ހިތި ހަނދާން 2
މި ރެއަކީ ނަތާގެ ކައިވެނި ވެވުނުރެއެވެ. ނަތާ ހުރީ ވަރައްބޮޑަށް ބިރުގަނެފައެވެ. އާމިރުގެ ކޮޓަރިއަށް ނަތާ ވެއްދީ އާމިރުގެ ކޮއްކޮ އާއި ފަހަރިއެވެ. އެކި އެއްޗިި ކިޔަމުން ނަތާ އާއި ދިމާކުރަމުން ކޮޓަރީގެ އެތެރެއަށް ނަތާ ލުމައްފަހު ދޮރުލައްޕާފަ ނުކުމެގެންދިޔައީއެވެ. މިއަދަށް އިރުއެރިއިރު ނަތާ ހުރީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ. ކޮންމެ ނަމާދެއްގެ ފަހުގައި ނަތާ ކުރަމުންއައި ދުޢާ އިޖާބަ ކޮއްދެއްވުމުންނެވެ. ނަތާގެ ހިތުގެ ރަސްގެފާނު އައިސް ނަތާ ގެންދާތީ ނަތާ ހުރީ އުފަލުން ފޮޅިފައެވެ. ނަމަވެސް މިހާރު ނަތާ ހުރީ ވަރަށް ބޮޑަށް ފިނިވެފައެވެ. . މި ކައިވެންޏަކީ ދެފަރާތުގެ އާއިލާ އިން ހަމަޖެއްސި ކަމެއްނަމަވެސް ނަތާ އާއި އާމިރު ވެސް މިކަމާ ރުހިޤަބޫލުވީ ދެމީހުނައްވެސް އެކަކު އަނެކަކު ކަމުދާތީއެވެ. ކައިވެނީގެ ކުރިން ދެފަހަރަކު އާއިލާއާއި އެކު ދިމާވެ ވާހަކަ ދައްކާލެވުނަސް ނަތާ އަށް އާމިރު ވަރަށް އަލެވެ.
ނަތާ އެންމެ ބިރުގަންނަނީ މީ މުޅިން އާ ތަނަކަށް ވެފައި މި ގޭގައި ދިރިއުޅުންވޭތު ކުރަން ނަތާ އަށް އުންދަގުވެދާނެތީއެވެ. އާމިރު އާއި މި އާއިލާގެ ކަންތަށް ނަތާ ޖެހޭނީ ދަސްކުރަންށެވެ. މަންމަގެ ބަސްތަށް ނަތާގެ ހިތަށް ވަނެވެ. ” ނަތާ އަބަދުވެސް ހަނދާން ކުރާތި ނަތާގެ ޒިންމާތަށް،، ނަމާދު ނާޅާތި، ފިރިމީގެ ދެ ދުނިޔެ ބާއްޖަވެރި ކޮއްދޭ މީހަކަށް ނަތާ ވާތި، އާމިރުގެ މަންމަ އަކީ މި މަންމަ ނޫނަސް މަންމަ ކަމަށް ދެކިގެން ހުރިހާ ކަމެއްކޮއްދޭތި، ކެއްތެރި ކަމާއެކު ހުރިހާ ކަމެއްގަ އިސްކުރާތި”.
ނަތާގެ ހިޔާލުތަށް މިހިސާބުން މަޑު ކޮއްލުމަށްފަހު ނަތާ އަށް މި އިނދެވުން ކޮޓަރި ބަލާލެވުނީ އަދި ކިރިޔާއެވެ. މުޅި ކޮޓަރީގެ ފަރުނީޗަރު ތަށް ހުރީ ކަޅު ކުލައިގެ ވަކަރުންނެވެ.
ކަޅު ކުލައިގެ ދޮރުފޮއްޗާއި ކަޅު ބެޑްޝީޓެ ކެވެ. ހުދު ކުލައިގެ އެންދަކާާ ހުދު ބާލިސްތަކެކެވެ. މުޅި ކޮޓަރިންވެސް ފެންނަން ހުރީ މުއްސަނދިކަމެވެ. ބޮޑު ޓީވީ އެއްފާރުގައި ހުރިއިރު ކުޑަ އައިސް އަލަމާރިއެއްވެސް ކޮޓަރީގެ އެއްކަނެއްގައި އެބަހުއްޓެވެ. ނަތާ އަކީ އާދައިގެ ދިރިއުޅުމަކަށް އާދަވެފައިވާ ކުއްޖެކެވެ. މި ކަހަލަ ދިރިއުޅުމަކަށް ހޭނެން ވަގުތު ނަގާނެއެވެ. ނަތާ އާއި ވަރަށް ކައިރިން ގޮދަޑި މަޑު މަޑުން އަޑި އަށް ދިއުމުން ނަތާ ސިހިފައި ބަލާލިއިރު އާމިރު ދާދި ކައިރީގައި އިށީންދެއިނީ ނަތާ އަށް ބަލާށެވެ. ނަތާ އިސްޖަހާލީ ލަދުންނެވެ.
“އައްސަލާމު އަލައިކުމް” އާމިރު މަޑު މަޑުން ސަލާމް ގޮވާލިއެވެ
ވައި އަޑުން ނަތާ ސަލާމް ބަލައިގަތެވެ.” ވައަލައިކުމުއް ސަލާމް ” ނަތާ ގެ ނަމާ އެއްވަރަށް ނަތާ ވެސް ވަރަށް ރީތި ” ނަތާ ގެ ދަތްދޮޅީގައި ހިފާ އާމިރު އާއި ހަތަރު ކަޅި ހަމަ ކޮއްލަމުން އާމިރު ބުނެލިއެވެ. ނަތާ އަށް ބަލަން އާމިރު އިނީ ވަރަށް ލޯބިންނެވެ. ނަތާ ގެ ބޮޑު ދެލޯ އާމިރުގެ ހިތް ފަތަހަ ކޮއްފިއެވެ. ނަތާގެ ރީތި ކަމާ އެއްވަރަށް ރީތި އަޙްލާގެއް ލެއްވުމަށް އާމިރު ހިތާހިތުން ދުޢާ ކޮއްލިއެވެ. ނަތާ އަކީ ހިކި ކުއްޖެއްނޫނެވެ. އެކަމަކު ފަލަވެގެން ހުތުރެއްނޫނެވެ. ނަތާ ހުންނަނީ އާމިރު އެންމެ ގަޔާވާހެނެވެ. ނިވާ ވާ ވަރަށް ބުރުގާ އެޅުމަކީ ނަތާ އަބަދުވެސް ވަރަށް ވިސްނާ ކަމެކެވެ. ދިގުކޮއް ހެދުން ލާފައި ކަޅު ބުރުގާ އެޅީ ސްކޫލު ނިމުނު ގޮތަށެވެ. އޭގެ ކުރިންވެސް ނަތާ އަކީ ކުރުހެދުން ލައިގެން އުޅުނު ކުއްޖެއްނޫނެވެ. ނަތާގެ މަންމަ އާއި ބައްޕަ އަކީ ވެސް ދީނަށް ލޮބި ކުރާ ދެމީހުނެވެ. އެހެން ކަމުން ނަތާމެން ބޮޑު ވެގެންއައީ އިސްލާމީ ތަރުބިއްޔަތު ލިބިގެންނެވެ.
ނަތާ ކިތައްމެ ލަދުގަތަސް އާމިރު އަށް ބަލާލާހިތް ވަރަށް ވެއެވެ. އެކަމަކު އާމިރު އާއި ހަތަރު ކަޅި ހަމަވާ ކޮންމެ ފަހަރަކު ނަތާގެ ހިތް ބާރަށް ތެޅެންފަށައެވެ.ނަތާ އަށް ވެސް އާމިރު ވަރަށް ކަމުދެއެވެ. އިސްކޮޅުން ދިގުކޮއް ކަޅު ކޮއްހުންނަ އާމިރު އަކީ އިސްކޮޅާއި އެއްވަރުގެ ބިޔަ ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. މިކަމާ ހެދި ނަތާ ބަލަން ފުރަތަމަ އާމިރު އައި ދުވަހު ނަތާ ވަރަށް ޖެހިލުންވިއެވެ. އާމިރު ކަހަލަ މީހަކަށް ނަތާ ކަމު ގޮސްދާނެ ކަމާމެދު ނަތާ ޝައްކު ކުރިއެވެ.
ނަތާގެ މޫނުގައި ވަރަށް ލޯބިން އާމިރު ފިރުމާލުމަށް ފަހު އާމިރު ކައިރިވެލީ ވަރަށް މަޑުންނެވެ. ނަތާ ކުޑަކޮށް ބިރުންއ އާމިރުގެ މޭގަ އަތްއަޅާ ދުރުކޮއްލިއެވެ. ” މާފްކޮއްދީ! އަހަރެން ވަރަށް ބިރުގަނޭ، މީ އަހަންނަށް ވަރަށް އާ ކަންތަށް” ނަތާ ބިރުންއިނދެ ވާހަކަ ދެއްކިއެވެ. އާމިރު ހިނިގަނޑެއްޖަހާލާފައި ނަތާ ގެނަސް ކައިރި ކޮއްލަމުން ބުނެލިއެވެ.” ނަތާ ބިރު ނުގަނޭ! އަހަރެންމީ ނަތާއަށް ދެރައެއްދޭނެ މީހެއްނޫން.” ނަތާ އަށް މި ކަންތަށް އާ ކަމަކަށް ވާނީ ނަތާ އަކީ އެއްވެސް ފިރިހެނަކު ނުބީހޭ ތޯހިރު ކުއްޖަކަށް ވީމައޭ އާމިރުގެ ހިތަށް އެރުމުން އާމިރަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްލިބުނެވެ. ” ތީ ހަމައެކަނި އަހަރެންގެ މީހެއް. ނަތާ ވާނީ އަހަރެންގެ ރާނީ އަށް ވަރަށް ލޯބިން ގެންގުޅޭނަން” އާމިރު ބުނެލިއެވެ. ނަތާ ކިތަށްމެ ލަދު ގަތަސް ފިރިމީހާގެ ބަސް ޤަބޫލު ކުރުމަކީ ނަތާ ވެސް ކުރަންބޭނުންކަމެކެވެ. ނަތާ ކުރަންބޭނުން ސުވާލެއް އޮތުމުން އާމިރު އާއި ސުވާލު ކޮއްލިއެވެ. ” އަހަރެމެން ކުއްޖަކު ހޯދާނީ އަދި ފަހުންކަމަށް ބުނީމެއްނު، ދަރިޔަކު ހޯދުމަށް އަދި އަވަސް ހެންހީވަނީ، އެހެންވީމަ”………. ނަތާ އަށް އިތުރަށް ބުނަން ނުކެރިގެން ހުއްޓާލިއެވެ. ނަތާ އަދި ކިޔަވައިގެން ތާނެއްގަ ވަޒީފާ އަދާ ކުރުމަކީ ނަތާ ދެކެމުން އައި ހުވަފެނެކެވެ. “ނޫން! އަހަރެން ބޭނުމެއްނޫން މުސްކުޅި ވާ ދުވަހު ބައްޕަ އަކަށް ވާކަށް، އެހެންވީމަ މިކަން ލަސް ކުރުމުގެ ބޭނުމެށްނެއް” އާމިރުގެ ޖަވާބުން ނަތާ އެތަށް ދުވަހަކު ދެކެމުންއައި ހުވަފެން ފުންޑު ފުންޑު ވީ ކަހަލައެވެ. ނަތާ އާމިރު އާއި ކައިވެނި ކުރަން ނިންމި އިރު އިތުރަށް ކިޔެވުމަށާއި ވަޒީފާ އަކަށް ދެވޭނެ ކަމަށް އާމިރުގެ މަންމަ ވެސް ވަނީ ބުނެފައެވެ.
“އެކަމަކު” ނަތާ ވާހަކަ ފެށުމުން އާމިރު ނަތާގެ ވާކަހަ މެދު ކަންޑާލިއެވެ. “މިކަހަލަ ކަންތަކާ ލޯބި ނުވިސްނާ އަހަންނަށް އިތުބާރު ކުރޭ”.
މަހެއްހާ ދުވަސް ތެރޭ އާމިރު މެންގޭ ކަންތަކަށް ނަތާ ހޭނިއްޖެއެވެ. ނަތާ ބޭނުން އިރަކު ނަތާ ގެ އާއިލާ އާއި ބައްދަލު ކުރުމަށް ނަތާ ގެންދެއެވެ. އެކަމަކު ނަތާގެ މަންމަ މަތިން ނަތާ ވަރަށް ހަނދާންވެއެވެ. ނަތާ މެންގެ ކައިވެންޏަށް މަހެއް ވަރުވީ ތަނާ ނަތާ ގެ ބައްޕަ އަށް ލަންކާއިން ވަޒީފާ ހަމަޖެހި އެ އާއިލާ ލަންކާ އަށް ބަދަލުވިއެވެ. މަންމަ އާއި ބައްޕަ އަށް އަބަދުވެސް ނަތާ ހެޔޮ ދުޢާ ކޮއްދެއެވެ.
ފަހަރި އައިޝާ އާއި އެކު ނަތާވެސް ފަތިހު ހޭލައިގެން ބަދިގޭ މަސައްކަތްތައް ފަށައެވެ. އެކަމަކު އާމިރު ފަތިހަކު ނުހޭލައެވެ. ނަމާދަށް ނުހޭލާތީ ނަތާ މިކަމާ ހިތް ހަމަނުޖެހުން ފާޅުކުރެއެވެ. އެކަމަކު އާމިރުގެ ބިޒީ ތާވަލުން ނަމާދަށް ވަގުތު ދެެނީ ވަރަށް މަދުންނެވެ. އާމިރު އޮފީހަށް ދިއުމުން ނަތާ ގޭތެރެ ސާފުކޮށް ކައްކާ ކުނިކަހާ އެއްޗިހިދޮވެ ކާންހަދައެވެ. ނަމާދު ކުރަން އަބަދުވެސް ނަތާ ވަގުތު ހޯދައެވެ. ގޭގެ ހުރިހާ ކަމެއް ކުރަމުން އާމިރުގެ މަންމަގެ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ނަތާ ބަލަހަށްޓައެވެ. މި ގޮތުގައި އުޅެމުން ދަނިކޮށް ކޮންމެ ދުވަހެއްގެ އިރުއޮއްސެއެވެ. ހުސްވަގުތުގައި ނަތާ ގެ މައިދައިތަ އާއި ގުޅުން ބަދަހި ކުރުމަށް ނަތާ ވަރަށް މަސައްކަތް ކުރެއެވެ. އެކަމަކު ނަތާ މި ގެޔަށް އައިތާ ހަފްތާ އެއްނުވަނިސް ނަތާގެ މައިދައިތަ ނަތާ އާއި ވާހަކަ ދެއްކުން ހުއްޓާލިއެވެ. ކޮންމެހެން ބުންނަޖޭހޭ އެއްޗެއްނޫނީ ނުބުނެއެވެ. އަބަދުވެސް އުޅެނީ ކޮޓަރިީ ގައި ނޫނީ ގެއިން ބޭރުގައެވެ. މި ގެޔަކީ ހަވާދު ހަދާ ގެ އެއްކަމުން ވަރަށް ގިނަ މަސައްކަތް އޮވެއެވެ. ނަތާ ފުރަތަމަ އައިތަނާ ހަވާދު ހެދުމުގައި މަންމަ އުޅެއެވެ. އެހެންވެ ނަތާ އަށް ވަރަށް ފަސޭހަވެއެވެ. ނަމަވެސް ފަހުން މަންމަ މިކަމުގައި އެއްވެސް ކަމެއް ނުކުރެއެވެ.
މި ހުރިހާ މަސައްކަތް ތަކެއް ކުރުމުގެ ސަބަބުން ނަތާގެ ބުރަކަށިގައި ނުފިލާ ތަދެއް ހުންނަކަން ފާހަގަވިީ ނަތާ އަށް ވަރަށް ވޭންލިބެންފެށުމުންނެވެ. މިހެންމިކަން ވާންފެށީ މާ ބުރަކޮއް މަސައްކަތް ކުރާތީ ކަން ނަތާ އަށް އިންގެއެވެ. މި ވާހަކަ ނަތާާ އާމިރު ގާތު ބުނީ ވަރަށް ދުވަސްވީ ފަހުންނެވެ.
އާމިރު އޮފިސް ނިންމާފައި އައިސް ހަމަޖެހިލުމުން ނަތާ ވާހަކަ އެއްބުނަން ވެފައި ވާ ކަމައްބުނެލިއެވެ. އާމިރު ހުއްދަ ދިނުމުން ނަތާގެ ވާހަކަފެށީ ލަދުން ހުރެއެވެ. “ގޭގައި ތަންކޮޅެއް ބުރަވީމައި ނަތާގެ ބުރަކަށީގައި ވަރަށް ރިއްސާ”
“ގެންގުޅޭނެ މީހެއްހޯދަންވީތަ؟ަ” އާމިރު ގާތަށް އައީ ރުޅިއެވެ. “ނޫން އާމިރު މަންމަ އަހަންނަށް ކުޑަކޮށް އެހީ ވަންޏާ ވަރަށް ފަސޭހަވާނެ. އައިޝާ ކުދިން ގޮވައިގެން އުޅޭތީ އުޅެނީ ވަރަށް ބުރަކޮށް” ނަތާ ވާހަކަ ދެއްކީ އަދަބުވެރި ކަމާ އެކުއެވެ. އާމިރު ނަތާގެ ދަތްދޮޅީގައި ހިފާ އުފުށްލާލީ އާމިރު އާއި ހަތަރު ކަޅި ހަމަކުރުމުގެ ގޮތުންނެވެ. ” އަހަރެންގެ އާއިލާ މީހުަން ބަދުނާމު ކުރަންތަ ތިއުޅުނީ؟” އާމިރު ކުރީ ސުވާލެކެވެ.
“ނޫން” ނަތާގެ ވާހަކަ މިހިސާބަށް ދިއުމުން އާމިރު ވާހަކަ ފެށިއެވެ. ” އަހަރެން ނޯކަރަކު ހަމަޖައްސާނަން، އެވަރު އަހަންނަށްވެސް ވާނެ”
“ނޫން އަހަރެންނަށް ވާނެ، މި ގޭގެ ކަންތަށް އަހަންނަށް ކުރެވޭނެ” ނަތާ މިހެންބުނުމުން އާމިރު ނަތާގެ ކޮލަށް ފިތާ ލުމަށްފަހު ދޫ ކޮއްލިއެވެ. ” ޝުކުރިއްޔާ” އާމިރު މިހެން ބުނުމަށްފަހު ނުކުމެގެން ހިންގައްޖެއެވެ. މައްސަލަ ބޮޑުނުކުރުމަށް ނަތާ މިވާހަކަ އޮއްބާލިއެވެ އެދުވަހަށް ފަހު ކުރިން ކުރިހެން ހުރިހާ ކަމެއްވެސް ނަތާ ކުރިއެވެ. އެކަމަކު ނަތާާގެ ބުރަކަށީގެ ވޭން ދިޔައީ ދުވަހެއްދުވަހެއް އިތުރު ވަމުންނެވެ. މި ވާހަކަ އަލުން އާމިރު ގާތު ބުނާކަށް ނަތާ އަކަށް ނުކެރުނެވެ.
އާމިރު މި ކަންތަށް ބަލާއިގަނެ ޝުކުރު ވެރިވެއެވެ. މި ގޮތުން ނަތާ އަށް ހަދިޔާ ގެނަސްދެއެވެ، މަލާއި ޗޮކްލެޓް ވަރަށް ގިނައިން ގެނަސްދެއެވެ. މިކަމާ އައިމިނަ ލޯއަޅާތަން ނަތާ އަށް ފެންނަނީ މަދެއްކޮށެއްނޫނެވެ. މީގެން އެއްވެސް ކާ އެއްޗެއް ގޭ މީ ހުނަށް ނުބަހާ ނަތާ އެއްވެސް ފަހަރަކު ނުކައެވެ. އެކަމަކު ފަހުން ފަހުން މިކަހަލަ ކޮންމެ އެއްޗެއް ބެހުމުގެ ނަމުގަ އައިމިނަ އަތުލުމަށް ފަހު ނަތާ އަކަށް ނުދެއެވެ.
ނަތާ ގެ އޯގާތެރިކަމާއި އާމިރުގެ އާއިލާ އަށް ނަތާ ދޭ އިޙްތިރާމް އާއި ލޯބި ފެނި އާމިރު ނަތާދެކެ އިންތިހާއަށް ލޯބިވެއެވެ. އާމިރު ނަތާ ދެކެ އެންމެ ލޯބިވީ ނަތާ ދީނީ ކަންތަކަށް ބަހަށްޓާ އަހަންމިށްޔަތު ފެނިއެވެ. އާމިރު އަށް ނޭންގޭ ކިތަށްމެ އެއްޗެއް ނަތާގެ ފަރާތުން އާމިރު ދަނީ ދަސްކުރަމުންނެވެ.އާމިރު އަކީ ﷲ އަށް ކިޔަމަންވާން ބޭނުންވާ މީހެއްކަމަކު އާމިރު ބޮޑު ވެގެންއައީ މި ގޮތަކަށް ނޫނެވެ. ނަތާ ލިބުމުން އާމިރު ﷲ އަށް ވަރަށް ޝުކުރު ކުރެއެވެ. އާމިރު ސުވަރުގެ ވަދެވޭނެ ވަސީލަތަކަށް ނަތާ ވާނެކަމަށް އާމިރު އުންމީދު ކުރެއެވެ. ވަގުތަށް ނަމާދަށް ދިއުމާއި ނަމާދު ނާޅާ ކުރުމަކީ އާމިރު މިހާރު އާދަ ކޮއްފައިވާ ކަންތަކެވެ. އޮފީސް ނިންމާފަ އަވަހަށް ގެޔަށް އައުމަކީ އާމިރު މިހާރު ކުރާހިތްވާ ކަމެކެވެ.
އާމިރުގެ މަންމަ އަކީ ނަމާދު ކުރާ މީހެއްނޫނެވެ. ބައްޕަ ގިނަ ވަގުތު އުޅެނީ ބޭރުގައެވެ.ކިތައްމެ ފައިސާވެރިވިޔަސް އާއިލާގެ ގުޅުންތަށް އޮންނަނީ ހީނަރުވެފައެވެ. އަލީ އާއި އައިޝާގެ ކައިވެނި ދަމަހަށްޓާ މީހަކީ އައިޝާއެވެ. ދަރިންގެ ކަންތަށް ކުރަމުން އުޅެނީ އައިޝާއެވެ.މަސައްކަތްކޮށް ފައިސާ ހޯދުމުން އަލީގެ ޒިންމާ އަދާވީއެވެ.
މިރެއަކީ ވެސް އެހެން ރޭރޭ ފަދައިން ނަތާ އިޝާ ނަމާދު ކުރުމަށް ތައްޔާރުވެ ބަނގީގެ އިންތިޒާރުގައި އިންރެއެކެވެ. ޤުރްއާން ކިޔަވަން އިންދާ ބަނގި ގޮވި އަޑު އިވުމުން ނަތާ އިޝާ ނަމާދަށް އަވަސްވެގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Varah reethi masha Allah. Keep it up. Next part Kone irakune
V v reethi mi part???????????❤..keep it up dear..Curiously waiting for the next..????
Varah reethi
When next part..vvv reethi❤?