނަތާގެ އަތުގައި ފިރުމަންފެށިއެވެ. ކުޑަ އިރުކޮޅެއްްގެ ތެރޭގައި ނަތާ ގެ މުއްކަވާފައިވާ އަތުގެ  ވާންކަން ކުޑަވެ އަތް ހުޅުވާލާ އާމިރުގެ އަތުގައި ހިފާލިއެވެ. އާމިރު ހިނިތުން ވެލަމުން ތަނާގެ އަތުން ދޫކޮއްލީ ޖީބުގައި އޮތް ނިދާ ބޭސް ގުޅަ ނަތާ އަށް ދޭށެވެ. “ނަތާ މި ބޭސް ގުޅަ ކާލައިގެން ނިދާލާ. އޭރުން ވަރަށް ހަމަޖެހޭނެ ދެވެންވާއިރަށް” ނަތާ ލޯ ހުޅުވާލާ އާމިރު ދިއްކުރި ބޭސް  ަގުޅައިގައި ހިފާ ފެންފުޅިނަގާ ބޭސްގަޅަ ކާލިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ނަތާ އަށް ނިދިއްޖެއެވެ. އާމިރު ވެސް ހަމަޖެހިލާ ލޯ މަރާލިއެވެ. މާ ގިނަ އިރުތަކެއްނުވެ އާމިރު އަށް ވެސް ނިދިއްޖެއެވެ.

ނަތާ އަށް ހޭލެވުނީ ވަރަށް ބާރަށް މީހަކު ނަތާގެ ކޮނޑުގައި ހިފާ ތަޅުވާތީއެވެ. “ނަތާ އަވަހަށް ހޭލާ ބޯޓު ޖައްސައިފި” ނަތާ ލޯ ހުޅުވާލުމުން އާމިރު އަތް ދަބަސް ހިފައިގެން ނުކުންނަން ހިނގައިގަތެވެ. ލޯހުޅުވާލާ ނަތާ ބަލާލީ ބޯޓު ތެރެއަށެވެ. ބޯޓުގައިތިބީ ވަރަށް މަދު މީހެކެވެ. މުޅި ދަތުރު އެކީ ނިދުނީތީ ނަތާ ހުރީ ހައިރާންވެފައެވެ. އަވަސް އަވަހަށް ތެދުވިއިރުވެސް ނަތާގެ ބޮލައް ބަރުވެ އަރިއަޅާ ގޮތްވަނީ ވެފައެވެ. ހިތްވަރުކޮއްފައި ތެދުވެ ނެގި ފިޔަވަޅާއިއެކީ ނަތާ ވެއްޓެންދިޔައެވެ. ލޯމަރާ ބާރުކޮއްލީ ވެއްޓުމުން ލިބޭނެ ވޭނަށް ތައްޔާރުވާ ކަހަލަ ގޮތަކަށެވެ. އެކަމަކު ނަތާ ހީކުރިގޮތާއި ޙީލާފަށް ނަތާ ބިންމައްޗަކު ނުޖެހެއެވެ.މީހަކު ނަތާ ހިފެހެއްޓިއެވެ. ފުންނޭވާއެއްލަމުން ނަތާ ލޯ ހުޅުވާލީ އާމިރު އަށް ޝުކުރު އަދާ ކުރުމަށް ތައްޔާރުވަމުންނެވެ. ލޯ ހުޅުވާލުމާއިއެކު ތެޅި ގަނެވުނީ ނަތާ ގެ ގައިގައި ހިފަހަށްޓައިގެންހުރީ އާމިރު ނޫންކަން އެންގުމުންނެވެ. “ ލޯބީ ބަލައިގެންއުޅޭ ނޫނީ ތި ލޯބި ކުއްޖާއަށް އަނިޔާއެއް ވެދާނެ“ ނަތާ އާއި ދާދި ކައިރިން ނަތާ އަށް ބަލަންހުރި މީހާ ބުނެލިއެވެ. ނަތާ އަވަސް އަވަހަށް އޭނާގެ އަތުތެރެއިން ދުރުވެލިއެވެ.އަދި ސޮރީއޭ ބުނެލިއެވެ. ރުޅިއައިސް ރަތް ވެފައިވާ އާމިރު އައިސް ނަތާގެ އަތުގައި ހިފާ ދަމައިގަންނަމުން އެމީގެ މެއިގައި އަޅާ ކޮއްޕާލިއެވެ. އަދި އެވަރުންވެސް ނުފުދިގެން ގޮސް އެމީހާގެ މޫނުމަތީ ބާރު އެތިފަހަރެއް ޖަހާލިއެވެ. “މަގޭ އަންހުނުންގެ ގައިގައި އަތްނުލާތި، ކޮން ލޯބިއެއް ކިޔާކަށް؟ ނުލަފާ ފިރިހެނާ“ އާމިރުގެ ވާހަކަ މިހިސާބަށް ދިޔައިރު އަނެއްކާވެސް އެމީހާގެ ގައިގައި ހިފަން އަތްހޫރަނީއެވެ. އޭރު ފުރަތަމަ އާމިރު ޖެހިތަނުގައި އަތްއަޅާ ފައިބަމުންދިޔަ ލޭ މައިތިރި ކުރަން މަސައްކަތް ކުރަނީއެވެ. އެވަގުތު ކައިރީ ތިބި މީހުން އާމިރު އެމީހާ އާއި ދުރުކުރެވޭތޯ އުޅެއެވެ. މި މަންޒަރު ފެނި ނަތާ ކަންތައްބޮޑުވެ އާމިރު ކައިރިއަށް ގޮސް އާމިރުގެ ގައިގައި ހިފެހެއްޓޭތޯ އުޅުނެވެ. އާމިރު ނަތާ ގެ އަތުގައި ހިފާ ދަމާފާހެން ހިފަހަށް ޓައިގެންތިބި އެންމެން ދުރަށް ކޮއްޕަމުން ނުކުންނަން ހިންގައިގަތެވެ. މާފް ކުރާށޭ ބުނާ ކަހަލަ ގޮތަކަށް ނަތާ އެމީހާއަށް ބަލާލިއެވެ. ރުޅިވެރި ގޮތަކަށް އެމީހާ އާމިރު އަށް ބަލަމުން ކައިރީތިބި މީހުނާ ކޮންމެސް ވާހަކަ ތަކެއް ދައްކައެވެ.

ބޯޓުގެ ސިޑިން ވެސް އާމިރު ނަތާ ގެންދިޔައީ އެއްވެސް ބެލުމެއްނެތިއެވެ. ލަގެޖް އަންނަން ދެކަށް ހުއްޓި ހުރިއިރު ނަތާ އާމިރު އާއި ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ. އެކަމަކު އާމިރު ރުޅިއައިސް ރަތްވެފައި ނަތާ އަށް ބަލާލުމުން ނަތާ އަވަހަށް ވާހަކަ ހުއްޓާލައެވެ. މިކަހަލަ ގޮތަކަށް އެއަރޕޯޓުން ނުކުމެ ހޮޓަލުގެ ވޭނަށް އެރިއެވެ. ވޭނަށް އެރުމާއި އެކު ނަތާ ގެ ކޯމަތީ އާމިރު ވަރަށް ބާރަށް ޖަހައިފިއެވެ. ވީ ތަދާއި އެކު ނަތާގެ ބޮލަށް އެންބުރުންވެސް އަރައިފިއެވެ. ހޮޓަލާއި ހަމައަށް ދެވެންދެކަށް ވެސް ނަތާ ގިސްލާރުއީއެވެ. އެކަމަކު އާމިރު އަށް މިކަމުން އަސަރެއް ކުރިހެން ހީހެއްނުވެއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ishaadam

Level 110 Stories100 Login

A writer who believes Allah never lets you down no matter what ........

Other Articles

Previous

އިއުލާން

Next

އިއުތިރާފް (ތިންވަނަ ބައި)

Next
April 5, 2019

އިއުތިރާފް (ތިންވަނަ ބައި)

Previews
April 4, 2019

އިއުލާން

7 Comments!

  1. Aroo says:
    April 5, 2019 at 10:39 pm

    Haadha kurey

  2. Kitty says:
    April 6, 2019 at 1:06 pm

    Alhey haadha dherakoh ehedhy aamriu nathaa ah.. Nathaa ge kon kusheh othy vec… Anyways, varah reethi mi bai ves Masha allah keep up the good work dear.. But only problem is that maa kury.. Dhn faharakun dhigu kohlahchey ingey dear…When next part dear waiting ingey… Much love ???????

  3. Shamukko says:
    April 6, 2019 at 10:37 pm

    Wow??whn nxt prt❤

  4. Ibsha says:
    April 6, 2019 at 10:39 pm

    Varah reethi

  5. Ibsha says:
    April 9, 2019 at 11:49 pm

    Kba 5

  6. Shamukko says:
    April 10, 2019 at 11:15 am

    Whn next part….so curious to read ❤❤❤??

  7. ishaadam says:
    April 13, 2019 at 1:27 pm

    Sorry readers! Balive ulheythy lasvegen mi ulheni. In sha Allah v avahah kohlaanan

Comments are closed.

Next Episodeހިތި ހަނދާން 5←


All Right Reserved!